ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2018/HC-A/324

އެގްޒޮޓިކް ޕްރޮޕަރޓިސް ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ

ނޭނގޭ (ނިންމުން ފައިލުގައި ނެތް)
ސުޕްރީމް ކޯޓަށް އިސްތިއުނާފުކޮށްފައި ނުވޭ · ރަޖިސްޓްރީ ބެލީ 15 އޮކްޓޫބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 1 ފެބުރުއަރީ 2022ދަށު ކޯޓު: ސިވިލް ކޯޓު 1193/Cv-C/2017ބާވަތް: އެހެނިހެން

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސިވިލް ކޯޓު 1193/Cv-C/2017
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

—

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
ޓޫރިޒަމް މިނިސްޓްރީގެ ނަންބަރު LS/CIR/2013/18-88 ސަރކިއުލަރ މެދުވެރިކޮށް ކޮށްފައިވާ ހުށަހެޅުން (ކޮންސްޓްރަކްޝަން ޕީރިއަޑް 36 މަސް އިތުރުކޮށް ކުލި ދެއްކުން ފަސްކުރުން) އިސްތިއުނާފުކުރާ ފަރާތުން ޤަބޫލުކުރުމުން ނ.ރާފުށީގެ ލީސް އެގްރީމަންޓަށް އެޑަންޑަމެއް އައިސް، ކުއްޔާއި ޖޫރިމަނާ ދައްކަންޖެހޭ މުއްދަތު އަދި އައިސްފައި ނުވޭތޯ؛ އަދި އިސްތިއުނާފު މަރުޙަލާގައި އެޓަރނީ ޖެނެރަލް ހާޟިރުވުމުގެ ހައިސިއްޔަތު.

ނިންމުން

ނޭނގޭ (ނިންމުން ފައިލުގައި ނެތް)

ނޭނގޭ (ނިންމުން ފައިލުގައި ނެތް)

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ޓެކްސް ފިޔަވައި އެހެނިހެން ފައިސާގެ ތެރެއިން ދައުލަތަށް ލިބެންޖެހި، ދައްކަންޖެހޭ މުއްދަތުގައި ނުދައްކާ ފައިސާ ޝަރީޢަތް މެދުވެރިކޮށް ހޯދުމުގެ އިޚްތިޔާރު ބަންޑާރަ ނައިބަށް ލިބިގެންވާކަން ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ 50 ވަނަ މާއްދާގެ (ބ) އިން އެނގޭތީ، މީރާއިން ހުށަހެޅި އެފަދަ ޤަޟިއްޔާއެއްގެ އިސްތިއުނާފު މަރުޙަލާގައި ކޯޓަށް ހާޟިރުވުމުގެ ހައިސިއްޔަތު ބަންޑާރަ ނައިބަށް ލިބިގެންވެއެވެ.

HN2 ލީސް އެގްރީމަންޓުގެ 6 ވަނަ މާއްދާގެ (i) އާއި (ii) ގެ ދަށުން، ސަރުކާރުން ހުއްދަ ދޭ ދުވަހުން ފެށިގެން 36 މަސްދުވަހުގެ ކޮންސްޓްރަކްޝަން ޕީރިއަޑުގެ ތެރޭގައި ލީސްހޯލްޑަރު ރިސޯޓު ތަރައްޤީކޮށް ނުނިމިއްޖެނަމަ، ލިކުއިޑޭޓެޑް ޑެމޭޖަސް ނެގުމާއި އެއްބަސްވުން އުވާލުމުގެ އިޚްތިޔާރު ޓޫރިޒަމް މިނިސްޓްރީއަށް ލިބިގެންވާކަމާއި، މި މައްސަލާގައި އެ މުއްދަތުގެ ތެރޭ ރަށް ތަރައްޤީކޮށް ނިމިފައި ނުވާކަން ކޯޓުން ފާހަގަކުރެއެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޙަސަން ޝަފީޢު، ޢަބްދުއްރައޫފު އިބްރާހީމް، މުޙައްމަދު ނިޔާޒް
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
ޙަސަން ޝަފީޢު · ތާއީދުކުރެއްވީ: ޢަބްދުއްރައޫފު އިބްރާހީމް، މުޙައްމަދު ނިޔާޒް
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔު (މި ރައުޔަށް ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް އާއި ފަނޑިޔާރު

މުޙައްމަދު ނިޔާޒް ތާއީދުކުރެއެވެ. )

ތަޢާރުފު

1މިއީ، ސިވިލް ކޯޓް ގެ ނަންބަރު C/2017-Cv/1193 ޤަޟިއްޔާ އިސްތިއުނާފކު ރުމަށު އެދި އެގްޒޮޓިކް ޕްރޮޕަރޓީސް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޓޯ ށ ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފރައްދުވާ ފަރާތަކީ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އެވެ.

ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާ

2އިސްތިއުނާފުކުރާ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާގެ ޞީޣާ ގައި ބުނެފައިވަނީ: "މި ދަޢުވާއަކީ، އެގްޒޮޓިކް ޕްރޮޕަރޓީސް ޕްރައިވެޓް ލިމިޓެޑް (ކުންފުނި ރަޖިސްޓަރީ ނަންބަރު 0398/2010-C) (މީގެ ފަހުން "ދަޢުވާލިބޭ ފަރާތް" ކަމަށް ބުނެފައިވާ ފަރާތް) އާއި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އާރޓްސ އެންޑް ކަލްޗަރއާ ދެމެދު 13 ޑިސެންބަރު 2010 ގައި ވެފައިވާ ލީސް އެގްރިމަންޓްގެ ދަށުން، ނ.ރާފުށިގ ކުލީގެ ގޮތުގައެ ދައުލަތަށް ދައްކަންޖެހޭ US$ 2,667,123.29 (ދެމިލިއަން ހަލައްކަ ފަސްދޮޅަސް ހަތް ހާސް އެއް ސަތޭކަ ތޭވީސް ޑޮލަރު ނަވާވީސް ސެންޓް) ދައްކާފައި ނުވާތީއާއި، އެ ފައިސާ ދައްކަންޖެހޭ މުއްދަތުގައި ދައްކާފައިނުވާތީ، ޖޫރިމަނާގެ ގޮތުގައި 10 އޭޕްރީލް 2017 (ކޯޓަށް މައްސަލް ހުށަހެޅި ތާރީޚު) އާ ހަމައަށް އަރާފައިވާ US$ 10,108,397.27 (ދިހަ މިލިއަން އެއްލައްކަ އަށް ހާސް ތިން ސަތޭކަ ނުވަދިހަ ހަތް ޑޮލަރު ހަތާވީސް ސެންޓް) އާއެކު ޖުމްލަ 75,520.56US$ 12,7 (ބާރަ މިލިއަން ހަތްލައްކަ ހަތްދިހަ ފަސްހާސް ފަސް ސަތޭކަ ވިހި ޑޮލަރު ފަންސާސް ހަ ސެންޓް) އާއެކު ޖުމްލަ US$ 12,775,520.56 (ބާރަ މިލިއަން ހަތްލައްކަ ހަތްދިހަ ފަސްހާސް ފަސް ސަތޭކަ ވިހި ޑޮލަރު ފަންސާސް ހަ ސެންޓް) ފައިސާ ރަޖިސްޓްރީ ނަންބަރު 0398/2010-C ޤާނޫނު ނަންބަރު 2010/3 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) އަށް 16 ޑިސެންބަރު 2021 ގައި އިޞްލާޙް ގެނެވިފައިވާތީ މި ޤަޟިއްޔާގެ ޝަރީޢަތް ކުރިއަށް ގެންދެވިފައިވަނީ ދިވެހި ދައުލަތް (އެޓަރނީ ޖެނެރަލްގެ އޮފީސް) ގެ ޙާޟިރުގައެވެ. ދައްކާ ޚަލާސްކުރުމާ ހަމައަށް އަރަމުންދާ ޖޫރިމަނާއާއެކު، ޝަރީޢަތް މެދުވެރިކޮށް ދައުލަތަށް އެކީ އެއްފަހަރާ ހޯދުމަށް އެދި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީގެ ފަހުން "ދައުލަތް" ނުވަތަ "މިރާ" ކަމަށް ބުނެފައިވާ ފަރާތް) އިން އެގްޒޮޓިކް ޕްރޮޕަރޓީސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ކުރާ ދަޢުވާއެކެވެ." މި ފަދައިންކަނ އެނގެން އޮވެއެވެ.

3އަދި އެ ޤަޟިއްޔާގައި ޙުކުމްކޮށްފައިވަނީ: [ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކަށާއި، ހުށަހެޅިފައިވާ ލިޔުންތަކަށާއި، ކަމާގުޅޭ ޤާނޫނުތަކުގެ މައްޗަށު ބަލާއިރު، ޤާނޫނު ނަންބަރު 99/2 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) ގެ ދަށުން، މިނިސްޓްރީ އޮފް ޓޫރިޒަމް އާރޓްސ އެންޑް ކަލްޗަރއާ އެގްޒޮޓިކް ޕްރޮޕަޓީސ ޕްރައިވެޓް ލިމިޓެޑްއާ ދެމެދު، 13 ޑިސެންބަރު 2010 ގައި ނ.ރާފުށި ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރުމަށް ވެފައިވާ ލީސް އެގްރިމެންޓްގެ ދަށުން ނ.ރާފުށގި ކުލީގެ ގޮތުގައި، ދައުލަތަށް 29/2,667,123 US$ (ދެމިލިއަން ހަލައްކަ ފަސްދޮޅަސ ހަތް ހާސް އއ ސަތޭކަ ތޭވީސް ޑޮލަރު އޮންތިރީސް ސެންޓް) ދައްކަންޖެހޭކަމާއި، މިފައިސާ ދައްކަންޖެހޭ މުއްދަތުގައި ދައްކާފައިނުވާތީ، ޖޫރިމަނާގެ ގޮތުގައި 10 އޭޕްރީލް 2017 އާ ހަމައަށް 27/US$ 10,108,397 (ދހި މިލިއަން އެއްލައްކަ އަށް ހާސް ތިން ސަތޭކަ ނުވަދިހަ ހަތް ޑޮލަރު ހަތާވީސް ސެންޓް)، އެގްޒޮޓިކް ޕްރޮޕަޓީސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ އަށް ދައްކަންޖެހި ނުދައްކާ އޮންނަކަން ހުށަހެޅިފައިވާ ލިޔންތުކުނ ޝަރީޢަތަށް ޘާބިތުވާތީ، ނ.ރާފުށީގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި، ޖުމްލަ 56/US$ 12,775,520 (ބާރަ މިލިއަން ހަތްލައްކަ ހަތްދިހަ ފަސްހާސް ފަސް ސަތޭކަ ވިހި ޑޮލަރު ފަންސާސް ހައެއް ސެންޓް) އަދި މިފައިސާ ދައްކާ ޚަލާޞް ކުރުމާއަ ހަމައަށް އަރަމުންދާ ޖޫރިމަނާއަކީ، ދަޢުވާލިބޭ އެގްޒޮޓިކް ޕްރޮޕަޓީސ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ އަށް ދައްކަންޖެހޭ ފައިސާ އެއްކަމުގައި ކަނޑައަޅައި، މި އެންމެހައި ފައިސާ، ދަޢުވާކުރާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ އަށް ލިބިދިނުމުގެ ގޮތުން މިއަދު (08 މެއި 2018) އިން ފެށިގެން 06 (ހައެއް) މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ އަށް ދައްކާ ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާ ފޯމުގެ 7 ވަނަ ނަންބަރު ޚަލާޞް ކުރުމަށް، ދަޢުވާ ލިބުނު އެގްޒޮޓިކް ޕްރޮޕަރޓީސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް އަންގާ ޙުކުމްކޮށްފީމެވެ.] މިފަދައިންނެވެ.

އިސްތިއުނާފަށް ހުށަހެޅުނު ނުކުތާ

4ސިވިލް ކޯޓުގެ ނަންބަރ C/2017-Cv/1193 ޤަޟިއްޔާ އިސްތިއުނާފކު ރުމަށް އެދު އެގްޒޮޓިކް ޕްރޮޕަރޓީސް ޕްރައިވެޓް ލިމިޓެޑގް ފަރާތުން އަންނަނިވި ނުކުތާ ހުށަހަޅާ އެ ނުކުތާއާ ބެހޭ ގޮތުން ދިވެހރާއްޖޭގި ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތާއަކީ:

1.4 އިސްތިއުނާފުރައްދުވާ ފަރާތުގެ ދަޢުވާއަކީ، ނ.ރާފުށީގެ ކުއްޔާއި ޖޫރިމަނާ ހޯދުމަށް ކޮށްފައިވާ ދަޢުވާއެއްކަމުގައި ވާއިރު، މިނިސްޓްރީ އޮފް ޓޫރިޒަމްގެ ފަރާތުން އެ މިނިސްޓްރީގެ ނަންބަރު 3/18LS/CIR/201-88 ސަރކިއުލަރ މެދުވެރިކޮށް ޢާނަ މުކޮށް ހުށަހެޅި ހުށަހެޅުމުގައިވާ ގޮތަށް އިސްތިއުނާފކުރު ފަރާތުން އެ ހުށަހެޅުން ޤަބޫލުކޮށްފައިވާއިރު، އެ ހުށަހެޅުމުގައިވާ ގޮތުގެ މަތީން، އެ ސަރކިއުލަރގައި ބުނާ އެޑަންޑަމަށ ޢަމަލުކުރަން ފަށާ ދުވަހުން ފެށިގެން ކޮންސްޓްރަކްޝަން ޕީރިއަޑް 36 މަސް ދުވަހަށް އިތުރުކުރުމާއި، ކޮންސްޓްރަކްޝަން ޕީރިއަޑް ނިމޭ ތާރީޚާއި ރިސޯޓް އޮޕަރޭޓކްރަން ފަށާ ތާރީޚާ ދެ ތާރީޚުން ކުރެ ފުރަތަމަ އަންނަ ތާރިޚަކާ ހަމައަށް ލީސް ރެންޓް ނުވަތަ ކުލި ދެއްކުން ފަސްކުރެވޭއިރު، މި ދެންނެވުނު ސަރކިއުލަރ މެދުވެރިކޮށް އިސްތިއުނާފުކުރާ ފަރާތާއި ދިވެހި ދައުލަތާ ދެމެދު އުފެދުނު އެއްބަސްވުމަށް ބަލާއިރު، ނ.ރާފުށީގެ ކުއްޔއެވެސް އަދި ކުއްޔާއި ގުޅޭ ޖޫރިމަނާއެއްވެސް ދައްކަންޖެހޭ މުއްދަތު ސިވިލް ކޯޓުގެ ނަންބަރު C/2017-Cv/1193 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް ޞަފްޙާ ނަންބަރު 10-09 އައިސްފައިނުވާއިރު، މިކަމަށް ރިޢާޔަތްނުކޮށް މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

އިސްތިއުނާފުކުރާ ފަރާތުން އެދޭގޮތް

5އިސްތިއުނާފުކުރާފަރާތުން އެދިފައިވަނީ: "އިސްވެ ދެންނެވުނު ކަންކަން އެހެން ހުރުމާއެކު، ސިވިލް ކޯޓުގެ ނަންބަރު C/2017-Cv/1193 ކޮށްފައިވާ ޙުކުމަކީ ޤާނޫނީ އުޞޫލުތަކާއި ހަމަތަކާއި ޚިލާފަށް ކޮށްފައިވާ ޙުކުމެއްކަމުގައި ކަނޑައަޅުއްވައ ދެއްވައި، މި މައްސަލާގެ ޙުކުމް ބޠިލްކޮށ ދެއްވުމަށް އެދާ ". މިފަދައިންކަން އެނގެން އޮވެއެވެ. އިސްތިއުނާފީ ނުކުތާތަކާމެދު ދެފަރާތުން މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވާ ކަންކަން އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރި ކަންކަން

6އެގްޒޮޓިކް ޕްރޮޕަރޓީސް ޕްރައިވެޓް ލިމިޓެޑަކީ ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށް ހިންގަމނު އަންނަ ވިޔަފާރި ކުންފުންޏެއްކަމަށްވާއިރު، މި ކުންފުނި އުފައްދައިގެން މި ކުންފުނީގެ ފަރާތުން މައިގަނޑު ގޮތެއްގއަ ކުރަމުންއައިވިޔަފާރިއަކީ ޓއަރިސްޓ ރިޒޯޓް ތަރައްޤީކޮށް ހިންގުމެވެ.

7މިގޮތުން، ނ.ރާފުށި ރިޒޯޓެއްގެ ގޮތުގައި ތަރައްޤީކޮށް އޮޕަރޭޓްކުރުމަށްޓަކައި 50 އަހަރުގެ މުއްދަތަށް ކުއްޔަށްދީ 13 ޑިސެމްބަރު 2010 ވަނަ ދުވަހު ދިވެހި ސަރުކާރާއި އެގްޒޮޓިކް ޕްރޮޕަރޓީސް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ސޮއިކުރެވުނު ފަހުން އެޑަންޑަމަށ ޢަމަލުކުރަން ފަށާދުވަހުން ފެށިގެން ކޮންސްޓްރަކްޝަން ޕީރިއަޑް 36 މަސް ދުވަހަށް އިތުރުކުރުމާއި، ކޮންސްޓްރަކްޝަން ޕީރިއަޑް ނިމޭ ތާރީޚާއި ރިޒޯޓް އޮޕަރޭޓް ކުރަން ފަށާ ތާރީޚާ ދެ ތާރީޚުން އިސްތިއުނާފު ފޯމުގެ 10 ވަނަ ނަންބަރު ކުރެ ފުރަތަމަ އަންނަ ތާރީޚަކާ ހަމައަށް ލީސް ރެންޓް ނުވަތަ ކުލި ދެއްކުން ފަސްކުރުން ހިމެނޭގޮތަށް ޝަރުޠުތައް ހިމަނައި، ނަންބަރު LS/CIR/2013/18-88 ސަރކިއުލަރ އިން ޢާންމުކޮށް ހުށަހެޅުމެއް ހުށަހަޅާފައިވެއެވެ.

8އަދި މި ދެންނެވުނު ސަރކިއުލަރ ނިންމާލަމުން އެ ސަރކިއުލަރގައި ބަޔާންކޮށްފައިވަނީ "ތިޔަފަރާތުން މަތީގައި ހުށަހެޅިފައިވާ ހުށަހެޅުން ޤަބޫލުކުރުމަށް ބޭނުންވާ ނަމަ، މި ސަރކިއުލަރގެ ތާރީޚުން ފެށިގެން 14 ދުވަސް ތެރޭގައި އެކަން ބަޔާންކޮށް މިނިސްޓްރީއަށް ހުށައެޅުމަށެވެ." މި ފަދައިންނެވެ. އެހެންކަމުން، މިއީ ޢާންމުކޮށް ހުށަހަޅާފައިވާ ހުށަހެޅުމެކެވެ.

9އެހެންކަމުން، އެގްޒޮޓިކް ޕްރޮޕަރޓީސް ޕްރައިވެޓް ލިމިޓެޑުން ވަނީ ސަރކިއުލަރގައި ބަޔާންކޮށްފައިވާ ހުށަހެޅުން ޤަބޫލުކޮށް 21 އެޕްރީލް 2013 ވަނަ ދުވަހު އެ ފަރާތަށް ސިޓީއެއް ފޮނުވާފައެވެ.

10މި ދެންނެވުނު ސަރކިއުލަރއަކީ ޢާންމުކޮށް ރިޒޯޓް ތަރައްޤީކުރުމަށް ރަށްތައް ނަގައިގެން އުޅޭ ހުރިހާ ފަރާތްތަކަށް ހުޅުވާލެވިގެން ޢާންމު ކުރާ ސަރކިއުލަރއަކަށް ވެފައި، އެ ސަރކިއުލަރ ގައި ބުނާ ޝަރުޠުތައް އެގްޒޮޓިކް ޕްރޮޕަރޓީސް ޕްރައިވެޓް ލިމިޓެޑްގެ ކިބައިގައި ފުރިހަމަވާއިރު، އެ ސަރކިއުލަރގައި ބަޔާންވެފައިވާ އުޞޫލުން އެ ސަރކިއުލަރގައި ބަޔާންވެފައިވާ ޝަރުޠުތައް ޤަބޫލުކުރިކަން އަންގައި އެގްޒޮޓިކް ޕްރޕަރޓީސޮ ޕްރައިވެޓް ލިމިޓެޑުން ސިޓީ ހުށަހެޅުމުން، އެ ސަރކިއުލަރގައި ބުނާ ޝަރުޠުތަކުގެމަންފާ ދައުލަތުން އެގްޒޮޓިކް ޕްރޮޕަރޓީސް ޕްރައިވެޓް ލިމިޓެޑަށް ދީފައި ނުވަނީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 20 ވަނަ މާއްދާއާއި 43 ވަނަ މާއްދާއާ ޚިލާފަށް ކަމުގައި ދެކެމެވެ.

11އަދި އެގްޒޮޓިކް ޕްރޮޕަރޓީސް ޕްރައިވެޓް ލިމިޓެޑަށް ރިޒޯޓް ތަރައްޤީ ނުކުރެވި، ރަށުގެ ކުލި ނުދެއްކި ދިއުމުގެ މައިގަނޑު އެއް ސަބަބަކީ މި ދެންނެވުނު އުޞޫލުން ދިވެހި ދައުލަތުން އެގްޒޮޓިކް ޕްރޮޕަރޓީސް ޕްރައިވެޓް ލިމިޓެޑްގެ ޙައްޤު ގެއްލޭގޮތަށް އެ ފަރާތާމެދު ތަފާތުކޮށް ޢަމަލު ކުރުމުންނެވެ.

12ޢާންމުކޮށް ހުޅުވާލެވިގެން ޢާންމު ކުރި ސަރކިއުލަރގެ މަންފާ އެއްވެސް ތަފާތު ކުރުމެއްނެތި އެގްޒޮޓިކް ޕްރޮޕަރޓީސް ޕްރައިވެޓް ލިމިޓެޑަށް ވެސް ލިބިދެވުނުނަމަ، ނ.ރާފުށީގެ ކުއްޔާއި ޖޫރިމަނއެއާ ދައުލަތަށް ދައްކަންޖެހި ނުދައްކައި ނޯންނާނެއެވެ.

އިސްތިއުނާފުރައްދުވާ ފަރާތުން ފާހަގަކުރި ކަންކަން

13އިސްތިއުނާފުކޮށްފައިވ ޤަޟިއްޔާއަކާ އިސްތިއުނާފުކުރާ ފަރާތާއި ޓޫރިޒަމް މިނިސްޓްރީއާ ދެމެދު 13 ޑިސެންބަރު 2010 ގައި ވެފައިވާ ލީސް އެގްރީމަންޓްގެ ދަށުން،ނ.ރާފުށީގ ކުލީގެ ގޮތުގައެ ދައުލަތަށް ދައްކަންޖެހޭ ފައިސާ އާއި އެ ފައިސާ ދައްކަންޖެހޭ މުއްދަތުގައި ދައްކާފައިނުވާތީ، ޖޫރިމަނާގެ ގޮތުގައި އަރާފައިވާ ފައިސާ ހޯދުމަށް މީރާއިން ސިވިލް ކޯޓަށް ހުށަހެޅުމުން އެ މައްސަލަ އެ ކޯޓުން ބެލި ޤަޟިއްޔާއެވެ.

14އިސް ތިއުނާފުކުރާ ފަރާތުގެ މުޅި އިސްތިއުނާފު ބިނާކޮށްފައިވަނީ ޓޫރިޒަމް މިނިސްޓްރީން ޢާންމުކުރި ސަރކިއުލަރއެއްގެ ދަށުން އެ ފަރާތަށް ލިބެންޖެހޭ ޙައްޤުތަކެއް ގެއްލިގެން ގޮސްފައިވާކަމަށް ބުނެއެވެ. ނަމަވެސް، ދެފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން އަދާކުރަންޖެހޭ ޒިންމާތަކާ ގުޅިގެން ޓޫރިޒަމް މިނިސޓްރީނ އެއްވެސް ލުޔެއް ދީފައް އްނުވެއެވެ.

15މަދަނީ ޚުޞޫމާތުތަކުގައި އެއް ޚަޞްމު އަނެއް ޚަޞްމާ ކުރިމަތިކުރުވާ ދަފްޢު ސާބިތުކުރުމުގެ މަސްއޫލިއްޔަތު އުފުލަންޖެހޭ ފަރާތަކީއެ ދަފްޢެއް ކުރާ ފަރާތްކަން ސުޕްރީމް ކޯޓުގެ ނަންބަރު A/02-SC/2010 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ ތިންވަނަ ކަމެއްގެ ގޮތުގައި ބަޔާންކޮށްފައިވާކަން ފާހަގަކޮށް މި ދެފަރާތުގެ ދެމެދު ވެވުނު އެއްބަސްވުމަށް އެމެންޑްމަންޓެއ ނުވަތް އެޑަންޑަމެއް އައިސްފައިވާކަން އެގްޒޮޓިކް ޕްރޮޕަރޓީސް ޕްރައިވެޓް ލިމިޓެޑަށް ސާބިތުކޮށްދެވިފައި ނުވާކަން ފާހަގަކޮށްފައިވެއެވެ.

އިސްތިއުނާފރައްދުވާ ފަރާތުން އެދޭގޮތު

16އިސްތިއުނާފު ރައްދުވާފަރާތުން އެދިފައިވަނީ: "ސިވިލ ކޯޓުގް ނަންބަރު C/2017-Cv/1193 ގެ ޙުކުމަކީ ޤަނޫނާއި ޤަވާއިދުތަކާ ދެ ފަރާތުން ހުށަހަޅާފައިވާ ހެއްކާއި ޤަރީނާތަކުގެ މައްޗަށް ރިޢާޔަތްކުރުމަށްފަހު އިސްތިއުނާފުކުރާ ފަރާތާއި ޓޫރިޒަމް މިނިސްޓްރީއާ ދެމެދު ވެފައިވާ އެއްބަސްވުމަށް އެމެންޑްމެންޓެއް އައިސްފައިނުވާކަން ސާބިތުވެފައިވާތީ އިސްތިއުނާފުކުރާ ފަރާތާއި ޓޫރިޒަމް މިނިސްޓްރީއާ ދެމެދު 13 ޑިސެންބަރު 2010 ގައި ވެފައިވާ އެއްބަސްވުމުގެ ދަށުން އެފަރާތުން ދައުލަތަށް ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާގެ ފައިސާ ދައްކަންޖެހޭ ވަގުތު އައިސްފައިވާކަން އެނގެން އޮންނާތީ މީރާގެ ފަރާތުން ޤާނޫނު ނަންބަރު 99/2 ގެ ދަށުން ހެދިފައިވާ ގަވާއިދު ނަންބަރު 20-R/2010 އާ އެއްގޮތްވާ ގޮތުގެ މަތިން ޤާނޫނާ ނަންބަރު 2010/3 އިން މީރާ ގެ މައްޗށަ ލާޒިމްކޮށްފައިވާ ޤާނޫނީ ޒިންމާ އަދާކުރުމުގެ ގޮތުން ސިވިލް ކޯޓުގައި ދަޢުވާކޮށް އެފަރާތުގެ މައްޗަށް ސާބިތުވެފައިވާ މަދަނީ ދަރަންޏެއްކަމާއި، އިސްތިއުނާފުކުރާ ފަރާތަށް ޓޫރިޒަމް މިނިސްޓްރީއިން ޢާންމުކުރި ސަރކިއުލަރއާ ގުޅިގެން އެފަރާތުގެ ޙައްޤުތަކެއް ގެއްލިފައިވާކަމަށް ނުވަތަ ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން އެފަދަ ލުޔެއް ދީފައިނުވަނީ ޤާނޫނުއަސާސީގެ 20 ވަނަ މާއްދާ އާއި 43 ވަނަ މާއްދާއާ ޚިލާފަށްކަމަށް ޤަބޫލުކުރެވޭކަމުގައިވާނަމަ އެކަމަކީ މީރާއިން ސިވިލް ކޯޓު ގައި ކޮށްފައިވާ ދަޢުވާގެ މަޢޟުގައި ހިމެނޭކަމެއްނޫންކަމާއ އަދި ޤާނޫނި ގޮތުން މިފަދަ މައްސަލަތަކުގައި މީރާގެ ޒިންމާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާ އެފަދަ އެއްބަސްވުންތަކާއި އެއްގޮތްވާ ގޮތުގެ މަތިން ދައުލަތަށް ހޯދުންކަން ޓެކްސްއާބެހޭ ޤނޫނުތަކުގާ ނައްޞުން ސާފުކޮށް އެނގެން އޮންނާތީ އިސްތިއުނާފުކުރާ ފަރާތުން ދައުލަތަށް ދައްކަންޖެހޭކަމަށް ސިވިލް ކޯޓުގެ ނަންބަރު -Cv/1193 C/2017 ޤަޟިއްޔާ އިން ސާބިތުކޮށްފައިވާ މަދަނީ ދަރަންޏަކީ ސައްޙަ އެ ނިންމުމަށް ބަދަލު ގެންނަންނުޖެހޭ ނިންމުމެއްކަމުގައި ކަނޑައަޅައިދެއްވުމެވެ". މިފަދައިންކަން އެނގެނި އޮވެއެވެ. އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރި އިޖުރާއީ ނުކުތާއާގުޅޭ

17އިސްތިއުނާފުކުރާ ފަރާތުން އިޖުރާއީ ނުކުތާއެއް ފާހަގަކޮށްފައިވެއެވެ. މިގޮތުން، އެ ފަރތުނާ ފާހަގަކޮށްފައިވާ ނުކުތާއަކީ

1.17 މި ޤަޟިއްޔާގައި އެޓަރނީ ޖެނެރަލްގެ އޮފީހުން ކޯޓަށް ޙާޟިރުވުމުގެ ހައިސިއްޔަތާ ގުޅޭގޮތުން ފާހަގަކުރި ނުކުތާއެވެ. އިސްތިއުނާފީ ދަޢުވާގެ ޖަވާބު ހުށަހަޅާ ފޯމުގެ 5 ވަނަ ނަންބަރު

18ބުނެވިދިޔ އިޖުރާއަ ނުކުތާއާ މެދު ދެފަރާތުން ފާހަގަކުރަން ބޭނުންވާ ކަންކަން ފާހަގަކުރުމަށް ޝަރީޢަތުން ފުރުސަތު ދެވި ދެފަރާތުގެ ބަސްހޯދިފައިވެއެވެ. މިގޮތުން، އިސްތިއުނާފުރައްދުވާ ފަރާތުން ލިޔުމުން ތަފުސީލީ ގޮތެއްގައި ޖަވާބުދީފައިވެއެވެ.

19އިޖުރާއީ ނުކުތާ ފާހަގަކޮށްފައިވަނީ ޤާނޫނު ނަންބަރު 2010/3 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) އަށާ 3 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ 50 ވަނަ މާއްދާގެ (ބ) އާ ގުޅިގެން އެޓަރނީ ޖެނެރަލް ގެ އފީހުނޮ މި ޤަޟިއްޔާގައި ކޯޓަށް ޙާޟިރުވުމަށް ނިންމާފައިވާތީކަން އެނގެއެވެ.

20HN1ޓެކްސް ފިޔަވައި އެހެނިހެން ފައިސާގެ ތެރެއިން ދައުލަތަށް ލިބެންޖެހި، ނުލިބިވާ ފައިސާއެއް، އެ ފައިސާއެއެ ދައްކަންޖެހޭ މުއްދަތުގައި ދައްކާފައިނުވާނަމަ، އެ ފައިސާ ޝަރީޢަތް މެދުވެރިކޮށް ހޯދުމުގެ އިޚްތިޔާރު ބަންޑާރަ ނައިބަށް ލިބިގެންވާކަން ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ޤނޫނުގާ 50 ވަނަ މާއްދާގެ (ބ) އިން އެނގެން އޮތަތީ، ބަންޑާރަ ނައިބަށް މި ޤަޟިއްޔާގެ އިސްތިއުނާފު މަރުޙަލާގައި ކޯޓަށް ހާޟިރުވުމުގެ ހައިސިއްޔަތު ލިބިގެންވާކަމަށް ދެކެމެވެ. އިސްތިއުނާފީ ނުކުތާއާ މެދާ ޝަރީޢަތުން ރިޢާޔަތްކޮށްފައިވާ ގޮތް

21އިސްތިއުނާފުކޮށްފައިވ ޤަޟިއްޔާއަކާ އިސްތިއުނާފުކުރާ ފަރާތާއި ޓޫރިޒަމް މިނިސްޓްރީއާ ދެމެދު 13 ޑިސެންބަރު 2010 ގައި ވެފައިވާ ލީސް އެގްރީމަންޓްގެ ދަށުން،ނ.ރާފުށީގ ކުލީގެ ގޮތުގައި ދައުލަތަށް ދައްކަންޖެހޭ ފައިސާ އާއި އެ ފައިސާ ދައްކަންޖެހޭ މުއްދަތުގައި ދައްކާފައިނުވާތީ، ޖޫރިމނާގަ ގޮތުގައި އަރާފައިވާ ފައިސާ ހޯދުމަށް މީރާއިން ސިވިލް ކޯޓަށް ހުށަހެޅުމުން އެ މައްސަލަ އެ ކޯޓުން ބެލި ޤަޟިއްޔާކެ ނ އެނގެއެވެ.

އިޖުރާއީ ނުކުތާގެ ޖަވާބު ( 21 މާރިޗް 2021)

22HN2ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު ގެ ދަށުން، 13 ޑިސެންބަރު 2010 ގައި އެގްޒޮޓިކް ޕްރޮޕަރޓީސް ޕްރައިވެޓް ލިމިޓެޑާއި ޓޫރިޒަމް މިނިސްޓްރީއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމަށް އެއްބަސްވެ ދެފަރާތުން އެއްބަސްވުމުގައި ސޮއިކޮށްފައިވާކަން އެނގެން އޮވެއެވެ.

23ބުނެވިދިޔަ އެއްބަސްވުމުގެ 6 ވަނަ މާއްދާގެ )i( ގައި ބަޔާންކޮށްފައިވަނީ އަންނަނިވި ޢިބާ ރާތުންކަން ފާހަގަކުރެވެއެވެ. “The Lessee shall construct and develop the Resort in accordance with the Development Concept submitted by the Lessee and approved by the Ministry found in the Fifth Schedule, approved detailed drawings and the Work Plan found in the Fourth Schedule within a maximum period of 36 (thirty six) months from the date of grant of approval by the Government for construction of the Resort. This period of 36 (thirty six) months shall be referred to as Construction Period.”

24އަދި އެ އެއްބަސްވުމުގެ 6 ވަނަ މާއްދާގެ )ii( ގައި ބަޔާންކޮށްފައިވަނީ އަންނަނިވި ޢިބާރތުންކަން އެނގެނާ އޮވެއެވެ. “Where the Lessee fails to construct and develop the Resort within the Construction Period, the Lessor may its own discretion exercise any one or more of the 2 (two) options: a) Impose liquidated damages b) Terminate this Agreement.”

25ބުނެވިދިޔަ ދެ މާއްދާއަށް ބަލާއިރު، އެގްޒޮޓިކް ޕްރޮޕަރޓީސް ޕްރައިވެޓް ލިމިޓެޑާއި ޓޫރިޒަމް މިނިސްޓްރީއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން، މިނިސްޓްރީން ނ.ރާފުށި ތަރައްޤީކުރުމަށް ހުއްދަ ދޭ ދުވަހުން ފެށިގެން 36 (ތ ރީސް ހައެއް) މަސްދުވަހުގެ ތެރޭގައި އެގްޒޮޓިކް ޕްރޮޕަރޓީސް ޕްރައިވެޓް ލިމިޓެޑުން އ ރަށް ތަރައްޤީކޮށް ނިމިފައި ނުވާނަމަ ޓޫރިޒަމް މިނިސްޓްރީއަށް އެއްބަސްވުން އުވާލުމުގެ އޚްތިޔާރި ލިބިގެންވާކަން އެނގެންއޮވެއެވެ.

26ބުނެވިދިޔަ 36 (ތިރީސް ހައެއް) މަސްދުވަހުގެ މުއްދަތުގެ ތެރޭގައި އެގްޒޮޓިކް ޕްރޮޕަރޓީސް ޕްރައިވެޓް ލިމިޓެޑުން އެ ރަށް ތަރައްޤީކޮށް ނިމިފައި ނުވާކަން އެނގެންއޮވެއެވެ.

ޤާނޫނު ނަންބަރު 99/2

27ސިވިލ ކޯޓަށް ހުށަހެޅުނު ދަޢުވާއަކީ ނ.ރާފުށީގެ ކުއްޔާއި ޖޫރިމަނާ ހޯދުމަށް ކޮށްފައިވާ ދަޢުވާއެއްކަމުގައި ވާއިރު، މިނިސްޓްރީ އޮފް ޓޫރިޒަމްގެ ފަރާތުން އެ މިނިސްޓްރީގެ ނަންބަރު LS/CIR/2013/18-88 ސަރކިއުލަރ މެދުވެރިކޮށް ޢާންމުކޮށް ހުށަހެޅި ހުށަހެޅުމުގައިވާ ގޮތަށް އިސްތިއުނާފުކުރާ ފަރާތުން އެ ހުށަހެޅުން ޤަބޫލުކޮށްފައިވާއިރު، އެ ހުށަހެޅުމުގައިވާގޮތުގެ މަތީން، އެ ސަރކިއުލަރ ގައި ބުނާ އެޑަންޑަމަށް ޢަމަލުކުރަން ފަށާދުވަހުނ ފެށިގެން ކޮންސްޓްރަކްޝަން ޕީރިއަޑް 36 (ތިރީސް ހައެއް) މަސްދުވަހަށް އިތުރުކުރުމާއި، ކޮންސްޓްރަކްޝަން ޕީރިއަޑް ނިމަ ތާރީޚާއި ރިސޯޓް އޮޕަރޭޓް ކުރަން ފަށާ ތާރީޚާ ދެ ތާރީޚުން ކުރެ ފުރަތަމަ އަންނަ ތާރިޚަކާ ހަމައަށް ލީސް ރެނޓ ނުވަތް ކުލަ ދެއްކުން ފަސް ކުރެވޭ އިރު، މ ބުނެވުނު ސަރކިއުލަރ މެދުވެރިކޮށް އިސްތިއުނާފުކުރާ ފަރާތާއި ދިވެހި ދައުލަތާ ދެމެދު އުފެދުނު އެއްބަސްވުމށްބަލާއިރު، ނ.ރާފުށީގެ ކުއްޔަ އްވެސ އަދި ކުއްޔާއި ގުޅޭ ޖޫރިމަނާއެއްވެސް ދައްކަންޖެހޭ މުއްދަތު އައިސްފައިނުވާއިރު، މިކަމަށް ރިޢާޔަތްނުކޮށް މައްސަލަ ނިންމަވާފައިވާކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެ އިސްތިއުނާފީ ނުކުތާ ފާހަގަކޮށްފައިވާކަން އެނގެއެވެ.

28އިސްވެ ބުނެވުނު ސަރކިއުލަރއަށް ބަލާއިރު، އެ ސަރކިއުލަރގެ ފެށުމުގައި ބަޔާންކޮށްފައިވަނީ: “Please be advised that currently there is a policy whereby which the lease rent can be deffered as well as the construction period can be extended for encouraging the developers to open the tourist resorts. However, please note that lease rent can be deffered until the end of the construction period granted for the development of the resort or till the start of operations of the resort whichever date comes first. This can only take effect after the execution of an addendum to the lease agreement.” މިފަދައިންނެވެ.

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) އަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ 50 ވަނަ މާއްދާގެ (ބ)
  • ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު)

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ