—
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ވަޒީފާއާބެހޭ ޓްރައިބިއުނަލުން، އަމިއްލައަށް އެދުން ނޫން ގޮތެއް ނެތިގެން ވަކިވީ ކަމަށް ބަލައި، ވަކިކުރީ އެކަށީގެންވާ ސަބަބެއް ނެތި ކަމަށް ކަނޑައަޅައި، ވަޒީފާ އަނބުރާ ދީ ނުލިބިވާ މުސާރަ (ޕެކޭޖުގެ ފައިސާ އުނިކޮށް) ދިނުމަށް އަމުރުކުރިއެވެ.
- ވާޤިޢާ
- ކުންފުނީގެ ފިހާރައެއްގެ ކައުންޓަރުން އަމިއްލަ ބޭނުމަށް ފައިސާ ނެގިކަމަށް މުވައްޒަފު އިޢުތިރާފުވިކަމަށް ބުނެ ވަކިކުރަން ނިންމުމަށްފަހު، ވަކިކުރާ ސިޓީ ޙަވާލުކުރާ ބައްދަލުވުމުގައި ރިޓަޔަރމަންޓް ޕެކޭޖްގެ ދަށުން އަމިއްލައަށް އެދިގެން ވަކިވުމުގެ ފުރުޞަތު ދިނުމުން، މުވައްޒަފު އެގޮތަށް އެދި ސިޓީ ހުށަހެޅިއެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ޚިޔާނާތުގެ ތުހުމަތާ ގުޅިގެން ވަކިކުރަން ނިންމި މުވައްޒަފަކަށް ރިޓަޔަރމަންޓް ޕެކޭޖެއްގެ ދަށުން އަމިއްލައަށް އެދިގެން ވަކިވުމުގެ ފުރުޞަތު ދީގެން ވަކިވުމަކީ މަޖުބޫރީ ޙާލަތެއްގައި ޤާނޫނާ ޚިލާފަށް ވަކިކުރުމެއް (ކޮންސްޓްރަކްޓިވް ޑިސްމިސަލް) ތޯއާއި، ވަކިކުރުމުގައި މައުޟޫޢީ އަދި އިޖްރާއީ ޢަދުލުވެރިކަން ޤާއިމުކުރެވިފައިވޭތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- ކުންފުނިން ބުނީ، މުވައްޒަފު ވަކިވީ އަމިއްލައަށް އެދިގެން ކަމަށާއި، ޓްރައިބިއުނަލުން ލިޔެކިޔުންތަކަށް ރިޢާޔަތް ނުކޮށް "ކޮންސްޓްރަކްޓިވް ޑިސްމިސަލް" ގެ މަބްދައު ޤާނޫނާ ޚިލާފަށް މާނަކުރި ކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- ތަޙްޤީޤުކޮށް ބަޔާން ނަގައި، ކުރިން ލިޔުމުން އިންޒާރު ދީފައިވާ މުވައްޒަފެއްގެ ޚިޔާނާތުގެ ތުހުމަތު ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ވަކިކުރެވިދާނެ ސަބަބެކެވެ. އެހެންނަމަވެސް މުވައްޒަފުގެ މަޞްލަޙަތަށް ޕެކޭޖުގެ ފުރުޞަތު ދީ، މުސާރައާއި ޢިނާޔަތްތައް ދީފައިވާތީ، މައުޟޫޢީ އަދި އިޖްރާއީ ޢަދުލުވެރިކަން ޤާއިމުކޮށްފައިވެއެވެ. ޓްރައިބިއުނަލުން ނިންމީ ލިޔުންތަކަށާއި ކަންހިނގި ގޮތަށް ރިޢާޔަތް ނުކޮށެވެ.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުޓްރައިބިއުނަލުގެ ނިންމުން ބާޠިލު
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ނިންމި ނިންމުމުގައި މައުޟޫޢީ ޢަދުލުވެރިކަމާއި (substantive fairness) އިޖްރާއީ ޢަދުލުވެރިކަން (procedural fairness) ޤާއިމުކޮށްފައިވޭތޯ ބަލާ، އެކަންކަން ކަށަވަރުވާންޖެހެއެވެ. (ޕެރ. 5(ށ))
މައުޟޫޢީ ޢަދުލުވެރިކަމަކީ މުވައްޒަފަކު ވަޒީފާއިން ވަކިކުރެވުނު ސަބަބަކީ ޢަދުލުވެރި ނުވަތަ އެކަށީގެންވާ ސަބަބަކަށް ވުމެވެ. އިޖްރާއީ ޢަދުލުވެރިކަމަކީ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން ފުރިހަމަކޮށްފައިވާ އިޖްރާއާތަކީ ޢަދުލުވެރި އިޖްރާއާތަކަށް ވުމެވެ. (ޕެރ. 5(ށ))
ޚިޔާނާތުގެ ތުހުމަތާ ގުޅިގެން، މުވައްޒަފު ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ ކުންފުންޏަށް ގެއްލުން ލިބިދާނެކަމެއް ކަމުގައި ވަޒީފާދޭ ފަރާތަށް ފެނުމަކީ، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގެ ދަށުން މުވައްޒަފު ވަޒީފާއިން ވަކިކުރެވިދާނެ ސަބަބެކެވެ. (ޕެރ. 5(ށ))
ވަޒީފާދޭ ފަރާތަށް ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން މުވައްޒަފު ވަޒީފާއިން ވަކިކުރެވެން އޮއްވާ، އެ މާއްދާގެ ދަށުން ވަކިނުކޮށް، މުވައްޒަފުގެ މަޞްލަޙަތަށްޓަކައި ރިޓަޔަރމަންޓް ޕެކޭޖްގެ ދަށުން އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވުމުގެ ފުރުޞަތު ދިނުމުން، އެ ފުރުޞަތުގެ ބޭނުންހިފައި ވަކިވުމަށް އެދި ސިޓީ ފޮނުވާފައިވަނީ ވަޒީފާއިން ވަކިވުން ނޫން އިތުރު ގޮތެއް ނެތިގެންކަމަށް ބަލާނެ ހަމައެއް ނެތެވެ؛ އަދި އެއީ ވަޒީފާދޭ ފަރާތުން މަޖުބޫރީ ޙާލަތެއް މެދުވެރިކުރުވުމެއް ނޫނެވެ. (ޕެރ. 5(ށ))
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/134 ޤަޟިއްޔާ
ފަނޑިޔާރުން
- ބެންޗު
- ޢަލީ ސަމީރު، ޢަބްދުﷲ ދީދީ، ޝުޖާޢު ޢުޘްމާން
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
1ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 35/VTR/2015 މައްސަލައަކީ، ނަޒްއިޔާ އަޙްމަދު، ހުޅުމާލެ، މަށ 4، މާލެ )ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރ (، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ )އެސް.ޓީ.އޯ( ގައި ސޭލްސް ރެޕްރެޒެންޓެޓިވްއެއްގެ މަޤާމުގައި ވަޒީފާ އަދާކުރަމުންދަނިކޮށް، އެއްވެސް އިޞްލާޙީ ފިޔަވަޅެއް އެޅުމަކާނުލައި މަޤްބޫލް އެއްވެސް ސަބަބެއް ފެންމަތިވެފައިނުވާ ޙާލަތެއްގައި ގަދަބާރުން މަޖުބުރުކޮށްގެން ވަޒީފާއިން ވަކިވުމި ށ އަންގައި އަދ ވަކިނުވެއްޖެނަމަ ވަކިކުރާނެކަމަށް އަންގައި 28 ޑިސެމްބަރު 2014 ގައި ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ބުނެ، ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް ނެތި ގަދަކަމުން މަޖުބޫރީ ޙާލަތެއް މެދުވެރިކޮށްގެން ޤާނޫނ ޚިލާފަށްކަމަށް ކަނޑައަޅައް ދިނުމަށާއި، އޭނާ އަދާކުރަމުންދިޔަ ސޭލްސް ރެޕްރެޒެންޓެޓިވްގެ ވަޒީފާ އަލުން ދިނުމަށާއި، ވަޒީފާ އަލުން ލިބެންދެން ލިބެންޖެހޭ މުސާރައާއި ޢިނާޔަތްތައް ދިނުމަށާއި، އޭނާއަށް ޕްރޮމޯޝަން ނުދީ ހިފަހައްޓާފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ކަނޑައަޅައިދީ، ގަވާއިދުން ޕްރޮމޯޝަން ނުދިނުމުން ނުލިބިވާ މުސާރައާއި އެހެނިހެން ޢިނާޔަތްތައް ދިނުމަށާއި، 2014 ނޮވެމްބަރު މަހުގެ މުސާރައާ އެހެނިހެން އެލަވަންސްތައް ނުދީ ހިފަހައްޓާފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ކަނޑައަޅައިދީ، އެކަމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ނަގައިދިނުމަށް އަމުރުކޮށް ދިނުމަށް އެދް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކއަށ ރައްދުވާގޮތަށް ހުށަހެޅި މައްސަލައެއްކަމާއި، އެމައްސަލާގައި ނިންމަވާފައިވަނ، "ދެންފަހެ، މައްސަލަ ހުށަހެޅި ފަރާތުންނާއި މައްސަލަ ރައްދުވި ފަރާތުން ހުށަހަޅާފައިވާ ލިޔުންތަކަށާއި، މައްސަލަ ބެލި މަޖިލިހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ހެކިންގެ ހެކިބަހުގެ މައްޗަށް ރިޢާޔަތްކޮށް ބެލިއިރު، މައްސަލަ ހުށަހެޅި ނަޒްއިޔާ އަޙްމަދ ސްޓޭޓް ޓްރޭޑާ ންގ އޯގަނައިޒޭޝަން ޕލކ )އެސް.ޓީ.އޯ( ގައި ސޭލްސް ރެޕްރެޒެންޓެޓިވްއެއްގެ މަޤާމުގައި ވަޒީފާ އަދާކުރަމުންދަނިކޮށް، އެއްވެސް އިޞްލާޙީ ފިޔަވަޅެއް އެޅުމަކާނުލައި މަޤްބޫލް އެއްވެސް ސަބަބެއް ފެންމަތިވެފައިނުވާ ޙާލަތެއްގައި ގަދަބާރުން މަޖުބުރުކޮށްގެން ވަޒީފާއިން ވަކި ވުމަށް އަންގައި އަދ ވަކިނުވެއްޖެނަމަ ވަކިކުރާނެކަމަށް އަންގައި 28 ޑިސެމްބަރު 2014 ގައި ވަޒީފާއިން ވަކިކޮށްފައިވާތީ، ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް ނެތި ގަދަކަމުން މަޖުބޫރީ ޙާލަތެއް މެދުވެރިކޮށްގެން ޤާނޫނ ޚިލާފަށްކަމަށް ކަނޑައަޅައިދިން މަށާއި، އޭނާ އަދާކުރަމުންދިޔަ ސޭލްސް ރެޕްރެޒެންޓެޓިވްގެ ވަޒީފާ އަލުން ދިނުމަށާއި، ވަޒީފާ އަލުން ލިބެންދެން ލިބެންޖެހޭ މުސާރައާއި ޢިނާޔަތްތައް ދިނުމަށާއި، އޭނާއަށް ޕްރޮމޯޝަން ނުދީ ހިފަހައްޓާފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ކަނޑައަޅައިދީ، ގަވާއިދުން ޕްރޮމޯޝަން ނުދިނުމުން ނުލިބިވާ މުސާރައާއި އެހެނިހެން ޢިނާޔަތްތައް ދިނުމަށާއި، 2014 ނޮވެމްބަރު މަހުގެ މުސާރައާ އެހެނިހެން އެލަވަންސްތައް ނުދީ ހިފަހައްޓާފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ކަނޑައަޅައިދީ، އެކަމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ނަގައިދިނުމަށް އަމުރުކޮށް ދިނުމަށް އެދު ހުށަހަޅާފައިވާމި މައްސަލާގައި ނަޒްއިޔާ އަޙްމަދު ވަޒީފާއިން ވަކިކޮށްފައިވަނީ އޭނާގެ އެދުމުގެ މަތިން ޤާނޫނު ނަންބަރ 2/2008 ) ވަޒީފާއާބެހޭ ޤާނޫނު( އާއި ކުންފުނީގެ މުވައްޒަފުންގެ އަތްމަތީފޮތުގައިވާ ގޮތުގެ މަތީންކަމަށް މައްސަލަ ރައްދުވިފަރާތުނެ ބުނި ނަމަވެސް ނަޒްއިޔާ އަޙްމަދު ވަޒީފާއިން ވަކިވުމަށް އެދި ހުށަހަޅާފައިވަނީ އޭނާ ވަޒީފާއިން ވަކިކުރުމަށް ކުންފުނީގެ މެނޭޖްމަންޓުން ނިންމާފައިވާކަން އެންގުމަށްޓަކައި އޭނާއާ ބައްދަލުކުރުމަށް ބޭއްވި ބައްދަލުވުމުގައި ވަޒީފާއިން ވަކިކުރުމަށް ނިންމާފައިވާކަން އ ންގައި، ވަކިކުރަން އޭނާއަށް އެންގުމަށްޓަކައި ފޮނުވައި ތައްޔާރުކޮށްފައި އޮތ ސިޓީ ދެއްކުމާއެކު އެ ދުވަހުގެ ވަކި ވަގުތެއްގެ ކުރިން ރިޓަޔަރމަންޓް ޕެކޭޖްއާއެކު އަމިއްލައަށް އެދިގެން ވަކިވުމަށް ހުށަނާޅާނަމަ ވަޒީފާއިން ވަކިކުރާނެކަމަށް ބުނުމުންކަން ހެކިންގެ ހެކި ބަހުން ސާބިތުވާތީއާއި، ވަކިވުމަށް އެދި ހުށަހަޅާފައިވަނީ ވަޒީފާއިން ވަކިވާން ބޭނުން ނުވިނަމަވެސް މައްސަލަ ރައްދުވިފަރާތުން ކުރިމަތިކުރުވި އެ ޙާލަތުގައި އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވުން ނޫން އިތުރުގޮތެއް ނެތިގެންކަނ ނަޒްއިޔާ އަޙްމަދުގެ ފަރާތުން ދައާ ކާފައިވާ ވާހަކަތަކުން އެނގޭތީ، ނަޒްއިޔާ އަޙްމަދު ވަޒީފާއިން ވަކިކޮށްފައިވަނީ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ޤާއިމުކުރަންޖެހޭ ޢަދުލުވެރިކަން ޤާއިމުކޮށް، ވަޒީފާއާބެހޭ ޤާނޫނ އެއްގޮތަށް އެކަށީގެންވާ ސަބަބެއް އޮވެގެންކަމަށް ބަލާނެތަނެއް ނެތްކަމަށް ކަން ޑައަޅައި، ނަޒްއިޔާ އަޙްމަދ އަދާކުރަމުންދިޔަ ވަޒީފާ ނުވަތަ އޭނާ އަދާކުރަމުންދިޔަ މަޤާމާ އެއްފެންވަރުގެ އެހެން ވަޒީފާއެއް އޭނާއަށް ދިނުމަށާއި، އޭނާއަކީ އެއްވެސް ޙާލަތެއްގައި މައްސަލަ ރައްދުވެ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ ގ ވަޒީފާއިން ވަކިވެފައިވާ މީހެއްކަމުގައި ނުބެލުމަށާއި، އޭނާގެ ވަޒީފާއާ ގުޅޭ އެންމެހާ ކަންތައްތައް މިއަދު )24 ޖޫން 2015( އިން ފެށިގެން 10 )ދިހައެއް( ދުވަހުގެ ތެރޭގައި ހަމަޖައްސައި، ވަޒީފާއިން ވަކިކުރި ތާރީޚްކަމަށްވ 28 ޑިސެމްބަރު 2014 އިން ފެށިގެން ވަޒީފާގެ ކަންތައްތައް ހަމަޖެހޭ ދުވަހް އާ ހަމައަށް ލިބެންވާ މުސާރައާއި އެހެނިހެން އެލަވަންސްތަކުގެ ތެރޭގައި ދޭންޖެހޭ ފައިސާގެ ތެރެއިން ރިޓަޔަރމަންޓް ޕެކޭޖުގެ ގޮތުގައި ދީފައިވާ ފައިސާ އުނިކުރުމަށްފަހު ޖެހޭ ފައިސާ، މައްސަލަ ހުށަހެޅި ނަޒްއިޔާ އަޙްމަދުއަށް މިއަދުން ފެށިގެން 20 )ވިހި( ދުވަހުގެ ތެރޭގައި އެކީ އެއްފަހަރާ ދިނުމަށްފަހު، އެކަން ހަމަޖެހޭތަ 3 )ތިނެއް( ދުވަހުގެ ތެރޭގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިޔުމުން އެކަން އެންގުމަށް، މައްސަލަ ރައްދުވާ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ އަށް އަންގައި އަމުރުކޮށް" މައްސަލަ ނިންމަވާފައިވާކަން އެ މައްސަ ލާގަ މައްސަލެ ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެންއޮވެއެވެ.
2ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 35/VTR/2015 މައްސަލަ ނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށް ބުނެ، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ ގެ ފަރތުނާ 03 )ތިނެއް( ނުކުތާއެއް ހުށަހަޅައި އޭ ނުކުތާތަކާ ގުޅޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. • ފުރަތަމަ ނުކުތާއަކީ،ނަޒްއިޔާ އަޙްމަދު ވަޒީފާއިން ވަކިކޮށްފައިވަނީ އަމިއްލައަށް އެދިގެން ކަމުގައިވީނަމަވެސް، މައްސަލަ ނިންމުމުގައި ޓްރައިބިއުނަލުން އެކަމަށް ބުރަދަނެއްދީފައިނުވާކަމަށް ބުނެ ހުށަހެޅ ނުކުތާ. • ދެވަނަ ނުކުތާއަކީ، ނަޒްއިޔާ އަޙްމަދު ވަޒީފާއިން ވަކިކުރުމަށް ނިންމައި، 2014 ޑިސެމްބަރު 27 ވަނަ ދުވަހު ވަކިވާނެކަމަށް ސިޓީގައި ބަޔާންކޮށްފައިވާތީ، އެ ދުވަހު ވަކިވާން އެދެފިނަމަ އެ ފުރުޞަތު ހަމަޖައްސައިދޭނެކަމަށް ބުނުމަކީ، ނަޒްއިޔާ އަޙްމަދަށް އިތުރު އެހެންގޮތެއް ނެތުންކަމަށް ޓްރައިބިއުނަލުން ނިންމާފައިވަނީ ހުށަހެޅިފައިވާ ލިޔެކިޔުންތަކަށާއި، ދައްކާފައިވާ ވާހަކަތަކަށް އެކަށީގެންވާވަރަށ ރިޢާޔަތްނުކޮށްކަމަށް ބުނެ ހުށަހެޅ ނުކުތާ. • ތިންވަނަ ނުކުތާއަކީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމުމުގައި "ކޮންސްޓްރަކްޓިވް ޑިސްމިސަލް" ގެ މަބްދަޢު މާނަކޮށްފައިވަނީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ.
5. މިމައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހެޅިފައިވާ ލިޔުންތަކަށާއި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 35/VTR/2015 މައްސަލަނިމިފައިވ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށ ބުނެ، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކގެ ފަރާތުންހުށަހަޅާފައިވާ ސަބަބުތަކުގެ މައްޗަށް ބެލިއިރު، މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ. )ހ( ފުރަތަމަ ކަމަކީ، ހުޅުމާލެ / މަށ -4، ނަޒްއިޔާ އަޙްމަދ، އަދާކުރަމުން އައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ ގެ ސޭލްސް ރެޕްރެޒެންޓޭޓިވް ގިރ 5 ގެ ވަޒީފާއިން 28 ޑިސެމްބަރު 2014 ގައި ވަކިކޮށްފައިވާކަން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކގެ ޗިޓް ނަންބަރު LETTER-2381/2014 TERMINATION އަށް ބެލުމުން އެނގެންއޮންނަކަމއާ، ބުނެވުނު އެ ޗިޓްގައި ވަޒީފާއިން ވަކި ކުރެވުނު ސަބަބު ބަޔާންކޮށްފައިނުވާކަމާއި، މި މައްސަލަ ޓްރައިބިއުނަލަށް ނަޒްއިޔާ އަޙްމަދގެ ފަރާތުން ހުށަހެޅުމުން، ދަޢުވާގެ ރައްދުގައި ނަޒްއިޔާ އަޙްމަދު ވަޒީފާއިން ވަކިކުރެވިފައިވަނީނަޒްއިޔާ އަޙްމަދް ގެ އަމިއްލަ ބ ނުމަކަށް ޑޮލަރު ހޯދުމަށް ބެނުންވެގެނެ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކގެ 162 ނަންބަރު ފިހާރައިގެ ކައުންޓަރުގައި މަސައްކަތްކުރި މުވައްޒަފެއްގެ ގާތު އެދިގެން ކައުންޓަރުގައި ހުރި ފައިސާ ހޯދާފައިވާކަމަށް ތަޙުޤީޤުގައި އިޢުތިރާފްވެފައިވާތީ، އެކަމަކީ ކުންފުނެފުންޏަށް ވެފައިވާ ޚިޔާނާތެއްކަމަށްވާތީއާއި މަސައްކަތުގެ އަޙްލާޤ އެކަށީގެންނުވާކަމއްކަމަށްވާތީ، އެފަދަ ކަންތައްތައީ ތަކުރާރުވެއްޖެނަމަ ކުންފުންޏަށް ގެއްލުންތަކެއް ލިބިދާނެކަމަށް ފެންނާތީ، ވަޒީފާއިން ވަކިކުރަން ނިންމާފައިވާކަމަށާއި، ވަޒީފާއިން ވަކިކުރުމުގެ ސިޓީ ޙަވާލުކުރުމުގެ ކުރިން ނަޒްއިޔާ އަޙްމަދާ އާ ބައްދަލުކޮށް ވަޒީފާއިން ވަކިކުރުމަށް ނިންމާފައިވާކަމާއި،ނަޒްއިޔ އ ޙްމަދއަށް އަމިއްލައަށް އެދިގެން ރިޓަޔަރމަންޓް ޕެކޭޖް ލިބޭގޮތަށް ވަކިވުމުގެ ފުރުޞަތު އޮތްކަން އެންގުމުން، ރިޓަޔަރމަންޓް ޕެކޭޖްގެދަށުން ވަޒީފާއިން ވަކިކޮށްދިނުމަށް އެދި ސިޓީ ހުށަހެޅުމުން، އެ ހުށަހެޅުން ޤަބޫލްކޮށ ރިޓަޔަރމަންޓް ޕެކޭޖް ހަމަޖައްސާދިނުމާއެކު، ދޭންޖެހޭ މުސާރައާއި ޢިނާޔަތްތައް ދީފައިވާކަމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކގެ ފަރާތުން ބުނެފައިވާކަމާއި، މި މައްސަލައާ ގުޅިގެން ހުށަހެޅުނެ ލިޔެކިޔުންތަކަށް ބަލާއިރު، 27 ޑިސެމްބަރު 2014 ގައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކގެ ހުޅުމާލެ )ނަންބަރ 162 ( ގެ ކައުންޓަރުން ފައިސާ މަދުވި މައްސަލައާ ގުޅިގެން އެ ފައިސާ ނެގިކަމަށް އެ ކަމުގައި ބައިވެރިވި މުވައްޒަފު އިޢުތިރާފްވެފައިވާތީ، އ މައްސަލަ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކގެ ލީގަލް ޓީމުން ބެލުމަށްފަހު ދީފައިވާ ޤާނޫނީ ލަފައަށ ރިޢާޔަތްކޮށް ނަޒްއޭޔާ އަޙްމަދު ވަޒީފާއިން ވަކިކުރުމަށް ނިންމާފައިވާތީވެ، ވަޒީފާއިން ވަކިކުރާ ސިޓީ ޙަވާލުކުރުމަށް ބައްދަލުވުމެއް ބއްވުނުކަން އެނގޭކަމާއި، ބުނެވުނު އެ ބައްދަލުވުމުގެ ޔައުމިއްޔާއަށް ބަލާއިރު، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކގެ ހުޅުމާލެ )ނަންބަރ 162 ( ގެ ކްއުންޓަރުން ފައިސާ މަދުވި މައްސަލަ ތަޙްޤީޤުކުރުމަށްފަހު ނަޒްއިޔަ އަޙްމަދު ވަޒީފާއިން ވަކިކުރަން ނިންމާފައިވާކަމަށ ބުނެ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ ގެ ޕީޕަލ އެންޑް ސްކިލް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓްގެ ނަންބަރ 2014/HRD/2610 )27 ޑިސެމްބަރު 2014( ސިޓީ ނަޒްއިޔާ އަޙްމަދް އާ ޙަވާލުކުރިކަމާއި،އެ މައްސަލައާ ގުޅިގެނާ ނަޒްއިޔާ އަޙްމަދގެ އިތުރުން މައްސަލައާ ގުޅުންހުރި އެހެން މުވައްޒަފުންގެ ބަޔާންވެސް ނަގާފައިވާކަމަށާއި، ނަޒްއިޔާ އަޙްމަދ ބޭނުންނަމަ އިތުރު ފުރުޞަތެއް ދިނުމުގެ ގޮތުން އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވުމުގެ ފުރުޞަތު ދެވިދާނެކަމަށާއި، އ ފުރުޞަތުމުވައްޒަފުންނަށް ދެން އެހެންތަނަކުން ވަޒީފާހޯދުމަށް އުދަނގޫވާނެތީކަމަށާއި، މި މައްސަލައާ ގުޅިގެން ވަޒީފާއިން ވަކިކޮށްފިނަމަ ވި ޒީފާއިން ވަކިކުރި ޗިޓްގައި އިންނާނީ ވަކިކޮށްފައިވާކަން ކަމަށާއި،އަދ ނަޒްއިޔާ އަޙްމަދ ބޭނުންވާގޮތެއް ބުނުމުގެ ފުރުޞަތު ދިނުމުން، ނަޒްއިޔާ އަޙްމަދުގެ ފަރާތުން ޑޮލަރުގަތެ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކަގ ފައިސާގައި ނޫންކަމަށާއި، ކައުންޓަރުން ފީ އިސާ ގުނިއިރު ފައިސާ ހަމަކަމަށާއި، ބަޔާން ދިނުމުން ބަޔާން ރަނގަޅުކުރުމަށް އެދިފައިވާނެކަމަށާއި، އައިޝަތު ސަމާ ކައިރީގައި ބުނީ 500ރ. )ފަސް ސަތޭކަ ރުފިޔާ( ގެ ނޫޓްކޮޅެއް ދިނުމަށްކަމަށާއި، 100 ގެ ނޫޓް ފަހުން ގެނެސްދޭނަންކަމަށް ބުނެފައިވާނެކަމަށާއި،ނަޒްއިޔ އޙްމަދ ބޭނުންވަނީ ޕެކޭޖްގެ ދަށުން ވަޒީފާއިން ވަކިވާންކަމަށް ބުނެފައިވާކަން އެނގެންއޮންނައިރު، ނަޒްއިޔާ އަޙްމަދުވަޒީ ފާއިން ވަކިކުރުމަށް ނިންމައި ޙަވާލުކުރެވުނު އެ ސިޓީ ގައު ނަޒްއިޔ އަޙްމަދވަނީ ކުންފުނީގެ ފައިސާއަށް ޚިޔާނާތްތެރިވެ، އިޙްމާލުވެފައިކަމަށާއި، އެ ގޮތުނ 19 ނޮވެމްބަރު 2014 ދުވަހު ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކގެ 162 ނަންބަރު ފިހާރައިގެ ކައުންޓަރުގައި އިން މުވައްޒަފު ކައިރީގައި ބުނެގެން، ފިހާރައިގެ ވަތްގަނޑުނ 5500/- ރ. )ފަސްހް ސ ފަސްސަތޭކަ ރުފިޔާ( ނަގައި، އ މުވައްޒަފު ދިނުމުން އަމިއްލަ ބޭނުމަކަށް އެ ފައިސާ ބޭނުންކޮށްފައިވާކަމަށާއި ކައުންޓަރުން ފައިސާ މަދުވުމުނ އެ ފައިސާ އަނބުރާ ވަތްގަނޑަށް ލާފައިވާކަމަށ 19 ނޮވެމްބަރު 2014 ގައި ނަޒްއިޔާ އަޙްމަދް ދީފައިވާ ބަޔާނުގައި އިޢުތިރާފުވެފައިވާކަމަށާއި، އެހެންކަމުން، ނަޒްއިޔާ އަޙްމަދ ގެ މަސައްކަތުގެ އަޚްލާޤު އެކަށީގެންނުވުމާއެކު، ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ ކުންފުންޏަށް ގެއްލުންތަކެއް ލިބިދާނެކަމެއްކަމުގައ ފެންނާތީ، ޤާނޫނު ނަންބަރ 2/2008 )ވަޒީފާއާބެހޭ ޤާނޫނު( ގެ 23 ވަނަ މާއްދާގެ )ށ( ގ 1 އ ދ 2 ވަނަ ނަންބަރަށް ރިޢާޔަތްކޮށް 28 ޑިސެމްބަރު 2014 އިން ފެށިގެން ނަޒްއިޔާ އަޙްމަދާވަޒީފާއިން ވަކިކުރުމަށް މެޏޭޖްމަންޓުން ނިންމާފައިވާކަމަށް ބަޔާންކޮށްފައިވކަމާއި، އަދި ބުނެވުނު ބައްދަލުވުމުގައި، ރިޓަޔަރމަންޓް ޕެކޭޖްގެ ދަށުން 28 ޑިސެމްބަރު 2014 ދުވަހުން ފެށިގެން ވަޒީފާއިން ވަކިކޮށްދިނުމަށް އެދި ނަޒްއިޔާ އަޙްމަދުގެ ފަރާތުން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކއަށް ސިޓީ ފޮނުވާފައިވާކަން އެނގެންއޮންނަކަމެވެ. )ށ( ދެވަނަ ކަމަކީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ނިންމި ނިންމުމުގައި މައުޟޫޢީ ޢަދުލުވެރިކަމާއި fairness) (substantive އިޖްރާއީ ޢަދުލުވެރިކަން fairness) (procedural ޤާއިމުކޮށްފައިވޭތޯ ބަލާ އެކަންކަން ކަށަވަރުވާންޖެހޭކަމާއި، މައުޟޫޢީ ޢަދުލުވެރިކަމަކީ، މުވައްޒަފަކު ވ ޒީފާއިނަ ވަކިކުރެވުނު ސަބަބަކީ ޢަދުލުވެރި ނުވަތަ އެކަށީގެންވާ ސަބަބެއްކަމަށް ވުންކަމާއި، އިޖްރާއީ ޢަދުލުވެރިކަމަކީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން ފުރިހަމަ ކޮށްފައިވާ އިޖްރާއާތަކީ ޢަދުލުވެރި އިޖްރާއާތަކަށް ވުންކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 2011/HC-A/134 ޤަޟިއްޔާގައި ބަޔާންކޮށްފައިވާކަމާއި، ހުށަހެޅިފައިމިވާ މައްސަލާގައި ނަޒްއިޔާ އަޙްމަދ ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާޢީޢަދުލުވެރިކިން ޤާއިމަ ކުރެވފައިވޭތ ބަލާއިރު، 19 ނޮވެމްބަރު 2014 ގައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކގެ 162 ނަންބަރު ފިހާރައިގެ ކައުންޓަރުގައި އިން މުވައްޒަފު ކައިރީގައި ބުނެގެން، ފިހާރައިގެ ވަތްގަނޑުނ 5500/-ރ. )ފަސް ހާސް ފަސްސަތޭކަ( ނަގައި، އެ ފައިސާ ބޭނުންކޮށްފައިވާކަމަށް ނަޒްއާ ޔި އަޙްމަދުގެ ފަރާތުން އިޢުތިރާފްވެފައިވާތީކަމަށް ބުނެ އެކަމަކު ނަޒްއިޔ އަޙްމަދް ގެ މަސައްކަތުގެ އަޚްލާޤު އެކަށީގެންނުވުމާއެކު، ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ ކުންފުންޏަށް ގެއްލުން ލިބިދާނެކަމެއްކަމުގައި ފެންނާތީ، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކގެ ފ ރާތުނ ޤާނޫނު ނަންބަރ 2/2008 )ވަޒީފާއާބެހޭ ޤާނޫނު( ގެ 23 ވަނަ މާއްދާގެ ދަށުންކަންނަޒްއިޔާ އަޙްމަދު ވަޒީފާއިން ވަކިކުރަން ނިންމިކަން އެނގޭކަމާއި، މި މައްސަލައާ ގުޅިގެން ނަޒްއިޔާ އަޙްމަދުގެ ފަރާތުން 19 ނޮވެމްބަރު 2014 ގައި ދީފައިވާ ބަޔާނުގައި އެ ދުވަހު އެސް.އޭ.ޕީ ކައުންޓަރުން މަދުވި 5500/-ރ. )ފަސްހާސް ފަސް ސަތޭކަ ރުފިޔާ( އަކީ އޭނާގެ އެދުމުގެ މަތިން ކައުންޓަރާއި ޙަވާލުވގެން އިން އައިޝަތު ސަމާ އަނބުރަފަހުން ދައްކާގޮތަށް ދިން ފައިސާ ކަމަށާއި، އެ ފައިސާ ނެގީ އަމިއްލަ ބޭނުމަށް ޑޮލަރުގަތުމަށް ބޭންކަށް ފޮނުވުމށްކަމަށާއި، އެ ފައިސ އަނބުރާ ކައުންޓަރަށް ލާފައިވާކަމަށް ބުނެފައިވާކަން އެނގެންއޮންނައިރު، އެ މައްސަލާގައި ނަޒްއިޔާ އަޙްމަދާ ވަޒީފާއިން ވަކިކުރުމަށް ނިންމާފައިވަނީ ނަޒްއިޔ އަޙްމަދް ގެ ބަޔާންނަގައި، އަދި މައްސަލައާ ގުޅުންހުރި ފަރާތްތަކުގެ ބަޔާން ނަގައި މައްސަލަ ތަޙްޤީޤުކުރުމަށްފަހުކަމަށ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކގިފަރާތުން ބުނެފައިވާކަމާއި، ނަޒްއިޔާ އަޙްމަދް ގެ ފަރާތުން ދީފައިވާ ބަޔާނަށް އޭނާގެ ފަރާތުނަ ފަހުން އިންކާރުކޮށްފު އިވ ނަމަވެސް، އިސްތިއުނާފުކުރެވޭ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރ 35/VTR/2015 މައްސަލާގައި އެކަން ސާބިތުކުރުމުގެ ގޮތުން ހުށަހެޅި ހެކިންގެ ބަހުން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކގެ 162 ނަންބަރު ފިހާރައިގެ ކައުންޓަރ ން ފައިސާ މަދުވި މައްސަލައާ ގުޅިގެންނަޒްއިޔާ އަޙްމަދގެ ސްޓޭޓްމަންޓް ނަގާ އެކަން ތަޙްޤީޤުކޮށްފައިވާކަން އެނގޭކަމާއި،އަދ ނަޒްއިޔާ އަޙްމަދް ގެ މައްޗަށި އެ މައްސަލައާ ގުޅިގެނ ޚިޔާނާތްތެރިވީކަމަށް ބަލައަވަޒީފާއިން ވަކިކުރަން ނިންމިކަމާއި، އެހެންނަމަވެސް ރިޓަޔަރމަންޓް ޕެކޭޖްގެ ދަށުން އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވުމުގެ ފުރުޞތުއޮތްކަމަށް އަންގާފައިވާކަން އެނގޭކަމާއި، މި މައްސަލާގެ ކުރިން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކގްކޑް އޮފޯ ކޮންޑަކްޓް އާ ޚިލާފުވެފައިވާތީ، އެ ފަދަ ޢަމަލުތައް ނުކުރުމަށް އަންގާ އިނެ ޒާރުކޮށް، ކުރިއަށް އޮތް ތަނުގައި އެފަދަ ކަމެއް ތަކުރާރުވެއްޖް ނަމަ އިތުރު އިންޒާރެއް ނެތި ވަޒު ފާއިން ވަކިކުރެވޭނެކަން އަންގާ ހިއުމަން ރިސޯސަސް ޑިޕާޓްމަންޓްގެ ނަންބަރ 2012/HRD/2665 ސިޓީ ނަޒްއިޔް ގެ އަޙްމަދުއަށު ފޮނުވާފައިވާކަން އެނގެންއޮންނައިރު، މިހާރު ނަޒްއިޔާ އަޙްމަދ ގެ މައްޗަށް ކުރެވުނާ ޚިޔާނާތުގި މި ތުޙުމަތާއި ގުޅިގެން އޭނާ ވަޒީފާއިން ވަކިކުރަން ނންމާފައިވަނ އޭނާ ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ ކުންފުންޏަށް ގެއްލުން ލިބިދާނެކަމެއ ކަމުގައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ އަށް ފެނުމުން، ޤާނޫނު ނަންބަރު 2/2008 )ވަޒީފާއާބެހޭ ޤާނޫނު( ގެ 23 ވަނަ މާއްދާ ގެ ދަށުންކަނު އެނގެންއޮންނައިރު، މި ކަމަކީ އެ މާއްދާގެ ދަށުން މުވައްޒަފު ވަޒީފާއިން ވަކިކުރެވިދާނެ ސަބަބެއްކަން އެނގޭކަމާއި، އެހެންނަމަވެސް، ޤާނޫނު ނަންބަރ 2/2008 )ވަޒީފާއާބެހޭ ޤާނޫނު( ގެ 23 ވަނަ މާއްދާގެ ދަށުނު ނަޒްއިޔާ އަޙްމަދ ވަޒީފާއިން ވަކިނުކޮށް، މުވައްޒަފުގް ރެކޯޑަށްޓަކައްރިޓަޔަރމަންޓް ޕެކޭޖްގެ ދަށުނ އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވުމުގެ ފުރުޞަތުއޮތްކަމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކގެ ފަރާތުން ނަޒްއިޔާ އަޙްމަދައަށާއިންގފައިވާކަމާއ، އަދި ސިޓީލުމަށް މުހުލަތެއް ދީފައިވީނަމަވެސް، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ އަށް ޤާނޫނު ނަންބަރު 2/2008 )ވަޒީފާއާބެހޭ ޤާނޫނު( ގެ 23 ވަނަ މާއްދާގެ ދަށުނު ނަޒްއިޔ އަޙްމަދެވަޒީފާއިން ވަކިކުރެވެން އވެމޮ، އެ މާއްދާގެ ދަށުން ވަޒީފާއިން ވަކިނުކޮށް، މުވައްޒަފުގެ މަޞްލަހަތަށްޓަކައި އަދި މުވައްޒަފަށް އެންމެ މަންފާހުރިގޮތަށް ޢަމަލުކުރުމުގެ ގޮތުނ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކގެފަރާތުންނަޒް އިޔާ އަޙްމަދުއަށް އަމިއްލެ އަށް އެދިގެން ރިޓަޔަރމަންޓް ޕެކޭޖްގެ ދަށުން ވަޒީފާއިން ވަކިވުމުގެ ފުރުޞަތު ދިނުމުން، އެ ފުރުޞަތުގެ ބޭނުން ހިފައި ވަޒީފާއިން ވަކިވުމަށީއެދ ސިޓުފޮނުވާފައިވަނީ ވަޒީފާއިން ވަކިވުން ނޫން އިތުރު ގޮތެއް ނަޒްއިޔާ އަޙްމަދް އަށް ނެތިގެންކަމަށ ބަލާނެ ހަމައެއްނެތީ ކަމާއި،އެހެން ނަޒްއިޔާ އަޙްމް ދުއަށ ރިޓަޔަރމަންޓް ޕެކޭޖްގެ ދަށުނ ވަޒިފާއިން ވަކިވުމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކގެ ފަރާތުން މަޖުބޫރީ ޙާލަތެއް މެދުވެރިކުރުވާފައިނުވާކަމާއި،އަދ ނަޒްއިޔާ އަޙްމަދް ވަޒީފާއިން ވަކިވުމަށް ސިޓީ ނުލިނަމަވެސް، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކގު ފަރާތުން ނަޒްއިޔާ އަޙްމަދް ޤާނޫނީ ހަމަތަކުގެ މަތިންވަޒީފާއިނ ވަކިކުރެވެން އޮތް ކަމާއި،އެހެންނަމަވެސް، އެފަދައިން ވަޒީފާއިން ވަކިނުކޮށް ނަޒްއިޔާ އަޙްމަދް ގެ ފަރާތުނ އަމިއްލައަށް އެދިގެނު ވަޒީފާއިން ވަކިވުމަށި ފުރުޞަތީދީފައވަނެ ނަޒްއިޔާ އަޙްމަދަ ގ އަމިއްލަ މަޞްލަޙަތުގައިކަން އެނގެންއޮތުމުން، އަދ ރިޓަޔަރމަންޓް ޕެކޭޖުގެ ދަށުނ ނަޒްއިޔާ އަޙްމަދ ވަޒީފާއިން ވަކިކޮށް،ދޭންޖެހޭ މުސާރައް އ ޢިނާޔަތްތް އ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ ން ދީފައިވޮކަނާ އެނގެންއތުމުނ، ނަޒްއިޔާ އަޙްމަދު ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކޮށްފައިވާކަން އެނގެންއޮންނަކަމާއި، އެހެންކަމުން، އިސްތިއުނާފުކުރެވޭ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރ 35/VTR/2015 މައްސަލަ ނިމުނުގޮތުގެ ރިޕޯޓުގައިނަޒްއިޔ އަޙްމަދ ވަޒީފާއިން ވަކިވުމަށް އެދި ސިޓީ ފޮނުވާފައިވަނީ އަމިއްލައަށް އެދިގެން ވަކިވުން ނޫން އިތުރު ގޮތެއް ނެތިގެންކަމަށްވާތީ، ނަޒްއިޔާ އަޙްމަދ ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް އޮވެގެންކަމަށް ބަލާނެތަނެއް ނެތްކަމަށް ކަނޑައަޅުއްވާފައިވަނީ މައްސަލާގައި ހުށަހެޅުނު ލިޔުންތަކަށާއި، މައްސަލާގައި ކަންހިނގާފައިވާގް ތުގެ މައްޗށަ ރިޢާޔަތްކުރެއްވުމެއްނެތިކަން އެނގޭކަމެވެ. )ނ( ތިންވަނަ ކަމަކީ، މިޤަޟިއްޔާގެ ޙުކުމްކުރުމަށްޓަކައި 02 ނޮވެމްބަރ 2017 ގެ 09:45 އަށް މައްސަލަ ތާވަލު ކުރެވި، ބުނެވުނު ޝަރީޢަތުގެ މަޖިލިހަށް ޙާޟިރުވުމަށް ފޮނުވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ HC-B4/2017/679 ކޯޓަށް ޙާޟިރުވުމުގެ އަމުރާ އިސްތިއުނާފު ރައްދުވި ނަޒްއިޔާ އަޙްމަދުގެ ބަދަލު، ބ. ކެންދޫ / އެއްގަމުގެ، ޢަބްދު ﷲ ޢަލީ ޙަވާލުވުމަށްފަހު، 02 ނޮވެމްބަރ 2017 ގައި އޮތް ޝަރީޢަތުގެ މަޖިލިހަށް ޙާޟިރުވުމުގެ އަމުރުގައިވާ ގަޑިއަށް ޢަބްދީ ﷲޢަލ ދިވެހިރާއްޖޭގެ ހައިކޯޓަށް ޙާޟިރުވެފައިނުވާތީ، މި ޤަޟިއްޔާގައި ޙުކުމްކޮށްފައިވަނީ އިސްތިއުނާފު ރައްދުވި ނަޒްއިޔާ އަޙްމަދުގެ ޣައިރު ޙާޟިރުގައިކަމެވެ. ވީމާ، އިސްވެ ބަޔާންކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމުން، މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ އިސްތިއުނާފުކުރެވޭ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރ 35/VTR/2015 މައްސަލާގައި ނިންމަވާފައިވާ ނިންމެވުމަށް ބަދަލު ގެންނަންޖެހޭ ކަމު ގައެވެ. • ޙުކުމް: ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތަށް ހުރުމާއެކު،އިސްތިއުނާފުކުރެވޭ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރ 35/VTR/2015 މައްސަލަ އެ ޓްރައިބިއުނަލުން ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ފެންނާތީ، އެ މައްސަލާގައި ނިންމަވާފައިވާ ނިންމުމަކީ ބާޠިލު ނިންމުމެއްކަމަށް މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުނު ކަނޑައަޅައި، މި ޤަޟިއްޔާގައި އިސްތިއުނާފ ރައްދުވި ނަޒްއިޔާ އަޙްމަދުގެ ޣައިރު ޙާޟިރުގައި ޙުކުމްކޮށްފީމެވެ.
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.