ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު އިންތިފް ރައޫފް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ކްރިމިނަލް ކޯޓު 04/Cr-C/2016
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ކްރިމިނަލް ކޯޓުން 04/Cr-C/2016 ޤަޟިއްޔާ ނިންމި. އެ ޤަޟިއްޔާގެ ތަފްޞީލެއް ރިޕޯޓުގައި ބަޔާންކޮށްފައެއް ނުވޭ.
- ވާޤިޢާ
- ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން، މުޙައްމަދު އިންތިފް ރައޫފްގެ މައްޗަށް ރައްދުވާ ގޮތަށް ކްރިމިނަލް ކޯޓުގެ 04/Cr-C/2016 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅި މައްސަލަ 05 އެޕްރީލު 2018 ގައި ހައިކޯޓުގައި ރަޖިސްޓްރީކުރެވުނު.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ކްރިމިނަލް ކޯޓުގެ 04/Cr-C/2016 ޤަޟިއްޔާ އިސްތިއުނާފުކުރި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން، އިސްތިއުނާފު އިތުރަށް ކުރިއަށް ނުގެންދިއުމަށް ނިންމައި އިސްތިއުނާފު ފޯމު އަނބުރާ ފޮނުވައިދިނުމަށް އެދި ސިޓީ ފޮނުވުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާއިދު 2011 ގެ 35 ވަނަ މާއްދާގެ (ށ) ގެ ދަށުން ދަޢުވާ ފޯމު ބާޠިލުކުރަންވީތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- ރައްދުވާ ފަރާތުގެ މައްޗަށް އިތުރު މައްސަލައެއް ހުށަހެޅިފައި ނުވާތީ، ގިނަ އަހަރުތަކެއް ފާއިތުވެފައިވާއިރު ސާބިތުވެއްޖެނަމަ ޖަލު އަދަބަކީ 02 މަސް ކަމުގައިވާތީ، އިތުރު ކުށުގެ ރިކޯޑެއް ނެތުމުން އަދި ޚާއްޞަ ޤާނޫނީ ސަބަބެއް ނެތުމުން، އިސްތިއުނާފު ކުރިއަށް ނުގެންދިއުމަށް ނިންމި ކަމަށް ބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން 27 ނޮވެންބަރު 2023 ގައި ސިޓީ ފޮނުވި.
- ކޯޓުގެ ސަބަބުތައް
- ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ސިޓީއަށް ރިޢާޔަތްކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާއިދު 2011 ގެ 35 ވަނަ މާއްދާގެ (ށ) ގެ ދަށުން، ޤަޟިއްޔާ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން 10 ޑިސެންބަރު 2023 ގައި ދަޢުވާ ފޯމު ބާޠިލުކުރި.
ނިންމުން
ދަޢުވާ ފޯމު ބާޠިލު · ދަށު ކޯޓުގެ ނިންމުމަށް ބަދަލެއް ނާދޭކްރިމިނަލް ކޯޓުގެ 04/Cr-C/2016 ޤަޟިއްޔާއާމެދު ގޮތެއް ނުނިންމައި، އިސްތިއުނާފުކުރި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އެދުމުން ދަޢުވާ ފޯމު ބާޠިލުކުރި (ފަނޑިޔާރުންގެ އިއްތިފާޤުން)
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- އިސްފަނޑިޔާރު ޙުސައިން ޝަހީދު، ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިން (ރިޔާސަތު)، ފަނޑިޔާރު މުޙައްމަދު ނިޔާޒް
- ރިޔާސަތު
- ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިން
- ރައުޔު ލިޔުނު ފަނޑިޔާރު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ދަޢުވާ ފޯމް ބާޠިލުކުރި ރިޕޯޓު
1ހައިކޯޓުގެ ޤަޟިއްޔާ ނަންބަރު: 2018/HC-A/151
2މައްސަލަ ހުށަހެޅި ފޯމުގެ ބާވަތް: އިސްތިއުނާފު ކުރުމަށް އެދި ހުށަހަޅާ ފޯމު
3މައްސަލަ ރަޖިސްޓްރީ ކުރެވުނު ތާރީޚް: 05 އެޕްރީލު 2018
* ބާޠިލުކުރި ތާރީޚް: 10 ޑިސެންބަރު 2023
4އިސްތިއުނާފު ކުރި ފަރާތް:
* ފުރިހަމަ ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
* ޢާއްމު ނަން: -
* އައިޑީކާޑު ނަންބަރު: -
* ދާއިމީ އެޑްރެސް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
* މިހާރުގެ އެޑްރެސް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
5އިސްތިއުނާފު ރައްދުވި ފަރާތްތައް:
* ފުރިހަމަ ނަން: މުޙައްމަދު އިންތިފް ރައޫފް
* ޢާއްމު ނަން: މުޙައްމަދު އިންތިފް ރައޫފް
* އައި.ޑީ.ކާޑު ނަންބަރު: A336855
* ދާއިމީ އެޑްރެސް: ހ.ހިލްޓަން / މާލެ
* މިހާރުގެ އެޑްރެސް: މއ.ގޯލްޑަންބީމް / މާލެ
6ހުށަހެޅިފައިވާ މައްސަލަ:
ކްރިމިނަލް ކޯޓުގެ ނަންބަރު 04/Cr-C/2016 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން، ހުށަހަޅާފައިވާ މައްސަލަ.
7ހައިކޯޓުން ނިންމި ގޮތް:
ކްރިމިނަލް ކޯޓުގެ ނަންބަރު 04/Cr-C/2016 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހުށަހެޅުމުން މި ކޯޓުގެ ނަންބަރު 2018/HC-A/151 ޤަޟިއްޔާއިން ބަލަމުންދާ މައްސަލަ މުރާޖައާކުރިއިރު، އެ މައްސަލަ އިތުރަށް ކުރިއަށް ނުގެންދިއުމަށް ނިންމައި، އިސްތިއުނާފު ފޯމް އަނބުރާ ފޮނުވައިދިނުމަށް އެދޭކަމަށް ބަޔާންކޮށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ނަންބަރު 196-A/95/2023/557 (27 ނޮވެންބަރު 2023) ސިޓީ މި ކޯޓަށް ފޮނުވާފައިވެއެވެ. މައްސަލަ އަނބުރާ ގެންދަން ނިންމި ސަބަބުތައް ގޮތުގައި ހަވާލާދެވުނު ސިޓީގައި ފާހަގަކޮށްފައި ވަނީ؛
1. އިސްތިއުނާފް ރައްދުވާ މުޙައްމަދު އިންތިފް ރައޫފްގެ މައްޗަށް މި މައްސަލައިގެ ފަހުން އިތުރު މައްސަލައެއް ހުށަހެޅިފައި ނުވާތީ އާއި،
2. ހާދިސާ ހިނގި ފަހުން ގިނަ އަހަރުތަކެއް ފާއިތުވެފައިވާއިރު، މި މައްސަލަ ސާބިތުވެއްޖެނަމަ ތަންފީޒުކުރަން ޖެހޭ ޖަލު އަދަބަކީ 02 (ދޭއް) މަސް ދުވަހުގެ މުއްދަތު ކަމުގައި ވާތީ އާއި،
3. މި މައްސަލައިގެ ފަހުން މީނާގެ އިތުރު އެއްވެސް ކުށުގެ ރިކޯޑެއް ނެތުމުންނާއި،
4. އިސްތިއުނާފު ކުރިއަށް ގެންދާން ޖެހޭ ޤާނޫނީ ގޮތުން ޚާއްޞަ ސަބަބެއް ނެތުމުން، ކަމަށެވެ.
ވީމާ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ހަވާލާދެވުނު ސިޓީއަށް ރިޢާޔަތްކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާޢިދުގެ 35 ވަނަ މާއްދާގެ (ށ) ގެ ދަށުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/151 ޤަޟިއްޔާގެ ދަޢުވާ ފޯމު، މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ބާޠިލުކޮށްފީމެވެ.
8މައްސަލަ ނިންމި ފަނޑިޔާރުން:
އިސްފަނޑިޔާރު ޙުސައިން ޝަހީދު
ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިން (ރިޔާސަތު)
ފަނޑިޔާރު މުޙައްމަދު ނިޔާޒް
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާއިދު 2011 ގެ 35 ވަނަ މާއްދާގެ (ށ)
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.