ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2018/HC-A/332

މުޙައްމަދު މުޚްތާރު ވ. ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން ޕލކ ލޓޑ

ދަށުކޯޓުގެ ނިންމުން ބާޠިލު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކޮށްފައިޙުކުމުގެ ހާލަތު
ހައިކޯޓު · 21 ޖޫން 2021ދަށު ކޯޓު: ސިވިލް ކޯޓު 1595/Cv-C/2017ބާވަތް: އެހެނިހެން

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސިވިލް ކޯޓު 1595/Cv-C/2017
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
ރާއްޖެއިން ބޭރަށް ދަތުރުކުރާ ބޯޓެއްގައި ވަޒީފާ އަދާކުރި މުވައްޒަފަކީ ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ ޙިމާޔަތް ނުލިބޭ ފަރާތެއްކަމަށް ބުނެ ސިވިލް ކޯޓުން ދަޢުވާ ނިންމުމަކީ ޞައްޙަ ނިންމުމެއްތޯ؛ އަދި 2 އަހަރަށްވުރެ ގިނަ ދުވަހު ވަކި މުއްދަތެއްގެ އެއްބަސްވުންތަކުގެ ދަށުން ވަޒީފާ އަދާކުރި މުވައްޒަފުގެ ވަޒީފާ ދާއިމީ ވަޒީފާއެއްގެ ގޮތުގައި ބަލަންޖެހޭތޯ ދަށުކޯޓުން ކަނޑައަޅަންޖެހޭތޯ.

ނިންމުން

ދަށުކޯޓުގެ ނިންމުން ބާޠިލު

ސިވިލް ކޯޓުގެ ޙުކުމް ބާޠިލުކޮށް އަލުން ބެލުމަށް ފޮނުވި

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ޢާންމު އުޞޫލެއްގެ ގޮތުން ވަޒީފާއިން ވަކިކުރުމާމެދު ހިތްހަމަނުޖެހޭ ފަރާތުން މައްސަލަ ހުށަހަޅަންޖެހެނީ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ނަމަވެސް، ވަޒީފާއާބެހޭ ޤާނޫނުގެ 34 ވަނަ މާއްދާގެ (ހ) ގެ 2 ގެ ދަށުން ޓްރައިބިއުނަލުގެ އިޚްތިޞާޞް ނުހިނގާ ފަރާތްތަކުގެ (ރާއްޖެއިން ބޭރަށް ދަތުރުކުރާ ބޯޓުތަކުގައި ވަޒީފާ އަދާކުރާ ފަރާތްތައް) މައްސަލަ ބެލުމުގެ އިޚްތިޞާޞް ލިބިގެންވަނީ ޢާންމުކޮށް މަދަނީ މައްސަލަތައް ބަލާ ކޯޓަށެވެ؛ ދެބަސްވުންތައް ދިވެހިރާއްޖޭގެ ކޯޓުތަކުން ނިންމާނެކަމަށް ވަޒީފާގެ އެއްބަސްވުމުގައި ބަޔާންވުމުން ސިވިލް ކޯޓުގެ އިޚްތިޞާޞް އިތުރަށް ކަށަވަރުވެއެވެ.

އެހެނިހެން › އެއްބަސްވުމާ މެދު ޚިލާފު އުފެދިގެން

HN2 ވަޒީފާއާބެހޭ ޤާނޫނުގެ 34 ވަނަ މާއްދާގެ (ހ) ގެ 2 ގައިވާ ފަރާތްތައް އެ ޤާނޫނުގެ 4 ވަނަ ބާބުން އިސްތިސްނާކުރެވިފައިވީނަމަވެސް، އެފަރާތްތަކާއި ވަޒީފާދޭ ފަރާތާ ދެމެދުގެ އެއްބަސްވުމުން އުފެދޭ މައްސަލަތައް ބެލުމުގައި، ވަޒީފާގެ ތަބީޢަތުން އިސްތިސްނާކުރަންޖެހޭ ކަންކަން ފިޔަވައި، 4 ވަނަ ބާބުގައިވާ ވަޒީފާއާގުޅޭ ޙައްޤުތަކާއި އުޞޫލުތަކާއި ހަމަތައް ތަޠްބީޤުކުރުމަށް ހުރަހެއް އޮތްކަމަށް ނުދެކެއެވެ.

އެހެނިހެން › އެއްބަސްވުމާ މެދު ޚިލާފު އުފެދިގެން

HN3 ވަކި މުއްދަތެއްގެ އެއްބަސްވުންތަކުގެ ދަށުން 2 އަހަރަށްވުރެ ގިނަ ދުވަހު ވަޒީފާ އަދާކުރިކަމަށް ބުނެ ވަޒީފާއަކީ ދާއިމީ ވަޒީފާއެއްގެ ގޮތުގައި ބަލަންޖެހޭނެކަމަށް (ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ (ޅ)) ދަޢުވާކުރާ ފަރާތުން ބުނާނަމަ، އެ ވަޒީފާއަކީ ދާއިމީ ވަޒީފާއެއްތޯއާއި ވަކިކުރީ ޤާނޫނާ އެއްގޮތަށްތޯ ދަށުކޯޓުން ކަނޑައަޅަންޖެހޭނެއެވެ؛ ބަދަލާމެދު ގޮތެއް ކަނޑައެޅެނީ އެ ނުކުތާއާމެދު ކަނޑައެޅޭ ގޮތުގެ މައްޗަށެވެ.

އެހެނިހެން › އެއްބަސްވުމާ މެދު ޚިލާފު އުފެދިގެން

HN4 ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 46 ވަނަ މާއްދާގެ ދަށުން، މައްސަލައިގައި ކަންހިނގާފައިވާ ގޮތް އަލުން ބަލަންޖެހޭ ގޮތަކަށް އޮތް މައްސަލައެއް އަލުން ބެލުމަށް ހައިކޯޓުން ދަށުކޯޓަށް ތަޙުވީލުކުރެވިދާނެއެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޢަބްދުއްރައޫފު އިބްރާހީމް، މުޙައްމަދު ނިޔާޒް، ޙުސައިން ޝަހީދު
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
ޢަބްދުއްރައޫފު އިބްރާހީމް · ތާއީދުކުރެއްވީ: މުޙައްމަދު ނިޔާޒް، ޙުސައިން ޝަހީދު
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

1މިއީ ސިވިލް ކޯޓުގެ ނަންބަރު 1595/Cv-C/2017 ޤަޟިއްޔާގައި ނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފުކަމަށް ބުނެ އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ގދ.ފިޔޯރީ/ނެލުން، މުޙައްމަދު މުޚތާރް (މީގެ ފަހުން މިރިޕޯޓުގައި "މުޚްތާރު" މިހެން މުޚާތަބު ކުރެވޭ) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފުރައްދުވާފަރާތަކީ،ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ (މީގެ ފަހުން މިރިޕޯޓުގައި "އެސް.ޓީ.އޯ." މިހެން މުޚާތަބް ކުރެވޭ) އެވެ. ކަނހިނގް ގޮތް:

2ގދ.ފިޔޯރީ/ނެލުން، މުޙައްމަދު މުޚްތާރު އާއި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ އާ ދެމެދު 60 ނޮވެންބަރު 2014 ގައި ވަޒީފާގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ. އެ އެއްބަސްވުމުގެ ދަށުން މުޚްތާރުގެ ވަޒީފާއަކީ އެސް. ޓީ. އޯ. ބޯޓުތަކުގެ ޗީފް އޮފިސަރުގެ ވަޒީފާއެވެ. އަދި އެއަށްފަހު 6 ޖަނަވަރީ 2015 އިން 5 ޖަނަވަރީ 2016 އަށް 1 (އެކެއް) އަހަރު ދުވަހުގެ ވަޒީފާގެ އެއްބަސްވުމެއްވެފައިވާ ކަމާއި އަދި އެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އިތުރު 1 (އެކެއ) އަހަރު ދުވަހަށް ވަޒީފާގެ އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްފައިވާކަން އެނގެއެވެ.

3މުޚްތާރު އެސް. ޓީ. އޯ. ގައި އަދާކުރަމުން ދިޔަ ޗީފް އޮފިސަރުގެ ވަޒީފާއިން ވަކިކޮށްފައިވަނީ ދެފރާތުގަ ދެމެދު ވެފައިވާ އެއްބަސްވުން (6 ޖަނަވަރީ 2016 އިން 5 ޖަނަވަރީ 2017 އަށް 12 (ބާރަ) މަސްދުވަހުގެ މުއްދަތަށް) ގެ މުއްދަތު ހަމަވުމުންނެވެ. އެސް. ޓީ. އޯ. ގައި މުޚްތާރު ވަޒީފާއަދާކޮށްފައިވަނީ 2 (ދޭއް) އަހަރާއި 2(ދޭއް) މަސްދުވަހެވެ.

4އެސް. ޓީ. އޯ. ގެ ވަޒީފާއިން މުޚްތާރު ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށް ކަމަށް ބުނެ އެމައްސަލަ މުޚްތާރުގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅިއެވެ. އެ މައްސަލަ ބަލާފައިވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 41/VTR/2017 މައްސަލައިގައެވެ.

5ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 41/VTR/2017 މައްސަލައިގައި އެ މައްސަލަ ބެލުމުގެ އިޚްތިޞާޞް އެ ޓްރައިބިއުނަލަށް ލިބިގެން ނުވާކަމަށް ނިންމާފައި ވެއެވެ. އެގޮތަށް ނިންމުމާ ގުޅިގެން މުޚްތާރުގެ ފަރާތުން އެމައްސަލަ ސިވިލް ކޯޓަށް ހުށަހެޅިއެވެ. ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ :

6ސިވިލް ކޯޓަށް މުޚްތާރުގެ ފަރާތުން ހުށަހެޅި މައްސަލައިގެ ޞީޣާއަށް ބަލާއިރު، ގދ.ފިޔޯރީ/ނެލުން، މުޙައްމަދު މުޚްތާރު އާއި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ އާ ދެމެދު 60 ނޮވެންބަރު 2014 އިން ފެށިގެން ޗީފް އޮފިސަރެއްގެ މަޤާމުގެ ވަޒީފާއަދާކުރުމަށް އެއްބަސްވެ އަދި އެއެއްބަސްވުމާ އެއްގޮތަށް ވަޒީފާއަދާކުރަމުން ދަނިކޮށް، ވަޒީފާގެ އެއްބަސްވުން އައުކޮށްދެވެން ނެތްކަމަށް އަނގަބަހުން ބުނެ 05 ޖަނަވަރީ 2017 ގައި ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާއާ ޚިލާފަށް ވަޒީފާއިން ވަކިކޮށްފައިވާތީ ވަޒީފާއަށް ނުވަތަ އެފެންވަރުގެ އެހެން ވަޒީއަކަށް އަނބުރާ އިޢދަކޮށްދިނުމާއެކު، ވަޒީފާ އިޢާދަކޮށްދެވެންދެނ ލިބެމުން އައި މުސާރައާއި ޢިނާޔަތްތައް ލިބިދިނުމަށާއި ވަޒީފާއިން ވަކިކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު އެސް. ޓީ. އޯ. ގެ ކިބައިން ހޯދުމަށްކަން އެނގެއެވެ. ސިވިލް ކޯޓުން ނިންމިގޮތް:

7އެ ޤަޟިއްޔާގައި ސިވިލް ކޯޓުން ޙުކުމްކޮށްފައިވަނީ "ދެންފަހެ، ބުނެވިދިޔަ ކަންކަން އެގޮތުގައި ހުރުމާއެކު، މުޚްތާރަކީ ރާއްޖެއިން ބޭރަށް ދަތުރުކުރާ ބޯޓެއްގައި ވަޒީފާއަދާކުރަމުން ދިޔަ ފަރާތެއްކަން ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 41/VTR/2017 މައްސަލައިގައި ނިންމި ގޮތުގެ ލިޔުމުން އެނގެން އޮންނަހިނދު، ރާއްޖެއިން ބޭރަށް ދަތުރުކުރާ ބޯޓުތަކުގައި ވަޒީފާއަދާކުރާފަރާތްތަކަކީ ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 13 ވަނަ މާއްދާގެ ދަށުން މި ޤާނޫނުން ލާޒިމް ކުރާ ޙިމާޔަތް މުޠުލަޤު ގޮތެއްގައި ދެވިދާނެ ފަރާތެއް ނޫންކަން ވަޒީފާއާބެހޭ ޤާނޫނުގެ 34 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރަށާއި ދިވާ ހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/62 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓގު 3 ވަނަ ނުކުތާގެ (ށ) އަށް ރިޢާޔަތްކުރުމުން އެނގެން އޮންނާތީ، މި މައްސަލައިގައި ދަޢުވާކުރާ ގދ.ފިޔޯރީ/ނެލުނ މުޙައްމަދް މުޚްތާރުގެ ފަރާތުން އެދިފައިވާ ފަދައިން ކަނޑައަޅައި ދެވެންނެތް ކަމަށް ޙުކުމްކޮށްފީމެވެ." މިފަދައިންނެވެ. އިސްތިއުނާފުކުރުމަށް ހުށަހެޅި ނުކުތާ: - ސިވިލް ކޯޓުގެ ނަންބަރު 1595/Cv-C/2017 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓް

8ސިވިލް ކޯޓުގެ ނަންބަރު 1595/Cv-C/2017 ޤަޟިއްޔާ ނިންމާ ފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞލުތަކޫ ޚިލާފަށް ކަމަށް ބުނެ އެ ޤަޟިއްޔާ އިސްތިއުނާފކުރުމަށު މުޙައްމަދް މުޚްތާރގެ ފަރާތުނު އަންނަނިވި ނުކުތާ ހުށަހަޅައި އެ ނުކުތާއާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައި ވެއެވެ. ސިވިލް ކޯޓުން ވަނީ ހައިކޯޓުގެ ނަންބަރު 2010/HC-A/62 ޤަޟިއްޔާގައިވާ ޤާނޫނީ ނުކުތާ (ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭޤާނޫނު) ގެ 34 ވަނަ މާއްދާގެ (ހ) ގެ 2 ގެ ދަށުން އެޤާނޫނުގެ 4 ވަނަ ބާބުން އިސްތިސްނާކުރެވޭނ ބައިނަލްއަޤްވާމީ ކަނޑުތަކުގައ ދަތުރުކުރި މީހުން އެކަނި) މި މައްސަލައަށް ނުބައިކޮށް ތަޠްބީޤުކޮށްފައވެ.

9މިނުކުތާ ހުށަހެޅުމަށްފަހު މުޚްތާރުގެ ފަރާތުން އެދިފައިވަނީ އޭނާގެ ފަރާތުން ހުށަހެޅި މައްސަލަ ބެލުމުގެ އިޚްތިޞާޞް ލިބިގެންވަނީ ކޮން ކޯޓަކުން ނުވަތަ ޓްރައިބިއުނަލަކުންކަނ ކަނޑައަޅައް ދިނުމަށާއި، މުޚްތާރަކީ ކަނޑުދަތުރުފަތުރު ކުރާ އުޅަނދެއްގައި މަސައްކަތކުރް މީހެއް ނޫންކަމަށް ކަނޑައަޅައި ދިނުމަށާއި އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި ދީ އޭނާ އަދާކުރަމުން ދިޔަ ވަޒީފާއަށް އަލުން އަނބުރާ ރުޖޫޢުކޮށް ދިނުމާއެކު، އިސްތިއުނާފުކުރެވިފައިވާ ޤަޟިއްޔާއާއި ވަޒީފާއާބެހޭ ޓްރައިބިއުނަލުންގެ ނަންބަރު 41/VTR/2017 މައްސަލައިގައި ނިންމާފައިވާ ނިންމުން ބާޠިލްކޮށް ދިނުމަށެވެ.

10ސިވިލް ކޯޓުގެ ނިންމުން ޤާނޫނާ ޚިލާފުކަމަށް މުޚްތާރުގެ ފަރާތުން ހުށަހަޅާފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/62 (ލެޝަރ ހޮލިޑޭސް ޕވޓ ލޓޑ ވ. މުޙައްމަދު ޝަރީފް) ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލު ނުބައިކޮށް އެޤަޟިއްޔާގައި ތަޠްބީޤުކޮށްފައިވާ ކަމަށްބުނެކަން އެނގެއެވެ. އެ ޤަޟިއްޔާގައި، ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 34 ވަނަ މާއްދާގެ (ހ) ގައި އެޤާނޫނުގެ 4 ވަނަ ބާބުން އިސްތިސނާކުރެވް މުވައްޒަފުން ބަޔާންކޮށްފައިވާއިރު، އެ އަކުރުގެ (2) ވަނަ ނަންބަރުގައި "ކަނޑުދަތުރުކުރާ އުޅަނދާ ނުވަތު މަތިންދާ ބޯޓުގައި މަސައްކަތްކުރާ މީހުން" ހިމަނާފައިވާކަން ފާހަގަ ކުރެވޭ ކަމާއި، އެޤާނޫނުގެ 28 ވަނަ މާއްދާއަކީ 4 ވަނަ ބާބުގައި ހިމެނޭ މާއްދާއެއް ކަމާއި، ނޯޓިސް ދިނުމަށްފަހު ނުވަތަ ނޯޓިސް ދިނުމަކާނުލައި މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފިނަމަ، އަދި އޭނާ ވަޒީފައިން ވަކިކުރީ އެކަށީގެންވާ ސަބަބެއްނެތި ކަމަށް އޭނާއަށް ޤަބޫލު ކުރެވޭނަމަ، ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި އެކަމުގަ ޝަކުވާ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުގެ ޙައްޤު މުވައްޒަފަށް ލިބިދީފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 28 ވަނަ މާއްދާގެ (ހ) އިން ކަމާއި، ވަޒީފާއިން ވަކިކޮށްގެން ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމުގެ ޙައްޤުން އެޤާނޫނުގެ 34 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަރާތްތައް އިސްތިސްނާކޮށްފައިވާތީ، އެފަރާތްތައް ވަޒީފާއިން ވަކިކޮށްގެން ހުށަހަޅާ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ވަޒީފާއާބެހޭ ޓރައިބިއުނަލަށ ލިބިގެންނުވާކަމަށް ކަނޑައަޅާފައިވާކަން އެނގެއެވެ.

11އިސްވެ ބުނެވުނު ޤަޟިއްޔާ }A/62-{2010/HC ގައި ކަނޑުދަތުރުކުރާ އުޅަދުތަކުގައި މަސައްކަތކުރް މީހުންނާބެހޭ ޚާއްޞަ އުޞޫލުތައް އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަނުން ޤަބޫލުކުރާ ކަމާއި، ވަޒީފާއިން ވަކިކުރުމާބެހޭ ޢާންމު ބައިނަލްޢަޤްވާމީ އުޞޫލުތަކުން އިސްތިސްނާކުރެވިދާނެ ކަނޑުދަތުރުކުރާ އުޅަނދުގައި މަސައްކަތްކުރާ މީހުން ނުވަތަ ސީފެއަރަރގ ގިންތީގެ ތެރޭގައި ހިމެނޭ މީހުންނަށް ބަލާއިރު، އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަންގެ މެރިޓައިމް ލޭބަރ ކޮންވެންޝަން 2006 ގައި ކަނޑުދަތުރުކުރާ އުޅަދުގައި މަސައްކަތް ކުރާ މީހުން ކަމަށް ބަލާފައިވަނީ ހަމައެކަނި ޤައުމުތަކުގެ އައްސޭރިފަށުގައ އަދި ޤައުމުތަކުގެ އެތެރެވަރީގައި އެޤައުމުތަކުގެ ބަނދަރުތަކުގައި ގަވާއިދުތައް ހިންގޭ ސަރަހައްދުގައ ދަތުރުކުރި އުޅަނދުތަކުގައި މަސައްކަތްކުރާ މީހުން ފިޔަވައި، ދެންހުންނަ އުޅަނދުތަކުގައ މަސައްކަތްކުރި މީހުންކަނ އެނގެން އޮންނަކަމަށް ބަޔާންކޮށްފައިވާއިރު، ސިވިލް ކޯޓުން މި މައްސަލަ ނިންމި ގޮތުގެ ރިޕޯޓުގައި، 17 އެޕްރީލް 2017 ގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވާ ނިންމުމަށް ބަލާއިރު، ދަޢުވާކުރާފަރާތަކީ ދަޢުވާލިބޭފަރާތުގެ ރާއްޖެއިން ބޭރަށް ދަތުރުކުރާ ކަނޑު ބޯޓެއްގައި ވަޒީފާއަދާކުރަމުން ދިޔަ މުވައްޒަފެއްކަން ދެފަރާތުގެ ވާހަކަތަކާއި ލިޔެކިޔުންތަކަށް ބެލުމުން އެނގެން އޮންނަކަމަށް ކަނޑައަޅާފައިވާކަން އެނގެއެވެ. މުޚްތާރު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލަ އެޓްރައިބިއުނަލުން ބެލުމުގެ އިޚްތިޞާޞް ނެތްކަމަށް ނިންމާފައިވަނީ މުޚްތާރަކީ އެސް. ޓީ. އޯ. ގެ ރާއްޖޭން ބޭރަށް ދަތުރުކުރާ ބޯޓެއްގެ ވަޒީފާއަދާކުރިފަރާތެއް ކަމުގައިވާތީއެވެ. އެސް. ޓީ. އޯ. އާއި މުޚްތާރު ދެމެދާ ވެފައިވާ ވަޒީފާގެ އެއްބަސްވުމުގެ 10 ވަނަ މާއްދާގެ (ހ) އަށް ބަލާއިރުވެސް އެނގެން އޮތީ ވަޒީފާދޭފަރާތުގެ ބޯޓުތަކުގައި ދުނިޔޭގެ ކޮންމެ ބަނދަރަކަށް ދަތރުކުރުމަށު މުޚްތާރު އެއްބަސްވެފައިވާ ކަމެވެ.

12HN1ޢާންމު އުޞޫލެއްގެ ގޮތުން ވަޒީފާއިން ވަކިކުރުމުން އެކަމާމެދު ހިތްހަމަނުޖެހޭ ފަރާތުން މައްސަލަ ހުށަހަޅަންޖެހެނީ ވަޒީފާއާބެހޭ ޓްރައިބިއުނަލަށެވެ. ނަމަވެސް، "ރާއްޖޭން ބޭރަށް ދަތުރުކުރާ ބޯޓތަކުގައު ވަޒީފާއަދާކުރާފަރާތްތައް" އެއީ މިރިޕޯޓުގެ 10 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދައިން ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އިޚްތިޞާޞް ނުހިނގާ ފަރާތްތަކުގެ ތެރޭގައި ހިމެނޭ ބައެއްކަން އެނގެއެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އިޚްތިޞާޞް އެބައެއްގެ މައްޗަށް ނުހިނގާ ފަރާތްތަކުގެ މައްސަލަ ބެލުމުގެ އިޚްތިޞާޞް ލިބިގެންވަނީ ޢާންމުކޮށް މަދަނީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓަކަށެވެ. މި މައްސަލަ ހުށަހެޅި މުޚްތާރާއި އެސް.ޓީ.އޯ.އ ދެމެދާ ވެފައިވާ ވަޒީފާގެ އެއްބަސްވުމުގެ 20 ވަނަ މާއްދާގެ (ބ) ގައި "މިއެއްބަސްވުމުގެ ދަށުން އުފެދޭ ދެބަސްވުންތަކާމެދ ގޮތެއު ނިންމުމުގެ އެންމެ ބާރުވެރިފަރާތަކީ ހަމައެކަނި ދިވެހިރާއްޖޭގެ ޤާނޫނީ ކޯޓުތަކެވެ." މިފަދައިން ބަޔާންކޮށްފައި އޮތުމުން މި މައްސަލަ ބެލުމުގެ އިޚްތިޞާޞް ސިވިލް ކޯޓަށް ލިބިގެންވާކަން އިތުރަށަ ކަށަވަރުވެއެވެ.

13މި މައްސަލަ އިގައަ މުޚްތާރު، އެސް. ޓީ. އ.ގ "އެމްވީ. ތޫރި" ބޯޓުގައި ޗީފަ އޮފިސަރެއްގެ ވަޒިފާއަދާކޮށްފައިވަނީ އޭނާއާއި އެސް. ޓީ. އޯ. އާ ދެމެދު ވެފައިވާ ވަޒީފާގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ކަންތައްތަކަށް އެއްބަސްވެގެން ކަމާއި، މާ މައްސަލައިގައި މުޚްތާރު ހުށަހެޅި ދަޢުވާ ބިނާކޮށްފައިވަނީ ވަޒީފާގެ އެއްބަސްވުމަ އެއްގޮތަށް ވަޒީފާއަދާކުރަމުން ދަނިކޮށް ވަޒީފާގެ އެއްބަސްވުން އައުކޮށްދެވެން ނެތްކަމަށް ބުނެ ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާއާ ޚިލާފަށް ވަޒީފާއިން ވަކިކޮށްފައިވާތީކަން އެނގެއެވެ. ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގައި އަންނަނިވި ގޮތަށް ބަޔާންކޮށްފައިވެއެވެ.

(ހ) އެހެން ގޮތަކަށް މި ގާނޫނުގައި ބަޔާންކޮށްފައި ނުވާހާ ހިނދަކު، މި ބާބުގައި ބަޔާންކޮށްފައިވާ މާއްދާތައް، ހުރިހާ ބާވަތެއްގެ ވަޒީފާގެ އެއްބަސްވުންތަކުގެ މައްޗަށް ހިންގޭނެއެވެ.

(ށ) ވަޒީފާދޭ ފަރާތާއި، ކޮންމެ މުވައްޒަފަކާ ދެމެދު ލިޔުމަކުން ނުވަތަ ލިޔުންތަކަކުން އެކުލެވިގެންވާ ވަޒީފާގެ އެއްބަސްވުމެއް އޮންނާންވާނެއެވެ. މިފަދަ އެއްބަސްވުމުގައި ތިރީގައިވާ މައުލޫމާތު ހިމަނަންވާނެއެވެ.

1. މުވައްޒަފުގެ ނަމާއި، ދާއިމީ އެޑްރެހާއި، މިހާރުއުޅޭ އެޑްރެހާއި، އައިޑެންޓިޓީ ކާޑު ނަންބަރު ނުވަތަ ޕާސްޕޯޓް ނަންބަރު އަދި އުފަން ތާރީހާއި، ގައުމީ ނިސްބަތް އަދި އިމަޖެންސީކޮށް ގުޅާނެ ފަރާތުގެ ނަމާއި، އެޑްރެސް އަދި ފޯނު ނަންބަރު؛

2. ދާއިމީ ވަޒީފާއެއްކަން ނުވަތަ ވަގުތީ ވަޒީފާއެއްކަން؛

3. ވަޒީފާގެ އެއްބަސްވުން ފެށޭ ތާރީހު؛

4. ލިބޭ އުޖޫރައާ އެހެނިހެން އިނާޔަތްތައް؛

5. އުޖޫރަދެވޭ މިންގަނޑާއި އުޖޫރަ ހިސާބުކުރެވޭނެ ގޮތް؛

6. އުޖޫރަދިނުމަށ ކަނޑައަޅް ދުވަސް؛

7. ޗުއްޓީ ދެވޭ ދުވަސް؛

8. މުވައްޒަފުގެ އަހްލާގާ ގުޅޭގޮތުން އޭނާއާމެދު ފިޔަވަޅު އެޅި ދާނެ އުސޫލުތައް؛

9. މުވައްޒަފުންގެ މަސައްކަތް ބެލޭ އުސޫލު ( ސްޓާފް އެޕްރައިޒަލް) ؛

10.ވަޒީފާއިން ވަކިކުރެވިދާނެ އުސޫލުތައް ކަނޑައެޅި ބަޔާންކުރެވިފައި އޮތުން.

(ނ) ތިރީގައި ބަޔާންކޮށްފައިވާ އެއްބަސްވުންތަކުގެ ތެރެއިން އެއްބަސްވުމެއް އޮތުމަކީ ހުއްދަ ކަމެކެވެ.

1. ވަޒީފާގެ ވަކިމުއްދަތެއް ކަނޑައެޅިފައިނުވާ އެއްބަސްވުން؛

2. ވަޒީފާގެ ވަކި މުއްދަތެއް ކަނޑައެޅިފައިވާ އެއްބަސްވުން؛

3. ވަކި މަސައްކަތަކަށް ހާއްސަކޮށްފައިވާ އެއްބަސްވުން.

(ރ) ވަޒީފާއިން ވަކިކުރުމަށް ނުވަތަ ވަޒީފާއިން ވަކިވުމަށް ނޯޓިސް ދިނުމާ ގުޅޭގޮތުން، މި ބާބުގެ މާއްދާތަކުގައިވާ ގޮތުގެމަތިން، ވަކިމުއްދަތެއް ކަނޑައެޅިފައިނުވާ ވަޒީފާގެ އެއްބަސްވުމެއް، އެ އެއްބަސްވުމުގައި ހިމެނޭ ދެފަރާތުންކުރެ ކޮންމެ ފަރާތަކަށްވެސް، ބާތިލު ކުރެވިދާނެއެވެ.

(ބ) ވަކިމުއްދަތެއް ކަނޑައެޅިފައިވާ ވަޒީފާގެ އެއްބަސްވުމެއްނަމަ، މި މާއްދާގެ (ކ) ގައިވާ ހާލަތުގައި މެނުވީ، އެ އެއްބަސްވުމުގެ މުއްދަތު ހަމަވާން ކަމަށެ ކަނޑައަޅާފައިވް ތާރީހުގައި އިތުރު ނޯޓިހެއް ދިނުމަކާނުލައި، އެ އެއްބަސްވުން ނިމުމަކަށް އަންނާނެއެވެ.

(ޅ) ވަކިމުއްދަތެއް ކަނޑައެޅިފައިވާ ވަޒީފާގެ އެއްބަސްވުމެއްގެ މުއްދަތު ދެ އަހަރު ދުވަހަށްވުރެ އިތުރުވެގެން ނުވާނެއެވެ.

(ކ) ވަކިމުއްދަތެއް ކަނޑައެޅިފައިނުވާ ވަޒީފާގެ އެއްބަސްވުމެއް، ވަޒީފާގެ ޖުމުލަ މުއްދަތު ދެ އަހަރު ދުވަހަށްވުރެ އިތުރުވާގޮތަށް އާކޮށްފިނަމަ، ނުވަތަ އެ އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްފިނަމަ، ނުވަތަ ދެފަރާތުންމެ ޢަމަލުތައް ބަހައްޓާގޮތުން، އާކޮށްފިކަން، ނުވަތަ އިތުރުކޮށްފިކަން ދޭހަވާނަމަ، އެ އެއްބަސްވުމަކީ ވަކިމުއްދަތެއް ކަނޑައެޅިފައިވާ އެއްބަސްވުމެއްކަމުގައި ބަލަންޖެހޭނެއެވެ.

(އ) ވަކިމުއްދަތެއް ކަނޑައެޅިފައިވާ ނުވަތަ ވަކިމަސައްކަތަކަށް ހާއްސަކޮށްފައިވާ، ވަޒީފާގެ އެއްބަސްވުމެއްގެ މަގްސަދަކީ، ނުވަތަ ނަތީޖާއަކީ، ވަޒީފާ އަދާކުރާ ތާނގައި އާދައިގެމަތިނ އަބަދުވެސް ކުރަންޖެހޭ މަސައްކަތެއް، ދާއިމީ ގޮތެއްގައި ކުރުންމަތީ ދެމިހުރުން ކަމުގައިވާނަމަ އެ އެއްބަސްވުމަކީ ވަކިމުއްދަތެއް ކަނޑައެޅިފައިނުވާ ވަޒީފާގެ އެއްބަސްވުމެއް ކަމުގައި ބަލަންޖެހޭނެއެވެ.

(ވ) ވަކިމަސައްކަތަކަށް ޚއާ ޞްކޮށްފައިވާ ވަޒީފާގެ އެއްބަސްވުން، އެމަސައްކަތެއް ނިމުމުން، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ނިމުމަކަށް އަންނާނެއެވެ. މުޚްތާރު އެސް. ޓީ. އޯ. ގެ ވަޒީފާއިން ވަކިކުރުމުގައި އިސްވެ ބުނެވުނު މާއްދާއާ ޚިލާފުވެފައިވާކަމަށް މުޚްތާރުގެ ފަރާތުން ފާހަގަ ކޮށްފައިވަނީ އެމާއްދާގެ (ހ) އާއި (ށ) އަދި (ކ) ކަމާއި، އެމާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވަނީ ވަޒީފާއާބެހޭ އެއްބަސްވުމެއް އޮންނަންވާނެ ކަމާއި އަދި އެއްބަސްވުމުގައި ހިމެނޭ ބައިތައްކަން އެނގެއެވެ. މި މައްސަލައިގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި ހުށަހެޅިފައިވާ ލިޔުންތަކަށް ބަލާއިރު، މުޚްތާރާއި އެސް. ޓީ. އޯ. އާ ދެމެދު އިސްވެ ބުނެވިދިޔަ އެމާއްދާގައި ބަޔާންކޮށްފައިވާ ކަންތައްތައް ހިމެނޭ ގޮތުން ވަޒީފާގެ އެއްބަސްވުމެއް ލިޔުމުން އޮތްކަން އެނގެއެވެ.

14މުޚްތާރު އެސް. ޓީ. އޯ. ގައި ވަޒީފާއަދާކޮށްފައިވ ގޮތަށާ ބަލާއިރު، -އެސްޓީއޯގެ ނަންބަރު HRD/MIS/2017/215-60 (24 ޖަނަވަރީ 2017) ގެ ލިޔުން • 06 ނޮވެންބަރު 2014 އިން 05 ޖަނަވަރީ 2015 އަށް 2 (ދޭއް) މަސްދުވަހުގެ އެއްބަސްވުމެއް؛ • 06 ޖަނަވަރީ 2015 އިން 05 ޖަނަވަރީ 2016 އަށް 1 (އެކެއް) އަހަރު ދުވަހުގެ އެއްބަސްވުމެއް؛ • 06 ޖަނަވަރީ 2016 އިން 05 ޖަނަވަރީ 2017 އަށް 1 (އެކެއް) އަހަރު ދުވަހުގެ އެއްބަސްވުމެއް. ގެ ދަށުން ބަޔާންވެދިޔަ މުއްދަތުގައި ޗީފް އޮފިސަރެއްގެ ގޮތުގައި އެސް.ޓީ.އޯ.ގެ ޓްރާންސްޕޯޓް ޑިޕާޓްމަންޓް/ބޯ ޓު/އެމްވީ.ތޫރި،ގައި މަސައްކަތްކޮށްފައިވާކަން އެނގެއެވެ. އެސް. ޓީ. އޯ. ގެ ވަޒީފާއިން މުޚްތާރު ވަކިކޮށްފައިވަނީ މުޚްތާރާއި އެސް. ޓީ. އޯ. އާ ދެމެދު ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އެއްބަސްވުމުގެ މުއްދަތު އިތުރު ނުކުރުމަށް އެސް. ޓީ. އޯ. އިން ނިންމުމުންކަން މުޚްތާރު ވަޒީފާއިން ވަކިކުރި ޓާމިނޭޝަން ސްލިޕްއަށް ބެލުމުން އެނގެއެވެ.

15HN3މ މައްސަލައިގައި މުޚްތާރުގެ ފަރާތުން ދަށު ކޯޓަށް ހުށަހެޅި ދަޢުވާއަކީ، އޭނާއާއި އެސް. ޓީ. އޯ. އާ ދެމެދު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ވަޒީފާއަދާކުރަމުންދަނިކޮށް، ވަޒީފާގެ އެއްބަސްވުން އައުކޮށްދެވެން ނެތްކަމަށް އަނގަބަހުން ބުނެ 05 ޖަނަވަރީ 2017 ގައި ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާއާ ޚިލާފަށް ވަޒީފާއިން ވަކިކޮށްފައިވާތަ ވަޒީފާއަށް ނުވަތަ އެފެންވަރުގެ އެހެން ވަޒީއަކަށް އަނބުރާ އިޢާދަކޮށްދިނުމާއެކު، ވަޒީފާ އިޢާދަކޮށްދެވެން ދެން ލިބެމުން އައި މުސާރައާއި ޢިނާޔަތްތައް ލިބިދިނުމަށާއި ވަޒީފާއިން ވަކި ކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު އެސް.ޓީ.އ. ގެ ކިބައިނޯ ނަގައިދިނުމަށް އެދި ކޮށްފައިވާ ދަޢުވާއެއްކަން އެނގޭއިރު، މި މައްސަލަ ސިވިލް ކޯޓުން ނިންމާފައިވަނީ ރާއްޖޭން ބޭރަށް ދަތުރުކުރާ ބޯޓެއްގެ ވަޒީފާއަދާކުރާ ފަރާތްތަކަކީ ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ ދަށުން އެޤާނޫނުގެ ދަށުން ލާޒިމްކުރާ ހިމާޔަތް މުޠްލަޤް ގޮތެއްގައި ދެވިދާނެ ފަރާތްތަކެއް ނޫންކަން، ވަޒީފާއާބެހޭ ޤާނޫނުގެ 34 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރަށާއި އިސްވެ ބުނެވުނު ލެޝަރ ހޮލިޑޭސް -ޓާމިނޭޝަން ލެޓަރ ނަންބަރު 2016/117 (22 ޖަނަވަރީ 2017) މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގެ 3 ވަނަ ނަންބަރުގެ (ށ) އަށް ރިޢާޔަތްކޮށް އެނގޭކަމަށް ބަޔާންކޮށް މުޚްތާރގު ފަރާތުން އެދިފައިވާ ފަދައިން ކަނޑައަޅައިދެވެން ނެތްކަމަށެވެ. އެސް. ޓީ. އޯ. (ބޯޓުތަކުގެ) ގެ ޗީފް އޮފިސަރުގެ ވަޒީފއަދާކުރުމުގައާ މުޚްތާރާއި އެސް.ޓީ.އޯ.އިން ޢަމަލުކުރަންޖެހޭ ގޮތް މިދެފަރާތުގެ ދެމެދު ވަޒީފާގެ އެއްބަސްވުމގައު ބަޔާންކޮށްފައިވާ ކަމާއި، ވަކި މުއްދަތެއް ކަނޑައެޅިފައިވާ ވަޒީފާގެ އެއްބަސްވުމެއްގެ މުއްދަތު ދެ އަހަރު ދުވަހަށްވުރެ އިތުރުވެގެން ނުވާނެކަމަށް ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާއިރު، މުޚްތާރު އެސް. ޓީ. އޯ. ގައި 2 (ދޭއް) އަހަރަށްވުރެ ގިނަދުވަހު ވަޒީފާއަދާކޮށްފައިވާތީ އޭނާގެ ވަޒީފާއަކީ ދާއިމީ ވަޒީފާއެއްގެ ގޮތުގައި ބަލަންޖެހޭނެ ކަމަށް މުޚްތާރުގެ ފަރާތުން ދެކޭ ކަމަށް ބުނެފައިވެއެވެ. މުޚްތާރު އެސް. ޓީ. އޯ. ގައި ވަޒީފާއަދާކޮށްފައިވަނީ އެކުޖުމްލ 2 (ދޭއް) އަހަރާއި 2 (ދޭއް) މަސް ދުވަހކަނު މިރިޕޯޓުގެ 14 ވަނަ ޕެރެގްރާފަށް ބެލުމުން އެނގެއެވެ. ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ ދަށުން މުޚްތާރަށ ހިމާޔަތް ދޭންޖެހޭ ފަރާތެއް ނޫންކަމަށް ދަށު ކޯޓުން ކަނޑައެޅިއިރު، އޭނާ އެސްޓީއޯގައި 2(ދޭއް) އަހަރަށްވުރެ ގިނަދުވަހު ވަޒީފައަދާކޮށްފައިވާތީ އޭނާގެ ވަޒީފާއަކީ ދާއިމީ ވަޒީފައެއްގ ގޮތުގައެ ބެލިދާނެތޯ؟ އާއި އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނާއި އެއްގޮތަށްތޯ ނުވަތަ ނޫންތޯ ޝަރީޢަތުން ކަނޑައަޅަންޖެހޭނެ ކަމަށް ޤަބޫލުކުރެވޭއިރު، މި މައްސަލައިގެ ނިންމުމަށް ދަށު ކޯޓުން ވާޞިލުވި ގޮތަށް ބަލާއިރު، އެނުކުތާއާމެދު އެކޯޓުން ގޮތެއް ނިންމާފައިވާކަން އެނގޭކަށް ނެތެވެ. މުޚްތާރުގެ ފަރާތުން މި މައްސަލައިގައި ހޯދުމަށް އެދިފައިވާ ބަދަލާ މެދު ގޮތެއް ކަނޑައެޅިގެންދާނީ އިސްވެ ބުނެވިދިޔަ ނުކުތާއާމެދު ކަނޑައެޅޭ ގޮތެއްގެ މައްޗަށް ބިނާކޮށަ ކަމަށް ދެކެމެވެ.

16HN2ވަޒީފައާބެހޭ ޤާނޫނުގެ 34 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަރާތްތަކަކީ އެޤާނޫނުގެ 4 ވަނަ ބާބުގައި ބަޔާންކޮށްފައިވާ މާއްދާތަކުން އިސްތިސްނާކުރެވިފައިވާ ބައެއް ކަމުގައިވީނަމަވެސް، އެމާއްދާ މާނަކުރުމުގައި ރާއްޖޭން ބޭރަށް ދަތުރުކުރާ ބޯޓުތަކުގައ ވަޒީފާއަދާކުރި ސީމަނުން ނުހިމެނޭ ކަމާއި، ވަޒީފާއަދާކުރާފަރާތާއި ވަޒީފާދޭފަރާތ ދެމެދާ ވެފައިވާ އެއްބަސްވުމުގެ ދަށުން އުފެދޭ މައްސަލަ ބެލުމުގައި އެޤާނޫނުގެ 4 ވަނަ ބާބުގައިވާ މާއްދާތަކުގައި ބަޔާންކޮށްފައިވާ ވަޒީފާއާގުޅޭ އުޞޫލުތަކާއި ޙައްޤުތަކުގެ ތެރެއިން އެވަޒީފާއެއްގެ ތަބީޢަތުން އިސްތިސްނާކުރަންޖެހޭ ކަންތައްތައް ފިޔަވައި، އެހެން ކަންތައްތަކުގައި އެބާބުގައި ބަޔާންކޮށްފައިވާ ވަޒީފާއާގުޅޭ ޙައްޤުތަކާއި އުޞޫލުތަކާއި ހަމަތައް އެބާބުން އިސްތިސްނާކުރެވިފައިވާ ފަރާތްތަކުގެ މައްސަލަތައް ބެލުމުގައި ޠަޠްބީޤ ކުރުމަށު ހުރަހެއް އޮތްކަމަށް ނުދެކެމެވެ.

17HN4ދިވެހިރާއްޖޭގ ކޯޓުތަކުގެ ޤާނޫނުގެ 46 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ، ކޯޓެއްގެ އިޚްތޞާޞި ކ ޚލާފުވުމުގި މައްސަލައެއް ފިޔަވައި ހައިކޯޓަށް ހުށަހެޅޭ މައްސަލަތައް މައުޟޫޢީ ގޮތުން ބެލުމުގައި، އެ މައްސަލައަކީ މައޟު އ ގޮތުން ބލެންއޮތެ މައްސަލައަކަށްވެފައި، މައްސަލައަކީ ދަށު ކޯޓަށް ނުވަތަ ޓްރައިބިއުނަލަށް އަލުން ފޮނުވައި، މައްސަލައިގައި ކަންހިނގާފައިވާ ގޮތް އަލުން ބަލަންޖެހޭ ގޮތަކަށް އޮތް މައްސަލައެއްނަމަ އެ މައްސަލަ އަލުން ބެލުމަށްޓަކައި ދަށު ކޯޓަށް ނުވަތަ ޓްރައިބިއުނަލަށް ތަހުވީލުކރެވިދު ނެކަން އެނގޭތީ، މިރިޕޯޓުގެ އިސްވެ ބުނެވުނު {15 ވަނަ ޕެރެގްރާފް} ނުކުތގައާ ބަޔާންކޮށްފައިވާ ކަންކަމާމެދު ސިވިލް ކޯޓުން އަލުން ބަލައި ގޮތެއް ކަނޑައެޅުމަށްޓަކައ މި މައްސަލި ސިވިލް ކޯޓަށް ތަހުވލްކުރީންޖެހޭ ކަމަށް ފެނެއެވެ. • ޙުކުމް: ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންތައްތައް އެގޮތަށް ހުރުމާއެކު ސިވިލް ކޯޓުގެ ނަންބަރު 1595/Cv-C/2017 ޤަޟިއްޔާގައި ރާއްޖެއިން ބޭރަށް ދަތުރުކުރާ ބޯޓުތަކުގައި ވަޒީފާއަދާކުރާ ފަރާތްތަކަކީ ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 13 ވަނަ މާއްދާގެ ދަށުން އެޤާނޫނުން ލާޒިމާ ކުރާ ޙިމާޔަތް މުޠްލަޤު ގޮތެއްގައި ދެވިދާނެ ފަރާތެއް ނޫންކަން ވަޒީފާއާބެހޭ ޤާނޫނުގެ 34 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ -ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓު ތަކުގެ ޤާނޫނު) ގެ 46 ވަނަ މާއްދާގެ (ހ) އަދި (ށ.)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 13 ވަނަ މާއްދާ (ހ)، (ށ)، (ޅ)، (ކ)
  • ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 28 ވަނަ މާއްދާގެ (ހ)
  • ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 34 ވަނަ މާއްދާގެ (ހ) ގެ 2
  • ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 46 ވަނަ މާއްދާގެ (ހ) އަދި (ށ)
  • ހައިކޯޓުގެ ނަންބަރު 2010/HC-A/62 (ލެޝަރ ހޮލިޑޭސް ޕވޓ ލޓޑ ވ. މުޙައްމަދު ޝަރީފް)
  • އައި.އެލް.އޯ މެރިޓައިމް ލޭބަރ ކޮންވެންޝަން 2006 (2010/HC-A/62 ގައި ޙަވާލާދީފައިވާ)

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ