ފާރޫޤް ޙަސަން ވ. ހޮޓެލްސް އެންޑް ރިސޯޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ސިވިލް ކޯޓު 1745/Cv-C/2016
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ދަށުކޯޓުގެ ނިންމުން ޚިލާފުވި ޤާނޫނީ އުޞޫލެއް ބަޔާންނުކޮށް ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކުގެ މައްޗަށް އިސްތިއުނާފީ ދަޢުވާ ކުރިއަށް ގެންދެވޭނެތޯ.
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުއިސްތިއުނާފީ ދަޢުވާ ކުރިއަށް ނުގެންދެވޭނެކަމަށް ނިންމި (ދަޢުވާ ފޯމް ބާޠިލު)
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ޤާނޫނަކުން އިސްތިސްނާނުކުރާހާ ހިނދަކު ދަށު ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ އެންމެހައި ނިންމުންތައް އިސްތިއުނާފުކުރާނީ ހައިކޯޓުގައެވެ؛ އަދި ޤާނޫނުއަސާސީއާ ނުވަތަ ޤާނޫނަކާ ނުވަތަ ގަވާއިދަކާ ޚިލާފުކަމަށް ޤަބޫލުކުރެވޭ ދަށުކޯޓުގެ ނިންމުމެއް ކަމުގެ މަޞްލަޙަތު އޮތް ފަރާތަކުން ހުށަހެޅުމުން ބެލުމުގެ އިޚްތިޞާޞް ހައިކޯޓަށް ލިބިގެންވެއެވެ.
HN2 ދަށުކޯޓުގެ ނިންމުމެއް އިސްތިއުނާފުކުރެވޭނެ ޙާލަތްތަކުގެ ތެރޭގައި، ނިންމުން ބިނާކުރެވިފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ޤަބޫލުކުރެވޭނެ ސަބަބުތައް ހުރުމާއި، ޤާނޫނު ތަޠުބީޤުކުރުމުގައި ނުވަތަ މާނަކުރުމުގައި ކުށެއް ހެދިފައިވުން ހިމެނެއެވެ.
HN3 ދަށުކޯޓުގެ ޙުކުމް ޤާނޫނާ ޚިލާފަށް ނިންމާފައިވާކަމަށް ބުނާނަމަ އިސްތިއުނާފީ ނުކުތާގައި ޚިލާފުވި ޤާނޫނީ އުޞޫލު ބަޔާންކުރަންވާނެއެވެ؛ ނިންމުން ރަނގަޅު ނޫންކަމަށް ހަމައެކަނި ބުނުމާއި، އެއްބަސްވުމުގެ އެއްވެސް މާއްދާއަކަށް ޙަވާލާނުދީ ނުވަތަ މާނަކުރުމުގެ ކޮން ހަމައަކާ ޚިލާފުވީކަން ބަޔާންނުކޮށް އެއްބަސްވުން މާނަކުރީ ރަނގަޅަށް ނޫންކަމަށް ބުނުމަކީ ފުދޭ ނުކުތާއެއް ނޫނެވެ.
HN4 ދަށުކޯޓުން ވަކި ކަމަކަށް ރިޢާޔަތްނުކުރާ ކަމަށް ބުނާ ނުކުތާއެއް، ދަށުކޯޓުގެ ނިންމުމުގައި އެކަމަށް ރިޢާޔަތްކޮށްފައިވާކަން އެނގެން އޮތްނަމަ ބިނާނުވެއެވެ.
HN5 އިސްތިއުނާފީ ނުކުތާތަކަކީ ހަރުދަނާ ޤާނޫނީ އަސާސްތަކެއްގެ މައްޗަށް ބިނާވެފައިވާ ނުކުތާތަކެއްކަން އެނގޭގޮތަށް ހުށަހަޅާފައި ނުވާނަމަ، އެ ނުކުތާތަކުގެ މައްޗަށް އިސްތިއުނާފީ ދަޢުވާ ކުރިއަށް ނުގެންދެވޭނެ ކަމުން ދަޢުވާ ފޯމު ބާޠިލުކުރަންޖެހެއެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޙަސަން ޝަފީޢު، މުޙައްމަދު ފައިޞަލް، ޙުސައިން ޝަހީދު
- ރިޔާސަތު
- ޙުސައިން ޝަހީދު
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙަސަން ޝަފީޢު · ތާއީދުކުރެއްވީ: މުޙައްމަދު ފައިޞަލް، ޙުސައިން ޝަހީދު
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔު: (މި ރައުޔަށް ފަނޑިޔާރު މުޙައްމަދު ފައިޞަލް އާއި ފަނޑިޔާރު ޙުސައިން
ޝަހީދު ތާއީދުކުރެއެވެ.)
ތަޢާރަފު
1މިއީ، ސިވިލް ކޯޓުގެ ނަންބަރު 1745/Cv-C/2016 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނޫން ކަމަށްބުނެ އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދު ނ.ހޮޅުދޫ / އޯކިޑްމާގެ، ފާރޫޤު ޙަސަން ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބލަ ފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފރައްދުވާ ފަރާތަކީ، ހޮޓެލްސް އެނޑ ރިސޯޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑެވެ.
ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާ
2އިސްތިއުނާފުކުރާ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާގެ ޞީޣާ ގައި ބުނެފައިވަނީ: "ފާރޫޤު ޙަސަން އޯކިޑްމާގެ (މީގެ ފަހުން "ދަޢުވާކުރާ ފަރާތް" ނުވަތަ "ފާރޫޤު ޙަސަން " ކަމުގައި ބުނެފައިވާ ފަރާތް) އާއި ހޮޓެލްސް އެންޑް ރިސޯޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް، (މީގެ ފަހުން "ދަޢުވާލިބޭ ފަރާތް" ކަމުގައި ބުނެފައިވާ ފަރާތް) އާއި ދެމެދު 18 ފެބްރުއަރީ 2014 ގައި، 23 ޖުލައި 2014 ގައި ސޮއިކުރެވިފައިވާ އެއްބަސްވުންތަކުގެ ދަށުން ދަޢުވާލިބޭ ފަރާތުން ދަޢުވާކުރާ ފަރާތަށް ދައްކަންޖެހިފައިވާ 4,000,000 ރުފިޔާ (ހަތަރު މިލިއަން ރުފިޔާ) ގެތެރެއިން ދައުވާލިބޭ ފަރާތުން ދައްކަންޖެހި ނުދެއްކިވާ 2,450,000 ރުފިޔާ (ދެމިލިއަން ހަތަރުލައްކަ ފަންސާސްހާސް ރުފިޔާ) އާއި އެއްބަސްވުމުގައިވާ ގޮތުގެމަތިން ޗެކަށް ފައިސާ ނުލިބުމުން ދައްކަންޖެހޭ 2,979,500 ރުފިޔާ (ދެމިލިޔަން ނުވަސަތޭކަ ހަތްދިހަ ނުވަހާސް ފަސްސަތޭކަ ރުފިޔާ) އާއިއެކު ޖުމްލަ 5,429,500 ރުފިޔާ (ފަސްމިލިއަން ހަތަރުސަތޭކަ ނަވާވީސްހާސް ފަސްސަތޭކަ ރުފިޔާ) އެކީ އެއްފަހަރާ ލިބިގަތުމަށާއި ފައިސާ ނުދައްކާވާ ޗެކްތަކުގެ 1% (އެކެއް އިންސައްތަ) ވ ފައިސާ ޙުކުމްކުރާ ދުވަހާއިހަމައަށް ނަންގަވައިދެއްވުމަށާއި، އެއްބަސްވުމާ ޚިލާފްވުމުގެ ސަބަބުން އައިޑީރަޖިސްޓްރީ ނަންބަރު 283/2007-C ދަޢުވާކުރާ ފަރާތަށް ލިބިފައިވާ ގެއްލުމަށް ދަޢުވާ ލިބޭ ފަރާތުން ޒިންމާވާނެޖެހޭނެކަމަށް ކަނޑައަޅުއްވައިދެއްވުން އެދި ކުރާ ދަޢުވާއެކެވެ." މިފަދައިންކަން އެނގެން އޮވެއެވެ.
3އަދި އެ ޤަޟިއްޔާގައި ޙުކުމްކޮށްފައިވަނީ: [ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތައް އެގޮތުގައި ހުރުމާއެކު، […] އެވެ ކިޔުނު 3,200 އަކަފޫޓުގެ ބަންޑާރަ ގޯތި ކުއްޔަށް ހިފުމާ ގުޅޭގޮތުން ނ.ހޮޅުދޫ / އޯކިޑްމާގެ، ފާރޫޤު ޙަސަން އާއި، ހޮޓެލްސް އެންޑް ރިސޯޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ދެމެދު 18 ފެބްރުއަރީ 2014 ގައާއި، 23 ޖުލައި 2014 ގައި ވެފައިވާ އެއްބަސްވުންތަކުގެ ދަށުން ފާރޫޤު ޙަސަނަށް -4,000,000/ރ. (ހަތަރު މިލިއަން ރުފިޔާ) ދިނުމަށް ހޮޓެލްސް އެންޑް ރިސޯޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން އެއްބަސްވެފައިވަނީ، އެގޯތި ބޭނުންކޮށް މަންފާ ޙާޞިލުކުރުމުގެ ފުރުޞަތު ހޮޓެލްސް އެންޑް ރިސޯޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް ލިބި ދިނުމުގެ މުޤާބިލުގައި ކަމަށްވާ ތ، މި ފުރުޞަތު ލިބުމެއްނެތި، މިކަމުގެ މުޤާބިލުގައި ދިނުމަށް ހުރި ފައިސާގެ ތެރެއިން ނުލިބިވާ ފައިސާ ދިނުމަށް ހޮޓެލްސް އެންޑް ރިސޯޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް އަންގާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި ޙުކުމްކޮށްފީމެވެ]. މިފަދައިންނެވެ.
އިސްތިއުނާފަށް ހުށަހެޅުނު ނުކުތާތައް
4ސިވިލް ކޯޓުގެ ނަންބަރު 1745/Cv-C/2016 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނޫން ކަމަށްބުނެ އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދު ނ. ހޮޅުދޫ / އޯކިޑްމާގެ، ފާރޫޤު ޙަސަންގެ ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާ ފޯމުގެ 7 ވަނަ ނަންބަރު ސިވިލް ކޯޓުގެ ނަންބަރު 1745/Cv-C/2016 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް، ސަފުހާ ނަންބަރު 7 ފަރާތުން އަންނަނިވި ނުކުތތައާ ހުށަހަޅާ އެނުކުތާތަކާ ބެހޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތާތަކަކީ :
4.1 ފާރޫޤު ޙަސަން އާއި ހޮޓެލްސް އެންޑް ރިސޯޓް ކޮންސްޓްރަކްޝަންއާއި ދެމެދު ވެފައިވާ އެއްބަސްވުންތަކުގެ ދަށުން، ހޮޓެލްސް އެންޑް ރިސޯޓް ކޮންސްޓްރަކްޝަންއިން ފާރޫޤު ޙަސަންއަށް ދޭންޖެހޭ ފައިސާއަކީ […] އެވެ ކިޔުނު 3،200 އަކަފޫޓު ބަންޑާރަ ގޯތީގެ މައްޗަށް ފާރޫޤު ޙަސަންއަށް ލިބިދީފައިވާ ޙައްޤުތައް ހޮޓެލްސް އެންޑް ރިސޯޓް ކޮންސްޓްރަކްޝަންއަށް ނަޤުލުކޮށްދިނުމަށް ދޭންޖެހޭ ފައިސާއެއް ކަމުގައިވާއިރު، ފާރޫޤު ޙަސަންގެ ފަރާތުން 18 ފެބުރުވރަ 2014 ގައި ވެފައިވާ އެއްބަސްވުން މެދުވެރިކޮށް އެ ޙައްޤުތައް ނަޤުލުކޮށްދީފައިވހިނދު، އެ ގޯތީގެ މަންފާ ޙާޞިލުކުރުމުގެ ފުރުޞަތު ހޮޓެލްސް އެންޑް ރިސޯޓް ކޮންސްޓްރަކްޝަންއަށް ލިބިދީފައިނުވާކަމަށް ކަނޑައަޅުއްވައި މައްސަލަ ނިންމަވާފައިވަނީ ރަނގަޅަށް ނޫންކަމަށް ބުނެ ހުށަހެޅި ނުކުތާ އާއި؛
4.2 18 ފެބރު ވ ރ 2014 ގައި ފާރޫޤު ޙަސަން އެއާ ހޮޓެލްސް އެންޑް ރިސޯޓް ކޮންސްޓްރަކްޝަންއާ ދެމެދު ވެފައިވާ އެއްބަސްވުން މާނަކުރައްވާފައިވަނީ ރަނގަޅަށް ނޫންކަމަށް ބުނެ ހުށަހެޅި ނުކުތާ އާއި؛
4.3 ސިވިލް ކޯޓުގެ ނަންބަރު 412/Cv-C/2016 ޤަޟިއްޔާގައި ވުޖޫދުވުމުގައިވެސް ބާޠލި އެއްބަސްވުމެއްކަމަށް ކަނޑައަޅާފައިވާ އެއްބަސްވުމަކީ ފާރޫޤު ޙަސަން ބައިވެރިވެފައިވާ އެއްބަސްވުމަކަށްނުވާއިރު، އެކަމަށް ރިޢާޔަތް ނުކުރައްވައި މައްސަލަ ނިންމަވާފައިވަނީ ރަނގަޅަށް ނޫންކަމަށް ބުނެ ހުށަހެޅި ނުކުތާ އަދި
4.4 ފާރޫޤު ޙަސަންގެ ހެޔޮ ނިޔަތެއް ނެތްކަން އެނގެން އޮންނަކަމަށް ކަނޑައަޅުއްވާފައިވަނީ، ސިވިލް ކޯޓުގެ ދަޢުވާގައި ބަޔާންކޮށްފައިވާ މުޢާމަލާތުގެ ކުރިން ހިނގާފައިވާ މުޢާމަލާތެއްގެ މައްޗަށް ބިނާކޮށާ ކަމުގައިވާއިރު، އެ މުޢާމަލާތާގުޅޭގޮތުނ ސިވިލް ކޯޓުގައި ވާހަކަ ދެއްކެވިފައިނުވާއިރު، އެކަމުގެ މައްޗަށް ބިނާކޮށް ފާރޫޤު ޙަސަންގެ ހެޔޮ ނިޔަތެއް ނެތްކަމަށް ކަނޑައަޅުއްވާފައިވަނީ ރަނގަޅަށް ނޫންކމަށަ ބުން ހުށެހެޅި ނުކުތާއެވެ.
އިސްތިއުނާފުކުރާފަރާތުން އެދޭގޮތް
5އިސްތިއުނާފުކުރާފަރާތުން އެދިފައިވަނީ: "މަތީގައިވާ އެންމެހައި ކަންކަމަށް ރިޢަޔަތްކުރައްވައި ސިވިލް ކޯޓުގެ ނަންބަރު 1745/Cv-C/2016 ޤަޟިއްޔާ ބާޠިލްކޮށްދެއްވައި މައްސަލަ ނިންމަވައިދެއްވުން އެދެމެވެ". މިފަދައިންކަން އެނގެން އޮވެއެވެ.
އިސްތިއުނާފރައްދުވާ ފަރާތުން އެދޭގޮތު
6އިސްތިއުނާފު ރައްދުވާފަރާތުން އެދިފައިވަނީ އެ ފަރާތުން ފާހަގަކޮށްފައިވާ ކަންތައްތަކުގެ އަލީގައި ވީ އެންމެ އަވަސް ފުރުޞަތެއްގައި ޙުކުމެއްކޮށްދިނުމށެވެ. އިސްތިއުނާފީ ނުކުތާތަކގުޅިގެނ ޝަރީޢަތަށް ފާހަގަކުރެވުނު ކަންކަނާ
7މި ޤަޟިއްޔާއާ ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ދެފަރާތުން ފާހަގަކުރަން ބޭނުންވާ ކަންކަމާއި ގުޅޭގޮތުން ވާހަކަދައްކާފައިވެއެވެ.
8އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފު ބިނާކޮށްފައިވާ ނުކުތާތަކުގެ ޤާނޫނީ އަސާސަކީ ނުވަތަ އުސޫލަކީ ކޮބައިކަން ސާފުކޮށް އެނގެން ނެތްކަން ފާހަގަކުރެވެއެވެ. މިގޮތުން، އިސްތިއުނާފީ ނުކުތާތަކުގައި ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު ފުރަތަމަ ނުކުތާގައި ބަޔާންކޮށްފައިވަނ މައްސަލީ ނިންމާފައިވަނީ ރަނގަޅަށް ނޫންކަމަށެވެ. އަދި ދެވަނަ ނުކުތާގައި ބަޔާންކޮށްފައިވަނީ އެއްބަސްވުން މާނަކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށެވެ. އަދި ތިންވަނަ ނުކުތާގައި ބަޔާންކޮށްފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 412/Cv-C/2016 އިސްތިއުނާފު ފޯމުގެ 10 ވަނަ ނަންބަރު 28 ޖޫން 2021 ގައި އޮތް ޝަރީޢަތުގެ މަޖިލިހުގައި އިސްތިއުނާފުރައްދުވާ ފަރާތުން ބުނެފައިވާ ބުނުން ޤަޟިއްޔާގައި ވުޖޫދުވުމުގައިވެސ ބާޠިލް އެއްބަސްވުމެއްކަމަށް ކަނޑަ އަޅާފައިވާ އެއްބަސްވުމަކީ ފާރޫޤު ޙަސަން ބައިވެރިވެފައިވާ އެއްބަސްވުމަކަށް ނުވާއިރު، އެކަމަށް ރިޢާޔަތް ނުކުރައްވައި މައްސަލަ ނިންމަވާފައިވަނީ ރަނގަޅަށް ނޫންކަމަށެވެ. އަދި ހަތަރުވަނަ ނުކުތާގައި ބަޔާންކޮށްފައިވަނީ، ހެޔޮނިޔަތެއް ނެތްކަމަށް ކަނޑައަޅާފައިވަނީ ރަނގަޅަށް ނޫންކަމަށެވެ.
9HN1ހައިކޯޓަކީ ދަށު ކޯޓުތަކުންނިންމާ އެންމެހައި ނިންމުންތައް އިސްތިއުނާފުކުރެވޭ ކޯޓު ކަމަށާއި ޤާނޫނަކުން އިސްތިސްނާ ނުކުރާހާހިނދަކު، ދަށު ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާއެންމެހައި ނިންމުންތައް އިސްތިއުނާފުކުރާނީ ހައިކޯޓުގައި ކަމަށް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 31 ވަނަ މާއްދާގއަ ބަޔާންކޮށްފއިވާކަން އެނގެއެވެ.
10އަދި ދަށު ކޯޓުތަކުން ނިންމާ މައްސަލަތަކުގެ ތެރެއިން އިސްތިއުނާފަށް ހުށަހެޅޭ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ހައިކޯޓަށް ލިބިގެންވާކަމަށް ބުނެވިދިޔަ ޤާނޫނުގެ 36 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާކަން އެނގެއެވެ.
11އޭގެ އިތުރުން، ދަށު ކޯޓަކުން ނިންމާފައިވާ މައްސަލައެއް ނުވަތަ ދަށުކޯޓަކުން ނެރެފައިވާ އަމުރެއް ނުވަތަ ނިންމާފައިވާ ނިންމމެއު ކަމުގައިވީނަމަވެސް، ޤާނޫނއަސާސީއު ނުވަތާ ޤާނޫނަކާ ނުވަތަ ޤާނޫނަކުން ބާރުލިބިގެން ހަދާފައިވާ ގަވާއިދަކާ ޚިލާފުކަމަށް ޤަބޫލުކުރެވިގެން، އެކަން ފާހަގަކޮށް، ކަމުގެ މަޞްލަޙަތު އޮތް ފަރާތަކުން ހުށަހަޅާ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ހައިކޯޓަށް ލިބިގެންވާކަމަށް އެ ޤާނޫނުގެ 38 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަން އެނގެއެވެ.
12HN2ދަށު ކޯޓުތަކާއި ޓްރައިބިއުނަލްތަކުގެ ނިންމުންތައް އިސްތިއުނާފު ކުރެވޭނެ ޙާލަތްތަކގު ތެރޭގައި، އިސްތިއުނާފުކުރަން ހުށަހަޅާ ޙުކުމް ނުވަތަ ނިންމުން ބިނާކުރެވިފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ޤަބޫލުކުރެވޭނެ ޤާނޫނު ނަންބަރު 0201/22 ސަބަބުތަކެއް ހުރުން ނުވަތަ ޤާނޫނު ތަޠުބީޤުކުރުމުގައި ނުވަތަ ޤާނޫނު މާނަކުރުމުގައި ކުށެއް ހެދިފައިވާކަމަށް ޤަބޫލުކުރެވޭނެ ކަންކަން ހުރުންކަން އެނގެންއޮވެއެވެ.
13HN3HN4އެހެންކަމުން، އިސްތިއުނާފަށް ހުށަހަޅާ މައްސަލަތަކުގައި ދަށު ކޯޓުގެ ޙުކުމް ޤާނޫނާ ޚިލާފަށް ނިންމާފައިވާކަމަށް ބުނާނަމަ ޚިލާފު ވާ އުޞޫލެއް ބަޔާންކުރަންވާނެކަމުގައި އަހުރެން ދެކެމެވެ. ނަމަވެސް، އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ފުރަތަމަ ނުކުތާއަށް ބަލާއިރު، ދަށު ކޯޓުގެ ނިންމުން ރަނގަޅު ނޫންކަމަށް ބުނާ ޤާނޫނީ އުޞޫލެއް ބަޔާންކޮށްފައި ނެތްކަން ފާހަގަކުރެވެއެވެ. އިސްތިއުނާފީ ދެވަނަ ނުކުތާއަށް ބަލާއިރު، ދަށު ކޯޓުން އެއްބަސްވުން މާނަކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައި ވީނަމަވެސް، އެއްބަސްވުމުގެ އެއްވެސް މާއްދާއަކަށް ޙަވާލާދީފައެއްނުވެއެވެ. އަދި ދަށު ކޯޓުގެ ނިންމުން ޚިލާފުވީ މާނަކުރުމުގެ ކޮން ހަމައަކާ ކަމެއްވެސް ބަޔާންކޮށްފައެއްނުވެއެވެ. އިސްތިއުނާފީ ތިންވަނަ ނުކުތާގައި ސިވިލް ކޯޓުގެ ނަންބަރު 412/Cv-C/2016 ޤަޟިއްޔާގައި ވުޖޫދުވުމުގައިވެސ ބާޠިލް އެއްބަސްވުމެއް ކަމަށް ކަނޑައަޅާފައިވާ އެއްބަސްވުމަކީ ފާރޫޤު ޙަސަން ބައިވެރިވެފައިވާ އެއްބަސްވުމަކަށް ނުވާއިރު، އެ ކަމަށް ރިޢާޔަތްނުކޮށް މައްސަލަ ނިންމާފައިވާކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނި ނަމަވެސް، ދަށު ކޯޓުގެ ނިންމުމުގެ 3.3 ގައި އެކަމަށް ރިޢާޔަތްކޮށްފައިވާކަން އެނގެންއޮވެއެވެ. އަދި އިސްތިއުނާފީ ހަތަރުވަނަ ނުކުތާގައި ހެޔޮ ނިޔަތްނެތްކަމަށް ކަނޑައަޅާފައިވަނީ ރަނގަޅަށް ނޫންކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވާއިރު އެކަމަށް ވެސް ޤާނޫނީ އަސާސެއް ބަޔާންކޮށްދީފައިވާކަން އެނގެން ނެތްކަން ފާހަގަކުރެވެއެވެ.
14HN5ވުމާއެކު، މި ޤަޟިއްޔާގައި، އިސްތިއުނާފަށް ހުށަހަޅާފައިވާ ނުކުތާތަކަކީ ހަރުދަނާ ޤާނޫނީ އަސާސްތަކެއްގެ މައްޗަށް ބިނާވެފައިވާ ނުކުތާތަކެއްކަން އެ ނގޭނެގޮތަށް އިސްތިއުނާފީ ނުކުތާތަށް ހުށަހެޅިފައިވާކަން އެނގެން އޮތްކަމަށް ނުފެނެއެވެ.
15އެހެންކަމުން، ހުށަހެޅިފައިވާ ނުކުތާތަކުގެ މައްޗަށް މި އިސްތިއުނާފީ ދަޢުވާ ކުރިއަށް ގެންދެވިދާނެކަމަކަށް އަހުރެންނުދެކެމެވެ. ވީމާ، މި އިސްތިއުނާފީ ދަޢުވާގެ ފޯމް ބާޠިލުކުރަންޖެހޭކަމުގައި އަހުރެންދެކެމެވެ. ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނެ )ގެ 43 ވަނަ މާއްދާ
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތުގައި ހުރިކަމަށް ޝަރީޢަތަށް ފާހަގަކުރެވިފައި ވ މާއެކު، ސިވިލް ކޯޓުގެ ނަންބަރު 1745/Cv-C/2016 ޤަޟިއްޔާއިސްތިއުނާފު ކުރުމަށްޓަކައި ފާރޫޤު ޙަސަންގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާ ތަކު ގެ މައްޗަށް ބިނާކޮށް، މި އިސްތިއުނާފީ ދަޢުވާ ކުރިއަށް ގެންދާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ. މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ ފަނޑިޔާރު މުޙައްމަދު ފައިޞަލް ފަނޑިޔާރު ޙަސަން ޝަފީޢު ފަނޑިޔާރު ޙުސައިން ޝަހީދު (ރިޔާސަތު)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 31 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 36 ވަނަ މާއްދާގެ (ނ)
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 38 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 43 ވަނަ މާއްދާ
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.