ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2015/HC-A/263ހައިކޯޓު · 8 ނޮވެމްބަރު 2017 · ވަޒީފާއާބެހޭ

—

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ސުޕްރީމް ކޯޓަށް އިސްތިއުނާފުކޮށްފައި ނުވޭ · ރަޖިސްޓްރީ ބެލީ 15 އޮކްޓޫބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 8 ނޮވެމްބަރު 2017ބާވަތް: ވަޒީފާއާބެހޭ

ޚުލާޞާ

ކޯޓަށް އައި ގޮތް
ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައެޅީ ވަކިކުރީ ޤާނޫނާ ޚިލާފަށްކަމަށާއި، ވަޒީފާއަށް އަނބުރާ ބަހައްޓައި ނުލިބިވާ މުސާރައާއި ޢިނާޔަތްތައް ދޭން އަމުރުކުރިއެވެ.
ވާޤިޢާ
މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ ޑެކްހޭންޑެއް، ލޭންޑިންގ ކްރާފްޓެއްގެ ގިއަރ ބޮކްސަށް ހަކުރު އެޅި މައްސަލާގައި އެކަމަށް ހިތްވަރުދީ ވާހަކަ ދެއްކިކަމަށް ދެ މުވައްޒަފަކު ދިން ހެކިބަހަށް ބިނާކޮށް ނޯޓިސް ނުދީ ވަޒީފާއިން ވަކިކުރިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ދެ މުވައްޒަފަކު ދިން ހެކިބަހުގެ މައްޗަށް ބިނާކޮށް ނޯޓިސް ނުދީ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން ޤާއިމުކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަމާއި އިޖްރާއީ ޢަދުލުވެރިކަން ޤާއިމުކުރެވިފައިވޭތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
ކުންފުނިން ބުނީ ކިތާބީ ހެކިތަކަށާއި ތަޙްޤީޤު ރިޕޯޓަށް ރިޢާޔަތްކޮށްފައި ނުވާކަމަށާއި، މައުޟޫޢީ އަދި އިޖްރާއީ ޢަދުލުވެރިކަން ފުރިހަމަކޮށްފައިވާކަމަށެވެ.
ކޯޓުގެ ސަބަބުތައް
ހާދިސާ ހިނގި ތާރީޚާއި ހަކުރު އެޅީ ކާކުކަން ނޭނގި، ދެ މުވައްޒަފަކު ބުނި ވާހަކައަކަށް ބިނާކޮށް ނޯޓިސް ނުދީ ވަކިކުރުމުން މައުޟޫޢީ އަދި އިޖްރާއީ ޢަދުލުވެރިކަން ޤާއިމުކުރެވިފައިވާކަމަށް ނުބެލެވޭތީ ޓްރައިބިއުނަލުގެ ނިންމުމަށް ބަދަލު ނުގެނެވެއެވެ.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

އިސްތިއުނާފު ބާޠިލް، ޓްރައިބިއުނަލުގެ ނިންމުން ޤާއިމް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން މުވައްޒަފަކު އޭނާ އަދާކުރަމުން އައި ވަޒީފާއިން ވަކިކުރާނަމަ، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ނިންމި ނިންމުމުގައި މައުޟޫޢީ ޢަދުލުވެރިކަމާއި (substantive fairness) އިޖްރާއީ ޢަދުލުވެރިކަން (procedural fairness) ޤާއިމުކޮށްފައިވޭތޯ ބަލާ އެކަންކަން ކަށަވަރުވާންޖެހޭނެއެވެ. (ޕެރ. 3(ނ))

މައުޟޫޢީ ޢަދުލުވެރިކަމަކީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރެވުނު ސަބަބަކީ ޢަދުލުވެރި ނުވަތަ އެކަށީގެންވާ ސަބަބެއްކަމަށް ވުމެވެ. ނޯޓިހެއް ދިނުމަކާ ނުލައި ވަޒީފާ އަދާކުރާ ފަރާތެއް އޭނާގެ ވަޒީފާއިން ވަކިކުރެވޭނީ، އޭނާގެ މަސައްކަތުގެ އަޚްލާޤު އެކަށީގެން ނުވުމާއެކު، އޭނާ ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ، އެކަށީގެންވާ ހަމަތަކަށް ބަލާއިރު، ކުރެވޭނެ ކަމެއްކަމަށް ވަޒީފާދޭ ފަރާތަށް ނުފެންނަ ޙާލަތުގައެވެ. (ޕެރ. 3(ނ))

މުވައްޒަފެއްގެ މަސައްކަތުގެ އަޚްލާޤު ރަނގަޅު ނޫންކަމަށް ވަޒީފާދޭ ފަރާތުން ނިންމުމުގައި، އެނިންމުމަށް ވާސިލުވުމަށް ވަޒީފާދޭ ފަރާތުން ތަޠްބީޤުކުރި ހަމައަކީ އެކަށީގެންވާ ހަމައެއްކަމަށް ވާންޖެހޭނެއެވެ. އެކަށީގެންވާ ހަމައެއްނެތި، ވަޒީފާދޭ ފަރާތަށް ހަމަ ފެންނަ ފެނުމެއްގެ މައްޗަށް އެކަނި ބިނާކޮށް މުވައްޒަފަކު ވަޒީފާއިން ވަކިނުކުރެވޭނެއެވެ. (ޕެރ. 3(ނ))

މުވައްޒަފެއްގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކަމަކާ ގުޅިގެން ވަޒީފާދޭ ފަރާތުން ކުރާ ތަޙްޤީޤުގައި ބަލަންޖެހޭނީ، މަދަނީ އަދި އިދާރީ ފިޔަވަޅެއް އެޅުމަށްޓަކައި އެކަމެއް ސާބިތުކުރަން އޮންނަ މިންގަނޑުން އެކަމެއް ސާބިތުވޭތޯއެވެ. އެމިންގަނޑަކީ އެމައްސަލައަކާ ގުޅިގެން ފެންނަންހުރި ހަޤީޤަތްތަކުގެ މައްޗަށް ބަލައި އެކަންކަން ވަޒަންކުރާއިރު ބޮޑަށް ބުރަވެވޭ ގޮތެއްގެ މައްޗަށް ބިނާކުރުމެވެ (balance of probabilities). (ޕެރ. 3(ނ))

މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ވަޒީފާދިން ފަރާތުން ނިންމުމުގައި އިޖްރާއީ ޢަދުލުވެރިކަން ޤާއިމުކުރެވިފައިވާކަމަށް، ޢާންމު ޙާލަތްތަކުގައި ކަނޑައެޅޭނީ، ވަޒީފާދޭ ފަރާތުން އެންމެ ކުޑަމިނުން، ތުހުމަތުކުރެވިފައިވާ ކަމަކާބެހޭ މަޢުލޫމާތު (އޭރަކު ދެވެން ހުންނަ ހުރިހާ ތަފްސީލަކާއެކު) އެމުވައްޒަފަކަށް ދީ، އެ ތުހުމަތަކާމެދު ޖަވާބުދާރީވުމުގެ ފުރުޞަތު ދީ، އެމައްސަލައެއް އިދާރީގޮތުން ތަޙްޤީޤުކޮށް، ޤާނޫނުގެ ދަށުން ފުރިހަމަވާންޖެހޭ ދެ ޝަރުޠު ފުރިހަމަވާކަމަށް ތަޙްޤީޤަކަށް ފެނިގެން ވަކިކުރަން ނިންމައިފިނަމަ، ވަކިކުރި ސަބަބުތަކާއެކު އެމުވައްޒަފަކަށް އަންގާފައިވާނަމައެވެ. (ޕެރ. 3(ނ))

ޖަވާބުދާރީވުމަށް މުވައްޒަފަކަށް ފުރުޞަތު ދެވޭއިރު، އެމުވައްޒަފަކު ބޭނުންވެއްޖެނަމަ، އެމުވައްޒަފަކު ކަނޑައަޅާ މީހެއްގެ އެހީތެރިކަން ހޯދުމުގެ ފުރުޞަތުވެސް އެމީހަކަށް ދޭންޖެހޭނެއެވެ. (ޕެރ. 3(ނ))

ހާދިސާ ހިނގި ތާރީޚާއި ތުހުމަތުކުރެވޭ ފަރާތް ޢަމަލު ކުރިކަން ކަނޑައެޅިގެން ނޭނގި، ދެމުވައްޒަފަކު ބުނި ވާހަކައެއްގެ މައްޗަށް ބިނާކޮށް ނޯޓިސްއެއް ދިނުމަކާ ނުލައި މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަކީ، ވަކިކުރުމުގައި ފުރިހަމަވާންޖެހޭ މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރުމަށްފަހު ކުރި ކަމެއްކަމަށް ނުބެލެވޭނެއެވެ. (ޕެރ. 3(ރ))

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގެ (ހ) އަދި (ށ)
  • ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 21 ވަނަ މާއްދާ އަދި 22 ވަނަ މާއްދާ (ޓްރައިބިއުނަލަށް ހުށަހެޅި ދަޢުވާގައި)
  • ހެއްކާބެހޭ ޤާނޫނު (އިސްތިއުނާފުގެ ނުކުތާގައި)
  • ވަޒީފާގެ އެއްބަސްވުމުގެ 27.2 ވަނަ މާއްދާ
  • ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/24 ޤަޟިއްޔާ
  • ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/212 ޤަޟިއްޔާ

ފަނޑިޔާރުން

ބެންޗު
ޢަބްދުﷲ ޙަމީދު، ޝުޖާޢު ޢުޘްމާން، ޢަބްދުއްރައޫފު އިބްރާހީމް
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

g ދިވެހިރާއްޖޭގެ ހައިކޓޯ ދިވެހިރާއްޖެ ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ  ޤަޟިއްޔާ ނަންބަރު: 263A/-/HC5120  އިސްތިއުނާފުކުރި ފަރާތް: * ނަން: މޯލްޑިވްސް ޕޯޓްސް ލިމިޓެޑް * ދާއިމީ އެޑްރެސް: […] * ރަޖިސްޓްރީ ނަންބަރު: * މިހާރުގެ އެޑްރެސް: […] * ނަން: ޢަބްދު ﷲ މުޙައްމަދު * ދާއިމީ އެޑްރެސް: […] * އައިޑީ ކާޑުނަންބަރު: * މިހާރުގެ އެޑްރެސް: […] * ނިމުނު ތާރީޚް: 21 ޞަފަރ 1241 08 ޖުލައި 1122 10 ނޮވެމްބަރ 7112  އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 4/VTR/201118  ނިންމެވި ފަރާތް: ވަޒީއާބެހޭ ޓްރައިބިއުނަލް  މައްސަލއިގަ ބާވަތް: ވަޒީފާއާ ބެހޭ  ހުށަހެޅި ތާރީޚް: 28.08.2014 * ނިމުނު ތާރީޚް: 28.04.2015  މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރު ޢަބްދުﷲ ޙަމީދު ފަނޑިޔާރް ޝުޖާޢުޢުޘްމާނަ ފަނޑިޔާރް ޢަބްދުއްރައޫފު އިބްރާހީމް (ރިޔާސަތު)  ދަޢުވާގެ ޚުލާޞާ: މިއީ،ވަޒީފާއާބެހެޓްރައިބިއުނަލްގ ނަންބަރ 4/VTR/201118 މައްސަލަ، އެ ޓރައިބިއުން ލ ނ ނނި މާފައިވަން ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ ފަރާތުން އެ މައްސަލަ އިސްތިއުނާފު ކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބލެވުނެ ޤަޟިއްޔާއެކެވެ. މި މައްސަލާ ގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ޅ.ހިންނަވަރު، އެވަރެސްޓް / ޢަބްދުﷲ މުޙައްމަދއުވެ.  ފާހަގަކުރެވުނު ނުކުތާތައް:

2) އިސްތިއުނާފު ކުރެވޭ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 118/VTR/2014 މައްސަލައަކީ ޅ.ހިންނަވަރު، އެވަރެސްޓް / ޢަބްދުﷲ މުޙައްމަދު 2 ނޮވެމްބަރ 1122 އިން ފެށިގެން މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ޑެކްހޭންޑް ގްރޭޑް 2ގެ މަޤާމުގައި ވަޒީފާ އަދާކުރަމުން ދަނިކޮށް ވަޒީފާއާބެހޭ ޤާނޫނުގެ 12 ވަނަ މާއްދާއާ ޚިލފަށާ އެއްވެސް ސަބަބެއްނެތި އަދި ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާގައި ބަޔާންކުރާ އެއްވެސް އިސްލާހީ ފިޔަވަޅެއް އެޅުމެއްނެތި، ދިމާވި މައްސަލައެއްގައި ދިފާޢުގައި ޖަވާބުދާރީވުމަށް އެއްވެސް ފުރުސަތެއްނުދީ ވަޒީފާއިން ވަކިކޮށްފައިވާތީ، ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނާއި ޤަވާޢިދާ ޚިލާފަށްކަމަށްވާތީ ވަޒީފާއަލުން އަނބުރާ ލިބިދިނުމަށާއި، ވަޒީފާއިން ވަކިވެފައިވާ ފަރާތެއްކަމުގައި ނުދެކުމަށާއި، ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން ވަޒީފާ އަނބުރާލިބޭ ދުވަހާއި ހަމައަށް ލިބެންޖެހޭ އެންމެހާ މުސާރައާއި ޢިނާޔަތްތައް ހޯދުމަށާއި އަދި މިމައްސަލަ ހުށަހެޅުމަށް ޤާނޫނީ ވަކީލަށް ހިނގި ޚަރަދު ހޯދައިދިނުމަށް އެދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް ރައްދުވާގޮތަށް 10 އޯގަސްޓް 1124 ދުވަހު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ޅ.ހިންނަވަރު، އެވަރެސްޓް / ޢަބްދުﷲ މުޙައްމަދގު ފަރާތުން ހުށަހެޅުމުން، އެ ޓްރައިބިއުނަލުން ބެލި މައްސަލައެއްކަމާއި، އެ މައްސަލަ ނިންމފައވަނީ " ދެންފަހެ، މިމައްސަލައާ ގުޅިގެން މައްސަލަ ހުށަހެޅި ފަރާތުންނާއ މައްސަލަ ރައްދުވި ފަރާތުން ހުށަހަޅާފައިވާ ލިޔުންތަކަށާއި މައްސަލަ ބެލި މަޖިލީހުގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، ޅ.ހިންނަވަރު، އެވަރެސްޓް / ޢަބްދު ﷲ މުޙައްމަދ 2 ނޮވެމްބަރ 1122 އިން ފެށް ގެނ މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގައި ވަޒީފާ އަދާކުރަމުން ގޮސް ޑެކްހޭންޑް ގްރޭޑް 2 ގެ މަޤާމުގައި ހުއްޓައި، ވަޒީފާއާބެހޭ ޤާނޫނުގެ12 ވަނަ މާއްދާއާ ޚިލާފަށް އެއްވެސް ސަބަބެއްނެތި އަދި ވަޒީފާއާބެހޭ ޤާނޫނުގަ21 ވެން މާއްދާގައި ބަޔާންކުރާ އެއްވީސް އިސްލެ ޙި ފިޔަވަޅި އ އެޅުމެއްނެތި، ދިމާވި މައްސަލައެއްގައި ދިފާޢުގައި ޖަވާބުދާރީވުމަށް އެއްވެސް ފުރުސަތެއްނުދީ ވަޒީފާއިން ވަކިކޮށްފައިވާތީ، ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނާއި ޤަވާޢިދާ ޚިލާފަށްކަމަށްވާތީ ވަޒީފާއަލުން އަނބުރާ ލިބިދިނުމަށާއި، ވަޒީފާއިން ވަކިވެފައިވާ ފަރާތއާ ކަމުގައި ނުދެކުމަށާއި، ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން ވަޒީފާ އަނބުރާލިބޭ ދުވަހާ ހަމައަށް ލިބެންޖެހޭ އެންމެހާ މުސާރައާއި ޢިނާޔަތްތައް ހޯދުމަށް އެދިފައިވާ މިމައްސަލާގައި، ޢަބްދީ ﷲ މުޙައްމަދު ވަޒީފާއިން ވަކިކޮށްފައިވަނީ ދެފަރާތުގެ ދެމެދުގައި ވެވިފައިވާ ވަޒީފާގެ އެއްބަސްވުމުގ27 ވަނަ މާއްދާއާ ޚިލާފުވުމާއި ގުޅިގެން ވަޒީފާއާބެހޭ ޤާނޫނުގެ11 ވަނަ މާއްދާގެ (ހ) އަދި (ށ) ގ2 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން ކަމަށް މައްސަލަ ރައްދުވާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ބުނިނަމަވެސް، ވަޒީފާއާބެހޭ ޤާނޫނުގް 11 ވަނަ މާއަދާގެ ދަށުން މުވައްޒަފަކު ވަޒީފާއިން ވ ކިކުރާއިރު ޤާއިމުކުރަންޖެހޭ މައޮޟޫއީ ޢަދުލުވެރިކަމާއި އިޖްރާއީ ޢަދުލުވެރިކަން ޤާއިމުކުރެވިފައިވާކަނ މައްސަލަ ރައްދުވި ފަރާތުން ސާބިތުކު ށްދީފައިނުވާތީ މައްސަލަ ހުށަހެޅ ޢަބްދް ﷲ މުޙައްމަދު، ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނު ނަންބަރ 1110/1 (ވަޒީފާއާބެހޭ ޤާނޫނު) އާ ޚިލާފަށްކަމަށް މިމައްސަލަ ބެލި މަޖިލީހުގެ މެންބަރުންގެ އިއްތިފާޤުން ކަނޑައަޅައި، ވަޒީފާއާބެހޭ ޤާނޫނުގެ11 ވަނަ މާއްދާގެ (ހ) ގ2 ވަނަ ނަންބަރަށް ރިޢާޔަތްކޮށް ޢަބްދު ﷲ މުޙައްމަދު އަދާކުރަމުންދިޔަ ވަޒީފާގައި އަލިން ބެހެއްޓުމަށާއި، އޭނައަކީ އެއްވެސް ހާލެއްގައި ވަޒީފާއިން ވަކިވެފައިވާ މީހެއްކަމުގައި ނުބެލުމަށާއި، އޭނާ ވަޒީފާއިން ވަކިކުރެވުނު ތާރީޚުން ފެށިގެން މިއަދު،10 އޭޕްރީލް 1122 އާހަމައަށް ލިބިދޭންޖެހޭ މުސާރައާއި ޢިނާޔަތްތައަ 22 (ފަނަރާ ) ދުވަހުގެ ތެރޭގައި އެކީއާ އްފަހަރ އޭނާއަށް ދިނުމަށްފަހު އެކަން ހަމަޖެހޭތި 1 (ތިނެއް) ދުވަހުގެ ތެރޭގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލޔުމުނ އެންގުމަށް މައްސަލަ ރައްދުވި މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް އަންގައް " އަމުރުކޮށާ މައްސަލް ނިންމެ ފައިވާކަނ އ މައްސަލާގ މައްސަލަ ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.

1) ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 118/VTR/2014 މައްސަލަ، އެ ޓްރައިބިއުނަލނު ނިންމި ވީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ މޯލްޑިވްސް ޕޯޓްސް ލިމިޓެޑގު ފަރާތުން އެ މައްސަލަ އިސްތިއުނާފު ކުރަމުން 04 (ހަތަރެއް) ނުކުތާއެއް ފާހަގަކޮށް އެ ނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ވާހަކަ ދައްކާފައިވެއެވެ.  ފުރަތަމަ ނުކުތާއަކީ، މިމައްސަލަ ނިންމުމުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑްއިން ދިފާއުގައި ހުށަހަޅާފައިވާ ކިތާބީ ހެކިތަކަށް އެކަށީގެންވާ ގޮތެއްގައި ރިޢާޔަތްކޮށްފައި ނުވުމަކީ ހެއްކާބެހޭ ޤާނޫނުގެ 1 އަދި 6 ވަނަ މާއްދާއާ ޚިލާފަށް ނިންމަވާފައިވާ ނިންމެވުމެއްކަމުގައި ދެކޭކަމަށްބުނެ ހުށަހެޅި ނުކުތާ.  ދެވަނަ ނުކުތާއަކީ، މިމައްސަލާގައި ހިނގާފައިވާ ހާދިސާ އިދާރީ ގޮތުން ކުރެވުނު ތަޙްޤީޤް ރިޕޯޓުގެ ޞައްޙަކަމާމެދު އެއްވެސް ފަރާތަކުން ސުވާލު އުފައްދާފައި ނުވާއިރު ރިޕޯޓްގެ ޞައްޙަކަމާމެދު މިމައްސަލަ ބެއްލެވި މަޖިލީހުން ސުވާލާ ކުރުމަކާނުލައި އެރިޕޯޓަކީ ޞައްޙަ ރިޕޯޓެއް ނޫންކަމަށް ބައްލަވައި މިމައްސަލަ ނިންމަވާފައިވުމަކީ ޝަރުޢީ އުޞޫ ލާ ޚިލާފު ނިންމެވުމެއްކަމަށްބުނެ ހުށަހެޅި ނުކުތާ.  ތިންވަނަ ނުކުތާއަކީ، މިމައްސަލާގައި އިދާރީ ގޮތުން ކުރެވުނު ތަޙްޤީޤުގައި ނަގާފައިވާ ހެކި ބަޔާންތަކަކީ ޞައްޙަ ބަޔާން ތަކެއްތޯ މިމައްސަލަ ބެއްލެވި މަޖިލީހުން ސުވާލު ކުރުމަކާނުލައި އެބަޔާންތައް ސައްހަ ނޫންކަމަށް ނިންމަވާފައިވކަމަށްބުނެ ހުށަހެޅި ނުކުތާ  ހަތަރުވަނަ ނުކުތާއަކީ، މިމައްސަލާގައި މައުޟޫޢީ ޢަދުލުވެރިކަމާއި އިޖްރާއީ ޢަދުލުވެރިކަން ފުރިހަމަކުރުމަށް ކުރަންޖެހޭ ކަމަށް ބަޔާންކުރާ ކަންކަން ފުރިހަމަ ކުރެވިފައިވަނިކޮށް މިމައްސަލާގައި އެކަންކަން ފުރިހަމަ ނުވާތީ، މައްސަލާގައަ ޤް އިމްކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަމާއި އިޖްރާއީ ޢެ ދުލުވެރިކަނ ޤާއިމްކުރެވިފައިނުވާކަމަށް ކަނޑައަޅާފައިވުމަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މިހާތަނަށް ނިންމަވާފައިވާ މިބާވަތުގެ މައްސަލަތަކުން ކަނޑު އަޅުއްވައި ނިންމަވާފައިވާ އުޞެލޭ ތަކާ އަދި ވަޒީފާއާބޫހާ ޤާނޫނުގެ ކަނޑައަޅާފައިވާ އުޞލ ޚިލާފަށް ނިންމަވާފައިވާ ނިންމެވުމެއްކަމުގައި ބުނެ ހުށަހެޅި ނުކުތާ.

1) މި މައްސަލަ އާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދެފަރާތުނި ދައްކާފައިވާ ވާހަކަތަކަށާއި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 118/VTR/2014 މައްސަލައިގެ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓަށާއި، މި މައްސަލައާ ގުޅޭ ގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ މި މައްސަލައާ ގުޅޭ ލިޔެކިއުންތަކަށް ބަލާއިރު، އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.

(ހ) ފުރަތަމަ ކަމަކީ، ޅ.ހިންނަވަރު، އެވަރެސްޓް / ޢަބްދުﷲ މުޙައްމަދ 2 ނޮވެމްބަރ 1122 އިން ފެށިގެން މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެޕޯރޓް އޮޕަރޭޝަން އެންޑް މެނޭޖްމަންޓްގައި ކްރޫ ގްރޭޑް 2 ވަޒީފާއަދާކުރަމުންދަނިކޮށް11 އެޕްރީލް 1121 ވަނަ ދުވަހު ޑެކްހޭންޑް ގްރޭޑް2 ވުޒީފާއަށ ބަދަލުކޮށްފައިވާކަން ޢަބްދަﷲ މުޙައްމަދުގެ ވަޒީފާގެ ބަޔާނަށާއި، ޓްރާންސްފަރ ޗިޓް (49/TR/2012-HR) އަށް ބެލުމުން އެނގެން އޮންނަކަމާއި، މިގޮތުން ޑެކްހޭންޑް ގްރޭޑް 2 ގެ ވަޒީފާ އަދާކުރަމުން ދަނިކޮށް، މޯލްޑިވްސް ޕޯޓްސް ސޭފްޓީ އެންޑް ސެކިއުރިޓީ ކޮމެޓީގެ ނަންބަރު 28-A1/2014-REPORT-PSSC ރިކޮމެންޑޭޝަން އަށް ބިނާކޮށް ލޭންޑިންގ ކްރާފްޓްގެ ގިއަރ ބޮކްސް އިން ހަކުރު ފެނުނު މައްސަލާގައި އެކަމަށް ހިތްވަރުދީ ޢަބްދުﷲ މުޙައްމަދު ވާހަކަ ދައްކާފައިވާކަމަށްބުނެ މޯލްޑިވްސް ޕޯޓްސްގެ 1 (ދޭއް) މުވައްޒަފަކު ހެކިބަސްދީފައިވާތީ، ޢަބްދުﷲ މުޙައްމަދު ޑެކްހޭންޑް ގްރޭޑް 2 ގެ ވަޒީފާއިން 10 ޖޫން 1124 ވަނަ ދުވަހުން ފެށިގެން ވަޒީފާއިން ވަކިކޮށްފައިވާކަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ނަންބަރ T/2014/37-HR (10 ޖޫން 1124) ލެޓަރ އޮފް ޓަރމިނޭޝަންއަށް ބެލުމުން އެނގެން އޮންނަކަމަވެ.

(ށ) ދެވަނަ ކަމަކީ: މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ލޭންޑިންގ ކްރާފްޓްގެ ގިއަރ ބޮކްސް އިން ހަކުރު ފެނުނު މައްސަލާގައި އެކުންފުނީގެ ފަރާތުން ތަޙްޤީޤްކޮށް ހަދާފައިވު މޯލްޑިވްސް ޕޯޓްސް ސޭފްޓީ އެންޑް ސެކިއުރިޓީ ކޮމެޓީގެ ނަންބަރ 28-A1/2014-REPORT-PSSC ރިޕޯޓްއަށް ބަލާއިރު، އެރިޕޯޓްގެ

24 ވަނަ ނަންބަރުގައި ޢަބްދު ﷲ މުޙައްމަދު ކޮމެޓީއަށް ޙާޟިރުކޮށް ސުވާލުކުރުމުން ބުނެފައިވަނީ ލޭންޑިންގ ކްރާފްޓްގައި މީނާއަކީ ޑެކް ހޭންޑެއް ކަމަށާއި ގިޔަރ ބޮކްސްއަށް ހަކުރު އެޅިކަމުގެ އެއްވެސް މަޢުލޫމާތެއް އޭނާއަށް ލިބިފައިނުވާކަމާއި، ހަކުރު އަޅާފައިހުރިކަމަށް ބުނާ ދުވަސްވަރުގައި އޭނާ ހުރީ ޗުއްޓީގައިކަމާއި، ލޭންޑިންގ ކްރާފްޓްގައި ޑެކްހޭންޑެއްގެ ގޮތުގައި އޭނާ މަސައްކަތް ކުރިނަމަވެސް މީހަކުނެތް ހާލަތްތަކުގައި ޖަނަރޭޓަރ ސްޓާޓް ކުރާކަމަށާއި އިންޖީނު ރޫމްގައި ކަނޑުމަތީގައިވެސް ޑިއުޓީ ކުރާކަމާއި އިންޖީނުގެ ގިޔަރ ބޮކްސްއަށް ހަކުރު އެޅުމުން ޖެހޭނީ ބަދަލުކުރަންކަމުގައި އެއްވެސް ފަހަރަކު އޭނާ ބުނެފައިނުވާނެކަމަށް ބުނއެކަމަށެ ޢަބްދުﷲ މުޙައްމަދުގެ ފަރާތުން އިންކާރުކޮށްފައިވާން އެނގެން އޮންނަކަމާއި، މިމައްސަލައިގައި ޙާޟިރުކުރެވުނު އަޙްމަދު ސަރީރު (ޑެކްހޭންޑް ގްރޭޑި 2) އަދ މުޙައްމަދ ރަޝީދު (ޑެކްހޭންޑް ގްރޭޑި2 ) މިދެފަރާތާއްސުވާލުކުރުމުނީގިޔަރ ބޮކްސްއަށްހަކުރު އެޅީ ކާކުކަން ނޭނގޭކަމަށާއި ނަމަވެސް ގިޔަރ ބޮކްސް ބަދަލުނުކޮށްގެން ބޯޓުތެރޭ ވާހަކަ ދެއްކި އަޑުއެހިކަމަށާއި އެވާހަކަ ދެއްކި އިންޖީނުރޫމްގެ ޑިއުޓީ ކަނޑުމަތީގައި ބަލަހައްޓާ ޢަބްދުﷲ މުޙައްމަދުކަމާއި،ގިޔަރ ބޮކްސް ބަދަލުކުރާނެ ގޮތް އެނގޭކަމާއި، ގިޔަރ ބޮކްސްގެ ތެރެއު ށ ހަކުރު އެޅުމުން ދެންޖެހޭނީ ބަދަލުކުރަން ކަމަށްބުނެ ޢަބްދުﷲ މުޙައްމަދ އެވާހަކްދެއްކި އަޑެމިދެމީހުނ އެހިކަމަށްބުނެ ހެކިބަސްދީފައިވާކަން ރިޕޯޓްގި2.1 އަދ2.2 އަށް ބެލުމުން އެނގެން އޮންނަކަމާއި، މިގޮތުން ހަކުރު އަޅާފައިވާކަންއެނގުނު ދުވަސްވަރު ޢަބްދު ﷲ މުޙައްމަދި ޗުއްޓިގައ ހުރިކަމުގައަވީނަމަވެސް އުޅަނދތެރޭގައި މުވައްޒަފުންނަށް އަޑުއިވޭގޮތަށް ހަކުރު އެޅުމުން ގިޔް ރެބޮކްސ ބަދަލުކުރަން ޖެހޭނެކަމަށް ބުނުމަކީ އެއްގޮތަކަށްވެސް ބުނެގެންވާނެބަހް އ ނޫންކަމަށާއި ދެހެކިންގެ ހެކް ބަހުން ޢަބުދުﷲ މުޙައްމަދް މިހެނ ބުނެފައިވާކަން ސާބިތުވާތީ، ޢަބްދު ﷲ މުޙައްމަދު ވަޒީފާއިން ވަކިކުރަން ރިކޮމެންޑްކޮށްފައިވާކަން ރިޕޯޓްގެ 1.4 އަށް ބެލުމުން އެނގެން އޮންނަކަމާއި، މުރިކޮމެންޑޭޝަން އަށް ބިނާކޮށް ޢަބްދު ﷲ މުޙައްމަދ ވަޒީފާއިން ވަކިކޮށްފައިވާކަނ އެނގެން އޮންނަކަމަވެ.

(ނ) ތިންވަނަ ކަމަކީ، ޢަބްދު ﷲ މުޙައްމަދު ވަޒީފާއިން ވަކިކޮށްފައިވަނީ ދެފަރާތްދެމެދު ވެފައިވާ އެއްބަސްވުމުގ 27.2.0 ވަނަ މާއްދާއާއި ޚިލާފްވުމުން، ވަޒީފާއާބެހޭ ޤާނޫނުގި11 ވަނަ މާއްދާގެ (ހ) އާއި އަދ

(ށ) ގ12 ވަނަ ނަންބަރުގައިވާ ގޮތުގެމަތިންކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ފަރާތުންބުނެފައިވާކަނ އެނގެން އޮންނަކަމާއި، މިގޮތުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑާއި ޢަބްދަﷲ މުޙެ އްމަދުއާއި ދެމެދު ވެވުނު ވަޒީފާގެ އެއްބަސްވުމުގ 27.2.0 ވަނަ މާއްދަގައިވާ ގޮތުގެމަތިނެ ކުންފުންޏަށާއި ކުންފުނީގެ މުދަލަށް ގެއްލުން ލިބޭފަދަ ޢަމަލެއް ކުރުމުން އިންޒާރެއްދިނުމަކާއި ނުލައި ވަޒީފާއިން ވަކިކުރެވިދާނެކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑގު ފަރާތުނ ބުނެފައިވާކަން އެނގެން އޮންނައިރު، ވަޒީފާއާބެހޭ ޤާނޫނުގެ11 ވަނަ މާއްދާގެ ދަށުންވެސް މުވައްޒަފަކު އޭނާ އަދާކުރަމުން އައު ވަޒީފާއިން ވަކިކުރާނަމަ، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ނިންމި ނިންމުމުގައި މައުޟޫޢީ ޢަދުލުވެރިކަމާއި (substantive fairness) އިޖްރާއީ ޢަދުލުވެރިކަން (procedural fairness) ޤާއިމުކޮށްފައިވޭތޯ ބަލާ އެކަންކަން ކަށަވަރުވާންޖެހޭކަމާއި، އެގޮތުން، މައުޟޫޢީ ޢަދުލުވެރިކަމަކީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރެވުނު ސަބަބަކީ ޢަދުލުވެރި ނުވަތަ އެކަށީގެންވާ ސަބަބެއްކަމަށް ވުންކަމާއި، ވަޒީފާއާބެހޭ ޤާނޫނެ ގ 11 ވަނަ މާއްދގާ ދަށުން ނޯޓިހެއް ދިނުމަކާ ނުލައި، ވަޒީފާ އަދާކުރާ ފަރާތެއް އޭނާގެ ވަޒީފާއިން ވަކިކުރެވޭނީ، އޭނާގެ މަސައްކަތުގެ އަޚްލާޤު އެކަށީގެން ނުވުމާއެކު، އޭނާ ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ، އެކަށީގެންވާ ހަމަތަކަށް ބަލާއިރު، ކުރެވޭނެ ކަމެއްކަމަށް ވަޒީފާދޭ ފަރާތަށް ނުފެންނަ ޙާލަތުގައިކަމަށް އިސްވެ ބުނެވުނި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާކަމާއި، މުވައްޒަފަކު ވަޒީފާގައި އިތުރަށް ބެހެއްޓުމުން ވަޒީފާދޭ ފަރާތަށް ނުވަތަ ވަޒީފާ އަދާކުރާ ތަނަށް ގެއްލުންތަކެއް ލިބިދާނެކަމަށް ވަޒީފާދޭ ފަރާތުނ ބަލައި، އެމުވައްޒަފެއްގެ މަސައްކަތުގެ އަޚްލާޤު ރަނގަޅު ނޫންކަމަށް ވަޒީފާދޭ ފަރާތުން ނިންމުމުގައި، އެނިންމުމަށް ވާސިލުވުމަށް ވަޒީފާދޭ ފަރާތުން ތަޠްބީޤުކުރި ހަމައަކީ އެކަށީގެންވާ ހަމައެއްކަމަށް ވާންޖެހޭނެކަމަށާއި، އެކަށީގެންވާ ހަމައެއްނެތި، ވަޒީފާދޭ ފަރާތަށް ހަމަ ފެންނަ ފެނުމެއްގެ މައްޗަށް އެކަނި ބިނާކޮށް މުވައްޒަފަކިވަޒީފާއިން ވަކިނުކުރެވޭނެކަމި އ، އަދްއެ ފަދައިން ނިންމުމުގައި ވަޒީފާދޭ ފަރާތުން ބަލަންޖެހޭނީ، އެމުވައްޒަފެއްގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކަމަކާ ގުޅިގެން ވަޒީފާދޭ ފަރާތުނ ކުރާ ތަޙްޤީޤަށިމަދަނީ އަދި އިދާރީ ފިޔަވަޅެއް އެޅުމަށްޓަކައި އެކަމެއް ސާބިތުކުރަން އޮންނަ މިންގަނޑުތަކުން އެކަމެއް ސާބިތުވޭތޯކަމާއ، އެމިންގަނޑަކީ އެމައްސަލައަކާ ގުޅިގެން ފެންނަންހުރި ހަޤީޤަތްތަކުގެ މައްޗަށް ބަލައި އެކަންކަން ވަޒަންކުރާއިރު ބޮޑަށް ބުރަވެވޭ ގޮތެއްގެ މައްޗށަ ބިނާކުރުން probabilities) of (balance ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/24 ޤަޟިއްޔާގައި ބަޔާންކުރައްވފައިވާކަން އެނގެނާ އޮންނަކަމާއި، އިޖްރާއީ ޢަދުލުވެރިކަމަކީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން ފުރިހަމަ ކޮށްފައިވާ އިޖްރާއާތަކީ ޢަދުލްވެރި އިޖްރާއާތަކަށވުނކަމާއި، މިގޮތުންބަލާއިރު، ވަޒީފާއާބެހޭ ޤާނޫނުގް11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ވަޒީފާދިން ފަރާތުން ނިންމުމުގައި، އިޖްރާއީ ޢަދުލުވެރިކަން ޤާއިމުކުރެވިފައިވާކަމަށް، ޢާންމު ޙާލަތްތަކުގައި ކަނޑައެޅޭނީ، ވަޒީފާދޭ ފަރާތުން، އެންމެ ކުޑަމިނުން އަންނަނިވި ގޮތުގެމަތިން ޢަމަލުކޮށްފައިވާނަމަކަމާއި، އެއީ:

2. އެމުވައްޒަފެއްގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކަމަކާބެހޭ މަޢުލޫމާތު (އޭރަކު ދެވެން ހުންނަ ހުރިހާ ތަފްސީލަކާއެކު) އެމުވައްޒަފަކަށް ވަޒީފާދޭ ފަރާތުން ދިނުން.

1. އެ ތުހުމަތަކާމެދު ޖަވާބުދާރީވުމުގެ ފުރުޞަތު އެމުވައްޒަފަކަށް ދިނުން.

1. އެމައްސަލައެއް އިދާރީގޮތުން ތަޙްޤީޤުކުރުން.

4ވަޒީފާއާބެހޭ ޤާނޫނުގެ 11 ވަނަ މާއްދާގެ ދަށުން ފުރިހަމަވާންޖެހޭ ދެ ޝަރުޠު ފުރިހަމަވާކަމަށް، އެކުރެވޭ ތަޙްޤީޤަކަށް ފެނިގެން، އެމުވައްޒަފަކު ވަކިކުރަން ނިންމައިފިނަމަ، އެމުވައްޒަފަކު ވަކިކޮށްފައިވާކަން، ވަކިކުރި ސަބަބުތަކާއެކު އެމުވައްޒަފަކަށް އަންގާފައިވުން. ކަން އެނގޭކަމާއި، އަދި ޖަވާބުދާރީވުމަށް އެމުވައްޒަފަކަށް ފުރުޞަތު ދެވޭއި ރ، އެމުވައްޒަފަކު ބޭނުންވެއްޖެނަމަ، އެމުވައްޒަފަކު ކަނޑައަޅާ މީހެއްގެ އެހީތެރިކަން ހޯދުމުގެ ފުރުޞަތުވެސް އެމީހަކަށް ދޭންޖެހޭނެކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 2012/HC-A/212 ޤަޟިއްޔާގައި ބަޔާންކޮށްފައިވާކަން އެނގެންއޮންނަކަމެވެ.

(ރ) ހަތަރުވަނަ ކަމަކީ،ހުށަހެޅިފައިމިވާ މައްސަލާގައި ކަންހިނގާދިޔަ ގޮތަށް ބަލާއިރު، ޢަބްދީ ﷲ މުޙައްމަދު ވަޒީފާއިން ވަކިކޮށްފައިވަނު މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ޕޯޓް ސޭފްޓީ އެންޑް ސެކިއުރިޓީ ކޮމިޓީގެ ނަންބަރ 28)-A1/2014-REPORT-(PSSC ރިކޮމެންޑޭޝަން އަށް ބިނާކޮށް ލޭންޑިންގ ކްރާފްޓްގެ ގިއަރ ބޮކްސް އިން ހަކުރު ފެނުނު މައްސަލާގައި އެކަމަށް ހިތްވަރުދީ ޢަބްދުﷲ މުޙައްމަދު ވާހަކަ ދައްކާފައިވާކަމަށް ބުނެ މޯލްޑިވްސް ޕޯޓްސްގެ 1 (ދޭއް) މުވައްޒަފަކު ހެކިބަސްދީފައިވާތކަނީ، T/2014/37-HR (10 ޖޫން 1124) ލެޓަރ އޮފް ޓރަ މިނޭޝަންއަށް ބެލުމުން އެނގެން އޮންނަކަމާއި، މިގޮތުން ލޭންޑިންގ ކްރާފްޓްގެ ގިއަރ ބޮކްސްއަށް ހަކުރު އެޅި މައްސަލައާއި ގުޅިގެން މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ ފަރާތުން ތަޙްޤީޤެއް ހިންގައި ރިޕޯޓެއް ހެދިފައިވާކަމާއި، މިމައްސަލައިގައި ހާދިސާ ހިނގާފައިވާ ތާރީޚްއަކީ ކޮބައިކަން ކަނޑައެޅިގެން ބުނަން ނޭނގޭކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ ފަރާތުން ބުނެފައިވާއިރު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ޕޯޓް ސޭފްޓީ އެންޑް ސެކިއުރިޓީ ކޮމިޓީގެ ނަންބަރު 28-A1/2014-REPORT-PSSC ރިޕޯޓުގެ 2 ވަނަ ނަންބަރުގައި މިރިޕޯޓަކީ 11 މެއި 1124 ވަނަ ދުވަހު އައިލޭންޑް ބިލްޑަރގެ ގިޔަރ ބޮކްސްއަށް ހަކުރު އެޅި މައްސަލައިގައި ހެދިފައިވާ ރިޕޯޓެއްކަން ފާހަގަކޮށްފައިވާކަކަމާއި، އެހެންކަމުން، މިހާދިސާ ހިނގާފައިވާކަމަށް ބުނާ ތާރީޚްއާއިމެދުވެސް ފުށުއެރުންތަކެއް ހުރިކަން ފާހަގަކުރެވޭކަމާއި، ހާދިސާ ހިނގި ދުވަސްވަރު ޢަބްދު ﷲ މުޙައްމަދުހުރީ ޗުއްޓީގައިކަމަށް އޭނާގެ ފަރާތުނ ބުނެފައިވާއިރު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ ފަރާތުންވެސް ޢަބްދު ﷲ މުޙައްމަދު އެހާދިސާ ހިނގިދުވަސްވަރ ހުރީ ޗުއްޓީގައިކަމަށް ބުނެފައިވާކަމާއި، މިމައްސަލައާއި ގުޅިގެން ކުރި ތަޙްޤީޤިރިޕޯޓުގެއާ ލޭންޑިންގ ކްރާފްޓްގ ގިއަރ ބޮކްސްއަށް ހަކުރު އަޅާފައިވާކަން ސާބިތުވާކަމަށް ފާހަގަކޮށްފައިވާކަމާއި، އެހެންނަމަވެސް ހަކުރު އެޅީ ސީދާ ޢަބްދު ﷲ މުޙައްމަދުކަން ބުނަން ނޭނގޭކަމާއި، ޢަބްދި ﷲ މުހައްމަދު ވަޒީފާއިން ވަކިކޮށްފައިވަނީ މިހާދިސާ އާއި ގުޅިގެން ހެދި ރިޕް ޓްގައި ބަޔާންދީފައިވާ ފަރާތްތަކުގެ ތެރެއިން އަޙްމަދު ސަރީރު (ޑެކްހޭންޑް ގްރޭޑި 2 ) އާއި މުޙައްމަދު ރަޝީދު (ޑެކްހޭންޑް ގްރޭޑް 2) ލޭންޑިންގ ކްރާފްޓްގެ ގިއަރ ބޮކްސް ހަލާކު ކުރެވޭނީ ގިޔަރ ބޮކްސްގެ ތެރެއަށް ހަކުރު އެޅުމުންކަމަށްބުނެ އެވާހަކަ ދެއްކި އަޑު މިދެމީހުން އެހިކަމަށްބުނ ހެކިބަސްއަދާކޮށްފައިވާތީ އެދެމީހުންގެ ހެކިބަހުގެ މައްޗަށް ބިނާކޮށްކަމާއި، އެއްވެސް މީހަކަށް ގިޔަރބޮކްސްއަށ ހަކުރު އެޅު ސީދާ ޢަބްދް ﷲ މުޙައްމަދުކަން ނޭނގޭކަމާއި، އެހާދިސާ ހިނގާދިޔަ ތާރީޚެއްވެސް ސާފުކޮށް ބުނަނީ ނޭނގޭކަމާއި، އަދި ޢަބްދަﷲ މުޙް އްމަދު އެވާހަކަތައް ދެއްކި ތާރީޚްވެސް ކަނޑައެޅިގެން ބުނަން ނޭނގޭކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ފަރާތުނ ބުނެފައިވާއިރު، ޢަބްދު ﷲ މުޙައްމަދު ވަޒީފާއިންވަކިކޮށްފައިވަނީ ދެމުވައްޒަފަކު ބުންވާހަކައެއްގެ މައްޗަށ ބިނާކޮށެނޯޓިސްއެއްދިނުމަކާއި ނުލައިކަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި މިމައްސަލައާއި ގުޅިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށ ހުށަހެޅާފައިވާ ލިޔުންތަކަށް ބެލުމުން އެނގެން އޮންނާތީ، ޢަބްދުﷲ މުޙައްމަދް މޯލްޑިވްސް ޕޯޓްސް ލިމިޓެޑގު ޑެކްހޭންޑް ގްރޭޑް2 ވަޒީފާއިން ވަކިކުރުމަށް ވަޒީފާއާބެހޭ ޤާނޫނުގާ 11 ވަނަ މާއްދާގެ ދަށުނު ނިންމާފައިވަނީ، ޢަބްދު ﷲ މުޙައްމަދީވަޒީފާއިނަ ވަކިކުރުމުގައި ފުރިހަމަވާންޖެހޭ މައުޟޫޢް ޢަދުލުވެރިކް މާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމެކުރުމަށްފަހުގައިކަމަށ ބެލެވެންނެތްކަމެވ. ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތަށް ހުރުމުންދިވެހި ދައުލަތުގެ ފަރާތުނު ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރ 118/VTR/2014 މައްސަލަ އިސްތިއުނާފު ކުރަމުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެ ޓްރައިބިއުނަލުން ނިންމާފައިވާ ނިންމމަށު ބަދަލު ގެންނަންޖެހޭކަމަށް މި މައްސަލަ ބެލު މުގައި ބައިވެރިވި އެއްވެސް ފަނޑިޔާރަކަށް ނުފެނުނެވެ.  ޙުކުމް ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތަށް ހުރުމާއެކު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 118/VTR/2014 މައްސަލަ އިސްތިއުނާފު ކުރުމަށްޓަކައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑގް ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެ މައްސަލާގައި ނިންމަވާފައިވާ ނިންމެވުމަށް ބަދަލު ގެންނަންޖެހޭ ޤާނޫނީ ނުވަތަ ޝަރުޢީ ހަމައެއް ނެތްކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުނގް އިއްތިފާޤުން ކަނޑައަޅައި، ޙުކުމްކޮށްފީމެވެ.

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ