ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2019/HC-A/479

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ވ. ޢަބްދުއްރައްޒާޤު މުޙައްމަދު

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ސުޕްރީމް ކޯޓަށް އިސްތިއުނާފުކޮށްފައި ނުވޭ · ރަޖިސްޓްރީ ބެލީ 15 އޮކްޓޫބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 15 ފެބުރުއަރީ 2022ދަށު ކޯޓު: ސިވިލް ކޯޓު 2857/Cv-C/2018ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސިވިލް ކޯޓު 2857/Cv-C/2018
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
ދ. ވާނީ މީހުން ދ. ކުޑަހުވަދޫއަށް ބަދަލުކުރުމުގެ ލިސްޓުގައި ހިމެނޭ ފަރާތަކަށް 8 މަސްދުވަހުގެ ތެރޭގައި ހައުސިންގ ޔުނިޓެއް ހަވާލުކުރަން ދައުލަތަށް އަމުރުކުރުމަކީ ހިޔާވަހިކަން ދިނުން ދައުލަތުގެ ކެރިފޯރުންތެރިކަމާ ގުޅުވާލާ ޤާނޫނުއަސާސީގެ 23 ވަނަ މާއްދާއާއި 2012/HC-A/273 ގެ އުޞޫލާ ޚިލާފުތޯ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 މައްސަލަ ބަލާ ފަނޑިޔާރު ޤާނޫނީ ގޮތުން ގޯހެއް ހަދާފައިވާކަމަށް ނުވަތަ ހެކިތަކަށް ރިޢާޔަތްނުކުރާކަމަށް ހަމައެކަނި ބުނުމަކުން ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާއިން ހުއްދަކުރާ އިސްތިއުނާފުގެ މިންގަނޑަށް ނުފޯރާނެއެވެ؛ ޤާނޫނީ ގޯހެއް، ޙައްޤު ގެއްލުމެއް ނުވަތަ އިންސާފަށް ހުރަސްއެޅުމެއް ބުނާނަމަ، އެކަމުގައި އުފެދޭ ޤާނޫނީ ބަހުސަކީ ކޮބައިކަން އިސްތިއުނާފީ ނުކުތާގައި ސާފުކޮށް ބުނަންވާނެއެވެ.

މަދަނީ › އިދާރީ ޠަބީޢަތުގެ ދަޢުވާ

HN2 ހައުސިންގ ޔުނިޓެއް ހަވާލުކުރުމަށް ކަނޑައަޅަންޖެހޭ ވަކި މުއްދަތެއް ބަޔާންކޮށްފައިވާ ޤާނޫނީ ހަމައެއް ނެތްއިރު، ދަށުކޯޓުން ކަނޑައެޅި މުއްދަތަކީ ހިޔާވަހިކަން ދިނުން ދައުލަތުގެ ކެރިފޯރުންތެރިކަމާ ގުޅުވާލާ އުޞޫލާ ޚިލާފުވާ ގޮތް ދައުލަތުން ބަޔާންކޮށް ނުދެވިއްޖެނަމަ، އެ ނުކުތާއަކީ ޝަރީޢަތުން ގޮތެއް ކަނޑައަޅަންޖެހޭ ނުކުތާއެއް ނޫނެވެ.

މަދަނީ › އިދާރީ ޠަބީޢަތުގެ ދަޢުވާ

HN3 ހަމަ މި މައުޟޫޢުގައި މި ކޯޓުން ކުރިން ބެލި ދިވެހި ދައުލަތް ވ. ސިއްތި މައްސަލައިގައިވެސް، ހައުސިންގ ޔުނިޓް ހަވާލުކުރުމަށް 8 މަސްދުވަހުގެ މުއްދަތަކީ ދިގު މުއްދަތެއްކަމަށް ކަނޑައަޅާފައެއް ނުވެއެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ފަނޑިޔާރު ޙުސައިން މަޒީދު، ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޙުސައިން ޝަހީދު
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
ފަނޑިޔާރު ޙުސައިން މަޒީދު · ތާއީދުކުރެއްވީ: ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޙުސައިން ޝަހީދު
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

1މިއީ ސިވިލް ކޯޓުގެ ނަންބަރު 2857/Cv-C/2018 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް (ދިވެހި ދައުލަތް) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލި ޤަޟިއްޔާއެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ދ. ވާނި، ވިލާޑީހއުސް، ޢަބްދުއްރައްޒާޤު މުޙައްމަދު (ދރއ އެވެ.

2ސިވިލް ކޯޓުގެ ނަންބަރު 2857/Cv-C/2018 ޤަޟިއްޔާ ގައި ދަޢުވާލިބުނު ދެވަނަ ފަރާތެއްގެ ގޮތުގައި ނިލަންދެއަތޮޅު ދެކުނުބުރި ކުޑަހުވަދޫ ކައުންސިލްގެ އިދާރު ހިމެނޭތީ، މި އިސްތިއުނާފީ މައްސަލައަށް ތަދައްޚުލުވުމުގެ ފުރުޞަތު އޮތްކަން ނިލަންދެއަތޮޅު ދެކުނުބުރި ކުޑަހުވަދޫ ކައުންސިލްގެ އިދާރއަށާ މި ކޯޓުން އަންގާފައިވާއިރު ތަދައްޚުލުވެފައިނުވެއެވެ.

ސިވިލް ކޯޓުގައި ކުރެވުނު ދަޢުވާ

3ސިވިލް ކޯޓުގެ ނަންބަރު 2857/Cv-C/2018 ޤަޟިއްޔާގައި ކުރެވުނު ދަޢުވާއަކީ ދ. ވާނީ ރައްޔިތުންނަށް ދ. ކުޑަހުވަދޫގައި އިމާރާތްކުރާ 53 ހައުސިންގ ޔުނިޓް ލިބޭ ފަރާތްތަކުގެ ގޮތުގައި، ދ. ވާނީ ކައުންސިލުން ކަނޑައަޅާފައިވާ ފަރާތްތަކުގެ ލިސްޓުގެ 51 ވަނަ ނަންބަރުގައި ދ. ވާނީ، […] ޢަބްދުއްރައްޒާޤު މުޙައްމަދުގެ ނަމުގައި ދ. ވާނީ ގައި އޮންނަ، ދ. ވާނީ "ޝަބްނަމްވިލާ" ކިޔާ ގޯތި ހިމެނިފައި ވީ ނަމަވެސް އެގޯތީގެ ބަދަލުގައި ހައުސިންގ ޔުނިޓެއް ޙަވާލުކޮށްފައި ނުވާތީ، ދ. ކުޑަހުވަދޫއިން ދ. ވާނީ . މިހާރު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލެނީންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަށް ބަދަލުވި އެހެން ފަރާތްތަކަށް ދޫކޮށް ރަޖިސްޓްރީ ކޮށްފައިވާ ފަދަ ހައުސިންގ ޔުނިޓެއް ލިބިގަތުމަށާއި، ބިމާއި މުދަލުން ތަސައްރަފުކުރުމުގެ ޙައްޤު ހޯދުމަށް އެދި، ދ. ވާނީ، […] ޢަބްދުއްރައްޒާޤު މުޙައްމަދުގެ ފަރާތުން، އެއިރުގެ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަދި ދ. ކުޑަހުވަދޫ ކައުންސިލްގެ އިދާރާ އަށް ރައްދުވާގޮތަށް، ދިވެހި ދައުލަތުގެ މައްޗަށް ކުރި ދަޢުވާއެވެ.

ސިވިލް ކޯޓުގެ ޙުކުމް

4ސިވިލް ކޯޓުގެ ނަންބަރު 2857/Cv-C/2018 ޤަޟިއްޔާ ގެ ޙުކުމުގައިވަނީ އަންނަނިވި ފަދައިންނެވެ. ދެންފަހެ، އިސްވެދިޔަ ބަޔާންތަކާއި ފާހަގަ ކުރެވުނު ނުކުތާތަކާއި، ހުށަހެޅިފައިވާ ލިޔުންތަކުގެ މައްޗަށް ބަލާއިރު، ސިވިލްކޯޓުގެ ނަންބަރު 2086/Cv-C/2015 ޤަޟިއްޔާގެ ޙުކުމާ އެއްގޮތަށް، ދ. ވާނީ މީހުން ދ. ކުޑަހުވަދޫ އަށް ބަދަލުކުރުމުގެ ގޮތުން، ދ. ކުޑަހުވަދޫގައި ޢިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓްތައ ލިބް ފަރާތްތަކުގެ ލިސްޓުގެ 51 ވަނަ ފަރާތު ގެ ގޮތުގައި، ދަޢުވާކުރާ ފަރާތުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ، ދ. ވާނީ "ޝަބްނަމްވިލާ " އެވެ ކިޔާ ގޯތި ހިމަނާފައި އޮންނަކަމާއި، އެ ލިސްޓުގައި ހިމަނާފައިވާ ފަރާތްތަކުގެ ތެރެއިން 50 ފަރާތަށް ހައުސިންގ ޔުނިޓް ޙަވާލުކުރައްވާފައި ވާއިރު، ދ. ވާނީ "ޝަބްނަމްވިލާ" އެވެ ކިޔާ ގޯތީގެ ބަދަލުގައި ދ. ކުޑަހުވަދޫއިން، ދަޢުވާކުރާ ފަރާތަށް ހައުސިންގ ޔުނިޓެއް ޙަވާލުކޮށްފައިނުވާކަން، ދަޢުވާލިބޭ ފަރާތުގެ ބަހުންނާއި، ހުށަހެޅިފައިވާ ލިޔުންތަކުން ޝަރީޢަތަށް ޘާބިތުވާތީ، ދ. ވާނީ މީހުން ބަދަލުކުރުމަށް ދ. ކުޑަހުވަދޫގައި ޢިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓް ލިބޭ ފަރާތްތަކުގެ ލިސްޓްގައި ހިމެނިފައިވާ އެހެން ފަރާތްތަކަށް ހައުސިންގ ޔުނިޓް ޙަވާލުކޮށްފައިވާ އުޞޫލުން، އެފަދަ ހައުސިންގ ޔުނިޓެއް، 30 ޖުލައި 2019 މިދުވަހުން ފެށިގެން 08 (އަށެއް) މަސްދުވަހުގެ ތެރޭގައި، ދ. ވާނީ، […] ޢަބްދުއްރައްޒާޤު މުޙައްމަދު އާއި ޙަވާލުކުރުމަށް، މިނިސްޓްރީ އޮފް ހައުސިންގ އެންޑް . ސިވިލް ކޯޓުގެ ނަންބަރު 2857/Cv-C/2018 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު . ސިވިލް ކޯޓުގެ ނަންބަރު 2857/Cv-C/2018 ޤަޟިއްޔާގެ ޙުކުމް އިންފްރާސްޓްރަކްޗަރ އަށާއި، ދ. ކުޑަހުވަދޫ ކައުންސިލް އަށާއި، އަދި ދިވެހި ދައުލަތަށް އަންގައި، ދ. ކުޑަހުވަދޫ ކައުންސިލްގެ ޣައިރުޙާޟިރުގައި ޙުކުމް ކޮށްފީމެވެ.

އިސްތިއުނާފީ ނުކުތާ

5ސިވިލް ކޯޓުގެ ނަންބަރު 2857/Cv-C/2018 ޤަޟިއްޔާ އިސްތިއުނާފުކުރަމުން ދިވެހި ދައުލަތގު ފަރާތުން ހުށަހަޅަފައިވަނީ 1 (އެކެއް) ނުކުތާއެވެ. އެ ނުކުތާއަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 23 ވަނަ މާއްދާއާއި ދިވެހރި އްޖޭގާ ހައިކޯޓުގެ ނަންބަރު 2012/HC-A/273 ޤަޟިއްޔާގައި، ހިޔާވަހިކަން ހޯދައިދިނުން ދައުލަތުގެ މައްޗަށް ލާޒިމުވާނީ ދައުލަތުގެ ކެރިފޯރުންތެރިކަމުގެ މައްޗަށްކަމަށް ކަނޑައަޅުއްވާފައިވާއިރު، ސިވިލް ކޯޓުގެ ނަންބަރު 2857/Cv-C/2018 ޤޟިއްޔާގަ ނިންމމު ގައި، ދ.ވާނީ، […] ޢަބްދުއްރައްޒާޤު މުޙައްމަދު އަށް 8 (އަށެއް) މަސް ދުވަހުގެ ތެރޭގައި ދ.ކުޑަހުވަދޫއިން ހައުސިންގ ޔުނިޓެއް ޙަވާލުކުރުމަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ (އިސްތިއުނާފަށް މައްސަލް ހުށަހެޅުނު އިރު، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް)، ދ.ކުޑަހުވަދޫ ކައުންސިލް އަދި ދިވެހި ދައުލަތަށް އަންގައި، އަމުރކޮށްފައު ވަނި ޤާނޫނުއަސާސީގެ 23 ވަނަ މާއްދާއާއި އިސްވެ ބަޔާންކުރި އުސޫލާ ޚިލާފަށް ކަމަށްބުނެ ފާހަގަކުރި ނުކުތާއެވެ. އިސްތިއުނާފު ނުކުތާއާމެދާ ދެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައްކާފައިވާ ވާހަކަތަކުގެ ޚުލާޞާ

6އިސްތިއުނާފީ ނުކުތާއާ ގުޅިގެން ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ފާހަގަކޮށްފައިވަނީ ޢަބްދުއްރައްޒާޤު މުޙައްމަދު އަށް 8 (އަށެއް) މަސް ދުވަހުގެ ތެރޭގައި ދ.ކުޑަހުވަދޫއިން ހައުސިންގ ޔުނިޓެއް ޙަވާލުކުރުމަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ (އިސްތިއުނާފަށް މައްސަލަ ހުށަހެޅުނު އިރު، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް އަދި މިހާރު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލެނީންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ)، ދ.ކުޑަހުވދަ ކައުންސިލް އަދި ދިވެހި ދައުލަތަށް އަންގައި، އަމުރުކޮށްފައި ވަނީ ޤާނޫނުއަސާސީގެ 23 ވަނަ މާއްދއާއާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/273 ޤަޟިއްޔާގައި، ހިޔާވަހިކަން ހޯދައިދިނުން ދައުލަތުގެ މައްޗަށް ލާޒިމުވާނީ ދައުލަތުގެ ކެރިފޯރުންތެރިކަމުގެ މައްޗަށްކަމަށް ކަނޑައަޅުއްވާފައިވާ އުސޫލާ ޚިލާފަށް ކަމަށެވެ. ނަމަވެސް ޝަރީޢަތުން ކުރި ސުވާލަކަށް ޖަވާބުދެމުން ދައުލަތުން ބުނެފައިވަނީ ހައުސިންގ ޔުނިޓް ޙވާލުކުރެވޭނަ މުއްދަތެއް ސިވިލް ކޯޓުގައި ބަޔާންކޮށްދީފައިނުވާނެކަމަށާއި އަދި ހައުސިންގ ޔުނިޓެއް ޙަވާލުކުރުމަށް ކަނޑައެޅޭނެ ވަކި މުއްދަތެއް އެއްވެސް ޤާނޫނީ ނައްސެއްގައި ބަޔާންކޮށްފައިނުވާކަމަށެވެ. އެހެނަސް ހައުސިންގ ޔުނިޓް ފޯރުކޮށްދިނުމަށް ދައުލަތަށް ވަގުތު ބޭނުންވާނެ ކަމަށާއި އެހެންކަމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދޭގޮތަކީ ސިވިލް ކޯޓުން ކަނޑައަޅާފައިވާ މުއްދަތުގެ ބައި ބާޠިލްކޮށްދިނުން ކަމަށެވެ.

7އިސްތިއުނާފީ ނުކުތާގެ ޖަވާބުގައި ޢަބްދުއްރައްޒާޤު މުޙައްމަދުގެ ފަރާތުން ފާހަގަކޮށްފައިވަނީ މި ޤަޟިއްޔާގެ ޝަރީޢަތުގެ އަޑުއެހުން ބޭއްވުމާ ހަމައަށްވެސް ހައުސިންގ ޔުނިޓް ލިބިފައި ނުވާކަމަށާއި ސިވިލް ކޯޓުގެ ނިންމުން ރަނގަޅު ކަމަށް ދެކޭ ކަމަށެވެ. އެހެންކަމުން އެ ނިންމުން ދަމަހައްޓައިދިނުން އެދޭކަމަށެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުގެ މިންގަނޑު

8HN1މައްސަލަ ބަލާ ފަނޑިޔާރު ޤާނޫނީ ގޮތުން ގޯހެއް ހަދާފައިވާކަމަށް ހަމައެކަނި ބުނާ ބުނުމަކުން ނުވަތަ ރިޢާޔަތްކުރަންޖެހޭ މިންވަރަށް ހެކިތަކަށް ރިޢާޔަތްކޮށްފައިނުވާކަމަށް ބުނާ ބުނުމަކުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރަން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނގު 43 ވަނަ މާއްދާއިން ހުއްދަކުރާ މިންގަނޑަށް . ޤާނޫނު ނަންބަރު 2010/22 ވާސީލުނުވެވޭނެކަމާއ ޤާނޫނި ގޮތުން ގޯހެއް ހަދާފައިވާ ކަމަށް ބުނާ ނަމަ ނުވަތަ ޙައްޤުތައް ގެއްލިފައިވާކަމަށް ބުނާނަމަ ނުވަތަ އިންސާފަށް ހުރަސްއެޅިފައިވާކަމަށް ބުނާ ނަމަ އެކަމުގައި އުފެދޭ ޤާނޫނީ ބަހުސަކީ ކޮބައިކަން އެ ނުކުތާގައި އިސްތިއުނާފުކުރުމުގެހުއްދައަށް އެދޭ ފަރާތުން ސާފުކޮށް ބުނަންވާނެކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-L/87، 2019/SC-L/88، 2019/SC-L/89، 2019/SC-L/90 އަދި 2019/SC-L/91 މައްސަލަ ބަލައިގަތުމާމެދު ނިންމި ގޮތުގެ ރިޕޯޓު ތަކުގައި ކަނޑައަޅުއްވާފައިވެއެވެ.

އިސްތިއުނާފީ ނުކުތާއާމެދު ޝަރީޢަތުން ރިޢާޔަތްކުރިގޮތް

9HN2HN3މި މައްސަލައިގައި ހުށަހެޅުނު އިސްތިއުނާފީ ނުކުތާއަކީ ސިވިލް ކޯޓުގެ ނިންމުމުގައި ޢަބްދުއްރައްޒާޤު މުޙައްމަދު އަށް 8 (އަށެއް) މަސް ދުވަހުގެ ތެރޭގައި ދ.ކުޑަހުވަދޫއިން ހައުސިންގ ޔުނިޓެއް ޙަވާލުކުރުމަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ (އިސްތިއުނާފަށް މައްސަލް ހުށަހެޅުނު އިރު، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް އަދި މިހާރު މނިސްޓްރި އޮފް ނޭޝަނަލް ޕްލެނީންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ)، ދ.ކުޑަހުވަ ދ ކައުންސިލް އަދި ދިވެހި ދައުލަތަށް އަންގައި، އަމުރުކޮށްފައިވަނީ ޤާނޫނުއަސާސީގެ 23 ވަނަ މާއްދއާއާ ދިވެހރާއްޖޭގި ހައިކޯޓުގެ ނަންބަރު 2012/HC-A/273 ޤަޟިއްޔާގައި، ހިޔާވަހިކަން ހޯދައިދިނުން ދައުލަތުގެ މައްޗަށް ލާޒިމުވާނީ ދައުލަތުގެ ކެރިފޯރުންތެރިކަމުގެ މައްޗަށްކަމަށް ކަނޑައަޅުއްވާފައިވާ އުސޫލާ ޚިލާފަށް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. މި ނުކުތާއާ ގުޅިގެން ޝަރީޢަތުން ދައުލަތާ ކުރި ސުވާލަކަށް ޖަވާބުދެމުން ހައުސިންގ ޔުނިޓް ޙަވާލުކުރެވޭނެ . ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-L/87، 2019/SC-L/88، 2019/SC-L/89، 2019/SC-L/90 އަދި 2019/SC-L/91 މައްސަލަ ބަލައިގަތުމާމެދު ނިންމި ގޮތުގެ ރިޕޯޓު މުއްދަތެއް ސިވިލް ކޯޓުގައި ބަޔާންކޮށްދީފައިނުވާނެކަމަށާއި އަދި ހައުސިންގ ޔުނިޓެއް ޙަވާލުކުރުމަށް ކަނޑައެޅޭނެ ވަކި މުއްދަތެއް އެއްވެސް ޤާނޫނީ ނައްސެއްގައި ބަޔާންކޮށްފައިނުވާކަމަށް ދައުލަތުން ބުނެފައިވެއެވެ. އަދި އެފަދައިން ކަނޑައަޅަންޖެހޭ ވަކި މުއްދަތެއް ބަޔާންކޮށްފައިވާ އެއްވެސް ޤާނޫނީ ހަމައެއް ނެތެވެ.

9.1. އިސްވެ ފާހަގަކުރެވުނު ފަދައިން މައްސަލަ ބަލާ ފަނޑިޔާރު ޤާނޫނީ ގޮތުން ގޯހެއް ހަދާފައިވާކަމަށް ހަމައެކަނި ބުނާ ބުނުމަކުން ހައިކޯޓުގައި އިސްތިއުނާފުކުރަން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގޯ 43 ވަނަ މާއްދާއިން ހުއްދަކުރާ މިންގަނޑަށް ވާސީލުނުވެވޭނެކަމއާ ޤާނޫނި ގޮތުން ގޯހެއް ހަދާފައިވާ ކަމަށް ބުނާ ނަމަ ނުވަތަ ޙައްޤުތައް ގެއްލިފައިވާކަމަށް ބުނާނަމަ ނުވަތަ އިންސާފަށް ހުރަސްއެޅިފައިވާކަމަށް ބުނާ ނަމަ އެކަމުގައި އުފެދޭ ޤާނޫނީ ބަހުސަކީ ކޮބައިކަން އެ ނުކުތާގައި އިސްތިއުނާފުކުރުމުގެހުއްދައަށް އެދޭ ފަރާތުން ސާފުކޮށް ބުނަންވާނެކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އެވަނީ ކަނޑައަޅުއްވާފައެވެ. މި އިސްތިއުނާފީ ނުކުތާގައި އުފެދޭ ޤާނޫނީ ބަހުސެއް ދައުލަތަށް ބަޔާންކޮށދެވިފައިވޭތޯ ބަލާއިރު، ޤާނޫނުއަސާސީގެ 23 ވަނަ މާއްދާ އާއި ދިވެހރާއްޖޭގި ހައިކޯޓުގެ ނަންބަރު 2012/HC-A/273 ޤަޟިއްޔާގައި، ހިޔާވަހިކަން ހޯދައިދިނުން ދައުލަތުގެ މައްޗަށް ލާޒިމުވާނީ ދައުލަތުގެ ކެރިފޯރުންތެރިކަމުގެ މައްޗަށްކަމަށް ކަނޑައަޅުއްވާފައިވާ އުސޫލާ، މި މައްސަލާގައި ސިވިލް ކޯޓުން ކަނޑައަޅާފައިވާ 8 (އަށެއް) މަސްދުވަހުގެ ތެރޭގައި ދައުލަތުގެ ފަރާތުން ހައުސިންގ ޔުނިޓެއް ޢަބްދުއްރައްޒާޤު މުޙައްމަދު އާ ޙަވާލުކުރުމަށް ކަނޑައެޅި ކަނޑައެޅުމާ ޚިލާފުވާ ގޮތެއް، ނުވަތަ އެކަމުގައި އުފެދޭ ޤާނޫނީ ބަހުސެއް ދައުލަތަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި ބަޔާންކޮށްދެވިފައި ނުވެއެވެ. އެހެންކަމުން މި ނުކުތާއަކީ . ޤާނޫނު ނަންބަރު 2010/22 ޝަރީޢަތުން އެ މައްޗށަ ގޮތް ކަނޑައަޅަންޖެހަ ގޮތަކަށް ހުށަހަޅާފައިވާ ނުކުތާއެއް ކަމުގައި އަހުރެން ނުދެކެމެވެ.

9.2. ބަހުސްގެ ބޭނުމަށް ބަލާއިރުވެސް ދައުލަތުގެ ފަރާތުން މި ޤަޟިއްޔާގައި ހުށަހެޅި އިސްތިއުނާފީ ނުކުތާގެ މައްޗަށް މި ކޯޓުގައި އެހެން ޤަޟިއްޔާއެއް އިސްތިއުނާފުކޮށް މި މައުޟޫޢު ގައި މައްސަލައެއް މި ކޯޓުން ބަލާފައިވެއެވެ. އެ މައްސަލައަކީ ދިވެހި ދައުލަތް ވ. ސިއްތި މައްސަލައެވެ. ނަމަވެސް އެ ޤަޟިއްޔާގައިވެސް 8 (އަށެއް) މަސް ދުވަހުގެ މުއްދަތަކީ ހައުސިންގ ޔުނިޓް ޙަވާލުކުރުމަށް ދިގު މުއްދަތެއް ކަމަށް ކަނޑައަޅުއްވާފައިނުވެއެވެ.

10އިސްވެ ފާހަގަކުރެވުނު ކަންކަން އެހެން ހުރުމުން ސިވިލް ކޯޓުގެ ނަންބަރު 2857/Cv-C/2018 ޤަޟިއްޔާ ގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ޤާނޫނީ ހަމައެއް އޮތް ކަމަކަށް އަހުރެން ނުދެކެމެވެ. ފަނޑިޔާރު ޢަބްދުﷲ ޙަމީދުގެ ރައު ޔު؛

11ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.

ފަނޑިޔާރު ޙުސައިން ޝަހީދުގެ ރައުޔު؛

12ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ. . ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/494 ޤަޟިއްޔާ

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ