ޢަލީ އިބްރާހީމް ފިނިވާގެ ވ. ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ސިވިލް ކޯޓު 14/Cv-C-HD/2016
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ހުޅުމާލޭގެ ޞިނާޢީ ބިމެއް ކުއްޔަށްދޫކުރުމުގެ އެއްބަސްވުން، ބިމުގައި ޞިނާޢަތް ޤާއިމުނުކުރުމާއި ފާރު ނުރާނުމުގެ ސަބަބުން އެޗްޑީސީއިން ބާޠިލުކުރީ އެއްބަސްވުމާ އެއްގޮތަށްތޯ؛ އަދި ޞިނާޢަތް ޤާއިމުކުރުމަކީ އެއްބަސްވުމުގެ ޖައުހަރީ މާއްދާއެއްތޯ.
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުދަށުކޯޓުގެ ޙުކުމް ބާޠިލު؛ އެއްބަސްވުން ނިމުމަކަށް ގެނައިކަމަށް އެޗްޑީސީއިން އެންގީ އެއްބަސްވުމާ ޚިލާފަށް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ސީދާ މި އިސްތިއުނާފީ މައްސަލާގައި އޮތް ވާޤިޢާތަކުގެ މައްޗަށް އުފެދުނު ބަހުސާމެދު، އެއް ފަރާތެއްގެ ނަން ފިޔަވައި އެއްގޮތް އެއްބަސްވުމަކާ ގުޅިގެން ސުޕްރީމް ކޯޓުން (2018/SC-A/22) ގޮތް ކަނޑައަޅާފައިވާނަމަ، މަތީ މަރުޙަލާގެ ކޯޓުތަކުގެ ނިންމުންތަކަށް ދަށު މަރުޙަލާގެ ކޯޓުތައް ތަބާވާންވާނެ ކަމަށް ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާތީ، އެ ޤަޟިއްޔާގެ ސަބަބުތަކަށް ރިޢާޔަތްކޮށް ދަށު ކޯޓުގެ ޙުކުމް ބާޠިލުކުރަންޖެހެއެވެ.
HN2 ކުއްޔަށްދޫކުރާ ފަރާތުން ޢަމަލުކުރި ގޮތުގެ ސަބަބުން ބިން އަނބުރާ ހަވާލުކުރެވެން ނެތް ޙާލަތަށް ދިޔަނަމަ، އެ ބިން ހަވާލުކުރުމަށް އުފުލަންޖެހޭ ހުރިހާ ޒިންމާއެއް އުފުލަންޖެހޭނީ އެ ފަރާތުންނެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޙަސަން ޝަފީޢު، މުޙައްމަދު ފައިޞަލް، ޙުސައިން ޝަހީދު
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙަސަން ޝަފީޢު · ތާއީދުކުރެއްވީ: މުޙައްމަދު ފައިޞަލް، ޙުސައިން ޝަހީދު
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔު:(މްރައުޔަށް ފަނޑިޔާރުމުޙައްމަދު ފައިޞަލް އާއި ފަނޑިޔާރު ޙުސައިން
ޝަހީދު ތާއީދުކުރެއެވ).
ތަޢާރުފު
3މިއީ، ސިވިލް ކޯޓގު ނަންބަރު HD/2016-C-14/Cv (436/HMC/2015) ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި އދ.ފެންފުށި / ޢަލީ އިބްރާހީމް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބލަ ފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފރައްދުވާ ފަރާތަކީ، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެޗްޑީސީ) އެވެ.
ކަންހިނގާފައިވާ ގޮތް
3. 41 ޑިސެންބަރު 6222 ގައި ނަންބަރު HDC/LDL/05/061 އެއްބަސްވުމުގެ ދަށުން ޢަލީ އިބްރާހީމް އަށް ހުޅުމާލޭގެ ނަންބަރު 42142 25)-(M3 ބިން ލިބިފައިވެއެވެ.
2އިސްވެބުނެވުނު އެއްބަސްވުމާ ޢަލީ އިބްރާހީމް ޚިލާފުވެފައިވާކަމަށްބުނެ، އެއްބަސްވުން ނިމުމަކަށް ގެނައިކަން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑގް ނަންބަރ L/PRV/2015/1567-HDC(161) (47 ސެޕްޓެމްބަރ 6242) ސިޓީއިން ޢަލީ އިބްރާހީމްއަށް އަންގާފައިވެއެވެ.
1. އިސްވެ ބުނެވުނު ނޯޓިސް ދީފައިވަނީ އެއްބަސްވުމުގެ 42 ވަނަ މާއްދާގެ ދަށުން ކަމުގައިވީނމަވެސް އ މާއްދާއަކީ އެއްބަސްވުމުގެ ދަށުން ކުއްޔަށް ހިފާފަރާތ ކުރުން ލާޒިމުކަމެއް ކުރުމަށް މުއްދަތު ދިނުމާއި، ރަނގަޅުކުރަންވީކަމެއް ކުއްޔަށްދޫކުރާ ފަރާތުން އަންގަންޖެހޭނީ ކަމަށެ ބުން މާއްދާއެއްކަން ޢަލީ އިބްރާހީމް ފާހަގަކޮށްފައިވެއެވެ.
5ހަމައެއާއެކު އެއްބަސްވުން ބާޠިލުކުރެވިދާނެ ކަމަށް ބުނެފައިވަނީ އެއްބަސްވުމުގެ 47 ވަނަ މާއްދާގަ އިކަމާއި، އެ މާއްދާގައި ބަޔާންކޮށްފައިވަނ 42 ވަނަ މާއްދާގެ ދަށުން ދޭ މުއްދަތުގައި އެކަމެއް ރަނގަޅު ނުކޮށްފިނަމަ، އައިޑީރަޖިސްޓްރީ ނަންބަރު 793/2008-C ކަމުގެ ކުޑަބޮޑުމިނަށް ބަލައި -/1,000 ރުފިޔާއާއި -/15,000 ރުފިޔާއާ ދެމެދު ޢަދަދަކުން ކުއްޔަށް ހިފާ ފަރާތް ޖޫރމަނާކުރުމުގި އޚި ތިޔާރު ކުއްޔަށްދޫކުރާ ފަރާތަށް ލިބިގެންވާކަމާއި، އަދި ޖޫރިމަނާގެ ފައިސާ ނުދައްކައިފިނަމަ، އެއްބަސްވުން ނިމުމަކަށް ގެނައުމުގެ ނޯޓިސް ލިޔުމުން ދީ އެއްބަސްވުނ ނިމުމަކަށް ގެނައުމުގެ އިޚްތިޔރާ ކުއޔަށްދޫކުރް ފަރާތަށް ލިބިގެންވާކަމަށެވެ. އެހެންކަމުން، އެއްބަސްވުން ބާޠިލުކުރެވޭނީ އެއްބަސްވުމުގެ 47 ވަނަ މާއްދާގައިވާގޮތުގެ މަތިން އެއްބަސްވުމާ ކުއްޔަށްހިފާ ފަރާތުން ޚިލާފުވެގެން ކުރާ ޖޫރިމަނާ ފައިސާއެއް ނުދެއްކުމުންކަމަށް ޢަލީ އިބްރާހީމަ ދެކެއެވެ.
6ނަމަވެސް، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން އެއްބަސްވުން ނިމުމަކަށް ގެނައިކަން އަންގާފައިވނަ 47 ވަނަ މާއްދާގައިވާ އިޖުރާއަ ތުތައ ފުރިހަމަކުރުމެއް ނެތް އެ މާއްދާއާ ޚިލާފަށްކަމަށް ޢަލީ އިބްރާހީމް ދެކި އެއްބަސްވުން ނިމުމަކަށް ގެނެސްފައިވާ ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން އަންގާފައިވާ އެންގުމަކީ ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމާއި ޚިލާފު ބާޠިލު ނޯޓިސްއެއްކަމަށް ކަނޑައަޅައި އެއްބަސްވުމާ އެއްގޮތަށް ޢަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް އަންގައި އަމުރު ކޮށްދިނުމަށް އެދި ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވެއެވެ.
3އިސްތިއުނާފުކުރެވިފައި މިވަނީ އެގޮތުން ހުށަހެޅި ބެލުނު ސިވިލް ކޯޓުގެ ނަންބަރު HD/2016-C-14/Cv ޤަޟިއްޔާއެވެ.
ސިވިލް ކޯޓަށް ހުށަހެޅާ މައްސަލައިގެ ޚުލާޞާ
8ޢަލީ އިބްރާހީމް ގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލއިގަ ޚުލާޞކަމުގައި ބަޔާންކޮށްފައިވަނީ: "ހުޅުމާލޭގެ ނަންބަރު 42142 25)-(M3 ބިން، ކުއްޔަށް ދޫކުރުމަށް ޓަކައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއެކު، 41 ޑިސެންބަރު 6222 ގައި ކުރެވިފައިވާ "ސިނާ އީ ބޭނުންތަކަށް ހުޅުމާލޭން ބިން ކުއްޔަށްދޫކުރުމުގެ އެއްބަސްވުން" (އެއްބަސްވުން ނަންބަރު: HDC/LDL/05/061) ނިމުމަކަށް ގެނެސްފައިވާކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް ގެ ނަންބަރު L/PRV/2015/1567-HDC/(161) (74 ސެޕްޓެމްބަރ 6242) ސިޓީއިން ޢަލީ އިބްރާހިމް އަށް އަންގާފައިވާ އެންގުމަކީ "ސިނާއީ ބޭނުންތަކަށް ހުޅުމާލޭނ ބިން ކުއްޔަށްދޫކުރުމުގެ އެއްބަސްވުން" އާ ޚިލާފު ބާޠިލު ނޯޓިސްއެއްކަމަށް ކަނޑައަޅުއްވައިދެއްވައި، ސިނާއީ ބޭނުންތަކަށް ހުޅުމާލޭނ ބިން ކުއްޔަށްދޫކުރުމުގެ އެއްބަސްވުމާ އެއްގޮތަށް ޢަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް އަންގައި އަމުރު ކޮށްދެއްވުމަށް އެދި ހުށަހަޅާ މައްސަލަ"
3. އަދި އެ ޤަޟިއްޔާގައި ޙުކުމްކޮށްފައިވަނީ: [ދެންފަހެ، އިސްވެދިޔަ ބަޔާންތަކާއި ފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށް ބެލުމަށްފަހު، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑާއި އދ.ފެންފުށި ފިނިވާގެ ޢަލީ އިބްރާހީމް އާއި ދެމެދުގައިވެފައިވާ ހުޅުމާލެ ލޮޓް ނަންބަރު 42142 (ނަންބަރު 25-M3) ބިން ސިނާޢީ ބޭނުންތަކަށް ހުޅުމާލޭ ބިން ކުއްޔަށް ދޫކުރުމުގެ ނަންބަރު:HDC/LDL/05/061 (41 ޑިސެމްބަރު 6222) އެއްބަސްވުމުގެ ދަށުން އެބިމުގައި ޤާއިމުކުރަންޖެހޭ ސިނާޢަތު ޤާއިމުކޮށްފައިނުވުމާއި އެބިމުގެ ވަށާފާރު ރާނަންޖެހޭ މުއްދަތުގައި ރާނާފައި ނުވުމުން، އެއްބަސްވުމާއި އެއްގޮތަށް ޢަލީ އިބްރާހީމް ޢަމަލުކޮށްފައިނުވާކަން ހުށަހެޅިފައިވާ ލިޔުންތަކުން ޝަރީޢަތަށް ސާބިތުވާތީ، 47 ސެޕްޓެމްބަރ 6242 މިތާރީޚުގައި އެއްބަސްވުން ބާޠިލުކޮށް އެކަން ޢަލީ އިބްރާހީމް އަށް އަންގާ ފޮނުވާފައިވާ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ނަންބަރު L/PRV/2015/1567-HDC(161) (47 ސެޕްޓެމްބަރ 6242) ސިޓީގައިވާ އެންގުމަކީ ބާޠިލު އެންގުމެއް ކަމުގައި ކަނޑައަޅާނެތަނެއް ނެތްކަމަށާއި އަދި އެ އެއްބަސްވުމަށް ޢަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑަށް ޝަރީޢަތުން އަންގާނެ ތަނެއް ނެތްކަމަށް ޙުކުމްކޮށްފީމެވެ .] ސިވިލް ކޯޓަށް ހުށަ ހެޅި ދަޢު ވާ ފޯމުގެ 2 ވަނަ ނަންބަރު ސިވިލް ކޯޓުގެ ނަންބަރު HD/2016-C-14/Cv (436/HMC/2015) ޤަޟިއްޔާގެ ޙުކުމް.
އިސްތިއުނާފަށް ހުށަހެޅުނު ނުކުތާތައް
32.ސިވިލް ކޯޓުގެ ނަންބަރު HD/2016-C-14/Cv (436/HMC/2015) ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި ޢަލީ އިބްރާހީމގް ފަރާތުން އަންނަނިވި ނުކުތާތައް ހުށަހަޅާ އެ ނުކުތާ ތަކަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވަކާލާތުކޮށްފައިވެއެވެ. އެގޮތުން، ހުށަހަޅާފައިވާ ނުކުތާތަކަކީ:
42.4 ޞި ނާޢަތު ޤާއިމުކުރުމަކީ، ނަންބަރު HDC(LDL)/05/061 އެއްބަސްވުމުގެ ޖައުހަރީ މާއްދާއެއްކަމަށް ކަނޑައަޅުއްވާފައިވަނީ، އެއްބަސްވުމުގެ މާއްދާތަކާއި ޚިލާފަށް އަދި ކޮންޓްރެކްޓް މާނަކުރުމުގެ ހަމަތަކާ ޚިލާފަށްކަމަށބުނެ ހުށަހެޅި ނުކުތާ؛ އާއި
42.6 ޤާނޫނު ނަންބަރު 14/1 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 62 ވަނަ މާއްދާ (ނ) ސިވިލް ކޯޓުން މާނަކުރައްވާފައިވަނީ މާނަކުރުމުގެ ހަމަތަކާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ؛ އަދި
42.1 ނަންބަރު HDC(LDL)/05/061 އެއްބަސްވުން ބާޠިލުކޮށްފައިވަނީ، އެ އެއްބަސްވުން ބާޠިލުކުރުމަށް އެއްބަސްވުމުގެ ބައިވެރިން އެއްބަސްވުމުގައި ކަނޑައަޅާފައިވާ އުޞޫލާ ޚިލާފަށްކަމަށްވާއިރު، އެކަމަށް ރިޢާޔަތްކޮށްފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
އިސްތިއުނާފުކުރާ ފަރާތުން އެދޭ ގޮތް
33އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ: " ސިވިލް ކޯޓްގެ ނަންބަރ HD/2016-C-14/Cv ޤަޟިއްޔާއިން ނިންމަވާފައިވާ ނިންމުމަކީ ޝަރުޢީ އަދި ޤާނޫނީ އޞޫލުތަކ ޚިލާފަށާ ނިންމަވާފައިވާ ނިންމެވުމެއްކަމަށް ކަނޑައަޅައި، ސިވިލް ކޯޓްގެ ނަންބަރ HD/2016-C-14/Cv ޤަޟިއްޔާއިން ކުރައްވާފައިވާ ޙުކުމް ބާތިލުކޮށް، ހުޅުމާލޭގެ ނަންބަރު 42142 25)-(M3 ބިން، ކުއްޔަށްދޫކުރުމަށްޓަކައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއެކު، 41 ޑިސެމްބަރު 6222 ގައި ކުރެވިފައިވާ ހައިކޯޓަށް އިސްތިއުނާފަށް ހުށަހެޅި ފޯމުގެ 7 ވަނަ ނަންބަރު "ސިނާއީ ބޭނުންތަކަށް ހުޅުމާލޭނ ބިން ކުއްޔަށްދޫކުރުމުގެ އެއްބަސްވުން " (އެއްބަސްވުން ނަންބަރު HDC/LDL/05/061) ނިމުމަކަށް ގެނެސްފައިވާކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ނަންބަރު L/PRV/2015/1567-HDC/(161) (47 ސެޕްޓެމްބަރ 2624) ސިޓީއިން ޢަލީ އިބްރާހިމް އަށް އަންގާފައިވާ އެންގުމަކީ ސިނާއީ ބޭނުންތަކަށް ހުޅުމާލޭނ ބިން ކުއްޔަށްދޫކުރު މަށް ވެފައިވާ އެއްބަސްވުމާ ޚިލާފު ބާޠިލު ނޯޓިސްއެއްކަމަށް ކަނޑައަޅުއްވައިދެއްވައި، ސިނާއީ ބޭނުންތަކަށް ހުޅުމާލޭނ ބިން ކުއްޔަށްދޫކުރުމުގެ އެއްބަސްވުމާ އެއްގޮތަށް ޢަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް އަންގައި އަމުރު ކޮށްދެއްވުމަށާއި، އެ އެއްބަސްވުމުގެ ދަށުން ޢަލީ އިބްރާހީމަށް ލިބޭ އެންމެހައި ޙައްޤުތަކާއި އިމްތި ޔާޒުތައ ލިބިގަތުމަށް އެއްވެސް ބާވަތެއްގެ ހުރަހެއް ނޭޅުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް އަންގަވައި، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން 47 ސެޕްޓެމްބަރ 6242 ގައި ފޮނުއްވާފައިވާ ނަންބަރު /2015/1567L/PRV-HDC/(161) ސޓީގި ސަބަބުން ޢަލީ އިބްރާހީމް ލިބޭ ގެއްލުމުގެ ބަދަލު ހޯދުމަށް ދަޢުވާކުރުމުގެ ޙައްޤު، ޢަލީ އިބްރާހީމްއަށް އޮތްކަމަށް ކަނޑައަޅުއްވައިދެއްވައި މައްސަލަ ނިންމަވައިދެއްވުން ." މިފަދައިންކަން އެނގެން އޮވެއެވެ. އިސްތިއުނާފް ކުރާ ފަރާތުން ފާހަގަކުރު ކަންކަން އިސްތިއުނާފީ ފުރަތަމަ ނުކުތާއާ ގުޅޭ
33.ކޮންޓްރެކްޓެއްގެ ޖައުހަރީ މާއްދާއަކީ ކަމެއް ކުރުމަށް ލާޒިމުކުރުމަށްފަހު، އެ މާއްދާއަށް ޢަމަލު ނުކުރުމުން، އެ ކޮންޓްރެކްޓް ބާޠިލުކުރުމުގެ ބާރު ކޮންޓްރެކްޓުގެ މާއްދާއެއްގައި މޠު ލަޤަށު ކަނޑައަޅާފައިވް މާއްދާއެވެ.
32.ބުނެވުނު ޤާނޫނީ އުޞޫލަށް ބެލުމުން، ޞިނާޢަތު ޤާއިމުކުރުން ލާޒިމުކުރުމަކީ އެއްބަސްވުމުގެ ޖައުހަރީ މާއްދާއެއްނޫންކަން އެއްބަސްވުމުގެ 42 ވަނަ މާއްދާގެ (ށ) އިން އެނގެއެވެ.
31. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް ("އެޗްޑީސީ") އިން އެއްބަސްވުން ބާޠިލުކޮށް ފޮނުވި ނަންބަރު L/PRV/2015/1567-HDC(161) ސިޓީގައި ނަންބަރު HDC(LDL)/05/061 ހައިކޯޓަށް އިސްތިއުނާފަށް ހުށަހެޅި ފޯމުގެ 42 ވަނަ ނަންބަރު އެއްބަސްވުމުގެ 42 ވަނަ މާއްދާގެ (ށ) އާ ޚިލާފުވެފައިވާކަމަށް ބަޔާންކުރުމަށްފަހު، ބިން ކުއްޔަށްދޫކޮށްފައިވާ ޞިނާޢީ ބޭނުމަށް ބިން ބޭނުން ނުކުރާތީ، އެއްބަސްވުން ބާޠިލުވެފައިވާކަމަށް ބުނެފައިވެއެވެ. ވީމާ މި އެއްބަސްވުން، އެޗްޑީ ސީއިން ބާޠިލުކޮށްފައިވަނީ، ޞނި ޢާ ބޭނުމަށް ބިން ބޭނުން ނުކުރާތީކަމަށްބުނެކަނ ޓަރމިނޭޝަން ނޯޓިހުން އެނގެއެވެ. އަދި ސިވިލް ކޯޓުންވެސެ ނިންމަވާފައިވަނީ ޞިނޢަތާ ޤާއިމުކުރުމަކީ އިސްތިއުނާފުކުރާ ފަރާތަށް އެއްބަސްވުމުން ލާޒިމުކޮށްފައިވާކަމެއްކަމަށެވެ. ނަމަވެސް، އެއްބަސްވުމުން އިސްތިއުނާފުކުރާ ފަރާތަށް އެކަންކުރުމަށް ލާޒިމުކޮށްފައިނުވެއެވެ.
35.އެއްބަސްވުމުގެ 42 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވަނީ، ކުއްޔަށްދޫކުރާ ބިމުގައި ކުރުމަށް ހުއްދަކޮށްފައިވާ ޞނި ޢާ ބޭނުމަށް ބިން ބޭނުންކުރުމަށެވެ. އެ ބިމުގައި ޞނި ޢާ ތ ޤާއިމުކުރުމަށް އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް އެ މާއްދާއިން ލާޒިމުނުކުރެއެވެ. އަދި އެ ބުނި ކުއްޔަށް ނެގީ އެހެންބަޔަކަށް ފައިދާހޯދ ދިނުމަށާ ކަމެއްކުރުމަށް ނޫންކަމަށާއި އެއީ ހަމައެކަނި އިސްތިއުނާފުކުރާ ފަރާތް އެ ބިމުގެ ބޭނުންކުރުމަށްޓަކައި ކުއްޔަށް ހިފި ބިމެކެވެ. އަދި އެ ބިން ބޭނުން ކުރީވެސް އިސްތިއުނާފުކުރާ ފަރާތގު ބޭނުމަށް ހުއްދަކޮށްފައިވާ ގޮތުގެ މަތިން ހުއްދަ ބޭނުންތަކުގައެވެ.
36.ބުނެވުނު މާއްދާތަކުގެ އިތުރަށް އެއްބަސްވުމުގެ އެއްވެސް މާއްދާއެއްގެ ނައްޞުގައި ބިމުގައި ޞނި ޢާތެއް ޤާއިމުކުރުން ލާޒިމުކަމެއް ކަމަކަށް ބުނެފައިނެތެވެ.
33. ޤާނޫނު ނަންބަރު 11/1 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 62 ވަނަ މާއްދާގެ (ހ) ގައި، ކޮންޓްރެކްޓެއްގެ ބައިވެރިއެއްގެ މައްޗަށް ލާޒިމުވާކަމެއް ކުރަންވާނީ، ކޮންޓްރެކްޓާ އެއްގޮތަށްކަމަށް ބުނެފައިވުމުން، ކޮންޓްރެކްޓަކުން އެ ކޮންޓްރެކްޓެއްގެ ބައިވެރިއެއްގެ މައްޗަށް ލޒިމުނުކުރާކަމެއް، ކުރުން ޝަރުތު ނުކުރެވޭނެކަން ސާފުކޮށް އެނގެއެވެ. އެހެންކަމުން، ބިމުގައި ޞނި ޢާތެއް ޤާއިމުކުރުމަކީ އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް ލާޒިމު ކަމެއް ކަމަށް ކަނޑައަ ޅާފައިވަނީ، ބުނެވުނު ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 62 ވަނަ މާއްދާގެ (ހ) އާ ޚިލާފަށެވެ.
38އެއްބަސްވުމުގެ 42 ވަނަ މާއްދާގެ (ށ) ގައިވެސް އަދި އެ އެއްބަސްވުމުގެ އެނޫން މާއްދާއެއްގައިވެސް އެ އެއްބަސްވުމުގެ ދަށނު ކުއްޔަށްދޫކުރެވުނު ބިމުގައި ޞި ނާޢަތެއް ޤާއިމުކުރުމަށް އިސްތިއުނާފުކުރާ ފަރާތު ގެ މައްޗަށް ލާޒިމުކޮށްފައިނުވެއެވެ. އެ އެއްބަސްވުމުގެ ދަށުން ލާޒިމުކޮށްފައިނުވާކަމެއް ނުކުރިނަމަވެސް އެއީ އެއްބަސްވުމާ ޚިލާފުވުމެއްނޫނެވެ. އެ އެއްބަސްވުމުގައިވާ ޓަރމިނޭޝަން އެއްވެސް މާއްދާއެއްގައި ޞނި ޢާ ތ ޤއިމުނުކުރީތާ އެ އެއްބަސްވުން ބާޠިލުކުރުމުގެ އިޚްތިޔާރެއް ނުވަތަ ބރެއާ އެޗްޑީސީއަށް ލިބިގެންވާކަމަކަށް ބުނެފައިނުވެއެވެ.
33.އަދި އެއްބަސްވުމުގެ 42 ވަނަ މާއްދާއަށް ބަލާއިރު އެއީ ޞިނާޢަތް ޤާއިމުނުކޮށްގެން އެއްބަސްވުން ބާޠިލުކުރުމަށް އެއްބަސްވުމުގެ ބައިވެރިން އެއްބަސްވެފައިވާ މާއްދާއެއް ނޫންކަން އެ މާއްދާގެ ނައްޞުން ("ކުއްޔަށްހިފާފަރާތުން ކުރަންޖެހޭ ކަންކަމުގެތެރެއިން، ކުލި ދެއްކުން ފިޔަވައި، އެހެން ކަމެއް މި އެއްބަސްވުން އެ ފަރާތުގެ މައްޗަށް ލާޒިމުކުރާ ގޮތުގެމަތިން ނުކޮށްފިނަމަ") އެނގެން އޮތުމުން، ހަމައެކަނި 42 ވަނަ މާއްދާއިންވެސް ޞިނާޢަތް ޤާއިމުކުރުމަކީ އެއްބަސްވުމުން އިސްތިއުނާފުކުރާ ފަރާތަށް ލާޒިމުކަމއެ ނޫންކަން އެނގެއެވެ. އަދި އެ މާއްދާއިން އެއްބަސްވުމުގެ ދެފަރތުގާ ނިޔަތުގައި ޞނި ޢާ ތ ޤާއިމުކުރުން ނުހިމެނޭކަން އެ މާއްދާގެ ފަހު ޖުމްލައިން ("މިފަދަ މުއްދަތެއް ދޭނީ، ރަނގަޅުކުރަންވީ ކަމަކާއި، ރަނގަޅުކުރަންވީ މުއްދަތެއް ކަނޑައަޅައި، ލިޔުމުންނެވެ." ) އެނގޭކަމާއި، އެގޮތުން އެ ޖުމްލައިގައި "ރަނގަޅުކުރަންވީ ކަމަކާއި ރަނގަޅުކުރަންވީ މުއްދަތެއް " މި ޢިބާރާތުގައިވާ "ރަނގަޅުކުރަންވީ" މި ލަފުޒުން އެއީ ކޮށްފައިވާ ކަމެއް ރަނގަޅު ކުރުންކަން އެނގޭކަމާއި، އެ ލަފުޒުން ޞނި ޢާތެއް ޤާއިމުކުރުމުގެ މާނަ ދޭހަނުވާކަމާއި، ޞނި ޢާ ތެއ ޤާއިމުކުރުން ލާޒިމުކޮށްފައިވާނަމަ، އޮންނާނީ ޢިމާރާތްކުރުނ ނުވަތް އެފަދަ މާނައެއް ދޭހަވާ ވަކި ހާއްސަކަމެއ ކުރުމަށް ބުން ނުވަތާ ދޭހަވާ ލަފުޒެއްކަމާއި، އެފަދަ ލަފުޒެއްގެ ބަދަލުގައި "ރަނގަޅުކުރަންވީ" މި ލަފުޒު ބޭނުންކުރުމުން ސާފުކޮށް ދޭހަވަނީ އެއްބަސްވުމުގެ ބައިވެރިންގެ ނިޔަތުގައި ޞނި ޢާ ތ ޤާއިމުކުރުން ލާޒިމުނުކުރާކަމާއި، ވަކި ހާއްސަ ޞިނާޢަތް ޤއިމުނާކުރިޔަސް އެއްބަސްވުން ބާޠިލުކުރުމުގެ އެއްވެސް ނިޔަތެއް ނެތްކަމެވެ.
32.އެއްބަސްވުމުގެތަޢާރުފުގައި، "މިއެއްބަސްވުމުގ ދަށުނެ ކުއްޔަށްހިފާފަރާތަށް، އެ ބިން ކުއްޔަށްދޫކުރުމަށް ކުއްޔަށްދޫކުރާފަރާތުން ބޭނުންވިހިނދު، މިހެން ބުނެފައިވާތީ،ހދ އެޗްޑީސީގެ މަޤްޞަދަކީވެސް ބިން ކުއްޔަށްދޫކުރުންކަމާއި، ބިމުގައި ވަކި ޞނާޢަތެއި ޤއިމުކުރުނާ ލާޒިމުކުރުން އެޗްޑީސީގެ ނިޔަތުގައި ނެތްކަން ސާފުކޮށް އެނގެއެވެ.
33.އެޗްޑީސީ ގެ ނިޔަތަކީވެސް އަދި މަޤްޞަދަކީވެސ ގަވާއިދުން ކުލި ދެއްކުން އިސްތިއުނާފުކުރާ ފަރާތގު މައްޗަށް ލާޒިމުކުރުންކަމާއި، މިގޮތުން ކުލި ގަވާއިދުން ލިބޭނެގޮތް ކަށަވަރުކޮށް، ކުލި ނުލިބޭނަމަ އެއްބަސްވުން ބާޠިލުކުރުމަށް ޚާއްޞަ މާއްދާތަކެއް (އެއްބަސްވުމުގެ 41، 41، 42 އަދި 42 ވަނަ މާއްދާ) ހިމަނާފައިވާތީ މިއީ ހަމައެކަނި ކުއްޔަށް ބިން ދޫކުރުމަށް ހަދާފައިވާ އެއްބަސްވުމެއްކަން ކަށަވަރުވެއެވެ. ހަމައެހެންމެ މި އެއްބަސްވުމުގައި ޤާ އިމުކުރަންވީ ޞނި ޢާ ތެއް، އެކަން ކުރަންވީ ގޮތެއް، މުއްދަތެއް، އަދި ހުންނަވީ ފެންވަރެއް، އިންވެސްޓްމަންޓުގެ މިންވަރެއް، ދޭންވީ ޚިދުމަތެއް، ޚދުމަތްދޭނި ފަށަންޖެހޭ ދުވަހެއް، މި ބާވަތުގެ އެއްވެސް ކަނޑައެޅުންތަކެއް ބަޔާންކޮށްފައެއް ނުވެއެވެ.
33. އެއްބަސްވުމުގައިވާ ޖައުހަރީ މާއްދާއަކީ ކުލި ދެއްކުމުގެ މާއްދާއެވެ. އެކަން ޔަޤީންކުރުމުގެގޮތުން ކުލި ގަވާއިދުން ލިބޭނެގޮތް ކަށަވަރުކޮށް، ކުލި ނުލިބޭނަމަ އެއްބަސްވުން ބާޠިލުކުރުމަށް ޚާއްޞަ މާއްދާތަކެއް އެއްބަސްވުމުގެ 13، 14، 15 އަދި 16 ވަނަ މާއްދާގެގޮތުގަ އ ހިމަނާފައިވެއެވެ. އަދި ގަވާއދުނި މިހާތަނަށްވެސް ކުލި ބަރާބަރަށް ދައްކަމުންދާތީ، އެއްބަސްވުމަށް ޢަމަލު ނުކޮށްގެން މިހާތަނަށް އެއްވެސް ޝަކުވާއެއް ނުވަތަ ނޯޓިހެއްވެސް އެޗްޑީސީއިން ފޮނުވާފައިނުވެއެވެ. މިކަމުންވެސް ޝައްކެތްނެތް މިންވަރަށް އެނގެނީ އެއްބަސްވުމުގެ ހަމައެކަނި ޖައުހަރީ މާއްދާއަކީ ކުލި ދެއްކުމުގެ މާއްދާކަމާއި، ޞނި ޢާ ތ ޤާއިމުކުރުމަކީ ލާޒިމުކަމެއްނޫންކަމާއި، އަދި ޖައުހަރީ މާއްދާއެއް ކަމަށްވެސް ބެލޭނީ އެކަން ލާޒިމުކޮށްފައިވާނަމަކަން އެނގެއެވެ.
32. އެއްބަސްވުމުގެ މުއްދަތު ހަމަވާއިރު އެ ތަނުގައި ޞިނާޢީ ވަކި ހާއްސަ މަސައްކަތެއް ނުކުރުމުގެ އިޙްތިމާލުވާކަމަށް އެޗްޑީސީއިންވެސ ޤަބޫލުކޮށްފައިވާކަން އެއްވެސް އޮޅުމެއްނެތި އެއްބަސްވުމުގެ އަންނަނިވި މާއްދާތަކުން އެނގޭކަމާއި، އެގޮތުން އެއްބަސްވުމުގެ 1 ވަނަ މާއްދާގެ (ރ) އާއި 42 ވަނަ މާއްދާގެ (ވ)، (ދ) އާއި 41 ވަނަ މާއްދާގެ (ހ) ގައި "ބިމުގައި ހުރިނަމަހުރި ނުއުފުލޭ މުދަލެއް" މި ޢިބާރާތަށް އެޗޑްސއިންވެސީ އެއްބަސްވެފައިވާކަމުން ދަލީލުކުރަނީ، އެއްބަސްވުމުގެ މުއްދަތު ހަމަވާއިރުވެސް ބިމުގައި ޞިނާޢީ ވަކި ހާއްސަ މަސައްކަތްކުރުމަށް ބިމުގައި ޢިމާރާތްކޮށް ބިން ތަރައްޤީކޮށްފައި ނުހުރެދާނެކަމަށ އެއްބަސްވުމުގް ބައިވެރިންގެ ނިޔަތުގައިހުރިކަން އެނގޭތީ، ޞނި ޢާ ތ ޤއިމުކުރުނާ އިސްތިއުނާފުކުރާ ފަރާތަށް ލާޒިމުނުކުރާކަން އެނގެއެވެ.
31. އެއްބަސްވުމުގެ ފެށުމުގެ މާއްދާގައި އެއްބަސްވުމަކީ "ބިން ކުއްޔަށްދޫކުރުމަށާއި ކުއްޔަށްހިފުމަށް" ވެވޭ އެއްބަސްވުމެއް ކަމަށް ބުނެފައިވާތީއާއި، އެއްބަސްވުމާ ޚިލާފުވެގެން އެއްބަސްވުން ބާޠިލުކުރުމުގައި ޢަމަލުކުރާ މާއްދާ ކަމުގައިވާ އެއްބަސްވުމުގެ 42 ވަނަ މާއްދާގައި،"ކުލި ދެއްކުން ފިޔަވައި" މި ޢިބާރާތަ ހިމަނައި އެއްބަސްވުމާ ޚިލާފުވުމުން ޢަމަލުކުރާނެ އިޖުރާއަތުން ކުލި އިސްތިސްނާކޮށް ކުލި ނުދެއްކުމުނު ޢަމަލުކުރާނެ ވަކި އުޞޫލެއް އެއްބަސވުމުގް 41 ވަނަ މާއްދާގައި ހާއްސަގޮތއްގައި އެއްބަސްވެފައިވާތީއާއި، މުޅި އެއްބަސްވުމަށް ބެލުމުން އެއްބަސްވުމުގެ މާއްދާތައްހުރީ ހަމައެކަނި ބިމެއް ކުއްޔަށްދޫކުރުމުގެ އެއްބަސްވުމެއްގެ ސިފަކަމަށްވާތީއާއި، އަދި ބައިވެރިންގެ ނިޔަތަކީވެސ އެއް ކަމަށްވާތީއާއި، ބިމުގައި ކުއްޔަށްހިފާފަރާތުން ކުރެވޭނޭ މަސައްކަތް ހުދޫދުކޮށް އެހެނިހެ ނ މަސައްކަތް ނުކުރެވޭނެގޮތަށް ޝަރުތުކޮށްފައިވާތީއާއި، ބިމުގައި ކުރުމަށް ކުއްޔަށްހިފާ ފަރާތުން ބޭނުންވާ މަސައްކަތްކުރާނެގޮތާއި އެކަމަށް ބޭނުންވާ އާލާތާއ ޢިމާރާތްތަކާއި މިނޫންވެސް މަސައްކަތާގުޅޭ ތަފްޞީލުތައް އެއްބަސްވުމުގައި ނުހިމަނައި އެކަން ކަނޑައެޅުން ކުއްޔަށްހިފާ ފަރާތަށް ދޫކޮށްލާފައިވުމުން، މި އެންމެހައި ކަންކަމަށް ބެލުމުން އެއްބަސްވުމަކީ ހަމައެކަނި ބިމެއް ކުއްޔަށްދޫކުރުމުގެ ނިޔަތުގައި، ބިމެއް ކުއްޔަށްދޫކުރުމަށް ވެފައވި އެއްބަސްވުމެއްކަމާއި، އެއްބަސްވުމުގެ ޠަބީއަތަކީ ކުއްޔަށްދޫކުރުމަށް އަދި ގަވާއިދުން ކުލި ދެއްކުން އިސްތިއުނާފުކުރާ ފަރާތަށް ލާޒިމުކުރުވުމަށް ކޮށްފައިވާ އެއް ބަސްވުމެއްކަމާއި، އެއާ ޚިލާފަށް، ބިމުގައި ވަކި ހާއްސަ ޞިނޢާ ތ އެ ޤާ އިމުކުރުން އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް ލޒިމުކުރާވާފައިނެތްކަން އެނގެއެވެ.
35. އެއްބަސްވުމަކީ ޞިނޢާ މަސައްކަތްކުރުން ޖައުހަރުކަމެއްގެގޮތުގައި ލާޒިމުވާގޮތަށް ޝަރުތުކޮށް ހަދާފައިވާ އެއްބަސްވުމެއްވެސ ނޫންކަން އެ އެއްބަސްވުމުގެ ޠަބީޢަތަށް ބަލާއިރުވެސް އެނގެއެވެ. ބިން ތަރައްޤީކުރުމަށްޓަކައި ދޫކުރާ އެހެނިހެން އެއްބަސްވުންތަކުގައި (މިސާލަކަށް ޓޫރިސްޓް ރިސޯޓް ތ ރައްޤީކޮށް، މެނޭޖްކޮށް އަދި ހިންގުމަށް ކުއްޔަށްދޫކުރެވޭ އެއްބަސްވުން) އެ ރަށެއްގައި ބިމެއްގައި ޢިމާރާތްކުރުމަށް ލާޒިމުވާގޮތަށް ޝަރުތުކޮށްފައިވެއެވެ. އަދި ތރައްޤީކުރުމަށަ ކުރަންޖެހޭނެކަންކަން ތަފްޞީލުކޮށް، ވަކި ޝެޑިއުލްއެއްގެ ދަށުން، އަދި މަސައްކަތްކުރަމުންދާއިރު، އިންސްޕެކްޓްކުރުމާއި، މުޅި މަސައްކަތް ނިންމުމަށް ވަކި ތާރީޚެއް ދިނުމާއި، މަސައްކަތް ނިންމަން އޮންނާ ތާރީޚު ތަކަށް ނުނިމުން ޖޫރިމަނާކުރުމާއި، އެއްބަސްވުން ބާޠިލުވާނެކަ ނ މުޠުލަޤަށް އެއްބަސްވުމުގައި ކަނޑައަޅާފައިވުމާއި، އެފަދަ އެއްބަސްވުމުގެ މާއްދާތަކުގައި ކއްޔަށްދޫކުރު ފަރާތުން ރަށް/ބިން ކުއްޔަށްދޫކުރަނީ އެ ރަށުގައި/ ބިމުގައި ރިސޯޓެއް/ހޮޓަލެއް ތަރައްޤީކޮށް، އޮޕަ ރޭޓްކޮށް އަދި ހިންގުމަށްކަމަށް ލިޔެފައިވުންފަދ ކަންކަނަ ހިމެނެއެވެ. އެއާ ޚިލާފަށް މި އެއްބަސްވުމަކީ އެފަދަ އެއްވެސް ސިފައެއްނެތް އެއްބަސްވުމެކެވެ. އެ އެއްބަސްވުމުގެ ސުރުހީ އާއި މާއްދާތަކުން އެ އެއްބަސްވުމަކީ ޞިނޢާ ބޭނުންތަކަށް ހުޅުމާލޭނ ބިން ކުއްޔަށްދޫކުރުމުގެ އެއްބަސްވުމެއްކަމަށް އަދި އެއްބަސްވުމުގެ ތަޢާރުފުގައި "މި އެއްބަސްވުމުގެ ދަށުން ކުއްޔަށްހިފާ ފަރާތަށް، އެ ބިން ކުއްޔަށްދޫކުރުމަށް .. ބޭނުންވި ހިނދު" މިހެނ ލިޔެފައި އޮތުމުން އެޗްޑީސީގެ ނިޔަތަކީ އެ ބިމުގައި ޞިނާޢަތް ޤާ އިމުކުރުން ނޫންކަމާއި އެޗްޑީސީގެ ނިޔަތަކީ އެ ބިމުގައި ކުރުމަށް ހުއްދައޮތް ކޮންމެ ކަމެއް ކުރުމަށް ހަމައެކަނި ބިން ކުއްޔަށްދޫކުރުން ކަން ސާފުކޮށް އެނގެއެވެ.
36. މިހާތަނަށް އެޗްޑީސއިނީ ޢަމަލުކޮށްފައިވާގޮތުންވެސް، ޞިނާޢަތް ޤާއިމުކުރުމަކީ އެއްބަސްވުމުގެ ދަށުން އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް ލާޒިމުކަމެއްނޫންކަނު އެނގޭކަމާއި، އެއްބަސްވުމުގެ ދަށުން ޞނި ޢާ ތ ޤއިމުކުރުނާ އިސްތިއުނާފުކުރާ ފަރާތަށް އެއްބަސްވުމުން ލާޒިމުކުރުވާފައިވާނަމަ، އެއްބަސްވުމުގައި ސޮއިކުރި ތާރީޚުން ފ ށިގެން، ޓަރމިނޭޝަން ނޯޓިސް ދިން ތާރީޚުގެ ނިޔަލަށް ހިނގި މުއްދަތުގައި، އެ ބިމުގައި ޞިނާޢަތް ޤާއިމު ނުކޮށްގެން ދީފައިވާ ނޯޓިހެއް ނުވަތަ ޞނި ޢާތް ޤާއިމުނުކުރާތީ އެއްބަސްވުމާ ޚިލާފުވިކަމަށްބުނެ އެންގުމެއް، ހަނދާންކޮށްދިނުމެއް، އިންޒާރުދިނުމެއ ނުވަތް އެނޫންވެސް ގޮތަކުން ޞިނޢާ ތ ޤއިމުނުކޮށްގެނާ އިސްތިއުނާފުކުރ ފަރާތށަ އެޗްޑީސީއިން ކޮންމެވެސް އެންގުމެއް އަންގާފައި އޮންނަން ޖެހޭނެ ކަމާއި، ނަމަވެސް މިފަދަ އެއްވެސް ނޯޓިހެއް ނުވަތަ އެންގުމެއް އަންގާފައި ނުވެއެވެ. އަދި ޞި ނޢާ ތ ޤާއިމުކުރުމަކީ އެއްބަސްވުމުގެ ޖައުހަރީ ކަމެއްކަމަށް ނުވަތަ އެއްބަސްވުމުގެ މަޤްޞަދުކަމަށް އެއްބަސްވުމުގައިވާކަމަށ އެޗްޑީސީއިން ދެކޭނަމަ، އެކަމާމެދު ފިޔަވަޅު ނާޅައި ނުތިބޭނެއެވެ. އެފަދަ ފިޔަވަޅެއް ނާޅައި އެޗްޑީސީ އިން ތިބިތިބުމަކީ ޞނި ޢާތް ޤއިމުކުރުނާ އިސްތިއުނާފުކުރާ ފަރާތަށް ލާޒިމުނުވާކަން ނުވަތަ ޞނި ޢާ ތ ޤއިމުކުރުމަކާ އެއްބަސްވުމުގެ ޖައުހަރީކަމެއް ނޫންކަން އަދި އެއީ އެއްބަސްވުމުގެ މަޤްޞަދު ނޫންކަން ޟމްނީގޮތުންވެސި އެޗްޑީސީއިން ޤބޫލުކުރާކަމެއްކަނަ ސާފުކޮށް އެނގެއެވެ.
އިސްތިއުނާފީ ދެވަނޭނުކުތާއ ގުޅޭ
33.ޤާނޫނ ނަންބަރު 4/91 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 21 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވަނީކަނޑައަޅާފައިވާ ބަހެއް ނުވަތަ ޢިބާރާތެއް ނުވަތަ ޖުމްލައެއް ބޭނުންކޮށްފައިވާ ގޮތުނި އޭގެން ވަކޭމާނައެއް ދޭހަވާނަމަ، އެ ދޭހަވާ މާނަ އެއްއަށްވުރެ ފުޅި ކުރުމަކީ ނުވަތަ އޭގައި ނުހިމެނޭ ކަންތައްތައް އޭގައި ހމެނުމަށ މަސައްކަތް ކުރުމަކީ، ރަނގަޅުގޮތެއް ނޫންކަމަށް ބަލަންވާނެކަމަށެވެ.
38.އިސްތިއުނާފުކުރެވިފައިމިވާ ޤަޟިއްޔާގެ ފާހަގަކުރެވޭ ނުކުތާ 1 (ނ) ގައި، ޞި ނޢާ ތ ޤާ އިމުކުރުން ލާޒިމުކަމަށް ބުނެ އެއްބަސްވުމާ ހަވާލާދީ، ޤާނޫނު ނަންބަރު 1/14 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 62 ވަނަ މާއްދާ (ނ) ސިވިލް ކޯޓުން މާނަކުރައްވާފައިވަނީ، އެ މާއްދާގެ ނައްޞުގައިވާގޮތާ ޚިލާފަށްކަން ފާހަގަކުރަމެވެ.
33.ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 62 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ، ކޮންޓްރެކްޓެއްގެ ބައިވެރިއެއްގެ މައްޗަށް ލާޒިމުވާކަންތައް ކުރަންވާ ގޮތެވެ. އަދި އެ މާއްދާގެ (ނ) ގައި ބުނެފައިވަނީ، ކޮންޓްރެކްޓްގެ ބައިވެރިއެއްގެ މައްޗަށް ލާޒިމުވާކަމެއް ކުރަންވާ މުއްދަތެވެ.
22. އެއްބަސްވުމުގެ 24 ވަނަ މާއްދާގެ (ށ) ގައި ޞިނާޢަތް ޤއިމުކުރުނާ ޢަލީ އިބްރާހީމްގެ މައްޗަށް ޖައުހަރީ ކަމެއްގެ ގޮތުގައި ލާޒިމުކޮށްފައިނުވެއެވެ.
23. ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ (ހ) އާއި (ށ) އަށް ރިޢާޔަތްކޮށް، އެއްބަސްވުމުގެ42 ވަން މާއްދާގަ (ށ) އިން ޖައުހަރީ ކަމެއްގެގޮތުގައި ލާޒިމުކޮށްފައިނެތްކަމެއ ކުރުން ލާޒިމުވާގޮތަށް، އަދި ލާޒިމުކޮށްފައިނެތްކަމެއ ވަކް މުއްދަތެއްގައި ކުރުން ލާޒިމުކަމަށް ސިވިލް ކޯޓުނ ނިންމަވާފައިވަނީ ޤާނޫނު މާނަކުރުމުގެ ހަމައާ ޚިލާފަށެވެ.
ތިންވަނަ ނުކުތާއާ ގުޅޭ
23.ކޮންޓްރެކްޓެއް ބާޠިލުކުރެވޭ ނ، އެ ކޮންޓްރެކްޓް ބާޠިލުކުރެވޭނެކަމަށް އެއްބަ ސްވެފައިވާގޮތުގެމަތިންކަމަށާއި، ކޮންޓްރެކްޓެއް ކުރުމަށްފަހު ކޮންޓްރެކްޓު ގެ ބައިވެރިންކުރެ ބައިވެރިޔަކަށް އަނެއް ބައިވެރިޔާގެ ޙައްޤަކަށް އުނިކަން ލިބޭފަދަ އެއްވެސް ޢަމަލެއްކުރުމުގެ އިޚްތިޔާރު ލިބިގެންނުވާކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/47 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވެއެވެ.
22.އެއްބަސްވުން ބާޠިލުކޮށްފައިވަނީ، އިސްތިއުނާފުކުރާ ފަރާތް އެއްބަސްވުމާ ޚިލާފުވެއްޖެނަމަ އެއްބަސްވުނ ބާޠިލުކުރުމަށް އެއްބަސްވުމުގައ ކަނޑައަޅާފައިވި އޞު ލާއި، ދިވެހރާއްޖޭގި ސުޕްރީމް ކޯޓްގެ ނަންބަރު 2014/SC-A/47 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވ އިސްވެދެންނެވި އުޞޫލާ ޚިލާފަށެވެ.
21.އެއްބަސްވުމުގައ ކުލި ދެއްކުން ފިޔަވައި އިސްތިއުނާފުކުރާ ފަރާތް އެއްބަސްވުމާ ޚިލާފުވެއްޖެނަމަ އެއްބަސްވުން ބާޠިލުކުރެވޭނެކަމަށް ކަނޑައަޅާފައިވަނީ، އެންމެ ޙާލަތެކެވެ. އެއީ އެއްބަސްވުމުގެ 47 ވަނަ މާއްދާގެ ދަށުންނެވެ.
25.އެއްބަސްވުމުގެ 47 ވަނަ މާއްދާގެ ދަށުން އެއްބަސްވުން ބާޠިލުކުރެވޭނީ، އެއްބަސްވުމުގެ 42 ވަނަ މާއްދާގެ ދަށުން އަންގާ އެންގުމާ އެއްގޮތަށް ޢަމަލުނުކުރުމުންނެވެ. އެއްބަސްވުމުގެ42 ވްނ މާއްދާގަ ދަށުނ އެންގުމެއްއެންގޭނީ،އިސްތިއުނާފުކުރ ފަރާތާ ކުރުމަށް އެއްބަސްވް މުގައި ލާޒިމުކޮށްފައިވާކަމެއް، ލާޒިމުކޮށްފައިވާ ގޮތަށް ނުކުރުމުންނެވެ.
26.އެއްބަސްވުން ބާޠިލުކުރިކަމަށް އަންގައި އެޗްޑީސީއިން ފޮނުވި ނަންބަރު -(424)HDC 4227/6242/L/PRV ސިޓީގައި އަންގާފައިވަނީ އެއްބަސްވުން ބާޠިލުކުރީ އެއްބަސްވުމުގެ 42 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ބިން ކުއްޔަށްދޫކޮށްފައިވާ މައީގަނޑު މަޤްޞަދުކަމުގައިވާޞީންޢްބޭނުމަށ ބިން ބޭނުންކުރުން އިސްތިއުނާފުކުރާ ފަރާތަށް ލާޒިމުކުރާއިރު، އެކަން ނުކުރާތީ ކަމަށެވެ.
23. އެއްބަސްވުމުގެ 42 ވަނަ މާއްދާގައި އެޗްޑީސީއަށް ދީފައިވާ އިޚްތިޔާރު އިސްތިއުނާފުކުރެވިފައިމިވާ ޤަޟިއްޔާގެ ފާހަގަކުރެވޭ ނުކުތާ 1 (ޅ) ސިވިލް ކޯޓުން މާނަކުރައްވާފައިވަނީ ރަނގަޅަށްނޫންކަން އެ މާއްދާގެ ނައްޞުން އެއްވެސް އޮޅުމެއްނެތި ސާފުވެއެވެ. އެ މާއްދާގައި އެ ޗްޑީސީއށް ދީފައިވާ އިޚްތިޔާރަކަ ކަމެއް ރަނގަޅުކުރުމުގެ މުއްދަތު ދިނުމުގެ އިޚްތިޔާރެވެ. އެޗްޑީސީއަށ އެއްބަސްވުން ބާޠިލުކުރުމުގެ އިޚްތިޔާރެއް އެ މާއްދާއިން ލިބިދީފައިނުވެއެވެ. އެއްބަސްވުމުގެ 42 ވަނަ މާއްދާއަކީ އެއްވެސް ހާލެއްގައި އެއްބަސްވުން ބާޠިލުކުރުމާބހެ ނުވަތަ އެއްބަސްވުން ބާޠިލުކުރުމަށް ކަނޑައަޅާފައިވާ މާއްދާއެއް ނޫނެވެ.
28. ނަމަވެސް، އިސްވެދެންނެވުނު ނުކުތާތަކަށް ބެލުމުން އެއްބަސްވުމުގެ މައިގަނޑު މަޤްޞަދަކީ ބިމުގައި ޞިނާޢަތް ޤާ އިމުކުރުން އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް ލާޒިމުކު ރުން ނޫންކަން އެނގެއެވެ. ނުވަތަ ޢިމާރާތެއްކުރުން ނޫންކަން އެނގެއެވެ. އެހެންކަމުން، ޞނާޢަތި ޤއިމުނުކުރާމަކީ ނުވަތަ ޢިމާރާތްނުކުރުމަކީ، އެއްބަސްވުމުން ޢަލީ އިބްރާހީމްއަށް ލާޒިމުކުރާކަމެއް ނުކުރުމެއްނޫނވެ. އަދި އެއްބަސްވުމުގެ ދަށުން ރާނަންޖެހޭ 2.1 މީޓަރު އުސްމިނުގެ ފާރު ރާނާފައިނުވާތީ އެއީވެސް އެއްބަސްވުން ބާޠިލުކުރަންޖެހޭ ކަމެއްކުމަށ ސިވިލް ކޯޓުން ކަނޑައެޅުއްވިއިރު، އެޗްޑީސީއިން ކުއްޔަށްދޫކުރި ކިތައްކިތައް ޞިނާޢީ ބިމުގައި ރާނަންޖެހޭ އިންފާރު ރާނާފައިނުވާ ބިންތަކުގެ އެއްބަސްވުން އެޗްޑީ ސީއިން ބާޠިލުކޮށްފައިނުވެއެވެ. އެއްބެސްވުމުގެ ދަށުން އެފަދަ ކަމެއް ނުކޮށްވާނަމަ، އޮތްފަރުވާއަކީ އެއްބަސްވުމުގ 42 ވަނި މާއްދާގަ ދަށުން އެކަމެއް ރަނގަޅުކުރުމަށް މުއްދަތުދީ އުމުއްދަތުގައަ އެކަން ރަނގަޅނުކޮށްފިނަމ ޖޫރިމަނާކުރުމެވެ. ވީމާ، އެއްބަސްވުމުގެ 42 ވަނަ މާއްދާގެ ދަށުން އެއްބަސްވުން ބާޠިލުކުރުމުގެ ބާރެއް އެޗްޑީސީއަކަށް ނެތެވެ.
23. އެއްވެސް ނޯޓިސްއެއް ނުދީ ވަގުތުން އެއްބަސްވުން ބާޠިލުކުރެވޭނެ އިޚްތިޔާރެއް އެއްބަސްވުމުން އެޗްޑީސީއަށް ލިބިގެންވަނީ ހަމައެކަނި ކުލި ނުދެއްކުމުން އެއްބަސްވުމުގެ 42 ވަނަ މާއްދާއިންނެވެ. އެނޫން ސަބަބަށްޓަކައި، ނޯޓިސްނުދީ އެއްބަސްވުން ބާޠިލުކުރެވޭނެ ހަމައެއް އެއްބަސްވުމުގައި ނެތެވެ.
12.އަދި އެއްބަސްވުމުގެ 47 ވަނަ މާއްދާއަކީ ކުލި ފިޔަވައި އެނޫން ކަންކަމާ ޚިލާފުވެގެން އެއްބަސްވުން ބާޠިލުކުރުމަށް އެއްބަސްވެފައިވާ އިޖްރާއަތެވެ. ކުލި ދެއްކުން ފިޔަވައި އެނޫން ގޮތަކަށް ޢަލީ އިބްރާހީމް ޚިލާފުވިކަމަށް ބުނެ އެއްބަސްވުން ބާޠިލުކުރެވޭނެ އެއްވެސް މާއްދާއެއް އެއްބަސްވުމުގައިނެތެވެ. އެހެންކަމުން، އެ މާއްދާގައިވާގޮތުގެމަތިން ޢަމަލުކުރުމެއްނެތި، އެއްބަސްވުން ބާޠިލުނުކުރެވޭނެއެވެ.
13. އެއްބަސްވުމުގައި ކުލި ދެއްކުން ފިޔަވައި ޢަލީ އިބްރާހީމް އެއްބަސްވުމާ ޚިލާފުވުމުން އެއްބަސްވުން ބާޠިލުކުރެވޭނީ އެއްބަސްވުމުގެ 47 ވަނަ މާއްދާގެ ދަށުން ކަމަށް އެއްބަސްވުމަށްފަހު، އެނޫންގޮތަކަށް އެޗްޑީސީއަށް އެއްބަސްވުން ބާޠިލުކުރުމުގެ އިޚްތިޔާރެއްނެތެވެ.
13.އެއްބަސްވުމުގެ ބައިވެރިންގެ ނިޔަތުގައިވެސް ޞނި ޢާ ތ ޤއިމުކުރުމަކާ އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް އެ އެއްބަސްވުމުން ލާޒިމުކުރުވާފައި ވާކަމެއްނޫންކަން އެއްބަސްވުމުގެ ޓަރމިނޭޝަން މާއްދާތަކުން އެނގެއެވެ. އެގޮތުން، އެ އެއްބަސްވުމުގެ 42 ވަނަ މާއްދާއަކީ އެއްބަސްވުން ނިމުމަކަށް އައުމުން ޢަމަލުކުރަންވީގޮތުގެ މާއްދާކަމއާ، އެ މާއްދާގައި އެ އެއްބަސްވުން ބާޠިލުކުރެވޭނީ/ނިމުމަކަށް ގެނެވޭނީ އެއްބަސްވުމުގެ 42 ވަނަ މާއްދާގެ (ހ) (ކުލި ނުދެއްކުމުން) އާއި، 47 ވަނަ މާއްދާ (42 ވަނަ މާއްދާގެ ދަށުން ނޯޓިސް ދިނުމަށްފަހު އެއްބަސްވު ން ބާޠިލުކުރުން) އާއި، 41 ވަނަ މާއްދާގެ (ރ) (ކުއްޔަށްބަދަލު ގެނައުމުން އެ ކުއްޔަށް އެއްބަސްނުވުމުނ އެއްބަސްވުން ބާޠިލުކުރުން) އާއި، 41 ވަނަ މާއްދާ (ބައިވެރިން އެއްބަސްވެގެން އެއްބަސްވުން ނިމުމަކަށްގެނައުން) ގެ ދަށުންކަން ކަނޑައެޅިގެން ބުނެފައިވުމުން، އެއްބަސްވުމުގެ42 ވާނަ މްއްދާގެ ދަށުން ސީދާ އެއެބަސްވުނ ބާޠިލު ނުކުރެވޭނެކަމާއި، އެއްބަސްވުމުގެ 42 ވަން މާއްދާގަ ދަށުނ ފޮނުވި ޓަރމިނޭޝަން ނޯޓިސް އަކީ،އެއްބަސްވުމުގައި އެއްބަސްވުން ބާޠިލުކުރުމަށް ބުނެފައިވާ އިޖްރާއަތު ޚިލާފަށް ފޮނުވި ނޯޓިސްއެކެވ. އިސްތިއުނާފުކުރެ ފަރާތުން އިތުރަށްޝަރީޢަތުގ މަޖިލިހުގައި ފާހަގަކުރި ކަންކަން
12.މި މައްސަލައިގެ މައުލޫއުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 2018/SC-A/22 ޤަޟިއްޔާ އާއި ނަންބަރު 2018/SC-A/11 ޤަޟިއްޔާނިންމާފައިވެއެވެ. އެގޮތުން އެއްބަސްވުމުގެ 42 ވަނަ މާއްދާއާ ގުޅޭގޮތުން އެ ޤަޟިއްޔާތަކުގައި ސުޕްރީމް ކޯޓަށް ފާހަގަވިކަންކަން ބަޔާންކޮށްފައިވެއެވެ.
11.ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ރ) ގައި މަތީ މަރުޙަލާގެ ކޯޓުތަކުގެ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާވާންވާނެކަމަށް ބަޔާންކޮށްފައިވާކަން ފާހަގަކޮށް،އެގޮތުން، މި މައްސަލަ ނިންމާދިނުމަށް އެދިފައިވެއެވެ.
އިސްތި އުނި ފ ރައްދުވާ ފަރާތުނު ފާހަގަކުރި ކަންކަން
15.އިސްތިއުނާފުރައްދުވާ ފަރާތުން މައްސަލައިގެ ފަސްފަހަތަށް ބެލުމަށްފަހު އެއްބަސްވުމަށް ވާސިލުވި ސަބަބާއި، މަތީކޯޓުތަކުގެ ޙުކުމްތަކަށް ތަބާވާންނުޖެހޭ އިސްތިސްނާ ހާލަތްތަކާއި، ފާތިމަތު ތަސްލީމާ މައްސަލައިގެ ޙުކުމުން އިސްތިއުނާފުރައްދުވާ ފަރާތަށް ފާހަގަވާ ކަންކަމާއި، އެއްބަސްވުމުގައިވާ މާއްދާތަކާއި، އެ މާއްދާތަށް ފަރުމާކުރެވިފައި ވާ ގޮތާއި، ބިމުގައި ޞިނާޢަތް ޤާއިމުކޮށް ޞިނާޢީ މަސައްކަތް ބިމުގައި ކުރުމަކީ އެއްބަސްވުމުގެ ޟމި ނ މާއްދާއެއްކަމާއި، އެއްބަސްވުން ބާޠިލުކުރުމުގެ ޙައްޤާއި ކޮންޓްރެކްޓާ ބެހޭ ޤާނޫނުގެ 62 ވަނަ މާއްދާގެ (ނ) މާނަކުރުން އަދި ޢަލީ އިބްރާހީމްގެ ފަރާތުން އެދިފައިވާ ފަދައިން ބިން އަނބުރާ 61 ފެބްރުވަރީ 6266 ގައި އޮތް ޝަރީޢަތުގެ މަޖިލިސް ލިބިދެވެން ނެތްކަމަށް ބަޔާންކޮށް މިކަންތައްތަކުގެ ތަފްސީލުތައް އިސްތިއުނާފީ ދަޢުވާ ގެ ޖަވާބު ހުށަހަޅާ ފޯމުގައި ހިމަނާފައިވެއެވެ.
އިސްތިއުނާފރައްދުވާ ފަރު ތ ން އެދޭގޮތު
16. އިސްތިއުނާފު ރައްދުވާ ފަރާތުން އެދިފައިވަނީ؛ "އެއްބަސްވުން އުފަންވެފައިވާ މަސްދަރު ކަމުގައިވާ ޢަލީ އިބްރާހީމްގެ ފަރާޓުނ ހުށަހެޅް ޕްރޮޕޯސަލްއަށާއި، ދެފަރާތުގެ ދެމެދުގައިވާ އެއްބަސްވުމުގެ މާއްދާތަށް ފަރުމާކުރެވިފައިވާ ގޮތަށާއި، ކުޑަ ކުއްޔެއްގައި ބިން ޢަލީ އިބްރާހީމްއަށް ދޫކުރުމުގެ ފަހަތުގައިވާ ނިޔަތަށާ އ، އެއްބަސްވުމުގެ އެހެން ތަނެއްގައި ޒޯނިންގ މާއްދާއެއް އޮތް އޮތުމަށާއި، އެއްބަސްވުމުގެ 42 ވަނަ މާއްދާ ފެށޭއިރު ބަޔާންކޮ ށްފައިވާ ޢިބާރާތަށާއި، މި ކޯޓުން އެއްބަސްވުންތައް މަނަކުރުމުގައި ގެންގުޅޭ އުސޫލުތަކާއި، ކޮންޓްރޭކްޓާބެހޭ ޤާނޫނާށ ރިޢާޔަތްކުރުމުން ޢަލީ އިބްރާހީމްއަށް ކުއްޔަށް ދޫކުރި ބިމުގައަ ސިނާއަތް ޤާއިމުކުރުމަކީ އެފަރާތުގެ މައްޗަށް އެއްބަސްވުމުގެ ދަށުން ވ އަސާސާ ޝަރުތެއްކަން (condition) ފާޅުކަން ބޮޑު ގޮތެއްގައި އެނގޭތީ، މި މައްސަލާގައި ޢަލީ އިބްރާހީމްއަށް އެއްވެސް ޤާނޫނީ ފަރުވާއެއް ލިބިނުދެވޭނެ ކަމުގައި ކަނޑައަޅައިދީ، ދަށުކޯޓުން ނިންމާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭ ފަދަ ހަރުދަނާ ސަބަބެއް ނެތްކަމުގައި ކަނޑައަޅައިދިނުމަށް އެދެމެވެ. އަދި ޤާނޫނީ ފަރުވާއެއް މި މައްސަލައިގައި ލިބިދޭންޖެހޭ ކަމުގައި މިކޯޓުން ކަނޑައަޅާ ހިނދެއްގައިވެސް، ޢަލީ އިބްރާހީމްއަށް ކުރިން ކުއްޔަށް ދޫކޮށްފައިވާ ބިން، އެފަރާތަށް އަނބުރާ ހަވާލުކުރެވެން ނެތްކަމުގައި އެޗް.ޑީ.ސީއިން ފާހަގަކުރަމެވެ." ފާހަގަކުރެވޭ ކަންކަން
13. އިސްތިއުނާފުކުރެވިފައިމިވާ މައްސަލައިގެ މައުލޫގައި ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 2018/SC-A/22 ޤަޟިއްޔާ ނިންމާފައިވެއެވެ. އަދި އެ ޤަޟިއްޔާގައި މި އިސްތިއުނާފުކުރެވޭ މައްސަލާގައި އޮތް ބަހުސާމެދު ސާފުކޮށް ގޮތް ކަނޑައަޅާފައިވާކަން އެނގެއެވެ. ބުނެވުނު ޤަޟިއްޔާއާއި އިސްތިއުނާފީ ދައުވާގެ ޖަވާބު ހުށަހަޅާ ފޯމު އިސްތިއުނާފުކުރެވިފައިމިވާ ޤަޟިއްޔާގައި ހިމެނޭ އެއްބަސްވުމަކީ އެއް އެއްބަސްވު މެކެވެ. ހަމައެކަނި ތަފާތުވަނީ އެއްބަސްވުމުގެ ބައިވެރިންކުރެ އެޗްޑީސީ ފިޔަވައި އަނެއް ފަރާތުގެ ނަމެވެ.
18. އެހެންކަމުން، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 2018/SC-A/22 ޤަޟިއްޔާ ބިނާކޮށްފައިވާ ސަބަބުތަކަށް ރިޢާޔަތްކޮށް އިސްތިއުނާފުކުރެވިފައިމިވާ ސިވިލް ކޯޓުގެ ނަންބަރު HD/2016-C-14/Cv ޤަޟިއްޔާ ގެ ޙުކުމް ބާޠިލުކުރަންޖެހޭ ކަމަށް އަހުރެންނަށް ޤަބޫލުކުރެވެއެވެ. ސަބަބަކީ، ޤާނޫނުއަސާސީގެ 411 ވަނަ މާއްދާގެ (ރ) ގައި މަތީ މަރުޙަލާގެ ކޯޓުތަކުގެ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާވާންވާނެކަމަށް ބަޔާންކޮށްފައިވާއިރު، ސީދާ މި އިސްތިއުނާފީ މައްސަލާގައިވެސް އޮތް ވާޤިޢާތަކުގެ މައްޗަށް އުފެދުނު ބަހުސާމެދު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ގޮތް ކަނޑައަޅާފައިވާތީއެވެ.
13.އިސްތިއުނާފު ރައްދުވާ ފަރާތުން މިކޯޓުން މި މައްސަލައިގެ ޙުކުމް ބާޠިލުކުރާ ޙާލަތެއްގައި އިސްތިއުނާފުކުރާ ފަރާތާއި ބިން ހަވާލުކުރެވެނ ނެތްކަމަށް ބަޔާންކޮށްފައިވީނަމަވެސް، އެ ބިން ހަވާލުކުރުމަށް އުފުލަންޖެހޭ ހުރިހާ ޒިންމާތައް އިސްތިއުނާފު ރައްދުވާ ފަރާތުން އުފުލަންޖެހޭނެކަމަށް ދެކެމެވެ. ސަބަ ބަކީ، މި ހާލަތަށް ދިޔައީ އެޗްޑީސީއިން ޢަމަލުކުރިގޮތުގެ ސަބަބުންކަމުގައިވާތީއެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު HD/2016-C-14/Cv ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ބާޠިލުކަމަށް ކަނޑައަޅައި، ޢަލީ އިބްރާހީމްއަށް 47 ސެޕްޓެމްބަރ 6242 ގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުން ފޮނުވާފައިވާ ނަންބަރު L/PRV/2015/1567-HDC/(161) ސިޓީން މިދެފަރާތުގެ ދެމެދު 41 ޑިސެމްބަރު 6222 ގައި ވެފައިވެ ނަންބަރު HDC/LDL/05/061 "ސިނާއީ ބޭނުންތަކަށް ހުޅުމާލޭނ ބިން ކުއްޔަށްދޫކުރުމުގެ އެއްބަސްވުން" ނިމުމަކަށް ގެނައިކަމަށް އަންގާފައިވަނީ މިދެފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުމާ ޚިލާފަށްކަމަށް ކަނޑައަޅައި،
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ރ)
- ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/22
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.