ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2018/HC-A/116

ފްރީގައިސް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް ވ. ސީ ކްރޮސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ސުޕްރީމް ކޯޓަށް އިސްތިއުނާފުކޮށްފައި ނުވޭ · ރަޖިސްޓްރީ ބެލީ 15 އޮކްޓޫބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 26 ސެޕްޓެމްބަރު 2021ދަށު ކޯޓު: ސިވިލް ކޯޓު 2436/Cv-C/2016ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސިވިލް ކޯޓު 2436/Cv-C/2016
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
ބޭންކް ގެރެންޓީއެއް ދިނުމުގެ މުޤާބިލުގައި ޙިއްޞާ ދިނުމަށް ވެވުނު ކަމަށް ބުނާ އެއްބަސްވުމެއްގެ މައްޗަށް، ކުންފުނީގެ ވަކި ޙިއްޞާދާރުންގެ ޙިއްޞާ ދަޢުވާކުރި ފަރާތަށް ބަދަލުކުރުމަށް ކުންފުންޏަށް އަމުރުކުރެވޭތޯ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ޤާނޫނު ނަންބަރު 10/96 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ 15 ވަނަ މާއްދާގެ (ހ)، 34 ވަނަ މާއްދާގެ (ހ) އަދި 36 ވަނަ މާއްދާއިން ސާފުވަނީ، ކުންފުންޏަކީ އޭގެ މެންބަރުންނާ ވަކިން އުފެދިފައިވާ ޤާނޫނީ ޝަޚްޞެއް ކަމާއި، ޙިއްޞާ މިލްކުކުރަނީ މެންބަރުން ކަމާއި، މެންބަރެއްގެ ޙިއްޞާއަކީ އުފުލޭ މުދަލެއް ކަމާއި، ޕްރައިވެޓް ކުންފުންޏެއްގެ ޙިއްޞާ އެކެއްގެ ކިބައިން އަނެކަކަށް ބަދަލުކުރެވޭނީ ހިންގާ ގަވާއިދުގައިވާ ގޮތުގެ މަތިން ޑިރެކްޓަރުންގެ ބޯޑުގެ ހުއްދައާއެކު ކަމެވެ.

HN2 ކުންފުނީގެ ވަކި ޙިއްޞާދާރުންގެ ނަމުގައިވާ ޙިއްޞާ ބަދަލުކުރުމުގެ ބާރު ލިބިގެންވަނީ، ބޯޑުގެ ހުއްދައާއެކު އެ ޙިއްޞާދާރުންނަށެވެ؛ އެ ޙިއްޞާދާރުންނާއެކު ޙިއްޞާ ބަދަލުކުރުމުގެ ޞައްޙަ މުޢާމަލާތެއް ހިނގާފައިވާކަން ޝަރީޢަތަށް ސާބިތުވުމުގެ ކުރިން، އެ ޙިއްޞާ ދަޢުވާކުރާ ފަރާތަށް ބަދަލުކުރުމަށް ކުންފުންޏަށް އަންގާނެ ތަނެއް ނެތެވެ.

މަދަނީ › އެއްބަސްވުމާ މެދު ޚިލާފު އުފެދިގެން

HN3 (ފަނޑިޔާރު ޙުސައިން މަޒީދުގެ ތާއީދީ ރައުޔު) ކުންފުނީގެ އާޓިކަލް އޮފް އެސޯސިއޭޝަނުގައި ބޯޑުގެ ލިޔުމުން ދޭ ހުއްދައެއް ނެތި ޙިއްޞާ ބަދަލުނުކުރެވޭނެ ކަމަށް ބުނެފައިވާއިރު، ބޯޑު ރިޒޮލިއުޝަނުން ޙިއްޞާ ބަދަލުކުރުމަށް ފާސްކޮށްފައިވަނީ ދެ ކުންފުންޏާ ދެމެދު (މަޝްރޫޢުގެ ޝަރުޠުތައް ހިމެނޭ) އެއްބަސްވުމެއްގައި ސޮއިކުރުމުގެ ޝަރުޠާއެކު ނަމަ، އެފަދަ އެއްބަސްވުމެއް ވެފައިވާކަން ދަޢުވާކުރާ ފަރާތުން ސާބިތުނުކުރާހާ ހިނދަކު ޙިއްޞާ ބަދަލުކުރުމަށް އެންގޭނެ ބިނާއެއް ނެތެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ހާތިފް ޙިލްމީ، ޙުސައިން ޝަހީދު، ޙުސައިން މަޒީދު
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
ހާތިފް ޙިލްމީ · ތާއީދުކުރެއްވީ: ޙުސައިން ޝަހީދު، ޙުސައިން މަޒީދު
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ތަޢާރުފު

1މިމައްސަލައަކީ، ސިވިލ ކޯޓުގެ ނަންބަރު: 2436/Cv-C/2016 ޤަޟިއްޔާނިމުނުގޮތާމެދ ހިތްހަމ ނުޖެހިގެން،ފްރީގައިސ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑު ގްފަރާތެ ނ އިޤަޟިއްޔ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން،ސީ ކްރޮސެމޯލްޑިވްސ ޕްރައިވެޓް ލިމިޓެޑގ މައްޗަށް ރައްދުވާގޮތަށް ބަލާފައިވާ މައްސަލައެކެވެ.

ކަންހިނގާފައިވާ ގޮތް

2ފްރީގައިސ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްއާއި،ސީ ކްރޮސްމޯލްޑިވްސ ޕްރައިވެޓް ލިމިޓެޑް އާދެމެދު ވާހަކަ ދެކެވިގެން ކ. ކާށިދު ކައުންސިލުން ބިޑަށް ހުޅުވާލި ސިޓީ ހޮޓަލަކަށްސީ ކްރޮސާ މޯލްޑިވްސް ޕްރައިވެޓ ލިމިޓެޑްއިން ހުށަހެޅި ބިޑަށް ކުރިމަތިލުމަށްޓަކައ ބޭނުންވި 500,000/- ރ. )ފަސްލައްކަ ރުފިޔާ( ގެ ބޭންކް ގެރެންޓީއެއް ފްރީގައިސ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްއިން ސީ ކްރޮސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑީއަށ ދިނުމަށް އެއްބަސްވް،ސީކްރޮސ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ޙިއްޞާގެ 75% ) ހަތްދިހަ ފަހެއް އިންސައްތަ( ފްރީގައިސ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްއަށް ދިނުމަށް އެއްބަސްވެ ޙިއްޞާ ބަދަލުކުރާ ފޯމުގައި ސޮއިކުރުމަށް ފަހުގައި ކަމަށް ބުނެ،ސީ ކްރޮސްމޯލްޑިވްސ ޕްރައިވެޓް ލިމިޓެޑްއަށް ޙަވާލާދެވުނު ބިޑް އެވޯޑު ކުރުމުންވެސް އެއްބަސްވެފައިވާ ގޮތުގެ މަތީން ޙިއްޞާ ބަދަލުކޮށްފައި ނުވާތީ، ދެ ފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމަކީ ޞައްޙަ އެއްބަސްވުމެއް ކަމަށް ކަނޑައަޅައި، އެއްބަސްވުމުގެ ދަށުންސީ ކްރޮސިމޯލްޑިވްސ ޕްރައިވެޓް ލިމިޓެޑްގެ ޙް އްޞާ ފްރީގައިސ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްއަށް ބަދަލުކުރުމަށް ސީ ކްރޮސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއަށާއި،މިކަމުގައި ޝާމިލުވި ދައުލަތުގެ އެންމެހާ މުއައްސަސާތަކުގެ މައްޗަށ އަންގައި އަމުރުކޮށްދިނުމަށް އެދި ފްރީގައިސ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސިވިލް ކޯޓުގައި ދަޢުވާކޮށްފައިވެއެވެ. ސިވިލް ކޯޓުގެ ނަންބަރު: 2436/Cv-C/2016 ޤަޟިއްޔާއިން ބެލުން އެ މައްސަލައިގައި ފްރީގައިސ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެދިފައިވާ ފަދައިންސީ ކްރޮސަމޯލްޑިވްސ ޕްރައިވެޓް ލިމިޓެޑްގެ ޙިއްޞާ ބ ދަލުކުރުމަށް އަންގާނެ ތަނެއް ނެތްކަމަށް ސިވިލް ކޯޓުން ނިންމާފައިވެއެވެ. މިއީ ފްރީގައިސ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުނ ބެލުނު އިސްތިއުނާފީ މައްސަލައެވެ. ސިވިލް ކޯޓުގެ ނިންމުން:

3ސިވިލް ކޯޓުގެ ނަންބަރު: 2436/Cv-C/2016 ޤަޟިއްޔާ ނިންމާފައިވަނީ، " ދެންފަހެ، ބުނެވިދިޔަކަންކަން އެގޮތުގައި ހުރުމާއެކު ފްރީގައިސ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްއިން ސީ ކްރޮސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ކޮށްފައިވާ މިދަޢުވާގައި، ޝެއަރ ޓްރާންސެ ފަރާ ކުރުން އެމައްޗަށް ބިނާކުރާ "ޝެއަރ ޓްރާންސްފަރ އެގްރިމެންޓް" ދެފަރާތުގެ ދެމެދުގައި ކުރެވިފައިނުވާކަނ އެނގެން އޮންނާތީ، އެ އެއްބަސްވުން ވުމުގެ ނަތީޖާއެއްގ ގޮތުނެ ކުރުން ލާޒިމުވެގެންދާނޭކަމެއް، އެއްބަސްވުން ވެފައިނެތް ޙާލަތުގައި ކުރުމަށް ޝަރީޢަތުން އަނގާނޭ ޤާނޫނީ ހަމައެއް ނެތްކަމަށް ކަނޑައަޅައި، މި މައްސަލާގައި ދަޢުވާކުރާ ފަރާތުން އެދިފައިވާ ފަދައިން، ސީ ކްރޮސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ޙިއްސާ ބަދަލުކުރުމަށް ޝަރީޢަތުގެ ފަރާތުން އަންގާނޭތަނެއ ނެތްކަމަށް ޙުކުމްކޮށްފީމެވެ." މިފަދައިންނެވެ. ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ ނުކަ ތ ތިކި އ، އެނުކުތތަކާ ށ ދީ ފައިވާ ރައްދު:

4ސިވިލް ކޯޓުގެ ނަންބަރު: 2436/Cv-C/2016 ޤަޟިއްޔާ އިސްތިއުނާފުކުރަމުނެފްރީގައިސ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑގް ފަރާތުނ 02 )ދއޭ ( އިސްތިއުނާފީ ނުކުތާ ހުށަހަޅާފައިވެއެވ . މިގޮތުނެފްރީގައިސ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑގް ފަރާތުން ހުށަހަޅާފައިވާ، )ހ( ފާރަތަމ އިސްތިއުނާފަ ނުކުތާއަކީ،އިސްތިއުނާފު ރައްދުވްސީ ކްރޮސެ މޯލްޑިވްސް ޕްރައިވެޓ ލިމިޓެޑގް ފަރާތުން އިސްތިއުނާފުކުރްފްރީގައިސް ހޯލްޑިންގްސިޕްރައިވެޓ ލިމިޓެޑްއަށް ހުށަހެޅާ ހުށަހެޅުމަކީ، ކ. ކާށިދޫގައ ސިޓި ހޮޓަލެއް އެޅުމުގެ މަޝްރޫޢަށ ބިޑް ކުރުމަށްޓަކައި ކޮންމެހެން ބޭނުންވާ ބޭންކް ގެރެންޓެފްރީގައިސ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑިގީ ފަރާތުން ދިނުމުން، އޭގެ މުޤާބިލުގައްސ ކްރޮސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑގް 75% )ހަތްދިހަ ފަހެއް( އިންސައްތަ ޙިއްޞް ފްރީގައިސ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްއަށ ދިނުން ކަމަށްވެފައި، ފްރީގައިސ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑގް ފަރާތުން އެ ހުށަހެޅުން ޤަބޫލުކޮށް ބޭންކް ގެރެންޓީ ދިންކަމާއި، އެ ބ ންކް ގެރެންޓީގެ މައްޗަށް ބިޑް ކޮށްގެން މަޝަރޫޢް ސީ ކްރޮސްމޯލްޑިވްސ ޕްރައިވެޓް ލިމިޓެޑްއަށް ކާމިޔާބު ކުރެވިފައިވާ ކަނީ ލިޔެކިޔުންތަކުން ފެންނަން އޮންނައިރު، ދެ ފަރާތުގެ ދެމެދުގައި އެއްބަސްވުމެއް ނެތް ކަމަށް ސިވިލް ކޯޓުން ނިންމާފައިވަނީ ކަނޑައެޅި ފެންނަން އޮތް އީޖާބަކާއި، ޤަބޫލަކާއި، ޤާނޫނީ ގޮތުން ބަނދެވިގަތުމުގެ ނިޔަތް ފުރިހަމަވެ، އަދ ދެ ފަރާތުން ޢަޤުދަށ ދިން ޢިވަޟާއި މުޤާބިލު ސާފުވެ ފެންނަން އޮއްވާ، ކޮންޓްރެކްޓެއް ނެތް ކަމަށ ނިންމާފައިވަނީ ޝަރީޢަތާއި ޤާނޫނުގެ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނކުތާއެވެ. )ށ( ދެވަނ އިސްތިއުނާފަ ނުކުތާއަކީ، ފްރީގައިސ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގީ ފަރާތުންސ ކްރޮސީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއޫ ށ، އެ ފަރާތުން ހުށަހެޅި ހުށަހެޅުން ޤަބޫލުކޮށް، ބޭންކް ގެރެންޓީ ދީ އަދި އެ ބޭންކް ގެރެންޓީގެ މައްޗަށް ކާށިދޫ ސިޓީ ހޮޓަލުގެ މަޝްރޫޢަށް ބިޑުކޮށް އެ ބިޑު ކާމިޔާބުވުމުން، ދ ފަރާތުގެ ދެމެދުގައި އޮތް އެއްބަސްވުން ތަންފީޛުކުރުމަކީ،އަދި އެ އެއްބަސްވުން ތަންފީޛުކުރުމަށްޓަކައ ފުރިހަމަ ކުރަންޖެހޭ ޝަކްލިއްޔާތެއް އޮތްނަމަ އެ ޝަކުލިއްޔާތެއް ފުރިހަމަކުރުމަށީ އެ ފަރާތަށް އެން ގުމަކ ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތީން ކޯޓުން ކުރަންޖެހޭ ކަމެއް ކަމަށްވާއިރު، ސިވިލް ކޯޓުން އެކަމަށް ރިޢާޔަތްކޮށްފައިނުވ ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

5މ ނުކުތާތަކުގެ ރައްދުގައިސީ ކްރޮސެމޯލްޑިވްސ ޕްރައިވެޓް ލިމިޓެޑގ ފަރާތުން މައިގަނޑު ގޮތެއްގައި ބުނެފައިވަނީ،އިސްތިއުނާފުކުރ ފްރީގައިސ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑގް ފަރާތުން އިސްތިއުނާފީ 02 )ދޭއް( ނުކުތާ ހުށަހަޅާފައިވާއިރު އެ ނުކުތާތަކުގެ ތަފްޞީލުންވެސް އަދި އިސްތިއުނާފު ފޯމުންވެސް ސިވިލް ކޯޓުގް ޙުކުމް ޚިލާފުވަނުޝަރުޢީ ނުވަތަ ޤާނޫނީ ކޮން އުޞޫލަކުން ކޮން ގޮތަކަށް ކަން އެ ފަރާތަށް ބަޔާންކޮށްދެވިފައ ނުވި ކަމަށާއި، އިސްތިއުނާފީ ދަޢުވާ މިހާރު ހުށަހަޅާފައިވާ ގޮތަށް ކުރިއަށް ގެންދިއުމާމެދު ސީ ކްރޮސާމޯލްޑިވްސ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އިޢުތިރާޟް ކުރާކަމަށެވެ. އާ ދ އިސްތިއުނޭ ފުކުރާ ފަރާތުން ޙަވާލާދީ އެއްބަސްވުން އޮތް ކަމަށް އެފަރާތަށް ސިވިލް ކޯޓުގައިވެސް ސާބިތުކޮށްދެވިފައި ނުވާކަމަށާއި، އަދި ބޭންކް ގެރެންޓީގެ ތާރީޚަކީ 28 އެޕްރީލް 2016 ވަނަ ދުވަސް ކަމަށްވެފައި، އެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅް ޝެއަރ ޓްރާންސްފަރ ފޯމާއި އެ ފޯމުގައި ބަޔާންކުރާ ބޯޑު ރިޒޮލިއުޝަން ފާސްކުރި ތާރީޚަކަށް 01 ޖޫން 2016 ވަން ދުވަސް އޮތްއިރު، އެއް ވަގުތެއްގައި އެ ދެ ލިޔެކިޔުން ބަދަލުކުރުމަކީ މުސްތަޙީލު ކަމެއް ކަމަށެވެ. އަދި ހެކިންގެ ހެކި ބަހުންވެސ އެ ފަރާތުން އެ ބުނާ މުޤާބިލަކީ ބޭންކް ގެރެންޓީގެ މުޤާބިލުގައި 75% )ހަތްދިހަ ފަސް( އިންސައްތަ ޙިއްޞާ ދިނުމެއް ނޫން ކމަށާއަ ނަމަވެސް ސިޓީ ހޮޓަލަށ އިންވެސްޓްކުރުނ ކަން އެނގޭ ކަމަށެވެ. އަދި ސިވިލް ކޯޓުގެ ޙުކުމަށް ބަދަލު ގެންނަންޖެހޭފަދަ ޝަރުޢީ އަދ ޤާނޫނީ ސަބަބެއް ނެތްކަމަށް ކަނޑައަޅައިދިނުމަށްސްކްރޮސ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުނ އެދިފައިވެއެވެ.

6ފްރީގައިސ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން ސިވިލް ކޯޓުގް ނަންބަރު: 2436/Cv-C/2016 ޤަޟިއްޔގާ އ އެދިފައިވެއެދުންތަކަށެބަލާއިރުގައި، އ ކުންފުނީގިމައިގަނޑު އެދުމަކީ، އެ ކުންފުންޏާއް ސ ކްރޮސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްދެމެދު ވެފައިވާ ޙިއްޞާ ބަދަލުކުރުމުގެ އެއްބަސްވުމާ އެއްގޮތަށު ސީ ކްރޮސް މޯލްޑިވްސ ޕްރައިވެޓް ލިމިޓެޑްން އެ ކުންފުނީގެ ޙިއްޞާ ފްރީގައިސ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށް ބަދަލުކޮށްފައިނުވާތީ، އެ ޙިއްޞް ފްރީގައިސް ހޯލް ޑިންގްސ ޕްރައިވެޓް ލިމިޓެޑަށް ބަދަލުކުރުމަށް ސީ ކްރޮސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްށެއެންގުމަށ އެދިފައިވާ އެދުމެވެ .

7ފްރީގައިސ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން މި ދަޢުވާ ބިނާކޮށްފައިވާ ޙިއްޞާ ބަދަލުކުރުމުގެ ލިޔުމަށް ބަލާއިރުގައި، ފްރީގައިސ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން ހޯދުމަށް އެދިފައިވާ ޙިއްޞާއަކީ ސީ ކްރޮސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑިން ޏ. ފުވައްމުލައް / ފުނާޑު. މެރީނާ، ޙުސައިން ޢަލީދީދީ އށާއާޏ. ފުވައްމުލައް / ފުނާޑު. ޒިންދާ، އަޙްމަދު ޢަލީ އަށް އެކަށައަޅާފައިވާ ޙިއްޞާއެވެ. ސިވިލް ކޯޓުގެ ނަންބަރު : C/2016-Cv/2436 ޤެޟިއްޔާގައިފްރީގައިސ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން ހުށަހަޅާފައިވާ ދަޢުވާފޯމުގެ 7 ވަނަ ނަންބަރުގައާއ 12 ވަނަ ނަންބަރު.

Form for Transfer of Shares

8މިހިސާބުން ފެށިގެން އުފެދިގެންދާ ސުވާލަކް،ފްރީގައިސ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން ދަޢުވާގައި އެދިފައިވާފަދައިންސީ ކްރޮސާމޯލްޑިވްސ ޕްރައިވެޓް ލިމިޓެޑުން ޙުސައިން ޢަލީދީދީ އަށާއި އަޙްމަދު ޢަލީއަށ އެކަށައަޅާފައިވާ ޙިއްޞްސްކްރޮސަމޯލްޑިވްސ ޕްރައިވެޓް ލިމިޓެޑަށް ފްރީގައިސ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށް ބަދަލުކުރެވިދާނެތޯއެވެ.

9HN1ޤާނޫނު ނަންބަރު: 10/96 )ދިވެހިރާއްޖޭގެ ކުންފެ ނ ޏާބެހޭ ޤާނޫނު( ގ 15 ވަނަ މާއްދާގެ )ހ( ގައި ލިޔެފައިވަނީ، "މި ޤާނޫނުގައިވާ ގޮތުގެމަތިން، ކޮންމެ ކ ންފުންޏެއު ރަޖިސްޓަރީ ވުމުން، އެ ކުންފުންޏަކީ، ކުންފުނީގެ ނަންކަމުގައި އެ ކުންފުންޏެއްގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދުގައި ބުނެފައިވާ ނަމުގައި، މި ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން އެ ކުންފުންޏެއްގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދު ގައިވާ ކަންތައްތައް ހާންގުމާއި، ދަޢުވާ ކުރުމާއި، ދަޢުވާ ލިބިގަތުމާއި، އުފުލޭ މުދަލާއި ނުއުފުލޭ މުދާ ޤާނޫނު ހުއްދަ ކުރާ ގޮތުގެ މަތިން ހޯދުމާއި ލިބިގަތުމާއި، ދެމިގެންވާ ގޮތަށާ މުދާ ލިބިގަތުމާއި، މިކަންކަމުގެ ޙައްޤު ލިބިގެންވާ، އަދި ވަކި ސިއްކައެއް އޮންނަ، މެންބަރުންނާ ވަކިން އުފެދިފައިވާ، ޤާނޫނީ ގޮތުން އަމިއްލަ ޝަޚްޞެކެވެ." މިފަދައިންނެވެ. އަދި 34 ވަނަ މާއްދާގެ )ހ( ގައި ޙިއްޞާގެ ސެޓްފިކެޓާ ގުޅޭގޮތުން ލިޔެފައިވަނީ، " ކޮންމެ ކުންފުންޏަކުންވެސް އެކުންފުންޏެއްގެ ކޮންމެ މެންބަރަކަށް ޙިއްޞާގެ ސެޓްފިކެޓެއް ދޭންވާނެއެވެ. ޙިއްޞާގެ ސޓްފިކެޓަކީ އޭގައި ކަނޑައަޅާފައިވާ ޙިއްޞާ އެ މެންބަރަކަށް މިލްކު ވެގެންވާކަން ސާބިތުކޮށްދޭ ލިޔުމެކެވެ." މިފަދައިންނެވެ. އަދި ޙިއްޞާ ބަދަލުކުރުމާ ގުޅޭގޮތުން އެ ޤާނޫނުގެ 36 ވަނަ މާއްދާގައި ލިޔެފައިވަނީ، "ކުންފުނީގެ ކޮންމެ މެންބަރެއްގެ ޙިއްޞާއަކީ އުފުލޭ މުދަލެކެވެ. ޕްރައިވެޓް ކުންފުންޏެއްނަމަ، ހިންގާ ގަވާއިދުގައިބުނާ ގޮތުގެމަތިން އެ ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުގެ ހުއްދައާއެކު އ ކުންފުންޏެއްގެ ޙިއްޞާ އެކެއްގެ ކިބައިން އަނެކަކަށް ބަދަލު ކުރެވިދާނެ އެވެ. ޕަބްލިކް ކުންފުންޏެއްނަމަ ޙިއްޞާ ބަދަލު ކުރެވޭނެ މިޤާނޫނާއި މިޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެ މަތިންނެވެ." މިފަދައިންނެވެ. މި މާއްދާތަކުން ސާފުވެގެންދަނީ، ކުންފުންޏަކީ އެ ކުންފުނީގެ މެންބަރުންނާއި ވަކިން އުފެދިފައިވާ ޤާނޫނީ ޝަޚްޞެކެވެ. އަދި ކުންފުނީގެ މެންބަރުންނަށް ކުންފުނީގެ ޙިއްޞި މިލްކުކުރެވޭކމާއ ކުންފުނީގެ މެންބަރުންގެ ޙިއްޞާއަކީ އުފުލޭ މުދަލެއްކަމެވެ. އަދި އެ ކުންފުންޏަކީ ޕްރައިވެޓް ކުންފުންޏެއްނަމަ، ހިންގި ގަވާއިދުގައިބުނާ ގޮތުގެމަތިން އެ ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުގެ ހުއްދައާއެކު އެކުންފުންޏެއްގ ޙިއްޞާ އެކެއްގެ ކިބައނ އަނެކަކަށް ބަދަލް ކުރެވިދާނެކަމެވެ.

10HN2މި ޙިއްޞާގެ މިލްކުވެރިކަމާމެދު ސުވާލު އުފެދުމުން، ފްރީގައިސ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން ދަޢުވާގައި ހޯދުމަށް އެދިފައިވާ ޙިއްޞާއަކީ އެ ކުންފުނިން އެއްވެސް ފަރާތަކަށް އެކަށައަޅާފައިނުވާ ޙިއްޞާތޯ ހައިކޯޓުގ ޝަރީ ޢަތުގެ މަޖިލީހުގައި ސާފުކުރެވުނެވެ. މިގޮތުން ސާފުވެގެންދިޔައީ، ފްރީގައިސ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން ހޯދުމަށް އެދިފައިވާ ޙިއްޞާއަކު ސީ ކްރޮސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑގައިވާ ޙުސައިން ޢަލީދީދީ އާއި އަޙްމަދު ޢަލީގެ ޙިއްޞާކަމެވެ.

11ސީ ކްރޮސްމޯލާޑިވްސ ޕްރައިވެޓް ލިމިޓެޑުގައިވާ ޙުސައިން ޢަލީދީދީ އާއި އަޙްމަދު ޢަލީގެ ޙިއްޞާ ބަދަލުކުރުމުގެ ބާރު ލިބިގެންވާނީ އެ ކުންފުނީގެ ހިންގާ ގަވާއިދުގައިބުނާ ގޮތުގެމަތިން އެ ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުގެހުއްދައާއަ ކެޙުސައިން ޢަލީދީދީ އީ ށާއި އަޙްމަދު ޢަލ އަށެވެ. އެ ފަރާތްތަކާއެކު ޙިއްޞާ ބަދަލުކުރުމުގެ ޞައްޙަ މުޢާމަލާތެއް ހިނގާފައިވާކަން ޝަރީޢަތަށް ސާބިތުވުމުގެ ކުރިން، ސީ ކްރޮސް މޯލްޑިވްސް ޕްރައިވެޓްލިމިޓެޑގައިވު ޙުސައިން ޢަލީދީދީ އާއި އަޙްމަދުޢަލީގެޙިއްޞ ފްރީގައިސ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑށަ ބަދަލުކުރުމަށް ސީ ކްރޮސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް އަންގާނެ ތަނެއް ނެތްކަމަށް އަހުރެނ ދެކެމެވެ. • ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔު:

12މި މައްސަލާގައި ރިޔާސަތު އިސްފަނޑިޔާރު ހާތިފް ޙިލްމީގެ ރައުޔަށް ތާއީދުކުރުމާއެކު އަންނަނިވި ކަންކަން ފާހަގަކޮށްލަމެވެ.

13HN3ދަށް ކޯޓަށު ހުށަހެޅުނު ސީ ކްރޮސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ބޯރޑް ރިޒޮލިއުޝަނަށް ) Co Reg 03/2016 No: Ref 0554/2013-C No: ( ބެލިއިރު އެކުންފުނީގައިވާ ޏ.ފުވައްމުލައް/ މެރީނާ، ޙުސައިން ޢަލީ ދީދީގެ 2050 ހިއްސާ އާއި، ޏ. ފުވައްމުލައް/ ޒިނދާ، އަޙްމަދު ޢަލީގ 763 ހިއްސާ އާއެކު ޖުމްލަ 2813 ހިއްސާ ފްރީގައިސް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުގެ ނަމަށް ބަދަލުކުރުމަށް ފާސްކޮށްފައިވާއިރު، އެފަދައިން ބަދަލުކުރުމަށްޓަކައި ކަމާބެހޭ ފަރާތަށް ހުށަހަޅާނީ ޙިއްސާ ބަދަލުކުރުމާ ބެހޭގޮތުން ސީ ކްރޮސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއި ފްރީގައިސް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން ވާ އެއްބަސްވުމެއްގައި ސޮއިކުރުމުން ކަމަށާއި، އަދި އެ އެއްބަސްވުމުގައި ކ. ކާށިދޫގައ ސިޓި ހޮޓާ އެޅުމަށް އެއްބަސްވާ ޝަރުޠުތައްވެސް ހިމަނަންވާނެކަން އެ ބޯރޑް ރިޒޮލިއުޝަނުގައި ކަނޑައަޅައި ބަޔާންކޮށްފައިވެއެވެ. ސީ ކްރޮސް މޯލްޑިވްސް ޕްރައިވެޓްލިމިޓެޑްގައ އޮތި ޙުސައިން ޢަލީ ދީދީއާއި، އަޙްމަދު ޢަލީގެ ޙިއްޞާގެ ތެރެއިން ބުނެވިދިޔަ ބޯރޑ ރިޒޮލިއުޝަނުން ކަނޑައަޅާފައިވް މިންވަރަށް ފްރީގައިސ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށް ޙިއްޞާ ބަދަލުކުރުމަށް ބޭނުންވާ 'ޝެއަރ ޓްރާންސްފަރ ފޯމު' ދަށު ކޯޓަށް ހުށަހެޅިފައިވާކަނ އެނގެއެވެ.

14ސީ ކްރޮސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ގެ އާރޓިކަލ އޮފް އެސޯސިއޭޝަންގެ 4 ވަން މާއްދާ އަށް ބެލިއިރު އޭގައިވަނީ ޙިއްޞާ ބަދަލުކުރުމަށް ކުންފުނީގެ ބޯރޑ އޮފް ޑިރެކްޓަރސ އިން ލިއުމުން ދޭ ހުއްދައެއް ނެތް އެއްވެސް ޙިއްޞާއެއް އެހެން ފަރާތަކަށް ބަދަލުނުކުރެވޭނެ ކަމަށާއި، މިއާ ޚިލާފަށް ބަދަލުކުރާކުރުންތައ ބާޠިލުވާނެކަމަށެވެ.

15ސީ ކްރޮސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގައ އޮތި ޙުސައިން ޢް ލ ދީދީ އާއި، އަޙްމަދު ޢަލީގެ ހިއްސާގެ ތެރެއިނަ ޖުމްލަ 2813 ހިއްސާއ ކުންފުނީގެ އިސްވެ ބަޔާންކުރެ ބޯރޑް ރިޒް ލިއުޝަނުނ ފްރީގައިސ ހޯލްޑިންގްސް ޕްރައިވެޓްލިމިޓެޑުގެ ނަމަށް ބްދަލުކުރުމަށް ފާސްކޮށްފައިވަނީ ޝަރުޠަކާއެކުގައެވެ. އެއަ އެފަދައިން ބަދަލުކުރުމަށާ ޓަކައި ކަމާބެހޭ ފަރާތަށް ހުށަހަޅާނީ ޙިއްސާ ބަދަލުކުރުމާ ބެހޭގޮތުނަ އެ ދެ ކުންފުނިންވ އެއްބަސްވުމެއްގައި ސޮއިކުރުމް ށްފަހުގައި ކަމަށާއާއެގޮތުނ ސޮއިކުރީ އެއްބަސްވުމުގައި ކ. ކާށިދޫގައ ސިޓި ހޮޓާ އެޅުމަށް އެއްބަސްވާ ޝަރުޠުތައްވެސް ހިމަނަންވާނެކަން އ ބޯރޑިރިޒޮލިއުޝަނުގައ ކަނޑައަޅައި ބަޔާނކޮށްފައް އޮންނައޮތުމްވެ. ނަމަވެސް އެފަދައިން ދެފަރާތުގެ މެދުގައި އެއްބަސްވުމެއްވެފައިވާކަނ ފްރީގައިސ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑު ގެ ފަރާތުން ދަށުކޯޓަށް ސާބިތުކޮށްދެވިފައި ނުވެއެވެ.

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ޤާނޫނު ނަންބަރު 10/96 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ 15 ވަނަ މާއްދާގެ (ހ)
  • ޤާނޫނު ނަންބަރު 10/96 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ 34 ވަނަ މާއްދާގެ (ހ)
  • ޤާނޫނު ނަންބަރު 10/96 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ 36 ވަނަ މާއްދާ
  • ސީ ކްރޮސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ އާޓިކަލް އޮފް އެސޯސިއޭޝަންގެ 4 ވަނަ މާއްދާ

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ