ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2017/HC-A/341ހައިކޯޓު · 11 އޮކްޓޫބަރު 2017 · ކޯޓު އަމުރު

—

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ސުޕްރީމް ކޯޓަށް އިސްތިއުނާފުކޮށްފައި ނުވޭ · ރަޖިސްޓްރީ ބެލީ 15 އޮކްޓޫބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 11 އޮކްޓޫބަރު 2017ބާވަތް: ޖިނާއީ

ޚުލާޞާ

ކޯޓަށް އައި ގޮތް
"މީނާ އިތުރަށް ބަންދުގައި ބަހައްޓަން ނުފެންނާތީ" ކަމަށް ބުނެ ތުހުމަތުކުރެވޭ ފަރާތް ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުކުރިއެވެ.
ވާޤިޢާ
ކުއްޖަކަށް އަނިޔާލިބުނު ކަމަށް ބުނާ ކުށެއްގެ ތުހުމަތުގައި ބަންދުކުރެވިފައިވާ ފަރާތެއް، މާލެއިން ބޭރަށް ނުފުރުމާއި ކުއްޖާއާއި ކުއްޖާގެ ޢާއިލާއާ މުޢާމަލާތް ނުކުރުމުގެ ޝަރުޠުތަކާއެކު ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުކުރިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ތުހުމަތުކުރެވޭ ފަރާތް ޝަރުޠުތަކާއެކު ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރަކީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދުގެ 7 ވަނަ މާއްދާއާއި ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފު އަމުރެއްތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ އަމުރަކީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދުގެ 7 ވަނަ މާއްދާއާއި ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފު އަމުރެއް ކަމަށެވެ.
ކޯޓުގެ ސަބަބުތައް
ދައުލަތުން ހުށަހެޅި ކަންކަމާއި މައްސަލައިގެ ވަށައިގެންހުރި ކަންކަމަށް ބެލުމުން، ޝަރުޠުކޮށް ބަންދުން ދޫކޮށްލި އަމުރަށް ބަދަލު ގެންނަންޖެހޭފަދަ ސަބަބެއް ނެތްކަމަށް ނިންމިއެވެ.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

އިސްތިއުނާފު ބާޠިލް، ކްރިމިނަލް ކޯޓުގެ އަމުރު ޤާއިމް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

ދައުލަތުގެ ފަރާތުން ހުށަހެޅި ކަންކަމުގެ މައްޗަށާއި މައްސަލައިގެ ވަށައިގެންހުރި އެންމެހައި ކަންކަމުގެ މައްޗަށް ބެލުމުން، ތުހުމަތުކުރެވޭ ފަރާތުގެ މައްޗަށް ޝަރުޠުކޮށް ބަންދުން ދޫކޮށްލުމަށް ކޮށްފައިވާ އަމުރަށް ބަދަލު ގެންނަންޖެހޭފަދަ ސަބަބެއް އޮތްކަމުގައި ނުބެލެވޭނަމަ، އެ އަމުރަށް ބަދަލެއް ނުގެނެވޭނެއެވެ. (ޕެރ. 4 (ށ))

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ (ދައުލަތުން ހުށަހެޅި ނުކުތާގައި)
  • ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދުގެ 7 ވަނަ މާއްދާ (ދައުލަތުން ހުށަހެޅި ނުކުތާގައި)
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) (ދައުލަތުން ހުށަހެޅި ނުކުތާގައި)

ފަނޑިޔާރުން

ބެންޗު
ޢަލީ ސަމީރު، ޢަބްދުﷲ ދީދީ، ޢަބްދުﷲ ޙަމީދު
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

1ކުރިމިނލަ ކޯޓުގެ ނަންބަރު J/MD/2017/4304 -145 ކޯޓު އަމުރު، އެކޯޓުން ނެރެފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތްނޫން ކަމަށްބުނެ އެކޯޓު އަމުރު އިސްތިއުނާފު ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ ފަރާތުން ހުށަހަޅާފައިވެއެވެ.

2ކުރިމިނަލް ކޯޓުގެ ނަންބަރު J/MD/2017/4304-145 ކޯޓު އަމުރަށް ބަލާއިރު އެކޯޓު އަމުރު ނެރެފައިވަނީ، 25 ޖުލައި 2017 ވަނަ ދުވަހުގެ 15:17 އިން ފެށިގެން ތަރިވިދާގެ މުނައްވަރު ބަންދުން ދޫކޮށްލުމަށް އަމުރުކޮށްކަމާއި، މިގޮތަށް އަޙްމަދު މުނައްވަރު ބަންދުންދޫކުރުމަށް އަމުރުކުރެއްވި ސަބަބަކީ، "މީނާ އިތުރަށް ބަންދުގައި ބަހައްޓަން ނުފެންނާތީ" ކަމަށް މިއަމުރަށް ބެލުމުން އެނގެން އޮވެއެވެ.

3ކުރިމިނަލް ކޯޓުގެ ނަންބަރު J/MD/2017/4304 - 145 ކޯޓު އަމުރު ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނޫންކަމަށްބުނެ އެއަމުރު އިސްތިއުނާފް ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އަންނަނިވި 2 ނުކުތާ ފާހަގަކޮށް އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖްލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެގޮތުން ހުށަހަޅާފައިވާ؛  ފުރަތަމަ ނުކުތާއަކީ؛ ކުރިމިނަލް ކޯޓުގެ ނަންބަރު /4304J/MD/2017-145 ކޯޓު އަމުރަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާއާ ޚިލާފަށް ނެރުއްވާފައިވާ އަމުރަކަ ށްވުންކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.  ދެވަނަ ނުކުތާއަކީ؛ ކުރިމިނަލް ކޯޓުގެ ނަންބަރު J/MD/2017/4304-145 ކޯޓު އަމުރަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ )ރ( އާ ޚިލާފށަ ނެރުއްވަފައިވާ އަމުރަކަށްވުންކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

4HN1ކރިމިނަލު ކޯޓުގެ ނަންބަރު 4304/2017 J/MD/-145 ކޯޓު އަމުރު އިސްތިއުނާފު ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅި ނުކުތާތަކަށާއި، އެނުކުތތަކާއާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި މައްސަލާގައި ހިމެނޭ ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނާ ބަލާއިރު، މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ. )ހ( ފުރަތަމަކަމަކީ، ކުރިމިނަލް ކޯޓުގެ ނަންބަރު J/MD/2017/4304-145 ކޯޓު އަމުރަށް ބަލާއިރު، އެއަމުރު ނެރުއްވާފައިވަނީ ގއ.ކޮލަމާފުށި/ ތަރިވިދާގެ އަޙްމަދު މުނައްވަރު ބަންދުންދޫކޮށްލުމަށް އަމުރުކޮށްކަމާއި، މިގޮތަށް އަޙްމަދު މުނައްވަރު ބަންދުންދޫކުރުމަށް އަމުރުކުރެއްވި ސަބަބަކީ "މީނާ އިތުރަށް ބަންދުގައި ބަހައްޓަން ނުފެންނާތީ" ކަމަށް އެ އަމުރުގައި ބަޔާންވެގެން އޮންނައިރު، އަޙްމަދު މުނައްވަރު ބަންދުން ދޫކޮށްލައިފަނީ ދެ ޝަރުޠުކޮށްފައިކަމާއި، އެއީ މާލެއިން ބޭރަށް ފުރައިގެން ނުދިޔުމަށާއި، އަޙްމަދު މުނައްވަރުގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ކުށުގެ ޢަމަލުގައި އަނިޔާ ލިބިފައިވާ ކަމަށް ބުނާ ކުއްޖާއާއި އެކުއްޖާގެ ޢާއިލާއާއި އެއްވެސް މުޢާމަލާތެއް ނުކުރުމަށްކަން މިމައްސަލައާއި ގުޅިގެން ހައިކޯޓުގައި ބޭއްވުނި ޝަރީޢަތުގެ މަޖްލީހުގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނަކަމެވެ. )ށ( ދެވަނަކަމަކީ، މިމައްސަލައާއި ގުޅިގެން ދައުލަތުގެ ފަރާތުން ހުށަހެޅި ކަންކަމުގެ މައްޗަށާއި މައްސަލައިގެ ވަށައިގެންހުރި އެންމެހައި ކަންކަމުގެ މައްޗަށް ބެލުމުން، އަޙްމަދު މުނައްވަރުގެ މައްޗަށް ޝަރުޠުކޮށް ބަންދުން ދޫކޮށްލުމަށްކޮށްފައިވާ އަމުރަށް ބަދަލު ގެންނަންޖެހޭފަދަ ސަބަބެއް އޮތްކަމުގައި ބެލެވެންނެތްކަމެވެ.  ޙުކުމް: ދެންފަހެ، އިސްވެ ބަޔާންކުރެވުނު ސަބަބުތައް އެގޮތަށް ހުރުމުން، ކުރިމިނަލް ކޯޓުގެ ނަންބަރު 4304/2017J/MD/-145 ކޯޓު އަމުރު އިސްތިއުނާފުކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ފަރާތުން ހުށަހެޅި ނުކުތާ ތަކުގެ މައްޗަށް ބިނާކޮށް އެއަމުރަށް ބަދަލެއްގެންނަންޖެހޭ ސަބަބެއް ނެތްކަމަށް މިޤަޟިއްޔާބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި އެގޮތުގެ މަތީން ޙުކުމްކޮށްފީމެވެ.

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ