ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2019/HC-A/511

އިސްމާޢީލް ސަލީމް ވ. ވީ.އޭ.އެމް އެންޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް

ދަޢުވާ ފޯމު ބާޠިލު · ދަށު ކޯޓުގެ ނިންމުމަށް ބަދަލެއް ނާދޭ
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ހައިކޯޓު · 19 މާރިޗު 2024ދަށު ކޯޓު: ސިވިލް ކޯޓު 3248/Cv-C/2018ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސިވިލް ކޯޓު 3248/Cv-C/2018
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ސިވިލް ކޯޓުން 3248/Cv-C/2018 ޤަޟިއްޔާގައި ނިންމުމެއް ނިންމި. އެ ނިންމުމުގެ ތަފްޞީލެއް ރިޕޯޓުގައި ބަޔާންކޮށްފައެއް ނުވޭ.
ވާޤިޢާ
އިސްމާޢީލް ސަލީމް، ވީ.އޭ.އެމް އެންޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ރައްދުވާ ގޮތަށް ސިވިލް ކޯޓުގެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅި މައްސަލަ 13 އޮކްޓޯބަރ 2019 ގައި ހައިކޯޓުގައި ރަޖިސްޓްރީކުރެވުނު. ޝަރީޢަތުގެ އަޑުއެހުމަކަށް 20 ފެބުރުވަރީ 2024 ގައި ނެރުނު ހާޒިރުވުމުގެ އަމުރު އޭނާއަށް ރައްދުވި.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ސިވިލް ކޯޓުގެ 3248/Cv-C/2018 ޤަޟިއްޔާ އިސްތިއުނާފުކުރި ފަރާތް، ކޯޓަށް ހާޒިރުވުމުގެ އަމުރު ރައްދުވުމަށްފަހު، ޞިއްޙީ ސަބަބުތަކާހުރެ ޙާޟިރުނުވެވޭނެކަމަށް ސިޓީ ފޮނުވި ނަމަވެސް މެޑިކޯ ލީގަލް ރިޕޯޓެއް 2 ދުވަހުގެ ތެރޭގައި ހުށަނާޅައި ޝަރީޢަތުގެ އަޑުއެހުމަށް ޙާޟިރުނުވުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާއިދު 2011 ގެ 48 ވަނަ މާއްދާގެ (ހ) ގެ ދަށުން ދަޢުވާ ފޯމު ބާޠިލުކުރަންވީތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
ޞިއްޙީ ސަބަބުތަކާހުރެ އަމުރުގައިވާ ގޮތުގެމަތިން ކޯޓަށް ޙާޟިރުނުވެވޭނެކަމަށް ބުނެ އިސްތިއުނާފުކުރި ފަރާތުން ހައިކޯޓަށް ސިޓީ ފޮނުވި ނަމަވެސް، މެޑިކޯ ލީގަލް ރިޕޯޓެއް ހުށަނާޅާ.
ކޯޓުގެ ސަބަބުތައް
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާއިދު 2011 ގެ ޖަދުވަލު (1) ގެ 7 ވަނަ މާއްދާގައިވާ ގޮތުގެމަތިން ރަސްމީ ބަންދުނޫން 2 ދުވަހުގެ ތެރޭގައި މެޑިކޯ ލީގަލް ރިޕޯޓެއް ހުށަނާޅާތީ، މަޤުބޫލު ޢުޛުރެއްނެތި ޙާޟިރުނުވި ކަމަށް ބަލައި، އެ ޤަވާއިދުގެ 48 ވަނަ މާއްދާގެ (ހ) ގެ ދަށުން 19 މާރިޗު 2024 ގައި ދަޢުވާ ފޯމު ބާޠިލުކުރި.

ނިންމުން

ދަޢުވާ ފޯމު ބާޠިލު · ދަށު ކޯޓުގެ ނިންމުމަށް ބަދަލެއް ނާދޭ

ސިވިލް ކޯޓުގެ 3248/Cv-C/2018 ޤަޟިއްޔާއާމެދު ގޮތެއް ނުނިންމައި، މަޤުބޫލު ޢުޛުރެއްނެތި އިސްތިއުނާފުކުރި ފަރާތް ޝަރީޢަތުގެ އަޑުއެހުމަށް ޙާޟިރުނުވުމުން ދަޢުވާ ފޯމު ބާޠިލުކުރި

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ފަނޑިޔާރު މުޙައްމަދު ފައިޞަލް، ފަނޑިޔާރު ދީބާނާޒް ފަހުމީ (ރިޔާސަތު)، ފަނޑިޔާރު ފާޠިމަތު ފަރްހީޒާ
ރިޔާސަތު
ފަނޑިޔާރު ދީބާނާޒް ފަހުމީ
ރައުޔު ލިޔުނު ފަނޑިޔާރު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ދިވެހިރާއްޖޭގެ ހައިކޯޓު

ދިވެހިރާއްޖެ

ދަޢުވާ ފޯމް ބާޠިލުކުރި ރިޕޯޓު

1ހައިކޯޓުގެ ޤަޟިއްޔާ ނަންބަރު: 2019/HC-A/511

2މައްސަލަ ހުށަހެޅި ފޯމުގެ ބާވަތް: އިސްތިއުނާފު ކުރުމަށްއެދި ހުށަހަޅާ ފޯމު

3މައްސަލަ ރަޖިސްޓްރީ ކުރެވުނު ތާރީޚް: 13 އޮކްޓޯބަރ 2019

* ބާޠިލުކުރި ތާރީޚް: 19 މާރިޗު 2024

4އިސްތިއުނާފު ކުރި ފަރާތް:

* ފުރިހަމަ ނަން: އިސްމާޢީލް ސަލީމް

* އައި.ޑީ.ކާޑު ނަންބަރު: A072491

* ޢާއްމު ނަން: އިސްމާޢީލް

* ދާއިމީ އެޑްރެސް: މއ. ވައިޓްވިއު، މާލެ

* މިހާރުގެ އެޑްރެސް: މއ. ވައިޓްވިއު، މާލެ

5އިސްތިއުނާފު ރައްދުވި ފަރާތް:

* ފުރިހަމަ ނަން: ވީ.އޭ.އެމް އެންޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް

* އައި.ޑީ.ކާޑު ނަންބަރު: C-87/98

* ޢާއްމު ނަން: ވީ.އޭ.އެމް އެންޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް

* ދާއިމީ އެޑްރެސް: މ. މުއްދޫ، މާލެ

* މިހާރުގެ އެޑްރެސް: މ. މުއްދޫ، މާލެ

6ހުށަހެޅިފައިވާ މައްސަލަ:

ސިވިލް ކޯޓުގެ ނަންބަރު 3248/Cv-C/2018 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްއެދި އިސްމާޢީލް ސަލީމްގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަ.

7ހައިކޯޓުން ނިންމި ގޮތް:

ސިވިލް ކޯޓުގެ ނަންބަރު 3248/Cv-C/2018 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްއެދި އިސްމާޢީލް ސަލީމްގެ ފަރާތުން ހުށަހެޅި މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/511 ޤަޟިއްޔާއިން ބަލަމުންދާ މައްސަލައެކެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/511 ޤަޟިއްޔާ އެންމެފުރަތަމަ ބެއްލެވުމަށް ހަމަޖެހިފައިވާ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ޢަބްދުއްރައޫފް އިބްރާހީމްއާއި، ފަނޑިޔާރު ޝުޖާޢު ޢުޘްމާނާއި، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާއެވެ. ދެވަނައަށް އެކުލަވާލެވުނު ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ޢަބްދުއްރައޫފް އިބްރާހީމްއާއި، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާއާއި ފަނޑިޔާރު މުޙައްމަދު ފައިޞަލް ފަނޑިޔާރުއެވެ. ތިންވަނައަށް އެކުލަވާލެވުނު ބެންޗުގައި މި މައްސަލައިގެ މިހާރުގެ ރިޔާސަތު ފަނޑިޔާރުއެކު، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާއާއި ފަނޑިޔާރު މުޙައްމަދު ފައިޞަލް ހިމެނުމަށްފަހު، މި ނިންމުން ނިންމާފައިވަނީ މިހާރު މައްސަލަބަލަމުންދާ ބެންޗުންނެވެ.

މި މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުމެއް ބޭއްވުމަށްޓަކައި، އިސްމާޢީލް ސަލީމް ދިވެހިރާއްޖޭގެ ހައިކޯޓަށް ޙާޟިރުވުމަށް ފޮނުވުނު މި ކޯޓުގެ ނަންބަރު 95-B7/CHT/2024/838 (20 ފެބުރުވަރީ 2024) "ކޯޓަށް ހާޒިރުވުމުގެ އަމުރު" ރައްދުވެފައި ވީނަމަވެސް، ޞިއްޙީ ސަބަބުތަކާހުރެ އެ އަމުރުގައިވާ ގޮތުގެމަތިން ކޯޓަށް ޙާޟިރުވެވެން ނެތްކަމަށްބުނެ އިސްމާޢީލް ސަލީމް ސިޓީ ފޮނުވާފައިވާއިރު، "ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދު 2011"ގެ ޖަދުވަލު (1)ގެ "ހައިކޯޓަށް މީހުން ހާޒިރު ކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދު"ގެ 7 ވަނަ މާއްދާގައިވާ ގޮތުގެމަތިން މެޑިކޯ ލީގަލް ރިޕޯޓެއް ރަސްމީ ބަންދުނޫން 2 (ދޭއް) ދުވަހުގެ ތެރޭގައި ހުށަހަޅާފައިނުވެއެވެ.

އެހެންކަމުން، ބުނެވިދިޔަ ގޮތުގެމަތިން ޝަރީޢަތުގެ އަޑުއެހުމަށް މަޤުބޫލު އުޒުރެއްނެތި އިސްމާޢީލް ސަލީމް ޙާޟިރުވެފައިނުވާތީ، "ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދު 2011" ގެ 48 ވަނަ މާއްދާގެ (ހ)ގެ ދަށުން، އިސްމާޢީލް ސަލީމްގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހެޅުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/511 ޤަޟިއްޔާއިން ބަލަމުން ގެންދިޔަ މައްސަލައިގެ ދަޢުވާ ފޯމު ބާޠިލުކޮށްފީމެވެ.

8މައްސަލަ ނިންމި ފަނޑިޔާރުން:

ފަނޑިޔާރު މުޙައްމަދު ފައިޞަލް

ފަނޑިޔާރު ދީބާނާޒް ފަހުމީ (ރިޔާސަތު)

ފަނޑިޔާރު ފާޠިމަތު ފަރްހީޒާ

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާއިދު 2011 ގެ 48 ވަނަ މާއްދާގެ (ހ)
  • ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާއިދު 2011 ގެ ޖަދުވަލު (1) "ހައިކޯޓަށް މީހުން ހާޒިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާ

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ