ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2016/HC-A/34ހައިކޯޓު · 19 އޮކްޓޫބަރު 2017 · ފައިސާ ހޯދުން

—

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ސުޕްރީމް ކޯޓަށް އިސްތިއުނާފުކޮށްފައި ނުވޭ · ރަޖިސްޓްރީ ބެލީ 15 އޮކްޓޫބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 19 އޮކްޓޫބަރު 2017ބާވަތް: މަދަނީ

ޚުލާޞާ

ކޯޓަށް އައި ގޮތް
ސިވިލް ކޯޓުން 1,451,225.33 ރުފިޔާ ދައްކަންޖެހޭކަން ސާބިތުވާކަމަށް ކަނޑައަޅައި ފައިސާ ދެއްކުމަށް އަމުރުކުރިއެވެ. ގެއްލުމުގެ ބަދަލާއި ވަކީލުގެ ޚަރަދު ނަގައިނުދިނެވެ.
ވާޤިޢާ
ޢިމާރާތެއްގެ ފްލޯރތައް އިމާރާތްކުރުމުގެ އަގު އަދާކުރުމަށް ކޮންސްޓްރަކްޝަން ކުންފުންޏަކާއި ފަރުދަކާ ދެމެދު ސްޕޯޓްސް ކްލަބެއްގެ ގެރެންޓީއާއެކު 2009 ގައި އެއްބަސްވުމެއް ވެފައިވިއެވެ. ފައިސާ ނުދައްކާތީ ކުންފުނިން ދަޢުވާކުރިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ތިން ފަރާތުގެ މެދުގައި ވެފައިވާ ގެރެންޓީ ހިމެނޭ އެއްބަސްވުމެއްގެ ދަށުން ދައްކަންޖެހޭ ފައިސާގެ ޒިންމާ ފައިސާ ދައްކަން އެއްބަސްވި ފަރާތުގެ މައްޗަށް އޮތްތޯ، ނުވަތަ ގެރެންޓަރގެ ފުރިހަމަ ޒިންމާއާއި ފްލޯރތައް ކުއްޔަށްދީގެން ފައިސާ ހޯދުމުގެ ޝަރުޠުގެ ސަބަބުން އެފަރާތް ޒިންމާއިން ބަރީއަވޭތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
އިސްތިއުނާފުކުރި ފަރާތުން ބުނީ ދަޢުވާ ރައްދުވާންވީ ފުރިހަމަ ޒިންމާ ނަގާ ގެރެންޓަރ ކްލަބުގެ މައްޗަށްކަމަށާއި، ފައިސާ ހޯދަންވީ ފްލޯރތައް ކުއްޔަށްދީގެންކަމަށެވެ.
ކޯޓުގެ ސަބަބުތައް
އެއްބަސްވުމުގެ 5.1 ގައި ފައިސާ އަދާކުރަންޖެހޭ ފަރާތަކީ އިސްތިއުނާފުކުރި ފަރާތެވެ. ގެރެންޓީ އަދި ކުއްޔަށްދިނުމުގެ ޝަރުޠަކީ އެފަރާތް ޒިންމާއިން ބަރީއަވާ ސަބަބުތަކެއް ނޫނެވެ.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

ދެފަރާތެއްގެ ދެމެދުގައިވެވޭ އެއްބަސްވުމެއް ދިވެހިރާއްޖޭގެ ޤާނޫނުތަކާއި އެޤާނޫނުތަކުން ބާރުލިބިގެން ހެދޭ ޤަވާޢިދުތަކާއި އިސްލާމްދީނުގެ އަޞްލަކާއި އިސްލާމީ ޝަރީޢަތާ ޚިލާފުވާކަން އަދި ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ޤާނޫނުގައި އެއްބަސްވުމެއް ފުރިހަމަވުމަށް ޝަރުޠުކުރާ އެންމެހާ ކަންކަން ފުރިހަމަވެފައި ނުވާކަން ޝަރީޢަތަށް ސާބިތުނުވާހާ ހިނދަކު، މިފަދަ އެއްބަސްވުމަކީ އެއެއްބަސްވުމުގައި ބައިވެރިވާ ފަރާތްތަކުން އެއެއްބަސްވުމަކަށް ޢަމަލުކުރަން ލާޒިމްވާ ގޮތަށް އެއްބަސްވުމުގެ ބައިވެރިންގެ މެދުގައި ބަނދެވޭ ބަނދެވުމެކެވެ. (ޕެރ. 3(ށ))

އެއްބަސްވުމަކާ ގުޅިގެން އުފެދޭ މައްސަލަތައް ބެލުމުގައި އެންމެ ފުރަތަމަ ރުޖޫޢަވާންޖެހޭނީ އެއެއްބަސްވުމުގައި އެކަމެއް އޮތް ގޮތެއްގެ މައްޗަށެވެ. (ޕެރ. 3(ށ))

އެއްބަސްވުމުގެ ދަށުން އަދާކުރަންޖެހޭ އިލްތިޒާމްތައް އަދާނުކޮށްފިނަމަ އެއިލްތިޒާމްތައް އަދާކުރުމުގެ ޔަޤީންކަންދޭ ފަރާތެއްގެ ގޮތުގައި ތިންވަނަ ފަރާތެއް ފުރިހަމަ ޒިންމާ އުފުލާނެކަމަށް އެއްބަސްވުމުގައި ސޮއިކުރުމަކީ، އިލްތިޒާމް އަދާކުރަންޖެހޭ ފަރާތް އެއްބަސްވުމުގެ ދަށުން އުފުލަންޖެހޭ ޒިންމާއިން ބަރީއަވާނެ ސަބަބެއް ނޫނެވެ. (ޕެރ. 3(ށ))

ފައިސާ ދައްކަންޖެހޭ ފަރާތުން ފައިސާ ނުދެއްކޭ ޙާލަތުގައި، ފައިސާ ލިބެންވާ ފަރާތަށް ތަންތަން ކުއްޔަށްދީގެން ފައިސާ ހޯދުމުގެ ޙައްޤު ލިބޭގޮތަށް އެއްބަސްވުމުގައި އޮތުމަކީ، އެއްބަސްވުމުގެ ދަށުން ފައިސާ ދައްކަންޖެހޭ ފަރާތް އަދާކުރަންޖެހޭ ޒިންމާތަކުން ބަރީއަވާނެ ސަބަބެއް ނޫނެވެ. (ޕެރ. 3(ނ))

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު)
  • 24 މާރިޗު 2009 ގެ އެއްބަސްވުމުގެ 1، 2، 3، 4، 5.1 އަދި 6 ވަނަ މާއްދާތައް

ފަނޑިޔާރުން

ބެންޗު
ޢަބްދުލްޣަނީ މުޙައްމަދު، ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ޝުޖާޢު ޢުޘްމާން
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

a ދިވެހިރާއްޖޭގެ ހައިކޯޓު ދިވެހިރާއްޖެ Uޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ • ޤަޟިއްޔާ ނަންބަރު: 2016/HC-A/34 • އިސްތިއުނާފކުރު ފަރާތް: * ނަން: ޢަލީ އަޝްފާޤް * އައި.ޑީ.* ދާއިމީ އެޑްރެސް: […] * މިހާރުގެ އެޑްރެސް: […] * ނަން: ޔޫމެޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް * ރެޖިސްޓްރީ ނަންބަރު: C-173/2006 * ދާއިމީ އެޑްރެސް: […] * މިހާރުގެ އެޑްރެސް: […] * ނިންމެވި ކޯޓު: ސިވިލް ކޯޓު * ޤަޟިއްޔާގެ ބާވަތް: ފައިސާ ހޯދުމަށް އެދި * ހުށަހެޅި ތާރީޚް: 16 އެޕްރީލް 2013 * ނިންމެވި ތާރީޚް: 19 ނޮވެމްބަރު 2015 • މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރު ޢަބްދލު ޣަނީ މުޙައްމަދު، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ފަނޑިޔާރު ޝުޖާޢު ޢުޘްމާން )ރިޔާސަތު( • U ދަޢުވާގެ ޚުލާޞާ: މިއީ، ސިވިލް ކޯޓުގެ ނަންބަރު 816/Cv-C/2013 ޤަޟިއްޔާނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފުކަމަށް ބުނެ އެޤަޟިއްޔާ އިސްތިއުނާފުކުރުމަށ، އެދިމއ. ދުބުގެ، ޢަލ އަޝްފާޤެ ގެ ފަރާތުނ ދިވެހިރާއްޖޭގ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި ދަޢުވާރައްދުވާފަރާތަކީ ޔޫމެޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އެވެ. • Uފާހަގަ ކުރެވުނު ނުކުތާތައް:

1ޔޫމެޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް )ރަޖިސްޓްރީ ނަންބަރ: C-173/2006( އާއި، […] / މާލެ، ޢަލީ އަޝްފާޤއް ދެމެދު ވީ.ބީ ސްޕޯޓްސް ކުލަބުގެ ފަރާތުން ގެރެންޓީ ދީގެން 24 މާރި ޗ 2009 ގައި ވެފައިވާ އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން ޔޫމެޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން ޚަރަދުކޮށްފައިވާ 1,451,225/33 ރ.)އެއްމިލިއަން ހަތަރުލައްކަ ފަންސާސްއެއްހާސް ދުއިސައްތަ ފަންސަވީސް ރުފިޔާ / ތިރީސތިން ލާރި( އާއި، އެއްބަސްވުމުގެ ދަށުނ ދައްކަންޖެހޭ ފައިސާ ދއަ ކަންޖެހޭ ތާރީޚަށް ނުދެއްކުމުގެ ސަބަބުން ޔޫމެޓް ކޮންސްޓްރަކްޝަން ޕްރައިވެޓ ލިމިޓެޑަށް ލިބިފައިވާ މާލީ ގެއްލުން ކމުގައިވ 370,000/- ރ. )ތިންލައްކަ ހަތްދިހަހާސް ރުފިޔާ( އާއި، ޤާނޫނީ ވަކީލަށް ޚަރަދުކުރަންޖެހުނ 150,000/-ރ. )އެއްލައްކަ ފަންސާސް ހާސް ރުފިޔާ( އާއެކު ޖުމްލަ 1,971,225/33ރ. )އެއްމިލިއަން ނުވަލައްކަ ހަތްދިހައެއްހާސް ދުއިސައްތަ ފަންސަވީސް ރުފިޔާ / ތިރީސްތިން ލ ރ( ލިބިގަތުމަށްއެދި ޢަލީ އަޝު ފާޤް އާއި، ވީ.ބީ ސްޕޯޓްސް ކްލަބިގެ މައްޗަށް ޔޫމެޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން ދަޢުވާ ކުރުމުން ބެލުނު މައްސަލައެއްކަމާއި، އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ "ދެންފަހެ އިސްވެފާހަގަކުރެވުނު ނުކުތާތަކަށާއި، މިމައްސަލައިގައި ހުށަހެޅިފައިވާ އެހެނިހެން ލިޔުންތަކުގެ މައްޗަށް ޝަރީޢަތުން ރިޢާޔަތްކޮށް […] / މާލެ، ޢަލީ އަޝްފާޤއާއި ވީ.ބ ސްޕޯޓްސް ކްލަބުގެ މައްޗަށް ޔޫމެޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑު )ރަޖިސްޓްރީ ނަންބަރ: C-173/2006( އިން ހުށަހަޅާފައިވާ މިމައްސަލަ ޝަރީއަތުން ބެލިއިރުގައި، ވީ. ބީ ސްޕޯޓްސް ކުލަބްގެ ފަރާތުން ގެރެންޓީ ދީގެން ޔޫމެޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި، ޢަލ އަޝްފާޤް އާދެމެދ 24 މާރި ޗ 2009 ގައި އެއްބަސްވުމެއް ވެފައިވާކަމާއި، މި އެއްބސްވުމުގަ 2 ވަނަ މާއްދާގުދަށުން ޢަލީ އަޝްފާޤު އާއި، ވީ. ބީ ސްޕޯޓްސް ކުލަބުން 1,451,225/33ރ. )އެއްމިލިއަން ހަތަރުލައްކަ ފަންސާސްއެއްހާސް ދުއިސް އްތަ ފަންސަވީސް ރުފިޔާ/ ތިރީސްތިންލާރި( ޔޫމެޓް ކޮންސްޓިރަކްޝަން ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭކަން މިމައްސަލައިގައި ހުށަހެޅިފައިވާ ލ ޔުންތަކުނ ޝަރީއަތަށް ސާބިތުވާކަމާއި، މި ފައިސާގެ އިތުރުން 370,000/-ރ. )ތިންލައްކަ ހަތްދިހަހާސް ރުފިޔާ( ގެއްލުމުގެ ބަދަލުގެ ގޮތުގައި ހޯދުމަށް އެދިފައިވިއަސް، މިފަދައިން ގެއްލުންވެފައިވާކަން މިމައްސަލއިގައ ހުށަހެޅިފައިވާ ލިޔުންތަކުންޝަރީއަތަށް ސާބިތުނުވެ ކަމާއި، އަދި ޤާނޫނީ ވަކީލުގެ ޚިރަދަކީ ދެފަރާތުގެ ދެމެދުގައި ކުރިން އެއްބަސްވެފައި ނުވާހިނދު، އަނެއް ފަރާތުގެ ކިބައިން ނަގައިދެވޭނެ ޚަރަދެއްކަމުގައިނުވާތީ، އެދިފައިވާ ޤާނޫނީ ވަކީލުގެ ޚަރަދު ޝަރީއަތުން ނަގައިދެވެން ނެތްކަމާއި، މިމައްސަލައިގައި ސާބިތުވެފައިވާ ފައިސާ މިއަދު 19 ނޮވެމްބަރ 2015 އިން ފެށު ގެނި ކޮންމެ މަހަކު މަދުވެގެން އ މަހަކަށް ޖެހޭމިންވަރު މިކޯޓަށް ދައްކަމުންގޮސް، މިފައިސާ އެކުޖުމްލ 06 )ހައެއް( މަސްދުވަހުގެ ތެރޭގައި އެއްކޮށް ދައްކައި ޚަލާސްކުރުމަށް ވީ.ބީ ސްޕޯޓްސް ކުލަބަށ އަންގައި، ޢަލީ އަޝްފާޤްއަށް ޣައިރު ހާޟިރުގައި އަންގައި، ޙުކުމްކޮށްފީމެވެ." މިފަދައިންނެވެ. 02- ސިވިލް ކޯޓުގެ ނަންބަރު 816/Cv-C/2013 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ބުނުމއެ.ދުބުގެ، ޢަލީ އަޝްފާޤގް ފރާތުނަ 02 )ދޭއް( ނުކުތަ ހުށަހަޅައި އެނުކުތާތަކާއި ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެގޮތުންހުށަހަޅާފައިވާ؛ • ފުރަތަމަ ނުކުތާއަކީ: އިސްތއުނާފި ކުރާފަރާތާއި އިސްތިއުނާފ ރައްދވު ފަރާތާއި، ވީ.ބީ ސްޕޯޓްސް ކްލބ ގެ މެދުގައި، 24 މާރި ޗ 2009 ގައި ވެފައިވާ އެއްބާސްވުނަ ވެވިފައިވަނީ، ޢަލ އަޝްފްޤްއާއި، ޔޫމެޓް ކޮންސްޓްރަކްޝަން ޕްރައިވެޓ ލިމިޓެޑާއި، ވީ.ބީ ސްޕޯޓްސް ކްލަބް ހިމެނޭގޮތުން މި 3 ފަރާތުގެ މެދުގައި ކަމަށްވާއިރު، އަދި އެއްބަސްވުމުގެ ދަށުން ފައިސާ ހޯދުމަށް ޔޫމެޓް ކޮންސްޓްރަކްޝަން ޕްރައިވެޓ ލިމިޓެޑްގެ ފަރާތުން އެއްވެސް ދަޢުވާއެއް ކުރާނަމަ، އެފަދަ ދަޢުވާއެއް ރައްދުވާނީ، ފައިސ ދެއްކުމުގެ ފުރިހަމަ ޒިންމާ އުފުލުމަށް އެއްބަސްވެފައިވާ ފަރާތްކަމަށްވާ ވީ.ބީ ސްޕޯޓްސްގެ މައްޗަށް ކަމަށްވާއިރު ސިވިލް ކޯޓު ޙުކުމުގައި އެކަމަށް ރިޢާޔަތްކުރައްވާފއި ނުވާކަމަށްބުނ ހުށަހެޅި ނުކުތާއެވެ. • ދެވަނަ ނުކުތާއަކީ:އިސްތިއުނާފު ކުރާފަރާތާއި އިސްތިއުނާފް ރައްދުވުފަރާތާއި، ވީ.ބީ ސްޕޯޓްސް ކުލަބގެ މެދުގައި، 24 މާރި ޗ 2009 ގައި ވެފައިވާ އެއްބަސްވުމުގެ ދަށުން، ދައްކަންޖެހޭ ފައިސާ ދެއްކުމަށް ޢަލީ އަޝްފާޤު ގެމައްޗަށް އަންގަވާފައިވާއިރު، މިދެންނެވި އެއްބަސްވުމުގެ ދަށުނ ދައްކަންޖެހޭ ފައިސާ ހޯދަންވާނީ، ޢިމާރާތުގް ފްލޯތައް ކުއްޔަށް ދީގެންކަމަށްއެއްބަސްވުމަށް ބެލުމުން ފެންނަން އޮތްއިރު، އެކަމަށް ރިޢާޔަތްކުރެއްވުމެއްނެތި، މި މައްސަލައިގައި ހިމެނޭ ފައިސާ ސިވިލް ކޯޓުށް ދެއްކުމަށް ޢަލ އަޝްފާޤގެ މައްޗަށް އަންގަވައި އަމުރްކުރައްވާފައިވަނީ، މި ދެންނެވި އެއްބަސްވުމުގެ ދަށުން ފައިސާ ދައްކަންވާނެ ގޮތް ކަމަށް ބަޔާންކޮށްފައިވާ ގޮތާ ޚިލާފަށްކަމަށބުނެ ހުށަހެޅި ނުކުތާއެވެ.

3HN1HN2HN3HN4ސިވިލް ކޯޓުގެ ނަންބަރު 816/Cv-C/2013 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ބުނެމއ. ދުބުގެ ޢަލީ އަޝްފާޤގެ ފަރާތުން އިސްތިއުނާފް ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި އެނުކުތާތަކާއި ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވ ކަންތައްތައް ފާހަގަކުރެވެއެވެ. )ހ( ފުރަތަމަ ކަމަކީ، މިމައްސަލާގައި ކަނހިނގާފައިވް ގޮތަށް ބަލއިރު،މިމައްސަލައަކީ ޔޫމެޓް ކޮންސްޓްރަކްޝަން ޕްރައިވެޓ ލިމިޓެޑެ އާ […] ޢަލީ އަޝްފާޤުއާއި ދެމެދް ވީ.ބީ ސްޕޯޓްސް ކުލަބުގެ ފަރާތުން ގެރެންޓީ ދީގެން 24 މާރިޗް 2009 ގައި ވެފައިވާ އެއްބަސްވުމާއި ގުޅިގެން އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ފައިސާ ހޯދުމަށް ޔޫމެޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑގު ފަރާތުން ހުށަހެޅި މައްސަލައެއް ކަމާއި، ދަޢުވާ ގައި ބަޔާންކޮށްފައިވާ އެއްބަސްވުމަށް ބަލާއިރު އެއީ، […] ކިޔާ ގޯތގެހަދާފައިވ ޢި މާރާތުގ 6 ވަނަ ފްލޯރ އާއި 07 ވަނަ ފޯލޯރ އަދި ޓެރަސް ފްލޯރާ ޢިމް ރާތްކުރުމުގެ އަގު އަދާކުރުމ ގުޅޭގޮތުނާޔޫމެޓް ކޮންސްޓްރަކުޝަން ޕްރައިވެޓް ލިމިޓެޑާއި […] ޢަލީ އަޝްފާޤު އާދެމެދ 24 މާރިޗް 2009 ދުވަހުގައި ވެފައިވާ އެއްބަސްވުމެއް ކަމާއި އެ އެއްބަސްވުމުގެ ދަށުނާ އަދާކުރަންޖެހޭ ފައިސ، އަދާކުރަންޖެހޭ ފަރާތަކީ ޢަލީ އަޝްފާޤް ކަމަށް އެ އެއްބަސްވުމުގެ 5.1 ވަނަ މާއް ދާގައް ބަޔާންކޮށްފައިވ ކަމާއިއަދި އެ އެއްބަސްވުމުގެ ދަށުން ފައިސާދައްކަންޖެހޭ މިންވަރާއި ފައިސާ ދެއްކުމަށް ދެފަރާތުން އެއްބަސްވެފައިވާ ގޮތް އެއްބަސްވުމުގ 2 އަދި 03 ވަނަ މާއްދާގައި ބަޔާންކޮށް ފައިވާކަމާއި، އެގޮތުން އެފައިސް އަދާކުރުމަށްޓަކައި މާރިޗު 2009 އިން ފެށިގެން 48 )ސާޅިސް އަށެއް( މަހު، މަހަކު -/30000 ރ. ) ތިރީސ ހާސް( ރުފިޔާ ދައްކައި 49 )ސާޅީސް ނުވައެއް( ވަނަ މަހު 11255.33ރ. ) އެގާރަހާސް ދުއިސައްތަ ފަންސާސް ފަސްހާސް ރުފިޔާ ތެއްތިރީސް ލާރި( ފައިސާލބެންވާ ފަރާތަށި ދައްކާގޮތަށް އެއްބަސްވެފައިވާއިރު، އަދި ބުނެވިދިޔަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށްފައިސާ އަދާ ނކުރެވ 02 މަސް ދުވަސް ފާއިތުވެއްޖެނަމަ، ފައިސާ ލިބެންވާ ފަރާތަށް އެ އެއްބަސްވުމުގ 01 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ތަންތަން ކުއްޔަށް ދީގެން ފައިސާ ހޯދުމުގެ ޙައްޤު ލިބިގެންވާ ކަމަށް އެ އެއްބަސްވުމުގ 04 ވަނަ މާއްދާގައި ބަޔާންކޮށްފައވި ކަމާއި އަދި އެ އެއްބަސްވުމަށަފައިސާ ދައްކަންޖެހޭ ފަރާތުން ޢަމަލުނުކޮށްފިނަމަ، އެ އެއްބަސްވުމުގެ ދަށުން ފައިސާ ލިބެންޖެހޭ ފަރާތަށް ދައްކަންޖެހޭ ފ އިސާ ދެއްކުމުގެ ފުރިހަމަ ޒިންމާ ވީ.ބީ ސްޕޯރޓްސް ކްލަބުގެ ފަރާތުނ އުފުލުމަށް އެއްބަސްވެފައިވާކަމަށް އެ އެއްބަސްވުމުގ 6 ވަނަ މާއްދާގއަ ބަޔާންކޮށް އެކުލަބުގެ ފަރާތުނ ސޮއިކޮށފައ ވާއިރު، ޔޫމެޓް ކޮންސް ޓްރަކުޝަން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ބުނެވިދިޔަ އެއްބަސްވުމުގ ދަށުން އެކުންފުންޏަށް ލިބެންޖެހޭ ފައިސާ ހޯދުމުގެ މައްސަލަ ކޯޓަށް ހުށަހެޅުމުގެ ކުރިން ޢަލީ އަޝްފާޤަށް 17 މާރިޗް 2010 އާއި 28 މާރިޗް 2010 ގައި ޔޫމެޓް ކޮންސްޓަރަކުޝަން ޕްރައިވެޓް ލިމިޓެޑުގެ ފަރަ ތުނ ސިޓީ ފޮނުވާފައި އޮންނަކނެ މިމައްސަލައާ އެކު ހުށަހެޅިފައިވާ ލިޔުންތަކުން އެނގޭކަމާއި އަދި ބުނެވިދިޔަ ސިޓީ ތަކާއި ގުޅިގެން އެއްވެސް ފިޔަވަޅެއް އަޅާފައިނުވާތީ އެއްބަސްވުމުގެ ގިރެންޓީ ދީފައިވާ ފަރާތުގެ ހައިސިއްޔަތުން މައްސަލަ ސުލްޙަވެރިގޮތަކަށް ނިންމައިދިނުމަށާއި އެކަމުގައި އެއްބާރުލުން ދިނުން އެދޭ ވީ. ބީ ސްޕޯޓްސް ކްލަބަށ 06 އެޕްރީލް 2010 ގައި ސިޓީ ފޮނުވާފައި އޮންނަކަން އެނގެން އޮންނަކަމެވެ. )ށ( ދެވަނަ ކަމަކީ،މިމައްސަލަ އިސްތިއުނާފް ކުރުމަށް އެދި ޢަލީ އޝްފާޤުގެ ފަރާތުނ ހުށަހަޅާފައިވާ ނުކުތާ ތަކަށް ބަލާއިރު،އިސްތިއުނާފ ކުރާފަރާތާއި އިސްތިއުނާފ ރައްދުވާ ފަރާތާއި، ވީ.ބީ ސްޕޯޓްސް ކްލަބުގެ މެދުގައި، 24 މާރި ޗ 2009 ގައި ވެފައިވާ އެއްބަސްވުން ވެވިފައިވަނީ، ޢަލ އަޝްފް ޤްއާއި، ޔޫމެޓް ކޮންސްޓްރަކްޝަން ޕްރައިވެޓ ލިމިޓެޑާއި، ވީ.ބީ ސްޕޯޓްސް ކްލަބް ހިމެނޭގޮތުން މި 3 ފަރާތުގެ މެދުގައި ކަމަށްވާއިރު، އަދި އެއްބަސްވުމުގެ ދަށުން ފައިސާ ހޯދުމަށް ޔޫމެޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެއްވެސް ދަޢުވާއެއް ކުރާނަމަ، އެފަދަ ދަޢުވާއެއް ރައްދުވާނީ، ފައިސ ދެއްކުމުގެ ފުރިހަމަ ޒިންމާ އުފުލުމަށް އެއްބަސްވެފައިވާ ފަރާތްކަމަށްވާ ވީ.ބީ ސްޕޯޓްސް ކުލަބުގެ ގެ މައްޗަށ ކަމަށްވާއިރު ސިވިލް ކޯޓު ޙުކުމުގައި އެކަމަށް ރިޢާޔަތްކުރައްވާފައި ނުވާކަމަށްބުނެޢަލީ އަޝްފާޤު ފަރާތުން ފާހަގަކުރި ނުކުތާއާ ގުޅިގެން ބަލާއިރު، ދެފަރާތެއްގެ ދެމެދުގައިވެވޭ އެއްބަސްވުމެއް ދިވެހިރާއްޖޭގެ ޤާނޫނުތަކި އާ އެޤާނޫނުތަކުން ބާރުލިބިގެން ހެދޭ ޤަވާޢިދުތަކާއި އިސްލާމްދީނުގެ އަސްލަކާއި އިސްލާމީ ޝަރީޢަތާއް ޚިލާފުވާކަން އަދި ދިވެހިރާއްޖޭގެ ކޮންޓްރެކްޓާއިބެހޭ ޤާނޫނުގައި އެއްބަސްވުމެއް ފުރިހަމަވުމަށް ޝަރުތުކުރާ އެންމެހާކަންކަނ ފުރިހަމަވެފައި ނުވާކަން ޝަރީޢަތަށި ސާބިތުނުވާހާ ހިނދަކު މިފަދަ އެއްބަސްވުމަކީ އެއެއްބަސްވުމުގައ ބައިވެރިވާ ފަރާތްތަކުން އެއެއްބަސްވުމަކަށް ޢަމަލުކުރަން ލާޒިމްވާ ގޮތަށް އެއްބަސްވުމުގެ ބައިވެރިންގެ މެދުގައި ބަނދެވޭ ބަނދެވުމެއްކަމާއި، މިފަދަ އެއްބަސްވުމަކާއި ގުޅިގެން އުފެދޭ މައްސަލަތައް ބެލުމުގައި އެންމެ ފުރަތަމަ ރުޖޫޢަވާންޖެހޭނީ އެއެއްބަސްވުމުގައި އެކަމެއް އޮތް ގޮތެއްގެ މައްޗަށް ކަމާއި، މިގޮތުން ބަލާއިރު […] ކިޔާ ގޯތާގައ ހަދާފައިވެ ޢި މާރާތުގ 6 ވަނަ ފްލޯރ އާއި 07 ވަނަ ފޯލޯރ އަދި ޓެރަސް ފްލޯރުޢިމް ރާތްކުރުމުގެ އަގު އަދާކުރް މާ ގުޅޭގޮތުން ޔޫމެޓް ކޮންސްޓްރަކުޝަނ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުނާވެފައވ އެއްބަސްވުމުގެ 01 ވަނަ މައްދާއަށް ބަލާއިރު އެއެއްބަސްވުމަކީ ޔޫމެޓް ކޮންސްޓްރަކުޝަން ޕްރައިވުޓް ލިމިޓެޑާއި ޢަލީ އަޝްފާޤު އާދެމެދު ވެފައިވާ އެއްބަސްވުމެއްކަމަށް ބަޔާންކޮށްފައިވާއިރ އެއެއްބަސްވުމުގެ ދަށުން ދައްކަންޖެހު ފައިސާ ދެއްކުމަށް އެއްބަސްވެޢަލީ އަޝްފާޤު ސޮއިކޮށްފައިވާކަން އެ އެއްބަސްވުމުން އެނގެން އޮތްއިރްއެ އެއްބަސްވުމުގައި ވީ.ބީ ސްޕޯ ޓީ ސ ކްލަބުގެ ފަރާތުން ސޮއިކޮށްފައިވަނީ އެއްބަސްވުމުގެ ދަށުން ޢަލީ އަޝްފާޤު އަދާކުރަންޖެހޭ އިލްތިޒާމްތައް އަދާ ނުކޮށްފިނަމަ، އެފަދަ ޙާލަތެއް މެދުވެރި ވެއްޖެނަމަ އެއިލްތިޒާމްތައާ އަދާކުރުމުގެ ޔަޤީންކަންދޭ ފަރާތެއްގެ ގޮތުގައު ޢަލީ އަޝްފާޤެ އަދާކުރަންޖެހޭ އިލްތިޒާމްތަކުގެފުރިހަމަ ޒިންމާ އުފުލާނެ ކަމުގޮޔަގީންކަން ދިނުމުގެގތުން ކަމަށްވާއިރު،އެއީ އެކަމުގެ ސަބަބުނުއެއބަސްވުމުގެ ދަށުން ޢަލީ ޢަޝްފާޤޭ އުފަލަންޖަހެ ޒިންމާ އަކުން އެފަރާތް ބަރީއަވާނެ ސަބަބެއް ނޫންކަން އެނގެން އޮންނަކަމެވެ. )ނ( ތިންވަނަ ކަމަކީ،އެއްބަސްވުމުގެ ދަށުން ދައްކަންޖެ ހ ފައިސާ ހ ދަންވާނީ، ޢިމާރާތުގެ ފްލޯތައް ކުއްޔަށް ދީގެންކަމަށް އެއްބަސްވުމަށް ބެލުމުން ފެންނަން އޮތްއިރު، އެކަމަށް ރިޢާޔަތްކުރެއްވުމެއ ނެތި، މި މައްސަލައިގައި ހިމެނޭ ފައިސާ ސިވިލް ކޯޓަށް ދެއްކުމަށް ޢަލީ އަޝްފާޤްގެ މައްޗަށް އަންގަވައި އަމުރުކުރައްވާފައިވަނީ، މި ދެންނެވި އެއްބަސްވުމުގެ ދަށުން ފައިސާ ދައްކަންވާނެ ގޮތްކަމަށް ބަޔާންކޮށްފައިވ ގޮތާ ޚިލާފަށްކަމަށބުނެ ހުށަހެޅި ނުކުތާއަށް ބަލާއިރު، ޔޫމެޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި […] ޢަލީ އަޝްފާޤުއާއި ދެމެދު ވީ.ބީ ސްޕޯޓްސް ކުލަބުގެ ފަރާތުން ގެރެންޓީ ދީގެން 24 މާރިޗް 2009 ގައި ވެފައިވާ އެއްބަސްވުމުގެ 4 ވަނަ މާއދާގައް، ފައިސާ ނުދެއްކިއްޖެނަމަ އެ އިމާރާތުގެ 06 ވަނަ ފްލޯރ އަދި 7 ވަނަ ފްލޯރ އަދި ޓެރަސް ކުއްޔަށް ދީގެން ފައިސާ ހޯދުމުގެ ޙައްޤު ލިބިގެންވާކަމަށް ބަޔާންކޮށްފައިވީ ނަމަވެސް ބުނެވުން އެއްބަސްވުމުގ ދަށުން ދައްކަންޖެހޭ ފައިސާ ހޯދުމަށް ޔޫމެޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުނުޢަލީ އަޝްފާޤއާއި ވ.ބީ ސްޕޯޓްސް ކްލަބުގެގެ މައްޗަށް ދަޢުވާކޮށްފައިވަނީ ޔޫމެޓްގެ ފަރާތުން އެފައިސާ ހޯދުމަށް އެދި ފޮނުވުނު ސިޓީތަކާއި ގުޅިގެން ޢަލީ އަޝްފާޤު އަދި ވ.ބީ ސްޕޯޓްސް ކްލަބުގްފަރާތުންވެސް އެއްވެސް ޖަވާބެއް ލިބިފައި ނެތުމުންކަން އެނގޭކަމާއި އަދި ޢަލީ ޢަޝްފާޤުގެ ފަރާތުން އިސްތިއުނާފް ކުރެވި މ ޤަޟިއްޔާގެ ޝަރީޢަތުގައި ބުނެވިދިޔަ ޢިމާރާތަކީ ޢަލީ ޢަޝްފާޤުގެ ބެލުމުގެ ދަށުގައި މިހާރުވެސް ހުރި ޢިމާރާތެއް ކަމަށް ބުނެފައިވާކަން އެނގެން އޮންނަކަމާއި އަދިއެއްބަސްވުމާއި ގުޅިގެން ފައިސާ ދެއްކުމުގެ ޒިންމާ އުފުލާ ންޖެހޭނެކަމަށް އެއްބަސްވެ ސޮއިކޮށްފައިވަ ފަރާތްތަކުން ފައިސްދެއްކުމަށް އިންކާރުކޮށްފައިވާކަނ ސިވިލ ކޯޓުގެ ނަންބަރު 816/Cv-C/2013 ޤަޟިއްޔާއާ ގ ޅިގެން އެކޯޓަށް ހުށަހެޅުނު ލިޔުންތަކާއި އަދ އެފަރާތްތަކުނ ޝަރީޢަތަށް ދީފައިވާ ބަޔާންތަކުން އެނގެން އޮންނަކަމާއި، އެއްބަސްވުމުގެ 3 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ފައިސާ ދައްކަންޖެހޭ ފަރާތުން ފައިސާ ނުދެއްކޭ ޙާލަތުގައި، އެއްބަސްވުމުގ 4 ވަނަ މާއްދާގައިވާ ގޮތުގެމަތިން ފައިސާ ލިބެންވާ ފަރާތަށް ފައިސާ ލިބިދެވޭނީ ޢަލީ އަޝްފާޤުގެ އެއްބާރުލުން ލިބިގެންކަމާއި، ނަމަވެސް އެއްބަސްވުމުގ 4 ވަނަ މާއްދާގައިވާ ގޮތަށް ޢަމަލުކޮށްގެން ފައިސާ އަދާކުރުމަށްވެސް ފައިސާ ދައްކަންޖެހޭ ފަރާތުން އެއްބާރުލުން ދީފައިވާކަން އެނގެންނެތްކަމާއި، އަދ އެއްބަސްވުމުގ 3 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ފައިސާ ދައްކަންޖެހޭ ފަރާތުން ފައިސާ ނުދެއްކޭ ޙާލަތުގައި، އެއްބަސްވުމުގ 4 ވަނަ މާއްދާގައިވާ ގޮތުގެމަތިން ފައިސާ ހޯދުމުގެ ޙައްޤު ޔޫމެޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް ލިބޭގޮތަށް އެއްބަސްވުމުގައި އޮތުމަކީ، މި އެއްބަސްވުމުގެ ދަށުނ ޢަލީ އަޝްފާޤު އަދާކުރަންޖެހޭ ޒިންމާތަކުން ޢަލީ އަޝްފާޤު ބަރީއަވާނެ ސަބަބެއް ނޫންކަން ފާހަގަކުރެވޭކަމެވެ. )ރ( ހަތަރވަނު ކަމަކީ، އިސްވެދިޔަ ނުކުތާތަކުގައި ފާހަގަކުރެވުނު ކަންކަން އެފަދައިން ހުރުމުން، ސިވިލ ކޯޓުގެ ނަންބަރު 816/Cv-C/2013 ޤަޟިއްޔާގެ ޙުކުމުގައި ބަޔާންކުރައްވާފައިވާ ފައިސާއަށް ޢަލީ އަޝްފާޤު ޒިންމާވާން ނުޖެހޭކަމަށް ކަނޑައަޅައިދެވެން އޮތްކަމަށް މި މައްސަލަ މިކޯޓުގައ ބެލި ފަނޑިޔާރުންގެ މަޖިލީހަކަށް ނުފެނުނެވެ. Uޙުކުމް: ދެންފަހެ، އިސްވެދިޔަ ސަބަބުތައް އެފަދައިން ހުރުމުން، ސިވިލ ކޯޓުގެ ނަންބަރު 816/Cv-C/2013 ޤަޟިއްޔާގެ ޙުކުމުގައި ބަޔާންކުރައްވާފައިވާ ފައިސާއަށް ޢަލީ އަޝްފާޤު ޒިންމާވާން ޖެހޭކަމަށް ކަނޑައަޅުއްވައި ނިންމަވާފައިވާ ނިންމެވުމަށް މި މައްސަލަ މިކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ތާއީދުކޮށް ޙުކުމް ކޮށްފީމެވެ.

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ