ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2015/HC-A/218ހައިކޯޓު · 2 އޮކްޓޫބަރު 2017 · ތަރިކައާބެހޭ

—

ބައެއް ބަދަލުކުރި
ސުޕްރީމް ކޯޓަށް އިސްތިއުނާފުކޮށްފައި ނުވޭ · ރަޖިސްޓްރީ ބެލީ 15 އޮކްޓޫބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 2 އޮކްޓޫބަރު 2017ބާވަތް: ޢާއިލީ

ޚުލާޞާ

ކޯޓަށް އައި ގޮތް
ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓުން ނުއުފުލޭ މުދަލުގެ ބައިތައް 13 ވާރިޘުންނަށް ކަނޑައަޅައި، ބަންޑާރަ ބިމަކީ ތަރިކަ މުދަލެއް ނޫންކަމަށާއި ބިން ބައިކުރުމުގެ މައްސަލަ ބިމާބެހޭ ޤާނޫނާއި ގަވާޢިދުގެ ދަށުން ވަކި މައްސަލައެއްގެ ގޮތުގައި ހުށަހަޅަންވާނެ ކަމަށް ނިންމިއެވެ.
ވާޤިޢާ
ނިޔާވި މީހެއްގެ ނަމުގައިވާ ބަންޑާރަ ގޯތީގެ ޢިމާރާތްތަކާއި ނުއުފުލޭ މުދާ ވާރިޘުންނަށް ބަހައި ގޯތި ބައިކޮށްދިނުމަށް އަނބިމީހާ ދަޢުވާކުރިއެވެ. ދެ ވާރިޘަކު އެމީހުންގެ ބައި އެހެން ވާރިޘުންނަށް ހަދިޔާކޮށްފައިވެއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ވާރިޘަކު އެހެން ވާރިޘަކަށް ހަދިޔާކުރި ބައި ބަލައިގަނެ، ތަރިކައިގައިވާ ބަންޑާރަ ގޯތީގެ ބިން ބައިކުރާނެ ގޮތް ވާރިޘުންގެ އެއްބަސްވުމާ އެއްގޮތަށް ކަނޑައެޅިދާނެތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
އިސްތިއުނާފުކުރި ވާރިޘު ބުނީ ބިމުން އޭނާއަށް ޙައްޤުވާ މިންވަރު އޭނާގެ ނުގަބޫލުގައި އެހެން ވާރިޘުންނަށް ހަމަޖައްސައިދީފައިވާ ކަމަށެވެ.
ކޯޓުގެ ސަބަބުތައް
އޭނާގެ ބައި އޭނާ ހަދިޔާކުރި ވާރިޘަށް ލިބިދީފައިވާ ކަމަށާއި، ބިމުން ހަދިޔާކުރި ވާރިޘަށް 2 ބައި ދިނުމަށް ހުރިހާ ވާރިޘުން ހައިކޯޓުގައި އެއްބަސްވި ކަމަށާއި، ބިމާބެހޭ ޤާނޫނާއި ގަވާޢިދުން އެކަމަށް ހުރަސް ނާޅާތީ، އެ ގޮތުގެ މަތިން ބިން ބައިކުރެވިދާނެ ކަމަށް ކޯޓުން ކަނޑައެޅިއެވެ.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ނިންމުން

ބައެއް ބަދަލުކުރި

ވާރިޘުން ހައިކޯޓުގައި އެއްބަސްވި ގޮތަށް ބަންޑާރަ ބިން ބައިކުރުމަށް ކަނޑައެޅި (ބައެއް ބަދަލުކުރި)

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

ނުއުފުލޭ މުދާ ތަރިކައިން ލިބިގެން ބަންޑާރަ ބިން ބައިކުރާނެ ގޮތަކާމެދު ތަރިކައިގައި ހިމެނޭ ހުރިހާ ވާރިޘުން ވަކި ގޮތަކަށް އެއްބަސްވެފައިވާނަމަ އެގޮތަކަށް ބަންޑާރަ ބިން ބައިކުރުމަށް ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި އެޤާނޫނުގެ ދަށުން ހެދިފައިވާ [ނުއުފުލޭ މުދާ ތަރިކައިން ލިބިގެން ބަންޑާރަ ބިމުން ލިބުމާބެހޭ ޤަވާޢިދު] ހުރަސް ނުއަޅާތީ، ބަންޑާރަ ބިން ބައިކުރުމުގައި ވާރިޘުން އެއްބަސްވެފައިވާ ގޮތުގެ މަތީން ބިން ބައިކުރެވިދާނެއެވެ. (ޕެރ. 03(ނ))

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު
  • ނުއުފުލޭ މުދާ ތަރިކައިން ލިބިގެން ބަންޑާރަ ބިމުން ލިބުމާބެހޭ ޤަވާޢިދު

ފަނޑިޔާރުން

ބެންޗު
ފަނޑިޔާރު ޢަލީ ސަމީރު، އިސްފަނޑިޔާރު ޢަބްދުﷲ ދީދީ، ފަނޑިޔާރު ޢަބްދުﷲ ޙަމީދު
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

1* ނަން: މަރްޔަމް އާދަމް * މިހާރުގެ އެޑްރެސް : […]

2* ނަން: އަޙްމަދު ޝަރީފު * މިހާރުގެ އެޑްރެސް : […] * އައިޑީ* ދާއިމީ އެޑްރެސް: […]

3HN1* ނަން: އާދަމް ޝަރީފު * މިހާރުގެ އެޑްރެސް : […] * އައިޑީ* ދާއިމީ އެޑްރެސް: […]

4* ނަން: ޢަބްދުﷲ ޝަރީފު * މިހާރުގެ އެޑްރެސް : […]

5* ނަން: އިސްމާޢީލް ޝަރީފު * މިހާރުގެ އެޑްރެސް : […]

6* ނަން: އަޙުސަން މުޙައްމަދު )ނިޔާވެފައި ( * މިހާރުގެ އެޑްރެސް : […] * އައިޑީ ކާޑު ނަންބަރު: * ދާއިމީ އެޑްރެސް:[…]

7* ނަން: ޒުހުދާ މުޙައްމަދު * މިހާރުގެ އެޑްރެސް : […]

8* ނަން: ޒުމްނާ މުޙައްމަދު * މިހާރުގެ އެޑްރެސް : […]

9* ނަން: ޒުލްފާ މުޙައްމަދު * މިހާރުގެ އެޑްރެސް : […] * އައިޑީ* ދާއިމީ އެޑްރެސް: […]

10* ނަން: ޒުހައިރާ މުޙައްމަދ * މިހާރުގެ އެޑްރެސް : […]

11* ނަން: ޒުނައިރާ މުޙައްމަދ * މިހާރުގެ އެޑްރެސް : […]

12* ނަން: ސަލީމާ މުޙައްމަދ * މިހާރުގެ އެޑްރެސް : […]

13* ނަން: ސަލްމާ މުޙައްމަދ * މިހާރުގެ އެޑްރެސް : […] * އައިޑީ* ދާއިމީ އެޑްރެސް: […]

14* ނަން: އާޞިމާ މުޙައްމަދ * މިހާރުގެ އެޑްރެސް : […] * އައިޑީ* ދާއިމީ އެޑްރެސް: […] * ނިމުނު ތާރީޚް : 02 އޮކްޓޯބަރު 2017  އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު : 15/N-11-C/2012  ނިންމެވިކޯޓް : ކޮޅުމަޑުލު ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓު  ޤަޟިއްޔާގެ ބާވަތް: ތަރިކަ  ހުށަހެޅުނުތާރީޚް : 01-04-2012 * ނިމުނު ތާރީޚް : 10-08-2014  މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރު ޢަބްދުﷲ ޙަމީދު، އިސްފަނޑިޔާރު ޢަބްދުﷲ ދީދީ،ފަނޑިޔާރުޢލީ ސަމީރު  ދަޢުވާގެ ޚުލާޞާ: މިއީ، ކޮޅުމަޑުލު ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓު ގެ ނަންބަރު 15/N-11-C/2012 ޤަޟިއްޔާ އެކޯޓުން ނިންމާފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެނިންމުން އިސްތިއުނާފު ކޮށްދިނުންއެދި، ގައި. ވިލިނގިލި / ފެހިވިނަ ރަޠީބާ މުޙައްމަދު )މއ. ހުރަވީގެ / މާލެ ( ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ . މިޤަޟިއްޔާގައި، އިސްތިއުނާފީ ދަޢުވާ ރައްދުވާ ފަރާތްތަކަކީ، ތ. ވޭމަންޑޫ / ޑްރީމް މަރްޔަމް އާދަމް އާއި، ތ. ވޭމަންޑޫ / ސޮނީ އަޙްމަދު ޝަރީފް އާއި، ތ. ވޭމަންޑޫ / ރޯޅި އާދަމް ޝަރީފް އާއި، ތ.ވޭމަންޑޫ/ ޑްރީމް ޢަބްދު ﷲ ޝަރީފް އާއި، ތ. ވޭމަންޑޫ / ޑްރީމް އިސްމާޢީލް ޝަރީފް އާއި، ގއ.ކޮލަމާފުށި / އޯޝަންބްލޫ އަޙުސަން މުޙައްމަދު އާއި، ތ. ވޭމަންޑޫ / ޑްރީމް ޒުހުދާ މުޙައްމަދު އާއި، ތ.ވޭމަންޑޫ / ޑްރީމް ޒުމްނާ މުޙައްމަދު އާއި، […] / މާލެ ޒުލްފާ މުޙައްމަދު އާއި، ތ. ވޭމަންޑޫ / ޑްރީމް ޒުހައިރާ މުޙައްމަދު އާއި، ތ. ވޭމަންޑޫ / ޑްރީމް ޒުނައިރާ މުޙައްމަދު އާއި، ތ. ވޭމަންޑޫ / ޑްރީމް ސަލީމާ މުޙައްމަދު އާއި، ގއ. ކޮލަމާފުށި / އޯޝަންބްލޫ ސަލްމާ މުޙައްމަދު އާއި ގއ. ކޮލަމާފުށި / އޯޝަންބްލޫ އާޞިމާ މުޙައްމަދު އެވެ  ފާހަގަކުރެވުނު ނުކުތާތައް: 01- ކޮޅުމަޑުލު ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 15/N-11-C/2012 ޤަޟިއްޔާއަކީ، ތ. ވޭމަންޑޫ / ޑްރީމް މުޙައްމަދު އިބްރާހީމް 9 އޭޕްރީލް 1997 ގައި ނިޔާވެފައިވާތީ އެ މަރުޙޫމަށް ރަޖިސްޓަރީކޮށްދީފައިވާ ތ.ވޭމަންޑޫ ]ޑްރީމް[ އެވެކިޔާ ބަންޑާރަ ގޯތީގައި ހުރި އެމަރުޙޫމުގެ ތަރިކައިގައިވާ އެންމެހައި ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނާއި ތަކެތި )މިގޯތީގައި ހުރި ނުއުފުލޭ މުދާ( އެމަރުޙމުގެ 15 ވާރިޘުންނަށް ތަރިކައިގެ އުޞޫލުން ބަހައި، ގޯތި ބައިކޮށް މުދާ ވަކިކޮށްދިނުމަށް އެދި އެމަރުޙޫމުގެ ހުވަފަތް އަނބި ތ. ވޭމަންޑޫ / ޑްރީމް މަރިޔަމް އާދަމް ހުށަހެޅުމުން ބައްލަވާ ނިންމަވާފައިވާ ޤަޟިއްޔާއެއްކަމާއި؛ އެ ޤަޟިއްޔާގެ ޙުކުމުގައި ބަޔާންކޮށްފައިވަނީ : ]ދެންފަހެ، ތ. ވޭމަންޑޫ ޑްރީމް މުޙައްމަދު އިބްރާހީމް 9 އޭޕްރީލް 1997 ގައި ނިޔާވެފައިވާތީ އެމަރުޙޫމަށް ރަޖިސްޓަރީކޮށްދީފައިވާ ތ.ވޭމަންޑޫ ]ޑްރީމް[ އެވެކިޔާ ބަންޑާރަ ގޯތީގައި ހުރި އެމަރުޙޫމުގެ ތަރިކައިގައިވާ އެންމެހައި ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނާއި ތަކެތި )މިގޯތީގައި ހުރި ނުއުފުލޭ މުދާ ( އެމަރުޙޫމުގެ 15 ވާރިޘުންނަށް ތަރިކައިގެ އުޞޫލުން ބަހައި، ގޯތި ބައިކޮށް މުދާ ވަކިކޮށްދިނުމަށް އެދި އެމަރުޙޫމުގެ ހުވަފަތް އަނބި ތ. ވޭމަންޑޫ ޑްރީމް މަރިޔަމް އާދަމް ހުށަހެޅުމުން ބެލުނު މިޤަޟިއްޔާގައި، އިސްވެދިޔަ ބަޔާންތަކަށާއި، މައްސަލައާ ގުޅޭ ލިޔުންތަކުގެ މައްޗަށާއި، ފާހަގަ ކުރެވުނު ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް، ތ. ވޭމަންޑޫ ޑްރީމް މުޙައްމަދު އިބްރާހީމް 9 އޭޕްރީލް 1997 ގައި ނިޔާވެފައިވާ ކަމަށާއި، އަލްމަރުޙޫމް މުޙައްމަދު އިބްރާހީމް ނިޔާވިއިރު ވާރިޘުންގެ ގޮތުގައި ދުނިޔޭގައި ތިބީ މިރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ 2 ވަނަ ނަންބަރުގައި ބުނެފައިވާ އަނބި މަރިޔަމް އާދަމާއި 5 ފިރިހެން ދަރިން )އަޙްމަދު ޝަރީފު، އާދަމް ޝަރީފު، ޢަބްދުﷲ ޝަރީފު، އިސްމާޢީލް ޝަރީފު، އަލްމަރުޙޫމް އަޙުސަން މުޙައްމަދު ( އާއި، 9 އަންހެން ދަރިން )ޒުހުދާ މުޙަ އްމަދު، ޒުމްނާ މުޙައްމަދު، ޒުލްފާ މުޙައްމަދު، ޒުހައިރާ މުޙައްމަދު، ޒުނައިރާ މުޙައްމަދު، ސަލީމާ މުޙައްމަދު، ރަޠީބާ މުޙައްމަދު، ސުލްމާ މުޙައްމަދު، އާސިމާ މުޙައްމަދު ( އެކި ޖުމްލަ މި 15 )ފަނަރަ ( ވާރިޘުންކަމަށާއި، ތަރިކަ މުދަލުގެ ގޮތުގައި ވާރިޘުންނަށް ބަހަން ހުށަހަޅާފައިވާ މުދަލަކީ ތ. ވޭމަންޑޫ ޑްރީމް އެވެކިޔާ ބަންޑާރަ ގޯތީގައި ހުރި ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނާއި ތަކެތިކަމަށާއި، އަލްމަރުޙޫމް މުޙައްމަދު އިބްރާހީމްގެ މިތަރިކަ ތަރިކައިގެ އުޞޫލުން ބެހެނީ 152 ބައިން ކަމަށްވާއިރު ބުނެވިދިޔަ އަލްމަރުޙޫމް މުޙައްމަދު އިބްރާހީމްގެ ކޮންމެ ފިރިހެން ދަރިއަކަށް 152 ގެތެރެއިން 14 ބައި، ކޮންމެ އަންހެން ދަރިއަކަށް 152 ގެ ތެރެއިން 07 ބައި، އަނބި މަރްޔަމް އާދަމަށް 152 ގެ ތެރެއިން 19 ބައި މިތަރިކައިން ލިބޭއިރު، މިރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ 9، 8، 7، 6 )ހައެއް، ހަތެއް، އަށެއް، ނުވައެއް ( މިތިން ނުކުތާގައިވާ މަގުން ތަރިކަމުދަލުން އަންހެން ދަރި ރަޠީބާ މުޙައްމަދާއި ފިރިހެން ދަރި ޢަބްދު ﷲ ޝަރީފަށް ލިބޭބައި ދޫކޮށް ހަދިޔާކުރުމުގެ ކަންތައްތައް ހިގާ ގޮސްފައިވާތީ، އަލްމަރުޙޫމް މުޙައްމަދު އިބްރާހީމަށް ރަޖިސްޓްރީ ކޮށްދީފައިވާ ތ. ވޭމަންޑޫ ޑްރީމް )ރަޖިސްޓްރީ ނަންބަރު 58( އެވެކިޔާ ބަންޑާރަ ގޯތީގައިވާ އެންމެހައި ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނުން )މިގޯތީގައި ހުރި ނުއުފުލޭ މުދަލުން (، އަނބި މަރްޔަމް އާދަމަށް 152 ގެ ތެރެއިން 20 ބައި މިލްކުވެގެންވާ ކަމަށާއި، ފިރިހެންދަރި އަޙްމަދު ޝަރީފަށް 152 ގެ ތެރެއިން 15 ބައި މިލްކުވެގެންވާ ކަމަށާއި، ފިރިހެންދަރި އާދަމް ޝަރީފަށް 152 ގެ ތެރެއިން 15 ބައި މިލްކުވެގެންވާ ކަމަށާއި، ފިރިހެންދަރި އިސްމާޢީލް ޝަރީފަށް 152 ގެ ތެރެއިން 15 ބައި މިލްކުވެގެންވާ ކަމަށާއި، ފިރިހެންދަރި އަލްމަރުޙޫމް އަޙުސަނު މުޙައްމަދަށް 152 ގެ ތެރެއިން 15 ބައި މިލްކުވެގެންވާ ކަމަށާއި، އަންހެންދަރި ޒުހުދާ މުޙައްމަދަށް 152 ގެ ތެރެއިން 8 ބައި މިލްކުވެގެންވާ ކަމަށާއި، އަންހެންދަރި ޒުމްނާ މުޙައްމަދަށް 152 ގެ ތެރެއިން 8 ބައި މިލްކުވެގެންވާ ކަމަށާއި، އަންހެންދަރި ޒުލްފާ މުޙައްމަދަށް 152 ގެ ތެރެއިން 16 ބައި މިލްކުވެގެންވާ ކަމަށާއި، އަންހެންދަރި ޒުހައިރާ މުޙައްމަދަށް 152 ގެ ތެރެއިން 8 ބައި މިލްކުވެގެންވާ ކަމަށާއި، އަންހެންދަރި ޒުނައިރާ މުޙައްމަދަށް 152 ގެ ތެރެއިން 8 ބައި މިލްކުވެގެންވާ ކަމަށާއި، އަންހެންދަރި ސަލީމާ މުޙައްމަދަށް 152 ގެ ތެރެއިން 8 ބައި މިލްކުވެގެންވާ ކަމަށާއި، އަންހެންދަރި ސަލްމާ މުޙައްމަދަށް 152 ގެ ތެރެއިން 8 ބައި މިލްކުވެގެންވާ ކަމަށާއި، އަންހެންދަރި އާސިމާ މުޙައްމަދަށް 152 ގެ ތެރެއިން 8 ބައި މިލްކުވެގެންވާ ކަމުގައި ކަނޑައަޅައި، މިހާރު ބުނެވިދިޔަ ގޮތުގެ މަތީން ތ. ވޭމަންޑޫ ޑްރީމް )ރަޖިސްޓްރީ ނަންބަރު 58( އެވެކިޔާ ބަންޑާރަ ގޯތީގައިވާ އެންމެހައި ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނުގެ )މިގޯތީގައި ހުރި ނުއުފުލޭ މުދަލުގެ ( މިލްކުވެރިންނަކީ އަނބި މަރްޔަމް އާދަމާއި،ފިރިހެންދަރި އަޙްމަދު ޝަރީފާއި ފިރިހެންދަރި އާދަމް ޝަރީފާއި، ފިރިހެންދަރި އިސްމާޢީލް ޝަރީފާއި، ފިރިހެންދަރި އަލްމަރުޙޫމް އަޙުސަނު މުޙައްމަދާއި، އަންހެންދަރި ޒުހުދާ މުޙައްމަދާއި، އަންހެންދަރި ޒުމްނާ މުޙައްމަދާއި، އަންހެންދަރި ޒުލްފާ މުޙައްމަދާއި، އަންހެންދަރި ޒުހައިރާ މުޙައްމަދާއި، އަންހެންދަރި ޒުނައިރާ މުޙައްމަދާއި، އަންހެންދަރި ސަލީމާ މުޙައްމަދާއި، އަންހެންދަރި ސަލްމާ މުޙައްމަދާއި، އަންހެންދަރި އާސިމާ މުޙައްމަދާ އެކު ޖުމްލަ މި 13 )ތޭރަ ( ވާރިޘުން ކަމުގައި ޙުކުމްކޮށް، ގޯތީގެ ބިން ބައިކުރާނެ ގޮތަކާމެދު ވާރިޘުންނަށް އެއްބަސްވުމަކަށް އާދެވިފައިނުވާތީ އާއި، އަލްމަރުޙޫމް މުޙައްމަދު އިބްރާހީމަށ ރަޖިސްޓްރީކޮށްދީފައިވާ ތ. ވޭމަންޑޫ ޑްރީމް )ރަޖިސްޓްރީ ނަންބަރު 58( ގޯއްޗަކީ ބަންޑާރަ ގޯއްޗަކަށް ވީ ހިނދު، މިގޯތީގެ ބިމަކީ އަލްމަރުޙޫމް މުޙައްމަދު އިބްރާހީމް ދޫކޮށްފައި ދިޔަ އެމަރުޙޫމުގެ މިލްކުގައިވާ ތަރިކަ މުދަލެއް ނޫންކަމާއި، ދިރިއުޅުމަށްޓަކައި އެކިއެކި ފަރާތްތަކާ ހަވާލުކުރެވޭ ބަންޑާރަ ގޯތީގެ ބިމަކީ އެ ބިން ހަވާލުކުރެވޭ ފަރާތުގެ މިލްކަކަށް ނުވާއިރު، އަދި އެފަދަ ބިންބިމަކީ ދިވެހި ދައުލަތުގެ މިލްކިއްޔާތުގައި ހިމެނޭ ތަކެތި ކަމާއި، ވާރިޘުންގެ މެދުގައި ބަންޑާރަ ބިން ބަހަންވާނީ ]ނުއުފުލޭ މުދާ ތަރިކައިން ލިބިގެން ބަންޑާރަ ބިމުން ލިބުމާބެހޭ ޤަވާޢިދު[ ގައިވާ ގޮތުގެ މަތިން ބިން ލިބޭ ވާރިޘުންގެ ތެރެއިން ބިން ލިބިގަތުމަށް އެދޭ މީހުންގެ މެދުގައި ހަމަހަމައަށްކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/18 ޤަޟިއްޔާއިން އެނގެން އޮންނަ އޮތުމުގެ މައްޗަށް ރިޢާޔަތްކުރާއިރު، ގޯތި ބައިކުރެވޭނީ ނުއުފުލޭ މުދާ ތަރިކައިން ލިބޭ މީހުންގެ މެދުގައި ކަމަށްވާތީ، މިޤަޟިއްޔާއިން ނުއުފުލޭ މުދާ މިލްކުވި ބުނެވިދިޔަ 13 ވާރިޘުންގެ މެދުގައި ބިން ބައިކޮށް، މުދާ ވަކިކުރުމުގެ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ހުށަހެޅުމުން، ބިމާބެހޭ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހަދާފައިވާ ]ނުއުފުލޭ މުދާ ތަރިކައިން ލިބިގެން ބަންޑާރަ ބިމުން ލިބުމާބެހޭ ޤަވާޢިދު [ގެ ދަށުން އެމައްސަލަ ބަލައި ގޯތި ބައިކޮށް މުދާ ވަކިކޮށްދެވޭނެ ކަމުގައި އަންގައި މިޤަޟިއްޔާ ނިނެމީ އެވެ.[ މިފަދައިން ކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެންއޮވެއެވެ . 02- ކޮޅުމަޑުލު ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 15/N-11-C/2012 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތްނުވާކަމަށް ބުނު،ރަޠީބާ މުޙައްމަދްގެ ފަރާތުން އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އަންނަނިވި ނުކުތާ ފާހަގަކޮށް، އެނުކުތާއާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އޭގެ ތެރެއިން :-  އެ ނުކުތާއަކީ : ރަޠީބާ މުޙައްމަދުގެ ބައްޕަ، އަލްމަރުޙޫމް މުޙައްމަދު އިބްރާހީމްގެ ތަރިކައިގައިހުރި ]ޑްރީމް[ އެވެކިޔާ ބަންޑާރަ ގޯތީގެ ބިމާއި އެބިމުގައި ހުރި ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނުން ރަޠީބާ މުޙައްމަދަށް ޙައްޤުވި މިންވަރު ރަޠީބާ މުޙައްމަދުގެ ނުގަބޫލުގައި ރަޠީބާ މުޙައްމަދުގެ ކިބައިން ނަގައި ދެންތިބި ވާރިޘުންނަށް ޝަރީޢަތުން ހަމަޖައްސާދެއްވާފައިވާ ކަމަށް ބުނެ ފާހަގަ ކުރި ނުކުތާއެވެ . 03- ކޮޅުމަޑުލު ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 15/N-11-C/2012 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ރަޠީބާ މުޙައްމަދަގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅިގެން މައްސަލާގައި ހިމެނޭ ފަރާތްތަކުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ . )ހ( ތ. ވޭމަންޑޫ / ޑްރީމް މުޙައްމަދު އިބްރާހީމް 9 އޭޕްރީލް 1997 ގައި ނިޔާވެފައިވާތީ އެ މަރުޙޫމުގެ ނަމުގައި ރަޖިސްޓަރީކުރެވިފައިވާ ތ.ވޭމަންޑޫ ]ޑްރީމް[ އެވެކިޔާ ބަންޑާރަ ގޯތީގައި ހުރި އެމަރުޙޫމުގެ ތަރިކައިގައިވާ އެންމެހައި ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނާއި ތަކެތި އެމަރުޙޫމުގެ ވާރިޘުންނަށް ތަރިކައިގެ އުޞޫލުން ބަހައި، ގޯތި ބައިކޮށް މުދާ ވަކިކޮށްދިނުމަށް އެދި ކޮޅުމަޑުލު ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 15/N-11-C/2012 ޤަޟިއްޔާއިން މަރުޙޫމު މުޙައްމަދު އިބްރާހީމްގެ ހުވަފަތް އަނބި ތ. ވޭމަންޑޫ/ ޑްރީމް މަރިޔަމް އާދަމް ހުށަހަޅާފައިވާކަން އެނގެން އޮވެއެވެ . )ށ( ތ. ވޭމަންޑޫ ޑްރީމް މުޙައްމަދު އިބްރާހީމް 9 އޭޕްރީލް 1997 ގައި ނިޔާވެފައިވާ ކަމާއި، އަލްމަރުޙޫމް މުޙައްމަދު އިބްރާހީމް ނިޔާވިއިރު ވާރިޘުންގެ ގޮތުގައި ދުނިޔޭގައި ތިބީ އަނބި މަރިޔަމް އާދަމާއި 5 ފިރިހެން ދަރިންކަމުގައިވާ އަޙްމަދު ޝަރީފު، އާދަމް ޝަރީފު، ޢަބްދުﷲ ޝަރީފު، އިސްމާޢީލް ޝަރީފު، އަލްމަރުޙޫމް އަޙުސަން މުޙައްމަދު އާއި، 9 އަންހެން ދަރިންކަމުގައިވާ ޒުހުދާ މުޙައްމަދު، ޒުމްނާ މުޙައްމަދު، ޒުލްފާ މުޙައްމަދު، ޒުހައިރާ މުޙައްމަދު، ޒުނައިރާ މުޙައްމަދު، ސަލީމާ މުޙައްމަދު، ރަތީބާ މުޙައްމަދު، ސަލް މާ މުޙައްމަދު، އާސިމާ މުޙައްމަދު އާއި އެކު ޖުމްލަ މި 15 ވާރިޘުންކަން އެނގެން އޮވެއެވެ. )ނ( ރަޠީބާ މުޙައްމަދުގެ ބައްޕަ، އަލްމަރުޙޫމް މުޙައްމަދު އިބްރާހީމްގެ ތަރިކައިގައިހުރި ]ޑްރީމް[ އެވެކިޔާ ބަންޑާރަ ގޯތީގެ ބިމާއި އެބިމުގައި ހުރި ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނުން ރަޠީބާ މުޙައްމަދަށް ޙައްޤުވި މިންވަރު ރަޠީބާ މުޙައްމަދުގެ ނުގަބޫލުގައި ރަޠީބާ މުޙައްމަދުގެ ކިބައިން ނަގައި ދެންތިބި ވާރިޘުންނަށް ޝަރީޢަތުން ހަމަޖައްސާދެއްވާފައިވާކަމަށް ރަޠީބާ މުޙައްމަދުގެ ފަރާތުން ފާހަގަކޮށްފައިވާއިރު، ރަޠީބާ މުޙައްމަދަށް އޭނަގެބައްޕަގެ ތަރިކައިން ލިބުނު މިންވަރު ރަޠީބާ މުޙައްމަދު ހަދިޔާކުރި ފަދައިން ޒުލްފާ މުޙައްމަދަށް ލިބިދެއްވާފައިވާކަން އެނގެން އޮންނަކަމާއި؛ މިމައްސަލައިގައި ރަޠީބާ މުޙައްމަދުގެ ފަރާތުން ހިތްހަމަ ނުޖެހޭ ކަމަކީ ރަޠީބާ މުޙައްމަދަށް ރަޠީބާ މުޙައްމަދުގެ ބައްޕަ، އަލްމަރުޙޫމް މުޙައްމަދު އިބްރާހީމްގެ ތަރިކައިގައިހުރި ]ޑްރީމް[ އެވެކިޔާ ބަންޑާރަ ގޯތީގެ ބިމުން ލިބޭނެ ކަމަށް ރަޠީބާ މުޙައްމަދު ޤަބޫލުކުރާ މިންވަރު ޒުލްފާ މުޙައްމަދަށް ލިބި ނުދެއްވާ މައްސަލަ ނިންމަވާފައި އޮތުމުންކަން އެނގެން އޮންނަކަމާއި؛ އަލްމަރުޙޫމް މުޙައްމަދު އިބްރާހީމްގެ ތަރިކައިގައިހުރި ]ޑްރީމް[ އެވެކިޔާ ބަންޑާރަ ގޯތީގެ ބިން ބައިކުރުމުގައި ރަޠީބާ މުޙައްމަދު ހުށަހަޅާފައިވާ ފަދައިން ޒުލްފާ މުޙައްމަދަށް 2 ބައި ދިނުމާމެދު މިތަރިކައިގެ ހިމެނޭ ހުރިހާ ވާރިޘުންގެ މެދުގައި އެއްވެސް ޚިލާފެއްނެތި ދިވެހިރާއްޖޭގެ ހައިކޯޓުގައި އެއްބަސްވެފައިވާކަމާއި ؛ ނުއުފުލޭ މުދާ ތަރިކައިން ލިބިގެން ބަންޑާރަ ބިން ބައިކުރާނެ ގޮތަކާމެދު ތަރިކައިގައި ހިމެނޭ ހުރިހާ ވާރިޘުން ވަކި ގޮތަކަށް އެއްބަސްވެފައިވާނަމަ އެގޮތަކަށް ބަންޑާރަ ބިން ބައިކުރުމަށް ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި އެޤާނޫނުގެ ދަށުން ހެދިފައިވާ ]ނުއުފުލޭ މުދާ ތަރިކައިން ލިބިގެން ބަންޑާރަ ބިމުން ލިބުމާބެހޭ ޤަވާޢިދާ[ ހުރަސް ނުއަޅާ ކަމަށްޓަކައި، މޯތަރިކައިގައި ހިމެނޭ ބަންޑާރަ ބިން ބައިކުރުމުގައި ވާރިޘުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެއްބަސްވެފައިވާ ގޮތުގެ މަތީން ބިން ބައިކުރެވިދާނެކަން އެނގެއެވެ.  ޙުކުމް: ދެންފަހެ، އިސްވެ ފާހަގަ ކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވިފައިވާ ކަންކަން އެގޮތުގެ މަތީން ހުރުމުން، އަލްމަރުޙޫމް މުޙައްމަދު އިބްރާހީމްގެ ތަރިކައިގައިހުރި ]ޑްރީމް[ އެވެކިޔާ ބަންޑާރަ ގޯތީގެ ބިން ބައިކުރުމަށް ވާރިޘުންގެ ފަރާތުން ހުށަހަޅައިފިނަމަ، މިޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައިވާ އުޞޫލާ އެއްގޮތްވާ ގޮތުގެ މަތިން ބިން ބައިކޮށްދިނުމަށް މ ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ .

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ