—
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ޓްރައިބިއުނަލުން ވަކިވީ ދަތިކޮށްގެންކަމަށް ނުކަނޑައަޅާ ނަމަވެސް، އަހަރީ ޗުއްޓީގެ 4,000 ޑޮލަރާއި ރަމަޟާން ޢިނާޔަތާއެކު ޖުމްލަ 22,191.48 ޑޮލަރު ދޭން އަމުރުކުރިއެވެ.
- ވާޤިޢާ
- ރިސޯޓެއްގެ ރެސިޑެންޓް މެނޭޖަރު 3 މަހުގެ ނޯޓިސް ދީ އިސްތިއުފާ ދިނުމަށްފަހު، ބާކީ އޮތް އަހަރީ ޗުއްޓީ ނޯޓިސް މުއްދަތުގައި ނަގައި، ބާކީ ދުވަސްތަކުގައި ހާޒިރުވުން ލާޒިމު ނޫންކަމަށް ކުންފުނިން އެންގިއެވެ. ނުލިބިވާ މުސާރައާއި ޢިނާޔަތްތައް ހޯދުމަށް ޓްރައިބިއުނަލަށް ހުށަހެޅިއެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- އިސްތިއުފާ ދިން މުވައްޒަފަކަށް ބޭނުންނުކޮށް އޮތް އަހަރީ ޗުއްޓީއަށް ފައިސާ ދޭން ޓްރައިބިއުނަލުން ކަނޑައެޅުމާއި، ވަޒީފާގެ އެއްބަސްވުމުގެ މަތިން ރަމަޟާން މަހުގެ ޢިނާޔަތް ހިސާބުކުރި ގޮތަކީ ވަޒީފާއާބެހޭ ޤާނޫނާއި އެއްބަސްވުމާ ޚިލާފު ކަމެއްތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- ކުންފުނިން ބުނީ ބޭނުންނުކުރާ އަހަރީ ޗުއްޓީގެ ފައިސާއާއި ރަމަޟާން ޢިނާޔަތް ހިސާބުކުރީ ވަޒީފާއާބެހޭ ޤާނޫނާއި ވަޒީފާގެ އެއްބަސްވުމާ ޚިލާފަށްކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- އަހަރީ ޗުއްޓީ ނޯޓިސް މުއްދަތުގައި ނަގާފައިވާތީ ވަކިކުރިއިރު ބާކީ ދުވަހެއް ނެތެވެ. ރަމަޟާން ޢިނާޔަތަކީ ޤާނޫނުގައިވާ މިންވަރަށްވުރެ ގިނައިން ދޭން ވަޒީފާގެ އެއްބަސްވުމުގައި އެއްބަސްވެފައިވާ ކަމަކަށްވާތީ މުސާރައިގެ ތިންބައިކުޅަ އެއްބައި ދޭން ނިންމީ ރަނގަޅަށެވެ.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ނިންމުން
ބައެއް ބަދަލުކުރިބައެއް ބަދަލުކުރި؛ އަހަރީ ޗުއްޓީގެ 4,000 ޑޮލަރު އުނިކޮށް 18,191.48 ޑޮލަރު ދޭން ޙުކުމްކުރި
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
ވަޒީފާއާބެހޭ ޤާނޫނުގެ 41 ވަނަ މާއްދާގެ (ނ) ގެ ދަށުން، ވަޒީފާއަދާކުރާ ފަރާތުން ބޭނުންނުކޮށް އޮތް އަހަރީ ޗުއްޓީގެ ދުވަސްތަކަށްވާ ފައިސާ ހިސާބުކޮށް ނަގައިދޭންޖެހޭނީ، ވަޒީފާއިން ވަކިކުރާ ދުވަހާ ހަމައަށް ބޭނުން ނުކޮށް އޮތް އަހަރީ ޗުއްޓީގެ ދުވަސްތަކަށްވާ ފައިސާއެވެ. ވަޒީފާއިން ވަކިވުމަށް ނުވަތަ ވަކިކުރުމަށް ނޯޓިސް ދޭ ތާރީޚާ ހަމައަށް ބޭނުންނުކޮށް އޮތް އަހަރީ ޗުއްޓީގެ ދުވަސްތަކުގެ ފައިސާއެއް ނޫނެވެ. (ޕެރ. 03(ށ))
ވަޒީފާއިން ވަކިކުރިއިރު އަހަރީ ޗުއްޓީގެ ގޮތުގައި ބޭނުންނުކޮށް އެއްވެސް ދުވަހެއް ބާކީގައި އޮތްކަމަށް ބެލެވެން ނެތްނަމަ، އަހަރީ ޗުއްޓީއަށް ފައިސާ ނަގައިދިނުމަކީ ރަނގަޅަށް ކުރެވޭ ކަމެއް ނޫނެވެ. (ޕެރ. 03(ށ))
ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 13 ވަނަ މާއްދާގެ (ށ) ގެ ދަށުން ވަޒީފާދޭ ފަރާތާއި ކޮންމެ މުވައްޒަފަކާ ދެމެދު ލިޔުމަކުން ނުވަތަ ލިޔުންތަކަކުން އެކުލެވިގެންވާ ވަޒީފާގެ އެއްބަސްވުމެއް އޮތުން ލާޒިމުކޮށްފައިވާއިރު، ވަޒީފާގެ އެއްބަސްވުމުގައި ލިބޭ އުޖޫރައާއި އެހެނިހެން ޢިނާޔަތްތަކާއި އުޖޫރަދެވޭ މިންވަރާއި ހިސާބުކުރެވޭ ގޮތް ބަޔާންކުރެވިފައި އޮންނަންވާނެއެވެ. (ޕެރ. 03(ށ))
ވަޒީފާއާބެހޭ ޤާނޫނުގެ 2 ވަނަ މާއްދާގެ (ށ) އިން، އެޤާނޫނުގެ ދަށުން ލިބިދޭ ޙައްޤުތައް އެ ޤާނޫނުގައި ބަޔާންކޮށްފައިވާ މިންވަރަށްވުރެ އިތުރަށް ލިބޭ ގޮތަށް ދެފަރާތުން އެއްބަސްވުމަކީ ކުރެވިދާނެ ކަމެކެވެ. އެކަމަކީ ވަޒީފާއާބެހޭ ޤާނޫނު މަނާކުރާ ކަމެއް ނޫނެވެ. (ޕެރ. 03(ށ))
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 41 ވަނަ މާއްދާގެ (ނ)
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 13 ވަނަ މާއްދާގެ (ށ)
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ށ)
- ޤާނޫނު ނަންބަރު 12/2010 (ވަޒީފާއާބެހޭ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) ގެ 51 ވަނަ މާއްދާގެ (ހ)
- ވަޒީފާގެ އެއްބަސްވުމުގެ 5.11.3 އަދި 16.2.5 ވަނަ މާއްދާ
ފަނޑިޔާރުން
- ބެންޗު
- ޢަބްދުﷲ ޙަމީދު، ޢަބްދުﷲ ދީދީ، ޢަބްދުއްރައޫފު އިބްރާހީމް
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
g ދިވެހިރާއްޖޭގެ ހައިކޯޓު ދިވެހިރާއްޖެ ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ ޤަޟިއްޔާ ނަންބަރު : 2015/HC-A/304 އިސްތިއުނާފުކުރި ފަރާތާ : * ނަން : ސަންލޭންޑް ހޮޓެލްސް ޕްރައިވެޓް ލިމިޓެޑް * ދާއިމީ އެޑްރެސް: […] * ރަޖިސްޓްރީ ނަންބަރު: C-97/96 * މިހާރުގެ އެޑްރެސް : […] * ނަން : ޢަބްދުލްޣަފޫރު ޢަލީ * ދާއިމީ އެޑްރެސް: […] * ރަޖިސްޓްރީ ނަންބަރު: * މިހާރުގެ އެޑްރެސް : […] * ނިމުނު ތާރީޚް : 06 ނޮވެމްބަރު 2017 އިސްތިއުނާފުކުރެވުނު މައްސަލަ ނަންބަރު : 17/VTR/2015 ނިންމެވިކޯޓް: ވަޒީފާއާބެހޭ ޓްރައިބިއުނަލް މައްސަލައިގެ ބާވަތް: ވަޒީފާއާބެހޭ ހުށަހެޅުނުތާރީޚް : 11 ފެބުރުއަރީ 2015 * ނިމުނު ތާރީޚް : 29 ޖޫން 2015 މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރު ޢަބްދުﷲ ޙަމީދު، އިސަފަނޑިޔާރުޢބްދީﷲ ދީދު،ފަނޑިޔާރްޢަބްދުއްރައޫފު އިބްރާހީމް ދަޢުވާގެ ޚުލާޞާ: މިއީ،ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރ 17/VTR/2015 މައްސަލަ ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލާ ޚިލާފަށް ކަމަށް ބުނެ، ސަންލޭންޑް ހޮޓެލްސް ޕްރައިވެޓް ލިމިޓެޑގު ފަރާތުންއެ މައްސަލަ، ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއު ނާފު ކުރުމުން ބެލި ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި އިސްތިއުނާފީ ދަޢުވާ ރައްދުވާ ފަރާތަކީ ކަނަންދޫ . ފާހަގަކުރެވުނު ނުކުތާތައް: 01- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 17/VTR/2015 މައްސަލައަކީ، ސ. މަރަދޫ/ ކަނަންދޫ ޢަބްދުލްޣަފޫރު ޢަލީ )(، ކޮކޯޕާމް ދުނިކޮޅު މޯލްޑިވްސްގެ ވަޒީފާގައި ހުރި ހުރުމުގައި އެރި ޒޓުގެ ފަރާތުން ޢަބްދުލްޣަފޫރު ޢަލީ ވަޒީފާ އަދާކުރުމަށް ހުރަސްތައް މެދުވެރިކޮށް ވަޒީފާއިން ވަކިކުރަން މަސައްކަތްކުރުމުގެ ސަބަބުން އަމިއްލައަށް ވަޒީފާއިން ވަކިވާން ޖެހުނުކަމަށާއި، އަދި ޢަބްދުލްޣަފޫރު ޢަލީއަށ ކޮކޯޕާމް ދުނިކޮޅު މޯލްޑިވްސްގެ ފަރާތުން ދޭންޖެހޭ މުސާރައާއި ޢިނާޔަތްތައް ހަމައަށް ދީފައިނުވާކަމަށް ބުނެ، ކޮކޯޕާމް ދުނިކޮޅު ރ ޒޓުގެ ވަޒީފާއިން ޢަބްދުލްޣަފޫރު ޢަލީ ވަކިވެފައިވަނީ އެރި ޒޓުގެ ފަރާތުން ޢަބްދުލްޣަފޫރު ޢަލީއާމެދު ޢަމަލުކޮށްފައިވާގޮތުގެ ސަބަބުން ރިސޯޓުގައި ހުރުމަށް ދަތިވެގެންކަމަށް ކަނޑައަޅައިދީ ޢަބްދުލްޣަފޫރު ޢަލީ އަށް ލިބެންޖެހޭ މުސާރައާއި ޢިނާޔަތްތައް އެކީ އެއްފަހަރާ ލިބިދިނުމަށް އ މުރުކޮށްދިނުންއެދ، ސަންލޭންޑް ހޮޓެލްސް ޕްރައިވެޓް ލިމިޓެޑަށް ރައްދުވާގޮތަށް 11 ފެބްރުވަރީ 2015 ދުވަހު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައިވާމައްސަލއެއްކަމާއ؛ އެމައްސަލަ ނިންމަވާފައިވަނ، ]ދެންފަހެ، މައްސަލަ ހުށަހެޅި ފަރާތުންނާއި މައްސަލަ ރައްދުވި ފަރާތުން ހުށަހެޅި ލިޔުންތަކަށާއި މައްސަލަ ބެލި މަޖިލީހުގައި ދެކެވުނު ވާހަކަތަކަށް ރިޢާޔަތްކުރާއިރު، ސ.މަރަދޫ / ކަނަންދޫ، ޢަބްދުލްޣަފޫރު ޢަލީ، ކޮކޯޕާމް ދުނިކޮޅު ރިސޯޓުގެ ވަޒީފާއިން ވަކިވެފައިވަނީ އެ ރިސޯޓުގެ ފަރާތުން އޭނާއާމެދު ޢަމަލުކޮށްފައިވާ ގޮތުގެ ސަބަބު ން ރިސޯޓުގައި ހުރުމަށް ދަތިވެގެން ކަމަށާއި އޭނާއަށް ލިބެންޖެހޭ މުސާރައާއި ޢިނާޔަތްތައް ލިބިދީފައިނުވާކަމަށްބުނެ، ކޮކޯޕާމް ދުނިކޮޅު ރިސޯޓުގެ ވަޒީފާއިން އޭނާ ވަކިވެފައިވަނީ ރިސޯޓްގެ ފަރާތުން އޭނާއާމެދު ޢަމަލުކޮށްފައިވާ ގޮތުގެ ސަބަބުން ވަޒީފާގައި ހުރުމަށް ދަ ތިވެގެންކަމަށް ކަނޑައަޅައިދިނުމަށާއި އޭނާއަށް ލިބެންޖެހޭ މުސާރައާއި ޢިނާޔަތްތައް ލިބިދިނުމަށް އެދި ހުށަހެޅި މިމައްސަލާގައި، އެއްވެސް ޙާލަތެއްގައި އެއްވެސް އިރެއްގައި މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއިން ވަކިވުމަށް މަޖުބޫރު ކުރުވާފައި ނުވާނެކަމަށާއި މައްސަލަ ހުށަހެޅި ފަރާތް އަމިއްލައަށް ވަޒީފާއިން ވަކިވުމަށް އެދި ކުންފުނީގެ ސީނިއަރ މެނޭޖްމަންޓަށް އީމެއިލްއެއް ފޮނުވައި، ރެސިގްނޭޝަން ނޯޓިސްގެ ގޮތުގައި 3 މަސް ދުވަހުގެ ނޯޓިސް ދިނުމާއި ގުޅިގެން ކުންފުންޏާއި މައްސަލަ ހުށަހެޅި ފަރާތާއި ދެމެދު ވެފައިވާ ވަޒީފާގެ އެއްބަސްވުމުގެ 16.2.5 ވަނަ މާއްދާ ހުއްދަކުރާ ގޮތުގެ މަތީން ޞުލްޙަވެރިކަމާއެކު އަމިއްލަ އިޚްތިޔާރުގައި މައްސަލަ ހުށަހެޅިފަރާތް ވަޒީފާއިން ވަކިވެފައިވާކަމަށް ބުނެފައިވާއިރު، ކޮކޯޕާމް ދުނިކޮޅު ރިސޯޓުގައި ވަޒީފާއަދާކުރުމަށް ރިސޯޓުގެ ފަރާތުން ދަތިތަކެއް ކުރިމަތިކޮށފައިވާކަން މައްސަލަ ހުށަހެޅި ފަރާތަށް ސާބިތުކޮށްދެވިފައިނުވާތީ އާއި، އަމިއްލަ އިޚްތިޔާރުގައި މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއިން ވަކިވާން އެދި ނޯޓިސް ދިނުމާ ގުޅިގެން ވަޒިފާއިން ވަކިކޮށްފައިވާކަން ހުށަހެޅުނު ލިއުންތަކުން އެނގޭތީ، ޢަބްދުލްޣަފޫރު ޢަލީ ކޮކޯޕމް ދުނިކޮޅު ރިސޯޓުގެ ވަޒީފާއިން ވަކިވެފައިވަނީ ރިސޯޓުގެ ފަރާތުން ދަތިތަކެއް ކޮށްގެންކަމަށް ކަނޑައަޅާނެ ތަނެއް ނެތްކަމަށާއި، މައްސަލަ ހުށަހެޅި ފަރާތަށް މުސާރައާއި ޢިނާޔަތުގެ ގޮތުގައި ދޭންޖެހޭ ފައިސާ ދީފައިނުވާކަން ދެފަރާތުގެ ބަހުން އެނގެން އޮތަތީ، ޢަބްދުލްޣަފޫރު ޢަލީ ކޮކޯޕާމް ދުނިކޮޅު ރިސޯޓުގައި މަސައްކަތް ކޮށްފައިވާ 13 ދުވަހުގެ މުސާރައިގެ ގޮތުގައި ނުލިބިވާ 1,733.00 )ސަތާރަސަތޭކަ ތެއްތިރީސް އެމެރިކާޑޮލަރު ( އާއި، ނޮވެމްބަރު 2014 ގެ ސަރވިސްޗާޖުގެ ގޮތުގައި ނުލިބިވާ 205.00 )ދުއިސައްތަ ފަހެ އެމެރިކާ ޑޮލަރު (އާއި، ޑިސެންބަރު 2014 ގެ ސަރވިސްޗާޖުގެ ގޮތުގައި ނުލިބިވާ 40.00 )ސާޅީސް އެމެރިކާ ޑޮލަރު ( އާއި، އަހަރީ ޗުއްޓީގެ 30 ދުވަހަށް ނުލިބިވާ 4,000.00 )ހަތަރުހާސް އެމެރިކާ ޑޮލަރު ( އާއި، 3 މަސްދުވަހުގެ ނޯޓިސް ފައިސާގެ ގޮތުގައި ނުލިބިވާ 12,000.00 )ބާރަހާސް އެމެރިކާ ޑޮލަރު ( އާއި، އޯފް 8 ދުވަހުގެ މުސާރައިގެ ގޮތުގައި ނުލިބިވާ 1,066.00 )އެއްހާސް ފަސްދޮޅަސް ހައެއް އެމެރިކާ ޑޮލަރު ( އާއި، ރަސްމީ ބަންދު 8 ދުވަހަށް މުސާރައިން ނުލިބިވާ 1,066.00 )އެއްހާސް ފަސްދޮޅަސް ހައެއް އެމެރިކާ ޑޮލަރު ( އާއި، ކޮކޯޕާމް ދުނިކޮޅުގެ ވަޒީފާއާއި ގުޅުމުން ރސޯޓަށި ދިއުމަށް އެއްކޮޅު އެއަރ ޓިކެޓަށް ނުލިބިވާ
165.00 )ސަތޭކަ ފަސްދޮޅަސް ފަހެއް އެމެރިކާ ޑޮލަރު ( އާއި، 9 ޑިސެމްބަރު 2014 ގައި ވަޒީފާއިން ވަކިވުމާއި ގުޅިގެން، ލިބެންޖެހޭ އެއްކޮޅު އެއަރ ޓިކެޓަށް ނުލިބިވާ 165.00 )ސަތޭކަ ފަސްދޮޅަސްފަހެއް އެމެރިކާ ޑޮލަރު ( 2013 ވަނަ އަހަރު ރަމަޟާން )1434ހ ރަމަޟާން ( މަހުގެ ޢިނާޔަތު ފައިސާގެ ގޮތުގައި ނުލިބިވާ 1,066.66 )އެއްހާސް ފަސްދޮޅަސް ހައެއް އެމެރިކާ ޑޮލަރު ފަސްދޮޅަސް ހައެއް ސެންޓް ( އާއި، 2014 ވަނަ އަހަރުގެ ރަމްޟާން )1435ހ ރަމަޟާން ( މަހުގެ ޢިނާޔަތު ފައިސާގެ ގޮތުގައި ނުލިބިވާ
684.82 )ހަސަތޭކަ އައްޑިހަ ހަތަރު ޑޮލަރު އައްޑިހަ ދޭއް ސެންޓް( އާއެކު ޖުމްލަ 22,191.48 )ބާވީސްހާސް އެއްސަތޭކަ ނުވަ ދަހި އެކެއް ޑޮލަރު ސާޅީސް އަށެއް ސެންޓް ( އޭނާއަށް ނަގައި ދިނުމަށް މި މައްސަލަ ބެލި މަޖިލީހުގެ މެންބަރުންގެ އިއްތިފާޤުން ކަނޑައަޅައި، މި ފައިސާ މިއަދު )29 ޖޫން 2015( އިން ފެށިގެން 14 )ސާދަ ( ދުވަހުގެ ތެރޭގައި އެކީ އެއްފަހަރާ މައްސަލަ ހުށަހެޅި ޢަބްދުލްޣަފޫރު ޢަލީއަށް ދިނުމަށްފަހު އެކަން ހަމަޖެހޭތާ 3 )ތިނެއް ( ދުވަހުގެ ތެރޭގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިޔުމުން އެންގުމަށް މައްސަލަ ރައްދުވި ސަންލޭންޑް ހޮޓެލްސް ޕްރައިވެޓް ލިމިޓެޑަށް އަންގައި އަމުރުކުރަމެވެ [. މިފަދައިންކަން އމައްސަލައި ގެ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ . 02- އިސްވެ ބަޔާންކުރެވުނު ގޮތުގެމަތީން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 17/VTR/2015 މައްސަލަ ނިންމެވުމުން،އމައްސަލާނިންމަވާފައިވނަ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލު ޚިލާފަށް ކަމަށް ބުނެ ސަންލޭންޑް ހޮޓެލްސް ޕްރައިވެޓް ލިމިޓެޑގެފަރާތުން އެމައްސަލ އިސްތިއުނާފު ކުރުމަށް އަންނަނިވިނުކުތާ ފާހަގަކޮށް އެނުކުތައިމެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ . އެ ނުކުތާއަކީ : ]ކޮކޯޕާމް ދުނިކޮޅު މޯލްޑިވްސް [ ގެ ނަމުގައި ސަންލޭންޑް ހޮޓެލްސް ޕްރައިވެޓް ލިމިޓެޑް ")އިސްތިއުނާފު ކުރާފަރާތ"/" ސަންލޭންޑް "/"ކުންފުނި(" ގެ ފަރާތުނ ހިންގަމުން އަންނަ ރިސޯޓުގައި، އިސްތިއުނާފު ރައްދުވާ ޢަބްދުލްޣަފޫރު ޢަލީ އަދާކުރަމުން ގެން ދިޔަ ރެސިޑެންޓް މެނޭޖަރގެ މަޤާމުން އޭނާ އިސްތިއުފާ ދިނުމާ ގުޅިގެން، އިސްތިއުނާފު ރައްދުވާ ފަރާތަށް ކުންފުނީގެ ފަރާތުން ދޭން ލާޒިމްވާ މުސާރައާއި އިނާޔަތްތަކުގެ ތެރެއިން ބޭނުން ނުކޮށް އޮތް އަހަރީ ޗުއްޓީގެ ދުވަސްތަކަށްވާ ފައިސާ އަދި ރަމަޟާން މަހުގެ ބޯނަސް ހިސާބުކޮށް ކަނޑައެޅުމުގައި ޓްރައިބިއުނަލުން ނިންމަވާފައިވަނީ ޤާނޫނު ނަންބަރު 2008/2 )ވަޒީފާއާބެހޭ ޤާނޫނު ( އަދި ދެފަރާތުގެ މެދުގައި ވެފައިވާ ވަޒީފާގެ އެއްބަސްވުމާ ޚިލާފަށް ކަމަށްބުނެ ހުށަހެޅި ނުކުތާއެވެ . 03- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރ 17/VTR/2015 މައްސަލައިގެ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓަށާއި، އެމައްސަލަ އިސްތިއުނާފު ކުރުމަށް ސަންލޭންޑް ހޮޓެލްސް ޕްރައިވެޓް ލިމިޓެޑގު ފަރާތުން ހުށަހަޅާފައިވާ ނުކުތއށާއި،އެނުކުތއާގުޅިގެން މައްސަލއަގައ ހިމެނޭ ފަރާތްތަކުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ . )ހ( ސ.މަރަދޫ / ކަނަންދޫ، ޢަބްދުލްޣަފޫރު ޢަލީ، ކޮކޯޕާމް ދުނިކޮޅު ރިސޯޓުގެ ވަޒީފާއިން ވަކިވެފައިވަނީ ރިސޯޓުގެ ފަރާތުން ދަތިތަކެއް ކޮށްގެންކަމަށް ކަނޑައަޅާނެ ތަނެއް ނެތްކަމަށާއި، ޢަބްދުލްޣަފޫރު ޢަލއުށް މުސާރައާއި ޢިނާޔަތުގެ ގޮތުގައި ދޭންޖެހޭ ފައިސާ ދީފައިނުވާކަން ދެފަރާތުގެ ބަހުން އެނގެން އޮތަތީ، ޢަބްދުލްޣަފޫރު ޢަލީ ކޮކޯޕާމް ދުނިކޮޅު ރިސޯޓުގައި މަސައްކަތް ކޮށްފައިވާ 13 ދުވަހުގެ މުސާރައިގެ ގޮތުގައި ނުލިބިވާ 1,733.00 )ސަތާރަސަތޭކަ ތެއްތިރީސް އެމެރިކާޑޮލަރު ( އާއި، ނޮވެމްބަރު 2014 ގެ ސަރވިސްޗާޖުގެ ގޮތުގައި ނުލިބިވާ 205.00 )ދުއިސައްތަ ފަހެ އެމެރިކާ ޑޮލަރު (އާއި، ޑިސެންބަރު 2014 ގެ ސަރވިސްޗާޖުގެ ގޮތުގައި ނުލިބިވާ 40.00 )ސާޅީސް އެމެރިކާ ޑޮލަރު ( އާއި، އަހަރީ ޗުއްޓީގެ 30 ދުވަހަށް ނުލިބިވާ 4,000.00 )ހަތަރުހާސް އެމެރިކާ ޑޮލަރު ( އާއި، 3 މަސްދުވަހުގެ ނޯޓިސް ފައިސާގެ ގޮތުގައި ނުލިބިވާ 12,000.00 )ބާރަހާސް އެމެރިކާ ޑޮލަރު ( އާއި، އޯފް 8 ދުވަހުގެ މުސާރައިގެ ގޮތުގައި ނުލިބިވާ 1,066.00 )އެއްހާސް ފަސްދޮޅަސް ހައެއް އެމެރިކާ ޑޮލަރު ( އާއި، ރަސްމީ ބަންދު 8 ދުވަހަށް މުސާރައިން ނުލިބިވާ 1,066.00 )އެއްހާސް ފަސްދޮޅަސް ހައެއް އެމެރިކާ ޑޮލަރު ( އާއި، ކޮކޯޕާމް ދުނިކޮޅުގެ ވަޒީފާއާއި ގުޅުމނު ރިސޯޓަށް ދިއުމަށް އެއްކޮޅު އެއަރ ޓިކެޓަށް ނުލިބިވާ 165.00 )ސަތޭކަ ފަސްދޮޅަސް ފަހެއް އެމެރިކާ ޑޮލަރު ( އާއި، 9 ޑިސެމްބަރު 2014 ގައި ވަޒީފާއިން ވަކިވުމާއި ގުޅިގެން، ލިބެންޖެހޭ އެއްކޮޅު އެއަރ ޓިކެޓަށް ނުލިބިވާ 165.00 )ސަތޭކަ ފަސްދޮޅަސްފަހެއް އެމެރިކާ ޑޮލަރު ( 2013 ވަނަ އަހަރު ރަމަޟާން )1434ހ ރަމަޟާން ( މަހުގެ ޢިނާޔަތު ފައިސާގެ ގޮތުގައި ނުލިބިވާ 1,066.66 )އެއްހާސް ފަސްދޮޅަސް ހައެއް އެމެރިކާ ޑޮލަރު ފަސްދޮޅަސް ހައެއް ސެންޓް ( އާއި، 2014 ވަނަ އަހަރުގެ ރަމަޟާން )1435ހ ރަމަޟާން ( މަހުގެ ޢިނާޔަތު ފައިސާގެ ގޮތުގައި ނުލިބިވާ 684.82 )ހަސަތޭކަ އައްޑިހަ ހަތަރު ޑޮލަރު އައްޑިހަ ދޭއް ސެންޓް ( އާއެކު ޖުމްލަ 22,191.48 )ބާވީސްހާސް އެއްސަތޭކަ ނުވަ ދހި އެކެއް ޑޮލަރު ސާޅީސް އަށެއް ސެންޓް ( ޢަބްދުލްޣަފޫރު ޢަލީ އަށް ނަގައި ދިނުމަށް ކަނޑައަޅައި، އ ފައިސާ 29 ޖޫން 2015 އިން ފެށިގެން 14 )ސާދަ ( ދުވަހުގެ ތެރޭގައި އެކީ އެއްފަހަރާ ޢަބްދުލްޣަފޫރު ޢަލީއަށް ދިނުމަށްފަހު އެކަން ހަމަޖެހޭތާ 3 )ތިނެއް ( ދުވަހުގެ ތެރޭގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިޔުމުން އެންގުމަށް ސަންލޭންޑް ހޮޓެލްސް ޕްރައިވެޓް ލިމިޓެޑަށް އަންގައި އަމުރުކުރަ އްވ ވަޒީފއާބެހާ ޓްރައިބިއުނަލްގެ ނަންބަރު 17/VTR/2015މައްސަލަ ނިންމަވާފައިވާކަން އެނގެން އޮވެއެވެ . )ށ( ]ކޮކޯޕާމް ދުނިކޮޅު މޯލްޑިވްސް[ ގެ ނަމުގައި ސަންލޭންޑް ހޮޓެލްސް ޕްރައިވެޓްލިމިޓެޑު ގ ފަރާތުން ހިންގަމުން އަންނަ ރިސޯޓުގައި، ޢަބްދުލްޣަފޫރު ޢަލީ އަދާކުރަމުން ގެންދިޔަ ރެސިޑެންޓް މެނޭޖަރގެ މަޤާމުން އޭނާ އިސްތިއުފާ ދިނުމާ ގުޅިގެން، ޢަބްދުލްޣަފޫރު ޢަލީއަށ ކުންފުނީގެ ފަރާތުން ދޭން ލާޒިމްވާ މުސާރައާއި އިނާޔަތްތަކުގެ ތެރެއިން ބޭނުންނުކޮށް އޮތް އަހަރީ ޗުއްޓީގެ ދުވަސްތަކަށްވާ ފައިސާ އަދި ރަމަޟާން މަހުގެ ބޯނަސް ހިސާބުކޮށް ކަނޑައެޅުމުގައިވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމަވާފައިވަނީ ޤާނޫނު ނަންބަރު 2008/2 )ވަޒީފާއާބެހޭ ޤާނޫނު( އަދި ދެފަރާތުގެ މެދުގައި ވެފައިވާ ވަޒީފާގެ އެއްބަސްވުމާ ޚިލާފަށް ކަމަށްބުނެ އިސްތިއުނާފުކުރުމަށް ސަންލޭންޑް ހޮޓެލްސް ޕްރައިވެޓް ލިމިޓެޑގު ފަރާތުން ހުށަހަޅާފައިވާ ނުކުތާއަށް ބަލާއިރު މި ނުކުތާގައި ދެކަމެއް ފާހަގަކޮށްފައިވާކަމާއި އެގޮތުން ފުރަތަމަކަމަކީ، އަހަރީ ޗުއްޓީގެ ދުވަސްތަކަށް ފައިސާ ދިނުމަށް ނިންމަވާފައިވާ ނިންމުންކަމާއި، ދެވަނަ ކަމަކީ ރަމަޟާން މަހުގެ ޢިނާޔަތުގެ ފައިސާ ހިސާބުކުރައްވފައިވާ ގޮތްކަމާއި، އެގޮތުން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 17/VTR/2015 މައްސަލައިގައި އަހަރީ ޗުއްޓީގެ ދުވަސްތަކަށް ފައިސާ ދިނުމަށް ނިންމަވާފައިވާ ނިންމުމަށް ނަޒަރުކުރާއިރު، ޤާނޫނު ނަންބަރު 2008/2 )ވަޒީފާއާބެހޭ ޤާނޫނު ( ގެ 41 ވަނަ މާއްދާގެ )ނ( ގައި ބަޔާންކޮށްފައިވަނީ، ]މުވައްޒަފަކު، ވަޒީފާއިން ވަކިކުރާނަމަ، އެމުވައްޒަފަކަށް ލިބިދޭ އަހަރީ ޗުއްޓީއެއްގެ ބޭނުން ނުކޮށް އޮތުމުން އެ ޗުއްޓީއަށް ލިބެންވާ ފައިސާ، ވަޒީފާދޭ ފަރާތުން އެމުވައްޒަފަކަށް ނުދީ އޮތްކަމަށްވާނަމަ، ވަޒީފާއިން ވަކިކުރާއިރު، އެފައިސާ އެމުވައްޒަފަކަށް ވަޒީފާދޭ ފަރާތުން ދޭންވާނެއެވެ[. މިފަދައިންކަމާއި، މިމާއްދާގެ މިނައްޞަށް ބަލާއިރު، ވަޒީފާއަދާކުރާ ފަރާތު ނ ބޭނުންނުކޮށް އޮތް އަހަރީޗުއްޓީގެ ދުވަސްތަކަށްވާ ފައިސ ހިސާބުކޮށް ނަގައިދޭންޖެހޭނީ،ވަޒީފާއިން ވަކިކުރާ ދުވ ހ ހަމައަށް ބޭނުން ނުކޮށް އޮތް އަހަރީ ޗުއްޓީގެ ދުވަސްތަކަށްވާ ފައިސާ ކަމާއި، ވަޒީފާއިން ވަކިވުމަށް ނުވަތަ ވަކިކުރުމަށް ނޯޓިސް ދޭ ތާރީޚާ ހަމައަށް ބޭނުންނުކޮށް އޮތް އަހަރީ ޗުއްޓީގެ ދުވަސްތަކުގެ ފައިސާ ނޫންކަން އެނގޭކަމާއި؛ ކޮކޯޕާމް ދުނިކޮޅު ރިސޯޓުގައި ޢަބްދުލްޣަފޫރު ޢަލީ 15 ޖުލައި 2013 ވަނަ ދުވަހުން ފެށިގެން އަދާކުރަމުން ގެންދިޔަ ރެސިޑެންޓް މެނޭޖަރގެ މަޤާމުން އިސްތިއުފާ ދިނުމަށްޓަކައި ދެފަރާތުގެ މެދުގައި ވެފައިވާ އެއްބަސްވުމުގެ 16.25 ވަނަ މާއްދާ ލާޒިމްކުރާ ގޮތުގެ މަތިން 2014 ޑިސެމްބަރ 4 ވަނަ ދުވަހު 3 )ތިން ( މަސް ދުވަހުގެ ނޯޓިސް ދިނުމަށްފަހު ޢަބްދުލްޣަފޫރު ޢަލީހުރި ވަޒީފާއިން ވަކިވުމަށް އެދުމުން، ސަންލޭންޑް ހޮޓެލްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެކަނ ބަލައިގަނެ، 14 ޑިސެމްބަރ 2014 ވަނަ ދުވަހުޢަބްދުލްޣަފޫރު ޢަލީ އަށް އަންގާފައިވާކަން އެނގެން އޮތުމުގެ އިތުރުން، ޢަބްދުލްޣަފޫރު ޢަލީ ބނު ން ނުކޮށް އޮތް އަހަރީ ޗުއްޓީ 2014 ޑިސެމްބަރު 7 ވަނަ ދުވަހުން ފެށިގެން ނަގާނެކަމަށް ބުނެސަންލޭންޑް ހޮޓެލްސް ޕްރައިވެޓް ލިމިޓެޑށަ ޢަބްދުލްޣަފޫރު ޢަލީ އަންގާފިއިވާކަނަ އެނގެން އޮންނަކަމާއި ޢަބްދުލްޣަފޫރު ޢަލީ އަހަރީ ޗުއްޓީ ނިމުމުން އެނބުރި އޮފީހަށް އަންނައިރު، 3 މާރޗް 2015 ވަނަ ދުވަހާ ހަމައަށް ވަޒީފާއަށް ޙާޟިރުވާންޖެހޭ ބާކީ ދުވަސްތަކެއް އޮންނާނެ ކަމަށްބުނެ، ޢަބްދުލްޣަފޫރު ޢަލީ އަށް ލުޔެއް ދިނުމުގެ ގޮތުން، ބާކީ އޮންނާނެ ދުވަސްތަކުގައި އޮފީހަށް ހާޒިރުވުމަށް ލާޒިމް ނޫންކަމަށް ބުނެ، 2014 ޑިސެމްބަރ 14 ވަނަ ދުވަހު ސަންލޭންޑް ހޮޓެލްސް ޕްރައިވެޓް ލިމިޓެޑު ގެ ފަރާތުން ޢަބްދުލްޣަފޫރު ޢަލީއަށ އަންގާފައިވާކަން އެނގެން އޮންނަކަމާއި؛ އެހެން ކަމުން ޢަބްދުލްޣަފޫރު ޢަލ އަދާކުރަމުން ދިޔަ ވަޒީފާއިން ވަކިކުރިއިރު އަހަރީ ޗުއްޓީގެ ގޮތުގައި ބޭނުންނުކޮށް އެއްވެސް ދުވަހެއް ބާކީގައި އޮތްކަމަށް ބެލެވެން ނެތުމުން، އިސްތިއުނާފު މިކުރެވޭ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރ 17/VTR/2015 މައްސަލއިގަ ނިންމެވުމުގައި އަހަރީ ޗުއްޓީގެ 30 ދުވަހަށް 4,000.00 )ހަތަރުހާސް އެމެރިކާ ޑޮލަރު ( ނުލިބިވާކަމަށް ފާހަގަކުރައްވާ އެފައިސާ ނަންގަވައިދެއްވާފައިވަނީ ރަގަޅަށް ކަމަށް ބެލެވެން ނެތްކަމާއި؛ ރަމަޟާންމަހުގެ ޢިނާޔަތުގެ ފައިސާ ހިސާބުކުރައްވާފައިވާ ގޮތާމެދު ޝަރީޢަތުން ނަޒަރުކުރާއިރު، މިމައްސަލައިގައި ކަން ހިނގިއިރު ވަޒީފާއާބެހޭ ކަންކަމުގައި ޢަމަލުކުރެވެމުންދިޔަ ޤާނޫނު ނަންބަރު 2010/12 )ޤާނޫނު ނަންބަރު 2008/2 )ވަޒީފާއާބެހޭ ޤާނޫނު ( އަށް 2 ވަނަ އިޞުލޙ ގެނައުމުގެ ޤާނޫނު ( ގެ 51 ވަނަ މާއްދާގެ )ހ( ގައި ވަޒީފާ އަދާކުރާ ކޮންމެ މުސްލިމިމުވައްޒަފަކަށް ރަމަޟާން މަހުގެ ޢިނާޔަތުގެ ގޮތުގައި ކޮންމެ އަހަރެއްގެ ރަމަޟާން މަސް ފެށުމުގެ ކުރިން އެމހަކަށް ލިބޭ މުސާރައިގެ ތިންބައިކުޅަ އެއްބައި ދޭނވާނެކަމަށާއި، މުސާރައިގެ ތިންބައިކުޅަ އެއްބައި 2000.00 )ދެހާސް ( ރުފިޔާއަށްވުރެ މަދުނަމަ ދޭނީ 2000.00 )ދެހާސް ( ރުފިޔާ ކަމަށާއި، މުސާރައިގެ ތިންބައިކުޅަ އެއްބައި 10,000.00 )ދިހަހާސް ( ރުފިޔާއަށްވުރެ ގިނަ ނަމަ ދޭނީ 10,000.00 )ދިހަހާސް ( ރުފިޔާ ކަމަށް ބަޔާންކޮށްފައި ވާކަމާއި؛ ޤާނޫނު ނަންބަރު 2008/2 )ވަޒީފާއާބެހޭ ޤާނޫނު ( ގެ 13 ވަނަ މާއްދާގެ )ށ( ގެ ދަށުން ވަޒީފާދޭ ފަރާތާއި، ކޮންމެ މުވައްޒަފަކާ ދެމެދު ލިޔުމަކުން ނުވަތަ ލިޔުންތަކަކުން އެކުލެވިގެންވާ ވަޒީފާގެ އެއްބަސޫވުމެއް އޮތުން ލާޒިމުކޮށްފައިވާއިރު، ވަޒީފާގެ އެއްބަސްވުމުގައި ލިބޭ އުޖަރައާއި އެހެނިހެން ޢިނާޔަތްތޭކާއިއުޖޫރަދެވޭ މިންވަރާއި ހިސާބުކުރެވނ ގޮތް ބަޔާންކުރެވިފައި އޮންނަންވާނެކަން އެނގޭކަމާއި؛ ޤާނޫނު ނަންބަރު 2008/2 )ވަޒީފާއާބެހޭ ޤާނޫނު (ގެ 2 ވަނަ މާއްދާގެ )ށ( އިން އެޤާނޫނުގެ ދަށުން ލިބިދޭ ޙައްޤުތައް އެ ޤާނޫނުގައި ބަޔާންކޮށްފައިވާ މިންވަރަށްވުރެ އިތުރަށް ލިބޭގޮތަށް ދެފަރާތުން އެއްބަސްވުމަކީ ކުރެވިދާނެކަމއްކަމއި، އެކަމަކީ ވަޒީފާއާބެހޭ ޤާނޫނު މަނާކުރާ ކަމެއް ނޫންކަން އެނގެން އޮންނައިރު، ސަންލޭންޑް ހޮޓެލްސް ޕްރައިވެޓް ލިމިޓެޑާއިޢަބްދުލްޣަފޫރު ޢަލީއާ ދެމެދވެވިފައިވާ ވަޒީފާގެ އެއްބަސްވުމުގެ 5.11.3 ގައި ރަމަޟާން މަހުގެ ޢިނާޔަތުގެ ފައިސާގެ ގޮތުގައި މުސާރައިގެ ތިންބައިކުޅަ އެއްބަޔަށްވުރެ މަދުނޫން ޢަދަދެއް ލިބޭނެކަމަށް ބަޔާންކޮށްފައިވާކަމާއ؛ އިސްތިއުނާފު މިކުރެވޭ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 7/VTR/2015 މައްސަލަ އިގެ ނިންމެވުމުގައި ރަމަޟާންމަހުގެ ޢިނާޔަތުގެ ފައިސާ ހިސާބުކުރައްވ ޢަބްދުލްޣަފޫރު ޢަލީއަށ ލިބޭ މުސާރައިގެ ތިންބައިކުޅަ އެއްބަޔަށްވާ މިންވަރު ނަންގަވައިދެއްވާފައިވަނީ ރަނގަޅަށް ނޫންކަމަށް ބެލެވެން ނެތްކަން އެނގެއެވެ . ވީމާ، އިސްވެ ބަޔާންވެދިޔަ ނުކުތާތަކަށް ރިޢާޔަތްކުރުމުން،ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރ 17/VTR/2015މައްސަލައިގެ ނިންމެވުމުގައި އަހަރީ ޗުއްޓީގެ 30 ދުވަހަށް 4,000.00 )ހަތަރުހާސް އެމެރިކާ ޑޮލަރު ( ނަންގަވައިދެއްވުމަށް ނިންމަވާފައިވާ ނިންމެވުމަށް ބަދަލު ގެންނަންޖެހޭކަމަށް މިމައްސަލަ ބެލި މަޖިލީހުގެ ފަނޑިޔާރުން އެއްބަސްވެއެވެ . ޙުކުމް: ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން އެގޮތަށް ހުރުމާއެކު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 17/VTR/2015 މައްސަލައިގައި، އަހަރީ ޗުއްޓީގެ 30 ދުވަހަށް 4,000.00 )ހަތަރުހާސް އެމެރިކާ ޑޮލަރު ( ނުލިބިވާކަމަށް ފާހަގަކުރައްވާ އެފައިސާ ނަންގަވައިދެއްވާފައިވަނީ ރަނގަޅަށް ނޫންކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ ހުރިހާ ފަނޑިޔާރުންނަށް އެއްބަސްވެވިފައިވާތީ،ޢަބްދުލްޣަފޫރު ޢަލިއށް މުސާރައާއި ޢިނާޔަތުގެ ގޮތުގައި ނުލިބިވާކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައަޅުއްވާފައިވާ ޖުމްލަ 22,191.48 )ބާވީސްހާސް އެއްސަތޭކަ ނުވަދިހަ އެކެއް ޑޮލަރު ސާޅީސް އަށެއް ސެންޓް ( ގެ ތެރެއިން 4,000.00 )ހަތަރުހާސް އެމެރިކާ ޑޮލަރު ( އުނިކުރުމުން ބާކީވާ 18,191.48 )އަށާހާސް އެއްސަތޭކަ ނުވދހަ އެކެއް ޑޮލަރު ސާޅީސް އަށެއް ސެންޓް ( ޢަބްދުލްޣަފޫރު ޢަލީ އަށް ނަގައި ދިނުމަށް ކަނޑައަޅައި، މި ފައިސާ މިއަދު )2017 ނޮވެމްބަރ 06 ވަނަ ދުވަހު ( ން ފެށިގެން 14 )ސާދަ ( ދުވަހުގެ ތެރޭގައި އެކީ އެއްފަހަރާ ޢަބްދުލްޣަފޫރު ޢަލީއަށް ދިނުމަށްފަހު އެކަން ހަމަޖެހޭތާ 3 )ތިނެއް ( ދުވަހުގެ ތެރޭގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިޔުމުން އެންގުމަށް ސަންލޭންޑް ހޮޓެލްސް ޕްރައިވެޓް ލިމިޓެޑަށް އަންގައިދިވެހިރާއްޖޭގެ ހައިކޯޓުގައީމިމައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލެހުގެ އިއްތިފާޤުން ޙުކުމްކޮށްފީމެވ.
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.