—
ޚުލާޞާ
- ކޯޓަށް އައި ގޮތް
- މުޢާމަލާތްކުރުމުގެ ކުށުން ކުށްވެރިކޮށް، ދެވަނަ ފަހަރަށް ސާބިތުވާ ކުށަކަށްވާތީ 15 އަހަރުގެ ޖަލާއި 25,000 ރުފިޔާގެ ޖޫރިމަނާ ކްރިމިނަލް ކޯޓުން ކަނޑައެޅިއެވެ.
- ވާޤިޢާ
- ލޯންޗެއްގައި ތުހުމަތުކުރެވޭ ފަރާތުގެ ކައިރިން ފެނުނު ޕެކެޓެއްގައި 0.0195 ގްރާމް ޑައިމޯފިން ހުރުމުން ޑައިމޯފިނުން މުޢާމަލާތްކުރުމުގެ ދަޢުވާ އުފުލިއެވެ. ތުހުމަތުކުރެވޭ ފަރާތް ޝަރީޢަތުގައި އިޢުތިރާފުވީ އެއީ 100 ރުފިޔާއަށް ބޭނުންކުރަން ގަތް އެއްޗެއްކަމަށާއި ހެރޮއިން ބޭނުންކުރާ މީހެއްކަމަށެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ބޭނުންކުރަން ގެންގުޅުނުކަމަށް އިޢުތިރާފުވި، 2 ގްރާމަށްވުރެ މަދު ޑައިމޯފިން ފެނުނު ފަރާތެއް ޑައިމޯފިނުން މުޢާމަލާތުކުރުމުގެ ކުށުން ކުށްވެރިކުރުން ޞައްޙަތޯއާއި، ޕްރޮސިކިއުޓަރ ޖެނެރަލް ދަޢުވާ އަނބުރާ ގެނެސް ބަދަލުކުރަންޖެހޭތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ ބޭނުންކުރާ މީހެއްކަމަށް އިޢުތިރާފުވި ނަމަވެސް ދަޢުވާ ބަދަލުކުރުމަށް މައްސަލަ އަނބުރާ ގެނެވިފައި ނުވާތީ މުޢާމަލާތުގެ ކުށުން ޙުކުމްކުރުން ޞައްޙަ ނޫންކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- 137(ހ) ގެ ދަށުން 2 ގްރާމަށްވުރެ މަދު ޑައިމޯފިން ބޭނުންކުރުމަށް ގެންގުޅުނުކަމަށް ބެލެވޭއިރު، ބޭނުންކުރާ މީހެއްކަމަށް އިޢުތިރާފުވެފައިވާތީ ދަޢުވާ ބަދަލުކޮށް ޑްރަގް ކޯޓަށް ހުށަހަޅަންޖެހޭ އިސްތިޤުރާރުވެފައިވާ އުޞޫލާ ޚިލާފަށް ޙުކުމްކޮށްފައިވާތީ ޙުކުމް ބާޠިލުކުރިއެވެ.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުދަށުކޯޓުގެ ޙުކުމް ބާޠިލު؛ އިޚްތިޞާޞް ލިބިގެންވާ ކޯޓަކަށް އަލުން ދަޢުވާކުރެވިދާނެ
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހެއްގެ އަތުގައި، 2 (ދޭއް) ގްރާމް ނުވަތަ އެއަށްވުރެ މަދު ޢަދަދެއްގެ ޑައިމޯފިން ހުރެއްޖެނަމަ، އެ އެއްޗެއް އެހުރީ، އެ އެއްޗެއް ބޭނުންކުރުމަށް ކަމުގައި ބެލެވޭނެއެވެ (ޤާނޫނު ނަންބަރު 17/2011 ގެ 137 ވަނަ މާއްދާގެ (ހ)). (ޕެރ. 3.2)
ތުހުމަތުކުރެވޭ ފަރާތް މަސްތުވާތަކެތި ބޭނުންކުރާ މީހެއްކަމަށާއި ފެނިފައިވާ މަސްތުވާތަކެއްޗަކީ ބޭނުންކުރަން ގަނެގެން ގެންގުޅުނު އެއްޗެއްކަމަށް ޝަރީޢަތުގެ މަޖިލީހުގައި އިޢުތިރާފުވެ، ފެނިފައިވާ ޑައިމޯފިންގެ މިންވަރު 2 ގްރާމަށްވުރެ މަދުނަމަ، ފެނިފައިވާ މަސްތުވާތަކެއްޗަކީ އެމީހަކު ބޭނުންކުރުމަށް ގެންގުޅުނު ތަކެތި ކަމަށް ބެލެވެން އޮންނާނެއެވެ. (ޕެރ. 3.2)
މަސްތުވާއެއްޗެއް މުޢާމަލާތުކުރުމުގެ ކުށުގެ ދަޢުވާ އުފުލޭ ޙާލަތުގައި، ދަޢުވާލިބޭ ފަރާތުން ފެނިފައިވާ މަސްތުވާތަކެއްޗަށް ޒިންމާ ނަގައި، މަސްތުވާތަކެތި ބޭނުންކުރާ މީހެއްކަމަށް އިޢުތިރާފުވެއްޖެނަމަ، އަދި އެމީހަކީ ޤާނޫނުގެ 36 ވަނަ މާއްދާގައި ބަޔާންކުރާ ކުށެއްގެ ދަޢުވާ އުފުލިފައިނުވާ މީހެއްނަމަ، 136 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް، އެ ދަޢުވާ އަނބުރާ ގެނެސް ބަދަލުކޮށް، މަސްތުވާތަކެތި ބޭނުންކުރުމުގެ ކުށުގެ ދަޢުވާ ޑްރަގް ކޯޓަށް ހުށަހަޅަންޖެހޭ ޢާންމު އުޞޫލާ ޚިލާފަށް، އެފަދަ މީހަކު މުޢާމަލާތުކުރުމުގެ ކުށުން ކުށްވެރިކޮށް ޙުކުމްކުރުމަކީ މި ބާވަތުގެ މައްސަލަތަކުގައި ޢާންމުކޮށް ޢަމަލުކުރުމަށް ކަނޑައެޅި އިސްތިޤުރާރުވެފައިވާ އުޞޫލުތަކާ ޚިލާފު ކަމެކެވެ. (ޕެރ. 3.3)
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 105 ވަނަ މާއްދާގެ (ހ) އަދި (ނ) (ތަނެއްގައި 107 ވަނަ މާއްދާ)
- ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 137 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 136 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 36 ވަނަ މާއްދާ
ފަނޑިޔާރުން
- ބެންޗު
- ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ޢަބްދުލްޣަނީ މުޙައްމަދު، ޢަލީ ސަމީރު
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
h ދިވެހިރާއްޖޭގެ ހައިކޯޓް ދިވެހިރާއްޖެ ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ ޤަޟިއްޔާ ނަންބަރ: 2016/HC-A/39 އިސްތިއުނާފުކުރި ފަރާތް: * ނަން: ޕްރޮސިކިއުޓަރ ޖެނެރަލް އޮފީސް * ދާއިމީ އެޑްރެސް : […] * އައިޑީ ކާޑު ނަންބަރ: - * މިހާރުގެ އެޑްރެސް: […] * ނަން: ޢަބްދުލްފައްތާޙު ޙުސައިން * ދާއިމީ އެޑްރެސް : […] * އައިޑީ ކާޑުނަންބަރު: * މިހާރުގެ އެޑްރެސް:[…] * ނިމުނު ތާރީޚް : 22 މުޙައްރަމް 9143 27 ޖެނުއަރީ 2016 12 އޮކްޓޯބަރު 2017 އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 1504/Cr-C/2013 ނިންމެވިކޯޓް : ކްރިމިނަލް ކޯޓު މައްސަލައިގެ ބާވަތް: ޑައިމޯފިނުން މުޢާމަލާތްކުރުން ހުށަހެޅި ތާރީޚް: 11 ޑިސެމްބަރ 2013 * ނިމުނު ތާރީޚް : 17 އޯގަސްޓް 2014 މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ ފަނޑިޔާރު ޢަބދުލްޣަން މުޙައްމަދު ފަނޑިޔާރު ޢަލީ ސަމީރު )ރިޔާސަތު( ދަޢުވާގެ ޚުލާޞާ: މިއީ ކްރިމިނަލް ކޯޓުގެ ނަންބަރު : 1504/Cr-C/2013 ޤަޟިއްޔާ އެކޯޓުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ،ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ.މި ޤަޟއްޔުގެ އިސްތިއުނާފ ރައްދުވާ ފަރާތަކީ ރ. ރަސްމާދޫ / ޒަމާނީކުލަ، ޢަބްދުލްފައްތާޙް ޙުސައިން )ދ.ރ.( އެވެ . ފާހަގަކުރެވުނު ނުކުތާތައް: 01- އިސްތިއުނާފު މިކުރެވޭ ކްރިމިނަލް ކޯޓުގެ ނަންބަރު : 1504/Cr-C/2013 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ، 19 މާރޗް 2013 ވަނަ ދުވަހުގެ 11:30 ހާއިރު، ފުލުހުން މާލެތެރެ ޕެޓްރޯލް ކުރަމުން ދަނިކޮށް، ބޮޑުތަކުރުފާނުމަގުގައި ހުރި ޕެޓްރޯލް ޝެޑް ކައިރީގައި އޮތް "ފައިން ސްޕީޑް " ކިޔާ ލޯންޗެއްގައި ޢަބްދލްފައްތާޙ ޙުސައިން ހުރިއިރު، ޢަބްދުލްފައްތާޙު ޙުސައިންގެ ޢަމަލުތައް ހުރުގޮތުން، ޢބްދުލްފައްތާޙ ޙުސައިން ހުރީ މަސްތުގެ ޙާލަތުގައިކަމަށް ތުހުމަތުކުރެވިގެން، ޢބްދުލްފައްތާޙ ޙުސައިންފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، ޢަބްދުލްފައްތާޙު ހުސައިން ހުރި ލޯންޗު ބަލައި ފާސްކުރިއިރު، ޢަބްދުލްފައްތާޙު ޙުސައިނގް ވާތުފައި ކައިރިން ލޯންޗުގެ ޑެގް މަތީގައި އޮތް ރަބަރު ޕެކެޓުގައި 0.0195 ގްރާމް ޑައިމޯފިން ހުރިކަމަށް އޭގެ ތަޙުލީލު ރިޕޯޓުން ދައްކާތީ، ޤާނޫނޫ ނަންބަރު 17/2011 )މަސްތުވާތަކެއްޗާއި ބެހޭ ޤާނޫނު ( ގެ 105 ވަނަ މާއްދާގެ )ހ( އާއި ޙަވާލާދީ، އެމާއްދާގެ )ނ( ގެ ދަށުން ޢަބްދުލްފައްތާޙު ޙުސައިންގެ މައްޗަށް ޑައިމޯފިނުން މުޢާމަލާތްކުރުމުގެ ކުށުގެ ދަޢުވާ އުފުލާފައިވާކަމާއި، އެމައްސަލަ ބައްލަވައި ކުރައްވާފައިވާ ޙުކުމުގައި، "ދައުލަތުން ރ. ރަސްމާދޫ / ޒަމާނީކުލަ ޢަބދުލްފައްތާޙް ހުސައިންގެ މައްޗަށް ކުޅަ ޑައިމޯފިނުން މުޢާމަލާތްކުރުމުގެ ކުށުގެ މިދަޢުވާ ޝަރީޢަތުން ބެލިބެލުމުން، ޢަބްދުލްފައްތާޙު ޙުސައިން، 19 މާރޗް 2013 ވަނަ ދުވަހުގެ 11:30 ހާއިރު، ފުލުހުން މާލެތެރެ ޕެޓްރޯލްކުރަމުން ދަނިކޮށް، ބޮޑުތަކުރުފާނުމަގުގައި ހުރި ޕެޓރޯލް ޝެޑް ކައިރީގައި އޮތް "ފައިން ސްޕީޑް " ކިޔާ ލޯންޗެއްގައި ޢަބްދުލްފައްތާޙް ޙުސައިން ހުރިއިރު، ޢަބްދުލްފައްތާޙު ޙުސައިން ގެ ޢަމަލުތައް ހުރި ގޮތުން، މީނާ ހުރީ މަސްތުގެ ޙާލުގައިކަމަށް ތުހުމަތުކުރެވިގެން، ޢަބްދުލްފައްތާޙް ޙުސައިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، ޢަބްދުލްފައްތާޙު ހުސައިން ހުރި ލޯންޗް ބަލައި ފާސްކުރިއިރު، ޢަބްދުލްފައްތާޙު ޙުސައިން ގެ ވާތުފައި ކައިރިން ލޯންޗުގެ ޑެގް މަތީގައި އޮތް ރަބަރު ޕެކެޓަކީ ޢަބްދުލްފައްތާޙު ޙުސައިންގެ އެއްޗެއްކަމަށް އޭނާޝރީޢަތުގަ މަޖިލީހުގައި އިޢުތިރާފުވެފައިވާތީއާއ، އެރަބަރު ޕެކެޓުގައި 0.0195 ގްރާމް ޑައިމޯފިން ހުރިކަމަށް އޭގެ ތަޙުލީލު ރިޕޯޓުން ދައްކާތީ، ޑައިމޯފިނުން މުޢާމަލާތުކުރުމުގެ ކުށުން ރ. ރަސްމާދޫ / ޒަމާނީކުލަ ޢަބްދުލްފައްތާޙުޙުސައިން ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި، މިއީ މީނާގެ މައްޗަށް މިބާވަތުގެ ކުށެއް ސާބިތުވާ 02 ވަނަ ފަހަރުކަމަށްވާތީ، މިކުށުގެ ޢުޤޫބާތެއްގެގޮތުން ޤާނޫނު ނަންބަރު 17/2011 )މަސްތުވާތަކެއްޗާއި ބެހޭ ޤާނޫނު( ގެ 105 ވަނަ މާއްދާގެ )ހ( އާއި ޙަވާލާދީ، އެމާއްދާގެ )ނ( ގެ ދަށުން ރ. ރަސްމާދޫ / ޒަމާނީކުލަ ޢަބްދުލްފައްތާޙު ޙުސައިން 15 )ފަނަރަ ( އަހަރަށް ޖަލަށްލުމަށާއި، 25,000/-ރ )ފަންސަވީސްހާސް ރުފިޔާ( އިން ޖޫރިމަނާކޮށް، މިފައިސާ މިއަދު )17 އޮގަސްޓް 2014( ދުވަހުން ފެށިގެން 01 )އެކެއް( މަސްދުވަހުގެ ތެރޭގައި މިކޯޓަށް )ކްރިމިނަލް ކޯޓަށް( ދެއްކުމަށް ރ.ރަސްމާދޫ / ޒަމާނީކުލަ ޢަބދުލްފައްތާޙް ހުސައިނަށް އަންގައި، މގޮތުގެމަތިނި ޙުކުމްކޮށް މިޤަޟިއްޔާ ނިންމީއެވެ ". މިފަދައިންކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ . 02- އިސްވެ ބަޔާންކުރެވުނު ގޮތުގެ މަތީން ކްރިމިނަލް ކޯޓުގެ ނަންބަރު : 1504/Cr-C/2013 ޤަޟިއްޔާ ގައްޙުކުމްކުރެއްވުމއާ ގުޅިގެނެޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހު ގ ފަރާތުން އެމައްސަލަ އިސްތިއުނާފުކުރަމުން، މައިގަނޑު އެއާނުކުތާ ފާހަގަކޮށް އެނުކުތއާ މެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ . * އެ ނުކުތާއަކީ: ރ. ރަސްމާދޫ / ޒަމާނީކުލަ، ޢްބދުލްފައްތާޙް ޙުސައިންގެ މައްޗަށް ދައުލަތުން ކުރި ޑައިމޯފިނުން މުޢާމަލާތްކުރުމުގެ ދަޢުވާއާ ގުޅިގެން، އެމައްސަލާގައި ފެނިފައިވާ މަސްތުވާތަކެއްޗަކީ ޢަބްދުލްފައްތާޙު ޙުސައިން ބޭނުންކުރަން ގެންގުޅުނު ތަކެތިކަމށާއި، ޢަބްދުލްފައްތާޙު ޙުސައިން އަކީ މަސްތުވުމަށް ހެރޮއިން ބޭނުންކުރާ މީހެއްކަމަށް ޝަރީޢަތުގެ މަޖިލީހުގައި އިޢުތިރާފްވެފައިވީނަމަވެސް، އެ އިޢުތިރާފްގެ މައްޗަށް ބަލައި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ޢަމަލު ކުރަމުންދާ އުޞޫލާ އެއްގޮތަށް މި މައްސަލައިގެ ދަޢުވާ ބަދަލުކޮށް އަލުން ކޯޓަށް ހުށަހެޅުމަށްޓަކައި މުއްސަލަ އަބުރާ ގެނެވިފައިނުވާތީ، މި މައްސަލާގައި ފެނުނު މަސްތވާތަކެއްޗަށް ޢަބްދުލްފައްތާޙު ޙު ސައިން ޒިންމާ ނެގީ ކަމަށް ބަލައި ޑައިމޯފިނުން މުޢާމަލާތްކުރުމުގެ ކުށުން މީނާ ކުށްވެރިވެއްޖެކަމަށް ޢަދަބު ކަނޑައަޅާފައިވާ ކަމަށް ބުނެ ހުށަހަޅާ ފައިވާ ނުކުތާއެކެވެ . 03- މިމައްސަލައާއިގުޅިގެން ކްރިމިނަލް ކޯޓުގ ނަންބަރު : 1504/Cr-C/2013 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓަށާއި، އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށްޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހގ ފަރާތުން ހުށަހަޅާފައިވާ ނުކުތާއާ ށާއި، އެނުކުތއާގުޅިގެން ދެފަރާތުން ދިވެހިރާއްޖެގެ ހައިކޯޓުގ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކައަށާއި، މައްސަލައާއި ގުޅުންހުރި އެންމެހައި ލިއުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ޝަރީޢަތަށް ފާހަގަކުރެވެއެވެ.
3.1- ފުރަތަމަ ކަމަކީ:ކްރިމިނަލް ކޯޓުގ ނަންބަރު : 1504/Cr-C/2013 ޤަޟިއްޔާ ގައި 19 މާރޗް 2013 ވަނަ ދުވަހުގެ 11:30 ހާއިރު، ފުލުހުން މާލެތެރެ ޕެޓްރޯލް ކުރަމުން ދަނިކޮށް، ބޮޑުތަކުރުފާނުމަގުގައި ހުރި ޕެޓްރޯލް ޝެޑް ކައިރީގައި އޮތް "ފައިން ސްޕީޑް " ކިޔާ ލޯންޗެއްގައި ޢަބްދުލްފައްތާޙު ޙުސައިން ހުރިއިރު، ޢަބްދުލްފައްތާޙު ޙުސައިން ގެ ޢަމަލުތައްހު ރގޮތުން، ޢަބްދުލްފައް ތާޙު ޙުސައިން ހުރީ މަސްތުގެ ޙާލަތުގައިކަމަށް ތުހުމަތުކުރެވިގެން، ޢަބްދުލްފައްތާޙު ޙުސައިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، ޢަބްދުލްފައްތާޙު ޙުސައިން ހުރި ލޯންޗް ބަލައި ފާސްކުރި އިރު، ޢަބްދުލްފައްތާޙު ޙުސައިންގެ ވާތުފައި ކައިރިން ލޯންޗުގެ ޑެގް މަތީގައި އޮތް ރަބަރު ޕެކެޓުގައި 0.0195 ގްރާމް ޑައިމޯފިން ހުރިކަމަށް އޭގެ ތަޙުލީލު ރިޕޯޓުން ދައްކާތީ، ޤާނޫނު ނަންބަރު 17/2011 )މަސްތުވާތަކެއްޗާއި ބެހޭ ޤާނޫނު ( ގެ 107 ވަނަ މާއްދާގެ )ހ( އާއި ޙަވާލާދީ، އެމާއްދާގެ )ނ( ގެ ދަށުން ޢަބްދުލްފައްތާޙު ޙުސައިން ގެ މައްޗަށް ޑައިމޯފިނުން މުޢާމަލާތްކުރުމުގެ ކުށުގެ ދަޢުވާކޮށްފައިވއިރު، ޢަބްދުލްފައްތާޙު ހުސައިނުގެ އަތުން ފެނިފައިވާ މަސްތުވާތަކެއްޗަކީ ޢަބްދްލފައްތާޙު ޙުސައިން ބޭނުންކުރުމަށް ގަނެގެން އުޅުނު ތަކެތި ކަމަށާއި، ޢަބްދުލްފައްތާޙް ޙުސައިން އަކީ މަސްތުވާ ތަކެތި ބޭނުންކުރާ މީހެއްކަމަށް އިޢުތިރާފްވެފައިވާކަން ޢަބްދުލްފައްތާޙު ޙުސައިން ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލިހަށް ދީފައިވާ ބަޔާނުން އެނގެން އޮންނަކަމެވެ .
3.2- ދެވަނަ ކަމަކީ : 15 ޖޫން 2014 ވަނަ ދުވަހު ކުރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ޢަބްދުލފައްތާޙު ޙުސައިން ދީފައިވާ ބަޔާނުގައި މި މައްސަލާގައި ފެނިފައިވާ މަސްތުވާތަކެއްޗަކީ އަބްދުލްފައްތާޙު ޙުސައިން ބޭނުންކުރަން 100/-ރ. )ސަތޭކަ ރުފިޔާ ( ދީފައި ގަނެގެން ގެންގުޅުނު އެއްޗެއްކަމށާއި، ޢަބްދުލްފައްތާޙު ޙުސައިން އކަ މަސްތުވާތަކެތި ބޭނުންކުރާ މީހެއްކަ މަށާއި، މަސްތުވުމަށް ބޭނުންކުރަނީ ހެރޮއިންކަމަށް ބުނެ ޝަރީޢަތުގެ މަޖިލީހުގައި އިޢުތިރާފްވެފައިވާކަމާއި، ޤާނޫނު ނަންބަރު 17/2011 )މަސްތުވާތަކެއްޗާބެހޭ ޤާނޫނު ( ގެ 137 ވަނަ މާއްދާ ގެ )ހ( އަށް ބަލާއިރު މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހެއްގެ އަތުގައި، 2 )ދއޭ ( ގްރާމް ނުވަތަ އެއަށްވުރެ މަދު ޢަދަދެއްގެ ޑައިމޯފިން ހުރެއްޖެނަމަ، އެ އެއްޗެއް އެހުރީ، އެ އެއްޗެއް ބޭނުންކުރުމަށް ކަމުގައި ބެލެވޭނެކަމަށް ބަޔާންކޮށްފައިވާކަމާއި، އިސްތިއުނާފްކުރެވިފައިމިވާ ކްރިމިނަލް ކޯޓުގ ނަންބަރު : 1504/Cr-C/2013 މައްސަލައިގައި ޢަބދުލްފައްތާޙް ޙުސައިން ގެ އަތުން ފެނިފައިވާ ރަބަރު ޕެކެޓުގައި 0.0195 ގްރާމް ޑައިމޯފިން ހުރިކަމަށް އޭގެ ތަޙުލީލު ރިޕޯޓުން އެނގެން އޮންނަކަމާއި، މި ހާލަތުގައި ޢަބްދުލްފައްތާޙް ޙުސައިންގެ އަތުން ފެނިފައިވާ މަސްތުވާތަކެއްޗަކީ ޢަބްދުލްފައްތާޙް ޙުސައިން ބޭނުންކުރުމަށް ގެންގުޅުނު ތަކެތި ކަމަށް ބެލެވެން އޮންނަކަމެވެ .
3.3- ތިންވަނަ ކަމަކީ : ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ޢަމަލުކުރަމުން ގެންދާ ޢާންމު އުޞޫލަށް ބަލާއިރު، މައްސަލައާއެކު ލިބިފައިވާ ހެއްކާއި ޤަރީނާގެ މައްޗަށް ބަލައި، އެމީހަކީ މަސްތުވާ ތަކެއްޗަށް ދެވިހިފާފައިނުވާ މީހަކު ކަމުގައި ބަލައި، އެމީހެއްގެ މައްޗަށް މަސްތުވާއެއްޗެއް މުޢާމަލާތުކުރުމުގެ ކުށުގެ ދަޢުވާ އުފުލޭ ޙާލަތުގައި، އެ މައްސަލައެއްގައެފެނިފައިވާ މަސްތުވާތަކެއްޗަށް ދަޢުވާލިބޭ ފަރާތުން ޒިންމާ ނަގައި، އެމީހަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެއްކަމަށް ޝަރީޢތުގަ މަޖިލީހުގައި އިޢުތިރާފްވެއްޖެނަމަ، އަދި އެމީހަކީ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 36 ވަނަ މާއްދާގައި ބަޔާންކުރާ ކުށެއްގެ ދަޢުވާ އުފުލިފައިނުވާ މީހަކާނަމަ، މަސްތުވތަކެއްޗާބެހޭ ޤާނޫނުގެ 136 ވަނަ މާއްދާގެ )ހ( އަށް ރިޢާޔަތްކޮށް، އެ ދަޢުވާއެއް އަނބުރާ ގެނެސް ދަޢުވާ ބަދަލުކުރުމަށްފަހު، އެމީހަކީ މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހަކު ކަމުގައި ބަލައި، މަސްތުވާތަކެތި ބޭނުން ކުރުމުގެ ކުށުގެ ދަޢުވާ ޑްރަގް ކޯޓަށް ހުށަހެޅުން ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާ ތުން ބުނެފައިވާ ކަމާއި، ޕްރޮސީކިއުޓަރި ޖެނެރަލްގެ އޮފީހުގެ ފަރާތުން މި މައްސަލަ އިސްތިއުނާފްކޮށްފައިވާ ސަބަބަކީ މި މައްސަލައި ގައި ޢަބްދުލްފައްތާޙް ޙުސައިންގެ ފަރާތުން ޢަބްދުލްފައްތާޙް ޙުސައިން އަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެއްކަމަށް އިޢުތިރާފްވެފައިވީނަމަވެސް،އިސްވެ ދެންނެވުނު އުޞޫލު އެއްގޮތަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުންޢަމަލު ކުރެވިފައިނުވާތީކަމަށ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ބުނެފައިވާކަމާއި، އިސްތިއުނާފްކުރެވިފައިމިވާ މައްސަލާގައި ޢަމަލު ކޮށްފައިވަނީ މި ބާވަތުގެ މައްސަލަތަކުގައި ޢާންމުކޮށް ޢަމަލުކރުމަށްކަނޑައެޅިއިސްތިޤުރާރު ވެފައިވާ ޢުޞޫލުތަކއި ޚިލާފަށްކަން ފާހަގަކުރެވެއެވެ . ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތަށް ހުރުމުން، ކްރިމިނަލް ކޯޓުގެ ނަންބަރު 1504/Cr-C/2013 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަކީ ދިވެހިރާއްޖޭގެ ހައިކޯޓުން ބަދަލުގެންނަންޖެހޭ ޙުކުމެއްކަމަށް، މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފެނޑިޔާރުންގެ މަޖިލީހަށް އިއްތިފާޤުވެވިފައިވެއެވ ޙުކުމް: ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން ބަޔާންކުރެވުނު ގޮތަށް ހުރުމާއެކު، ކްރިމިނަލް ކޯޓުގެ ނަންބަރު 1504/Cr-C/2013 ޤަޟިއްޔާގައި، ރ. ރަސްމާދޫ / ޒަމާނީކުލަ، ޢަބްދުލްފައްތާޙު ޙުސައިން )ދ.ރ.(،ޑައިމޯފިނުން މުޢާމަލާތުކުރުމުގެ ކުށުން ކުށްވެރިވާކަމަށް ކަނޑައަޅައި، އެކުށުގެ އުޤޫބާތެއްގެ ގޮތުން، ޢަބްދުލްފައްތާޙް ޙު ސައިން
15 )ފަނަރަ ( އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށާ އ، 25,000/-ރ) .ފަންސަވީސްހާސް ރުފިޔާ ( އިން ޖޫރިމަނާކޮށް، އެފައިސާ 01 )އެކެއް ( މަސްދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓަށް ދެއްކުމަށް 17 އޯގަސްޓް 2014 ވަނަ ދުވަހު ކުރައްވާ ފައިވާ ޙުކުމް ބާޠިލްކަމަށް، މޤަޟިއްޔާދިވެހިރާއްޖޭގެ ހައިކޯޓުގ އ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، ކްރިމިނަލް ކޯޓުގެ ނަންބަރު 1504/Cr-C/2013 ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ޙާދިސާއާއި ގުޅިގެން، ރ. ރަސްމާދޫ / ޒަމާނީކުލަ، ޢަބްދުލްފައްތާޙު ޙުސައިން )ދ.ރ.( ގެ މައްޗަށް އަލުން ދަޢުވާކޮށް، ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އިޚާތިޞާޞް ލިބިގެންވާ ކޯޓަކަށް ހުށަހަޅައިފިނަމައެމައްސަލައެއް ބެލޭނެކަން އަންގާ، އެގޮތުގެމަތިން ޙުކުމްކޮށްފީމެވ.
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.