—
ޚުލާޞާ
- ކޯޓަށް އައި ގޮތް
- 6 އަހަރާއި 12 ދުވަހަށް ޖުމްލަ 217,200 ރުފިޔާގެ 50% ކަމުގައިވާ 108,600 ރުފިޔާ ދަޢުވާކުރި ފަރާތްތަކަށް ދައްކަން ސިވިލް ކޯޓުން ޙުކުމްކުރި ނަމަވެސް، އަންނަ މަސްތަކުގެ ކުއްޔާއި ވަކީލު ފީ ނަގައިނުދިނެވެ.
- ވާޤިޢާ
- ތަރިކައިން ލިބުނު ގޯތީގެ ކޮޓަރިއެއްގައި ދިރިއުޅުނު ފަރާތުގެ އަތުން ކުލި ހޯދުމަށް ގޯތީގެ ދެ ހިއްސާވެރިން ދަޢުވާކުރިއެވެ. އިސްތިއުނާފުކުރި ފަރާތް 2008 ގައި ކޮޓަރިއަށް އައީ މަހަކު 3,000 ރުފިޔާގެ ކުއްޔަށެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ގޯތީގެ ކޮޓަރިއެއްގައި ދިރިއުޅުނު ފަރާތުން ގޯތީގެ ހިއްސާވެރިންނަށް ކުލި ދައްކަންޖެހޭކަމަށާއި ކުލީގެ މިންވަރު ސާބިތުވާކަމަށް ދަށުކޯޓުން ނިންމި ނިންމުން ޞައްޙަތޯއާއި، ދިފާޢީ ހެކި ހުށަހެޅުމުގެ ފުރުޞަތު ނުދީ ޙުކުމްކޮށްފައިވޭތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- އިސްތިއުނާފުކުރި ފަރާތުން ބުނީ ކުއްޔިން 1,000 ރުފިޔާ ކަނޑައި 2,000 ރުފިޔާ ދޭން އެއްބަސްވެފައިވާއިރު އެކަމަށް ރިޢާޔަތްނުކުރިކަމަށާއި، ކުއްޔަކަށް ނޫންކަން ދައްކާ ހެކިބަހަށް ނުބަލައި ދިފާޢީ ހެކި ހުށަހެޅުމުގެ ޙައްޤުން މަޙްރޫމްކުރިކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- ކުލި 3,000 ރުފިޔާކަމާއި ކާބޯތަކެތީގެ ޚިދުމަތަށް 1,000 ކަނޑާ ގޮތަށް އެއްބަސްވި ކަންތައް ސާބިތުވެފައިވާއިރު، ގޯތީގެ ދެބައިކުޅަ އެއްބައި ދަޢުވާކުރި ފަރާތްތަކަށް ހިއްސާވާތީ ކުލީގެ އެ ނިސްބަތް އެމީހުންނަށް ލިބެންޖެހެއެވެ. ކުއްޔަކަށް ނޫންކަމާއި ދިފާޢު ހުށަހެޅުމުގެ ފުރުޞަތު ނުދިންކަން ސާބިތުކުރާ ހެއްކެއް ނެތެވެ.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިއިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
ދަށުކޯޓުން ކަނޑައަޅުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބަލާނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއް އިސްތިއުނާފުކުރާ ފަރާތުން ދައްކާފައިނުވާނަމަ، އެ ނިންމުމަށް ބަދަލެއް ނުގެނެވޭނެއެވެ. (ޕެރ. 3(ނ))
ގޯއްޗެއް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުގެ މެދުގައި ބައިކޮށް ދެވިފައިނުވާ ދުވަސްތަކުގައި އެގޯތީގައި ހުރި ކޮޓަރިއެއް ކުއްޔަށް ދީގެން ލިބޭ އެއްޗެއް ބެހިގެންދާނީ އެގޯތީގައި އެމީހަކު ހިއްސާވެފައިވާ ނިސްބަތުންނެވެ. (ޕެރ. 3(ރ))
ޝަރީޢަތުން ދިފާޢީ ހެކި ހުށަހެޅުމުގެ ފުރުޞަތު ނުދީފައިވާކަމަށް ބުނިނަމަވެސް، އެފަދައިން ޝަރީޢަތުން ޢަމަލުކޮށްފައިވާކަން ސާބިތުކޮށްދެވޭ މިންވަރުގެ ހެއްކެއް އަދި ޤަރީނާއެއްވިޔަސް ހުށަހެޅިފައިނުވާނަމަ، އެ ނުކުތާ ބަލައެއް ނުގަނެވޭނެއެވެ. (ޕެރ. 3(ރ))
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ސިވިލް ކޯޓު 598/Cv-C/2013 (މިހެން ހިމެނޭ 589/Cv-C/2013)
ފަނޑިޔާރުން
- ބެންޗު
- ޢަބްދުﷲ ދީދީ، ޢަބްދުއްރައޫފު އިބްރާހީމް، ޢަބްދުﷲ ޙަމީދު
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
g ދިވެހިރާއްޖޭގެ ހައިކޯޓު ދިވެހިރާއްޖެ ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ ޤަޟިއްޔާ ނަންބަރު: 91/A-/HC2016 އިސްތިއުނާފުކުރި ފަރާތް: * ނަން: އާދަމް އިބްރާހިމް ކޮއި * ދާއިމީ އެޑްރެސް: […] * އައިޑީ ކާޑު ނަންބަރ:085111A * މިހާރުގެ އެޑްރެސް: […] * ނަން: ލަޠީފާ މޫސާ * ދާއިމީ އެޑްރެސް: […] * އައިޑީ ކާޑު ނަންބަރ:47668A0 * މިހާރުގެ އެޑްރެސް: […] * ނަން: އަމީނާ މޫސާ * ދާއިމީ އެޑްރެސް: […] * އައިޑީ ކާޑު ނަންބަރ:39923A0 * މިހާރުގެ އެޑްރެސް: […] * ނިމުނު ތާރީޚް: 17 އޮކްޓޯބަރ 7201 އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރC/2012 -/Cv1879 ނިންމެވިކޯޓް: ސިވިލް ކޯޓު ޤަޟިއްޔާގެ ބާވަތް: މަދަނީ މައްސަލަ ހުށަހެޅުނުތާރީޚް: 31 އޮކްޓޯބަރ 2012 * ނިމުނު ތާރީޚް: 29 ނޮވެންބަރު 2015 މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލިސް: އިސްފަނޑިޔާރު ޢަބްދު ﷲ ދީދީފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމްފަނޑިޔާރު ޢަބްދު ﷲ ޙަމީދު ދަޢުވާގެ ޚުލާޞާ: މިއީ، ސިވިލް ކޯޓުގެ ނަންބަރު C/2012-v/C1879 ޤަޟިއްޔާ އކޯޓުނެ ބައްލަވައި ނިންމަވާފައިވަނީ ޝަރުޢީ ޤާނޫނީ އުޞޫލުތަކާ ޚިލާފށަ ކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް ޅ.ހިންނަވަރު/ހާވިލާގެ އާދަމް އިބްރާހީމް ކޮއިގެ ފރާތުނަ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައ ދަޢުވާ ރައްދުވާ ފަރާތްތަކަކީ، […] /ލަޠީފާ މޫސާ އާއި، […] /އަމީނާ މޫސާ އެވެ. ފާހަގަ ކުރެވުނު ނުކުތާތައް: 01- ސިވިލް ކޯޓުގެ ނަންބަރ 1879/Cv-C/2012 ޤަޟިއްޔާ ގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ، ޅ. ހިންނަވަރު/ހާވިލާގެ ([…] ) އާދަމް އިބްރާހީމް ކޮއި، […] /ލަޠީފާ މޫސާ އާއި، […] /އަމީނާ މޫސާ އަށް […] އަލްމަރްޙޫމާ ޙަރީރާ ޢަލީގެ ތަރިކައިން ލިބިފައިވާ ގޯއްޗެއްކަމުގައިވާ […] ކިޔާ ގޯތީގައި އެއްވެސް ޙައްޤަކާ ނުލައި އެގޯތީގައި އުޅެމުންދާތީ އާދަމް އިބްރާހީމް ކޮއި އަތުން ކުލީގެ ގޮތުގައި ކޮންމެ މަހަކު 10،000.00 ރ (ދިހަހާސް ރުފިޔާ) ނަނގަވައިދެއްވައި، އޭގެ ދެބައިކޮށް އެއްބައި ކަމުގައިވާ -/5000 ރ (ފަސްހާސް ރުފިޔާ) އާއި ފާއިތުވި މަސްތަކުގެ ތެރެއިން އެގޭގައި އޭނާ އުޅުނާ53 މަހަށް، ކޮންމެ މަހަކަށްވ - /3000 ރ (ތިންހާސް ރުފިޔާ) ގެ ރޭޓުން -/159،000ރ (އެއްލައްކަ ފ ންސާސްނުވަހާސް ރުފިޔާ) އެއްފަހަރާ ނަންގަވައި ދެއްވާ އޭގެ ދެބައިކޮށް އެއްބައިކަމުގައިވ -/79،500 ރ (ހަތްދިހަނުވަހާސ ފ ސްސަތޭކަ ރުފިޔާ) ދަޢުވާކުރާ ލަޠާފާ މޫސާއާއި އަމީނާ މޫސާއަށް ލިބިދިނުމަށް އެދި ދަޢުވާކުރުމުން ބައްލަވާފައިވާ ޤަޟިއްޔާއެއް ކަމާއި؛ އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނ، މި މައްސަލަ ޝަރީއަތުން ބެލިއިރު، 2012 އޮކްޓޯބަރ 09 އިން ފެށިގެން މަހަކު -/10،000 ރ (ދިހަހާސް ރުފިޔާ) ދަޢުވާލިބޭ ފަރާތުގެ އަތުން ނަގައިދީ އެއިގެ ދެބައިކޮށްފައި އެއްބައި ދަޢުވާކުރާ ފަރާތަށް ލިބިދިނުމަށް އެދިފައިވާއިރު، އެގޮތުގެމަތިނ ދަޢުވާކުރާ ފަރާތުން ދަޢުވާލިބޭ ފަރާތް ށ އެކަން އަންގައި މުޢީ ސަލާތުކޮށްފައިވާކަން އެނގޭ އެއްވެސ ހެއްކެއް ހުށައަޅާފައި ނުވާތީއާއި ބުނެވުނު ކުލި ދެއްކުމަށް ދަޢުވާލިބޭ ފަރާތުން އިންކާރުކޮށްފައިވާތ ދަޢުވާކުރާ ފަރާތުން އެދިފައިވާ ގޮތުގެމަތިން 2012 އޮކްޓޯބަރު09 އިން ފެށިގެން މަހަކު -/10،000 ރ (ދިހަހާސް ރުފިޔާ) ދަޢުވާލިބޭ ފަރާތުންގެ އަތުން ނަގައިދީ އެއިގެ ދެބައިކޮށްފައި އެއްބައި ދަޢުވާކުރާ ފަރާތަށް ދިނުމަށް އަންގާނެ ތަނެއް ނެތްކަމަށާއި، މިދަޢުވާ ކޯޓަށް ހުށަހެޅުމަށް ދަޢުވާކުރާފަރާތުން ޚަރަދުކޮށްފައިވާ ކަމަށް ބަޔާންކޮށްފައިވ - /15،025 ރ (ފަނަރަހާސް ފަންސަވީސްރުފިޔާ) ހޯދުމަށް ދަޢުވާކުރާ ފަރާތުން އެދިފައިވާއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 348/2009 ޤަޟިއްޔާގައި ވަކީލު ފީ ނަގައިދެވޭ ގޮތް ކަނޑައަޅުއްވާފައިވާ ހަމަތަކަށް ރިޢާޔަތްކޮށް ބަލާއިރު، އެޚަރަދު ދްނުމަށޮދަޢުވާލިބޭ ފަރާތުނ އިންކާރުކޮށްފައި ވުމާއި، މިމައްސަލާގައި ހިމެނޭ ޚަޞްމުންގެ މެދުގައި ބުނެވުނު ޚަރަދުތަކަށް އެއްބަސްވެފައިވާކަން އެނގޭނޭ އެއްވެސް ހެއްކެއް ދަޢުވާކުރާ ފަރާތުން ޝަރީޢަތަށް ހުށައަޅާފައި ނެތުމުން، ދަޢުވާކުރާ ފަރާތުން އެދިފައިވާ ޚަރަދުތައް ނަގައިދިނުމަށް އަންގާނެ ތަނެއް ނެތްކަމަށާއި، 16 ޖޫން 2009 އިން ފެށިގެން 2015 ޖޫން މަހުގު27 ނިޔަލަށް ހިނގާފައިވާ މުއްދަތު ކަމުގައިވި06 (ހައެއް) އަހަރާއަ12 (ބާރަ) ދުވަހުގެ މުއްދަތަށް އެކުޖުމްލ -/217،200 ރ (ދެލައްކަ ސަތާރަހާސް ދުއިސައްތަ ރުފިޔާ) ވާކަމާއި، މިޢަދަދުގެ %50 އަކީ -/108،600 ރ (އެއްލައްކަ އައްހާސ ހަސަތޭކަ ރުފިޔާ) ކަމާއި، މިފައިސާއަކީ ދަޢުވާލިބޭ ފަރާތުން ދަޢުވާކުރާ ފަރާތަށް ދައްކަންޖެހި ނުދައްކާ އޮތް ފައިސާއެއްކަން ހުށަހެޅިފައިވާ ލިޔުންތަކަށާއި ހެކިންގެ ހެކިބަހަށް ބަލައި މަދަނީ މިންގަނޑތަކުނ ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅައި، މިފައިސާ ދަޢުވާކުރާ ލަޠީފާ މޫސާއާއި އަމީނާ މޫސާއަށް ލިބިދިނުމުގެ ގޮތުން 2015 ނޮވެމްބަރ29 ވަނަ ދުވަހުން ފެށިގެނޭ07 (ހަތެއް) މަސްދުވަހުގެ ތެރޭގައި ކޮންމެ މަހަކު އެމަހަކަށްޖެހޭ ވަރަށްވުރެ މަދުނޫން މިންވަރެއް ސިވިލް ކޯޓަށް ދައްކާ ޚަލާޞްކުރުމަށް ދަޢުވާލިބޭ އާދަމް އިބްރާހީމް ކޮއިއަށް އަންގަވައިކަން އެނގެން އޮންނަކަމެވެ. 20- އިސްވެ ބަޔާންކުރެވުނު ގޮތުގެމަތީން ސިވިލް ކޯޓުގެ ނަންބަރ 1879/Cv-C/2012 ޤަޟިއްޔާގައި ޙުކުމް ކުރެއްވުމުން، އެ ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ ޝރުޢަ ނުވަތަ ޤާނޫނީ އުޞޫލު ތަކާ ޚިލާފަށް ކަމަށްބުނެ، އާދަމް އިބްރާހީމް ކޮއިގެ ފަރާތުން އިސްތިއު ނާފު ކުރުމަށު 02 (ދޭއް) ނުކުތާއެއް ފާހަގަކޮށް އެނުކުތާތަކާ މެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. އެއިގެ ތެރެއިން:
(ހ) ފުރަތަމެނުކުތާއަކީ: އިސްތިއުނާފުކުރެވިފައިމިވާ ސިވިލް ކޯޓުގެ ޤަޟިއްޔާގެ ޙުކުމަށް ބަލާއިރު، […] އަލްމަރްޙޫމާ ޙަރީރާ ޢަލީގެ ތަރިކައިން ލިބިފައިވާ […] ކިޔާ ގޯތީގައި އެއްވެސް ޙައްޤަކާ ނުލައި އާދަމް އިބްރާހީމް ކޮއި އުޅެމުންދާތީ އެގޭގައި އޭނާ އުޅުނު 53 މަހަށް، ކޮންމެ މަހަކަށްވާ -/3000 ރ (ތިންހާސް ރުފިޔާ) ގެ ރޭޓުން -/159،000 ރ (އެއްލައްކ ފަންސާސްނުވަހާސް ރުފިޔާ) ގެ ދެބައިކުޅައެއްބައި ކަމުގައިވާ -/79،500 ރ (ހަތްދިހަނުވަހާސ ފަސްސަތޭކަ ރުފިޔާ) ކަމަށް ބަޔާންކުރައްވާފައިވާއިރު، މިޙުކުމުނ -/108،600 ރ (އެއްލައްކަ އައްހާސ ހަސަތޭކަ ރުފިޔާ) ދިނުމަށް ކަނޑައަޅާފައިވަނި06 އަހަރާއާ12 ދުވަހުގެ މުއްދަތަށްކަމަށްވުމުން އޭނާ އެގޭގައި އުޅުނުކަމަށް ބުނާ މުއްދަތު ދެތަނުގައި ދެގޮތަކަށް ބުނެފައިވުމުން އަލްމަރްހޫމް އަޙްމަދު ޤާސިމް (ޙަރީރާ ޢަލީގެ ފިރިމީހާ) އާދަމް އިބްރާހީމްގެ ފަރާތުން ބަލަހައްޓައި ކާންދީ އަންނައުނު ދޮވެދީ ބަލިވީމ ބަލައި މިހުރިހާ ކަމެއްކުރާތީ މަހަކު -/3000ރ (ތިން ހްސްރުފިޔާ) ގެ ތެރެއިން -/1000 ރ (އެއްހާސް ރުފިޔާ) ކަނޑައަ -/2000 ރ (ދެހާސް ރުފިޔާ) ދޭ ގޮތަށް ހަމަޖައްސާފައިވާކަނެސިވިލު ކޯޓުގ ނަންބަރ 589/Cv-C/2013 ޤަޟިއްޔާއަށް 15 އޮގަސްޓް 2013 ގައި ދަޢުވާކުރާ ފަރާތުން އިޢުތިރާފުވެފައިވުމުން މިއިޢުތިރާފަށް ބެލުމުން 6 އަހރާއަ 12 ދުވަހުގެ މުއްދަތަށް މަހަކަށް -/2000 ރ (ދެހާސް ރުފިޔާ) ކަމާއި، ޖުމްލަ ޢަދަދަކީ -/144،800 ރ (އެއްލައްކަ ސާޅީސްހަތަރުހާސް އައްސަތޭކަ ރުފިޔާ) ކަމާއި އޭގެ ދެބައިކުޅަ އެއްބަޔަކު -/72،400 ރ (ހަތްދިހަދެހާސް ހަތަރުސަތޭކަ ރުފިޔާ) ކަމަށްވުމުން މި މައްސަލައިގައ އާދަމް އިބްރާހީމް ކޮއިގެ ޙައްޤު ގެއްލޭ ގޮތަށް ނިންމަވާފައިވ މައްސަލައެއްކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ށ) ދެވަނަ ނުކުތާއްކީ:ސިވިލު ކޯޓުގ ނަންބަރ 589/Cv-C/2013 ޤަޟިއްޔާގައި އާދަމް އިބްރާހީމް ކޮއިގެ ފަރާތުން ހުށަހެޅި 3 ހެކިންގެ ހެކިބަހަށް ބެއްލިވިނަމަ އެގޯތީގައި އާދަމް އިބްރާހީމް ކޮއި ދިރިއުޅެމުންދަނީ ކުއްޔަކަށްނޫންކަން އެމީހުންގެ ހެކިބަހުން ސާބިތުވާނެކަމަށް އިސްތިއުނާފުކުރެވިފައި މިވާ ޤަޟިއްޔާއަށް 18 ނޮވެމްބަރ 2015 ގައި އާދަމް އިބްރާހީމްކޮއިގެ ފަރާތުން ހުށަހެޅި ބަޔާނުގައި ބުނެފައިވުމުން މަދަނީ މައްސަލަ ތަކުގައިމެ ޤާނޫނީ ގޮތުން ދަޢުވާލިބޭ ފަރާތަށް ދިފާޢީ ހެކިހުށަހެޅުމުގެ ޙައްޤު ލިބިދީފައިވާއިރު، މިހެކިބަހަށް ބެއްލެވުމެއްނެތި އާދަމް އިބްރާހީމް ކޮއި އުޅެނީ މަރްހޫމް އަޙްމަދު ޤާސިމްގެބައިގައި ކަމަށް ދަންނަވާފައިވާއިރު، ޤާނޫނުއަސާސީން ލިބިދީފައިވާ ހެކި ހުށަހެޅުމުގެ ޙައްޤުން މަހްރޫމްކޮށް ހުށަހެޅިފައިވާ ހެކިންގެ ހެކިބަހުގެ ޙައްޤުގެ މައްޗަށް ރިޢާޔަތް ނުކުރައްވައި މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ. 30- ސިވިލް ކޯޓުގ ނަންބަރ 1879/Cv-C/2012 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އާދަމް އިބްރާހީމު ކޮއގި ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅިގެން މައްސަލާގައި ހިމެނޭ ފަރާތްތަކުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅުންހުރި ލިޔެކިޔުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބެލިހިނދު، މިމައްސަލަ ހައިކޯޓުން ބެލި ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ:މ. ސްޓާރލައިޓް އަލްމަރްޙޫމޮއަޙްމަދު ޤާސިމް ދުނިޔޭގައި ހެޔް ޙެލުގައިހުރެ، އަޙްމަދު ޤާސިމް ބެލުން ޝަރުޠުކޮށް […] އެވެކިޔާ ގޯތިން އަޙްމަދ ޤާސިމަށް ލިބިގެން އޮތް ބައި ޅ. ހިންނަވަރު/ ހާވިލާގެ އާދަމް އިބްރާހީމް ކޮއި އަށް މިލްކާވާގޮތަށް ދޭން ބުނެފައިވެ ކަމަށް ބުންއިގޯތިން އާދަމް އިބްރާހީމް ކޮއި އަށް ލިބެންޖެހޭ ބައި ލިބިދިނުމަށް އެދި އާދަމް އިބްރާހީމް ކޮއެ ސިވިލުކޯޓުގ ނަންބަރ 598/Cv-C/2013 ޤަޟިއްޔާއިން ހުށަހަޅާފައިވާ ދަޢުވާގައި، ސިވިލް ކޯޓުގެ ނަންބަރު C/2012-209/Cv1 ޤަޟިއްޔާއާއި، ސިވިލް ކޯޓުގެ ނަންބަރު 417/Cv-C/2013 ޤަޟިއްޔާގެ ނިޔާއަށް ބެލުމުން، […] އެވެކިޔާ ގޯތީގައި އާދަމް އިބްރާހީމް ކޮއިގެ އެއްވެސް ޙައްޤެއް އޮތްކަން އެނގެން ނެތިފައި، އެދެ ޤަޟިއްޔާގެ ޙުކުމަށް ބަދަލެއް އައިސްފައިނުވާތީއާއި، ކޯޓަކުން ކޮށްފައިވާ ޙުކުމެއް ނުވަތަ އެއިގެ ނަތީޖާއަށް ބަދަލު އަންނަފަދަ ނިޔާއެއް އިއްވުމަކީ ދަށުކޯޓަކަށް ކުރެވޭނެ ކަމެއް ކަމުގައި ނުވާތީ، ސިވިލުކޯޓުގ ނަންބަރ 598/Cv-C/2013 ޤަޟިއްޔާއިން ކޮށްފައިވާ ދަޢުވާ ބަލައި ކުރިޔަށް ގެންދެވޭނެ ތަނެއް ނެތް ކަމުގައި ކަނޑައަޅުއްވައ ޙުކުމް ކ ރައްވާފައިވާކަން އެނގެން އޮވެއެވެ.
(ށ) ދެވަނަ ކަމަކީ: މި މައްސަލަ އިސްތިއުނާފުކުރަމުން އާދަމް އިބްރާހީމްކޮއިގެ ފަރާތުނ ފާހަގަކޮށްފައިވާ ދެނުކުތާ ބިނާކޮށްފައިވަނީ އަލްމަރްހޫމް އަޙްމަދު ޤާސިމް (ޙަރީރާ ޢަލީގެ ފިރިމީހާ) އާދަމް އިބްރާހީމްގެ ފަރާތުން ބަލަހައްޓައި ކާންދީ އަންނައުނު ދޮވެދީ ބަލިވީމ ބަލައި މިހުރިހާ ކަމެއްކުރާތީ މަހަކު -/3000 ރ (ތިން ހާސްރުފިޔާ) ގެ ތެރެއިން -/1000 ރ (އެއްހާސް ރުފިޔާ) ކަނޑައަ -/2000 ރ (ދެހާސް ރުފިޔާ) ދޭ ގޮތަށިއެއްބަސްވެފައިވާއިރު އެކަމުގެ މައްޗަށް ރިޢާޔަތިކުރައްވާފައިނުވުމާއި އަދ ދިފާޢީ ހެކްހުށަހެޅުމުގެ ފުރުޞަތު އާދަމް އިބްރާހީމްކޮއި އަށް ލިބިދީފައިނުވާކަމަށް ބުނެކަނ އެނގޭއިރު، ލަޠީފާ މޫސާއާއި އަމީނާ މޫސާގެ ފަރާތުން މިމައްސަލައިގެ ދަޢުވާ ދަށު ކޯޓަށް ހުށަހެޅ ފޯމުގައި، "އާދަމް އިބްރާހީމްކޮއ 2008ވަނަ އަހަރުގެ ފެބްރުއަރީމަހު […] ހުސްވެފައިވ ކޮޓަރިއަށ އެންމެ ފުރަތަމަ އައީ މަހަކު -/3000ރ (ތިންހާސް ރުފިޔާ) ދިނުމަށް އެއްބަސްވެގެންނެވެ. ނަމަވެސް، އެންމެ ފުރަތަމަ މަހު ދިން -/2000 ރ (ދެހާސްރުފިޔާ) ފިޔަވައި އެހެން އެއްވެސް އެއްޗެއް ނުދެއެވެ. އެހެންނަމަވެސް، މީނާ ދޮންބައްޕައަށް ކާންދީ އޭނާގެ އަންނައުނު ދޮވެއިސާތިރިކޮށްހަދާތީވެ މިކަމ އޭރު އެހާ އަޅް ނުލީއެވެ." މިފަދައިން ބަޔާންކޮށްފައިވާކަން އެނގޭކަމާއި އަދި މިދެމީހުންގެ ފަރާތުނީ17 ޖެނުއަރީ 2012 ގައި ހުށަހަޅާފައިވާ ބަޔާނުގަ2 ވަނަ ނަންބަރުގެ (ށ) ގައިވެސް އިސްވެ ބަޔާނވެދިޔް ފަދައިން ބަޔާންކޮށްފައިވާކަމާއި އަދި އެ އީ އާދަމް އިބްރާހީމް ކޮއިއާއި ލަޠީފާ މޫސާއާ ދެމެދުވެފައިވާ އެއްބަސްވުމެއްކަމަށް ބަޔާންކޮށްފައިވާކަމާއި މީގެ އިތުރުން މި މައްސަލައިގައި ދަށު ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ހެކިބަސްދީފައިވީ ޢައިޝަތު ޙަސަންގ ހެކިބަހަށް ބަލާއިރުވެސް، ކުއްޔަކީ -/3000 ރ (ތިން ހުސް ރުފިޔާ) ކަމާއި ނަމަވެސް، ކާއެތިކޮޅު ރޯފިލުވައިދޭ މަތިން -/1000 ރ (އެއްހާސް ރުފިޔާ) ކަނޑައަ ކަރަންޓާއި ފެނާއެއްކޮށ -/2000 ރ (ދެހާސް ރުފިޔާ) ދިނުމަށް އެއްބަސްވެފައިވާކަނި އޭނާއަށް އެނގޭކަމާއި އަދި އެގޮތަށް ކުލީގެ ގޮތުގައި -/2000 ރ (ދެހާސް ރުފިޔާ) ދީފައިވާކެން އޭނާއަށް އެނގޭކަމަށް ބުނީ ހެކިބަސް އަދާކޮށްފައިވާކަން އެނގެން އޮތުމުން، އާދަމް އިބްރާހީމް ކޮއި، […] ކޮޓަރި ކުއްޔަށް ހިފާފައިވަނީ މަހަކު -/3000 ރ (ތިންހާސް ރުފިޔާ) އަށް 2008 ވަނައަހަރުގެ ފެބުރުއަރީ މަހުގައި ކަމާއި، އެމަހުގެ ކުލީގެ ގޮތުގައި -/2000 ރ (ދެހާސް ރުފިޔާ) ދިންކަމާއި އަދި ލަޠީފާ މޫސާގެ ދޮންބައްޕ (އަޙްމަދު ޤާސިމް) ގެ ކެއުމާއި އަންނައުނު ދޮވެ އިސްތިރިކޮށްދޭ ގޮތަށް ކުލީގެ ތެރެއިން -/1000 ރ (އެއްހާސް ރުފިޔާ) ކެނޑުމަށް އެއްބަސްވެފައިވާކަން މި މައްސަލައިގައި ހުށަހެޅިފައިވާ އިސްވެ ބަޔާންކުރެވުނު ހެކިތަކަށް ބެލުމުން އެނގެން އޮންނަކަމެވެ.
(ނ) ތިންވަނަ ކަމަކީ: މިމައްސަލަ އިސްތިއުނާފުކުރާ އާދަމް އިބްރާހީމްކޮއި […] ހުސްވެފައިވާ ކޮޓަރިއަށް އެންމެ ފުރަތަމަ އައު 2008 ވަނަ އަހަރުގެ ފެބްރުއަރީމަހުގައިކަމާއި، އަދ އެތަނުގެ ކުލީގެ ގޮތުގައި -/2000 ރ (ދެހާސް ރުފިޔާ) ދިންކަމާއި އަދި ކުލީގެ ތެރެއިން -/1000ރ (އެއްހް ސ ރުފިޔާ) އުނިކުރަމުން ގެންދިޔައީ ލަޠީފާ މޫސާގެ ދޮންބައްޕަގެ ބައެއް ޟަރޫރީ ކަންތައްތައް އާދަމް އިބްރާހީމް ކޮއި ހަމަޖައްސައިދޭތީކަމަށް މި މައްސަލައިގައި ހުށަހެޅިފައިވާ ލިޔެކިޔުންތަކުން އެނގޭއިރު، އަޙްމަދު ޤާސިމް 16 ޖޫން 2009 ގައި ނިޔައުވެފައިވާކަން އެނގޭކި މާއި، މިމައްސަލައިގއަ ހިސާބުކުރެވިފައިވަނީ އަޙްމަދު ޤާސިމް ނިޔައުވި ދުވަހުން ފެށިގެން އެގެއިން އާދަމް އިބްރާހީމް ކޮއި ނިކުތް ދުވަހާ ހަމައަށާ06 އަހަރު 12 ދުވަހުގެ ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާކަން އެނގޭކަމާއި، މިދެފަރާތުގެ ދެމެދުގައު އެއްބަސްވެފައިވާ ކުއްޔަކީ މަހަކު -/3000ރ (ތިން ހާސް ރުފިޔާ) ކަމާއި، […] ކިޔާ ގޯއްޗަކީ އަޙްމަދު ޤާސިމްއާއި ލަޠީފާ މޫސާއާއި އަމީނާ މޫސާގެ ނަމުގައި ރަޖިސްޓްރީވެފައިވާ ގޯއްޗެއްކަމުގައިވެފައި އެގް ތީގެ އެއްބައެ އަމީނާ މޫސާއާއި ލަޠީފާ މޫސާއަށް ކަމުން އ ދެމީހުންނަށެ ކުލީގަތެރެއިން ލިބެންޖެހޭނީ ކުލީގާދެބައިކުޅަ އެއްބައިކމުގައިވ -/1500 ރ (ފަނަރަސަތޭކަ ރުފިޔާ) ކަމަށް މިޤަޟިއްޔާ ބެލުމުގައި ބައިވެރިވި ފަނޑިޔާރުންނަށް ޤަބޫލުކުރެވޭކަމާއި، މި މައްސަލައިގައި އިސްވެ ބަޔާންވެދިޔަ ގޮތުގެމްތިން ހިސާބުކުރުމުނިއާދަމް އިބްރާހީމު ކޮއ އެތަނުގައި އުޅުނި06 އަހަރާއް 12 ދުވަހުގެ މުއްދަތަށް -/108،600(އެއްލައްކަ އައްހާސް ހަސަތޭކަ ރުފިޔާ) އާދަމް އިބްރާހީމްކޮއިގެ ފަރާތުން ލަޠީފާ މޫސާއާއި އަމީނާ މޫސާއަށް ދޭންޖެހޭކަމަށް ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބަލާނެ ޝަރުޢީ އަދ ޤާނޫނީ ހަމައެއް އާދަމް އިބްރާހީމް ކޮއިގެ ފަރާތުން ދެއްކިފައިނުވާކަން އެނގެން އޮންނަކަމެވެ.
(ރ) ހަތަރުވަނަ ކަމަކީ:މ.ސްޓަރލައިޓް ގޭގައި އާދަމް އިބްރާހީމް ކޮއި ދިރިއުޅުނީ ކުއްޔަށްކަން މި މައްސަލައިގައި ދަށު ކޯޓަށް ހ ށަހެޅިފައިވާ ލިޔެކިޔުންތަކަށާއި ހާޒިރުކުރެވުނު ހެކިންގެ ހެކިބަހުގެ މައްޗަށް ބެލުމުން ސާބިތުވާން އޮންނަކަމާއި، އަދި […] ގޯއްޗަކީ މިމައްސަލައިގ ދަޢުވާ ހުށަހެޅިއިރު، އެގޯތި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުގެ މެދުގައި ބައިކޮށް ދެވިފައިވާ ގޯއްޗެއްކަމުގައ ނުވެފައި އެގޯތި ބައިކޮށް ނުދީ އޮތް ދުވަސްތަކުގައި އެގޯތީގައި ހުރި ކޮޓަރިއެއް ކިއްޔަށް ދީގެން ލިބޭ އެއްޗެއް ބެހް ގެންދާނީ އެގޯތީގައި އެމީހަކު ހިއްސާވެފައިވާ ނިސެބަތަކުންކަމަށް ޤަބޫލުކުރެވޭކަމާއި މިގޮތުން މިގޯތީގެ ދ ބައިކުޅަ އެއްބައި ހިއްސާވަނީ ލަޠީފް މޫސާއާއި އަމީނާ މޫސާއަށް ކަމަށްވެފައި އެގޯތީގައި ހުރިތަނެއް ކުއްޔަށް ދީގެން ލިބޭ މަންފާ މިދެމީހުންނަށްވެސް އެނިސްބަތުން ހިއްސާ ލިބިގެންވާކަމަށް ޤަބޫލުކުރެވޭއިރު، މި މައްސަލައިގައި އާދަމް އިބްރާހީމް ކޮއިގެ ފަރާތުން ހުށަހެޅި ދިފާޢު ސާބިތުކޮށް ދިނުމަށްޓަކައް ޝަރީޢަތުގެ ފަރާތުން ހެކި ހުށަހެޅުމުގެ ފުރުސަތު އާދަމް އިބްރާހީމް ކޮއިއަށ ދީފައިނުވާކަމަށް އޭނާގެ ފަރާތުން ބުނިނަމަވެސް އެފަދައިން ޝަރީޢަތުން ޢަމަލުކޮށްފައިވާކަން ސާބިތުކޮށް ދެވޭ މިންވަރުގެ ހެއްކެއް އަދި ޤަރީނާއެއްވިޔަސް އާދަމް އިބްރާހީމް ކޮއިގެ ފަރާތުން ހ ށަހެޅިފައިނުވާކަނ އެނގެން އޮތުމުގެ އިތުރަށް އޭނާގެ ފަރާތުން މި މައްސަލައިގައި ހުށަހެޅި ހެކިންގެ ހެކިބަހުގެ މައްޗަށ ބަލާއިރު އާދަމް އިބްރާހީމްކޮއި […] ކުއްޔަށް ނޫންކަން ސާބިތުކުރެވޭ މިންވަރުގެ ހެކި ހުށަހެޅިފައިނުވާކަނ އެނގޭކަމެވެ. އެހެންކަމުންއިސްވެފާހަގަ ކުރެވުނު ނުކުތާތަކުގައި ބުނެވުނު ކަންކަން އެގޮތަށް ހުރުމާއެކު، މ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި މަޖިލީހުގެ ފަނޑިޔާރުންނަށް އެއްބަސްވެވުނު ސިވިލ ނަންބަރ 1879/Cv-C/2012 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޝަރުޢީ ނުވަތަ ޤާނޫނީ ސަބަބެއް ނެތް ކަމަށެވެ. ޙުކުމް: ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނުކަންކަން އެގޮތަށް ހުރުމު ން، ސިވިލް ކޯޓުގެ ނަންބަރ 1879/Cv-C/2012 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޝަރުޢީ ޤާނޫނީ ސަބަބެއް ނެތްކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.