ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2015/HC-A/256ހައިކޯޓު · 29 އޮކްޓޫބަރު 2017 · ފައިސާ ހޯދުން

—

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ސުޕްރީމް ކޯޓަށް އިސްތިއުނާފުކޮށްފައި ނުވޭ · ރަޖިސްޓްރީ ބެލީ 15 އޮކްޓޫބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 29 އޮކްޓޫބަރު 2017ބާވަތް: މަދަނީ

ޚުލާޞާ

ކޯޓަށް އައި ގޮތް
ސިވިލް ކޯޓުން ޖުމްލަ 1,083,556.74 ރުފިޔާއިން ލޯންޗު ވިއްކައިގެން ލިބުނު 300,000 ރުފިޔާ އުނިކޮށް ބާކީ 783,556.74 ރުފިޔާ ލެސީއާއި ގެރެންޓަރު ދެއްކުމަށް ޣައިރު ޙާޟިރުގައި ޙުކުމްކުރިއެވެ.
ވާޤިޢާ
ފައިނޭންސް ލީސް އުޞޫލުން ސްޕީޑް ލޯންޗެއް ލީސްކުރުމުގެ އެއްބަސްވުމެއްގެ ދަށުން ލެސީ ލީސް ޕޭމަންޓް ގަވާއިދުން ނުދެއްކުމުން، ލެސޯރ ކުންފުނިން ބާކީ ފައިސާ، ޖޫރިމަނާ، ލިކުއިޑޭޓެޑް ޑެމޭޖަސް، ކޯޓު ފީއާއި ވަކީލު ފީ ހޯދުމަށް ލެސީއާއި ގެރެންޓަރުގެ މައްޗަށް ދަޢުވާކުރިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ފައިނޭންސް ލީސް އެގްރީމެންޓެއްގެ ދަށުން ލީސްކުރި ލޯންޗަށް ލިބުނު ގެއްލުމުގެ އިންޝުއަރެންސް ފައިސާ ލެސީއާ ޙަވާލުނުކޮށް، ލެސީ ނުދައްކާވާ ފައިސާއިން އުނިކުރުމަކީ އެއްބަސްވުމާ ޚިލާފު ކަމެއްތޯ، އަދި އެކަމަށް ރިޢާޔަތްނުކުރުމުން ދަށުކޯޓުގެ ޙުކުމަށް ބަދަލު ގެންނަންޖެހޭތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
ލެސީ ބުނީ ލޯންޗުގެ ދެ އިންޖީނަށް ލިބުނު ގެއްލުމަށް އިންޝުއަރެންސް ކުންފުނިން ދިން ފައިސާ ލެސޯރ ހިފަހައްޓައި އިންޖީނު ގަނެނުދީ ލޯންޗުގެ ބޭނުން ނުކުރެވުނުކަމަށާއި، ދަށުކޯޓުން އެކަމަށް ރިޢާޔަތްނުކުރިކަމަށެވެ.
ކޯޓުގެ ސަބަބުތައް
ލެސީ ގަވާއިދުން ފައިސާ ނުދައްކާކަން ސާބިތުވާއިރު، އެއްބަސްވުމުގެ 13.3 ގެ ދަށުން އިންޝުއަރެންސް ފައިސާ ލެސީއަށް ދޭން ލާޒިމްވަނީ ބާކީ ފައިސާ ޚަލާޞްކޮށްފައިވާނަމަ ކަމަށާއި، ފައިސާ އުނިކުރުން އެއްބަސްވުމާ ޚިލާފުވީ ކިހިނެއްކަން ލެސީއަށް ބުނެދެވިފައިނުވާތީ ޙުކުމް ޤާއިމުކުރިއެވެ.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

ލީޒް އެގްރިމަންޓުގެ 13.3 ވަނަ މާއްދާގެ ދަށުން ލެސޯރއަށް އިންޝުއަރެންސް ކްލެއިމް ކުރުމުން ލިބުނު ފައިސާ ލެސީއާ ޙަވާލުކުރުން ލާޒިމްވަނީ ލީޒްކުރެވޭ މުދަލުގެ އަގުގެ ބާކީއާއި ޖުމްލަ ލީޒްޕޭމަންޓްގެ ބާކީ ލެސީގެ ފަރާތުން ދައްކާފައިވާނަމައެވެ. (ޕެރ. 3(ށ))

އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ފައިސާ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މުއްދަތުގައި ގަވާއިދުން ދައްކަމުން އައިސްފައިނުވާ ޙާލަތެއްގައި، އިންޝުއަރެންސް ކްލެއިމުން ލިބުނު ފައިސާ ލެސީއަށް ނުދީ ހިފެހެއްޓުމަށްފަހު، އެ ފައިސާއިން އެހާތަނަށް ލެސީ ނުދައްކާވާ ފައިސާ އުނިކުރުމަކީ، އެއީ ލީޒް އެގްރިމަންޓާ ޚިލާފުވެފައިވާ ކަމެއްކަން ބުނެދެވިފައިނުވާހާ ހިނދަކު، ދަށުކޯޓުގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނޫނެވެ. (ޕެރ. 3(ށ))

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ފައިނޭންސް ލީސް އެގްރީމެންޓް ނަންބަރު 07120606 ގެ 1 ވަނަ މާއްދާ، 13.3 ވަނަ މާއްދާ، 17.2 ވަނަ މާއްދާގެ (ހ)، އަދި ޝެޑިއުލް އައިޓަމް 4، 8، 10، 14

ފަނޑިޔާރުން

ބެންޗު
ޢަބްދުﷲ ޙަމީދު، ޢަބްދުﷲ ދީދީ، ޢަލީ ސަމީރު
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

1ސިވިލް ކޯޓުގެ ނަންބަރު C/2011-/Cv234 ޤަޟިއްޔާ ގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެ ޤަޟިއްޔާއަކީ، ރަޖިސްޓްރީ ނަންބަރު T-02 10-C9417A "ޕާރލް 2" ނަމަކަށްކިޔާ އުޅަނދު ފައިނޭންސް ލީސިންގ އުޞޫލުން ދޫކުރުމާއި ބެހޭގޮތުން މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި، ވ. ފުލިދޫ / ހުދުފިނިފެންމާގެ މުޙައްމަދު ވާފިރު އަޙްމަދު (ލެސީ) އާ ދެމެދު 25 ޑިސެމްބަރ 2007 ގައި ސޮއިކޮށްފައިވާ ފައިނޭންސް ލީސް އެގްރީމެންޓް ނަންބަރު 07120606 ގެ ދަށުން މުޙައްމަދު ވާފިރު އަޙްމަދު އެމް.އެފް.އެލްސީ އަށް ދައްކަންޖެހޭ ފައިސާ ދައްކަމުން ނުދާތީ، 12 ޖެނުއަރީ 2011 ގެ ނިޔަލަށް މުޙައްމަދު ވާފިރު އަޙްމަދު ނުދައްކަ އިވާ އެންމެހާ ލީސް ޕޭމަންޓާއި، ޤަވާޢިދުން ފައިސާ ނުދެއްކުމުގެ ސަބަބުން ދައްކަންޖެހޭ ޖޫރިމަނާ ފައިސާއާއި، މުޙައްމަދު ވާފިރު އަޙްމަދު އެގްރިމެންޓާއި ޚިލާފްވުމުގެ ސަބަބުން ދައްކަންޖެހޭ ލިކުއިޑޭޓެޑް ޑެމޖާރސްއާއި، ޤާނޫނީ ވަކީލުގެ ފީއާއި، ކޯޓުފީއާއި އެކު އެގްރީމެންޓްގެ ދަށު ން އެމް.އެފް.އެލް.ސީ އަށް ލިބެންޖެހޭޖުމްލ 1,083,556/74ރ. (އެއްމިލިއަން އަށްޑިހަ ތިންހާސް ފަސްސަތޭކަ ފަންސާސް ހަރުފިޔާ / ހަތްދިހަ ހަތަރުލާރި) ދެއްކުމަށް މުޙައްމަދު ވާފިރު އަޙްމަދަށާއި، މިމުޢާމަލާތުގައި ގެރެންޓީދީފައިވާ ވ. ފުލިދޫ / ފިނިފެންމާގެ، އަލީ ވާފރުގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި، މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހެޅި މއްސަލައެއްކަނަ އެނގެންއޮންނަކަމާއި، އެ ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނ، "ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކަށާއި، ހުށަހެޅިފައިވާ ބަޔާންތަކާ އ، ލިޔުންތަކުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު، ރަޖިސްޓްރީ ނަންބަރު T-10 02-C9417A "ޕާރލް 2" ނަމަކަށްކިޔާ އުޅަނދު ފައިނޭންސް ލީސިންގ އުޞޫލުން ދޫކުރުމާއި ބެހޭގޮތުން މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި، ވ. ފުލިދޫ / ހުދުފިނިފެންމާގެ މުޙައްމަދު ވާފިރު އަޙްމަދު (ލެސީ) އާ ދެމެދު 25 ޑިސެމްބަރ 2007 ގައި އެގްރީމެންޓެއްގައި ސޮއިކުރެވިފައިވާކަމާއި، ބަޔާންވެދިޔަ ފައިނޭންސް ލީސިންގ އެގްރީމެންޓްގެ ދަށުންކުރެވިފައިވާ މުޢާމަލާތަށް ވ. ފުލިދޫ / ހުދުފިނިފެންމާގެ ޢަލީ ވާފިރު ގެރެންޓީދީފައިވާކަމާއި، ބަޔާންވެދިޔަ ފައިނޭންސް ލީސް އެގްރިމެންޓް ނަންބަރ 07120606 ގެ ދަށުން މުޙައްމަދު ވާފިރު އަޙްމަދު އެމް.އެފް.އެލް.ސީ އަށް ދައްކަންޖެހޭ ފައިސާ އެއްބަސްވުމުގައިވާ ބަޔާންވެގެންވާ ގޮތުގެމަތިން ދެއްކިފައިނުވާކަން ހުށަހެޅިފައިވާ ލިޔުންތަކުން ޝަރީޢަތަށް ސާބިތުވާތީ، ބަޔާނވެދިޔް ފައިނޭންސް ލީސް އެގްރިމެންޓްގެ ޝެޑިއުލް އައިޓަމްގެ 8 ވަނަ ނަންބަރާއި، 10 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން 48 މަސްދުވަހުގެ ތެރޭގައި ލީސްޕޭމަންޓްގެ ގޮތުގައި ދައްކަން އެއްބަސްވެފައިވާ ޖުމްލަ -,753/1,527ރ. (އެއްމިލިޔަން ފަސްސަތޭކަ ހަތާވީސްހާސް ހަތްސަތޭކަ ފަންސާސް ތިންރުފިޔާ) އިން ދަޢުވާލިބޭ ފަރާތުން ދައްކާފައިވާ 651,204/23ރ. (ހަލައްކަ ފަންސާސް އެއްހާސް ދުއިސައްތަ ހަތަރު ރުފިޔާ / ތޭވީސްލާރި) އުނިކުރުމުން ބާކީވާ 876,548/77ރ. (އަށްލައްކަ ހަތްދިހަ ހަހާސް ފަސްސަތޭކަ ސާޅީސް އަށްރުފިޔާ / ހަތްދިހަ ހަތްލާރި) އާއި، ފައިނޭންސް ލީސް އެގްރިމެންޓްގެ ޝެޑިއުލްގެ 10 ގައި ތަފްޞީލް ދެވިފައިވާ ގްތަށު ލީސް ޕޭމަންޓް ދައްކަންއޮތް ތާރީޚަށް ބަރާބަރަށް ނުދެއްކުމުގެ ސަބަބުން ލީޒް ބާޠިލްކުރިކަން އެންގިއިރު 25 އޮކްޓޯބަރ 2009 އާއި ހަމައަށް ޖޫރިމަނާގެ ގޮތުގައި ފައިނޭންސް ލީސް އެގްރިމެންޓްގެ ޝެޑިއުލް އައިޓަމްގަ14 ވަން ނަންބަރުގައި ބަޔާންވެގެންވާ ގޮތުގެމަތިން ދައްކަންޖެހޭ 5,731/27ރ. (ފަސްހާސް ހަތްސަތޭކަ އެއްތިރީސް ރުފިޔާ / ހަތާވީސްލާރި) އާއި، ދަޢުވާލިބޭ ފަރާތުން ފައިނޭންސް ލީސް އެގްރިމެންޓްއާއި، ޚިލާފްވުމުގެ ސަބަބުން ލީޒް އެގްރީމެންޓްގެ ދަށުންކުރެވުނު ލީސް ބާޠިލް ކުރެވުނު ދުވަސްކަމުގައިވާ 25 އޮކްޓޯބަރ 2009 އިން ފެށިގެން 12 ޖެނުއަރީ 2011 ވަނަ ދުވަހާއި ހަމައަށް ލިކުއިޑޭޓެޓް ޑެމޭޖާރސްގެ ގޮތުގައި އަރާފައިވާ 175,251/70ރ. (އެއްލައްކަ ހަތްދިހަ ފަސްހާސް ދުއިސައްތަ ފަންސާސް އެއްރުފިޔާ / ހަތްދިހަލާރި) އާއި، ފައިނޭންސް ލީސް އެގްރިމެންޓާއި، ލެސީ ޚިލާފްވެފައިވާތީ އެމް.އެފް.އެލް.ސީއަށް ލިބެންވާ ފައިސާ ހޯދުމަށްޓަކައި މިމައްސަލަ ކޯޓަށް ހުށަހެޅުމަށްޓަކައި ކޯޓުފީގެ ގޮތުގައި ދެއްކި -/ 25 ރ. އާއި، ޤާނޫނ ވަކީލުންގެ ފީ އަށްދެއްކ -26,000/ރ. (ސައްބީސްހާސް ރުފިޔާ) އާއި އެކު ޖުމްލަ 1,083,556/74ރ. (އެއްމިލިޔަން އަށްޑިހަ ތިންހާސް ފަސްސަތޭކަ ފަންސާސް ހަރުފިޔާ / ހަތްދިހަ ހަތަރުލާރި) ގެ ތެރެއިން މިމުޢާމަލާތުގައި ހިމެނޭ އުޅަނދު ވިއްކާލައިގެން ލިބިފައިވި -300,000/ރ. (ތިންލައްކަ ރުފިޔާ) އުނިކުރުމުން ބާކީވާ 783,556,/74ރ. (ހަތްލައްކަ އަށްޑިހަ ތިންހާސް ފަސްސަތޭކަ ފަންސާސް ހަރުފިޔާ ހަތްދިހަ ހަތަރުލާރި) އަކީ ދަޢުވާލިބޭ ވ. ފުލިދޫ / ހުދުފިނިފެންމާގެ މުޙައްމަދު ވާފިރު އަޙްމަދު (ލެސީ) އާއި، ޢަލީ ވާފިރުގެ ފަރާ ތުން މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ ފައިސާއެއް ކަމުގައި ކަނޑައަޅާ މިފައިސާ މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ލިބިދިނުމުގެ ގޮތުން 30 އޭޕްރީލް 2015 މިދުވަހުން ފެށިގެން މަދުވެގެން އެމަހަކަށްޖެހޭވަރު އެމަހަކު ސިވިލް ކޯޓަށް ފައިސާ ދައްކަމުންގޮސް މީލާދީ 08 މަސްދުވަހުގެ ތެރޭގައި މިފައިސާ ދައްކައި ދަރަނި ޚަލާޞްކުރުމަށް ދަޢުވާލިބޭ ވ. ފުލިދޫ / ހުދުފިނިފެންމާގެ މުޙައްމަދު ވާފިރު އަޙްމަދު (އައިޑީ އާއި ޢަލީ ވާފިރު (އައި.ޑީ. އަށް އަންގައި މުޙައްމަދު ވާފިރު އަޙްމަދާއި ޢަލީ ވާފިރުގެ ޣައިރު ޙާޟިރުގައިޙުކުމްކޮށް " މައްސަލަ ނިންމަވާފައިވާކަން އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕެ ޓަށ ބެލުމުން އެނގެންއޮވެއެވެ.

2ސިވިލް ކޯޓުގެ ނަންބަރު C/2011-/Cv234 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށްބުނެ، ވ. ފުލިދޫ، ހުދުފިނިފެންމާގެ މުޙައްމަދު ވާފިރު އަޙްމަދުގެ ފަރާތުން 02 (ދޭއް) ނުކުތާއެއް ހުށަހަޅައި އެ ނުކުތާތަކާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.  ފުރަތަމަ ނުކުތާއަކީ، ރަޖިސްޓްރީ ނަންބަރު T-10 02-C9417A އުޅަނދަކީ މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑގް މިލްކު އުޅަނދެއް ކަމުގައިވެފައި އެއުޅަނދަށް ދިމާވި އެކްސިޑެންޓާ ގުޅިގެން އެއުޅަނދުގެ ދެ އިންޖީނަށް ލިބުނު ގެއްލުމަށް ބަދަލު ދިނުމުގެ ގޮތުން އެލައިޑު އިންޝުއަރެންސް ކޮމްޕެނީއިން ދެ އިންޖީނު ގަތުމަށް ފައިސާ ދިނުމުން އެފައިސާއަށް އިންޖީނު ގަނެދީފައި ނުވުމަކީ އެއުޅަނދުން ބައެއް އުނިވެފައިވު މުންކަމުގައި ޝަރީޢަތުގައި ދެންނެވުމުން އެކަމަށް ރިޢާޔަތް ނުކުރައްވައި މައްސަލަ ނިންމަވާފައިވ ކަމަށް ބުނެ ހުށަހެޅި ނުކުތާ.  ދެވަނަ ނުކުތާއަކީ، އެކްސިޑެންޓާ ގުޅިގެން އެ އުޅަނދުގެ ދެ އިންޖީނަށް ލިބުނު ގެއްލުމަށް ބަދަލު ދިނުމުގެ ގޮތުން އެލައިޑު އިންޝުއަރެންސް ކޮމްޕެނީ އިން އެ އުޅަނދުގެ ދެ އިންޖީނު ގަތުމަށް މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއާ ޙަވާލުކުރި ފައިސާ މުޙައްމަދު ވާފރި އަޙްމަދަށް ހަމައަށް ނުދިނުމުން އެ އުޅަނދުގެ ދެ އިންޖީނު ނުގަނެވި އުޅަނދުގެ ބޭނުން ނުކުރެވިފައިވާ ކަމުގައި ޝަރީޢަތުގެ ދެންނެވުމުން އެކަމަށް ނުބައްލަވައި މައްސަލަ ނިންމެވުމުން ފޫނުބެއްދޭވަރުގެ ބޮޑު ދަރަންޏެއް މުޙައްމަދު ވާފިރު އަޙްމަދުގެ ބޮލުގައި އެޅިފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.

3HN1HN2މިމައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހެޅިފައިވާ ލިޔުންތަކަށާއި، ސިވިލް ކޯޓުގެ ނަންބަރު C/2011-/Cv234 ޤަޟިއްޔާ ނިމިފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ބުނެ، މުޙައްމަދު ވާފިރު އަޙްމަދުގެ ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކުގެ މައްޗަށް ބެލިއިރު، މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.

(ހ) ފުރަތަމަ ކަމަކީ،އިސްތިއުނާފުކުރެވޭ ސިވިލް ކޯޓުގެ ނަންބަރ C/2011-/Cv234 ޤަޟިއްޔާގައި ވ. ފުލިދޫ / ހުދުފިނިފެންމާގެ، މުޙައްމަދު ވާފިރު އަޙްމަދުގެ މައްޗަށް މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ކޮށްފައިވާ ދަޢުވާއަކީ، މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑއާ މުޙައްމަދު ވާފިރު އަޙްމަދުއާ ދެމެދު ވެފައިވާ ނަންބަރު 07120606 ލީޒް އެގްރިމަންޓްގެ ދަށުން ދައްކަންޖެހޭ ފައިސާ ދައްކާފައިނުވާތީ، 12 ޖެނުއަރީ 2011 ގެ ނިޔަލަށް މުޙައްމަދު ވާފިރު އަޙްމަދު ނުދައްކާވާ ލީޒް ޕޭމަންޓާއި، ގަވާއިދުން ފައިސާ ނުދެއްކުމުގެ ސަބަބުން ދައްކަންޖެހޭ ޖޫރިމަނާ ފައިސާއާއި، އެގްރިމެންޓާއި ޚިލާފްވުމުގެ ސަބަބުން ލިބިފައިވާ އެހެނިހެން ގެއްލުމުގެ ބަދަލު ދެއްކުމަށް މުޙައްމަދު ވާފިރު އަޙްމަދަށާއި، މިމުޢާމަލާތުގައި ގެރެންޓީދީފައިވާ ވ. ފުލިދޫ / ފިނިފެންމާގެ، އަލީ ވާފިރުގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕވޓ ލޓޑގެ ފަރތުނާ ހުށަހެޅުމުން، ދެފަރާތު ދެމެދު ވެފައިވާ އެއްބަސްވުމުގައި ބަޔާންވެގެންވާގޮތުގެ މަތިން މުޙައްމަދު ވާފިރު އަޙްމަދު ފައިސާ ދައްކާފައިނުވާކަން ހުށަހެޅިފައިވާ ލިޔުންތަކުން ސާބިތުވާތީ، ލީޒް ރެންޓާއި، ޖޫރިމަނާއާއި، ލިކުއިޑޭޓެޑް ޑެމޭޖަސްއާއި ކޯޓް ފީ އާއި ވަކީލުފީ އާއެކު ޖުމްލަ 1,083,556/74ރ. (އެއްމިލިޔަން އަށްޑިހަ ތިންހާސް ފަސްސަތޭކަ ފަންސާސް ހަރުފިޔާ / ހަތްދިހަ ހަތަރުލާރި) ގެ ތެރެއިން މި މުޢާމަލާތުގައި ހިމެނޭ "ޕާރލް" އެވެ ކިޔާ އުޅަނދު ވިއްކާލައިގެން ލިބިފައިވާ -300,000/ރ. (ތިންލައްކަ ރުފިޔާ) އުނިކުރުމުން ބާކީވާ 783,556,/74ރ. (ހަތްލައްކަ އަށްޑިހަ ތިންހާސް ފަސްސަތޭކަ ފަންސާސް ހަރުފިޔާ ހަތްދިހަ ހަތަރު ލާރި) އަކީ މުޙައްމަދު ވާފިރުއަޙްމަދގްފަރާތުން މޯލްޑިވްސް ފައިނޭންސް ލީސިންގްކޮމްޕެނީ ޕްރައިވެޓ ލިމިޓެޑަށިދައްކަންޖެހޭ ފައިސާއެއްކަމުގައ ކަނޑައަޅައި ޙުކުމްކުރައްވައކަން އެނގެންއޮންނަކަމެވެ.

(ށ) ދެވަނަ ކަމަކީ، މި މައްސަލަ އިސްތިއުނާފުކުރަމުން މުޙައްމަދު ވާފިރު އަޙްމަދުގެ ފަރާތުން މައިގަނޑުގޮތެއްގއަ އިސްތިއުނާފު ބިނާކޮށްފައިވަނީ ރަޖިސްޓްރީ ނަންބަރު T-10 02-C9417A "ޕާރލް 2" ނަމަކަށް ކިޔާ އުޅަނދު އެކްސިޑެންޓވުމް ގުޅިގެން އެ އުޅަނދުގެ ދެ އިންޖީނަށް ލިބުނު ގެއްލުމަށް ބަދަލު ދިނުމުގެ ގޮތުން އެލައިޑު އިންޝުއަރެންސް ކޮމްޕެނީ އިން މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއާ ޙަވާލުކުރި ފައިސާ މުޙައްމަދު ވާފިރު އަޙްމަދަށް ނުދީ ހިފަހައްޓާފައިވާކަމުގެ މައްޗަށްކަމާއި، ހުށަހެޅިފައިމިވާ މައްސަލާގައި ހުށަހެޅުން ލިޔުންތަކަށް ބަލާއިރު، މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނިޕްރައިވެޓް ލިމިޓެޑުއާއު މުޙައްމަދު ވާފިރު އަޙްމަދު އާދެމެދ ރަޖިސްޓްރީ ނަންބަރ T-10 02-C9417A "ޕާރލް 2" ނަމަކަށް ކިޔާ ސްޕީޑް ލޯންޗް ފައިނޭންސް ލީސް އުސޫލުން ލީސް ކުރުމަށް އެއްބަސްވެފައިވާކަން ނަންބަރު 07120606 ލީޒް އެގްރިމަންޓަށް ބެލުމުން އެނގޭކަމާއި، ބުނެވުނު އެއްބަސްވުމުގެ 1 ވަނަ މާއްދާގައި އެއްބަސްވުމުގެ ޝެޑިއުލް އައިޓަމ ( 4) ގައި ސިފަކޮށްފައިވް ލީސްކުރެވޭ މުދައު، އެއްބަސްވުމުގެ ކަނޑައަޅާފައިވާ މުއްދަތުގައި ލެސޯރ ލެސީއަށް ލީސްކޮށްދިނުމަށް އެއްބަސްވެ، އަދި ލެސީ ލެސޯރގެ އަތުން ފައިނޭންސް ލީސް އުސޫލުން ނެގުމަށް އެއްބަސްވެ، އެއްބަސްވުމުގައިވާ ޝެޑިއުލާއި ޝަރުޠާއި އެއްގޮތްވާގޮތުގެ މަތިން، އާއެއްބަސްވުމުގައ ކަނޑައަޅާފައިވްލީސްޕޭމަންޓް،ލީސްޕޭމަންޓުކަނޑައަޅާ މުއްދަތުގެ ތެރޭގައި ގަވާއިދުން ދެއްކުމަށާއި އ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މާއްދާތަކާއި ޝަރް ޠުތަކަށް އެއްބަސްވާކަމަށް ބަޔާންކޮށްފައިވާއިރު، ބުނެވުނު އެއްބަސްވުމުގެ ޝެޑިއުލް އައިޓަމި 10 ގައި ލީޒް ޕޭމަންޓް ދައްކާނެގޮތް ބަޔާންކޮށްފައިވާކަމާއ، އެހެންނަމަވެސް، މުޙައްމަދު ވާފިރު އަޙްމަދު ގެ ފަރާތުން އެއްބަސްވުމުގައިވާ ގޮތަށް ލީޒް ޕޭމަންޓް ދައްކާފައިނުވި ކަނާ މ މައްސަލާގައި ހުށަހެޅުނު ލިޔުންތަކަށާއި ދެފަރާތުން ދައްކާފައިވާ ވާހަކަތަކުނ އެނގެންއޮންނަކަމާއި، މުޙައްމަދު ވާފިރު އަޙްމަދު ގެ ފަރާތުން އެއްބަސްވުމުގެ ދަށުން ގަވާއިދުން ފައިސާ ދައްކަމުން ގޮސްފައިނުވާކަމާއި، އަދި ކަން އެގޮތުގައި އޮއްވެ ދެފަރާތު ދެމެދު ވެވުނު އިޝާރާތްކުރެވޭ އެއްބަސްވުމުގ ދަށުން ލީޒް ކުރެވުނު ރަޖިސްޓްރީ ނަންބަރ T-10 02-C9417A "ޕާރލް 2" ސްޕީޑް ލޯންޗަށް އެކްސިޑެންޓެއް ދިމާ ވެފައިވާކަމާއި، ބުނެވުނު އެކްސިޑެންޓުގައި އެ ލޯންޗަށް ލިބުނު ގެއްލުމާއި ގުޅިގެން އިންޝުއަރެންސް ކްލެއިމް ކުރުމުން އެލައިޑް އިންޝުއަރެންސް ކޮމްޕެނީން މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑށަ ފައިސާ ދިނުމުން، އެ ފައިސާއިން އެހާތަނަށް މުޙައްމަދު ވާފިރު އަޙްމަދގު ފަރާތުން ނުދައްކާވާ ފައިސާ މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑނު އުނިކޮށްފައިވާކަމާއި، އަދި އެފަދައިން ފައިސާ އުނިކުރެވުމަކީ ކުރެވޭނެކަމެއްނޫން ކަމުގައި މުޙައްމަދު ވާފިރު އަޙްމަދު ގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ރިޢާޔަތްކުރާއިރު، މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އާއުމުޙައްމަދު ވާފިރު އަޙްމަދު އާދެމެދ ރަޖިސްޓްރީ ނަންބަރ T-02 10-C9417A "ޕާރލް 2" ސްޕީޑް ލޯންޗު ލީޒްކުރުމަށް ވެފައިވާ އެއްބަސްވުމުގެ 13.3 ވަނަ މާއްދާއަށް ބެލުމުން އެއްވެސް ސަބަބަކާ ހުރެ ލީޒްކުރެވޭ މުދައު ގެއްލިއްޖެނަމަ ނުވަތަ ހަލާކުވެއްޖެ ޙާލަތެއްގައި (މީގެ ތެރޭގައި ތަޞައްވަރުނުކުރެވޭ އެންމެހާ ގެއްލުމާއި މިލްކުވެރިކަމަށް ލިބޭ އުނިކަން ހިމެނޭގޮތުން) 17.2 މާއްދާގެ (ހ) ގައި ތަފްޞީލްކޮށް ބަޔާންކޮށްފައިވާ އެންމެހާ އަގެއް ލެސީ ލެސޯރއަ ށ ވަގުތުން އަދާކުރަންވާނެކަމއި، އެހެންނަމަވެސް، ލީޒްކުރެވޭ މުދަލުގެ އަގުގާ ބާކީއާއި ޖުމްލަ ލީޒްޕޭމަންޓްގެ ބާކީ ލެސޯރއަށް އެއްކޮށް ދައްކާ ޚަލާޞްކޮށްފައިވާނަމަ، އިންޝުއަރެންސް ކޮށްފައިވާ ފރާތުނަ އިންޝުއަރެންސްގެ ދަށުން ހޯދައި، ލިބޭ އެންމެހާ ފައިސާއެއް ލެސީއަށް ލެސޯރ ދޭންވާނެކަމަށް ބަޔާންކޮށްފައިވާއިރު، މުޙައްމަދު ވާފިރު އަޙްމަދު ގެ ފަރާތުން އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ފައިސ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މުއްދަތުގައި ގަވާއިދުން ދައްކަމުން އައިސްފައިނުވާކަން އެނގެންއޮންނައިރު، މޯލްޑީ ވްސ ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑު ގެ ފަރާތުން އުނިކޮށްފައިވަނު މުޙައްމަދު ވާފިރު އަޙްމަދގެ ފަރާތުން އެހާތަނަށް ނުދައްކާވާ ފައިސް ކަން އެނގެންއޮންނަކަމާއި، އަދި އެ ފައިސާ އުނިކުރުމުން އެކަމަށް މުޙައްމަދު ވާފިރު އަޙްމަދގެ ފަރާތުނިއިންކާރުކޮށްފައިނުވކަމާއ، އެ ގޮތުން، 25 ނޮވެމްބަރު 2009 ގައި މުޙައްމަދު ވާފިރު އަޙްމަދު ގެ ފަރާތުން މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑށަ ފޮނުވި ސިޓީގައި މަހުން މަހަށް ދައްކަންޖެހޭ ޕޭމަންޓްތައް ނުދެއްކިގެން މައްސަލަ ލަސްވަމުންދަނީ އެ ވަގުތު ދިމާވެފައިވާ ދަތިކަމެއްގެ ސަބަބުންކަމަށާއި، ވީ އެންމެ އަވަހަށް ފައިސާ ދެއްކުމަށްޓަކައި މަސައްކަތްކުރާ ވާހަކަ ބުނެފައިވާއިރު، 16ޑިސެމްބަރު 2009 ގައި ފޮނުވި ސިޓީގައި މި ލީޒް ފެސިލިޓީއާމެދު އަދި އޭގެ މިލްކުވެރިކަމާމެދު އެއްވެސް ދައުވާއެއް ނެތްކަމަށް ބުނެފައިވާކަމާއި، މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުށް އިންޝުއަރެންސް ކްލެއިމަ ކުރުމުން ލިބުނު ފައިސ މުޙައްމަދު ވާފިރު އަޙްމަދ އާ ޙަވާލުކުރުން ލާޒިމްވަނީލީޒްކުރެވޭ މުދަލުގެ އަގުގެ ބާކީއާއި ޖުމްލަ ލީޒްޕޭމަންޓްގެ ބާކުމުޙައްމަދ ވާފިރު އަޙްމަދ ގެ ފަރާތުން ދައްކާފައިވާނަމަ ކަމާއި، އެހެންނަމަވެސް، ހުށަހެޅިފައިމިވާ މައްސަލާގައު އިންޝުއަރެންސް ކްލެއިމް ކުރުމުން ލިބުނު ފައިސ އުނިކޮށްފައިވަނީ ދެފަރާތު ދެމެދު ވެވުނައެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ފައިސާ އެއްބަސްވުމުގައ ބަޔާންކޮށްފު އިވާ މުއްދަތުގައް މުޙައްމަދު ވާފިރު އަޙްމަދާ ގެ ފަރާތުނީ ގަވާއިދުން ދައްކަމުން އައިސްފައިނުވާތީ އެހާތަނަށް ނުދައްކާވާ ފައިސާކަން އެނގެންއޮތުމުން، އިންޝުއަރެންސް ކްލެއިމުން ލިބުނު ފައިސުމުޙައްމަދ ވާފިރު އަޙްމަދެއަށް ނުދެހިފް ހެއްޓުމަށްފަހު، އެ ފައިސާއިން އުހާތަނަށްމުޙައްމަދު ވާފިރު އަޙްމަދަމޯލްޑިވްސ ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްށް ދައްކްނުޖެހޭ ފައިސާ އުނިކޮށްފައިވާ އުނިކުރުން ދެފަރާތް ދެމެދުވެފައިވާ ލީޒް އެގްރިމަންޓާއި ޚިލާފްވެފައިވަނީ ކިހިނަކުންކަން މުޙައްމަދު ވާފިރު އަޙްމަދެއަށ ބުނެދވިފައިނުވާކަމެވެ. އެހެންކަމުން، އިސްވެ ބަޔާންކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމުން، މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ، ސިވިލް ކޯޓުގެ ނަންބަރު C/2011-/Cv234 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ވ. ފުލިދޫ / ހުދުފިނިފެންމާގެ، މުޙައްމަދު ވާފިރު އަޙްމަދުގެ ފަރާތުން ހުށަހެޅި ނުކުތާތަކަށް ބަލައި އެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ފެންނަން ނެތްކަމުގައެވެ.  ޙުކުމް: ދެންފަހެ، އިސްވެ ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން،ސިވިލ ކޯޓުގެ ނަންބަރ C/2011-/Cv234 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލުގެންނާނެތަނެއް ނެތްކަމަށް މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ