ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2016/HC-A/347ހައިކޯޓު · 12 އޮކްޓޫބަރު 2017 · އެހެނިހެން

—

ބައެއް ބަދަލުކުރި
ސުޕްރީމް ކޯޓަށް އިސްތިއުނާފުކޮށްފައި ނުވޭ · ރަޖިސްޓްރީ ބެލީ 15 އޮކްޓޫބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 12 އޮކްޓޫބަރު 2017ބާވަތް: މަދަނީ

ޚުލާޞާ

ކޯޓަށް އައި ގޮތް
ރުއްތަކަކީ ދަޢުވާކުރި ފަރާތުގެ މިލްކެއްކަމަށާއި ބަދަލު ނިންމުން ބާޠިލްކަމަށާއި ގޯތީގެ ރަޖިސްޓްރީ ބާޠިލްކަމަށް ކަނޑައަޅައި، ޝަރުޢީ އުޞޫލުން ބަދަލު ނިންމުމަށްފަހު ރަޖިސްޓްރީ ހެއްދުމަށް ކައުންސިލަށް މެޖިސްޓްރޭޓް ކޯޓުން އަންގައި ޙުކުމްކުރިއެވެ.
ވާޤިޢާ
ކައުންސިލުން އެހެން ފަރާތަކަށް ދޫކުރި ގޯތީގައި ހުރި ދަޢުވާކުރި ފަރާތުގެ 5 ރުކުގެ ބަދަލު ނުދީ، ބަދަލުގެ ފައިސާ ކައުންސިލަށް ނަގައި ގޯތި އެފަރާތަށް ރަޖިސްޓްރީކޮށްދިނުމުން، ކައުންސިލްގެ މައްޗަށް ހުށަހެޅި ދަޢުވާއެކެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ފަރާތްތަކުން އެދިފައިނުވާ ކަމަކަށް، އަދި ސީދާ އަސަރުފޯރާ ފަރާތުގެ ބަހެއް ނުހޯދައި ގޯތީގެ ރަޖިސްޓްރީ ބާޠިލުކުރުމަކީ ޞައްޙަ ނިންމުމެއްތޯއާއި، ރަޖިސްޓްރީ ނުކުރާ ރުއްތަކަކީ ދަޢުވާކުރި ފަރާތުގެ ރުއްތަކެއްކަމަށާއި އެ ރުއްތަކުގެ ބަދަލު އޭނާއަށް ލިބެންޖެހޭކަމަށް ކަނޑައެޅުން ރަނގަޅުތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
ދައުލަތުން ބުނީ ފަރާތްތަކުން އެދިފައިނުވާ ކަމަކަށް ރަޖިސްޓްރީ ބާޠިލުކުރީ 2013/SC-A/44 ގެ އުޞޫލާ ޚިލާފަށް ކަމަށާއި، ހުށަހެޅި ބަދަލު ބަލައިނުގަނެ ރަޖިސްޓްރީ ނުކުރާ ރުއްތަކަށް ބަދަލު ދިނުމަކީ ނުޙައްޤު މަންފާއެއް ލިބޭގޮތް ކަމަށެވެ.
ކޯޓުގެ ސަބަބުތައް
ރަޖިސްޓްރީ ބާޠިލުކުރުމަށް އެއްވެސް ފަރާތަކުން އެދިފައި ނުވާތީއާއި، ގޯތީގެ ވެރިފަރާތުގެ ބަހެއް ނުހޯދާތީ އެ ބައި ބާޠިލުކުރިއެވެ. ކައުންސިލުން ބަދަލުގެ ފައިސާ ބަލައިގަތުމާއި ދައުލަތުގެ އިޢުތިރާފުން ރުއްތަކަކީ ދަޢުވާކުރި ފަރާތުގެ ރުއްތަކެއްކަން ސާބިތުވާތީ އެބައި ޤާއިމްކޮށް، އޭނާއަށް އޮތް ޙައްޤަކީ ބަދަލު ލިބުންކަމަށް ކަނޑައެޅިއެވެ.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ނިންމުން

ބައެއް ބަދަލުކުރި

ބައެއް ބަދަލުކުރި: ގޯތީގެ ރަޖިސްޓްރީ ބާޠިލުކުރި ބައި ބާޠިލު، ރުއްތަކުގެ މިލްކުވެރިކަން ޤާއިމް، ރުއްތަކުގެ ބަދަލު ލިބެންޖެހޭ ޙައްޤެއްކަމަށް ކަނޑައެޅި

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

ކޯޓަށް ހުށަހެޅިފައިވާ ޚުސޫމާތަކާއި ގުޅިގެން ފުރަތަމަ މަރުޙަލާގެ ކޯޓުން ފައިޞަލާ ކުރަންވާނީ ޚަސްމުންގެ ފަރާތުން ހުށަހަޅާފައިވާ ވަޤާއިޢުތަކުގެ މައްޗަށް ބިނާކޮށް ފައިޞަލާ ކުރުމަށް އެދިފައިވާ ކަންތައްތަކަށެވެ. ޚަސްމުންގެ ފަރާތުން ފައިޞަލާ ކުރަން އެދިފައިނުވާ، އަދި ކޯޓަށް ހުށަހެޅި ބަލާފައިނުވާ ވަޤާއިޢުތަކަކަށް ފައިޞަލާކޮށްގެން ނުވާނެއެވެ. (ސުޕްރީމް ކޯޓުގެ 2013/SC-A/44 ޤަޟިއްޔާ) (ޕެރ. 3 (ށ))

ނިންމުމުގެ ސީދާ އަސަރު ފޯރާނެ ފަރާތެއްގެ ބަހެއް ހޯދުމަކާއި ނުލައި، އެފަރާތުގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ގޯތީގެ ރަޖިސްޓްރީއަކީ ބާޠިލް ރަޖިސްޓްރީއެއްކަމަށް ކަނޑައެޅުމަކީ، މަސްލަޙަތު ހިމެނޭ ފަރާތުގެ ބަހެއް ހޯދުމަކާއި ނުލައި ކަނޑައެޅުމުން، ހައިކޯޓުގެ 2011/HC-A/183 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުޞޫލާ ޚިލާފު ކަމެކެވެ. (ޕެރ. 3 (ށ))

ޤާނޫނު ނަންބަރު 21/98 (މީހުން އުޅޭ ރަށްރަށުގެ ރުއްގަހާ ބެހޭ ޤާނޫނު) ގެ 5 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާ ގޮތުގައި މީހުން އުޅޭ ރަށްރަށުގެ ރުއްގަހުގެ ރަޖިސްޓްރީ ބަލަހައްޓާނީ އެރަށެއްގެ ރަށު އޮފީހުންނެވެ. ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް ޢަމަލު ކުރަންފެށުމާއެކު ރަށު އޮފީސްތަކުގެ ބެލުމުގެ ދަށުން ބަލަހައްޓަމުންދިޔަ އެފަދަ ވަޞީލަތްތައް ރަށު ކައުންސިލްގެ ބެލުމުގެ ދަށަށް ބަދަލުވެފައިވާކަން އެ ޤާނޫނުގެ 139 ވަނަ މާއްދާއިން އެނގެއެވެ. (ޕެރ. 3 (ނ))

ދައުލަތުގެ މުއައްސަސާތަކާއި އިދާރާތައް ޝަރުޢީ ކޯޓުތަކުގައި ތަމްސީލުކުރާނީ ދައުލަތުގެ ބަންޑާރަނައިބެވެ. (ސުޕްރީމް ކޯޓުގެ 2015/09 ޢާންމު ސިޓީ) (ޕެރ. 3 (ނ))

މީހުން ދިރިއުޅޭ ރަށްރަށުގެ ރުއްގަހުގެ ރަޖިސްޓްރީއަކީ އެރަށެއްގެ ކައުންސިލް އިދާރާއިން ބަލަހައްޓާ ރަޖިސްޓްރީއެއްކަމަށް ވާއިރު، ރުއްތަކުގެ ޞައްޙަ މަޢުލޫމާތު ހުންނަންޖެހޭ ރަސްމީ އިދާރާއެއްގެ ހައިސިއްޔަތުން ރަށު ކައުންސިލްގެ އިދާރާގެ ފަރާތުން އެ ރުއްތަކަކީ ވަކި ފަރާތެއްގެ ރުއްތަކެއްކަމަށް ޤަބޫލުކޮށް އެ ރުއްތަކަށް ބަދަލު ދިނުމަށް ބަދަލުގެ ފައިސާ ބަލައިގެންފައިވުމުންނާއި، ދައުލަތުގެ ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ވެފައިވާ އިޢުތިރާފަށް ބަލާއިރު، އެރުއްތަކަކީ އެފަރާތުގެ ރުއްތަކެއްކަމަށް ބަލަންޖެހެއެވެ. (ޕެރ. 3 (ނ))

ބަންޑާރަ ގޯއްޗާއި އިމާރާތް ރަޖިސްޓަރީ ކުރުމާއި ބެހޭ ޤަވާޢިދުގެ 5 ވަނަ މާއްދާގައިވާގޮތުން ދިރިއުޅުމަށް ގޯތި ދޫކުރާތާ 1 އަހަރު ދުވަހުގެ ތެރޭގައި އެ ގޯތި ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅަން ޖެހޭނެއެވެ. އަދި އެ ޤަވާޢިދުގެ 6 ވަނަ މާއްދާގައިވާގޮތުން ދިރިއުޅުމަށް ދޫކުރެވޭ ބަންޑާރަ ގޯތީގެ ރަޖިސްޓަރީ ހަދައިދެވެންވާނީ އެ ގޯތީގައި ހުރި ރުއްގަހުގެ ބަދަލު އޭގެ ވެރިފަރާތަށް ދިނުމަށްފަހުގައެވެ. (ޕެރ. 3 (ރ))

ރުއްގަހުގެ ވެރިފަރާތަށް އޮތް ޙައްޤަކީ އޭނާގެ ރުއްތަކުގެ ބަދަލު ލިބުންކަމަށްވާ ޙާލަތުގައި، އެ ބަދަލު ޞުލްޙަވެރިކޮށް ހަމަޖައްސައި އެ ބަދަލު ލިބިގަތުމަކީ އެންމެ ރަނގަޅު ގޮތެވެ. ނަމަވެސް އެ ބަދަލާމެދު އެއްބަސް ނުވެވިއްޖެނަމަ އެ ބަދަލުގެ ކަންތައް ހަމަޖެއްސުމަށް ކަމާބެހޭ ކޯޓަށް ހުށަހެޅުމުގެ ޙައްޤު އޭނާއަށް ލިބިގެންވެއެވެ. (ޕެރ. 3 (ރ))

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ޤާނޫނު ނަންބަރު 21/98 (މީހުން އުޅޭ ރަށްރަށުގެ ރުއްގަހާ ބެހޭ ޤާނޫނު) ގެ 5 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 139 ވަނަ މާއްދާ
  • ބަންޑާރަ ގޯއްޗާއި އިމާރާތް ރަޖިސްޓަރީ ކުރުމާއި ބެހޭ ޤަވާޢިދުގެ 5 ވަނަ މާއްދާ އަދި 6 ވަނަ މާއްދާ
  • ސުޕްރީމް ކޯޓުގެ 2015/09 ޢާންމު ސިޓީ (14 ސެޕްޓެމްބަރު 2015)
  • 2013/SC-A/44
  • 2011/HC-A/183

ފަނޑިޔާރުން

ބެންޗު
ޢަބްދުލްޣަނީ މުޙައްމަދު، ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ޝުޖާޢު ޢުޘްމާން
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ޙުކުމުގެ ފުރިހަމަ ލިޔުން މި ޑޭޓާބޭސްގައި އަދި ނެތް. ކޯޓުގެ ޙުކުމު ކިޔުމަށް ޕީޑީއެފް ބައްލަވާ.

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ