ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2016/HC-A/02ހައިކޯޓު · 12 އޮކްޓޫބަރު 2017 · ފައިސާ ހޯދުން

—

ދަށުކޯޓުގެ ނިންމުން ބާޠިލު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކޮށްފައި ނުވޭ · ރަޖިސްޓްރީ ބެލީ 15 އޮކްޓޫބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 12 އޮކްޓޫބަރު 2017ބާވަތް: މަދަނީ

ޚުލާޞާ

ކޯޓަށް އައި ގޮތް
490,380 ރުފިޔާ 8 މަސްދުވަހުގެ ތެރޭގައި ދައްކަން ސިވިލް ކޯޓުން ޙުކުމްކޮށް، ޖޫރިމަނާގެ 692,826.96 ރުފިޔާ ދަރަނިވެރިފަރާތުގެ ނުރުހުމުގައި ނަގައިނުދެވޭނެކަމަށް ނިންމިއެވެ.
ވާޤިޢާ
ކްރެޑިޓަށް މުދާ ދޫކުރުމުގެ އެގްރީމެންޓުގެ ދަށުން ދޫކުރި މުދަލުގެ 6 އިންވޮއިސްއަށް 490,380 ރުފިޔާ ނުދެއްކުމުން، ލަސްވާ ކޮންމެ ދުވަހަކަށް 0.15% (އިޞްލާޙުކުރި 11 ވަނަ މާއްދާ) ކަމިޝަނާއެކު ޖުމްލަ 1,183,206.96 ރުފިޔާ ހޯދުމަށް ދަޢުވާކުރިއެވެ. ދަރަނިވެރި ކުންފުނީގެ ދެ ޑިރެކްޓަރުން ސޮއިކުރި ބަޔާނެއްގައި 490,380 ރުފިޔާ 10 މަހުގައި ދައްކައި ނިމުމުން އިތުރު ފައިސާއެއް ދައްކަން ނޯންނާނެކަމަށް ލިޔެވިފައިވެއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ކްރެޑިޓަށް މުދާ ދޫކުރުމުގެ އެގްރީމެންޓުގެ ދަށުން ލަސްވާ ބިލްތަކަށް އަރާ ޖޫރިމަނާ (ކަމިޝަން) ނެގުމުގެ ޙައްޤުން ވިއްކާ ފަރާތް ތަނާޒުލްވެފައިވާކަމަށް ފަހުން ސޮއިކުރި ފައިސާ ދެއްކުމުގެ ބަޔާނުން ދޭހަވޭތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
އިސްތިއުނާފުކުރި ފަރާތުން ބުނީ ޖޫރިމަނާ މާފުކޮށް ލުއި ދީފައިވާކަމަށް ކަނޑައެޅީ ގޯސްކޮށްކަމަށާއި ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާ ކުށްގޮތަށް މާނަކުރިކަމަށެވެ. ރައްދުވި ފަރާތުން ބުނީ ބަޔާނުގެ ޢިބާރާތްތަކުން ޖޫރިމަނާއަށް ލުއި ދީފައިވާކަމަށެވެ.
ކޯޓުގެ ސަބަބުތައް
ބަޔާނަކީ ފައިސާ ހޯދުމުގެ މަސައްކަތުގައި ދަރަނިވެރި ކުންފުނީގެ ޑިރެކްޓަރުންގެ ހުށަހެޅުމެއް ނަގާފައިވާ ލިޔުމެއް ކަމާއި ވިއްކާ ފަރާތުން ސޮއިކުރީ ލިޔުނު ފަރާތެއްގެ ހައިސިއްޔަތުން ކަމާއި، ޖޫރިމަނާއަށް ލުޔެއް ދީފައިވާކަމަށް ދޭހަވާ ޢިބާރާތެއް ނެތުމުން، ޖޫރިމަނާވެސް ދައްކަންޖެހޭކަމަށް ކަނޑައެޅިއެވެ.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ނިންމުން

ދަށުކޯޓުގެ ނިންމުން ބާޠިލު

ދަށުކޯޓުގެ ޙުކުމް ބާޠިލު؛ މުދަލުގެ އަގާއި ޖޫރިމަނާ ފައިސާ ދައްކަން ޙުކުމްކުރި

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

ދެ ފަރާތުގެ ދެމެދު ޚިލާފު އުފެދިފައިވަނީ ލިޔުމެއް ދެފަރާތުން ތަރުޖަމާކުރާ ގޮތުގެ މައްޗަށްކަމަށްވާނަމަ، އެ ލިޔުމާއި އޭގެ ކުރިން ދެފަރާތުގެ ދެމެދުގައި ބަދަލުކުރެވިފައިވާ ލިޔެކިޔުންތަކަށް ބަލައި އެ ލިޔުމުގެ ޠަބީޢަތް ކަނޑައަޅަނީއެވެ. (ޕެރ. 3.3، 3.4)

ދަރަނިވެރިފަރާތުން ފައިސާ ދައްކާނެ ގޮތަކާމެދު އެއްބަސްވެ ހުށަހަޅައި، ދަރަނި ލިބެންޖެހޭ ފަރާތުން ސޮއިކޮށްފައިވަނީ ބަޔާން ލިޔުނު ފަރާތެއްގެ ހައިސިއްޔަތުން ކަމަށްވާ ބަޔާނެއްގައި، ކަމިޝަނގެ ގޮތުގައި ނުވަތަ ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހިފައިވާ ފައިސާއަށް އެއްވެސް މިންވަރެއްގެ ލުޔެއް ދީފައިވާކަމަށް ދޭހަވާ އެއްވެސް ޢިބާރާތެއް ހިމެނިފައިނުވާނަމަ، އެ ފައިސާއަށް ލުޔެއް ދީފައިވާކަމަށް ނުބެލެވޭނެއެވެ. (ޕެރ. 3.4)

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 20 ވަނަ މާއްދާ

ފަނޑިޔާރުން

ބެންޗު
ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ޢަބްދުލްޣަނީ މުޙައްމަދު، ޝުޖާޢު ޢުޘްމާން
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

g ދިވެހިރާއްޖޭގެ ހައިކޯޓު ދިވެހިރާއްޖެ ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ  ޤަޟިއްޔާ ނަންބަރ: 2016/HC-A/02  އިސްތިއުނާފުކުރި ފަރާތް: * ނަން: މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީސް ކޮމްޕެނީ ލިމިޓެޑް * ދާއިމީ އެޑްރެސް: […] * ރަޖިސްޓްރީ ނަންބަރ: C-173/93 * މިހާރުގެ އެޑްރެސް: […] * ނަން: ހިތްމަތް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް * ދާއިމީ އެޑްރެސް: […] * ރަޖިސްޓްރީ ނަންބަރު: - * މިހާރުގެ އެޑްރެސް : […] * ރަޖިސްޓްރީކުރެވުނު ތާރީޚް: 11 ރަބީޢުލްއައްވަލް 1437 * ނިމުނު ތާރީޚް : 22 މުޙައްރަމް 1439 22 ޑިސެމްބަރ 2015 12 އޮކްޓޯބަރ 2017  އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2258/Cv-C/2012  ނިންމެވިކޯޓު: ސިވިލް ކޯޓު  މައްސަލައިގެ ބާވަތް: ފައިސާ ހޯދުން  ހުށަހެޅި ތާރީޚް: 27-12-2012 * ނިމުނު ތާރީޚް : 29-10-2015  މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު ފަނޑިޔާރު ޝުޖާޢު ޢުޘްމާން )ރިޔާސަތު (  ދަޢުވާގެ ޚުލާޞާ: މިއީ، ސިވިލް ކޯޓުގެ ނަންބަރު 2258/Cv-C/2012 ޤަޟިއްޔާ އެކޯޓުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ،މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީސް ކޮމްޕެނީ ލިމިޓެޑް ގެ ފަރާތުންހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔުއެކެވެ . މިޤަޟިއްޔާގައި، އިސްތިއުނާފ ރައްދުވާ ފަރާތަކީ ހިތްމަތް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑއެވެ .  ފާހަގަކުރެވުނު ނުކުތާތައް: 01- އިސްތިއުނާފް މިކުރެވޭ ސިވިލް ކޯޓުގެ ނަންބަރު 2258/Cv-C/2012 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެ ޤަޟިއްޔާއަކީމޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީސް ކޮމްޕެނީ ލިމިޓެޑް )މިފްކޯ( އާއި ހިތްމަތް އިންވެސްޓްމަންޓް ޕްރައިވެޓ ލިމިޓެޑް އާއި ދެމެދު 06 ޑިސެމްބަރ 2009 ގައި ވެވުނު "ކްރެޑިޓަށް މުދާ ދޫކުރުމާއި ބެހޭ އެގްރީމެންޓް" އާއި،އެގްރީމެންޓްގެ ބައިތަކުގެ ގޮތުގައި ދެފަރްތުގެ ދެމެދުގައި ފަހުންވެފައިވާ އެއްބަސްވުންތަކުގެ ދަށުން މިފްކޯ އިން ހިތްމަތް އިންވެސޓމެންޓަށް ދޫކޮށްފައިވާ މުދަލަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން 6 )ހައެއް( އިންވޮއިސް އަކަށް ދައްކަންޖެހޭ ފައިސާއާއި، އަދިއެފައިސާ ނުދެއްކުމުގެ ސަބަބުން ވެފައިވާ ޖޫރިމަނާ ދައްކާފައިނުވާތ، އެފައިސާ ހޯދުމަށް އެދި ހިތމަތް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ގެ މައްޗަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީސް ކޮމްޕެނީ ލިމިޓެޑް ގެ ފަރާތުން ދަޢުވާކުރުމުން ބަލާ ފައިވާ ޤަޟިއްޔައެއްކމާއި، އޤަޟިއްޔެ ބައްލަވައި ކުރައްވާފައިވާ ޙުކުމުގައި، ''ދެންފަހެ، އިސްވެފާހަގަ ކިރެވުނު ނުކުތާތަކަށާއި ހުށަހެޅިފައިވާ ބަޔާން ތަކާއ ލިޔުންތަކުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީސް ކޮމްޕެނީ ލިމިޓެޑް )މިފްކޯ ( އާއި ހިތްމަތް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް )ހިތްމަތް އިންވެސްޓްމެންޓް ( އާއި ދެމެދު 06 ޑިސެމްބަރ 2009 ގައި ވެވުނު "ކްރެޑިޓަށް މުދާ ދޫކުރުމާއި ބެހޭ އެގްރީމެންޓް" )ކްރެޑޓިއެގްރީމެންޓ ( އާއި ބަޔާންވެދިޔަ އެގްރީމެންޓުގެ ބައިތޮކެއްގެ ގޮތުގައި ހިމެނޭ ގާތަށް މދެފަރިތުގެ ދެމެދުގައި ފަހުންވެފައިވާ އެއްބަސްވުން ތަކުގެ ދަށުން މިފްކޯ އިން ހިތްމަތް އިންވެސްތްމަންޓަށް ދޫކޮށްފައިވާ މުދަލަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން 06 އިންވޮއިސް އަކަށް ދައްކަންޖެހޭ ފައިސާ ކަމަށްބުނެ ދަޢުވާކުރާ ފަރާތުން މުދަލުގެ އަގުގެ ގޮތުގައި ދަޢުވގާ އ ހޯދުމަށް އެދިފައިވާ 490,380.00ރ. )ހަތަރުލައްކަ ނުވަދިހަ ހާސް ތިންސަތޭކަ އަށްޑިހަރުފިޔ ( އަކީ ބަޔާންވެދިޔަ މުޢާމަލާތުގެ ދަށުން ދަޢުވާ ލިބޭ ހިތްމަތް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްގެ ފރާތުނަ މިފްކޯ އަށް ދައްކަންޖެހި ނުދެއްކިވާ ފައިސާއެއްކަން ދަޢުވލިބާ ފަރާތުގެ އިޢުތިރާފުންނާއި ހުށަހެޅިފައިވާ ލިޔުންތަކުން ޝަރީޢަތަށް ސާބިތުވެއްޖެ ކަމަށް ކަނޑައަޅައި މިފައިސާ މިފްކޯ އަށް ލިބިދިނުމުގެ ގޮތުން 29 އޮކްޓޯބަރ 2015 މިދުވަހުންފެށިގެން މަދުވެގެން އެމަހަކަށް ޖެހޭވަރު އެމަހަކު މޯލްޑިވަސް އިންޑަސްޓްރިއަލް ފިޝަރީސް ކޮމްޕެނީ ލިމިޓެޑް އަށް ފައިސާ ދައްކަމުން ގޮސް މީލާދީ 08 )އަށެއ ( މަސްދުވަހުގެ ތެރޭގައި މިފައިސާ ދައްކައި ދަރަނި ޚަލާޞް ކުރުމަށް ދަޢުވާލިބޭ ހިތްމަތް އިންވެސްޓްމެންޓް ޕްރައިވޓެ ލިމިޓެޑަށް އަންގައި، މިމުއްދަތުގެ ތެރޭގައި މިފައިސާ 490,380.00ރ. )ހަތަރުލައްކަ ނުވަދިހަ ހާސް ތިންސަތޭކ އަށްޑިހަރުފިޔ ( ދައްކާ ޚަލާޞް ނުކުރެވިއްޖެނަމަ މިއަދުން ފެށިގެން 08 )އަށެއް( މަސް ދުވަސް ހަމަވާ ތާރީޚުން ފެށިގެން، މިމުޢާމަލާތާއި ގަޅު ގެން މިފްކޯގައި ރަހުނު ކުރެވިފައިވާ ރަޖިސްޓްރީ ނަންބަރު 10-T C4347A-04 "އާމިރު " ނަމަކަށް ކިޔާ މެދު އުފުލާ އުޅަނދު މިދެފަރތުގާ ދެމެދު ސޮއިކުރެވިފައިވާ ރަހުނާއި ބެހޭ އެގްރީމެންޓްގެ ދަށުން ވިއްކާލުމުގެ ހައްޤު މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީސް ކޮމްޕެނީ ލިމިޓޑެ )މިފްކޯ ( އަށް ލިބިގެންވާ ކަމަށާއި، އަދި ދަޢުވާކުރާ ފަރާތުގެ ދައުވާގައި ޖޫރިމަނާގެ ގޮތުގައި ހޯދުމަށް އެދިފައިވާ 692,826.96ރ. )ހަލައްކަ ނުވަދިހަ ދެހާސް އަށްސްތޭކަ ސައްބީސް ރުފިޔާ ނުވަދިހަ ހަލާރި ( ދަޢުވާލިބޭ ފަރާތުގެ ނުރުހުމުގައި ޝަރީޢަތުން ނަގާދޭނެތަނެއްނެތްކަމަށް ކަނޑައަޅައި ޙުކުމް ކޮށްފީމެވެ. " މިގޮތަށްޙުކުމްކޮށްފައިވާކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ . 03- އިސްވެ ބަޔާންކުރެވުނު ގޮތުގެ މަތީން ސިވިލް ކޯޓުގެ ނަންބަރު 2258/Cv-C/2012 ޤަޟިއުޔްގައި ޙުކުމްކުރެއްވމާއ ގުޅިގެންމޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީސް ކޮމްޕެނީ ލިމިޓެޑް ގ ފަރާތުން އެޤަޟިއްޔ އިސްތިއުނާފުކުރަމުން، އަންނަނިވިނކުތާތައް ފާހަގަކޮށް އެނުކުތާތަކާއި މެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ . * ފުރަތަމަ ނުކުތާއަކީ:މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީސް ކޮމްޕެނީ ލިމިޓެޑް އިން ހުށަހަޅާފައިވާ އިންވޮއިސްތަކަށް އަރާ ޖޫރިމަނާ މާފުކޮށް ލުއި ދީފައިވާކަމަށް ޝަރީޢަތުން ކަނޑައަޅުއްވާފައިވަނީ ރަނގަޅަށް ނޫން ކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާ އެވެ . * ދެވަނަ ނުކުތާއަކީ : ޤާނޫނު ނަންބަރު 4/91 )ކޮންޓްރެކްޓާބެހޭ ޤާނޫނު ( 20 ވަނަ މާއްދާ ކުށްގޮތަށް މާނަކުރައްވާފައިވާ ކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާ އެވެ . 03- ސިވިލް ކޯޓުގެ ނަންބަރު 2258/Cv-C/2012 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީސް ކޮމްޕެނީ ލިމިޓެޑް ގެ ފަރާތުންހުށަހަޅާފައިވާ ނުކުތާތަކަށާ އ، އެނުކުތާތަކާއި ގުޅިގެން ދެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކައަށާއި، މައްސަލައާއި ގުޅުންހުރި ލިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ޝަރީޢަތަށް ފާހަގަކުރެވެއެވެ.

3.1- ފުރަތަމަ ކަމަކީ:ހިތްމަތް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން އެކިފަހަރުމަތިން ކްރެޑިޓަށް ގެންގޮސްފައިވާ މުދަލަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީސް ކޮމްޕެނީ ލިމިޓެޑް އިން އެކުންފުންޏަށް ފޮނުވާފައިވާ އިންވޮއިސްތަކުގެ ތެރެއިން ސިވިލް ކޯޓުގެ ނަންބަރު 2258/Cv-C/2012 ޤަޟިއްޔާގައި ހުށަހަޅާފައިވާ 6 )ހައެއް ( އިންވޮއިސް އަށް ފައިސާ ދެއްކުމަށް ކަނޑައެޅިފައިވާ މުއްދަތުގައި ދައްކަންޖެހޭ ފައިސާ ނުދެއްކުމުން އެ އިންވޮއިސްތަކަށް އަރަމުންދާޖޫރިމަނާ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީސް ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން މާފުކޮށް ހިތްމަތް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑއަށް ލުއި ދީފައިވާކަމަށް ސިވިލް ކޯޓުގެ ނަންބަރު 2258/Cv-C/2012 ޤަޟިއްޔާގައި ޝަރީޢަތުން ކަނޑއަޅުއްވާފައިވަނީ ރަނގަޅަށް ނޫންކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާ އާއި ގުޅޭގޮތުން ބެލިބެލުމުން، މި ދެކުންފުނީގެ ދެމެދުގައި "ކްރެޑިޓަށް މުދާ ދޫކުރުމާއި ބެހޭ އެގްރީމެންޓް " މި ނަމުގައި 06 ޑިސެމްބަރ 2009 ގައި، 19 މާއްދާގެ މައްޗަށް އެކުލެވޭ ލިޔުމެއްގައި ސޮއކޮށި ފައިވާކަމާއި، ހަމަ މިތާރީޚުގައި މިދެކުންފުނީގެ ދެމެދުގައި "ރަހުނުކުރުމާބެހޭ އެގްރީމެންޓް " މިނަމުގައި ރަހުނު އެގްރީމެންޓެއްގައވެސް ސޮއިކޮށް، ރަޖިސްޓަރީ ނަންބަރު : C4347A-04-10-T އުޅަނދުމޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީސް ކޮމްޕެނީ ލިމިޓެޑުގައި ރަހުނު ކޮށްފައިވާކަމާއި،މިކަ ންކމާމެދު ދެފަރާތުގެ ދެމެދުގައި އެއްވެސް ޚިލާފެއް ނެތްކަމާއި، އިސްވެ ބަޔާންކުރެވުނު "ކްރެޑިޓަށް މުދާ ދޫކުރުމާއި ބެހޭ އެގްރމެންޓީ " ގެ 10 ވަނަ މާއްދާގައި، ހިތްމަތް އިންވެސްމަންޓުން ކްރެޑިޓަށް މުދާ ނެގުމަށްފަހު، އެ މުދަލެއް ނަގާ ދުވަހުން ފެށިގެން

15 )ފަނަރަ ( ދުވަހުގެ ތެރޭގައި އެ މުދަލުގެ ކްރެޑިޓް ބިލަށް ނުވަތަ ބިލްތަކަށް ހިތްމަތް އިންވެސްޓްމަންޓު ން މިފްކޯއަށް ނުވަތަ މިފްކޯއިން ކަނޑައަޅާ ފަރާތަކަށް ފައިސާ ދައްކައި ޚަލާޞްކުރަންވާނެކަމަށް ބަޔާންކުރުމަށްފަހު، އެ އެގްރީމެންޓުގެ 11 ވަނަ މާއްދާގައި، އެ އެގްރީމެންޓުގެ ދަށުން ކްރެޑިޓަށް ދޫކުރާ މުދަލުގެ އަގު އަދާކުރުމަށް ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ދައްކާފައިނުވާ ބިލްތަކަށް ފައިސ ބަލައިގަނެވޭނީ، ބިލުގައި ފައިސާ ދެއްކުމަށް ކަނޑައަޅާފައިވާ މުއްދަތަށްވުރެ އިތުރަށް ހިނގާ ކޮންމެ ދުވަހަކަށް އެހާތަނަށް ދއްކަންޖެހަ ފައިސާގެ %5 ގެ ކޮމްޕަން ޒެޝަނަކާއި އެކުގައި ކަމަށާއި، އަދި މުއްދަތުގައި ފައިސާ ނުދެއްކިވާ ބިލްތަކަށް ބަޔާންކުރެވިފައިވާ ގޮތުގަމަތިން ކޮމްޕަންޒޭޝންގެ ފައިސާ ދެއްކުމަށްހިތްމަތް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން އެއްބަސްވާކަމަށް ވެސް އެމާއްދާގައި ބަޔާންކޮށްފައިވާކަން ފާހަގަކުރެވޭކަމާއި، އިސްވެ މިބަޔާންކުރެވުނު އެގްރީމެންޓުގެ 11 ވަނަ މާއްދާގައި، ކަނޑައެޅިފައިވާ މުއދަތުގައް ފައިސާ ދައްކާފައިނުވާ ބިލްތަކަށް ކޮމްޕަންޒޭޝނަ ގެ ގޮތުގައި ކޮންމެ ދުވަހަކަށް އެހާތަނަށް ދައްކަންޖެހިފައިވާ ޢަދަދުގެ %5 ނެގޭނެކަމަށް ލިޔެވިފައިވަނީ ލިޔުމުގެ ކުށަކުންކަމަށްބުނެ، އެކުށް އިޞްލާޙުކޮށް މިދެފަރާތުގެ ދެމެދުގައި 31 ޑިސެމްބަރ 2009 ގެ ތާރީޚުގައި އިތުރު ލިޔުމެއްގައި ސޮއިކޮށްފައިވާކަމާއި، އެލިޔުމުގައި، ..." ބުނެވުނު އެގްރީމެންޓުގެ 11 ވަނަ މާއްދާގައި ކޮމްޕެންސޭޝަންގެ ގޮތުގައި 5 % ކަމުގައި ލިޔެވިފައިއެވަނީ ލިޔުމުގެ ކުށަކުންނެވެ. ވާހަކަދެކެވި އެއްބަސްވެވިފައިވާގޮތަކީ، ބިލްގައިވާ މުއްދަތުގައި ފައިސާ ނުދެއްކިއްޖެނަމަ، އިތުރުވާ ކޮންމެ ދުވަހަކަށް ބިލްގައިވާ ޢަދަދުގެ 0.15 % ގެ ކަމިޝަނެއް ނެގުމަށެވެ. މިހެންކަމުން އެ އެގްރީމެންޓުގައި ހިމެނޭ ދެފަރާތުން އެއްބަސްވެ އެކުށް އިސްލާޙުކޮށް ރަގަޅުކުރެވިފައިމިވަނީ 31 ޑިސެމްބަރ 2009 ދޮވަހުއެވ ". މިފަދައިން ބަޔާންކށްފައިވާކަމާއި، މިލިޔުމާމެދުވެސް ދެކުންފުނީގެ ދެމެދުގައި އެއްވެސް ޚިލާފެއް ނެތްކަމާއި، އަދި މީގެ ފަހުން 23 ފެބްރުއަރީ 2010 ގެ ތާރީޚުގައި، "ކްރެޑިޓް ލިމިޓް އިތުރު ކުރުމަށް ވެވޭ އެއްބަސްވުނ" މިނަމުގައި އިތުރު ލިޔުމެއްގައި މި ދެކުންފުނީގެ ދެމެދު ސޮއިކޮށްފައިވާކަމާއި، އެގޮތުން މިދެމެދުގައި 06 ޑިސެމްބަރ 2009 ގައި ސޮއިކުރެވުނު "ކްރެޑިޓަށް މުދާ ދޫކުރުމާއި ބެހޭ އެގްރީމެންޓް" ގެ 02 ވަނަ މާއްދާގެ ދަށުން ކްރެޑިޓަށް މުދާ ދޫކުރެވޭ އެންމެ މަތީ ޢަދަދަކީ ޖުމްލަ -/000'300ރ) .ތިންލައްކަ ރުފިޔާ ( ގެ މުދާ ކަމުގައި ވިޔަސް، 23 ފެބްރުއަރީ 2010 ގައި ސޮއިކުރި ލިޔުމުގެ ދަށުން ކްރެޑިޓަށް މުދާދޫކުރެވޭ ޖުމްލަ ޢަދަދު -/000'500ރ) .ފަސްލައްކަ ރުފިޔާ ( އަށް އިތުރުކޮށްފައިވާކަން އެލިޔުމަށ ބެލުމުން އެނގެން އޮންނަކަމާއި، އަދި އެލިޔުމަކީ، މިދެފަރާތުގެ ދެމެދުގައި ސޮއިކުރެވިފައިވާ "ކްރެޑިޓަށް މުދާ ދޫކުރުމާއި ބެހޭ އެގްރީމެންޓް " ގެ ބައެއްކަމަށް ކަނޑައަޅާފައިވާކަމާއި، މިކަމާމެދުވެސް މިދެކުންފުނީގެ ދެމެދުގައި ޚިލާފެއް އުފެދިފައި ނުވާކަން ފާހަގަކުރެވެއެވެ .

3.2- ދެވަނަ ކަމަކީ: މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީސް ކޮމްޕެނީ ލިމިޓެޑް ގެ ފަރާތުން އިސްތިއު ނާފު ކޮށްފައިމިވާ ސިވިލް ކޯޓުގެ ނަންބަރު 2258/Cv-C/2012 ޤަޟިއްޔާގައި ކޮށްފައިވާ ދަޢުވާއަށް ބަލާއިރު، އެދަޢުވާގައިވަނީ، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީސް ކޮމްޕެނީ ލިމިޓެޑްއާއި ހިތްމަތް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑެއާއި ދެމެދު ސޮއިކުރެވުނު "ކްރެޑިޓަށް މުދާ ދޫކުރުމާއި ބެހޭ އެގްރީމެންޓް" އާއި، އެ އެގްރީމެންޓުގެ ބައިތަކުގެ ގޮތުގައި ފަހުން ސޮއިކުރެވުނު އިޞްލާޙާއި މި މުޢާމަލާތާއި ގުޅިގެން ދެފަރާތުގެ ދެމެދުގައި ސޮއިކުރެވިފައިވާ ރަހުނު އެއްބަސްވުމުގެ ދަށުން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީސް ކޮމްޕެނީ ލިމިޓެޑއަށް ލިބެންޖެހޭ ޙައްޤުތައް ހޯދުމަށް ކޮށްފައިވާ ދަޢުވާއެއްކަމާއި، އެގޮތުން، ބަޔާންކުރެވުނު ކްރެޑިޓް އެގްރީމެންޓުގެ ދަށުންހިތްމަތް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑއަށް 09 މާރޗް 2010 އާއި 12 އޭޕްރީލް 2010 އާއި ދެމެދު ދޫކޮށްފައިވާ މުދަލަށް ހިތްމތް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް އާއި ހަވާލު ކޮށްފައިވާ 6 )ހައެއް ( އިންވޮއިސްގެ ތެރެއިން އެއްވެސް އިންވޮއިސް އަކަށް އެކުންފުނީގެ ފަރާތުން ފައިސާ ދައްކާފައިނުވާކަމަށްބުނެ، އެ 6 )ހައެއް ( އިންވޮއިސް އާއި، އެއިން ކޮންމެ އިންވޮއިސް އެއްގައިވާ މުދަލުގެ އަގަށް ދައްކަންޖެހިފައިވާ ފައިސާގެ ޢަދަދާއި، ދެކުންފުނީގެ ދެމެދުގައި ކުރެވިފައިވާ އެގްރީމެންޓް ތަކާއި އެއްގޮތަށް އެ އިންވޮއިސްތަކަށް ފައިސާ ނުދެއްކުމުން، "ކްރެޑިޓަށް މުދާ ދޫކުރުމާއި ބެހޭ އެގްރީމެންޓް " ގެ 11 ވަނަ މާއްދާގައާއި އެމާއްދާއަށް ގެނެސްފައިވާ އިޞްލުޙާއާ އެއްގޮތްވާގޮތުގެމަތިން ކަމިޝަނގެ ގޮތުގައި ނުވަތަ ޖޫރިމަނާގެ ގޮތުގައިހިތްމަތް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް އިން ދައްކަންޖެހިފައިވާ ފައިސާގެ ތަފްސީލު މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީސް ކޮމްޕެނީ ލިމިޓެޑް އިން ސިވިލް ކޯޓުގެ ނަންބަރު 2258/Cv-C/2012 ޤަޟިއްޔާ ގައި ވަރަށް ތަފުސީލުކޮށް ހުށަހަޅާފައިވާކަމާއި، އެއީ، ސިވިލް ކޯޓުގެ ނަންބަރު 2258/Cv-C/2012 ޤަޟިއްޔާ ގައި ހުށަހެޅުނު ދަޢުވާގައި ބަޔާންކޮށްފައިވާ 6 )ހައެއް ( އިންވޮއިސްގައިވާ މުދަލުގެ އަގަށް ޖުމްލަވާ -/380'490ރ. )ހަތަރުލައްކަ ނުވަހަދިހަހާސް ތިންސަތޭކަ އަށްޑިހަ ރުފިޔާ ( އާއި، އެ އިންވޮއިސްތަކަށް ފައިސާ ދައްކަންޖެހޭ މުއްދަތުގައި ނުދެއްކުމުން، މިދެފަރާތުގެ ދެމެދުގައި ކުރެވިފައިވާ "ކްރެޑިޓަށް މުދާ ދޫކުރުމާއި ބެހޭ އެގްރީމެންޓް " އާއި އެއެގްރީމެންޓުގެ 11 ވަނަ މާއްދާއަށް ގެނެވުނު އިސްލާޙާއި އެއްގޮތްވާގޮތުގެ މަތިން ހިތްމަތް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ފައިސާ ދައްކާފައިނުވާތީ، ޖޫރިމަނާގެ ގޮތުގައި ހިތްމަތް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް އިންމޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީސް ކޮމްޕެނީ ލމިޓެޑި އަށް އެހާތަނަށް )ހިސާބު ތައްޔާރު ކޮށްފައިވާ ތާރީޚް ( ދައްކަންޖެހިފައިވާ 96/826'692ރ. )ހަލައްކަ ނުވަދިހަ ދެހާސް، އަށްސަތޭކަ ސައްބީސް ރުފިޔާ، ނުވަދިހަ ހަލާރި ( އާއި އެކުޖުމްލަ 96/206'183'1ރ. )އެއްމިލިއަން އެއްލައްކަ އަށްޑިހަ ތިންހާސް ދުއިސައްތަ ހަރުފިހާ، ނުވަދިހަ ހަލާރި ( ކަމާއި، މީގެތެރެއިން އިންވޮއިސްތަކުގައި މުދަލުގެ އަގުގެ ގޮތުގައިވާ -/380'490ރ. )ހަތަރުލައްކަ ނުވަހަދިހަހާސް ތިންސަތޭކަ އަށްޑިހަ ރުފިޔާ ( އަކީ ހިތްމަތް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީސް ކޮމްޕެނީ ލިމިޓެޑްއަށް ދައްކަންޖެހި ނުދެއްކިވާ ފައިސާއެއްކަމަށް ހިތްމަތް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން އެއްބަސްވެފައިވާކަމާއި، ނަމަވެސް އެ އިންވޮއިސްތަކަށް ފައިސާ ދައްކަންޖެހޭ މުއްދަތުގައި ފައިސާ ދައްކާފައި ނުވުމުގެ ސަބަބުން ޖޫރިމަނާގެގޮތުގައި ނުވަތަ ކަމިޝަނގެ ގޮތުގައި "ކްރެޑިޓަށް މުދާ ދޫކުރުމާއި ބެހޭ އެގްރީމެންޓް" ގެ 11 ވަނަ މާއްދާއިންނާއި، އެމާއްދާއަށް ފަހުން ގެނެވިފައިވާ އިޞްލާޙުގެ ދަށުން އިންވޮއިސް އަށް ފައިސާ ދެއްކުމަށް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފައިސާ ނުދެއްކުމުން، އިތުރަށް ހިނގާ ކޮންމެ ދުވަހަކަށް އެ އިންވޮއިސް އެއްގެ ޖުމްލަ ޢަދަދުގެ %0.15 ގެ ކަމިޝަނެއް ނެގޭނެކަމަށް އެ އެގްރީމެންޓުގައި ބަޔާންވެފައި އޮތްނަމަވެސް، އޭގެ ފަހުގެ ތާރީޚެއްގައި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީސް ކޮމްޕެނީ ލިމިޓެޑާގެ ފަރާތުން އެފަދައިން ޖޫރިމަނާ ނެގުމުގެ ޙައްޤުން ތަނާޒުލްވެ، އެހައްޤު ދޫކޮށްލާފައިވާކަމަށްބުނެ، ބަޔާންކުރެވުނު އިންވޮއިސްތަކަށް ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުން ހޯދުމަށް ދަޢުވާ ކޮށްފައިވާ 96/826'692ރ) .ހަލައްކަ ނުވަދިހަ ދެހާސް، އަށްސަތޭކަ ސައްބީސް ރުފިޔާ، ނުވަދިހަ ހަލރާ ( އަކީހިތްމަތް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ދައްކަންޖެހޭނެ ފައިސާއެއް ނޫންކަމަށްބުނެ އެފައިސާ ދެއްކުމަށް އިޢުތިރާޟްކޮށްފައިވާކަން ފާހަގަކުރެވެއެވެ .

3.3- ތިންވަނަ ކަމަކީ: އިސްވެ ބަޔާންކުރެވުނުދެ ނުކުތާގެ އަލީގައި ބަލާއިރު، މޯލްޑިވްސ އިންޑަސްޓްރިއަލް ފިޝަރީސް ކޮމްޕެނީ ލިމިޓެޑްއާއި ހިތްމަތް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް އާއި ދެމެދު ޚިލާފު އުފެދިފައިވަނީ، "ހިތްމަތް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓޑުނެ މިފްކޯއަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށްވާ އެއްބަސްވުނ" މިނަމުގައިވާ ލިޔުނު ދެފަރާތުން ތަރުޖަމާކުރާ ގޮތުގެ މައްޗަށްކަމާއި، އެލިޔުމުގައވަނީ، "09 މާރޗް 2010 ދުވަހުން ފެށިގެން 12 އޭޕްރިލް 2010 ދުވަހާހަމައަށް މިފްކޯ މަސްފިހާރައިން ކޮށްފައިވާ ވިޔަފާރިއަށް މިފްކޯއަށް ދައްކަންޖެހޭ 490380.00 )ހަތަރުލައްކަ ނުވަދިހަހާސް ތިންސަތޭކަ އަށްޑިހަ ( ރުފިޔާ އަކީ ހިތްމަތް އިންވެސްޓްމަންޓން ދައްކަންޖެހޭ ފައިސާ ކަމަށާއި، އަދި އިސްވެ ދެންނެވުނު ފައިސާ ތިރީގައި މިވާ ގޮތުގެމަތިން 29 މެއި 2012 ވަނަ ދުވަހުން ފެށިގެން 10 މަސްދުވަހުގެ ތެރޭގައި ދައްކާ ޚަލާޞްކުރުމަށް އަޅުގަނޑުމެން އެއްބަސްވަމެވެ . އަދި ފުރަތަމަ ޕޭމަންޓް 03 ޖޫން 2012 ދުވަހު 49038.00 )ސާޅީސް ނުވަހާސް އަށުތިރީސް ރުފިޔާ ( ދެވަނަ ޕޭމަންޓް 30 ޖުލައި 2012 ދުވަހު 49038.00 )ސާޅީސް ނުވަހާސް އަށުތިރީސް ރުފިޔާ( ތިންވަނަ ޕޭމަންޓް 30 އޮގަސްޓް 2012 ދުވަހު 49038.00 )ސާޅީސް ނުވަހާސް އަށުތިރީސް ރުފިޔާ ( ހަތަރުވަނަ ޕޭމަންޓް 30 ސެޕްޓެމްބަރ 2012 ދުވަހު 49038.00 )ސާޅީސް ނުވަހާސް އަށުތިރީސް ރުފިޔާ ( ފަސްވަނަ ޕޭމަންޓް 30 އޮކްޓޯބަރ 2012 ދުވަހު 49038.00 )ސާޅީސް ނުވަހާސް އަށުތިރީސް ރުފިޔާ( ހަވަނަ ޕޭމަންޓް 30 ނޮވެމްބަރ 2012 ދުވަހު 49038.00 )ސާޅީސް ނުވަހާސް އަށުތިރީސް ރުފިޔާ ( ހަތްވަނަ ޕޭމަންޓް 30 ޑިސެމްބަރ 2012 ދުވަހު 49038.00 )ސާޅީސް ނުވަހާސް އަށުތިރީސް ރުފިޔާ( އަށްވަނަ ޕޭމަންޓް 30 ޖެނުއަރީ 2013 ދުވަހު 49038.00 )ސާޅީސް ނުވަހާސް އަށުތިރީސް ރުފިޔާ ( ނުވަނަ ޕޭމަންޓް 30 ފެބްރުއަރީ 2013 ދުވަހު 49038.00 )ސާޅީސް ނުވަހާސް އަށުތިރީސް ރުފިޔާ ( ދިހަވަނަ ޕޭމަންޓް 30 މާރޗް 2013 ދުވަހު 49038.00 )ސާޅީސް ނުވަހާސް އަށުތިރީސް ރުފިޔާ ( މިދެންނެވުނު ގޮތަށް ފައިސާ ދައްކާ ނިންމުމުން މިފްކޯ އަށް ދައްކަންޖެހޭ އިތުރު ފައިސާއެއް ނޯންނާނެއެވެ . މިފައިސާ ދައްކާ ޚަލާޞްކުރާ ދުވަހުން ރަހުނުގެ ގޮތުގައި ބެހެއްޓިފައިވާ ދޯނީގެ ރަޖިސްޓަރީ ލިބޭނެގޮތް ހަމަޖައްސަވައި ދެއްވުން އެދެމެވެ". މިފަދައިން ލިޔެ،ހިތްމަތް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ގެ ދެ ޑިރެކްޓަރުން ކަމުގައިވާ އަޙްމަދު ފިރާޤް (A-011906) އާއި ޢަބްދުﷲ ކަމާލް (A-032669) އެލިޔުމުގައި ސޮއިކޮށް، އިގިލީގެ ނިޝާން ޖަހާފައިވާކަމާއި، އަދި މިފްކޯގެ ފަރާތުން އަޙްމަދު ދީދީ )މިފްކޯ / ޑެޕިއުޓީ މެނޭޖަރ( އެ ބަޔާން ލިޔުނު މީހެއްގެ ހައިސިއްޔަތުން ސޮއިކޮށްފައިވާކަމަށް ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަން ފާހަގަކުރެވެއެވެ.

3.4- ހަތަރުވަނަ ކަމަކީ:މަތީގައި ބަޔާންކުރެވުނު "ހިތްމަތް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން މިފްކޯއަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށްވާ އެއްބަސްވުން "، މި ލިޔުމުގައި، "09 މާރޗް 2010 ދުވަހުން ފެށިގެން 12 އޭޕްރިލް 2010 ދްވަހާހަމައަށް މިފްކޯ މަސްފިހާރައިން ކޮށްފައިވާ ވިޔަފާރިއަށް މިފްކޯއަށް ދައްކަންޖެހޭ 490380.00 )ހަތަރުލައްކަ ނުވަދިހަހާސް ތިންސަތޭކަ އަށްޑިހަ ( ރުފިޔާ އަކީހިތްމަތް އިންވެސްޓްމަންޓން ދައްކަންޖެހޭ ފައިސާ ކަމަށާއި،" މިފަދައިން ބަޔާންކޮށްފައިވާ ޢިބާރާތާއި، އަދި އެލިޔުމުގެ ފަހު ޕެރެގްރާފް ފެށޭ ޢިބާރާތުގައި، "މިދެންނެވުނު ގޮތަށް ފައިސާ ދައްކާ ނިންމުމުން މިފްކޯ އަށް ދައްކަންޖެހޭ އިތުރު ފައިސާއެއް ނޯންނާނެއެވެ ". މިފަދައިން ބަޔާންކޮށްފައިވާ ޢިބާރާތާއި ދެ ޢިބާރާތަކީ،މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީސް ކޮމްޕެނީ ލިމިޓެޑްއާއި ހިތްމަތް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑައާއި ދެމެދު ސޮއި ކޮށްފައިވާ "ކްރެޑިޓަށް މުދާ ދޫކުރުމާއި ބެހޭ އެގްރީމެންޓް " ގެ 11 ވަނަ މާއްދާގައާއި އެމާއްދާއަށް ގެނެސްފައިވާ އިޞްލާޙާއި އެއްގޮތްވާގޮތުގެމަތިން ކަމިޝަންގެ ގޮތުގައި ނުވަތަ ޖޫރިމަނާގެ ގޮތުގައި ހިތްމަތް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް އިން ދައްކަންޖެހިފައިވާ ފައިސާ އަށް ލުޔެއްދީ، އެފައިސާއަކީ ދައްކަންޖެހޭ ފައިސާއެއް ނޫންކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީސް ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން އެއްބަސްވެފައި ލިޔެފައިވާ ދެ ޢިބާރާތްކަމަށ ހިތްމަތް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޝަރީޢަތުގައި ބުނަމުން އައިސްފައިވާއިރު، "ހިތްމަތް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓޑުނެ މިފްކޯއަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށްވާ އެއްބަސްވުން "، މްލިޔުމާއި ހަވާލާދީ ހިތްމަތް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ދައްކާފައިވާ އިސްވެ ބަޔާންކުރެވުނު ވާހަކައަށް އިންކާރުކޮށް ރައްދުދީ، "ކްރެޑިޓަށް މުދާ ދޫކުރުމާއި ބެހޭ އެގްރީމެންޓް " ގެ 11 ވަނަ މާއްދާގައާއި އެމާއްދާއަށް ގެނެސްފައިވާ އިޞްލާޙާއި އެއްގޮތްވާގޮތުގެމަތިން ކަމިޝަންގެ ގޮތުގައި ނުވަތަ ޖޫރިމަނާގެ ގޮތުގައި ހިތްމަތް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް އިން ދައްކަނާޖެހިފައިވާ ފައިސްއަކީ، ދައްކަންނުޖެހޭ ފައިސާއެއްގެ ގޮތުގައި އެއްވެސް އިރެއްގައި އެއްބަސްވެފައި ނުވާނެކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީސް ކޮމްޕެނީ ލިމިޓެޑްއިނ ބުނެފައިވާތީ، ދެފަރާތުންވެސް ހަވާލާ ދެމުން މިއަންނަ ލިޔުމަށާއި )ހިތްމަތް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން މިފްކޯއަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށްވާ އެއްބަސްވުނ( އޭގެ ކުރިން މިދެކުންފުނީގެ ދެމެދުގައި ބަދަލުކުރެވިފައިވާ ލިޔެކިޔުންތަކަށް ބަލާއިރު، ހަވާލާ ދެވިފައިވާ ލިޔުމަކީ،ހިތްމަތް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް އިން ދައްކަންޖެހި ފައިވާ ފައިސާ ދައްކަމުން ނުގެންދާތީ، އެފައިސާ ހޯދުމަށް ތަކުރާރުކޮށް ކުރެވުނު މަސައްކަތުގެ ތެރެއިން ހިތްމަތް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ގެ ދެ ޑިރެކްޓަރަކުމޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީސް ކޮމްޕެނީ ލިމިޓެޑއަށް ހާޒިރުކޮށް، ނަގާފައިވާ ބަޔާނެއްކަމަށާއި، އެ ބަޔާނުގައި ފައިސާ ދައްކާނެ ގޮތަކާމެދު އެއްބަސްވެ ހުށަހެޅުމެއް ހުށަހަޅާފައިވަނީހިތްމަތް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުންކަމާއި، އެބަޔާނުގައި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީސް ކޮމްޕެނީ ލިމިޓެޑީގެ ފަރާތުން ސޮއިކޮށްފައިވަނީ އެބަޔާން ލިޔުނު ފަރާތެއްގެ ހައިސިއްޔަތުންކަމާއި، މި ދެކުންފުނީގެ ދެމެދުގައިވެފައިވާ "ކްރެޑިޓަށް މުދާ ދޫކުރުމާއި ބެހޭ އެގްރީމެންޓް " ގެ 11 ވަނަ މާއްދާގައާއި އެމާއްދާއަށް ގެނެސްފައިވާ އިޞްލާޙާއި އެއްގޮތްވާގޮތުގެމަތިން ކަމިޝަނގެ ގޮތުގައި ނުވަތަ ޖޫރިމަނާގެ ގޮތުގައި ހިތްމަތް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް އިން ދައްކަންޖެހިފައިވާ ފައިސާއަށް އެއްވެސް މިންވަރެއްގެ ލުޔެއް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީސް ކޮމްޕެނީ ލިމިޓެޑް ގެ ފަރާތުން ދީފައިވާކަމަށް ބަލަންޖެހޭ ނުވަތަ އެފަދަ ލުޔެއް ދީފައިވާކަމަށް ދޭހަވާ އެއްވެސް ޢިބާރާތެއް އެބަޔާނުގައި ހިމެނިފައިނެތްކަން ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ފެންނަން އޮންނަކަން ފާހަގަކުރެވެއެވެ . ވީމާ، އިސްވެ ފާހަގަކުރެވުނު އެންމެހައި ނުކުތާތަކުގައި ބަޔާންކުރެވުނު އެންމެހައި ކަންތައްތަކަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ރިޢާޔަތްކޮށް ބަލާއިރު، ސިވިލް ކޯޓުގެ ނަންބަރު 2258/Cv-C/2012 ޤަޟިއްޔާ ކުރައްވާފައިވާ ޙުކުމަށް ބަދަލުގެންނަންޖެހޭކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މިޤަޟިއްޔާބެލި ހުރިހާ ފަނޑިޔާރުންނަށް އިއްތިފާޤު ވެވިފައިވެއެވެ .  ޙުކުމް: ދެންފަހެ، ސިވިލް ކޯޓުގެ ނަންބަރު 2258/Cv-C/2012 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއް، އެރިޕޯޓުގައި ހިމެނިފައިވާ އެންމެހައި ލިޔެކިޔު ނތަކަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގައި މިޤަޟިއްޔާގައި ހިމެނޭ ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެމަތިން ރިޢާޔަތްކޮށްއަސްވި ފާހަގަ ކުރެވުނު ނުކުތާތަކަށް ބަލާއިރު، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީސް ކޮމްޕެނީ ލިމިޓެޑް )މިފްކޯ ( އާއި ހިތްމަތް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް އާއި ދެމެދު 06 ޑިސެމްބަރ 2009 ގައި ވެވުނު "ކްރެޑިޓަށް މުދާ ދޫކުރުމާއި ބެހޭ އެގްރީމެންޓް" އާއި ބަޔާންވެދިޔަ އެގްރީމެންޓުގެ ބައިތަކެއްގެ ގޮތުގައި ހިމެނޭ ގޮތަށް މިދެފަރާތުގެ ދެމެދުގައި ފަހުންވެފައިވާ އެއްބަސްވުން ތަކުގެ ދަށުން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީސް ކޮމްޕެނީ ލިމިޓެޑް )މިފްކޯ ( އިން،ހިތްމަތް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް 09 މާރޗް 2010 ދުވަހނު ފެށިގެން 12 އޭޕްރިލް 2010 ދުވަހާއި ދެމެދު ދކޮށްފައިވޫ މުދަލުގެ އަގުގެ ގޮތުގައިހޯދުމަށް ދަޢުވާ ކޮށްފައިވާ 490,380.00ރ. )ހަތަރުލައްކަ ނުވަދިހަ ހާސް ތިންސަތޭކަ އަށްޑިހަރުފިޔާ ( އާއި، އެފައިސާ ދައްކަންޖެހޭ މުއްދަތުގައި ދައްކާފައި ނުވުމުގެ ސަބަބުން އަރާފައިވާ ޖޫރިމަނާގެ ގޮތުގައި ހޯދުމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީސް ކޮމްޕެނީ ލިމިޓެޑް )މިފްކޯ( އިން ދަޢުވާކޮށްފައިވާ 96/826'692ރ. )ހަލައްކަ ނުވަދިހަ ދެހާސް އަށްސަތޭކަ ސައްބީސް ރުފިޔާ ނުވަދިހަ ހަލާރި ( އާއި އެކުޖުމްލަ 96/206'183'1ރ. )އެއްމިލިއަން އެއްލައްކައަށްޑިހަ ތިންހާސް ދުއިސައްތަ ހަރުފިހާ، ނުވަދިހަ ހަލާރި ( އަކް، ހިތްމަތް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް އިން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީސް ކޮމްޕެނީ ލިމިޓެޑް )މިފްކޯ( އަށް ދައްކަންޖެހި ނުދައްކާވާފައިސާއެއްކަންހިތްމަތް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ގެ ބަހުންނާއި ހުށަހެޅިފައިވާ ލިޔުންތަކުން ޝަރީޢަތަށް ސާބިތުވެއްޖެ ކަމަށް ކަނޑައަޅައި، މިފައިސާ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީސް ކޮމްޕެނީ ލިމިޓެޑް )މިފްކޯ ( އަށް ލިބިދިނުމަށްޓަކައި، މިއަދު )12 އޮކްޓޯބަރ 2017( ން ފެށިގެން މަސް ހަމަކޮށް ކޮންމެ މަހަކުވެސް 16/201'197ރ) .އެއްލައްކަ ނުވަދިހަ ހަތްހާސް ދުއިސައްތަ އެއްރުފިޔާ، ސޯޅަ ލާރި ( އަށްވުރެ މަދުނޫން ޢަދަދަކަށް ސިވިލް ކޯޓަށް ފައިސާ ދައްކަމުންގޮސް 06 )ހައެއް ( މަސް ދުވަހުގެ ތެރޭގައި މިފައިސާ ދައްކާ ޚަލާޞްކުރުމަށްހިތްމަތް އިންވެސްޓްމަންޓް ޕްރައިވެޓ ލިމިޓެޑްއަށް އެނގުމާއެކު، މިމުއްދަތުގެ ތެރޭގައި މިފައިސ 96/206'183'1ރ. )އެއްމިލިއަން އެއްލައްކަ އަށްޑިހަ ތިންހާސް ދުއިސައްތަ ހަރުފިހާ، ނުވަދިހަ ހަލާރި ( ދައްކާ ޚަލާޞް ނުކުރެވިއްޖެނަމަ، މިއަދު )12 އޮކްޓޯބަރ 2017( ން ފެށިގެން 06 )ހައެއް ( މަސް ދުވަސް ހަމަވުމުން، މިމުޢާމަލާތާއި ގ ޅިގެން މިފްކޯގައި ރަހުނު ކުރެވިފައިވާ ރަޖިސްޓްރީ ނަންބަރު 10-T C4347A-04 "އާމިރު" ނަމަކަށް ކިޔާ މުދާ އުފުލާ އުޅަނދު މިދެފަރާތުގެ ދެމެދު ސޮއިކުރެވިފައިވާ ރަހުނާއި ބެހޭ އެގްރީމެންޓްގެ ދަށުން ވިއްކާލުމުގެ ހައްޤު މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީސް ކޮމްޕެނީ ލިމިޓެޑް )މިފްކޯ ( އަށް ލިބިގެންވާ ކަމަށް ކަނޑައަޅައި، ސިވިލް ކޯޓުގެ ނަންބަރު 2258/Cv-C/2012 ޤަޟިއްޔާގެ ޙުކުމް ބާޠިލްކޮށް، މިޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ .

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ