ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2015/HC-A/129ހައިކޯޓު · 29 އޮކްޓޫބަރު 2017 · ވަޒީފާއާބެހޭ

—

ދަށުކޯޓުގެ ނިންމުން ބާޠިލު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކޮށްފައި ނުވޭ · ރަޖިސްޓްރީ ބެލީ 15 އޮކްޓޫބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 29 އޮކްޓޫބަރު 2017ބާވަތް: ވަޒީފާއާބެހޭ

ޚުލާޞާ

ކޯޓަށް އައި ގޮތް
ވަޒީފާއާބެހޭ ޓްރައިބިއުނަލުން އެޅި އިޞްލާޙީ ފިޔަވަޅަކީ އެކަށީގެންވާ ފިޔަވަޅެއްކަން ސާބިތުނުވާތީ މަޤާމު ދަށްކުރީ ޤާނޫނާ ޚިލާފަށްކަމަށް ކަނޑައަޅައި، ކުރީގެ މަޤާމަށް ރުޖޫޢަކޮށް މުސާރައިގެ ތަފާތު ދިނުމަށް އަމުރުކުރިއެވެ.
ވާޤިޢާ
ފެނަކަ ކޯޕަރޭޝަންގެ ރީޖަނަލް އޮފީހެއްގެ މެނޭޖަރަކަށް ވަގުތީގޮތުން ޢައްޔަނުކުރި މުވައްޒަފަކު، އޭނާގެ ބެލުމުގެ ދަށުގައިވާ ސްޓޭޝަންތަކުގެ ކަރަންޓު ބިލުތަކަށް މަސްތަކެއްވަންދެން ފައިސާ ނުދައްކާއިރު ފިޔަވަޅު ނާޅައި ހެޑް އޮފީހަށް ނާންގާތީ ތަޙުޤީޤަށްފަހު އެސިސްޓެންޓް މެނޭޖަރުގެ މަޤާމަށް ދަށްކުރިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުވުމުން، ނަޞޭހަތެއް ނުވަތަ އިންޒާރެއް ނުދީ، މުވައްޒަފު ހުރި މަޤާމަށްވުރެ ދަށް މަޤާމަކަށް ބަދަލުކުރުމަކީ ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށް އެޅި ފިޔަވަޅެއްތޯ، އަދި ޓްރައިބިއުނަލްގެ ނިންމުން ޤާނޫނާ އެއްގޮތްތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
ފެނަކައިން ބުނީ މުވައްޒަފު އޭނާގެ ޒިންމާ އަދާނުކުރިކަން އޭނާގެ ބަޔާނުން ސާފުކޮށް އެނގޭއިރު، އަޅާފައިވާ ފިޔަވަޅަކީ އެކަށީގެންވާ ފިޔަވަޅެއް ނޫންކަމަށް ޓްރައިބިއުނަލުން ނިންމީ ޤާނޫނާ ޚިލާފަށްކަމަށެވެ.
ކޯޓުގެ ސަބަބުތައް
ވަޒީފާއާބެހޭ ޤާނޫނުގެ 19 ވަނަ މާއްދާއާއި ކުންފުނީގެ ޕޮލިސީގައި ދަށް މަޤާމަކަށް ބަދަލުކުރުން އިޞްލާޙީ ފިޔަވަޅެއްގެ ގޮތުގައި ހިމެނޭކަމާއި، އިހުމާލުވިކަން މުވައްޒަފުގެ ބަހުން ސާބިތުވެ، ކުންފުންޏަށް ސީދާ ގެއްލުން ލިބެން އޮތުމުން، ކުންފުނިން އިޚްތިޔާރު ބޭނުންކުރުމުގައި ޤާނޫނާ ޚިލާފުވީ ކިހިނެއްކަން ބުނެދެވިފައިނުވާތީ ޓްރައިބިއުނަލްގެ ނިންމުން ބާޠިލުކުރިއެވެ.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ނިންމުން

ދަށުކޯޓުގެ ނިންމުން ބާޠިލު

ޓްރައިބިއުނަލްގެ ނިންމުން ބާޠިލު

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

ވަޒީފާއާބެހޭ ޤާނޫނުގެ 19 ވަނަ މާއްދާގެ (ހ) ގެ ދަށުން، މުވައްޒަފުން ތަބާވާންޖެހޭ މަސައްކަތުގެ އަޚްލާޤީ މިންގަނޑުތަކަށް ތަބާނުވާނަމަ، އެ މާއްދާގައި ބަޔާންކޮށްފައިވާ ފިޔަވަޅުތަކުގެ ތެރެއިން (ނަސޭހަތްދިނުން، ލިޔުމުން އިންޒާރު ދިނުން، 14 ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް މަސައްކަތަށް ނިކުތުން ހުއްޓުވުން، ހުރި މަގާމަށްވުރެ ދަށް މަގާމަކަށް ބަދަލުކުރުން) އެ މުވައްޒަފަކާމެދު އަޅަން ފެންނަ އެކަށީގެންވާ އިސްލާޙީ ފިޔަވަޅު އެޅުމުގެ ބާރު، ވަޒީފާދޭ ފަރާތަށް ލިބިގެންވެއެވެ. (ޕެރ. 3(ށ))

ވަޒީފާދޭ ފަރާތުން ވަކި މުވައްޒަފަކާމެދު އަޅާފައިވާ އަޚްލާޤީ ފިޔަވަޅަކީ އެކަށީގެންވާ ފިޔަވަޅެއްތޯ ބެލުމަށްޓަކައި، މަސައްކަތުގެ އަޚްލާޤީ މިންގަނޑަށް އެ މުވައްޒަފަކު ތަބާނުވި މިންވަރާއި، އެ މުވައްޒަފެއްގެ ވާޖިބުތަކާއި، ވަޒީފާދޭ ފަރާތުން އެޅި ފިޔަވަޅާއި، އެ ފިޔަވަޅު އެޅުމުގައި ޢަމަލުކުރި ގޮތާއި، އެ މުވައްޒަފަކު އަޚްލާޤީ މިންގަނޑާ ޚިލާފުވުމުން ލިބުނު ގެއްލުމާއި، އެ މުވައްޒަފަކު މަސައްކަތުގެ އަޚްލާޤު ކުރިން ބަހައްޓަމުން އައިސްފައިވާ ގޮތުގެ މައްޗަށް ރިޢާޔަތް ކުރަންވާނެއެވެ. (ޕެރ. 3(ށ))

ދެ ފަރާތު ދެމެދު ވަޒީފާގެ އެއްބަސްވުމެއް ނެތްނަމަވެސް، މުވައްޒަފު އަދާކުރަމުންދާ ވަޒީފާގެ މަސްއޫލިއްޔަތަކީ ކޮބައިކަން އޭނާއަށް އެނގޭކަމާއި، އެ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގައި އިޙުމާލުވެފައިވާކަން މުވައްޒަފުގެ ބަހުން އެނގެންއޮތްނަމަ، މުވައްޒަފަށް މަތިކުރެވިފައިވާ ޒިންމާތަކަށާއި، އެ ޒިންމާތަކާ އޭނާގެ ފަރާތުން ޚިލާފުވެފައިވާގޮތަށް ބަލައި ހުރި މަޤާމުން ދަށް މަޤާމަކަށް ބަދަލުކުރުމަކީ ވަޒީފާއާބެހޭ ޤާނޫނުގެ 19 ވަނަ މާއްދާގެ (ހ) އާއި ކުންފުނީގެ ހިއުމަން ރިސޯސް ޕޮލިސީގެ ދަށުން ވަޒީފާދޭ ފަރާތަށް ލިބިދޭ އިޚްތިޔާރުގެ ދަށުން ކުރެވޭނެ ކަމެކެވެ. (ޕެރ. 3(ނ))

ވަޒީފާދޭ ފަރާތަށް ލިބިދޭ އިޚްތިޔާރުގެ ދަށުން މަޤާމު ދަށްކޮށްފައިވާނަމަ، އެ އިޚްތިޔާރު ބޭނުންކުރުމުގައި ޤާނޫނާ ޚިލާފްވެފައިވަނީ ކިހިނަކުންކަން މުވައްޒަފަށް ބުނެދޭންޖެހެއެވެ. (ޕެރ. 3(ނ))

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 19 ވަނަ މާއްދާގެ (ހ)، (ށ) އަދި (ނ)
  • ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ހިއުމަން ރިސޯސް ޕޮލިސީގެ 37 ވަނަ (ބ)

ފަނޑިޔާރުން

ބެންޗު
ޢަބްދުﷲ ޙަމީދު، ޢަބްދުﷲ ދީދީ، ޢަލީ ސަމީރު
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

1އިސްތިއުނާފުކުރެވޭ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 85/VTR/2014 މައްސަލައަކީ، ލ. ގަން/ ތުނޑި. ފޮތިވެލި، އަޙްމަދު ފަހީމް (ދިވެހި ރައްޔިތެއްކަން އަންގައިދޭ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ލ. ރީޖަނަލް އޮފީހުގެ މެނޭޖަރގެ މަޤާމުގައި 20 އޯގަސްޓް 2013 އިން ފެށިގެން ވަޒީފާ އަދަކުރަމުން ދަނިކޮށް، އެއްވެސް ނަސޭޙަތެއް އަދި އިންޒާރެއްވެސް ދިނުމެއްނެތި 18 މާރޗް 2014 ގައި ވަޒީފާ ދަށްކޮށް އެސިސްޓެންޓް މެނޭޖަރެއްގެ ވަޒީފާއަށް ބަދަލުކޮށްފައިވާތީ، ކުރިން ހުރި ވަޒީފާ އިޢާދަކުރުމަށާއި އަދި މުސާރައާއި ޢިނާޔަތްތައް ކުޑަކޮށްފައިވާތީ މުސާރަ ކުރިން ހުރި މިންވަރަށް ރުޖޫޢަކޮށްދިނުމަށް އެދި ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް ރައްދުވާގޮތަށް ހުށަހެޅި މައްސަލައެއްކަމާއި، އެ މައްސަލަ ނިންމަވާފައިވަނ، "ދެންފަހެ، މި މައްސަލައާ ގުޅިގެން މައްސަލަ ހުށަހެޅި ފަރާތުންނާއި މައްސަލަ ރައްދުވި ފަރާތުން ހުށަހަޅާފައިވާ ލިޔުންތަކަށާއި، މައްސަލަ ބެލި މަޖިލީހުގައި ދައްކާފައިވަ ވާހަކަތަކަށް ރިޢާޔަތްކޮށް ބަލާ އިރު، މައްސަލަ ހުށަހެޅި އަޙްމަދު ފަހީމް، ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ލ. ރީޖަނަލް އޮފީހުގެ މެނޭޖަރ ގެ މަޤާމުގައް20 އޯގަސްޓް 2013 އިން ފެށިގެން ވަޒީފާ އަދާކުރަމުންދަނިކޮށް، އެއްވެސް ނަޞޭޙަތެއް އަދި އިންޒާރެއް ދިނުމެއް ނެތް18 މާރޗި 2014ގައި ވަޒީފާ ދަށްކޮށިއެސިސްޓެންޓް މެނޭޖަރެއްގެ ވަޒީފާއަށް ބަދަލުކޮށްފައިވާތީ، ކުރިން ހުރި ވަޒީފާއަށް އިޢާދަކުރުމަށާއި، އަދި މުސާރައާއި ޢިނާޔަތްތައް ކުޑަކޮށި ފައިވާތީ މުސާރަ ކުރިން ހުރި މިންވަރަށް ރުޖޫޢަކޮށްދި ނުމަށް އެދޭ ހުށަހެޅި މި މައްސަލައަ ގައި، މައްސަލަ ހުށަހެޅި ފަރާތުގެ މަޤާމު ދަށްކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނާއްފެނަކ ކޯޕަރޭޝަން ލިމިޓެޑަގެ ހިއުމަން ރިސޯސް ޕޮލިސީއާ އެއްގޮތްވާގޮތުގެ މަތިންކަމަށް މައްސަލަ ރައްދުވި ފަރާތުނ ބުނާއިރު، އަޙްމަދު ފަހީމްއާމެދު އަޅާފައިވާ އިޞްލާޙީ ފިޔަވަޅަކީ އެކް ށީގެންވާ ފިޔަޅެއްކަނަފެނަކަ ކޯޕަރޭޝަން ލިމިޓެޑް ށ ސާބިތުކޮށްދެވިފައިނުވާތީ، މައްސަލަ ހުށަހެޅި ފަރާތުގެ މަޤާމު ދަށްކޮށްފައިވަނީ ވަޒިފާއާބެހޭ ޤާނޫނާއި ޚިލާފަށް ކަމަށް މައްސަލަ ބެލި މަޖިލީހުގެ މެންބަރުންގެ އިއްތިފާޤުން ކަނޑައަޅައި، އަޙްމަދު ފަހީމް ކުރިން އިދާކުރަމުން ދިޔަ ރީޖަނަލް މެނޭޖަރގެ މަޤާމަށް ރުޖޫޢަކޮށްއެ މަޤާމުގައި އޭނާއަށް ލިބެމުންދިޔަ މުސާރައާއި ޢިނާޔަތްތައް ލިބިދިނުމަށާއި، އޭނާގެ މަޤާމު ދަށްކުރި ދުވަހުން ފެށިގެން މަޤާމު އިޢާދަކުރާ ދުވަހާ ހަމައަށް، ރީޖަނަލް މެނޭޖަރގެ މުސާރައާ ޢިނޔަތްތަކުން، އޭނާއާ ށ އެސިސްޓެންޓް މެނޭޖަރގެ މުސާރައާ ޢިނާޔަތްތަކަށް ދެވުނު ފައިސާ އުނިކުރުމަށްފަހު، ޖެހޭ މިންވަރު މިއަދު (21 ޑިސެމްބަރު 2014) އިން ފެށިގެން، 10 (ދިހައެއް) ދުވަހުގެ ތެރޭގައި ދިނުމަށްފަހު، އެކަން 3 (ތިނެއް) ދުވަހުގެ ތެރޭގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިޔުމުން އެންގުމަށް، މައްސަލަ ރައްދުވި ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް އަންގަ " މައްސަލަ ނިންމަވާފައިވާކަން އެ މައްސަލާގެ މައްސަލަ ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެންއޮވެއެވެ.

2ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 85/VTR/2014 މައްސަލަ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށް ބުނެ، ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން އަޙްމަދު ފަހީމްއާ ދޭތެރޭ އިޞްލާހީ ފިޔަވަޅު އަޅާފައިވަނީ އޭނާގެ ބެލުމުގެ ދަށުން ހިނގަމުން ދިޔަ ސްޓޭޝަންތަކަށް ނިސްބަތްވާ ބައެއް ގޭގޭގެ ކަރަންޓް ބިލުތަކަށް ފައސި ނުދައްކާތާ އެތަކެއް މަސްތަކެއް ވެގެންދިޔައިރުވެސް އެކަން ހެޑް އޮފީހަށް އަންގާފައިނުވާއިރު، އަދި އެކަން ރަނގަޅުކުރުމަށް ލ. ރީޖަންގ އެންމެ އިސް މުވައްޒަފުގެ ޙައިސިއްޔަތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅިފައިނުވާކަމަށް އިޢުތިރާފްވެ އަޙްމަދ ފަހީމް ތަޙްޤީޤަށް ދުފައިވާ ބަޔާނަށް ރިޢާޔަތްކޮށް ކަމަށްވާއިރު، އަޙްމަދު ފަހީމްގެ ޒިންމާ އޭނާއަށް އަދާނުކުރެވޭކަމަށް އޭނާ ދީފައިވާ ބަޔާނުން ސާފީކޮށް އެނގެންއޮތްއިރު، އެނާއްދޭތެރޭ އަޅާފައިވަނީ އެކަށީގެންވާ އިޞްލާހީ ފިޔަވަޅެއްކަން ސާބިތުކޮށްދެވިފައިނުވާކަމަށެ ކަނޑައަޅުއްވާފައެ ވާކަމަށް ބުނާ އ ނުކުތާތކަ ގުޅޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.

3HN1HN2HN3HN4މި މައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހެޅިފައިވާ ލިޔުންތަކަށާއުވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރ 85/VTR/2014 މައްސަލަ ނިމިފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ބުނެ، ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކުގެ މައްޗަށް ބެލިއިރު، މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.

(ހ) ފުރަތަމަ ކަމަކީ، ލ.ގަން/ ތުނޑި. ފޮތިވެލ، އަޙްމަދު ފަހީމއަށް ވަގުތީގޮތުން ރީޖަނަލް މެނޭޖަރކަމުގެ މަޤާމް ދީފައިވާކަން ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ނަންބަރު FNK/A/EMP/1330 (19 އޯގަސްޓް 2013) "ވަޒީފާގެ ޕްރޮބޭޝަންގައި ގެންގުޅެން ފެށިކަން އަންގާ ލިޔުން" އަށް ބެލުމުން އެނގޭކަމާއި، ފެނަކަ ކޯޕަރޭޝަން ލިމިޓެޑި އާއަޙްމަދު ފަހީމްއާ ދެމެދު ވަޒީފާގެ އެއްބަސްވުމެއްގައ ސޮއިކޮށްފައިނުވާކަން މި މައްސަލާގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކުން އެނގެންއޮންނައިރު،18 މާރޗި 2014 ގައި އަޙްމަދު ފަހީމް ރީޖަނަލް މެނޭޖަރކަމުގެ މަޤާމުން އެސިސްޓެންޓް މެނޭޖަރކަމުގެ މަޤާމަށް ބަދަލުކޮށްފައިވާކަން ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ނަންބަރ FNK/A/EMP/2014/94 "ވަޒީފާ/ ޑިޕާޓްމަންޓް/ ސެކްޝަން ބަދަލުވިކަމުގެ ލިޔުން" އަށް ބެލުމުން އެނގޭކަމާއި، އަޙްމަދު ފަހީމް ވަޒީފާއިން ބަދަލުކޮށްފައިވަން ލ. އަތޮޅުގެ އެކި ސެޓޭޝަންތަކަށ ނިސްބަތްވާ ގޭގޭގ ކަރަންޓް ބިލްތަކަށް ފައިސާ ނުދައްކާތް 5 މަސް ދުވަހަށްވުރެ ގިނަ ދުވަސްވެގެނު ގޮސް އެފަރާތްތަކާއި މެދު އަޅަންޖެހޭ ފިޔަވަޅު އަޅާފައިނުވާތީއާއި، ކަރަންޓް ބިލް ނުދައްކާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާފައިނުވާ ސްޓޭޝަންތަކުގެ މެނޭޖަރުން ޒިންމާކުރުވަން އެއްވެސް މަސައްކަތެއް ކޮށްފައިނުވާތީއާއި، އެފަދަ ކަންކަން ކުންފުނީގެ ސަމާލުކަމަށް ގެނެސްފައިނުވާތީ، މައްސަލަ ކުންފުނިން ތަޙުޤީޤު ކުރުމަށްފަހު އެ މަޤާމުގެ ޒިންމާ އެންމެ އެކަށީގެންވާ ގޮތުގައި އަދާކުރަމުންދާކަމަށް ނުފެންނާތީވެ،އިޞްލާހީ ފިޔަވަޅެއްގޮތުނު ޤާނޫނ ނަންބަރ 82/200 (ވަޒީފާއާބެހޭ ޤާނޫނު) އާއި ކުންފުނީގެ ހިއުމަން ރިސޯސް ޕޮލިސީއާ އެއްގޮތވާގޮތުގް މަތިން ކަމުގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން ބުނެފައިވާކަމެވެ.

(ށ) ދެވަނަ ކަމަކީ، ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 19 ވަނަ މާއްދާގެ (ހ) ގައި މުވައްޒަފުން ތަބާވާންޖެހޭ މަސައްކަތުގެ އަޚްލާޤީ މިންގަނޑުތަކަށް ތަބާނުވާނަމަ، އެ މާއްދާގައި ބަޔާންކޮށްފައިވާ ފިޔަވަޅުތަކުގެ ތެރެއިން އެ މުވައްޒަފަކާމެދު އަޅަން ފެންނަ އެކަށީގެންވާ އިސްލާޙީ ފިޔަވަޅު އެޅުމުގެ ބާރު، ވަޒީފާދޭ ފަރާތަށް ލިބިގެންވާ ކަމަށް ބަޔާންކޮށްފައިވާއިރު، އެ މާއްދާގެ ބޭނުމަށްޓަކައި "އިޞްލާޙީ ފިޔަވަޅު" ގެ މާނައިގައި އެ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކަންތައްތައް ހިމެނޭނކަމަށެ ބަޔާންކޮށްފައިވާއިރު، އެ ކަންތައްތަކުގެ ގޮތުގައި؛ (1) ނަސޭހަތްދިނުން؛ (2) ލިޔުމުން އިންޒާރު ދިނުން؛ ( 3) ވަޒީފާގެ މަސައްކަތަށް ނިކުތުނަ14 ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ހުއްޓުވުން؛ ( 4) ހުރި މަގާމަށްވުރ ދަށް މަގާމަކަށް ބަދަލު ކުރުން. ހިމެނިފައިވާއިރު، ވަޒީފާދޭ ފަރާތުން ވަކި މުވައްޒަފަކާމެދު އަޅާފައިވާ އަޚްލާޤީ ފިޔަވަޅަކީ އެކަށީގެންވާ ފިޔަވަޅެއްތޯ ބެލުމަށްޓަކައި، މަސައްކަތުގެ އަޚްލާޤީ މިންގަނޑަށް އެމުވައްޒަފަކު ތަބާނުވި މިންވަރާއި، އެ މުވައްޒަފެއްގެ ވާޖިބުތަކާއި، ވަޒީފާދޭ ފަރާތުން އެޅި ފިޔަވަޅާއި، އުފިޔަވަޅު އެޅުމުގައި ޢަމަލުކުރި ގޮތާއި، އ މުވައްޒަފަކު އަޚްލާޤީ މިންގަނޑާ ޚިލާފުވުމުން ލިބުނު ގެއްލުމާއި، އެމުވައްޒަފަކު މަސައްކަތުގެ އަޚްލާޤު ކުރިން ބަހައްޓަމުން އައިސްފައިވާ ގޮތުގެ މައް ޗަށް ރިޢާޔަތް ކުރަންވާނެކަމަށް އެ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާކަނ އެނގެންއޮންނަކަމާއި، ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ހިއުމަން ރިސޯސް ޕޮލިސީގެ 37 ވަނަ (ބ) ގައްކުށުގ ކުޑަބޮޑުމިނަށާއި، ކުށުގެ ބާވަތަށާއި، އެ ކުށެ ކޮށްފައިވާ ގޮތަށާއި، އެ މުވައްޒެފެއްގެ ރެކޯޑަށް ބެލުމަށްފަހު، އ މުވައްޒަފެއްގީ މައްސަލަތައް ހުރި ގޮތެއްގެ މައްޗަށް ރިޢާޔަތްކޮށެ އެ މާއްދާގައި ބަޔާންކޮށްފައިވާ އިސްލާޙު ފިޔަވަޅުތަކުގިތެރެއިން އެ ފަހަރަކަށް އެކަށީގެންވާ ކަމަށް އޮފީހުގެ ކަމާބެހޭ ވެރިޔަކަށް ފެނުނު ފިޔަވަޅެއް އެޅިދާނެކަމަށްބަޔާންކޮށްފައިވާއިރު، އިޞްލާޙީ ފިޔަވަޅުތަކުގެ ތެރޭގައްހުރި މަގާމަށްވުރެ ދަށް މަގާމަކަށ ބަދަލު ކުރުން ހިމަނާފައިވާކަން އެ މާއްދާގެ (ނ) އަށް ބެލުމުން އެނގެންއޮންނަކަމެވެ.

(ނ) ތިންވަނަ ކަމަކީ، ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް11 މާރޗި 2014 ގައްއަޙްމަދ ފަހީމް ދީފައިވާ ބަޔާނުގައި ލ. އަތޮޅުގެ ސްޓޭޝަންތަކުން އެ ސްޓޭޝަނަކަށް ނިސްބަތްވާ ގޭގޭގެ ކަރަންޓް ބިލްތަކަށް ފައިސާ ނުދައްކާތާ ފަސްހަމަސް ވެފައިވާއިރު އަޅަންވާ ފިޔަވަޅުތައް ނޭޅިވާކަމަށާއި، ރީޖަނަލް މެނޭޖަރެއްގެ ހައިސިއްޔަތުން ސްޓޭޝަން މެނޭޖަރުންނާއި ޙަވާލުކޮށްފައިވާ މަސައްކަތްތައް އ ސްޓޭޝަންތަކުގައި ނުކުރާނަމަ އެކަންކަން ބަލާ ހެޑް އޮފީހަށް އެންގުމަކީ އަޙްމަދު ފަހީމް ކުރަންޖެހޭކަމެއްކަމަށ ބުނެ ބަޔާންދީފައިވާކަން އެނގެންއޮތުމުން، ދެ ފަރާތު ދެމެދު ވަޒީފާގެ އެއްބަސްވުމެއް ނެތްނަމަވެސް، އަޙްމަދ ފަހީމްއަދާކުރަމުންދާ ވަޒީފާގެ މަސްއޫލިއްޔަތަކީ ކޮބައިކަން އޭނާއަށް އެނގޭކަމާއި، އަދި އެ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގައި އިޙުމާލުވެފައްވް ކަން އަޙްމަދު ފަޙީމްގެ ބަހުން އެނގެންއޮންނައިރު، އަޙްމަދު ފަހީމްއަދާކުރަމުން އައާމަޤާމުގެ ގޮތުން އޭނާއަކެ ރީޖަންގެ ސްޓޭޝަންތައް ހިންގުމާ ޙަވާލުވްހުރި ފަރާތްކަން އެނގޭއިރު، އަޙްމަދު ފަހީމާ ގެ ބެލުމުގެ ދަށުން މުޅި އަތޮޅުގެ މަސައްކަތްތައް ބަލަހައްޓަމުން ގޮސްފައިވާއިރު، ލ. އަތޮޅުގެ އެކި ސްޓޭޝަންތަކުން ފަސްހަމަސް ވެފައިވާ ބިލްތަކަށް ފައިސ ދައްކާފައިނުވާއިރު، އެކަނި ޙައްލުކުރުމަށް އެކަށީގެންވާ ފިޔަވަޅެއް އެޅިފައިނުވާކަން މި މައްސަލައާ ގުޅިގެން ދ ފަރާތުން ދައްކާފައިވާ ވާހަކަތަކުން އެނގެންއޮންނަކަމާއި، އަދި އަޅަންޖެހޭ ފިޔަވަޅުތައް އެކަށީގެންވާ ގޮތެއްގައި ނޭޅުމަކު ފެނަކަ ކޯޕަރޭޝަން ލިމިޓެޑް ށ ލިބިގެންދާނެ ސީދާ ގެއްލުމެއްކަން އެނގެންއޮތުމުން، އަޙްމަދ ފަހީމްއަށް މަތިކުރެވިފައިވާ ޒިންމާތަކަށާއި، އެ ޒިންމާތަކަށާ އޭނާގެ ފަރާތުނި ޚިލާފުވެފައިވްގޮތަށް ބަލައި އަޙްމަދު ފަހީމްއަދާކުރަމުން އައި މަޤާމުން ދަށް މަޤާމަކަށް ބަދަލުކޮށްފައިވާއިރު، އެ ގޮތަށާބަދަލުކުރުމަށ ނިންމުފައިވަނ ޤާނޫނު ނަންބަރ 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގ 19 ވަނަ މާއްދާގެ (ހ) އާއި ކުންފުނީގެ ހިއުމަން ރިސޯސް ޕޮލިސީގެ 37 ވަނަ (ބ) ގެ ދަށުން ކުންފުންޏަށް ލިބިދޭ އިޚްތިޔާރުގެ ދަށުންކަން އެނގެންއޮންނަކަމާއި، އަދި އެ އިޚްތިޔާރު ބޭނުންކުރުމުގައި ޤާނޫނާ ޚިލާފްވެފައިވަނީ ކިހިނަކުންކަން އަޙްމަދު ފަހީމްއަށް ބުނެދެވިފައިނުވާކަމެވެ. ވީމާ، އިސްވެ ބަޔާންކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމުން، މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 85/VTR/2014 މައްސަލަ އިސްތިއުނާފުކުރުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން ހުށަހެޅި ނުކުތާއަށް ބަލައި އެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހިކަމުގައެވެ.  ޙުކުމް:- ދެންފަހެ، އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެހެން ހުރުމާއެކު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު /VTR/201458 މައްސަލާގައި ނިންމަވާފައިވާ ނިންމެވުމަކީ ޤާނޫނީ އަދި ޝަރުޢީ އުޞޫލުތަކާއި ޚިލާފަށް ނިންމަވާފައިވާ ނިންމެވުމެއް ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ