ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2015/HC-A/391ހައިކޯޓު · 5 އޮކްޓޫބަރު 2017 · މަސްތުވާތަކެއްޗާބެހޭ މައްސަލަ

—

ދަށުކޯޓުގެ ނިންމުން ބާޠިލު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކޮށްފައި ނުވޭ · ރަޖިސްޓްރީ ބެލީ 15 އޮކްޓޫބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 5 އޮކްޓޫބަރު 2017ބާވަތް: ޖިނާއީ

ޚުލާޞާ

ކޯޓަށް އައި ގޮތް
ދެމީހުން ޢަމަލުކުރި ގޮތުން ތަކެތި އެމީހުންގެ ނޫންކަމަށް ބެލެވޭނެ ސަބަބެއް ނެތުމުން، ދެމީހުންގެ މައްޗަށް ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށް ސާބިތުކޮށް، ޢުމުރަށް ޖަލަށްލުމާއި 100,000 ރުފިޔާގެ ޖޫރިމަނާއަށް ކްރިމިނަލް ކޯޓުން ޙުކުމްކުރިއެވެ.
ވާޤިޢާ
ބޯޓަކުން މަސްތުވާތަކެތި ގެންދާ މަޢުލޫމާތާ ގުޅިގެން ފުލުހުން ބަނދަރުގައި ތިއްބާ، ސައިކަލެއްގައި ދެމީހަކު އައިސް ފަހަތުގައި އިން މީހާ ބޯޓުން ފޮށިގަނޑެއް ބާލައިގެން ސައިކަލަށް އަރަން ދަނިކޮށް ހިފެހެއްޓުމުން، ފޮށިގަނޑުން 86.4006 ގްރާމް ޑައިމޯފިން ފެނުނެވެ. ސައިކަލް ދުއްވީ އިސްތިއުނާފުކުރި ފަރާތެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
އެހެން މީހަކު ބޯޓުން ބާލައިގެން ގެންދިޔަ ޑައިމޯފިން އޮތް ފޮށިގަނޑާއި، އެމީހާ ސައިކަލްގެ ފަހަތަށް އަރުވައިގެން ބަނދަރަށް ގެނައި ފަރާތާއި ގުޅުން އޮތްކަން އެކަށީގެންވާ ޝައްކަކުން ބޭރުން ސާބިތުވެ، ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށް އޭނާގެ މައްޗަށް ސާބިތުވޭތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
އިސްތިއުނާފުކުރި ފަރާތުން ބުނީ، ހައްޔަރުކުރީ ޤާނޫނީ އިޖްރާއާތާ ޚިލާފަށް ކަމަށާއި، ހެކި ހޯދީ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާއާ ޚިލާފަށް ކަމަށާއި، ޝައްކު އުފެދޭ ކަންކަން ހުރި އިރު 51 (އ) އާ ޚިލާފަށް ނިންމި ކަމަށެވެ.
ކޯޓުގެ ސަބަބުތައް
އިސްތިއުނާފުކުރި ފަރާތް ބޯޓުން ތަކެތި ގެންދިއުމުގައި ހިމެނޭ މަޢުލޫމާތެއް ފުލުހުންނަށް ލިބިފައި ނުވާކަމަށާއި، ފޯނުކޯލް ރިކޯޑާއި ބޯޓުގެ މީހުންގެ ބަޔާން ނުނަގާކަމަށާއި، ކުރީގެ ރިކޯޑެއް ނެތްކަމަށާއި، އޭނާގެ އަތުން އެއްވެސް އެއްޗެއް ނުފެނުނުކަމަށް ދައުލަތުން އެއްބަސްވާއިރު، ސައިކަލަށް އަރުވައިގެން ގެނައުމުގެ އިތުރަށް ގުޅުވައިދޭ ޤަރީނާއެއް ނެތުމުން ކުށް ސާބިތު ނުވާ ކަމަށް ކޯޓުން ނިންމިއެވެ.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ނިންމުން

ދަށުކޯޓުގެ ނިންމުން ބާޠިލު

ދަށުކޯޓުގެ ޙުކުމް ބާޠިލު (އިސްތިއުނާފުކުރި ފަރާތާ ގުޅޭ ބައި؛ ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށް ސާބިތުނުވި)

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

ދަށު ކޯޓުގައި ދެ މީހެއްގެ މައްޗަށް ކުރި ދަޢުވާއެއްގެ ޙުކުމް އޭގެ ތެރެއިން އެކަކު އިސްތިއުނާފުކުރުމުން ބަލާ ޤަޟިއްޔާއެއްގައި، ހައިކޯޓުން ވަކިގޮތެއް ކަނޑައަޅާނީ ހަމައެކަނި އިސްތިއުނާފުކުރި ފަރާތާއި ގުޅޭގޮތުން ދަށު ކޯޓުން ކުރައްވާފައިވާ ޙުކުމަށް އެކަންޏެވެ. (ޕެރ. 3.1)

ޑައިމޯފިން ޓްރެފިކްކުރުމަކީ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 103 ވަނަ މާއްދާގެ (ހ) ގެ ދަށުން ކުށެކެވެ. އެ ޤާނޫނުގެ 17 ވަނަ މާއްދާގެ ދަށުން "ޓްރެފިކްކުރުން" ކަމަށް ބެލެވޭނީ، ޕެޑްލަރަކަށް ނުވާމީހަކު 142 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަމުގެ ތެރެއިން ކަމެއް ފުރިހަމަވާގޮތަށް، ނުވަތަ ޕެޑްލަރަކަށްހުރެ އެ ކަންކަމުގެ ތެރެއިން 02 ކަމެއް ފުރިހަމަވާގޮތަށް މަސްތުވާތަކެތިން މުޢާމަލާތް ކުރުމެވެ. (ޕެރ. 3.2)

މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 144 ވަނަ މާއްދާގެ ދަށުން، އެކަކަށްވުރެ ގިނަ މީހުންނަށް އެނގިގެން، އެމީހުންގެ ރުހުމާއެކު، އޭގެތެރެއިން ވަކި މީހެއްގެ އަތުގައި މަސްތުވާތަކެތި ހުރެއްޖެނަމަ، އެއިން ކޮންމެ މީހެއްގެ އަތުގައިވެސް ވަކިވަކިން މަސްތުވާތަކެތި އެ ޢަދަދަށް ހުރީ ކަމުގައި ބެލެވޭނެއެވެ. (ޕެރ. 3.2)

ދަޢުވާގެ ޞީޣާއިން، މަސްތުވާތަކެތި ގެންދިއުމުގައި މުއްތަހަމު ހިމެނޭކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވާކަން ދޭހަވިނަމަވެސް، ތަޙްޤީޤުގައާއި ޝަރީޢަތުގެ މަރުޙަލާތަކުގައި އެފަދަ މަޢުލޫމާތެއް ލިބިފައިވާކަމަށް އެއްވެސް ފަރާތަކުން ބުނެފައި ނުވާނަމަ، މުއްތަހަމާއި ދަޢުވާގައި ބަޔާންކޮށްފައިވާ މަސްތުވާތަކެއްޗާއި ހުރި ގުޅުމަކީ ކޮބައިކަން ޝަރީޢަތުން ރަނގަޅަށް ސާފުކުރަންޖެހޭނެއެވެ. (ޕެރ. 3.3)

ހާދިސާ ހިނގި ދުވަހު މުއްތަހަމު ޢަމަލުކޮށްފައިވާގޮތުން، އެހެން މީހެއްގެ އަތުގައިހުރި ފޮށިގަނޑުން ފެނުނު މަސްތުވާތަކެއްޗާއި މުއްތަހަމާއި ގުޅުން ނެތްކަމަށް ބަލާނެ ސަބަބެއް ނެތްކަމަށް ނިންމައި، އެސަބަބަށްޓަކައި މުއްތަހަމުގެ މައްޗަށް ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށް ސާބިތުވާކަމަށް ކަނޑައެޅުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތަށް ކުރެވޭ ކަމެއް ނޫނެވެ. (ޕެރ. 3.3، ނިންމުން)

ފޮށިގަނޑު ބޭލި މީހާ މުއްތަހަމުގެ ސައިކަލްގެ ފަހަތަށް އަރުވައިގެން ބަނދަރަށް ގެނެސްދިންކަން ޝަރީޢަތަށް ސާބިތުވިޔަސް، ފޮށިގަނޑުގައިހުރި މަސްތުވާތަކެއްޗާއި މުއްތަހަމު ގުޅުވައިދޭ އިތުރު އެހެން އެއްވެސް ޤަރީނާއެއް ފެންނަން ނެތް ހާލުގައި، މުއްތަހަމާއި އެ މަސްތުވާތަކެއްޗާއި ގުޅުން އޮތްކަން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައެޅޭނެ ހަމައެއް ނެތެވެ. (ޕެރ. 3.3، ނިންމުން)

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 103 ވަނަ މާއްދާގެ (ހ)، (ށ) އަދި (ނ)
  • ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 17 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 18 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 135 ވަނަ މާއްދާގެ (ބ)
  • ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 142 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 144 ވަނަ މާއްދާ
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) (އިސްތިއުނާފުކުރި ފަރާތުން ފާހަގަކުރި)
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާ (އިސްތިއުނާފުކުރި ފަރާތުން ފާހަގަކުރި)

ފަނޑިޔާރުން

ބެންޗު
ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު ޝުޖާޢު ޢުޘްމާން
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

g ދިވެހިރާއްޖޭގެ ހައިކޯޓު ދިވެހިރާއްޖެ ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ  ޤަޟިއްޔާ ނަންބަރ: 2015/HC-A/391  އިސްތިއުނާފުކުރި ފަރާތް: * ނަން: އިބްރާހީމް މުޙައްމަދު * ދާއިމީ އެޑްރެސް : […] * އައިޑީ ކާޑު ނަންބަރ: * މިހާރުގެ އެޑްރެސް: […] * ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް * ދާއިމީ އެޑްރެސް : […] * އައިޑީ ކާޑު ނަންބަރ: - * މިހާރުގެ އެޑްރެސް: […] * ރަޖިސްޓްރީކުރެވުނު ތާރީޚް: 20 ޞަފަރު 7143 * ނިމުނު ތާރީޚް : 15 މުޙައްރަމް 9143 02 ޑިސެމްބަރ 2015 05 އޮކްޓޯބަރ 2017  އސްތިއުނާފުކުރެވުނި އަމުރު ނަންބަރު : 409/Cr-C/2012  ނިންމެވިކޯޓު : ކްރިމިނަލް ކޯ ޓީ  މައްސަލައިގެ ބާވަތް: ޑައިމޯފިން ޓްރެފިކްކުރުން  ހުށަހެޅި ތާރީޚް : 10 ޖުލައި 2012 * ނިމުނު ތާރީޚް : 30 އޯގަސްޓް 2015  މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު ފަނޑިޔާރާ ޝުޖާޢު ޢުޘްމާން )ރިޔާސަތު (  ދަޢުވާގެ ޚުލާޞާ: މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 409/Cr-C/2012 ޤަޟިއްޔާ އެކޯޓުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށްބުނެ ސ. ހިތަދޫ / ޢަބީރީގެ،އިބްރާހީމް މުޙައްމަދު ގ ފަރާތުން އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލާފައިވާ ޤަޟިއްޔާއެކެވަ.މި އިސްތިއުނާފީ ދަޢުވާ ރައްދުވާ ފަރާތކަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ .  ފާހަގަކުރެވުނު ނުކުތާތައް: 01- ކްރިމިނަލް ކޯޓުގެ ނަންބަރު 409/Cr-C/2012 ޤަޟިއްޔާ ގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ، 25 ޖެނުއަރީ 2012 ވަނަ ދުވަހު މާލެއިން ފުރައިގެން ސ. މަރަދޫއަށް ދިޔަ "ނަފާ" ނަމަކަށް ކިޔާ ބޯޓުން، އެރަށަށް މަސްތުވާތކެތަ ގެންދާކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބުމާ ގުޅިގެން، އެދުވަހު 16:30 ހާއިރު، މަޢުލޫމާތު ލިބުނު ފޮށިގަނޑާ ޙަވާލުވާން ދާމީހަކު ބެލުމަށްޓަކާ ފުލުހުން ބަނދަރު ސަރަހައްދަށް ގޮސް އެތަނުގަ މަޑުކޮށްގެން ތިއްބާ އެދުވަހުގެ 22:30 ހާއިރު، ސ. ހިތަދޫ / ހަވާސާ މުޙައްމަދު މަމްދޫދު އާއި ސ. ހިތަދޫ / ޢަބީރީގެ، އިބްރާހީމް މުޙައްމަދު،ސައިކަލެއްގަ އެސަރަހަށްދަށް ގޮސް، މުޙައްމަދު މަމްދޫދު ބޯޓުން ފޮށިގަނޑު ބާލައިގެން ސައިކަލަށް އރަން ދިޔަ ވަގުތް، ފުލުހުންގެ ބެލުމުގެ ދަށަށް މިދެމީހުން ގެންގޮސް، މުޙައްމަދު މަމް ދޫދިގެ އަތުގަ އ އޮތް ފޮށިގަނޑު ކަނޑައި ބަލާފާސްކުރިއިރު، އެފޮށިގަނޑުގެ ތެރޭގައި އޮތް ޑީ. ވީ. ޑީ ކަވަރެއްގެ ތެރެއިން ފެނުނު 44 )ސާޅީސް ހަތަރެއް ( ރަބަރު ޕެކެޓުގއަ ޖުމުލަ 86.4006 ގުރާމު ޑައިމޯފިން )ހެރޮއިން ( ހުރިކަމަށް އެތަކެތީގެ ތޙުލީލަ ރިޕޯޓުން ދައްކާތީ، ޤާނޫނު ނަންބަރު 17/2011 )މަސްތުވާތަކެއްޗާބެހޭ ޤާނޫނު ( ގެ 103 ވަނަ މާއްދާގެ )ހ( އާ ޙަވާލާދީ އެމާއްދާގެ )ނ( ގެ ދަށުން މުޙައްމަދު މަމްދދ އާއި އިބްރާހީމް މުޙައްމަދުގެ މައްޗަށް، ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ކުރުމުން ބައްލަވާ ފައިވާ ޤަޟިއްޔާއެއްކަމާއި، އެމައްސަލަ ބައްލަވައި ކުރައްވާފައިވާ ޙުކުމުގައި، "ދެންފަހެ، ސ. ހިތަދޫ / ހަވާސާ، މުޙައްމަދު މަމްދޫދާ، ސ.ހިތަދޫ/ ޢަބީރީގެ، އިބްރާހީމް މުޙައްމަދުގެ މައްޗަށް ދައުލަތުގެ ފަރާތުން ދަޢުވާކުރި، ޑައިމޯފިން ޓުރެފިކުކުރުމުގެ ކުށުގެ މައްސަލަ ޝަރީޢަތުން ބެލިބެލުމުން، 2012 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހު މާލެއިން ފުރައިގެން ސ.އަތޮޅު މަރަދޫއަށް ދިޔަ "ނަފާ " ބޯޓުން ސ.އަތޮޅު މަރަދޫއަށް މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންނަށް ލިބުނު މޢުލޫމަ ތަކާ ގުޅިގެން، އެރަށަށް މަސްތުވާތަކެތި އެތެރެކުރާ ބަޔަކު ހޯދުމަށްޓަކައި ސ.މަރަދޫ ބަނދަރުގައި ފުލުހުން ތިއްބާ، އެދުވަހުގެ 22:30 ހާއިރު މުޙައްމަދު މަމްދޫދާއި އިބްރާހީމް މުޙައްމަދު އެބޯޓު ކައިރިއަށް ގޮސް، އެބޯޓުން ފޮށިގަނޑެއް ބާލާއިގެން ދާން އުޅުމުން، ފުލުހުންގެ ބެލުމުގެ ދަށަށް އެމީހުން ގެންގޮސް، އެދެމީހުން ބައިވެރިވެގެން ހިފައިގެން ދާން އުޅުނު ފޮށިގަނޑު ބަލާފާސްކުރިއިރު، އެފޮށިގަނޑު ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެހި ފެނުނުކަން ހެކިންގެ ހެކިބަހުން ސާބިތުވާތީއާ، އެފޮށިގަނޑު ތެރޭގަ ހުރި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ތަކެތީގެ ތެރެއިން ޑީ. ވީ. ޑީ ކަވަރު ތެރޭގައި ހުރި ތަކެތީގަ 86.4006 ގުރާމު ޑައިމޯފިން )ހެރޮއިން ( ހުރިކަން އެތަކެތީގެ ތަޙުލީލު ރިޕޯޓުން އެނގެން އޮންނާތީއާއި، އެދުވަހު މުޙައްމަދު މަމްދޫދާއި އިބްރާހީމް މުޙައްމަދު ޢަމަލުކޮށްފައިވާ ގޮތަށް ބަލާއިރު، ފެނުނު މަސްތުވާތަކެއްޗަކީ އެދެމީހުންގެ ތަކެތި ނޫންކަމަށް ބެލެވޭނެ އެއްވެސް ސަބަބެއް ނެތުމުން، ޤާނޫނު ނަންބަރު 17/2011 )މަސްތުވާތަކެއްޗާބެހޭ ޤާނޫނު( ގެ 103 ވަނަ މާއްދާގެ )ހ( އާ ޙަވާލާދީ، ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުން މުޙައްމަދު މަމާދޫދާ، އިބްރާހީމް މުޙައްމަދު ކުށްވެރިވާކަމަށް ކަނޑައަޅާ، މިކުށުގެ ޢޤޫބާތެއްގު ގޮތުން، ބުނެވިދިޔަ ޤާނޫނުގެ 103 ވަނަ މާއްދާގެ )ނ( ގެ ދަށުން މުޙައްމަދު މަމްދޫދާ، އިބްރާހީމް މުޙައްމަދާ ދެމީހުންކުރެ ކޮންމެ މީހަކު 100,000/- )އެއްލައްކަ( ރުފިޔާއިން ޖޫރިމަނާކުރުމާ އެކު ޢުމުރަށް ޖަލަށްލުމަށް ޙުކުމްކޮށް، މި ޖޫރިމަނާގެ ފައިސާ މިއަދުން ފެށިގެން 01 )އެކެއ( މަސް ދުވަހުގެ ތެރޭގައި ކުރިމިނަލް ކޯޓަށް ދެއްކުމަށް މުޙައްމަދު މަމްދޫދަށާ، އިބްރާހީމް މުޙައްމަދަށް އަންގައި، މިޤަޟިއްޔާ ނިންމީއެވެ. " މިފަދައިންކަން ފާހަގަކުރެއެވެ . 02- އިސްވެ ބަޔާންކުރެވުނު ގޮތުގެ މަތީންކްރިމިނަލް ކޯޓުގެ ނަންބަރ 409/Cr-C/2012 ޤަޟިއްޔާ ގެ ޙުކުމްކުރުމާއި ގުޅިގެން ސ. ހިތަދޫ / ޢަބީރީގެ، އިބްރާހީމް މުޙައްމަދު ގެ ފަރާތުން އެމައްސަލަ އިސްތިއުނާފުކުރަމުން، އަންނަނިވި ނުކުތާތައް ފާހަގަކޮށް އެނުކުތާތަކާއި މެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ . * ފުރަތަމަ ނުކުތާއަކީ:ކުށުގެ ތާހު މަތުގައިވާމީހާ ހިފާހައްޔަރުކުރުމުގައި ޤާނޫނުގައި ކަނޑައަޅާފައިވާ ހަމަތަކާއި އިޖުރިއާތތަކާއި ޚިލާފަށް އިބްރާހީމް މުޙައްމަދު ހައްޔަރުކޮށްފައިވަނކޮށް އެކަމަށް ރިޢާޔަތް ނުކުރައްވައި ކްރިމިނަލް ކޯޓުގެ ނަންބަރ 409/Cr-C/2012 ޤާޟިއްޔާނިންމާފައިވކަމަށ ބުނެ ހުށަހަޅާފައިވާ ނުކުތާއެވެ . * ދެވަނަ ނުކުތާއަކީ: ޤާނޫނުއަސާސީގެ 52 ވަނަ މާއްދާއާއި ޚިލާފަށް ހެކި ހޯދާ ފައިވަނިކޮށް އެކަމަށް ރިޢާޔަތނުކުރައްވައް ކްރިމިނަލް ކޯޓުގެ ނަންބަރު 409/Cr-C/2012 ޤަޟިއްޔާ ނިންމަވާފައިވާކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާއެވެ . * ތިން ވަނަ ނުކުތާއަކީ:އެކަށީގެންވާ މިންވަރަށް ދައުލަތުން ހެކި ދެއްކިފައިނުވުމާއި މިމައްސަލާގައި ޝައްކު އުފެދޭ ގިނަ ކަންތައްތަކެއް ވުޖޫދުވެ ފެންނަން ހުރުމއެކުވެސް އެކަންކަމަށް ރިޢާޔަތް ނުކުރައްވާ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ )އ( އާއި ޚިލާފަށް މައްސަލަ ނިންމަވާފައިވކަމަށްބުނާ ފާހަގަކޮށްފައިވާ ނުކުތާއެވެ . 03- ކްރިމިނަލް ކޯޓުގެ ނަންބަރު 409/Cr-C/2012 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓަށާއި، އެ ޤަޟިއްޔާނިމުނުގޮތާ މެދު ހިތްހަމަ ނުޖެހޭކަމަށްބުނެ ސ. ހިތަދޫ / ޢަބީރީގެ، އިބްރާހީމް މުޙައްމަދު ގެ ފަރާތުން އިސްތިއުނާފް ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކައަށާއި، މައްސަލައާއި ގުޅުންހުރި އެންމެހައި ލިއުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ޝަރީޢަތަށް ފާހަގަކުރެވެއެވެ .

3.1 ފުރަތަމަ ކަމަކީ: ކްރިމިނަލް ކޯޓުގެ ނަންބަރު 409/Cr-C/2012 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބަލާއިރު، އެޤަޟިއްޔާގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ޑައިމޯފިން ޓްރެފިކް ކުރުމުގެ ދަޢުވާ ކޮށްފައިވަނީ ދެ މީހެއްގެ މައްޗަށް ކަމާއި، އެއީ ސ.ހިތަދޫ / ހަވާސާ، މުޙައްމަދު މަމްދޫދު )ދ.ރ.ކާޑު ނަންބަރު :( އާއި، ސ.ހިތަދޫ / ޢަބީރީގެ، އިބްރާހީމް މުޙައްމަދު )ދ.ރ.ކާޑު ނަންބަރު : […]( އާއި މި ދެމީހުންގެ މައްޗަށް ކަމާއި، ކްރިމިނަލް ކޯޓުގެ ނަންބަރު 409/Cr-C/2012 ޤަޟިއްޔާގެ ޙުކުމަށް ބަލާއިރު، މި ދެމީހުންގެ މައްޗަށްވެސް ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅުއްވާ، މި ދެމީހުންކުރެ ކޮންމެ މީހަކުވެސް -/000'100ރ).އެއްލައްކަ ރުފިޔާ ( އނި ޖޫރިމަނާކުރުމާއެކު، ޢުމުރަށް ޖަލަށްލުމަށް ޙުކުމް ކުރައްވާފައިވާކަމާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ މިޤަޟިއްޔާއަކީ، މީގެތެރެއިންސ. ހިތަދޫ / ޢަބީރީގެ، އިބްރާހީމް މުޙައްމަދ، ކްރިމިނަލް ކޯޓުގެ ނަންބަރު 409/Cr-C/2012 ޤަޟިއްޔާ މިކޯޓުގައި އިސްތިއުނާފު ކުރުމުން ބަލާފައިވާ ޤަޟިއްޔާއެއްކަމާއި، އެހެންކަމުން މިޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ވަކިގޮތެއް ކަނޑައަޅާފައިވާނީ ހަމައެކަނި، ސ. ހިތަދޫ / ޢަބީރީގެ، އިބްރާހީމް މުޙައްމަދ އާއި ގުޅޭގޮތުން ކްރިމިނަލް ކޯޓުގެ ނަންބަރު 409/Cr-C/2012 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް އެކަނިކަން ފާހަގަކުރަމެވެ .

3.2- ދެވަނަ ކަމަކީ: ކްރިމިނަލް ކޯޓުގެ ނަންބަރު 409/Cr-C/2012 ޤަޟިއްޔާގައި ޤާނޫނު ނަންބަރު : 2011/17 )މަސްތުވާތަކެއްޗާބެހޭ ޤާނޫނު ( ގެ ދަށުންޕްރޮސިކިއުޓަރ ޖެނެރލްގަ އޮފީހުގެ ފަރާތުން ކޮށްފައިވާ ދަޢުވާއަކީ، ޑައިމޯފިން ޓްރެފިކްކުރުމުގެ ދަޢުވާކަމުގައިވާތީ، ޓްރެފިކްކުރމަކ އެޤާނޫނުގެ ދަށުން ތަޖްރީމް ކުރެވޭ ޢަމަލެއްތޯއާއި، އެޤާނޫނުގެ ދަށުން ޓްރެފިކްކުރުންކަމުގައި ބެލެވޭ ޙާލަތްތަކަކީ ކޮބައިތޯ ބަލާއިރު، ޑައިމޯފިން ޓްރެފިކްކުރުމަކީ ކުށެއްކަމަށް އެ ޤާނޫނު ގެ 103 ވަނަ މާއްދާގެ )ހ( ގައި ބަޔާންކޮށްފައިވާކަމާއި، އަދި އެކުށުގެ އަދަބަކީ، ޢުމުރަށް ޖަލަށްލުމާއެކު، -/000'100ރ).އެއްލައްކަ ރުފިޔާ ( އިން ފެށިގެން -/000'000'10ރ).ދިހަމިލިއަން ރުފިޔާ( އާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރުމުންކަމުގައި އެމާއްދާގެ )ށ( ގައި ބަޔާންކޮށްފައިވާކަން ފާހަ ގަކުރެވޭކަމާއި، އަދި "ޓްރެފިކްކުރުން" ކަމަށް ބުނެފައިވަނީ، ޕޑެ ލަރަކަށް ނުވާމީހަކު، އެޤާނޫނުގެ 142 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަމުގެ ތެރެއިން ކަމެއް ފުރިހަމަވާގޮތަށް މަސްތުވާތަކެތިން މުޢާމަލާތް ކުރުމަށް، ނުވަތަ ޕެޑްލަރަކަށްހުރ، އެޤާނޫނުގެ 142 ވަނަ މާއދާގައް ބަޔާންކުރާ ކަންކަމުގެ ތެރެއިން 02 )ދެއެއް ( ކަމެއް ފުރިހަމަވާގޮތަށް މަސްތުވާތަކެތިން މުޢާމަލާތް ކުރުމަށްކަމަށް އެޤާނޫނުގެ 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމާއި، އަދި މީގެއިތުރުން "ޓްރެފިކްކުރާ މީހާ " ކަމަށް ބުނެފައިވަނީ، ޓްރެފިކްކުރުން ކަމަށް ބެލެވޭނެ ޢަމަލެއްކަމުގައި އެޤާނޫނުގައި ބަޔާންކޮށްފައިވާ ޢަމަލުތަކުގެ ތެރެއިން ޢަމަލެއް ކުރުމާއެކު، މަސްތުވާތަކެތިން މުޢާމަލާތްކުރާ މީހާއަށް ނުވަތަ ޕެޑްލަރަކަށްހުރެ، ޓްރެފިކްކުރުންކަމަށް ބެލެވޭނެ ޢަމަލެއްކަމުގައި އެ ޤާނޫނުގައި ބަޔާންކޮށްފައިވާ ޢަމަލުތަކުގެ ތެރެއިން 02 )ދެއެއް ( ކަމެއް ކުރާ މީހާއަށްކަން، އެ ޤާނޫނުގެ 18 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމާއި، މީގެއިތުރުން އެޤާނޫނުގެ 142 ވަނަ މާއްދާއަށް ބަލާއިރު، އެމާއްދާގައި، "މި ޤާނޫނުގައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާހާ ހިނދަކު، މަސްތުވާތަކެތިން މުޢާމަލާތްކުރާ މީހަކު، އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް ކޮށްފިކަން ސާބިތުކުރެވޭނަމަ، އޭނާއަކީ މަސްތުވާތަކެތި ޓްރެފިކްކުރާ މީހެއްކަމަށް ބެލެވޭނެއެވެ ". މިފަދައިން ބަޔާންކޮށް، ޖުމްލަ 11 )އެގާރަ ( ކަމެއް ބަޔާންކޮށްފައިވާކަމާއި، އަދި މީގެއިތުރުންވެސް އެޤާނޫނުގެ 144 ވަނަ މާއްދާގައި، އެކަކަކަށްވުރެ ގިނަ މީހުންނަށް އެނގިގެން، އެމީހުންގެ ރުހުމާއެކު، އޭގެތެރެއިން ވަކި މީހެއްގެ އަތުގައި މަސްތުވާތަކެތި ހުރެއްޖެނަމަ، އެއިން ކޮންމެ މީހެއްގެ އަތުގައިވެސް ވަކިވަކިން މަސްތުވާތަކެތި އެ ޢަދަދަށް ހުރީ ކަމުގައި ބެލެވޭނެކަމަށް ބަޔާން ކޮށްފައިވާކަމާއި، އަދި އެ ޤާނޫނުގެ 135 ވަނަ މާއްދާގެ )ބ( ގައި، މަސްތުވާތަކެއްޗަށް ދެވިހިފާފައިނުވާ މީހެއްގެ އަތުގައި 04 )ހަތަރެއް ( ގްރާމަށްވުރެ ގިނަ ޢަދަދަކަށް ޑައިމޯފިން ހުރެއްޖެނަމަ، އެ އެއްޗެއް އޭނާގެ އަތުގައި އެހުރީ، އެ އެއްޗެއް ޓްރެފިކްކުރުމަށް ކަމުގައި ބެލެވޭނެކަމަށް ބަޔާންކޮށްފައިވާކަން ފާހަގަކުރެވެއެވެ .

3.3- ތިންވަނަ ކަމަކީ: ކްރިމިނަލް ކޯޓުގެ ނަންބަރު 409/Cr-C/2012 ޤަޟިއްޔާގައި ޕްރޮސިކިއުޓަރ ޖެނެރަލްގެއޮފީހުގެ ފަރާތުން ކޮށްފައިވާ ދަޢުވގާ ޞީޣާއަށާއި، އެދަޢުވއާ އ ގުޅިގެން ދައުލަތުން ހުށަހަޅާފައިވާ ހެކީން، މައްސަލާގެ ތަޙްޤީޤަށް ދީފައިވާ ބަޔާންތަކަށާއި، ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ހެކިބަސް އަދާކުރުމުގެ ގޮތުން ދީފައިވާ ބަޔާންތަކަށާއި، މައްސަލާގައި ހިމެނޭ ފަރާތްތަކުން ދީފައިވާ އެންމެހައި ބަޔާންތަކަށް، ޤާނޫނު ނަންބަރު : 2011/17 )މަސްތުވާތަކެއްޗާބެހޭ ޤާނޫނު ( އިން ފާހަގަކުރެވިފައިވާ އިސްވެ ބަޔާންކުރެވުނު މާއްދާތަކުގެ ޢަލީގައި ތަޠްބީޤީ ނަޒަރަކުން ބަލާއިރު، ކްރިމިނަލް ކޯޓުގެ ނަންބަރު 409/Cr-C/2012 ޤަޟިއްޔާގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ކުރި ދަޢުވާ ހުށަހަޅަމުން، އެ އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓަރ މުޙައްމަދު މިޞްބާޙު، 2015 ވަނަ އަހަރުގެ މާރޗް މަހުގެ 08 ދުވަހު ދީފައިވާ ބަޔާނުގައި، "ދައުލަތުން ސ.ހިތަދޫ / ހަވާސާ، މުޙައްމަދު މަމްދޫދުއާއި، ސ.ހިތަދޫ / ޢަބީރީގެ، އިބްރާހީމް މުޙައްމަދުގެ މައްޗަށް ކުރާ ދަޢުވާއަކީ، މުޙައްމަދު މަމްދޫދުއާއި، އިބްރާހީމް މުޙައްމަދު، 25 ޖެނުއަރީ 2012 ވަނަ ދުވަހު، މާލެއިން ފުރައިގެން ސ.މަރަދޫ އަށް ދިޔަ ނަފާ ބޯޓުން މަސްތުވާތަކެތި އެރަށަށް ގެންދާކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބުމާއިގުޅިގެން "..، މިފަދައިން ދަޢުވާގެ ޞީޣާ އެކުލަވާފއިވުމުން، 25 ޖެނުއަރީ 2012 ވަނަ ދުވަހު، މާލެއިން ފުރައިގެން ސ.މަރަދޫ އަށް ދިޔަ ނަފާ ބޯޓުން މަސްތުވާތަކެތި އެރަށަށް ގެންދާކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވާއިރު، އެމަޢުލޫމާތާއެކު އެތަކެތި އެބޯޓުން ގެންދިއުމުގައި މުޙައްމަދު މަމްދޫދ އާއިއިބްރާހީމް މުޙައްމަދ ހިމެނޭ ކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވާކަން، އެދަޢުވާގެ ޞީޣާއިން ދޭހަވެގެންދާކަމާއި، ނަމަވެސް މައްސަލާގެ ތަޙްޤީޤުގައާއި ފުރަތަމަ މަރުޙަލާގެ ޝަރީޢަތުގެ މަޖިލީސްތަކުގައާއި، އިސްތިއުނާފުގެ މަރުޙަލާގައި މައްސަލާގައި ހިމެނޭ އެންމެހައި ފަރާތްތަކުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، 25 ޖެނުއަރީ 2012 ވަނަ ދުވަހު، މާލެއިން ފުރައިގެން ސ.މަރަދޫ އަށް ދިޔަ ނަފާ ބޯޓުން މަސްތުވާތަކެތި އެރަށަށް ގެންދާކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވިޔަސް، އެމަޢުލޫމާތާއެކު އެތަކެތި އެބޯޓުން ގެންދިޔުމުގައިމުޙައްމދު މަމްދޫދ އާއިއިބްރާހީމް މުޙައްމަދު ގެ އެއްވެސް ދައުރެއވާކަމުގެ އެއްވެސް މަޢުލޫމާތެއް އޭރުލިބިފައިވާކަން އެގޭކަމކށްމައްސަލާގައި ހިމެނޭ އެއްވެސ ފަރާތަކުން ބުނެފައި ނުވާކަމާއި، އެހެންކަމުން ކްރިމިނަލް ކޯޓުގެ ނަންބަރު 409/Cr-C/2012 ޤަޟިއްޔާ އިސްތިއުނާފު ކޮށްފައިމިވާ އިބްރާހީމް މުޙައްމަދުއާއި އެޤަޟިއްޔާގައި ޕްރޮސިކިއުޓަރ ޖެނެރަލްގުއޮފީހުގެ ފަރާތުން ކުރި ދަޢުވާގައި ބަޔާންކޮށްފައިވާ މަސްތުވާތަކެއްޗާއި ހުރި ގުޅުމަކީ ކޮބައިކަން ޝަރީޢަތުން ރަނގަޅަށް ސާފުކުރަންޖެހޭކަމާއި، އެގޮތުން އިބްރާހީމް މުޙައްމަދު އާއި ބަޔާންކުރެވުނު މަސްތުވާތަކެއްޗާއި ހުރި ގުޅުމަކީ ކޮބައިކަން ޝަރީޢަތަށް ސާފުކޮށްދިނުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ މިޤަޟިއްޔާގައި ޝަރީޢަތުގެ ފަރާތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓަރުންނަށް ސުވާލުކުރިމަތިކުރުމުން، އެސުވާލުގެ ޖަވާބު ދެމުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކައަށް ބަލާއިރު، 25 ޖެނުއަރީ 2012 ވަނަ ދުވަހު، މާލެއިން ފުރައިގެން ސ.މަރަދޫ އަށް ދިޔަ ނަފާ ބޯޓުން މަސްތުވާތަކެތި އަޅާފައިހުރި ފޮށިގަނޑެއް ގެންގޮސްފައިވާއިރު، އެފޮށިގަނޑު އެބޯޓަށް އެރުވުމުގައި ޙަރަކތްތެރިވި އެއްވެސް ފަރާތެއްގެ މަޢުލޫމާތެއް، އަދި ސ.މަރަދޫ އިން އެފޮށިގަނޑާ ޙަވާލުވާން އަންނާނެ ފަރާތަކާބެހޭ މަޢުލޫމާތެއް ފުލުހުންނަށް ލިބިފައިނުވާކަމަށާއި، އެހެންކަމުން އެފޮށިގަޑާ ޙަވާލުވާން އަންނަ ފަރާތެއް ބެލުމަށްޓަކައި ފުލުހުން އެސަރަޙައްދުގައި އެދުވަހުގެ 16:30 އިން ފެށިގެންއޮޕަރޭޝަނެއް ހިންގާފައިވކަމަށާއ، އެގޮތުން އެރޭގެ 22:30 ހާއިރު ސ.މަރަދޫ ބަނދަރު ސަރަހައްދަށް ސައިކަލެއްގައި ދެ މީހަކު އައިކަމަށާއި، އެއީ ކްރިމިނަލް ކޯޓުގެ ނަންބަރު 409/Cr-C/2012 ޤަޟިއްޔާގައި ދަޢުވާ ރައްދުވި މުޙައްމަދު މަމްދޫދ އާއި އިބްރާހީމް މުޙައްމަދު ކަމަށާއި، އިބްރާހީމް މުޙައްމަދު އިނީ ސައިކަލް ދުއްވަންކަމަށާއި، މުޙައްމަދު މަމްދޫދ އިނީ ސައިކަލްގެ ފަހަތުގައި ކަމަށާއި، ބަނދަރު ސަރަހައްދަށް އެސައިކަލް އައިސް މަޑުކުރުމަށްފަހު، ސައިކަލުގެ ފަހަތުގައި އިން މީހާ )މުޙައްމަދު މަމްދޫދު( ސައިކަލުން ފައިބައިގެން ގޮސް، ބޯޓުން ފޮށިގަނޑަކީ ޙަވާލުވެ، ފޮށިގަނޑު ހިފައިގެން ސައިކަލަށް އަރަށް ދަނިކޮށް، ފުލުހުން އެދެމީހުން ހިފެހެއްޓީ ކަމަށާއި، އަދި އެވަގުތު އެދެމީހުންވެސް ފިލަން މަސައްކަތް ކުރްކަމަށި ޕްރޮސިކިއުޓަރ ޖެނެރަލީގެއޮފހގެ ފަރާތުންބުނެފައިވކަން ފާހަގަކުރެވޭތީ، މައްސަލާގެ ތަޙްޤީޤު އާއި ޝަރީޢަތުގެ މަރުޙަލާތަކުގައި އިބްރާހީމް މުޙައްމަދު ދައްކާފައިވާ ވާހަކައަށް ބަލާއިރު، 2012 ޖެނުއަރީ 25 ވަނަ ދުވަހުގެ 21:30 ހާއިރު އޭނާ ސ.ހިތަދޫ އިން ސ.ފޭދޫ އަށް ދިޔަ މަގުމަތީގައި، ކޮންމެވެސް ވަރަކަށް ދަންނަ ވަނަމަކަށް "ކޮންޕި " ކިޔާ ކުއްޖަކު )ތަޙްޤީޤުން އެނގުނު ގޮތުގައި ސ.ހިތަދޫ / ހަވާސާ، މުޙައްމަދު މަމްދޫދ( އޭނާއަށް ގޮވާލާފައި، ސ.މަރަދޫ ބަނދަރަށް ގެންގޮސްދިނުމަށް އެދުމުން ސައިކަލްގެ ފަހަތަށް އޭނާ އަރުވައިގެން ސ.މަރަދޫ ބަނދަރަށް އައިސް އޭނާ ބޭލުމަށްފަހު،އެތަނުނ ދާން އުޅެނިކޮށް ފުލުހުން އެތަނަށް އައިސް އެމީހުންގެ ބެލުމުގެ ދަށަށްމުޙައްމަދު މަމްދޫދުއާއި އިބްރާހީމް މުޙައްމަދ ގެންދިޔައީ ކަމަށް ބުނެފައިވކަނާ ފާހަގަކުރެވޭ ކަމާއި، ހަމައެފަދައިން މައްސަލާގެ ތަޙްޤީޤުގައާއި ޝަރީޢަތުގެ މަރުޙަލާތަކުގައި މުޙައްމަދު މަމްދޫދު ދައްކާފައިވާ ވާހަކައަށް ބަލާއިރު، އޭނާ މަސްބާނަން ދާން ބޭނުންވެގެން ސ.މަރަދޫ ބަނދަރު ސަރަޙައްދަށް ދާންވެގެން މަގުމަތީގައި ހުއްޓާ، ސައިކަލެއްގައި މީހަކު )އިބްރާހީމް މުޙައްމަދ( އަންނަތަން ފެނިގެން އޭނާ ދަންނަ މީހެއްކަމަށް ހީކޮށް، އޭނާ އަށް ގޮވައި ސައިކަލް މަޑުކުރުވުމަށްފަހު ބަނދަރު ސަރަޙައްދަށް ގެންގޮސް ދެވިދާނެތޯ އަހައި އޭނާގެ ސައިކަލްގެ ފަހަތަށް އެރުމުން، ދުއްވާފައި އައިސް ބަނދަރު ސަރަޙައްދަށް މަޑުކޮށް އޭނާ ބޭލުމަށްފަހު އެމީހާ ދިޔައީކަމަށާއި، އެމީހާއަކީ ދަންނަ މީހެއްކަމުގައި ކުރިން ހީކުރެވުނަސް އެއީދަންނަ މީހެއް ނޫންކަމަށް މުޙައްމަދު މަމްދޫދު ވެސްބުނެފައިވާތީ، އިބްރާހީމް މުޙައްމަދ އާއި އެފޮށިގަނޑުގައި ހުރިކަމަށްބުނާ މަސްތުވާތަކެއްޗާއި ހުރި ގުޅުމަކީ ކޮބައިކަން އިތުރަށް ސާފުކުރުމުގެ ގޮތުންޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން މިކޯޓަށް ހާޒިރުވި ޕަބްލިކް ޕްރޮސިކިއުޓަރުންނާ ކުރެވުނު އިތުރު ސުވާލުތަކުގެ ޖަވާބުގައި، ހާދިސާ އާއި ގުޅިގެން ހިންގުނު ތަޙްޤީޤު މަރުޙަލާގައި މުޙައްމަދު މަމްދޫދު އާއި އިބްރާހީމް މުޙައްމަދުއާއި ދެމީހުންގެ އޮތް ގުޅުމެއް ބެލުމުގެ ގޮތުން އެދެމީހުންގެ ފޯނުކޯލްސް ރިކޯޑިންގސް ހޯދާފައިނުވާކަމަށާއި، އިބްރާހީމް މުޙައްމަދކީ މަސްތުވާތަކެތީގެ ނުވަތަ އެހެން ބާވަތެއްގެވެސް ކުށުގެ ރިކޯޑެއް އޮތްކަމަށް ރިކޯޑު ކުރެވިފައިވާ މީހެއް ނޫންކަމަށާއި، ޙާދިސާ އާއި ގުޅިގެން އިބްރާހީމް މުޙައްމަދުބަލާ ފާސްކުރުމުންވެސް އެބާވަތުގެ އެއްޗެއް އޭނާއަތުން ފެނިފައިވާކަން އެނގެން ނެތްކަމަށާއި، އަދި ހާދިސާ ހިނގިދުވަހު ފުލުހުން އިބްރާހީމް މުޙައްމަދުއާއި މުޙައްމަދު މަމްދޫދ ހައްޔަރުކުރަން އުޅުމުންއިބްރާހީމް މުޙައްމަދވެސް ފިލަން މަސައްކަތްކުރިކަމަށް ސީނަށް ދިޔަ ފުލުހުންގެ ބަޔާންތަކުގައި ބުނެފައިވިޔަސް، ފިލަން މަސައްކަތް ކުރުމުގެ ގޮތުން އިބްރާހީމް މުޙައްމަދު ކުރިކަމެއް ސާފުވާން ނެތްކަމަށާއި، އަދި މީގެ އިތުރުން މިމައްސަލައާއި ގުޅިގެން އެފޮށިގަނޑު މާލެއިން ގެނައި ބޯޓުގެ ކެޕްޓަނުގެ ނުވަތަ އެބޯޓުގެ ފަޅުވެރިއެއްގެ ވިޔަސް ބަޔާނެއް ނަގައި އިބްރާހީމް މުޙައްމަދްއާއި މަސްތުވާ ތަކެތި ހުރި ފޮށިގަނޑާއި ގުޅުން އޮތ މިންވަރު ދެނެގަތުމަށް މަސައްކަތް ކުރެވިފައިނުވާކަމަށް ޕްރޮސިކިއުޓަރ ޖެނެރަލެގެ އޮފީހުގެ ފަރާތުން އެއްބަސްވެފައިވާކަން ފާހަގަކުރވޭކަމެވެ . ވީމާ، އިސްވެ ފާހަގަކުރެވުނު އެންމެހައި ނުކުތާތަކުގައި ބަޔާންކުރެވުނު ކަންތައްތަކަށް ބަލާއިރު، ކްރިމިނަލް ކޯޓުގެ ނަންބަރު 409/Cr-C/2012 ޤަޟިއްޔާގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ސ.ހިތަދޫ / ހަވާސާ، މުޙައްމަދު މަމްދޫދު ގެ މައްޗަށާއި، ސ.ހިތަދޫ / ޢަބީރީގެ އިބްރާހީމް މުޙައްމަދުގެ މައްޗަށް ކޮށްފައިވާ ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ ބައްލަވައި، ހާދިސާ ހިނގި ދުވަހު އިބްރާހީމް މުޙައްމަދު ޢަމަލު ކޮށްފައިވާގޮތުން، މުޙައްމަދު މަމްދޫދު އަތުގައިހުރި ފޮށިގަނޑުން ފެނުނު މަސްތުވާތަކެއްޗާއި އިބްރާހީމް މުޙައްމަދުއާއި ގުޅުން ނެތްކަމަށް ބަލާނެ ސަބަބެއް ނެތްކަމަށް ނިންމަވައި، އެސަބަބަށުޓަކައި އިބްރާހީމް މުޙައްމަދުގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅުއްވާފައިވަނީ، ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތަށްކަމަށް މިޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންނަށް ފެނިފައިނުވާތީ، ކްރިމިނަލް ކޯޓުގެ ނަންބަރ 409/Cr-C/2012 ޤަޟިއްޔާގައި ސ.ހިތަދޫ / ޢަބީރީގެ އިބްރާހީމް މުޙައްމަދުގެ މައްޗަށް ކުރައްވާފައިވާ ޙުކުމަށް ބަދަލުގެންނަންޖެހޭކަމަށް ކަނޑައަޅައި، ސ.ހިތަދޫ / ހަވާސާ، މުޙައްމަދު މަމްދޫދު އާއި މަގުމަތިން ދިމާވެގެން، އޭނާ ސ.މަރަދޫ ބަދަރަށް ގެންގޮސް ދިނުމަށުއެދުމުން އިބްރާހީމް މުޙައްމަދުގެ ސައިކަލްގެ ފަހަތަށްމުޙައްމަދު މަމްދޫދ އަރުވައިގެން ސ.މަރަދޫ ބަދަރަށް ގެނެސް ދިންކަން ޝަރީޢަތަށް ސާބިތުވިޔަސް، ސ.މަރަދޫ ބަދަރުގައި އޮތް "ނަފީ" ބޯޓުން މުޙައްމަދު މަމްދޫދ ބޭލިކަމަށްބުނާ ފޮށިގަނޑުގައިހުރި މަސްތުވާތަކެއްޗާއި އިބްރާހީމް މުޙައްމަދު އާއި ގުޅުވައިދޭ އިތުރު އެހެން އެއްވެސް ޤަރީނާއެއް ފެންނަން ނެތް ހާލުގައި އިބްރާހީމް މުޙައްމަދުއާއި އެ މަސްތުވާތަކެއްޗާއި ގުޅުނއޮތްކަން އެކަށީގެންވާ ޝައްކެތްނެތް މިންވަރަށް ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައެޅޭނެ ހަމައެއް ނެތްކަމަށް މިޤަޟިއްޔާބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ހުރިހާ ފަނޑިޔާރުންނަށްވެސް އިއްތިފާޤު ވެވިފައިވާކަން ފާހަގަކުރެވެއެވެ .  ޙުކުމް: ދެންފަހެ، ކްރިމިނަލް ކޯޓުގެ ނަންބަރު 409/Cr-C/2012 ޤަޟިއްޔާގައި ސ. ހިތަދޫ / ހަވާސާ، މުޙައްމަދު މަމްދޫދު އާއި، ސ.ހިތަދޫ / ޢަބީރީގެ، އިބްރާހީމް މުޙައްމަދުގެ މައްޗަށް ދައުލަތުގެ ފަރާތުން ކުރި ޑައިމޯފިން ޓުރެފިކުކުރުމުގެ ކުށުގެދަޢުވާ ޝަރީޢަތުން ބައްލަވައި، 2012 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހު މާލެއިން ފުރައިގެން ސ.އަތޮޅު މަރަދޫއަށް ދިޔަ "ނަފާ " ބޯޓުން ސ.އަތޮޅު މަރަދޫއަށް މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން، ފުލުހުން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކުރި ސ.ހިތަދޫ / ޢަބީރީގެ، އިބްރާހީމް މުޙައްމަދު އާއި އެ ހާދިސާ ގައި އަތުލައިގަނެވުނު މަސްތުވާތަކެއްޗާއި ގުޅުންއޮތްކަން އެކަށީގެންވާ ޝައްކެތް ނެތްމިންވރަށް ޝަރީޢަތަށް ސާބިތު ނުވާކަމަށް ކަނޑައަޅައި، ކްރިމިނަލް ކޯޓުގެ ނަންބަރު 409/Cr-C/2012 ޤަޟިއްޔާގައި ޤާނޫނު ނަންބަރު 17/2011 )މަސްތުވާތަކެއްޗާބެހޭ ޤާނޫނު ( ގެ 103 ވަނަ މާއްދާގެ )ހ( އާ ޙަވާލާދީ،ސ.ހިތަދޫ / ޢަބީރީގެ އިބްރާހީމް މުޙައްމަދ، ޑައިމޯފިން ޓްރެފިކްކިރުމުގު ކުށުން ކުށްވެރިވެއްޖކަމަށެ ކަނޑައަޅުއްވައ، އެކުށުގެ ޢުޤޫބާތެއްގެ ގޮތުން، އެ ޤާނޫނުގެ 103 ވަނަ މާއްދާގެ )ނ( ގެ ދަށުން، ސ.ހިތަދޫ / ޢަބީރީގެ އިބްރާހީމް މުޙައްމަދު 100,000/- )އެއްލައްކަ ( ރުފިޔާއިން ޖޫރިމަނާކުރުމާއެކު ޢުމުރަށް ޖަލަށްލުމަށް ކުރައްވާފައި ވާ ޙުކުމް ބާޠިލްކަމަށް ކަނޑައަޅައި، އެގޮތުގެ މަތިން ޙުކުމް ކޮށްފީމެވެ.

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ