ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2016/HC-A/108ހައިކޯޓު · 19 އޮކްޓޫބަރު 2017 · ފައިސާ ހޯދުން

—

ބައެއް ބަދަލުކުރި
ސުޕްރީމް ކޯޓަށް އިސްތިއުނާފުކޮށްފައި ނުވޭ · ރަޖިސްޓްރީ ބެލީ 15 އޮކްޓޫބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 19 އޮކްޓޫބަރު 2017ބާވަތް: މަދަނީ

ޚުލާޞާ

ކޯޓަށް އައި ގޮތް
ސިވިލް ކޯޓުން 1,406,335 ރުފިޔާ ދައްކަންޖެހޭކަން ލިޔުންތަކުން ސާބިތުވާކަމަށް ކަނޑައަޅައި ދެއްކުމަށް އަމުރުކުރިއެވެ.
ވާޤިޢާ
ފިހާރައަކުން އަނގަބަހުން އެދި ފަހުން ފައިސާ ދައްކާގޮތަށް މުދާ ގެންދިޔަ ފަރާތުގެ މައްޗަށް، ނުދައްކާ ހުރި 1,406,335 ރުފިޔާ ހޯދުމަށް ފިހާރައިގެ ވެރިފަރާތުން ދަޢުވާކުރިއެވެ. ކުރިން މަދަނީ ކޯޓުން ކުރި ޙުކުމެއް ހައިކޯޓުން ބާޠިލުކޮށްފައިވިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
އަނގަބަހުން ކުރެވުނު މުދާ ގަތުމުގެ މުޢާމަލާތެއްގައި ދައްކަންޖެހޭ ފައިސާ ސާބިތުވާނީ ޕާޗޭސް އޯޑަރ އަދި ޑެލިވަރީ ނޯޓުން ހެއްކާ ނުލައި ވާނީތޯއާއި، ސިވިލް ކޯޓުން ދައްކަންޖެހޭކަމަށް ކަނޑައެޅި ޢަދަދު ޞައްޙަތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
އިސްތިއުނާފުކުރި ފަރާތުން ބުނީ ސާބިތުކުރުމުގެ މިންގަނޑާ ޚިލާފަށް އިޢުތިރާފު ލިބޭކަމަށް ނިންމިކަމަށާއި، ޕާޗޭސް އޯޑަރ އަދި ޑެލިވަރީ ނޯޓުން ނޫނީ ފައިސާ ލާޒިމު ނުވާނެކަމަށާއި، ދަޢުވާކުރި ފަރާތުން ދޮގު މަޢުލޫމާތު ދިންކަމަށެވެ.
ކޯޓުގެ ސަބަބުތައް
މުޢާމަލާތަކީ އަނގަބަހުން ކުރެވުނު އެއްޗެކެވެ. ހައިކޯޓަށް ދެފަރާތް ޙާޟިރުކޮށް ސުވާލުކުރުމުން، ދެފަރާތުން ސޮއިކުރި ހިސާބު ފޮތުގެ 825,958 ރުފިޔާއިން ދެއްކި 30,000 ރުފިޔާ އުނިކޮށް ބާކީވާ 795,958 ރުފިޔާ ދައްކަންޖެހޭކަން ސާބިތުވިއެވެ. ޗެކްތަކުގެ ޢަދަދު އިތުރަށް ހިމެނުމުން ދަޢުވާގެ ޢަދަދު އިތުރުވެފައި ވިއެވެ.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ނިންމުން

ބައެއް ބަދަލުކުރި

ބައެއް ބަދަލުކުރި (ދައްކަންޖެހޭ ޢަދަދު 795,958 ރުފިޔާއަށް ބަދަލުކުރި)

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މުޢާމަލާތް ކޮށްފައިވަނީ އަނގަބަހުންކަމާއި، މުދާ ގެންދިޔައީ ލިޔެކިޔުމުން އެދިގެން ނޫންކަމާއި، މުދާ ލިބުމުންވެސް އެއްވެސް ބާވަތެއްގެ ލިޔުމެއް ލިޔެ ސޮއިކޮށްފައި ނުވާކަން މުދާ ގެންދިޔަ ފަރާތުގެ ބަހުން ސާފުކޮށް އެނގޭނަމަ، އެއްބަސްވުމާއި ޕާޗޭސް އޯޑަރ އަދި ޑެލިވަރީ ނޯޓުތައް ހުށަހެޅުމަށް އެދޭކަމަށް އެފަރާތުން ބުނުމަކީ އެތަކެތި ވުޖޫދުގައި ނުވާކަން އެނގިހުރެ ދައްކާފައިވާ ވާހަކައެކެވެ. (ޕެރ. 3.2)

މައްސަލާގައި ހިމެނޭ ޚަޞްމުން ޝަޚްޞީގޮތުން ޝަރީޢަތަށް ޙާޟިރުކޮށްފިނަމަ ދެފަރާތުގެ ދެމެދުގައި ހިނގާފައިވާ މުޢާމަލާތުގެ ޙަޤީޤަތާ ހަމައަށް ވާޞިލުވެވި، މައްސަލާގައި އިންސާފު ޤާއިމްކުރުމުގެ މަގު ފަހިވެގެންދާނެކަމަށް ފެނިއްޖެނަމަ، އިސްތިއުނާފު ބަލާ ކޯޓަށް އަޞްލު ދެފަރާތް ޝަޚްޞީގޮތުން ޙާޟިރުކޮށް ސުވާލުކޮށް ކަންތައްތައް ސާފުކުރެވިދާނެއެވެ. (ޕެރ. 3.3)

ދައްކަންޖެހޭ ޖުމްލަ ޢަދަދަކީ ދެފަރާތް އެއްތާކު ތިބެ ހިސާބު ހަދައި ދެފަރާތުން އެއްބަސްވެ ސޮއިކޮށްފައިވާ ޢަދަދުކަމާއި، އޭގެ ފަހުން ދައްކާފައިވާ ފައިސާއަށް ދެފަރާތުންވެސް އެއްބަސްވެފައިވާނަމަ، ދައްކަންޖެހޭ ޖުމްލަ ޢަދަދަކީ އެއްބަސްވި ޢަދަދުގެ ތެރެއިން ދައްކާފައިވާ ފައިސާ އުނިކުރުމުން ބާކީވާ ޢަދަދެވެ. (ޕެރ. 3.6)

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • 434/MC/2008 (މަދަނީ ކޯޓު)
  • 2010/HC-A/47

ފަނޑިޔާރުން

ބެންޗު
ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ޢަބްދުލްޣަނީ މުޙައްމަދު، ޝުޖާޢު ޢުޘްމާން
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

g ދިވެހިރާއްޖޭގެ ހައިކޯޓު ދިވެހިރާއްޖެ ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ  ޤަޟިއްޔާ ނަންބަރ: 2016/HC-A/108  އިސްތިއުނާފުކުރި ފަރާތް: * ނަން: އަޙުމަދު ޝަމީމް * ދާއިމީ އެޑްރެސް : […] * އައިޑީ ކާޑު ނަންބަރ : * މިހާރުގެ އެޑްރެސް:[…] * ނަން: މުޙައްމަދު ވަޙީދު * ދާއިމީ އެޑްރެސް: […] * އައިޑީ ކާޑު ނަންބަރ: * މިހާރުގެ އެޑްރެސް : […] * ރަޖިސްޓްރީކުރެވުނު ތާރީޚް: 26 ޖުމާދަލްއޫލާ 1437 * ނިމުނު ތާރީޚް : 29 މުޙައްރަމް 1439 09 މާރިޗު 2016 19 އޮކްޓޯބަރު 2017  އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 280/Cv-C/2013  ނިންމެވިކޯޓު: ސިވިލް ކޯޓު  މައްސަލައިގެ ބާވަތް: ފައިސާ ހޯދުން  ހުށަހެޅި ތާރީޚް: 10-02-2013 * ނިމުނު ތާރީޚް : 17-12-2015  މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް : ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު ފަނޑިޔާރު ޝުޖާޢު ޢުޘްމާން )ރިޔާސަތު(  ދޢުވާގަ ޚުލާޞާ: މިއީ، ސިވިލ ކޯޓު ގެ ނަންބަރު 280/Cv-C/2013 ޤަޟިއްޔާ އެކޯޓުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ، […] އަޙްމަދު ޝަމީމް )އައިޑީ(ގެފަރާތުން ހުށަހެޅުމުންބަލފައާވާ ޤަޟިއްޔާއެކެވެ . މިޤަޟިއްޔާގައި، އިސްތިއުނާފު ރައްދުވާ ފަރާތަކީ ދަފްތަރު . ނަންބަރ 8540، މުޙައްމަދު ވަޙީދު )އައިޑީ( އެވެ.  ފާހަގަކުރެވުނު ނުކުތާތައް: 01- އިސްތިއުނާފް މިކުރެވޭ ސިވިލް ކޯޓުގެ ނަންބަރު 280/Cv-C/2013 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ ދަފްތަރު . ނަންބަރު 8540 / މާލެ، މުޙައްމަދު ވަޙީދު )ދިވެހިރައްޔިތެއްކަން އަންގައިދޭ( ގެ ނަމުގައި ރަޖިސްޓްރީކުރެވިފައިވާ އެމް .ޑަބްލިޔު .ޒެޑް ޓްރޭޑަރސް ފިހާރައިން […] ރިންވިއު / އަހްމަދު ޝަމީމް ގެންގޮސްފައިވާ މުދަލުގެ އަގުގެ ގޮތުގައި ދައްކަން ޖެހި ނުދައްކައި ހުރި 1,406,335/-ރ. )އެއްމިލިއަން ހަތަރުލައްކަ ހަހާސް ތިންސަތޭކަ ތިރަސްފަސީ ރުފިޔާ ( ލިބިގަތުމަށް އެދި އަޙްމަދު ޝަމީމް ގެ މައްޗަށް މުޙައްމަދު ވަޙީދު ދަޢުވާކުރުމުން ބާލފައިވާ ޤަޟިއްޔއެއްކަމާއި، އޤަޟިއްޔެ ބައްލަވައި ކުރައްވާފައިވާ ޙުކުމުގައި، "ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކަށާއި، މިމައްސަލައިގައި ހުށަހެޅިފައިވާ އެހެނިހެން ލިޔުންތަކުގެ މައްޗަށް ޝަރީޢަތުން ރިޢާޔަތްކޮށް، […] / މާލެ، އަހްމަދު ޝަމީމގް މައްޗަށް ދަފްތަރު . ނަންބަރު 8540 / މާލެ، މުޙައްމަދު ވަޙީދު )ދިވެހިރައްޔިތެއްކަން އަންގައިދޭ( ހުށަހަޅާފައިވާ މިމައްސަލައަށް ޝަރީޢަތުން ބެލިއިރުގައި، މުޙައްމަދު ވަޙީދުގެ ނަމުގައި ރަޖިސްޓްރީކުރެވިފައިވާ އެމް. ޑަބްލިޔު .ޒެޑް ޓްރޭޑަރސް ފިހާރައިން އަހްމަދު ޝަމީމް ގެންގޮސްފައިވާ މުދަލަށް 1,406,335/-ރ) .އެއްމިލިއަން ހަތަރުލައްކަ ހަހާސް ތިންސަތޭކަ ތިރިސްފަސް ރުފިޔާ ( ދައްކަންޖެހި ނުދެއްކިވާކަން މިމައްސަލައިގައި ހުށަހެޅިފައިވާ ލިޔުންތަކުން ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅައި، މިފައިސާ މުޙައްމދަ ވަޙީދަށް ލިބިދިނުމަށްޓަކައި މިއަދު 17 ޑިސެމްބަރ 2015 އިން ފެށިގެން ކޮންމެ މަހަކު މަދުވެގެން އެމަހަކަށްޖެހޭ މިންވަރު މިކޯޓަށް ދައްކަމުންގޮސް، މިފައިސާ އެކުޖުމްލަ 06 )ހައެއ ( މަސްދުވަހުގެ ތެރޭގައި އެއްކޮށް ދައްކައި ޚަލާޞްކުރުމަށް އަޙްމަދު ޝަމީމަށް އަންގައި" ޙުކުމްކޮށްފައިވާކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ . 02- އިސްވެ ބަޔާންކުރެވުނު ގޮތުގެ މަތީން ސިވިލް ކޯޓްގެ ނަންބަރު : 280/Cv-C/2013 ޤަޟިއްޔާގައި ޙުކުމްކުރުމާއި ގުޅިގެން […] އަޙުމަދު ޝަމީމް ގެ ފަރާތުން އެ ޤަޟިއްޔާ އިސްތިއުނާފު ކުރަމުން، އަންނަނިވ ނުކުތާ ތައް ފާހަގަކޮށް އެނުކުތާ ތަކާ މެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ . * ފުރަތަމަ ނުކުތާއަކީ:އިސްތިއުނާފްކުރެވިފައިވާ މައްސަލައިގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓްގެ ފާހަގަކުރެވުނު ނުކުތާތަކުގެ 3.2 ގައި، މުޙައްމަދު ވަޙީދުގެ ފަރާތުން ހޯދުމަށް އެދި ދަޢްވާކޮށްފައިވު ފައިސާއަށް އަޙްމަދު ޝަމީމް އެއްބަސްވެފައިވާކަމަށް ކަނޑައަޅުއްވައި، ދަޢުވާއަށް އަޙުމަދު ޝަމީމްގެ އިޢުތިރާފް ލިބޭކަމަށް ސިވިލް ކޯޓުން ނިންމާފައިވަނީ، ސާބިތުކުރުމުގެ މިންގަނޑުތަކާ ޚިލާފަށް ކަމަށ ބުނެ ހުށަހެޅި ނުކުތާއެވެ . * ދެވަނަ ނުކުތާއަކީ: މުދާ ގަތުމަށް އެކި ފަރާތްތަކާ އެކު ކުރެވޭ މުޢާމަލާތްތަކުގެ ދަށުން، ފައިސާ ދޭން ގަންނަ ފަރާތުގެ މައްޗަށް ލާޒިމްކުރެވޭނީ މުދާ ފޮނުވަން އެދުނުކަން އެނގޭނެ ލިޔުން )ޕާރޗޭސް އޯޑަރ(، އަދި އެމުދާ، ގަންނަ ފަރާތަށް ޙަވާލުކުރެވިފައިވާކަން އެނގޭނެ ލިޔުން )ޑެލިވަރީ ނޯޓް ( އިން ކަމަށްވާއިރު، ނުވަތަ މިދެންނެވި 2 ނުކުތާ އެހެން ގޮތަކުން ނަމަވެސް ޝަރީޢަތަށް ސާބިތުކުރެވިގެން ކަމަށްވާއިރު، އެ ޤާނޫނީ އުޞޫލާ ޚިލާފަށް މައްސަލަ ނިންމާފައިވާކަމަށް ބުނީ ހުށަހެޅި ނުކުތާއެވެ . * ތިންވަނަ ނުކުތާއަކީ:އިސްތިއުނާފްކުރެވިފައިވާ މައްސަލައިގައި ދަޢުވާލިބޭ މުޙައްމަދު ވަޙީދަކީ ކަނޑައެޅިގެން ޝަރީޢަތުގެ މަޖިލީހަށް ދޮގު މަޢުލޫމާތު ހުށަހަޅާފައިވާ ފަރާތެއްކަން ސާބިތުވާން އޮތްއިރު، "ބެލެންސް އޮފް ޕްރޮބަބްލިޓ" ގެ ދަށުން މައްސަލަ ނިންމާފައިވާއިރު، އަޙުމަދު ޝަމީމްގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބޮޑަށް ބުރަދަން ދޭންޖެހޭއިރު، އެކަމަށް ބެއްލެވުމެއްނެތި، މުޙައްމަދު ވަޙީދު ހުށަހަޅާފައިވާ ދަޢުވާ ސާބިތުކުރުމުގެ ހެކި ހުށަހެޅުމަށް އެންގުމުގެ ބަދަލުގައި، މުޙައްމަދު ވަޙީދު އެދިފައިވާ ގޮތުގެ މަތިން ސިވިލް ކޯޓުން ޙުކުމުކުރެއްވުމުގައި ޢަދުލުވެރިކަން ނެތިގޮސްފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ . 03- ސިވިލް ކޯޓްގެ ނަންބަރު : 280/Cv-C/2013 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، އެޤަޟިއްޔާ އިސްތިއުނާފކުރުމަށު […] އަޙުމަދު ޝަމީމް ގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާ ތަކށާއި، އެނުކުތާ ތަކ ގުޅިގެން ދެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކައަށާއި، މައްސަލައާއި ގުޅުންހުރި ލިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ޝަރީޢތަށަ ފާހަގަކުރެވެއެވެ.

3.1- ފުރަތަމަ ކަމަކީ : އަޙުމަދު ޝަމީމް ގެ ފަރާތުން އިސްތިއުނާފު ކޮށްފައިމިވާ ސިވިލް ކޯޓްގެ ނަންބަރު : 280/Cv-C/2013 ޤަޟިއްޔާގެ ކުރިން ހަމަ މި މުޢާމަލާތާއި ގުޅިގެން ހަމަ މިޢަދަދަށް ފައިސާ ހޯދުމަށް މުޙައްމަދު ވަޙީދުގެ ފަރާތުންއަޙުމަދު ޝަމީމގެ މައްޗަށް ކުރީގެ މަދަނީ ކޯޓުގައި ކުރި ދަޢުވާއަކާއި ގުޅިގެން އެކޯޓުގެ ނަންބަރު : 434/MC/2008 ޤަޟިއްޔާ ބައްލަވައި ޙުކުމް ކުރައްވާފައިވާކަމާއި، އެ ޤަޟިއްޔާގެ ޙުކުމުގައި، މި 1,406,335/-ރ) .އެއްމިލިއަން ހަތަރުލައްކަ ހަހާސް ތިންސަތޭކަ ތިރީސްފަސް ރުފިޔާ ( އ ކ، އަޙްމަދު ޝަމީމްގެ ފަރާތުން މުޙައްމަދު ވަޙީދު އަށް ދައްކަންޖެހޭ ފައިސާއެއް ކަމަށް ކަނޑައަޅުއްވައި، އެ ޤަޟިއްޔާގެ ޙުކުމް ކުރެއްވި ތާރީޚުން ފެށިގެން، އެމަހަކު ޖެހޭވަރު އެމަހަކު ދައްކަމުންގޮސް، 12 )ބާރަ ( މަސް ދުވަހުގެ ތެރޭގައި އެފައިސާ ދައްކާ ޚަލާޞްކުރުމްށަ އަޙުމަދު ޝަމީމް އަށް އަންގަވާ ޙުކުމް ކުރައްވާފައިވާކަމާއި، އަދި މަދަނީ ކޯޓުގެ ނަންބަރު : 434/MC/2008 ޤަޟިއްޔާ، އަޙުމަދު ޝަމީމް ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު : 2010/HC-A/47 ޤަޟިއްޔާއިން އެ ޤަޟިއްޔާގެ އިސްތިއުނާފު ބައްލަވައި، މަދަނީ ކޯޓުގެ ނަންބަރު: 434/MC/2008 ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ ކޮށްފައިވާ ދަޢުވާއަށްގުޅުމެއް ނެތްގޮތުގައކަމަށ ކަނޑައަޅުއްވައި އެ ޤަޟިއްޔާގެ ޙުކުމް ބާޠިލް ކުރައްވާފައިވާކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ: 2010/HC-A/47 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮންނކަމެވަ .

3.2- ދެވަނަ ކަމަކީ:ދިވެހިރާއްޖޭގެ ހައިކޯޓުގައި މިހާރު އަޙުމަދު ޝަމީމް ގެ ފަރާތުން އިސްތިއުނާފު ކޮށްފައިވާ ސިވިލް ކޯޓްގެ ނަންބަރު : 280/Cv-C/2013 ޤަޟިއްޔާގައި މުޙައްމަދު ވަޙީދު ގެ ފަރާތުން ކޮށް ފައިވާ ދަޢުވާގެ ޞީޣާގައި ވަނީ، "އަޅުގަނޑުގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ އެމް. ޑަބްލިޔު . ޒެޑް . ޓްރޭޑާރސް ފިހާރައިން ދަޢުވާލިބޭ އަޙުމަދު ޝަމީމް ގެންގޮސްފައިވާ މުދަލުގެ އަގުގެ ގޮތުގައި މިއަދާއި ހަމައަށް ދައްކަންޖެހި، ނުދައްކާއޮތް 1,406,335/-ރ. )އެއްމިލިއަން ހަތަރުލައްކަ ހަހާސް ތިންސަތޭކަ ތިރީސްފަސް ރުފިޔާ(، ދަޢުވާލިބޭ އަޙުމަދު ޝަމީމް އަޅުގަނޑައަށް ދައްކާފައިނުވާތީ، މިބުނެވުނު 1,406,335/-ރ. )އެއްމިލިއަން ހަތަރުލައްކަ ހަހާސް ތިންސަތޭކަ ތިރީސްފަސް ރުފިޔާ( އެކީ އެއްފަހަރާ ހޯދުމަށްއަޙުމަދު ޝަމަމގެ މައްޗަށް އަޅުގަނޑު ދޢުވާކުރަމެވ". މިފަދައިންކަމުގައި ފާހަގަކުރެވޭއިރު، އެދަޢުވާއަށް ޖަވާބުދެމުންސިވިލް ކޯޓުގައި އަޙުމަދު ޝަމީމް ގެ ފަރާތުން ދައްކާފައިވާ ވާހަކައިގައި، މުޙައްމަދު ވަޙީދުގެ ފަރާތުން ކޮށްފައިވާ ދަޢުވާއަށް އިންކާރުކޮށް، މުޙައްމަދު ވަޙީދު އާއިއަޙުމަދު ޝަމީމް އާއި ދެމެދު ދަޢުވާގައި ބަޔާންކޮށްފައިވާ މުޢާމަލާތާއި ގުޅިގެން އެއްބަސްވުމެއް ވެފައިވާނަމަ އެއެއްބަސްވުމެއް ހުށަހެޅުމަށާއި، އަދި އޭގެ އިތުރުން މުޙައްމަދު ވަޙީދްގެ ފިހާރައިން މުދައު ފޮނުވައި ދިނުމަށް އަޙުމަދު ޝަމީމް އެދިފައިވާކަން އެނގްނޭ ޕާޗޭސް އޯޑަރ ތަކާއި، އެމުދައު އަޙުމަދު ޝަމީމް އަށް ރައްދުކުރެވިފައިވާކަން އަންގައިދޭ ޑެލިވަރީ ނޯޓުތައް ހުށަހެޅުމަށް އެދޭކަމަށް އަޙުމަދު ޝަމީމގެ ފަރާތުން ބުނެ، އެބީދައިން ޝަރީޢަތުގެ މަޖިލީސްތަކުގައި ވާހަކަ ދައްކާފައިވާއިރު، މި މުޢާމަލާތާއި ގުޅިގެން އެންމެ ފުރަތަމަ ޝަރީޢަތުން ބައްލަވާފައިވާ މަދަނީ ކޯޓުގެ ނަންބަރު : 434/MC/2008 ޤަޟިއްޔާގައި އަޙްމަދު ޝަމީމް ދީފައިވާ ދެ ބަޔާނުގެ ތެރެއިން 17 މާރޗް 2008 ގެ ބަޔާނުގައި، ..." ދަޢުވާގައި ހިމެނޭ ފައިސާއަކީ އަޅުގަނޑު ޙިއްޞާވާ ކުންފުންޏެއްކަމުގައިވާ ކަބީލާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކުން ހިންގި "ޖާފަތް " ނަމަކަށް ކިޔާ ހޮޓަލަށް ގެންގޮސްފައިވާ ތަކެތީގެ އަގުގެ ފައިސާއެވެ ." މިފަދަ އިން ބުނެފައިވާކަމާއި، އަދި މަދަނީ ކޯޓުގެ ނަންބަރު : 434/MC/2008 ޤަޟިއްޔާ ގައި އަޙުމަދު ޝަމީމް 25 މާރޗް 2008 ގައި ދީފައިވާ ބަޔާނުގައި، "އެމުދާ ހޮޓަލަށް ފޮނުވައިދިނުމަށް މުޙައްމަދު ވަޙީދުގެ ގާތުގައި އެދުނީ އަޅުގަނޑާއި އަޅުގަނޑުގެ މުވައްޒަފުންގޮސް އަނގަބަހުންނެވެ. އޭރު އަޅުގަނޑު މިމުދަލަކީ ކޮމްޕެނީއަކުން ޒިންމާވާ އެއްޗެއްކަމަށްމުޙައްމަދު ވަޙީދުގެ ގާތުގައި ބުނެފައެއް ނުވާނެއެވެ. އަޅުގަނޑު އެދުނީ "ޖާފަތ" ހޮޓަލަށް ތަކެތި ފޮނުވުމަށެވެ. " އަދި ހަމަ އެބަޔާނުގައި، "މަތަކެތި ހޯދުމަށް ކޮމްޕެނީގެ ފަރާތުން މުޙައްމަދު ވަޙީދަށް ލިޔުމެއް ފޮނުވާފައެއް ނުވާނެއެވެ . އަދި މުދާ ދިނުމަށް އެދުނުއިރު، މިކަމުގައި ޒިންމާވާނެ ވަކިފަރާތެއްގެ ވާހަކަވެސް ދެކެވފައެއް ނުވެއެވެ. " މިފަދައިން ބުނެ ފައިވާކަން ފާހަގަކުރެވޭ ކަމާއި، އިސްވެ ޙަވާލާ ދެވުނު ދެ ބަޔާނުން ނަކަލުކުރެވުނު ޢިބާރާތްތަކަށް ބަލާއިރު،މުޙައްމަދު ވަޙީދްގެ ދަޢުވާގައި ބަޔާންކޮށްފައިވާ ފިހާރައިން އަޙުމަދު ޝަމީމް ފަހުން ފައިސާ ދައްކާގޮތަށް މުދައު ގެންގޮސްފއިވާކަމާއަ، އެމުދައު ގެންދިޔައީ ލިޔެކިޔުމުން އެދިގެން ނޫންކަމާއި، އަދި މުދައު ލިބުމުންވެސް މުދައު ލިބުނު ކަމުގެ މައްޗަށް އެއްވެސް ބާވަތެއްގިލިޔުމެއްލިޔެ ސޮއިކޮށްފައނުވާކަމާއި، މުޢާމަލާތް ކޮށްފައިވަނީ އަނގަބަހުންކަން އަޙުމަދު ޝަމީމގެ ބަހުން ސާފުކޮށް އެނގޭކަމާއި، އެހެންކަމުން މުޙައްމަދު ވަޙީދުގެ ދަޢުވާގައި ބުނެފައިވާ މުޢާމަލާތާއި ގުޅިގެން ދެފަރާތުގެ ދެމެދުގައި އެއްބަސްވުމެއް ވެވިފައިވާނަމަ، އެ އެއްބަސްވުން ހުށަހެޅުމަށާއި، މުދަލާއި ގުޅިގެންއަޙުމަދު ޝަމީމްޕާޗޭސް އޯޑަރ ފޮނުވާފައިވާނަމަ އެތަކެތި ހުށަހެޅުމަށާއި، އަދި އަޙުމަދު ޝަމީމް އަށް މުދާ ރައްދުކުރެވިފައިވާނަމަ، ޑެލީވަރީ ނޯޓުތައް ހުށަހެޅުމަށް އެދޭކަމަށް އަޙުމަދު ޝަމީމް ބުނެފައިވާ ބުނުމަކީ އެތަކެތި ވުޖޫދުގައި ނުވާކަން އެނގިހުރެ ދައްކާފައިވާ ވާހަކައެއްކަން ފާހަގަކުރެވެއެވެ .

3.3- ތިންވަނަ ކަމަކީ:ދިވެހިރާއްޖޭގެ ހައިކޯޓުގ މިޤަޟިއްޔާ އިސްތިއުނާފކޮށްފައިވާއަޙުމަދު ޝަމީމގެ ފަރާތުންނާއި އިސްތިއުނާފު ރައްދުވާ މުޙައްމަދު ވަޙީދު ގެ ފަރާތުން ކޯޓަށް ހާޒިރުވުމަށްޓަކައި ބަދަލު ހަމަޖައިސާފައް ވާ ފަރާތްތައް ހާޒިރުކޮށް މިޤަޟިއްޔާގެ ޝަރީޢަތުގެ އަޑުއެހުމެއް ބޭއްވުމުން، މައްސަލާގައި ހިމެނޭ ޚަޞްމުން ޝަޚު ޞީގޮތުން ޝަރީޢަތަށް ހާޒިރުކޮށްފިނަމަ، މި ދެފަރާތުގެ ދެމެދުގައި ހިނގާފައިވާ މުޢާމަލާތުގެ ޙަޤީޤަތާ ހަމައަށް ވާޞިލުވެވި، މިމައްސަލާގައި އިންސާފުޤާއިމްކުރުމުގެ މަގު ފަހު ވެގެންދާނެކަމަށް މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހަށް ފެނުނު ހިނދު،މައްސަލާގައި ހިމެނޭ އަޞްލު ދެފަރާތް ޞަޚްސީ ގޮތުން ޝަރީޢަތުގެ މަޖިލީހަށް ހާޒިރުކޮށްފައިވާކަމާއި، އެގޮތުން މިޤަޟިއްޔާއާއި ގުޅިގެން 09 އޮކްޓޯބަރ 2017 ގައި ބޭއްވުނު ޝަރީޢަތުގެ އަޑުއެހުމަށާއި 17 އޮކްޓޯބަރ 2017 ގައި ބޭއްވުނު ޝަރީޢަތުގެ އަޑުއެހުމަށުމައްސަލަ އިސްތިއުނާފުކުރާ އަޙުމަދު ޝަމީމއާއި އިސްތިއުނާފު ރައްދުވާ މުޙައްމަދު ވަޙީދު ހާޒިރުކޮށް ޝަރީޢަތުން ސާފުކުރަންބޭނުންވި ކަންތައްތަކާއި ގުޅޭގޮތުން ދެފަރާތާއި ސުވާލުކޮށް ސާފުކުރެވިފައިވާކަމާއި، އެގޮތުންމި ދެފަރާތުގެ ދެމެދުގައި މުޢާމަލާތް ކޮށްފައިވަނީ ލިޔެކިޔުމެއް އޮވެގެން ނޫންކަމާއި، އަޙުމަދު ޝަމީމުނުވަތަ އޭނާގެ ފަރާތުން ފޮނުވާ މުވައްޒަފުން މުޙައްމަދު ވަޙީދުގެ ފިހާރައަށް ގޮސް މުދާ ދިނުމަށް އެދުމުން އެ އެދޭ ފަދައަކުން މުޙައްމަދު ވަޙީދާމުދާ ދޫކުރަމުން ގަސްފައިވޮ ކަމާއި، މުޢާމަލާތުގެ ކުރީކޮޅު އަޙުމަދު ޝަމީމް ގެ ފަރާތުން ބަރާބަރަށް ފައިސާ ދައްކަމުން އައި ކަމާއި، ނަމަވެސް ފަހުން، ފައިސާ ދެއްކުމުގައި މައްސަލަތައް ކުރިމަތިވާން ފެށިކަމާއި،ދައްކަންވެފައިހުރި ބައެއް ފައިސާ ދެއްކުމުގެ ގޮތުން އަޙުމަދު ޝަމީމް ދޫކުރި ފަސް ޗެކް ބައުންސްވުމާ ގުޅިގެން ބާކީ ހުރި ފައިސާއަށް ޗެކް ދޫކޮށްފައިވެސް ނުވާކަމާއި، ބައުންސްވި ފަސް ޗެކަކީ ސްޓޭޓް ބެންކް އޮފް އިންޑިޔާގެ ފަސް ޗެކް ކަމާއި، އެޗެކްތަކުގެ ނަންބަރުތަކަކީ : 254813، 0958791، 0958781، 910812، 174741، ކަމާއި، މި ފަސް ޗެކުގެ ޖުމްލއަކީ -/604377ރ) .ހަލައްކަ ހަތަރުހާސް ތިންސަތޭކަ ހަތްދިހަ ހަތްރުފިޔާ ( ކަމާއި، މިކަންތައްތަކާމެދު މުޙައްމަދު ވަޙީދްއާއި އަޙުމަދު ޝަމީމް އާއި ދެމެދު އެއްވެސް ޚިލާފެއް ނެތްކަމާއި، މި ދެފަރާތުގެ ދެމެދުގައި ޚިލާފު އުފެދިފައިވަނީ އަޙުމަދު ޝަމީމުގެ އަތުންމުޙައމަދު ވަޙީދު ހޯދުމަށް ދަޢުވާކުރާ 1,406,335/-ރ. )އެއްމިލިއަން ހަތަރުލައްކަ ހަހާސް ތިންސަތޭކަ ތިރީސްފަސް ރުފިޔާ ( ގެ ޖުމްލަ ޢަދަދާމެދުގައި ކަން ޝަރީޢަތަށް ފާހަގަކުރެވިފައިވާކަމެވެ.

3.4- ހަތަރުވަނަ ކަމަކީ: އަޙުމަދު ޝަމީމުއަށް ރައްދުވާގޮތަށް މުޙައްމަދު ވަޙީދިކޮށްފައިވާ ދަޢުވާގައި ހޯދުމަށް ދަޢުވާކޮށްފައިވާ ފައިސާގެ ޢަދަދަކީ 1,406,335/-ރ) .އެއްމިލިއަން ހަތަރުލައްކަ ހަހާސް ތިންސަތޭކަ ތިރީސްފަސް ރުފިޔާ ( ކަމާއި، މިފައިސާގެ ތެރެއިން އިސްވެ ބަޔާންކުރެވުނު ފަސް ޗެކުގެ ޖުމްލައަށްވާ -/604377ރ. )ހަލައްކަ ހަތަރުހާސް ތިންސަތޭކަ ހަތްދިހަ ހަތްރުފިޔާ( އަކީ މުޙައްމަދު ވަޙީދު އަށް ދައްކަންޖެހި ނުދެއްކިވާ ފައިސާކަމަށް އަޙުމަދު ޝަމީމް ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އިޢުތިރާފުވެފައިވާކަމާއި، އަދި މުޙައްމަދު ވަޙީދްގެ ފިހާރައިން މުދާ ދޫކުރުމަށްފަހު ހިސާބު ބެލެހެއްޓުމުގެ ގޮތުނ ނޯޓުކުރަމުން އައިސްފައިވާ ފޮތުގެ އަޞްލުދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅުމަށްފަހު، އެފޮތުގައިވާ ވަކި ޞަފްޙާއެއްގައި ހިސާބު ޢަދަދެއްގެ ކައިރީގައި، "މިއީ ރަގަޅު ހިސާބެކެވެ ". މިފަދައިން ލިޔެ ސޮއިކޮށްފައިވާ ޢިބާރާތެއް ދެއްކުމަށްފަހު، އެއީ އަޙުމަދު ޝަމީމް ގެ އަތުން ލިޔެފައިވާ ޢިބާރާތެއްކަމަށާއި، އެޢިބާރާތުގެ ތިރީގައިވާ ސޮޔަކީ، އެފޮތުގައިވާ ހިސާބު ރަގަޅުކަމުގެ މައްޗަށް އަޙުމަދު ޝަމީމް ކޮށްފައިވާ ސޮއި ކަމަށް މުޙައްމަދު ވަޙީދު ބުނުމާ ގުޅިގެން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އަޙުމަދު ޝަމީމް އާއި ކުރިމަތިކުރި ސުވާލުތަކްގެ ޖަވާބުގައި، އެފޮތުގައި އެވަނީ އެހިސާބު ރަގަޅުކަމުގެ މައްޗަށް އަޙްމަދު ޝަމީމް ލިޔެ ސޮއިކޮށްފައިކަމަށ އަޙުމަދު ޝަމީމް ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އެއްބސްވެފައިވާކަނަ ފާހަގަކުރެވޭކަމާއި، ޙަވާލާ ދެވުނު ފޮތުގައި ދެފަރާތުން އެ ޢަދަދެއްގެ މައްޗަށް އެއްބަސްވެ ސޮއިކޮށްފައިވާ ޢަދަދަކީ -/958'825ރ. )އަށްލައްކަ ފަންސަވީސްހާސް ނުވަސަތޭކަ ފަންސާސް އަށްރުފިޔާ ( ކަން އެނގެން އޮންނަކަމެވެ .

3.5- ފަސްވަނަ ކަމަކީ: އަޙުމަދު ޝަމީމް ދޫކޮށްފައިވާ އިސްވެ ބަޔާންކުރެވުނު ފަސް ޗެކް، އޭނާ ދޫކޮށްފައިވަނީ އިސްވެ ބަޔާންކުރެވުނު ފަދައިން މުޙައްމަދު ވަޙީދްއާއި އަޙުމަދު ޝަމީމް އާއިދެމީހުން އެއްތާކ ތިބެ ހިސާބު ހެދުމަށްފަހު، -/958'825ރ. )އަށްލައްކަ ފަންސަވީސްހާސް ނުވަސަތޭކަ ފަންސާސް އަށްރުފިޔާ ( އަކީ އެހާތަންށް އަޙުމަދު ޝަމީމް ގެ ފަރާތުން މުޙައްމަދު ވަޙީދު އަށް ދައްކަންޖެހި ނުދެއްކިވާ ޖުމްލަ ޢަދަދުކަމަށް އަޙުމަދު ޝަމީމުލައްވާ މުޙައްމަދު ވަޙީދު ގެން ގުޅޭ ފޮތުގައި ސޮއިކުރުވުމަށްފަހުގައި ކަމާއި،އޭގެ ފަހުން މިދެމީހުންގެ ދެމެދުގައި ވިޔަފާރި މުޢާމަލާތް ހިންގާފައި ނުވާކަމާއި، އެފަދައިން ހިސާބު ހެދިފަހުން، އަދި އެ 5 ޗެކް ދޫކުރުމަށްފަހު، އަޙުމަދު ޝަމީމް ގެ ފަރާތުން ދެފަހަރެއްގެ މަތިން -/000'30ރ. )ތިރީސްހާސް ރުފިޔާ ( ދައްކާފައިވާކަމާއި، އެނޫން އެހެން ފައިސާއެއް ދައްކާފައިނުވާކަމަށް ދެފަރާތުންވެސް އެއްބަސްވެފައިވާކަން ފާހަގަކުރެވެއެވެ .

3.6- ހަވަނަ ކަމަކީ: އިސްތިއުނާފު ކޮށްފައިމިވާ ސިވިލް ކޯޓްގެ ނަންބަރު : 280/Cv-C/2013 ޤަޟިއްޔާގައި ވެސް އަދި މަދަނީ ކޯޓުގެ ނަންބަރު: 434/MC/2008 ޤަޟިއްޔާގައި ވެސް އަޙުމަދު ޝަމީމުގެ މައްޗަށް މުޙައްމަދު ވަޙީދު ދަޢުވާ ކޮށްފައިވަނީ،އަޙުމަދު ޝަމީމް އަތުން 1,406,335/-ރ. )އެއްމިލިއަން ހަތަރުލައްކަ ހަހާސް ތިންސަތޭކަ ތިރީސްފަސް ރުފިޔާ ( ހޯދުމަށްކަން ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮންނާތީ، މުޙައްމަދު ވަޙީދު ދަޢުވާ ކޮށްފައިވާ އެ ޢަދަދު ގެނެސްފައިވާ ގޮތެއް ޝަރީޢަތަށް ސާފުކޮށްދިނުމަށް މުޙައްމަދު ވަޙީދު އަށް ޝަރީޢަތުން އެންގުމުން، އެ ޢަދަދު ގެނެސްފައިވާ ގޮތަކީ، އިސްވެ ބަޔާންކުރެވުނު ފޮތުގައި ދެމީހުން އެއްބަސްވާ ޢަދަދުކަމަށް ނޯޓުކޮށްފައިވާ -/958'825ރ. )އަށްލައްކަ ފަންސަވީސްހާސް ނުވަސަތޭކަ ފަންސާސް އަށްރުފިޔާ ( އާއި، އަޙުމަދު ޝަމީމް ދކޮށްފައިވޫ 5 ޗަކުގެ ޖުމްލަ ޢަދަދު ކަމުގައިވާ -/604377ރ. )ހަލައްކަ ހަތަރުހާސް ތިންސަތޭކަ ހަތްދިހަ ހަތްރުފިޔާ ( އެއްކުރުމަށްފަހު، އަންނަ ޖުމްލައިން އަޙްމަދު ޝަމީމް ދެފަހަރު މަތިން ދައްކާފައިވާ -/000'30ރ. )ތިރީސްހާސް ރުފިޔާ ( އުނިކުރުމުން ބާކީ އަންނަ ޢަދަދު ކަމަށް މުޙައްމަދު ވަޙީދު ބުނެފައިވާއިރު، ބަޔާންކުރެވުނު 5 ޗެކް، އަޙުމަދު ޝަމީމް ދޫކޮށްފައިވަނީ، ދެމީހުން އެއްތާކު ތިބެ ހިސާބު ހެދުމަށްފަހު، -/958'825ރ) .އަށްލައްކަ ފަންސަވީސްހާސް ނުވަސަތޭކަ ފަންސާސް އަށްރުފިޔާ ( އަކީ، އަޙުމަދު ޝަމީމް ގެ ފަރާތުން މުޙައްމަދު ވަޙީދު އަށް ދޭންޖެހިފައިވާ ޖުމްލަ ޢަދަދު ކަމަށް އެއްބަސްވުމަށްފަހު އެފައިސާ ދެއްކުމުގެ ގޮތުންކަމަށް އަޙުމަދު ޝަމީމް ބުނެފައިވާ ބުނުމާއި ގުޅިގެން، އެ 5 ޗެކް ދޫކޮށްފައިވަނީ، އިސްވެ ބަޔާންކުރެވުނު ޢަދަދުގެ މައްޗަށް ހިސާބު ހެދުމަށްފަހުކަމަށްމުޙައްމަދު ވަޙީދުވެސ އެއްބަސްވެފަ އިވާތީއާއި، އެފަދައިން ހިސާބު ހެދުމަށްފަހު، އޭގެ ފަހުން މި ދެފަރާތުގެ ދެމެދުގައި ފަހުން ފައިސާ ދައްކާގޮތަށް ވިޔފާރީގަ އެއްވެސް މުޢާމަލާތެއް ހިންގާފައި ނުވާނެކަމަށް ދެފަރާތުންވެސް އެއްބަސްވެފައިވާތީއާއި، -/958'825ރ. )އަށްލައްކަ ފަންސަވީސްހާސް ނުވަސަތޭކަ ފަންސާސް އަށްރުފިޔާ ( އަކީ، އަޙުމަދު ޝަމީމްގެ ފަރާތުން މުޙައްމަދު ވަޙީދްއަށް ދައްކަންޖެހޭ ޖުމްލަ ޢަދަދުކަމަށް އެއްބަސްވުމަށްފަހު، އަޙުމަދު ޝަމީމް ގެ ފަރާތުން -/000'30ރ) .ތިރީސްހާސް ރުފިޔާ ( ދައްކާފައިވާކަމަށް މުޙައްމަދު ވަޙީދު އެއްބަސްވެފައިވާތީ، މިހާރު އަޙްމަދު ޝަމީމް ގެ ފަރާތުން މުޙައްމަދު ވަޙީދު އަށް ދައްކަންޖެހޭ ޖުމްލަ ޢަދަދަކީ މި -/958'825ރ. )އަށްލައްކަ ފަންސަވީސްހާސް ނުވަސަތޭކަ ފަންސާސް އަށްރުފިޔާ ( ގެ ތެރެއިން -/000'30ރ. )ތިރީސްހާސް ރުފިޔާ ( އުނިކުރުމުން ބާކީވާ -/958'795ރ) .ހަތްލައްކަ ނުވަދިހަ ފަސް ހާސް ނުވަސަތޭކަ ފަންސާސް އަށް ރުފިޔާ ( ކަން ފާހަގަކުރެވެއެވެ. ވީމާ، އިސްވެ ފާހަގަކުރެވުނު އެންމެހައި ނުކުތާތަކުގައި ބަޔާންކުރެވުނު ސަބަބުތައް އެފަދައިން ހުރުމުން، ސިވިލް ކޯޓްގެ ނަންބަރު : 280/Cv-C/2013 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭކަމަށް މިޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންނަށް އިއްތިފާޤުވެވިފައިވއެވެ.  ޙުކުމް: ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު އެންމެހައި ކަންތައްތަކަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެމަތިން ރިޢާޔަތްކުރާއިރު، ސިވިލް ކޯޓްގެ ނަންބަރު : 280/Cv-C/2013 ޤަޟިއްޔާގައި […] / އަޙްމަދު ޝަމީމު )ދ.ރ.( ގެ ފަރާތުންގދ.ތިނަދޫ / ޒަމާނގ މުޙައްމަދު ވަޙީދު )ދ.ރ.( އށަ 1,406,335/-ރ. )އެއްމިލިއަން ހަތަރުލައްކަ ހަހާސް ތިންސަތޭކަ ތިރީސްފަސް ރުފިޔާ(ދައްކަންޖެހޭކަން ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅުއްވާ ކުރައްވާފައިވާ ޙުކުމް ބާޠިލްކަމަށް މިޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، ސިވިލް ކޯޓްގެ ނަންބަރު : 280/Cv-C/2013 ޤަޟިއްޔާގެ އިސްތިއުނާފާއި ގުޅިގެން ދިވެހި ރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ އެންމެހައި ލިޔުންތަކަށާއި،މުޙައްމަދު ވަޙީދު އާއި އަޙުމަދު ޝަމީމް ޝަރީޢަތުގެ މަޖިލީސްތަކުގައި ދައްކާފައިވާ ވާހަކައަށް ބަލާއިރު،މުޙައްމަދު ވަޙީދްއަށް އަޙުމަދު ޝަމީމް މިހާރު ދައްކަންޖެހޭ ޖުމްލަ ޢަދަދކަ -/958'795ރ) .ހަތްލައްކަ ނުވަދިހަ ފަސް ހާސް ނުވަސަތޭކަ ފަންސާސް އަށް ރުފިޔާ ( ކަން، ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެމަތިން ޝަރީޢަތަށް ސާބިތުވެއްޖެކަމަށް ކަނޑައަޅައި، މިފައިސާ މުޙައްމަދު ވަޙީދު އަށް ލިބިދިނުމަށްޓަކައި މިއަދުން )19 އޮކްޓޯބަރު 2017( ފެށި ގެން މަސް ހަމަކޮށް ކޮންމެ މަހކަ -/979'397ރ. )ތިންލައްކަ ނުވަދިހަ ހަތްހާސް ނުވަސަތޭކަ ހަތްދިހަ ނުވަރުފިޔާ ( އަށްވުރެ މަދުނޫން ޢަދަދެއް ސިވިލް ކޯޓަށް ދައްކަމުންގޮސް 02 )ދެއެއް ( މަސް ދުވަހުގެ ތެރޭގައި މިފައިސާ އެއްކޮށް ދައްކާ ޚަލާޞްކުރުމަށް އަޙުމަދު ޝަމީމް އށަ އަންގައި، ދިވެހިރާއްޖޭގެ ހައިކޯޓުގައި މިޤަޟިއްޔާ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ .

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ