—
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ސިވިލް ކޯޓުން، ވަކިކުރީ ސިފައިންގެ ޤާނޫނުގެ 31 ވަނަ މާއްދާއާ ޚިލާފަށް ނޫންކަން ސާބިތުވާތީ ވަޒީފާއާއި މުސާރަ އަނބުރާ ދިނުމަށް އަންގާނެ ތަނެއް ނެތްކަމަށް ޙުކުމްކުރި.
- ވާޤިޢާ
- އެމް.އެން.ޑީ.އެފްގެ ޕްރައިވެޓެއް، ޑޮލަރު ވިއްކުމަށް ބުނެ ސިފައިންގެ މީހެއްގެ އަތުން ފައިސާ ހޯދައި އޮޅުވާލި މައްސަލައެއް މިލިޓަރީ ޕޮލިހުން ތަޙްޤީޤުކޮށް، ޑިސިޕްލިނަރީ ކޮމިޓީގެ ލަފާގެ މަތިން ސިފައިންގެ ޤާނޫނުގެ 31 ވަނަ މާއްދާގެ ދަށުން 9 ސެޕްޓެމްބަރ 2012 ގައި ވަޒީފާއިން ވަކިކުރި. ކުރިން ދެފަހަރަށް ނަޞޭޙަތާއި އިންޒާރު ދީފައިވެއެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ސިފައިންގެ ޤާނޫނުގެ 31 ވަނަ މާއްދާގެ ދަށުން ޚިޔާނާތުގެ މައްސަލައެއް ތަޙްޤީޤުކޮށް ޑިސިޕްލިނަރީ ކޮމިޓީގެ ލަފާގެ މަތިން ސިފައިންގެ ވަޒީފާއިން ވަކިކުރުމަކީ ޤާނޫނާ ޚިލާފު ކަމެއްތޯ، އަދި އެ ވަކިކުރުމުގައި މައުޟޫޢީ އަދި އިޖްރާއީ ޢަދުލުވެރިކަން ޤާއިމުކޮށްފައިވޭތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- އިސްތިއުނާފުކުރި ފަރާތުން ބުނީ، ވަކިކުރި ލިޔުމުން 31 ވަނަ މާއްދާގެ ކޮން ކަމެއް ކޮށްގެންކަން ނޭނގޭ ކަމަށާއި، މިލިޓަރީ ފުލުހުންނަށް ކުށް ސާބިތުކުރުމުގެ ބާރު ނެތް ކަމަށާއި، 44 ވަނަ މާއްދާގެ އިދާރީ ފިޔަވަޅު އަޅާފައި ނުވާ ކަމަށާއި، 46 ވަނަ މާއްދާގައިވާ ވަކިކުރުމާބެހޭ ޤަވާޢިދުގެ ދަށުން ވަކިކޮށްފައި ނުވާ ކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- އިދާރީ ފިޔަވަޅަށް ބަލަނީ Balance of Probabilities އަށް ކަމަށާއި، ތަޙްޤީޤާއި ޑިސިޕްލިނަރީ ކޮމިޓީގެ ލަފާގެ މަތިން ކުރި ނިންމުމަކީ ފުދޭ ޙުއްޖަތެއް ކަމަށާއި، ކުރިން އެތައް ފަހަރަކު ނަޞޭޙަތާއި އިންޒާރު ދީފައިވާތީ އިޖްރާއީ ޢަދުލުވެރިކަން ޤާއިމުވެފައިވާ ކަމަށް ކޯޓުން ނިންމިއެވެ.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިއިސްތިއުނާފު ބާޠިލު، ދަށުކޯޓުގެ ޙުކުމް ޤާއިމް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
ޤާނޫނު ނަންބަރު 1/2008 (ސިފައިންގެ ޤާނޫނު) ގެ 31 ވަނަ މާއްދާގެ ދަށުން، ސިފައިންގެ މީހަކު ވަޒީފާއަށް ފިލައިގެން، ނުވަތަ އަޚްލާޤީ މައްސަލައެއް ދިމާވެގެން، ނުވަތަ ކުށެއް ކޮށްގެން، ނުވަތަ އެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދަކާ ޚިލާފުވެގެން، އެމީހަކު ސިފައިންގެ ވަޒީފާއިން ވަކިކުރުމުގެ އިޚްތިޔާރާއި ބާރު މިނިސްޓަރަށް ލިބިގެންވެއެވެ. (ޕެރ. 3(ހ))
ޖިނާއީ މައްސަލަތައް ޝަރީޢަތަށް ސާބިތުކުރުމަށް އޮންނަ މިންގަނޑާއި، މީހެއްގެ މައްޗަށް އިދާރީ ފިޔަވަޅެއް އެޅުމަށްޓަކައި ކަމެއް ސާބިތުވީ ކަމަށް ކަނޑައަޅާ މިންގަނޑުގައި ތަފާތެއްވެއެވެ. މަދަނީ އަދި އިދާރީ ފިޔަވަޅެއް އެޅުމުގައި ކަމެއް ސާބިތުވާކަމަށް ނިންމަނީ ހުށަހެޅިފައިވާ ހެކިތަކާއި ޤަރީނާތައް ވަޒަންކޮށް ބަލާއިރު، ބޮޑަށް ބުރަވެވޭ ގޮތެއްގެ މައްޗަށް ބިނާކޮށްގެން (Balance of Probabilities) އެވެ. (ޕެރ. 3(ށ))
މުވައްޒަފާއި އިތުރު ފަރާތްތަކެއްގެ ބަޔާންނަގައި މިލިޓަރީ ޕޮލިސްއިން މައްސަލަ ތަޙުޤީޤުކޮށް، ތަޙުޤީޤު ރިޕޯޓުތައް ދިރާސާކޮށް ޑިސިޕްލިނަރީ ކޮމިޓީން ދީފައިވާ ލަފާގެ މަތިން ވަޒީފާއިން ވަކިކުރުމަށް ނިންމާ ނިންމުމަކީ، އިދާރީ ފިޔަވަޅެއް އެޅުމުގައި އޭގެމައްޗަށް ބުރަވުމަށް ޙުއްޖަތަކަށް ފުދޭ ނިންމުމެކެވެ. (ޕެރ. 3(ށ))
މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ނިންމި ނިންމުމުގައި މައުޟޫޢީ ޢަދުލުވެރިކަމާއި (substantive fairness) އިޖްރާއީ ޢަދުލުވެރިކަން (procedural fairness) ޤާއިމުކޮށްފައިވޭތޯ ބަލާ އެކަންކަން ކަށަވަރުވާންޖެހޭނެއެވެ. (ޕެރ. 3(ނ))
މައުޟޫޢީ ޢަދުލުވެރިކަމަކީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރެވުނު ސަބަބަކީ ޢަދުލުވެރި ނުވަތަ އެކަށީގެންވާ ސަބަބެއްކަމަށް ވުމެވެ. އިޖްރާއީ ޢަދުލުވެރިކަމަކީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން ފުރިހަމަ ކޮށްފައިވާ އިޖްރާއާތަކީ ޢަދުލުވެރި އިޖްރާއާތަކަށް ވުމެވެ. (ޕެރ. 3(ނ))
ވަޒީފާއިން ވަކިކުރުމުގެ ކުރިން، މުވައްޒަފަށް އެކި ފަހަރުމަތިން ނަޞޭޙަތާއި އިންޒާރު ދީ، ސިފައިންގެ ޤާނޫނާއި ގަވާއިދާ ޚިލާފު އެއްވެސް ޢަމަލެއް ތަކުރާރުކޮށްފިނަމަ ވަޒީފާއިން ވަކިކުރެވޭނެކަން އަންގާ އިންޒާރުދީފައިވަނިކޮށް، އޭގެ ފަހުން ހުށަހެޅުނު މައްސަލައެއް ތަޙުޤީޤުކޮށް، އޭގެ މައްޗަށް ބިނާކޮށް ވަޒީފާއިން ވަކިކޮށްފައިވާނަމަ، އެއީ ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީގޮތުން ފުރިހަމަކުރަންޖެހޭ ފިޔަވަޅުތައް އެޅުމަށް ފަހުގައި ކަމަށް ބެލެވޭނެއެވެ. (ޕެރ. 3(ނ))
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 1/2008 (ސިފައިންގެ ޤާނޫނު) ގެ 31 ވަނަ މާއްދާ
- ޤަވާޢިދު ނަންބަރު MNDF-SR 109 (ސިފައިން ކުރާ ކުށްތަކަށް އިދާރީ އަދަބުދިނުމާބެހޭ ޤަވާޢިދު) ގެ 3 ވަނަ ބާބުގެ 31 ވަނަ މާއްދާގެ (4) ވަނަ ނަންބަރު
- ޤާނޫނު ނަންބަރު 1/2008 (ސިފައިންގެ ޤާނޫނު) ގެ 43، 44 އަދި 46 ވަނަ މާއްދާ (އިސްތިއުނާފުކުރި ފަރާތުން ހުށަހެޅި)
- 2010/HC-A/24
- 2011/HC-A/134
ފަނޑިޔާރުން
- ބެންޗު
- ފަނޑިޔާރު ޢަބްދުﷲ ޙަމީދު، އިސްފަނޑިޔާރު ޢަބްދުﷲ ދީދީ، ފަނޑިޔާރު ޢަލީ ސަމީރު
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
1އިސްތިއުނާފުކުރެވޭ ސިވިލް ކޯޓުގެ ނަންބަރ 303/Cv-C/2014 ޤަޟިއްޔާއަކީ، ހދ. ވައިކަރަދޫ / މޮހޮރީގެ، ޢާއިޝަތު ޝަރުމީނާ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީގެ ޕްރައިވެޓްކަމުގ ވަޒީފާގައި ހުއްޓާ ސިފައިންގެ ޤާނޫނުގެ 31 ވަނަ މާއްދާއާއި ޚިލާފަށް ޢާއިޝަތު ޝަރުމީނާ އެ ވަޒީފާއިން ވަކިކޮށްފައިވާކަމަށް ބުނެ އެ ވަޒީފާއާއި އެ ވަޒީފާގެ މުސާރައާއި ޢިނާޔަތްތައް ލިބުމަށް ޢާއިޝަތު ޝަރުމީނާގެ ފަރާތުނީމިނިސްޓްރީ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކް އުރިޓް އަށް ރައްދުވާގޮތަށް ދިވެހި ދައުލަތުގެ މައްޗަށ ހުށަހެޅި މައްސަލައެއްކަމާއި، އެ ޤަޟިއްޔާގައިޙުކުމްކުރައްވފައިވަނ، " ދެންފަހެ، އިސްވެދިޔަ ބަޔާންތަކާއި، ފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށް ބެލުމަށްފަހު، ހދ. ވައިކަރަދޫ/ މޮހޮރީގެ ޢާއިޝަތު ޝަރުމީނެ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީގު ޕްރައިވެޓްކަމުގެ ވަޒީފާގައި ހުއްޓާ ޢާއިޝަތު ޝަރުމީނާ އ ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނު ނަންބަރ 1/2008 )ސިފައިންގެ ޤާނޫނު( ގެ 31 ވަނަ މާއްދާއާއި ޚިލާފަށް ނޫންކަން ޢާއިޝަތު ޝަރުމީނާއަށް ދީފައިވާ ނަސި ހަތާއޭ އިންޒާރުގެ ފިޔަވަޅުތަކުންނާއި ހިނގާފައިވާ ތަޙްޤީޤުގެ ބަޔާންތަކުން ޝަރީޢަތަށް ސާބިތުވާތީ، ޢާއިޝަތު ޝަރުމީނާ އެދިފައިވާ ގޮތަށް އެ ވަޒީފާއާއި މުސާރައާއި، ޢިނާޔަތްތައް އަނބުރާ ޢިޔާދަކޮށް ލިބިދިނުމަށް ދަޢުވާ ލިބުންމިނިސްޓްރީ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީ އަށް ޝަރީޢަތުގެ ފަރާތުން އަންގާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި ޙުކުމްކޮށް..." މައްސަލަ ނިންމަވާފައިވާ އެ ޤަޟިއްޔްގ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެންއޮވެއެވެ.
2ސިވިލް ކޯޓުގެ ނަންބަރު 303/Cv-C/2014 ޤަޟިއްޔާނީ ންމި ފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށް ބުނެ، ހދ. ވައިކަރަދޫ / މޮހޮރީގެ، ޢާއިޝަތު ޝަރުމީނގާ ފަރާތުން 04 )ހަތަރެއް( ނުކުތެ އެއް ފާހަގަކޮށާ އޭނުކުތާތަކެ ގުޅޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. • ފުރަތަމަ ނުކުތާއަކީ، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ޕްރައިވެޓްކަމުގެ ވަޒީފާއިން ޢާއިޝަތު ޝަރުމީނާ ވަކިކޮށްފައިވަނީ ސިފައިންގެ ޤާނޫނުގެ 31 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ ތެރެއިން ކޮންކަމެއް ކޮށްގެންކަން، ވަޒީފާއިން ވަކިކުރެއްވިކަން އަންގާ ލިޔުމުން އެނގެންނެތްއިރު، ދެޢުވާލިބ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީގެ ފަރާތުން ހުށަހަޅާފައިވާ ބަޔާންތަކެއްގެ މައްޗަށް ރިޢާޔަތްކޮށް، ޢާއިޝަތު ޝަރުމީނެ ސިފައިންގެ ވަޒީފާއިން ވަކިކޮށްފައިވަނީ ސިފައިންގެ ޤާނޫނުގެ 31 ވަނަ މާއްދާއާއި ޚިލާފަށް ނޫންކަން ޝަރީޢަތަށް ސާބިތވާކަމަށު ކަނޑައަޅައި މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ. • ދެވަނަ ނުކުތާއަކީ، ސިފައިންނާމެދު ތުހުމަތުކުރެވޭ ކަންތައްތައް ބަލައި، އެކަންކަން އެއީ ކުށެއްކަނު ނުވަތަ ނޫންކަން ސާބިތުކުރުމުގެ ބާރު، ޤާނޫނު ނަންބަރ 1/2008 )ސިފައިންގެ ޤާނޫނު( ގެ 43 ވަނަ މާއްދާގެ ދަށުން އަސްކަރީ ނުވަތަ މިލިޓަރީ ފުލުހުންނަށް ލިބިދީފައިނުވާއިރު، ޢާއިޝަތު ޝަރުމީނާގެ މައްޗަށް ތުހުމަތުކޮށް، ސާޖަންޓުފަސްޓް ކްލާސަ ޢަލީ ވަޙީދު މިލިޓަރީ ޕޮލިހަށް ހުށަހެޅި މައްސަލަ ތަޙްޤީޤުކޮށް "މަކަރުހެދުމާއި އޮޅުވާލުން، އަދި ދޮގުހެކި ދީފައު ވާކަމަށް ސާބިތުކޮށް ވަޒީފާއިން ވަކިކުރުމަށް، މިލިޓަރީ ޕޮލިހުން ނިންމާފައިވާ ނިންމެވުމުގެ މައްޗަށް ރިޢާޔަތްކޮށް، ސިފައިންގެ ވަޒީފާއިން ޢާއިޝަތު ޝަރުމީނާ ވަކިކޮށްފައިވަނީ ސިފައިންގެ ޤާނޫނުގެ 31 ވަނަ މާއްދާއާ ޚިލާފަށް ނޫންކަމަށް ކަނޑައަޅައި މައްސަލަ ނިންމަވފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ. • ތިންވަނަ ނުކުތާއަކީ، ސިފައިން ކުރާ ކުށްތަކަށް ދެވޭ އިދާރީ އަދަބުތަކެއް، ޤާނޫނ ނަންބަރ 1/2008 )ސިފައިންގެ ޤާނޫނު( ގެ 44 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، ޢާއިޝަތު ޝަރުމީނާގެ މައްޗަށް ތުހުމަތުކޮށްފައިވާ އެއްވެސް ކަމް ކާމެދު، )ވަޒީފާއިން ކަޑާލުން ފިޔަވައި( އެފަދަ އެއްވެސ ފިޔަވަޅެއް، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ފަރާތުން ޢާއިޝަތު ޝަރުމީނާއާ މެދު އަޅާފައިނުވާކަނ އެނގެންއޮތް ހިނދު، ޢާއިޝަތު ޝަރުމީނާ ސިފައިންގެ ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ފަހުގައިކަމަށް ކަނޑައަޅައި މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ. • ހަތަރުވަނަ ނުކުތާއަކީ، ޤާނޫނު ނަންބަރު 1/2008 )ސިފައިންގެ ޤާނޫނު( ގެ 31 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމެއް ސިފައިންގެ މީހަކު ކޮށްގެން އެ މީހަކު ސިފައިންގެ ވަޒީފާއިން ވަކިކުރުމުގެ އިޚްތިޔާރާއި ބާރުގެ، މިނިސްޓަރަށް ލިބިގެންވީ ނަމަވެސް، ސިފައިންގެ ޤާނޫނުގެ 46 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުނ ސިފައިންގެ މީހަކު، ސިފައިންގެ ވަޒީފާއިން ވަކިކުރެވޭނީ "ވަޒީފާއިން ވަކިކުރުމާބެހޭ ޤަވާޢިދު" ގެ ދަށުންކަމާއި، ޢާއިޝަތު ޝަރުމީނާ ސިފައިންގެ ވަޒީފާއިން ވަކިކޮށްފައިވަނީ މިފަދަ ޤަވާޢިދެއްގެ ދަށުން ނޫންކަން އެނގެންއޮތްއިރު، އެކަންކަމުގެ މައްޗަށް ރިޢާޔަތްނުކުރައް ވާ މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
3HN1HN2HN3HN4HN5HN6މިމައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހެޅިފައިވާ ލިޔުންތަކަށާއި، ސިވިލް ކޯޓުގެ ނަންބަރު 303/Cv-C/2014 ޤަޟިއްޔާ ނިމިފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނ ހަމަތަކާ އެއްގޮތްނުވާކަމަށާ ބުނެ، ހދ. ވައިކަރަދޫ / މޮހޮރީގެ، ޢާއިޝަތު ޝަރުމީނގ ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކުގެ މައްޗަށް ބެލިއިރު، މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ. )ހ( ފުރަތަމަ ކަމަކީ، ހދ. ވައިކަރަދޫ / މޮހޮރީގެ، ޢާއިޝަތު ޝަރުމީނާ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީގެ ޕްރައިވެޓު ކަމުގެ ވަޒީފާ އަދާކުރަމުންދަނިކޮށް، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ނަންބަރ -1(2)2012/55/PM )13 ސެޕްޓެމްބަރ 2012( "ވަޒީފާއިން ވަކިކުރެއްވިކަން އަންގާ ލިޔުން" ން 9 ސެޕްޓެމްބަރ 2012 ގައި ވަޒީފާއިން ވަކިކޮށްފައިވާކަން އެނގެންއޮންނަކަމާއި، ޢާއިޝަތު ޝަރުމީނާ ވަޒީފާއިން ވަކިކުރި ސަބަބެއްކަމުގައި ބަޔާންކޮށްފައިވަނ ޤާނޫނ ނަންބަރ 1/2008 )ސިފައިންގެ ޤނޫނ( ގެ 31 ވަނަ މާއްދާގައިވާގޮތުގެ މަތިންކަމަށްއެ ޗިޓްގައ ބަޔާންކޮށްފައިވާކަމާއ، ޤާނޫނު ނަންބަރު 1/2008 )ސިފައިންގެ ޤާނޫނު( ގެ 31 ވަނަ މާއްދާއަށް ބަލާއިރު، އ މާއްދާގައެ ވަޒީފާއަށް ފިލައިގެން، ނުވަތަ އަޚްލާޤީ މައްސަލައެއް ދިމާވެގެން، ނުވަތަ ކުށެއް ކޮށްގެން، ނުވަތަ އެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދަކާ ޚިލާފުވެގެން، އެމީހަކު ސިފައިންގެ ވަޒީފާއިން ވަކިކުރުމުގެ އިޚްތިޔާރާއި ބާރު މިނިސްޓަރަށް ލިބިގެންވާކަމަށް ބަޔާންކށްފައިވާކަން އެނގެންއޮންނަކަމެވެ. )ށ( ދެވަނަ ކަމަކީ، ޢާއިޝަތު ޝަރުމީނާ އަދާކުރަމުން އައި ވަޒީފާއިން ވަކިކޮށްފައިވަނީ އޭނާއާ ދެކޮޅަށް ހުށަހެޅުނު ޚިޔާނާތުގެ މައްސަލައަކާ ގުޅިގެންކަމަށް ދައުލަތުން ބުނެފައިވާއިރު، މޯލްޑިވްސ ނޭޝަނަލް ޑިފެންސް ފޯސްގެމިލިޓަރީ ޕޮލިސްގެ ކޭސް ނަންބަރު -34/6185/IN/2012-MNDF )22 ޖުލައި 2012 ( ތަހުޤީޤު ރިޕޯޓުގައި ޢާއިޝަތުގެ ޝަރުމީނާގެ މައްޗަށް ޑޮލަރު ވިއްކުމަށް ބުނެ، ސަޕްލައި ޔުނިޓްގައި މަސައްކަތްކުރްސާޖަންޓް ފަސްޓް ކްލާސް ޢަލީ ވަޙީދުގެ އަތުން ފައިސާތަކެއް ހޯދުމަށްފަހު އޮޅުވާލައިގެން އެ ފައިސާ ނުދީފައިވާ މައްސަލަ ތަޙުޤީޤު ކުރެވުނުކަން އެނގޭކަމާއި، އެ ގޮތުން އެ ތަޙުޤީޤަށް 19 ޖޫން 2012 ގައި ޢާއިޝަތު ޝަރުމީނާގެ ބަޔާން ނަގާ ފައިވާއިރު، އެ މައްސަލައާ ގުޅިގެނި ޢަލ ވަޙީދުއާއި އަޙްމަދު ލަބީބުއާއާއާމިނަތު ރަޝީދާއާއި މުޙައްމަދު އިރުޝި ދުއާއުޢަބްދުއްޞަމަދުއާއި އަދ ފަތުޙް ﷲ ޖްމީލގެ ބަޔާން ނަގާފައިވާކަން މި މައްސަލައާ ގުޅިގެން ހުށަހެޅުނުލިޔުންތަކުން އެނގެންއޮންނަކަމާއ، އެ ގޮތުން އާއިޝަތު ޝަރުމީނާ އާއި އެއްވެސް ފަރާތަކާ ދެމެދު ދުވަހަކުވެސް ޑޮލަރު ވިއްކުމުގެ މުޢާމަލާތެއް ހިންގާފައިނުވާކަމަށި ޢާއިޝަތު ޝަރުމީނގެ ފަރާތުން އެ މައްސަލާގެ ތަޙުޤީޤުގައި ބ ނެފައިވީނަމަވެސް، އ މައްސަލައާ ގުޅިގެން ތަޙުޤީޤަށް ބަޔާންދީފައިވާ ފަރާތްތަކުގެ ހެކިބަހަށް ބަލައްމިލިޓަރ ޕޮލިސްއިނުއެ މައްސަލަ ތަޙުޤީޤު ކުރާ މަށްފަހު، ޢާއިޝަތު ޝަރުމީން ސިފައިންގެ ވަޒީފާއިނާވަކިކުރުމަށ ނިންމެ ފައިވާކަނ އެ މައްސަލާގެ ތަޙުޤީޤު ރިޕޯޓުން އެނގންއޮންނައިރު، މިލިޓަރީ ޕޮލިސްގެ ނަންބަރު -34/6185/IN/2012-MNDF )22 ޖުލައި 2012( ކުށުގެ ރިޕޯޓުގައި ޤަވާޢިދު ނަންބަރު -SR 109MNDF ސިފައިންކުރާ ކުށްތަކަށް އިދާރީ އަދަބުދިނުމާބެހޭ ޤަވާޢިދުގެ 3 ވަނަ ބާބުގެ 31 ވަނަ މައްދާގެ )4 ( ވަނަ ނަންބަރަށް ރިޢާޔަތްކޮށް ޢާއޝަތި ޝަރުމީނާ ސިފައިންގެ ވަޒީފާއިން ވަކިކުރުމަށް ނިންމާފައިވާކަން އެނގެންއޮންނަކަމާއި، ޑިސިޕްލިނަރީ ކޮމިޓީން މިނިސްޓރް އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓިއަށީ ފޮނުވި ނަންބަރު -30/28/2012/8MNDF )01 ސެޕްޓެމްބަރު 2012 ( ސިޓީގައި، މިލިޓަރީ ޕޮލިސްއިނ ޢާއިޝަތު ޝަރުމީނާގެ މައްޗަށް ހުށަހެޅު ނުމައްސަލަ ތަޙުޤީޤުކުރުމަށފަހްއެ ކޮމިޓީއަށް ހުށަހަޅާފައިވާ ތަޙުޤީޤު ރިޕޯޓްތައް ދިރާސާކުރުމަށްފަހ، އެ ކޮމިޓީއަށް ޢަމަލުކުރަން ފެންނަގޮތް ބަޔާންކް ށްފައިވާކަމާއި، އެ ގޮތުން، މިލިޓްރީ ޕޮލިހުން ނިންމާފައިވާގޮތުގެ މަތިން ޢާއިޝަތު ޝަރުމީނާ ވަޒީފާއިން ވަކިކުރުމަށް ފެންނަކަމަށް 2012 އޯގަސްޓް 27 ވަނަ ދުވަހު ބޭއްވުނު އެ ކޮމިޓީގެ 06 ވަނަ ބައްދަލުވުމުގައި ހާޒްރުވި މެންބަރުންގެ އިއްތިފާޤުން ލަފާދފައިވާކަން އެނީ ގެންއޮންނަކަމާއި، ޖިނާއީ މައްސަލަތައް ޝަރީޢަތަށް ސާބިތުކުރުމަށް އޮންނަ މިންގަނޑާއި، މީހެއްގެ މައްޗަށް އިދާރީ ފިޔަވަޅެއް އެޅުމަށްޓަކައި ކަމެއް ސާބިތުވީ ކަމަށް ކަނޑައަޅާ މިންގަނޑުގައި ތަފާތެއްވާކމއި،މަދަނީ އަދި އިދާރީ ފިޔަވަޅެއް އެޅުމުގައި ކަމައެސާބިތުވާކަމަށް ނިންމަނީ ހުށް ހޅިފައިވާ ހެކިތަކާއި ޤަރީނާތައް ވަޒަންކޮށް ބަލާއިރު، ބޮޑަށް ބުރަވެވޭ ގޮތެއްގެ މައްޗަށް ބިނާކޮށްގެން )Balance of Probabilities( ކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/24 ޤަޟިއްޔައަށް ބެލުމުނާއެނގެންއޮންނއިރ، ޢާއިޝަތު ޝަރުމީނާގެ މައްޗަށް ތުހުމަތުކުރެވުނު މި މައްސަލައާ ގުޅިގެން އޭނާ ވަޒީފާއިން ވަކިކުރުމަށް ނިންމާފައިވަނުމ މައްސަލާގެ ތަޙުޤީޤަށް ޢާއިޝަތާ ޝަރުމީނާއާއި އަދި އިތުރު ފަރާތްތަކެއްގެ ބަޔާންނަގަ މިލިޓަރީ ޕޮލިސްއިނުއެ މައްސަލެ ތަޙުޤީޤު ކ ރުމަށްފަހު، އ ކުރި ތަޙުޤީޤު ރިޕޯޓުތައް ދިރާސާކާށް، ޑިސިޕްލިނަރީ ކޮމިޓީން ދީފައިވާ ލަފާގެ މަތިންކަމާއި، އަދި އެ ނިންމުމަކީ އިދާރީ ފިޔަވަޅެއް އެޅުމުގައި އޭގެމައްޗަށް ބުރަވުމަށް ޙުއްޖަތަކަށް ފުދޭ ނިންމުމެއްކަން އެނގޭކަމެވެ. )ނ( ތިންވަނަ ކަމަކީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ނިންމި ނިންމުމުގައި މައުޟޫޢީ ޢަދުލުވެރިކަމާއި fairness) (substantive އިޖްރާއީ ޢަދުލުވެރިކަން fairness) (procedural ޤާއިމުކޮށްފައިވޭތޯ ބަލާ އެކަންކަން ކަށަވަރުވާންޖެހޭކަމާއި، މައުޟޫޢީ ޢަދުލުވެރިކަމަކީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރެވުނު ސަބަބަކީ ޢަދުލުވެރި ނުވަތަ އެކަށީގެންވާ ސަބަބެއްކަމަށް ވުންކަމާއި، އިޖްރާއީ ޢަދުލުވެރިކަމަކީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން ފުރިހަމަ ކޮށްފައިވާ އިޖްރާއާތަކީ ޢަދުލުވެރި އިޖްރާއާތަކަށް ވުންކަމު ށ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 2011/HC-A/134 ޤަޟިއްޔާގައި ބަޔާންކޮށްފައިވާކަމާއި، ކުރިންވެސް ފާހަގަކުރެވުނު ފަދައިން ހުށަހެޅިފައިމިވާ މައްސަލާއި ޢާއިޝަތު ޝަރުމީނާ ވަޒީފާއިން ވަކިކޮށްފައިވަނީ، އޭނާގެ މައްޗަށް ހުށަހެޅުނު މައްސް ލ ތަޙުޤީޤުކުރުމަށްފަހު، އެ ތަޙުޤީޤު ރިޕޯޓުތަކުގެ މައްޗަށް ބިނާކޮށް، ޑިސިޕްލިނަރީ ކޮމިޓީން ނިންމި ނިންމުމާއި ގުޅިގެނު މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ނަންބަރ -1(2)2012/55/PM )13 ސެޕްޓެމްބަރ 2012( "ވަޒީފާއިން ވަކިކުރެއްވިކަން އަންގާ ލިޔުން" ނ 9 ސެޕްޓެމްބަރ 2012 ގައި ކަމާއި، ޢާއިޝާތ ޝަރުމީނާގުމައްޗަށ ތުހުމަތުކުރެވުނު މި ކ ށަކީ، ޤާނޫނު ނަންބަރ 1/2008 )ސިފައިންގެ ޤާނޫނު( ގެ 31 ވަނަ މާއްދާގެ ދަށުން ސިފައިންގެ ވަޒީފާއިން ވަކިކުރުމުގެ އިޚްތިޔާރާއި ބާރު މިނިސްޓަރަށް ލިބިގެންވާ ކުށެއް ކަން އެ މާއްދާއަށް ބެލުމުން އެނގޭކަމާއި، ޢާއިޝަތު ޝަރުމީނާ އަދާކުރަމުން އައޭ ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ އަދުލުވެރިކަން ޤާއިމްކޮށްފައިވާތޯ ބަލާއިރު، ޢާއިޝަތު ޝަރުމީނާއަށް މީގެ ކުރިން ދެ ފަހަރެއްގެ މަތިން ނަޞޭޙަތާއި އިންޒާރުދީފައިވާކަން މި މައްސަލާގައި ހުށަހެޅުނު ލިޔުންތަކުން އެނގެންއޮންނަކަމާއި، އެ ގޮތުން، 23 އެޕްރީލް 2006 ގައި ކިޔު.އާރް.އެފް ޔުނިޓް 3 ގައި މަސައްކަތްކުރާ ވޮރަންޓް އޮފިސަރ ގްރޭޑް 2 މުޙައްމަދު ޝުޖާޢު އާއި ޢާއިޝަތު ޝަރުމީނާއާ ދެމީހުން މަލްވިނަ ގެސްޓް ހައުސް 3 ނަންބަރު ކޮޓަރީގައި ތަޅުލައް ގެނި ތިބިކަމަށް ބުނެ ހުށަހެޅުނު މައްސަލައާ ގުޅިގެނ ދެވުނު ނަޞޭހަތުގައި އެފަދަ ޢަމަލެއް ތަކުރާރުނުކުރުމަށ އަންގާފައިވާއިރު، އޭގެ ފަހުން 28 އޯގަސްޓް 2011 ގައި ރެކްރޫޓް މޫސާ ސަމާޢުގެ ބޭއަދަބީ ވީޑިއޯއެއް ލީކުކުރި ކަމަށް ބުނާ މައްސަލާގައް ޢާއިޝަތު ޝަރުމީނާއް ށ "ނަޞޭޙަތާއި އިންޒާރު" ދީފައިވާކަން އެނގޭކަމާއި،އަދ އެފަދް ޢަމަލެއް ތަކުރާރުނުކުރަމަށާއި، ސިފައިންގެ ޤާނޫނާއި ގަވާއިދާ ޚިލާފު އެއްވެސް އަމަލެއް ނުކުރުމަށް އަންގާ ނަޞޭޙަތްތެރިވުމާއެކު، ޢާއިޝަތު ޝަރުމީނާގެ ފުށުން އެފަދަ ޢަމަލެއް ތަކުރާރުވެއްޖެނަމަ ވަޒީފި އިނާ ވަކިކުރެވޭނެކަން އަންގާ އިންޒާރުދީފައިވާކަން އޭ ނގެންއޮންނަކަމާއި، އަދ މިކަންކަން އިސްތިއުނާފު ކުރެވޭ ސިވިލް ކޯޓުގެ ނަންބަރ 303/Cv-C/2014 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައވެސޭފާހަގަކރައްވާފައިވާކަން ފާހަގަކުރެވު ކަމާއި، ޢާއިޝަތު ޝަރުމީނާ ވަޒީފާއިން ވަކިކުރެވުނު މި މައްސަލާގެ ކުރިން، އޭނާއަށް އެކި ފަހަރުމަތިން ނަޞޭޙަތާއި އިންޒާރު ދީފައިވާކަން އެނގެންއޮންނައިރު، އަދ ސިފައިންގެ ޤާނޫނާއި ގަވާއިދު ޚިލާފު އެއްވެސް އަމަލެއާތަކުރާރުކޮށްފިނަމަ، ވަޒީފާއިން ވަކިކުރެވޭނެކަން އަންގެ އިންޒާރުދީފައިވަ ނިކޮށް، އޭގެ ފަހުން އާމިނަތު ޝަރުމީނާގެ މައްޗަށް މިފަދަ މައްސަލައެއް ހުށަހެޅި އެކަން ތަޙުޤީޤުކޮށް، އޭގެ މައްޗަށ ބިނާކޮށް ޢާއިޝަތު ޝަރުމީނާ ސިފައިންގެ ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީގޮތުނު ފުރިހަމަކުރަންޖެހްފިޔަވަޅތައް އެޅުމަށް ފަހުގައިކަމަށު އިސްތިއުނާފު ކުރެވޭ ސިވިލް ކޯޓުގެ ނަންބަރ 303/Cv-C/2014 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބެލެވެންނެތްކަމެވެ. ވީމާ، އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތަށް ހުރުމުން، އިސްތިއުނާފު ކުރެވޭ ސިވިލް ކޯޓުގ ނަންބަރ 303/Cv-C/2014 ޤަޟިއްޔާ ނިންމަވާފައިވަނީ ޤާނޫނީ ނުވަތަ ޝަރުޢީ އުޞޫލުތަކާ ޚިލާފަށްކަމަށް މި މައްސަލަ ބެލި އެއްވެސް ފަނޑިޔާރަކަށް ނުފެނުނެވެ. • ޙުކުމް: ދެންފަހެ، އިސްވެ ބަޔާންވެދިޔަކަންކަން އެ ގޮތަށް ހުރުމާއެކު، އިސްތިއުނާފު ކުރެވޭ ސިވިލް ކޯޓުގެ ނަންބަރ 303/Cv-C/2014 ޤަޟިއްޔާ ނިންމަވާފައިވަނީ ޤާނޫނީ ނުވަތަ ޝަރުޢީ އުޞޫލުތަކާ ޚިލާފަށްކަމަށް ބެލެވެން ނެތްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، ޙުކުމްކޮށްފީމެވެ.
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.