އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕވޓ ލޓޑ ވ. ޔޫޓޯޕިއާ ހޯލްޑިންގްސް ޕވޓ ލޓޑ
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ސިވިލް ކޯޓު 444/Cv-C/2016
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ޖެނެރޭޓަރުގެ ބޭނުން ހިފިފައި ނުވާތީ ކުލި ނަގައިނުދެވޭނެ ކަމަށާއި، ޖެނެރޭޓަރު 15 ދުވަހުގެ ތެރޭގައި އަނބުރާ ޙަވާލުކުރަން ސިވިލް ކޯޓުން ޙުކުމްކުރިއެވެ.
- ވާޤިޢާ
- އިސްތިއުނާފުކުރި ފަރާތުން އޮޕަރޭޓަރާއެކު 300 ކިލޯވޯޓުގެ ޖެނެރޭޓަރެއް އެއް މަހަށް ކުއްޔަށް ދިނެވެ. ޖެނެރޭޓަރުގައި ހުރި މައްސަލައެއްގެ ސަބަބުން ބޭނުންނުކުރެވި، މުއްދަތު ހަމަވުމަށްފަހުވެސް އަނބުރާ ޙަވާލުނުކުރުމުން ޖެނެރޭޓަރާއި US$228,006 ގެ ކުލި ހޯދުމަށް ދަޢުވާކުރިއެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ކުއްޔަށް ދިން ޖެނެރޭޓަރު ކުލީގެ މުއްދަތު ހަމަވުމަށްފަހުވެސް އަނބުރާ ޙަވާލުނުކުރުމުން، އެ މުއްދަތަށް ކުލި ނަގައިދޭންޖެހޭތޯ، އަދި ސިވިލް ކޯޓުގެ ނިންމުމަކީ ހައިކޯޓުގެ 2012/HC-A/241 ޤަޟިއްޔާގެ އުޞޫލާއި ކުލި ނަގައިދިނުމާބެހޭ ޤަވާއިދުގެ 3 ވަނަ މާއްދާއާ ޚިލާފު ނިންމުމެއްތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- އިސްތިއުނާފުކުރި ފަރާތުން ބުނީ ނިންމުމަކީ 2012/HC-A/241 ގެ އުޞޫލާއި ޤާނޫނުއަސާސީގެ 143(ރ) އާއި ކުލި ނަގައިދިނުމާބެހޭ ޤަވާއިދުގެ 3 ވަނަ މާއްދާއާ ޚިލާފު ކަމަށެވެ. ރައްދުވި ފަރާތުން ބުނީ ޖެނެރޭޓަރު ބޭނުންކުރެވޭ ޙާލަތުގައި ނުހުރި ކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- ކުލި ދައްކަންޖެހެނީ މަންފާގެ މުޤާބިލުގައި ކަމުން، ކުލީގެ މުއްދަތުގައިވެސް ބޭނުންނުކުރެވުނު، ތަޅުދަނޑި ކުއްޔަށް ދިން ފަރާތުގެ އޮޕަރޭޓަރުގެ އަތުގައި އޮތް ޖެނެރޭޓަރަކަށް މުއްދަތު ހަމަވުމަށްފަހު ކުލި ނަގައިނުދެވޭނެ ކަމަށް ކަނޑައަޅައި ދަށުކޯޓުގެ ޙުކުމް ޤާއިމްކުރިއެވެ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިއިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) ގެ ދަށުން، މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާވާންވާނެއެވެ.
HN2 ކުއްޔަކީ މަންފާގެ މުޤާބިލުގައި ދައްކަންޖެހޭ އެއްޗެއް ކަމުން، ކުއްޔަށް ގެންދިޔަ އެއްޗެއްގައި ހުރި މައްސަލައެއްގެ ސަބަބުން އެ އެއްޗެއް ކުއްޔަށް ގެންދިޔަ މަޤްޞަދު ޙާޞިލުނުވާނަމަ ކުލި ދައްކަން ނުޖެހޭނެއެވެ.
HN3 ކުއްޔަށް ދިން ފަރާތުގެ އޮޕަރޭޓަރާއެކު ކުއްޔަށް ހިފި ޖެނެރޭޓަރުގެ ތަޅުދަނޑި އޮތީ އޮޕަރޭޓަރުގެ ބެލުމުގެ ދަށުގައި ނަމަ، ޖެނެރޭޓަރު ކުއްޔަށް ހިފި ފަރާތުގެ ބެލުމުގެ ދަށުގައިވާ ރަށެއްގައި ހުރުން ހަމައެކަނި، ކުއްޔަށް ގެންދިޔަ މަޤްޞަދު ޙާޞިލުކުރުމަށް އެ ފަރާތުގެ ޙިޔާޒަތުގައި ބެހެއްޓިކަމަށް ނުބެލެވޭނެއެވެ؛ އަދި ހަމައެކަނި އެކަމަށް ރިޢާޔަތްކޮށް ކުލި ނަގައިނުދެވޭނެއެވެ.
HN4 ކުއްޔަށް ތަކެތި ދޫކުރާ ތަންތަނުން ގެންދާ ތަކެތީގެ ކުލި ޝަރީޢަތުން ނަގައިދިނުމާބެހޭ ޤަވާއިދުގެ 3 ވަނަ މާއްދާއާއި 2012/HC-A/241 ޤަޟިއްޔާގެ ދަށުން، ކުއްޔަށް ގެންދިޔަ މުއްދަތު ހަމަވުމަށްފަހުވެސް އެއްބަސްވުމުގައި ކަނޑައެޅިފައިވާ ކުލި ނަގައިދިނުމަށް ހުރަހެއް ނެތް ނަމަވެސް، އެ ކުލި ނަގައިދެވޭނީ ކުއްޔަށް ގެންދިޔަ އެއްޗެއްގެ ބޭނުންކުރެވިގެން ކަމުން، ކުލީގެ މުއްދަތުގައިވެސް ބޭނުންކުރެވިފައި ނުވާ އެއްޗަކަށް މުއްދަތު ހަމަވުމަށްފަހު ހިނގި މުއްދަތަށް ކުލި ނަގައި ނުދެވޭނެއެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޢަބްދުﷲ ޙަމީދު، ޢަލީ ސަމީރު، މުޙައްމަދު ފައިޞަލް
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- ޢަބްދުﷲ ޙަމީދު · ތާއީދުކުރެއްވީ: ޢަލީ ސަމީރު، މުޙައްމަދު ފައިޞަލް
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ފަނޑިޔާރު ޢަ ބްދުﷲ ޙަމީދުގެ ރައުޔު، މި ރައުޔަށް ފަނޑިޔާރު ޢަލީ ސަމީރާއި ފަނޑިޔާރު މުޙައްމަދު ފައިޞަލް
ތާއީދުކުރައްވައެވެ . ދަޢުވާގެ ޚުލާޞާ : 1- މިއީ، އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން 18 ފެބުރުއަރީ 2014 ގައި ޔޫ ޓޯޕއާ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން ކުއްޔަށް ގެންގޮސްފައިވާ 300 ކިލޯ ވޯޓުގެ ޑެންޔޯ ޖެނެރޭޓަރު )އޮޕަރޭޓަރާއެކު ( ކުއްޔަށް ގެންގޮސްފައިވާ މުއްދަތު ހަމަވުމުންވެސް އަނބުރާ ޖެނަރޭޓަރ ޙަވާލުކޮށްފައިނުވާތީ، އެޖެނަރޭޓަރ ހޯދުމަށާއި، އަދި ޖެނެރޭޓަރުގެ ކުލީގެ ގޮތުގައި ދުވާލަކަށް US$300 )ތިންސަތޭކަ އެމެރިކާ ޑޮލަރު ( އަދި 30 ދުވަހަށް އޮޕަރޭޓަރަށް ދުވާލަކު US$40 )ސާޅީސް އެމެރިކާ ޑޮލަރު ( ގެ ރޭޓުން 18 ފެބުރުއަރީ 2014 އިން 31 ޖެނުއަރީ 2016 ގެ ނިޔަލަށް ދައްކަންޖެހޭ ޖުމްލަ US$228,006 )ދެލައްކަ އަށާވީސްހާސް ހައެމެރިކާ ޑޮލަރު ) (ޖީއެސްޓީ %6 ހިމެނިގެން ( އާއި، ދުވާލަކަށް US$300 )ތިންސަތޭކަ އެމެރިކާ ޑޮލަރު ( ގެ ރޭޓުން މައްސަލަ ނިމޭ ދުވަހާ ހަމައަށް ދައްކަންޖެހޭ ފައިސާ ހޯދުމަށްޔޫ ޓޯޕއާ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ދަޢުވާކޮށް އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ބައްލަވާފައިވާ އެ ކޯޓު ގެ ނަންބަރު 444/Cv-C/2016 ޤަޟިއްޔާ ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ، އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލަމުންދިޔަ ހައިކޯޓުގެ ނަންބަރު 2017/HC-A/348 ޤަޟިއްޔާ އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑު ގެ ފަރާތުން ޙާޒިރުވެފައި ނުވާތީ އެ ޤަޟިއްޔާގެ ދަޢުވާ ފޯމު ބާތިލުކުރެވިފައިވަނިކޮށް ސިވިލް ކޯޓުގެ ނަން ބަރު 444/Cv-C/2016 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ދެވަނަ ފަހަރަށް އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑު ގެ ފަރާތުން ހުށަހެޅުމުން ބަލާ ފައިވާ ޤަޟިއްޔާއެކެވެ . މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ޔޫ ޓޯޕި އާ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް )އަނަންތަރާ ރިސޯޓް އެންޑް ސްޕާ( އެ ވެ . ދަށު ކޯޓުން މައްސަލަ ނިންމިގޮތް : 2- އިސްތިއުނާފުކުރެވިފައިވާ ސިވިލް ކޯޓުގެ ނަންބަރު 444/Cv-C/2016 ޤަޟިއްޔާގައި ޙުކުމްކުރައްވާފައިވަނީ: ]ދެންފަހ، އިސްވެ ފާހަގަކުރެވުނު ނުކުތާތައް އެގޮތުގައި ހުރުމާއެކު، އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑު ގެ ކިބައިން ޔޫ ޓޯޕި އާ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން ގެންގޮސްފައިވާ ޖެނެރޭޓަރަކީ އޭގައި މައްސަލައެއް ހުރުމުގެ ސަބަބުން ޔޫ ޓޯޕި އާ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށް ބޭނުން ހިފިފައިވާ ޖެނެރޭޓަރެއް ކަމުގައިނުވާތީ، އެ ޖެނެރޭޓަރުގެ ބޭނުން ހިފުމުގެ މުޤާބިލުގައި ދިނުމަށް އޮންނަ ކުލީގެ ފައިސާ ޔޫ ޓޯޕި އާ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުގެ ކިބައިން މިޙާލަތުގައި ނަގައިދެވެން ނެތްކަމާއި، އަދި މި ޖެނެރޭޓަރަކީ ޔޫ ޓޯޕި އާ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން ގެންގޮސްފައިވާ ޖެނެރޭޓަރެއް ކަމުގައިވާތީ، މިޖެނެރޭޓަރު އަނބުރާ އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ޙަވާލުކުރުމަކީ ޔޓޯޕޫ އާ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުގެ ޒިންމާއެއްކަމަށް ކަނޑައަޅައި، އެ ޖެނެރޭޓަރު މިއަދު 17 އެޕްރީލް 2017 އިން ފެށިގެން 15 )ފަނަރަ ( ދުވަހުގެ ތެރޭގައި އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ޙަވާލުކުރުމަށް ޔޫޓޯޕިއާ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށް އަންގައި، ޙުކުމްކޮށްފީމެވެ [. މިފަދައިން ކަން އެނގެން އޮވެއެވެ . އިސްތިއުނާފީ ނުކުތާ ތައު: 3- ސިވިލް ކޯޓުގެ ނަންބަރު 444/Cv-C/2016 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ، އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އިސްތިއުނާފު ކުރުމަށް 02 )ދޭ އ ( ނުކުތާ ފާހަގަކޮށް އެނުކުތާތަކާ މެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ . އެއީ :- ފުރަތަމަ ނުކުތާއަކީ : ޤާނޫނުއަސާސީގެ 143ވަނަ މާއްދާގެ )ރ( އާ ޚިލާފަށް، ހައިކޯޓުގެ ނަންބަރު 2012/HC-A/241 ޤަޟިއްޔާގައި ބަޔާންކޮށްފައިވާ އުޞޫލާ ޚިލާފަށް މައްސަލަނިންމަ ވެފައިވާ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ . ދެވަނަ ނުކުތާއަކީ : ]ކުއްޔަށް ތަކެތި ދޫކުރާ ތަންތަނުން ގެންދާ ތަކެތީގެ ކުލި ޝަރީޢަތުން ނަގައިދިނުމާބެހޭ ޤަވާއިދު[ ގެ 3ވަނަ މާއްދާގެ ރޫޙާ ޚިލާފަށް މައްސަލަ ނިންމަވާފައިވާ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ . ފާހަގަކުރެވުނު ނުކުތާތައް : 4- ސިވިލް ކޯޓުގެ ނަންބަރު 444/Cv-C/2016 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ، އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާ ތަކަށާ އ، އެނުކުތާތަކާ ގުޅިގެން ދެފަރާތު ން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅުންހުރި ލިޔެކިޔުންތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، މި މައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވ.
4.1- އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް 1 )އެކެއް ( މަސް ދުވަހުގެ ކުއްޔާއި އޮޕަރޭޓަރުގެ ފީ ދެއްކުމަށްފަހު 300 ކިލޯ ވޯޓުގެ ޑެންޔޯ ޖެނެރޭޓަރެއް ޔޫޓޯޕިއާ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑު ގެ ފަރާތުން ގެންގޮސްފައިވެއެވެ .
4.2- ކުއްޔަށް ގެންގޮސްފައިވާ މުއްދަތު ހަމަވުމުންވެސް އަނބުރާ ޖެނަރޭޓަރ ޙަވާލުކޮށްފައިނުވާތީ، ޖެނަރޭޓަރ ހޯދުމަށާއި، ޖެނެރޭޓަރުގެ ކުލީގެ ގޮތުގައި ދުވާލަކަށް US$300 )ތިންސަތޭކަ އެމެރިކާ ޑޮލަރު ( އަދި 30 ދުވަހަށް އޮޕަރޭޓަރަށް ދުވާލަކު US$40 )ސާޅީސް އެމެރިކާ ޑޮލަރު( ގެ ރޭޓުން 18 ފެބުރުއަރީ 2014 އިން 31 ޖެނުއަރީ 2016 ގެ ނިޔަލަށް ދައްކަންޖެހޭ ޖުމްލަ US$228,006 )ދެލައްކަ އަށާވީސްހާސް ހައެމެރިކާ ޑޮލަރު ) (ޖީއެސްޓީ %6 ހިމެނިގެން ( އާއި، ދުވާލަކަށް US$300 )ތިންސަތޭކަ އެމެރިކާ ޑޮލަރު ( ގެ ރޭ ޓުން މައްސަލަ ނިމޭ ދުވަހާ ހަމައަށް ދައްކަންޖެހޭ ފައިސާ ހޯދުމަށްޔޫ ޓޯޕއާ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑު ން ދަޢުވާކުރިއެވެ .
4.3- އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ޔޫޓޯޕިއާ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑު ގެ މައްޗަށް ހުށަހަޅާފައިވާ ދަޢުވާއަކީ ކަން ހިނގާފައިވާ ގޮތުގެ ޙަޤީޤަތް އޮޅުވާލައިގެން އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑު ގެ ފަރާތުން ޙައްޤުނޫން ފައިސާތަކެއް ހޯދުމަށްޓަކައި ކޮށްފައިވާ ދަޢުވާއެއް ކަމަށްވާތީ، ނަގައިދިނުމަށް އެދިފައިވާ ފައިސާއަކީ ޤާނޫނީ ހަމަތަކުގެ މަތީން ނަގައިދެވޭނެ ފައިސާއެއް ނޫންކަމަށް ކަނޑައަޅައި، އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑު ން ކުއްޔަށް ދޫކުރި ޖެނެރޭޓަރަކީ ބޭނުންކުރެވޭ ޙާލަތުގައި ހުރި ޖެނަރޭޓަރަކަށް ނުވާތީއާއި، އެޖެ ނަރޭޓަރ ބޭނުންކުރެވޭ ޙާލަތަށް، އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑު ން ގެނެސްދީފައިނުވާތީ އެޖެ ނ ރޭޓަރު ކުއްޔަށް ހިފުމަށްޓަކައި ޔޫޓޯޕިއާ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑު ން އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑށަ ދީފައިވާ ފައިސާ އަނބުރާ ޔޫޓޯޕިއާ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށް ދޭންޖެހޭ ކަމަށް ކަނޑައަޅައި ދިނުމަށް އެދޭކަމަށް އެ ދަޢުވާގެ ޖަވާބުގައި ޔޫޓޯޕިއާ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑު ގެ ފަރާތުން ބުނެފައިވެއެވެ .
4.4- އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑު ގެ ކިބައިން ޔޫ ޓޯޕި އާ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން ގެންގޮސްފައިވާ ޖެނެރޭޓަރަކީ އޭގައި މައްސަލައެއް ހުރުމުގެ ސަބަބުން ޔޫ ޓޯޕި އާ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށް ބޭނުން ހިފިފައިވާ ޖެނެރޭޓަރެއް ކަމުގައިނުވާތީ، އެ ޖެނެރޭޓަރުގެ ބޭނުން ހިފުމުގެ މުޤާބިލުގައި ދިނުމަށް އޮންނަ ކުލީގެ ފައިސާ ޔޫ ޓޯޕި އާ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުގެ ކިބައިން މިޙާލަތުގައި ނަގައިދެވެން ނެތްކަމާއި، އަދި މިޖެނެރޭޓަރު އަނބުރާ އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ޙަވާލުކުރުމަކީ ޔޫޓޯޕިއާ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުގެ ޒިންމާއެއްކަމަށް ކަނޑައަޅައި، އެޖެނެރޭޓަރ 17 އެޕްރީލް 2017 އިން ފެށިގެން 15 )ފަނަރަ ( ދުވަހުގެ ތެރޭގައި އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ޙަވާލުކުރުމަށް ޔޫޓޯޕިއާ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށް އަންގައި ސިވިލް ކޯޓުގެ ނަންބަރު 444/Cv-C/2016 ޤަޟިއްޔާ ގައި ޙުކުމްކުރައްވާފައިވެއެވެ .
4.5- ޤާނޫނުއަސާސީގެ 143ވަނަ މާއްދާގެ )ރ( އާއި، ހައިކޯޓުގެ ނަންބަރު 2012/HC-A/241 ޤަޟިއްޔާގައި ބަޔާންކޮށްފައިވާ އުޞޫލާ ޚިލާފަށް މައްސަލަ ނިންމަވާފައިވާ ކަމަށް އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ ފުރަތަމަ ނުކުތާގައި ފާހަގަކޮށްފައިވެއެވެ . ޤާނޫނުއަސާސީގެ 143ވަނަ މާއްދާގެ )ރ(ގައި ބަޔާންކޮށްފައިވަނީ، މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާވާންވާނެ ކަމަށެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/241 ޤަޟިއްޔާއަކީ ކުއްޔަށް ގެންގޮސްފައިވާ ތަކެތީގެ ކުއްޔާއި އަނބުރާ ޙަވާލުކޮށްފައިނުވާ ތަކެތި ހޯދުމަށް ސިވިލް ކޯޓުގެ ނަންބަރު 2483/Cv-C/2011 ޤަޟިއްޔާއިން ކުރި ދަޢުވާގައި ނިންމާފައި ވާ ނިންމުން އިސްތިއުނާފުކުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުން ބަލާފައިވާ ޤަޟިއްޔާއެކެވެ . ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/241 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާކުގެ )ރ( ގައި ...ކުއްޔަށް ދިނުމުގެ މުޢާމަލާތަކީ ދެފަރާތުގެ ރުހުމާއެކު، ދެފަރާތުގެ އިލްތި ޒާމްތަކަކީ ކޮބައިކަން އެނގެން އޮންނަގޮތަށް، ކަނޑައެޅިފައިވާ މުޤާބިލަކަށް، އަދި ކަނޑައެޅިފައިވާ މުއްދަތަކަށް، މަންފާ ޙާޞިލު ކުރުމަށްފަހު އަނބުރާ ރައްދުކުރާގޮތަށް މީހެއް ގެ އެއްޗެއް ގެންދާ ގެންދިއު ންކަމަށާއި.... ތަކެތި ކުއްޔަށް ގެންދިޔަ މުއްދަތު ހަމަވުމަށްފަހުގައިވެސް، އެ ތަކެތި ކުއްޔަށް ގެންދިޔުމަށް ދެފަރާތުން ވެފައިވާ އެއްބަސްވުމުގައި ކަނޑައެޅިފައިވާ ކުލި ޝަރީޢަތުން ނަގައި ދިނުމަށް އެއްވެސް ހުރަހެއް ނެތްކަން ކަމާއި، ތަކެތި ކުއްޔަށް ގެންދިޔަ މުއްދަތަށްވުރެ އިތުރުވާ ދުވަސްތަކަށް ނަގައި ނުދެވޭނީ، ކުއްޔަށް ގެންދިޔައިރު އެއްބަސްވެފައިވާ ކުއްޔަށްވުރެ ބޮޑު ކުއްޔަކާއި، އަދި ކަނޑައެޅިފައިވާ މުއްދަ ތަށް އެތަކެތި ގެނެސްފައި ނުވާތީ، ޖޫރިމަނާއެއް ކޮށްފައިވާނަމަ އެޖޫ ރިމަނާއެއްކަ މަށް ބަޔާންކޮށްފައިވާކަމާއި، އަދި ފާހަގަކުރެވުނު ނުކުތާތަކުގެ )ޅ( ގައި ...ކުލީގެ މުޢާމަލާތުގައި ކުއްޔަށް ގެންދާ އެތި ކުއްޔަށް ގެންދާ މީހާގެ ޙިޔާޒަތުގައި އޮތްހާ ހިނދަކު، އަދި ކުއްޔަށް ގެންދިޔަ އެތި އެމީހާގެ ޙިޔާޒަތުގައި އޮތީ ކުއްޔަށް ދޫކުރި ފަރާތުގެ ސަބަބަކާހުރެ ނޫންކަމުގައިވާނަމަ އެ އެއްޗަކަށް ކުލި ހިނގަމުންދާނެކަމީ ކުލީގެ މުޢާމަލާތުގައި ބަދީހީ އެއް އަސާސްކަމަށް ބަޔާންކޮށްފައިވެއެވެ . އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވަނީ އެ އުޞޫލުތަކާއި ޚިލާފަށް ދަށުކޯޓުން މައްސަލަ ނިންމާފައިވާކަމަށެވެ .
4.6- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/241 ޤަޟިއްޔާއިން ކަނޑަޅިފައިވާ ބަޔާންކުރެވުނު އުޞޫލު އިސްތިއުނާފުކުރެވިފައިވާ ސިވިލް ކޯޓުގެ ނަންބަރު 444/Cv-C/2016 ޤަޟިއްޔާ ގެ ވާޤިޢާއަށް ތަޠުބީޤުކުރެވިދާނެތޯ ބަލާއިރު، އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް 1 )އެކެއް ( މަސް ދުވަހުގެ ކުއްޔާއި އޮޕަރޭޓަރުގެ ފީ ދެއްކުމަށްފަހު 300 ކިލޯ ވޯޓުގެ ޑެންޔޯ ޖެނެރޭޓަރެއް ޔޫޓޯޕިއާ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑު ގެ ފަރާތުން ގެންގޮސްފައިވާއިރު، އޭގެ މަންފާ އޮޕަރޭޓަރު މެދުވެރިކޮށް ހޯދެން ވާނެއެވެ . އެހެންނަމަވެސް އެޖެނަރޭޓަރުގެ މައްސަލައެއްގެ ސަބަބުން މަންފާ ޙާޞިލުކުރެވިފައިނުވެއެވެ . ކުއްޔަކީ މަންފާގެ މުޤާބެލު ގައި ދައްކަންޖެހޭ އެއްޗެކެވެ . ޖނަރޭޓަރު ކުއްޔަށް ގެންދިޔަ މަޤްޞަދު ޙާޟިލުނުވާނަމަ ކުލި ދައްކަންނުޖެހޭނެއެވެ . ޖެނަރޭޓަރު ކުއްޔަށް ހިފާފައިވަނީ އޭގެ އޮޕްރޭޓަރާއެކުއެވެ . އޭނައަކީ އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ނިސްބަތްވާ މީހެކެވެ . ޖަނަރޭޓަރުގެ ތަޅުދަނޑި އޮތީ އޮޕަރޭޓަރުގެ ބެލުމުގެ ދަށުގައެވެ . އޮޕަރޭޓަރު ރަށުން ފުރައިގެން ދިޔައީވެސް ތަޅުދަނޑި ހިފައިގެންނެވެ . އެހެންކަމުން ޖަނަރޭޓަރު ޔޫޓޯޕިއާ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑު ގެ ބެލުމުގެ ދަށުގައި އޮތް ރަށެއްގައި ހުރިނަމަވެސް، އެ ކުއްޔަށް ގެންދިޔަ މަޤްޞަދު ޙާ ޞި ލުކުރުމަށްޓަކައި އެ ފަރާތުގެ ޙިޔާޒަތުގެ ދަށުގައި ބެހެއްޓީކަމަށް ނުބެލެވޭނެއެވެ . ހަމައެހެންމެ މި ޙާލަތުގައި ޖަނަރޭޓަރު ޔޫޓޯޕިއާ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑު ގެ ބެލުމުގެ ދަށުގައި ހުރި ހުރުމުގެ މައްޗަށް ހަމައެކަނި ރިޢާޔަތްކޮށް ކުލި ނަގައިދެވޭނެ ކަމަކަށް ނުފެނެއެވެ .
4.7- ]ކުއްޔަށް ތަކެތި ދޫކުރާ ތަންތަނުން ގެންދާ ތަކެތީގެ ކުލި ޝަރީޢަތުން ނަގައިދިނުމާބެހޭ ޤަވާއިދު [ ގެ 3ވަނަ މާއްދާގެ ރޫޙާ ޚިލާފަށް މައްސަލަ ނިންމަވާފައިވާ ކަމަށް އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑު ން ފާހަގަކޮށް ފައިވެއެވެ . އެ ޤަވާޢިދުގެ 3ވަނަ މާއްދާގައިވަނީ ]ކުއްޔަށް ތަކެތި ގެންދިޔަ މުއްދަތު ހަމަވުމުން އިތުރުވާ ދުވަސްތަކަށް، ފުރަތަމަ އެއްބަސްވެފައިވާ ކުއްޔަށްވުރެ ބޮޑު ކުއްޔެއް ނުވަތަ އިތުރު ޖޫރިމަނާއެއް ވިޔަސް ޝަރީޢަތަކުން ނަގައެއް ނުދެވޭނެއެވެ [. މިފަދައިންނެވެ. މި މާއްދާގެ މަފްހޫމަކީ، ތަކެތި ކުއްޔަށް ގެންދިޔަ މުއްދަތު ހަމަވުމަށްފަހުގައިވެސް، އެތަކެތި ކުއްޔަށް ގެންދިޔުމަށް ދެފަރާތުން ވެފައިވާ އެއްބަސްވުމުގައި ކަނޑައެޅިފައިވާ ކުލި ޝަރީޢަތުން ނަގައި ދިނުމަށް އެއްވެސް ހުރަހެއް ނެތްކަން ކަމާއި، ތަކެތި ކުއްޔަށް ގެންދިޔަ މުއްދަތަށްވުރެ އިތުރުވާ ދުވަސްތަކަށް ނަގައި ނުދެވޭނީ، ކުއްޔަށް ގެންދިޔައިރު އެއްބަސްވެފައިވާ ކުއްޔަށްވުރެ ބޮޑު ކުއްޔަކާއި، އަދި ކަނޑައެޅިފައިވާ މުއްދަ ތަށް އެތަކެތި ގެނެސްފައި ނުވާތީ، ޖޫރިމަނާއެއް ކޮށްފައިވާނަމަ އެޖޫ ރިމަނާއެއްކަ މަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/241 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 5ވަނަ ނަންބަރުގެ )ރ( ގައި ބަޔާންކޮށްފައިވެއެވެ .
4.8- މި މައްސަލައިގައި އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑު ގެ ފަރާތުން ދަށުކޯޓުގައި ދަޢުވާކޮށްފައިވަނި، ކުއްޔަށް ގެންގޮސްފައިވާ މުއްދަތު ހަމަވުމުންވެސް އަނބުރާ ޖެނަރޭޓަރ ޙަވާލުކޮށްފައިނުވާތީ، ޖެނަރޭޓަރ ހޯދުމަށާއި، ޖެނެރޭޓަރުގެ ކުލީގެ ގޮތުގައި ދުވާލަކަށް US$300 )ތިންސަތޭކަ އެމެރިކާ ޑޮލަރު ( އަދި 30 ދުވަހަށް އޮޕަރޭޓަރަށް ދުވާލަކު US$40 )ސާޅީސް އެމެރިކާ ޑޮލަރު( ގެ ރޭޓުން 18 ފެބުރުއަރީ 2014 އިން 31 ޖެނުއަރީ 2016 ގެ ނިޔަލަށް ދައްކަންޖެހޭ ޖުމްލަ US$228,006 )ދެލައްކަ އަށާވީސްހާސް ހައެމެރިކާ ޑޮލަރު) (ޖީއެސްޓީ %6 ހިމެނި ގެން ( އާއި، ދުވާލަކަށް US$300 )ތިންސަތޭކަ އެމެރިކާ ޑޮލަރު ( ގެ ރޭޓުން މައްސަލަ ނިމޭ ދުވަހާ ހަމައަށް ދައްކަންޖެހޭ ފައިސާ ހޯދުމަށެވެ . ޔޫޓޯޕިއާ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑު ގެ ފަރާތުން ޖެނަރޭޓަރު ގެންގޮސްފައިވަނީ 1 )އެކެއް ( މަސް ދުވަހުގެ ކުއްޔާއި އޮޕަރޭޓަރުގެ ފީ ދެއްކުމަށްފަހުއެވެ . ޖެނެރޭޓަރު ގެންގޮސްފައިވަނީ އޭގެ ބޭނުންކުރުމަށެވެ . ނަމަވެސް ޖެނެރޭޓަރުގެ މައްސަލައެއްގެ ސަބަބުން އޭގެ ބޭނުންކުރެވިފައި ނުވާކަން މި މައްސަލައިގައި ހެކިންގެ ގޮތުގައި ދަށުކޯޓަށް ޙާޒިރުކުރެވުނު ފަރާތްތަކުގެ ބަހުން އެނގެ އެވެ . ޖެނަރޭޓަރު ގެ ބޭނުންނުކުރެވުނު ސަބަބުން އެކަމުގެ ޝަކުވާ ކުއްޔަށްދިން ފަރާތް ކަމުގައިވާ އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑު ގައި ކޮށްފައިވާކަން އެނގެން އޮވެއެވެ . ކުއްޔަށް ގެންދިޔަ މުއްދަތު ހަމަވުމަށްފަހުގައިވެސް، ތަކެތި ކުއްޔަށް ގެންދިޔުމަށް ދެފަރާތުން ވެފައިވާ އެއްބަސްވުމުގައި ކަނޑައެޅިފައިވާ ކުލި ޝަރީޢަތުން ނަގައި ދިނުމަށް އެއްވެސް ހުރަހެއް ނެތްކަން އެނގެއެވެ . ނަމަވެސް އެ ކުލި ނަގައިދެވޭނީ ކުއްޔަށް ގެންދިޔަ އެތީގެ ބޭނުންކުރެވިގެންނެވެ. އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ކުއްޔަށް ދީފައިވާ ޖެނެރޭޓަރުގެ ލޯޑް ކެޕޭސިޓީގައި އެއްވެސް ވަރަކަށް ބޭނުންކުރެވިފައި ނުވާކަން އެނގެއެވެ . ޖެނަރޭޓަރު 2017 އޭޕްރީލު 19ވަނަ ދުވަހުގެ 9:15ގައި އަނބުރާ ޙަވާލުކޮށްފައިވެއެވެ . އެހެންކަމުން، އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑު ން ކުއްޔަށްދީފައިވާ ޖެނަރޭޓަރު އޭތި ކުއްޔަށްދީފައިވާ މުއްދަތުގައިވެސް ބޭނުންކުރެވިފައި ނުވާކަން އެނގެން އޮތުމާއެކު، ކުއް ޔަށް ގެންދިޔަ މުއްދަތު ހަމަވުމަށްފަހު ހިނގާފައިވާ މުއްދަތަށް ކުލި ނަގައިދެވިދާނެކަމަށް ނުފެނެއެވެ . ވީމާ، ސިވިލް ކޯޓުގެ ނަންބަރު 444/Cv-C/2016 ޤަޟިއްޔާ ގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް އޮތްކަމަކަށް ނުފެނެއެވެ . ނާޔިލް މުޙައްމަދު، […] / މާލެ، 2016 އޮކްޓޫބަރު 06ވަނަ ދުވަހު ސިވިލް ކޯޓަށް ދީފައިވާ ހެކީގެ ބަޔާން. ]ކުއްޔަށް ތަކެތި ދޫކުރާ ތަންތަނުން ގެންދާ ތަކެތީގެ ކުލި ޝަރީޢަތުން ނަގައިދިނުމާބެހޭ ޤަވާއިދު [ ގެ 3ވަނަ މާއްދާ. އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ޖަނަރޭޓަރާ ޙަވާލުވެފައިވާކަމުގެ ލިޔުން. t:I>C>~ t).;"" .tDJr..:::'r ..t"..-:1-'~ 2019/HC-A/ 199 ~ " 11 0:1:1:1 0, C:IXC. 0/0.,.. >>t.>O~;I' ,;:>.;-*>> >>C:I_,,~ t.O 'r.?~..,. r.JO.? .S.JO.S.A rvrv ./".P-'vr.n• .A.SV.JO.JOV./" r.P~V.S/.,1 .P,......,A d- ~ ~ Ut.0/0(.:1,, ~ /~0,> ;~() , _, e.1".1".1" .s.7., fJP .J' A~ .,I.? A~ v ~A.Sfl.A~ ~ .J 444 /Cv-C /2016 t.O>~ "' t. .sr~.n t.../".,.1 _?tiP .Atll>tll>,......,""""" rr.s>>?. ~ ~ d- ' (. ox 0 > > , "" ..,. "" 0 > ~ 0 •.P.?.,.f-'V,?V./. A>.A t.,,/"V ./"J.,.f.JO.A.A ~ , , >O>:J ..,., ~0 ; -'V.?V./. .A_?tll> .?'.A~J,? ~ , ,. , I / 0, ., :1/0/:l >~ > , , >~ , _?~.A.,.f _r.?.A./..? ~.?' t../".,.1 ~ .?,......., /.;:I ~"" t../".,.1 ~ ~ + + , WWW·h ighcoUrt·gOV· ITI V i nfo@highcourt· gov ·mv
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ)
- ކުއްޔަށް ތަކެތި ދޫކުރާ ތަންތަނުން ގެންދާ ތަކެތީގެ ކުލި ޝަރީޢަތުން ނަގައިދިނުމާބެހޭ ޤަވާއިދުގެ 3 ވަނަ މާއްދާ
- 2012/HC-A/241
- 2017/HC-A/348
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.