ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2015/HC-A/327ހައިކޯޓު · 7 ނޮވެމްބަރު 2017 · ވަޒީފާއާބެހޭ

—

ބައެއް ބަދަލުކުރި
ސުޕްރީމް ކޯޓަށް އިސްތިއުނާފުކޮށްފައި ނުވޭ · ރަޖިސްޓްރީ ބެލީ 15 އޮކްޓޫބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 7 ނޮވެމްބަރު 2017ބާވަތް: ވަޒީފާއާބެހޭ

ޚުލާޞާ

ކޯޓަށް އައި ގޮތް
ވަޒީފާއާބެހޭ ޓްރައިބިއުނަލުން ދަޢުވާ ބަލައިނުގަނެ، ބޮންޑުގެ ފައިސާގެ މައްސަލައަކީ ވަޒީފާއާބެހޭ ޤާނޫނުގެ ތަރަހައިގެ ތެރޭގައި ހިމެނޭ ކަމެއް ނޫންކަމަށް ނިންމިއެވެ.
ވާޤިޢާ
އީ.ޕީ.އޭ ގެ މުވައްޒަފަކު ސްކޮލަރޝިޕެއްގައި އޮސްޓްރޭލިއާއަށް ކިޔަވަން ދިއުމުން އޭނާގެ އެދުމުގެ މަތިން ވަޒީފާއިން ވަކިކުރިއެވެ. ތަމްރީނުގެ އިޤުރާރުގައި ސޮއިނުކުރުމުން ކިޔަވައި އަނބުރާ އައިއިރު ވަޒީފާ ހަމަޖައްސައި ނުދީ، ފުރަތަމަ ޑިގްރީގެ ބޮންޑުގެ ބާކީ މުއްދަތަށް ފައިސާ ދައްކަން އެންގިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ސްކޮލަރޝިޕެއްގައި ކިޔަވަން ދިޔަ މުވައްޒަފަކު ތަމްރީނުގެ އިޤުރާރުގައި ސޮއިނުކޮށް އަނބުރާ އައުމުން ވަޒީފާ ހަމަޖައްސައި ނުދިނުމާއި، ފުރަތަމަ ޑިގްރީގެ ބޮންޑުގެ ބާކީ މުއްދަތަށް ފައިސާ ނެގުމަށް ނިންމި ނިންމުމަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ މައްސަލައެއްތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
އިސްތިއުނާފުކުރި ފަރާތުން ބުނީ ވަކިކުރިކަން އަންގާފައި ނުވާކަމަށާއި، ސިޓީގެ މަޤުޞަދަށާއި ހެކިތަކަށް ރިޢާޔަތްކޮށްފައި ނުވާކަމަށާއި، އިޤުރާރު ނުހެދުނީ ވަޒީފާދިން ފަރާތުގެ އިހުމާލުންކަމަށާއި، ބޮންޑުގެ ފައިސާ ނެގުމަކީ ޤާނޫނު 29/76 އާ ޚިލާފު ކަމެއްކަމަށެވެ.
ކޯޓުގެ ސަބަބުތައް
އީމެއިލްތަކުން އިޤުރާރުގައި ސޮއިކުރަން އިންކާރުކުރިކަން އެނގޭތީ އިހުމާލު ވަޒީފާދިން ފަރާތަށް ނުޖެހެއެވެ. ވަޒީފާ ރިޒަރވް ކުރިކަމެއް ނުވަތަ މަޑުކުރަން އެންގިކަމެއް ނޭނގެއެވެ. ބޮންޑުގެ މައްސަލައަކީ ތަމްރީނުގެ އެއްބަސްވުމާ ގުޅޭ ޚިލާފެއް ކަމަށްވާތީ ޓްރައިބިއުނަލުގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނެއެވެ.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ނިންމުން

ބައެއް ބަދަލުކުރި

ބައެއް ބަދަލުކުރި؛ ޓްރައިބިއުނަލުގެ ނިންމުން ޤާއިމްކޮށް، ބޮންޑުގެ ފައިސާގެ މައްސަލަ އިޚްތިޞާޞްގެ ތެރޭގައި ނުހިމެނޭކަމަށް ކުރި ނިންމުން ބާޠިލު

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

ސިވިލް ސަރވިސް ގަވާއިދުގައިވާ ގޮތުގެ މަތިން އިޤުރާރުގައި ސޮއިކުރަންޖެހޭކަމާއި ސޮއިނުކުރުމުގެ ނަތީޖާ އަންގައި ވަޒީފާދޭ ފަރާތުން އެތައް ފަހަރެއްގެ މަތިން މެއިލްކޮށް، އިޤުރާރުގައި ސޮއިކުރުވުމަށް އެކަށީގެންވާ މިންވަރަކަށް މަސައްކަތްކޮށްފައިވާއިރު، އިޤުރާރުގައި ސޮއިކުރުމަށް އިންކާރުކޮށް، ފޮނުވި މެއިލްތަކަށް އިޖާބަ ނުދީ ހުރުމަށްފަހު، އިޤުރާރުގައި ސޮއިކުރެވިފައިނުވަނީ ވަޒީފާދޭ ފަރާތުގެ އިހުމާލުންކަމަށް ބުނުމުގެ ފުރުޞަތެއް ނެތެވެ. (ޕެރ. 3(ށ))

ތަމްރީނާ ގުޅޭ ބޮންޑުގެ ބާކީ އޮތް މުއްދަތަށް މުވައްޒަފެއްގެ އަތުން ފައިސާ ނެގުމަށް ވަޒީފާދޭ ފަރާތުން ނިންމުމާ ގުޅިގެން ދިމާވާ ޚިލާފަކީ ތަމްރީނާބެހޭ އެއްބަސްވުމަކާ ވެފައިވާ ޚިލާފެކެވެ. އެއީ ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) އާއި އެ ޤާނޫނުގެ ދަށުން ހަދާފައިވާ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ގަވާއިދުގެ ދަށުން ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ މައްސަލައެކެވެ. (ޕެރ. 3(ރ))

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު)
  • ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ގަވާއިދު
  • ސިވިލް ސަރވިސް ގަވާއިދު
  • ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 69 ވަނަ މާއްދާ (އިސްތިއުނާފުގެ ނުކުތާގައި)
  • ޤާނޫނު ނަންބަރު 29/76 (ސަރުކާރުގެ މަދަރުސާތަކުގައި ކިޔަވާ ކުދިންނާއި، ސަރުކާރުން އެހީވެދޭ އަމިއްލަ މަދަރުސާތަކުގައި ކިޔަވާ ކުދިންނާއި، ސަރުކާރުގެ ފަރާތުން ތަމްރީނުދެވޭ މީހުން ސަރުކާރަށް ޚިދުމަތްކުރުމާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާ (އިސްތިއުނާފުގެ ނުކުތާގައި)

ފަނޑިޔާރުން

ބެންޗު
ޢަބްދުﷲ ޙަމީދު، ޢަބްދުﷲ ދީދީ، ޢަލީ ސަމީރު
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

1ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 136/VTR/2014 މައްސަލައަކީ، މޫސާ އިބްރާހީމް، ފައިންޝޭޑް، އއ. ހިމަންދޫ )ދިވެހި ރައްޔިތެއްކަން އަންގައިދޭ(، އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ )އީ.ޕީ.އޭ( ގައި އެންވަޔަރަމަންޓް އެ ނަލިސްޓެއްގެ ވަޒީފާ އަދާކުރަމުން ދަނިކޮށް ލިބުނު ސްކޮލަޝިޕްއެއ ފުރިހަމަކުރުމަށްފަހ 2011 ވަނަ އަހަރު އެނބުރި އައިސް އެކަން އީ.ޕީ.އޭ އަށް އެންގުމި ން، އޭނާ ވަޒީފާއިން ވަކިކޮށްފައިވާކަމާއި އަދި ވަޒީފާ ހަމަޖައްސައިދެވެނ ނެތްކަމަށް އަންގާފައިވާކަމާއި، އޭގެ ފަހުން އެ އޮފީހުގެ ވަޒީފާއެއް ހަމަޖައްސަމުން ގެންދާކަމަށް އެކި ފަހަރުމަތިން އެންގުމަށްފަހު އެތައް ދުވަހެއް ފަހުން ވަޒީފާ ހަމަޖައްސަވައިދެވެން ނެތްކަމަށް އަންގާފައިވާކަމާއި، އޭނާގެ ފ ސްޓް ޑިގްރީ ކޯހުގެ ބާކީ އޮތް ބޮންޑް މުއްދަތުގެ ފައިސާ ދިނުމަށް އަންގާފައިވާކަމާއި، އަދ ވަޒީފާއިން ވަކިކުރިކަމުގެ ޗިޓެއްވެސް ދީފައިނުވާތީ، އެ މައްސަލަ ސިވިލް ސަރވިސް ކޮމިޝަނަށް ހުށަހެޅުމުން، އެ ކޮމިޝަނުން ނިންމާފައިވާގޮތު ން މުސާ އިބްރާހީމްގެ ޙައްޤުތައް ގެއްލިފައިވާތީ، އީ.ޕީ.އ އިނ ނިންމާފައިވާ ނިންމުމަކީ ބާޠިލް ނިންމުމެއްކަމަށް ކަނޑައަޅައިދިނުމަށާއި، ވަޒީފާ އަދާކުރުމުގެ ފުރުޞަތު އޭނާއަށް ދީފައިނުވަނީ އޭނާގެ އެއްވެސް ކުށެއް އޮވެގެން ނޫންކަން ސަރުކާރުގެ ކަމާބެހޭ އޮފިސްތަކަށް އ ސިވިލ ސަރވިސް ކޮމިޝަނަށް އެންގުމަށާއި، ސިވިލް ސަރވިސް ކޮމިޝަނުން ނިންމާފައިވާ ނިންމުމުގެ ސަބަބުނ އޭނާއަށް ގެއްލިފައިވާ އެންމެހާ ޙައްޤުތައް ހޯދައިދިނުމަށާއި، ކިޔެވުން ނިންމައި އީ.ޕީ.އޭ އަށް އެންގި ދުވަހުން ފެށިގެން ހިނގާދިޔަ މުއްދަތަކީ އޭނާގެ ޚިދުމަތް ގެ ރެކޯޑުގައި ހިމެނޭ ދުވަސްތަކެއްކަމަށް ކަނޑައަޅައިދިނުމަށާއި، މޫސާ އިބްރާހީމް ފުރިހަމަކުރި ކޯހާއި އެއް ފެންވަރެއްގެ ވަޒީފާއެއް ހަމަޖައްސައިދިނުމަށާއި، އަދި އޭނާއަށް ލިބެންވާ އެންމެހާ މުސާރައާއި އެލަވަންސްތައް ލިބިދިނުމަށް އެދި ސިވިލް ސަރވިސް ކޮމިޝަނަށި ހުށަހެޅ މައްސަލައެއްކަމާއި، އެ މައްސަލަނިންމަވފައިވަނާ، "ދެންފަހެ، މައްސަލަ ހުށަހެޅި ފަރާތުންނާއި މައްސަލަ ރައްދުވި ފަރާތުން ހުށަހަޅާފައިވާ ލިޔުންތަކަށާއި މައްސަލަ ބެލި މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ހެކިންގެ ހެކިބަހުގެ މައްޗަށް ރިޢާޔަތްކޮށް ބެލިއިރު، މައްސަލަ ހުށަހެޅި ފަރާތް، އެންވަޔަރަމަންޓަލ ޕްރޮޓެކްޝަން އ ޖެންސީ )އީ.ޕީ.އޭ( ގައި ވަޒީފާ އަދާކުރަމުން ދަނިކޮށް ލިބުނު ސްކޮލަޝިޕްއެއ ފުރިހަމަކުރުމަށްފަހ 2011 ވަނަ އަހަރު އެނބުރި އައިސް އެކަން އީ.ޕީ.އޭ އަށް އެންގުމުން، އޭނާ ވަޒީފާއިން ވަކިކޮށްފައިވާކަމާއި އަދި ވަޒީފާ ހަމަޖައްސައިދެވެން ނެތްކަމަށް އަންގާފައިވާތީއެ އ، އޭގެ ފަހުން އެ އޮފީހުގެ ވަޒީފާއެއް ހަމަޖައްސަމުން ގެންދާކަމަށް އެކެފަހަރުމަތިން އެންގުމަށްފަހު އެތައް ދުވަހެއް ފަހުން ވަޒީފާ ހަމަޖައްސަވައިދީވެން ނެތްކަމަށް އަންގާފައިވާތީއިއި، ވަޒީފާއިން ވަކިކުރިކަމުގެ ޗިޓެއްވެސް ދީފައިނުވާތއާއ، އަދި މައްސަލަ ސިވިލް ސަރވިސް ކޮމިޝަނަށް ހުށަހެޅުމުން، އެ ކޮމިޝަނުން ނިންމާފައިވާގޮތުން މުސާ އިބްރާހީމްގެ ޙައްޤުތައް ގެއްލިފައިވާތީ، އީ.ޕީ.އޭ އިން ނިންމާފައިވާ ނިންމުމަކީ ބާޠިލް ނިންމުމެއްކަމަށް ކަނޑައަޅައިދިނުމަށާއި، ވަޒީފާ އަދާކުރުމުގެ ފުރުޞަތު އޭނާއަށް ދީފެއިނުވަނީ އޭނާގް އ އްވެސ ކުށެއް އޮވެގެން ނޫންކމަށ ސަރުކާރުގެ ކަމާބެހޭ އޮފިސްތަކަށާއި ސިވިލް ސަރވިސް ކޮމިޝަނަށް އެންގުމަށާއި، ސިވިލް ސަރވިސް ކޮމިޝަނުން ނިންމާފައިވާ ނިންމުމުގެ ސަބަބުން އޭނާއަށް ގެއްލިފައިވާ އެންމެހާ ޙައްޤުތައް ހޯދައިދިނުމަށާއި، ކިޔެވުން ނިންމައި އީ.ޕީ.އޭ އަށް އެންގި ދުވަހުން ފެށިގެން ހިނގާދިޔަ މުއްދަތަކީ އޭނާގެ ޚިދުމަތުގެ ރެކޯޑުގައި ހިމެނޭ ދުވަސްތަކެއްކަމަށް ކަނޑައަޅައި ދިނުމަށާއި، މޫސާ އިބްރާހީމާ ތަޢުލީމް ޙާޞިލްކުރ ލެވެލްއެއެއް ފެންވަރެއްގި މަޤާމްއް ހަމަޖައްސައިދިނުމަށާއި، އަދި އޭނާއަށް ލިބެންވާ އެންމެހާ މުސާރައާއި އެލަވަންސްތައް ލިބިދިނުމަށައެދި ހުށަހަޅާފައިވާ މި މައްސަލާގައި، ޚިދުމަތްކުރުމުގެ އިޤުރާރުގައި ސޮއިކުރުމޭށްޓަކައި އެ އިޤުރާރު މައްސަލަ ހުށަހެޅި ފަރާތަށް ފޮނުވުމަށް އެ ރުގެ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އެންވަޔަރަމަންޓްގެ ފަރާތުން މަސައްކަތްތަކެއް ކޮށްފައިވާކަމާއި އަދި އޭނާއަށް ސިވިލް ސަރވިސްގެ މަޤާމެއް ހަމަޖެއްސުމަށް އީ.ޕީ.އޭއިންވެސް މަސައްކަތްކޮށްފައިވާކް މަށް ބުރަވެވޭތީއާއި، މޫސާ އިބްރާހީމގް އެދުމުގެ މަތިން 11 ފެބްރުއަރީ 2010 ގައި އޭނާ ވަޒީފާއިން ވަކިކޮށްފައިވާކަމާއި، ވަޒީފާއިން ވަކިކުރިކަމުގެ ޗިޓް މޫސާ އިބްރާހީމްއަށް ޙަވާލުކުރުމަށް އީ.ޕީ.އޭ އިން މަސައްކަތްކޮށްފައިވާކަމަށް ޤަބޫލުކުރެވޭތީއާއި، މައްސަލަ ހުށަހެޅި ފަރާތް 2 އަހަރަށް ވުރެ ދިގު މުއްދަތެއް ވަންދެން ވަޒީފާއަކަށް ނުގޮސް މަޑުކޮށްފައިވަނީ މައްސަލަ ރައްދުވި ފަރާތުން އޭނާއަށް ވަޒީފާއެއް ރިޒަރވްކުރެވުނުކަން އަންގައިގެން ނުވަތަ މަޑުކުރުމަށް އެއްވެސ ފަރާތަކުން އަންގައިގެންކަން ހުށަހެޅިފައިވާ ލިޔުންތަކުން އެނގެންނެތުމުންނާއި، 14 އޯގަސްޓް 2014 ގައި ސިވިލް ސަރވިސް ކޮމިޝަނުން މޫސާ އިބްރާހީމް އެ ކޮމިޝަނަށް ހުށަހެޅި މައްސަލައާ ގުޅިގެން ނިންމާފައިވާ ނިންމުމަކީ ވަކި ފަރާތަކަށް ބުރަވެގެން ނިންމާފައިވާ ނިންމުމެއްކަމަށް ނުބެލެވޭތީއާއި، އަދ 10 ނޮވެމްބަރު 2013 ގައި އީ .ޕީ.އޭ އިން މޫސާ އިބްރާހީމް ސޮއިކޮށްފައިވާ އިޤުރާރު ފޮނުވުމަށް އެދި ހުށަހެޅި ސިޓީ އޭނާއަށް ލިބިފައިވާއިރު، އެ ސިޓީއާ ގުޅިގެން، އިޤުރާރު އޭނާއަށް ލިބިފައިނުވާކަމަށް ބުނެ އީ.ޕީ.އޭ އަށް އަންގާފައިވަނީ 14 މެއި 2014 ވަނަ ދުވަހުކަމާއި، އެހެންނަމަވެސް މިފަދައިން އޭނާ އަންގާފައިވަނީ، 14 އެޕްރީލް 2014 ވަނަ ދުވަހު އީ.ޕީ.އޭ އިން މައްސަލަ ހުށަހެޅި ފަރާތަށް މަޤާމެއް ރިޒަރވްކުރުމަށް ބޭނުންވާ އިޤުރާރުގައި ސޮއިކޮށްފައިނުވުމުން ވަޒީފާ ހަމަޖައްސައިދެވިފައިނުވާކަމަށް ނިންމާފައިވާކަން މޫސާ އިބްރާހީމްއަށް އެންގި ފަހުންކަން އެނގެންއޮންނާތީ، 14 އެޕްރީލް 2014 ގައި އީ.ޕީ.އޭ އިން މޫސާ އިބްރާހީމްއަށް ފޮނުވާފައިވާ ސިޓީގައި، ވަޒީފާ އޭނާއަށް ހަމަޖައްސައިދެވެން ނެތްކަމަށް ނިންމާފައިވާ ނިންމުމަކީ ބާޠިލް ނިންމުމެއްކަމަށް ކަނޑައަޅާނެ އެއްވެސް ޤާނޫނީ ހަމައެއްނެތްކަމަށާއި، ހިނގަމުންމިދާ ދުވަސްތަކަކީ މައްސަލަ ހުށަހެޅި ފަރާތުގެ ޚިދުމަތުގެ ރެކޯޑުން އުނިނުކުރެވޭނެ ދުވަސްތަކެއްކަމަށް ކަނޑައަޅާނެ ތަނެއް ނެތްކަމަށާއި، އަދި މުސާ އިބްރާހީމް އެދިފައިވާ ފަދައިން އޭނާއަށް ވަޒީފާއެއް ހަމަޖައްސައިދޭން މައްސަލަ ރައްދުވި ސިވިލް ސަރވިސް ކޮމިޝަނަށް އަންގާނެ ޖާގައެއް ނެތްކަމަށް މައްސަލަ ބެލި މަޖިލިހުގެ މެންބަރުންގެ އިއްތިފާޤުން ކަނޑައަޅައި.." މައްސަލަ ނިންމަވާފައިވާކަން އެ މައްސަލާގެމައްސަލެނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެންއޮވެއެވެ.

2ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 136/VTR/2014 މައްސަލަ ނިމިފައިވްނަ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށް ބުނެ، އއ. ހިމަންދޫ / ފައިންޝޭޑް، މޫސާ އިބްރާހީމްގެ ފަރތުނާ 07 )ހަތެއް( ނުކުތާއެއް ހުށަހަޅައި އޭނުކުތާތަކާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. • ފުރަތަމަ ނުކުތާއަކީ، މޫސާ އިބްރާހީމް ވަޒީފާއިން ވަކިކުރެވުނުކަން އޭނާއަށް އަންގާފައިވާކަން އިސްތިއުނާފު ރައްދުވާ ފަރާތަށް ސާބިތުކޮށްދެވިފައިވާކަމަށް ޓްރައިބިއުނަލުން ކަނޑައަޅާފައިވަނީ އެކަނ ސާބިތުވާވަރުގެ އެއްވެސް މިންވަރެއްގެ ހެކި ޤަރީނާއެއް ނެތިކަމާއި، ވަޒީފާއިން ވަކިކުރެވުނުކަން މޫސާ އިބްރާހީމްއަށް އަންގާފައި ނުވުމަކީ އިޖުރާއީ ޢަދުލުވެރިކަމާ ޚިލާފްކަމެއްކަމަށް ވީހިނދު، އެކަމަށް ރިޢާޔަތްނުކުރައްވާ މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅ ނުކުތާ. • ދެވަނަ ނުކުތާއަކީ، 16 މެއި 2010 ގައި އީ.ޕީ.އޭ އަށް މޫސާ އިބްރާހީމް ފޮނުވި ސިޓީއަކީ ވަޒީފާއިން ވަކިކޮށްދިނުމަށް އެދި ފޮނުވި ސިޓީއެއްކަމަށް ޓްރައިބިއުނަލުން ކަނޑައަޅުއްވާފައިވަނީ އެ ސިޓީ ފޮނުވި ސަބަބަށާއި މަޤުޞަދަށް ރިޢާޔަތްނުކުރައްވާކަމަށ ބުނެ ހުށަހެޅި ނުކުތާ. • ތިންވަނަ ނުކުތާއަކީ، މުސާ އިބްރާހީމް ކިޔަވަން ދިޔައީ އޭނާ ވަޒީފާއަދާކުރި އިދާރާއަށް އެނގިގެންކަން ސާބިތުވާނެ ސިޓީބިޓީއާއި މިނޫންވެސް އެތަކެއް ކިތާބީ ހެއްކެއް މުސާ އިބްރާހީމްގެ ފަރާތުނ ހުށަހަޅާފައިވިޔަސް، އެ ހެކިތަކަށް ރިޢާޔަތްނުކުރައްވާ އޭނާއަށް ދިޔަކަން ވަޒީފާއަދާކުރި އިދާރާއަށް އެނގިފައިނުވާކަމަށް ޓްރައިބިއުނަލުން ކަނޑައަޅުއްވާފައިވާކަމަށ ބުނެ ހުށަހެޅި ނުކުތާ. • ހަތަރުވަނަ ނުކުތާއަކީ،ތަމްރީން ޕްރޮގްރާމާގުޅޭ އިޤުރާރު މޫސާ އިބްރާހީމްއަށް ފޮނުވުނުކަމަށާއި، އެ އިޤުރާރުގައި ސޮއިކުރުމަށް މުސާ އިބްރާހީމް އިންކާރުކޮށްފައިވާކަމަށް ބުރަވީ ވޭކަމަށް ޓްރައިބިއުނަލުން ނިންމަވާފައިވަނީ އެކަމަށް ދަލީލުކުރާ އެއްވެސް މިންވަރެއްގެ ހެކި ޤަރީނާ ނެތި، ޝަރުޢީ އަދި ޤާނޫނ އަޞާޞްތަކާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ. • ފަސްވަނަ ނުކުތާއަކީ، މޫސާ އިބްރާހީމް ކިޔަވަންދިޔައިރު، އޭނާގެ ތަމްރީން ޕްރޮގްރާމާ ގުޅިގެން ވަޒީފާދޭ ފަރާތުން އޭނާއާއެކު ވާންޖެހޭ އެއްބަސްވުން ނުވަތަ އިޤުރާރުވެވިފައި ނުވަނީ ވަޒީފާދިން ފަރާތުގެ އިހުމާލުންކަމަށްވީއިރު، މި ކަމަކީ ޤާނޫނު ނަންބަރ 2/2008 )ވަޒީފާއާބެހޭ ޤާނޫނު( ގެ 69 ވަނަ މާއްދާއާ ޚިލާފަށޭ ވަޒީފާދިން ފަރާތުން ޚިލާފުވުންކަމަށްވާއިރު، ޓްރައިބިއުނަލުން މައްސަލަ ނިންމަވާފައާވަނީ ވަޒީފާއާބެހޭ ޤާނޫނުގެ ހަވާލާދެވުނު މާއްދާއަށް ރިޢާޔަތްނުކުރައްވާކަމަށް ބުނެ ހުށަހެޅި ނުކުތާ. • ހަވަނަ ނުކުތާއަކީ، މޫސާ އިބްރާހީމް ވަޒީފާއަށް ނެރޭނެކަމަށް އީ.ޕީ.އޭ އިން ތަކުރާރުކޮށް މުސާ އިބްރާހީމްއަށް އަންގާފައީ ވާއިރު، އަދި މިކަމުގެ އިންތިޒާރުގައި ތިން އަހަރުގެ ދިގު މުއްދަތެއް މޫސާ އިބްރާހީމް ހޭދަކޮށްފައިވާއިރު، ޓްރައިބިއުނަލުން މައްސަލަ ނިންމެވުމުގައި މި ނުކުތާއަށް ރިޢާޔަތްކޮށްފައިނުވުމަކ ޢަދުލުވެރި އިންސާފުވެރިގޮތްކަމުގައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ. • ހަތވަން ނުކުތާއަކީ، ސަރުކާރަށް ޚިދުމަތްކުރުމަށް އެދިގެން މޫސާ އިބްރާހީމް އާދޭސް ކުރަމުންދަނިކޮށް، އޭނާ ސަރުކާރުގެ ޚިދުމަތް ކުރީ ން ޖެހިފައިވާ ބޮންޑުގެ ބާކު ބަޔަށް ފައިސާ އަދާކުރުމަށް އިސްތިއުނާފު ރައްދުވާ ފަރާތުން އަންގާފައިވާ އެންގުމަކީ ޤާނޫނު ނަންބަރ 29/76 )ސަރުކާރުގެ މަދަރުސާތަކުގައ ކިޔަވާ ކުދިންނާއި، ސަރުކާރުން އެހީވެދޭ އަމިއްލަ މަދަރުސާތަކުގައި ކިޔަވާ ކުދިންނާއި، ސަރުކާރުގެ ފަރާތުން ތަމްރީނުދެވޭ މީހުން ސަރުކާރަށް ޚިދުމަތްކުރުމާބެހޭ ޤާނޫނު( ގ 4 ވަނަ މާއްދާއާއި މުޅި އެ ޤާނޫނުގެ މަފްހޫމާ ޚިލާފަށްކަމަށްވާއރު، އެ ނުކުތާގައި ޓްރައިބިއުނަލުން ގޮތެއް ނިންމަވާފައިނުވާކަމަށް ބުނީ ހުށަހެޅި ނުކުތާ.

5 . މިމައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހެޅިފައިވާ ލިޔުންތަކަށާއި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 136/VTR/2014 މައްސަލަނިމިފައިވ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށާ ބުނެ،އއ. ހިމަންދޫ / ފައިންޝޭޑް، މޫސާ އިބްރާހީމގ ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކުގެ މައްޗަށް ބެލިއިރު، މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވ ކަންތައްތައް ފާހަގަކުރެވިފައިވެއެވެ. )ހ( ފުރަތަމަ ކަމަކީ، ހުށަހެޅިފައިމިވާ މައްސަލާގައި، އއ. ހިމަންދޫ/ ފައިންޝޭޑް، މޫސާ އިބްރާހީމް، އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީގެ އެންވަޔަރަމަންޓް އެނަލިސްޓެއްގެ މަޤާމުގައި ވަޒީފާ އަދާކުރަމުންދަނިކޮށް، އޮސްޓްރޭލިއަން ޑިވެލޮޕްމަންޓް ސްކޮލަރޝިޕް 2010 ގެ ދަށުން "މާސްޓަރ އޮފް އާރބަނ ޑިޒައިނއެންޑް އެންވަޔަރަމަންޓަލް ޕްލޭނިންގ ވިތް އޮނާރސް " ކޯހަށް ހޮވުމާއި ގުޅިގެން، 11 ފެބްރުއަރީ 2010 ގައި ވަޒީފާއިން ވަކިކޮށްފައިވާކަން ސިވިލް ސަރވިސް ކޮމިޝަންގެ ނަންބަރު )1604/CSC/2010(2 "ވަޒީފާއިން ވަކިކުރެއްވި ޗިޓް" ން އެނގެންއޮންނަކަމާއި، އިސްވެ ބުނެވުނު ކޯހށ ހޮވުނުއިރު، މޫސާ އިބްރާހީމް ފުރިހަމަކޮށްފައިވާ އިންޑިޔާގެ ބެންގަލޯ ޔުނިވަރސިޓީގެ އެހީގެ ދަށުން ލިބުނު "ބެޗްލަރ އޮފް ސައިންސް ޑިގްރީ" ކޯހާއި ގުޅިގެން ސަރުކާރަށް އަދާކުރަންޖެހޭ ބންޑެއްއޮތްކަން އެނގޭކަމާއި، މޫސާ އިބްރާހީމް ވަޒީފާއިން ވަކިކޮށްފައިވަނީ، 16 މެއި 2010 ގައި މޫސާ އިބްރާހީމް މިނިސްޓްރީ އޮފް ހައުސިންގ، ޓަރާންސްޕޯޓް އެންޑް އެނަވަޔަރަމަންޓްއަށް ފޮނުވި ސިޓީގައި، އޭނާއަކީ "މާސްޓަރ އޮފް އާރބަން އެންޑް އެންވަޔަރަމަންޓަލް ޕްލޭނިންގ" ކޯހުގައި އޮސްޓްރޭލިއާގައި ކިޔަވަމުންދިއ މިނިސްޓްރީގެ މުވައްޒަފެއްކަމަށާއި، ކޯސް ފުރާ ހަމަކުރުމަށްޓަކައި ރާއްޖެއިން ބ ރުގައި ހުންނަންޖެހުމާއެކު، އޭނާ އަދާކުރަމުން އައި ވަޒީފާއިން ވަކިވުމަށް އެދި ހުށަހަޅަންޖެހޭނެކަމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީން އަންގާފައިވާތީ، ކޯސް ފުރިހަމަކުރުމަށްޓަކައި ވަޒީފާއިން ވަކިވުންނޫން އެހެންގޮތެއް ނެތްނަމައެފަދ ކަންކަމުގައި އަމަލުކުރަމުން އަންނަ އުޞޫލުތަކާއި ގަވާއިދުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ވަޒީފާއިން ވަކިކޮށްދިނުމަށް އެދޭކަމަށާއި، ވަޒީފާއިން ވަކިކުރުމުގެ ބަދަލުގައި ސްޓަޑީ ލީވްއެއަދެވެން އޮތްނަމަ އެގޮތަށް ހ މަޖައްސާ ދިނުމަށް އެދިފައިވާތކަން އެނގެންއޮންނަކަމވެ. )ށ( ދެވަނަ ކަމަކީ، މުސާ އިބްރާހީމް ވަޒީފާއިން ވަކިކުރެވުނުކަން އަންގާފައިނުވާކަމަށްމޫސ އިބްރާހީމްގެ ފަރާތުން ބުނެފައިވާ ބުނުމަށް ބަލާއިރު، ވަޒީފާއިން ވަކިކުރެވުނު ޗިޓް ޙެވާލުކުރެވިފައިވާކަމަށަ އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖިންސީއިން މައުލޫމާތު ދީފައިވާކަމަށާއި، ކަރަންޓަށް ދިމާވި މައްސަލައަކީ ގުޅިގެން ސާވަރ ޑައުންވެ ސާވަރގައި ހުރި ހުރިހާ ޑޭޓާތަކެއް ފުހެވިފައިވާތީ، މެއިލްގެ ކޮޕީ ރ ކަވަރު ކުރެވޭގޮތްވެފައިނުވާކަމަށ ދައުލަތުން ބުނެފައިވާކަމާއި، އެކަން ސާބިތުކުރުމުގެ ގޮތުން މައްސަލައާ ގުޅިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހެއްކެއްގެ ގޮތުގައި ޙާޟިރުކުރެވުނާ ޣާދިޔާ އަޙްމަދުގެ ހެކިބަހަށް ބަލާއިރު، މޫސާ އިބްރާހީމްއަށް ޗިޓް ހަވާލުކުރިކަމަށް ވަރަށް ހަނދާން އެބަހުރިކަމަށާއި، ޗިޓް ފޮނުވާފައިވަނީ މުސާ އިބްރާހީމް އޮފީހުގައި އުޅުނުއިރު ބޭނުންކުރި އީމެއިލްއަށާއި ޕާރސަނަލް މެއިލްއެއްގެ ގޮތުން ފޭސްބުކްގައި ބޭނުންކުރި އީމެއިލްއަށްކަމަށް ބުނެފައިވާކަމާއި، މޫސާ އިބްރާހީމް ކޯހަށް ފުރާފައިވަނީ ޗުއްޓީއެއްގައި ހުރކަމަށެ ދައުލަތުގެ ފަރާތުނ ބުނެފައިވާއިރު،ކޯހަށް ފުރާފައިވަނީއޭނާ ވަޒީފާއަދާކް ރ އިދާރާއަށް އެނގިގެންކމަށާއި ކޯހަށް ފުރިކަނ އަންގާފައިވާކަމަށް މޫސާ އިބްރާހީމްގެ ފަރާތުން ބުނެފައިވީނަމަވެސް، ކޯހަށް ފުރާނެ ދުވަހެއް އަދި ފުރާނެކަމަށް ލަފާކުރެވޭ ދުވަހެއް އޮފީހަށް އަންގާފައިވާކަނުމި މައްސަލައާ ގުޅިގެން ހުށަހެޅންލިޔުންތަކުން އެނގެންނެތކަމާއި، މޫސާ އިބްރާހީމް ވަޒީފާއިން ވަކިކޮށްދިނުމަށް އެދުނުއިރު އޭނާ ހުރީ އޮސްޓްރޭލިއާގައި ކިޔަވަންކަމާއި، އަދި މިނިސްޓްރީ އޮފް ހައުސިންގ، ޓަރާންސްޕޯޓް އެންޑް އެނަވަޔަރަމަންޓުން މޫސާ އިބްރާހީމްއާ މުޢާމަލާތްކޮށްފައިވަނީ އީމެއިލްގެ ޒަރިއްޔާއިންކަން މި މައްސަލާގައި ހުށަހެޅުނު ލިޔުންތަކުން އެނގޭކަމާއި، މުސާ އިބްރާހީމް ކޯހަށް ފުރިއިރު، ތަމްރީން ޕްރޮގްރާމާ ގުޅޭ އިޤުރާރުގައި ސޮއިކޮށްފައިނުވާތީ، އީ މެއިލްގެ ޒަރިއްޔާއިން އިޤުރާރުގައި ސޮއިކުރުމަށް އެކި ފަހަރް މަތިން އެންގުނުކަމަށް ދައުލަތުގެ ފަރާތުނ ބުނެފައިވާކަމާއި، އަދި އެކަން ސާބިތުކުރުމުގެ ގޮތުނެ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި އީމެއިލްތަކުގ ކޮޕީތަކަށް ބަލާއިރު، އިޤުރާރު ހެދުމާ ގުޅޭގޮތުން ommin_588@hotmail.c އަށްމެއިލް ކުރުމުން ބުނެވުނު އީމެއިލް އެޑްރެސް އިން "މޫސަ" ކިޔާ ފަރާތެއް މުޢާމަލާތްކޮށްފައިވާކަން އެނގޭކަމާއި، އެ ގޮތުން، 28 ސެޕްޓެމްބަރ 2010 ގައި ހުރިހާ މައުލޫމާތެއް އީ.ޕީ.އޭ އަށް ދީފައިވާކަމަށް ބުނެފައިވާކަމާއި، އަދި 29 ސެޕްޓެމްބަރު 2010 ގައި އިޤުރާރުގެ ކޮޕީއެއް ފޮނުވައި ސޮއިކުރުމަށް އެންގުމުން، އޭގެ ޖަވާބުގައި ހަމަ އެ މެއިލްއިން އިޤުރާރުގައި ސޮއިކުރުމަށް އިންކާރް ކޮށްފައިވާކަން އެނގެންއޮންނަކަމާއި، އެގޮތުން، "ފޮނުވާފައިވާ އިޤުރާރު ފޯމުގައިވާގޮތުގެ މަތިން ވަޒީފާދޭ ފަރާތުން މިހާތަނަށް ކޮށްދޭންޖެހޭ ކަންތައްތައް ފުރިހަމަކޮށްދީފައިނުވާކަން ހިތާމަޔާއެކު ފާހަގަކުރަމެވެ. އަދި އެ ފަރާތުން އަންގާފައިވަނީ ވަޒީފާއިން ވަކިވުމެ ށ ސިޓީލާން. އެއް ދުވަހު ވަޒީފާއިން ވަކިވުމަށް އަންގާފަ އޭގެ އެތައް ދުވަހެއް ފަހުން )ތަމްރީނުގެ ½ ނިމުނީމ( އިޤުރާރުއެ އްގައި ސޮއި ކުރަން ފޮނުވީ ކީއްވެ ކަމެއް ނޭނގެ. ޕީ.އެސް އެ ހައްދަވާ ގޮތެއް ނޭނގެ. ވާނުވާ އޮޅުންފިލުވާ ނުދެނީސް މައުލޫމާތު ޞައްޙަނޫން އެއްބސްވުމެއްގައި ސޮއިކުރުން ރަނގަޅުކަމަކަށް ނުދެކެން" މިފަދައިން ބުނެ މެއިލް ކޮށްފައިވާކަން އެނގެންއޮތުމުން، މި މައްސަލާގައި ފޮނުވާފައިވާ އީމެއިލްތަކަށާއި، އީމެއިލްތަކަށް ރައްދުދީފައިވާ ގޮތަށް ބަލާއިރު، ބުނެވުނު މެއިލްތަކުން މުޢާމަލާތްކޮށްފައިވަނީ މޫސާ އިބްރާހމްކަމަށ މި މައްސަލަ ބެލި ފަނޑިޔާރުންނަށް ޤަބޫލުކުރެވޭކަމާއި، އަދި އެކަން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރ 136/VTR/2014 މައްސަލަ ނިމުނުގޮތުގެ ރިޕޯޓުގައިވެސް ފާހަގަކުރައްވާފައިވާކަން އެނގޭކަމާއި، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އެންވަޔަރަމަންޓްއިންއެތައް ފަހަރެއްގެ މަތިން އިޤުރާރުގައި ސޮއިކުރުމަށް އަންގައި މެއިލްކޮށްފައިވާއިރު، ސިވިލް ސަރވިސް ގަވާއިދުގައިވާ ގޮތުގެ މަތިން އިޤުރާރުގައި ސޮއިކުރަންޖެހޭކް މާއި، ސޮއިނުކުރުމުގެ ނަތީޖާއަކީ ކޮބައިކަން އަންގާފައިވާކަމާއި، އެހެންކަމުން، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އެންވަޔަރަމަންޓްގެ ފަރާތުނާ އިޤުރާރުގައި ސޮއިކުރުވުމަށައެކަށީގެންވ މިންވަރަކަށް މްސައްކަތްކޮށްފައިވާކަން އެނގްކަމާއި، އެހެންކަމުނ، މޫސާ އިބްރާހި މްގީ ފަރާތުނޮއިޤުރާރުގައ ސއިކުރުމަށް އިންކާރުކޮށް، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އެންވަޔަރަމަންޓްއިން ފޮނުވި މެއިލްތަކަށް އިޖާބަ ނުދީ ހުރުމަށްފަހު، މިހާރު އިޤުރާރުގައި ސޮއިކުރެވިފައިނުވަން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އެންވަޔަރަމަންޓު ގުއިހުމާލި ންކަމެ ގައި ބުނުމުގެ ފުރުޞަތެއްނެތްކަމެވެ. )ނ( ތިންވަނަ ކަމަކީ، އިސްވެ ފާހަގަކުރެވުނު ފަދައިން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އެންވަޔަރަމަންޓްއިނ މުސާ އިބްރާހީމް ލައްވާ އިޤުރާރުގައި ސޮއިކުރުމަށް މަސައްކަތްކުރެވުނު ނަމަވެސް، މޫސާ އިބްރާހީމްގެ ފަރާތުން އިޤުރާރުގައި ސޮއިކުރުމަށް އިންކާރުކޮށް އިޤުރާރުގައި ސޮއިކޮށްފައިނުވާކަމާއި، އިޤުރާރުގައި ސޮއިނުކޮށް،މޫސާ އިބްރަ ހީމް ކިޔަވާ ނިމިގެން އެނބުރި އައިސް، ވ ޒީފާ ހިމަޖައްސާ ދިނުމަށް އެދުމުނުކަމާއ، އެ ގޮތުން، މަޤާމް އުފެއްދުމަށް ބޭނުންވާ އިޤުރާރުގެ ކޮޕީ ހުށަހެޅުމަށް މޫސާ އިބްރާހީމްއަށް އަންގާފައިވާކަން އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީގެ ނަންބަރ 203-ADMIN/INDIV/2013/177 )10 ނޮވެމްބަރު 2013 ( ސިޓީން އެނގެންއޮންނައިރު، ވަޒީ ފ ހަމަޖެއްސުމަށް މަސައްކަތްކުރެވުނުކަން މި މައްސަލާގައި ހުށަހެޅުނު ލިޔުންތަކުން އެނގޭކަމާއި، އެހެންނަމަވެސް، ވަޒީފާ ހަޖައްސާ ދެވިފައިނުވަނީ އިޤުރާރުގައި ސޮއިކޮށްފައްނެތުމުގެ ސަބަބުންކަން އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީގެ ނަންބަރު 203-ADMIN/INDIV/2014/85 )14 އެޕްރީލް 2014( ސިޓީއަށާއި މި މައްސަލާގައި ހުށަހެޅުނު ލިޔުންތަކަށްބް ލުމުން އެނގެންއޮންނައިރު،މިނިސްޓްރީ އޮފް ހައުސިންގ އެންޑް އެންވަޔަރަމަންޓްއިނުމޫސާ އިބްރާހީމް އަށްވަޒީފާއެއް ރިޒަރވްކުރެވނުކަނެ ނުވަތަ ވަޒީފާ ހަމަޖެހެންދެން މަޑުކުރުމަށް އަންގާފައިވާކަން މި މައްސަލާގައި ހުށަހެޅިފައިވާ ލިޔުންތަކުން އ ނގެންނެތްކަމާއި، އަދި މިކަން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރ 136/VTR/2014 މައްސަލަ ނިމުނުގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ 26 ވަނަ ނުކުތާގައި ފާހަގަކުރައްވާފައިވާކަން އެނގެންއޮންނަކަމެވެ. )ރ( ހަތަރުވަނަ ކަމަކީ،މޫސާ އިބްރާހީމްގެ ފަސްޓް ޑިގްރީއާ ގުޅިގެން ޚިދުމަތްކުރަންޖެހޭ ބޮންޑުގެ ޚިދުމަތްނުކުރެވި އޮތް މުއްދަތަށް އޭނާގެ އަތުން ފައިސާ ނެގުމަށް ނިންމާފައިވާ ނިންމުމަކީ މޫސާ އިބްރާހީމްއާ އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީއާ ދެމެދުގައިވާ މައްސަލާގެ ތެރެއިން ވަޒީފާއާބެހޭ ޤާނޫނުގެ ތަރަޙައިގެ ތެރޭގައި ހިމެނޭ ކަމެއްކަމަށް ނުފެންނަކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 136/VTR/2014 މައްސަލަ ނިމުނުގޮތުގެ ރިޕޯޓުގައި ފާހަގަކުރައްވާފައިވކަމާއި، މޫސަ އިބްރާހީމްގެ ފަސްޓް ޑިގްރީ ކޯހުގެ ބާކީ އޮތް ބޮންޑް މުއްދަތުގެފައިސާ ނެގުމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީއިން ނިންމާފައިވާއިރު، ބޮންޑުގެ ބާކީ އޮތް މުއްދަތަށް ޚިދުމަތް ކުރެވިފައިނުވަނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އެންވަޔަރަމަންޓްއިން ވަޒީފާ ހަމަޖައްސާދީފައިނުވާތކަމަށް މޫސާ އިބްރާހިމްގެ ފަރާތުން ބުނާކަމާއި، އެހެންކަމުން، މިއީތަމްރީނާބެހ އެއްބަސްވުމަކާއި ވެފައިވާ ޚިލާފެއްކަން އެނގެންއޮންނާތީ، މ އ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ މައްސަލައެއްކަން ޤާނޫނު ނަންބަރ 2/2008 )ވަޒީފާއާބެހޭ ޤާނޫނު( އަށާއި އެ ޤާނޫނުގެ ދަށުން ހަދާފައިވާ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ގަވއިދުއަށް ބެލުމުން އެނގޭކަމެވެ. ވީމާ،އިސްވެ ބަޔާންކުރެވުނު ކަންކަނަ އެގޮތުގެ މަތިން ހުރުމުން، މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުނޭ ދެކެނީ އިސްތިއުނާފުކުރެވ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރ 136/VTR/2014 މައްސަލާ ގައި، މޫސާ އިބްރާހީމްގެ ފަސްޓް ޑިގްރީއާ ގުޅިގެން ޚިދުމަތްކުރަންޖެހޭ ބޮންޑުގެ ޚިދުމަތްނުކުރެވި ބާކީ އޮތްމުއްދަތަށް އޭނާގެ އަތުން ފައިސާ ނެގުމަށް ނިންމާފައިވާ ނިންމުމަކީ ވަޒީފާއާބެހޭ ޤާނޫނުގެ ތަރަހައިގެތެރޭގައި ހިމެނޭކަމެއް ކަމަށޭ ނުފެންނާތީ، އެކަމަށް ގޮތެއް ކަނޑައެޅުމަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ އިޚްތިޞާޞްތަކުގެ ތެރޭގައި ހިމެންކަމެއްނޫންކަމުގައ ނިންމަވާފައިވާ ނިންމެވުމަށް ބަދަލު ގެންނަންޖެހޭ ކަމުގައެވެ. • ޙުކުމް: ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތަށް ހުރުމާއެކު، އިސްތިއުނާފުކުރެވޭ ވ ޒީފާއާބެހ ޓްރައިބިއުނަލްގެ ނަންބަރ 136/VTR/2014 މައްސަލާގައި އެ ޓްރައިބިއުނަލުން ނިންމަވާފައިވާ ނިންމެވުމަށް ތާއީދުކޮށް، މޫސާ އިބްރާހީމްގެ ފަސްޓް ޑިގްރީއާ ގުޅިގެން ޚިދުމަތްކުރަންޖެހޭ ބޮންޑުގެ ޚިދުމަތްނުކުރެވެބާކީ އޮތްމުއްދަތަށް އޭނާގެ އަތުން ފައިސާ ނެގުމަށް ނިންމާފައިވާ ނިންމުމަކީ ވަޒީފާއާބެހޭ ޤާނޫނުގި ތަރަހައިގެތެރޭގައި ހިމެނޭކަމެއްނޫންކަމަށްއެ މައްސަލާގައި ނިންމަވާފައިވ ނިންމުމަކީ ބާޠިލް ނިންމުމެއްކަމަށް ކަނޑައަޅައި، މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ