ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2016/HC-A/78ހައިކޯޓު · 9 ނޮވެމްބަރު 2017 · އެހެނިހެން

—

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ސުޕްރީމް ކޯޓަށް އިސްތިއުނާފުކޮށްފައި ނުވޭ · ރަޖިސްޓްރީ ބެލީ 15 އޮކްޓޫބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 9 ނޮވެމްބަރު 2017ބާވަތް: މަދަނީ

ޚުލާޞާ

ކޯޓަށް އައި ގޮތް
ސިވިލް ކޯޓުން، ފައިސާ ލިބުނުކަމަށް ސޮއިކުރެވިފައިވާ އިންވޮއިސް ފިޔަވައި ބާކީ 6 އިންވޮއިސްގެ ޖުމްލަ 74,731/70 ރުފިޔާ ދައްކަން ޙުކުމްކުރިއެވެ.
ވާޤިޢާ
ބިނާކުރުމުގެ ކޮންކްރީޓާއި ފިނިޝިންގ މަސައްކަތަށް 19 މާރިޗު 2013 ގައި ދެފަރާތުން އެއްބަސްވިއެވެ. ކޮންޓްރެކްޓަރު ކުންފުނިން އެޕާރޓްމަންޓްތަކުގެ ބަދިގޭ ކަބަޑުސެޓް ހަދައި އުނދުނާއި ހުޑް ހަރުކޮށް ސިންކް ބެހެއްޓުމުގެ އިތުރު މަސައްކަތްތަކެއް ކޮށް، އޭގެ އަގު ހޯދުމަށް ދަޢުވާކުރިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ލިޔުމުން ވެފައިވާ ބިނާކުރުމުގެ އެއްބަސްވުމުގައި ނުހިމެނޭ، ނަމަވެސް ކުލައިންޓުންނަށް އެނގިގެން ކޮންޓްރެކްޓަރު ކޮށްދީފައިވާ އިތުރު މަސައްކަތްތަކާއި ހަރުކުރި ތަކެއްޗަށް އަގު ދައްކަންޖެހޭތޯ، އަދި އެއްބަސްވުމުގެ 2.2 ވަނަ މާއްދާއިން އެކަމަށް ހުރަސްއަޅާތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
އިސްތިއުނާފުކުރި ފަރާތްތަކުން ބުނީ މި މަސައްކަތްތަކަށް އެއްބަސްވެފައި ނުވާއިރު އެއްބަސްވުމުގެ 2.2 އަށް ރިޢާޔަތްނުކޮށް ޙުކުމްކުރުމަކީ ޤާނޫނުއަސާސީގެ 42 (ށ) އާއި ފަނޑިޔާރުންގެ ޤާނޫނުގެ 5 (ށ) 1 އާ ޚިލާފު ކަމަށާއި، އަންގައިފައިނުވާ މަސައްކަތެއްގެ ޒިންމާ ނަގަން ނުޖެހޭ ކަމަށެވެ.
ކޯޓުގެ ސަބަބުތައް
2.2 ގެ މަޤްސަދަކީ ނޭނގި ކުރާ މަސައްކަތެއްގެ ޒިންމާ ނުނެގުން ކަމަށާއި، ފަހުން އެއްބަސްވެގެން ކުރާ މަސައްކަތަށް އެއިން ހުރަސް ނާޅާކަމަށާއި، މަސައްކަތް ކުރެވުނީ ކުލައިންޓުންނަށް އެނގިގެން ތަފްޞީލު އެނގިގެން ކަމުން ޢަމަލުން އެއްބަސްވުމެއް އޮތްކަމަށާއި، އަގު ނުދެއްކުމަކީ ނުޙައްޤު މަންފާއެއް ކަމަށް ކޯޓުން ކަނޑައަޅައި ދަށުކޯޓުގެ ޙުކުމް ޤާއިމްކުރިއެވެ.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

އެއްބަސްވުމުގެ މާއްދާއެއްގެ މަޤްސަދަކީ މަސައްކަތް ޙަވާލުކުރި ފަރާތުން ބުނެފައިނުވާ މަސައްކަތެއް އެފަރާތަށް ނޭނގި ކޮށްފިނަމަ އެކަމުގެ ޒިންމާ ނަގަން ނުޖެހޭގޮތަށް ހެދުންކަމަށް ވާނަމަ، އެ މާއްދާ އެހެން އޮތުމަކުން ދެފަރާތުގެ ދެމެދުގައި އެއްބަސްވެގެން އެހެން މަސައްކަތްތަކެއް ކުރުމަށް ހުރަސް ނޭޅޭކަމާއި، ދެފަރާތުން ފަހުން އެއްބަސްވެވިގެން މަސައްކަތެއް ކޮށްފިނަމަ، އެ މަސައްކަތުގެ އަގު މަސައްކަތްކުރި ފަރާތަށް ޙައްޤުވާނެކަމާއި، އެއީ، ކުރިން ވެފައިވާ އެއްބަސްވުމުގެ އެ މާއްދާއިން ހުރަސްއެޅޭނެކަމެއް ނޫންކަމެވެ. (ޕެރ. 3 (ށ))

ދޭދޭ ފަރުދުންގެ މެދުގައި ވެވޭ އެއްބަސްވުންތަކަކީ، އެ ފަރާތްތަކަށް އިޞްލާޙުކޮށް ބަދަލުގެނެވިދާނެ އެއްޗެއްކަމާއި، އަދި ވަކި މަސައްކަތެއް ކުރުމަށް އެއްބަސްވުމަށްފަހު، ފަހުން އެހެން މަސައްކަތެއް ކުރުމަށް އެއްބަސްވެވިދާނެކަމެވެ. (ޕެރ. 3 (ނ))

އެއްބަސްވުމެއް އޮތްކަމަށް ބެލެވޭނީ ހަމައެކަނި ލިޔުމުން އެއްބަސްވުމެއް ކުރެވިފައިވާ ޙާލަތުގައި އެކަނި ނޫންކަމާއި، ޤާނޫނު ނަންބަރު 4/91 (ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ޤާނޫނު) އަށް ބަލާއިރު، ޢާންމު ޙާލަތްތަކުގައި އެއްބަސްވުން ވަކި މިވެނިގޮތަކަށް އޮތުން ލާޒިމް ނުކުރާކަމާއި، ދެފަރާތުން ޢަމަލު ކޮށްފައިވާގޮތުންވެސް އެއްބަސްވުމެއް އޮތްކަމަށް ބެލެވިދާނެކަމެވެ. (ޕެރ. 3 (ނ))

އެއްބަސްވުމެއް އޮތްނަމަ، ދެފަރާތުންވެސް އެކަމަށް އިޙްތިރާމްކޮށް އެއާ އެއްގޮތަށް ޢަމަލު ކުރުމަކީ ލާޒިމްކަމެކެވެ. (ޕެރ. 3 (ނ))

ދެފަރާތުން ވާހަކަދެކެވިގެން ޢަމަލުކޮށްފައިވާގޮތުން މަސައްކަތްތައް ކުރުމަށް ދެފަރާތުގެ ދެމެދުގައި އެއްބަސްވެފައިވާކަން އެނގެން އޮތްނަމަ، އެގޮތުން ކުރެވުނު މަސައްކަތްތަކަކީ އޭގެ އަގު ދޭން ނުޖެހޭނެގޮތަށް ދެފަރާތުން ވާހަކަދައްކައި އެއްބަސްވެގެން ކޮށްފައިވާ މަސައްކަތެއްކަން މަސައްކަތް ކޮށްދެވުނު ފަރާތަށް ސާބިތުކޮށްނުދެވޭނަމަ އެކަށީގެންވާ އަގެއް އެމަސައްކަތްކުރި ފަރާތަށް ނަގައިދޭންޖެހޭނެއެވެ. (ޕެރ. 3 (ނ))

އިމާރާތަށް ބޭނުންވެގެން، އެ ތަނުގެ ވެރިފަރާތުގެ ފެނުމާއި އެނގުމުގެ ދަށުން ކޮށްފައިވާ މަސައްކަތްތަކަށާއި ބަހައްޓާފައިވާ ތަކެއްޗަށް އަގު ނަގައިނުދިނުމަކީ އެ ފަރާތަށް ލިބިދެވޭ ނުޙައްޤު މަންފާއަކަށް ނޫނީ ނުވާނެއެވެ. (ޕެރ. 3 (ރ))

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ޤާނޫނު ނަންބަރު 4/91 (ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ޤާނޫނު)

ފަނޑިޔާރުން

ބެންޗު
ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ފަނޑިޔާރު ޝުޖާޢު ޢުޘްމާން
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

1ނަން: އިބްރާހީމް ފާއިޒް * ދާއިމީ އެޑްރެސް: […] * އައި.ޑީ.* މިހާރުގެ އެޑްރެސް: […]

2ނަން:ފ ޠާމަތ ވަޙީދެ * ދާއިމީ އެޑްރެސް: […] * އައި.ޑީ.* މިހާރުގެ އެޑްރެސް:[…] * ނަން:އޭބީސީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް * ރެޖިސްޓްރީ ނަންބަރު: 9/200C-483 * ދާއިމީ އެޑްރެސް: […] * މިހާރުގެ އެޑްރެސް: […] * ނިމުނު ތާރީޚް: U 20 ސަފަރު 1439U 18 ފެބްރުވަރީ 2016 09 ނޮވެމްބަރ2017 • އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ ނަންބަރު: /2015Cv-C/590 * ނިންމެވި ކޯޓު: ސިވިލް ކޯޓު * ޤަޟިއްޔާގެ ބާވަތް: މަސައްކަތާއި މުދަލާއި ޚިދުމަތުގެ އަގު ހޯދުން * ހުށަހެޅި ތާރީޚް: 09 އެޕްރީލް 2015 * ނިމުނު ތާރީޚް: 18 ނޮވެމްބަރ 2015 • މައްސަލަބެލިފަނޑިޔާރުންގެ މަޖްލިސް: ފަނޑިޔާރު ޢަބްދުލްޢަނީ މުޙައްމަދު،ފަނޑިޔާރު ޝާ ޢ އިބު ޙުސައިން ޒަކަރިއްޔާ،ފަނޑިޔާރުޝުޖޢް ޢު ޘްމާނ )ރިޔާސަތު( • Uދަޢުވާގެ ޚުލާޞާ: މިއީ، ސިވިލް ކޯޓުގެ ނަންބަރު 5C/201-/Cv590 ޤަޟިއްޔާނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފުކަމަށް ބުނެ އެޤަޟިއްޔާ އިސްތިއުނާފުކުރުމަށ، އެދި ދަފްތަރު ނަންބަރ 5523 /މާލެ އިބްރާހީމް ފާއިޒް އާއް […] ފާޠިމަތު ވަޙީދާގް ފަރާތުނާ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި ދަޢުވާރައްދުވާފަރާތަކީ އޭބީސީ ކޮންސްޓްރަކުޝަން ޕްރައިވެޓް ލިމިޓެޑއެވެ. • Uފާހަގަ ކުރެވުނު ނުކުތާތައް: 1( ސިވިލް ކޯޓުގެ ނަންބަރު 590/Cv-C/2015 ޤަޟިއްޔާއަކީ، އޭބީސީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް )ރަޖިސްޓްރީ ނަންބަރު:483/2009C- ( ގެ ފަރާތުން […] ގޭގައި ކޮށްފައިވާ ފިނިޝިންގ މަސައު ކަތަށް […] / މާލެ، ފާޠިމަތު ވަޙީދާ )ދ.ރ ކާޑް ނަންބަރ ( އާއި، ދަފްތރަ ނަންބަރ 5523 / މާލެ، އިބްރާހމީ ފާއިޒް )ދ.ރ. ކާޑް ނަންބަރ ( ދައްކަންޖެހޭ 84,885/04 ރ. )އަށްޑިހަ ހަތަރުހިސް އަށްސަތޭކަ އަށްޑިހަ ފަސްރުފިޔާ ހަތަރުލާރި( ދައްކާފައީ ނުވާތީ މި ފައިސާ ހޯދުމަށް ފާޠިމަތު ވަޙީދާ އާއި، އިބްރާހު މ ފާއިޒްގެ މައްޗަށް އޭބީސީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން ދަޢުވާކުރުމުން ބެލުން މައްސަލައއްކަމާއި، އެ ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ " ދެންފަހެ، އިސްވެދިޔަ ނުކުތާތަކަށް ރިޢާޔަތްކުރުމުން އޭބީސީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް )ރަޖިސްޓްރީ ނަންބަރ 483/2009 C-(ގެ ފަރާތުނ […] / މާލެ އެވެކިޔާ ގޭގައި ކޮށްފައިވާ ފިނިޝިންގ މަސައްކަތަށް […] / މާލެ، ފާޠު މަތީ ވަޙީދާ )ދ.ރ ކާޑް ނަންބަރ ( އާއި، ދަފްތރަ ނަންބަރ 5523 / މާލެ، އިބްރާހީ މ ފާއިޒް )ދ.ރ. ކާޑް ނަންބަރ ( ދައްކަންޖެހޭ 84,885/04 ރ. )އަށްޑިހަ ހަތަރުހާސް އަށްސަތޭކަ އަށްޑިހަ ފަސްރުފިޔާ ހަތަރުލާރި( ދައްކާފައި ނުވާތީ މި ފައިސާ ހޯދުމަށް ފާތިމަތު ވަޙީދާ އާއި، އިބްރާހިމް ފާއިޒްގެ މައްޗަށް އޭބީސީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން ދަޢުވާކޮށް ހުށަހަޅާފައިވާ މ މައްސަލާގައި؛ ދަޢުވާލިބޭ ފަރާތްތަކުން ދޢަ ވާއަށް އިންކާރުކޮށް އެފަރާތްތަކުން އޭބީސީ ކޮންސްޓްރަކްޝަން ޕްރައިވެޓު ލިމިޓެޑާއެކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް އޭބީސީ ކޮންސްޓްރަކްޝްން ޕްރައިވެޓް ލިމިޓެޑުން މަސައީ ކަތްކޮށްފައި ނުވާކަމަށާއި، ދަޢުވީ ގައި ބަޔާންކޮށްފައިވާ މަސައްކަތްތަކާއި ތަކެއްޗަކް އޭބީސ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން ހެޔޮނިޔަތުގައި ދެފަރާތުގެ މެދުގައި އޮތް ގާތްގުޅުމެއްގެ ސަބަބުނ ކޮށްދީފައިވާ މަސައްކަތްތަކެއް ކަމަށާއި، ދަޢުވާގައި ހޯދުމަށް އެދިފައިވާ ފައިސާ ދައްކަންޖެހޭ އެއްވެސް ހަމައެއް ނެތްކަމުގައި ބުނެ ދަޢުވާއަށް އިންކާރާކޮށްފައިވާކާ މާއި، ދަޢުވާކުރފަރާތައި ދަޢުވި ލިބޭ ފަރާތްތަކާމެދު […] އެވެ ކިޔާ ގޭގައި ކޮންކްރީޓް މަސައްކަތާއި ފިނިޝިންގ މަސައްކަތކުރުމަށ 19 މާރިޗު 2013މ ދުވަހު އިއްބަސްވެފައިވާކަމާއި، ދަޢުވާގަ އްވާ މަސައްކަތަތު ކަކީ އެއްބަސްވެމުގެ ދަށުން ކުރެވުނު މަސް އްކަތްތަކެ އ ނޫންކަމަށާއި، އެއީ އެއްބަސްވުމުގ 2.2 ވަނަ މާއްދާގައި ދަޢުވާލިބޭ ފަރާތްތަކުން ޒިންމާވާންނުޖެހޭ ގޮތަށް ކުރެވިފައިވާ އިތުރު މަސައްކަތކަމުގައި ދަޢުވާލިބޭ ފަރާތްތަކުން ބުނެފައިވާކަމާއި، އަދި ދަޢުވާގައިވާ ފަދައިނަ ހަރުކޮށްފައިވާ ތަކެއްޗާއި އެތަކްތީގެ އަގާމެދު ދަޢެވާލިބޭ ފަރާތްތަކުން އިންކާރުކޮށފައަނުވާކަމާއި، ދަޢުވާލިބޭ ފަރާތްތަކުން ކުރާ އިންކާރަކީ ތަނުގައި ހަރުކޮށްފައިވާ ތަކެއްޗާއި ކޮށްފައިވާ މަސައްކަތަތޭ ކަކީ ދަޢުވާލިބޭ ފަރާތްތަކުން އަންގައިގެން ތަނުގައި ހަރުކޮށްފައިވާ ތަކެއްޗާއި ކޮށްފައިވާ މަސާއްކަތްތަކަކަށް ނުވާތީވެ ދަޢުވާލިބޭ ފަރް ތްތަކުން ޒިންމާވާން ނުޖެހޭކަމަށިއި، އަދި އެތަކެތި ދަޢުވާކުރާ ފަރާތުން ނައްޓާލައިފިނަމަ ތަނަށް ގެއްލުންވާނެކަމަށާއި އެހެންކަމުން ތަކެތި ނައްޓާލައިގެން ނުގެންދެވޭނެ ކަމުގައި ބުނެފައިވާކަމާއި، […] އެވެކިޔާ ގޯތީގައި ޢިމާރާތްކުރުމަށް 19 މާރިޗު 2013މ ދުވަހު ދެފަރާތުން ވެފައިވާ އެއްބަސްވުމެއް އޮންނަކަމާއި، ދެފަރާތުގެ މެދުގައި ވެފައިވާ ކޮންޓްރެކްޓަކީ"اﻟﻌﻘﺪ ﺷﺮﻳﻌﺔ املﺘﻌﺎﻗﺪﻳﻦ" )އެކޮންޓްރެކްޓުގެ ބައިވެރިންގެ މެދުގައި ޙަކަމަކީ އެކޮންޓްރެކްޓް( ޝަރުޢީއުޞޫލުން ދެފަރާތުގެ މެދުގައި އުފް ދޭ ދެބަސްވުންތަކާއި އެހެނިހެނު ކަންކަނާ ޙައްލުކުރުމަށް ދެފަރާތައް ރުޖޫޢަވުން ލާޒިމވ މުސްތަނަދެއް ކަމާއި، އެހެނިހެން ޤަޟާއީ ނިޠާމުތަކުގައިވެސް އެއްބަސްވުމާ އެއްގޮތަށް ޢަމަލުކުރުމުގެ އުޞޫލު )Pacta sunt Servanada( އާސްތިޤޭ ރާރުވެފައި ވާކަމާއި، ކޮންޓްރެކްޓާއި މެދު ދެފަރާތުގެ މެދުގައި އުފެދޭ ޚިލާފުތައް ޙައްލުކުރުމަށް ކޮންޓްރެކްޓް މާނަކުރުމުގައި އިސްލާމީ ޤަޟާޢީ ނިޠާމުގައި އިސްތިޤްރާރުވެފައިވ މަބްދަޢު ﺍﻟﻌﺒﺮﺓ ﻓﻲ ﺍﻟﻌﻘﻮﺩ ﺑﺎ ﺍﻟﻤﻘﺎﺻﺪ ﻭﺍﻟﻤﻌﺎﻧﻰ ﻻ ﺑﺎ ﻷﺍﻟﻔﺎﻅ ﻭﺍﻟﻤﺒﺎﻧﻲ ގެ އުޞޫލުން ކޮންޓްރު ކްޓ މާނަކުރުމުގައި ކޮންޓްރެކްޓާ ގެ ބައިވެރިނެ ގެ މެދުގައި ޚިލް ފެއް އުފެދިއްޖެނަމަ ރިޢާޔަތްކުރެވޭނީ ކޮންޓްރެކްޓްގެ މަޤުސަދަށްކަމާއި އޭގައިވާ ލަފުޒުތަކަށުނޫންކަން އެނގޭކަމާއި، މި އުޞޫލުން އެ އެއްބަސްވުމުގައި ވެސް އަދ އެއްބަސްވުމާއެކު ހިމެނިފައިވާ ކ ރެހުމުގެ އ ވެސް ދަޢުވާގައިވާ ތަކެއްޗާ މަސައްކަތްތައް ހިމެނިފައި ނުވުމުގެ އިތުރުން އެއްބަސްވުމާ އެއްގޮތަށް އަގު ހުށަހެޅިފައިވާ ތަކެއްޗް މަސައްކަތްތަކެއް ނޫންކަން ދެފަރް ތުގެ ބަހުން އެނގެން އޮންނަކަމާއި، […] އެވެކިޔާ ގޯތީގައި ޢިމާރާތްކުރުމަށް 19 މާރިޗު 2013 މ ދުވަހު ދެފަރާތުންވެފައިވާ އެއްބަސްވުމުގ 2.2 ވަނަ މާއްދާގެ ތަރަހައިގެ ތެރެއަށް ޢިމާރާތުގެ އެޕާރޓްމަންޓް ތަކުގައި ބަދިގޭ ކަބަޑްސެޓް ހަދައި އުނދުނާއި ހުޑް ހަރުކޮށް ސިންކް ބެހެއްޓުންފަދަ ދަޢުވާގައިވާ މަސައްކަތްތަކާއި ތަކެތި ހިމެނިގެން ވާކަން އެނގެން ނެތްކަމާއި؛ ތަނުގައި ހަރުކޮށްފައިވާ ތަކެއްޗަކީ އެތަކެތި ގަނެ ހަރުކުރުމުގެ ކުރިން ދަޢުވާލިބޭ ފަރާތްތަކުން އެތަކެތީގެ ޒާތާއި ބާވަތް އަދި ފެންވަރާމެދު ރުހުންދީފައިވާ ތަކެތިކަމާއި އެތަކެތި ހަރުކުރަމުން ދިޔައިރު ތަން ބަލައި ސްޕަވައިޒްކޮށް ކަމެއް ގޯސްކު ށ ދާނަމަ އިޞްލާހުކުރަން އެންގުމުގެ ފުރް ޞަތު ދަޢުވާލިބޭ ފަރާތްތަކަށް ލިބިފައި ވާއިރު އެކަންކަމަށް އިންކާރުކޮށްފައި ވާކަން އެނގެން ނެތްކަމާއި، މީހެއްގެ ނުވަތަ ފަރާތެއްގެ މުދަލުއ މަސައްކަތް އަނެކާއަށް މިލްކަ ވާނީ ނުވަތަ އޭގެން މަންފާ ހާޞިލްކުރަން ހުއްދަވާން ޝަރުޢީގޮތުން ޞައްޙަ އަޤުދެއް އޮވެގެން ކަމާއި، ދަޢުވާގައިވާ މަސައްކަތާއި ތަކެއްޗަކީ ދަޢުވާކުރާ އޭބީސީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން ހަރުކޮށްފައިވާ ތަކެއްޗާއި ކޮށްފައިވާ މަސައްކަތްތަކެއްކަން ދެފަރާތުގެ ބަހުން އެނގެން އޮތްއިރު،އެތަކެއްޗާއި މަސައްކަތް ތަކުގެ މަންފާ ދަޢުވާލިބޭ ފާޠިމަތު ވަޙީދާ އާއި، އިބްރާހީމް ފާއިޒަށ ޝަރުޢީގޮތުން ޙައްޤުވިގޮތް ޝަރީއަތަށް ޘާބިތުކޮށްދިނުމުގެ ޒިންމާއަކީ އެފަރާތްތަކުގެ މައްޗަށް އޮތް ޝަރުޢީ އަދި ޤާނޫނީ ޒިންމާއެއްކަމާއި، މީހެއްގެ ނުވަތަ އެހެން ފަރާތެއްގެ މުދަލާއި މަސައްކަތް އްނެކާއަށް މިލްކުވާނެ ނުވަތަ އޭގެން މަންފާ ޙާޞިލްކުރުނެޙުއްދަވާނީ ޝަރުޢީގޮތުން ޞައްޙަ އަޤުދެއް އޮވެގެން ކަމުގައި ވެފައި އެފަދަ އަޤުދެއް އޮތްކަން މި މައްސަލާގައި ފަޠިމަތު ވަޙީދާއާއި، އިބްރާހީމް ފާއިޒަށް ދެއްކިފައި ނުވާކަމާއި؛ އޭބީސީކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މި ދަޢުވާއާއެކު ހުށަހަޅާފައިވާ އޭބީސ ކޮނު ސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ނަންބަރ abc/IN/2014/483 ޓެކްސް އިންވޮއިސް އަށް ބަލާއިރު ދަޢުވާލިބޭ ފަރާތްތަކަށް ދީފައިވާ ކޮޕީގައި ފައިސާ ލިބިއްޖެކަމުގައި ތައްގު ންޑް ޖަހައި ސޮއިކޮށްފައިވާތީ ޤާނޫނީގޮތުން އެ ޓެކްސް އޮންވޮއިސްގައިވާ އެންމެހައި ފައިސާ އޭބީސީ ކޮންސްޓްރަކްޝަން ޕްރައިވެޓ ލިމިޓެޑަށް ލިބިފައިވާކަމުގައި ބަލަނާ ޖެހޭކަމާއި، އެހެންކަމުން ބުނެވާ ދިޔަ ޓެކްސް އިންވޮއިސް ފިޔަވައި ދަޢުވާ ފޯމާއެކު ހުށަހަޅާފައިވާ 06 )ހައި އ( ޓެކްސް އެ ންވޮއިސް ކަމުގައިވާ ނަންބަރ 62/43abc/IN/201 ޓެކްސް އިންވޮއިސު އާއި، ނަންބަރ /4643abc/IN/201 ޓެކްސް އިންވޮއިސް އާއި، ނަންބަރ 65/43abc/IN/201 ޓެކްސް އިންވޮއިސް އާއި، ނަންބަރު 68/43abc/IN/201 ޓެކްސް އިންވޮއިސް އާއި، ނަންބަރު 71/43abc/IN/201 ޓެކްސް އިންވޮއިސް އާއި، ނަންބަރު 82/43abc/IN/2014 ޓެކްސް އިންވޮއިސް ޢާއި، އަދި ނަންބަރ 87abc/IN/2014/4 ޓެކްސް އިންވޮއިސް ގެ ޖުމުލަ އަދަދު ކަމުގައިވާ 74,731/70ރ. )ހަތްދިހަ ހަތަރުހާސް ހަތްސަތޭކަ އެއްތިރީސާ ރުފިޔާ ހަތްދިހަ ލާރި( އަކީ ފާޠިމަތު ވަޙީދި އާއި، އިބްރާހީމް ފާއިޒްގެ ފަރާތުން އޭބީސީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ ފައިސާއެއްކަން ޝަރުޢީ އަދި ޤާނޫނީ ހަމަތަކުނެ ޝަރީއަތަށް ޘާބިތުވާކަމުގައި ކަނޑައަޅައި، އިސްވެ ބުނެވެދިޔަ 74,731/70 ރ. )ހަތްދިހަ ހަތަރުހާސް ހަތްސަތޭކަ އެއްތިރީސް ރުފިޔު ހަތްދިހަ ލާރި( އޭބީސ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް ލިބިދިނުމަށްޓަކައި މިއަދ 18 ނޮވެމްބަރު 2015 މ ދުވަހުން ފެށިގެން 01 )އެކެއް( މަސްދުވަހުގެ މުއްދަތެއްގައި ސިވިލްކޯޓަށް ދައްކައި ޚަލާސްކުރުމަށްމ. އަސަރީގެ / މާލެ، ފުޠ މަތު ވަޙީދާ )ދ.ރ ކާޑް ނަންބަރ ( އާއި، ދަފްތަރު ނަންބަރު 5523/ މާލީ،އިބްރް ހ މ ފާއިޒް )ދ.ރ. ކާޑް ނަންބަރ ( އަށް އަންގައި، ޙުކުމްކޮށްފީމެވެ." މިފަދައިންނެވެ. 02- ސިވިލް ކޯޓުގެ ނަންބަރު 5C/201-/Cv590 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ބުނީ ދަފްތަރު. ނަންބަރު 5523/މާލެ އިބްރާހީމް ފާއިޒް އަދި […] ފާޠިމަތު ވަޙީދު ގެ ފަރާތުން 02 )ދޭއް( ނުކުތާ ހުށަހަޅާ އެނުކުތާތަކާއި ބެހޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެ ނުކުތާތަކަކީ؛ • ފުރަތަމަ ނުކުތާއަކީ: ދަޢެ ވާގައު ބުނާ މަސައްކަތްތައް ކުރުމަށް ދެފަރާތުން އެއްބަސްވެފައި ނުވާއިރު ކުރިން ދެފަރާތުން ވެފައިވާ އެއްބަސްވުމާއި އެއްބަސްވުމުގ 2.2 ގައި ބުނާ ކަންތައްތަކަށް ރިޢާޔަތްކުރުމެއް ނެތި މައްސަލަ ނިންމައި ޙުކުމްކޮށްފައިވާތީ މިއީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ )ށ( އާއި ޚިލާފުކަމެއްކަމުގައި ބުނީ ހުށަހެޅި ނުކުތާއެވެ. • ދެވަނަ ނުކުތާއަކީ: ދެފަރާތުން ވެފައިވާ އެއްބަސްވުމެއްގައި ހިމެނިފު އިނުވަ އަދ ދަޢް ވާ ރައްދުވާ ފަރާތުނ ކުރުމަށް އަންގައިފައިނުވު މަސައްކަތްތަކެއް ދައުވާކުރި ފަރު ތ ން ކޮށްފައިވާއިރު އެކަމުގެ ޒިންމާ ދަޢު ވާ ރައްދުވި ފަރާތުން ނަގަންޖެހޭ ޤާނޫނީ ހަމައެއްނެތްއިރު އެފައިސާ ދެއްކުމަށް ޙުކުމްކުރުން އެއީ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ )ށ( ގ 1 ވަނަ ނަންބަރުގެ ބުނެފައިވާ ހަމަޔާއި ޚިލާފަށް ކުރެވިފައިވާ ޙުކުމެއްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

3HN1HN2HN3HN4HN5HN6ސިވިލް ކޯޓުގެ ނަންބަރު 2015C/-590/Cv ޤަޟިއްޔާގެއެކޯޓުން ނިންމަވާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ބުނީ ދަފްތަރު. ނަންބަރު 5523 /މާލެ އިބްރާހީމް ފާއިޒް އަދި […] ފާޠިމަތު ވަޙީދާގ ފަރާތުން އިސްތިއުނާފް ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި އެނުކުތާތަކާއި ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ. )ހ( ފުރަތަމަ ކަމަކީ، އިސްތިއުނާފުކުރެވިފައިމިވާ މައްސަލައަކީ،އޭބީސީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލ މިޓެޑް ގެ ފަރާތުން […] އެވް ކިޔާ ގޭގައި ކޮށްފއިވަ ފިނިޝިންގ މަސައްކަތަށް މި. އަސަރީގެ / މާލެ، ފާޠިމަތު ވަޙީދާއާއި، ދަފްތަރު. ނަންބަރ 5523/ މާލެ، އިބްރާހޭ މ ފާއިޒް ދައްކަންޖެހޭ 84,885/04 ރ. )އަށްޑިހަ ހަތަރުހާސް އަށްސަތޭކަ އަށްޑިހަ ފަސްރުފިޔާ ހަތަރުލާރި( ދައްކާފައި ނުވާތީ މި ފައިސާ ހޯދުމަށް ފާތިމަތް ވަޙީދާ އާއި، އިބްރާހީމް ފާއިޒްގެ މައްޗަށް އޭބީސީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން ދަޢުވާކުރުމުން ބެލުނު މައްސަލައެއްކަން އެނގޭކަމާއި، އެ ޤަޟިއްޔާގައި ޙުކުމް ކޮށްފައިވަނީގ. އަރާކުރި އެވެ ކިޔާ ގޯތީގައް ޢިމާ ރާތްކުރުމަށ ދެފަރާތުން ވެފައިވާ އެއްބަސްވުމާއި ޚިލާފަށް އެއްބަސްވުމުގައި ހިމެނިފައިނުވާ މަސައްކަތެއްކޮށް ހޯދުމަށް އެދިފައިވާ 74,731/70 ރ. )ހަތްދިހަ ހަތަރުހާސް ހަތްސަތޭކަ އެއްތިރީސް ރުފިޔާ ހަތްދިހަ ލާރި( އަކީ އެކުންފުންނަށް ލިބެންޖެހޭ ފައިސްއެއްކަމަށާ ޝަރުޢީ އަދި ޤާނޫނީ ހމަތަކުނި ޘާބިތުވާ ކަމަށް ކަނޑައަޅައި އެފައިސާ 18ނޮވެ މބަރ 2015 ވަނަ ދުވަހުން ފެށިގެން 01 )އެކެއް( މަސްދުވަހުގެ މުއްދަތުގައި ސިވިލް ކޯޓަށް ދެއްކުމަށް އަންގައިވައިކަނ އެނގެން އޮންނަކަމެވެ. )ށ( ދެވަނަ ކަމަކީ، އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށް ބަލާއިރު، ސިވިލް ކޯޓުގެ ނަންބަރު 2015C/-590/Cv ޤަޟިއްޔާ އިސްތިއުނާފުކޮށްފައިވަނީ ދަޢުވާގައިބުނާ އެއްބަސްވުމުގެ 2.2 ގައި ބުނެފައިވާ ކަނޫ ތައްތަކަށް ރިޢާޔަތް ނުކުރައްވުކަމާއި އެއީ ޤާނ ނއަސާސީގ 42 ގެ )ށ( އާއި ޚިލާފުކަމެއްކަމާއި، އެއްބަސްވުމުގައި ހިމެނިފައިނުވާ މަސައްކަތެއް އޭބީސީ ކޮންސްޓްރަކްޝަން އިން ކުރުމުން އެކަމުގެ ޒިންމާ މަސައްކަތް ޙަވާލުކުރި ދެފަރާތުނި ނަގަންޖެހޭ ޤާނޫނީ ހަމައެއްނެތްކަމަށްބުނެ، އިސްތިއުނާފުކުރ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށް ބަލާއިރު، 19 މާރޗް 2013 މި ތާރީޚުގައި […] ފާޠިމަތު ވަޙީދާ އާއި މާލީ މުނިސިޕަލްޓީގެ ނަންބަރު 5523 އިބްރާހީމް ފާއިޒް އާއި އޭބީސީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއު ދެމެދު […] ކޮންކްރީޓާއި ފިނިޝިންގގެ މަސައްކަތެއް ކުރުމަށް ކުލައިންޓާއި ކޮންޓްރެކްޓާއި ދެމެދު އެއްބަސްވުމެއް ވެފައިވާކަން އެނގެން އޮންނަކަމާއި، މި އެއްބަސް ވުމުގެ މަސައްކަތަކީ […] ފާސްކުރެވިފައިވާ ކުރެހުމުގައި ހިމެނިފައިވާ ކޮންކްރީޓާއި ފިނޝިންގގ މަސައްކަތް ކުރުންކަން އެނު ގެން އޮންނައިރު، އެ އެއްބަސްވުމުގެ 2.2 އަށް ބަލާއިރު އެ މާއްދާގެ މަޤްސަދަކީ، މަސައްކަތް ޙަވާލުކުރި ފަރާތުން ބުނެފައިނި ވާ މަސައްކަތެއް އެފަރާތަށް ނޭނަގ ކޮށްފިނަމި އެކަމުގެ ޒިންމާނަގަން ނުޖެހޭގޮތަށް ހެދުންކަމާއި، އެ މާއްދާގެ އެހެން އޮތުމަކުން މި ދެފަރާތުގެ ދެމެދުގައުއެއްބަސްވެގެން އެހެން މަސައްކަތްތަކެއ ކުރުމަށް ހ ރަސް ނޭޅަކަމާއި، ދެފަރާތުން ފަހުން އެއްބަސްވެވިގެން މަސައްކަތެއް ކޮށްފިނަމަ، އެ މަސައްކަތުގެ އަގު މަސެ އްކަތްކުރި ފަރާތަށް ޙައްޤުވާނެކަމާއި، އެއީ، ކުރިން މިފަރާތްތަކުގެ މެދުގައި ވެފައިވާ އެއްބަސްވުމުގ

2.2 ވަނަ މާއްދާއިން ހުރަސްއެޅޭނެކަމެއް ނޫންކަމެވެ. )ނ( ތިންވަނަ ކަމަކީ، ދޭދޭ ފަރުދުންގެ މެދުގައި ވެވޭ އެއްބަސްވުންތަކަކީ، އެފަރާތްތަކަށ އިސްލާޙަކޮށިބަދލުގެނެވިދާނެ އެއްޗެއްކަމާއި، އަދި ވަކި މަސައްކަތެއް ކުރުމަށް އެއްބަސްވުމަށްފަހު، ފަހުން އެހެން މަސައްކަތެއް ކުރުމަށް އެއްބަސްވެވިދާނެކަމާއި،އެއްބަސްވުމެއް އޮތްކަމަށް ބެލެވޭނީ ހަމައެކަނި ލިޔުމނު އެއްބަސްވުމެއް ކުރެވިފައިވާ ޙާލަތުގައި އެކަނ ނޫންކަމާއި، ޤާނޫނު ނަންބަރު 91/4 )ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ޤާނޫނި ( އަށް ބަލާއިރު،ޢާންމު ޙާލަތްތަކުގައްއެއްބަސްވނ ވަކިމިވެނިގޮތަކަށް އޮތުން ލާޒިމް ނުކުރާކަމެއި، ދެފަރާތުން ޢަމަލު ކޮށްފައިވާގޮތުންވެސް އެއްބަސްވުމެއް އޮތްކަމަށް ބެލެވިދާނެކަމާއި، އެއްބަސްވުމެއް އޮތްނަމަ، ދެފަރާތުންވެސް އެކަމަށް އިޙުތިރާމްކޮށް އެއީ އުއްގޮތަށް ޢަމަލު ކުރުމަކީ ލާޒިމކަމެއްކަމާއ، މި މައްސަލާގައި ހިމެނޭ ދެފަރާތުން ސިވިލްކޯޓުގައާއީ އަދި މި ކޯޓުގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، މި މައްސަލާގައި އޭބީސ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑނު ފައިސާ ހޯދުމަށް ދަޢުވާކުރި މަސައްކަތްތީ ކ ކްއެޕާރޓްމަންޓްތަކުގެ ބަދިގޭ ކަބަޑުސެޓް ހަދައި އުނދުނާއި ހުޑް ހަރުކޮށް ސިންކ ބެހެއްޓުންފަދަ މަސައްކަތްތައްކަނ އެނގެން އޮންނަކަމާއި، އެ މަސައްކަތްތައް އޭބީސީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑނު ކޮށްފައިވެ ކަމާމެދު ފާޠިމަތު ވަޙިދާއާއި އިބްރާހީމް ފާއިޒު އިންކާރުނުކުރާކަމާއި، އ މަސައްކަތްތައް އޭބީސީ ކޮންސްޓްރަކްޝަނީ ޕްރައިވެޓް ލިމިޓެޑުން ކޮށްފައިވަނީ ފާޠީމަތު ވަޙި ދާއާއި އިބްރާހަމ ފާއިޒު އަށް އެނގިގެންކަމާއި، އަދި އެ މަސައްކަތްތަކުގެ ތަފްޞީލްތައްވެސް އެގިގެންކަމާއި، އެހެންކަމުން މ މަސައްކަތްތައް ކުރުމުގައި ދެފަރާތުން ވާހަކަދެކެވިގެން ޢެ މަލު ކޮށްފައިވާގޮތަށް ބަލާއިރު، މި މަސައްކަތްތައް ކުރުމަށް ދެފަރާތުގެ ދެމެދުގައި އެއްބަސްވް ވ ފައިވާކަން އެގެންއޮންނަކަމާއި، އަދި އެގޮތުނަކުރެވުނ މަސައްކަތްތަކަކީ އޭގެ އ ގ ދޭން ނުޖެހޭނެގޮތަށް ދެފަރާތާ ން ވާހަކަދައްކައި އެއްބަސްވެގެން ކޮށްފައިވާ މަސައްކަތެއްކަން ފޠާ މަތު ވަޙީދާއާއި އިބްރާހިމް ފާއިޒު އަށް ސާބިތުކޮށްނުދެވޭނަމަ އެކަށީގެންވާ އަގެއް އެމަސައްކަތްކުރ އޭބީސީ ކޮންސްޓްރަކްޝަނަޕްރައި ވެޓ ލިމިޓެޑަށް ނަގައިދޭންޖެހޭނެކަމެވެ. )ރ( ހަތަރުވަނަ ކަމަކީ،އިސްތިއުނާފު ރައްދުވާ އޭބީސީ ކޮންސްޓްރަކްޝަނު ޕްރައިވެޓް ލިމިޓެޑްން ހޯދުމަށް ސިވިލް ކޯޓުގައި ދަޢުވާކުރި މަސައްކަތްތަކަކީ، އޭބީސީ ކޮންސްޓްރަކްޝަނީޕްރައިވެޓް ލިމިޓެޑާއި ފާޠިމަތު ވަޙި ދާއާއި އިބްރާހިމް ފާއިޒު އާއެކު އެއްބަސްވެވިގެން މަސައްކަތްކުރެ ޢެމާރާތުގ ބެހެއްޓިފައިވާ ތަކެއްޗަށްވެފައި، އެތަކެތި ބެހެއްޓުމުގެ އަގު ދިނުމަށް އިންކާރުކުރާނަމަ، އެތަކެތި ނަގައިގެން ގެންދިއުމުގްއިޒުނައަށް އޭބީސީ ކޮންސްޓްރަކްޝަނި ޕްރައިވެޓް ލިމިޓެޑުން ސިވިލް ކޯޓުގައި އެދުނުކަމާއި، ނަމަވެސް އެތަކެތި ނަގައީ ގެން ގެންދިއުމަށް ފާޠީމަތު ވަޙު ދާއާއި އިބްރާހްމް ފާއިޒގެ ފަރާތުންއިންކާރުކޮށް ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، އެއީ، އެ އިމާރާތަށް ބޭނުންވެގެން މަސައްކަތްކޮށް ބެހެއްޓުނު ތަކެތިކަން އެގެންއޮންނަކަމާއި، އަދި އެތަކެތި އާޢިމރާތުގައި ބަހައްޓައައެ މަސައްކަތްކޮށްފައިވަނީ ފާޠިމި ތ ވަޙީދާއާއ އިބްރާހު މ ފާއިޒުގެ ފެނުމާއި އެނގުމުގެ ދ ށުނ އެމަސައްކަތްތަކުގެ ތަފްޞީލު ވެސް އެނގިގެންކަން ފާޠީމަތ ވަޙީދާއާއި އިބްރާހްމް ފާއިޒުގ ފަރާތުން ދައްކާފައިވާވާހަކަތަކުނ އެނގޭ އިރު، މިވާހަކަތަކުގެ މައްޗަށާއި، އަދި އޭބީސީ ކޮންސްޓްރަކްޝަންޕްރައިވެޓް ލިމިޓެޑު ން ދައްކާފައިވާ ވާހަކަތުގެ މައްޗަށާއި، މިކަނަހިނގާފައިވާ ގޮތުގެ މައްޗަށް ބަލާއިރު، މިމަސައްކަތްތުކަށް އަގު ނަގައިނުދިނުމަކީ ފާޠިމަތު ވަޙީދާއާއި އިބްރާހީމް ފާއިޒް އަށް ލިބިދެވޭ ނުޙައްޤު މަންފާއަކަށް ނޫނީ ނުވާނެކަން އެނގޭކަމެވެ. )ބ( ފަސވަން ކަމަކީ، އިސްވެދިޔަ ސަބަބުތައް އެފަދައިން ހުރުމުން، މި މައްސަލަ މިކޯޓުގައި ބެލި ފަނޑިޔާރުން ދެކެނީ، އިސްތިއުނާފުކުރެވިފައި މިވާ، ސިވިލް ކޯޓުގ ނަންބަރު 590/Cv-C/2015 ޤަޟިއްޔާ ގައި ނިންމަވާފައިވާ ނިންމެވުމަށް ބަދަލުގެންނާނެ ތަނެއް ނެތް ކަމުގައެވެ. Uޙުކުމް: ދެންފަހެ، އިސްވެ ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، އިސްތިއުނާފުކުރެވިފައި މިވާ، ސިވިލް ކޯޓުގ ނަންބަރު 590/Cv-C/2015 މައްސަލާގައި ނިންމަވާފައިވ ނިންމެވުމަށިމި މައްސަލަ މިކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ތާއީދުކޮށް ޙުކުމްކޮށްފީމެވެ.

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ