ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2018/HC-A/253

އޢނ ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

ދަޢުވާ ފޯމު ބާޠިލު · ދަށު ކޯޓުގެ ނިންމުމަށް ބަދަލެއް ނާދޭ
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ހައިކޯޓު · 22 އޮގަސްޓް 2024ދަށު ކޯޓު: ޖުވަނައިލް ކޯޓު 37/Jv-C/2016ބާވަތް: ޖިނާއީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ޖުވަނައިލް ކޯޓު 37/Jv-C/2016
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ޖުވެނައިލް ކޯޓުން 37/Jv-C/2016 ނަންބަރުގެ ޤަޟިއްޔާގައި ނިންމި ނިންމުމެއް. އެ ނިންމުމުގެ ތަފްޞީލެއް ރިޕޯޓުގައި ބަޔާންކޮށްފައެއް ނުވޭ.
ވާޤިޢާ
ޖުވެނައިލް ކޯޓުގެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ރައްދުވާ ގޮތަށް ހުށަހެޅި މައްސަލަ 14 އޮގަސްޓް 2018 ގައި ހައިކޯޓުގައި ރަޖިސްޓްރީކުރެވުނު.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ޖުވެނައިލް ކޯޓުގެ 37/Jv-C/2016 ޤަޟިއްޔާ އިސްތިއުނާފުކުރި ފަރާތުގެ މަންމަ، އިސްތިއުނާފު ކުރިއަށް ގެންދަން ބޭނުންނުވާތީ މައްސަލަ އަނބުރާ ނަގަން އެދި ސިޓީ ފޮނުވުމުން، ޝަރީޢަތުގެ މަޖިލީހުގައި އެ އެދުން ކަށަވަރުކޮށް، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އިޢުތިރާޟުނުކުރާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާއިދުގެ 35 ވަނަ މާއްދާގެ (ށ) ގެ ދަށުން ދަޢުވާ ފޯމު ބާޠިލުކުރަންވީތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
އިސްތިއުނާފު ކުރިއަށް ގެންދަން ބޭނުންނުވާތީ މައްސަލަ އަނބުރާ ނަގަން އެދި އިސްތިއުނާފުކުރި ފަރާތުގެ މަންމަ 31 ޖުލައި 2024 ގައި ހައިކޯޓަށް ސިޓީ ފޮނުވި. 22 އޮގަސްޓް 2024 ގެ އަޑުއެހުމުގައި މަންމައާއި އިސްތިއުނާފުކުރި ފަރާތް ދެފަރާތުންވެސް އެކަން ކަށަވަރުކޮށްދިން؛ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި ޑިޕާރޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް އިން އިޢުތިރާޟެއް ނުކުރި.
ކޯޓުގެ ސަބަބުތައް
ސިޓީ ފޮނުވި ފަރާތާއި މައްސަލަ އަނބުރާ ގެންދިއުމުގެ އެދުން ޝަރީޢަތުގެ މަޖިލީހުގައި ކަށަވަރުކޮށް، ރައްދުވި ފަރާތުން އިޢުތިރާޟުނުކުރާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާއިދުގެ 35 ވަނަ މާއްދާގެ (ށ) ގެ ދަށުން، ޤަޟިއްޔާ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން 22 އޮގަސްޓް 2024 ގައި ދަޢުވާ ފޯމު ބާޠިލުކުރި.

ނިންމުން

ދަޢުވާ ފޯމު ބާޠިލު · ދަށު ކޯޓުގެ ނިންމުމަށް ބަދަލެއް ނާދޭ

ޖުވެނައިލް ކޯޓުގެ 37/Jv-C/2016 ޤަޟިއްޔާއާމެދު ގޮތެއް ނުނިންމައި، މައްސަލަ އަނބުރާ ގެންދިއުމަށް އެދުމުން ދަޢުވާ ފޯމު ބާޠިލުކުރި (ފަނޑިޔާރުންގެ އިއްތިފާޤުން)

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ފަނޑިޔާރު ޙަސަން ޝަފީޢު، ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިން (ރިޔާސަތު)، ފަނޑިޔާރު ފާޠިމަތު ފަރްހީޒާ
ރިޔާސަތު
ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިން
ރައުޔު ލިޔުނު ފަނޑިޔާރު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ދިވެހިރާއްޖޭގެ ހައިކޯޓު

ދިވެހިރާއްޖެ

ދަޢުވާ ފޯމް ބާޠިލުކުރި ރިޕޯޓު

1ހައިކޯޓުގެ ޤަޟިއްޔާ ނަންބަރު: 2018/HC-A/253

2މައްސަލަ ހުށަހެޅި ފޯމުގެ ބާވަތް: އިސްތިއުނާފު ކުރުމަށް އެދި ހުށަހަޅާ ފޯމު

3މައްސަލަ ރަޖިސްޓްރީ ކުރެވުނު ތާރީޚް: 14 އޮގަސްޓް 2018

* ބާޠިލުކުރި ތާރީޚް: 22 އޮގަސްޓް 2024

4އިސްތިއުނާފު ކުރި ފަރާތް:

* ފުރިހަމަ ނަން: އއނ

* އައިޑީކާޑު ނަންބަރު: [އުނިކުރެވިފައި]

* ޢާއްމު ނަން: -

* ދާއިމީ އެޑްރެސް: [އުނިކުރެވިފައި]

* މިހާރުގެ އެޑްރެސް: [އުނިކުރެވިފައި]

5އިސްތިއުނާފު ރައްދުވި ފަރާތްތައް:

* ފުރިހަމަ ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

* އައި.ޑީ.ކާޑު ނަންބަރު:

* ޢާއްމު ނަން: -

* ދާއިމީ އެޑްރެސް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

* މިހާރުގެ އެޑްރެސް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

6ހުށަހެޅިފައިވާ މައްސަލަ:

ޖުވެނައިލް ކޯޓުގެ ނަންބަރު 37/Jv-C/2016 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި އއނ ހުށަހަޅާފައިވާ މައްސަލަ.

7ހައިކޯޓުން ނިންމި ގޮތް:

ޖުވެނައިލް ކޯޓުގެ ނަންބަރު 37/Jv-C/2016 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި އއނ ހުށަހެޅުމުން މި ކޯޓުގެ ނަންބަރު 2018/HC-A/253 ޤަޟިއްޔާއިން ބަލަމުންދާ އިސްތިއުނާފު އިތުރަށް ކުރިއަށް ގެންދިއުމަށް ބޭނުންނުވާ ކަމަށާއި، މައްސަލަ އަނބުރާ ނެގުމާއިއެކު އެކަމަށް ނިމުމެއް ގެނެސްދިނުމުގެ އިންތިޒާމް ހަމަޖައްސައިދިނުމަށް އެދި 31 ޖުލައި 2024 ގައި އއނގެ މަންމަ،[ނަން އުނިކުރެވިފައި] މި ކޯޓަށް ސިޓީއެއް ފޮނުވިއެވެ.

މި ސިޓީއާ ގުޅިގެން 22 އޮގަސްޓް 2024 ގައި ޝަރީޢަތުގެ މަޖިލީހެއް ބާއްވައި، އެ މަޖިލީހުގައި އެ ސިޓީ އަކީ [މަންމަގެ ނަން އުނިކުރެވިފައި]ގެ ފަރާތުން ފޮނުވި ސިޓީއެއްތޯ ކަށަވަރުކުރެވުނެވެ. އަދި މައްސަލަ އަނބުރާ ގެންދަން ބޭނުންވޭތޯ އިތުރަށް ޔަޤީންކުރުމުގެ ގޮތުން [މަންމަގެ ނަން އުނިކުރެވިފައި] އާއި އއނއާ ސުވާލުކުރުމުން، މައްސަލަ އަނބުރާ ގެންދިއުމަށް ބޭނުންވާ ކަމަށް އެ ދެ ފަރާތުން ވެސް ޖަވާބުދީފައިވެއެވެ. މީގެ އިތުރުން، މި އަޑުއެހުމުގައި ބައިވެރިވި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި ޑިޕާރޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ ފަރާތުންވެސް، މައްސަލަ އަނބުރާ ގެންދިއުމާމެދު އިއުތިރާޒުނުކުރާކަމަށް ބުނެފައިވެއެވެ.

ވީމާ، މި ބަޔާންކުރި ކަންކަމަށް ރިޢާޔަތްކޮށް، މި ކޯޓުގެ ނަންބަރު 2018/HC-A/253 ޤަޟިއްޔާގެ ދަޢުވާ ފޯމު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާއިދުގެ 35 ވަނަ މާއްދާގެ (ށ) ގެ ދަށުން، ހައިކޯޓުގައި މި ޤަޟިއްޔާ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ބާޠިލުކޮށްފީމެވެ.

8މައްސަލަ ނިންމި ފަނޑިޔާރުން:

ފަނޑިޔާރު ޙަސަން ޝަފީޢު

ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިން (ރިޔާސަތު)

ފަނޑިޔާރު ފާޠިމަތު ފަރްހީޒާ

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާއިދުގެ 35 ވަނަ މާއްދާގެ (ށ)

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ