ޙުސައިން ޝަހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- މ. މުލަކު މެޖިސްޓްރޭޓް ކޯޓު 60/K4C/2017
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- މުލަކު މެޖިސްޓްރޭޓް ކޯޓުން ކުށް ސާބިތުކޮށް، 1106 (ށ) ގެ ދަށުން އަސާސީ މިންގަނޑުން 1 ދަރަޖަ ދަށްކޮށް، ޖަލު އަދަބު 74,400 ރުފިޔާގެ ޖޫރިމަނާއަކަށް ބަދަލުކޮށް 6 މަހުގެ ތެރޭގައި ބައިބައިކޮށް ދެއްކުމަށް ޙުކުމްކުރިއެވެ.
- ވާޤިޢާ
- އެހެން މީހަކަށް ދޫކޮށްފައިވާ ޑްރައިވިންގ ލައިސަންސް ފޮތަކީ އަމިއްލަ ފޮތެއް ކަމަށް ދެއްކުމަށް މަޢުލޫމާތު ބަދަލުކޮށް، ލައިސަންސް އާކުރުމަށް ފޯމް ހުށަހެޅުމުން، އެނގިހުރެ ޞައްޙަނޫން ގޮތުގައި ލިޔުމަކަށް ބަދަލުގެނައުމުގެ ދަޢުވާ ކުރިއެވެ. ތުހުމަތުކުރެވޭ ފަރާތް ތަޙްޤީޤުގައާއި ކޯޓުގައި ކުށަށް އިޢުތިރާފުވިއެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- އެނގިހުރެ ޞައްޙަނޫން ގޮތުގައި ލިޔުމަކަށް ބަދަލުގެނައުމުގެ ކުށަށް (ޖިނާޔަތުގެ 4 ވަނަ ދަރަޖަ) އިޢުތިރާފުވި ކުށްވެރިއަކަށް ޤާނޫނުލްޢުޤޫބާތުގެ 1106 ވަނަ މާއްދާގެ (ހ) އާއި (ށ) އަދި 1107 ވަނަ މާއްދާގެ (ހ) ގެ ދަށުން އަދަބުގެ ދަރަޖަ ކިހާވަރަކަށް ދަށްކުރަންޖެހޭތޯއާއި، ޖަލު އަދަބު ޖޫރިމަނާއަށް ބަދަލުކުރުމުގައި ސުޕްރީމް ކޯޓުގެ އަދަބު ކަނޑައެޅުމުގެ އުޞޫލު ތަޠުބީޤުވާނީ ކިހިނެއްތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- އިސްތިއުނާފުކުރި ފަރާތުން ބުނީ 1106 (ހ) އާއި 1107 (ހ) ގެ ދަށުން ޖުމްލަ 3 ދަރަޖަ ދަށްކުރަންޖެހޭ ކަމަށާއި، އާމްދަނީއަށް ރިޢާޔަތްކޮށް ޖޫރިމަނާ ލުއިކުރަންޖެހޭ ކަމަށެވެ. ދައުލަތުން ބުނީ ދަޢުވާގެ ކުރިން ޢާއްމުކޮށް ދެރަވާކަން ފާޅުކޮށްފައި ނުވާތީއާއި އިތުރު ތުހުމަތުކުރެވޭ ފަރާތެއް ނެތުމުން ލިބޭނީ 1106 (ށ) ގެ ލުޔެއް އެކަނި ކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- 1107 (ހ) ތަޠުބީޤު ނުވާކަމަށް ކަނޑައެޅިއެވެ. ނަމަވެސް ދެރަވާކަން ޢާއްމުކޮށް ފާޅުކުރާނެ އުޞޫލެއް އޭރު ނެތުމުން އިޢުތިރާފުވި ފަރާތުގެ ޙައްޤު ގެއްލިގެން ނުދާގޮތަށް 1106 (ހ) އާއި (ށ) ދެ އަކުރުގެ ދަށުން 3 ދަރަޖަ ދަށްކޮށް، ސުޕްރީމް ކޯޓުގެ އުޞޫލު ރަޖުޢީކޮށް ތަޠުބީޤު ނުކުރެވޭތީ ޖަލު އަދަބު ޖޫރިމަނާއަށް ބަދަލުކުރެވުނެވެ.
ނިންމުން
ބައެއް ބަދަލުކުރިބައެއް ބަދަލުކުރި: އަދަބު 3 ދަރަޖަ ދަށްކޮށް 4 މަހާއި 24 ދުވަހުގެ ޖަލު އަދަބު 28,800 ރުފިޔާގެ ޖޫރިމަނާއަށް ބަދަލުކުރި
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ޤާނޫނުލްޢުޤޫބާތުގެ 1107 ވަނަ މާއްދާގެ (ހ) ގެ ދަށުން އަދަބުގެ ދަރަޖަ ދަށްކުރެވޭނީ ކުށުގައި ބައިވެރިވި މީހުން ހިފައި ދަޢުވާކުރުމަށް ކުށްވެރިޔާ އެއްބާރުލުން ދީފައިވާ ހާލަތުގައި، ދައުލަތުން ކޯޓުގައި އެދޭ އެދުމެއްގެ މައްޗަށެވެ؛ އިތުރު ތުހުމަތުކުރެވޭ ފަރާތެއް ނެތް، އަދި ދައުލަތުން އެދިފައިނުވާ ހާލަތުގައި އެ މާއްދާގެ ދަށުން ލުޔެއް ނުލިބޭނެއެވެ.
HN2 ޤާނޫނުލްޢުޤޫބާތުގެ 1106 ވަނަ މާއްދާގެ (ހ) ގެ ދަށުން، ދަޢުވާކުރުމުގެ ކުރިން ކުށާމެދު ހިތުގެ އަޑިން ދެރަވާކަން ޢާއްމުކޮށް ފާޅުކޮށްފިނަމަ އަދަބު 2 ދަރަޖަ ދަށްވާއިރު، (ށ) ގެ ދަށުން ޝަރީޢަތް ފެށުމުގެ ކުރިން ކުށަށް އިޢުތިރާފުވެއްޖެނަމަ އަދަބު 1 ދަރަޖަ ދަށްވެއެވެ.
HN3 އުޞޫލެއް އޮތުން ލާޒިމްކުރާ ކަމެއްގައި އެ އުޞޫލު ހަދަންޖެހޭ ފަރާތުން އުޞޫލު ހަދާފައި ނެތުމުގެ ސަބަބުން މީހަކަށް ލިބެން އޮތް މަންފާއެއް ނުލިބި ދިއުމަކީ ބޭއިންސާފެކެވެ؛ އެހެންކަމުން އެފަދަ އުޞޫލެއް ނެތުމުގެ ސަބަބުން މީހަކަށް ލިބެން އޮތް ޙައްޤެއް އުނިވާނަމަ، އެ ބީވި ޙައްޤު އެ ފަރާތަށް ފޯރުކޮށްދެވޭ ގޮތަށް ކަން މާނަކުރަންޖެހެއެވެ.
HN4 ކުށާމެދު ދެރަވާކަން ޢާއްމުކޮށް ފާޅުކުރާނެ ގޮތުގެ އުޞޫލެއް (ސުޕްރީމް ކޯޓުގެ އަދަބު ކަނޑައެޅުމުގެ އުޞޫލު 2021 ސެޕްޓެމްބަރު 1 ގައި ޢަމަލުކުރަން ފެށުމުގެ ކުރިން) ވުޖޫދުގައި ނެތް ދުވަސްވަރު ތަޙްޤީޤުގައި ކުށަށް އިޢުތިރާފުވެ ދެރަވާކަން ފާޅުކުރި ކުށްވެރިއަކަށް، 1106 ވަނަ މާއްދާގެ (ހ) ތަޠުބީޤުކުރަންވާނީ އޭނާގެ ޙައްޤަށް އުނިކަން ނުލިބޭ ގޮތަށެވެ؛ މިގޮތުން (ހ) އާއި (ށ) ދެ އަކުރަށްވެސް ރިޢާޔަތްކޮށް 3 ދަރަޖަ ދަށްކުރަންޖެހެއެވެ.
HN5 ކުށްވެރިއަކަށް ކަނޑައެޅޭ ޖަލު އަދަބު، ޤާނޫނުލްޢުޤޫބާތުގެ 1005 ވަނަ މާއްދާގެ ތާވަލަށް ރިޢާޔަތްކޮށް، ގޭގައި ބަންދުކުރުމާއި، ޖޫރިމަނާއާއި، މުޖުތަމަޢަށް ޚިދުމަތްކުރުމާއި، އުޅޭނޫޅޭގޮތް ބެލުމާއި، ޕްރޮބޭޝަން ފަދަ އަދަބަކަށް ބަދަލުކުރެވިދާނެއެވެ.
HN6 ހަމައެކަނި ޖޫރިމަނާގެ އަދަބު ކަނޑައެޅޭނީ ޖުނަޙްގެ ކުށްތަކުގައި ކަމަށް ބުނާ ސުޕްރީމް ކޯޓުގެ އުޞޫލުގެ ޙުކުމަކީ ޤާނޫނުގައިވާ ޙުކުމެއް ނޫންއިރު، އެ އުޞޫލު ވުޖޫދުވީ ދަށުކޯޓުން އަދަބު ކަނޑައެޅުމަށްފަހު ކަމަށްވާނަމަ، ތުހުމަތުކުރެވޭ ފަރާތަށް ގެއްލުން ލިބޭ ގޮތަށް އެ އުޞޫލު ރަޖުޢީކޮށް ތަޠުބީޤު ނުކުރެވޭނެއެވެ.
HN7 ޖޫރިމަނާ ކަނޑައެޅުމުގެ ކުރިން ކުށްވެރިޔާއަށް އާމްދަނީގެ ގޮތުގައި ފައިސާ ލިބޭ މިންވަރު ބަލަންވާނެއެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޢަލީ ސަމީރު، މުޙައްމަދު ފައިޞަލް، ޙުސައިން ޝަހީދު
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- ޢަލީ ސަމީރު · ތާއީދުކުރެއްވީ: މުޙައްމަދު ފައިޞަލް، ޙުސައިން ޝަހީދު
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
1މިއީ، […] ކައުންސިލްގެ އިދާރާއިން […] / ކުރިބޯށި ޢަލީ ޝަހީމަށް ދޫކޮށްފައިވާ އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުމުގެ ނަންބަރު: K00239 ލައިސަންސް ފޮތަކީ […] / ކުރިބޯށި ޙުސައިން ޝަހީމަށް ދޫކޮށްފައިވާ ފޮތެއްކަމަށް ދެއްކުމަށް އެލައިސަންސް ފޮތުގައިވާ މައުލޫމާތު ބަދަލުކޮށް ލައިސަންސް ފޮތް އާކުރުމަށް އެދޭ ފޯމް ފުރައި […] ކައުންސިލްގެ އިދާރާއަށް ޙުސައިން ޝަހީމް ހުށަހަޅާފައިވާކަމަށް ބުނެ ޤާނޫނު ނަންބަރު 2014/09 (ދިވެހިރާއްޖޭގެ ޤާނޫނުލޢް ޤޫބާތު) ގ 310 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި 02 ވަނަ ނަންބަރާއި ޙަވާލާދީ، އެމާއްދާގެ (ނ) ގެ 01 ވަނަ ނަންބަރުގެ (II) ގެ ދަށުން އެނގިހުރެ ޞައްޙަނޫން ގޮތުގައި ލިޔުމަކަށް ބަދަލު ގެނައުމުގެ ކުށުގެ ދަޢުވާ ޙުސައިން ޝަހީމްގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން މުލަކަތޮޅު މުލަކު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ބަލައި ޙުކުމް ކޮށްފައިވާ މުލަކަތޮޅު މުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 60/K4C/2017 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނޫންކަމަށް ބުނެ އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އެދި […] / ކުރިބޯށި ޙުސައިން ޝަހީމް ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލުނު ޤަޟިއްޔާއެވެ. މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވަ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
މުލަކަތޮޅު މުލަކު މެޖިސްޓްރޭޓް ކޯޓނު ނިންމި ގޮތް
2މުލަކަތޮޅު މުލަކު މެޖިސްޓްރޭޓް ކޯޓު ގެ ނަންބަރު 60/K4C/2017 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބަލާއިރު، ޙުސައިން ޝަހީމް ގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހެޅި، އެނގިހުރެ ޞައްޙަނޫން ގޮތުގައި ލިޔުމކަށަ ބަދަލު ގެނައުމުގެ ކުށުގެ ދަޢުވާގެ އިބްތިދާއީ އަޑުއެހުމުގެ މަޖިލީހުގައި އެ ކުށް ކުރިކަމަށް އިޢުތިރާފް ވެފު އިވެއެވެ. އަދި ޝަރީޢަތުގެ މަޖްލީހުގައި ޙުސައިން ޝަހީމް ވަނީ އޭނާ ވެފައިވާ ބުނެވުނު އިޢުތިރާފް ދަމަހައްޓަން ބޭނުންވާކަމަށް ބުނެފައެވެ.
3ޙުސައިން ޝަހީމްގެ މައްޗަށް އުފުލާފައިވާ ދަޢުވާއަށް އޭނާ ވެފައިވާ އިޢުތިރާފގު މައްޗަށް ރިޢާޔަތްކޮށް މުލަކަތޮޅު މުލަކަ މެޖިސްޓްރޭޓް ކޯޓުން ޙުކުމް ކުރައްވާފައިވަނީ، އެނގިހުރެ ޞައްޙަ ނޫންގޮތުގައި ލިޔުމަކަށް ބަދަލުގެނައުމުގެ ކުށުން ޙުސައިން ޝަހީމް ކުށްވެރިވެއްޖެކަމަށާއި، މިކުށަށް ޤާނޫނލު ޢުޤޫބާތުގް 1002 ވަނަ މާއްދާގައި އަދަބު ކަނޑައަޅައި މިންގަނޑުން ދެވޭ އަދަބުގެ އަސާސީ މިންގަނޑަކީ 01 (އެކެއް) އަހަރާއި 07 (ހަތެއް) މަހާއި 06 (ހައެއް) ދުވަހުގެ ޖަލު ޙުކުމެއްކަމަށަ ކަމަށާއި، މިމައްސަލައާއި ގުޅިގެން ބޭއްވުނު އިބްތިދާއީ އަޑުއެހުމުގެ މަޖްލިސްގައާއި، ޝަރީޢަތުގެ މަޖްލިސްގައި ޙުސައިން ޝަހީމް ކޮށްފައިވާ ކުށަށް އިޢުތިރާފްވެ ކުރެވުނު ކުށާމެދު ދެރަވެ އެއިޢުތިރާފް ދަމަހައްޓާފައިވާތީ، ޤާނޫނުލޢް ޤޫބާތުގު 1106 ވަނަ މާއްދާގެ (ށ) އާއި ޙަވާލާދީ އެ ޤާނޫނުގެ 1002 ވަނަ މާއްދާގެ (ހ) ގެ ދަށުން ޙުސައިން ޝަހީމްގެ މައްޗަށް ކަނޑައެޅފައިވި 01 (އެކެއް) އަހަރާ 07 (ހަތެއް) މަހާއި 06 (ހައެއް) ދުވަހުގެ ޖަލު އަދަބު އެ ޤާނޫނުގެ 1005 ވަނަ މާއްދާގެ (ށ) އަށް ރިޢާޔަތްކޮށް .0074,400ރ. (ހަތްދިހަ ހަތަރުހާސް ހަތަރުސަތޭކަ) ރުފިޔާގެ ޖޫރިމަނާ އަށް ބަދަލުކޮށް އެފައިސާ 13 ނޮވެމްބަރު 2018 އިން ފެށިގެން 06 (ހައެއް) މަސްދުވަހުގެ ތެރޭގައި މަހަކު 400.00,12ރ. (ބާރަހާސް ހަތަރުސަތޭކަ) ރުފިޔާގެ މަގުން މޯލްޑިވްސް އިންލެންޑް ރެވެނިޔު އޮތޯރިޓީއަށް ދައްކާ ޚަލާޞްކުރުމަށެވެ. އިސްތިއުނާފު ކުރުމަށް ހުށަހެޅި ނުކުތާ އަދި ތަފްޞީލުގައި ދެއްކި ވާހަކަތައް
4މުލަކަތޮޅު މުލަކު މެޖިސްޓްރޭޓް ކޯޓު ގެ ނަންބަރު 60/K4C/2017 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެމައްސަލަ އިސްތިއުނާފު ކޮށްދިނުން އެދި ޙުސައިން ޝަހީމގް ފަރާތުން ހުށަހަޅާފައިވާ ނުކުތާއަކީ، ޙުސައިން ޝަހީމް ކުރި ކުށުގެ އަދަބުގެ އަސާސީ މިންގަނޑަކީ 1 (އެކެއް) އަހަރާއި 07 (ހަތެއް) މަހާއި 06 (ހައެއް) ދުވަހުގެ ޖަލު ޙުކުމެއް ކަމަށްވެފައި، މިމައްސަލައިގެ އިބްތިދާއީ އަޑުއެހުމުގެ މަޖިލީހުގައާއި، ޝަރީޢަތުގެ މަޖިލީހުގައި ޙުސައިން ޝަހީމް ކޮށްފައިވާ ކުށަށް އިޢުތިރާފުވެ، ކުރެވުނު ކުށާމެދު ދެރަވެ، އެ އިޢުތިރާފް ދަމަހައްޓާފައިވާތީ، ޤާނޫނުލޢް ޤޫބާތުގު 1106 ވަނަ މާއްދާގެ (ށ) އާއި ޙަވާލާދީ ޙުކުމްކޮށްފައިވަނީ، ޤާނޫނުލޢް ޤޫބާތުގު 1106 ވަނަ މާއްދާގެ (ށ) ގައި ރިޢާޔަތްކޮށްފައިވާ 1 ދަރަޖައިގެ ދަށްކޮށް ނޫންކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
5އެހެންނަމަވެސް ޙުސައިން ޝަހީމްގެ ފަރާތުން ހުށަހެޅި އެ ނުކުތާގެ އިތުރު ތަފްޞީލު ބަޔާން ކުރަމުން ޙުސައިން ޝަހީމްގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުގައި ބުނެފައިވަނީ، ޤާނޫނުލްޢުޤޫބާތުގެ 1106 ވަނަ މާއްދާއަށް ބަލާއިރު، އެ މާއްދާގެ (ހ) އަދި (ށ) ގެ ދަށުން ޙުސައިން ޝަހީމްގެ މައްޗަށް ޤާނޫނުލްޢުޤޫބާތުން ކަނޑައަޅަންޖެހޭ އަދަބުގެ މިންވަރަށް ލުއި ލިބެންޖެހޭކަމަށާއި، މގޮތުނި ޤާނޫނުލްޢުޤބޫ ތުގ 1106 ގެ (ހ) ގައި، ކުރެވުނު ކުށާއިމެދު ދެރަވެއްޖެ ކަމަށްވާނަމަ ކުށަށް ކަނޑައެޅިފައިވާ އަދަބުގެ އަސާސީ މިންގަނޑަށް ވުރެ ދެ ދަރަޖަ ދަށްވާނެކަމަށް ބަޔާންކޮށްފައި އޮންނަކަމަށާއި، ޙުސައިން ޝަހީމް ވަނީ ތަޙްޤީޤު މަރުޙަލާގައި އަދި ޝަރީޢަތުގެ މަޖިލީހުގައި ކުށަށް އިޢުތިރާފް ވެފައިކަމަށާއި، އަދި އެ ކުށް ކުރެވުނީތީ ދެރަވާކަމުގެ ޝުޢޫރު ފާޅުކޮށްފައި ކަމަށާއި، މި ހެންކަމުން ބުނެވުނު މާއްދާއަށް ރިޢާޔަތްކުރާއިރު، ޙުސައިން ޝަހީމަށް ލިބެންޖެހޭކަމަށް ކަނޑައެޅިފައިވާ އަދަބުން އެއް ދަރަޖައިގެ ބަދަލުގައި ދެ ދަރަޖަ ދަށްވާންޖެހޭކަމަށް ދެކޭކަމަށާއި، މީގެ އިތުރުން ޤާނޫނުލްޢުޤޫބާތުގެ 1107 ވަނަ މާއްދާގެ (ހ) ގެ ދަށުންވެސް ޙުސައިން ޝަހީމަށް އެއް ދަރަޖައިގެ ދަށްވުމެއް ލިބެންޖެހޭކަމަށާއި، އެ ގޮތުން އަދަބުގެ އަސާސީ މިންގަނޑަށްވުރެ 3 ދަރަޖައިގެ ދަށްވުމެއް ޙުސައިން ޝަހީމަށް ޙައްޤުވާކަމަށެވެ. އަދި މގޮތަށި އަދަބުގެ ދަރަޖަ ދަށްކުރުމުން ޙުސައިން ޝަހީމަށް ޙައްޤުވާ އަދަބަކީ، 04 މަހާއި 24 ދުވަހުގެ ޖަލު ޙުކުމެއް ކަމަށާއި ދަށު ކޯޓުން ޙުސައިން ޝަހީމްގެ ޖަލު ޙުކުމް ޖޫރިމަނާއަކަށް ބަދަލު ކުރިއިރު ޙުސައިން ޝަހީމަށް އާމްދަނީގެ ގޮތުގައި ފައިސާ ލިބޭ މިންވަރަށް ރިޢާޔަތްކޮށްފައި ނުވާކަމަށާއި، ޖޫރިމަނާގެ ގޮތުގައި ދެއްކުމަށް އަންގާފައިވާ ފައިސާ ދައްކާ ޚަލާސް ކުރުމަކީ ޙުސައިން ޝަހީމަށް އެއްގޮތަކަށްވެސް ކުރެވޭނެކަމެއކަމަށް ނުވާތީ އެއަށް ވުރެ ލުއިގޮތެއް ކަނޑައަޅައި ދިނުމަށް އެދޭކަމަށެވެ.
6ޙުސައިން ޝަހީމްގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ހަމައެކަނި ނުކުތާއަކީ، ދަށު ކޯޓުން މި މައްސަލައިގައި ޙުކުމްކޮށްފައިވަނީ، ޤާނޫނުލޢް ޤޫބާތުގު 1106 ވަނަ މާއްދާގެ (ށ) އަށް ރިޢާޔަތްކޮށް 1 ދަރަޖަ ދަށްކޮށްގެން ނޫންކަމަށް ބުނެ ހުށަހެޅި ނުކުތާކމުގައިވީނަމަވެސް، އެ ނުކުތަ ގެ ތަފްސީލުގައި ދެއްކި ވާހަކަތަކުގައި ހިމެނާ ކަންކަމަކީ، ޙުސައިން ޝަހީމްގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހެޅި ނުކުތާއާ ސީދާ ގޮތުން ގުޅުންހުރި އަދި ދަށު ކޯޓުން ކަނޑައެޅި އަދަބުގެ މިންވަރަށް ބަދަލު ގެނައުމުގެ އިޙްތިމާލު އޮތް ކަންތައްތަކެއް ކަމުގައިވާތީ އާއި މި މައްސަލައިގެ ބާވަތަށް އަދި މައްސަލައިގެ ވަށައިގެންވާ ކަންކަމުގެ މައްޗަށް ރިޢާޔަތްކުރއިރާ މި މައްސަލައިގައި އިންސާފު ޤާއިމު ކުރެވނެއޮތީ ޙުސައިން ޝަހީމްގެ ފަރާތުން ފާހަގަކުރި އެ ކަންކަމުގެ މައްޗަށްވެސް މި މައްސަލައިގެ ތެރެއިން ގޮތެއް ނިމިދާ ގޮތެއްގެ މައްޗަށް ބިނާކޮށްގެންކަމުނާ ނާއި އްނުކުތ އެ ގޮތުގައި ޙުސައިން ޝަހީމްގެ ފަރާތުން ފާހަގަ ކ ރުމުންދައުލަތުގެ ފަރާތުން އެކަމުގެ މައްޗަށްއެއްވެސ އިންކާރެއްވެސްކޮށްފައި ނެތަތީ،އިސްތިއުނާފީ ނުކުތާގެ ތަފްސީލުގައި ޙުސައިން ޝަހީމްގެ ފަރާތުނ ފާހަގަކޮށްފައިވަކަންކަމުގިމައްޗަށްވެސް މި މައްސަލް ނިންމުމުގައްމި ކޯޓުނ ރިޢާޔަތް ކޮށްފައިވާނެއެވެ. އިސްތިއުނާފީ ނުކުތާތަކުގެ ރައްދުގައި ދައުލަތުގެ ފަރާތުން ދެއްކި ވާހަކަތައް
7ޙުސައިން ޝަހީމްގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާތަކަށާއި ތަފްޞީލުގައި ދެއްކި ވާހަކަތަކުގެ ޖަވާބުގައި ދައުލަތުގެ ފަރާތުން ބުނެފައިވަނީ، ޙުސައިން ޝަހީމްގެ މައްޗަށް އަދަބު ކަނޑއެޅުނީ، ޤާނޫނުލްޢުޤޫބާތުގެ 1106 ވަނަ މާއްދާގެ ދަށުން ޙުސައިން ޝަހީމަށް ލިބޭ އަދަބުގެ އަސާސީ މިންގަނޑަށް ވުރެ 01 ދަރަޖަ ދަށް ކުރުމަށްފަހު، ޙުސައިން ޝަހީމަށް ކަނޑައަޅަންޖެހޭނެ އަދަބު މަތިވާނެ ޙާލަތެއް ނެތުމުން، ޤާނޫނުލްޢުޤޫބާތުގެ 1005 ވަނަ މާއްދާގެ (ހ) އަދި (ނ) އަށް ރިޢާޔަތްކޮށް، ޙުސައިން ޝަހީމަށް ކަނޑައެޅޭ ޖަލު ޙުކުމް ޖޫރިމަނާއަށް ބަދަލު ކުރުމަށްފަހުގައި ކަމަށާއި، ޙުސައިން ޝަހީމްގެ ފަރާތުން ޙަވާލާދީފައިވާ ޤާނޫނުލްޢުޤޫބާތުގެ 1106 ވަނަ މާއްދާގެ (ހ) އަކީ، ކުށްވެރިޔާގެ މައްޗަށް ދަޢުވާ ކުރުމުގެ ކުރިން އޭނާ ކުޅަ ކުށާމެދު ހިތުގެ އަޑިން ދެރަވާކަމަށް ޢާއްމުކޮށް ފާޅުކޮށްފިނަމަ ކަންކުރާނެ ގޮތުގެ ޙާލަތެއްކަމަށާއި، ޙުސައިން ޝަހީމްގެ މައްޗަށް ދަޢުވާ ކުރުމުގެ ކުރިން އެފަދަ ކަމެއް އޭނާ ކޮށްފައި ނެތްކަމަށާއި، ޙުސައިން ޝަހީމްގެ ފަރާތުން ޙަވާލާދީފައިވާ ޤާނޫނުލްޢުޤޫބާތުގ 1107 ވަނަ މާއްދާގެ (ހ) ގައި ބަޔާން ކުރަނީ، ކުށްވެރިޔާ ކުށެއް ކުރުމަށްފަހު އެކުށް ކުރުމުގައި ބައިވެރިވިމީހުން ހިފައި ހައްޔަރު ކޮށް އެ މީހުންގެ މައްޗަށް ދަޢުވާ ކުރުމުގައި ޤާނޫނު ތަންފީޛުކުރާ ފަރާތްތަކަށް އެއްބާރުލުން ދިނުމުން ކަންކުރާ ގޮތްކަމަށާއި، މި މައްސަލައިގައި ތުހުމަތު ކުރެވޭ އިތުރު ފަރާތެއް ނެތްއިރު ތުހުމަތު ކުރެވެ އިތުރު ފަރާތެއް މި މައްސަލައިގައި ހައްޔަރުވެސް ކޮށްފައިނުވާނެކަމަށާއި، އެހެންކަމުން ޙުސައިން ޝަހީމްގެ މައްޗަށް އަދަބު ލުއިވާނެ ހަމައެކަނި ޙާލަތަކީ ޤާނޫނުލްޢުޤޫބާތުގެ 1106 ވަނަ މާއްދާގެ (ށ) ގައި ބަނާ ޙާލަތު އެކަނި ކަމުނު މުލަކތޮޅަ މުލަކު މެޖިސްޓްރޭޓް ކޯޓުން މި މައްސަލަ ނިންމަވާފައިވާ ގޮތް ރަނގަޅު ކަމަށެވެ. ސާބިތުވާ ކުށުގެ އަދަބުގެ މިންގަނޑަށް ގެނެވެން އޮންނަ ބަދަލު
8ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 1100 ވަނަ ބާބުގައި ފާހަގަ ކޮށްފައިވާ ކަންކަމުގެ މައްޗަށް ބެލުމުން، އެ ޤާނޫނުގައި ބަޔާންކޮށްފައިވާ ކުށެއް ކުރިކަމުގެ ދަޢުވާ އުފުލާފައިވާ މީހެއްގެ މައްޗަށް އކުށެ ސާބިތުވާ ޙާލަތު ގައި ކަނޑައެޅޭ އަދަބުގެ އަސާސީ މިންގަޑަށް ބަދަލު ގެނެސް އަދަބު ބޮޑުކޮށް އަދި ލުއި ކުރެވޭނެ ޙާލަތްތަކެއް ބުނެދީފައި ވެއެވެ. މި ގޮތުން ކުށްވެރިޔާ ކުށާމެދު ދެރަވާކަން ޢާއްމުންގެ ތެރޭގައި ފާޅުކުރުމުގެ ސަބަބުން އަދަބުގެ ދަރަޖަ ދަށްވުމާއި، ޤާ ނޫނު ތަންފީޒުކުރާ ފަރާތްތަކަށް އެކަށީގެންވާ މިންވަރަކަށް އެއްބާރުލުން ދިނުމުގެ ސަބަބުން އަދަބުގެ ދަރަޖަ ދަށްވުމާއި، މުޅިން ފުރިހަމަނުވާ ދިފާޢެއް އޮތުމުގެ ސަބަބުން އަދަބުގެ މިންވަރު ދަށްވުމާއި، މުޅިން ފުރިހަމަނުވާ މަޢާފު ލިބެނިވި ދިފާޢެއް އޮތުމުގެ ސަބަބުން އަދަބު ދަށްވުމާއި، ސިކުނޑިއަށް ނުވަތަ ޖަޒްބާތަށް އިންތިހާއަށް އަސަރުކޮށްފައިވުމުގެ ސަބަބުން އަދަބުގެ ދަރަޖަ ދަށްވުމަކީ، ޤާނޫނުލްޢުޤޫބާތުގެ ބުނެވުނު ބާބުގައި ބުނެދީފައިވާ ގޮތްތަކެކެވެ.
9HN5އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަށް ގެނެވޭ ބަދަލުގެ އިތުރަށް ކުށެއްގެ އަދަބުގައި ކުށްވެރިއަކު ޖަލަށްލެވޭނެ ކަމަށް ކަނޑައެޅިފައިވާ މުއްދަތުގެ މައްޗަށް ރިޢާޔަތްކޮށް، ޤާނޫނުލްޢުޤޫބާތުގެ 1005 ވަނަ މާއްދާގައި ބުނެދީފައިވާ "ތަފާތު އަދަބު އެއްހަމަ ކުރާ ތާވަލު" ގައިވާ ގޮތުގެ މަތިން ޤާނޫނުލްޢުޤޫބާތުން ހުއްދަކުރެވިފައިވާ އެހެން ގޮތެއް ބޭނުންކޮށްގެން އަދަބު ކަނޑައެޅިދާނެ ޙާލަތުތަކެއް ބުނެދީފައި ވެއެވެ. މގޮތުނި ކުށްވެރިއަކު ޖަލަށި ލުމުގޭ ބަދަލުގައި ގުގައި ބަންދުކުރުމާއި، މި ޖުތަމަޢުއަށް ޚިދުމަތް ކުރުމަށް އެންގުމާއި، ޖޫރިމަނާކުރުމާއި، އުޅޭނޫޅޭގޮތް ބެލުމާއި، ޕްރޮބޭޝަން މިއީ ވެސް ކަނޑައެޅިދާނެ އަދަބުތަކެއްކަން ބުނެވުނު މާއްދާގައި ބުނެދީފައިވެއެވެ. ޙުސައިން ޝަހީމަށް ކަނޑައެޅޭނެ އަދަބުގެ އަސާސީ މިންގަނޑަށް ގެނެވެން އޮތް ބަދަލާއި މެދު އުފެދިފައިވާ ޚިލާފު
10ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ޙުސައިން ޝަހީމްގެ މައްޗަށް އުފުލާފައިވާ ދަޢުވާއަށް ބަލާއިރު އެއީ، ޤާނޫނު ނަންބަރު 2014/09 (ދިވެހިރާއްޖޭގެ ޤާނޫނުލޢް ޤޫބާތު) ގ 310 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި 02 ވަނަ ނަންބަރާއި ޙަވާލާދީ، އެމާއްދާގެ (ނ) ގެ 01 ވަނަ ނަންބަރުގެ (II) ގެ ދަށުން އެނގިހުރެ ޞައްޙަނޫން ގޮތުގައި ލިޔުމަކަށް ބަދަލު ގެނައުމުގެ ކުށުގައި ކޮށްފައިވާ ދަޢުވާއެއްކަން އެނގެއެވެ. މި ކުށް ޤާނޫނުލްޢުޤޫބާތުގައި ދަރަޖަ ކުރެވިފައިވާ ގޮތަށް ބަލާއިރު މިއީ ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށެއްކަން ޤާނޫނު ނަންބަރާ 2014/09 (ދިވެހިރާއްޖޭގެ ޤާނޫނުލޢް ޤޫބާތު) ގ 310 ވަނަ މާއްދާއަށް ބެލުމުން އެނގެއެވެ.
11ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށެއް މީހެއްގެ މައްޗަށް ސާބިތުވާނަމަ، އެ މީހަކަށް ކަނޑައެޅޭނެ އަދަބުގެ އަސާސީ މިންގަނޑަކީ، 1 އަހަރާއި 07 މަހާއި 6 ދުވަހުގެ މއްދަތަށު ޖަލަށް ލުމެވެ. އެކަން ޤާނޫނުލްޢުޤޫބާތުގެ 0021 ވަނަ މާއްދާގައި އޮންނަ، ކަނޑައެޅޭނެ އަދަބުގެ މިންވަރު ބަޔާންކޮށްދޭ ތވަލަށާ ބެލުމުން ފެންނަން އެބަ އޮތެވެ.
12ޙުސައިން ޝަހީމަށް ކަނޑައެޅޭ އަދަބުގެ އަސާސީ މިންގަނޑު ކަމުގައިވަ 01 އަހަރާއި 07 މަހާއި 6 ދުވަހުގެ ޖަލު ޙުކުމަށް ބަދަލުގެނެސް އެ އަދަބު ލުއިކުރެވެން އޮތް ގޮތެއްކަމަށް ދައުލަތުގެ ފަރާތުން ބުނި ގޮތަކީ، ޙުސައިން ޝަހީމްގެ މައްޗަށް ދައުލަތުގެ ފަރާތުން އުފުލާފައިވާ ދަޢުވާގެ އިބްތިދާއީ އަޑުއެހުމުގައި އަދި ޝަރީޢަތުގެ މަޖިލީހުގައި ކުށަށް އިޢުތިރާފް ވެފައިވާތީ، ޤާނޫނުލްޢުޤޫބާތުގެ 1106 ވަނަ މާއްދާގެ (ށ) އަށް ރިޢާޔަތްކުރާއިރު، ޙުސައިން ޝަހީމްއަށް ކަނޑައަޅަންޖެހޭ އަދަބު، އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަށް ވުރެ 1 ދަރަޖަ ދަށްވުން ކަމަށެވެ. ޤާނޫނުލްޢުޤޫބާތުގެ 1106 ވަނަ މާއްދާގެ (ށ) ގައި ބުނނަ " ކުށްވެރިޔާގެ މައްޗަށް ދަޢުވާ ކުރެވިފައިވީނަމަވެސް އެ މައްސަލައިގެ ޝަރީޢަތް ނުފެށޭހާ ހިނދަކު، ކުށްވެރިޔާ އެ ކުރި ކުށަށް އިޢުތިރާފް ވެއްޖެނަމަ، އޭނާގެ މައްޗަށް ކަނޑައަޅަންޖެހޭ އަދަބު، އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަށްވުރެ 1 ދަރަޖަ ދަށްވާނެއެވެ."
13ދައުލަތުގެ ފަރާތުން ފާހަގަ ކުރި ގޮތާއި ޚިލާފަށް ޙުސައިން ޝަހީމްގެ ފަރާތުނު އެ ކަމުގައި ދެކޭ ގޮތަކީ، ޙުސައިން ޝަހީމަށް ކަނޑައަޅަންޖެހޭ އަދަބުގެ އަސާސީ މިންގަނޑަށް ޤާނޫނުލްޢުޤޫބާތުގެ 1106 ގެ (ހ) އަށް ރިޢާޔަތް ކޮށް ދެ ދަރަޖައިގެ ދަށް ވުމެއް އަންނަންޖެހޭކަމަށާއި، އަދި ޤާނޫނުލްޢުޤޫބާތުގެ 1107 ގެ (ހ) އަށް ރިޢޔަތްކޮށާ 1 ދަރަޖައިގެ ދަށްވުމަކާ އެކު ޖުމްލަ 3 ދަރަޖައިގެ ދަށް ވުމެއް ގެންނަން ޖެހޭނެ ކަމަށެވެ. ޤާނޫނުލްޢުޤޫބާތުގެ 1106 ގެ (ހ) ގައި ބުނަނީ، "ކުށްވެރިޔާގެ މައްޗަށް ދަޢުވާ ކުރުމުގެ ކުރިން، އޭނާ ކުޅަ ކުށާމެދު ހިތުގެ އަޑިން ދެރަވާކަން ޢާއްމުކޮށް ފާޅުކޮށް ފިނަމަ، އޭނާގެ މައްޗަށް ކަނޑައަޅަންޖެހޭ އަދަބު، އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަށް ވުރެ 2 ދަރަޖަ ދަށްވާނެއެވެ. މި މާއްދާގައިވާ ގޮތުގެ މަތިން އަދަބުގެ މިންވަރު ދަށް ކުރެވޭނީ، އޭނާގެ މައްޗަށް ދަޢުވާ ކުރުމުގެ ކުރިން އެކުށެއް ކުރިކަމަށްބުނެ، އޭނާ ކުށަށް އިޢުތިރާފްވާ ޙާލަތްތަކު ގައެވެ." އަދި ޤާނޫނުލްޢުޤޫބާތުގެ 1107 ވަނަ މާއްދާގެ (ހ) ގައި ބުނަނީ، " ކުށްވެރިޔާ، ކުށެއް ކުރުމަށްފަހު، އެކުށް ކުރުމުގައި އޭނާއާ ބައިވެރިވި މީހުން ހިފާ ހައްޔަރުކޮށް، އެ މީހުންގެ މައްޗަށް ދަޢުވާ ކުރުމުގައި ޤާނޫނު ތަންފީޒުކުރާ ފަރާތްތަކަށް އެކަށީގެންވާ މިންވަރަށް އެއްބާރުލުން ދީފައިވާނަމަ، އެ ކުށަކަށް އޭނާގެ މައްޗަށް ކަނޑައަޅަންޖެހޭ އަދަބު، އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަށްވުރެ 1 ނުވަތަ 2 ނުވަތަ 3 ދަރަޖަ ދަށް އަދަބެއް ކަނޑައަޅައި ދިނުމަށް އެދި ދައުލަތުން ކޯޓުގައި ދެންނެވިދާނެއެވެ." މި މައްސަލައިގައި ހައިކޯޓުން ގޮތެއް ކަނޑައަޅަން ޖެހުނު ނުކުތާ
14ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އަދި ޙުސައިން ޝަހީމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ދެއްކި ވާހަކަތަކުގެ މައްޗަށް ބަލާއިރު، މި ދެފަރާތުގެ ދެމެދުގައި އޮތް ޚިލާފަކީ، ޙުސައިން ޝަހީމްގެ މައްޗަށް ކަނޑައެޅުނު އަދަބުގެ އަސާސީ މިންގަނޑަށް ގެނެވެން އޮތް ބަދަލުގެ މިންވަރާއި މެދުގައި އޮތް ޚިލާފކަމުން، ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލައިގައި ގޮތެއް ކަނޑައަޅަން ޖެހެނީ، ޙުސއިނަ ޝަހީމްގެ މައްޗަށް ސާބިތުވެފައިވާ ކުށުގެ އަދަބުގެ އަސާސީ މިންގަނޑަށް ބަދަލު ގެނެވެން އޮތް މިންވަރުން އަދަބަށް ލުއި ދެވޭނެ ދަރަޖައަކީ ކޮބައި ކަމެވެ. އަދި ޙުސައިން ޝަހީމްގެ މައްޗަށް ސާބިތުވެފައިވާ ކުށަށް ކަނޑައެޅިފައިވާ އަދަބަށް ހަމަ އެކަނި 1 ދަރަޖައިގެ ލުޔެއް ދީފައި އޮތް އޮތުން އެއީ ޤާނޫނާ އެއްގޮތަށް ދަށު ކޯޓުން ނިންމާފައިވާ ނިންމުމެއްކަން ނުވަތަ ނޫންކަމެވެ.
15HN1ޙުސައިން ޝަހީމްގެ މައްޗަށް ސާބިތުވެފައިވާ ކުށަށް ކަނޑައެޅިފައިވާ އަދަބަށް ޤާނޫނުލްޢުޤޫބާތުގެ 1107 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް 1 ދަރަޖައިގެ ދަށްވުމެއް ގެންނަން ޖެހޭނެކަމަށް ޙުސައިން ޝަހީމްގެ ފަރާތުން ފާހަގަ ކޮށްފައިވީނަމަވެސް، އެ މާއްދާއަށް ރިޢާޔަތްކޮށް ޙުސައިން ޝަހީމްގެ އަދަބަށް 1 ދަރަޖައިގެ ދަށް މިންގަނޑެއް ގެނެވޭކަށް ނެތެވެ. ސަބަބަކީ، ޤާނޫނުލްޢުޤޫބާތުގެ 1107 ވަނަ މާއްދާގެ (ހ) ގައި ބަޔާން ކުރަނީ، ކުށްވެރިޔާ ކުށެއް ކުރުމަށްފަހު އެކުށް ކުރުމުގައި ބައިވެރިވިމީހުން ހިފައި ހައްޔަރު ކޮށް އެ މީހުންގެ މައްޗަށް ދަޢުވާ ކުރުމުގައި ޤާނޫނު ތަންފީޛުކުރާ ފަރާތްތަކަށް އެއްބާރުލުން ދިނުމުން ކަންވާ ގޮތް ކަމުގައިވެފައި އެ މާއްދާއަށް ޢަމަލު ކުރަންޖެހެނީ އެފަދައިން ކަން ކުރުމަށް ދައުލަތުން ކޯޓުގައި އެދޭ އެދުމެއްގެ މައްޗަށް ބިނާކޮށްގެން ކަމުގައިވާއިރު، މި މައްސަލައިގައި ޙުސައިން ޝަހީމް ފިޔަވައި ކުށް ކުރިކަމަށް ތުހުމަތު ކުރެވޭ އިތުރު ފަރާތެއް ނެތްއިރު ތުހުމަތު ކުރެވޭ ފަރާތެއް މި މައްސަލައިގައިހައްޔަރ ކޮށްފައިވެސް ނެތަތީ އާއި އެފަދައިން ޙުސައިން ޝަހީމް އާ މެދު ޢަމަލު ކޮށްދިނުމަށް ދައުލަތުން ކޯޓުގައި އެދިފައިވާކަންވެސް އެނގެން ނެތަތީއެވެ.
16މިހެންކަމުން ދެން މި މައްސަލައިގައި ބަލަންޖެހެނީ، ޙުސައިން ޝަހީމްގެ ފަރާތުން އެދިފައިވާ ގޮތަށް ޤާނޫނުލްޢުޤޫބާތުގެ 1106 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް ޙުސައިން ޝަހީމްގެ މައްޗަށް ސާބިތވު ކުށުގެ އަދަބަށް ދެ ދަރަޖައިގެ ލުޔެއް ލިބެންޖެހޭކަން ނުވަތަ ނޫންކަމެވެ. ޤާނޫނުލްޢުޤޫބާތުގެ 1106 ވަނަ މާއްދާއަށް ރިޢާޔަތްކޮށް އަދަބުގެ ދަރަޖަ ދަށްކުރުން
17ޙުސައިން ޝަހީމްގެ މައްޗަށް ތުހުމަތު ކުރެވުނު ކުށަށް އެ މައްސަލއިގަ ތަޙްޤީޤުގެ މަރުޙަލާގައި އެއްވެސ އިންކާރެއް ކޮށްފައެއް ނުވެއެވެ. އަދި ކަން ހިނގާދިޔަ ގޮތް ކިޔައިދީ އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު ކުށުގެ މައްޗަށް އިޢުތިރާފްވާކަމަށްވެސް ބުނެފައިވެއެވެ.
18ތަޙްޤީޤަށް ދީފައިވާ އިޢުތިރާފު ބަޔާނުގެ އިތުރަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން މުލަކތޮޅަ މުލަކު މެޖިސްޓްރޭޓް ކޯޓަށް މައްސަލަ ހުށަހެޅުމުން، މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި ކުށަށް އިޢުތިރާފްވެ 29 އޮކްޓބަރޯ 2015 ގައި ޙުސައިން ޝަހީމްގެ ފަރާތުން މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ދީފައިވާ ތަޙްޤީޤުބަޔާން. އެކުށް ކުރެވުނީތީ ދެރަވާކަމުގެ ޝުޢޫރު ޙުސައިން ޝަހީމްގެ ފަރާތުނެފާޅުކޮށްފއިވއެވެ. އަދި ބުނެވުނު އިޢުތިރާފް ދަށު ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އޭނާ ދަމަހައްޓާފައިވެސް ވެއެވެ.
19HN2ޤާނޫނުލްޢުޤޫބާތުގ 1106 ވަނަ މާއްދާގެ (ހ) ގައި އޮންނަ ގޮތުން، ކުށްވެރިޔާއަށް ދަޢުވާ ކުރުމުގެ ކުރިން އޭނާ ކުޅަ ކުށާމެދު ހިތުގެ އަޑިން ދެރަވާކަން ޢާއްމުކޮށް ފާޅުކޮށްފިނަމަ، އޭނާގެ މައްޗަށް ކަނޑައަޅަންޖެހޭ އަދަބު، އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަށްވުރެ 2 ދަރަޖަ އިގެ ދަށްވުމެއް ލިބެއެވެ. އަދި އެ މާއްދާގެ
(ށ) ގައި އޮންނަ ގޮތުން، ކުށްވެރިޔާގެ މައްޗަށް ދަޢުވާ ކުރެވިފައިވީނަމަވެސް އެ މައްސަލައިގެ ޝަރީޢަތް ނުފެށޭހާ ހިނދަކު، ކުށްވެރިޔާ ކުށަށް އިޢު ތިރާފް ވެއްޖެނަމަ، އޭނާގެ މައްޗަށް ކަނޑައަޅަންޖެހޭ އަދަބު، އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަށް ވަރު 1 ދަރަޖައިގެ ދަށްވުމެއް ލިބެއެވެ.
20ސުވާލަކީ، ޤާނޫނުލްޢުޤޫބާތުގެ 1106 ވަނަ މާއްދާގެ (ހ) އަދި (ށ) މި ދެ އަކުރުގެ ތެރެއިން ޙުސައިން ޝަހީމްގެ މައްޗަށް ތަޠުބީޤު ކުރަންޖެހޭނީ ކޮން އަކުރެއްތޯ އެވެ. ޤާނޫނުލްޢުޤޫބާތުގެ 1106 ވަނަ މާއްދާގަ
(ހ) ނުވަތަ (ށ) ތޯ އެވެ. ނުވަތަ މި ދެ އަކުރު އެކުގައިތޯ އެވެ. ދައުލަތުން ބުނަނީ، ޙުސައިން ޝަހީމްގެ މައްޗަށް ތަޠުބީޤު ކުރެވޭނީ ޤާނޫނުލްޢުޤޫބާތުގެ 1106 ވަނަ މާއްދާގެ (ށ) އެކަނިކަމަށެވެ. ސަބަބެއްކަމުގައި ބުނަނީ، ޤާނޫނުލްޢުޤޫބާތުގެ 1106 ވަނަ މާއްދާގެ (ހ) އަކީ، ކުށްވެރިޔާގެ މައްޗަށް ދަޢުވާ ކުރުމުގެ ކުރިން އޭނާ ކުޅަ ކުށާމެދު ހިތުގެ އަޑިން ދެރަވާކަމަށް ޢާއްމުކޮށް ފާޅުކޮށްފިނަމަ ކަންކުރާނެ ގޮތުގެ ޙާލަތު ކަމުން އެ ޙާލަތަށް ޙުސައިން ޝަހީމްގެ ފަރާތުން ކަން ކުރި ގޮތް ނުފެތޭތީ ކަމަށެވެ. 13 މާރިޗް 2018 ގައި ޙުސައިން ޝަހީމްގެ ފަރާތުން މުލަކަތޮޅު މުލަކު މެޖިސްޓްރޭޓް ކޯޓަށް ދީފައިވާ ބަޔާން. ކުށްވެރިޔާގެ ކުށާމެދު ދެރަވާކަން ޢާއްމުންގެ ތެރޭގައި ފާޅުކުރާނެ ގޮތުގެ އުޞޫލު
21ޤާނޫނުލްޢުޤޫބާތުގ 1106 ވަނަ މާއްދާގެ (ހ) ގައި، ކުށްވެރިޔާ ކުޅަ ކުށާމެދު ހިތުގެ އަޑިން ދެރަވާކަން ޢާއްމުކޮށް ފާޅުކުރުމުގެ ސަބަބުން އަދަބުގެ ދަރަޖަ ދަށްވާނެކަމަށް ބުނެފައި އޮތްނަމަވެސް، 01 ސެޕްޓެމްބަރ 2021 މި ތާރީޚުގެ ކުރިން، ކުށެއް ކުރެވިފައިވާ މީހަކު ކުށާމެދު ދެރަވާކަން ޢާއްމުކޮށް ފާޅު ކުރާނެ ގޮތަކީ ކޮބައިކަން އަދި އެފަދައިން ކަން ކުރަން ބޭނުންވާ މީހަކަށް ބޭނުން ހިފެން އޮތް ވަސީލަތްތަކަކީ ކޮބައިކަން ބުނެދީފައވި އެއްވެސް އުޞޫލެއް އަދި ޤަވާޢިދެއް އަދި ޤާނޫނެއްވިޔަސް ވުޖޫދުވެފައިވާތީ އެއް ފެންނާކަށްނެތެވެ. 01 ސެޕްޓެމްބަރ 2021 ގައި ޢަމަލު ކުރަން ފެށުނު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/02 "ޝަރީޢަތުން އަދަބު ކަނޑައެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އޞު ލ" ގައި، ކުށްވެރިޔާގޫ މައްޗަށް ދަޢުވާ ކުރުމުގެ ކުރިން، ޝޯޝަލް މީޑިއާގެ ޕްލެޓް ފޯމެއް މެދުވެރިކޮށް ޢާއްމުކޮށް ފާޅުކުރުމާއި، ޚަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކޮށް އެކަން ޢާއްމު ކުރުމާއި، ވަކީލެއް މެދުވެރިކޮށް ބަޔާނެއް ޢާއްމު ކުރުމަކީ، ކުރެވުނު ކުށާއި މެދު ދެރަވާކަން ޢާއްމުކޮށް ފާޅުކުރުމުގެ ވަސީލަތްތކެއަގެ ގޮތުގައި ބޭނުން ހިފިދާނެ ވަސީލަތްތަކެއް ކަމުގައި ބުނެފައި އޮތްނަމަވެސް އެ ކަންކަމަކީ އަދި އެ ގޮތްތަކަކީ ޙުސައިން ޝަހީމްގެ މައްޗަށް މި މައްސަލައިގެ ތަޙްޤީޤު ހިންގުނު އިރު އޭނާއަށް އެ ވަސީލަތްތަކުގެ ބޭނުން ހިފައިގެން އޭނާއަށަ ކުރެވުނު ކުށާމެދު ދެރަވާކނަ ޢާއްމުކޮށް ފާޅުކުރުމުން އޭނާއަށް ލިބެން އޮތް އަދަބަކަށް ލުއި ލިބިދާނެ ގޮތްތަކެއްކަން ކުރިން އެނގިފައިވާ ގޮތްތަކެއް ނޫނެވެ. އެކަން އެނގިފައި ނުވަނީ ބުނެވުނު ފަދަ އޞު ލެއ ނެތުމުގެ އިތުރަށް އެފަދަ ވަސީލަތެއް މެދުވެރިވެގެން އެކަން ކުރެވެން އޮތްކަން އޭނާއަށް އެނގޭނެ އެހެން 01 ސެޕްޓެމްބަރ 2021 މި ތާރީޚަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 02/2021 ޝަރީޢަތުން އަދަބު ކަނޑައެޅުމުގައި ޢަމަލު ކުރާނެ ގޮތުގެ އުޞޫލަށް ޢަމަލު ކުރަން ފެށުނު ތާރީޚެވެ. އޭގެ ކުރިން މި ފަދަ އުސޫލެއް އެކުލަވާލެވިފައެއްނުވެއެވެ. މި ބުނެވުނު ފަދަ އުޞޫލެއް އޮތުމަކީ، ޤާނޫނުލްޢުޤޫބާތުގެ 1000 ވަނަ މާއްދާގެ (ށ) އަށް ބަލާއިރު ލާޒިމްކަމެކެވެ. ގޮތެއްވެސް ނެތުމުންނެވެ. ޙުސައިން ޝަހީމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ބުނެފައިވަނީ އެކަން ކުރާނެ ގޮތް ކުރިން އެނގިފައި ނެތްކަމަށާއި ހައިކޯޓުނުފުރުސަތު ދީފިނަމަ ބުނެވުނު ފަދަ ވަސީލަތެއް ބޭނުންކޮށްގެން ޙުސައިން ޝަހީމް އަށް ކުރެވުން ކުށް މެދު ދެރަވާކަން ޢާއްމުކޮށް ފާޅުކުރަން ތައްޔާރަށް ހުރިކަމަށެވެ.
22HN3އުޞޫލެއް އޮތުން ލާޒިމް ކުރާ ކަމެއްގައި އެ އުޞޫލެއް ހަދަންޖެހޭ ފަރާތަކުން އުޞޫލެއް ހަދާފައި ނެތުމގު ސަބަބުން އެފަދަ އުޞޫލެއް އޮތްނަމަ ލިބެން އޮތް މަންފާއެއް އެ މަންފާއެއް ލިބެން އޮތް ފަރާތަކަށް ނުލިބި ދިއުމަކީ، އެފަރާތެއްގެ ޙައްޤުގައި ވެވޭ ބޭ އިންސާފެކެވެ. މިހެންކަމުން އެފަދަ އޞު ލެއް ނެތުމުގެ ސަބަބުނ މީހަކަށް ލިބެން އޮތް ޙައްޤެއް އުނިވާކަމަށް ފެންނަނަމަ އެ އުޞޫލު ނެތުމުގެ ސަބަބުން ބީވި ޙައްޤު އެ ފަރާތަކަށް ފޯރުކޮށްދެވޭގޮތަށް އެކަން މާނަ ކުރަން ޖެހޭކަމަށް އަހުރެން ދެކެމެވެ.
23މި ގޮތުން މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، ޙުސައިން ޝަހީމަކީ އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު ކުށަށް ތަޙްޤީޤު މަރުޙަލާގައި އެއްވެސް އޮޅުވާލުމެއްނެތި ކަން ހިނގިގޮތް ކިޔައިދީ ކުށަށް އިޢުތިރާފުވެފައިވާ ފަރާތެކެވެ. މައްސަލައިގެ ތަޙްޤީޤަށް ޙުސައިން ޝަހީމް އެއްބާރުލުން ދީފައިވެއެވެ. އޭނާ ކުށަށް އިޢުތިރާފްވުމުން އެ ކުށުގެ މައްޗަށް ކޯޓުގައި ދަޢުވާ އުފުލުނު ހިނދު އެ ދަޢުވާގެ އިބްތިދާއީ މަރުޙަލާގައި އަދި ޝަރީޢަތުގެ މަރުޙަލާގައި ކުށް ކުރެވުނު ކަމަށް އިޢުތިރާފްވެ އެ ކުށް ކުރެވުނީތީ އެކަމާއި މެދު ދެރަވާކަމުގެ ޝުޢޫރު ފާޅު ކޮށްފައިވެއެވެ. ޙުސައިން ޝަހީމް ތަޙްޤީޤު މަރހު ލާގައާއަ ޝަރީޢަތުގެ މަރުހަލާގައި ވެފައިވާ އިޢުތިރާފްގެ ސަބަބުން ޝަރީޢަތް ހިންގުމަށް ފަސޭހަވެފައިވެއެވެ.
24HN4މި މައްސަލައިގައި ޙުސައިން ޝަހީމް ތަޙްޤީޤު މރަ ހުލާގައި ކުށަށް އިޢުތިރާފްވުމުގެ އިތުރަށް އޭނއަށާ ކުރެވުނު ކުށާމެދު ދެރަވާކަން ޢާއްމުކޮށް ފާޅު ކުރުމުގައި ކަން ކުރާނެ ގޮތްތަކުގެ އުޞޫލުތަކެއް ކުރިން ބުނެދެވިފައި އޮތްނަމަ އަދި އެ ފުރުސަތު ބޭނުންކުރެވޭ ގޮތްތަކަކީ ކޮބައިކަން ޙުސައިން ޝަހީމަށް ކުރިން އެނގިފައި އޮތްނަމަ އެ އުޞޫލުން ޙުސައިން ޝަހީމްވެސް ކަންކޮށް އޭނާއަށް ލިބެންޖެހޭ އަދަބުގެ މިންގަޑަށެ ލުއި ގެނައުމަށްޓަކައި މަސައްކަތް ކުރީސކަން ޙުސައިން ޝަހީ މްގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުން އެނގެން އެބައޮތެވެ. މިހެންކަމުން ޙުސައިން ޝަހީމްގެ މައްޗަށް ކުރެވުނު ކުށުގެ ތުހުމަތަށް ތަޙްޤީޤު ހިންގުނު އިރު ބުނެވުނުފަދަ އުޞޫލެއް އެކުލަވާލެވިފައި ނެތުމުގެ ސަބަބުން ޤާނޫނުލްޢުޤޫބާތުގެ 1106 ވަނަ މާއްދާގެ (ހ) ގައި ބނު ފަދައިން އޭނާއަށް ކުރެވިފައިވާ ކުށާއި މެދު ދެރަވެ ޢާއްމުކޮށް ފާޅު ނުކުރެވިދިޔައީ ކަމުގައި ބެލެވެން އެބައޮތެވެ.
25ބުނެވިދޔި ސަބަބު ތައް އެފަދައިން ހުރުމުން ޤާނޫނުލްޢުޤޫބާތުގެ 1106 ވަނަ މާއްދާގެ (ހ) ގައި ބުނާ ގޮތް ތަޠުބީޤު ކުރުމުގައި ބަލަންޖެހޭނީ ޙުސައިން ޝަހީމްގެ ޙައްޤަށް އުނިކަން ނުލިބޭގޮތަށް ޙުސައިން ޝަހީމަށް ފަހިވާގޮތަށް ކަމަށް ދެކެމެވެ. އަދި އެ އަކުރުގައި ބުނާ، ޢާއްމުކޮށް ފާޅު ކުރުމުގެ އޞު ލެއ ޙާދިސާގެ ތަޙްޤީޤު ހިންގިދުވަސަވަރު އެ ހިނދަށް ނެތުމުގެ ސަބަބުން ޙުސައިން ޝަހީމްގެ މައްޗަށް ތުހުމަތު ކުރެވޭ ކުށާއި މެދު ދެރަވާކަން ޢާއްމުކޮށް ފާޅުކޮށްފައިނުވިނަމަވެސް ހަމަ އެ އަކުރުގައި ބުނާ "އޭނާގެ މައްޗަށް ދަޢުވާ ކުރުމުގެ ކުރިން އެކުށެއް ކުރިކަމަށް ބުނެ، އޭނާ ކުށަށް އިޢުތިރާފްވެފައިވާ ޙާލަތު" ގެ މައްޗަށް ބަލައި ޙުސައިން ޝަހީމްގެ މައްޗަށް ދަޢުވާ ކުރުމުގެ ކުރިން ކުށް ކުރި ކަމަށް ބުނެ ކުށަށް އިޢުތިރާފްވެފައިވާތީ، ޤާނޫނުލްޢުޤޫބާތުގެ 1106 ވަނަ މާއްދާގެ (ށ) ގެ އިތުރަށް އެ މާއްދާގެ (ހ) އަށް ވެސް ރިޢާޔަތްކޮށް، ޙުސައިން ޝަހީމްގެ މައްޗަށް ސާބިތުވެފައިވާ ކުށަށްކަނޑައަޅަންޖެހޭ އަދަބު، އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަށްވރ 3 ދަރަޖަ ދަށް ކުރަންޖެހޭ ކަމަށް ދެކެމެވެ. ޙުސައިން ޝަހީމްގެ މައްޗަށް ސާބިތުވެފައިވާ ކުށަށް ކަނޑައެޅިފައިވާ އަދަބުގެ ދަރަޖައަށް ބަދަލު ގެނައުން
26ކުރިން ފާހަގަކުރެވުނު ސަބަބުތައް އެފަދައިން ހުރުމުން، ޙުސައިން ޝަހީމްގެ މައްޗަށް ޤާނޫނު ނަންބަރު 2014/09 (ދިވެހިރާއްޖޭގެ ޤާނޫނުލޢް ޤޫބާތު) ގ 310 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި 02 ވަނަ ނަންބަރާއި ޙަވާލާދީ، އެމާއްދާގެ (ނ) ގެ 01 ވަނަ ނަންބަރުގެ (II) ގެ ދަށުން އެނގިހުރެ ޞައްޙަނޫން ގޮތުގައި ލިޔުމަކަށް ބަދަލު ގެނައުމުގެ ކުށުގެ ދަޢުވާ ސާބިތުވާކަމަށް ކަނޑައަޅައި، އެކުށުގެ އަދަބެއްގެ ގޮތުން ޤާނޫނުލްޢުޤޫބާތުގެ 1002 ވަނަ މާއްދާގައި އަދަބު ކަނޑައަޅައި މިންގަނޑުން ދެވޭ އަދަބުގެ އަސާސީ މިންގަނޑު ކަމުގައިވާ 01 (އެކެއް) އަހަރާއި 07 (ހަތެއް) މަހާއި 06 (ހައެއް) ދުވަހުގެ ޖަލު ޙުކުމް، ޤާނޫނުލްޢުޤޫބާތުގެ 1106 ވަނަ މާއްދާގެ (ށ) އަށް ރިޢާޔަތްކޮށް 1 ދަރަޖަ ދަށްކޮށްފައި އޮތް އޮތުމުގެ ބަދަލުގައި، ޤާނޫނުލްޢުޤޫބާތުގެ 1106 ގެ (ހ) އަށް ރިޢާޔަތްކޮށް ޙުސައިން ޝަހީމްގެ މައްޗަށް ދަޢުވާ ކުރުމުގެ ކުރިން ކުށްކުރިކަމަށް ބުނެ ކުށަށް އިޢުތިރާފްވެފައި އޮތުމުންނާއި އެ އަކުރުގައި ބުނާ އޭނާ ކުޅަކުށާމެދު ހިތުގެ އަޑިން ދެރަވާކަން ޢާއްމުކޮށް ފާޅުކުރާނެ އުސޫލެއް މި މައްސަލައިގެ ތަޙްޤީޤު ހިނގާދިޔައިރު އެނގެން ނެތްކަމުން ޙުސައިން ޝަހީމަށް ކަނޑައެޅޭ އަދަބުގެ އަސާސީ މިންގަނޑުން 2 ދަރަޖަ އަދި ޤާނޫނުލްޢުޤޫބާތުގެ 1106 ގެ (ށ) އަށް ރިޢާޔަތްކޮށް ޙުސައިން ޝަހީމްގެ މައްޗަށް ދައުލަތުގެ ފަރާތުން ކޯޓުގައި ދަޢުވާ އުފުލުމުން މައްސަލައިގެ ޝަރީޢަތް ފެށުމުގެ ކުރިން ކުށަށް އިޢުތިރާފްވެފައިވުމުން ޙުސައިން ޝަހީމަށް ކަނޑައެޅޭ އަދަބުގެ އަސާސީ މިންގަނޑުން 1 ދަރަޖަ އެކު ޖުމްލަ 03 ދަރަޖަ ދަށް ކުރުމުން ޙުސައިން ޝަހީމަށް ކަނޑައެޅނޭ އަދަބުގެ މިންވަރަކީ 04 މަހާއި 24 ދުވަހުގެ ޖަލު ޙުކުމެއްކަން އެނގެއެވެ.
ޖަލު ޙުކުމް ޖޫރިމަނާއަށް ބަދަލު ކުރުން
27ކުރިންވެސް ފާހަގަ ކުރި ގޮތަށް ކުށްވެރިއެއްގެ މައްޗަށް ކަނޑައެޅޭ ޖަލު އަދަބެއް، ޤާނޫނުލްޢުޤޫބާތުގައި ހުއްދަކުރެވިފައިވާ އެހެން ގޮތެއް ބޭނުންކޮށްގެން އެ ޤާނޫނުގެ 1005 ވަނަ މާއްދާގައި ބުނާ އަދަބުތަކުގެ މިންވަރު ދައްކުވައިދޭ ތާވަލުގައި ބުނާ ގޮތަ ތަކުގެ މައްޗަށް ރިޢާޔަތް ކޮށް، ގޭގައި ބަންދުކުރުމުގެ އަދަބަކަށް ނުވަތަ ޖޫރިމަނާ ކުރުމުގެ އަދަބަކަށް ނުވަތަ މުޖްތަމަޢއަށް ޚިދުމަތް ކުރުން، އުޅޭ ނޫޅޭ ގޮތް ބެލުން އަދ ޕްރޮބޭޝަން ފަދަ އަދަބަކަށް ބަދަލު ކުރެވިދާނެކަން އެނގެއެވެ.
28މިމައްސަލައިގައި ޙުސައިން ޝަހީމްގެ ފަރާތުން އެދިފައިވަނީ އޭނާއަށް ކަނޑައެޅިފައިވާ އަދަބު ޖޫރިމަނާއަކަށް ބަދަލުކޮށްދިނުމަށެވެ. ޙުސައިން ޝަހީމަށް ކަނޑައެޅުނު ޖަލު އަދަބު ޖޫރިމަނާއަކަށް ބަދަލު ކުރުމަށް ދައުލަތުގެ ފަރާތުން އިޢުތިރާޟް ކޮށްފައެއް ނުވެއެވެ.
29ޙުސައިން ޝަހީމްއަށް ދަށު ކޯޓުން ކަނޑައެޅި ޖަލުގެ އަދަބުގެ މިންވަރު ދަށް ކުރަންޖެހޭކަމަށް ބެލެވެން އޮތުމުން އބަދަލުގެ ސަބަބުނ ޙުސައިން ޝަހީމްގެ މައްޗަށް އެ ކޯޓުން ކަނޑައެޅުނު ޖޫރިމަނާގެ މިންވަރަށްވެސް މި ކޯޓުން ބަދަލު ގެންނަންޖެހޭނެކަން އެނގެއެވެ. އެހެންނަމަވެސް މިމައްސަލަ ހައިކޯޓުގައި ހިނގަމުންދަނިކޮށް ތަޢާރަފް ކުރެވުނު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ "ޝަރީޢަތުން އަދަބު ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 1002 ވަނަ މާއްދާ – "ކަނޑައެޅޭނެ އަދަބުގެ މިންވަރު ބަޔާންކޮށްދޭ ތާވަލު" ކަނޑައެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އެ ޞލު" ގ 24 ވަނަ މާއްދާގެ (ނ) ގެ 2 ވަނަ މާއްދާއަށް ބަލާއިރު، އެ މާއްދާގައި "ހަމައެކަނި ޖޫރިމަނާގެ އަދަބު ކަނޑައެޅޭނީ ޖުނަޙްގެ ކުށްތަކުގައި އެކަނިކަން" މިފަދައިން ބުނާތީ އާއި ޙުސައިން ޝަހީމްގެ މައްޗަށް ސާބިތުވެފައިވާ ކުށަކީ ޖިނޔަތުގާ 4 ވަނަ ދަރަޖައިގެ ކުށެއްކަމަށްވާތީ ދިވެހިރާއްޖޭގެ ހައިކޯޓުން ޙުސައިން ޝަހީމްގެ ޖޫރިމަނާގެ މިންވަރަށް ބަދަލު ގެންނައިރު ޙުސައިން ޝަހީމްގެ މައްޗަށް ސާބިތުވި ކުށުގެ ބާވަތާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ބުނެވުނު އުޞޫލުގެ ދަށުން ޖޫރިމަނާގެ އަދަބު ކަނޑައެޅުމުގައި ބަލަން ބުނެފައިވާ ކުށުގެ ބާވަތަށް ރިޢާޔަތްކުރާއިރު މި މައްސަލައިގައި މި ކޯޓުން ގޮތެއް ނިންމާއިރު ޙުސައިން ޝަހީމްގެ ޖަލުގެ އަދަބު ޖޫރިމަނާއަށް ބަދަލުކޮށްގެން މި ކޯޓުން ގޮތެއް ނިންމިދާނެކަން ނުވަތަ ނޫންކަން އެއީ ކުރިމަތި ވެދާނެ ސުވާލެކެވެ.
30HN6އެ ނުކުތާއާމެދު އަހުރެންނަން ފެނުނު ގޮތަކީ، ޖަލު ޙުކުމެއް ޖޫރިމަނާއަކަށް ބަދަލު ކުރެވޭނީ ހަމައެކަނި ޖުނަޙްގެ ކުށްތަކުގައި އެކަނި ކަމަށްވުމަކީ ޤާނޫނުގައި ބުނެފައިވާ ގޮތަކަށް ނުވާއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ބުނެވުނު އުޞޫލު ވުޖޫދުވެފައިވަނީ ޙުސައިން ޝަހީމްގެ މައްޗަށް ދަށު ކޯޓުން އަދަބު ކަނޑައެޅުމުގެ ފަހަށް ކަމުގައިވާތީ ބުނެވުނު އުޞލޫ ގައު ބުނާ އެކަންތައް ރަޖުޢީކޮށް ޙުސައިން ޝަހީމްގެ މައްޗަށް ތަޠުބީޤު ކޮށް އޭނާއަށް ގެއްލުމެއް ލިބޭ ގޮތަށް މާނަ ކުރެވިގެން ނުވާނެކަމުގައެވެ. މިހެންކަމުން ޙުސައިން ޝަހީމްގެ މައް ޗަށް ސާބިތުވެފައިވާ ކުށަކީ، ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށެއްކަމުގައިވީނަމަވެސް މި މައްސަލައިގައި ޙުސައިން ޝަހީމްގެ މައްޗަށް ކަނޑައެޅުނު ޖަލު އަދަބު ޖޫރިމަނާއަކަށް ބަދަލު ކުރުމުގައި ޤާނޫނީ ގޮތުން ހުރަހެއް އޮތްކަމުގައި އަހުރެން ނުދެކެމެވެ.
ޙުސައިން ޝަހމްއަށީ ޖޫރިމަނާގެ އަދަބު ކަނޑައެޅުން
31ޙުސައިން ޝަހީމްގެ މައްޗަށް ޤާނޫނުލްޢުޤޫބާތުގެ 1002 ވަނަ މާއްދާގައި އަދަބު ކަނޑައަޅައި މިންގަނޑުން ދެވޭ އަދަބުގެ އަސާސީ މިންގަނޑު ކަމުގައިވާ 01 (އެކެއް) އަހަރާއި 07 (ހަތެއް) މަހާއި 06 (ހައެއް) ދުވަހުގެ ޖަލު ޙުކުމް، ޤާނޫނުލްޢުޤޫބާތުގެ 1106 ވަނަ މާއްދާގެ (ހ) އަދި (ށ) އަށް ރިޢާޔަތްކޮށް 3 ދަރަޖަ ދަށްކުރުމުން ކަނޑައެޅޭ އަދަބުގެ މިންގަނޑަކީ 04 މަހާއި 24 ދުވަހުގެ ޖަލު ޙުކުމްކަމަށްވާތީ، އެ މުއްދަތު ޤާނޫނުލްޢުޤޫބާތުގެ 1005 ވަނަ މާއްދާގެ (ނ) އަށް ރިޢާޔަތްކޮށް ޖޫރިމަނާއަށް ބަދަލު ކުރުމުން ކަނޑައެޅޭ އަދަބުގެ މިންވަރަކީ، -0/28,80ރ. (އަށާވީސްހާސް އށަ ސަތޭކަ ރުފިޔާ) ޖޫރިމަނާކުރުން ކަން އެނގެއެވެ.
32ޙުސައިން ޝަހީމްގެ ޖަލު ޙުކުމް ޖޫރިމަނާއަށް ބަދަލު ކުރުމުން ޙުސައިން ޝަހީމް ގެ ފަރާތުން ދައްކަންޖެހޭ ޖޫރިމަނާ ފައިސާ ދެއްކުމުގައި ލުއިގޮތެއް ހަދާ ދިނުމަށާއި ބައި ބައިކޮށްގެން ޖޫރިމަނާ ދެއްކޭނެ ގޮތެއް ހަދައިދިނުމަށް އޭނާގެ ފަރާތުން މި ކޯޓުގައި އެދިފައިވެއެވެ. ދައުލަތުގެ ފަރާތުން ބުނެފައިވަނީ ޖޫރިމަނާގެ ފައިސާ ބައިކޮށްގެން ދެއްކޭގޮތަށް ޙުކުމް ކުރިޔަސް އެންމެ ރަނގަޅުކަމަށާއި އެހެންނަމަވެސް އެ ޢަދަދު ވާންޖެހޭނީ އަދަބެއް ލިބޭކަމުގެ އިޙްސާސްކުރެވޭ މިންވަރުގެ ޢަދަދެއްކަމަށެވެ.
33HN7ޙުސައިން ޝަހީމްގެ ފަރާތުން ޖޫރިމަނާ ދައްކަން އެދި ހުށަހެޅި ގޮތަށާއި ދައުލަތުގެ ފަރާތުން އެދިފައިވާ ގޮތުގެ މައްޗަށް ރިޢާޔަތްކޮށް ޖޫރިމަނާއާ މެދު ގޮތެއް ކަނޑައެޅުމުގެ ކުރިން ޙުސައިން ޝަހީމް އަށަ އާމްދަނީގެ ގޮތުގއަ ފައިސާ ލިބޭ މިންވަރު ބެލިފައވާނެއެވެ. އެ ކަން ބެލުމަށްޓަކައި ވޭތުވެދިޔަ 3 މަސްދުވަހު ޙުސައިން ޝަހީމްގެ ބޭންކް އެކައުންޓަށް ވަދެފައިވާ ފައިސާ ދެނެގަތުމުގެ ގޮތުން ޙުސައިން ޝަހީމްގެ ބޭންކް އެކައުންޓުގެ ސްޓޭޓްމަންޓެއް ޝަރީޢަތުން ހޯދާފައިވާނެއެވެ. ' 2019 / HC -A/ 13 ,.,,,,.o.,, c.:,(? 0(.J:.00 C. ,,,,,,., ,x.,,,,.,,,,,..:, o:,:,:, 0 //C. D_,,,,,.-,.,,,.,,, / C.O (./0(. ;"OP.,,.,.,,., .sev E;"E,-....Jc.? V/.? .J-J"'V/.? ' .r-.?;"./ .r-A./'1.,JA A.fOOPOP,-....J ft./'1,.P,-....JA _,,,.,,.,,.,.,,,, / / / / ~ / ~.,,,,. / / 0.,,, 0/ 0 / > (? > / 0/ > C. ~ 0 ,,,,, ,.PA.,1 .J, A t. .r-V ,/'_s<A .? .r-A ,-....J/. ,/'OP;" V A/ .? • .? JftA~ .S 60/K4C/20 17 / ,,, / / / o.,,,,. o.,,,.:, o:,:, ,,,.,,,,,,,.,,,,,,,, o,,,,,.,,,,,, .,,,,.,xo>> ,,,,,,o,,,,, c.:, c. ox:, ~ .,,,,. .?./ ~ .r-A ,-....J/. .r-,/' V J .? A.r-J / ./'1 OP ,/' V.? ft/ A J .fO J .r-.r- /.A~ ;" ./ J .r-A ' ,/'V/ftOP AOP ,? .,,, .,,,, .,,,,,. .,,,,. / / 0 > / 0 /// / >/ / /~O~ / / C. :, ~:,::,:, 0 :, :,:, ~ 0/ > ,;:, / ' '0 > .P.,,,,"' .,,., t..,,., J.,,.,.? A.J,A t..r-v OP./'1A AJ./'1A.? .r-.P 1002 J J"' OP .5 .-J.,,?'.r-.r-.5 ,/',/'V,,7 .I° ,.PA.,1 ,.P;" ,.P ,/' V / / / / ~ .,,,. .,,,, >/ C.:,.,,,,. :, ,;:,/ ( 0' / ) ~,,,,.,,,,. ,;:, / > / > / 0 ,;:, / C. :, ,,,,, .,,, ( AA0 '/ ✓ ) A ✓ .? A;" ✓ A ( AVA0' ' ) ,.PAJ.?V ,-....J,-....JA /c J ./ .P.,,,, 06 A./0 ✓ 07 01 t..r- J.,,.,.? JOP./'1A / / / / ,;:, C. :, ~:,:,:, 0 :, >> ~ A' 03 1106 J .I° OP .5 .-J.,,?'.,,.,.,,., .5 ,,,,,,.,,,,. ,,,,,,. ~ / ,.,,,,. / 0/0/ c.o / A' OP./'1A /c ,.PA.,J.J-At..r-v.,,,,. .,,,. ./'/A.? J.? .p✓ ~ J' 1002 ' ( ,;:, > o ~o ~.,,,. ) OX O ✓ ~ 0/ J ft.,,;" ,-....J/,-....J,.P./'A •;"2 8 , 800/- ,/'V .fO fl .-J;" ,/'A 1005 / ,;:, / o,,,o ~.,,,,. ~o.,,,,. o.,,, (?x:, c.c. ./'.?;"V~.,,? ✓ VA./'1 ./'AE;".f"A fl.r-,.P;" ,?/ ,,,,, c.,(?.,,,,.,u.o~c. t:.~o.,,,,. o.,,;c.:,xc. ,;o_,,o,,,,,.o,,; o,,,,,, (::>:, / o/> J EVA ✓ J cA;" ✓ ,.P./'1 /OP ft.A~ .S.? .r-./0.? J.fOJA AJ.r-A ,/'A .?./~ .r-A,-....J/. ,/'OP;"V A/.?•.? .,,,,. .,,,,,,,,.,,, .,,, ,,,,, ,? ,,,,,. .p ,,,,,. ,,,,,..,,, C. C. ox O :, :, 0 :, ,? 0 •.J1 .?.,1 ,/' V .? V /. .r-.S.,1 .fO A A .p .,,,. .,,, > o:,:, .,,,,,,,, ~o .,,, :;"v .?V/. A/01> ft.A~ .S.? , ,,, ,,, ,,, :, .,,,,, .,,,,. :, ,? .,,,,. 0/ / ,,,,,,o.,,,,.:, :,,? / ;" .? ,-....J /.,:, ;" ft t..,,.,.,, / ~ A .,1 ./'1.? A/..? ;" ft t..r-.,1 .p .p ,,,,, / / oC, t.O? t.. t.~ o.> >>>-P- o (:J,,- '- "'-" ? t.. . www-highcourt-gov-mv info@ highcourt-gov-mv
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 2014/09 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 310 ވަނަ މާއްދާގެ (ހ) ގެ (1) އަދި (2)، އަދި (ނ) ގެ (1) ގެ (II)
- ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 1000 ވަނަ މާއްދާގެ (ށ)
- ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 1002 ވަނަ މާއްދާ (ކަނޑައެޅޭނެ އަދަބުގެ މިންވަރު ބަޔާންކޮށްދޭ ތާވަލު)
- ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 1005 ވަނަ މާއްދާ (ތަފާތު އަދަބު އެއްހަމަކުރާ ތާވަލު)
- ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 1100 ވަނަ ބާބު
- ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 1106 ވަނަ މާއްދާގެ (ހ) އަދި (ށ)
- ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 1107 ވަނަ މާއްދާގެ (ހ)
- ސުޕްރީމް ކޯޓުގެ ނަންބަރު 2021/02 (ޝަރީޢަތުން އަދަބު ކަނޑައެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު) ގެ 24 ވަނަ މާއްދާގެ (ނ) ގެ (2)
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.