ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2019/HC-A/424

އައްޑޫ ރީފް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑް ވ. ރޯޔަލް ސަޕްލައި ޕްރައިވެޓް ލިމިޓެޑް

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ސުޕްރީމް ކޯޓަށް އިސްތިއުނާފުކޮށްފައި ނުވޭ · ރަޖިސްޓްރީ ބެލީ 15 އޮކްޓޫބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 25 ނޮވެމްބަރު 2021ދަށު ކޯޓު: ސިވިލް ކޯޓު 3374/Cv-C/2018ބާވަތް: އެހެނިހެން

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސިވިލް ކޯޓު 3374/Cv-C/2018
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
އުޅަނދު ވިއްކުމުގެ އެއްބަސްވުމުގައި އުޅަނދު ޙަވާލުކުރުން ބިނާވެފައިވަނީ ގަންނަ ފަރާތުން އިންޝުއަރެންސް ސެޓްފިކެޓް ދިނުމުގެ މައްޗަށް ކަމަށްވާއިރު، އުޅަނދު ޙަވާލުކުރުމުގެ އިލްތިޒާމް އުފަންނުވަނީސް ބާކީ އަގާއި އެއްބަސްވުމުގެ ޖޫރިމަނާ ދެއްކުމުގެ އިލްތިޒާމް ގަންނަ ފަރާތުގެ މައްޗަށް އުފަންވޭތޯ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

އެހެނިހެން › މަސައްކަތާއި މުދަލާއި ޚިދުމަތުގެ އަގު ހޯދުމަށް އެދި

HN1 އެއްބަސްވުމެއްގެ ބައިވެރިންގެ މައްޗަށް ލާޒިމްވާ ކަންކަން ކުރަންވާނީ އެ އެއްބަސްވުމުގައިވާ ގޮތުގެ މަތިން ކަމާއި، އެއްބަސްވުމުގައި ސޮއިކުރުމަކީ ކޮންމެހެން ހުރިހާ އިލްތިޒާމެއް އަދާކުރަން ފަށަންޖެހޭ ވަގުތަކަށް ނުވެދާނެއެވެ؛ އިލްތިޒާމްތަކުގެ ތަރުތީބެއް ނުވަތަ ވަކި ވަގުތެއް އައުމުން ކުރަންޖެހޭ ކަމެއް އޮތްނަމަ، އެ ޝަރުޠު ފުރިހަމަވުމުގެ ކުރިން އެ އިލްތިޒާމް އަދާކުރުން ލާޒިމެއް ނުވެއެވެ.

HN2 އެއްބަސްވުމުން ރޫޅާލުމުގެ ޤަޞްދުނެތި ބައިވެރިން އެއްބަސްވުމާއިގެން ކުރިއަށްދާން ބޭނުންވާ ޙާލަތުގައި، އެޑްވާންސްގެ ގޮތުގައި (ޢަރަބޫނު) ދައްކާ ފައިސާއަކީ މުދަލުގެ އަގާ ވަކިން ޖޫރިމަނާއެއްގެ ގޮތުގައި ދައްކަންޖެހޭ ފައިސާއެއް ނޫން ކަމާއި، އެ ފައިސާ ވިއްކާ ފަރާތަށް ދޫނުވެ އޮންނާނީ ގަންނަ ފަރާތުން އެއްބަސްވުމާ ޚިލާފުވުމުން އެއްބަސްވުން ރޫޅާލެވޭ ޙާލަތުގައެވެ.

HN3 އެއްބަސްވުމުގައި ތަޞައްވުރުކޮށްފައިވަނީ މުދާ ޙަވާލުކުރުމަށްފަހު ބާކީ އަގު ދައްކާ ގޮތަށްނަމަ، ސަބަބަކީ ކޮންމެ ކަމެއް ކަމުގައި ވިޔަސް މުދާ ޙަވާލުކުރުމުގެ އިލްތިޒާމް އުފަންނުވަނީސް ބާކީ އަގު ދެއްކުމުގެ އިލްތިޒާމާއި އަގު ނުދެއްކުމުން އަރާ ޖޫރިމަނާގެ އިލްތިޒާމް އުފަންނުވެއެވެ.

އެހެނިހެން › މަސައްކަތާއި މުދަލާއި ޚިދުމަތުގެ އަގު ހޯދުމަށް އެދި

HN4 އަދާކުރަން ލާޒިމްވާ އިލްތިޒާމެއް އުފަންނުވާނަމަ، އެ އިލްތިޒާމަށް ޢަމަލުކުރުން އެއްބަސްވުމުގެ އަނެއް ބައިވެރިޔާގެ މައްޗަށް ލާޒިމުކުރެވޭނެ ތަނެއް ނޯންނާނެއެވެ.

HN5 އެއްބަސްވުން ދެމެހެއްޓުމުގެ ތެރޭގައި ބައިވެރިންނަށް ޙައްލުނުކުރެވޭ ޚިލާފެއް އޮތްނަމަ (މިސާލަކަށް އިންޝުއަރެންސަށް ބޭނުންވާ ލިޔުންތައް ނުދިނުން ނުވަތަ ސެޓްފިކެޓް ޙަވާލުނުކުރުން)، އެ ކަންކަން ތަންފީޛުކޮށްދިނުމަށް އެއްބަސްވުމާ ޚިލާފުނުވާ ފަރާތުން ކޯޓަށް އެދިދާނެ ނަމަވެސް، އެ ކަންކަން ވުމުގެ ކުރިން މުދަލުގެ އަގު ހޯދުމުގެ ފަރުވާ ނުދެވޭނެއެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ފަނޑިޔާރު ޢަލީ ސަމީރު، ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު މުޙައްމަދު ފައިޞަލް
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
ފަނޑިޔާރު ޢަލީ ސަމީރު · ތާއީދުކުރެއްވީ: ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު މުޙައްމަދު ފައިޞަލް
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

1އައްޑޫ ރީފް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު 0568/2014-C) އާއި ރޯޔަލް ސަޕްލައި ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު 264/2009-C) އާއި ދެމެދު 24 ސެޕްޓެމްބަރ 2017 މި ތާރީޚުގައި “SALE AND PURCHASE AGREEMENT” މި ނަމުގައި ވެވުނު އެއްބަސްވުމެއްގެ ދަށުން އައްޑޫ ރީފް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑުން ރޯޔަލް ސަޕްލައި ޕްރައިވެޓް ލިމިޓެޑަށް 2 އުޅަނދު (2-Milagros އެވެކިޔާ ރަޖިސްޓްރީ ނަންބަރު 01-52BC42 ބޯޓާއި 3-Milagros އެވެކިޔާ ރަޖިސްޓްރީ ނަންބަރު 01-C4178B) ވިއްކާ ގަތުމުގެ އެއްބަސްވުމެއް ވެވުނެވެ.

2ބުނެވުނު އެއްބަސްވުމާ ރޯޔަލް ސަޕްލައި ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޚިލާފުވެފައި ވާކަމަށާއި، އެގްރިމެންޓާ އެއްގޮތަށް ދައްކަންޖެހޭ ފައިސާ ދައްކާފައިނުވާ ކަމަށްބުނެ، އެގްރިމެންޓުގެ ދަށުން އައްޑޫ ރީފް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑަށް ލިބެންޖެހޭކަމަށް ބުނާ ފައިސާއާއި، ފައިސާ ދެއްކުމާ ހަމައަށް ހިނގާ ޖޫރިމަނާއަށްވާ ފައިސާ ހޯދުމަށާއި، އެއްބަސްވުމުގެ ދަށުން އައްޑޫ ރީފް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑުން ވިއްކި ދެ އުޅަނދު އަނބުރާ ހޯދުމަށާއި، ސ.ހިތަދޫ ބަނދަރުނ އުޅަނދުތައް ނެގުމަށް ހޭދަވާ ޚަރަދު ރޯޔަލް ސަޕްލައި ޕްރައިވެޓް ލިމިޓެޑްގެ ކިބައިން ހޯދުމުގެ ޙައްޤު އައްޑޫ ރީފް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑްއަށް ލިބިގެންވާކަމުގައި ކަނޑައަޅައިދިނުމަށް އެދި އައްޑޫ ރީފް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ރޯޔަލް ސަޕްލައި ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ސިވިލް ކޯޓުގައި ދަޢުވާ އުފުލިއެވެ.

3އައްޑޫ ރީފް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑުން ހުށަހެޅި މައްސަލަ ސިވިލް ކޯޓުގައި ބަލާފައިވަނީ އިސްތިއުނާފު ކުރެވިފައިމިވާ ސިވިލް ކޯޓުގެ ނަންބަރ 3374/Cv-C/2018 ޤަޟިއްޔާއިންނެވެ. މިއީ، ސިވިލް ކޯޓުގެ ނަންބަރު 3374/Cv-C/2018 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތްނޫން ކަމަށް ބުނެ އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި އައްޑޫ ރީފް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދވެހިރާއްޖޭގި ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ރޯޔަލް ސަޕްލައި ޕްރައިވެޓް ލިމިޓެޑެވެ. ސިވިލް ކޯޓުގައި އައްޑޫ ރީފް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑުން އެދުނު އެދުމާއި ސިވިލް ކޯޓުން ނިންމި ގޮތް

4އައްޑޫ ރީފް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑުން ހުށަހެޅި ދަޢުވާގައި، އެކުންފުނިން ސިވިލް ކޯޓުގައި ބުނެފައިވަނީ، އެކުންފުންޏާއި ރޯޔަލް ސަޕްލައި ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމުގައި ބުނާ ގޮތަށް ވިއްކި ދެ އުޅަނދު ގަތް އަގުން ބާކީ ދައްކަންޖެހޭ ފައިސާ ރޯޔަލް ސަޕްލައި ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދައްކާފައި ނެތްކަމަށެވެ. މި ގޮތުން މި ދެ އުޅަނދުގެ އަގުގެ ގޮތުގައި ދެ ފަރާތުން އެއްބަސްވި އަގަކީ $100,000 (އެއްލައްކަ އެމެރިކާ ޑޮލަރު) ކަމަށާއި، އަގު އަދާކުރުމަށް އެއްބަސްވެފައިވާ ގޮތަކީ އެއްބަސްވުމުގައި ސޮއިކރު ވަގުތު $6000 (ހަހާސް އެމެރިކާ ޑޮލަރު) ދިނުމަށްފަހު ބާކީވާ $94,000 (ނުވަދިހަ ހަތަރުހާސް އެމެރިކާ ޑޮލަރު) 05 މަސްދުވަހުގެ ތެރޭގައި އައްޑޫ ރީފް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑަށް ދެއްކުންކަމަށާއި، އެހެންނަމަވެސް އެއްބަސްވުމުގައިބުނ މުއްދަތާ ފަހަނައަޅައި ދިޔައިރުވެސް ބާކީދައްކަންޖެހޭ ފައިސާ ލިބިފައިނުވާކަމަށެވެ. އެކަންކަން ފާހގަކުރުމަށްފަހަ އައްޑޫ ރީފް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑުން ސިވިލް ކޯޓުގައި އެދުނީ، އުޅަނދުތަކުގެ އަގުން ބާކީ ލިބެންޖެހޭކަމަށބުން $94,000 (ނުވަދިހަ ހަތަރުހާސް އެމެރިކާ ޑޮލަރު) އާއި އެއްބަސްވުމުގެ 11 ވަނަ މާއްދާގެ (ޑީ) ގެ ދަށުން $20,000 (ވިހިހާސް އެމެރިކާ ޑޮލަރު) އާއި ފައިސާ ދެއްކުމުގެ މުއްދަތު އިތުރު ކުރުމުގެ އަގަށް $6000 (ހަހާސް އެމެރިކާ ޑޮލަރު) އާއި އެއްބަސްވުމުގެ 12 ވަނަ މާއްދާގެ ދަށުނާ 06 އެޕްރީލް 2018 އިން 28 ޖޫން 2018 އަށްވާ ޖޫރިމަނާ ފައިސާގެ ގޮތުގައި $42,840 (ސާޅީސ ދެހާސް އަށް ސަތޭކަ ސާޅީސް އެމެރިކާ ޑޮލަރާއި) އަދި ފައިސާ ނުދައްކާ 05 ދުވަހަށްވުރެ އިތުރުވާ ކޮންމެ ދުވަހަކަށް 0.5% އިންސައްތައިގެ ރޭޓުން ފައިސާއާއެކު ޖުމްލަ $162,840 (އެ އްލައްކަ ފަސްދޮޅަސް ދެހާސް އަށްސަތޭކަ ސާޅީސް ޔޫއެސް ޑޮލަރު) ރޯޔަލް ސަޕްލައި ޕްރައިވެޓް ލިމިޓެޑުން ހޯދުމަށެވެ.

5ބުނެވުނު ދަޢުވާ ސިވިލް ކޯޓުން ބެލުމަށްފަހު އެ ކޯޓުން މި މައްސަލައިގައި ކޮށްފައިވާ ޙުކުމުގައި ބުނެފައިވަނީ، "24 ސެޕްޓެމްބަރ 2017 މި ތާރީޚުގައި އައްޑޫ ރީފް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑާއި ރޯޔަލް ސަޕްލައި ޕްރައިވެޓް ލިމިޓެޑްއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ވިއްކާފައިވާ 2-Milagros އެވެކިޔާ (ރަޖިސްޓްރީ ނަންބަރު 01-C4252B) ބޯޓާއި 3-Milagros އެވެކިޔާ (ރަޖިސްޓްރީ ނަންބަރު 01-C4178B) ބޯޓު ރޯޔަލް ސަޕްލައި ޕްރައިވެޓް ލިމިޓެޑްއާއި ޙަވާލުކުރެވިފައިވާކަން އައްޑޫ ރީފް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑްއަށް ޝަރީޢަތުގައި ޘާބިތުކޮށްދެވިފައި ނުވާކަމަށްޓަކައ ދަޢުވާގައި އެދިފައިވާ ފައިސާ ރޯޔަލް ސަޕްލައި ޕްރައިވެޓް ލިމިޓެޑްގެ ކިބައިން ނަގައިދެވޭނެ ހަމައެއް ނެތުމުގެ އިތުރުން މި ދެ އުޅަނދު އައްޑޫ ރީފް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސ.ހިތަދޫ ފަޅުނ ނަގާފައިވާކަން އެފަރާތުގެ ބަހުން ޝަރީޢަތަށް އެނގެން އޮންނާތީ In the event the buyer fails to pay the balanace amount with the date given, the vessels shall be returned to the vendor with a penalty of USD20,000 (twenty thousand United States dollar). Any cost borne by the buyer for repairing of the vessels, or any advance payments from the sale price made to the vendor will not be reinbursed to the buyer and any deterrioration of the vessels from the condition of the vessels described under clause 3 shall be borne by the buyer. Any dues that remain unpaid due from the buyer to the vendor under the terms and conditions hereunder for any period exceeding 05(five) working days will incur delay damages of 0.5% per day of the amount in default. ދަޢުވާގައިވާ ދެ އުޅަނދު އައްޑޫ ރީފް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކުރުމަށް ރޯޔަލް ސަޕްލައި ޕްރައިވެޓ ލިމިޓެޑްއަށް އަންގާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި ޙުކުމްކޮށްފީމެވެ." މިފަދައިންނެވެ.

އިސްތިއުނާފީ ނުކުތާ އަދި ރައްދު

6ސިވިލް ކޯޓުގެ ނަންބަރު 3374/Cv-C/2018 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާ ކަމަށް ބުނެ އޤަޟިއްޔެ އިސްތިއުނާފު ކުރުމަށް އެދި އައްޑޫ ރީފް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑގް ފަރާތުން ހުށަހަޅާފައިވާ ނުކުތާއަކީ؛

6.1 ޤާނޫނީގޮތުން ޞައްޙަ އެއްބަސްވުމެއްވުމަށްފަހު އެ އެއްބަސްވުމާ ގުޅިގެން އުފެދޭ ޚުސޫމަތުތައް ޙައްލުކުރުމުގައި އެއްބަސްވުމުގެ ބައިވެރިންގެ މެދުގައި ޙަކަމަކަށްވާނީ އެ އެއްބަސްވުން ކަމުގައި ބުނާއުޞޫލަށ ރިޢާޔަތް ކުރުމެއްނެތި، އެއްބަސްވުމުގެ ދަށުން އުޅަނދުތައް ޙަވާލުކުރުމުގެ އިލްތިޒާމް އައްޑޫ ރީފް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް އުފަންވެފައި ނުވަނީސް، އުޅަނދުތައް ރޯޔަލް ސަޕްލައި ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކޮށްފައި ނުވާކަމަށް ކަނޑައަޅައި އުޅަނދުގެ އަގުން ބާކީ ފައިސާ ނުދައްކައިވާކަން ސާބިތުވާ ޙާލުގައިވެސް އުޅަނދުގެ ބާކީ އަގާއި، އަދި އަގު އަދާނުކުރުމުގެ ސަބަބުން ދައްކަންޖެހޭކަމަށް އެއްބަސްވެފައިވާ ޖޫރިމަނާ ފައިސާ ނަގައިދީފައި ނެތްކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.

7މިނުކުތާގެ ތަފްޞީލުގައި، އައްޑޫ ރީފް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެހައިކޯޓުގައި ބުނެފައިވަނީ، މި ދެފަރާތުގެ ދެމެދުގައި އެއްބަސްވުމުގައި ސޮއިކުރުމަށްފަހު އެއްބަސްވުމުގެ 05 ވަނަ މާއްދާ އަދި 06 ވަނަ މާއްދާގައި ބުނާ އިލްތިޒާމްތައް ރޯޔަ ލ ސަޕްލައި ޕްރައިވެޓް ލިމިޓެޑުން އަދާކޮށްފައިނެތުމުން، ރޯޔަލް ސަޕްލައި ޕްރައިވެޓް ލިމިޓެޑާއި އުޅަނދު ޙަވާލުކުރުމުގެ އިލްތިޒާމް އުފަންވެފައި ނުވާކަމަށާއި، އުޅަނދުތައް ޙަވާލުކުރުމުގެ އިލްތިޒާމް އުފަންވެފައި ނުވަނީ ރޯޔަލް ސަޕްލައި ޕްރައިވެޓް ލިމިޓެޑުން އަދ ކުރަންޖެހޭ އިލްތިޒާމާ އަދާނުކުރުމުން ކަމުގައިވާތީ އެ ސަބަބަށްޓަކައި އުޅަނދުގެ އަގުން ބާކީ ފައިސާ ލިބުމުން އައްޑޫ ރީފް ފިޝަރީޒް ޕްރައިވެޓ ލިމިޓެޑުން މަޙްރޫމްވާން ނުޖެހޭނެކަމަށެވެ. އެކަން ފާހަގަ ކުރުމަށްފަހު އައްޑޫ ރީފް ފިޝަރީޒް ޕްރައިވެޓ ލިމިޓެޑުން އެދިފައިވަނީ ސިވިލް ކޯޓުގެ ޙުކުމަށް ބަދަލު ގެނެސް އުޅަނދުގެ އަގުގެ ތެރެއިން ނުލިބިވާ $94,000 (ނުވަދިހަ ހަތަރުހާސް އެމެރިކާ ޑޮލަރު) އާއި އެއްބަސްވުމުގެ 11 ވަނަ މާއްދާގެ (ޑީ) ދަށުން $20,000 (ވިހިހާސް އެމެރިކާ ޑޮލަރު) ލިބިދޭންޖެހޭނެކަމަށް ކަނޑައެޅުމަށެވެ.

8އައްޑޫ ރީފް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ މި ނުކުތާގެ ރައްދުގައި، ރޯޔަލް ސަޕްލައި ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ބުނެފައިވަނީ، އެއްބަސްވުމެއްގައި ސޮއިކުރުމަކީ އެއްބަސްވުން ފުރިހަމަވެގެން ދިޔަކަމަށް ދަލާލަތުކޮށްދޭ ޤާނޫނީ ޙުއްޖަތެއް ނޫންކަމަށާއި، އުޅަނދުގެ އަގު އެއްބަސްވެފައިވާގޮތަށް ޙަވާލު ނުކުރެވި ދިޔައީ އައްޑޫ ރީފް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑުން އެއްބަސްވުމުގެ 07 އަދި 08 ވަނަ މާއްދާގައި ބުނާ ސަލާމަތީ ސެޓްފިކެޓާއި އަހަރީ ފީ އެގްރީމެންޓުގައި ސޮއިކުރި ދުވަހާއި ހަމައަށް ދައްކާފައި ނެތމުންކަމަށާއު، އެކަމުގެ ސަބަބުން ބޭންކް ލޯނު ލިބުމަށް ހުރަސްއެޅި ފައިސާ ނުދެއްކި ދިޔައީ ކަމަށާއި، އެކަން އެގޮތަށް ދިމާވެފައިވަނީ އެއްބަސްވުމުގެ ދަށުން އައްޑޫ ރީފް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑުން އަދާކުރަންޖެހޭ އިލްތިޒާމް އަދާނުކުރުމުން ކަމުގައިވާތީ މިއީ ޙައްޤު ނޫން ދަޢުވާއެއްކަމަށް ކަނޑައަޅައިދިނުމަށާއި، އެއްބަސްވުން ދެމެހެއްޓުމަށާއި، ވެފައިވާ ގެއްލުމުގެ ޒިންމާ އުފުލަންޖެހޭ ފަރާތަކީ އައްޑޫ ރީފް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑު ކަމުގައި ކަނޑައަޅައި ދިނުމަށް އެދޭކަމަށެވެ. އެއްބަސްވުމުގެ ދަށުން އަދާކުރަންޖެހޭ އިލްތިޒާމްގެ ޙާލަތު އުފަންވުނާ

9HN1އެއްބަސްވުމެއްގެ ބައިވެރިންގެ މައްޗަށް ލާޒިމްވާ ކަންކަން ކުރަންވާނީ، އެ އެއްބަސްވުމެއްގައި ބުނާ ގޮތުގެ މަތިންނެވެ. އަދި މި ދެފަރާތުގެ ދެމެދުގައި ޙަކަމަކަށް ވާނީވެސް މި އެއްބަސްވުމެވެ. ބައެއް އެއްބަސްވުންތަކުގެ ޒާތުން އަދި އެއްބަސްވުމުގައި ހިމެނޭ މާއްދާއެއް ހިމެނިފައި އޮންނަ ގޮތަކުން އެއްބަސްވުމެއްގައި ސޮއިކޮށް އ އެއްބަސްވުމެއް އުފަންކުރުވާ ވަގުތު އެއީ ކޮންމެހެން އެއްބަސްވުމުގައި ބުނާ އެންމެހައި އިލް ތިޒާމްތަކެއް އަދާކުރަން ފަށަނނުޖެހް ވަގުތު ކަމުގައިވެސް ވެދާނެއެވެ. މިސާލަކަށް، އެއްބަސްވުމުގައި ސޮއިކުރެވުނުއިރު އެއްބަސްވުމުގެ ބައިވެރިން އަދާކުރަންޖެހޭ އިލްތިޒާމްތަކުގެ ތަރުތީބުތަކެއް އޮތްނަމަ ނުވަތަ އެއްބަސްވުމުގައި ވަކި ވަގުތެއް އައުމުން ކުރަންޖެހޭ ކަމެއް އޮތްނަމަ، އެއްބަސްވުމުގައި ސޮއިކުރެވިފައި އޮތުމަކުން، އެއްބަސްވުމުގައި ބުނާ ތަރުތީބުތަކާއި ވަގުތު ޖެހުމުގެ ކުރިން، އެއްބަސްވުން އުފެދިފައި އޮތަތީއޭ ބުނެ އެއްބަސްވުމުގެ ދަށުން އަދާކުރަންޖެހޭ އެފަދް އިލްތިޒާމްތައް އަދާކުރުން ލާޒިމް ކަމުގައި ނުބުނެވޭނެއެވެ. މިކަން ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ (ރ) ގައި ބުނާ އަންނަނިވި ޢިބާރާތުން އެނގެން އޮވެއެވެ. އެ މާއްދާގައި ބުނަނީ "ކަމެއްވާހިނދު، ނުވަތަ ޝަރުތެއް ފުރިހަމަވުމަށްފަހު، ކޮންޓްރެކްޓަކަށް ޢަމަލު ކުރަންޖެހޭނަމަ، އެކަމެއް ވާހިނދު ނުވަތަ އެ ޝަރުތެއް ފުރިހަމަވުމަށްފަހުގައި މެނުވީ ކޮންޓްރެކްޓަށް ޢަމަލު ކުރާކަށް ނުޖެހޭނެއެވެ." އުޅަނދު ވިއްކުމުގެ މުޢާމަލާތުގައި އެއްބަސްވެފައިވާ ތަރުތީބުތައް އަދި ވަގުތުތައް

10އައްޑޫ ރީފް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑާއި ރޯޔަލް ސަޕްލައި ޕްރައިވެޓް ލިމިޓެޑާ ދެމެދު 24 ސެޕްޓެމްބަރ 2017 މި ތާރީޚުގައި ވެފައިވާ އެއްބަސްވުމަށް ބަލާއިރު، އެއްބަސްވުމުގައި ހިމެނޭ ކަންކަން ކުރަންޖެހޭ ތަރުތީބުތަކާއި ވަގުތުތައް ކަނޑައެޅިފައިވަނީ އަންނަނިވި ގޮތުގެ މަތިންނެވެ.

10.1 އެއްބަސްވުމުގައި ސޮއިކުރެވޭ އިރު އުޅަނދުގެ އަގުން $6000 (ހަހާސް އެމެރިކާ ޑޮލަރު) ރޯޔަލް ސަޕްލައި ޕްރައިވެޓް ލިމިޓެޑުން އައްޑޫ ރީފް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑަށް

10.2 އެއްބަސްވުމުގައި ސޮއިކުރެވޭތާ ފަސް މަސްދުވަހުގެތެރޭގައި އުޅަނދުގެ އަގުން ބާކީވާ ފައިސާ ރޯޔަލް ސަޕްލައި ޕްރައިވެޓް ލިމިޓެޑުން އައްޑޫ ރީފް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑަށް

10.3 އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ރޯޔަލް ސަޕްލައި ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އުޅަނދު އިންޝުއަރ ކުރުމަށް މަސައްކަތްކުރަން ފ ށުމާއި އަދި އިންޝުއަރ ކުރުމަށްފަހު އިންޝުއަރެންސް ސެޓްފިކެޓްގެ ކޮޕީ އައްޑޫ ރީފް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑަށް ރޯޔަލް ސަޕްލައި ޕްރައިވެޓް ލިމިޓެޑުން ޙަވާލު ކުރަންޖެހުން.

10.4 ރޯޔަލް ސަޕްލައި ޕްރައިވެޓް ލިމިޓެޑު ން އުޅަނދުގެ އިންޝުއަރެންސްގެ ކޮޕީ ލިބުމާ އެކު އުޅަނދު ރޯޔަލް ސަޕްލައި ޕްރައިވެޓް ލިމިޓެޑާ އައްޑޫ ރީފް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑުން ޙަވާލުކުރަންޖެހުން.

10.5 އުޅަނދުގެ ފުރިހަމަ އަގު ރޯޔަލް ސަޕްލައި ޕްރައިވެޓް ލިމިޓެޑުން ދައްކާ ޚަލާސްކުރުމުން އުޅަނދުގެ މިލްކުވެރިކަން ރޯޔަލް ސަޕްލައި ޕްރައިވެޓް ލިމިޓެޑަށް ބަދަލުކުރުން. މި ކަންތައްތަކެވެ.

1.(a) USD6,000 (United States Dollars six thousand) to be paid on signing of this agreement

1.(b) Balance of the sale price shall be paid in Maldivian Rufiya at the exchange rate of USD 1=MVR15.42 to be paid within 5 )five( months of signing this agreement )the “Balance Payment”(.

5. The vessels shall be handed over to the buyer at the prevailing condition including the two engines installed in the vessels as stipulated above in this Agreement, at the time when the vendor receives Insurance Certificates copies of the vessels from the buyer.

6. The buyer shall immediately upon signing this agreement obtain adequate and sufficient insurance over the vessels subject to the satisfaction of the vendor and handover copies of such insurance certificates to the vendor. އެއްބަސްވުމުގެ ދަށުން އުޅަނދުތައް ޙަވާލުކުރުމުގެ އިލްތިޒާމް އުފަންނުވަނީސް އުޅަނދުގެ ތަކުގެ އަގު

11އައްޑޫ ރީފް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ ދަޢުވާގެ ޞީޣާއަށް ބަލާއިރު، މިއީ އެއްބަސްވުމާ އެއްގޮތަށް އުޅަނދުގެ އަގު ރޯޔަލް ސަޕްލައި ޕްރައިވެޓް ލިމިޓެޑުން އަދާކޮށްފައި ނުވާތީ އެއްބަސްވުން ބާޠިލުކުރުމަށް އެދި ހުށަހެޅި ދަޢުވާއެއްކަން ދަޢުވާގެ ޞީޣާއަށް ބެލުމުން އެނގޭކަށް ނެތެވެ. ދަޢުވާގައި އައްޑޫ ރީފް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑު ން އެދިފައިވަނީ އެއްބަސްވުމުގެ ދަށުން ލިބެންޖެހޭ އުޅަނދުގެ އަގު ހޯދުމަށެވެ. މި ގޮތުން އައްޑޫ ރީފް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑުން ބޭނުންވީ އުޅަނދުގެ މުޅި އަގާއެކު، އަގު ނުދެއްކުމުން އެއްބަސްވުމުގައި ބުނާ ޖޫރިމަނާގެ ގޮތުގައި ލިބެންޖެހޭ ފައިސާ ހޯދުމެވެ.

12އުޅަނދުގެ އަގުން ލިބެންޖެހޭ ފައިސާ ހޯދުމުގެ އިތުރަށް، އައްޑޫ ރީފް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާގައި އިތުރު ކަމެއްގެ ގޮތުން އެދިފައިވަނީ، އެ ކުންފުނިން ރޯޔަލް ސަޕްލައި ޕްރައިވެޓް ލިމިޓެޑަށް ވިއްކި ދެ އުޅަނދު ސ.ހިތަދޫ ފަޅުނ ނެގުމަށް ރޯޔަލް ސަޕްލައި ޕްރައިވެޓް ލިމިޓެޑަށް އަންގައި ދިނުމަށާއި، އުޅަނދުތައް ނެގުމަށް އައްޑޫ ރީފް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑުން ކުރަން ޖެހުނު ޚަރަދު އަނބުރާ ރޯޔަލް ސަޕްލައި ޕްރައިވެޓް ލިމިޓެޑުން ހޯދުމެވެ.

13މި މުޢާމަލާތާ ގުޅިގެން ޙަވާލާދެވޭ ދެ އުޅަނދަކީ އައްޑޫ ރީފް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑުން ރޯޔަލް ސަޕްލައި ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްފައި ނެތް އުޅަނދުތަކެއްކަން އައްޑޫ ރީފް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑުން ސިވިލް ކޯޓުގައި ދައްކާފައިވާ ވާހަކަތަކުން އަދި މި ކޯޓުގައި ދައްކާފައިވާ ވާހަކަތަކުން އެނގެއެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގައި އައްޑޫ ރީފް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ބުނެފައިވަނީ، އެއްބަސްވުމުގެ ދަށުން އުޅަނދުތައް ޙަވާލުކުރުމުގެ އިލްތިޒާމްތައް އުފަންވެފައި ނުވާކަމަށެވެ.

14އައްޑޫ ރީފް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑާއި ރޯޔަލް ސަޕްލައި ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އުޅަނދު ވިއްކުމުގެ އެއްބަސްވުމުގެ މާއްދާތަކުގެ މައްޗަށް ބަލާއިރު އަދި އެއްބަސްވުމުގެ ދަށުން މި މުޢާމަލާތް ހިނގާނެ ގޮތްކަމަށް ބުނެފައިވާ ގޮތުގެ މައްޗަށް ބަލާއިރު، މި މުޢާމަލާތް ހިނގާނެގޮތާ މެދު އެއްބަސްވުމުން ތަސއްވުރަ ކޮށްފައިވާ ގޮތަކީ، އެއްބަސްވުމުގެ ދަށުން އުޅަނދުތައް ވިއްކަން އެއްބަސްވެ ސޮއިކުރެވޭ ވަގުތު އުޅަނދުގެ އަގުން 6000$ (ހަހާސް އެމެރިކާ ޑޮލަރު) އެޑްވާންސް ފައިސާގެ ގޮތުގައި ރޯޔަލް ސަޕްލައި ޕްރައިވެޓް ލިމިޓެޑުން އައްޑޫ ރީފް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑަށް ދައްކަން ޖެހުމެވެ. އެއްބަސްވުމުގައި ބުނާ ވާހަކަ ތަކަށް ބެލުމުން މިއީ މި ޠަބީޢަތުގެ މުޢާމަލާތެއްކަން އެނގެއެވެ. އެހެނީ، އެއްބަސްވެ ސޮއިކުރެވޭ ވަގުތު އުޅަނދުގެ އަގުން 6000$ (ހަހާސް އެމެރިކާ ޑޮލަރު) ދެއްކުމަށްފަހު އެ ފައިސާއާ ގުޅޭގޮތުން އެއްބަސްވުމުގައި ބުނެފައިވަނީ، އެއްބަސްވުމުގައި ބުނާ މުއްދަތުގައި އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ފައިސާ ރޯޔަލް ސަޕްލައި ޕްރައިވެޓް ލިމިޓެޑުން ދައްކާފައި ނުވާނަމަ އެޑްވާންސްގެ ގޮތުގައި ދައްކާފައިވާ އެފައިސާއަކީ އަނބުރާ ރޯޔަލް ސަޕްލައި ޕްރައިވެޓް ލިމިޓެޑަށް ލިބޭނެ ފައިސާއެއް ނޫންކަމަށެވެ. އައްޑޫ ފިޝަރީޒް އިން ހުށަހެޅި އިސްތިއުނާފް ފޯމުގެ 8.1 ގައި ދެއްކި ވާހަކަތައް هو أن يشتري السلعة، فيدفع إلى البائع درهمًا، أو غيره على أنه إن أخذ السلعة :والعربون في البيع" .289 /4 في المغني مع شرح الكبير قال ابن قدامة . احتسب من الثمن، وإن لم يأخذها، فذلك للبائع

15HN2بيع العربون މި މުޢާމަލާތުގެ ތަބީޢަތަ ށ ބަލާއިރް ވިޔަފާރީގެ އެއްބަސްވުން ރޫޅާލުމުގެ ޤަސްދުނެތި އެއްބަސްވުމާއިގެނ ކުރިއަށްދާން އެއްބަސްވުމުގް ބައިވެރިން ބޭނުންވާ ޙާލަތުގައި، އެޑްވާންސްގެ ގޮތުގައި ދެއްކިފައި ހުންނަ އެ ފަދަ ފައިސާއަކީ، މުދަލުގެ އަގާއި ވަކިން ދައްކަންޖެހޭ ގޮތަށް (ޖޫރިމަނާއެއްފަދަ ގޮތަކަށް) ދައްކަން އޮންނަ ފައިސާއެއް ނޫނެވެ. އެޑްވާންސްގެ ގޮތުގައި ދައްކާ އެފަދަ ފައިސާ މުދަލުގެ އަގާއި ވަކިން ދައްކަން ލާޒިމްވާނީ ގަންނަ ފަރާތުން އެއްބަސްވުމާއި އެއްގޮތަށް ޢަމަލު ނުކޮށް އެއްބަސްވުން ރޫޅާލަން މެދުވެރިވެގެން އެއްބަސްވުން ރޫޅާލެވޭ ޙާލަތެއްގައެވެ.

16ރޯޔަލް ސަޕްލައި ޕްރައިވެޓް ލިމިޓެޑުގެ ފަރާތުންނާއި އަދި އައްޑޫ ރީފް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މި ކޯޓުގައި ދައްކާފައިވާ ވާހަކަތަކުގައި ބުނެފައިވަނީ މި ދެ ފަރާތުންވެސް އުޅަނދު ވިއްކުމުގެ އެއްބަސްވުން ދަމަހައްޓަން ބޭނުންވާކަމަށެވެ. އައްޑޫ ރީފް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ ދަޢުވާއަކީވެސ އެއްބަސްވުން ރޫޅާލުމަށް އެދް ހުށަހެޅި ދަޢުވާއަކަށް ނުވެފައި އެ ކުންފުނިން ސިވިލް ކޯޓަ ށ ހުށަހެޅް ދަޢުވާއަކީ އެއްބަސްވުމުގެ ދަށުން ލިބެންޖެހޭ ފައިސާ ހޯދުމަށް ހުށަހެޅި ދަޢުވާއެއްކަން އެނގެންއޮތުމުން އެ ކުންފުނިން ސިވިލް ކޯޓުގައިވެސް އެދިފައިވަނީ އެއްބަސްވުން ދެ މހެއްޓުމަށ ކަމުގައް ބެލެވެނެ އެބައޮތެވެ.

17މި މައްސަލައިގެ ދެން ކުރިމަތި ކުރެވޭ ސުވާލަކީ، އެއްބަސްވުމުގެ ދަށުން އުޅަނދަށް ލިބެންޖެހޭ ހަމަ އަގު ލިބުމަށް އެދި އައްޑޫ ރީފް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއިރު، އެއްބަސްވުމުގެ ދަށުން އުޅަނދުގެ މުޅި އަގު ދައްކަން ރޯޔަލް ސަޕްލައި ޕްރައިވެޓް ލިމިޓެޑަށް އޮތް އިލްތިޒާމްގެ ޙާލަތު އުފަންވެއްޖެތޯ އެވެ؟ އެކަން ދެނެގަތުމަށްޓަކައި މި ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން މުޢާމަލާތް ހިނގާނެކަމަށް އެއްބަސްވުމުގައި ބުނާ ގޮތުގެ މައްޗަށް ބަލާލަންޖެހެއެވެ.

18HN3ކުރިންވެސް ފާހަގަކުރިގޮތަށް މި ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގައި ތަސައްވަރު ކޮށްފައި އޮތީ އައްޑޫ ރީފް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ވިއްކި އުޅަނދތައު ރޯޔަލް ސަޕްލައި ޕްރައިވެޓް ލިމިޓެޑާ ޙަވާލު ކުރުމަށްފަހު އުޅަނދުގެ އަގުން ބާކީ ދައްކަންޖެހޭ ފައިސާ ރޯޔަލް ސަޕްލައި ޕްރައިވެޓް ލިމިޓޑުނެ ޙަވާލުކުރާ ގޮތަށެވެ. އުޅަނދު އައްޑޫ ރީފް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑުން ރޯޔަލް ސަޕްލައި ޕްރައިވެޓް ލިމިޓެޑާ ޙަވާލުކުރުމުގެ ކުރިއަށް ވަކި ތަރުތީބުތަކެއް ކަނޑައެޅިފައިވާއިރު އުޅަނދު ޙަވާލުކުރަންޖެހެނީ އުޅަނދު އިންޝުއަރ ކުރުމަށްފަހު އެކަން ރޯޔަލް ސަޕްލައި ޕްރައިވެޓް ލިމިޓެޑުން އައްޑޫ ރީފް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑަށް އެންގުމުންކަން މި ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމަށް ބެލުމުން އެނގެން އެބައޮތެވެ. މި އުޅަނދަށް އިންޝުއަރެންސް ސެޓްފިކެޓެއް ހެއްދިފައި ނުވާކަން މި ދެފަރާތުގެ ބަހުން އެނގެން އެބައޮތެވެ.

19އިންޝުއަރެންސް ސެޓްފިކެޓް ހެއްދިފައި ނުވަނީ، އައްޑޫ ރީފް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑުން ފޯރުކޮށްދޭންޖެހޭ ސަލާމަތީ ސެޓްފިކެޓާއި، އަހަރީ ފީ ދެއްކި ސްލިޕް ދީފައި ނެތުމުންކަމަށ ރޯޔަލް ސަޕްލައި ޕްރައިވެޓް ލިމިޓެޑުން ބުނެއެވެ. އައްޑޫ ރީފް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑުން ބުނެފައިވަނީ އެ ލިޔުންތަކަށް ރޯޔަލް ސަޕްލައި ޕްރައިވެޓް ލިމިޓެޑުން އެދިފައި ނުވާކަމަށެވެ. މިކަމުގައި މި ދެފަރާތުގެ ދެމެދުގައި ޚިލާފު އޮތްއިރު، ކޮންމެ ސަބަބެއް މެދުވެރިވެގެންނަމަވެސް އުޅަނދުގެ އިންޝުއަރެންސް ސެޓްފިކެޓް ހެއްދިފައި ނުވާކަން އެނގެން އޮތުމުން އުޅަނދު ރޯޔަލް ސަޕްލައި ޕްރައިވެޓް ލިމިޓެޑާ ޙަވާލުކުރުމުގެ އިލްތިޒާމް އައްޑޫ ރީފް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް އުފަންވެފައި ނުވާކަން އެނގެއެވެ. މިކަމަށް އައްޑޫރީފެފިޝަރީޒ ޕްރައިވެޓް ލިމިޓެޑުންވެސް އެއްބަސްވެއެވެ.

20ސުވާލަކީ އުޅަނދު ޙަވާލުކުރުމުގެ އިލްތިޒާމް އުފަން ނުވަނީސް އުޅަނދުގެ އަގުން ބާކީ ދައްކަންޖެހޭ ފައިސާ ދެއްކުމުގެ އިލްތިޒާމް އުފަންވާނެތޯ އެވެ. ޖަވާބަކީ، މި ދެފަރާތުގެ ދެމެދުގައި އެއްބަސްވުމުގައި މުޢާމަލާތު ހިނގާނެކަމަށް ތަސައްވުރ ކޮށްފައިވު ގޮތުން އެއި ލްތިޒާމ މިހިނދަށް އުފަން ނުވާކަމެވެ. މީގެ އިތުރުން އެއްބަސްވުމުގެ ދަށުން އުޅަނދުގެ އަގު ނުދެއްކުމުން އެއްބަސްވުމުގެ 11 ވަނަ މާއްދާގެ (ޑީ) އަށް ރިޢާޔަތްކޮށްގެން ލިބެންޖެހޭކަމަށް އައްޑޫ ރީފް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ބުނާ $20,000 (ވިހިހާސް އެމެރިކާ ޑޮލަރު) އަކީވެސް އެއްބަސްވުމުގެ ދަށުން އުޅަނދު ޙަވާލު ކުރުމަށްފަހު، އުޅަނދުގެ އަގުން ދައްކަންޖެހޭ ބާކީ ފައިސާ ނުދެއްކުމުން ލިބެން އޮތް ފައިސާއެއްކަން އެ މާއްދާއަށް ބެލުމުން އެނގެން އެބައޮތެވެ. މި މާއްދާގެ ޢިބާރާތަށް ބެލުމުންވެސް އުޅަނދުގެ ހަމަ އަގު ދައްކަންޖެހެނީ އުޅަނދު ޙަވާލުކުރުމަށްފަހުގައ ކަނި އެނގެއެވެ. އަދި މި މާއްދާގެ ޢިބާރާތަށް ބެލުމުން އެ މާއްދާގައި ބުނާ ޙާލަތުވެސް އެއީ މިހިނދަށް އުފަންވެފައި ނެތް ޙާލަތެއްކަން އެނގެން އޮވެއެވެ.

21HN4ކުރިންވެސް ފާހަގަކުރި ގޮތަށް އެއްބަސްވުމުގެ ދަށުން އަދާކުރަން ލާޒިމްވާ އިލްތިޒާމެއް އުފަންނުވމުގު ސަބަބުން، ޢަމަލުކުރުން ލާޒިމްނުވާ އިލްތިޒާމަކަށް ޢަމަލުކުރުން އެއްބަސްވުމުގެ އަނެއް ބައިވެރިޔާގެ މައްޗަށް ލާޒިމް ކުރެވޭނެ ތަނެއް ނޯންނާނެއެވެ. މިހެންކަމުން މި މައްސަލައިގައި އައްޑޫ ރީފް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑުން ރޯޔަލް ސަޕްލައި ޕްރައިވެޓް ލިމިޓެޑުގެ ކިބައިން ހޯދުމަށް އެދުނު، އުޅަނދުގެ އަގުން ބާކީ ދައްކަންޖެހި ނުދެއްކިވާ $94,000 (ނުވަދިހަ ހަތަރުހާސް ޔޫ. އެސް ޑޮލަރު) އާއި އެއްބަސްވުމުގެ 11 ވަނަ މާއްދާގެ (ޑީ) އަށް ރިޢާޔަތްކޮށް $20,000 (ވިހިހާސް ޔޫ. އެސް ޑޮލަރު) ނަގައިދެވެން ނެތްކަމަށް ސިވިލް ކޯޓުން ކަނޑައެޅި ކަނޑައެޅުން އެ އަސާސްގެ މައްޗަށް ބަލާއިރު ރަނގަޅު ކަމުގައި އަހުރެން ދެކެމެވެ.

22HN5އައްޑޫ ރީފް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އަދި ރޯޔަލް ސަޕްލައި ޕްރައިވެޓް ލިމިޓެޑުގެ ފަރާތުންވެސް ބޭނުންވަނީ އެއްބަސްވުން ދަމަހައްޓަން ކަމުގައި ބުނާތީ އެ ކަމަކީ އެ ދެ ފަރާތުން ބޭނުންވާނަމަ އެ ދެ ފަރާތުން ކަނޑައަޅާ ގޮތެއްގެ މައްޗަށް ޙައްލު ކުރެވެން އޮތްކަމެކެ ވެ. އެއްބަސްވުން ދެމެހެއްޓުމުގެ ތެރޭގައި މި ދެފަރާތަށް ޙައްލު ކުރެވެން ނެތް ޚިލާފެއް އޮތްނަމަ މިސާލަކަށް އިންޝުއަރެންސް ސެޓިފިކެޓް ހައްދަން ބޭނުންވާ ލިޔުންތައް އައްޑޫ ރީފް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑުން ދީފައި ނެތުން، ނުވަތަ އިންޝުއަރެންސް ސެޓްފިކެޓްގެ ކޮޕީ ހެއްދުމަށްފަހު ރޯޔަލް ސަޕްލައި ޕްރައިވެޓް ލިމިޓެޑުން އެއްބަސްވުމުގައި ބުނާގޮތަށް ސެޓްފިކެޓްތަކުގެ ކޮޕީ ޙަވާލު ނުކުރުން، މިފަދަ ކަންކަމަކީ އެ ކަންކަން އެ ގޮތުގައި ކުރުން ތަންފީޛުކޮށްދިނުމަށް އެއްބަސްވުމާ ޚިލާފުނުވާ ފަރާތުގެ މައްޗަށް ރައްދުވާގޮތަށް ކޯޓަށް އެދި ހުށަހެޅިދާނެ ކަންކަމެވެ. އެހެންނަމަވެސް އެ ކަންކަން ވުމުގެ ކުރިއަށް އުޅަނދުގެ އަގު ހޯދުމުގެ ޙާލަތަކީ އުފަންވެފައ ނުވި ޙާލަތަކަށްވާތީ އައްޑޫ ރީފް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑުން ސިވިލް ކޯޓުގައި ހޯދުމަށް އެދުނު ފަރުވާއއެ ކުރިންވެސް ބުނި ފަދައިން މި ހިނދުގައި ދެވެން އޮތް ފަރުވާއެއްކަމަށް ނުދެކެމެވެ.

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 20 ވަނަ މާއްދާގެ (ރ)
  • އިބްނު ޤުދާމާ، المغني مع الشرح الكبير 4/289 (ބައިޢުލް ޢަރަބޫނު)

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ