ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2019/HC-A/174

ކެޕިޓަލް އެޖް ޕވޓ ލޓޑ ވ. ފިއުލް ސަޕްލައިސް މޯލްޑިވްސް ޕވޓ ލޓޑ

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ސުޕްރީމް ކޯޓަށް އިސްތިއުނާފުކޮށްފައި ނުވޭ · ރަޖިސްޓްރީ ބެލީ 15 އޮކްޓޫބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 31 މާރިޗު 2021ދަށު ކޯޓު: ސިވިލް ކޯޓު 1983/Cv-/2018ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސިވިލް ކޯޓު 1983/Cv-/2018
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ކެޕިޓަލް އެޖުން ފިއުލް ސަޕްލައިސް މޯލްޑިވްސްއަށް 5,722,979.49 ރުފިޔާ ދައްކަންޖެހޭކަން މަދަނީ މިންގަނޑުން ސާބިތުވާތީ، 1 މަހުގެ ތެރޭގައި ދެއްކުމަށް ސިވިލް ކޯޓުން ޣައިރު ޙާޟިރުގައި ޙުކުމްކުރިއެވެ.
ވާޤިޢާ
އޭ.އޭ.އޭ އެންޑް ޓްރޭޑިންގ ކޮމްޕެނީން ފޮނުވި ޕާރޗޭސް އޯޑަރުތަކުގެ މައްޗަށް ފިއުލް ސަޕްލައިސް މޯލްޑިވްސްއިން ރިސޯޓަކަށް ތެލު ފޯރުކޮށްދީ، ކެޕިޓަލް އެޖަށް އެޑްރެސްކޮށް އިންވޮއިސްތައް ހެދިއެވެ. ކެޕިޓަލް އެޖުން ފޮނުވި ސިޓީއަކުން ދައްކަންޖެހޭ 5,722,979.49 ރުފިޔާ ކަށަވަރުކޮށްދީފައިވެއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ތެލުގެ ޕާރޗޭސް އޯޑަރުތައް ފޮނުވީ އެހެން ކުންފުންޏަކުން ކަމުގައިވިޔަސް، އިސްތިއުނާފުކުރާ ކުންފުންޏަށް އެޑްރެސްކޮށްފައިވާ އިންވޮއިސްތަކުގެ އަގު ހޯދުމަށް އެ ކުންފުންޏާ ދެކޮޅަށް ދަޢުވާކުރުމަކީ ކުންފުންޏާބެހޭ ޤާނޫނުގެ 15 ވަނަ މާއްދާއާ ޚިލާފު ކަމެއްތޯ؛ އަދި ދަށުކޯޓުން ހެކި ބަލައިފައިވަނީ ފަނޑިޔާރުންގެ ޤާނޫނުގެ 5(ށ)(1) އާ ޚިލާފަށްތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
ކެޕިޓަލް އެޖުން ބުނީ ޚިދުމަތަށް އެދުނީ ވަކި ޤާނޫނީ ޝަޚްޞެއް ކަމުގައިވާ އެހެން ކުންފުންޏެއް ކަމަށާއި، ދަޢުވާ ކުރެވިފައިވަނީ ކުންފުންޏާބެހޭ ޤާނޫނުގެ 15 ވަނަ މާއްދާއާ ޚިލާފަށް ކަމަށާއި، ޙުކުމް ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާއާ ޚިލާފު ކަމަށެވެ.
ކޯޓުގެ ސަބަބުތައް
އިންވޮއިސްތައް ކެޕިޓަލް އެޖަށް އެޑްރެސްކޮށް އޭގެ ޙަވާލުވަމުން ގޮސް، ދައްކަންޖެހޭ ޢަދަދު ސިޓީއަކުން ކަށަވަރުކޮށްދީފައިވާތީ ދަޢުވާ އެ ކުންފުންޏަށް ރައްދުކުރެވޭކަމާއި، ދަށުކޯޓުން ނިންމާފައިވަނީ ހުށަހެޅުނު ހެކި ޤަރީނާއަށް ރިޢާޔަތްކޮށްކަމަށް ނިންމިއެވެ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ޕާރޗޭސް އޯޑަރުތައް އެހެން ކުންފުންޏަކުން ފޮނުވިޔަސް، އޭގެ މައްޗަށް ބިނާކޮށް ވަކި ކުންފުންޏަކަށް އެޑްރެސްކޮށް ހަދާފައިވާ އިންވޮއިސްތަކާ އެ ކުންފުނިން ޙަވާލުވަމުން ގޮސް، ދައްކަންޖެހޭ ޢަދަދު އެ ކުންފުނިން ސިޓީއަކުން ކަށަވަރުކޮށްދީފައިވާނަމަ، ކަން ހިނގާފައިވާ ގޮތާއި މުޢާމަލާތްކޮށްފައިވާ ގޮތަށް ބަލާއިރު، ކުންފުންޏާބެހޭ ޤާނޫނުގެ 15 ވަނަ މާއްދާގައިވާ ވަކި ޝަޚްޞިއްޔަތަށް ރިޢާޔަތްކޮށް އެ ކުންފުންޏާ ދެކޮޅަށް ދަޢުވާ ނުކުރެވޭނެ ކަމަށް ބަލާނެ ތަނެއް ނެތެވެ.

HN2 ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (1) ގެ ދަށުން ފަނޑިޔާރު މައްސަލައިގައި ހުށަހެޅިފައިވާ ހެއްކާއި ޤަރީނާއަށް ރިޢާޔަތްކުރަންވާނެއެވެ؛ ދަށުކޯޓުން ރިޢާޔަތްނުކުރި ހެކި ނުވަތަ ޤަރީނާއަކީ ކޮބައިކަން އިސްތިއުނާފުކުރާ ފަރާތުން ބަޔާންކޮށްފައި ނުވާއިރު، ދަށުކޯޓުން ނިންމާފައިވަނީ ހުށަހެޅުނު ހެކި ޤަރީނާއަށް ރިޢާޔަތްކޮށްކަމަށްވާނަމަ، އެ މާއްދާއާ ޚިލާފަށް ނިންމާފައިވާ ކަމަށް ނުބެލެވެއެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، އިސްފަނޑިޔާރު ހާތިފް ޙިލްމީ، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
ފަނޑިޔާރު ޢަބްދުﷲ ޙަމީދު · ތާއީދުކުރެއްވީ: އިސްފަނޑިޔާރު ހާތިފް ޙިލްމީ، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ފަނޑިޔާރު ޢަބްދުﷲ ޙަމީދުގެ ރައުޔު، މި ރައުޔަށް އިސް ފަނޑިޔާރު ހާތިފް ޙިލްމީއާއި ފަނޑިޔާރު ޝުޢައިބު

ޙުސައިން ޒަކަރިއްޔާ ތާއީދުކުރަ އްވައެވެ .  ދަޢުވާގެ ޚުލާޞާ : 1- މިއީ، ކެޕިޓަލް އެޖް ޕްރައިވެޓް ލިމިޓެޑުގެ އެދުމުގެ މަތިން ފަހުން ފައިސާ ދައްކާގޮތަށް ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑު ން ދޫކޮށްފައިވާ ތެލުގެ ބާވަތްތަކަށް ފައިސާ ދައްކާފައިނުވާކަމަށް ބުނެ އެ ފައިސާ އާއި، ފައިސާ ހޯދުމަށް ފޮނުވާފައިވާ އިންވޮއިސްތަކުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން އަރާފައިވާ ޖޫރިމަނާގެ ފައިސާއާއެކު އެއްފަހަރު ހޯދުމަށް އެދި ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ކެޕިޓަލް އެޖް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ބައްލަވާފައިވާ ނަންބަރު 1983/Cv-C/2018 ޤަޟިއްޔާ ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ، އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ކެޕިޓަލް އެޖް ޕްރައިވެޓް ލިމިޓެޑު ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާ ފައިވާ ޤަޟިއްޔާއެކެވެ . މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑެ ވެ .  ދަށު ކޯޓުން މައްސަލަ ނިންމިގޮތް : 2- އިސްތިއުނާފުކުރެވިފައިވާ ސިވިލް ކޯޓުގެ ނަންބަރު 1983/Cv-C/2018 ޤަޟިއްޔާގައި ޙުކުމްކުރައްވާފައިވަނީ] :ދެންފަހެ، އިސްވެދިޔަ ބަޔާންތަކަށާއި ފާހަގަކުރެވުނު ނުކުތާތަކަށް ރިޢާޔަތްކުރުމުން،ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް )ރަޖިސްޓްރީ ނަންބަރު C-358/2000( ގެ ފަރާތުން ކެޕިޓަލް އެޖް ޕްރައިވެޓް ލިމިޓެޑް )ރަޖިސްޓްރީ ނަންބަރު C-420/2006( ގެ މައްޗަށް ކޮށްފައިވާ މި ދަޢުވާގައި ދެ ފަރާތުގެ މެދުގައި ކޮށްފައިވާ ތެލުގެ މުޢާމަލާތާއި ގުޅިގެން ކެޕިޓަލް އެޖް ޕްރައިވެޓް ލިމިޓެޑު ން ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ ފައިސާގެ މިންވަރަކީ 5,722,979/49ރ. )ފަސް މިލިއަން ހަތްލައްކަ ބާވީސް ހާސް ނުވަސަތޭކަ ހަތްދިހަ ނުވަރުފިޔާ ސާޅީސް ނުވަލާރި( ކަން މަދަނީ މިންގަނޑުން ޝަރީޢަތަށް ސާބިތުވާކަމުގައި ކަނޑައަޅައި؛ އިސް ބުނެވިދިޔަ 5,722,979/49ރ. )ފަސް މިލިއަން ހަތްލައްކަ ބާވީސް ހާސް ނުވަސަތޭކަ ހަތްދިހަ ނުވަ ރުފިޔާ ސާޅީސް ނުވަލާރި( ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ލިބިދިނުމުގެ ގޮތުން މިއަދު )17 ޖަނަވަރީ 2019މ(. ދުވަހުން ފެށިގެން 01 )އެކެއް ( މަސް ދުވަހުގެ މުއްދަތުގައި ސިވިލް ކޯޓަށް ދައްކާ ޚަލާޞްކުރުމަށް ދަޢުވާލިބޭ ކެޕިޓަލް އެޖް ޕްރައިވެޓް ލިމިޓެޑް )ރަޖިސްޓްރީ ނަންބަރު C-420/2006( އަށް އަންގައި ކެޕިޓަލް އެޖް ޕްރައިވެޓް ލިމިޓެޑް ގެ ޣައިރު ޙާޟިރުގައި ޙުކުމްކޮށްފީމެވެ [. މިފަދައިން ކަން އެނގެން އޮވެއެވެ .  އިސްތިއުނާފީ ނުކުތާ ތައު: 3- ސިވިލް ކޯޓު ގެ ނަންބަރު 1983/Cv-C/2018 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ،ކެޕިޓަލް އެޖް ޕްރައިވެޓް ލިމިޓެޑގު ފަރާތުން އިސްތިއުނާފު ކުރުމަށް އަންނަނިވި 02 )ދޭއް( ނުކުތާ ފާހަގަކޮށް އެނުކުތާތަކާ މެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ .  ފުރަތަމަ ނުކުތާއަކީ : ދަޢުވާކުރި ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ރަޖިސްޓްރީ ނަންބަރު C-358/2000 ގެ ފަރާތުން ދަޢުވާލިބޭ ކެޕިޓަލް އެޖް ޕްރައިވެޓް ލިމިޓެޑް ރަޖިސްޓްރީ ނަންބަރު C-420/2006 ގެ މައްޗަށް ދަޢުވާކޮށްފައިވަނީ ކުންފުންޏާބެހޭ ޤާނޫނާ ޚިލާފަށްކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ .  ދެވަނަ ނުކުތާއަކީ : ދަޢުވާކުރާ ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑު ގެ ދަޢުވާގައިވާ މުދަލުގެ އަގު ހޯދުމަށް ދަޢުވާލިބޭ ކެޕިޓަލް އެޖް ޕްރައިވެޓް ލިމިޓެ ޑު ގެ މައްޗަށް މައްސަލަ ސާބިތުކޮށް ޙުކުމްކުރައްވާފައިވަނީ ފަނޑިޔާރުންގެ ޤާނޫނުގެ 5ވަނަ މާއްދާއާ ޚިލާފަށްކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ .  ފާހަގަކުރެވުނު ނުކުތާތައް : 4- ސިވިލް ކޯޓު ގެ ނަންބަރު 1983/Cv-C/2018 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ،ކެޕިޓަލް އެޖް ޕްރައިވެޓް ލިމިޓެޑގު ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާ ތަކަށާ އ، އެ ނުކުތާތަކާ ގުޅިގެން ދެފަރާތު ން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅުންހުރި ލިޔެކިޔުންތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.

4.1- ސިވިލް ކޯޓުގެ ނަންބަރު 1983/Cv-C/2018 ޤަޟިއްޔާގައި ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑު ގެ ފަރާތުން ކޮށްފައިވާ ދަޢުވާއަށް ކެޕިޓަލް އެޖް ޕްރައިވެޓް ލިމިޓެޑު ގެ ފަރާތުން އިންކާރުކޮށްފައިވެއެވެ . އަދި ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑު ން ފޯރުކޮށްދީފައިވާ ޚިދުމަތަކީ އޭ .އޭ .އޭ އެންޑް ޓްރޭޑިންގ ކޮންޕެނީ ޕްރައިވެޓް ލިމިޓެޑުގެ އެދުމުގެ މަތިން ކެޕިޓަލް އެޖް ޕްރައިވެޓް ލިމިޓެޑަށް ފޯރުކޮށްދީފައިވާ ޚިދުމަތެއް ކަމަށާއި، ޚިދުމަތަށް އެދިފައިވާ އޭ .އޭ .އޭ އެންޑް ޓްރޭޑިންގ ކޮންޕެނީ ޕްރައިވެޓް ލިމިޓެޑަކީ ޤާނޫނީ ވަކި ޝަޚްޞެއްކަމަށާއި، މި ދަޢުވާ ކެޕިޓަލް އެޖް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ނުކުރެވޭނެކަމަށާއި، އިންވޮއިސްތަކުގައި ސުވާލުއުފެދޭ ކަންތައްތަކެއް ހުރިކަމަށްބުނެ ދަޢުވާއަށް ރައްދުދީފައިވެއެވެ .

4.2- ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ކެޕިޓަލް އެޖް ޕްރައިވެޓް ލިމިޓެޑު ގެ މައްޗަށް ދަޢުވާކޮށްފައިވަނީ ކުންފުންޏާބެހޭ ޤާނޫނާ ޚިލާފަށް ކަމަށް ކެޕިޓަލް އެޖް ޕްރައިވެޓް ލިމިޓެޑު ގެ ފަރާތުން އިސްތިއުނާފީ ނުކުތާއެއްގެ ގޮތުގައި ފާހަގަކުރެއެވެ .

4.2.1- އެ ނުކުތާގެ ތަފްޞީލުގައި، އެ ދަޢުވާއަކީ ޤާނޫނު ނަންބަރު 96/10 )ކުންފުންޏާބެހޭ ޤާނޫނު (ގެ 15ވަނަ މާއްދާގައި ބަޔާންވެގެންވާ ފަދައިން ކެޕިޓަލް އެޖް ޕްރައިވެޓް ލިމިޓެޑް ކުންފުންޏަކީ މިނިވަން ޝަޚްޞެއްކަމަށް ވީހިނދު، އެހެން ކުންފުންޏަކުން ކޮށްފައިވާ މުޢާމަލާތެއްގެ ޒިންމާ އެ ކުންފުނިން އުފުލަންޖެހޭ ކަމުގައި ނުދެކޭކަމަށް ބުނެފަ އިވެއެވެ . އަދި ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ފޯރުކޮށްފައިވާކަމަށް ބުނާ ޚިދުމަތަކީ އޭ .އޭ .އޭ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ އެދުމުގެ މަތީން ފޯރުކޮށްދީފައިވާ ޚިދުމަތެއްކަން ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑު ގެ ފަރާތުން ޝަރީޢަތަށް ހުށަހަޅާފައިވާ ލިޔުންތަކުން އެނގޭހިނދު، އޭ .އޭ .އޭ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަކީ ޤާނޫނީ ވަކި ޝަޚްޞެއްކަމަށްވާތީ، އެ ކުންފުނީގެ މައްޗަށް ދަޢުވާނުކޮށް، ޤާނޫނީ ގޮތުން ވަކި ޝަޚްޞެއްކަމުގައިވާ ކެޕިޓަލް އެޖް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުނ ދަޢުވާކުރެވޭނެ ޤާނޫނީ ހަމައެއް އޮތްކަމުގައި ނުދެކޭކަމަށް ބަޔާންކޮށްފައިވެއެވެ .

4.2.2- ކެޕިޓަލް އެޖް ޕްރައިވެޓް ލިމިޓެޑަށް އެޑްރެސްކޮށް ތައްޔާރުކޮށްފައިވާ 10 )ދިހައެއް ( އިންވޮއިސް މި މައްސަލައާ ގުޅިގެން ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވެއެވެ . އެ އިންވޮއިސްތަކަކީ އޭ .އޭ .އޭ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑު ގެ ފަރާތުން ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ފޮނުވާފައިވާ ޕާރޗޭސް އޯޑަރުތަކަކަށް ބިނާކޮށް ހަދާފައިވާ އިންވޮއިސްތަކެކެވެ . ޕާރޗޭސް އޯޑަރުތަކުގައިވާ ގޮތުގެ މަތީން Spa & Resort Island Zitahli )ކުޑަފުނަފަރު ( އަށް ތެލުގެ ބާވަތްތައް ފޯރުކޮށްދީފައިވެއެވެ .

4.2.3- އިޝާރާތްކުރެވުނު ޕާރޗޭސް އޯޑަރުތަކަކީ އޭ .އޭ .އޭ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑު ގެ ފަރާތުން ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ފޮނުވާފައިވާ ޕާރޗޭސް އޯޑަރުތަކަކަށް ވީނަމަވެސް އެ ޕާރޗޭސް އޯޑަރުތަކުގެ މައްޗަށް ބިނާކޮށް ކެޕިޓަލް އެޖް ޕްރައިވެޓް ލިމިޓެޑަށް އެޑްރެސްކޮށް ހަދާފައިވާ އިންވޮއިސްތަކާ ކެޕިޓަލް އެޖް ޕްރައިވެޓް ލިމިޓެޑު ގެ ފަރާތުން ޙަވާލުވަމުން ގޮސްފައިވެއެވެ .

4.2.4- ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ފޯރުކޮށްދީފައިވާ ތެލުގެ ބާވަތްތަކަށް 2017 ޑިސެންބަރު 31ވަނަ ދުވަހުގެ ނިޔަލަށް ކެޕިޓަލް އެޖް ޕްރައިވެޓް ލިމިޓެޑު ން ދައްކަންޖެހޭ ފައިސާގެ މިންވަރު ކަށަވަރުކޮށްދިނުމަށް އެދި ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ކެޕިޓަލް އެޖް ޕްރައިވެޓް ލިމިޓެޑު ގ ފަރާތުން 2018 ފެބުރުވަރީ 06ވަނަ ދުވަހުގެ ތާރީޚުގައި ސިޓީއެއް ފޮނުވާފައިވެއެވެ . މި ސިޓީގައި ކެޕިޓަލް އެޖް ޕްރައިވެޓް ލިމިޓެޑު ންފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެ ޑަށ ދައްކަންޖެހޭކަމަށް ބަޔާންކޮށްފައިވަނީ 5,722,979/49ރ. )ފަސް މިލިއަން ހަތްލައްކަބާވީސް ހާސް ނުވަސަތޭކަ ހަތްދިހަ ނުވަ ރުފިޔާ ސާޅީސް ނުވަލާރި( އެވެ .

4.2.5- ބުނެވުނު ކެޕިޓަލް އެޖް ޕްރައިވެޓް ލިމިޓެޑު ގެ ފަރާތުން 2018 ފެބުރުވަރީ 06ވަނަ ދުވަހުގެ ތާރީޚުގައި ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ފޮނުވާ ސިޓީގައި ބަޔާންކޮށްފައިވާ 5,722,979/49ރ) .ފަސް މިލިއަން ހަތްލައްކަ ބާވީސްހާސް ނުވަސަތޭކަ ހަތްދިހަ ނުވަރުފިޔާ ސާޅީސް ނުވަލާރި( ކެޕިޓަލް އެޖް ޕްރައިވެޓް ލިމިޓެޑު ގެ ފަރާތުން ދައްކަންޖެހޭ ޢަދަދުކަން ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ކަށަވަރުކޮށްދީފައިވެއެވެ . އެހެންކަމުން، ކަން ހިނގާފައިވާ ގޮތަށާއި ދެ ފަރާތުން މުޢާމަލާތްކޮށްފައިވާ ގޮތަށް ބަލާއިރު، ކުންފުންޏާބެހޭ ޤާނޫނު ގެ 15ވަނަ މާއްދާއަށް ރިޢާޔަތްކޮށް މި ދަޢުވާއަކީ ކެޕިޓަލް އެޖް ޕްރައިވެޓް ލިމިޓެޑގު މައްޗަށް ކުރެވޭނެ ދަޢުވާއެއް ނޫންކަމަށް ބަލނާ ތަނެއް އޮތް ކަމަ ކަށް ނުފެނެއެވެ.

4.3- ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ދަޢުވާގައިވާ މުދަލުގެ އަގު ހޯދުމަށް ކެޕިޓަލް އެޖް ޕްރައިވެޓް ލިމިޓެޑު ގެ މައްޗަށް މައްސަލަ ސާބިތުކޮށް ޙުކުމްކުރައްވާފައިވަނީ ފަނޑިޔާރުންގެ ޤާނޫނުގެ ކެޕިޓަލް އެޖް ޕްރައިވެޓް ލިމިޓެޑު ގެ 2018 ފެބުވަރީ 06ވަނަ ދުވަހުގެ ތާރީޚު ގެ ސިޓި . ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ 319-ADM/LTR/2018-REF:FSM )19 ޖަނަވރަ 2018( ސިޓީ. ޤާނޫނު ނަންބަރު 96/10 5ވަނަ މާއްދާގެ )ށ( ގެ 1ވަނަ ނަންބަރާ ޚިލާފަށް ކަމަށް ކެޕިޓަލް އެޖް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ފާހަގަކޮށްފައިވެއެވެ .

4.3.1- ޤާނޫނު ނަންބަރު 2010/13 )ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު ( ގެ 5ވަނަ މާއްދާގެ )ށ( ގެ 1ވަނަ ނަންބަރުގައި ބުނެފައިވަނީ ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި މައް ސަލައިގައި ހުށަހެޅިފައިވާ ހެއްކާއި ޤަރީނާއަށް ރިޢާޔަތްކުރަންވާނެ ކަމަށެވެ .

4.3.2- ކެޕޓަލި އެޖް ޕްރައިވެޓް ލިމިޓެޑު ގެ ފަރާތުން ހުށަހަޅާފައިވާ މި އިސްތިއުނާފީ ދަޢުވާގައި ދަށުކޯޓުން މައްސަލަ ސާބިތުކޮށް ޙުކުމްކުރައްވާފައިވަނީ، ކެޕިޓަލް އެޖް ޕްރައިވެޓް ލިމިޓެޑު ން ހުށަހެޅި ކޮން ހެއްކެއް ނުވަތަ ޤަރީނާއެއްގެ މައްޗަށް ރިޢާޔަތް ނުކުރައްވާ ކަމެއް ބަޔންކޮށްފައިނުވެއެވެ .

4.3.3- މި މައްސަލައިގައި ފެންނަންހުރި ހެއްކާއި ޤަރީނާ މި ރިޕޯޓުގެ 4.2.2 އިން ފެށިގެން 4.2.5 ގައި ބަޔާންކުރެވިފައި އެވަނީއެވެ . މައްސަލަ ސާބިތުވާކަމަށް ސިވިލް ކޯޓުން ނިންމަވާފައިވަނީ އެ ހެއްކާއި ޤަރީނާތަކުގެ މައްޗަށް ރިޢާޔަތްކުރައްވައެވ. އެހެންކަމުން، މި މައްސަލަ ސިވިލް ކޯޓުން ނިންމެވުމުގައި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5ވަނަ މާއްދާގެ )ށ( ގެ 1ވަނަ ނަންބަރަށް ރިޢާޔަތް ނުކުރައްވާ ނިންމަވާފައިވާ ކަމަށް ބެލެވެން ނެތެވެ .

4.4- ވީމާ، ބަޔާންކުރެވުނު އެންމެހައި ކަންކަމަށް ރިޢާޔަތްކުރުމުން ސިވިލް ކޯޓުގެ ނަންބަރު 1983/Cv-C/2018 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލުގެންނަންޖެހޭ ސަބަބެއް އޮތްކަމަކަށް ނުފެއެވެ .  ޙުކުމް : ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން އެގޮތުގެ މަތީން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު 1983/Cv-C/2018 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް އިސްތިއުނާފުކުރުމަށް ކެޕިޓަލް އެޖް ޕްރައިވެޓް ލިމިޓެޑު ގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބަލައި އެ ޤަޟިއްޔާގައި ކުރައްވާފައިވާ 201 9/ HC-A/1 74 9 ,.;,(?""" ~""~ ~ ~0 , 0.;1'/0~ oc,,,. :J:If. ;,., ,., l.t.C.O,DC.:I// 0/:1!1 ~JEY~/ Je~~/~~ fl~~J .? /'_;;IY.JO_,., ~--~ _,.,_,.,J ./,/~~ ~..J /e_,.,_,.,_,.,s?~- /'.?Y/ , .(1} ~ ; "" "" "" "" c. t. ox 0 > > ., .... ,. ., 0 > ~ 0 C.> "' t.O>~ """ C. ·~.?..,1/'Y.?Y/. ~.,J-~ t,_,.,Y _,.,:;..J.JO~~ s /?e.? s_,.,~fl t._,.,..J .?• do .... , .... ~, .,. , >D>!I ~0 / ~Y.?Y/. ~_?tiP fl~~J + , ,; ~0 ..,., 0 ., > > /:I fl~~Yf! _,.,~~/. tiP~./,/~ ,. ,. ,. ~,, + , ~.., c.u.o + ' 33 1647 1 f!-'•A ' f!Y -:./ J f!A-' -: .J1~ WWW ·hi ghCO Urt· gOV· In V in fo @hi ghco urt ·gov· mv

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ޤާނޫނު ނަންބަރު 96/10 (ކުންފުންޏާބެހޭ ޤާނޫނު) ގެ 15 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރު

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ