ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2016/HC-A/259

ސެންޓަރ އެންޓަރޕްރައިސަސް ޕވޓ ލޓޑ ވ. މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ސުޕްރީމް ކޯޓަށް އިސްތިއުނާފުކޮށްފައި ނުވޭ · ރަޖިސްޓްރީ ބެލީ 15 އޮކްޓޫބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 26 ޖަނަވަރީ 2021ދަށު ކޯޓު: ސިވިލް ކޯޓު 1956/Cv-C/2014ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސިވިލް ކޯޓު 1956/Cv-C/2014
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
4 ވަނަ އިޞްލާޙަކީ އިންވޮއިސްއާ ގުޅޭ ދެބަސްވުމަށް ރިޢާޔަތްކޮށް ގެނެވުނު އިޞްލާޙެއްކަމުން އިތުރު ފައިސާއެއް ދައްކަން ނުޖެހޭނެކަމަށާއި ޓެންޑަރ ބޯޑުގެ ނިންމުމަކީ ލާޒިމު ނިންމުމެއް ނޫންކަމަށް ސިވިލް ކޯޓުން ނިންމިއެވެ.
ވާޤިޢާ
ޓަގް ބޯޓެއް ބަނދެ ސަޕްލައިކުރުމަށް 2008 ގައި ވެވުނު އެއްބަސްވުމުގެ ދަށުން ކުރެވުނު ވޭރިއޭޝަން މަސައްކަތުގެ އަގުގެ ގޮތުގައި 7,400,058 ރުފިޔާގެ އިންވޮއިސް 2011 ގައި ފޮނުވުމަށްފަހު، 2012 ގައި ސޮއިކުރި 4 ވަނަ އިޞްލާޙުގައި ޖުމްލަ އަގު 39,986,205.56 ރުފިޔާއަށް ހަމަޖައްސައި އިތުރު އަގެއް ނުނެގޭނެކަމަށް ބަޔާންކުރެވުނެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
އެއްބަސްވުމަށް ފަހުން ގެނެވުނު 4 ވަނަ އިޞްލާޙުގައި ޖުމްލަ އަގު ކަނޑައަޅައި އިތުރު ފައިސާއެއް ނުނެގޭނެކަމަށް އެއްބަސްވުމުން، އޭގެ ކުރިން ފޮނުވި ވޭރިއޭޝަން އިންވޮއިސްގެ ފައިސާ ދައްކަން ޖެހޭތޯ؛ އަދި ނޭޝަނަލް ޓެންޑަރ އިވެލުއޭޝަން ބޯޑުގެ ލަފައަކީ އެއްބަސްވުމުގެ ފަރާތްތަކަށް ލާޒިމު ނިންމުމެއްތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
އިސްތިއުނާފުކުރި ފަރާތުން ބުނީ ޓެންޑަރ ބޯޑަކީ އެޑްޖުޑިކޭޓަރ ކަމަށާއި، 4 ވަނަ އިޞްލާޙަކީ މުއްދަތު އިތުރުކުރުމަށް އެކަނި ގެނައި އިޞްލާޙެއް ކަމަށާއި، ހެކިބަހަށް ރިޢާޔަތް ނުކުރި ކަމަށެވެ. އިސްތިއުނާފު ރައްދުވި ފަރާތުން ބުނީ ވޭރިއޭޝަން މަސައްކަތް ޖުމްލަ އަގުގެ ތެރޭގައި ހިމެނޭ ކަމަށެވެ.
ކޯޓުގެ ސަބަބުތައް
4 ވަނަ އިޞްލާޙަކީ ދެފަރާތް އެއްބަސްވި އެންމެ ފަހުގެ އަގު ކަމަށާއި، ޓެންޑަރ ބޯޑުގެ ދައުރަކީ ލަފާދިނުން ކަމަށާއި، ހެކިބަހުން ހުޞޫމަތު ސާބިތުނުވާކަމަށް ކޯޓުން ކަނޑައެޅިއެވެ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ދެފަރާތުގެ މެދުގައި އަގާމެދު ހުޞޫމަތެއް އުފެދި މަޝްވަރާކުރެވެމުން ދިޔަ ފަހުން ދެފަރާތުން ސޮއިކޮށް ސީލްޖަހައިގެން ގެނައި އިޞްލާޙުގައި ޖުމްލަ އަގު ކަނޑައަޅައި، އެއްވެސް ސަބަބަކާ ހުރެ އެއަށްވުރެ އިތުރު އަގެއް ނުނެގޭނެކަމަށް ބަޔާންކޮށްފައިވާނަމަ، އެއީ ދެފަރާތް އެއްބަސްވެފައިވާ އެންމެ ފަހުގެ އަގުކަމުގައި ބަލަންޖެހެއެވެ؛ އެ އިޞްލާޙުގައި ސޮއިކުރަންޖެހުނު އެހެން ސަބަބެއް އޮތްކަން ސާބިތުކުރުމުގެ ބުރަ އޮތީ އެކަން ބުނާ ފަރާތުގެ މައްޗަށެވެ.

HN2 ދަށު ކޯޓަށް ހުށަހެޅިފައިވާ ލިޔުމެއް ހުށަހަޅާފައި ނުވާކަމަށް އިސްތިއުނާފުގައި ބުނުމަކުން އެ ލިޔުމުގެ ބާރު ނުގެއްލެއެވެ.

HN3 އިތުރު މަސައްކަތެއްގެ އަގު އެއްބަސްވުމުގެ އަގަށް އިތުރުކުރަންޖެހޭނަމަ، އެ މަސައްކަތުގެ އަގާމެދު ކުރިއާލާ މަޝްވަރާކޮށް އެއްބަސްވެފައިވާކަން ސާބިތުކުރަން ޖެހެއެވެ؛ ހުޞޫމަތެއް އޮތް ފައިސާއަކަށް ފަހުން ސޮއިކުރި އިޞްލާޙުގައި އަގު ބަދަލުނުކުރެވޭނެކަމަށް ބަޔާންކޮށްފައިވާނަމަ، އެ އިޞްލާޙު ގެނެވިފައިވަނީ އެ ހުޞޫމަތަށް ރިޢާޔަތްކުރެވިގެން ކަމުގައި ބަލަންޖެހެއެވެ.

މަދަނީ › ފައިސާ ހޯދުން

HN4 އެއްބަސްވުމުގެ ފަރާތެއް ނޫން ޓެންޑަރ އިވެލުއޭޝަން ބޯޑުގެ ދައުރަކީ އެއްބަސްވުމާ ގުޅިގެން ލަފާދިނުން ކަމަށްވާއިރު، އެއްބަސްވުމުގައި ދެބަސްވުންތައް ޙައްލުކުރާނީ ސީދާ ވާހަކަދައްކައިގެން ކަމަށާއި ނުވާނަމަ ކޯޓަށް ހުށަހަޅައިގެން ކަމަށާއި ކޯޓުގެ ނިންމުމަކީ ނިހާއީ ނިންމުން ކަމަށް ބަޔާންކޮށްފައިވާނަމަ، ބޯޑުގެ ލަފައަކީ ފަރާތްތަކަށް ޢަމަލުކުރުން ލާޒިމު ނިންމުމެއް ނޫނެވެ.

HN5 ބޯޑުގެ ލަފައަކީ ލާޒިމު ނިންމުމެއް ކަމުގައި ބެލިނަމަވެސް، އެ ލަފައަށް ފަހު ދެފަރާތުން އަގާ ގުޅޭ އިތުރު އެއްބަސްވުމެއްގައި ސޮއިކޮށްފިނަމަ، ލަފާގައިވާ އަގަކީ ދެފަރާތުން ލިޔުމުން ބަދަލުގެނެސްފައިވާ އަގެއް ކަމުގައި ބަލަންޖެހެއެވެ.

HN6 ހެކިވެރިންގެ ބަހުން ދައްކައިދެނީ ހަމައެކަނި އެމީހުންގެ ދައުރާއި ލަފާދިން ގޮތް ކަމަށްވެފައި، ތަފާތު މަސައްކަތެއްގެ ގޮތުގައި ކުރިއާލާ އަގު ކަނޑައެޅުނުކަމާއި ފަހުގެ އިޞްލާޙުގައި އެ އަގު ނުހިމެނުނު ސަބަބު ނުދައްކައިދޭނަމަ، އެ ހެކިބަހަކީ ހުޞޫމަތު ސާބިތުކުރުމަށް ބުރަދަނެއް ދެވޭ ހެކިބަހެއް ނޫނެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ފާޠިމަތު ފަރްހީޒާ، ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ޢަލީ ސަމީރު
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
ފާޠިމަތު ފަރްހީޒާ · ތާއީދުކުރެއްވީ: ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ޢަލީ ސަމީރު
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ތަޢާރުފު

1މިއީ، ސިވިލް ކޯޓުގެ ނަންބަރު : C/2014-Cv/1956 ޤަޟިއްޔާ އެ ކޯޓުން ނިނމާފް އިވަނީ، ޝަރުޢަ ނުވަތަ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ ސެންޓަރ އެންޓަރ ޕްރައިސަސް ޕްރައިވެޓް ލމިޓެޑި (މީގެ ފަހުން ސެންޓަރ އެންޓަރ ޕްރައިސަސް ނުވަތަ އިސްތިއުނާފުކުރާ ފަރާތް) ގެ ފަރާތުން އެމައްސަލަ އިސްތިއުނާފު ކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (މީގެ ފަހުން އެމް. ޕީ. އެލް ނުވަތަ އިސްތިއުނާފު ރައްދުވާ ފަރާތް) އެވެ.

ކަންހިނގާފައިވާ ގޮތް

2ސެންޓަރ އެންޓަރ ޕްރައިސަސް އާއި އެމް. ޕީ. އެލްއާ ދެމެދު، ޓަގް ބޯޓެއް ބަނދެ ސަޕްލައިކުރުމާމެދު 18 ނޮވެންބަރު 2008 ގައި އެއްބަސްވެފައިވެއެވެ. މިމަސައްކަތުގެ ޖުމްލަ އަގުކަމުގައި ދެފަރާތުގެ ދެމެދުގައި އެއްބަސްވެވިފައިވާ އަގަކީ 205.56،986،39ރ. (ތިރީސ ނުވް މިލިޔަން ނުވަލައްކަ އަށްޑިހަ ހަ ހާސް ދުއިސައްތަ ފަސް ރުފިޔާ ފަންސާސް ހަލާރި) އެވެ. އެއްބަސްވުމުގެ ދަށުން މަސައްކަތކުރެވެމުން ދަނިކޮށް، އެޓަގު ބޯޓުގެ ކްލެސިފިކޭޝަން ބޮޑީއަށް، ދެފަރާތުގެ މަޝްވަރާއެކު، ބަދަލުތކަ އެ ގެނެވިފައިވެއެވެ. މިވޭރިއޭޝަން މަސައްކަތުގެ އަގު ހޯދުމަށް އެދި 13 ޖުލައި 2011 ގައި، ސެންޓަރ އެންޓަރޕްރައިސަސް އިން އެމް. ޕީ. އެލް އަށް އިންވޮއިސް (މީގެ ފަހުން ވޭރިއޭޝަން އިންވޮއިސް) Purchase Contract For Brand New 01 ( One) Unit 17 Tons Bollard Pull Tug Boat, 2008 Special Conditions of the Contract Clause 2.1 CEN/MPA-05/2011 ފޮނުވާފައިވެއެވެ. މިފައިސާ، އިންވޮއިސްގައިވާ މުއްދަތުގައި، ލިބިފައިނުވާތީ ސެންޓަރ އެންޓަރ ޕްރައިސަސް އިން ސިވިލް ކޯޓު ގައި ދަޢުވާކޮށްފައިވެއެވެ. ސިވިލް ކޯޓުގެ ނިންމުން:

3ސިވިލް ކޯޓުގެ ނަންބަރު 4C/201-Cv/1956 ޤަޟިއްޔާ ނިންމާފައިވަނީ، "ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކަށާއި، މި މައްސަލައިގައި ހުށަހެޅިފައިވާ އެހެނިހެން ލިޔުންތަކުގެ މައްޗަށް ޝަރީޢަތުން ރިޢާޔަތްކޮށް ބެލިއިރުގައި، 17 ޓަނުގެ ބޮލާރޑް ޕުލ ޓަގް ބޯޓު ގަތުމަށް ސެންޓަރ އެންޓްރޕްރައިސަސ ޕްރައިވެޓް ލިމިޓެޑާއި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑާއި ދެމެދު ވެފައިވާ އެއްބަސްވުމަށް ހަތަރުވަނަ އިޞްލާހެއް ގެނެވިފައިވާކަމާއި، މި އިޞްލާޙަކީ މި މައްސަލައިގައި ޙަވާލާދެވިފައިވާ އިންވޮއިސް ތައްޔާރުކުރުމުގެ ފަހުން އެ އެއްބަސްވުމަށް ގެނެވިފައިވާ އިޞްލާޙެއްކަމުގައިވާތީ، އެ އިޞްލާޙަކީ މި އިންވޮއިސްއާ ގުޅިގެން ދެފަރާތުގެ ދެމެދުގައި އުފެދިފައިވާ ދެބަސްވުމަށް ރިޢާޔަތްކުރެވިގެން ގެނެވިފައިވާ އިޞްލާޙެއްކަމަށ ޝަރީޢަތަށް ބުރަވެވެން އޮތަތީ، މިއެއްބަސްވުމަށް ގެނެވިފައިވާ އެ އިޞްލާޙުގައި ކަނޑައެޅިފައިވާ އަގުގެ އިތުރުން އިތުރު ފައިސާއެއް މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ދައްކަންޖެހޭނެކަމަށް ޝަރީއަތަށް ބުރަވެވެން ނެތްކަމާއި، މި މައްސަލައިގައި ފައިސާ ހޯދުމަށް ޙަވާލާދީފައިވާ އިންވޮއިސްއަކީ އެއްބަސްވުމާ ޙަވާލާދެވިގެން ތައްޔާރުކުރެވިފައިވާ އިންވޮއިސްއެއް ކަމުގައިނުވާތީ، އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެ ގޮތުގައި ހުރުމާއެކު މި އިންވޮއިސް ފައިސާ ދިނުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް އަންގާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި، ޙުކުމްކޮށްފީމެވ". މިފަދައިންނެވެ. ސިވިލް ކޯޓުގެ ނަންބަރު C/2014-Cv/1956 ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ ނުކތާތު އ

4ސިވިލް ކޯޓުގެ ނަންބަރު 4C/201-Cv/1956 ޤަޟިއްޔާގައި ޙުކުމްކުރުމާއި ގުޅިގެން ސެންޓަރ އެންޓަރ ޕްރައިސަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެމައްސަލަ ދިވެހިރާއްޖޭގެ ހއިކޯޓުގައ އިސްތިއުނާފި ކުރަ މުނަ އަންނަނިވި ނުކުތާތައް ފާހަގަކޮށް، އެ ނުކުތާ ތަކާ މެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައި ވެއެވެ. މިގޮތުން ހުށަހެޅި ނުކުތާތަކަކީ؛

1.4. ސެންޓަރ އެންޓަރ ޕްރައިސަސް ޕްރައިވެޓް ލިމިޓެޑާއި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑާ ދެމެދު އުފެދިފައިވާ ދެބަސްވުންތަކާއިމެދ ގޮތެއު ކަނޑައެޅުމުގެ ބާރު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ނޭޝަނަލް ޓެންޑަރ އިވޭލުއޭޝަނ ބޯޑަށް ލިބިގެންވާކަން މި މައްސަލާއިގައި ހުށަހެޅިފައިވާ ލިޔުންތަކުން ޝަރީއަތަށް ސާބިތުނުވާތީ، މިފަދަ ދެބަސްވުންތަކާއިމެދު އެ ބޯޑުން ނިންމާ ނިންމުންތަކަކީ މި އެއްބަސްވުމުގެ ބައިވެރިންނަށް އޭގެ މައްޗަށް ޢަމަލުކުރުން ލާޒިމު ނިންމުންތަކެއްކަމަށް ޝަރީއަތަށް ބުރަވެވެން ނެތްކަމަށް ކަނޑައަޅުއްވާފައިވަނީ ޤާނޫނު ނަންބަރު 0201/13 (ދިވެހިރާއްޖޭގ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާ ޚިލާ ފުވ ގޮތަށާ ނިންމާފައިވުން ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

2.4. ދެފަރާތުގެ ދެމެދުގައި ވެފައިވާ މި އެއްބަސްވުމަށް ގެނެވިފައިވާ ހަތަރު ވަނަ އިޞްލާހަކީ މި މައްސަލާގައި ޙަވާލާދެވިފައިވާ އިންވޮއިސް ތައްޔާރުކުރުމުގެ ފަހުން އެ އެއްބަސްވުމަށް ގެނެވިފައިވާ އިޞްލާޙެއް ކަމުގައިވާތީ، އެ އިޞްލާޙަކީ މި އިންވޮއިސްއާ ގުޅިގެން ދެފަރާތުގެ ދެމެދުގައި އުފެދިފައިވާ ދެބަސްވުމަށް ރިޢާޔަތްކުރެވިގެން ގެނެވިފައިވާ އިޞްލާޙެއްކަމަށ ޝަރީއަތަށް ބުރެވެވެން އޮތްކަމަށް ކަނޑައަޅުއްވާފައިވަނީ ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާ އާއި ޚިލާފުވާގޮތަށް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

3.4. މައްސަލައާ ގުޅިގެން ޝަރީޢަތަށް ޙާޟިރުކުރެވުނު ހެކިންގެ ހެކިބަހަށް ޝަރީޢަތުން ރިޢާޔަތްކުރައްވާފައި ނުވުމަކީ ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުން ގެ ޤާނޫނު) ގެ 5 ވަނަ މާއްދާ އާއި ޚިލާފުވާގޮތަށ ޝަރީޢަތުން ޢަމަލުކޮށްފައިވާކަން އަންގައިދޭ ކަމަކަށްވުން ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

5ސިވިލް ކޯޓުގެ ނަންބަރު 4C/201-Cv/1956 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، އެޤަޟިއްޔާ އިސްތިއުނާފކުރުމަށު ސެންޓަރ އެންޓަރ ޕްރައިސަސް ޕްރައިވެޓް ލިމިޓެޑގު ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔުންތަކަށް ބަލާއިރު، މިމައް ސަލައިގައި ހައިކޯޓުން ގޮތެއް ކަނޑައަޅަންޖެހޭ މައިގަނޑު ސުވާލުތަކާއި އެސުވާލުތަކާއ ގުޅިގެނި އަހުރެން ދެކޭ ގޮތް ތިރީގައި ފާހަގަކޮށްފައި މިވަނީއެވެ.

6HN1HN2HN34 ވަނަ އެމެންޑްމަންޓަށް ފަހު، އޭގެ ކުރިން ފޮނުވުނު އިންވޮއިސްއަށް ފއިސާދައްކަންޖެހޭތަ ؟

1.6. ސެންޓަރ އެންޓަރ ޕްރައިސަސް ޕްރައިވެޓް ލިމިޓެޑާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑާއި ދެމެދު ޓަގު ބޯޓު ގުޅާ އެއްބަސްވުން ވެވިފައިވަނީ 18 ނޮވެމްބަރު 2008 ގައި ކަމުގައިވީނަމަވެސް، އެއްބަސްވުމުގެ ދަށުން، އަދާކުރަންޖެހޭ އިލްތިޒާމްތައް އަދާކުރުމުގައި ލަސްތަކެއވެ، އެއްބަސްވުން ތަންފީޛުކުރުމުގައި ދަތިތަކެއް ހުރުމުން އެކި ފަހަރު މަތިން އެއްބަސްވުން ބާޠިލްކޮށް އަލުން ސޮއިކުރެވިފައިވެއެވެ. މިގޮތުން މއެއްބަސްވުމާއ ގުޅިގެނި ޖުމްލި 4 އެމެންޑުމެންޓެއްގައި އަންނަނިވި ތާވަލްގައިވާ ތާރީޚުތަކުގައި ސޮއިކުރެވިފައިވާކަ ން ދެފަރާތުގެ ދެމެދުގައި ސޮއކުރެވިފައިވި 4 ވަނަ އެމެންޑްމަންޓް އަށް ބެލުމުން އެނގެއެވެ. އެއްބަސްވުން/ އެމެންޑްމަންޓް ސޮއިކުރީ އެއްބަސްވުން 18 ނޮވެންބަރު 2008 އެމެންޑްމަންޓް 1 24 ނޮވެންބަރު 2009 އެމެންޑްމަންޓް 2 14 ފެބްރުއަރީ 2010 އެމެންޑްމަންޓް 3 25 ޖޫން 2011 އެމެންޑްމަންޓް 4 31 ޖުލައި 2012

2.6. ސެންޓަރ އެންޓަރ ޕްރައިސެސްގެ ފަރާތުން، މިމައްސަލައިގައި ހޯދުމަށް އެދިފައިވާ ފައިސާއާ ގުޅޭ ވޭރިއޭޝަން އިންވޮއިސް ފޮނުވާފައިވަނީ 13 ޖުލައި 2011 ގައި ކަން އެއިންވޮއިސްއަށް ބެލުމުން އެނގެއެވެ.

3.6. އިންވޮއިސްގައިވާ ވޭރިއޭޝަން ފައިސާއަކީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ ފަރާތުން ދައްކަންޖެހޭ ފައިސާއެއްނޫންކަމަށް ބުނެ އެމް.ޕީ.އެލް ފައިސާދެއްކުމަށް އިޢުތިރާޟްކުރުމުން މިމައްސަލަ ހައްލުކުރެވޭތޯ ދެފަރާތުގެ ދެމެދުގައި މަޝްވަރާކުރެވިފައިވެއެވެ. ދެފަރާތުގެ ދެމެދުގައި ބަދަލުކުރެވުނެ ސިޓީތަކަށް ބެލުމުންޓަގު ބޯޓުގެ މަސައްކަތްތައް ކޮށްފައިވަނީ މަސައްކަތް ކުރުމުގެ ކުރިން ހޯދަންޖެހޭ ޖީ.އެލް އެޕްރޫވަލ އާއް މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ އެޕްރޫވަލް ހޯދުމަށް ފަހުން ނޫންކަމަށް ބަޔާންކޮށްފައިވާކަމާއި، އަދި ޓަގުގެ ކުރެހުނތަކާއް ޖީ.އެލް އެޕްރޫވަލް ފޮނުވާފައިވަނީ “Fourth Ammendment To The Puchase Contract For Brand New 01 ( One) Unit 17 Tons Bollard Pull Tug Boat, Rectals (B) އިންވޮއިސް ނަންބަރު 05/2011 -CEN/MPA މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ ނަންބަރު PRC/MISC/2011/440-113 (04 އޮގސްޓަ 2011) ސިޓީ. ވޭރިއޭޝަން އިންވޮއިސް ފޮނުވުމަށްފަހުކަނ ވެސް އެނގެން އޮވެއެވެ. މިދެންނެވި އެންމެހައި ކަންތައްތަކަށް ރިޢާޔަތްކުރުމުން މިއިންވޮއިސްގައިވ ފައިސާއާ މެދާ ދެފަރާތުގެ ދެމެދުގައި ހުޞޫމަތެއް އޮވެ ހައްލުކުރެވޭތޯ މަސައްކތްކުރެވެމުނ ދިޔަކަން އެނގެއެވެ.

4.6. ވޭރިއޭޝަން އިންވޮއިސް ފޮނުވުނު ތާރީޚްކަމުގައިވާ 13 ޖުލައި 2011 އިގެ ފަހުން، ދެފަރާތުގެ ދެމެދުގައި އެއްބަސްވުމަށް އިޞްލާހުގެނެސްފައިވަނީ 31 ޖުލައި 2012 ގައެވެ. މިއީ އެއްބަސްވުމަށް ގެނެވެނު 4 ވަނަ އިޞްލާޙުއެވެ. 4 ވަނަ އެމެންޑްމަންޓްގައި ދެފަރާތުން ސޮއިކޮށް ކުންފުނީގެ ސީލްޖަހައި، އެމެންޑް މެންޓަކީ ކޮންޓްރެކްޓުގެ ބައެއްކަމަށާއި ދެފަރާތުންވެސް ޙަވާލާދެވުނު އެމެންޑމެންޓަށ ޢަމަލް ކުރުމަށް އެއްބަސްވެފައިވކަން އެނގެއެވެ.

5.6. 4 ވަނަ އެމެންޑްމަންޓްގެ 01 ވަނަ މާއްދާގައިވަނީ އަންނަނިވި ފަދައިންނެވެ. 1 Amendment to the contract: Special Conditions of Contract (BB) Clause 2.1 hereby amended to read as follows: MPL shall pay for the Goods to be delivered and the Services to be provided at the total contract price of MVR 39,986,205.56 (Maldivian Rufiya Thirty-Nine Million Nine Hundred and Eighty-Six Thousand Two Hundred and Five and Fifty-Six Laari) The contract price is fixed and in no event shall MPL’s payment obligation under this contract exceed the contract price stated in section (a) above for any reason whatsoever. Whereas both parties are desirous of amending the CONTRACT further, in order to meet the terms of the contract both parties has agreed to allow such amendment by way of this FOURTH AMENDMENT; Whereas, at the date of execution of this FOURTH AMENDMENT, MPL has paid a sum of MVR 11,000,000 towards the CONTRACT PRICE and CONTRACT PRICE payable towards performance of the reminder of works under the CONTRACT is 28,986205.56. ސެންޓަރ އެންޓަރޕްރައިސެސްގެ ނަންބަރު 135/2011-CEN/LET/MPL (10 އޮކްޓޯބރަ 2011)

6.6. ދެފަރާތުގެ މެދުގައި މަސައްކަތު އަގާއި މެދު ހުސޫމަތެއް އުފެދި މަޝްވަރާކުރެވެމުނ ދިއުމަށް ފަހު، ދެފަރާތުން އެއްބަސްވެ ސޮއިކުރި އިޞްލާހުގައި، ކޮންޓްރެކްޓުގެ ޖުމލްއަގަކީ -/.5652039,986, (ތިރީސ ނުވް މިލިއަން ނުވަސަތޭކަ އަށްޑިހަ ހަހާސް ދުއިސައްތަ ފަސްރުފިޔާ ފަންސާސް ހަލާރި) ކަމަށް ބަޔާންކޮށްފައިވާކަން އެނގެއެވެ. މިއަގަކީ ދެފަރާތުގެ ދެމެދުގައި ވެވުނު ފުރަތަމަ އެއްބަސްވުމުގައިވެސް މަސައްކަތުގެ އަގުގެ ގޮތުގައި ބަޔާންކުރެވިފައިވާ އަގެވެ. ފަހުގެ އިޞްލާހުގައި މި އަގަކީ ބަދަލުނުކުރެވޭނޭ އަގެއްކަމށާއަ، އަދި އެއްވެސް ސަބަބަކާހުރެ މިއަގަށް ވުރެ އިތުރަށް ފައިސާއެއް ނުނެގޭނެކަމަށއާ އަދި މިއެމެންޑްމަންޓުގައި ސޮއިކުރެވުނުއިރު އެމް، ޕީ. އެލް ގެ ފަރާތުން -/11,000,000 (އެގާރަ މިލިއަން ރުފިޔާ ) ދައްކާފައިވާކަމަށާއި ބާކީ ދައްކަންޖެހެނީ -/205.56,28,986 (އަށާވީސް މިލއަނި ނުވަލައްކަ އަށްޑިހަ ހަހާސް ދުއިސައްތަ ފަސް ރުފިޔާ ފަންސާސް ހަލާރި) ކަން ސަރީޚަކޮށް ބަޔާންކޮށްފައިވެއެވެ. ވޭރިއޭޝަން މަސައްކަތުގެ އަގުގެ ގޮތުގައި ލިބިގަތުމަށް އެދިފައިވާ -/7,400,058.00ރ. (ހަތް މިލިއަން ހަތަރު ލައްކަ ފަންސާސް އަށެއް) ނުހމެނޭގޮތަށި "މަސައްކަތުގެ ޖުމްލަ އަގު" ހިމަނައި އަދި "އެއްވެސް ސަބަބަކާ ހުރެ މިއަށް ވުރެ އިތުރު އަގެއް ނުނެގޭނެކަމަށް" އޮތް އިޞްލާޙުގައި ސޮއިކުރަންޖެހުނ އިތުރު އެހެން ސަބަބެއް އޮތް ކަން ސެންޓަރ އެންޓަރ ޕްރައިސަސް އިން ޝަރީޢަތަށް ސާބިތުކޮށްދެވިފައިނުވެއެވެ. އެހެންކަމުން، އެއްބަސްވުމުގެ ޖުމްލަ އަގެއްގެ ގޮތުގައި ދެފަރާތުން ސޮއިކޮށް އެއްބަސްވެފައިވާ އެންމެ ފަހުގެ އެއްބަސްވުމަކީ 4 ވަނަ އެމެންޑުމެންޓުކަމުން، އެ އެއްބަސްވުމުގައިވާ -/.5652039,986, (ތިރީސް ނުވަ މިލިއަން ނުވަސަތޭކަ އަށްސަޑިހަ ހަހާސް ދުއިސައްތަ ފަސްރުފިޔާ ފަންސާސް ހަލާރި) އަކީ ދެފަރާތުން އެހާތަނަށް އެއްބަސްވެފައިވާ އެންމެ ފަހުގެ އަގުކަނ ބަލަންޖެހޭކަމަށް ދެކެމެވެ.

7.6. އިންވޮއިސްގައިވާ ވޭރިއޭޝަން ފައިސާއަކީ އެއްބަސްވުމުގެ ދަށުން ކުރަންޖެހޭ މަސައްކަތުގެ އިތުރުން، މޯލްޑިވްސް ޕޯޓްސް ލިމިޓެޑްއިން އެދިގެން ކުރެވުނު އިތުރު މަސައްކަތެއްކަމަށްވުމުން އެއްބަސްވުމުގައި ހިމެނިފައިވާ އަގުގެ އިތުރުން ދޭންޖެހޭ ފައިސާއެއްކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނާ ބުނުމަށް ރިޢާޔަތްކުރާއިރު،

1.7.6. މިނުކުތާގައި ސެންޓަރ އެންޓަރ ޕްރައިސަސް އިން ފާހަގަކުރާ އެއްކަމަކީ، އެއްބަސްވުމަށް ގެނެވުނު 4 ވަނަ އިޞްލާޙުގެ ވާހަކަ އެއްވެސް ފަރާތަކުން ޝަރީޢަތަށް ހުށަހަޅާފައިނުވާކަމަށާއި 4 ވަނަ އިޞްލާޙަކީ އެއްބަސްވުމުގެ މުއްދަތުގެ އިތުރުކުރުމުގެ މަޤްސަދގައު އެކަނި ގެނެވުނު އިޞްލާހެއްކަމަށ ބުން ފާހަގަކުރާ ނުކުތާއެވެ. އެހެންނަމަވެސް، އެމް. ޕީ. އެލްއިން ދަށު ކޯޓު މަރޙު ލާގައި ދަޢުވާއަށް ޖަވާބުދާރީވަމުނަ 4 ވަނަ އިޞްލާޙު ޑޮކިއުމަންޓް 1 ގެ ގޮތުގައި ހުށަހަޅާފައިވެއެވެ. އަދި ދަށު ކޯޓު މަރޙު ލާގައަ އެމް.ޕީ.އެލް އިން މިދަޢުވާއަށް އިންކާރުކޮށްފައިވަނީވެސް މިމައްސަލައިގައި ހިމެނޭ ވޭރިއޭޝަން މަސައްކަތަކީ އެބަދަލާ މެދު ދެފަރާތުން ވާހަކަދައްކާ ޕްރޮޖެކްޓަށް ކަނޑައެޅި ޖުމްލަ ޢަދަދުގެ ތެރޭގައި ހިމެނޭގޮތުން ކަނޑައެޅިގެން ކުރެވިފައިވާ މަސައްކަތެއްގެ ގޮތުގައި ކ މަށް ބުނެއެވެ.

2.7.6. ވޭރިއޭޝަން އިންވޮއިސްގައި ހޯދުމަށް އެދިފައިވާ މަސައްކަތުގެ އަގަކީ 7,400,058.00ރ. (ހަތް މިލިއަން ހަތަރު ލައްކަ ފަންސާސް އަށެއް) ރުފިޔާއެވެ. ދައުލަތުގެ މާލިއްޔަތުގެ ޤާނޫނއާ ގަވާއިދުގެ ދަށުން ކުރިން ކުރެވިފައިވާ އެއްބަސްވުމަކާ ގުޅުމެއް ނެތި މއ ގުގަ މަސައްކަތެއް، އިޢުލާންކުރުމެއ ނެތް ބައަކާ ޙަވާލުކުރުމަށް ތަން ނުދޭކަމާއި އަދި މިފަދަ ޕްރޮޖެކްޓެއްގެ ދަށުން ކުރެވޭ ބޮޑެތި މަސައްކަތާއި ގުޅިގެން އަލުން ކުރަންޖެހޭ މަސައްކަތް ހަމަ އެފަރާތާ ހަވާލުކުރުމށަ ހުއްދަވާ ހާލަތްތަކުގައިވެސް މިގޮތަށް މަސައްކަތް ޙަވާލކުރެވޭއިރު އިތުރަށް ޙަވާލުކުރެވޭ މަސައްކަތުގެ އަގާއި މެދު ދެފަރާތުގެ މެދުގައި ކުރިއާލާ މަޝްވަރާކުރެވިފައި އޮންނަންޖެހެއެވެ. އެހެންނަމަވެސް، ވޭރިއޭޝަންސް މަސައްކަތަކީ ޕްރޮޖެކްޓްގެ އަގުގެ ތެރޭގައި ހިމެނިގެން ދައުލަތުގެ މާލިއްޔަތު ގަވާއިދު 20-R/2017 ތަކެތިގަތުމާއި ޚިދުމަތްދިނުން ބާބު 8.33 ކުރެވިފައިވާ މަސައްކަތެއް ކަމަށް އެމް ޕީ އެލް އިން ބުނެ އިތުރު އަގެއް ދިނުމަށް އިއުތިރާޟްކުރާއިރު، މަސައްކަތުގެ އަގށ ބަދަލް އަންނާނެކަމަށް، އެއްބަސްވެވިފައިވާކަން އެނގޭ އެއްވެސް ހެކި ޤަރީނާއެއް ހުށަހެޅިފައިނުވެއެވެ. އަދި މަސައްކަތުގެ އަގަށް ބަދަލެއް އަންނަކަމުގައި ވަނީނަމަ އެއަގަކީ ކޮބައިކަމ މެދާ ދެފަރާތުގެ މެދުގައި ކުރިއާލާ މަޝްވަރާކުރި ކަން އެނގޭ އިތުރު ހެއްކެއް ޝަރީޢަތެއް ހުށަހެޅިފައިނުވެއެވެ. އަދި މިވޭރިއޭޝަނ މަސައްކަތަށް އަގު ދެއްކުމާމެދު ދެފަރާތުގެ މެދުގައި ޚިލާފުވުންތަކަށ އޮތް އިރު، މިއިންވޮއިސްގ ފަހުގެ ތާރީޚުގައި ސޮއިކުރި އެއްބަސްވުމުގައި މަސައްކަތުގެ އަގަށް އެއްވެސް ސަބަބަކާ ހުރެ ބަދަލެއް ނުގެނެވޭކަމަށް ބަޔާންކޮށްފައިވުމުން އެއްބަސްވުމަށް ފަހުން ގެނެވުނު ބަދަލު ގެނެވިފައިވަނީ ދެފަރާތުގެ ދެމެދުގައި އޭރު ހުސޫމަތެއ އޮތް މިއިންވޮއިސްގއިވާ ފައިސާއަށް ރިޢާޔަތްކުރެވިގެން ކަމުގައި ބަލަން ޖެހަ ކަމުގައި ދެކެމެވެ.

8.6. ސިވިލް ކޯޓުގެ ނަންބަރު C/2014-Cv/1956 ޤަޟިއްޔާގައި ދެފަރާތުގެ ދެމެދުގައިވެފައިވާ އެއްބަސްވުމަށް ގެނެވިފައިވާ 4 ވަނަ އިސްލާޙަކީ މިމައްސަލައިގައި ހަވާލާދެވިފައިވާ އިންވޮއިސް ތައްޔާރުކުރުމުގެ ފަހުން އެއެއްބަސްވުމަށް ގެނެވިފައިވާ އިސްލާޙެއްކަމުގައިވާތީ، އެއިސްލާޙަކީ މިއިންވޮއިސްއ ގުޅިގެނާ ދެފަރާތުގެ ދެމެދުގައި އުފެދިފައިވާ ދެބަސްވުމަށް ރިޢާޔަތްކުރެވިގެން ގެނެވިފައިވާ އިސްލާޙެއްކަމަށ ޝަރީޢަތަށް ބުރަވެވެން އޮތްކަމަށް ކަނޑައަޅުއްވާފައިވަނ ރަނގަޅަށްކަމަށް ބަލަންޖެހޭކަމަށް ދެކެމެވެ.

7HN4HN5އެއްބަސްވުމުގެ ބައިވެރިންނަށް އެޖްޑިކޭޓަރގެ ނިންމުމަށް ޢަމަލުކުރުން ލާޒިމުތޯ؟ ސެންޓަރ އެންޓަރ ޕްރައިސަސް އިން މިމައްސަލައިގައި ސުވާލު އުފައްދާފައިވާ އިތުރު ކަމަކީ، ސެންޓަރ އެންޓަރ ޕްރައިސަސް އާއި އެމް. ޕީ. އެލްއާ ދެމެދު އުފެދިފައިވާ ދެބަސްވުންތަކާއިމެދ ގޮތެއު ކަނޑައެޅުމުގެ ބާރު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ނޭޝަނަލް ޓެންޑަރ އިވޭލުއޭޝަނ ބޯޑަށް ލިބިގެންވާކަން މި މައްސަލައިގައި ހުށަހެޅިފައިވާ ލިޔުންތަކުން ޝަރީއަތަށް ސާބިތުނުވާތީ، މިފަދަ ދެބަސްވުންތަކާއިމެދު އެ ބޯޑުން ނިންމާ ނިންމުންތަކަކީ މި އެއްބަސްވުމުގެ ބައިވެރިންނަށް އޭގެ މައްޗަށް ޢަމަލުކުރުން ލާޒިމު ނިންމުންތަކެއްކަމަށް ޝަރީއަތަށް ބުރަވެވެން ނެތްކަމަށް ކަނޑައެޅުއްވި ކަނޑައެޅުމާމެދުގައެވެ. މިނުކުތާއަށް ރިޢާޔަތްކުރުމުން އަންނަނިވ ކަނިތައްތައ ޝަރީޢަތަށް ފާހަގަކުރެވުނެވެ.

1.7. އެމް. ޕީ. އެލްގެ ބޭނުމަށް ޓަގު ބޯޓެއް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވނަ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ބީލަން ހުށަހެޅުމުގެ ދަޢުވަތުގެ ނަމުގައި ކުރެވިފައިވާ އިޢުލާނު ގެ ދަށުންނެވެ.

2.7. ބުނެވިދިޔަ އިޢުލާންކޮށްފައިވަނީ ވައުޗަރ ނިޒާމު އަދި ސަރުކާރުގެ މުދަލާއި ފައިސާ ބެލެހެއްޓުމާއި، ހޭދަކުރުމާއި، ހިސާބުތައް ލިޔެބެލެހެއްޓުމުގ ގަވާއިދުގެ ބާބު- 8 "ތަކެތި ގަތުމާއި ޚިދުމަތް ހޯދުން' މިބައިގެ 8.25 އަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ މާލިއްޔަތާއިބެހޭ ސަރކިއުލަރ ނަންބަރ 2/2008 އިން ގެނުވުނު އިސްލާޙުގެ ދަށުންކަމަށް ބެލެވެއެވެ. އެ މާއްދާގައިވާ ކަންތައްތަކަށަ ބެލުމުން އެނގެނީ؛

(ހ) މަސައްކަތުގެ އަގު -/1,500,000ރ. (ފަނަރަ ލައްކަ) ރުފިޔާއިން ފެށިގެން މަތީގެ މަސައްކަތެއް ހަވާލުކުރާނެ ފަރާތެއް ހޯދާނީ އެމަސައްކަތަކާއ ބެހި ކުރެހުންތަކާއި ތަފްސީލުތައް، ޓެންޑަރ އިވެލުއޭޝަން ބޯޑަށް ހުށަހަޅައިގެނކަން؛

(ށ) ސަރުކާރުގެ ތަންތަނަށް ހޯދަންޖެހޭ ތަކތެ -/1,500,000ރ. (ފަނަރަ ލައްކަ) ރުފިޔާއަށްވުރެ ބޮޑުވާނަމަ، އެތަކެތި ގަތުމަށް ހަވާލުކުރާނެ ފަރާތެއް ކަނޑައަޅާނީ ޓެންޑަރ އިވެލުއޭޝަން ބޯޑުންކން؛ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ނަންބަރު K/IUL/2008/99/13 އިޢުލާން ( ދަށު ކޯޓު ރިޕޯޓުގެ ދ.ކ ގެ 43 ވަނަ ޑޮކިއުމަންޓް)

(ނ) ޓެންޑަރ އިވެލުއޭޝަން ބޯޑަށް ހުށަހަޅާ މަސައްކަތްތައް ހަވާލުކުރާނެ ފަރާތެއް އެބޯޑުން ނިންމުމުން އެމަސައްކަތެއް އެފަރާތަކާއި ހަވާލުކުރާނީ އެމަސައްކަތެއް ކުރުވާ އޮފީހުންކން؛

(ރ) ޓެންޑަރ އިވެލުއޭޝަން ބޯޑަށް ހުށަހެޅޭ މަސައްކަތްތަކާއި ހޯދަންޖެހޭ ތަކެތި ގަތުމަށް ހަވާލުކުރާނެ ފަރާތެއް ހޯދާނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓެޜަރަރީން ދޫކުރާ ޓެންޑަރ ޑޮކިއުމެންޓައްތައް ފުރިހަމަކޮށް، ހުށަހަޅާ ފަރާތްތަކުގެ ހުށަހެޅުންތަކާއި، އެފަރާތްތަކުގެ މަސައްކަތުގެ ފެންވަރު ބެލުމަށްފަހު ޓެންޑަރ އިވެލުއޭޝަން ބޯޑުނކަން.

3.7. މިގޮތުން މިމައްސަލައިގައޮ ވެސި ޓަގް ބޯޓު ގަތުމަށް ދެފަރާތުގެ ދެމެދުގައި އެއްބަސްވމެއު ވެފައިވަނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ އިޢުލާނާއި ގުޅިގނެ ސެންޓަރ އެންޓަރޕްރައިސަސްގެ ބިޑް، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރޜެ ރީގަ ޓެންޑަރ އިވޭލިއޭޝަން ބޯޑުގެ އިރުޝާދުގެ ދަށުން، މޯލްޑިވްސް ޕޯޓްސް ލިމިޓެޑު ން ޤަބޫލުކޮށްފައިވާތީކަން އެނގެއެވެ.

4.7. ދެފަރާތުގެ ދެމެދުގައި ވެވުނު އެއްބަސްވުމުގެ ދަށުން މުޕްރޮޖެކްޓުގެ އެޑްޖުޑިކޭޓަރއެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ޓެންޑަރ އިވޭލުއޭޝަން ބޯޑުކަން އެމް. ޕީ. އެލްގެ ސިޓީ އިން އެނގެއެވެ. ނަންބަރު 2008/99K/IUL//13 ނަންބަރު 2008/56TEB/ ނަންބަރު F/MISC/2008/204-113 (27 ސެޕްޓެމްބަރު 2008)

5.7. އެމް . ޕީ. އެލް އިން މި އެއްބަސްވމު ގުޅިގެނާ ޢަމަލުކުރަމުންދަނީ ޓެންޑަރ އިވެލުއޭޝަން ބޯޑުގެ ލަފާގެމަތިންކަ ން ދެފަރާތުގެ ދެމެދުގައި ކުރެވިފައިވާ މުޢާމަލާތްތަކުން އެނގެއެވެ. މިގޮތުން މިވޭރިއޭޝަން މަސައްކަތގު އިންވޮއިސްއާ ގުޅޭގޮތުން އެމް. ޕީ. އެލްގެ ސިޓީ އިން ޓެންޑަރ އިވެލުއޭޝަން ބޯޑުގެ ލަފައަކަށް އެދިފައިވެއެވެ.

6.7. މިމައްސަލައިގައި ހިމެނޭ -/7,400,058.00 (ހަތްމިލިއަން ހަތަރުލައްކަ ފަންސާސް އަށެއ) ރުފިޔާގެ ވޭރިއޭޝަން މައްސަލައިގައި ނޭޝަނަލް ޓެންޑަރ އިވެލުއޭޝަން ބޯޑުގެ ލަފައަކަށް އެދުމުން، އެބޯޑުން ލަފާ ދީފައިވަނީ ޓަގް ބޯޓު ބަނުމުގައި މަސައްކަތަށް ބަދަލުތަކެއް ގެންނަވާފައިވާކަމާއި، އިތުރަށް ކުރެވިފައިވާ މަސައްކަތްތަކަށް ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން ހުށަހެޅި އަގު -/7,400,058.00 (ހަތްމިލިއަން ހަތަރުލައްކަ ފަންސާސް އަށެއް ) ރުފިޔާ މިޕްރޮޖެކްޓްގެ އަގަށް އިތުރުކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް ދިނުމަށް ފެންނަ ކަމަށެވެ.

7.7. މި މުޢާމަލާތުގައި ނޭޝަނަލް ޓެންޑަރ އިވެލުއޭޝަން ބޯޑު ގެ ދައުރަކީ ކޮބައިތޯ ބެލުމަށްޓަކައި އެއްބަސްވުމުގެ މާއްދާތަކަށް ބެލުން މުހިއްމެވެ. އެއްބަސްވުމުގައި 7 ވަނަ މާއްދާގައިވަނީ؛ RESOLUTION OF DISPUTES7 MPL and Center shall make every effort to resolve amicably by direct informal negotiation any disagreement or dispute arising between them under or in connection with contract.

7.1.1 Details or Conditions not sufficiently clear from the contract shall be decided as th per CENTER’S bid document Ref No: 56/TEB/2008 document dated 10 July 2008, and as per correspondences exchanged between MPL & CENTER after and in connection with the said Bid Documents.

7.2 If, after 30 (thirty) days from the commencement of such informal negotiations, MPL and CENTER have been unable to resolve the dispute amicably, either party may އެމް. ޕީ އެލްގެ ނަންބަރު DCEO/MISC/2011/645-113 (27 އޮކްޓޯބަރު 0112) މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ނަންބަރު K/PRIV/2011/198-13 (20 ނޮވެމްބަރ 2011) ސިޓީއަށް ބެލުމުން require that the dispute be referred for resolution for a court of Law of the Republic of Maldives.

………

7.4. The place for the informal negotiations as per clause 7.1.1 and litigation as clause 7.2 shall be the Republic of Maldives.

7.5 The Litigation award shall be final and binding on both parties.

8.7. މިމާއްދާތަކަށް ބެލުމުން، އެއްވެސް ކަމަކާމެދު ދެފަރާތުން ދެބަސްވުމެއް އުފެދިއްޖެނަމަ ނުވަތަ އެއްބަސްވުމުގައި އޮތް ކަމަކާ ގުޅޭގޮތުން ނުވަތަ އެއްބަސްވުމާއި ގުޅުންހުރި ކަމަކާމެދު މައްސަލައެއް އުފެދިއްޖެނަމަ އެކަމަށް ދެފަރާތުގެ ދެމެދުގައި ސީދާގޮތުން ވާހަކަ ދައްކައިގެން ޙައްލުކުރުމަށް ދެފަރާތުންމެ ފުރިހަމައަށް ބާރުއަޅަންވާނކަމޭށް ބުނެ ދެފަރާތުގެ ދެމެދުގައި ބަދަލުކުރވުނެ ބިޑް ޑޮކިއުމަންޓާއި އެއްގޮތްވާގޮތުގެ މަތިން "އިންފޯރމަލް ނިގޯޝިއޭޝަންސް" އަކަށް މަސައްކަތްކުރުމަށއާ އަދި އެފަދައިން 30 ދުވަސް ފާއިތުވެ ދެފަރާތް ދެމެދުގައި މައްސަލަ ޙައްލު ނުކުރެވިއްޖެނަމަ، އެކަމެއް ޙައްލުކުރުމަށްޓަކައި ދެފަރާތުންކުރެ ކޮންމެ ފަރާތަކަށް ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓަކަށް ހުށަހެޅިދާނެކަމާއި އދ ކޯޓުގި ޙުކުމަކީ ދެފަރާތުން އެއަށް ޢަމަލުކުރަންޖެހޭ އެންމަ ފަހުގެ ނިންމުން ކމަށަ ސާފުކޮށް ބަޔާންކޮށްފައިވެއެވެ.

9.7. މިއެއްބަސްވުމާ ގުޅގެނި ޓެންޑަރ ބޯޑުގެ ދައުރެއް އަންނަނީ އެއްބަސްވުމުގެ 7.11 ގެ ވަނަ މާއްދާގެ ދަށުން އެއްބަސްވުމާއި ގުޅިގެން ސާފުނުވާ ކަންތައްތަކާމެދ ގޮތެއު ކަނޑައެޅުމަށް ބިޑް ޑޮކިއުމެންޓަށް ރިޢާޔަތް ކުރަންވާނެ ކަމަށް ބަޔާންކޮށްފައިވާތީއެވެ. މގޮތުނި، ސެންޓަރ އެންޓަރ ޕްރައިސަސް އާއް އެމް.ޕީ. އެލް އާއި ޓެންޑަރ އިވެލުއޭޝަން ބޯޑާއި ދެމެދު ބަދަލު ކުރެވުނު އިސްވެ ޙަވާލދެވުނާ ސިޓގީ އިބާރާތްތަކަށް ބަލާއިރު، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ޓެންޑަރ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ނަންބަރު K/PRIV/2011/198-13 (20 ނޮވެމްބަރ 2011) ސިޓީ އިވެލުއޭޝަން ބޯޑުގެ މަސްއޫލިއްޔަތަކީ އެއްބަސްވުމާއި ގުޅިގެން ލަފާދިނުންކަން ފާހަގަކުރެވެއެވެ. އަދި ދެފަރާތު ދެމެދު ވެފައިވާ އެއްބަސްވުމަށް ބަލާއިރުވެސް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ޓެންޑަރ އިވެލުއޭޝަން ބޯޑަކީ އެއްބަސްވުމުގައި ބައިވެރިއެއް ނޫނެވެ.

10.7. މިނިސްޓްރީ އޮފް ފިނޭންސް އެން ޑް ޓްރެޜަރީގެ ޓެންޑަރ އިވެލުއޭޝަން ބޯޑުން ދޭ ލަފާއަކީ އެއްބަސްވުމުގެ ބައިވެރިންނަށް އޭގެ މައްޗަށް ޢަމަލުކުރުން ލާޒިމު ނިންމުންތަކެއކް ން އެއްބަސްވުމުނަ އެނގެން ނެތެވެ. އޭގބަދަލުގައެ، ދެފަރާތުން އެމައްޗަށް ޢަމަލުކުރުން ލާޒިމުވާ ނިންމުންތަކަކީ، އެއްބަސްވުމުގެ 7.1 ވަނަ މއްދާގާ ދަށުން ދެފަރާތުން ވާހަކަ ދައްކައިގެން 30 ދުވަހުގެ ތެރޭގައި ހައްލު ނުވާ ކަންތައްތަކުގައި ޝަރުޢީ ކޯޓަށް މައްސަލަ ހުށަހަޅާ އެފަދަ މައްސަލަތަކުގއަ ކޓުގޯ ނިހާއީ ނިންމންކަނު އެއްބަސްވުމުގެ 7.5 ވަނަ މާއްދާއިން އެނގެއެވެ.

11.7. ބަހުޘުގެ ބޭނުމަށްޓަކައި، މިއެއްބަސްވުމުގެ ދަށުން ޓެންޑަރ އިވެލުއޭޝަން ބޯޑގު ނިންމުމަކީ އެމައްޗަށް އެއްބަސްވުމުގެ ބައިވެރިން ޢަމަލުކުރުން ލާޒިމު ނިންމުމެއްކަމުގައިބެލި ނަމަވެސް، ޓެންޑަރ އިވެލުއޭޝަން ބޯޑުގެ ލަފައަށް ފަހު، ދެފަރާތުގެ ދެމެދުގައި އެއްބަސްވުމުގެ އަގާއި ގުޅިގެން އިތުރު އެއްބަސްވުމެއްގައި ސޮއިކުރެވިފައިވުމުން، މިލަފާގައ ހިމެނި އަގަކީ ދެފަރާތުން ލިޔުމުން އެހެންގޮތަކަށް ބަދަލު ގެނެސްފައިވާ އަގެއް ކަމުގައި ބަލަންޖެހޭ ކަމުގައި ދެކެމެވެ.

12.7. އެހެންކަމުން، ސިވިލް ކޯޓުގެ ނަންބަރު C/2014-Cv/1956 ޤަޟިއްޔާގައި ޓެންޑަރ އިވެލުއޭޝަން ބޯޑުން ނިންމާ ނިންމުންތަކަކީ މިއެއްބަސްވުމުގެ ބައިވެރިންނަށް އޭގެ މައްޗަށް ޢަމަލުކުރުން ލާޒިމު ނިންމުންތަކެއްކަމަށް ޝަރީޢަތަށް ބުރަވެވެން ނެތްކަމަށް ކަނޑައަޅުއްވާފައިވަނީ ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާއާއި ޚިލާފަށްކަމަށް ބަލާނެ ތަނެއް ނެތްކަމުގައި ދެކެމެވެ.

8HN6ހެކިބަހަށް ރިޢާޔަތްނުކުރުން މައްސަލައާއި ގުޅިގެން ޝަރީޢަތަށް ހާޟިރުކުރެވުނު ހެކިންގެ ހެކިބަހަށް ޝަރީޢަތުން ރިޢާޔަތްކުރައްވާފައި ނުވުމަކީ ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާއާއި ޚިލާފުވާ ގޮތަށް ޝަރީޢަތުން ޢަމަލުކޮށްފައިވާކަން އަންގައިދޭ ކަމެއްކަމަށްބުނެ ސެންޓަރ އެންޓަރ ޕްރައިސަސގް ފަރާތުން ހުށަހެޅި ނުކުތާއަށް ރިޢާޔަތްކުރާއިރު،

1.8. މިމައްސަލައިގައި ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހެކިންގެ ގޮތުގައި ހުށަހަޅާފައިވާ […] / ޢަލީ ޢާރިފް އާއު […] / ސާމީ އަޤީލް މިދެމީހުންގެ ހެކިބަހަށް ޖުމްލަގޮތެއްގައި ބަލާއިރުގައި މިޕްރޮޖެކްޓުގައި ޓެންޑަރ އިވެލުއޭޝަން ބޯޑުގެ ދައުރަކީ ސަރުކާރުގެ ޕްރޮޖެކްޓްސްތައް -/1,500,000 (ފަނަރަ ލައްކަ) ރުފިޔާއަށް ވުރެ މަތިވެއްޖެނަމަ އެޕްރޮޖެކްޓެއް ސަރުކާރުގެ ފަރާތުން ޓެންޑަރ ކުރާނީ ޓެންޑަރ އިވެލުއޭޝަން ބޯޑުކަމަށާއި، އެހެންކަމުން ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރުގެ ހުރިހާ ޕްރޮކިއުމަންޓް މަސައްކަތްތަކެއް ކުރާނީ ޓެންޑަރ ބޯޑުންކަމަށާއި، އޭގެ އިތުރުން ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ސްޓޭޖްގައި މައްސަލައެއް ދިމާވެއްޖެނަމަ އެމައްސަލައެއް އޑެ ޖުޑްކޭޓަރއެއްގެ ހައިސިއްޔަތުން ހައްލު ކޮށްދޭ ފަރާތަކީވެސް ޓެންޑަރ އިވެލުއޭޝަން ބޯޑުކަމަށާއި، މިމައްސަލައިގައި ސެންޓަރ އެންޓަރ ޕްރައިސަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހޯދުމަށް އެދިފައިވާ ވޭރިއޭޝަން ފައިސާއާއި ގުޅިގެން މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ ފަރާތުން ޓެންޑަރ ބޯޑުގެ ލަފައަކަށް އެދުނުކަމަށާއި، އަދި ޓެންޑަރ ބޯޑުން އެފައިސާ ދިނުމަށް ލަފާދީފައިވާކަމަށ ބުނެފައިވާކަން އެނގެން އޮވެއެވެ.

2.8. މިގޮތުން ބަލާއިރު، ހެކިވެރިންގެ ބަހުން އެނގެނީ އެޑްޖުޑިކޭޓަރގެ ހައިޘިއްޔަތުން ހެކިވެރިން އަދާކޮށްފައިވާ ދައުރުކަމާއި އަދި އެފަރާތުން އެމް ޕީ އެލް އަށް ލަފާ ދިނުމުގައި އަމަލުކޮށްފައިވާ ގޮތް ތަފްސީލުކޮށްފައިވާއިރު، އެއްބަސްވުމުގެ ބައިވެރިންގެ މެދުގައި މިވޭރިއޭޝަން ފައިސާއާ މެދު ކުރިއާލާ މަޝްވަރާކުރެވި ތަފާތު މަސައްކަތެއްގައ ގޮތުގައި އަގު ކަނޑައެޅިގެން ދިޔަކަން ހެކި ވެރިންގެ ބަހުން އެނގެން ނެތުމާއި، ހެކިވެރިންގެ ލަފައަށް ފަހު އެއްބަސްވުމަށް ގެނެވުނު އިޞްލާޙުގައި މިއަގު ހިމެނިފައިނުވާ ސަބަބު ހެކިންގެ ބަހުން އެނގެން ނެތުމުން އެފަރާތްތަކުން ދީފައިވާ ހެކިބަހަކީ މި މައްސަލައިގައި އުފެދިފައިވާ ހުސޫމަތު ސާބިތުކުރުމަށް ބުރަދަނެއް ދެވެން އޮތް ހެކިބަހެއް ނޫންކމަ ގައު ދެކެމެވެ.

9ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތުގެ މަތިން ހރުމުނު ސިވިލް ކޯޓުގް ނަންބަރު C/2014-Cv/1956 ޤަޟިއްޔާގެ އިސްތިއުނާފުކުރުމަށް އެދި ސެންޓަރ އެންޓަރ ޕްރައިސަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް، އެ ޤަޟިއްޔާގައި ނިންމަވާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށް މި ޤަޟިއޔް ބެލި ފަނޑިޔާރުންނަށް އިއްތިފާޤުވެވުނެވެ.

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާ
  • ވައުޗަރ ނިޒާމު އަދި ސަރުކާރުގެ މުދަލާއި ފައިސާ ބެލެހެއްޓުމާއި، ހޭދަކުރުމާއި، ހިސާބުތައް ލިޔެ ބެލެހެއްޓުމުގެ ގަވާއިދުގެ ބާބު 8 ގެ 8.25 (މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ މާލިއްޔަތާބެހޭ ސަރކިއުލަރ ނަންބަރު 2/2008 އިން ގެނެވުނު އިޞްލާޙާއެކު)
  • ދައުލަތުގެ މާލިއްޔަތު ގަވާއިދު R-20/2017 ގެ ތަކެތިގަތުމާއި ޚިދުމަތް ހޯދުމުގެ ބާބުގެ 8.33
  • Purchase Contract For Brand New 01 (One) Unit 17 Tons Bollard Pull Tug Boat, 2008 ގެ 7 ވަނަ މާއްދާ (7.1، 7.1.1، 7.2، 7.4، 7.5) އަދި Special Conditions of Contract Clause 2.1
  • Fourth Amendment to the Purchase Contract ގެ 1 ވަނަ މާއްދާ

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ