—
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ނުދައްކާ އޮތް ފައިސާ 394,344.48 ރުފިޔާކަން ސާބިތުވާކަމަށް ކަނޑައަޅައި، 6 މަސް ދުވަހުގެ ތެރޭގައި ބައިބަޔަށް ދައްކާ ނިންމުމަށް ސިވިލް ކޯޓުން ޙުކުމްކުރިއެވެ.
- ވާޤިޢާ
- ވިޔަފާރި ކުންފުންޏަކުން ތަފާތު ދުވަސްތަކުގައި މުދާ ދޫކުރި ވިޔަފާރީގެ މުޢާމަލާތްތަކަށް ދޭންޖެހޭ ފައިސާ ނުދައްކާތީ، ފައިސާ ހޯދުމަށް ލޯކަލް އިންވެސްޓްމެންޓެއްގެ ވެރިފަރާތުގެ މައްޗަށް ދަޢުވާކުރިއެވެ. ދޫކުރި މުދަލަށް ދޫކުރި ޗެކުތައް ފައިސާ ނެތުމުން ރައްދުކޮށްފައިވެއެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ވިޔަފާރީގެ މުޢާމަލާތެއްގައި ޑެލިވަރީ ނޯޓެއްގައިވާ މުދަލަށް ދީފައިވާ ޗެކަކީ ދަޢުވާލިބޭ ފަރާތުގެ ޗެކެއް ނޫންކަމަށް އިންކާރުކުރިނަމަވެސް، އެ މުދަލުގެ އަގު ދަޢުވާލިބޭ ފަރާތުން ދައްކަންޖެހޭކަމަށް ސިވިލް ކޯޓުން ކަނޑައެޅުމަކީ ޞައްޙަ ނިންމުމެއްތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- އިސްތިއުނާފުކުރި ފަރާތުން ބުނީ ޗެކެއް އޭނާގެ ޗެކެއް ނޫންކަމަށް އިންކާރުކޮށްފައިވަނިކޮށް، އަދި އެއީ އޭނާގެ ޗެކެއްކަން ސާބިތުވާނެ ލިޔުމެއް ނެތި، އެ ޗެކާ ގުޅޭ ޑެލިވަރީ ނޯޓުގެ މުދަލުގެ އަގު ދައްކަންޖެހޭ ކަމަށް ކަނޑައަޅާފައިވަނީ ޤާނޫނުއަސާސީއާއި ފަނޑިޔާރުންގެ ޤާނޫނާ ޚިލާފަށް ކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- މުދާ ދޫކޮށްފައިވަނީ ޕާޗޭސް އޯޑަރެއް ނެތި ކަމަށާއި، ދެ ޑެލިވަރީ ނޯޓުގައި ހަމަ އެ ފަރާތަކުން ހަމަ އެ ތާރީޚުގައި ސޮއިކޮށްފައިވާއިރު އެކެއްގެ މުދާ ލިބުނުކަން އިސްތިއުނާފުކުރި ފަރާތް ޤަބޫލުކުރާތީ، މުދަލަކީ އޭނާ އޯޑަރކޮށްގެން ދޫކުރި މުދާކަމަށް ބުރަވެވޭތީ، ޗެކަށް އިންކާރުކުރުމަކީ މުޢާމަލާތް ނަފީކުރެވޭ ސަބަބެއް ނޫންކަމަށް ބަލައި ޙުކުމް ޤާއިމްކުރިއެވެ.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިއިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މުޢާމަލާތް ހިނގި ގޮތަށާއި ކަން ހިނގާފައިވާގޮތަށް ރިޢާޔަތްކުރާއިރު، ޑެލިވަރީ ނޯޓުގައިވާ މުދަލަކީ ދަޢުވާލިބޭ ފަރާތުން އޯޑަރކޮށްގެން އެފަރާތަށް ދޫކޮށްފައިވާ މުދާކަމަށް ބުރަވެވޭނަމަ، އެ ޑެލިވަރީ ނޯޓަށް ފައިސާ ދައްކާފައިވާ ޗެކަކީ އެފަރާތުގެ ނަމުގައި ދޫކޮށްފައިވާ ޗެކެއްނޫންކަމަށް ބުނެ އެ ޗެކަށް އިންކާރުކުރުމަކީ، ދެ ފަރާތު ދެމެދުގައި ހިނގާފައިވާ މުޢާމަލާތް ނަފީކުރެވޭފަދަ ސަބަބެއް ނޫނެވެ. (ޕެރ. 3(ށ))
ފަނޑިޔާރުން
- ބެންޗު
- ޢަބްދުއްރައޫފު އިބްރާހީމް، ޢަބްދުﷲ ދީދީ، ޢަލީ ސަމީރު
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
1ސިވިލް ކޯޓުގެ ނަންބަރު 603/Cv-C/2014 ޤަޟިއްޔާ ގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އ ޤަޟިއްޔާއަކީ، ނަލަހިޔާ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑި ނ ރ. އިނގުރައިދޫ / ބޮޑުކާށިގެ އިބްރާހީމް ޝަހީމް އޭނާގެ ނަމުގައާ ރަޖިސްޓްރީކޮށްފައިވާ ލޯކަލް އިންވެސްޓްމެނި ޓެއް ކަމަށްވާ ޑެލިވަރީ ލިންކުގެ ނަމުގައަތަފާތު އެކި ދުވަސްތަކުގެ މަތިން ކޮށްފައިވާ ވިޔަފާރީގެ މުޢާމަލާތްތކަށާ ދޭންޖެހޭ ފައިސާ ދީފައިނުވާތީވެ، އެހާތަނަށް ދައުވާކުރާ ފަރާތަށް ދައުވާލިބޭ ފަރާތުން ލިބެންޖެހޭ ފައިސާ ކަމުގައިވާ 419,344.48 ރ. )ހަތަރުލައްކަ ނަވާރަހާސް ތިންސަތޭކަ ސާޅީސް ހަތަރު ރުފިޔާ ސާޅީސްއަށް ލާރި( އާއި އ ފައިސާ ލިބެންޖެހޭ މުއްދަތުގައި ލިބުނުނަމަ ލިބޭން ކަމަށް ލަފާވާ ފައިސާއާއެކު ޖުމްލަ ހޯދުމަށް އިބްރާހީމް ޝަހީމްގެ މައްޗަށް ނަލަހިޔާ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑަން ހުށަހެޅި މއްސަލައެއްކަނ އެނގެންއޮންނަކަމާއި، އެ ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، "ދެންފަހެ، ބުނެވިދިޔަ ކަންކަން އެހެން ހުރުމުން ނަލަހިޔާ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑުން ރ. އިނގުރައިދޫ / ބޮޑުކާށިގެ އިބްރާހީމް ޝަމީމް އޭނާގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ލޯކަލް އިންވެސްޓްމެންޓެއްކަމަށްވާ ޑެލިވަރީ ލިންކުގެ ނަމުގައި ތަފާތު އެކި ދުވަސްތަކުގެ މަތިން ކޮށްފައިވާ ވިޔަފާރީގެ މުޢާމަލާތްތައް ދ ންޖެހޭ ފައިސާ ހޯދުމަށް އެދި ދަޢުވާކުރާ ފަރާތުނ ދަޢުވާކޮށްފައިވާއިރު، ދަޢުވާލިބޭ ފަރާތާއި ދަޢުވާކުރާ ފަރާތާ ދެމެދު ކުރެވިފައިވާ ވިޔަފާރީގެ މުޢާމަލާތަށް ނުދައްކާ އޮތް ފައިސާގެ ޖުމްލަ އަދަދަކީ 419,344.48 ރ. )ހަތަރުލައްކަ ނަވާރަހާސް ތިންސަތޭކަ ސާޅީސ ހަތަރު ރުފިޔާ ސާޅީސް އަށްލާރި( ކަމާއި، މި ފައިސާގެ ތެރެއިން ދަޢުވާލިބޭ ފަރާތުން މިހާތަނަށް އަދާކޮށްފައިވާ 25,000/- ރ. )ފަންސަވީސް ހާސް ރުފިޔާ(، އުނިކުރުމުން ދަޢުވާލިބޭ ފަރާތުން ދަޢުވާކުރާ ފަރާތަށް ދަންކަންޖެހި ނުދައްކާ އޮތް ފައިސާގެ މިންވަރަކީ 394,344.48 ރ. )ތިންލައް ކ ނުވަދިހަ ހަތަރުހާސ ތިންސަތޭކަ ސާޅީސް ހަތަރު ރުފިޔާ ސާޅީސް އަށްލާރި( ކަން ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅައި، މި ފައިސާ ނަލަހިޔާ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑަށް ލިބިދިނުމުގެ ގޮތުން މިއަދު، 13 އޯގަސްޓް 2015 ވަނަ ދުވަހުން ފެށިގެން 06 )ހައެއް( މަސް ދުވަހުގެ ތެރޭގައި ކޮންމެ މަހަކުވެސް އެ މަހަކަށް ޖެހޭވަރު އެމަހަކު ދައްކަމުންގޮސް 394,344.48 ރ.)ތިންލައްކަ ނުވަދިހަ ހަތަރުހާސް ތިންސަތޭކ ސާޅީސް ހަތަރު ރުފިޔާ ސާޅީސް އަށްލާރި( ސިވިލް ކޯޓަށް ދައްކާ ޚަލާޞްކުރުމަށް ދަޢުވާލިބުނު ރ. އިނގުރައިދޫ / ބޮޑުކާށިގެ އިބްރާހީމް ޝަހީމްއަށް އަންގައި ޙުކުމްކޮށް " މައްސަލަ ނިންމަވާފައިވާކަން އ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެންއޮންނަކަމެވެ.
2ސިވިލް ކޯޓުގެ ނަންބަރ 603/Cv-C/2014 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށް ބުނެ، ރ. އިނގުރައިދޫ / ބޮޑުކާށިގެ އިބްރާހީމް ޝަހީމގް ފަރާތުން، ނަލަހިޔާ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑު ގ ފަރާތުން ދަޢުވާގައި ހުށަހަޅާފައިވާ ޗެކްތަކުގެ ތެރެއިން ބޭންކް އޮފް ސިލޯންގެ ނަންބަރ 632016874 އެކައުންޓުގެ ޗެކް ނަންބަރު 194866 އަކީ އިބްރާހީމް ޝަހީމްގެ ޗެކެއްކަމަށާއި، އަދި އެ ޗެކާއި ގުޅިގެން ނަލަހިޔާ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑުން ހުށަހަޅާފައިވާ ނަން ބަރް 1925 ޑެލިވަރީ ނޯޓުގައިވާ މުދަލަކީ އިބްރާހީމް ޝަހީމް ނަގާފައިވާ މުދާކަމަށް ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅުއްވާފައިވަނީ އެ ޗެކަކީ އިބްރާހީމް ޝަހީމްގެ ޗެކެއް ނޫންކަމަށް ބުނެ އެ ޗެކަށް އިންކާރުކޮށްފައިވަނިކޮށް އަދި އެ ޗެކަކީ އިބްރާހީމް ޝަހީމްގެ ޗެކެއުކަން ސާބިތުވާނެ އެއްވެސް ލިޔުމެއް ނަލަހިޔާ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިނުވަނީސް އެ ޗެކުގައިވާ 184,000/- ރ. )އެއްލައްކަ އަށްޑިހަ ހަތަރުހާސް ރުފިޔާ( ވެސް އިބްރާހީމް ޝަހީމް ދައްކަންޖެހޭކަމަށް ކަނޑައަޅުއްވާފައިވަނ ދިވެހިޖުމްހޫރިއްޔާގ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ )ށ( އާއި ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ )ރ( އާއި ޤާނޫނު ނަންބަރ 13/2010 )ފަނޑިޔާރުންގެ ޤާނޫނު( ގެ 5 ވަނަ މާއްދާގެ )ށ( ގެ )1 ( ވަނަ ނަންބަރާ ޚިލާފަށްކަމަށްބުނ އާނުކުތއާ ގުޅޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
3HN1މި މައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހެޅިފައިވާ ލިޔުންތަކަށާއި، ސިވިލް ކޯޓުގެ ނަންބަރު 603/Cv-C/2014 ޤަޟިއްޔާ ނިމިފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، ރ. އިނގުރައިދޫ / ބޮޑުކާށިގެ އިބްރާހީމް ޝަހީމގ ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކުގެ މައްޗަށް ބެލިއިރު، މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ. )ހ( ފުރަތަމަ ކަމަކީ، އިސްތިއުނާފުކުރެވޭ ސިވިލް ކޯޓުގެ ނަންބަރު 603/Cv-C/2014 ޤަޟިއްޔާގައި ނަލަހިޔާ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑަން ރ. އިނގުރައިދޫ / ބޮޑުކާށިގެ އިބްރާހީމް ޝަހީމް އޭނާގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ލޯކަލް އިންވެސްޓްމަންޓްއެއްކަމަށްވާ ޑެލިވާރީ ލިންކުގެ ނަމުގައި ތަފާތު އެކި ދުވަސްމަތިން ކޮށްފައިވާ ވިޔަފާރީގެ މުޢާމަލާތްތަކަށް ދޭންޖެހޭ ފައިސާދީފައިނުވާތީ އެ ފައިސާއާއި، އ ފައިސާ ލިބެންޖެހޭ މުއްދަތުގައި ލިބުނުނަ މ ލިބޭނެކަމަށް ލަފާވާ ފައިސާ ހޯދުމަށް އެދި ދަޢުވާކުރުމުން، ނަލަހިޔާ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑްގެ ނަންބަރ 1827 އާއި ނަންބަރު 1873 އާއި ނަންބަރު 1925 އާއި ނަންބަރ 1926 ޑެލިވަރީ ނޯޓުން އެ ޑެލިވަރީ ނޯޓުގައިވާ މުދާ އެ މުދާ ބަރުކުރެވުނު އުޅަނދުތަކުން ބަލައިގެންފައިވާކަން އެނގެންއޮންނާތީއާއި، ބުނެވުނު ޑް ލިވަރީ ނޯޓްތަކުގައިވާ މުދަލުގް އަގު އަދާކުރުމުގެ ގޮތުނ އިބްރާހީމް ޝަހީމގެ ނަމުގައި ހަބީބް ބޭންކުގައި ހުޅުވާފައިވާ ނަންބަރ 20507000085003 އެކައުންޓާއި ބޭންކް އޮފް ސިލޯންގައި ހުޅުވާފައިވާ ނަންބަރ 6320168742 އެކައުންޓުން ދޫކޮށްފައިވާ ޗެކުތައް، އެ ޗެކުތަކުގައިވާ ޢަދްދށް ފައިސާ ނެތުމުން ރައްދުކޮށްފައިވާކަން އެނގެންއޮންނާތީ، އިޝާރާތްކުރެވޭ އެ ޗެކްތަކުގައިވާ ފައިސާގެ އަދަދުގެ ތެރެއިނާ އިބްރާހީމް ޝަހީމގެ ފަރާތުން އެހާތަނަށް އަދާކޮށްފައިވާ 25,000/-ރ. )ފަންސަވީސް ހާސް ރުފިޔާ(، އުނިކުރުމުން އިބްރާހީމް ޝަހީމްގަފަރާތުން ނަލަހިޔާ ޓްރޭޑިންގ ޕްރީ އިވެޓް ލިމިޓެޑަށް ދަންކަންޖެހި ނުދައްކާ އޮތް ފައިސާގެ މިންވަރަކީ 394,344.48 ރ. )ތިންލައްކަ ނުވަދިހަ ހަތަރުހާސް ތިންސަތޭކަ ސާޅީސް ހަތަރު ރުފިޔާ ސާޅީސް އަށް ލާރި( ކަން ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅުއްވާ ޙުކުމްކުރައްވާފައިވާކަން އެނގެންއޮންނަކަމެވެ. )ށ( ދެވަނަ ކަމަކީ، އިބްރާހީމް ޝަހީމް ގ ފަރާތުނ މި މައްސަލަ އިސްތިއުނާފުކުރަމުނ އިސްތިއުނާފުކުރެވ ސިވިލް ކޯޓުގެ ނަންބަރު 603/Cv-C/2014 ޤަޟިއްޔާގައި ބޭންކް އޮފް ސިލޯންގެ ނަންބަރ 632016874 އެކައުންޓަކީ އިބްރާހީމް ޝަހީމްގެ ނަމުގައި ހުޅުވާފައިވާ އެކައުންޓެއްކަމަށާއި، ބުނެވުނު އެކައުންޓުގެ ނަންބަރ 194866 ޗެކަކީ އިބްރާހީމް ޝަހީމް ދޫކޮށްފައިވާ ޗެކެއްކަމަށާއި،ނަލަހިޔާ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑުން ހުށަހަޅާފައިވާ ނަންބަރ 1925 ޑް ލިވަރެ ނޯޓުގައެ ވާ މުދަލަކީ އިބްރާހީމް ޝަހީމް ނަގާފައިވާ މުދާކަމަށް ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅުއްވާފައިވަނީ އެ ޗެކަކީ އިބްރާހީމގް ޗެކެއްކަން ސާބިތުވާނެ އެއްވެސް ލިޔުމެއް ނަލަހިޔާ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑެ ން ހުށަހަޅާފައިނުވާއިރުކަމަށ ބުން ހުށަހެޅި ނުކުތާއަށް ރިޢާޔަތްކުރާއިރު، މިހާރު ޚުޞޫމަތް އުފެދިފައިމިވަނީ ނަލަހިޔާ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑްގެ ނަންބަރ 1925 ޑެލިވަރީނޯޓުގައިވާ މުދަލަށްވާ ފައިސާއަކީ އިބްރާހީމް ޝަހީމަނަލަހިޔާ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ ފައިސާއެއްކަމާމެދު ކަމާއި، ހުށަހެޅިފައިމިވާ މައްސަލާގައި ފެންނަން ހުރި ލިޔެކިޔުންތަކަށް ބަލާއިރު،ނަލަހިޔާ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑްގެ ނަންބަރ 1925 އާއި 1926 ޑެލިވަރީ ނޯޓުގައިވާ މުދާ ލިބިފައިވާކަމަށް ބުނެ ރިފުއާޒް ކިޔާ ފަރާތެއް 09 މެއި 2013 ގައި ބުނެވުނު ދ ޑެލިވަރީ ނޯޓްގައި ސޮއިކޮށްފައިވާކަމާއި، އެހެންނަމަވެސް، ނަލަހިޔާ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑުގެ ނަންބަރ 1925 ޑެލިވަރީ ނޯޓުގައިވާ މުދާ ލިބިފައިނުވާކަމަށާއި، އަދ ނަންބަރ 1925 ޑެލިވަރީ ނޯޓުގައިވާ މުދްލަކަ އިބްރާހީމް ޝަހީމަގެ ފަރާތުން އޯޑަރ ކޮށްފައިވާ މުދްލެއްނޫންކަމަށެ އިބްރާހީމް ޝަހީމގެ ފަރާތުން މި މައްސަލައާ ގުޅިގެން ދަށުކޯޓުގައާއި އަދި ދިވެހިރާއްޖޭގ ހައިކޯޓުގައި ބުނެފައިވާކަމާއި، މި މުޢާމަލާތް ހިނގާދިޔަ ގޮތަށް ބަލާއިރު، ނަލަހިޔާ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑަން މުދާ ދޫކޮށްފައިވަނީ ޕާޗޭސް އޯޑަރެއްނެތިކް މަށާއި، ބައެއް ފަހަރު ކައުންޓަރަށް އައިސް އޯޑަރކުރުމުން މުދާ ދޫކޮށްފައިވާކަމަށ ނަލަހިޔާ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑެ ގެ ފަރާތުން ބުނެފައިވާކަމާއި، އިބްރާހީމް ޝަހީމްގ ފަރާތުނ 1925 ޑެލިވަރީ ނޯޓު ފިޔަވައި މި މައްސަލާގައި ހިމެނޭ އެހެން ޑެލިވަރީ ނޯޓުތަކުގައީ ވާ މުދާ އޯޑަރކޮށްފައިވަނެނަލަހިޔާ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑގ ކައުންޓަރަށް ގޮސްކަމަށް ބުނެފައިވާކަމާއި، ނަލަހިޔާ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑު ގެ ނަންބަރ 1925 ޑެލިވަރީ ނޯޓު އާ ގުޅިގެނ ތައްޔާރުކުރެވުނު ނަންބަރ NAL3/POS/13/18876 ކޭޝް ބިލްއަށް ބަލާއިރު، ނަންބަރ 1925 ޑެލިވަރީ ނޯޓުގައިވާ މުދަލުގެ ޖުމްލަ އަގަކީ 184,440/-ރ. )އެއް ލައްކަ އަށްޑިހަ ހަތަރުހާސް ހަތަރު ސަތޭކަ ސާޅީސް ރުފިޔާ( ކަމާއި، ބުނެވުނު މަދަލަށް އިބްރާހީމް ޝަހީމްގެ ފަރާތުން ފައިސާ ދެއްކުމަށް ދޫކޮށްފައިވާކަމަށް ބުނާ ބޭންކް އޮފް ސިލޯންގެ ނަންބަރ 194866 ޗެކަށް ބަލާއިރު، އެ ޗެކުގައިވަނީ ނަންބަރ NAL3/POS/13/18876 ކޭޝް ބިލްގައިވާ ފައިސާގެ އަދަދުކަން އެނގޭކަމާއި، އަދި ބުނެވުނު އެ ޗެކަކީ ބޭންކް އޮފް ސިލޯންގެ ނަންބަރ 6320168742 އެކައުންޓުގެ ޗެކް ފޮތުގެ ޗެކެއްކަން އެނގެންއްންނައިރު، ބޭންކް އޮފް ސިލޯންގެ ނަންބަރ 6320168742 އެކައުންޓަކީ އިބްރާހީމް ޝަހީމްގެ އެކައުންޓެއްނޫންކަމަށާއި، ބުނެވުނު އެ އެކައުންޓުން ދޫކޮށްފައިވާ ޗެކަކީ އިބްރާހީމް ޝަހީމެ ދޫކޮށްފައިވާ ޗެކެއްނޫންކަމަށް ބުނުއިބްރާހީމް ޝަހީމގެ ފަރާތުން އެ ޗެކަށް އިންކާރކޮށްފައިވާކަމާއި، ސިވިލް ކޯޓުގެ ނަންބަރު 603/Cv-C/2014 ޤަޟިއްޔާއާއި ގުޅިގެން ހުށަހެޅުނު ލިޔުންތަކަށް ބަލާއިރު، ނަންބަރ 1925 ޑެލިވަރީ ނޯޓުގައިވާ މުދާ އިބްރާހީމް ޝަހީމްއަށް ލިބިފައިނުވާކަމަށު އިބްރާހީމް ޝަހީމްގެ ފަރާތުން އިންކާރުކޮށްފައިވީނަމަވެސް، ނަންބަރ 1925 ޑެލިވަރީ ނޯޓުގައިވާ މުދާ ލިބިފައިވާކަމަށް ބުނީ 09 މެއި 2013 ގައި ރިފުއާޒް ކިޔާ ފަރާތަކުން އެ ޑެލިވަރީ ނޯޓުގައި ސޮއިކޮށްފައިވާކަން އެނގެންއޮންނަކަމާއި، މި މައްސަލައާ ގުޅިގެން ހުށަހެޅުނު ޑެލިވަރީ ނޯޓްތަކަށް ސިވިލް ކޯޓުގެ ނަންބަރ 603/Cv-C/2014 ޤަޟިއްޔާގައި އިބްރާހީމް ޝަހީމްގެ ފަރާތުނ އިންކާރުކޮށްފައިވާކަމާއި، އެ ގޮތުން ޑެލިވަރީ ނޯޓުތަކުގައި ހިމެނޭ ނަންބަރ 1925 އާއި ނަންބަރު 1926 ޑެލިވަރީ ނޯޓުގައިވާ މުދާ ލިބިފައިވާކަމަށް އިންކާރުކޮށްފައިވުއރާ،ބުނެވުނު ދެ ޑެލިވަރީ ނޯޓުގައިވް މުދާ ބަލައިގެންފާއިވަނަ ރިފުއާޒ ނަމަކަށް ކިޔާ ފަރާތަކުން އެއް ތރީޚެއްގައިކަން އެނގެންއޮންނަކަމާއަ، މިހާރު މިމައްސަލ އިސްތިއުނާފުކުރަމުން އިބްރާހީމް ޝަހީމްގެ ފަރާތުނު ނ ންބަރ 1926 ޑެލިވަރީ ނޯޓުގައިވާ މުދާ ލިބިފައިވާކަމަށާއި، ނަންބަރު 1925 ޑެލިވަރީނޯޓުގައިވާ މުދާ ލިބިފއިވާކަމާމެދަ އިންކާރު ކޮށްފައިވް ނަމަވެސް، ބުނެވުނު ޑެލިވަރީ ނޯޓުގައިވާ މުދަލަކީ އިބްރާހީމް ޝަހީމްގެ ފަރާތުން ބަލައިގެންފައިވާ މުދާކަމަށުނަލަހިޔ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑާގެ ފަރާތުން ތަކުރާރުކޮށް ބުނަމުންދާއިރު، އަދި އެ ޑެލިވަރީ ނޯޓުގައވިމުދާ ބަލައު ގެންފައިވަނ އިބްރާހީމް ޝަހީމްގެ ފަރާތުން ނަންބަރ 1926 ޑެލިވަރީ ނޯޓުގައިވާ މުދާބަލައިގަތ ފ ރާތުން ހަމެ އެ ތާރީޚަގައި ކަން ބުނެވުނު ދުޑެލިވަރީ ނޯޓށް ބެލުމުން އެނގެންއޮންނައިރ، ނަލަހިޔާ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑު ން މިހާ ބޮޑު އަދަދެއްގެ ފައިސާއަށްވާމުދާ އިބްރާހީމް ޝަހީމްގެ ފަރާތުނ ބަލައިގެންފައިވާކަމަށް ބުނާމި ޙާލަތުގައި އެ މުދާ ޙަޤީޤަތުގައިވެސް އިބަ ރާހީމް ޝަހީމްއަށް ލިބިފައިނުވް ނަމަ އިބްރާހީމް ޝަހީމްގެ ފަރާތުން އެ މުދާ ބަލައިގަތްކަމަށް ޑެލިވަރީ ނޯޓްގައި ސޮއިކޮށްފައިވާ ފަރާތުނާ އެކަނ ސާފުކޮށްފައިވނެކަމާއި، އެހެންނަމަވެސް، އެކަން ސާފުކުރުމުގެ ގޮތުން އެ ފަރާތާއި އެއްވެސް ސުވާލެއް ކޮށްފައިނުވާކަމަށް އިބްރާހީމް ޝަހީމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ބުނެފައިވާކަމާއި، އެހެންކަމުން، މި މައްސަލާގައި ދެފަރާތު ދެމެދު މުޢާމަލާތް ހިނގި ގޮތަށާއި ކަން ހިނގާފައިވާގޮތަށް ރިޢާޔަތްކުރާއިރު، ނަންބަރ 1925 ޑެލިވަރީ ނޯޓުގައިވާ މުދަލަކީ އިބްރާހީމް ޝަހީމް އޯޑަރކޮށްގެން އެފަރާތަށި ނަލަހިޔާ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑަން ދޫކޮށްފައިވާ މުދާކަމަށް މި މައްސަލަ ބެލި ފަނޑިޔާރުންނަށް ބުރަވެވޭކަމާއި، އަދި ބުނެވުނު ޑެލިވެ ރީ ނޯޓަށް ފައިސާ ދައްކާފައިވާ ޗެކަކީ އިބްރާހީމް ޝަހީމްގެ ނަމުގައި ދޫކޮށްފައިވާ ޗެކެއްނޫންކަމަށް ބުނީ އިބްރާހީމް ޝަހީމްގެ ފަރާތުން އެ ޗެކަށ އިންކާރުކުރުމަކީ، ދެ ފަރާތު ދެ މެދުގައި ހިނގާފައިވާ މި މުޢާމަލާތް ނަފީކުރެވފަދ ސަބަބެއްނޫންކަމެވެ. ވީމާ، އިސްވެ ބަޔާންކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމުން، މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ، ސިވިލް ކޯޓުގެ ނަންބަރު 603/Cv-C/2014 ޤަޟިއްޔާ އިސްތިއުނާފުކުރުމަށްރ. އިނގުރައިދެ/ ބޮޑުކާށިގެ އިބްރާހީމް ޝަހީމގ ފަރާތުން ހުށަހެޅި ނުކުތާތަކަށް ބަލައި އ ޤަޟިއްޔާގައި ކުރައްވާފައ ވި ޙުކުމަށް ބަދަލް ގެންނަންޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ފެންނަން ނެތްކަމުގައެވެ. • ޙުކުމް: ދެންފަހެ، އިސްވެ ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރ 603/Cv-C/2014 ޤަޟިއްޔާއިސްތިއުނާފުކުރުމަށް އެދި ރ. އިނގުރައިދޫ / ބޮޑުކާށިގ، އިބްރާހީމް ޝަހީމްގް ފަރާތުން ހުށަހެޅި ނުކުތާތަކަށް ބަލައި އެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލުގެންނާނެތަނެއ ނެތްކަމަށް މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.