ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2014/HC-A/242ހައިކޯޓު · 16 ނޮވެމްބަރު 2016

ރީތިރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑް ވ. މަޢުރޫފް ޛާކިރު

ދަށުކޯޓުގެ ނިންމުން ބާޠިލު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކޮށްފައި ނުވޭ · ރަޖިސްޓްރީ ބެލީ 15 އޮކްޓޫބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 16 ނޮވެމްބަރު 2016ދަށު ކޯޓު: ސިވިލް ކޯޓު 91/Cv-C/2016ބާވަތް: މަދަނީ

ޚުލާޞާ

ކޯޓަށް އައި ގޮތް
ސިވިލް ކޯޓުން، ރީއިންސްޓޭޓް ކުރުމަކީ ކަރުދާހެއްގައި ލިޔުމުން ފުރިހަމަވާ ކަމެއް ނޫންކަމަށާއި ކުންފުނިން ހެޔޮނިޔަތުގައި ޙުކުމް ތަންފީޛުކޮށްފައި ނުވާކަމަށް ކަނޑައަޅައި، 30 ދުވަހުގެ ތެރޭގައި ކުރީގެ ވަޒީފާއަށް ރުޖޫޢަކޮށް ނުދެވި އޮތް މުސާރައާއި ޢިނާޔަތް ދިނުމަށް ޙުކުމްކުރިއެވެ.
ވާޤިޢާ
ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ 21/VTR/2009 ނިންމުމާއި މަދަނީ ކޯޓުގެ 2788/MC/2009 ޙުކުމުން، މަޢުރޫފް ޛާކިރު ކުރިން ހުރި ސީނިއަރ ހެޑްވެއިޓަރގެ މަޤާމަށް ރުޖޫޢަކޮށް މުސާރައާއި ޢިނާޔަތާއި ބަދަލު ދިނުމަށް ރީތިރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑަށް އަންގާފައިވިއެވެ. ކުންފުނިން ފައިސާ ދީ، ކުރީގެ މަޤާމަށް ރުޖޫޢަކުރިކަމަށް ސިޓީ ފޮނުވުމަށްފަހު މާލޭ އޮފީހުގެ ލޮޖިސްޓިކް ކޯޑިނޭޓަރގެ މަޤާމަކަށް ބަދަލުކުރުމުން، ޙުކުމް ތަންފީޛުކޮށްދިނުމަށް އެދި ސިވިލް ކޯޓަށް ދަޢުވާކުރިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ވަޒީފާއާބެހޭ ޓްރައިބިއުނަލުން މުވައްޒަފަކު ވަޒީފާއަށް ރުޖޫޢަކުރުމަށް ނިންމި ނިންމުން ތަންފީޛުކުރުމުގެ މައްސަލައެއްގައި، މުވައްޒަފު ކުރިން ހުރި މަޤާމަށް ރުޖޫޢަކުރުމަށްފަހު އެހެން މަޤާމަކަށް ބަދަލުކުރުމާ ގުޅޭ ޚިލާފަކީ ސިވިލް ކޯޓުގެ އިޚްތިޞާޞް ހިނގާ ކަމެއްތޯއާއި، 'ރީއިންސްޓޭޓް' ކުރުމުގެ މާނައަކީ ކޮބައިތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
ކުންފުނިން ބުނީ ޙުކުމް ތަންފީޛުކޮށް ނިމިފައިވާ ކަމަށާއި، 'ރީއިންސްޓޭޓް' ގެ މާނައެއް ޤާނޫނުގައި ނެތް ކަމަށާއި، މަޤާމު ބަދަލުކުރުމަކީ ޓްރައިބިއުނަލުގެ މައްސަލައިގެ މައުޟޫޢާ ތަފާތު އައު މައްސަލައެއް ކަމުން ސިވިލް ކޯޓަށް އިޚްތިޞާޞް ނެތް ކަމަށާއި، ޓްރައިބިއުނަލުން ކަނޑައެޅި މިންވަރަށްވުރެ ގިނައިން މުސާރަ ދިނުމަށް ޙުކުމްކުރި ކަމަށެވެ. މުވައްޒަފު ބުނީ ކުރީގެ މަޤާމަށް ރުޖޫޢަކޮށްފައި ނުވާ ކަމަށެވެ.
ކޯޓުގެ ސަބަބުތައް
ޙުކުމްގައިވާ ފައިސާ ދީ، ކުރީގެ މަޤާމަށް ރުޖޫޢަކުރިކަން އެންގުމުން ޙުކުމް ތަންފީޛުވެ ނިމިފައިވެއެވެ. އޭގެ ފަހުން މަޤާމު ބަދަލުކުރުމާ ގުޅޭ ޚިލާފަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އިޚްތިޞާޞް ހިނގާ ކަމެއް ކަމުން، ސިވިލް ކޯޓުން ގޮތެއް ކަނޑައެޅީ އެ ކޯޓުގެ އިޚްތިޞާޞް ނުހިނގާ ކަމެއްގައެވެ.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސިވިލް ކޯޓު 91/Cv-C/2016
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ނިންމުން

ދަށުކޯޓުގެ ނިންމުން ބާޠިލު

ދަށުކޯޓުގެ ޙުކުމް ބާޠިލު

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނިންމުމުގައި މުވައްޒަފަކީ ވަކިވެފައިވާ މުވައްޒަފެއްކަމުގައި ނުބެލުމަށް އަންގާފައިވާނަމަ، އެމައްސަލަ ޓްރައިބިއުނަލުން ނިންމި ތާރީޚުން ފެށިގެން ވަޒީފާއަށް ޢަމަލީގޮތުން މުވައްޒަފު ނެރެންދެން، އޭނާ ވަޒީފާއަށް ނިކުމެ ޢަމަލީގޮތުން މަސައްކަތް ނުކުރިނަމަވެސް އޭނާ އެހުރީ މުވައްޒަފެއްގެ ޙައިސިއްޔަތު ލިބިގެންވާ ގޮތުގައި ކަމަށް ބަލަންޖެހޭނެއެވެ. ޢަމަލީގޮތުން މަސައްކަތަށް ނުކުތުމަށް އެންގުމުގެ ފަހަށް ވަޒީފާދޭ ފަރާތުގެ މުވައްޒަފުންގެ މައްޗަށް ހިންގޭ އެންމެހައި އުސޫލުތައް އޭނާގެ މައްޗަށްވެސް ހިނގާނެއެވެ. (ޕެރ. 3(ރ))

HN2މަދަނީ

ވަޒީފާއާބެހޭ ޤާނޫނުގައިވެސް އަދި ވަޒީފާއާބެހޭ ޤަވާޢިދެއްގައިވެސް 'ރީއިންސްޓޭޓް' ނުވަތަ ވަޒީފާ އަނބުރާ ރުޖޫޢަކުރުމަކީ ކޮބައިކަން ބަޔާންކޮށްދީފައިނެތުމުން، ވަޒީފާ އަނބުރާ ރުޖޫޢަކުރުމަކީ ކޮބައިކަން ކަނޑައެޅުމުގައި މައްސަލައިގެ ވަށައިގެން ހުރި ކަންކަމުގެ މައްޗަށް ބަލައި، އެއީ ވަޒީފާއަށް އަނބުރާ ރުޖޫޢަކުރުންކަން ނުވަތަ ނޫންކަން ކަނޑައެޅިދާނެއެވެ. (ޕެރ. 3(ރ))

ވަޒީފާއާބެހޭ މިފަދަ މައްސަލަތަކުގައި ވަޒީފާ އަނބުރާ ރުޖޫޢަކުރުމުގެ ޙަޤީޤީ މަޤްޞަދަކަށްވާންވާނީ މުވައްޒަފަކަށް ވަޒީފާގެ ޔަޤީންކަން ކަށަވަރުކުރެވުމާއެކު، އެމީހަކު ކުރިން އަދާކުރަމުންދިޔަ ވަޒީފާގައި ލިބެމުންދިޔަ އެންމެހައި މުސާރައާއި ޢިނާޔަތްތައް އެގޮތުގެ މަތިން އަލުން ލިބުމަށް މަގުފަހިކުރުމެވެ. ވަޒީފާއަކަށް އަނބުރާ ރުޖޫޢަކުރުން މާނަކުރާއިރު، ވަޒީފާދޭ ފަރާތާއި މުވައްޒަފުގެ ޙައްޤުތަކަށްވެސް އުނިކަން ނާންނާނެ ގޮތެއްގެ މައްޗަށް، އެދެފަރާތުގެ ޙައްޤުތައްވެސް ޙިމާޔަތްކުރެވިދާނެ ގޮތެއްގެ މައްޗަށް އެކަން މާނަކުރަންޖެހޭނެއެވެ. (ޕެރ. 3(ރ))

ހޭދަވެފައިވާ މުއްދަތަށާއި، އެފަދަ މަޤާމެއް ވަޒީފާދޭ ފަރާތުގައި އެހިނދަށް އޮތްކަން ނުވަތަ ނޫންކަމުގެ މައްޗަށާއި، ހުސްވެފައިވާ މަޤާމަށް އެހެން މީހަކު ޢައްޔަންކުރެވިފައިވާނަމަ އެކަމުގެ މައްޗަށް ރިޢާޔަތްކޮށްބަލައި، ރީއިންސްޓޭޓް ކުރުމަކީ ނުވަތަ ވަޒީފާ އަނބުރާ އިޢާދަކުރުމަކީ ކޮންމެހެން މުވައްޒަފަކު ކުރިން ހުރި މަޤާމަށް އަނބުރާ އިޢާދަކުރުން ނޫންކަމުގައިވެސް ބެލިދާނެއެވެ. އެހެންނަމަވެސް ވަޒީފާދޭ ފަރާތުން މުވައްޒަފަށް އެހެން ވަޒީފާއެއް ހުށަހަޅާއިރު، ކުރިން ހުރި ވަޒީފާގައި ލިބެމުންދިޔަ މުސާރައާއި ޢިނާޔަތްތަކާއި އެފަދަ އެހެނިހެން ކަންކަމަށް އުނިކަން އައިސްފައިވޭތޯ ބަލައި، އެއީ ވަޒީފާ އަނބުރާ އިޢާދަކުރީކަމުގައި ނުވަތަ ނޫންކަމުގައި ކަނޑައެޅިދާނެއެވެ. (ޕެރ. 3(ރ))

މުވައްޒަފަކީ ވަޒީފާއިން ވަކިވެފައިވާ މީހެއްކަމަށް ނުބެލުމަށް ކަނޑައަޅައި، އަނބުރާ ވަޒީފާއަށް ނިކުންނަންދެން ލިބެންޖެހޭ މުސާރައާއި ޢިނާޔަތްތައް ދިނުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުންނާއި ކޯޓުން އެންގި އެންގުމާއި އެއްގޮތަށް އެ މުސާރައާއި ޢިނާޔަތްތައް ލިބިދެވުމަށްފަހު، އަނބުރާ ވަޒީފާއަށް ނިކުތުމަށް ވަޒީފާދޭ ފަރާތުން މުވައްޒަފަށް އެންގުމުން، ވަޒީފާދޭ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލާއި ކޯޓުގެ ޙުކުމާއި އެއްގޮތަށް އެހިނދަށް ޢަމަލުކޮށް ނިމުނީކަމުގައި ބެލެވޭނެއެވެ. (ޕެރ. 3(ބ))

ކުރިން އަދާކުރަމުންދިޔަ މަޤާމަށް ހަމަޖެއްސުނުކަން އެންގުމުގެ ފަހުން މުވައްޒަފު އެހެން މަޤާމަކަށް ބަދަލުކުރިކަމަށް ބުނާ ބުނުމާއި، ފަހުން ބަދަލުކުރި މަޤާމަކީ މަޤާމު ރުޖޫޢަކުރުން ނޫންކަމަށް ބުނާ ބުނުމާއި، ފަހުން ބަދަލުކުރެވުނު މަޤާމުގެ މުސާރައާއި ޢިނާޔަތްތަކާއިމެދު ހިތްހަމަ ނުޖެހުމާއި، މިފަދަ ކަންކަމަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ އިޚްތިޞާޞް އެހިނދުން ފެށިގެން ހިނގާނެ ވަޒީފާއާގުޅޭ ކަންތައްތަކެކެވެ. އެކަންކަމަކީ ސިވިލް ކޯޓުގެ އިޚްތިޞާޞް ހިނގާނެ ކަންކަމެއް ނޫނެވެ. (ޕެރ. 3(ބ))

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ވަޒީފާއާބެހޭ ޤާނޫނު
  • ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާ އަދި 29 ވަނަ މާއްދާގެ (ރ) (ތަންފީޛުކުރަން އެދުނު މަދަނީ ކޯޓުގެ ޙުކުމުގައި)

ފަނޑިޔާރުން

ބެންޗު
ފަނޑިޔާރު ޢަލީ ސަމީރު، ފަނޑިޔާރު ޢަބްދުﷲ ދީދީ، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ޙުކުމުގެ ފުރިހަމަ ލިޔުން މި ޑޭޓާބޭސްގައި އަދި ނެތް. ކޯޓުގެ ޙުކުމު ކިޔުމަށް ޕީޑީއެފް ބައްލަވާ.

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ