ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2016/HC-A/370ހައިކޯޓު · 9 ނޮވެމްބަރު 2017 · މަކަރާއި ޙީލަތް ހެދުން

—

ބައެއް ބަދަލުކުރި
ސުޕްރީމް ކޯޓަށް އިސްތިއުނާފުކޮށްފައި ނުވޭ · ރަޖިސްޓްރީ ބެލީ 15 އޮކްޓޫބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 9 ނޮވެމްބަރު 2017ބާވަތް: ޖިނާއީ

ޚުލާޞާ

ކޯޓަށް އައި ގޮތް
ކްރިމިނަލް ކޯޓުން ދަޢުވާ ސާބިތުކޮށް، ޤާނޫނުއަސާސީގެ 59 (ހ) އަށް ރިޢާޔަތްކޮށް ޤާނޫނު ނަންބަރު 9/2014 ގެ 210 (ށ) 2 ގެ ދަށުން 2 އަހަރު ޖަލަށްލުމަށް ޙުކުމްކުރިއެވެ.
ވާޤިޢާ
ދިހަހާސް ރުފިޔާއަށްވުރެ މަތީ ޢަދަދެއްގެ ފައިސާއިން މަކަރާއި ޙީލަތް ހެދުމުގެ ކުށުގެ ދަޢުވާ ކުރިން ޢަމަލުކުރި ޤާނޫނުލްއުޤޫބާތުގެ 131 (ހ) އާއި 132 ގެ ދަށުން ކުރެވި، މައްސަލަ ޝަރީޢަތުގައި ހުއްޓައި ޤާނޫނު ނަންބަރު 9/2014 އަށް ޢަމަލުކުރަން ފެށުނެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތު) އަށް ޢަމަލުކުރަން ފެށުމުގެ ކުރިން ހިނގި މަކަރާއި ޙީލަތް ހެދުމުގެ ކުށަށް އަދަބު ކަނޑައެޅުމުގައި، އެ ޤާނޫނުގެ 1001 ވަނަ މާއްދާގެ (ރ) އާއި 1104 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކުރަންޖެހޭތޯ، އަދި ކްރިމިނަލް ކޯޓުން ކަނޑައެޅި އަދަބުގެ މިންވަރު ރަނގަޅުތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހުށަހެޅީ، އަދަބުގެ އަސާސީ މިންގަނޑު ކަނޑައެޅުމުގައި 1001 ވަނަ މާއްދާގެ (ރ) އަށާއި އެ މިންގަނޑަށް ގެންނަންޖެހޭ ބަދަލުތަކަށް ރިޢާޔަތްނުކޮށް މައްސަލަ ނިންމާފައިވާ ކަމަށެވެ.
ކޯޓުގެ ސަބަބުތައް
ހާދިސާއާ ގުޅިގެން ފޯޖުކުރުމުގެ ދަޢުވާއާއި އިތުރު ކުށްތަކަށް ދަޢުވާކުރެވެން އޮތްކަން ދައުލަތުގެ ވާހަކައިންނާއި ލިޔުންތަކުން އެނގޭތީ 1001 (ރ) ހިނގާކަމަށާއި، އަސާސީ މިންގަނޑު 3 ދަރަޖަ މަތިކޮށް، 1104 (ހ) ގެ ދަށުން ކުރިން ސާބިތުވި ޖިނާޔަތެއްގެ ސަބަބުން 1 ދަރަޖަ އިތުރަށް އުފުލުމުން 3 އަހަރާއި 02 މަހާއި 12 ދުވަސް ލިބޭނެކަމަށް ކޯޓުން ކަނޑައެޅިއެވެ. ކުރިން ތަންފީޛުކޮށް ނިމިފައިވާ 2 އަހަރު އުނިކޮށް ބާކީ މުއްދަތު ތަންފީޛުކުރަން ނިންމިއެވެ.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ނިންމުން

ބައެއް ބަދަލުކުރި

ދަށުކޯޓުގެ ޙުކުމުގެ އަދަބާބެހޭ ބައި ބާޠިލުކޮށް، އަދަބު 3 އަހަރާއި 02 މަހާއި 12 ދުވަހަށް ބަދަލުކުރި (ބައެއް ބަދަލުކުރި)

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

ކުށެއް ކުރުމާއި، އެ ކުށެއް ކުރި މީހާއަށް ޙުކުމް ކުރުމާ ދެމެދު، ކުރި ކުށެއްގެ އަދަބަށް ޤާނޫނަށް އަންނަ ބަދަލަކުން ލުޔެއް ދީފައިވާނަމަ، އެމީހަކަށް ދޭންވާނީ ފަހުން ހެދުނު ޤާނޫނުގައިވާ އަދަބެއްކަން ޤާނޫނުއަސާސީގެ 59 ވަނަ މާއްދާއާއި ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތު) ގެ 10 ވަނަ މާއްދާގެ (ރ) އިން އެނގެން އޮންނަކަމެވެ. (ޕެރ. 3 (ހ))

ޤާނޫނު ނަންބަރު 9/2014 ގެ 1104 ވަނަ މާއްދާގެ (ހ) ގެ (1) ގައި، އެކުށް ކުރި ތާރީޚުން ފެށިގެން ފާއިތުވި 06 އަހަރު ދުވަހުގެ ތެރޭގައި އޭނާގެ މައްޗަށް ޖިނާޔަތުގެ ކުށެއް ސާބިތުވެފައިވާނަމަ، ނުވަތަ އެކުށް ކުރި ތާރީޚުން ފެށިގެން ފާއިތުވި 02 (ދޭއް) އަހަރު ދުވަހުގެ ތެރޭގައި އޭނާގެ މައްޗަށް ޖެނަޙަގެ ކުށެއް ސާބިތުވެފައިވާނަމަ، އެކުށަކަށް ކަނޑައަޅަންޖެހޭ އަދަބު، އަސާސީ މިންގަނޑަށްވުރެ 1 ދަރަޖަ މަތިވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ. (ޕެރ. 3 (ހ))

ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތު) ގެ 1001 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރެވިފައިވަނީ އެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ހިނގާފައިވާ ކުށްތަކަށް، އެ ޤާނޫނުގެ ދަށުން އަދަބު ދޭއިރު، އެ ޙާދިސާގައި ހިމެނޭ ގިނަ ކުށްތަކަށް ދަޢުވާކުރެވިފައި ނުވާ ޙާލަތްތަކުގައި، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ "އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑު" ކަމަށް ބަލާނީ އެ ޤާނޫނުގެ 1002 ވަނަ މާއްދާގައި އޮތް ކަނޑައެޅޭ އަދަބުގެ މިންވަރު ބަޔާންކޮށްދޭ ތާވަލުގައި އޮތް އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަށްވުރެ 3 (ތިނެއް) ދަރަޖަ މަތީ ދަރަޖައިއްކަމާއި، އަދި އެއަށްފަހު، އަދަބުގެ މިންވަރު ކަނޑައަޅާނީ އެ މާއްދާގެ (ށ) އާއި (ނ) ގައި ބަޔާންކޮށްފައިވާ ގޮތަށް ޢަމަލުކުރުމަށްފަހުގައިކަމެވެ. (ޕެރ. 3 (ށ))

ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތު) ގެ 1001 ވަނަ މާއްދާގެ (ރ) ގެ ބާރު ހިނގާނީ އެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ހިނގާފައިވާ ކުށްތަކަށް ކަމާއި، އެ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އަދަބު ކަނޑައެޅުމުގައި އެ ހާދިސާގައި ގިނަ ކުށްތަކެއް ހިމެނި އެ ކުށްތަކަށް ދަޢުވާކުރެވިފައިނުވުމަކީ އެ މާއްދާއަށް ޢަމަލުކުރުމުގައި ފުރިހަމަވާންޖެހޭ އެއް ޢުންޞުރުކަމެވެ. (ޕެރ. 3 (ށ))

ޤާނޫނު ނަންބަރު 9/2014 ފެށުމުގެ ކުރިން ހިނގި ހާދިސާއަކާ ގުޅިގެން، އެ ހާދިސާގައި ހިމެނޭ އިތުރު ކުށްތަކަށް ދަޢުވާކުރެވެން އޮތްކަން ދައުލަތުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުންނާއި ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮތްނަމަ، ސާބިތުވި ކުށަށް އަދަބު ކަނޑައެޅުމުގައި 1001 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ މިންގަނޑަށާއި ކަންކަމަށް ރިޢާޔަތްކުރަންޖެހޭނެއެވެ. (ޕެރ. 3 (ށ))

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ޤާނޫނުއަސާސީގެ 59 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތު) ގެ 10 ވަނަ މާއްދާގެ (ރ)
  • ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތު) ގެ 210 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރު
  • ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތު) ގެ 212 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރު
  • ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތު) ގެ 1001 ވަނަ މާއްދާގެ (ހ)، (ށ)، (ނ)، (ރ)
  • ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތު) ގެ 1002 ވަނަ މާއްދާގެ (ހ)
  • ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތު) ގެ 1104 ވަނަ މާއްދާގެ (ހ) ގެ (1)
  • ޤާނޫނުލްއުޤޫބާތު (ކުރިން ޢަމަލުކުރި) ގެ 131 ވަނަ މާއްދާގެ (ހ) އާއި 132 ވަނަ މާއްދާ

ފަނޑިޔާރުން

ބެންޗު
ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ފަނޑިޔާރު ޝުޖާޢު ޢުޘްމާން
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

1ކްރިމިނަލް ކޯޓުގެ ނަންބަރު 615/Cr-C/2014 ޤަޟިއްޔާގެޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ، މުޙައްމަދު ވަޙީދު، 23 ޖޫން 2014 ދުވަހު 20:30 އުހައިކަންހައިރު، ދިހަ ބުރީގެ ޢިމާރާތަކަށް ބޭނުންވާ ފަރުނީޗަރު ކަސްޓަމުން ކުލިއަރ ކުރުމަށްކަމަށްބުނެ، މަކަރާއު ޙީލަތުން، […] މ ޙައްމަދާރިޟުވީގެ އަތުން މަކަރޙީލަތުން، 30000/- ރ. )ތިރީސްހާސް ރުފިޔާ( ނަގާފައިވަތީއައި، އެ މުދާ ކްލިއަރ ކުރަން އިތުރަށް ފައިސާ ބޭނުންވާކަމަށް ބުނީ 24 ޖޫން 2014 ދުވަހު 8:55 އެހައިކަންހައިއިރު، ބޭންކް އޮފް މޯލްޑިވްސްގެ މެއިން ބްރާނުޗްގް ދެވަނަ ފަންގިފިލާ ތެރޭގައި މުޙައްމަދު ރިޟުވީގެ އަތުން 30000/- ރ. )ތިރީސްހާސް ރުފިޔާ( ނަގާފައިވަތީ، މިފައިސާ އަނބުރާ ދައްކާނެ ކަމުގެ ގެރެންޓީއެއްގެ ގޮތުގައި މުޙައްމަދު ވަޙީދުއަށް ހުޅުމާލެއިން ލިބިފައިވާ ރޯހައުސް އެއްކަމަށް ބުނީ ފޯޖްކޮށްފައިވާ ރަޖިސްޓަރީއެއްމުޙައްމަދު ރިޟުވީ އަށް ދީފެ އިވާތީއާއި، އެ ރޯހައުސް މުޙައްމަދު ރިޟުވީ އަށް ވިއްކާނެ ކަމަށްބުނެ 24 ޖޫން 2014 ދުވަހު މުޙައްމަދު ރިޟުވީގެ އަތުން 35000/- ރ. )ތިރީސްފަސްހާސް ރުފިޔާ( ނަގާފައިވާތީ، ޤާނޫނުލް އުޤޫބާތުގ 131 ވަނަ މާއްދާގެ )ހ( އާއި، 132 ވަނަ މާއްދާގެ ދަށުން، ދިހަހާސް ރުފިޔާއަށްވުރެ މަތީ އަދަދެއްގެ ފައިސާއިން މަކަރއު ޙީލަތް ހެދުމުގެ ކުށުގެ ދަޢުވާއާއި،މުޙައްމަދު ވަޙީދަ މަކރާއިޙީލަތުން ހޯދި އެކު ޖުމުލަ 95000/- ރ )ނުވަދިހަ ފަސްހާސް ރުފިޔާ( މުޙައްމަދު ވަޙީދުގީ އަތުން ހޯދުމަށް […] މުޙައްމަދު ރިޟުވ އެދޭތީ ހުށަހެޅުނު މައސަލައެއްކަމާއި، އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ " ދެންފަހެ، ދަފްތަރު 2218 )ހ. މީނަޒް( މުޙައްމަދު ވަޙީދުގެ މައްޗަށް ދަޢުލަތުގެ ފަރާތުން ދަޢުވާކުރި، މަކަރާއިޙީލަތް ހެދުމުގެ ކުށުގެ މި ދަޢުވާ ޝަރީޢަތުން ބެލިބެލުމުން، މުޙައްމަދ ވަޙީދުގެ މި ދަޢުވާއަށް އިންކާރުކޮށްފައިވީނަމަވެސް، 23 ޖޫން 2014 ދުވަހު 20:30 އުހައިކަންހައިރު، ދިހަ ބުރީގެ ޢިމާރާތަކަށް ބޭނުންވާ ފަރުނީޗަރު ކަސްޓަމުން ކ ލިއަރ ކުރުމަށް ކަމަށްބުނެ، މަކަރާއުޙީލަތުން، […] މިޙައްމަދު ރިޟުވީގެ އަތުން މަކަރް އ ޙީލަތުން، […] މުޙައްމަދު ރިޟުވީގެ އަތުން 30000/-ރ. )ތިރީސްހާސް ރުފިޔާ( ނަގާފައިވާތީއާ އ، މި މުދާ ކްލިއަރ ކުރަން އިތުރަށް ފައިސާ ބޭނުންވާކަމަށް ބުނީ 24 ޖޫން 2014 ދުވަހު 8:55 އެހައިކަންހުއިއިރު، ބޭންކް އޮފް މޯލްޑިވްސްގެ މެއިން ބްރާނަ ޗ ގެ ދެވަނަ ފަންގިފިލާ ތެރޭގައި މުޙައްމް ދ ރިޟުވީގެ އަތުން 30000/-ރ . )ތިރީސްހާސް ރުފިޔާ( ނަގާފައިވީ ތ، މިފައިސާ އަނބުރާ ދައްކާނެ ކަމުގެ ގެރެންޓީއެއްގެ ގޮތުގައި މީނާއަށް ހުޅުމާލެއިން ލިބިފައިވާ ރޯހައުސް އެއްކަމަށް ބުނެ ފޯޖްކޮށްފައިވާ ރަޖިސްޓަރީއެއްމުޙައްމަދު ރިޟުވ އަށް ދީފައިވާތީއާއި، އެ ރޯހައުސް މުޙައްމަދު ރިޟުވީ އަށް ވިއްކާނެ ކަމަށްބުނެ 24 ޖޫން 2014 ދުވަހު މުޙައްމަދު ރިޟުވީގެ އަތުން 35000/-ރ. )ތިރީސްފަސްހާސް ރުފިޔާ( ނަގާފައިވާކަން ހެކިންގެ ހެކިބަހުންނާއި، ގުޅިފައިވާ ޤަރީނާއިން ޝަރީއަތަށް ސާބިތުވާތީ، ޤާނޫނުލްޢުޤޫބާތުގ 131 ވަނަ މާއްދާގެ )ހ( އާއި، 132 ވަނަ މާއްދާގެ ދަށުން، މުޙައްމަދު ވަޙީދު ދިހަހާސް ރުފިޔާއަށްވުރެ މަތީ ޢަދަދެއްގަފައިސާއިން މަކަރާއިޙީލަތް ހެދުމުގެ ކުށުން ކުށް ވެރިވެއްޖެކަމާށ ކަނޑައަޅައި، މި ކުށުގެ އުޤޫބާތެއްގެ ގޮތުންޤާނޫނުއަސާސީގ 59 ވަނަ މާއްދާގެ )ހ( އަށް ރިޢާޔަތްކޮށް ޤާނޫނު ނަންބަރ 2014/9 )ދިވެހިރާއްޖޭގެ ޤާނޫނުލްޢު ޤޫބާތު(ގ 210 ވަނަ މާއްދާގެ )ށ( ގ 2 ވަނަ ނަންބަރުގެ ދަށުން،މުޙައްމަދު ވަޙީދު 2 )ދޭއް( އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ޙުކުމްކޮށް މިޤަޟިއްޔާ ނިންމީއެވެ." މިފަދައިންނެވެ.

2ކްރިމިނަލް ކޯޓގު ނަންބަރ 615/Cr-C/2014 ޤަޟިއްޔާގެ އެކޯޓުން ނިންމަވާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ބުނެޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހގިފަރާތުން އެއްނުކުތާ ހުށަހަޅައޭއެނުކުތާއާ ބެހގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެ ނުކުތާއަކީ، ޤާނޫނު ނަންބަރު 9/2014 )ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތު( ގެ ދަށުން މުޙައްމަދު ވަޙީދުގެ މައްޗަށް އަދަބު ކަނޑައެޅުއްވުމުގެ ގޮތުން، އަދަބުގެ އަސާސީ މިންގަޑު ކަނޑައެޅުއްވުމުގައި އެ ޤާނޫނުގެ 1001 ވަނަ މާއްދާގެ )ރ( އަށް ރޢި ޔަތްކުރައްވާފައާ ނުވުމާއި އެ މިންގަޑަށް ގެންނަންޖެހޭ ބަދަލުތާކަށް ރިޢާޔަތްނުކުރައްވައ މައްސަލަ ނިންމަވާފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތއެވެ.

3HN1HN2HN3HN4HN5ކްރިމިނަލް ކޯޓުގެ ނަންބަރު 615/Cr-C/2014 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ބުނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގާ ފަރާތުން އިސްތިއުނާފްކުރުމަށް ހުށަހަޅާފައިވާ ނުކުތާއާ އެނުކުތާއިގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވ ކަންތައްތައް ފާހަގަކުރެވެއެވެ. )ހ( ފުރަތަމަ ކަމަކީ:އިސްތިއުނާފު ކުރެވި ފައުމިވެކްރިމިނަލް ކޯޓގ ނަންބަރު 615/Cr-C/2014 ޤަޟިއްޔާއަށް ބަލާއިރު، ޤާ ނޫނު ނަންބަރ 68/10 )ޤާނޫނުލް އުޤޫބާތު( ގެ 131 ވަނަ މާއް ދާގެ )ހ( އާއި 132 ވަނަ މާއްދާގެ ދަށުން ދިހަހާސް ރުފިޔާއަށްވުރެ މަތީޢަދަދެއްގެ ފައިސާއިން މަކަރާ ޙީލަތް ހެދުމުގެ ކުށުގެ ދަޢުވާ މާލެ ދފްތަރ 2218 މުޙައްމަދު ވަޙީދުގެ މައްޗަށް އެޤަޟިއްޔާގައ ކޮށްފައިވާ ކަމާއި، އެ ދަޢުވާ މުޙައްމަދު ވަޙީދުގެ މައްޗަށް ކޮށްފައިވަނީ، މުޙައްމަދު ވަޙީދު، 23 ޖޫން 2014 ދުވަހު 20:30 އެހައިކަންހައިރު، ދިހަ ބުރީގެ ޢިމާރާތަކަށް ބޭނުންވާ ފަރުނީޗަރު ކަސްޓަމުން ކުލިއަރ ކުރުމަށްކަމަށްބުނެ، […] މުޙައްމުދު ރިޟުވީގެ އަތުން މަކަރާއޙީލަތން، 30000/-ރ. )ތިރީސްހާސް ރުފިޔާ( ނަގާފައިވަތީއއި، އެ މުދާ ކްލިއަރ ކުރަން އިތުރަށް ފައިސާ ބޭނުންވާކަމަށް ބުނީ 24 ޖޫން 2014 ދުވަހު 8:55 އްހައިކަންހައިއިރު، ބޭންކް އޮފް މޯލްޑިވްސްގެ މެއިން ބްރާން ޗގެ ދެވަނަ ފަންގިފިލާ ތެރޭގައި މުޙައްމަދު ރިޟުވީގެ އަތުން 30000/-ރ. )ތިރީސްހާސް ރުފިޔާ( ނަގާފައިވަތީ، މިފައިސާ އަނބުރާ ދައްކާނެ ކަމުގެ ގެރެންޓީއެއްގެ ގޮތުގައި މުޙައްމަދު ވަޙީދުއަށް ހުޅުމާލެއިން ލިބިފައިވާ ރޯހައުސް އެއްކަމަށް ބުނެ ފޯޖްކޮށްފައިވާ ރޖިސްޓަރީއެއް މުޙައްމަދު ރިޟުވީއަށް ދީފައިވާތީއާއި، އެ ރޯހައުސް މުޙައްމަދު ރިޟުވީ އަށް ވިއްކާނެ ކަމަށްބުނެ 24 ޖޫން 2014 ދުވަހު މުޙައްމަދު ރިޟުވީގެ އަތުން 35000/-ރ. )ތިރީސްފަސްހާސް ރުފިޔާ( ނަގާފައިވާ ކަމަށް ބަޔާންކޮށްކަމާއި، ދާ އ ލަތުން މުޙައްމަދު ވަޙީދުގެ މައްޗަށް ހުށަހެޅި އިސްވެ ބުނެވިދިޔަ ދަޢުވް ޝަރީޢަތަށް ހުށަހެޅިފައިވަނިކޮށ 16 ޖުލައި 2015 ވަނަ ދުވަހު، ޤާނޫނު ނަންބަރު 9/2014 )ދިވެހިރާއްޖޭގެ ޤާނޫނުލް ޢްޤޫބާތު( އަށް ޢަމަލު ކުރަންފެށިފައިވާ ކަމާއި، ކުށެއް ކުރުމއާ، އެ ކުށެއް ކުރިމީހާއަށް ޙުކުމް ކުރުމާ ދެމެދު،އ ކުރި ކޫށެއްގެއަދަބަށް ޤާނޫނަށް އަންނަ ބަދަލަކުން ލުޔެއް ދީފައިވާނަމަ، އެމީހަކަށް ދޭންވާނީ ފަހުން ހެދުނު ޤާނޫނުގައިވާ އަދަބެއްކަން ޤާނޫނުއަސާސީގެ 59 މާއްދާއާއި ޤާނޫނު ނަންބަރ 9/2014 )ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތު( ގެ 10 ވަނަ މާއްދާގެ )ރ( އިން އެނގެން އޮންނކަމާއ، މުޙައްމަދު ވަޙީދުގެ މައްޗަށް މިމައްސަލާގައި ދައުވާ ކޮށްފައިވާ ކުށަކީ ޤާނޫނު ނަންބަރު 9/2014 )ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތު( ގެ 212 ވަނަ މާއްދާގެ )ށ( ގެ 2 ވަނަ ނަންބަރިގައި ބަޔާންކޮށްފައިވާ ބާވަތުގެ ކުށެއްކަމާއާއަދި އެޤނޫނުގ 210 ވަނަ މާއްދާގެ )ށ( ގެ 2 ވަނަ ނަންބަރަށް ބަލާއިރު އެއީ ޖިނާޔަތުގެ 04 ވަނަ ދރަޖައިގެ ކުށެއްކަމާއި، ޖިނާޔަތުގެ 04 ވަނަ ދަރަޖައިގެ ކުށަށް ދެވޭ އަދަބުގެ އަސާސީ މިންގަނޑު ކަމަށް އެޤާނޫނުގެ 1002 ވަނަ މާއްދާގެ )ހ( ގައި ބަޔާންކޮށްފައި ވަނީ 01 އަހަރާއި 07 މަހާއި 06 ދުވަސްކަން އެނގޭކަމާއި، އަދި އެޤާނޫނުގެ 1104 ވަނަ މައްދާގެ )ހ( ގެ )1( ގައި، އެކުށް ކުރި ތާރީޚުން ފެށިގެން ފާއިތުވި 06 އަހަރު ދުވަހުގެ ތެރޭގައި އޭނާގެ މައްޗަށް ޖިނާޔަތުގެ ކުށެއް ސާބިތުވެފައިވާނަމަ، ނުވަތަ އެކުށް ކުރި ތާރީޚުންފެށިގެންފާއިތުވި 02 )ދޭއް( އަހަރު ދުވަހުގެ ތެރޭގައި އޭނާގެ މައްޗަށް ޖެނަޙަގެ ކުށެއް ސާބިތުވފައިވާނަމ، އެކުށަކަށް ކަނޑައަޅަންޖެހޭ އަދަބު، އަސާސީމިންގަޑަށްވުރ 1 ދަރަޖަ މަތިވާނެ ކަމަށް ބަޔާންކޮށްފައިވާއިރު، މަކަރާއި ޙީލަތްހެދުމުގެ ކުށެއް 107/Cr- C/2015 ޤަޟިއްޔާގައި 08 ޑިސެމްބަރު 2015 ގައި މުޙައްމަދު ވަޙީދުގެ މައްޗަށް ސާބިތުވެފައިވާކަމާއި މިގޮތުން ޖިނާޔަތުގެ 04 ވަނަ ދަރަޖައިގެ އަސާސީ މިންގަނޑު 1 ދަރަޖަ މަތިކުރުމުން ކަނޑައެޅޭނެ އަދަބަކީ 02 އަހަރުކަން އެޤާނޫނުގެ 1002 ވަނަ މާއްދާގެ )ހ( އިން އެނގޭކަމާއި، މުޙައްމަދު ވަޙީދުގެ މައްޗަށް ދައުލަތުން ދަޢުވާކޮށްފައިވަނ ކުރިނުޢަމަލުކުރަމުންދިޔަ ޤާނޫނުލްޢެ ޤޫބތުގ 131 ވަނަ މާއްދާގެ )ހ( އާއި 132 ވަނަ މާއްދާގެދަށުންކަމަށްވާއިރު އެޤާނޫނުގައި މިކުށަށީކަނޑައެޅިފައިވާ އަދަބަކީ އ ޤާނޫނުލްއުޤޫބާތުގެ 131 ވަނަ މާއްދާގެ )ހ( ގެދަށުން ފުރަތަމަ ފަހަރު 06 މަސް ދުވަހުން ފެށިގެން 01 އަހަރަށްވުރެ ދިގުނޫން މުއްދަތަކަށް އަރުވާލުން ނުވަތަ ޖަލަށްލުން ކަމާއިއަދި އިތުރުވާކޮންމެ ފަހަރަކު 01 އަހަރު އިތުރުކުރުންކަމާއި އަދި މިއީ މުޙައްމަދު ވަޙީދުގެ މައްޗަށް މިބާވަތުގެ ކުށެއް ސާބިތުވާ ދެވަނަ ފަހަރު ކަމަށްވާތީ، ބުނެވިދިޔ މާއްދާގެ ދަށުނ 02 އަހަރު ދުވަހުގެ އަދަބެއް އަންނާނެކަމާއި އަދި އެޤާނޫނުގެ 132 ވަނަ މާއްދާގެ ދަށުން މަކަރާއިޙިލަތުނ ހޯދި މުދަލުގެ އަގު -/10000ރ. )ދިހަހާސްރުފިޔާ( އިން ފެށިގެން މަތީ އަދަދަކަށް ވެއްޖެނަމަ ކޮންމެ -/1000 ރުފިޔާއަކަށް 01 މަސްދުވަސް އަދަބުގެ މުއްދަތުގެ ތެރެއަށް އިތުރުކުރުމަށް ބަޔާންކޮށްފައިވާތީ، އެޤާނޫނުގެ ދަށުން އަދަބު ކަނޑައަޅާނަމަ، 09 އަހަރު ދުވަހުގެ ޙުކުމެއް އަންނާނެތައްއަދަބަކީ ފ ހުން ޢަމަލު ކުރަންފެށުނު ޤާނޫނުލް އުޤޫބާތުގައ އެބާވަތުގެ ކުށަށާކަނޑައެޅިފއިވާ އަދަބަށް ވުރެ ބޮޑު އަދަބެއްކަމަށްވތީ، ދައުލަތުން މުޙައްމަދު ވަޙީދުގެ މައްޗަށް ކުޅެ މަކަރާއިޙީލަތް ހެދުމުގެ ކުށުގެ ދަޢުވާއަށް މުޙައްމަދު ވަޙީދު އިންކާރުކުރުމްއި ގުޅިގެން ހެކިންގެ ހެކިބަހުންނާއި ގުޅިފައިވާ ޤަރީނާއިނިޝަރީޢަތަށް އެދަޢުވ ސާބިތުވާ ކަމަށް ކަނޑައަޅައި، ޤާނޫނުލްއުޤޫބާތުގެ 131 ވަނަ މާއް ދާގެ )ހ( އާއި، 132 ވަނަ މާއްދާގެ ދަށުން، މުޙައްމަދު ވަޙީދު ދިހަހާސް ރުފިޔާއަށްވުރެ މަތީ ޢަދަދެއްގެ ފައިސާއިން މަކަރާއިޙީލަތް ހެދުމުގެ ކުށުން ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި، އެ ކުށުގެ އުޤޫބާތެއްގެ ގޮތުނ ޤާނޫނުއަސާސީގެ 59 ވަނަ މާއްދާގެ )ހ( އަށް ރިޢާޔަތްކޮށް ޤާނޫނު ނަންބަރ 2014/9 )ދިވެހިރާއްޖޭގެ ޤާނޫނުލްޢު ޤޫބާތު(ގ 210 ވަނަ މާއްދާގެ )ށ( ގެ 2 ވަނަ ނަންބަރުގެ ދަށުން، މުޙައްމަދު ވަޙީދު 2 )ދޭއް( އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ޙުކުމް ކޮށްފައިވާކަން އެޤަޟިއްޔާއިން އެނގެން އޮންނަކަމެވެ. )ށ( ދެވަނަ ކަމަކީ: ކްރިމިނަލް ކޯޓުގެ ނަންބަރު 615/Cr-C/2014 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހަޅާފައިވަނީ އެންމެ ނުކުތާއެއްކަމާއ އެނުކުތާއަކީ،އެޤަޟިއްޔާގައި އަދަބު ކަނޑައެޅުއްވުމުގައ ޤާނޫނު ނަންބަރު 9/2014 )ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތު( ގެ 1001 ވަނަ މާއްދާގެ )ރ( އަށް ރިޢާޔަތްކުރައްވާފައި ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ ކަމާއި، އެނުކުތާއާ ގުޅިގެން ބަލާއިރު، ޤާނޫނު ނަންބަރު 9/2014 )ދިވެހިރާއްޖޭގެ ޤާނޫނުލްޢު ޤޫބާތު( ގ 1001 ވަނަ މާއްދާގެ)ރ( ގައި ބަޔާންކުރެވިފައިވަނީ އެޤާނޫނަށް ޢަމަލުކުރަން ފެށުމުގެކުރިން ހިނގާފައިވާ ކުށްތަކަށު،އެ ޤާނޫނުގެދަށުން އަދަބު ދޭއިރު، އެޙާދިސާގައި ހިމެނޭ ގިނަ ކުށްތަކަށް ދަޢުވާކުރެވިފައި ނުވާ ޙާލަތްތަކުގައި، މިމާއްދާގެ )ހ( ގައި ބަޔާންކޮށްފައިވާ " އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑު" ކަމަށް ބަލާނީ އޤާނޫނުގ 1002 ވަނަ މާއްދގައާ އޮތް ކަނޑައެޅޭ އަދަބުގެ މިންވަރު ބަޔާންކޮށްދޭ ތާވަލުގައި އޮތް އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަށްވުރެ 3 )ތިނެއް( ދަރަޖާ މަތީ ދަރަޖައިއްކަމެ އ، އަދި އެއަށްފަހު، އަދަބުގެ މިންވަރު ކަނޑައަޅާނީ އެ މާއްދާގެ )ށ( އާއި )ނ( ގައި ބަޔާންކޮށްފައިވާ ގޮތަށް ޢަމަލުކުރުމަށްފަހުގައިކަން އެނގޭކަމާއި، ބުނވިދިޔަ މާއްދާއަށް ރިޢާޔަތްކޮށެމިމައްސަލައިގައި އަދަބު ކަނޑައަޅާކަމަށްވާނަމ ޤާނޫނު ނަންބަރު 9/2014 )ދިވެހިރާއްޖޭގެ ޤާނޫނުލޢެޤޫބާތު( ގ 1002 ވަނަ މާއްދާގެ )ހ( ގެ ދަށުން ޖިނާޔަތުގެ 04 ވަނަ ދަރަޖައިގެ ކުށަކަށަށް ދެވޭ އަދަބުގެ އަސާސީ މިންގަނޑު ތިން ދަރަޖަ މަތިކުރުމުން ކަނޑައެޅޭނެ އަދަބަކީ 02 އަހަރާއި 09 މަހާއި 18 ދުވަސް ކަމާއި އަދި އަދި އެޤާނޫނުގެ 1104 ވަނަ މާއްދާގެ )ހ( ގައި ބަޔާންކޮށްފައިވާ ފަދަ ޖ ނާޔަތުގެ ކުށެއް މުޙައްމަދު ވަހީދުގެ މައްޗަށ ސާބިތުވެފައިވުމުނ 01 ދަރަޖަ އުފުލަންޖެހޭނެތަ ކަނޑައެޅޭނެ އަދަބަކެ 3 އަހަރާއި 02 މ ހއ 12 ދުވަސްކަން އެނގެން އޮތު މަން މުޙައްމަދު ވަޙީދުގެ މައްޗަށް ބުނެވިދިޔަ މާއްދާއަށް ރިއާޔަތްކުރެވި އަދަބަކަނޑައަޅާނަމ ކަނޑައެޅޭނެ އަދަބަކީ ޖުމްލަ 3 އަހަރާއި 02 މަހާއި 12 ދިވަހގެ މުއްދަތަށް ޖަލަށްލުންކަން އެނގޭކަމާއު، ޤާނޫނު ނަންބަރު 9/2014 )ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތު( ގ 1001 ވަނަ މާއްދާގެ )ރ( ގެ ބާރު ހިނގާނ އެޤާނޫނަށް ޢަމަލުކުރަނާ ފެށުމުގެ ކުރިންހިނގާފައިވ ކުށްތަކަށް ކަމާއި، އެމާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންއާ ދަބު ކަނޑައެޅުމުގައި އެހް ދިސް ގައި ގިނަ ކުށްތަކެއް ހިމެނި އެކުށްތަކަށްދަޢުވާކުރެވިފައިނުވުމަކީ އެމާއްދާއަށ ޢަމަލުކުރުމުގައި ފުރިހަމަވާނިޖެހޭ އެއް އުންސުރުކަނ އެނގެން އޮންނަކަމާއި، އެހެންކަމުންބުނެވިދިޔަ މާއްދާގައި ބަޔާންކޮށްފައިވާ އަދަބު ކަނޑައެޅުމުގެ އުޞޫލު މިމައްސަލައަށް ތަތުބީޤުކުރާއިރ، ދައުލަތުން މުޙައްމަދު ވަޙީދުގެ މައްޗަށް ދަޢުވާކޮ ށްފައިވަނީ، 23 ޖޫން 2014 ދުވަހު 20:30 އެހައިކަންހައިރު، ދިހަބުރީގެ ޢިމާރާތަކަށް ބޭނުންވާ ފަރުނީޗަރު ކަސްޓަމުން ކުލިއަރ ކުރުމަށްކަމަށްބުނެ، […] މުޙައްމަދު ރިޟުވީގެ އަތުން މަކަރއޙީލަތުން، 30000/-ރ. )ތިރީސްހާސް ރުފިޔާ( ނަގާފައިވަތީއާ އ، އެ މުދާ ކްލިއަރ ކުރަން އިތުރަށް ފައިސާ ބޭނުންވާކަމަށް ބުނީ 24 ޖޫން 2014 ދުވަހު 8:55 އްހައިކަންހައިއިރު، ބޭންކް އޮފް މޯލްޑިވްސްގެ މެއިން ބްރާން ޗގެ ދެވަނަ ފަންގިފިލާ ތެރޭގައި މުޙައްމަދު ރިޟުވީގެ އަތުން 30000/-ރ. )ތިރީސްހާސް ރުފިޔާ( ނަގާފައިވަތީ، މިފައިސާ އަނބުރާ ދައްކާނެ ކަމުގެ ގެރެންޓީއެއްގެ ގޮތުގައި މުޙައްމަދު ވަޙީދުއިށް ހުޅުމާލެއިން ލިބިފައިވާ ރޯހައުސް އެއްކަމަށް ބުނެ ފޯޖްކޮށްފައވާ ރަޖިސްޓަރީއެއެ މުޙައްމަދު ރިޟުވީ އަށް ދީފައިވާތީއާއި، އެ ރޯހައުސް މުޙައްމަދު ރިޟުވީ އަށް ވިއްކާނެ ކަމަށްބުނެ 24 ޖޫން 2014 ދުވަހު މުޙައްމަދު ރިޟުވީގެ އަތުން 35000/-ރ. )ތިރީސްފަސްހާސް ރުފިޔާ( ނަގާފައިވާހާދިސާ އާ ގުޅިގެން ކަމާއި، ބުނެވުނު ހާދިސާއާ ގުޅިގެން ދައުލަތުން މުޙައްމަދު ވަހީދުގެ މައްޗަށް ދަޢުވާކޮށްފައިވަނީ ހާދް ސ ހިނގިއިރު ޢަމަލު ކުރަމުންދިޔާޤާނޫނު އުޤޫބާތުގެ ދަށުނީމަކާރްހލަތެ ހެދުމގު ކުށުގެ ދަޢުވާ ކަމާއި ކްރިމިނަލް ކޯޓުގެ ނަންބަރ 615/Cr-C/2014 ޤަޟިއްޔާ އާ ގުޅިގެން ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ފަރާތުނ 14 މާރިޗް 2016 ދުވަހު ދީފައި އޮންނަ ބަޔާނަށް ބަލާއިރު މިމައްސަލަ އިގައި ބަޔާންކޮށްފައިވާ ހާދިސް އާގުޅިގެނ ފޯޖުކުރުމުގެ ދަޢުވާވެސް ކުރެވެން އޮތްކަމަށުބަޔާންކޮށްފައިވާކަމާއި އަދި މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ ލިޔެކިޔުންތަކާއެކ، މުޙައްމަދު ވަޙީދު ފޯޖުކޮށްފައާ ވި ކަމަށް މިމައްސަލައިގެ ހާދިސާގައި ބަޔާންކޮށްފައިވ ރަޖިސްޓްރީ އާއި އެއާއިގުޅޭ ލިޔެކިޔުންތައް ހުށަހެޅިފްއަ ވުމުނާމިހާދިސއާ ގުޅިގެން އިތުރު ކުށްތަކަށްދަޢުވާކުރެވެން އޮތްކަންދަޢުލަތުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުން ނާއި ހުށަހެޅިފައިވާ ލިއުންތަކުނ އެނގެން އޮތްކަމާއި، އެހެންކަމުން، ކްރިމިނަލް ކޯޓުގެ ނަންބަރ 615/Cr-C/2014 ޤަޟިއްޔާއާ ގުޅިގެން މުޙައްމަދު ވަޙީދުގެ މައްޗަށް ސާބިތުވި ކުށިށ އަދަބު ކަނޑައެޅުމުގައި ޤާނޫނު ނަންބަރު 9/2014 )ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތު( ގެ 1001 ވަނަ މާއްދާގެ )ރ( ގައްބަޔާންކޮށްފައިވާ މިންގަނޑަށާއި ކަންކަމަށްރިޢޔަތާ ކުރަންޖެހޭނެކަމަށާއި، ވުމާއެކު،މުޙައްމަދު ވަޙޭދުގެ މައްޗަށް މި މައްސަލާގައި ކްރިމިނަލް ކޯޓުން ކަނޑައަޅުއްވާފައިވާ އަދަބަށް ބަދަލު ގެންނަންޖެހޭ ކަމަށް މިމައްސަލަ ބެލި ފަނޑިޔާރުންނަށް ޤަބޫލުކުރެވިފއިވާކަމެވެ. )ނ( ތިންވަނަ ކަމަކީ، ކްރިމިނަލް ކޯޓގު ނަންބަރ 615/Cr-C/2014 ޤަޟިއްޔާއިސްތިއުނާފު ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފުހުގެ ފަރާތުން ހައިކޯޓަށް ހުށަހަޅާފައިވަނިކޮށު ކްރިމިނަލް ކޯޓުގެ ނަންބަރ 615/Cr-C/2014 ޤަޟިއްޔާގައި މުޙައްމަދު ވަޙީދުގެ މައްޗަށް ސާބިތުވެފައިވާ ކުށާއި ގުޅިގެނ 02 އަހަރުގެ މުއްދަތަށް ޖަލަށް ލުމަށް ކުރައްވާފައިވާ ޙުކުމުނާ އެމައްސަލައިގެ ތަޙުޤީޤަށް މުޙައްމަދު ވަޙީދު ބަންދުގައި ބަހައްޓާފައިވާ 01 އަހަރާއި 03 މަހާއި 01 ދުވަސް އުނިކޮށްފައިވާތީ 25 ފެބްރުވަރީ 2017 ގައި އެޤަޟިއްޔާގައި ކުރައްވާފައިވާ 02 އަހަރުގެ ޖލަ ޙުކުމް މުޙައްމަދު ވަހީދުގެ މައްޗަށް ތަންފީޛވު ނިމިފައިވާކަން މޯލްޑިވްސް ކަރެކްޝަނަލަ ސަރވިސްގެ ނަންބަރ 167-OM/171/2017/1281 ސިޓީން އެނގެން އޮން ނެކ މެވެ. )ރ( ހަތަރުވަނަ ކަމަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު 615/Cr-C/2014 ޤަޟިއްޔާ ގައި މިޙައްމަދ ވަހީދުގެ މައްޗަށް ސާބު ތުވި ކުށަށް އަދަބު ކަނޑައެޅުމުގައި، ޤާނޫނު ނަންބަރ 9/2014 )ދިވެ ހިރާއްޖޭގެ ޤާނޫނުލްޢެ ޤޫބާތު( ގ 1001 ވަނަ މާއްދާގެ )ރ( އަށް ރިޢާޔަތްކޮށް، އެ ޤާނޫނުގެ 1002 ވަނަ މާއްދާގެ )ހ( ގެ ދަށުން ޖިނާޔަތުގެ 04 ވަނަ ދަރަޖައިގެ ކުށަކަށް ދެވޭ އަދަބުގެ އަސާސީ މިންގަނޑު ތިން ދަރަޖަ މަތިކުރުމުން ކަނޑައެޅޭނެ އަދަބަކީ 02 އަހަރާއި 09 މަހާއި 18 ދުވަސް ކަމާއި އަދި އެޤާނޫނުގެ 1104 ވަނަ މާއްދާގެ )ހ( ގައި ބަޔާންކޮށްފައިވާ ފަދަ ޖިނާޔަތުގެ ކުށެއް މުޙައްމަދު ވަޙީދުގެ މައްޗަށ ސާބިތުވެފައިވާތީ 01 ދަރަޖަ އުފުލަންޖެހޭނެ ތ ކަނޑައެޅޭނެ އަދަބަކީ 3 އަހަރާއި 02 މަހާއި 12 ދުވަސްކަން އެނގެން އޮތުމުން،މުޙައްމަދު ވަޙީދުގެ މައް ޗަށް ބުނެވިދިޔަ މާއްދާއަށް ރިޢަ ޔަތްކޮށް ކަނޑައެޅޭނެ އަދަބަކީ ޖުމްލަ 3 އަހަރާއި 02 މަހާއި 12 ދުވަހުގެ މުއްދަތަށް ޖަލަށްލުންކަމާއި، އަދިމެމައްސަލެ އާ ގުޅިގެން މުޙައްމަދު ވަޙީދުގެ މައްޗަށް ތަންފީޛުކޮށް ނިމިފައިވާ 02 އަހަރު ދުވަހުގެ މުއްދަތު އުނިކޮށް 01 އަހަރާއި 02 މަހާއި 12 ދުވަސް މިޤަޟިއްޔާއާ ގުޅިގެންތަނފީޛުކުރަންޖެހޭކަން އެނގެން އޮންނަކަމެވެ. • Uޙުކުމް: ދެންފަހެ، އިސްވެ ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، އިސްތިއުނާފުކުރެވިފައި މިވާ، ކްރިމިނަލް ކޯޓުގެ ނަންބަރ 615/Cr-C/2014 ޤަޟިއްޔާގައި މުޙައްމަދިވަޙި ދުގެ މައްޗަށް ސާބާތުވީ މަކަރް އ ޙް ލަތ ހެދުމުގެ ކުށަށު އެ ޤަޟިއްޔާގައާކަނޑައަޅުއްވާފައިވާ އަދަބުގެ މިންވަރެ ރަނގަޅުނޫންކަމުން، އެ ޤަޟިއްޔާގެ ޙުކުމުގެ އެބައި ބާޠިލުކޮށް، ކްރިމިނަލް ކޯޓުގެ ނަންބަރު 615/Cr-C/2014 ޤަޟިއްޔާގައި މުޙައްމަދު ވިޙި ދުގެ މައްޗަށް ސާބްތުވ ކުށަށް ޤާނޫނު ނަންބަރު 9/2014 )ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު( ގ 1001 ވަނަ މާއްދާގެ )ރ( އަށާއި އ މާއްދާ ގައި ބަޔާންކުރެވިފައިވަކންކަމަށާއި އަދި ހަމަ އެ ޤާނޫނުގެ 1104 ވަނަ މާއްދާގެ )ހ( އަށް ރިޢާޔަތްކޮށް، މުޙައްމަދު ވަޙީދު 3 އަހަރާއި 02 މަހާއި 12ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ކަނޑައަޅައި، ކްރިމިނަލް ކޯޓުގެ ނަންބަރ 615/Cr-C/2014 ޤަޟިއްޔާއާ ގުޅިގެނ މުޙައްމަދު ވަޙީދުގެ މައްޗަށް ތަންފީޛުކޮށް ނިމިފައިވާ 02 އަހަރު ދުވަހުގެ މުއްދަތު އުނިކޮށް 01 އަހަރާއި 02 މަހާއި 12 ދުވަސް މިޤަޟިއްޔާއާ ގުޅިގެންތަންފީޛކުރަންޖެހޭކަން އަންގައި، މި މައްސަލަ މި ކޯޓުގައި ބެލު ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ