—
ޚުލާޞާ
- ކޯޓަށް އައި ގޮތް
- މާފުށީ މެޖިސްޓްރޭޓް ކޯޓުން ހޯދި ތަކެތި ދެފަރާތަށް ހަމަހަމައަށް ބެހުމަށާއި، ތަނުގެ ކުލި ދެފަރާތަށް ބަހައި ކުންފުނިން ބައި ދެއްކުމަށާއި، ފައިދާ ހަމަހަމައަށް ބެހުމަށާއި، އެއްބަސްވުން ބާޠިލްވެއްޖެކަމަށް ޙުކުމްކުރިއެވެ.
- ވާޤިޢާ
- ގެސްޓްހައުސް ވިޔަފާރިއެއް ހިއްސާވެގެން ހިންގުމަށް ދެފަރާތުން ވެފައިވާ އެއްބަސްވުމުގެ 8 ވަނަ މާއްދާގައި ފައިދާއާއި ގެއްލުން 50%ން ހިއްސާކުރުމަށާއި، 9 ވަނަ މާއްދާގައި ވިޔަފާރިން ވަކިވާ ފަރާތަށް ހިއްސާގެ ނިސްބަތުން ޢަދަދެއް ދިނުމަށް ބަޔާންކޮށްފައިވެއެވެ. ފައިދާ ނުވާތީ އެއްބަސްވުން ނިމުމަކަށް ގެނެސް ހޯދި މުދާ އެއްކޮށް ލިބިދިނުމަށް ކުންފުނިން ދަޢުވާކުރިއެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ހިއްސާވެގެން ހިންގާ ގެސްޓްހައުސް ވިޔަފާރިއެއްގެ އެއްބަސްވުން ނިމުމަކަށް ގެނެސް ވިޔަފާރިއަށް ހޯދި މުދާ ލިބިދިނުމަށް އެދުނު ދަޢުވާގައި، މުދާ ހަމަހަމައަށް ބަހައި ތަނުގެ ކުލި ބަހާ ދަށުކޯޓުން ކުރި ޙުކުމަކީ އެއްބަސްވުމާއި ދަޢުވާގެ މައުޟޫޢާ އެއްގޮތްވާ ޙުކުމެއްތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- ކުންފުނިން ބުނީ ޙަޤީޤަތް އޮޅުވާލި ކަމަށާއި، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 25 ވަނަ މާއްދާއަށް ރިޢާޔަތްނުކުރި ކަމަށާއި، އެއްބަސްވުމުގެ 8 ވަނަ މާއްދާގެ މާނަ އޮޅުވާލި ކަމަށާއި، ޕްރިވިޓީ އޮފް ކޮންޓްރެކްޓްގެ މަފްހޫމާ ޚިލާފަށް ތިންވަނަ ފަރާތަކަށް ފައިސާ ދެއްކުމަށް ޙުކުމްކުރި ކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- އެއްބަސްވުމުގެ 9 ވަނަ މާއްދާގެ ދަށުން ވަކިވާ ފަރާތަށް ލިބެނީ ހިއްސާގެ ނިސްބަތުން ޖެހޭ ޢަދަދު ކަމަށާއި، މުދާ އޭގެ ޒާތުން ދިނުމަށް އެދުނީ އެއްބަސްވުމާ ޚިލާފަށް ކަމަށާއި، ކުލީގެ މައްސަލައަކީ ދަޢުވާގައި ނެތް ކަމެއް ކަމަށާއި، ދެ ސަބަބަށް ދަށުކޯޓުގެ ޙުކުމް ބާޠިލުކުރިއެވެ.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުދަށުކޯޓުގެ ޙުކުމް ބާޠިލު
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
ވިޔަފާރިން ވަކިވުމާމެދު ޢަމަލުކުރަންޖެހޭ ގޮތް އެއްބަސްވުމުގައި ބަޔާންކޮށްފައިވާނަމަ، ވިޔަފާރީގައި ބައިވެރިވެފައިވާ ފަރާތަކުން ވަކިވާން ބޭނުންވެއްޖެ ހިނދެއްގައި އެފަރާތުން އެއިންވެސްޓްމަންޓުގައި ހޯދާފައިވާ ނުވަތަ ޚަރަދުކޮށްފައިވާ ތަކެތި އޭގެ ޒާތުން ލިބިދިނުން ލާޒިމް ނުކުރެވޭނެއެވެ. އެއާ ޚިލާފަށް ވަކިވާން ބޭނުންވާ ފަރާތުގެ ހިއްސާގެ ނިސްބަތުން އެފަރާތް ވަކިވާން ބޭނުންވާ ދުވަހަކަށް ޖެހޭ ޢަދަދެއް ލިބިދެވޭނެއެވެ. (ޕެރ. 3(ށ))
ދަށު ކޯޓުން މައްސަލަތައް ބެލުމުގައި ޢަމަލުކުރާ ޢާންމު އުޞޫލަކީ އެމައްސަލައެއްގައި ހުށަހެޅިފައިވާ ދަޢުވާގެ މައުޟޫޢަށް ބެލުމެވެ. ދަޢުވާގައި ހިމެނިފައިނުވާ ކަމެއްގެ މައްޗަށް ބަލައި ގޮތް ކަނޑައެޅުމަކީ ޢަދުލުއިންސާފުގެ ހަމަތަކާ ޚިލާފު ކަމެކެވެ. (ޕެރ. 3(ނ))
ދަޢުވާގެ މައުޟޫޢުގައި ނުހިމެނޭ ކަމެއްގެ މައްޗަށް ދަށު ކޯޓުން ގޮތް ކަނޑައަޅާފައިވުމަކީ، މިބާވަތުގެ މަދަނީ މައްސަލަތައް ބެލުމުގައި ޝަރުޢީ ކޯޓުތަކުން ޢަމަލުކުރަމުން އަންނަ އިޖްރާއާތާ ޚިލާފު ކަމެކެވެ. (ޙުކުމް)
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 25 ވަނަ މާއްދާ (އިސްތިއުނާފުކުރި ފަރާތުން ހުށަހެޅި)
- 2010/HC-A/144
- 2011/HC-A/224
ފަނޑިޔާރުން
- ބެންޗު
- އިސްފަނޑިޔާރު ޢަބްދުﷲ ދީދީ، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު ޢަބްދުﷲ ޙަމީދު
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
a ދިވެހިރާއްޖޭގެ ހައިކޯޓު ދިވެހިރާއްޖެ ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ ޤަޟިއްޔާ ނަންބަރު: 35A/-/HC6201 އިސްތިއުނާފކުރު ފަރާތް: * ނަން: ޗަބޭލީމާ ޓްރެވަލްސް ޕްރައިވެޓް ލިމިޓެޑް * ރުޖިސްޓްރޭޝަނ ނަންބަރ: 0070/2012-C * ދާއިމީ އެޑްރެސް: […] * މިހާރުގެ އެޑްރެސް: […] * ނަން: އިބްރާހީމް ޒަކީ * އައިޑީކާޑު ނަންބަރު: […] * ދާއިމީ އެޑްރެސް: […] * މިހާރުގެ އެޑްރެސް: […] * ރަޖިސްޓްރީކުރެވުނު ތާރީޚް:27 ޖެނުއަރީ 2016 * ނިމުނު ތާރީޚް: 03 އޮކްޓބަރޯ 7201 އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ ނަންބަރު: * ނަންބަރު: C/2015-12-88/H * ކޯޓު: މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓު * ޤަޟިއްޔާގެ ބާވަތް:މުދާނެރެދިނުމަށް އެދި * ނިންމެވި ތާރީޚް: 82 އޮކްޓޯބަރު 8025 މައްސަލަ ބެލިފަނޑިޔާރުންގެ މަޖްލިސް: އިސްފަނޑިޔާރު ޢަބްދީﷲދީދީ، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ދަޢުވާގެ ޚުލާޞާ: މިއީމާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރ C/2015-12-88/H ޤަޟިއްޔާ ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފުކަމަށް ބުނެ އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް، ޗަބޭލީމާ ޓްރެވަލް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި ދަޢުވާރައްދުވާ ފަރާތަކީ ނ.ވެލިދޫ/ މަގުބެއްދިގެ، އިބްރާހީމް ޒަކއެވެ. ފާހަގަ ކުރެވުނު ނުކުތާތައް: 1- މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު C/2015-12-88/H ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ ޗަބޭލީމާ ޓްރެވަލް ޕްރައިވެޓް ލިމިޓެޑްއާއި، ނ. ވެލިދޫ މަގުބެއްދިގެ، އިބްރާހީމް ޒަކީއާ ދެމެދު 28 ޖެނުއަރީ 2012 ގައި ވެފައިވާ އެއްބަސްވުމެއް ޗަބޭލީމާ ޓްރެވަލް ޕްރައިވެޓް ލިމިޓެޑް ފަރާތުން ނިމުމަކަށް ގެނެސް އެތާގައި ހުރިހާ މުދާ އެކުންފުންޏަށް އެކުގައި ލިބިދިނމަށު އެދި ޗަބޭލީމާ ޓްރެވަލް ޕްރައިވެޓް ލިމިޓެޑްއިން ދަޢުވާކުރުމުން ބެލުނު ޤަޟިއްޔާއާ އެ ކަމާއި، އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، ޝަރުޢީ ހަމަތަކުގެ މަތީން ދެފަރާތެއް ޙިއްސާވެގެން ކުރާ ކޮންމެ ކަމެއްގައި ދެފަރާތް ވަކިވެގެން ދާއިރު ހޯދާފައިވާ ތަކެއްޗާއި މުދާ ބަހަންޖެހޭނީ ދެފަރާތް ހަމަހަމައަށް ކަމަށް ފެންނާތީ ޗަބޭލީމާ ޓްރެވަލް ޕްރައިވެޓް ލިމިޓެޑްއާއި، ނ.ވެލިދޫ މަގުބެއްދިގޭ އިބްރާހީމް ޒަކީއާ ދެފަރާތުގެ މެދުގައި ގެސްޓްހައުސް ތަރައްޤީކުރަން ހޯދާފައިވާ ތަކެތި ދެފަރާތް ހަމަހަމަވާގޮތށަ (މިދެފަރާތުގެ އެއްބަސްވުމގު8 ވަނަ މާއްދާގައިވި ގޮތަށް) ބެހުމަށާއި، މިދެފަރާތުން މިހާތަނަށް މ ގެސްޓްހައުސްއަށް ޢާއިޝަތު އަޙްމަދަށް ދައްކަންޖެހޭ ކުލި -360000/ (ތިންލައްކަ ފަސްދޮޅަސްހާސް) ރުފިޔާ ދައްކަންޖެހޭނެކަމަށް ކަނޑައަޅާ މިކުލިވެސް ދެފަރާތަށްބަހާ އިބްރާހީމް ޒަކީ -180000/ (އެއް ލައްކަ އަށްޑިހަހާސް) ރުފިޔާ ޗަބޭލީމާ ޓްރެވަލް ޕްރައިވެޓް ލިމިޓެޑުން (28.10.2015) 01 (އެކެއް) މަސް ދުވަހުގެ ތެރޭގައި ދީ ޚަލާސް ކުރުމަށާއި، މިދެބައި މީހުންނަށް ލިބުނު ފައިދާ ދެފަރާތުގެ އެގްރީމެންޓްގައި ވާގޮތަށް ދެފަރާތަށް ހަމަހަމައަށް އެއްވަރަށް ބެހުމަށާއި، ޢިމާރާތުގައި ހަރުކޮށްފައިހުރި (ހޮޅިބުރި ފަންކާ އެއަރކޯން ފަދަ) އެކައްޗެއްވެސް ނައްޓައިގެން ނުވާނެކަމަށާއި، ޗަބޭލީމާ ޓްރެވަލްއާއި، އިބްރާހީމް ޒަކީ މިދެފަރާތުން 2012 ޖެނުއަރީ 28 ގައި ވެފައިވާ އެއްބަސްވުން ބާޠިލްވެއްޖެކަމަށް ޙުކުމްކުރައްވައިކަން އެނގެން އޮންނަކަމެވެ. 02- މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު C/2015-12-88/H ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށް ބުން ޗަބޭލީމާ ޓްރެވަލް ޕްރައިވެޓް ލިމިޓެޑގު ފަރާތުން 05 (ފަހެއް) ނުކުތާ ހުށަހަޅާ އެނުކުތާތަކާ ގުޅޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެގޮތުން ހުށަހެޅި: -
(ހ) ފުރަތަމަ ނުކުތާއަކީ:މައްސަލާގައި ޙުކުމް ކުރެއްވުމުގައި މައްސަލައިގެ ޙަޤީޤަތް އޮޅުވާލާފައިވުމާއި، މައްސަލަ ނިންމި ގޮތުގެ ރިޕޯޓުގަ1 ވަންނަންބަރުގައި ގެސްޓްހައުސްގައި ހުރި ހުރިހާ މުދާ ލިބިދިނުމަށް ކުންފުންޏަށް އެދިފައިވާނެކަމަށް ބަޔާންކޮށްފައިވާއިރު، އެއީ ޙަޤީޤަތާ ޚިލާފު ވާހަކައެއް ކަމުގައިވުން ކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ށ) ދެވަނަ ނުކުތާއަކީ: މައްސަލައާގުޅޭވަގުތީ އަމުރުގައި "(ހުށަހަޅާފައިވާ ލިސްޓުގައި) ހަރުމުދަލުގެ މިލްކުވެރި ފަރާތަށް ދަޢުވާކުރާ ފަރާތްކަމަށްވީ ހިނދު" މިގޮތަށް ބަޔާންކޮށް، މިލްކުވެރިކަން ސާބިތުކުރުމަށްފަހު އެ ތަކެތިން ބައެއް ދަޢުވާލިބޭ ފަރާތަށް މިލްކުވާކަމުގައި ޙުކުމްކުރުން ކަމަށް ބުނީ ހުށަހެޅިފައިވާ ނުކުތާ.
(ނ) ތިންވަނަ ނުކުތާއަކީ: މައްސަލަ ހުށަހަޅާފައިވަނީ ކޮންޓްރެކްޓާބެހޭ ޤާނޫނު (ޤާނޫނު ނަންބަރ 91/ 4) ގ25 ވަނަ މާއްދާއިން ކަމުގައިވާއިރު، އަދި އެމާއްދާގައިވަނީ "(ހ) ކޮންޓްރެކްޓެއްގައ ބައިވެރިވާ ފަރާތަކުން ކޮންޓްރެކްޓްގައިވް ގޮތާ ޚިލާފަށް ޢަމަލުކުރުމުން ލިބޭ ގެއްލުމަކަށްދެވޭ ބަދަލެއް ހަމައެކަނި ދިނުމުން އެއީ ފުދޭވަރުގެ އެއްޗަކަށް ނުވާކަމަށް އެ ގެއްލުން ލިބޭ ފަރާތަށް ފެނިއްޖެނަމަ ވަކިގޮތަކަށް ޢަމަލުކުރުމުގެ އަމުރަކަށް އެދި ދަޢުވާކުރުމުގިޙައްޤު އެ ގެއްލުނިލިބޭ ފަރާތަށް ލިބިގެންވެއެވެ. (ށ) މ މާއްދާގެ (ހ) ގައިވާފަދަ ދަޢުވާއެއް ގެއްލުންލިބޭ ފަރާތުން ކޯޓަށް ހުށަހަޅައިފ ނަމަ، ކޯޓުން އެކަން ބަލައި، އެ ބަދަލުދޭންޖެހޭ ފަރާތުން، ވަކި ގޮތަކަށް ޢަމަލުކުރުމުގެ އަމުރު ކޯޓުން އެފަރާތަށް ކުރެވިދާނެ" ކަމުގައެވެ. ނަމަވެސް މި މާއްދާއަށް ކޯޓުން ރިޢާޔަތްކޮށްފައި ނުވުން ކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ރ) ހަތަރުވަނަ ނުކުތާއަކީ: ދެފަރާތުން ވެފައިވާ ކޮންޓްރެކްޓުގަ8 ވަނަ މާއްދާގެ މާނަ އޮޅުވާލާފައިވުނ ކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ބ) ފަސްވަނަ ނުކުތާއަކީ:ޕްރިވިޓީ އޮފް ކޮންޓްރެކްޓްގެ މަފްހޫމްގެ ދަށުން ކޮންޓްރެކްޓުގައި ހިމެނޭ ފަރާތްތައްނޫން އެހެން ފަރާތަކަށް ފައިސި ދޭން ޖެހޭނެކަމަށް ޙުކުމެ ކޮށްފައިވާއިރު، ހައިކޯޓުގ ޤަޟިއްޔާ ނަންބަރު 2010/HC-A/144 އާއި 2011/HC-A/224 ގެ ޙުކުމުގައި އަންގަވައި، ހައިކޯޓުން ކަނޑައަޅުއްވާފައިވާ ފަދައިން އަމަލު ކުރެއްވުމެއް ނެތި ޙުކުމް ކުރައްވާފައިވުން ކަމަށް ބުނެ ހުށަހެޅި ނުކުތާ.
3. މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު C/2015-12-88/H ޤަޟިއްޔާ ނިންމަވާފައިވާ ގޮތާއިމެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ ޗަބޭލީމާ ޓްރެވަލް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި އެނުކުތާތަކާއި ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަ ކުރެވެއެވެ.
(ހ) ފުރަތަމަ ކަމަކީ: އިސްތިއުނާފުކުރެވިފައިމިވާ ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބަލާއިރު، ޗަބޭލަ މާ ޓްރެވަލް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ނ. ވެލިދޫ/ މގުބެއްދިގެ، އިބްރާހީމް ޒަކީގެ މައްޗަށް ހުށަހަޅާފައިވާ މައްސަލައަކީ،އެދެފަރާތުގެ ދެމެދީ28 ޖެނުއަރީ 2012 ގައް ވެފައިވާ "ގެސާޓް ހައުސް ވިޔަފާރީގެ އެއްބަސްވުން" ޗްބޭލީމް ޓްރެވަލްޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ނިމުމަކަށް ގެނެސް، އެކުންފުނީގެ ފަރާތުން ގެސްޓް ހައުސް ތަރައްޤީކުރުމަށް ކޮށްފައިވާ އިންވެސްޓްމަންޓުގައި ގެސްޓް ހައުސްގެ ބޭނުމަށް ހޯދާފައިހުރި ހުރިހާ ފަރުނީޗަރއާއި އުފުލޭމުދާ ކޮންޓްރެކްޓާ ބެހޭ ޤާނޫނުގެ 52 ވަނަ މާއްދާގެ ދަށުން ކޯޓުން ނެރެދޭ ވަކިގޮތަކަށް އަމަލުކުރުމުގެ އަމުރެއްގެ ދަށުން އިސްވެ ބަޔާންކުރެވުނު ހަރުމުދާ އެއްފަހަރާ އެކުންފުންޏަށް ލިބިދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލައެއްކަން އެނގޭކަމާއި، އެޤަޟިއްޔާގައި ނިންމަވާފައިވަނީ، ޝަރުޢީ ހަމަތަކުގެ މަތީން ދެފަރާތެއް ޙިއްސާވެގެން ކުރި ކޮންމެ ކަމެއްގައި ދެފަރާތް ވަކިވެގެން ދާއިރު ހޯދާފައިވާ ތަކެއްޗާއި މުދާ ބަހަންޖެހޭނީ ދެފަރާތް ހަމަހަމައަށް ކަމަށް ފެންނާތީ ޗަބޭލީމާ ޓްރެވަލް ޕްރައިވެޓް ލިމިޓެޑްއާއި، ނ.ވެލިދޫ މަގުބެއްދިގޭ އިބްރާހީމް ޒަކއާ ދެފަރާތުގެ މެދުގައި ގެސްޓްހައުސް ތަރައްޤީކުރަން ހޯދާފައިވާ ތަކެތި ދެފަރާތް ހަމަހަމަވާގޮތަށް (މިދެފަރާތުގެ އެއްބަސްވުމުގް8 ވަނަ މާއްދާގައިވާ ގޮތަށް) ބެހުމަށާއި، މިދެފަރާތުން މިހާތަނަށް މި ގެސްޓްހައުސްއަށ ޢާއިޝަތު އަޙްމަދަށް ދައްކަންޖެހޭ ކުލި -360000/ (ތިންލައްކަ ފަސްދޮޅަސްހާސް) ރުފިޔާ ދައްކަންޖެހޭނެކަމަށް ކަނޑައަޅާ މިކުލިވެސް ދެފަރާތަށް ބަހާ އިބްރާހީމް ޒަކީ -180000/ (އެއްލައްކަ އަށްޑިހަހާސް) ރުފިޔާ ޗަބޭލީމާ ޓްރެވަލް ޕްރައިވެޓް ލިމިޓެޑުން (28.10.2015) 01 (އެކެއް) މަސް ދުވަހުގެ ތެރޭގައި ދީ ޚަލާސް ކުރުމަށާއި، މިދެބައި މީހުންނަށް ލިބުނު ފައިދާ ދެފަރާތުގެ އެގްރީމެންޓްގައި ވާގޮތަށް ދެފަރާތަށް ހަމަހަމައަށް އެއްވަރަށް ބެހުމަށާއި، ޢިމާރާތުގައި ހަރުކޮށްފައިހުރި (ހޮޅިބުރި ފަންކާ އެއަރކޯން ފަދަ) އެކައްޗެއްވެސް ނައްޓައިގެން ނުވާނެކަމަށާއި، ޗަބޭލީމާ ޓްރެވަލްއާއި، އިބްރާހީމް ޒަކީ މިދެފަރާތުން 2012 ޖެނުއަރީ 28 ގައި ވެފައިވާ އެއްބަސްވުން ބާޠިލްވެއްޖެކަމަށް ޙުކުމްކުރައްވައިކަން އެނގެން އޮންނަކަމެވެ.
(ށ) ދެވަނަ ކަމަކީ: ގެސްޓް ހައުސް ވިޔަފާރި ހިންގުމަށް މި މައްސަލައިގައި ހިމެނޭ ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމަށް ބަލާއިރު، މިވިޔަފާރިއަކީ އެދެފަރާތުން ހިއްސާވެގެން އުފައްދާފައިވާ ވިޔަފާރިއެއްކަމާއި، އެވިޔަފާރީގެ ފައިދާއާއި ގެއްލުން ދެފަރާތުން ހިއްސާކުރަނީ ކޮންމެ ފަރާތަކުން %50 (ފަންސާސް ޕަސެންޓް) ކަން އެއެއްބަސްވުމުގެ 8 ވަނަމާއްދާއިން އެނގޭކަމާއި، މި މައްސަލއަކަ މިވިޔަފާރީގައި ފައިދާނުވާކަމަށް ބުނެ މިދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުން ބާޠިލްކޮށް، ޗަބޭލީމާ ޓްރެވަލް ޕްރައިވެޓް ލިމިޓެޑުން އެވިޔަފާރިއަށް ހޯދާފައިވާ މުދާ ލިބިގަތުމަށް އެދި އެފަރާތުން ހުށަހަޅާފައިވާ މައްސަލައެއްކަން އެނގޭއިރު، މިވިޔފާރީގައަ ހިމެނޭ ދެފަރާތުން ކުރެ ފަރާތަކުން މިވިޔަފާރިން ވަކިވާނަމަ، އެވިޔަފާރީގައިވާ އެފަރާތުގެ ހިއްސާއާމެދު ޢަމަލުކުރަންޖެހޭ ގޮތް އެއެއްބަސްވުމުގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމާއި، އެގޮތުން، ދެފަރާތުން ކުރެ ފަރާތަކުން ވިޔަފާރިން ވަކިވުމަށް ބޭނުން ވެއްޖެނަމަ އަނެއް ފަރާތަށް އެކަން އަންގަންވާނެ ކަމާއި އަދި ވިޔަފާރިން ވަކިވާން ބޭނުންވާ ދުވަހާ ހަމައަށް، ވިޔަފާރިން ވަކިވާން ބޭނުންވާ ފަރާތުގެ ހިއްސާގެ ނިސްބަތް ހިސާބު ކުރުމަށް ފަހު، ދެފަރާތުން އެއްބަސްވާ މއްދަތެއްގު ތެރޭގައި ވަކިވާން ބޭނުންވާ ފަރާތުގެ ހިއްސާގެ ނިސްބަތުން ޖެހޭ ޢަދަދު އެފަރާތުން، ނުވަތަ އޭނާގެ ހިއްސާއާއި ޙައްޤުތައް އެހެން ފަރާތަކަށް ބަދަލުކުރާނަމަ އެފަދަ ފަރާތަކުން އަދާކުރަންވާނެ ކަމަށާއި، ވިޔަފާރިން ވަކިނުވެހުރި ފަރާތަށްގެސްޓްހައުސްއިން ކުރަމުން އައި ވިޔަފާރިއާއި އަދި އެވިޔަފާރިއާ ގުޅިގެން ލިބިފައިވާ އެންމެހައި ޙައްޤުތަކާއި އެޙައްޤުތަކުގެ މަންފާ ދަމަހައްޓައި، ވިޔަފާރި ކުރިއަށް ގެންދިއުމުގެ ފުރިހަމަ އިޚްތިޔާރު ލިބިގެންވާކަން އެނގެން އޮތުމުން، މިވިޔަފާރީގައި ބައިވެރިވެފައިވާ ފަރާތަކުން ވަކިވާން ބޭނުންވެއްޖެ ހިނދެއްގައި އެފަރާތުން އެއިންވެސްޓްމަންޓުގައި ހޯދާފައިވާ ނުވަތަ ޚަރަދުކޮށްފައިވާ ތަކެތި އޭގެ ޒާތުން ލިބިދިނުން ލާޒިމް ނުކުރެވޭނެ ކަމާއި އެއާ ޚިލާފަށް ވަކިވާން ބޭނުންވާ ފަރާތުގެ ހިއްސާގެ ނިސްބަތުން އެފަރާތް ވަކިވާން ބޭނުންވާ ދުވަހަކަށް ޖެހޭ ޢަދަދެއް ލިބިދެވޭނެކަން އިސްވެ ބަޔާންކޮށްފައިވާ މާއްދާއިން ސާފުކޮށް އެނގެން އޮންނާތީ، މި މައްސަލައިގެ ދަޢުވާގައި ޗަބޭލީމާ ޓްރެވަލް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެދިފައިވަނީ ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގައި މިޙާލަތުގައި ޢަމަލުކުރަންޖެހޭ ކަމަށް ބަޔާންކޮށްފައިވާ ގޮތާ ޚިލާފަށްކަން އެނގެން އޮންނަކަމެވެ.
(ނ) ތިނވަން ކަމަކީ: ދަށު ކޯޓުން މައްސަލަތައް ބެލުމުގައި ޢަމަލުކުރާ ޢާންމު އުޞޫލަކީ އެމައްސަލައެއްގައި ހުށަހެޅިފައިވާ ދަޢުވާގެ މައުޟޫޢަށް ބެލުންކަމާއި، ދަޢުވާގައި ހިމެނިފައިނުވާ ކަމެއްގެ މައްޗަށް ބަލައި ގޮތް ކަނޑައެޅުމަކީ ޢަދުލުއިންސާފުގެ ހަމަތަކާ ޚިލާފުކަމެއްކަން އެނގެން އޮތްހިނދު، ޗަބޭލީމާ ޓްރެވަލް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މި މައްސަލައިގައި ކޮށްފައިވާ ދަޢުވާގައި ގެސްޓްހައުސް ހިންގަމުންދާ ތަނުގެ ކުއްޔާމެދު ގޮތެއް ކަނޑައަޅައި ދިނުމަށް އެދިފައިނުވާއިރު، މި މައްސަލަ ދަށު ކޯޓުން ނިންމެވުމުގައި އެކަމަށް ގޮތެއް ކަނޑައަޅުއްވާފައިވުމަކީ، އިސްވެ މިބަޔާންކުރި އުސޫލާ ޚިލާފުކަމެއްކަމަށް މި ޤަޟިއްޔާ ބެލުމުގައި ބައިވެރިވި ހުރިހާ ފަނޑިޔާރުންނަށް އެއްބަސްވެވިފައިވެއެވެ. އެހެންކަމުން މި ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީމާލެއަތޮޅ މާފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރ C/2015-12-88/H ޤަޟިއްޔާ ގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ކަމަށެވެ. ޙުކުމް: ދެންފަހެ، އިސްވެ ފާހަގަ ކުރެވުނު ކަންކަން އެގޮތަށް ހ ރުމުން، މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު C/2015-12-88/H ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، މިމައްސަލައިގައި ހިމެނޭ ފަރާތަކުން ވިޔަފާރިން ވަކިވުމަށް ބޭނުންވާ ޙާލަތުގައި އެވިޔަފާރިން އެފަރާތް ވަކިކުރުމުގައި އެފަރާތުގެ ޙިއްސާ އެފަރާތަށް ދެވޭނެ ކަމަށް ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގައި ކަނޑައަޅާފައިވާ ގޮތާއި ޚިލާފަށްކަ މަށްވާތީއާއި، އަދި މި މައްސަލައިގައި ޗަބޭލީމާ ޓްރެވަލް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހެޅި ދަޢުވާގެ މައުޟޫޢުގައި ނުހިމެނޭ ކަމެއްގެ މައްޗަށް މި މައްސަލަ ދަށު ކޯޓުން ނިންމެވުމުގައި ގޮތް ކަނޑައަޅާފައިވުމަކީ، މިބާވަތުގެ މަދަނީ މައްސަލަތައް ބެލުމުގައި ޝަރުޢީ ކޯޓުތަކުން ޢަމަލުކުރަމުން އަންނަ އިޖްރާއާތާ ޚިލާފުކަމެއްކަމުގައިވާތީ އިސްތިއުނާފުކުރެވިފައި މިވާ މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓުގެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް މިޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓު ގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ބާޠިލްކޮށް އެގޮތުގެމަތީން ޙުކުމް ކޮށްފީމެވެ.
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.