ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2015/HC-A/402ހައިކޯޓު · 31 އޮކްޓޫބަރު 2017 · ފައިސާ ހޯދުން

—

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ސުޕްރީމް ކޯޓަށް އިސްތިއުނާފުކޮށްފައި ނުވޭ · ރަޖިސްޓްރީ ބެލީ 15 އޮކްޓޫބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 31 އޮކްޓޫބަރު 2017ބާވަތް: މަދަނީ

ޚުލާޞާ

ކޯޓަށް އައި ގޮތް
ސިވިލް ކޯޓުން އެއްބަސްވުމުގެ ޖައުހަރީ މާއްދާއަކާ ޚިލާފުވެފައިވާތީ އެއްބަސްވުން ބާޠިލުވެއްޖެކަމަށް ކަނޑައަޅައި US$125,000 އަނބުރާ ދެއްކުމަށް ޙުކުމްކުރިއެވެ.
ވާޤިޢާ
ރިސޯޓެއްގައި ވޯޓަރ ސްޕޯޓްސް ސެންޓަރެއް ހަދައި ހިންގުމަށް ޙަވާލުކުރުމުގެ އެއްބަސްވުމެއްގެ ދަށުން އެޑްވާންސް ފައިސާ ދިނުމަށްފަހު، ސެންޓަރު ނިންމާ ޙަވާލުނުކުރުމުން، އެއްބަސްވުން ނިމުމަކަށް ގެނެސް އެޑްވާންސް ފައިސާ އަނބުރާ ހޯދުމަށް ދަޢުވާ ކުރެވުނެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ވޯޓަރ ސްޕޯޓްސް ސެންޓަރެއް ޤާއިމުކުރުމުގެ އެއްބަސްވުމުގެ ޖައުހަރީ މާއްދާއަކާ އިސްތިއުނާފުކުރި ފަރާތް ޚިލާފުވެފައިވޭތޯ، ސަރުކާރުން ބިން ޙަވާލުނުކުރުމަކީ އަމިއްލަ ބާރު ނުހިނގާ ޙާލަތެއްތޯ، ނޯޓިސް ނުދީ އެއްބަސްވުން ބާޠިލުކުރުމާއި މައި ކޮންޓްރެކްޓަށް ނުބެލުމުގެ ސަބަބުން ދަށުކޯޓުގެ ޙުކުމަށް ބަދަލު ގެންނަންޖެހޭތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
އިސްތިއުނާފުކުރި ފަރާތުން ބުނީ ޚިލާފުވި މާއްދާ ކަނޑައަޅާފައިނުވާކަމަށާއި، ލަސްވީ އަމިއްލަ ބާރު ނުހިނގާ ސަބަބަކާހުރެކަމަށާއި، 28، 29 ވަނަ މާއްދާގެ އިޖުރާއާތު ފުރިހަމަނުކޮށް މައްސަލަ ހުށަހެޅިކަމަށާއި، މައި ކޮންޓްރެކްޓަށް ނުބަލައި މައްސަލަ ނިންމިކަމަށެވެ.
ކޯޓުގެ ސަބަބުތައް
ސެންޓަރު ޤާއިމުނުކުރިކަން އިސްތިއުނާފުކުރި ފަރާތް އެއްބަސްވާތީ ޖައުހަރީ މާއްދާއަކާ ޚިލާފުވިކަން ސާބިތުވާކަމާއި، ސަރުކާރުގެ އެއްބާރުލުން ނުލިބުމަކީ 42 ވަނަ މާއްދާގެ ޙާލަތެއް ނޫންކަމާއި، ޚުޞޫމަތަކީ ދެފަރާތުގެ އެއްބަސްވުމާ ބެހޭ ޚުޞޫމަތެއްކަމާއި، ނޯޓިސް ނުދިނުމުން ލިބުނު ގެއްލުން ބުނެދީފައިނުވާތީ ދަށުކޯޓުގެ ޙުކުމް ޤާއިމުކުރިއެވެ.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

ދެފަރާތު ދެމެދު ސޮއިކުރެވުނު އެއްބަސްވުމުގެ ޖައުހަރީ މާއްދާއަކާ ޚިލާފުވެފައިވާކަމަށް ދަށުކޯޓުން ބަޔާންކުރައްވާފައިވާއިރު، އެއްބަސްވުމުގެ ވަކި މާއްދާއަކާ ޙަވާލާދީފައިނުވުމަކީ އެއްބަސްވުމާއި އެއްގޮތަށް ޢަމަލުކުރީކަމުގައި ބެލެވޭނެ ސަބަބެއްނޫނެވެ. (ޕެރ. 3(ހ))

ސަރުކާރުން ދޭންޖެހޭ އެއްބާރުލުން ދީފައިނުވުމީ ނުވަތަ ސަރުކާރުން ނިންމަންޖެހޭ ކަންކަން ނިމިފައިނުވުމީ ދެފަރާތު ދެމެދު ވެވުނު އެއްބަސްވުމުގެ 42 ވަނަ މާއްދާގައި ބަޔާންކޮށްފައިވާފަދަ (އަމިއްލަ ބާރު ނުހިނގާ) ޙާލަތެއްނޫނެވެ. (ޕެރ. 3(ށ))

ޚުޞޫމަތް އުފެދިފައިވަނީ ސަރުކާރާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ މައްޗަށް ނޫން، ދެފަރާތާ ދެމެދު ވެފައިވާ އެއްބަސްވުމުގެ މައްޗަށް ކަމުގައިވީ ހިނދު، އެ އެއްބަސްވުމުގައިވާ މަސައްކަތްކޮށް ނަގަންޖެހޭ ހުއްދަތައް ނެގުމަކީ އެ ޒިންމާ އަޅުއްވާފައިވާ ފަރާތުގެ ޒިންމާއެއް ކަމާއި، އެއްބަސްވުމުގައިވާ ފަދައިން މަސައްކަތްކޮށްފައިނުވުމަށް އެ ފަރާތް ޒިންމާވާންޖެހޭނެއެވެ. (ޕެރ. 3(ށ))

ނޯޓިސް ދިނުމާއި ނުލައި އެއްބަސްވުން ބާޠިލްކުރުމުން ޙައްޤަށް އުނިކަން ލިބިފައިވާކަމަށް ބުނާ ފަރާތުން، އެ ފަރާތުގެ ޙައްޤަށް އުނިކަން ލިބިފައިވަނީ ކިހިނަކުންކަން ބުނެދޭންޖެހެއެވެ. (ޕެރ. 3(ށ))

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ދެފަރާތާ ދެމެދު 25 ފެބްރުއަރީ 2012 ގައި ވެވުނު އެއްބަސްވުމުގެ 2، 6، 25، 27، 28، 29 އަދި 42 ވަނަ މާއްދާ
  • 17 ޖެނުއަރީ 2013 ގެ އެޑެންޑަމް

ފަނޑިޔާރުން

ބެންޗު
ޢަބްދުއްރައޫފު އިބްރާހީމް، ޢަބްދުﷲ ދީދީ، ޢަލީ ސަމީރު
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

1ސިވިލް ކޯޓުގެ ނަންބަރު 1564/Cv-C/2014 ޤަޟިއްޔާ ގެޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އ ޤަޟިއްޔާއަކީ،ނ. އޮރިވަރުގައި ގްލޯބަލް ވިންގްސް ޕްރައިވެޓް ލިމިޓް ޑްއިން ރިސޯޓެއް ތަރައްޤީކުރުމަށްފަހު އެތަނުގެ ވޯޓަރ ސްޕޯޓްސް ސެންޓަރު ހިންގުމަށް އީސްޓް ވިންޑް ވޯޓަރސްޕޯޓްސ ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކުރުމާއި ބެހޭގޮތުނި ގްލޯބަލް ވިންގްސް ޕްރައިވެޓް ލިމިޓެޑް އާއީސްޓް ވިންޑ ވޯޓަރސްޕޯޓްސް ޕްރައިވެޓް ލިމިޓެޑާއި ދެމެދު 25 ފެބްރުއަރީ 2012 ވަނަ ދުވަހު ސޮއިކުރެވިފައިވާ އެއްބަސްވުން ނިމުމަކަށް ގެނެސް އެއްބަސްވުމުގެ ދަށުން އެޑްވާންސްގެ ގޮތުގައި ދީފައިވާ ފައިސާ އެކީ އެއްފަހަރާ ހޯދުމަށް އެދް އީސްޓް ވިންޑް ވޯޓަރސްޕޯޓްސް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ގްލޯބަލް ވިންގްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ދަޢުވާކުރުމުން ބެލުނު މައްސަލައެއްކަމާއި، އެ ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، "ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކަށާއި ހުށަހެޅިފައިވާ ބަޔާންތަކާއި ލިޔުންތަކުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު، ނ. އޮރިވަރުގައްގްލޯބަލް ވިންގްސް ޕްރައިވެޓް ލިމިޓެޑްއިން ރިސޯޓެއް ތަރައްޤީކުރުމަށްފަހު އެ ތަނުގެ ވޯޓަރ ސްޕޯޓްސް ސެންޓަރު ހިންގުމަށް އީސްޓް ވިންޑި ވޯޓަރސްޕޯޓްސް ޕްރައިވެޓް ލިމިޓެޑް އާ ޙަވާލުކުރުމަށްޓަކައާގްލޯބަލް ވިންގްސް ޕްރައިވެޓ ލިމިޓެޑާއު އީސްޓް ވިންޑް ވޯޓަރސްޕޯޓްސް ޕްރައިވެޓް ލިމިޓެޑާއި ދެމެދު 25 ފެބްރުއަރީ 2012 ވަނަ ދުވަހު ސޮއިކުރެވިފައިވާ އެއްބަސްވުމުގެ ދަށުން އީސްޓް ވިންޑް ވޯޓަރސްޕޯޓްސް ޕްރް އިވެޓް ލިމިޓެޑާގެ ފަރާތުނ ގްލޯބަލް ވިންގްސް ޕްރައިވެޓް ލިމިޓެޑޭ އ ޙަވާލުކުރަންޖެހޭ އެޑްވާންސް ފައިސާ އާއި ދަޢުވާލިބޭ ފަރާތުނ ޙަވާލުވުމަށްފަހު އެގްރީމަންޓްގެ ދަށުން ޙަވާލުކުރަންޖެހް ވޯޓަރ ސްޕޯޓްސް ސެންޓަރު ނިންމާ މިހާތަނަށްވެސ ދަޢުވާކުރާ ފަރާތާއި ޙަވާލި ކޮށްފައިނުވާކަން ދަޢުވާލިބޭ ފަރާތުގެ ބަހުންނާއި ހުށަހެޅިފައިވާ ލިޔުންތަކުން އެނގެންއޮތުމާއިއެކު މި ދެފަރާތުގެ ދެމެދު ސޮއިކުރެވިފައިވާ ބަޔާންވެދިޔަ އެއްބަސްވުމުގެ ޖައުހަރީ މާއްދާއަކާއި ދަޢުވާލިބޭ ފަރާތުން ޚިލާފުވެފައިވާކަން ޝަރީޢަތަށް ސާބިތުވާތީ، މި ދެފަރާތް ގެ ދެމެދު ސޮއިކުރެވިފައިވާ ބަޔާންވެދިޔަ އެއްބަސްވުން ބާޠިލްވެއްޖެކަމަށް ކަނޑައަޅައި ބަޔާންވެދިޔަ އެއްބަސްވުމުގެ ދަށުން އެޑްވާންސް ފައިސާގެގޮތުގައެ އީސްޓް ވިންޑް ވޯޓަރސްޕޯޓްސް ޕްރައިވެޓް ލިމިޓެޑް ގ ފަރާތުނާގްލޯބަލް ވިންގްސް ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކޮށފައިވ US$125,000.00 )އެއްލައްކަ ފަންސަވީސް ހާސް އެމެރިކާ ޑޮލަރު( އީސްޓް ވިންޑް ވޯޓަރސްޕޯޓްސް ޕްރައިވެޓް ލިމިޓެޑަށް ލިބިދިނުމުގެ ގޮތުނ 30 ޖުލައި 2015 މި ދުވަހުން ފެށިގެން މިލާދ 01 )އެކެއް( މަސް ދުވަހުގެ ތެރޭގައި މި ފައިސާ US$125,000.00 )އެއްލައްކަ ފަންސަވީސް ހާސް އެމެރިކާ ޑޮލަރު( ސިވިލް ކޯޓަށް ދައްކައި ދަރަނި ޚަލާޞްކުރުމަށަ ގްލޯބަލް ވިންގްސް ޕްރައިވެޓް ލިމިޓެޑަށް އަންގައި ޙުކުމްކޮށް" މައްސަލަ ނިންމަވާފައިވާކަން އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެންއޮންނަކަމެވެ.

2ސިވިލް ކޯޓުގެ ނަންބަރު 1564/Cv-C/2014 ޤަޟިއްޔާނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށް ބުނެ،ގްލޯބަލް ވިންގްސް ޕްރައިވެޓް ލިމިޓެޑގް ފަރާތުން އ ޤަޟިއްޔާ އިސްތިއުނާފުކުރަމުނ 04 )ހަތަރެއް( ނުކުތާއެއް ހުށަހަޅައި އޭނުކުތާތަކާ ގުޅެ ގ ތުން ދިވެހިރާއްޖޭގ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. • ފުރަތަމަ ނުކުތާއަކީ، އެއްބަސްވުމުގެ ޖައުހަރީ މާއްދާއަކާ ގްލޯބަލް ވިންގްސް ޕްރައިވެޓް ލިމިޓެޑް ން ކަނޑައެޅިގެން ޚިލާފުވެފައިވާކަމަށް ޝަރީޢަތުން ކަނޑައެޅިނަމަވެސް، ގްލޯބަލު ވިންގްސް ޕްރައިވެޓް ލިމިޓެޑުން ޚިލާފުވެފައިވަނީ އެއްބަސްވުމުގެ ކޮން މާއްދާއަކާއިކަން ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓުން އެނގެންނެތްކަމަށް ބުނެ ހުށަހެޅި ނުކުތާ. • ދެވަނަ ނުކުތާއަކީ، އަމިއްލާ ބާރު ނުހިނގާ ކަމަކާހެދި މަސައްކަތް ނުފެށި ލަސްވަމުންދާ ދިއުމަކީ ގްލޯބަލް ވިންގްސް ޕްރައިވެޓް ލިމިޓެޑް އެކަމަށް ޒިންމާވާންޖެހޭނެ ކަމެއްނޫންކަން އެއްބަސްވުމުގ 42 ވަނަ މާއްދާއަށް ބެލުމުން އެނގެންއޮތްހިނދު އެކަމަށް ރިޢާޔަތްކުރައްވާފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ. • ތިންވަނަ ކަމަކީ، އެއްބަސްވުން ބާޠިލްކުރުމަށް އީސްޓް ވިންޑްވޯޓަރސްޕޯޓްސ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ކޯޓަށް މައްސަލަ ހުށަހެޅީ އެއްބަސްވުމުގ 28 ވަނަ މާއްދާއާ 29 ވަނަ މާއްދާގައި ބަޔާންވެފައިވާ އިޖުރާއާތުތައް ފުރިހަމަކުރުމަކާނުލާ އެ މާއްދާތަކާއި ޚިލާފަށްކަމުގައިވީ ހިނދު، އ އިޖުރައާތުތައް ފުރިހަމަކޮށްފައިވޭތޯ ޝަރީއަތުން ސާފުކުރައްވާފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ. • ހަތަރުވަނަ ނުކުތާއަކީ،ސަރުކާރުން ކަނޑައަޅާ ސަރުކާރުގެ ވަކި ޕްރޮޖެކްޓްތަކަކަށް އެހީވުމަށް ޝަރުޠުކޮށް ނ. އޮރިވަރު ގައި ރިޒޯޓެއް ތަރައްޤީކުރުމަށް ދިވެހި ސަރުކާރާއާގްލޯބަލް ވިންގްސް ޕްރައިވެޓް ލިމިޓެޑާއި ދެމެދު 01 ޑިސެމްބަރު 2011 ގައި އެކުލަވާލާފައިވާ އެއްބަސްވުން މިހާތަނަށް އުވާލާފައި ނެތްހިނދު، ނ. އޮރިވަރުގައީ ގްލޯބަލް ވިންގްސް ޕްރައިވެޓް ލިމިޓެޑެ ން ރިޒޯޓެއް ތަރައްޤީ ކުރުމަށްފަހު، އެ ތަނުގެ ވޯޓަރ ސްޕޯޓްސް ސެންޓަރްހިންގުމަށް އީސްޓް ވިންޑް ވޯޓަރސްޕޯޓާސް ޕްރައިވެޓ ލިމިޓެޑް އ ޙަވާލުކުރުމަށްޓަކައި ގްލޯބަލް ވިންގްސް ޕްރައިވެޓް ލިމިޓެޑާއާއީސްޓް ވިންޑް ވޯޓަރސްޕޯޓްސ ޕްރައިވެޓް ލިމިޓެޑާއި ދެމެދު 25 ފެބްރުއަރީ 2012 ގައި އެކުލަވާފައިވާ އެއްބަސްވުމަކީ ތާރޑް ޕާޓީ ކޮންޓްރެކްޓެއްކަމަށްވާތީ މި ސަބްކޮންޓްރެކްޓަށް ޢާ މަލުކުރެވެން އޮންނާނީ މައި ކޮންޓްރެކްޓުގައި އެއްބަސްވެފައިވާގޮތަށް ރިޒޯޓް ހެދުމުގެ ހުއްދަ ސަރުކާރުން ދިނުމުންކަމަށްވާއިރު މައިކޮންޓްރެކްޓަށް ބެލުމަކާނުލ މައްސަލަ ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.

3HN1HN2HN3HN4މ މައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހެޅިފައިވާ ލިޔުންތަކަށާއި ސިވިލް ކޯޓުގެ ނަންބަރު 1564/Cv-C/2014 ޤަޟިއްޔާނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށުބުނެ، ގްލޯބަލް ވިންގްސް ޕްރައިވެޓް ލިމިޓެޑގ ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކުގެ މައްޗަށް ބެލިއިރު،މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ. )ހ( ފުރަތަމަ ކަމަކީ، ގްލޯބަލް ވިންގްސް ޕްރައިވެޓް ލިމިޓެޑް އާއީސްޓް ވިންޑ ވޯޓަރސްޕޯޓްސް ޕްރައިވެޓް ލިމިޓެޑި ދެމެދު ނ. އޮރިވަރު އ އިލެންޑް ރިޒޯޓް އެންޑް ސްޕާ މޯލްޑިވްސް ގައަ ޝެއަރޑް ޑައިވް އެންޑް ވޯޓަރ ސްޕޯޓްސް ސެންޓަރެއް ހެދުމުގެ އެއްބަސްވުމެއް 25 ފެބްރުއަރީ 2012 ގައި ވެފައިވާކަމާއި، ބުނެވުނު އެއްބަސްވުމުގެ 2 ވަނަ މާއްދއަށާ ބެލުމުނު ގްލޯބަލް ވިންގްސް ޕްރައިވެޓް ލިމިޓެޑާގެ މަޤްޞަދަކީ އަދި މަސައްކަތްކުރަން އީސްޓް ވިންޑް ވޯޓަރސްޕޯޓްސް ޕްރައިވެޓް ލިމިޓެޑަ އ ގުޅިގެނ ޖޮއިންޓް ވެންޗަރ ނުވަތް ޝެއަރޑް ވޯޓަރ ސްޕޯޓްސް އެންޑް ޑައިވް ސެންޓަރެއް ރިޒޯޓްގައި ޤާއިމުކުރުންކަނ އެނގެންއޮންނައިރު، އެއްބަސްވުމުގ 6 ވަނަ މާއްދާގައި އެއްބަސީ ވުމުގް ދާއިރާއަކާގްލޯބަލް ވިންގްސް ޕްރައިވެޓް ލިމިޓެޑުއ އީސްޓް ވިންޑް ވޯޓަރސްޕޯޓްސް ޕްރައިވެޓް ލިމިޓެޑާ އެކުގައި ތަން ވަގުތީގޮތުން ހުޅުވުމަށް ކަނޑައެޅި ތާރީޚްކަމުގައިވ 1 ނޮވެމްބަރު 2013 ގެ 03 މަސް ކުރިން، ވަޞީލަތްތައް ފުރިހަމައަށް ރިޒޯޓުގައް ފަށާ ފުރިހުމައަށ ޤާއިމްކރުންކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، ގްލޯބަލް ވިންގްސް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން އެއްބަސްވުމުގައި ބަޔާންކޮށްފައިވްޖޮއިންޓ ވެންޗަރ ނުވަތަ ޝެއަރޑް ވޯޓަރ ސްޕޯޓްސް އެންޑް ޑައިވް ސެންޓަރ ޤާއިމްކޮށްފައިނުވާކަން އެ ފަރާތުން އެއްބަސްވާކަމާއި، އަދި މިއީ އެއްބަސްވުމުގ ދާއިރެ ބަޔާންކޮށްފައިވާ އެއްބަސްވުމުގ 6 ވަނަ މައްދާއާ ޚިލާފުވުން ކަމުގައި ނޫނީ ބެލެވެންނެތްއިރު،ޖޮއިންޓް ވެންޗަރ ނުވަތަ ޝެއަރޑް ވޯޓަރ ސްޕޯޓްސް އެންޑް ޑައިވް ސެންޓަރީނިންމާއް ސްޓް ވިންޑް ވޯޓަރސްޕޯޓްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައިނުވާކަނ އެނގެންއޮންނާތީ، ދެފަރާތު ދެމެދު ސޮއިކުރެވުނު އެއްބަސްވުމުގެ ޖައުހަރީ މާއްދާއަކުގްލޯބަލް ވިންގްސް ޕްރައިވެޓް ލިމިޓެޑު ގެ ފަރާތުން ޚިލާފުވެފައިވާކަމަށ ސިވިލް ކޯޓުގެ ނަންބަރ 1564/Cv-C/2014 ޤަޟިއްޔާގައި ބަޔާންކުރައްވް ފައިވާއިރު، އެއްބަސްވުމުގެ ވަކި މާއްދާއަކާ ޙަވާލާދީފައިނުވުމަކާ ގްލޯބަލް ވިންގްސް ޕްރައިވެޓް ލިމިޓެޑުން އެއްބަސްވުމާއި އެއްގޮތަށް ޢަމަލުކުރީކަމުގައި ބެލެވޭނެ ސަބަބެއްނޫންކަމެވެ. )ށ( ދެވަނަ ކަމަކީ، ދެފަރާތު ދެމެދު އެއްބަސްވުމާ އެއްގޮތަށް މަސައްކަތްކުރެވިފައިނުވަނ ސަރުކާރުން ދޭންޖެހޭ އެއްބާރުލުން ނުލިބިގެންކަމަށް ގްލޯބަލް ވިންގްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުނ ބުނެފައިވާއިރު، ދެފަރާތު ދެމެދު 25 ފެބްރުއަރީ 2012 ގައި ވެވުނު އެއްބަސްވުމަށް 17 ޖެނުއަރީ 2013 ގައި އެޑެންޑަމްއެއް ގެނެވިފައިވާކަމާއި، ބުނެވުނު އެޑެނޑަމްގައް 3 ވަނަ އެޑްވާންސް ފައިސާ ލިބޭތާ 3 މަސް ދުވަހުގެ ތެރޭގައާ ސަރުކާރުގެ ފަރާތުނ ޖަވާބެއް ނުލިބިއްޖެނަމަ، އެ ފައިސާއާއެކު "އެހާތަނަށް ދައްކާފައިވާ އެންމެހާ ފައިސާ" 30 ދުވަހުގެ ތެރޭގައި އަނބަރާދޭންވު ނެކަމަށް ބަޔާންކޮށްފައިވާކް ން އެނގެންއޮތުމުން، އެއްބަސްވުމުގެ ދަށުނާ އީސްޓް ވިންޑް ވޯޓަރސްޕޯޓްސް ޕްރައިވެޓް ލިމިޓެޑުން ދައްކާފައިވާ އެންމެހާ ފައިސ އަނބުރާ އެ ފަރާތާއި ޙަވާލުކުރަންޖެހޭނެކަން އެނގޭކަމާއި، އަމިއްލަ ބާރު ނުހިނގާކަމަކާ ހެދި މަސައްކަތް ލަސްވަމުން ދިއުމަކީ ގްލޯބަލް ވިންގްސް ޕްރައިވެޓް ލިމިޓެޑުން އެކަމުގެ ޒިންމާނަގަންޖެހޭ ސަބަބެއްނޫންކަމަށް އެއްބަސްވުމުގ 42 ވަނަ މާއްދާއަށް ބެލުމުން އެނގެންއޮންނަކަމަށޭ ގްލޯބަލް ވިންގްސް ޕްރައިވެޓް ލިމިޓެޑު ން ބުނެފައިވާއިރު، ސަރުކާރުން ދެންޖެހ އެއްބާރުލުން ދީފައިނުވުމީ ނުވަތަ ސަރުކާރުން ނިންމަންޖެހޭ ކަންކަން ނިމިފައިނުވުމީ ދެފަރާތު ދެމެދު ވެވުނު އެއްބަސްވުމުގ 42 ވަނަ މާއްދާގައި ބަޔާންކޮށްފައިވާފަދަ ޙާލަތެއްނޫންކަން އެ މާއްދާއަށް ބެލުމުން އެނގޭކަމާއި، މި މައްސަލާގައި ގްލޯބަލް ވިންގްސް ޕްރައިވެޓ ލިމިޓެޑު ނ މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ، އެއްބަސްވުމުގައި ބަޔާންކުރާ ބިންކަމުގައިވާ ނ. އޮރިވަރާގްލޯބަލް ވިންގްސް ޕްރައިވެޓ ލިމިޓެޑަ އ ސަރުކާރުން ޙަވާލުކޮށްފައިނުވާތީ ދިވެހި ސަރުކާރުން ދޭންޖެހޭ އެއްބާރުލުން ނުލިބޭނުވަތ ސަރުކާރުން ނިންމަންޖެހް މަސައްކަތްނުނިމިގެން މަސައްކަތް ލަސްވެފައިވުމީ ގްލޯބަލް ވިންގްސް ޕްރައިވެޓ ލިމިޓެޑުން އެކަމަށް ޒިންމާކުރެވޭނެކަމެއްނޫންކަމުގައި ކަމާއި، ހުށަހެޅިފައިމިވާ މައްސަލާގައި ޚުޞޫމަތް އުފެދިފައިވަނީސަރުކާރާއި ގްލޯބަލް ވިންގްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފް އިވާ އެއްބަސްވުމީ ގެ މައްޗަށް ނޫންކަން އެނގޭކަމާއި، އަދި ޚުޞޫމަތު އުފެދިފައިވަނި ގްލޯބަލް ވިންގްސް ޕްރައިވެޓް ލިމިޓެޑާއި އީސްޓް ވިންޑް ވޯޓަރސްޕޯޓްސް ޕްރައިވެޓް ލިމިޓެޑއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ މައްޗަށް ކަމުގައިވީ ހިނދު، އަދި ދެފަރާތު ދެމެދު ވެވުނު އެއްބަސްވުމުގ ދަށުން ޖޮއިންޓް ވެންޗަރ ނުވަތަ ޝެއަރޑް ވޯޓަރ ސްޕޯޓްސް އެންޑް ޑައިވް ސެންޓަރެއް ޤާއިމްކުރުމީ ގްލޯބަލް ވިންގްސް ޕްރައިވެޓް ލިމިޓެ ޑުގެ ޒިންމާއެއްކަން އެ އެއްބަސްވުމުގ 25 ވަނަ މާއްދާއަށް ބެލުމުން އެނގެންއޮތުމުން، އެއްބަސްވުމުގައިވް ޖޮއިންޓް ވެނުޗަރ ނުވަތަ ޝެއަރޑް ވޯޓަރ ސްޕޯޓްސް އެންޑް ޑައިވް ސެންޓަރ ޤާއިމްކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްކޮށް ނަގަންޖެހޭ ހުއްދަތައް ނެގުމަކީގްލޯބަލ ވިންގްސް ޕްރައިވެޓް ލިމިޓެޑްގެ ޒިންމާއެއްކަމާއި، އަދި އެއްބަސްވުމުގައިވާ ފަދައިން މަސައްކަތްކޮށްފައިނުވުމ ގަލޯބަލް ވިންގްސް ޕްރައިވެޓް ލިމިޓެޑުން ޒިންމާވާންޖެހޭކަމެއްކމާއި، ދެފަރާތު ދެމެދު ވެވުނު އެއްބަސްވުމުގެ 27ވ ނ މާއްދާގައި "އެކްސްކްލޫސިވިޓް ޕީރިއަޑް" ގެ ކުރިން އެކަށީގެންވާ ސަބަބެއް މެދުވެރިވެއްޖެ ޙާލަތެއްގައި، އެއްބަސްވުން ބާޠިލްކުރުމުގެ ކުރިން 90 )ނުވަ ދިހަ( ދުވަހުގެ ނޯޓިސްއެއް ދޭންވާނެކަމަށް ބަޔާންކޮށްފައިވާއިރ، އީސްޓް ވިންޑް ވޯޓަރސްޕޯޓްސް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން އެއްބަސްވުން ބާޠިލްކުރުމަށް ނޯޓިސް ދީފައިނުވާކަމަށް ގްލޯބަލް ވިންގްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބުނެފައިވާއިރު، ދެފަރާތު ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ގްލޯބަލް ވިންގްސް ޕްރައިވެޓް ލިމިޓެޑް ނ ޤާއިމްކުރަންޖެހޭ މަސައްކަތް ކޮށްފައިނުވާކަން ގްލޯބަލް ވިންގްސް ޕްރައިވެޓް ލިމިޓެޑްގެ ބަހުން އެނގެންއޮންނައިރު، އީސްޓް ވިންޑް ވޯޓަރސްޕޯޓްސް ޕްރައިވެޓް ލިމިޓެޑި ގެ ފަރާތުން ނޯޓިސް ދިނުމާއި ނުލައި އެއްބަސްވުން ބާޠިލްކުރުމުން ގްލޯބަލް ވިންގްސް ޕްރައިވެޓް ލިމިޓެޑެގެ ޙައްޤަށް އުނިކަން ލިބިފައިވާކަމަށް ގްލޯބަލް ވިންގްސް ޕްރައިވެޓް ލިމިޓެޑގް ފަރާތުން ބުނެފައިވީނަމަވެސް، އެ ފަރާތުގެ ޙައްޤަށް އުނިކަން ލިބިފައިވަނީ ކިހިނަކުންކަނަގްލ ބަލް ވިންގްސް ޕްރައިވެޓް ލިމިޓެޑަށް ބުނެދެވިފައިނުވާކަމެވެ. ވީމާ، އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތަށް ހުރުމުން، ސިވިލް ކޯޓުގެ ނަންބަރ 1564/Cv-C/2014 ޤަޟިއްޔާ ނިންމަވާފައިވަނީ ޤާނޫނީ ނުވަތަ ޝަރުޢީ އުޞޫލުތަކާ ޚިލާފަށްކަމަށް މި މައްސަލަ ބެލި އެއްވެސް ފަނޑިޔާރަކަށް ނުފެނުނެވެ. • ޙުކުމް: ދެންފަހެ، އިސްވެ ބަޔާންވެދިޔަކަންކަން އެ ގޮތަށް ހުރުމާއެކު، ސިވިލް ކޯޓުގެ ނަންބަރު 1564/Cv-C/2014 ޤަޟިއްޔާ ނިންމަވާފައިވަނީ ޤާނޫނީ ނުވަތަ ޝަރުޢީ އުޞޫލުތަކާ ޚިލާފަށްކަމަށް ބެލެވެން ނެތްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، ޙުކުމްކޮށްފީމެވެ.

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ