—
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ޤަވާޢިދުގެ 6.3.4 ގެ މައްޗަށް ބުރަވެ، 20 ދުވަހުގެ ތެރޭގައި އާ ތްރީފޭސް ކޭބަލެއް އަޅައި ކަރަންޓު ދިނުމަށް ފެނަކަ ކޯޕަރޭޝަނަށް އަމުރުކުރިއެވެ.
- ވާޤިޢާ
- ރެސްޓޯރެންޓަކަށް ކަރަންޓު ދިނުމަށް އޭގެ ވެރިފަރާތުން އަމިއްލަ ޚަރަދުގައި އެޅި ތްރީފޭސް ކޭބަލް، ފެނަކަ ކޯޕަރޭޝަނުގެ ބޭނުމަށް ކޮންޓްރެކްޓަރަކު ކޯރު ކޮނުމުން ހަލާކުވެ ކަރަންޓު ކެނޑުނެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ފެނަކަ ކޯޕަރޭޝަނުގެ ބޭނުމަށް ކޮންޓްރެކްޓަރަކު ކޯރު ކޮނުމުގައި އަމިއްލަ ފަރާތެއް އަޅާފައިވާ ކަރަންޓު ކޭބަލް ހަލާކުވުމުން ފެނަކަ ކޯޕަރޭޝަނުގެ މައްޗަށް ދަޢުވާ އުފުލޭތޯއާއި، ކޯޕަރޭޝަނުގެ ކަރަންޓުގެ ޚިދުމަތް ދިނުމާބެހޭ ޤަވާޢިދުގެ 6.3.4 ގެ ދަށުން އާ ކޭބަލެއް އަޅައިދިނުމުގެ ޒިންމާ އެކޯޕަރޭޝަނަށް އޮތްތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- ފެނަކައިން ބުނީ ކޯރު ކޮނުނީ ކޮންޓްރެކްޓަރު ކަމުން ދަޢުވާ އުފުލަންވީ އެފަރާތުގެ މައްޗަށްކަމަށާއި، އިހުމާލު ސާބިތުކުރާނެ ހެއްކެއް ނެތްކަމަށާއި، 6.3.4 އަކީ ފެނަކައިން އަޅާ ކޭބަލްތަކާ ބެހޭ މާއްދާއެއްކަމަށާއި، ނެގްލިޖެންސްގެ އުޞޫލުތަކަށް ރިޢާޔަތް ނުކުރާކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- އެއްބަސްވުމުގެ 8.7 ގެ ދަށުން ކޮންޓްރެކްޓަރުގެ މަސައްކަތަކީ ފެނަކައިގެ މަސައްކަތް ކަމުން ދަޢުވާ ފެނަކައިގެ މައްޗަށް އުފުލޭނެއެވެ. ކޭބަލް ހަލާކުވީ ފެނަކައިގެ ބޭނުމަށް ކޯރު ކޮނެ 6 މަސް ނުވަނީސް ކަމުން 6.3.4 ގެ ދަށުން މަރާމާތުގެ ޒިންމާ ފެނަކައަށް އޮވެއެވެ.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިއިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
ކޮންޓްރެކްޓަރަކާ ދެމެދު ހެދިފައިވާ އެއްބަސްވުމުގައި މަގު ކޮންނަމުންދާއިރު ލިބޭ ގެއްލުމަކާ ގުޅިގެން ބަދަލު ދޭންޖެހެނީ ފެނަކަ ކޯޕަރޭޝަނަށްކަމާއި، އެއެއްބަސްވުމުގެ ދަށުން ކޮންޓްރެކްޓަރު ކުރަމުންދާ މަސައްކަތްތަކަކީ ފެނަކަ ކޯޕަރޭޝަނުގެ މަސައްކަތްތަކެއްކަން އެއެއްބަސްވުމަށް ބެލުމުން ސާފުކޮށް އެނގޭކަމުން، އެމަސައްކަތުގައި ލިބުނު ގެއްލުމާ ގުޅިގެން ހުށަހަޅާ ދަޢުވާއަކީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މައްޗަށް ކުރެވޭނެ ދަޢުވާއެކެވެ. (ޕެރ. 5(ހ))
ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ކަރަންޓްގެ ޚިދުމަތް ދިނުމާބެހޭ ޤަވާޢިދު 2014 ގެ 6.3 ވަނަ މާއްދާއަކީ ކޭބަލް މަރާމާތު ކުރުމާއި ބަދަލުކުރުމާބެހޭ މާއްދާކަމާއި، އެމާއްދާގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ގަނެފައިވާ ކޭބަލަކަށް ގެއްލުން ލިބޭ ހާލަތުގައި ޢަމަލުކުރަންޖެހޭނެ ގޮތާއި އަމިއްލަ ފަރާތަކުން އަޅާފައިވާ ކޭބަލަކަށް ގެއްލުމެއް ލިބިއްޖެނަމަ ޢަމަލުކުރާނެ ގޮތް ބަޔާންކޮށްފައިވެއެވެ. (ޕެރ. 5(ށ))
އެޤަވާޢިދުގެ 6.3.3 އަދި 6.3.4 ގައި، ގެއްލުން ލިބުނު ކޭބަލަކީ މަސްއޫލުވެރި ފަރާތުން އަމިއްލައަށް އަޅާފައިވާ ކޭބަލަކަށް ވެފައި އެކޭބަލް އޮތް ކޯރު ނުކޮނެ 6 މަސްދުވަސް ފަހުން ގެއްލުމެއް ލިބިއްޖެނަމަ ޒިންމާ އުފުލާނީ މަސްއޫލުވެރި ފަރާތުންކަމާއި، ކޭބަލް ހަލާކުވެފައިވަނީ އެކޯރު ކޮނުނުފަހުން 6 މަސްދުވަސް ނުވަނީސްކަމަށް ވާނަމަ އެކޯރު ކޮނުނު ފަރާތުން ގެއްލުންވެފައިވާ ކޭބަލް މަރާމާތުކޮށްދޭން ޖެހޭނެއެވެ. (ޕެރ. 5(ށ))
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ކަރަންޓްގެ ޚިދުމަތް ދިނުމާބެހޭ ޤަވާޢިދު 2014 ގެ 6.3، 6.3.1، 6.3.2، 6.3.3، 6.3.4 ވަނަ ނަންބަރުތައް
- ފެނަކަ ކޯޕަރޭޝަނާއި ދާގަނޑު ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ދެމެދު ހެދި އެއްބަސްވުމުގެ 8.7 ވަނަ މާއްދާ
ފަނޑިޔާރުން
- ބެންޗު
- ޢަބްދުﷲ ޙަމީދު، ޢަބްދުﷲ ދީދީ، ޢަބްދުއްރައޫފު އިބްރާހީމް
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
1އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރ 212/S2C/2014 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށްބުނެ، އެ ޤަޟިއްޔާ އިސްތިއުނާފުކޮށްދިނުމަށް އެދި، ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގްފަރާތުނ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
2އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރ 212/S2C/2014 ޤަޟިއްޔާ ގެޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އ ޤަޟިއްޔާއަކީ، ސ.ހިތަދޫ ޕަވަރޕާކް ރެސްޓޯރަންޓްއަށް ކަރަންޓުގެ ޚިދުމަތް ދިނުމަށް އަޅާފައިވާ ތްރީފޭސް ކޭބަލްގެ އެކިތަންތަން ފެނަކަ ކޯޕަރޭޝަނި ލިމިޓެޑުގެ ފަރާތުނ މަގުކޮނުމުގައެ ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ އިހްމާލުން ހަލާކުވުމާއި ގުޅިގެން އާކޭބަލެއް އަޅައި ދިނުމަށް އެދުމުން އާކޭބަލެއް އަޅާފައިނުވާތީ، އާކޭބަލެއް އެޅުމަށްފަހު ވީއެންމެ އަވަސް ފުރުޞަތެއްގައި ކަރަންޓްގެ ޚިދުމަތް ހޯދުމަށް އެދި ސ.ހިތަދޫ ޕަވަރޕާކް ރެސްޓޯރެންޓްގެ ވެރިފަރާތް ކަމުގައިވާ ސ.ހިތަދޫ ޝީނާޒް ޙަސަން ޒަރީރު، ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މައްޗަށް ދަޢުވާކޮށް ހުށަހެޅި މައްސަލައެކެވެ.
3މި މައްސަލައާ ގުޅިގެން އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރ 212/S2C/2014 ޤަޟިއްޔާގައ ކުރައްވާފައިވާ ޙުކުމަށް ބެލިއިރު އ ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، " ދެންފަހެ، އިސްވެދިޔަ ފާހަގަ ކުރެވުނު ނުކުތާތަކަށް ރިޢާޔަތްކޮށް ބެލުމަށްފަހު، ސ.ހިތަދޫ ޕަވަރޕާކް ރެސްޓޯރަންޓްއަށ ކަރަންޓުގެ ޚިދުމަތް ދިނުމަށްޓަކައި ދަޢުވާކުރާ ޙަސަން ޒަރީރުގެ އަމިއަ ލ ޚަރަދުގައި ގަނެ އަމިއްލަ ޚަރަދުގައި އަޅާފައިވާ ތްރީފޭސް ކޭބަލުގެ އެކިތަންތަން ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން މަގުކޮނުމުގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ އިހުމާލުން ހަލާކުވުމާއި ގުޅިގެން އާކޭބަލެއް އަޅައި ދިނުމަށް އެދުމުން މިއަދާއި ހަމައަށްވެސް އ ކޭބަލެއް އަޅާފައި ނުވާކަމަށްބުނެ އާކޭބަލެއް އެޅުމަށްފަހު ވީއެންމެ އަވަސް ފުރުޞަތެއްގައި ކަރަންޓުގެ ޚިދުމަތް ލިބިގަތުމަށް އެދި ސ.ހިތަދޫ ޕަވަރޕާކް ރެސްޓޯރެންޓްގެ ވެރިފަރާތް ކަމުގައިވާ ސ.ހިތަދޫ ޝީނާޒް ޙަސަން ޒަރީރު، ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މައްޗަށް ދަޢުވާކޮށް ހުށަހެޅި މިމައްސަލާގައި، ސ.ހިތަދޫ ޝީނާޒް ޙަސަން ޒަރީރުގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ސ.ހިތަދޫ ޕަވަރޕާކުން ކަރަންޓްގެ ޚިދުމަތް ކެނޑިފައިވަނީ،ޕަވަރޕާކަށް ކަރަންޓްގެ ޚިދުމަތް ދިނުމަށްޓަކައި ބިމުގެ ވަޅުލައިގެން އަޅާފައިވާ ތްރީފޭސް ކޭބަލަށް ލިބުނު ގެއްލުމުގެ ސަބަބުންކަން ދެފަރާތުގެ ބަހުން އެނގޭކަމާއި 2014 ފެބްރުއަރީ 15 ވަނަ ދުވަހު މިކޭބަލް ވަޅުލާފައިވާ ކޯރު ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން ކޮނެފައިވާކަން ދަޢުވާލިބޭ ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ބަހުން ޝަރީޢަތަށް އެނގޭތީ، ފެނަކަ ކޯޕަރޭޝަން ލިމިޓެޑެ ނ ހުށަހަޅާފައިވާ އެކުންފުނީގެ "ކަރަންޓުގެ ޚިދުމަތް ދިނުމާބެހޭ ޤަވާޢިދު"ގ 6.3.4 ވަނަ ނަންބަރަށް ރިޢާޔަތްކޮށް، އަދި އެނަމްބަރުގައި ބަޔާންކުރާ "މަރާމާތުކުރުން" މިބަސް މިޤަޟިއްޔާގެ ބޭނުމަށް ޝަރީޢަތުން މާނަކުރި ގޮތުގެ މައްޗަށް ބުރަވެ، ސ.ހިތަދޫ ޝީނާޒް ޙަސަން ޒަރީރުގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ސ/ ހިތަދޫ ޕަވަރޕާކް އަށް ކަރަންޓުގެ ޚިދުމަތް ދިނުމަށް ޙަސަން ޒަރިރުގް އަމިއްލަ ޚަރަދުގައި އަޅާފައިވާ ތްރީފޭސް ކޭބަލްގެ ބަދަލުގައި ދަޢުވާލިބޭ ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން އާ ތްރީފޭސްކޭބަލެއް އަޅައި މިއަދުނ ފެށިގެން 20 )ވިހި( ދުވަހުގެ މުއްދަތަތެރޭގައި ސ.ހިތަދޫ ޕަވަޕާކްއަށް ކަރަންޓުގެ ޚިދުމަތް ދިނުމަށް ދަޢުވާލިބޭ ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް އަންގައި މިގޮތުގެ މަތިން ޙުކުމް ކޮށްފީމެވެ" މފ ދައިންނެވެ.
4އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރ 212/S2C/2014 ޤަޟިއްޔާނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށްބުނެ، ފެނަކަ ކެޕަރޭޝަނޯ ލިމިޓެޑގް ފަރތުނާ 03 ) ތިނެއ( ނުކުތާއެއް ހުށަހަޅައި އެނުކުތާތަކާ ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. • ފުރަތަމަ ނުކުތާއަކީ، އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހަޅާފައިވާ ދަޢުވާއަކީ، އިސްތިއުނާފު ރައްދުވީ ފަރާތުގެ އަމިއްލަ ޚަރަދުގައި ގަނެ، އަމިއްލަ ޚަރަދުގައި އަޅާފައިވާ ތްރީފޭސް ކޭބަލް ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ އިހުމާލުން )މަގު ކޮނުމުގައި( އެކި ތަންތަނުން ޙަލާކުވެފައިވާކަމަށް އެ ފަރާތުން ދެކޭތީ އެކޭބަލް ބަދަލުކޮށް އައު ކޭބަލެއް އަޅައި އެ ކޭބަލުން ކަރަންޓި ޚިދުމަތް ދިނުމަށް އެދި ހުށަހެޅި މައްސަލައެއް ކަމަށްވާއިރު، މަގު ކޮނުމަކީ ފެނަކަ ކޯޕަރޭޝަނުން ކުރާ ކަމަކަށް ނުވާތީއާއި، މަގު ކޮނުމުގެ ތެރޭގައި ލިބިފައިވާ ގެއްލުމެއް ކަމަށްވާނަމަ އެ ގެއްލުމަކާ ގުޅިގެން އުފުލާ ދަޢުވާއެއިއުފުލަންޖެހޭނީ މަގު ކޮނުމުގައި އެ އ ހުމާލެއް ވެފައިވާ ފަރާތުގެ މައްޗަށް ކަމަށާއި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މައްޗަށް ދަޢުވާ ނުއުފުލޭނެކަމަށ އެދި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން އިޖުރާޢީގޮތުން އިޢުތިރާޟުކޮށްފައިވަނިކޮށް އެމައްސަލާގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ މައްޗަށް ދަޢުވާ އުފުލޭނެ ކަމަށް ކަނޑައަޅުއްވައި މައްސަލަ ކުރިއަށް ގެންދަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. • ދެވަނަ ނުކުތާއަކީ، އިސްތިއުނާފު ރައްދުވާ ފަރާތުން ދަށުކޯޓަށް ހުށަހަޅާފައިވާ ދަޢުވާގައިވަނީ އިސްތިއުނާފުކުރާ ފަރާތުގެ އިހުމާލުން އިސްތިއުނާފު ރައްދުވާ ފަރާތަށް ލިބިފައިވާކަމަށް އެފަރާތުން ދެކޭ ގެއްލުމުގް ބަދަލު ހޯދުމަށް އެދި ކަމަށްވާއިރު، އިސްތިއުނާފު ރައްދުވާ ފަރާތުން އަޅާފައިވާ ކޭބަލަށ ގެއްލުންވުމުގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ އެއްވެސް އިހުމާލެއް އޮތްކަން އެނގޭފަދަ އެއްވެސް ހެއްކެއް އަދި ޤަރީނާއެއްވިޔަސް ހުށަހެޅިފައިނުވަނީސް، އެކޭބަލަށް ގެއްލުން ވެފައިވަނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑގް އިހުމާލުން ކަމަށް ކަނޑައަޅުއްވާފައވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. • ތިންވަނަ ނުކުތާއަކީ، އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހަޅާފައިވާ މައްސަލައަކީ އެފަރާތުގެ އަމިއްލަ ޚަރަދުގައި އަޅާފައުވާ ކޭބަލަކަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ އިހުމާލުން ގެއްލުން ވެފައިވާކަމަށް ބަޔާންކޮށް އެ ގެއްލުމުގެ ބަދަލު ހޯދުމަށް ހުށަހަޅާފައިވާ މައްސަލައެއްކަމަށްވާތީ، އެއްފަރާތެއްގެ އިހުމާލު )Negligence( ގެ ސަބަބުން އަނެއް ފަރާތަށް ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގައި ދިވެހިރާއްޖޭގެ ކޯޓު ތަކުގައި އިސްތިޤުރާރުވެފައިވާ އަދި މިނިވަން ދީމިޤްރާތީ މުޖުތަމަޢުތަކުގައިވި ސ ޢަމަލުކޮށްއުޅ އުޞޫލުތަކާގުޅޭގޮތުން ޝަރީޢަތުގައި ދައްކާފައިވާ ވާހަކަތަކަށާއި އެ އުޞޫލުތަކަށް ރިޢާޔަތްކުރެއްވުމެއް ނެތް މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
5HN1HN2HN3މިމައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި،ހުށަހެޅިފައިވާ ލިޔުންތަކަށާއު އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރ 212/S2C/2014 ޤަޟިއްޔާ ނިމިފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، ފެނަކަ ކޯޕަރޭޝަން ލިމިޓެޑގު ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކުގެ މައްޗަށް ބެލިއިރު، މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ. )ހ( ފުރަތަމަ ކަމަކީ، އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 212/S2C/2014 ޤަޟިއްޔާގައި ހުށަހެޅިފައިވާ ދަޢުވާއަކީ ޙަސަން ޒަރީރު އޭނާގެ އަމިއްލަ ޚަރަދުގައި ގަނެ އަމިއްލަ ޚަރަދުގައި އަޅާފައިވާ ތްރީފޭސް ކޭބަލް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ އިހުމާލުން އެކިތަންތަނުން ޙަލާކުވެފައިވާކަމަށ ބުނެ، އެ ކޭބަލް ބަދަލުކޮށް އައު ކޭބަލެއް އަޅައި އެކޭބަލުން ކަރަންޓުގެ ޚިދުމަތް ދިނުމަށް އެދި ހުށަހެޅި މައްސަލައަކަށްވާއިރު، ޙަސަން ޒަރީރު ފާހަގަކުރި ފަދައިން މަގުކޮނުމުގެ މަސައްކަތް ކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން ނޫންކަމަށާއި، އެހެންކަމުން އެކޭބަލަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް އެކޯޕަރޭޝަނުގެ މައްޗަށް ދަޢުވާނުކުރެވޭނެ ކަމަށް ބުނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެފަރާތުން ފާހަގަކުރި ނުކުތާގެ މައްޗަށް ދިވެހިރާއްޖޭގެ ހައިކޯޓުން ބަލާއިރު، ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ކޯރެއި ކޮންނަންޖެހިއްޖެ ހިނދެއްގައް ދެފަރާތުގެ ދެމެދުގައި ޢަމަލުކުރެވޭ އެއްބަސްވުމެއްގެ ދަށުން އެކޯރެއް ކޮނެދެނީ ދާގަނޑު ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓ ލިމިޓެޑުގެ ފަރާތުން ކަމަށާއި، އެގޮތުން ޙަސަން ޒަރީރުގެ އަފިރިން ކެފޭއިން ކަރަންޓު ދިއުމާ ގުޅިގެނ، އެމައްސަލަ ޙައްލުކުރުމުގެ ގޮތުން ޑިސްޓްރިބިއުޝަން ފޮށިނާ އަފިރިން ކެފޭއަށް އަޅާފައިވް ކޭބަލް ވަޅުލާފައިވ ކޯރު ކޮނެފައިވަނީވެސް ދާގަނޑު ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުނިކަމަށާއި، ފެނަކަ ކޯޕަރޭޝަނާއި ދާގަނޑު ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ދެމެދު ހެދި ފައިވާ އެއްބަސްވުމުގައ ދާގަނޑު ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން މަގުކޮނުމުގައި އެފަރާތުގެ އިހުމާލުން ލިބޭ ގެއްލުމުގެ ޒިންމާ ނަގަންޖެހޭނީ އެފަރާތުންކަމަށް ބަޔާންކޮށްފައިވާނެކަމަށް ބުނެ ފެނަކަ ކޯޕަރޭޝަން ލިމިޓެޑގް ފަރާތުން ދައްކާފައިވާ ވާހަކަތަކާ ގުޅިގެން ފެނަކަ ކޕަރޭޝަނާއި ދާގަނޑު ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ދެމެދު ހެދިފައިވާ އެއެއްބަސްވުމަށް ބަލާއިރު، އެއެއްބަސްވުމުގެ 8.7 ވަނަ މާއްދާގައި، "މަގުމަތި ކޮންނަމުންދާއިރު ވަޅުލެވިފައިވާ ފެންހޮޅި، ފާހާނާ ހޮޅި، ފޯން ކޭބަލް، ކަރަންޓް ކޭބަލް، ޑިސްޓްރިބިއުޝަން ފޮށީގެ މޫނުމަތީ ގ، ޓީވީ ކޭބަލްފަދަ އެއްޗަކަށް ގެއްލުން ލިބި ހަލާކުވެއްޖެނަމަ އެއެއްޗެއް ރަނގަޅު ކޮށްދިނުމުގެ ހުރިހާ ޒިންމާއެއް އުފުލަންވާނެއެވެ. ކަރަންޓް ކޭބަލްގައި ފޯލްޓެއް ހުއްޓަސް ހަމަވަގުތުން އެކަންނޭނގި ހިނގައިދާނެއެވެ. ވީމާ، އެކޯރެއެ ކޮނުނުފަހުން އެހެންކަމަކު އެތަންނުކޮނ 60 ދުވަހުގެ ތެރޭގައި އެކޯރެއްގެ ތެރޭގައިވާ ކަރަންޓް ކޭބަލަށް މައްސަލަޖެހި، ކޮނެބަލާއިރު އެއީ އެތަން އެންމެފަހުން ކޮނުނު ފަރާތުގެ އިހްމާލެއް އޮވެގެން ޖެހުނު މައްސަލައެއްކަން އެނގިއްޖެނަމަ އެތަން ހޯދުމަށް ކޮނުނު ކޮނުމް އާ ކޭބަލް މަރާމާތު ކުރުމަށް ދިޔަ ޚަރަދު މިކުންފުންޏަށް ދައްކަންވާނެއެވެ..." މިފަދައިން ބަޔާންކޮށްފައިވާކަމުން، ދާގަނޑު ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓ ލިމިޓެޑުން މަގު ކޮންނަމުންދާއިރު ލިބޭ ގެއްލުމަކާ ގުޅިގެން އެކުންފުނިން ޒިންމާ އުފުލަންޖެހޭނީ އަދ އގެއްލުމެއްގެ ބަދަލު ދޭންޖެހެނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށްކަމާއި، އަދި އެއެއްބަސްވުމުގެ ދަށުން ދާގަނޑު ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓެޑުން ކުރަމުންދާ މަސައްކަތްތަކަކީ ފެނަކަ ކޯޕަރޭޝަނުގެ މަސައްކަތްތަކެއްކަން އެއެއްބަސްވުމަށް ބެލުމުން ސާފުކޮށް އެނގޭކަމުނ، ޙަސަން ޒަރީރު އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި އެދަޢުވާއަކީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މައްޗަށް ކުރެވޭނެ ދަޢުވާއެއްކަން މިމައްސަލަ މިކޯޓުގައި ބެލި ފަނޑިޔާރުންނަށް ފާހަގަކުރެވޭކަމެވެ. )ށ( ދެވަނަ ކަމަކީ، އިސްތިއުނާފު ރައްދުވާ ފަރާތުން ދަށުކޯޓަށް ހުށަހަޅާފައިވާ ދަޢުވާގައިވަނީ އިސްތިއުނާފުކުރާ ފަރާތުގެ އިހުމާލުން އިސްތިއުނާފު ރައްދުވާ ފަރާތަށް ލިބިފައިވާކަމަށް އެފަރާތުން ދެކޭ ގެއްލުމުގެ ބަދަލު ހޯދުމަށް އެދި ކަމަށްވާއިރު، އިސްތިއުނާފު ރައްދުވާ ފަރާތުން އަޅާފައިވާ ކޭބަލަށ ގެއްލުންވުމުގައެ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ އެއްވެސް އިހުމާލެއް އޮތްކަން އެނގޭފަދަ އެއްވެސް ހެއްކެއް އަދި ޤަރީނާއެއްވިޔަސް ހުށަހެޅިފައިނުވަނީސް، އެކޭބަލަށް ގެއްލުން ވެފައިވަނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑގް އިހުމާލުން ކަމަށް ކަނޑައަޅުއްވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތއއި، އެނުކުތާގެ ތަފްޞީލުގައި ދަށު ކޯޓުން ނިންމެވި މައްސަލައިގެ ޙުކުމުގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ކަރަންޓުގެ ޚިދުމަތް ދިނުމާބެހޭ ޤަވާއިދުގެ
6.3.4 ވަނަ މާއްދާގައި ކޭބަލް މަރާމާތު ކޮށްދޭންޖެހޭނެ ކަމަށް ބުނެފައިއޮތުމުގެ މާނައަކީ ކުޑަ ގެއްލުމެއް ނަމަ މަރެ މާތުކޮށްދިނުން ކަމާއި ބޮޑު ގެއްލުމެއްނަމަ ކޭބަލް ބަދަލުކޮށްދިނުން ކަމަށް މާނަކުރައްވާފައިވީނަމަވެސ އެމާއްދާގައި ބަޔާންކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން އަޅާފައި ހުންނަ ކޭބަލްތަކަށް ލިބޭ ގެއްލުމުގެ ވާހަކަ ކަމަށާއި، އެއްވެސް ޙާލެއްގައި އަމިއްލަ ފަރްތްތަކުން އަޅާފައި ހުންނަ ކޭބަލްގެ ވާހަކަ ނޫންކަމަށް ބުނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ދިވެހިރާއްޖޭގެ ހައިކޯޓުން ބަލާއިރު، ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ކަރަންޓްގެ ޚިދުމަތް ދިނުމާބެހޭ ޤަވާޢިދު 2014 ގެ 6.3 ވަނަ މާއްދާއަކް ކޭބަލް މަރާމާތު ކުރުމާއި ބަދަލުކުރުމާބެހޭ މާއްދާކަމާއި، އެމާއްދާގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ގަނެފައިވާ ކޭބަލަކަށް ގެއްލުން ލިބޭ ހާލަތުގައި ޢަމަލުކުރަންޖެހޭނެ ގޮތާއި އަމިއްލަ ފަރާތަކުން އަޅާފައިވާ ކޭބަލަކަށް ގެއްލުމެއް ލިބިއްޖެނަމަ ޢަމަލުކުރާނެ ގޮތް ބ ޔާންކޮށްފައިވާކަން އެމާއްދާއަށް ބެލުމުން އެނގެންއޮންނަކަމާއި، އެގޮތުން އެމާއްދާގެ 6.3.1 އާއި 6.3.2 އަށް ބަލާއިރު، ސަބްސްޓޭޝަނަކަށް ނުވަތަ ޑިސްޓްރިބިއުޝަން ފޮށްޓަކުން އެޤަވާއިދުގެ 3.1.1 ގައި ބަޔާންކުރާ ތަނަކަށް ކަރަންޓު ދިނުމަށް އެކުންފުނިން ގަނެފައިވާ ކޭބަލަކަށް ބައެއްގެ އިހުމާލުން ނޫންގޮތަކަށް 24 މަސްދުވަހުގެ ތެރޭގައި ގެއްލުމެއް ލިބިއްޖެނަމަ އެކަމަށް ރަނގަޅުކުރުމަށް ކުރަންޖެހޭ ހުރިހާ ޚަރަދެއް ކުރާނީ އެކުންފުނިންކަމަށާއި، 24 މަސްދުވަސް ފަހުންނަމަ އެކޭބަލެއް މަރާމާތު ކުރުމާއި ބަދަލުކުރުމުގެ ޒިންމާ އުފުލާނީ މަސްޢޫލުވެރި ފަރާތުން ކަމަށ ބަޔާންކޮށްފައިވާކަމާއި، އަދި އެމާއްދާގެ 6.3.3 އަދި 6.3.4 ގައި، ގެއްލުން ލިބުނު ކޭބަލަކީ މަސްޢޫލުވެރި ފަރާތުނ އަމިއްލައަށް އަޅާފައިވާ ކޭބަލަކަށް ވެފައި އަދި އެކޭބަލް އޮތް ކޯރު ނުކޮނ 6 މަސްދުވަސް ފަހުން އެކޭބަލަށް ގެއްލުމެއް ލިބިއްޖެނަމަ ޒިންމާ އުފުލާނީ މަސްޢޫލުވެރި ފަރާތުންކަމަށާއި، ކޭބަލް ހަލާކުވެފައިވަނ އެކޯރު ކޮނުނުފަހުނ 6 މަސްދުވަސް ނުވަނީސްކަމަށް ވާނަމަ އެ ކޯރު ކޮނުނު ފަރާތުން ގެއްލުންވެފައިވާ ކޭބަލް މަރާމާތުކޮށްދޭން ޖެހޭނެކަމަށް ބަޔާންކޮށްފައިވާކަމާއި، އިސްތިއުނާފުކުރެވިފައިމިވާ މައްސަލާގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، ޙަސަން ޒަރީރުގެ އަފިރިން ކެފޭއިން ކަރަންޓް ކެނޑިފައިވަނ 24 ފެބްރުއަރީ 2014 ވަނަ ދ ވަހުކަމާއި، އެމައްސަލަ ހައްލަކުރުމަށް، އަފިރިން ކެފޭއަށް ކަރަންޓް ދިނުމަށް އަޅާފައިވާ ކޭބަލް ވަޅުލާފައިވާ ކޯރު ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން ދާގަނޑު ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ކޮނެފައިވަނ 02 މާރޗް 2014 ވަނަ ދުވަހުކަން ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ބަހުން އެނގެންއޮންނައިރު، 24 ފެބްރުއަރީ 2014 ގައި އަފިރިން ކެފޭއިން ކަރަންޓް ކެނޑުމުގެ 09 ދުވަސް ކުރިން، 15 ފެބްރުއަރީ 2014 ވަނަ ދުވަހު ފެނަކަ ކޯޕަރޭޝަނުން އެކުންފުނީގެ ބޭނުމެއްގައި ދާގަނޑު ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ލައްވައި އަފިރިން ކެފޭއަށް އަޅާފައިވާ ކޭބަލް އޮތް ސަރަޙައްދު ކޮނެފައިވާކަން ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން 16 ޖުލައި 2014 ވަނަ ދުވަހު އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ދީފައިވާ ބަޔާނުން ސާފުކޮށް އެނގެންއޮންނަކަމުން، ޙަސަން ޒަރީރު އަމިއްލަ ޚަރެ ދުގައި އަޅާފައިވާ އެކޭބަލަށް ގެއްލުން ލިބިފައިވަނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ކަރަންޓްގެ ޚިދުމަތް ދިނުމާބެހޭ ޤަވާޢިދުގެ 6.3.4 ގައި ބުނާ 06 މަސްދުވަސް ނުވަނީސްކަން ފާހަގަކުރެވޭކަމެ އ، އެހެންކަމުން އެކޭބަލަށް ލިބުނު ގެއްލުން މަރާމާތުކޮށް އެތަނަށް ކަރަންޓްގެ ޚިދުމަތް ދިނުމަށް ކުރަންޖެހޭ މަސައްކަތް ކުރަންޖެހޭނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑުންކަން ފާހަގަކުރެވޭކަމެވެ. އެހެންކަމުން، އިސްވެ ބަޔާންކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމުން، މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރ 212/S2C/2014 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން ހުށަހެޅި ނުކުތާތަކަށް ބަލައި އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނ ވިޔަސް ސަބަބެއް ފެންނަން ނެތްކަމުގައެވެ. )ނ( ތިންވަނަ ކަމަކީ، މިޤަޟިއްޔާގެ ޙުކުމްކުރުމަށްޓަކައި 22 އޮކްޓޯބަރ 2017 ގެ 08:45 އަށް މައްސަލަ ތާވަލު ކުރެވި، ބުނެވުނު ޝަރީޢަތުގެ މަޖިލިހަށް ޙާޟިރުވުމަށް ފޮނުވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ HC-B4/2017/593 ކޯޓަށް ޙާޟިރުވުމުގެ އަމުރާ އިސްތިއުނާފުކުރާ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ޤާނޫނީ ވަކީލު، ޙަސަން ފަލާޙު ޙަވާލުވުމަށްފަހު، 22 އޮކްޓޯބަރ 2017 ގައި އޮތް ޝަރީޢަތުގެ މަޖިލިހަށް ޙާޟިރުވުމުގެ އަމުރުގައިވާ ގަޑިއަށް ޙަސަން ފަލާޙު ދިވެހިރާއްޖޭގެ ހައިކޯޓަށް ޙާޟިރުވާ ފައިނުވާތީ،މި ޤަޟިއްޔާގައި ޙުކުމްކޮށްފައިވަނީ އިސްތިއުނާފުކުރެ ފެނަކަ ކޯޕަރޭޝަން ލިމިޓެޑގ ޣައިރު ޙާޟިރުގައިކަމެވެ. • ޙުކުމް :- ދެންފަހެ، އިސްވެ ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރ 212/S2C/2014 ޤަޟިއްޔާ ގައި ކުރައްވާފައިވާ ޙުކުމަށް ބަދަލުގެންނާނެތަނެއ ނެތްކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، މި ޤަޟިއްޔާގައި އިސްތިއުނާފުކުރ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ޣައިރު ޙާޟިރުގައި ޙުކުމްކޮށްފީމެވެ.
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.