ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2019/HC-A/249

ސްކޫބާ ސްޕާ ޕްރައިވެޓް ލިމިޓެޑް ވ. މުޙައްމަދު އަސްލަމް

ދަށުކޯޓުގެ ނިންމުން ބާޠިލު
1 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ހައިކޯޓު · 12 އޮކްޓޫބަރު 2021ދަށު ކޯޓު: ސިވިލް ކޯޓު 1085/Cv-C/2018ބާވަތް: އެހެނިހެން

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސިވިލް ކޯޓު 1085/Cv-C/2018
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
ވަޒީފާގައި ހުރިއިރު ކުންފުނީގެ ބޭނުމަށް މުދާ ގަތުމަށް މުވައްޒަފު ޚަރަދުކުރި ފައިސާ އަނބުރާ ހޯދުމަށް ސިވިލް ކޯޓުގައި ކުރި ދަޢުވާގެ ފައިސާއަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ 36/VTR/2016 ގައި ހޯދަން އެދި ދައްކާ ޚަލާޞްކުރެވިފައިވާ ހަމަ އެ ފައިސާތޯ (ރެސް ޖުޑިކާޓާ / ދިފާޢީ ދަޢުވާ ސާބިތުކުރުން).

ނިންމުން

ދަށުކޯޓުގެ ނިންމުން ބާޠިލު

ދަށުކޯޓުގެ ޙުކުމް ބާޠިލު

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ވަޒީފާއިން ވަކިވާއިރު ދޭންޖެހޭ ފައިސާގެ ތަފްޞީލު މުވައްޒަފަށް އީމެއިލް ކޮށް، އެ ޢަދަދު ރަނގަޅުކަމަށް މުވައްޒަފު ޖަވާބުދީ ކަށަވަރުކޮށްފިނަމަ، ވަކިވާއިރު ލިބެންޖެހޭ ފައިސާގެ ޢަދަދަކީ އެ އީމެއިލްގައި ދެފަރާތުން އެއްބަސްވެފައިވާ ޢަދަދު ކަމުގައި ބަލަންޖެހެއެވެ.

އެހެނިހެން › އެއްބަސްވުމާ މެދު ޚިލާފު އުފެދިގެން

HN2 ދެ މައްސަލައެއްގައި ހޯދަން އެދުނު ފައިސާގެ ޢަދަދުގައި ކުޑަ ތަފާތުތަކެއް ހުއްޓަސް، ދެ މައްސަލައިގައިވެސް ހޯދަން އެދިފައިވަނީ އެއް ބާވަތެއްގެ މުދަލެއް ގަންނަން ޚަރަދުކުރި އެއް ފައިސާ ކަމަށް ލިޔެކިޔުންތަކުން އެނގޭނަމަ، އެއީ ހަމަ އެއް ފައިސާއެއް ކަމުގައި ބެލެވެއެވެ.

HN3 އެ ފައިސާ މުވައްޒަފުގެ ބޭންކް އެކައުންޓަށް ޓްރާންސްފަރ ކުރިކަމުގެ ލިޔެކިޔުން ޓްރައިބިއުނަލަށް ހުށަހަޅައި ޓްރައިބިއުނަލުގެ ރިޕޯޓުގައި ހިމެނިފައިވާއިރު، އެ ފައިސާ ދައްކާ ޚަލާޞްކޮށްފައިވާކަން ސާބިތުވެއެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޢަބްދުﷲ ޙަމީދު، ޢަލީ ސަމީރު، މުޙައްމަދު ނިޔާޒް
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
ޢަބްދުﷲ ޙަމީދު · ތާއީދުކުރެއްވީ: ޢަލީ ސަމީރު، މުޙައްމަދު ނިޔާޒް
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު ޢަބްދުﷲ ޙަމީދު ގެ ރައުޔު، މި ރައުޔަށް ފަނޑިޔާރު ޢަލީ ސަމީރާއި ފަނޑިޔާރު މުޙައްމަދު ނިޔާޒް

ތާއީދުކުރައްވައެވެ .  މައްސަލައިގެ ޚުލާޞާ : 1- މިއީ، ސްކޫބާސްޕާ ޕްރައިވެޓް ލިމިޓެޑްގެ ވަޒީފާގައި ގދ. ގައްދޫ ނެޝަނަލްހައުސް މުޙައްމަދު އަސްލަމް އުޅުނުއިރު، އެކުންފުނީގެ ފަރާތުން ސްރީލަންކާއަށް ލަކުޑި ގަތުމަށް ފޮނުވުމުން 500 ޓީކްވުޑް ބެރިގަތުމަށް ޖުމްލަ ޚަރަދުވެފައިވަނީ US$3,108.16 )ތިންހާސް އެއްސަތޭކަ އަށެއް އެމެރިކާ ޑޮލަރު ސޯޅަ ސެންޓް( ކ މަށާއި، އެހެންކަމުން ލަކުޑި ގަތުމަށްޓަކައި އެކުންފުނިން ދީފައިވާ US$1,588.61 )އެއްހާސް ފަސްސަތޭކަ އަށްޑިހަ އަށެއް އެމެރިކާ ޑޮލަރު ފަސްދޮޅަސް އެއްސެންޓް ( ކަމުން މިފައިސާއިން ލަކުޑި ގަތުމަށް ބޭނުންވާ ޢަދަދު ހަމަނުވާތީ ދެފަރާތުގެ ދެމެދު ދެކެވުނު ވާހަކަތަކާއި ގުޅިގެން އެލަކުޑިތަކަށް ބާކީ ދައްކަންޖެހޭ އެއްޗެއް މުޙައްމަދު އަސްލަމްގެ އަތުން ލައިގެން ގަނެ ބޯޓަށް ލައިދިނުމުން އެފައިސާ އަނބުރާ ދޭނެކަމަށް ކުންފުނީގެ ފަރާތުން ބުނެފައިވާކަމަށާއި، އެހެންކަމުން މުޙައްމަދު އަސްލަމް މެދުވެރިވެގެން ބާކީ ފައިސާ ލަކުޑި ވިއްކި ފަރާތަށް )ސްރީލަންކާގެ ކުންފުންޏަށް( ދޭގޮތަށް އެލަކުޑިތައް ގެނެސްދިނުމުން އެކުންފުނީގެ ފަރާތުން ލަކުޑިތައް ބޭނުންކޮށް އެތަކެއް ދުވަސް ފާއިތުވެގެން ދިޔައިރުވެސް ސްރީލަންކާގެ ކުންފުންޏަށް ސްކޫބާސްޕާ ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ފައިސާ ނުދެއްކުމުން މުޙައްމަދު އަސްލަމް ގެ ފަރާތުން ލަކުޑި ވިއްކި ފަރާތަށް ފައިސާ ދައްކާ ޚަލާޞް ކުރިނަމަވެސް މިއަދާ ހަމައަށްވެސް ސްކޫބާސްޕާ ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން މުޙައްމަދު އަސްލަމް އަށް ދޭންޖެހޭ ފައިސާ ދީފައިނުވާތީ މުޙައްމަދު އަސްލަމްގެ ފަރާތުން ސްކޫބާސްޕާ ޕްރައިވެޓް ލިމިޓެޑަށް ފޮނުވި ސިޓީގައިވާ ފަދައިން ދުވާލަކަށް %25 )ފަންސަވީސް އިންސައްތަ ( ޗާޖް ހިމަނައިގެން ޖެހޭ ޖުމްލަ ފައިސާ ޢަދަދު ޙުކުމްކުރާ ދުވަހުން ފެށިގެން މީލާދީ 01 )އެކެއް ( މަސްދުވަހުގެ ތެރޭގައި ލިބިދިނުމަށް އެދި ސްކޫބާސްޕާ ޕްރައިވެޓް ލިމިޓެޑް ގެ މައްޗަށް ގދ. ގައްދޫ ނ ޝަނަލްހައުސް މުޙައްމަދު އަސްލަމް ގެ ފަރާމުން ދަޢުވާކުރުމުން ސިވިލް ކޯޓުގެ ނަންބަރު 1085/Cv-C/2018 ޤަޟިއްޔާގެ ދަށުން ބެލުނު މައްސަލަ އެކޯޓުން ނިންމާފައިވަނީ ޝަރުޢީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ، ސްކޫބާސްޕާ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ބެލި ޤަޟިއްޔާއެކެވެ . މި ޤަޟިއްޔާގައި އިސްތިއުނާފީ ދަޢުވާ ރައްދުވާ ފަރާތަކީ ގދ. ގައްދޫ/ ނެޝަނަލްހައުސް، މުޙައްމަދު އަސްލަމް އެވެ .  ސިވިލް ކޯޓުން މައްސަލަ ނިންމި ގޮތް: 2- ސިވިލް ކޯޓުގެ ނަންބަރު 1085/Cv-C/2018 ޤަޟިއްޔާގައި އެ ކޯޓުން ޙުކުމް ކުރައްވާފައިވަނީ، ]ދެންފަހެ، އިސްވެ ފާހަގަ ކުރެވުނު ނުކުތާތަކަށާއި ހުށަހެޅިފައިވާ ބަޔާންތަކާއި ލިޔުންތަކުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު، ސްކޫބާސްޕާ ޕްރައިވެޓް ލިމިޓެޑް ގެ ވަޒީފާގައިގދ. ގައްދޫ ނެޝަނަލްހައުސް މުޙައްމަދު އަސްލަމް އުޅުނުއިރު ސްކޫބާސްޕާ ޕްރައިވެޓް ލިމިޓެޑް ގެ އެދު މުގެ މަތިން ސްރީލަންކާއިން ލަކުޑިތަކެއް ގަނެ އޭގެ އަގު އަދާކުރުމުގައި ކުންފުނިން ދީފައިވާ ފައިސާއިން އަގު އަދާނުކުރެވޭތީ ސްކޫބާސްޕާ ޕްރައިވެޓް ލިމިޓެޑްގެ އެދުމުގެ މަތިން، މަދުވާ ފައިސާ ކުންފުނީގެ ފަރާތުން މުޙައްމަދު އަސްލަމް އަށް އަނބުރާ ދޭގޮތަށް އެ ފައިސާއަށް މުޙައްމަދު އަސްލަމް ޒިންމާވެގެން އެ ލަކުޑިތައް މާލެ ގެނެސް ސްކޫބާސްޕާ ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކޮށްފައިވާކަމާއި، އަދި ބަޔާންވެދިޔަ ލަކުޑިތައް ގަނެގެން މާލެއާއި ހަމައަށް ގެނައުމަށް މުޙައްމަދު އަސްލަމް ގެ އަތުން US$1,588.61 )އެއްހާސް ފަސްސަތޭކަ އަށްޑިހަ އަށެއް އެމެރިކާ ޑޮލަރު ފަސްދޮޅަސް އެއްސެންޓް ( ޚަރަދުކޮށްފައިވާ ކަމަށްބުނެ މި ދަޢުވާގައި މުޙައްމަދު އަސްލަމް ހޯދުމަށް އެދިފައިވާ ފައިސާއަކީ އެ ކުންފުނީގެ ފަރާތުން މުޙައްމަދު އަސްލަމަ ށ ދީ ނިންމާފައިވާ ފައިސާކަމަށް ބުނެ އެކަން ސާބިތުކޮށްދިނުމަށް ދަޢުވާލިބޭ ސްކޫބާސްޕާ ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ހުށަހަޅާފައިވާ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 36/VTR/2016 މައްސަލަ ނިންމިގޮތުގެ ރިޕޯޓަށް ބަލާއިރު އެ ރިޕޯޓުގައި ބަޔާންވެގެންވާ ފައިސާގެ ތެރޭގައި، މި ދަޢުވާގައި މުޙައްމަދު އަސްލަމް ގެ ފަރާތުން ހޯދުމަށް އެދިފައިވާ، ފައިސާ )ސްކޫބާސްޕާ ޕްރައިވެޓް ލިމިޓެޑް ގެ އެދުމަކަށް ސްރީލަންކާއިން ލަކުޑިތަކެއް ގަނެގެން މާލެ ގެނައުމަށް މުޙައްމަދު އަސްލަމް ގެ އަތުން ޚަރަދުކޮށްފައިވާ ފައިސާ ( ހިމެނިފައިވާކަން އެ ރިޕޯޓުން އެނގެން ނެތުމާއިއެކު އ ފައިސާ މުޙައްމަދު އަސްލަ މްއަށް ދަޢުވާލިބޭ ކުންފުނީގެ ފަރާތުން ދައްކާ ޚަލާޞްކޮށްފައިވާކަން ޝަރީޢަތަށް ސާބިތުވާފަދަ ކާފީހެއްކެއް ދަޢުވާލިބޭ ފަރާތުން ދައްކާފައިނުވާތީ މި ދަޢުވާގައި މުޙައްމަދު އަސްލަމް ހޯދުމަށް އެދިފައިވާ US$1,588.61 )އެއްހާސް ފަސްސަތޭކަ އަށްޑިހަ އަށެއް އެމެރިކާ ޑޮލަރު ފަސްދޮޅަސް އެއްސެންޓް ( އަކީ ސްކޫބާސްޕާ ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ގދ. ގައްދޫ ނެޝަނަލްހައުސް މުޙައްމަދު އަސްލަމް )އައިޑީ( އަށް ދޭންޖެހޭ ފައިސާކަމަށް ކަނޑައަޅައި، މި ފައިސާ މުޙައްމަދު އަސްލަމް އަށް ލިބިދިނުމުގެ ގޮތުން 27 މާރިޗް 2019 މިދުވަހުން ފެށިގެން މީލާދީ 01 )އެކެއް ( މަސްދުވަހުގެ ތެރޭގައި US$1,588.61 )އެއްހާސް ފަސްސަތޭކަ އަށްޑިހަ އަށެއް އެމެރިކާ ޑޮލަރު ފަސްދޮޅަސް އެއްސެންޓް ( ސިވިލް ކޯޓަށް ދައްކައި ޚަލާޞްކުރުމަށް ސްކޫބާސްޕާ ޕްރައިވެޓް ލިމިޓެޑް އަށް އަންގައި ޙުކުމްކޮށްފީމެވެ .[ މިފަދައިންކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.  ސިވިލް ކޯޓުން މައްސަލައިގެ ޙުކުމަށް ވާޞިލުވި ސަބަބުތައް : 3- ސިވިލް ކޯޓުގެ ނަންބަރު 1085/Cv-C/2018 ޤަޟިއްޔާގައި އެ ކޯޓުން ކޮށްފައިވާ ޙުކުމަށް ވާޞިލުވުމުގައި ޝަރީޢަތުން މައިގަނޑު 3 )ތިނެއް ( ސަބަބެއް ފާހަގަކޮށްފައިވެއެވެ . ފުރަތަމަ ސަބަބަކީ : މުޙައްމަދު އަސްލަމްގެ ފަރާތުން ދަށުކޯޓަށް ހުށަހެޅި ދަޢުވާއަށް، ސްކޫބާ ސްޕާ ޕްރައިވެޓް ލިމިޓެޑު ގެ ފަރާތުން އިންކާރުކޮށްފައި ނުވާކަމާއި، ސްކޫބާ ސްޕާ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އިންކާރު ކޮށްފައިވަނީ، ދަޢުވާގައި ހޯދުމަށް އެދިފައިވާ ފައިސާއަކީ ދަޢުވާކުރި މުޙައްމަދު އަސްލަމަށް ސްކޫބާ ސްޕާ ޕްރައިވެޓް ލިމިޓެޑު ގ ފަރާތުން ދައްކައި ޚަލާޞްކޮށްފައިވާ ފައިސާއެއްކަމަށް ބުނެފައިވާތީ، ދަޢުވާކުރާ ފަރާ ތުން ހުށަހެޅި ދަޢުވާގައި ހޯދުމަށް އެދިފައިވާ ފައިސާގެ މުޢާމަލާތަކީ، ހިނގާފައިވާ މުޢާމަލާތެއްކަމަށް މަދަނީ މިންގަނޑުން ބުރަވެވެން އޮންނަކަމަށް ފާހަގަކޮށްފައިވާ ސަބަބެވެ . 1ސިވިލް ކޯޓުގެ ނަންބަރު 1085/Cv-C/2018 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓް ދެވަނަ ސަބަބަކީ : މުޙައްމަދު އަސްލަމްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާގައި ހޯދުމަށް އެދިފައިވާ ފައިސާއަކީ، ސްކޫބާސްޕާ ޕްރައިވެޓް ލިމިޓެޑު ގ ބޭނުމަށް ރާއްޖެއިން ބޭރުން ގަނެފައިވާ ލަކުޑިތަކަށް ދެއްކި ފައިސާކަމަށް އެ ދަޢުވާގައި ބަޔާންކޮށްފައިވާއިރު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 36/VTR/2016 މައްސަލައި ގައި މުޙައްމަދު އަސްލަމް ގެ ފަރާތުން ހޯދުމަށް އެދުނު، US$1,445.42 )ސާދަސަތޭކަ ސާޅީސް ފަސް އެމެރިކާ ޑޮލަރު ސާޅީސް ދެ ސެންޓް ( އަކީ، ކޮން ބާވަތެއްގެ މުދަލެއް ގަންނަން މުޙައްމަދު އަސްލަމް ޚަރަދުކުރި ފައިސާއެއްކަން އެ މައްސަލައިގެ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގެން ނެތްއިރު، ބުނެވިދިޔަ 2 )ދޭއް ( މައްސަލައިގައި ހޯދުމަށް އެދުނު ފައިސާގެ ޢަދަދުގެ މިންވަރުގައިވެސް ތަފާތު ތަކެއް ހުރިކަމަށް ފާހަގަކުރި ސަބަބެވެ . ތިންވަނަ ސަބަބަކީ : ޢާންމު އުޞޫ ލެއްގެ ގޮތުން މަދަނީ ޚުޞޫމަތްތަކުގައި ސާބިތުކުރުމުގެ ބުރަ އުފުލަންޖެހޭ ފަރާތަކީ، ދަޢުވާކުރާ ފަރާތް ކަމާއި މި މާނައިގައި ދަޢުވާކުރާ ފަރާތަކީ، ހަމައެކަނި ކޯޓުގައި ދަޢުވާ އުފުލާ ފަރާތެއް ނޫން ކަމާއި، ދަޢުވާ ރައްދުވާ ފަރާތުގެ ދިފާޢުގައި ހުށަހަޅާ ދިފާޢު ސާބިތު ކޮށްދިނުމުގެ ބުރައަކީ، އެ ދިފާޢެއް ކުރިމަތި ކުރާ ފަރާތަކުން އުފުލާންޖެހޭނެ މަސްއޫލިއްޔަތެއްކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/02 ޤަޟިއްޔާގައި ބަޔާންކޮށްފައިވާއިރު، މުޙައްމަދު އަސްލަމް ގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާގައި ހޯދުމަށް އެދިފައިވާ ފައިސާއަކީ، އެ ފަރާތަށް ދީފައިވާ ފައިސާއެއްކަމަށް ސްކޫބާ ސްޕާ ޕްރައިވެޓް ލިމިޓެޑު ގ ފަރާތުން ބުނާއިރު އެކަން ސާބިތުކުރުމަކީ، ސްކޫބާ ސްޕާ ޕްރައިވެޓް ލިމިޓެޑުގެ މަސްއޫލިއްޔަތެއް ކަމުގައިވާއިރު، ސްކޫބެސްޕާ ޕްރައިވެޓް ލިމިޓެޑުގާދިފާޢީ ދަޢުވާ ސާބިތުވާފަދަ ހެއްކެއް ދަޢުވާލިބޭ ސްކޫބާ ސްޕާ ޕްރައިވެޓް ލިމިޓެޑަށް ދެއްކިފައިނުވާކަމަށް ފާހަގަކުރި ސަބަބެވެ .  އިސްތިއުނާފީ ނުކުތާ ތައު: 4- ސިވިލް ކޯޓުގެ ނަންބަރު 1085/Cv-C/2018 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ، ސްކޫބސްޕާ ޕްރައިވެޓް ލިމިޓެޑު ގެ ފަރާތުން އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އަންނަނިވި ނުކުތާތައް ފާހަގަކޮށް އެނުކުތާތަކާ މެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ .  ފުރަތަމަ ނުކުތާއަކީ : އިސްތިއުނާފު ކުރުމަށް ހުށަހެޅިފައި މިވާ ސިވިލް ކޯޓުގެ ނަންބަރު 2902/Cv-C/2019 ޤަޟިއްޔާގައި ދަށުކޯޓު މަރުޙަ ލާގައި، މިއީ ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބަލާ ނިމިފައިވާ މައްސަލައެއް ސިވިލް ކޯޓަށް ހުށަހަޅައިގެން މުޙައްމަދު އަސްލަމް މިހާރު އަނެއްކާވެސް މައްސަލައެއް ކުރިއަށް ގެންދާން މަސައްކަތްކުރާތީވެ، ކޯޓުތަކުން ޢަމަލުކުރާ އުސޫލެއްކަމަށްވާ ]ރެސް ޖުޑިކާޓާ [ judicata) (res ގެ މަބްދައުއަށް ޢަމަލުކުރަންޖެހޭކަމަށާއި، ވަޒީފާއާބެހޭ ޢާންމު މައްސަލަތަކުގައި ސިވިލް ކޯޓާއި ވަޒީފާއާބެހޭ ޓްރައިބި އުނަލކަ ފުރަތަމަ މަރު ޙަ ލާގެ ކޯޓެއް އަދި ކޯޓު ފަދަ ތަނެއް (quasi-judicial body) ކަމަށް ބެލެވޭ ހިނދު، މިހާރު ސިވިލް ކޯޓަށް މުޙައްމަދު އަސްލަމް ގެ ފަރާތުން ހުށަހަޅާފައިވާ މި މައްސަލައި ގައި ހިމެނޭ ކަންކަމަކީ މީގެ ކުރި ން ވަޒީފާއާބެހޭ ޓްރައިބިއުނަލނު ބަލާފައިވާ ކަންކަމަށް ވާތީވެ )ނުވަތަ އެ ކަންކަމަކީ އޭރު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުނު މައްސަލައިގެ ތެރޭގައި ހުށަހެޅުމުގެ ފުރުސަތު އޮތް ކަންކަމަކަށް ( ވީހީނދު، ހައިކޯޓުން ކަނޑައަޅުއްވާފައިވާ ]ރެސް ޖުޑިކާޓާ[ ގެ މަބްދައު މި މައްސަލައަށް ހިންގުމުން، މިއީ މިހާރު ސިވިލް ކޯޓަށް ހުށަހެޅޭނޭ މައްސަލައެއް ނޫންކަމަށް ބުނެ ސްކޫބާ ސްޕާ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އިޖްރާއީގޮތުން ދައްކާފައިހުރި ވާހަކަތަކަށް އެއްވެސް ވަރަކަށް ދަށު ކޯޓު މަރުޙަލާގެ ނިންމެވުމުގައި ރިޢާޔަތްކުރައްވާފައި ނުވާ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވ.  ދެވަނަ ނުކުތާއަކީ : އިސްތިއުނާފު ކުރެވިފައި މިވާ ސިވިލް ކޯޓުގެ ނަންބަރު 2902/Cv-C/2019 ޤަޟިއްޔާގައި ދަށުކޯޓު މަރުޙަލާގެ ނިންމެވުމުގައި )8 ވަނަ ޞަފްޙާގައި ( ސްކޫބާ ސްޕާ ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ދިފާޢީ ދަޢުވާ ސާބިތުކޮށްދިނުމުގެ ޒިންމާ އޮތްއިރު، ސްކޫބާ ސްޕާ ޕްރައިވެޓް ލިމިޓެޑު ން އެ ދިފާޢީ ދަޢުވާ ސާބިތުވާ ފަދަ ކާފީ ހެކި ދެއްކިފައިނުވާކަމަށް ނިންމަވާފައިވީނަމަވެސް، މުޙައްމަދު އަސްލަމް ސްކޫބާ ސްޕާ ޕްރައިވެޓް ލިމިޓެޑުގެ ވަޒީފާއިން ވަކިވެގެން ދިޔައިރު، މުޙައްމަދު އަސްލަމް އަމިއްލަ ޖީބުން ލައިގެން ކުންފުނީގެ ބޭ ނުމަށް ގަތް ބައެއް މުދަލާ ގުޅިގެން ދައްކަންޖެހޭ ޖުމްލަ ފައިސާ ކަށަވަރުކުރުމަށް ސްކޫބާ ސޕް ޕްރައިވެޓް ލިމިޓެޑު ން ފޮނުވި އީމޭލަށް މުޙައްމަދު އަސްލަމް ޖަވާބުދީ ޢަދަދު ކަށަވަރުކޮށްދީފައިވާ ހިނދު، އަދި މުޙައްމަދު އަސްލަމް އަށް އެ ފައިސާ ޖަމާކޮށްދިންކަމުގެ ބޭންކް ޓްރާންސްފާ ލިޔުން ކޯޓަށް ހުށަހަޅާފައި ވީނަމަވެސް، މ އިން އެއްވެސް ކަމަކަށް ދަށު ކޯޓު މަރުޙަލާގެ ނިންމުމުގައި ރިޢާޔަތްކޮށްފައި ނުވާ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ .  އިސްތިއުނާފުކުރާ ފަރާތުން އެދިފައިވާގޮތް : 5- މި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދިފައިވަނީ، ދަށުކޯޓުގެ މައްސަލައިގައި ނިންމަވާފައިވާ ނިންމެވުމަށް ބަދަލު ގެންނަވާ ]ރެސް ޖުޑިކާޓާ[ ގެ މަބްދައު މި މައްސަލައަށް ހިންގުމުން މުޙައްމަދު އަސްލަމްގެ ފަރާތުން ސްކޫބާ ސްޕާގެ މައްޗަށް މި ދަޢުވާކުރުމުގެ ފުރުސަތު ނެތްކަމަށް ކަނޑަ އަޅުއްވައި، މިއީ މިހާރު ސްކޫބާ ސްޕާ ޕވޓ ލޓޑ ގެ މައްޗަށް ކުރެވޭނޭ ދަޢުވާއެއް ނޫންކަމަށް ނިންވަމާދެއްވުމަ ށާއި މި އުޞޫލު މި މައްސަލައިގެ މައްޗަށް ހިންގައިދެވެން ނެތްކަމަށްވާނަމަ، މައްސަލައިގައި ކަންހިނގާފައިވާ ގޮތަށާއި ހުށަހަޅާފައިވާ ހެކިތަކަށް ރިޢާޔަތްކުރައްވައި މުޙައްމަދު އަސްލަމަށް ސްކޫބާ ސްޕާ ޕވޓ ލޓޑ އިން ފައިސާއެއް ނެތްކަމަށް ކަނޑައަޅައި ދިނުމަށެވެ.  މައްސަލައިގައި ކަން ހިނގާފައިވާގޮތް : 6- ސްކޫބާސްޕާ ޕްރައިވެޓް ލިމިޓެޑު ގެ ވަޒީފާގައި ގދ. ގައްދޫ ނެޝަނަލްހައުސް މުޙައްމަދު އަސްލަމް އުޅުނުއިރު، އެ ކުންފުނީގެ ފަރާތުން ސްރީލަންކާއަށް ލަކުޑި ގަތުމަށް ފޮނުވުމުން 500 ޓީކްވުޑް ބެރިގަތުމަށް ޖުމްލަ ޚަރަދުވެފައިވަނީ US$3,108.16 )ތިންހާސް އެއްސަތޭކަ އަށެއް އެމެރިކާ ޑޮލަރު ސޯޅަ ސެންޓް( ކަމަށާއި، އެހެންކަމުން ލަކުޑި ގަތުމަށްޓަކައި އެކުންފުނިން ދީފައިވާ US$1,588.61 )އެއްހާސް ފަސްސަތޭކަ އަށްޑިހަ އަށެއް އެމެރިކާ ޑޮލަރު ފަސްދޮޅަސް އެއްސެންޓް( ކަމުން މިފައިސާއިން ލަކުޑި ގަތުމަށް ބޭނުންވާ ޢަދަދު ހަމަނުވާތީ ދެފަރާތުގެ ދެމެދު ދެކެވުނު ވާހަކަތަކާ ގުޅިގެން އެ ލަކުޑިތަކަށް ބާކީ ދައްކަންޖެހޭ އެއްޗެއް މުޙައްމަދު އަސްލަމްގެ އަތުން ލައިގެން ގަނެ ބޯޓަށް ލައިދިނުމުން އެ ފައިސާ އަނބުރާ ދޭނެކަމަށް ކުންފުނީގެ ފަރާތުން ބުނެފައިވާކަމަށާއި، އެހެންކަމުން މުޙައްމަދު އަސްލަމް މެދުވެރިވެގެން ބާކީ ފައިސާ ލަކުޑި ވިއްކި ފަރާތަށް )ސްރީލަ ންކާގެ ކުންފުންޏަށް( ދޭގޮތަށް އެ ލަކުޑިތައް ގެނެސްދިނުމުން އެ ކުންފުނީގެ ފަރާތުން ލަކުޑިތައް ބޭނުންކޮށް އެތަކެއް ދުވަސް ފާއިތުވެގެން ދިޔައިރުވެސް ސްރީލަންކާގެ ކުންފުންޏަށް ސްކޫބާ ސްޕާ ޕްރައިވެޓް ލިމިޓެޑު ގެ ފަރާތުން ފައިސާ ނުދެއްކުމުން މުޙައްމަދު އަސްލަމްގެ ފަރާތުން ލަކުޑި ވިއްކި ފަރާތަށް ފައިސާ ދައްކާ ޚަލާޞް ކުރިނަމަވެސް ސްކޫބާ ސްޕާ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މުޙައްމަދު އަސްލަމަ ށ ދޭންޖެހޭ ފައިސާ ދީފައިނުވާތީ މުޙައްމަދު އަސްލަމްގެ ފަރާތުން ސްކޫބާ ސްޕާ ޕްރައިވެޓް ލިމިޓެޑަށް ފޮނުވި ސިޓީގައިވާ ފަދައިން ދުވާލަކަށް %25 )ފަންސަވީސް އިންސައްތަ ( ޗާޖް ހިމަނައިގެން ޖެހޭ ޖުމްލަ ފައިސާ ޢަދަދު ޙުކުމްކުރާ ދުވަހުން ފެށިގެން މީލާދީ 01 )އެކެއް ( މަސްދުވަހުގެ ތެރޭގައި ލިބިދިނުމަށް އެދި ސްކޫބާ ސްޕާ ޕްރައިވެޓް ލިމިޓެޑު ގެ މައްޗަށް ގދ. ގައްދޫ ނެޝަނަލްހައުސް މުޙައްމަދު އަސްލަމް ގެ ފަރާތު ން، ސިވިލް ކޯޓުގައި ދަޢުވާކޮށްފައިވެއެވެ . 7- މުޙައްމަދު އަސްލަމްގެ ފަރާތުން ކުރި ދަޢުވާއަށް ސްކޫބާ ސްޕާ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އިންކާރުކޮށް، ހުށަހެޅިފައިވާ ދަޢުވާގައި ހޯދުމަށް އެދިފައިވާ ފައިސާއަކީ، މުޙައްމަދު އަސްލަމްގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައާ ގުޅިގެން، އެ ފަރާތަށް ލިބިފައިވާ ފައިސާއެއްކަން، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 36/VTR/2016 މައްސަލައިން އެނގެން އޮންނަކަމަށް ބުނެ، އެގޮތުގެ މަތިން ސްކޫބާ ސްޕާ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މައްސަލަށް ޖަވާބުދާރީ ވެފައިވެއެވެ . 8- ސްކޫބާސްޕާ ޕްރައިވެޓް ލިމިޓެޑު ގެ ވަޒީފާގައި މުޙައްމަދު އަސްލަމް އުޅުނުއިރު ސްކޫބާ ސްޕާ ޕްރައިވެޓް ލިމިޓެޑު ގެ އެދު މުގެ މަތިން ސްރީލަންކާއިން ލަކުޑިތަކެއް ގަނެ އޭގެ އަގު އަދާކުރުމުގައި ކުންފުނިން ދީފައިވާ ފައިސާއިން އަގު އަދާނުކުރެވޭތީ ސްކޫބާ ސްޕާ ޕްރައިވެޓް ލިމިޓެޑުގެ އެދުމުގެ މަތިން، މަދުވާ ފައިސާ 2ސިވިލް ކޯޓުގެ ނަންބަރު 1085/Cv-C/2018 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓް ކުންފުނީގެ ފަރާތުން މުޙައްމަދު އަސްލަމަ ށ އަނބުރާ ދޭގޮތަށް އެ ފައިސާއަށް މުޙައްމަދު އަސްލަމް ޒިންމާވެގެން އެލަކުޑިތައް މާލެ ގެނެސް ސްކޫބާ ސްޕާ ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްފައިވާކަމާއި، އަދި ބަޔާންވެދިޔަ ލަކުޑިތައް ގަނެގެން މާލެއާ ހަމައަށް ގެނައުމަށް މުޙައްމަދު އަސްލަމްގެ އަތުން US$1,588.61 )އެއްހާސް ފަސްސަތޭކަ އަށްޑިހަ އަށެއް އެމެރިކާ ޑޮލަރު ފަސްދޮޅަސް އެއްސެންޓް ( ޚަރަދުކޮށްފައިވާ ކަމަށްބނު މި ދަޢުވާގައި މުޙައްމަދު އަސްލަމް ހޯދުމަށް އެދިފައިވާ ފައިސާއަކީ އެކުންފުނީގެ ފަރާތުން މުޙައްމަދު އަސްލަމަށް ދީ ނިންމާފައިވާ ފައިސާކަމަށް ބުނެ އެކަން ސާބިތުކޮށްދިނުމަށް ސްކޫބާ ސްޕާ ޕްރައިވެޓް ލިމިޓެޑު ގެ ފަރާތުން ހުށަހަޅާފައިވާ ވަޒީފާއާބެހޭ ޓްރައިބިއުނަލް ގެ ނަންބަރު 36/VTR/2016 މައްސަލަ ނިންމިގޮތުގެ ރިޕޯޓަށް ބަލާއިރު އެރިޕޯޓުގައި ބަޔާންވެގެންވާ ފައިސާގެ ތެރޭގައި، ހުށަހެޅިފައިވާ ދަޢުވާގައި މުޙައްމަދު އަސްލަމްގެ ފަރާތުން ހޯދުމަށް އެދިފައިވާ، ފައިސާ )ސްކޫބާސްޕާ ޕްރައިވެޓް ލިމިޓެޑްގެ އެދުމަކަށް ސްރީލަންކާއިން ލަކުޑިތަކެއް ގަނެގެން މާލެ ގެނައުމަށް މުޙައްމަދު އަސްލަމްގެ އަތުން ޚަރަދުކޮށްފައިވާ ފައިސާ ( ހިމެނިފައިވާކަން އެ ރިޕޯޓުން އެނގެން ނެތުމާ އެކު އެ ފައިސާ މުޙައްމަދު އަސްލަމަ ށ ދަޢުވާލިބޭ ކުންފުނީގެ ފަރާތުން ދައްކާ ޚަލާޞްކޮށްފައިވާކަން ޝަރީޢަތަށް ސާބިތުވާފަދަ ކާފީހެއްކެއް ދަޢުވާލިބޭ ފަރާތުން ދައްކާފައިނުވާތީ ދަޢުވާގައި މުޙައްމަދު އަސްލަމް ހޯދުމަށް އެދިފައިވާ US$1,588.61 )އެއްހާސް ފަސްސަތޭކަ އަށްޑިހަ އަށެއް އެމެރިކާ ޑޮލަރު ފަސްދޮޅަސް އެއްސެންޓް ( އަކީ ސްކޫބާ ސްޕާ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މުޙައްމަދު އަސްލަމަ ށ ދޭންޖެހޭ ފައިސާކަމަށް ކަނޑައަޅައި، އެފައިސާ މުޙައްމަދު އަސްލަމަ ށ ލިބިދިނުމުގެ ގޮތުން 27 މާރިޗް 2019 މިދުވަހުން ފެށިގެން މީލާދީ 01 )އެކެއް ( މަސްދުވަހުގެ ތެރޭގައި US$1,588.61 )އެއްހާސް ފަސްސަތޭކަ އަށްޑިހަ އަށެއް އެމެރިކާ ޑޮލަރު ފަސްދޮޅަސް އެއްސެންޓް ( ސިވިލް ކޯޓަށް ދައްކައި ޚަލާޞްކުރުމަށް ސްކޫބާސްޕާ ޕްރައިވެޓް ލިމިޓެޑަށް އަންގައި، ޙުކުމް ކޮށްފައިވާކަން އެނގެން އޮވެއެވެ .

3ސިވިލް ކޯޓުގެ ނަންބަރު 1085/Cv-C/2018 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓް ޝަރީޢަތުގެ ކުރިމަތީ އޮތް ސުވާލު : 9- އިސްތިއުނާފު މިކުރެވޭ ސިވިލް ކޯޓުގެ ނަންބަރު 1085/Cv-C/2018 ޤަޟިއްޔާގެ ޙުކުމަށް ވާޞިލުވި ސަބަބުތަކުގެ މައްޗަށާއި ސްކޫބާސްޕާ ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކުގެ މައްޗަށް ނަޒަރުކުރުމުން ޝަރީޢަތުގެ ކުރިމަތީ މިހާރު އޮތް ސުވާލަކީ، އިސްތިއުނާފު ކުރެވިފައި މިވާ ސިވިލް ކޯޓުގެ ނަންބަރު 1085/Cv-C/2018 ޤަޟިއްޔާގައި މުޙައްމަދު އަސްލަމް ގެ ފަރާތުން ހޯދުމަށް އެދިފައިވާ ފައިސާއާއި އަދި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 36/VTR/2016 މައްސަލައިގެ ދަށުން، މުޙައްމަދު އަސްލަމް ހޯދުމަށް ހުށަހެޅި ފައިސާއަކީ، އިސްތިއުނާފުކުރާ ސްކޫބާ ސްޕާ ޕްރައިވެޓް ލިމިޓެޑު ގެ ފަރާތުން ފާހަގަކުރާ ފަދައިން އެއް ފައިސާއެއްތޯ ނުވަތަ ނޫންތޯއެވެ . 10- މުޙައްމަދު އަސްލަމް ސްކޫބާ ސްޕާ ޕްރައިވެޓް ލިމިޓެޑުގަ އ 01 ޖޫން 2014 އިން ފެށިގެން ވަޒީފާ އަދާކުރި މުއްދަތުގައި 2015 ވަނަ އަހަރުގެ ނޮވެންބަރު މަހުން ފެށިގެން 18 ފެބްރުއަރީ 2016 އާ ހަމައަށްވެސް މުސާރަ ދީފައިނުވާތީއާ، އަދި އޭގެ އިތުރުން ކުންފުނީގެ ބޭނުމަށްޓަކައި ރާއްޖެއިން ބޭރުން އެތެރެކުރި ބައެއް މުދަލަށް ކުންފުނިން ފަހުން އަނބުރާ ދައްކާގޮތަށް މުޙައްމަދު އަސްލަމް އަތުން ޚަރަދުކޮށްފައިވާ US$1,445.42 )ސާދަސަތޭކަ ސާޅީސް ފަސް އެމެރިކާ ޑޮލަރު ސާޅީސް ދެ ސެންޓް ( ދީފައިނުވާތީ، އެ ފައިސާ އަނބުރާ ހޯދުމަށް އެދި ސްކޫބާ ސްޕާ ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ރައްދުވާ ގޮތަށް މުޙައްމަދު އަސްލަމް ގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް މައްސަލައެއް ހުށަހެޅި އެވެ . އެ މައްސަލައިގައި މުޙައްމަދު އަސްލަމް ހޯދުމަށް އެދި ހުށަހެޅި މުސާރައިގެ ފައިސާއާއި އަދި ކުންފުނީގެ ބޭނުމަށްމުޙައްމަދު އަސްލަމް ގެ އަތުން ޚަރަދުކުރި ކަމަށް ބުނާ US$1,445.42 )ސާދަސަތޭކަ ސާޅީސް ފަސް އެމެރިކާ ޑޮލަރު ސާޅީސް ދެ ސެންޓް ( މުޙައްމަދު އަސްލަމް އަށް ދީފައިވާކަން، މައްސަލަ ރައްދުވި ސްކޫބާ ސްޕާ ޕްރައިވެޓް ލިމިޓެޑުން ސާބިތުކޮށްފައިވާކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 36/VTR/2016 މައްސަލައިގައި ކަނޑައަޅާފައި ވެއެވެ . 11- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 36/VTR/2016 މައްސަލައި ގައި، މުސާރައިގެ އިތުރުން މުޙައްމަދު އަސްލަމް ހޯދުމަށް އެދިފައިވާ US$1,445.42 )ސާދަސަތޭކަ ސާޅީސް ފަސް އެމެރިކާ ޑޮލަރު ސާޅީސް ދެ ސެންޓް( ފައިސާއަކީ، ކުންފުނީގެ ބޭނުމަށް މުޙައްމަދު އަސްލަމް ގެ އަތުން ޚަރަދުކުރި ފައިސާކަމަށް ބަޔާންކޮށްފައިވުމުގެ އިތުރަށް އެ ފައިސާއަކީ ކޮން ގޮތަކުން ކޯއްޗެއް ގަތުމަށްޓަކައި ޚަރަދުކުރި ފައިސާއެއްކަން މުޙައްމަދު އަސްލަމް ގެ ފަރާ ތުން ބަޔާންކޮށްދީފައިނުވެއެވެ . އަދި އެފައިސާއާބެހޭ އިތުރު ތަފްޞީލެއް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 36/VTR/2016 މައްސަލައި ގެ، މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގައި ވެސް ފާހަގަކޮށްފައި ނުވެއެވެ . 12- ކުރިން ބަޔާންކޮށްފައިވާ ފަދައިން، ސްކޫބާ ސްޕާ ޕްރައިވެޓް ލިމިޓެޑްގެ ވަޒީފާގައި މުޙައްމަދު އަސްލަމް މަސައްކަތް ކުރި ދުވަސްތަކަށް ދޭންޖެހޭ މުސާރައާއި އަދި ކުންފުނީގެ ބޭނުމަށްޓަކައި ރާއްޖެއިން ބޭރުން އެތެރެކުރި ބައެއް މުދަލަށް ކުންފުނިން ފަހުން އަނބުރާ ދައްކާގޮތަށް މުޙައްމަދު އަސްލަމް އަތުން ޚަރަދުކޮށްފައިވާކަމަށް ބުނީ US$1,445.42 )ސާދަސަތޭކަ ސާޅީސް ފަސް އެމެރިކާ ޑޮލަރު ސާޅީސް ދެ ސެންޓް ( މުޙައްމަދު އަސްލަމް އަށް ދީފައިވާކަން، ސްކޫބާ ސްޕާ ޕްރައިވެޓް ލިމިޓެޑުން ސާބިތުކޮށްފައިވާ ކަމަށް ކަނޑައަޅައި، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 36/VTR/2016 މައްސަލަ ނިންމާފައިވާކަން އެނގެން އޮވެއެވެ . 13- މުޙައްމަދު އަސްލަމްގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައި ގައި، މުޙައްމަދު އަސްލަމްގެ ފަރާތުން ހޯދުމަށް ހުށަހެޅި ފައިސާ އެފަރާތަށް ލިބިފައިވާކަމަށް ނިންމާފައިވަނީ، ސްކޫބާ ސްޕާ ޕްރައިވެޓް ލިމިޓެޑު ގެ ފަރާތުން އެ މައްސަލައާ ގުޅިގެން ހުށަހެޅި ލިޔެކިޔުންތަކުގެ މައްޗަށް ބަލައިގެންކަން އެނގެން އޮންނައިރު، ސްކޫބސްޕާ ޕްރައިވެޓް ލިމިޓެޑު ގެ ފަރާތު ން ހުށަހެޅި ލިޔުންތަކުގެ ތެރޭގައި، ސްކޫބާ ސްޕާ ޕްރައިވެޓް ލިމިޓެޑު ގެ ވަޒީފާއިން މުޙައްމަދު އަސްލަމް ވަކިވިއި ރ އެ ފަރާތަށް ދޭންޖެހޭ ފައިސާގެ ތަފްޞީލުތައް ބަޔާންކުރުމަށްފަހު އޭގައިވާ ފައިސާގެ ޢަދަދަކީ ރަނގަޅު ޢަ ދަދެއްތޯ ޔަގީންކުރމުގު ގޮތުން މުޙައްމަދު އަސް ލަމަ ށ މެއިލްކޮށްފައިވާކަމާއި، އަދި އެމެއިލްގެ ރައްދުގައި 2015 ޑިސެންބަރު 29 ގައި މުޙައްމަދު އަސްލަމްގެ ފަރާތުން ސްކޫބާ ސްޕާ ޕްރައިވެޓް ލިމިޓެޑަށް ފޮނުވި މެއިލްގައި، ]ހިސާބުކުރުން ރަނގަޅު ) [The calculation right( މިފަދައިން ބަޔާންކޮށްފައި އޮތުމުން، ސްކޫބާ ސްޕާ ޕްރައިވެޓް ލިމިޓެޑުގެ ވަޒީފާގައި މުޙައްމަދު އަސްލަމް މަސައްކަތް ކުރި ދުވަސްތަކަށް ދޭންޖެހޭ މުސާރައާއި އަދި ކުންފުނީގެ ބޭނުމަށްޓަކައި ރާއްޖެއިން ބޭރުން އެތެރެކުރި މުދަލަށް، ސްކޫބާ ސްޕާ ޕްރައިވެޓް ލިމިޓެޑުގެ ވަޒީފާއިން މުޙައްމަދު އަސްލަމް ވަކިވިއިރު މުޙައްމަދު އަސްލަމަށް ލިބެންޖެހޭ ފައިސާގެ ޢަދަދަކީ، ބުނެވިދިޔަ މެއިލްގައި ދެފަރާތުން އެއްބަސްވެފައިވާ ޢަދަދުކަމުގައި ބަލަންޖެހޭކަމާއި، އެމެއިލްގައި މުސާރައިގެ ގޮތުގައި ދޭންޖެހޭ ފައިސާގެ އިތުރުން ކުންފުނީގެ ބޭނުމަށް ރާއްޖެއިން ބޭރުން މުޙައްމަދު އަސްލަމް ގަނެފައިވާ މުދަލާގުޅޭ US$1389.46 )އެއްހާސް ތިންސަތޭކަ އަށްޑިހަ ނުވައެއް ޕޮއިންޓް ސާޅީން ހަޔެއް( ފައިސާވެސް ހިމެނިފައިވާކަމާއި އަދި އެފައިސާ 2016 ޖަނަވަރީ 2 ގައި ދަ މޮރިޝަސް ކޮމާޝަލް ބޭންކް އެލް .ޓީ .ޑީ )MCB( ގައި ހުޅުވާފައިވާ މުޙައްމަދު އަސްލަމްގެ ބޭންކް އެކައުންޓަށް ޓްރާސްފާރ ކޮށްފައިވާކަން އެނގެން އޮވެއެވެ . 14- ސިވިލް ކޯޓުގެ ނަންބަރު 1085/Cv-C/2018 ޤަޟިއްޔާގައި، މުޙައްމަދު އަސްލަމް ގެ ފަރާތުން ހޯދުމަށް އެދިފައިވާ ފައިސާއަކީ،ސްކޫބާ ސްޕާ ޕްރައިވެޓް ލިމިޓެޑްގެ ވަޒީފާގައި މުޙައްމަދު އަސްލަމް މަސައްކަތް ކުރިއިރު، ސްކޫބސްޕާ ޕްރައިވެޓް ލިމިޓެޑު ގެ ބޭނުމަށް ރާއްޖެއިން ބޭރުން ގަތް މުދާތަކަކަށް މުޙައްމަދު އަސްލަމްގެ އަތުން ޚަރަދުކޮށްފައިވާ ކަމަށް ބުނާ US$1,519.55 )އެއްހާސް ފަސްސަތޭކަ ނަވާރަ ޕޮއިންޓް ފަންސާސް ފަސް ސެންޓް( އެވެ . އެ ފައިސާ މުޙައްމަދު އަސްލަމް ޚަރަދުކޮށްފައިވަނީ ސްރީލަންކާއިން 500 ޓީކްވުޑް ބެރިގަތުމަށް ކަން، މުޙައްމަދު އަސްލަމްގެ ފަރާތުން ސިވިލް ކޯޓުގައި ދައްކާފައިވާ ވާހަކަތަކުންނާއި އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ . 15- މުޙައްމަދު އަސްލަމްގެ ފަރާތުން ވަޒީފާ އާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައިގައި، މުސާރައިގެ އިތުރުން ސްކޫބާ ސްޕާ ޕްރައިވެޓް ލިމިޓެޑުގެ ބޭނުމަށް ގަތް މުދަލަށް މުޙައްމަދު އަސްލަމްގެ އަތުން ޚަރަދުވި ފައިސާގެ ގޮތުގައި ހޯދުމަށް އެދިފައިވާ ފައިސާއަކީވެސް، ސްރީލަންކާއިން 500 ޓީކްވުޑް ގަތުމަށް ޚަރުދުކޮށްފައިވާ ފައިސާއެއްކަން އެނގެން އޮވެއެވެ . އެމް. ސީ .ބީ .ގެ އިންޓަރނެޓް ބޭންކިންގ ސްޓޭޓްމަންޓް purchase records of mohamed aslam 16- ސްކޫބާސްޕާ ޕްރައިވެޓް ލިމިޓެޑު ގެ ވަޒީފާގައި މުޙައްމަދު އަސްލަމް މަސައްކަތް ކުރިއިރު، ސްކޫބާ ސްޕާ ޕްރައިވެޓް ލިމިޓެޑު ގެ ބޭނުމަށް ރާއްޖެއިން ބޭރުން ގަތް މުދަލަށް މުޙައްމަދު އަސްލަމްގެ އަތުން ޚަރަ ދުކޮށްފައިވާ ފައިސާގެ ގޮތުގައި، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 36/VTR/2016 މައްސަލައިގައި އަދި އިސްތިއުނާފު މި ކުރެވޭ ސިވިލް ކޯޓުގެ ނަންބަރު 1085/Cv-C/2018 ޤަޟިއްޔާގައި މުޙައްމަދު އަސްލަމްގެ ފަރާތުން ހޯދުމަށް އެދިފައިވާ ފައިސާގެ ޢަދަދުގައި ކުޑަ ތަފާތު ތަކެއް ހުރިނަމަވެސް، މި ދެ މައްސަލައި ގައި މުޙައްމަދު އަސްލަމް ގެ ފަރާތުން ހޯދުމަށް އެދިފައިވާ ފައިސާއަކީ، އެއް ބާވަތެއްގެ މުދަލެއް ގަންނަން ޚަރަދުކުރި އެއް ފައިސާއެއްކަން އެނގެއެވެ . ސްކޫބާސްޕާ ޕްރައިވެޓް ލިމިޓެޑު ގެ ވަޒީފާއިން މުޙައްމަދު އަސްލަމް ވަކިވިއިރު މުޙައްމަދު އަސްލަމަށ ދޭންޖެހޭ ފައިސާގެ ތަފްޞީލުތައް ބަޔާންކުރުމަށްފަހު އޭގައިވާ ފައިސާގެ ޢަދަދަކީ ރަނގަޅު ޢަ ދަދެއްތޯ ޔަގީންކުރުމު ގެ ގޮތުން މުޙައްމަދު އަސްލަމަ ށ ފޮނުވި މެއިލްގައި، ސްކޫބާ ސްޕާ ޕްރައިވެޓް ލިމިޓެޑު ގެ ބޭނުމަށް މުޙައްމަދު އަސްލަމް ޚަރަދުކޮށްފައިވާ ފައިސާގެ ތަފްޞީލު އަންގައިދޭ (purchase records of mohamed aslam) ލިޔުމުގައި ރާއްޖެއިން ބޭރުން މުދާ ގަތުމަށް މުޙައްމަދު އަސްލަ މާ ޙަވާލުކުރި ފައިސާއާއި، މުޙައްމަދު އަސްލަމްގެ އަތުން ޚަރަދުކުރި ފައިސާގެ ތަފްޞީލު ހިމެނިފައިވާއިރު، މުޙައްމަދު އަސްލަމްގެ އަތުން US$1,570.36 އެމެރިކާ ޑޮލަރު 500 ޓީކް ވުޑް ގަތުމަށް ޚަރަދުކޮށްފައިވާ ކަން އެނގޭއިރު، އެ ފައިސާ ކުރިން ބަޔާންކޮށްފައިވާ ފަދައިން 2016 ޖަނަވަރީ 2 ގައި ދަ މޮރިޝަސް ކޮމާޝަލް ބޭންކް އެލް .ޓީ .ޑީ )MCB( ގައި ހުޅުވާފައިވާ މުޙައްމަދު އަސްލަމްގެ ބޭންކް އެކައުންޓަށް ޓްރާސްފާރ ކޮށްފައިވާކަން އެނގެއެވެ . ބުނެވިދިޔަ ކަންކަމާ ގުޅޭ ލިޔެކިޔުންތައް ސްކޫބާ ސްޕާ ޕްރައިވެޓް ލިމިޓެޑު ގެ ފަރާތުން ވަޒީފާ އާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައިވެއެވެ . އަދި އެލިޔުންތައް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 36/VTR/2016 މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގައިވެސް ހިމެނިފައިވާކަން އެނގެން އޮވެއެވެ . އެހެން ކަމުން އިސްތިއުނާފުކުރެވިފައިވާ ސިވިލް ކޯޓުގެ ނަންބަރު 1085/Cv-C/2018 ޤަޟިއްޔާގައި މުޙައްމަދު އަސްލަމު ހޯދުމަށް އެދިފައިވާ ފައިސާއާއި، އިޝާރާތްކުރެވުނު ވަޒީފާއާބެހޭ ޓްރައިބުނަލުގެ މައްސަލައިގައި ('.!0 ~0'-........_:r:u <(........_('.!..q-0'- lf) I '"a\ \~a'\"'\'" ,, '::\ "\":\"'\ a\~~ ~\"\"&'"a\ \~ ~~'\\ ·\ '"a\"\~&""' ":\at,."~ at_;'""\ ""' ~~ al'" '""\ a'\\';"'\ ~~ l' ,, \~ "C),"'\"C),l!'\ ""'at,. "'\ at,.\~,, '::\ '"a\'\al'" '""\ a'\\';"'\ ,, '::\ "'\'" "C),"'\"C),'\"&'"a\ \~,, l '::\ ,, '::\a\~~'\\·\ \ "' C), \~ f' \\ '\ "' C), '"a\ "'\a\ ,, '::\,,at,. \"' ,, ()'\ ''"' - 0 00if)......_u u ......_N0-00"\\Qat,. ,,""' "li~~a\ a~"'\\~at,."\"\ \, C),'\ '\ \,"' 1\, ·L >I C~.,,L "C),~~ '"a\ \~ ~\"'lJa\ ,,""'a~ ~~ \Q 0'\~~~~ • I a~"'\"\"\ at,.'" ""' "'t,)("!"\ at,.\~at,.\~ "\"C>.."\"~a\,, \Q ,,"~'ct. ,, "~"\ "\"C),"\"~\"' \\,, "C),a ~\' ~~ \\ 1\, '\ 't, :\ 1 ~ \ \ \"' "!U~~\,,""' :!'lJa'\''\ "~\ ,,a'\ ''"' a'\"~"';""' ~,a'\ '' - 0 ocif)......_u \._Ir ......_N0- 00 "\\Qat,. ,,""' "!U~~ a"\ "' ,, 1\, ·L "' ~ ·L"' >I e>.,,L ' "C),"'\ a\~~ ,, at,.~:~~'t,\a'\ ""' "\ '" ""' at_;~\,,, ':\ "& :\~ ~\ & '\ \~'lJ, oN\\ "'' ~~0'\~~~~ '!\ ,,~\0'\1,'"" ,, '\\ "' - "\'" "\ \1 \ "\ ~, '\~ '\ "''' '\· ..i, ,, \ I I I . . I i ; ' : ~ I ' . f M~ •l~~ • r')r')N V)0 N ., :'\ • ~~'' \\,-~ - ~'' "' .\1-''\X'-,"\ ,,.,,,C') ..,"'\t, . .,,.,\ ,,"" "\"' ,,~ •a;~ ,, .,~ "'·~ - ' • ~ 'IJ \ \~ \ ' 3 3 ~ ..c~.: u g gj :: ;::> .~\l oe"' 0... c·.2 @r CiJ~ 0 ~~0> ~ > '.\ '\ "'\~ \ \ -

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

—

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ