ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2019/HC-A/447

މުޙައްމަދު ވަޙީދު ނަޖީބު ވ. ސިވިލް ސަރވިސް ކޮމިޝަން

ދަށުކޯޓުގެ ޙުކުމް ބަދަލުކުރި (އިސްތިއުނާފުކުރި ފަރާތުގެ ޙައްޤުގައި)
ސުޕްރީމް ކޯޓަށް އިސްތިއުނާފުކޮށްފައި ނުވޭ · ރަޖިސްޓްރީ ބެލީ 15 އޮކްޓޫބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 16 ނޮވެމްބަރު 2021ދަށު ކޯޓު: ސިވިލް ކޯޓު 261/Cv-C/2018ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސިވިލް ކޯޓު 261/Cv-C/2018
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
1992 އިން 1999 އަށް ސަރުކާރު ސްކޫލެއްގައި ވަގުތީ ގޮތުން ގެންގުޅުނު މުދައްރިސަކު ވަޒީފާ އަދާކުރި މުއްދަތަކީ ދާއިމީ ވަޒީފާއެއްގެ ގޮތުގައި ބަލައި ޕެންޝަނަށް ގުނޭނެ މުއްދަތެއްތޯ، އަދި ވަޒީފާ ދާއިމީނުކުރުމުގެ ޒިންމާ އުފުލަންޖެހެނީ ކާކުތޯ.

ނިންމުން

ދަށުކޯޓުގެ ޙުކުމް ބަދަލުކުރި (އިސްތިއުނާފުކުރި ފަރާތުގެ ޙައްޤުގައި)

ދަށުކޯޓުގެ ޙުކުމް ބަދަލުކުރި (އިސްތިއުނާފުކުރި ފަރާތުގެ ޙައްޤުގައި)

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ދެފަރާތުގެ މެދުގައި ޚިލާފެއްނެތް ޙަޤީޤަތްތަކާ ފުށުއަރާ ސަބަބުތަކަށް ބިނާކޮށް ނިންމާ ނިންމުމަކީ އިންޞާފުގެ ހަމަތަކާ ދުރު ނިންމުމެކެވެ.

HN2 ޚިލާފު އުފެދިފައިވާ ކަންކަމަށް ޝަރީޢަތުން ގޮތެއް ކަނޑައަޅަންޖެހޭނީ އިސްތިއުނާފީ ނުކުތާތަކުގެ ތަރަހައިގެ ތެރެއިންނެވެ.

މަދަނީ › އިދާރީ ކޮންޓްރެކްޓާ ބެހޭ ދައުވާ

HN3 ޚުޞޫމަތު އުފެދިފައިވާ މުއްދަތަށް ތަޠުބީޤުކުރެވޭނީ އެ މުއްދަތުގައި ސަރުކާރު މުވައްޒަފުންނާ ބެހޭގޮތުން ޢަމަލުކުރެވެމުންދިޔަ އުޞޫލުތައް އެއްފޮތަކަށް ނެރުނު 1994 ވަނަ އަހަރުގެ ސަރުކާރުގެ މުވައްޒަފުންގެ ކަންތައްތައް ހިންގުމުގެ ޤަވާއިދުގެ މާއްދާތަކެވެ.

HN4 ވަގުތީ ގޮތުން ސަރުކާރުގެ ވަޒީފާގައި ގެންގުޅޭ މީހަކު މަސައްކަތަށް ނުފުދޭނަމަ 3 މަސް ހަމަވުމުގެ ކުރިން ވަކިކުރަންޖެހޭނެއެވެ؛ ވަކިނުކޮށް 3 މަސް ހަމަވެއްޖެނަމަ ވަޒީފާ ދާއިމީކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހަޅަންޖެހޭނެއެވެ؛ އަދި ވަގުތީ މުވައްޒަފުންގެ ވަޒީފާ ދާއިމީކޮށްދެވޭނީ ގެންގުޅެން ފެށި ތާރީޚުން ފެށިގެން ޕެންޝަނަށް ގުނޭގޮތަށެވެ.

HN5 ކަނޑައެޅިފައިވާ މުއްދަތު ހަމަވުމުން ވަގުތީ މުވައްޒަފުން ދާއިމީކުރުމަށް މަސައްކަތްކުރުމަކީ ސަރުކާރުގެ ކަމާބެހޭ ވުޒާރާގެ ޒިންމާއެކެވެ؛ އެ ޒިންމާ އަދާކުރުމުގައި މުވައްޒަފުގެ ދައުރެއް ނެތެވެ. ސަރުކާރުގެ ކަމާބެހޭ ފަރާތަކުން ޒިންމާއެއް އަދާނުކުރުމަކީ އޭގެ ސަބަބުން މުވައްޒަފަށް ލިބެންޖެހޭ ޙައްޤުން މަޙްރޫމްކުރެވޭނެ ކަމެއް ނޫނެވެ.

މަދަނީ › އިދާރީ ކޮންޓްރެކްޓާ ބެހޭ ދައުވާ

HN6 ޤާނޫނާއި ގަވާއިދުން ސަރުކާރުގެ ކޮނޑުގައި އަޅާފައިވާ މަސްއޫލިއްޔަތު އަދާކުރުމަށް އާދައިގެ ފަރުދަކު އެކި އިދާރާތަކުގައި ތަކުރާރުކޮށް އާދޭސްކުރަންޖެހުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.

HN7 ހުށަހެޅިފައިވާ ލިޔުންތަކުން މުވައްޒަފަކު ޢަމަލީ ގޮތުން ފުލްޓައިމް ވަޒީފާއެއް އަދާކޮށް މަހު މުސާރައާއި އެލަވަންސްތަކާއި ޗުއްޓީ ލިބިފައިވާކަން އެނގޭނަމަ، ގަޑިފުރާ މުދައްރިސެއްގެ ގޮތުގައި ބަލައިގެން އެ މުއްދަތު ޕެންޝަނަށް ނުގުނޭ ކަމަށް ނިންމޭކަށް ނެތް؛ އެ މުއްދަތަކީ 1994 ގެ ޤަވާއިދުގެ ދަށުން ޕެންޝަނަށް ގުނޭ، ދާއިމީ ވަޒީފާއެއްގެ މުއްދަތެއްގެ ގޮތުގައި ކަނޑައަޅަންޖެހޭ މުއްދަތެކެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޢަބްދުﷲ ޙަމީދު، ޢަބްދުއްރައޫފު އިބްރާހީމް، ޙުސައިން ޝަހީދު
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
ޢަބްދުﷲ ޙަމީދު · ތާއީދުކުރެއްވީ: ޢަބްދުއްރައޫފު އިބްރާހީމް، ޙުސައިން ޝަހީދު
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ފަނޑިޔާރު ޢަބްދުﷲ ޙަމީދު ގެ ރައުޔު، މި ރައުޔަށް ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމްއާއި ފަނޑިޔާރު ޙުސައިން

ޝަހީދު ތާއީދުކުރަ އްވައެވެ .  ދަޢުވާގެ ޚުލާޞާ : 1- މިއީ، ސިވިލް ކޯޓުގެ ނަންބަރު 361/Cv-C/2018 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ، ދަފްތަރު ނަންބަރު ރސ 3361 މުޙައްމަދު ވަޙީދު ނަޖީބު ގެ ފަރާތުން އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބެލުނު ޤަޟިއްޔާއެކެވެ . މި ޤަޟިއްޔާގައި އިސްތިއުނާފީ ދަޢުވާ ރައްދުވާ ފަރާތަކީ ސިވިލް ސަރވިސް ކޮމިޝަން )ދިވެހި ދައުލަތް ( އެވެ .  މައްސަލައިގައި ކަންހިނގާފައިވާގޮތް : 2- ދަފްތަރު ނަންބަރު ރސ 3361 މުޙައްމަދު ވަޙީދު ނަޖީބު މަޖީދިއްޔާ ސްކޫލުގެ ވަޒީފާގައި، ދާއިމީ ކޮށްނުދީ މުދައްރިސެއްގެ ގޮތުގައި ޖަނަވަރީ 1992 އިން ފެށިގެން 01 އޮކްޓޫބަރު 1999 ގެ ނިޔަލަށް ވަޒީފާގައި ގެންގުޅެފައިވާ، 07 )ހަތެއް ( އަހަރާއި 09 )ނުވައެއް ( މަސް ދުވަހަކީ، ދާއިމީ ގޮތެއްގައި ވަޒީފާއަދާކުރި ދުވަސްތަކެއްގެ ގޮތުގައި ކަނޑައަޅައި، މި ދުވަސްތައް ޕެންޝަނަށް ގުނޭނެ ގޮތް ހަމަޖައްސައިދިނުމަށް އެދި ސިވިލް ސަރވިސް ކޮމިޝަނުގެ މައްޗަށް މުޙައްމަދު ވަޙީދު ނަޖީބު 2018 ޖަނަވަރީ 28ވަނަ ދުވަހު ސިވިލް ކޯޓުގައި ދަޢުވާކޮށްފައިވެއެވެ . އެ މައްސަލަ ސިވިލް ކޯޓުގައި ބަލާފައިވަނީ އެކޯޓުގެ ނަންބަރު 361/Cv-C/2018 ޤަޟިއްޔާއިންނެވެ . . ދ.ރ. ސިވިލް ކޯޓުން މައްސަލަ ނިންމިގޮތް : 3- ސިވިލް ކޯޓުގެ ނަންބަރު 361/Cv-C/2018 ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، ]ދެންފަހެ، އިސްވެދިޔަ ބަޔާންތަކަށާއި ފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށް ބެލުމަށްފަހު، ދަފްތަރު ނަންބަރު ރސ 3361، މުޙައްމަދު ވަޙީދު ނަޖީބު މަޖީދިއްޔާ ސްކޫލުގައި 01 ޖަނަވަރީ 1992 ން 01 އޮކްޓބަރޯ 1999 އަށް ވަޒީފާ އަދާކޮށްފައިވާ 7 އަހަރާއި 09 މަހުގެ މި ދުވަސްތަކަކީ މަޖީދިއްޔާ ސްކޫލުގެ ދާއިމީ ވަޒީފާއެއް އަދާކޮށްފައިވާ ދުވަސްތަކެއް ގޮތކަށަ އަދި އެ ދުވަސްތައް ޕެންޝަނަށް ގުނޭނެ މުއްދަތެއް ގޮތަކަށް ބެލެވެން ނެތްކަން ހުށަހެޅިފައިވާ ލިޔުންތަކުން ޝަރީޢަތަށް ސާބިތުވާތީ، ދަޢުވާކުރާ މުޙައްމަދު ވަޙީދު ނަޖީބުގެ ދަޢުވާގައި އެދިފައިވާ މިގޮތަށް ހަމަޖެއްސުމަށް ސިވިލް ސަރވިސް ކޮމިޝަނަށް ޝަރީޢަތުގެ ފަރާތުން އަންގާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި ޙުކުމްކޮށްފީމެވެ .[ މިފަދައިންކަން އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ . އެ ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ، 2019 ޖުލައި 31 ގައެވެ .  އިސްތިއުނާފަށް ހުށަހެޅުން: 4- ސިވިލް ކޯޓުގެ ނަންބަރު 361/Cv-C/2018 ޤަޟިއްޔާ އެކޯޓުން ނިންމާފައިވަނީ ޝަރުޢީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ މުޙައްމަދު ވަޙީދު ނަޖީބު ގެ ފަރާތުން އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި 2019 އޮގަސްޓް 29 ގައި ހައިކޯޓަށް ހުށަހެޅިއެވެ. 5- މުޙައްމަދު ވަޙީދު ނަޖީބުގެ ފަރާތުން ހައިކޯޓަށް ހުށަހެޅި މައްސަލަ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/447 ޤަޟިއްޔާގެ ދަށުން މިކޯޓުގައި ރަޖިސްޓްރީ ކުރެވިފައިވަނީ، 2019 ސެޕްޓެންބަރު 11 ގައެވެ . ސިވިލް ކޯޓުގެ ނަންބަރު 361/Cv-C/2018 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް  އިސްތިއުނާފީ ނުކުތާތައް : 6- ސިވިލް ކޯޓުގެ ނަންބަރު 361/Cv-C/2018 ޤަޟިއްޔާ، އެކޯޓުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ، މުޙައްމަދު ވަޙީދު ނަޖީބުގެ ފަރާތުން އެ ޤަޟިއްޔ އިސްތިއުނާފުކުރުމަށް އަންނަނިވި ނުކުތާތައް ފާހަގަކޮށް އެ ނުކުތާތަކާ މެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ .

6.1- ވަގުތީ ގޮތުން ގެންގުޅޭ މީހުން ވަޒީފާއިން ވަކިނުކޮށް 3 މަސްދުވަސް ހަމަވެއްޖެނަމަ، 3 މަސްދުވަސް ހަމަވާތާ 15 ދުވަހުގެ ތެރޭގައި އެމީހެއްގެ ވަޒީފާ ދާއިމީ ކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕަބްލިކް ސަރވިސް ޑިވިޜަނަށް ހުށަހަޅަން ވާނެކަމަށް ސަރުކާރުގެ މުވައްޒަފުންގެ ކަންތައްތައް ހިންގުމުގެ ޤަވާއިދުގެ 3ވަނަ ބާބުގެ 22ވަނަ މާއްދާގެ )ށ( ގައި ކަނޑައަޅާފައިވަނިކޮށް އެ މާއްދާއަށް ރިޢާޔަތް ނުކުރައްވައި މައްސަލަ ނިންމާފައިވާ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.

6.2- ވަގުތީ ގޮތުން ގެންގުޅޭ މުވައްޒަފުންގެ ވަޒީފާ ދާއިމީ ކޮށްދެވޭނީ، އެމީހަކު ގެންގުޅެން ފެށި ތާރީޚުން ފެށިގެން ކަމުގައި ސަރުކާރުގެ މުވައްޒަފުންގެ ކަންތައްތައް ހިންގުމުގެ ޤަވާއިދުގެ 3ވަނަ ބާބުގެ 22ވަނަ މާއްދާގެ )ރ( ގައި ކަނޑައަޅާފައިވަނިކޮށް އެ މާއްދާއަށް ރިޢާޔަތް ނުކުރައްވައި މައްސަލަ ނިންމާފައިވާ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ .

6.3- 19 ނޮވެމްބަރ 2007 ގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން މުޙައްމަދު ވަޙީދު ނަޖީބަ ށ ދޫކޮށްފައިވާ ވަގުތީގޮތުން ވަޒީފާ އަދާކުރިކަން އަންގާ ލިޔުމުން 01 ޖަނަވަރީ 1992 އިން 01 އޮކްޓބަރޯ 1999 އަށް މުޙައްމަދު ވަޙީދު ނަޖީބު މަޖީދިއްޔާ ސްކޫލުގެ މުދައްރިސެއްގެ ވަޒީފާ އަދާކޮށްފައިވަނީ ވަގުތީގޮތުން ކަން ސާފުކޮށް އެނގެން އޮންނައިރު، އެ ލިޔުމަށް އެއްވެސް މިންވަރަކަށް ރިޢާޔަތް ކުރައްވާފައިނުވާ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ .

6.4- އެކިއެކި ކޯސްތައް ހަދާމީހުން 7 ދުވަހުގެ ތެރޭގައި ވަޒީފާއަށް ނެރެ، 20 ދުވަހުގެ ތެރޭގައި ވަޒީފާ ހަމަޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕަބްލިކް ސަރވިސް ޑިވިޜަނަށް ހުށަހަޅަން ވާނެކަމަށާއި، އެގޮތުން ހުށަހަޅާއިރު އެ މީހަކު އެ އޮފީހެއްގެ މަސައްކަތަށް ނެރެންފެށި ތާރީޚު އެނގެން އޮންނަން ވާނެކަމަށް، ސަރުކާރުގެ މުވައްޒަފުންގެ ކަންތައްތައް ހިނގުމުގެ ޤަވާއިދުގެ 3ވަނަ ބާބުގެ 25ވަނަ މާއްދާއާއި 26ވަނަ މާއްދާގައި ކަނޑައަޅާފައި ވަނިކޮށް އެ މާއްދާއަށް ރިޢާޔަތް ކުރުމެއްނެތި މައްސަލަ ނިންމާފައިވާ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ .  އިސްތިއުނާފުކުރި ފަރާތުން އެދުނުގޮތް : 7- ސިވިލް ކޯޓުގެ ނަންބަރު 361/Cv-C/2018 ޤަޟިއްޔާގެ އިސްތިއުނާފުގައި މުޙައްމަދު ވަޙީދު ނަޖީބު ގެ ފަރާތުން އެދިފައިވަނީ؛

7.1- ސިވިލް ކޯޓުގެ ނަންބަރު 361/Cv-C/2018 ޤަޟިއްޔާ އެ ކޯޓުން ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށް ކަމަށް ކަނޑައަޅުއްވައި އެ ޤަޟިއްޔާގެ ޙުކުމް ބާޠިލު ކުރެއްވުން؛ އަދި

7.2- ހުށަހެޅިފައިވާ ކިތާބީ ހެކިތަކުގެ މައްޗަށް ރިޢާޔަތްކުރައްވައި 01 ޖަނަވަރީ 1992 އިން 01 އޮކްޓޫބަރު 1999 އަށް މުޙައްމަދު ވަޙީދު ނަޖީބު މަޖީދިއްޔާ ސްކޫލުގައި ވަޒީފާ އަދާކުރި ދުވަސްތަކަކީ، މެދު ނުކެނޑި ދާއިމީކޮށް ވަޒީފާ އަދާކުރި ދުވަސްތަ ކެއްގެ ގޮތުގައި ހަމަޖެއްސުމަށް ސިވިލް ސަރވިސް ކޮމިޝަނުގެ މައްޗަށް އަމުރުކޮށްދެއްވުމަށެ ވެ .  ފާހަގަކުރެވުނު ނުކުތާތައް : 8- ސިވިލް ކޯޓުގެ ނަންބަރު 361/Cv-C/2018 ޤަޟިއްޔާއަށާއި، އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ދަފްތަރު ނަންބަރު ރސ 3361 މުޙައްމަދު ވަޙީދު ނަޖީބު ގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާ ތަކަށާ އ، އެ ނުކުތާތަކާ ގުޅިގެން ދެ ފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅުންހުރި ލިޔެކިޔުންތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ .

8.1- ދަފްތަރު ނަންބަރު ރސ 3361 މުޙައްމަދު ވަޙީދު ނަޖީބު މަޖީދި އްޔާ ސްކޫލުގެ ވަޒީފާގައި ދާއިމީ ކޮށްނުދީ މުދައްރިސެއްގެ ގޮތުގައި 01 ޖަނަވަރީ 1992 އިން ފެށިގެން 01 އޮކްޓބަރޫ 1999 ގެ ނިޔަލަށް ވަޒީފާގައި ގެންގުޅެފައިވާ، 07 )ހަތެއް ( އަހަރާއި 09 )ނުވައެއް ( މަސްދުވަހަކީ، ދާއިމީ ގޮތެއްގައި ވަޒީފާއަދާކުރި ދުވަސްތަކެއްގެ ގޮތުގައި ކަނޑައަޅައި މި ދުވަސްތައް ޕެންޝަނަށް ގުނޭނެ ގޮތް ހަމަޖައްސައިދިނުމަށް އެދި ސިވިލް ސަރވިސް ކޮމިޝަންގެ މައްޗަށް މުޙައްމަދު ވަޙީދު ނަޖީބު ގެ ފަރާތުން ސިވިލް ކޯޓުގައި ދަޢުވާ ކޮށްފައިވެއެވެ .

8.2- މުޙައްމަދު ވަޙީދު ނަޖީބުގެ ފަރާތުން ހުށަހެޅި ދަޢުވާއާ ގުޅިގެން، ސިވިލް ކޯޓުގެ ނަންބަރު 361/Cv-C/2018 ޤަޟިއްޔާގެ ދަށުން ބެލުނު މައްސަލައިގައި އެ ކޯޓުން ޙުކުމް ކުރައްވާފައިވަނީ، މުޙައްމަދު ވަޙީދު ނަޖީބު މަޖީދިއްޔާ ސްކޫލުގަ އ 01 ޖަނަވަރީ 1992 ން 01 އޮކްޓބަރޫ 1999 އަށް ވަޒީފާ އަދާކޮށްފައިވާ 7 އަހަރާއި 09 މަހުގެ މި ދުވަސްތަކަކީ މަޖީދިއްޔާ ސްކޫލުގެ ދާއިމީ ވަޒީފާއެއް އަދާކޮށްފައިވާ ދުވަސްތަކެއް ގޮތަ ކަށް އަދި އެ ދުވަސްތައް ޕެންޝަނަށް ގުނޭނެ މުއްދަތެއް ގޮތަކަށް ބެލެވެން ނެތްކަން ހުށަހެޅިފައިވާ ލިޔުންތަކުން ޝަރީޢަތަށް ސާބިތުވާތީ، ދަޢުވާކުރާ މުޙައްމަދު ވަޙީދު ނަޖީބުގެ ދަޢުވާގައި އެދިފައިވާ ގޮތަށް ހަމަޖެއްސުމަށް ސިވިލް ސަރވިސް ކޮމިޝަނަށް ޝަރީޢަތުގެ ފަރާތުން އަންގާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި ކަން، އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.

8.3- އިސްވެ ބަޔާންކުރެވުނު ގޮތުގެ މަތިން، ސިވިލް ކޯޓުގެ ނަންބަރު 361/Cv-C/2018 ޤަޟިއްޔާގެ ޙުކުމަށް ވާޞިލުވުމުގައި، އެންމެ މުހިންމު ސަބަބެއްގެ ގޮތުގައި ފާހަގަކުރައްވާފައިވަނީ، އެ މައްސަލައިގެ ފާހަގަކުރެވުނު ނުކުތާތަކާ ގެ )މ( އާއި )ފ( ގައި ބަޔާންކޮށްފައިވާ ސަބަބެވެ . އެ މައްސަލައިގެ ފާހަގަކުރެވުނު ނުކުތާތަކުގެ )މ( ގައިވަނީ އަންނަނިވި ފަދައިންނެވެ . ]މުޙައްމަދު ވަޙީދު ނަޖީބު ސަރުކާރަށް ޚިދުމަތްކޮށްފައިވާ މުއްދަތު މެދުނުކެނޑޭ ގޮތުން ގުޅުވައި ހަމަޖައްސާފައިވާގޮތް ބަޔާންކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ނަންބަރު 2007/3199-ޕީއެސްޑީ )29 ޖުލައި 2007( އަމިއްލަ މީހުން ފޮނުވާ ސިޓީގެ ޖަވާބުގައިވާ ގޮތުން މުޙައްމަދު ވަޙީދު ނަޖީބުގެ ޚިދުމަތުގެ މުއްދަތު 26 ފެބްރުއަރީ 2007 މި ތާރީޚަށް 15 އަހަރު ހަމަވެފައިވާ މުއްދަތުގެ ތެރޭގައި 01 ޖަނަވަރީ 1992 ން 01 އޮކްޓބަރޯ 1999 މަޖީދިއްޔާ ސްކޫލުގައި ވަޒީފާ އަދާކުރި އެ މުއްދަތު ސަރުކާރުގެ ޚިދުމަތަށް ގުނޭގޮތުގެ ވަޒީފާގެ މުއްދަތުގެ ގޮތު ގައި ހިމަނާފައި ނުވާކަން އެނގެން އޮންނަ އޮތުމެވެ [. އަދި )ފ( ގައި ވަނީ އަންނަނިވި ފަދައިންނެވެ . ]މުޙައްމަދު ވަޙީދު ނަޖީބު އަށް މަޖީދިއްޔާ ސްކޫލުގެ ވަޒީފާ 01 ޖަނަވަރީ 1992 މި ތާރީޚުގައި ހަމަޖައްސާ އެ ވަޒީފާ ދެއްވާފައިވަނީ ކޮން މަޤާމަކަށް ކޮންގޮތަކަށް ކޮން މުސާރައަކަށްކަން އެނގޭނެ ވަޒީފާދިން ޗިޓެއް ނުވަތަ ވަޒީފާގައި ގެންގުޅެން ފެށިކަން އަންގާ ލިޔުން ފަދަ ލިޔުމެއް މުޙައްމަދު ވަޙީދު ނަޖީބު ހުށަހަޅާފައިވާ ލިޔުންތަކުގެ ތެރޭގައި ހިމެނިފައި ފެންނަން ނެތުމުން މުޙައްމަދު ވަޙީދު ނަޖީބު މަޖީދިއްޔާ ސްކޫލުގައި އަދާކޮށްފައިވާ ވަޒީފާއަކީ ޕެންޝަނަށް ގުނޭ ގޮތަށް އޮތް މަޤާމުގެ ވަޒީފާއެއް އަދާކޮށްފައިވާ ދުވަސްތަކެއް ކަމުގައި ބެލެވޭނެ މުސްތަނަދެއް ނެތްކަން މިގޮތުން އެނގެން އޮންނަ އޮތުމެވެ .[  ދެފަރާތުގެ މެދުގައި ޚިލާފެއްނެތް ކަންކަން : 9- މައްސަލައާ ގުޅިގެން ޝަރީޢަތަށް ހުށަހެޅިފައިވާ އެންމެހާ ލިޔެކިޔުންތަކަށާއި މައްސަލައިގެ ޚަޞްމުން ދައްކާފައިވާ ވާހަކަތަކަށް ބެލުމުން، އަންނަނިވި ކަންކަމާމެދު ދ ފަރާތުގެ މެދުގައި އެއްވެސް ޚިލާފެއް ނެތްކަން އެނގެއެވެ .

9.1- ޕެންޝަނުގެ ގޮތުގައި ގުނުމަށް މުޙައްމަދު ވަޙީދު ނަޖީބުގެ ފަރާތުން އެދިފައިވާ މުއްދަތު )01 ޖަނަވަރީ 1992 އިން ފެށިގެން 01 އޮކްޓބަރޯ 1999 ގެ ނިޔަލަށް( ގައި މުޙައްމަދު ވަޙީދު ނަޖީބު ސަރުކާރުގެ ވަޒީފާ އަދާކޮށްފައިވާކަން؛

9.2- އެމުއްދަތުގައި މުޙައްމަދު ވަޙީދު ނަޖީބު ވަޒީފާ އަދާކޮށްފައިވަނީ މަޖީދިއްޔާ ސްކޫލުގައިކަން؛

9.3- އެ ތާރީޚުގައި މުޙައްމަދު ވަޙީދު ނަޖީބު މަޖީދިއްޔާ ސްކޫލުގެ ވަޒީފާ އަދާކުރަންފެށީ ދާއިމީ ވަޒީފާއެއްގެ ގޮތުގައި ނޫންކަން؛

9.4- އެ މުއްދަތުގައި މަޖީދިއްޔާ ސްކޫލުގައި ވަޒީފާ އަދާކުރި އިރު، ސަރުކާރު މުވައްޒަފުންނަށް ލިބެމުންދިޔަ މުސާރައާއި އިނާޔަތްތަކާއި )ރަމަޟާންމަހުގެ އިނާޔަތާއި ބޭސްފަރުވާއާއި އިތުރު ގަޑީގެ އެލެވަންސް ( ޙައްޤުވާ ޗުއްޓީތައް މުޙައްމަދު ވަޙީދު ނަޖީބަ ށ ލިބިދެވިފައިވާކަން؛ 10- ބަޔާންކުރެވުނު ދެ ފަރާތުގެ މެދުގައި ޚިލާފެއްނެތް، މައްސަލައިގެ ޙަޤީޤަތްތަކުގެ މައްޗަށް ނަޒަރުކުރުމުން، އިސްތިއުނާފު މިކުރެވޭ ސިވިލް ކޯޓުގެ ނަންބަރު 361/Cv-C/2018 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ )މ( ގައި ފާހަގަކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ނަންބަރު 2007/3199-ޕީއެސްޑީ )29 ޖުލައި 2007( އަމިއްލަ މީހުން ފޮނުވާ ސިޓީގެ ޖަވާބުގެ މައްޗަށާއި، އަދި ފާހަކުރެވުނު ނުކުތާތަކުގެ )ފ( ގައި ބަޔާންކޮށްފައިވާ، ]މުޙަ އްމަދު ވަޙީދު ނަޖީބއަށް މަޖީދިއްޔާ ސްކޫލުގެ ވަޒީފާ 01 ޖަނަވަރީ 1992 މި ތާރީޚުގައި ހަމަޖައްސާ އެ ވަޒީފާ ދެއްވާފައިވަނީ ކޮން މަޤާމަކަށް ކޮންގޮތަކަށް ކޮން މުސާރައަކަށްކަން އެނގޭނެ ވަޒީފާދިން ޗިޓެއް ނުވަތަ ވަޒީފާގައި ގެންގުޅެން ފެށިކަން އަންގާ ލިޔުން ފަދަ ލިޔުމެއް މުޙައްމަދު ވަޙީދު ނަޖީބު ހުށަހަޅާފައިވާ ލިޔުންތަކުގެ ތެރޭގައި ހިމެނިފައި ފެންނަން ނެތުމުން މުޙައްމަދު ވަޙީދު ނަޖީބު މަޖީދިއްޔާ ސްކޫލުގައި އަދާކޮށްފައިވާ ވަޒީފާއަކީ ޕެންޝަނަށް ގުނޭ ގޮތަށް އޮތް މަޤާމުގެ ވަޒީފާއެއް އަދާކޮށްފައިވާ ދުވަސްތަކެއް ކަމުގައި ބެލެވޭނެ މުސްތަނަދެއް ނެތްކަން [ މިފަދައިން ބަޔާންކޮށް، އެ މައްސަލައިގެ ޙުކުމަށް ވާޞިލުވި އެ ސަބަބުތަކަކީ، އިންޞާފުގެ ހަމަތަކާދުރު އަދި ފެންނަންހުރި ޙަޤީގަތްތަކާ ފުށު އަރާ ނިންމުމެއްކަން އެނގެ އެވެ .  ދެ ފަރާތުގެ މެދުގައި ޚިލާފުހުރި ކަންކަން : 11- މައްސަލައާ ގުޅިގެން ޝަރީޢަތަށް ހުށަހެޅިފައިވާ އެންމެހާ ލިޔެކިޔުންތަކަށާއި މައްސަލައިގެ ޚަޞްމުން ދައްކާފައިވާ ވާހަކަތަކަށް ބެލުމުން، އަންނަނިވި ކަންކަމާމެދު ދެ ފަރާތުގެ މެދުގައި ދެބަސްވުން އުފެދި އެ ކަންކަމާމެދު ޚިލާފު އުފެދިފައިވާކަން އެނގެއެވެ .

11.1- މުޙައްމަދު ވަޙީދު ނަޖީބު ގެ ފަރާތުން ޕެންޝަނުގެ ގޮތުގައި ގުނުމަށް އެދިފައިވާ މުއްދަތު )01 ޖަނަވަރީ 1992 އިން ފެށިގެން 01 އޮކްޓބަރޯ 1999 ގެ ނިޔަލަށް( ގައި މުޙައްމަދު ވަޙީދު ނަޖީބު ސަރުކާރުގެ ވަޒީފާ އަދާކުރިކުރުމކީ، ދާއިމީ ވަޒީފާއެއްގެ ގޮތުގައި ބަލައި، އެ މުއްދަތަކީ ޕެންޝަނުގެ ގޮތުގައި ގުނޭނެ މުއްދަތެއްކަން ނުވަތަ ނޫން ކަން؛

11.2- ޙަވާލާދޭ މުއްދަތުގައި މުޙައްމަދު ވަޙީދު ނަޖީބު މަޖީދިއްޔާ ސްކޫލުގެ މުދައްރިސެއްގެ ވަޒީފާ އަދާކުރީ، ވަގުތީ މުދައްރިސެއްގެ ގޮތުގައިތޯ؟ ނުވަތަ ރިސޯސް ޓީޗަރެއްގެ ގޮތުގައިތޯ؟ ނުވަތަ ގ ޑިފުރާ މުވައްޒަފެއްގެ ގޮތުގައިތޯ؟ ނުވަތަ ދާއިމީ މުވައްޒަފެއްގެ ގޮތުގައިތޯ ނުވަތަ ނޫންތޯ؟ ކަން؛  ޝަރީޢަތުން ޙައްލު ހޯދަންޖެހޭ ކަންތައްތައް : 12- އިސްވެ ބަޔާންވެދިޔަ ނުކުތާތަކަށް ނަޒަރުކުރުމުން، މި މައްސަލައި ގައި ޝަރީޢަތުން ޙައްލު ހޯދައިދޭންޖެހޭ ކަމަކީ، ދެ ފަރާތުގެ ދެމެދު ޚިލާފު އުފެދިފައިވާ ކަންތައްތަކުގެ ތެރެއިން، މިރިޕޯޓުގެ 11ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ]ދެފަރާތުގެ ދެމެދު ޚިލފުހުރާ ކަންކަމުގެ [ މައްޗަށެވެ . އޭގެ ތެރެއިން، މުޙައްމަދު ވަޙީދު ނަޖީބުގެ ދަޢުވާގައި އެދިފައިވާ ކަންކަމަށްވެސް ޙައްލު ލިބިގެން ދާނެކަމާއި، އަދި އެކަންކަމަށް ޝަރީޢަތުން ގޮތެއް ކަނޑައަޅަންޖެހޭނީ، އިސްތިއުނާފީ ނުކުތާ ތަކުގެ ތަރަހައިގެ ތެރެއިންކަމަށް ބަލަންޖެހެއެވެ . 13- 01 ޖަނަވަރީ 1992 އިން ފެށިގެން 01 އޮކްޓޫބަރު 1999 ގެ ނިޔަލަށް މުޙައްމަދު ވަޙީދު ނަޖީބު މަޖީދިއްޔާ ސްކޫލުގައި ޓީޗަރެއްގެ ވަޒީފާ އަދާކޮށްފައިވާކަމާއި، މަޖީދިއްޔާ ސްކޫލުގެ ޓީޗަރެއްގެ ވަޒީފާއަށް 01 ޖަނަވަރީ 1992 ގައި މުޙައްމަދު ވަޙީދު ނަޖީބު އެންމެ ފުރަތަމަ ހަމަޖައްސާފައިވަނީ، ދާއިމީ ވަޒީފާއެއްގެ ގޮތުގައި ނޫންކަމާމެދު ދެފަރާތުގެ ދެމެދު އެއްވެސް ޚިލާފެއް ނެތެވެ . 14- މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ ލިޔެކިޔުންތަކަށާއި ދައުލަތުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، 01 ޖަނަވަރީ 1992 ގައި މުޙައްމަދު ވަޙީދު ނަޖީބަށް މަޖީދިއްޔާ ސްކޫލުގެ ޓީޗަރެއްގެ ވަޒީފާގެ މަޤާމު ދީފައިވަނީ ވަގުތީ ގޮތުން ކަމަށް ބުނެފަ އިވާއިރު، މުޙައްމަދު ވަޙީދު ނަޖީބުގެ ވަޒީފާ އަކީ ]ރިސޯސް ޓީޗަރެއް [ގެ ވަޒީފާކަމަށާއި، އަދި މުޙައްމަދު ވަޙީދު ނަޖީބުގެ ވަޒީފާއަކީ ]ގަޑިފުރާ ޓީޗަރެއް[ގެ ވަޒީފާކަމަށްވެސް ބުނެފައިވާކަން އެނގެން އޮވެއެވެ . 15- ބަޔާންވެދިޔަ ގޮތުގެ މަތިން 01 ޖަނަވަރީ 1992 އިން ފެށިގެން މުޙައްމަދު ވަޙީދު ނަޖީބު މަޖީދިއްޔާ ސްކޫލުގެޓީޗަރެ އްގެ ވަޒީފާގައި ގެނގުޅެފައިވަނީވަގުތީ ގޮތުނ، ނުވަތަ ]ރިސޯސް ޓީޗަރެއް [ގެ ގޮތުގައި ނުވަތަ ]ގަޑިފުރާ ޓީޗަރެއް[ގެ ގޮތުގައިކަމަށް ދައުލަތު ން ބުނެފައިވާއިރު، ދައުލަތުގެ ނުވަތަ ސަރުކާރުގެ ދާއިމީ ވަޒީފާ އަދާކުރަމުންދިޔަ ފަރާތްތަކަށް ލިބޭ ރަމަޟާންމަހުގެ އެލެވަންސާއި މެޑިކަލް އެލަވަންސާއި ޙައްޤުވާ ޗުއްޓީވެސް މުޙައްމަދު ވަޙީދު ނަޖީބަށް އެ މުއްދަތުގައި ދެވިފައިވާކަމަށް އެ ފަރާތުން ބުނާއިރު، އެބުނުމަށް ދައުލަތުން އިންކާރުކޮށްފައި ނުވެއެވެ . 16- އިސްތިއުނާފުކުރާ މުޙައްމަދު ވަޙީދު ނަޖީބު 2007 އޮކްޓބަރޯ 18 އަދި 2007 ނޮވެމްބަރ 20ވަނަ ދުވަހު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވި ސިޓީގެ ޖަވާބުގައި، ސްކޫލުތަކުގެ ރިސޯސް ޓީޗަރުންގެ މ ޤާ މަކީ، ގަޑިފުރާ މުދައްރިސުންގެ ގޮތުގައި ފުރާ ކޮންމެ ގަޑިއަކަށް ކަނޑައެޅިފައިވާ ވަކި އުޖޫރައެއް ދޭގޮތަށް ގެންގުޅޭ މުވައްޒަފުން ކަމަށް ބަޔާންކޮށް، 2008 ފެބްރުއަރީ 10ވަނަ ދުވަހު، މުޙައްމަދު ވަޙީދު ނަޖީބަށް ފޮނުވި އެ އޮފީހުގެ ނަންބަރު 2008/1367-ޕީއެސްޑީ ]އަމިއްލަމީހުން ފޮނުވާ ސިޓީގެ ޖަވާބު[ ގައި ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ . ]މިއޮފީހުގެ 25/2007 ދެންނެވުމުގައިވާ ގޮތުން ވަގުތީ މަގާމުތަކުގައި ޕެންޝަނަށް ނުގުނޭގޮތަށް ވަގުތީ ގޮތުން ޚިދުމަތްކުރި މުއްދަތު ޕެންޝަނަށް ގުނޭގޮތަށް ހަމަޖައްސައިދެނީ ސަރުކާރުގެ ދާއީމީ މަގާމުތަކާއި، މުވައްޒަފުންގެ ކަންތައްތައް ހިންގުމުގެ ގަވާއިދުގެ 4ވަނަބައިގައިވާ ގޮތަށް ވަގުތީ މުވައްޒަފުން ހަމަޖައްސާ ސަރުކާރުގެ ވަގުތީ މަގާމުތަކުގައި ޚިދުމަތްކޮށްފައިވާ ފަރާތްތަކަށެވެ . ސްކޫލްތަކުގެ ރިސޯސް ޓީޗަރުންގެ މަގާމަކީ، ސަރުކާރުގައި އޮންނަ މަގާމެއް ނޫނެވެ . މިއީ، ގަޑިފުރާ މުދައްރިސުންގެގޮތުގައި ފުރާ ކޮންމެ ގަޑިއަކަށް ކަނޑައެޅިފައިއޮންނަ އުޖޫރައެއް ދެއްވާގޮތަށް ގެންގުޅުއްވާ މީހުންކަމަށްވާތީ، ރިސޯސް ޓީޗަރެއްގެގޮތުން ޚިދުމަތްކުރާ ދުވަސްތައް ޕެންޝަނަށް ގުނޭގޮތަށް ހަމަޖެހިފައިނުވާ ވާހަކަ ދެންނެވީމެވެ .[ 17- 01 ޖަނަވަރީ 1992 އިން ފެށިގެން 01 އޮކްޓބަރޯ 1999 ގެ ނިޔަލަށް މުޙައްމަދު ވަޙީދު ނަޖީބު މަޖީދިއްޔާ ސްކޫލުގައި ޓީޗަރެއްގެ ވަޒީފާ އަދާކޮށްފައިވަނީ، އިޝާރާތްކުރެވުނު ސިޓީގެ ޖަވާބުގައި ބަޔާންކޮށްފައިވާ ގޮތަށް، ގަޑިފުރާ މުދައްރިސެއްގެ ގޮތުގައި ފުރާ ކޮންމެ ގަޑިއަކަށް ކަނޑައެޅިފައިވާ ވަކި އުޖޫރައެއް ދޭގޮތަށް ނޫނެވެ . ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔުންތަކަށް ބަލާއިރު، މުޙައްމަދު ވަޙީދު ނަޖީބު ބުނެވިދިޔަ މުއްދަތުގައި މަޖީދިއްޔާ ސްކޫލުގެ ވަޒީފާ އަދާކޮށްފައިވަނީ ނުވަތަ އެފަރާތް ސަރުކާރުގެ ވަޒީފާގައި ގެންގުޅެފައިވަނީ މަޖީދިއްޔާ ސްލޫކުގެ ފުލްޓައިމް ޓީޗަރެއްގެ ގޮތުގައި ކަމާއި، 1992 އިން ފެށިގެން 1999 ގެ ނިޔަލަށް މުޙައްމަދު ވަޙީދު ނަޖީބަކީ މަޖީދިއްޔާ ސްކޫލުގައި ދިވެހިބަސް ކިޔަވައި ދެއް ވި މުދައްރިސެއްކަމާއި، އެމުއްދަތު ގައި އޭނާ ވަޒީފާއަށް ޙާޟިރުވާންޖެހޭ ހުރިހާ ދުވަހެއްގައި ގަޑި ނުޖެހި ސްކޫލަށް ބަރާބަރަށް ޙާޟިރުވެފައިވާކަމާއި، ސ ކޫލުން ހިންގާ އިތުރު ހަރަކާތްތަކުގައިވެސް އެހެނިހެން ޓީޗަރުންނެކޭ އެއްފަދައިން ބައިވެރިވެ ޚިދުމަތްކޮށްފައިވާކަމާއި، މަހު މުސާރައާއި އެލަވަންސްތައް މުޙައްމަދު ވަޙީދު ނަޖީބަށް ދީފައިވާކަން އެނގެން އޮވެއެވެ . ބުނެވިދިޔަ ކަންކަން ކަމާބެހޭ ފަރާތްތަކުގެ އަންނަ ނިވި ސިޓީތަކުން އެނގެއެވެ . ` މަޖީދިއްޔާ ސްކޫލް Majeediyya School ޕީ. އޯ. ބޮކްސް ނަންބަރު 2008: P.O. box No: 2081 މާލެ 05-20 Male’ 20-05 ދިވެހިރާއްޖެ . Republic of Maldives ނަންބަރު: MS/188/2009/03 ސިވިލް ސަރވިސް ކޮމިޝަން ޑޮކްޓަރ މުޙައްމަދު ލަޠީފަށް ވެދުން ސަލާމަށްފަހު ދަންނަވަމެވެ. ތިޔަ ކޮމިޝަންގެ ނަންބަރު 188-L/2010/52 )18 ޖެނުއަރީ 2010( ގެ ސިޓީއާއި ޙަވާލާދީ ދަންނަވަމެވެ. އެސިޓީގައި ވިދާޅުވެފައިވާ އަލްއުސްތާޛު މުޙައްމަދު ވަޙީދު ނަޖީބު އޭރުވެސް މަޖީދިއްޔާ ސްކޫލުގައި ގެންގުޅުއްވާފައި ވަނީ، އޭނާގެ ޚިދުމަތް މަޖީދިއްޔާ ސްކޫލަށް ބޭނުންވާތީ ފުލްޓައިމް ޓީޗަރެއްގެ ގޮތުގައިކަން އެނގެއެވެ . އަދި އޭނާ ވަޒީފާ އަދާކޮށްފައިވަނީވެސް އެ އުޞޫލުގެ މަތިންކަން އެގެއެވެ. އެހެންނަމަވެސް ވަޒީފާ ދާއިމީކޮށްދެވިފައި ނުވާކަން މިސްކޫލުގެ ލިޔުންތަކުން އެގެންއޮވެއެވެ. އޭނާގެ ވަޒީފާ ދާއިމީކޮށް ދެވިފައިނުވާ ސަބަބު އޮޅުންފިލުވުމަށް ކުރެވުނު މަސައްކަތުން އެގުނުގޮތުގައި، އެތައްފަހަރަކު މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް ލިޔެގެން ވެސް ވަޒީފާ ދާއިމީކޮށް ދެއްވާފައި ނުވަނީކަމަށް ފެނެއެވެ. މިކަން ޔަޤީންކުރުމަށް އޭރު މިސްކޫލުގައި އިސްކޮށް ޙަރަކާތްތެރިވެ ލެއްވެވި ބައެއް ބޭފުޅުންނާ ފޯނުން ގުޅުމުން އެބޭފުޅުންވެސް ވަނީ އެކަން ކަށަވަރުކޮށް ދެއްވާފައެވެ. އެބޭފުޅުން ވިދާޅުވާގޮތުގައި އަލްއުސްތާޛު މުޙައްމަދު ވަޙީދު ނަޖީބުގެ ވަޒީފާ ދާއިމީކުރުމަށް މިނިސްޓްރީގެ ބައްދަލުވުންތަކުގައިވެސް ވަނީ ދެންނެވިފައެވެ. މިހެންވެ މިވާހަކަ ތިޔަކޮމިޝަނުގެ މަޢުލޫމާތައްޓަކައި ދެންނެވީމެވެ. އިޚްތިރާމް ޤަބޫލު ކުރެއްވުން އެދެމެވެ. 20 ޞަފަރު 1431 20 ޖެނުއަރީ 2010 ޙާދިމުކުމް )ސޮއިކޮށްފައި ( ޢަބްދުﷲ އިސްމާޢީލް )ޕްރިންސިޕަލް ( ސިވިލް ސަރވިސް ކޮމިޝަން މާލެ، ދިވެހިރާއްޖެ . ` މަޖީދިއްޔާ ސްކޫލް Majeediyya School މާލެ Male’ 20-05 ދިވެހިރާއްޖެ . Republic of Maldives ނަންބަރު: MS/MIS/95/246 އަލްއުސްތާޛު މުޙައްމަދު ވަޙީދު ނަޖީބަށް ވެދުން ސަލާމަށްފަހު ދަންނަވަމެވެ. ގްރޭޑް 6،7 ގެ ދިވެހި ދުވަސް ފާހަގަކުރުމަށްޓަކައި މިޖަމުޢިއްޔާއިން ކުރަމުން ދިޔަ މަސައްކަތް ތަކުގައި ތިޔަފަރާތުން ވެދެއްވި އެހީތެރިކަމާއި އެއްބާރުލެއްވުމަކީ އަޅުގަނޑު ވަރަށް ބޮޑަށް ފާހަގަކުރި ކަމެކެވެ . އަޅުގަނޑު ދެކޭގޮތުގައި ދިވެހި ދުވަސް އެހާފުރިހަމަ ކަމާއެކު ނިމިގެން ދިޔައީ ތިޔަފަރާތުން އެކަމަށް ވަރަށް ގިނަ މަސައްކަތާއި ވަގުތު ތަކެއް ހޭދަކުރުމުގެ ސަބަބުންނެވެ. އެހެންކަމުން ތިޔަފަރާތުން ވެދެއްވި އެހީތެރިކަމުގެ އަގުވަޒަންކޮށް އެކަމަށް އިޚްލާސްތެރިކަމާއި އެކު ޝުކުރު ދަންނަވަމެވެ. އިޚްތިރާމް ޤަބޫލު ކުރެއްވުން އެދެމެވެ. 27 ޖުމާދަލްއާޚިރާ 1416 20 ނޮވެމްބަރ 1995 ޙާދިމުކުމް )ސޮއި ކޮށްފައި ( މުޖުތަބާ ޙަމީދު )އެސިސްޓެންޓް ޕްރިންސިޕަލް ( […] މާލެ، 18- ބަޔާންވެދިޔަ ސިޓީތަކަށާއި ފާހަގަކުރެވުނު ކަންތައްތަކަށް ބެލުމުން، 01 ޖަނަވަރީ 1992 އިން ފެށިގެން 01 އޮކްޓބަރޯ 1999 ގެ ނިޔަލަށް މުޙައްމަދު ވަޙީދު ނަޖީބު މަޖީދިއްޔާ ސްކޫލުގައި ޓީޗަރެއްގެ ވަޒީފާ އަދާކޮށްފައިވަ ނ، ގަޑިފުރާ ޓީޗަރެއްގެ ހައިޘިއްޔަތުން ފުރާ ކޮންމެ ގަޑިއަކަށް ކަނޑައެޅިފައިވާ ވަކި އުޖޫރައެއް ދޭ ގޮތަށް ނޫންކަމާއި، އެ މުއްދަތު ގައި މުޙައްމަދު ވަޙީދު ނަޖީބު އެ ވަޒީފާގައި ގެންގުޅެފައިވަނީ، އޭނާގެ ޚިދުމަތް މަޖީދިއްޔާ ސްކޫލަށް ބޭނުންވާތީ ފުލްޓައިމް ޓީޗަރެއްގެ ގޮތުގައި ކަމަށް ބަލަންޖެހެއެވެ . 19- މި މައްސަލައިގައި ޚުޞޫމަތު އުފެދިފައިވާ މުއްދަތުގައި، ވަގުތީގޮތުން ސަރުކާރުގެ ވަޒީފާއަށް މުވައްޒަފުން ހަމަޖެއްސުމާއި، ވަގުތީ ގޮތުން މުވައްޒަފުން ވަޒީފާގައި ގެންގުޅުމަކީ ހުއްދަ ކަމެކެވެ . އެކަން ދައުލަތުން ކުރަމުން ގެންގޮސްފައިވެއެވެ. އަދި މިހާރުވެސް ސަރުކާރުގެ ނުވަތަ ދައުލަތުގެ ވަޒީފާއަށް ވަގުތީ ގޮތުން މުވައްޒަފުން ހަމަޖައްސަމުންދެއެވެ. ޤާނޫނު ނަންބަރު 2008/2 )ވަޒީފާއާބެހޭ ޤާނޫނު ( އާއި، ދިވެހި ސިވިލް ސަރވިސް ޤަވާޢިދު 2008، 2010 އަދި 2015 ގައި، ވަގުތީ ވަޒީފާއާގުޅޭ އުޞޫލުތައް ބަޔާންކޮށްފައިވެއެވެ . 20- ސިވިލް ކޯޓުގެ ނަންބަރު 361/Cv-C/2018 ޤަޟިއްޔާ އެކޯޓުން ނިންމާފައިވަނީ ޝަރުޢީ ޤާނޫނީ އުޞޫލު ތަކާ ޚިލާފަށްކަމަށް ބުނެ މުޙައްމަދު ވަޙީދު ނަޖީބުގެ ފަރާތުން ޙަ ވާލާދީފައިވަނީ، ސަރުކާރުގެ މުވައްޒަފުންގެ ކަންތައްތައް ހިންގުމުގެ ޤަވާއިދުގެ 3ވަނަ ބައިގެ 22،25 އަދި 26 ވަނަ މާއްދާއާއެވެ . 21- މުޙައްމަދު ވަޙީދު ނަޖީބުގެ ފަރާތުން ޙަވާލާދީފައިވާ ސަރުކާރުގެ މުވައްޒަފުންގެ ކަންތައްތައް ހިންގުމުގެ ޤވާއިދަ ކ، 20 މެއި 2004 ގައި ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ޕަބްލިކް ސަރވިސް ޑިވިޜަންގެ ރިސާރޗް އެންޑް ޕަރބްލިކޭޝަންސް ޔުނިޓުން ޝާއިޢުކޮށްފައިވާ ގަވާއިދެކެވެ. އެފޮތް ހުޅުވާލަމުން ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިން ނެވެ . ]މިފޮތަކީ، ސަރުކާރު މުވައްޒަފުންގެ ގަވާއިދުތައް އެއްފޮތަކަށް ޗާޕުކޮށްގެން ނެރުމަށް ވަޒީރުންގެ މަޖިލީހުން ނިންމެވުމާ ގުޅިގެން، ސަރުކާރު މުވައްޒަފުންނާބެހޭ ގޮތުން މިހާރު ޢަމަލުކުރަމުން ގެންދާ ގަވާއިދުތަކުގެ މައްޗަށް އެކުލަވާލާފައިވާ ފޮތެކެވެ. މި ފޮތް އެންމެ ފުރަތަމަ ޝާއިޢުކޮށްފައިވަނީ 15 ޖޫން 1994 ގައެވެ . މިފޮތުގެ 3ވަނަ ޢަދަދު ޗާޕުކޮށްފައި މިވަނީ، 2003 ވަނަ އަހަރުގެ ނިޔަލަށް ސަރުކާރު މުވައްޒަފުންނާބެހޭގޮތުން އިޞްލާޙުކޮށްފައިވާ ގަވާއިދުތައް ހިމަނައިގެންނެވެ . މިފޮތުގައި އަލަށް ހިމެނިފައިވާ ނުވަތަ އިޞްލާޙުކުރެވިފައިވާ މައިގަނޑު ބައިތަކަކީ : 1- މަގާމުތަކާއި މުވައްޒަފުންގެ ރަޖިސްޓަރީ ބެލެހެއްޓުމުގެ ކަންތައްތައް ހަރުދަނާކުރުން . 2- މަގާމުތަކަށް މީހުން ހޮވުމުގައި މިންގަނޑުތަކަކަށް ބަލައި، މިމަސައްކަތަކީ އޮފީހުގެ ކޮމިޓީއަކުން ކުރާ މަސައްކަތެއްކަމުގައި ހަމަޖެއްސުން 3- މަގާމުގެ ވަޒީފާ ބަޔާން• 4- މުވައްޒަފުންގެ ޚިދްމަތުގެ ފެންވަރުބެލުން . 5- ސަރުކާރު މުވައްޒަފުންގެ ޕްރޮވިޑެންޓް ފަންޑުގެ ގަވާއިދު. ގަވާއިދު ފޮތުގައި ކުރިންހުރި ބައެއް މާއްދާތަކާއި ނަމޫނާތައް، އިތުރަށް ފުރިހަމަކުރުމަށްޓަކައި އެމާއްދާތަކަށާއި ނަމޫނާތަކަށްވެސް ބަދަލުތައް ގެނެވިފައިވާނެއެވެ. [ 22- ޙަވާލާދެވުނު ގަވާއިދަކީ 2004 ގައި ޕަބްލިޝްކުރެވުނު ގަވާއިދެކެވެ . ނަމަވެސް އޭގެ ފުރަތަމަ ޗާޕް 1994 ގައި ޝާއިޢުކުރެވިފައިވާކަން އެނގެން އޮވެއެވެ . މި މައްސަލައި ގައި ޚުޞޫމަތު އުފެދިފައިވާ މުއްދަތުކަމުގައިވާ 01 ޖަނަވަރީ 1992 އިން ފެށިގެން 01 އޮކްޓބަރޯ 1999 ގެ ނިލަށް ސަރުކާރު މުވައްޒަފުންގެ ކަންތައްތައް ހިންގުމުގައި ޢަމަލުކުރި ގަވާއިދު ނުވަތަ އުޞޫލު ހޯދުމަށް ހައިކޯޓުގެ ނަންބަރު 95-B5/1/2021/2 )29 ސެޕްޓެމްބަރ 2021( ސިޓީ ން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެދިފައިވެއެވެ. ބުނެވިދިޔަ ސިޓީއާ ގުޅިގެން 1994 ގަޔާއި އަދި 2000ވަނަ އަހަރު ޝާއިޢުކުރެވުނު ސަރުކާރުގެ މުވައްޒަފުންގެ ކަންތައްތައް ހިންގުމުގެ ޤަވާއިދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ނަންބަރު 1-CSO(A)/95/2021/1 )06 އޮކްޓޯބަ ރ 2021( ސިޓީއާއެކު 2021 އޮކްޓޫބަރު 06 ގައި ހައިކޯޓަށް ފޮނުވާފައިވެއެވެ . 23- ސަރުކާރުގެ މުވައްޒަފުންގެ ކަންތައްތައް ހިންގުމުގެ ޤަވާއިދުގެ 3ވަނަ ބައި ގެ )2004ވަނަ އަހަރުގެ ޗާޕް ( 22ވަނަ މާއްދާއާ ޙަ ވާލާދީ މުޙައްމަދު ވަޙީދު ނަޖީބުގެ ފަރާތުން ފާހަގަކުރި ކަންކަން 1994 ގަޔާއި އަދި 2000ވަނަ އަހަރު ޗާޕްކުރެވުނު ސަރުކާރުގެ މުވައްޒަފުންގެ ކަންތައްތައް ހިންގުމުގެ ޤަވާއިދުގަ އިވެސް ހަމަ އެގޮތުގެ މަތިން ބަޔާންކޮށްފައިވާ ކަން އެނގެން އޮވެއެވެ . ބަދަލުވެފައިވަނީ ޙަވާލާދެވޭ މާއްދާގެ ނަންބަރު އެކަންޏެވެ . އެ ގޮތުން މި މައްސަލައި ގެ ބޭނުމަށް ބުނެވިދިޔަ ޗާޕްތަކުގައި ބަޔާންކޮށްފައިވާ މާއްދާތައް ތިރީގައި އެވަނީއެވެ .  2004ވަނަ އަހަރު ޗާޕްކުރެވިފައިވާ ސަރުކާރުގެ މުވައްޒަފުންގެ ކަންތައްތައް ހިންގުމުގެ ޤަވާއިދު: 24- 2004 ގައި ޗާޕްކުރެވިފައިވާ ސަރުކާރުގެ މުވައްޒަފުންގެ ކަންތައްތައް ހިންގުމުގެ ޤަވާއިދުގެ 3ވަނަ ބައިގެ، 22ވަނަ މާއްދާގެ )ށ( ގައި ވަނީ، ]ވަގުތީގޮތުން ގެންގުޅޭ މީހަކު މަސައްކަތަށް ނުފުދޭކަމަށް ފެނިއްޖެނަމަ، 3 މަސް ހަމަވުމުގެ ކުރިން އެ ތަނަކުން އެ މީހަކު ވަޒީފާއިން ވަކިކޮށް ދޫކޮށްލަންވާނެއެވެ . ވަޒީފާއިން ވަކިނުކޮށް 3 މަސްދުވަސް ހަމަވެއްޖެނަމަ، 3 މަސްދުވަސް ހަމަވާތާ 15 ދުވަހުގެ ތެރޭގައި އެ މީހެއްގެ ވަޒީފާ ދާއިމީ ކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕަބްލިކް ސަރވިސް ޑިވިޜަނަށް ހުށަހަޅަންވާނެއެވެ [. 22ވަނަ މާއްދާގެ )ނ] (ވަގުތީގޮތުން މީހަކު ގެންގުޅެން ފަށައި ފިނަމަ، އެމީހެއްގެ މަޢްލޫމާތު ފައިލް 22ވަނަ މާއްދާގެ )ރ( ]ވަގުތީގޮތުން ގެންގުޅޭ މުވައްޒަފުންގެ ވަޒީފާ ދާއިމީކޮށްދެވޭނީ، އެ މީހަކު ގެންގުޅެންފެށި ތާރީޚުން ފެށިގެން އެމީހެއްގެ ޕެންޝަނަށް ގުނޭގޮތަށެވެ [. 23ވަނަ މާއްދާ، ]ވަގުތީގޮތުން 3 މަސް ހަމަވަންދެން މީހަކު ގެންގުޅުމަށްފަހު ގަވާއިދުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕަބްލިކް ސަރވިސް ޑިވިޜަނަށް ހުށަހަޅައިގެން އެ މީހެއްގެ ވަޒީފާ ދާއިމީވުމުން، ވަގުތީ ގޮތުން ގެންގުޅޭ މީހުންގެ ރަޖިސްޓްރީގައި، ދޫކޮށްލި ސަބަބު ލިޔަން އޮންނަ ގޮޅީގައި އެ މީހެއްގެ ވަޒީފާ ދާއިމީ ވީކަމުގައިލިޔެ އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕަބްލިކް ސަރވިސް ޑިވިޜަނުން ވަޒީފާދިން ޗިޓުގެ ނަންބަރު ޖަހަންވާނެއެވެ . އަދި ހަމައެއާއެކު، އޮފީހުގެ ދާއިމީ ރަޖިސްޓްރީއަށް އެ މީހެއްގެ މަޢްލޫމާތު ނަގަންވާނެއެވެ [. މިފަދައިންނެވެ .  2000ވަނައަހރަޗާޕްކުރެވިފައިވާ ސަރުކާރުގެ މުވައްޒަފުންގެ ކަންތައްތައް ހިންގުމުގެ ޤަވާއިދު: 25- 2000ވަނަ އަހަރު ޗާޕް ކުރެވިފައިވާ ސަރުކާރުގެ މުވައްޒަފުންގެ ކަންތައްތައް ހިންގުމުގެ ޤަވާއިދުގެ 3ވަނަ ބައިގެ، 20ވަނަ މާއްދާގެ )ށ( ގައި ވަނީ، ]ވަގުތީގޮތުން ގެންގުޅޭ މީހަކު މަސައްކަތަށް ނުފުދޭކަމަށް ފެނިއްޖެނަމަ، 3 މަސް ހަމަވުމުގެ ކުރިން އެ ތަނަކުން އެ މީހަކު ވަޒީފާއިން ވަކިކޮށް ދޫކޮށްލަންވާނެއެވެ . ވަޒީފާއިން ވަކިނުކޮށް 3 މަސްދުވަސް ހަމަވެއްޖެނަމަ، 3 މަސްދުވަސް ހަމަވާތާ 15 ދުވަހުގެ ތެރޭގައި އެ މީހެއްގެ ވަޒީފާ ދާއިމީ ކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕަބްލިކް ސަރވިސް ޑިވިޜަނަށް ހުށަހަޅަންވާނެއެވެ [. 20ވަނަ މާއްދާގެ )ނ] (ވަގުތީގޮތުން މީހަކު ގެންގުޅެން ފަށައިފިނަމަ، އެމީހެއްގެ މަޢްލޫމާތު ފައިލް 20ވަނަ މާއްދާގެ )ރ] (ވަގުތީގޮތުން ގެންގުޅޭ މީހުންގެ ވަޒީފާ ދާއިމީ ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕަބްލިކް ސަރވިސް ޑިވިޜަނަށް ހުށަހަޅާއިރު، އެ މީހެއްގެ މަޢްލޫމާތު ފައިލް ފޮނުވަންވާނެއެވެ .[ 20ވަނަ މާއްދާގެ )ބ( ]ވަގުތީގޮތުން ގެންގުޅޭ މުވައްޒަފުންގެ ވަޒީފާ ދާއިމީކޮށްދެވޭނީ، އެމީހަކު ގެންގުޅެންފެށި ތާރީޚުން ފެށިގެން އެ މީހެއްގެ ޕެންޝަނަށް ގުނޭގޮތަށެވ[. 21ވަނަ މާއްދާ، ]ވަގުތީގޮތުން 3 މަސް ހަމަވަންދެން މީހަކު ގެންގުޅުމަށްފަހު ގަވާއިދުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕަބްލިކް ސަރވިސް ޑިވިޜަނަށް ހުށަހަޅައިގެން އެ މީހެއްގެ ވަޒީފާ ދާއިމީވުމުން، ވަގުތީ ގޮތުން ގެންގުޅޭ މީހުންގެ ރަޖިސްޓްރީގައި، ދޫކޮށްލި ސަބަބު ލިޔަން އޮންނަ ގޮޅީގައި އެ މީހެއްގެ ވަޒީފާ ދާއިމީ ވީކަމުގައިލިޔެ އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕަބްލިކް ސަރވިސް ޑިވިޜަނުން ވަޒީފާދިން ޗިޓުގެ ނަންބަރު ޖަހަންވާނެއެވެ . އަދި ހަމައެއާއެކު، އޮފީހުގެ ދާއިމީ ރަޖިސްޓްރީ އަށް އެ މީހެއްގެ މަޢްލޫމާތު ނަގަންވާނެއެވެ [. މިފަދައިންނެވެ . 26- 2000ވަނަ އަހަރު ޗާޕްކު ރެވިފައިވާ ސަރުކާރުގެ މުވައްޒަފުންގެ ކަންތައްތައް ހިންގުމުގެ ޤަވާއިދު ހުޅުވާލަމުން އެ ފޮތުގެ ފުރަތަމަ ޞަފްހާގައި ވަނީ އަންނަނިވި ފަދައިންނެވެ . ]މިފޮތަކީ، ސަރުކާރުގެ މުވައްޒަފުންނާބެހޭ ގަވާއިދުތައް އެއްގޮތަކަށް ޗާޕުކޮށްގެން ނެރުމަށް ވަޒީރުންގެ މަޖިލީހުން ނިންމެވުމާ ގުޅިގެން . ސަރުކާރުގެ މުވައްޒަފުންނާ ބެހޭގޮތުން މިހާރު ޢަމަލުކުރަމުން ގެންދާ ގަވާއިދުތަކުގެ މައްޗަށް އެކުލަވާލާފައިވާ ފޮތެކެވެ . މި ފޮތް އެންމެ ފުރަތަމަ ނެރެފައިވަނީ 15 ޖޫން 1994 ގައެވެ . މިފޮތުގެ 2 ވަނަ އަދަދު ޗާޕު ކޮށްފައި މިވަނީ، އެ ތާރީޚުގެ ފަހުން 31 ޖުލައި 2000 ގެ ނިޔަލަށް ސަރުކާރުގެ މުވައްޒަފުންނާބެހޭ ގަވާއިދުތަކަށް އައިސްފައިވާ ހުރިހާ އިޞްލާޙުތަކެއް ހިމަނައިގެންނެވެ. ޕަބްލިކް ސަރވިސް ޑިވިޜަންގެ މައިގަނޑު މަޤްޞަދެއް ކަމުގައި ކަނޑައަޅުއްވާފައިވަނީ، ހިންގުން ތަރައްޤީކުރުމަށް އޮފީސްތަކަށް އެހީތެރިވެދިނުމެވެ . ވީމާ، ގަވާއިދު ފޮތުގެ ފުރަތަމަ ބައި ޚާއްޞަކޮށްފައިވަނީ، މިގޮތުން އޮފީސްތަކުގެ މަސްއޫލިއްޔަތާ ބެހޭގޮތުންނާއި، މުވައްޒަފުން ހުރުމަތްތެރިކޮށް ހިތަންޖެހޭ އާންމު އުސޫލުތަކާ ބެހޭގޮތުންނެވެ . ދެންހުރި ބައިތައް ޚާއްޞަކޮށްފައިވަނީ މުވައްޒަފުންނާބެހޭ އާންމު ގަވާއިދުތައް މައިގަނޑު ބައިތަކަކަށް ބަހާލައިގެން އެބައިތަކުގެ މައްޗަށެވެ. ގަވާއިދު ފޮތުގެ މިއަދަދުގައި ސަރުކާރުގެ މުވައްޒަފުންގެ ޚިދްމަތުގެ ފެންވަރު ބެލުމާބެ ހޭބައި ހިމެނިފައިނުވަނީ ޚިދްމަތުގެ ފެންވަރު ބެލުމާ ބެހޭގޮތުން މިހާތަނަށް ގާއިމުކުރެވިފައިވާއޮނިގަނޑު އިތުރަށް ހަރުދަނާކުރެއްވުމަށް، ވަޒީރުންގެ މަޖިލީހުން ނިންމެވުމާގުޅިގެން. މުވައްޒަފުންގެ ޚިދްމަތުގެ ފެންވަރު ބެލުމާބެހޭ މަސައްކަތް ކުރިން ކުރަމުން އައިގޮތަ ށ އެ މަސައްކަތްކުރުން މިވަގުތަށް ހުއްޓިފައިއޮތުމުގެ ސަބަބުންނާއި ޚިދްމަތުގެ ފެންވަރު ބެލުމާބެހޭ އޮނިގަނޑު އިތުރަށް ހަރުދަނާކުރުމާ ބެހޭގޮތުން ޕަބްލިކް ސަރވިސް ޑިވިޜަނުން ކުރަމުން ގެންދާ މަސައްކަތް އަދި ނިމުމަކަށް ނާންނާތީއެވެ.[  1994ވަނަ އަހަރުޗާޕްކުރެވިފައިވާ ސަރުކާރުގެ މުވައްޒަފުންގެ ކަންތައްތައް ހިންގުމުގެ ޤަވާއިދު: 27- 1994ވަނަ އަހަރު ޗާޕްކު ރެވިފައިވާ ސަރުކާރުގެ މުވައްޒަފުންގެ ކަންތައްތައް ހިންގުމުގެ ޤަވާއިދު ހުޅުވާލަމުން އެ ގަވާއިދުގައި ބަޔާންކޮށްފައިވަނީ؛ ]މި ފޮތަކީ، ސަރުކާރުގެ މުވައްޒަފުންނާބެހޭ ގަވާއިދުތައް އެއްފޮތަކަށް ޗާޕުކޮށްގެން ނެރުމަށް ވަޒީރުންގެ މަޖްލިސުން ނިންމެވުމާ ގުޅިގެން، ސަރުކާރުގެ މުވައްޒަފުންނާ ބެހޭގޮތުން ތުން މިހާރު ޢަމަލު ކުރެވެމުންދާ ގަވާއިދުތަކާއި އޭގެތެރެއަށް އިތުރުކުރަން މިވަގުތަށް ކޮންމެހެންބޭނުންކަމަށް ފެންނަ ބައެއް ބައިތައް ހިމަނައިގެން އެކުލަވާލެވިފައިވާ ގަވާއިދު ފޮތެކެވެ . މިފޮތުގައިވ ގަވާއިދުތައްވަނީ 6 ޖޫން 1994 ގައި ވަޒީރުންގެ މަޖްލިސުން ބައްލަވައި ފާސްކުރައްވާފައެވެ .[ 28- 1994ވަނަ އަހަރު ޗާޕްކެރެވިފައިވާ ސަރުކާރުގެ މުވައްޒަފުންގެ ކަންތައްތައް ހިންގުމުގެ ޤަވާއިދުގެ، 39ވަނަ މާއްދާގެ )ށ( ގައިވަނީ، ]ވަގުތީގޮތުން ގެންގުޅޭ މީހަކު މަސައްކަތަށް ނުފުދޭކަމަށް ފެނިއްޖެނަމަ، 3 މަސް ހަމަވުމުގެ ކުރިން އެމިނިސްޓްރީއަކުން އެމީހަކު ވަޒީފާއިން ވަކިކޮށް ދޫކޮށްލަންވާނެއެވެ . ވަޒީފާއިން ވަކިނުކޮށް 3 މަސްދުވަސް ހަމަވެއްޖެނަމަ، އެމީހެއްގެ ވަޒީފާ ދާއިމީ ކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހަޅަންވާނެއެވެ [. 39ވަނަ މާއްދާގެ )ނ] (ވަގުތީގޮތުން މީހަކު ގެންގުޅެން ފަށްޓައިފިނަމަ، އެމީހެއްގެ މަޢްލޫމާތު ފައިލް 39ވަނަ މާއްދާގެ )ރ] (ވަގުތީގޮތުން ގެންގުޅޭ މީހުންގެ ވަޒީފާ ދާއިމީކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕަބްލިކް ސަރވިސް ޑިވިޜަނަށް ހުށަހަޅާއިރު، އެމީހެއްގެ މަޢްލޫމާތު ފައިލް ފޮނުވަންވާނެއެވެ . 20ވަނަ މާއްދާގެ )ބ( ]ވަގުތީގޮތުން ގެންގުޅޭ މުވައްޒަފުންގެ ވަޒީފާ ދާއިމީކޮށްދެވޭނީ، އެމީހަކު ގންގުޅެންފެށި ތާރީޚުން ފެށިގެން އެމީހެއްގެ ޕެންޝަނަށް ގުނޭގޮތަށެވެ [. މިފަދައިންނެވެ . 29- ސަރުކާރުގެ މުވައްޒަފުންނާބެހޭ ގަވާއިދު އެއްފޮތެއްގެ ސިފައިގައި ޗާޕްކުރެވިގެން އެންމެ ފުރަތަމަ ޕަބްލިޝްކުރެވިފައިވަނީ 1994 ގައެވެ . 1994 ގައި ޕަބްލިޝްކުރެވުނު ގަވާއިދު ފޮތަކީ، އޭރު )އެހާތަނަށް ( ސަރުކާރުގެ މުވައްޒަފުންނާބެހޭ ގޮތުން ޢަމަލުކުރެވެމުންދިޔަ އުޞޫލުތައް އެއްފޮތެއްގެ ސިފައިގައި ނެރުމަށް އޭރުގެ ވަޒީރުންގެ މަޖްލިސުން ނިންމުމާ ގުޅިގެން، އެކުލަވާލެވުނު ފޮތެކެވެ . އެހެންކަމުން، ބުނެވިދިޔަ ގަވާއިދުގެ 39ވަނަ މާއްދާގެ )ށ( އާއި 20ވަނަ މާއްދާގެ )ބ( އަކީ، ހުށަހެޅިފައިމިވާ މައްސަލައިގައި ދެ ފަރާތުގެ ދެމެދު ޚުޞޫމަތު އުފެދިފައިވާ މުއްދަތަށް ތަޠްބީޤުކުރެވޭނެ މާއްދާތަކެއް ކަން ޝަރުޢީ ޤާނޫނީ ހަމަތަކުން ބަލަންޖަހެއެވެ . 30- ޙަވާލާދެވުނު ސަރުކާރުގެ މުވައްޒަފުންގެ ކަންތައްތައް ހިންގުމުގެ ޤަވާއިދުގެ 1994 ގެ 39ވަނަ މާއްދާގެ )ށ( އަށް ބަލާއިރު، ވަގުތީގޮތުން ގެންގުޅޭ މީހަކު މަސައްކަތަށް ނުފުދޭކަމަށް ފެނިއްޖެނަމަ، 3 މަސް ހަމަވުމުގެ ކުރިން އެމިނިސްޓްރީއަކުން އެމީހަކު ވަޒީފާއިން ވަކިކޮށް ދޫކޮށްލަން ވާނެއެވެ . އަދި ވަޒީފާއިން ވަކިނުކޮށް 3 މަސްދުވަސް ހަމަވެއްޖެނަމަ، އެމީހެއްގެ ވަޒީފާ ދާއިމީ ކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހަޅަންވާނެއެވެ . އަދި އެ ގަވާއިދުގެ 20ވަނަ މާއްދާގެ )ބ( އަށް ބަލާއިރު، ވަގުތީގޮތުން ގެންގުޅޭ މުވައްޒަފުންގެ ވަޒީފާ ދާއިމީކޮށްދެވޭނީ، އެމީހަކު ގެންގުޅެންފެށި ތާރީޚުން ފެށިގެން އެމީހެއްގެ ޕެންޝަނަށް ގުނޭގޮތަށެވެ . 31- އިސްވެ ޙަ ވާލާދެވުނު މާއްދާތަކަށް ނަޒަރުކުރުން، ވަގުތީގޮތުން ސަރުކާރުގެ ވަޒީފާގައި ގެންގުޅޭ މީހަކު މަސައްކަތަށް ނުފުދޭކަމަށް ފެނިއްޖެނަމަ، 3 މަސް ހަމަވުމުގެ ކުރިން އެމީހަކު ވަޒީފާއިން ވަކިކޮށް ދޫކޮށްލަންޖެހޭނެއެވެ . ދޫކޮށްނުލައި 3 މަސް ހަމަވެއްޖެނަމަ އެފަރާތެއްގެ ވަޒީފާ ދާއިމީ ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހަޅަންޖެހޭނެއެވެ . އަދި އެ މާއްދާތަކުގައިވާ ޢިބާރާތްތަކަށް ބެލު މުން، ކަނޑައެޅިފައިވާ މުއްދަތުހަމަވުމުން ވަގުތީ މުވައްޒަފުން ދާއިމީ ކުރުމަށް މަސައްކަތްކުރުމަކެސަރުކާރުގެ ކަމާބެހޭ ވުޒާރާއެއްގެ ޒިންމާއެކެވެ . އ ޒިންމާ އަދާކުރުމުގައި މުވައްޒަފުގެ ދައުރެއްނެތެވެ . އަދި ސަރުކާރުގެ ކަމާބެހޭ ފަރާތަކުން އަދާކުރަންޖެހޭ ޒިންމާއެއް އަދާނުކުރުމަކީ އެ ކަމުގެ ސަބަބުން މުވައްޒަފަށް ލިބެންޖެހޭ ޙައްޤުން މަރުޙޫމްކުރެވޭނެ ކަމެއް ނނެވޫ . 32- ނަމަވެސް، ހުށަހެޅިފައިމިވާ މައްސަލައި ގައި އިސްތިއުނާފުކުރާ މުޙައްމަދު ވަޙީދު ނަޖީބު ސަރުކާރުގައި ވަގުތީ މުވައްޒަފެއްގެ ގޮތުގައި ގެންގުޅެ، އިސްވެ ޙަ ވާލާދެވުނު ގަވާއިދުގައިވާ ގޮތުގެ މަތިން ސަރުކާރުގެ ކަމާބެހޭ ވުޒާރާއިންނާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންވެސް ޢަމަލުކޮށްފައިނުވާކަން ފާޅުކަންބޮޑު ގޮތެއްގައި އެނގެން އޮވެއެވެ . އިސްތިއުނާފުކުރާ ފަރާތުގެ އަމިއްލަ ހައިޘިއްޔަތުން އެ ފަރާތުގެ ވަޒީފާ ދާއިމީކުރުމަށް 1993 އިން ފެށިގެން ފާއިތުވި 28 )އަށާވީސް ( އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކުގައްޔާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ތަކުރާރުކޮށް އދޭސްކޮށްފައިވެއެވާ . އެތައް ސީޓީއެއް ފޮނުވާފައިވެއެވެ . ޤާނޫނާއި ގަވާއިދުން ސަރުކާރުގެ ކޮނޑުގައި އެޅި ފައިވާ މަސްއޫލިއްޔަތު އަދާކުރުމަށް އާދައިގެ ފަރުދަކު އެކި އިދާރާތަކުގައި އާދޭސްކުރަންޖެހުމަކީ ބަލައިގަނެވޭނެކަމެއް ނޫނެވެ . 33- 01 ޖަނަވަރީ 1992 އިން ފެށިގެން 01 އޮކްޓބަރޯ 1999 ގެ ނިޔަލަށް އިސްތިއުނާފު ކުރާ މުޙައްމަދު ވަޙީދު ނަޖީބު މަޖީދިއްޔާ ސްކޫލުގައި ޓީޗަރެއްގެ ވަޒީފާ އަދާކޮށްފައިވާ ކަމާމެދު އެއްވެސް ސުވާލެއް ނުއުފެދެއެވެ . އަދި އެ މުއްދަތުގައި ޢަމަލީ ގޮތުން އެ ފަރާތް ވަޒީފާއަދާކޮށްފައިވަނީ، ދާއިމީ ނުވަތަ ފުލްޓައިމް ވަޒީފާއެއްގެ ގޮތުގައިކަން ހުށަހެޅިފައިވާ ލިޔުންތަކުން ސާފުކޮށް އެނގެން އޮވެއެވެ . އަދި އިސްތިއުނާފުކުރާ ފަރާތަކީ އޭރުގެ ފެންވަރުން ތަޢުލީމާއި ތަޖްރިބާހުރި ފަރާތެއްކަން އެނގެން އޮތުމުން، އެ ފަރާތު ގެ ވަޒީފާ ދާއިމީކޮށްދޭން ނުޖެހޭ ސަބަބެއްނެތެވެ . މުޅި މައްސަލައިން ފެންނަންއޮތީ ކަމާބެހޭ ފަރާތްތަކގު ޒިންމާ ޤާނޫނާ އެއްގޮތަށް އަދާކޮށްފައި ނުވާކަމެވެ . 34- އެހެންކަމުން، ބަޔާންދިޔަ ކަންތައްތަކަށް ބެލުމުން، އިސްތިއުނާފުކުރާ މުޙައްމަދު ވަޙީދު ނަޖީބު 01 ޖަނަވަރީ 1992 އިން ފެށިގެން 01 އޮކްޓބަރޯ 1999 ގެ ނިޔަލަށް މަޖީދިއްޔާ ސްކޫލުގައި ވަގުތީ ޓީޗަރެއްގެ ވަޒީފާ އަދާކޮށްފައި ވާ މުއްދަތަކީ، ސަރުކާރުގެ މުވައްޒަފުންގެ ކަންތައްތައް ހިންގުމުގެ ޤަވާއިދުގެ 1994 ގެ 20ވަނަ މާއްދާގެ )ބ( ގެ ދަށުން، ޕެންޝަނަށް ގުނޭ މުއްދަ ތ އްކަމަށާއި އެ މުއްދަތުގައި މުޙައްމަދު ވަޙީދު ނަޖީބު ސަރުކާރުގައި އަދާކުރި ވަޒީފާއަކީ ދާއިމީ ވަޒީފާއެއް ގޮތުގައި ކަނޑައަޅަންޖެހޭކަމަށް ދެކެވެ . 35- ވީމާ، ސިވިލް ކޯޓުގެ ނަންބަރު 361/Cv-C/2018 ޤަޟިއްޔާގައި އެކޯޓުން ނިންމާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭކަމަށް ދެކެމެވެ . N-0 0\~ uI ~ 7 r-- 0""~"~ • 0~"'\"\"\ o~''" ""' "\,)("\"'\ 0~\~0~\~ "~"0.."\1\~O\~I\,\Q '"' 1\~,,_~,1\~1\~ 1\~"0.."\'"'1\~ '\~~"0..ol ~~~~~":\ '\ '\ \ \

0 ......... C))~~ ~Q C)'\1\~"'I ~0..':\~0..C)'\'\ 1\~ C)~"'-'~~"'\ '"' ~~C)'\ ''"' ~\0-,.......,u u-N0 ,.......,00 "\\QO\ ,,""' "'-'~~ C)\ ~\ '\ "' L ;>I o._,L \ ~~of''" "Q \~ "\ '0.. '""\ C)'\''I"'\ ~~ \~ ""' ,.......,0\0\0\ "\\QRa,C)~)('\ 0 ,......., ""'C)~ ":\ C)~ ,.......,0\0\N '0..\~\'\) ~ ~ 'I~ ~\ ,, "' \~ '''\ '0.. '"' "\~~"\\l ~~ )("' ~~""' C)\,,\l C)~":"\ ~~ 0'\"'\ "~'"~\ ~'\'0.. '"' "tt,)("'""' C)'\"\ ,{'~ ""' '0.. '"' "\R~ol \.1~"' ~~~ "' \.1~"' "~ "' C)'\... '\"'"' C)'\''I ~\"'\ot.,"'\ ~0.."'"' C)'\''I C)~"~ ,,_"\R\~'"' ~"'""' ,, \~ ""'C)~ ""' ~'\"'\ '"''" \-.1 \~ '"' "'\\~C)'\~~ C)'\"'\ ,,~ "~'"~\ ~ '\ "'' 5' ~ "' "''\~ "' ~~C)'\L''"' 01.,)(~"\'""'\ ~"''"C)~ ~~'"C)'\ ""' "~'\~\~\ ~\"Q~'\\~""' ~~ ~~ '"C)\ "~ C)\\Q \~ "\ '0..'""\ C)'\''I"'\ "' "' :\\Q!\\ ~ 'I~ \ ... "'\ 01.,)(~Cl'\"~"'I C)~"'"''''\ C)'\ ""' 0\"\ ,,~ ':\""' "\ '" "Q '"' "'-' ~~\'\ "'l~'\)C)'\~\ ... ~ :\~ "' "' -.~,~ \~'\J, ,,"' \\ ~' "~C)'\"~"'I '!\\Q ,,~C)'\L''"' \~ "' "' "\ \l "\ ''I "\~~ ':\ C)'\''\ OQ \~ '\~ -.~,~ \~"' ~\l ~~ ,..-.._ "' ...,...,""'\0 ,_ ·.1 ;~~ 0 N 0'- ...,~ ; • " ·~"''' - ~ · ~ ~~ ! ~ '\, ,.,, ,(") .,"' '\ , . a~"' "l :~ ... ,~ -""' ~~\,, .,~ ·~" \"" . ' \ .._ \ \ \ , " "',, ..t:· - i1 · \l ""a, <£@):.2 () ·~ ~ u0~ Oil0:> E > .~ t: en~ 0;::l t bO5 .E > .\' \' ' ..

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ސަރުކާރުގެ މުވައްޒަފުންގެ ކަންތައްތައް ހިންގުމުގެ ޤަވާއިދު (1994 ޗާޕު) ގެ 39 ވަނަ މާއްދާގެ (ށ)، (ނ)، (ރ) އަދި 20 ވަނަ މާއްދާގެ (ބ)
  • ސަރުކާރުގެ މުވައްޒަފުންގެ ކަންތައްތައް ހިންގުމުގެ ޤަވާއިދު (2000 ޗާޕު) ގެ 3 ވަނަ ބައިގެ 20 ވަނަ މާއްދާ އަދި 21 ވަނަ މާއްދާ
  • ސަރުކާރުގެ މުވައްޒަފުންގެ ކަންތައްތައް ހިންގުމުގެ ޤަވާއިދު (20 މެއި 2004 ޗާޕު) ގެ 3 ވަނަ ބައިގެ 22 ވަނަ މާއްދާގެ (ށ)، (ނ)، (ރ) އަދި 23 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު)؛ ދިވެހި ސިވިލް ސަރވިސް ޤަވާޢިދު 2008، 2010، 2015 (ވަގުތީ ވަޒީފާގެ އުޞޫލުތަކަށް އިޝާރާތްކޮށްފައި)

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ