ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަލީ ޒައިން
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ކްރިމިނަލް ކޯޓު 379/Cr-C/2018
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ކްރިމިނަލް ކޯޓުން (379/Cr-C/2018) ސުވާލުކުރުން ރެކޯޑް ނުކުރުމަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 46 (ފ) އާ ޚިލާފު ކަމެއް ކަމަށް ބަލައި، 120 (ނ) ގެ ދަށުން ދަޢުވާ ފޯމް ބާޠިލުކުރިއެވެ.
- ވާޤިޢާ
- ރިސޯޓެއްގެ ލެޓަރހެޑާއި އެސިސްޓަންޓް މެނޭޖަރުގެ އިލެކްޓްރޯނިކް ސޮއި ބޭނުންކޮށް ޞައްޙަނޫން ވަޒީފާ އޮފަރ ލެޓަރު ތައްޔާރުކޮށް ރެކްރޫޓިންގ އެޖެންސީއެއްގެ ކްލައިންޓުންނަށް ފޮނުވި ކަމަށް ޝަޚްޞު އޮޅުވާލުމާއި ޞައްޙަނޫން ލިޔުމެއް އުފެއްދުމުގެ ދަޢުވާ ކުރެވުނެވެ. ތުހުމަތުކުރެވޭ ފަރާތް ހައްޔަރުނުކޮށް ދެ ފަހަރު ސުވާލުކުރެވުނު ކަމަށާއި، ފުރަތަމަ ފަހަރު އޯޑިއޯ ވީޑިއޯ ރެކޯޑް ނުކުރެވުނެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ހައްޔަރުނުކޮށް ފުލުހުންގެ ތަޙްޤީޤުގައި ސުވާލުކުރި މީހަކާ ސުވާލުކުރިއިރު އޯޑިއޯ ވީޑިއޯ ރެކޯޑް ނުކުރުމަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 46 ވަނަ މާއްދާގެ (ފ) އާ ޚިލާފު ކަމެއް ކަމަށް ބަލައި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 120 ވަނަ މާއްދާގެ (ނ) ގެ ދަށުން ދަޢުވާ ބާޠިލުކުރުމަކީ ރަނގަޅު ނިންމުމެއްތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- ޕީޖީ އޮފީހުން ބުނީ ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 46 ވަނަ މާއްދާ ހިނގަނީ ހައްޔަރުގައި ހުރި މީހުންނަށް ކަމަށާއި، މި މީހާއަށް ހިނގަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 50 ވަނަ މާއްދާ ކަމަށާއި، ދަޢުވާ ބިނާކޮށްފައިވަނީ ރެކޯޑިންގއާއެކު ކުރި ދެވަނަ ސުވާލުކުރުމަށް ކަމަށެވެ. ތުހުމަތުކުރެވޭ ފަރާތުން ބުނީ ޤާނޫނީ އިންޒާރު ދީފައި ނުވާ ކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 46 ވަނަ މާއްދާއަކީ ހައްޔަރުގައި ބަހައްޓައިގެން ސުވާލުކުރުމާބެހޭ މާއްދާއަކަށްވެ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 50 ވަނަ މާއްދާގައި ރެކޯޑިންގ ލާޒިމުނުކުރާތީ، ރެކޯޑިންގ ނެތުމަކީ 120 (ނ) ގައިވާ ދިފާޢެއް ނޫންކަމަށް ހައިކޯޓަށް ފެނުނެވެ.
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުދަށުކޯޓުގެ ޙުކުމް ބާޠިލުކޮށް، ދަޢުވާތައް އަލުން ބެލުމަށް ކްރިމިނަލް ކޯޓަށް ފޮނުވި
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ހައްޔަރުކުރުމަކަށް ނުވާގޮތަށް ކުށެއްގެ ތުހުމަތުގައި ސުވާލުކުރުމަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މީހަކާމެދު ޢަމަލުކުރާ އިޖުރާއަތު ބަޔާންކޮށްފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 50 ވަނަ މާއްދާގައެވެ. އެ މާއްދާގެ އެއްވެސް އަކުރެއްގައި އެފަދަ މީހަކާ ސުވާލުކުރާއިރު އޯޑިއޯ ވީޑިއޯ ރެކޯޑް ކުރަންޖެހޭނެކަމަށް ބަޔާންކޮށްފައި ނުވެއެވެ.
HN2 ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 46 ވަނަ މާއްދާއަކީ ހައްޔަރުގައި ބަހައްޓައިގެން ފުލުހުން މީހަކާ ސުވާލުކުރާ ޙާލަތުގައި ޢަމަލުކުރާ އިޖުރާއަތު ބަޔާންކުރާ މާއްދާއެކެވެ. އެހެންކަމުން ތަޙްޤީޤުގެ އެއްވެސް މަރުޙަލާއެއްގައި ހައްޔަރުކޮށްފައިނުވާ މީހެއްގެ މައްސަލައަށް 46 ވަނަ މާއްދާގެ (ފ) ތަޠުބީޤު ނުކުރެވޭނެއެވެ.
HN3 ހައްޔަރުނުކުރެވި ސުވާލުކުރި މީހަކާ ސުވާލުކުރިއިރު އޯޑިއޯ ވީޑިއޯ ރެކޯޑިންގ ނެތުމަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 120 ވަނަ މާއްދާގެ (ނ) ގައި ބުނާ، ޤާނޫނެއްގައި ބަޔާންވެގެންވާ ދަޢުވާކުރުމަށް ހުރަހަކަށްވާ ދިފާޢެއް ކަމަށް ބެލެވިދާނެ ހަމައެއް ނެތެވެ.
HN4 ދަޢުވާތައް ބިނާކޮށްފައިވާ މައިގަނޑު އަސާސަކީ ޤާނޫނީ އިންޒާރު ދީ، އޯޑިއޯ ވީޑިއޯ ރެކޯޑިންގއާއެކު ކުރި ސުވާލުކުރުމެއް ކަމަށްވާއިރު، އެއިން ހެއްކެއް ނުހޯދާ ކަމަށްވާ ކުރީގެ ސުވާލުކުރުމެއް ރެކޯޑް ނުކުރެވުނުކަން ފާހަގަކުރުމަކީ ދަޢުވާ ކުރިއަށް ނުގެންދެވޭނެ ސަބަބެއް ކަމަށް ކޯޓުން ނުބެލެއެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޙުސައިން މަޒީދު، ޝުޢައިބް ޙުސައިން ޒަކަރިއްޔާ، ޢަބްދުއްރައޫފް އިބްރާހީމް
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުސައިން މަޒީދު · ތާއީދުކުރެއްވީ: ޝުޢައިބް ޙުސައިން ޒަކަރިއްޔާ، ޢަބްދުއްރައޫފް އިބްރާހީމް
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
1މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 379/Cr-C/2018 ޤަޟިއްޔާ ނިމިފައިވާ ގޮތް ޤާނޫނީ އުޞޫލަތަކާ ޚިލާފުކަމަށް ބުނެ، އެމައްސަލަ އިސްތިއުނާފު ކުރުމަށް އެދި، ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލި ޤަޟިއްޔާއެވެ. މިޤަޟިއްޔާގައި އިސްތިއުނާފީ ދަޢުވާ ރައްދުވާ ފަރާތަކީ މާލެ، […] ޢަލީ ޒައިން (ދރއ އެވެ.
ކްރިމިނަލް ކޯޓަށް ހުށަހެޅުނު ދަޢުވާ
2ކްރިމިނަލް ކޯޓުގެ ނަންބަރު 379/Cr-C/2018 ޤަޟިއްޔާއަށް ބެލިއިރު، އެ ޤަޟިއްޔާގެ ބާވަތެއްގެ ގޮތުގައި ލިޔެފައިވަނީ "އެނގިހުރެ ޞައްހަނޫން ގޮތުގައި ލިޔުމެއް އުފެއްދުން" މިފަދައިންނެވެ. އަދި ދަޢުވާގެ ޚުލާސާގައި އެ ޤަޟިއްޔާގައި ހުށަހެޅުނު ދަޢުވާއަކީ […] ޢަލީ ޒައިންގެ މައްޗަށް ދައުލަތުން ކޮށްފައިވާ އެނގިހުރެ ޞައްޙަނޫން ގޮތުގައި ލިޔުމެއް އުފެއްދުމުގެ ކުށުގެ ދަޢުވާ ކަމަށް ބަޔާންކޮށްފައިވެއެވެ.
3ނަމަވެސް އެ ޤަޟިއްޔާގެ ދަށުން ދެ ދަޢުވާއެއް ބަލާފައިވާކަން ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 1، 2 އަދި 3 ވަނަ ނުކުތާއާއި އެ ޤަޟިއްޔާގެ ޙުކުމަށް ބެލުމުން އެނގެއެވެ. އެގޮތުން ކްރިމިނަލް ކޯޓުގެ ނަންބަރު 379/Cr-C/2018 ޤަޟިއްޔާގެ ދަށުން ބަލާފައިވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ނަންބަރު 277/ކރކ/2018-2017/2267 ދަޢުވާ ހުށަހަޅާ ފޯމުން، […] ންޕާރލް، ޢަލީ ޒައިންގެ މައްޗަށް ހުށަހަޅާފައިވާ ޝަޚްޞު އޮޅުވާލުމުގެ ކުށުގެ ދަޢުވާއާއި، އެނގިހުރެ ޞައްޙަނޫން ގޮތުގައި ލިޔުމެއް އުފެއްދުމުގެ ކުށުގެ ދަޢުވާއެވެ . މި ދަޢުވާ ތައް ކޮށްފައިވަނީ ޢަލީ ޒައިން 24 ޖޫން 2017 ވަނަ ދުވަހު މަލަހިނި ކުޑަބަނޑޮސް ރިސޯޓުން އިންޓަރންގެ ވަޒީފާ ހަމަޖެހިފައވާކަމަށް ބުނެ، އެރިސޯޓުގެ އެސިސްޓަންޓް މެނޭޖަރގެ އިލެކްޓުރޯނިކް ސޮޔާއި، ރިސޯޓުގެ ލެޓަރ ހެޑް ބޭނުންކޮށްގެން ޞައްޙަނޫން ވަޒީފާގެ އޮފަރ ލެޓަރ ތައްޔާރުކޮށް، ޢަލީ ޒައިންގެ އީމެއިލް މެދުވެރިކޮށް ވީހާކް ކިޔާ ރެކްރޫޓިންގ އެޖެންސީއެއްގެ ދެ ކްލައިންޓުންނަށް ފޮނުވާ، މަލަހިނި ކުޑަބަނޑޮސް ތަމްސީލްކޮށްފައިވާކަމަށް ބުނެއެވެ. ކްރިމިނަލް ކޯޓުގެ ޙުކުމް ބިނާކޮށްފައިވާ މައިގަނޑު ސަބަބުތައް
4ކްރިމިނަލް ކޯޓުގެ ނަންބަރު 379/Cr-C/2018 ޤަޟިއްޔާ ގެ ޙުކުމް ބިނާކޮށްފައިވާ މައިގަނޑު ސަބަބުތައް ތިރީގައި މިވަނީއެވެ.
4.1. މައްސަލައާ ގުޅިގެން 14 އޮގަސްޓު 2017 ގައި ޢަލީ ޒައިން ފުލުހުންގެ އިދާރާއަށް ހާޟިރުކޮށް ސުވާލުކުރެވި ބަޔާން ނަގާފައިވާއިރު، އެދުވަހު ސުވާލުކުރި އޯޑިއޯ ނުވަތަ ވީޑިއޯ ރެކޯޑު ކުރެވިފައިނުވާތީ، ޢަލީ ޒައި ންގެ މައްޗަށް މިމައްސަލާގެ ތަޙްޤީޤް ހިންގާފައިވަނީ އިޖުރާއަތާއި ޚިލާފަށްކަމަށް ޝަރީޢަތަށް ފެނުން.
4.2. ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާ 2017/HC-A/189 ގައި ޤާއިމް ކުރައްވާފައިވާ މަބްދއަ އަށު ބެލުމުން، ބާޠިލް ކަމެއްގެ މައްޗަށް ތަރުތީބުވެގެން އަންނަ ކޮންމެ ކަމަކީ ބާޠިލް ކަމެއްކަން އެނގެން . މި ދަޢުވާ ކޮށްފައިވަނީ ޤާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 312 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ (iii) އާއި، އެމާއްދާގެ (2) ގެ (i) އާ ޙަވާލާދީ، އެމާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގެ ދަށުންނެވެ. . މި ދަޢުވާ ކޮށްފައިވަނީ ޤާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 310 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރާ ޙަވާލާދީ، އެމާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގެ ދަށުން ނެވެ. . ކްރިމިނަލް ކޯޓުގެ ނަންބަރު 379/Cr-C/2018 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް . ކްރިމިނަލް ކޯޓުގެ ނަންބަރު 379/Cr-C/2018 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް އޮންނަކަމާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 120 ވަނަ މާއްދާގެ (ނ) ގައި ދަޢުވާ ކުރުމަށް ހުރަހަކަށްވެދާނެ ދިފާޢެއް އޮވެގެން، ދަޢުވާ ލިބޭފަރާތުން އެދިފާޢު ހުށަހަޅައި މަދަނީ މިންގަނޑުން އެދިފާޢު ސާބިތުކޮށްދީފިނަމަ އެދަޢުވާ ބެލޭނެ ތަނއެ ނެތަކަމަށް ކަނޑައަޅައި މައްސަލަ ނިންމަންވާނެކަމަށް ބަޔާންކޮށްފައިވާއިރު، މިފާހަގަކުރެވުނު ކަންކަމަށް ޝަރީޢަތަށް ވާޞިލުވެވުނު ހިނދު މި ދަޢުވާ ބެލޭނެ ތަނެއް ނެތްކަމަށް ކަނޑައަޅންޖެހޭކަމަށް ޝަރީޢަތަށް ފެނުން، މިއެވެ.
ކްރިމިނަލް ކޯޓުގެ ޙުކުމް
5ކްރިމިނަލް ކޯޓުގެ ނަންބަރު 379/Cr-C/2018 ޤަޟިއްޔާ ގެ ޙުކުމްކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. "އިސްވެ ދެންނެވުނު ނުކުތާތަކަށް ރިޢާޔަތްކޮށް، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ނަންބަރު 277/ކރކ/2018-2017/2267 ދަޢުވާ ހުށަހަޅާ ފޯމުން، […] ޢަލީ ޒައިންގެ މައްޗަށް، ޤާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 312 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ (iii) އާއި، އެމާއްދާގެ (2( ގެ )i) އާ ޙަވާލާދީ، އެމާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގެ ދަށުން ކޮށްފައިވާ ޝަޚްޞު އޮޅުވާލުމުގެ ކުށުގެ ދަޢުވާއާއި، ޤާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 310 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރާ ޙަވާލާދީ، އެމާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގެ ދަށުން ކޮށްފައިވާ އެނގިހުރެ ޞައްޙަނޫން ގޮތުގައި ލިޔުމެއް އުފެއްދުމުގެ ކުށުގެ މިދަޢުވާގެ ތަޙްޤީޤް ޢަލީ ޒައިންގެ މައްޗަށް ހިންގާފައިވަނީ ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 46 ވަނަ މާއްދާގެ (ފ) އެއްގޮތަށް ނޫންކަމުގައިވާތީ، އެޤާނޫނުގެ 120 ވަނަ މާއްދާގެ (ނ) ޙަވާލާދީ މި ދަޢުވާ އިތުރަށް ކުރިއަށް ގެންދެވޭނެ ތަނެއް ނެތްކަމަށް ކަނޑައަޅައި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ނަންބަރު 277/ކރކ/2018-2017/2267 ދަޢުވާ ފޯމް ބާޠިލްކޮށް، އެގޮތުގެ މަތިން ޙުކުމްކޮށް މިޤަޟިއްޔާ ނިންމީމެވެ." އިސްތިއުނާފީ ނުކުތާ
6ކްރިމިނަލް ކޯޓުގެ ނަންބަރު 379/Cr-C/2018 ޤަޟިއްޔާ އިސްތިއުނާފުކުރަމުން ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން 01 (އެކެއް) ނުކުތާ ހުށަހަޅާފައި ވެއެވެ. އެ ނުކުތާއަކީ ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 46 ވަނަ މާއްދާއަކީ ހައްޔަރުގައި ބަހައްޓައިގެން ސުވާލުކުރުމުގައި ޢަމަލުކުރަންޖެހޭ އިޖުރާއަތުތައް ބަޔާންކޮށްފައިވާ މާއްދާއެއްކަމަށްވެފައި، އިސްތިއުނާފު ރައްދުވާ ފަރާތަކީ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ފަރާތެއްކަމަށްނުވާއިރު، ތަޙްޤީޤު ހިންގާފައިވަނީ ޤާނޫނު ނަންބަރު: 2016/12 (ޖިނާއީ އިޖުރާޢަތުގެ ޤާނޫނު) ގެ 46 ވަނަ މާއްދާގެ (ފ) އެއްގޮތަށް ނޫންކަމަށް ބަޔާންކޮށް، ކްރިމިނަލް ކޯޓުގެ ނަންބަރު: 379/Cr-C/2018 ޤަޟިއްޔާއިން ބެލި މައްސަލާގައި ޙުކުމްކޮށްފައިވކަމަށާ ބުނެ ފާހަގަކުރި ނުކުތާއެވެ. އިސްތިއުނާފީ ނުކުތާއާ މެދު ދެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައްކާފައިވާ ވާހަކަތަކުގެ ޚުލާޞާ
7އިސްތިއުނާފީ ނުކުތާއާ ގުޅިގެން ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ބުނެފައިވަނީ ޢަލީ ޒައިން އަކީ އެ މައްސަލައާ ގުޅިގެން އެއްވެސް ފަހަރަކު ހައްޔަރުކުރެވުނު ފަރާތަކަށް ނުވާއިރު، އެފަރާތާ ތަޙްޤީޤުގައި ސުވާލުކުރުމުގައި ޢަމަލުކުރަންޖެހޭނީ ޖިނާއީ އިޖުރާއަތގު ޤާނޫނުގެ 50 ވަނަ މާއްދާގައި ބަޔާންކުރާ އިޖުރާއަތަށް ކަމަށެވެ. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 50 ވަނަ މާއްދާއަށް ބަލާއިރު ތަޙްޤީޤުގައި ސުވާލުކުރާއިރު އޯޑިއޯ ވީޑިއޯ ރެކޯޑް ކުރަންވާނެކަމަށް ބަޔާންކޮށްފައިނުވާކަމަށެވެ. ނަމަވެސް ދަށު ކޯޓުން މައްސަލަ ބާޠިލްކޮށް ފައިވަނީ ކުށުގެ ތުހުމަތުގައިވާ މީހާ ހައްޔަރުގައި ބަހައްޓައިގެން ތަޙްޤީޤުގައި ސުވާލުކުރުމުގައި ޢަމަލުކުރަންޖެހޭ އިޖުރާއަތު ބަޔާންކޮށްފައިވާ މާއްދާކަމަށްވާ 46 ވަނަ މާއްދާގެ (ފ) އާ ޚިލާފަށް އޯޑިއޯ ވީޑިއޯ ރެކޯޑް ނުކޮށް ތަޙްޤީޤުގައި ސުވާލުކޮށްފައިވާކަމަށް ބަޔާނކޮށްކަމަށެވެ. އެހެނަސް ޢަލީ ޒައިންގެ މައްޗަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 46 ވަނަ މާއްދާގެ (ފ) ނުހިނގާނެކަމަށެވެ. އަދި މައްސަލައާ ގުޅިގެން ދެފަހަރެއްގެ މަތިން ޢަލީ ޒައިންއާ ސުވާލުކުރެވިފައިވާއިރު އޭގެ ތެރެއިން 14 އޮގަސްޓް 2017 ދުވަހު ޤާނޫނީ އިންޒާރުދީ، ޢަލީ ޒައިންއާ ސުވާލުކުރެވުނުއިރު އޯޑިއޯ ވީޑޮއީ ރެކޯޑް ކޮށްފައިނުވާކަމަށާއި ނަމަވެސް 14 އޮގަސްޓް 2017 ދުވަހު ޢަލީ ޒައިންއާ ކުރެވުނު ސުވާލުތަކުގެ މައްޗަށް ބިނާކޮށް އެއްވެސް ހެއްކެއް ހޯދާފައިނުވާނެކަމަށވެ. އަދި ދެވަނަ ދުވަސް ކަމަށްވާ 13 ޑިސެންބަރު 2017 ދުވަހު ޤާނޫނީ އިންޒާރުދީ، އޯޑިއޯ ވީޑިއޯ ރިކޯޑިންގއާ އެކު ޢަލީ ޒައިންއާ ސުވާލުކޮށްފައިވާކަމަށެވެ. އެހެންކަމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދޭގޮތަކީ ކްރިމިނަލް ކޯޓުގެ ނަންބަރު 379/Cr-C/2018 ޤަޟިއްޔާގެ ޙުކުމް ބާޠިލްކޮށް، އެ ޤަޟިއްޔާގެ ދަށުން ކުރެވުނު ދަޢުވާއަކީ ކްރިމިނަލް ކޯޓުން ބެލޭނެ މައްސަލައެއް ކަމަށް ކަނޑައަޅައިދިނުން ކަމަށެވެ.
8ޖަވާބުގައި ޢަލީ ޒައިންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ބުނެފައިވަނީ އެފަރާތަށް ޤާނޫނީ އިންޒާރު ދީފައި ނުވާކަމަށެވެ. އަދި އެދޭގޮތަކީ ޢަލީ ޒައިންއަށް ޢަދުލުވެރިގޮތަކަށް މައްސަލަ ނިންމައިދިނުން ކަމަށެވެ.
އިސްތިއުނާފީ ނުކުތއަށާ ޝަރީޢަތުން ރިޢާޔަތްކުރިގޮތް
9HN1HN2HN3HN4މި ޤަޟިއްޔާގައި ހުށަހެޅިފައިވާ އިސްތިއުނާފީ ނުކުތާއަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 46 ވަނަ މާއްދާއަކީ ހައްޔަރުގައި ބަހައްޓައިގެން ސުވާލުކުރުމުގައި ޢަމަލުކުރަންޖެހޭ އިޖުރާއަތުތައް ބަޔާންކޮށްފައިވާ މާއްދާއެއްކަމަށްވެފައި، އިސްތިއުނާފު ރައްދުވާ ފަރާތަކީ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ފަރާތެއްކަމަށްނުވާއިރު، ތަޙްޤީޤު ހިންގާފައިވަނީ ޤާނޫނު ނަންބަރު: 2016/12 (ޖިނާއީ އިޖުރާޢަތުގެ ޤާނޫނު) ގެ 46 ވަނަ މާއްދާގެ (ފ) އެއްގޮތަށް ނޫންކަމަށް ބަޔާންކޮށް، ކްރިމިނަލް ކޯޓުގެ ނަންބަރު 379/Cr-C/2018 ޤަޟިއްޔާއިން ބެލި މައްސަލާގައި ޙުކުމްކޮށްފައިވކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. މި ނުކުތާއަށް ޝަރީޢަތުން ރިޢާޔަތްކުރިއިރު އަންނިވި ކަންކަން ފާހަގަކުރެވެއެވެ.
9.1. ކްރިމިނަލް ކޯޓުގެ ނަންބަރު 379/Cr-C/2018 ޤަޟިއްޔާގައި ޢަލީ ޒައިންގެ މައްޗަށް ކުރެވުނު ދަޢުވާތަކާ ގުޅިގެން ކުރެވުނު ތަޙްޤީޤުގެ އެއްވެސް މަރުޙަލާއެއްގައި ޢަލީ ޒައިން ހައްޔަރުކޮށްފައިނުވާކަމާމެދު ދެފަރާތުގެ މެދުގައި ޚިލާފެއް ނެތެވެ.
9.2. ދެން ބަލާލަންޖެހެނީ ހައްޔަރަށްނުވާގޮތަށް ފުލުހުންގެ ތަޙްޤީޤުގައި ސުވާލުކުރުމަށް އޮންނަ އިޖުރާއަތު ބަޔާންކޮށްފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ކޮން މާއްދާއެއްގައިތޯއެވެ. މިގޮތުން ބަލާއިރު، ހައްޔަރުކުރުމަށް ނުވާގޮތަށް، ކުށެއްގެ ތުހުމަތުގައި މީހަކާ ސުވާލުކުރުމަށްޓަކައި ފުލުހުންގެ ބެލުމުގެ ދަށަށް މީހަކު ގެނެވިދާނެކަން ބަޔާންވެގެންވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 50 ވަނަ މާއްދާގެ
(ހ) ގައެވެ. އަދި އެމީހަކާމެދު ޢަމަލުކުރުމަށް އޮތް އިޖުރާއަތު އެމާއްދާގެ (ހ) އިން ފެށިގެން (ވ) އަށް ހުރި އަކުރުތަކުގައި ބަޔާންވެގެންވެއެވެ. އަދި މިއިން އެއްވެސް އަކުރެއްގައި ކުށުގެ ތުހުމަތުގައިވާ މީހާއާ ސުވާލުކުރާއިރު އޯޑިއޯ ވީޑިއޯ ރެކޯޑް ކުރަންޖެހޭނެކަމަށް ބަޔާންކޮށްފައިނުވެއެވެ. މި މާއްދާއަކީ ދަށު ކޯޓުން މައްސަލަ ނިންމުމުގައި ތަޠުބީޤުކޮށްފައިވާ މާއްދާއެއް ނޫނެވެ.
9.3. ދަށު ކޯޓުން މި މައްސަލައިގައި ތަޠުބީޤުކޮށްފައިވާ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 46 ވަނަ މާއްދާއަށް ބެލިއިރު އެ މާއްދާއަކީ ހައްޔަރުގައި ބަހައްޓައިގެން ފުލުހުން މީހަކާ ސުވާލުކުރާނަމަ ޢަމަލުކުރުމަށް އޮތް އިޖުރާއަތު ބަޔާންކުރާ މާއްދާއެވެ. އެގޮތުން އެ މާއްދާގެ އަރިމަތީ ސުރުހީގައި އޮތީ "ހައްޔަރުގައި ބަހައްޓައިގެން ސުވާލުކުރުން" މިފަދައިންނެ ވެ. އަދި އެ މާއްދާގެ (ހ) ގެ ފެށޭ ޢިބާރާތުގައި އޮތީ އަންނަނިވި ފަދައިންނެވެ. 46( .ހ) ހައްޔަރުގައި ބަހައްޓައިގެން ފުލުހުން މީހަކާ ސުވާލުކުރާ ޙާލަތުގައި".... އަދި އެ މާއްދާގެ (ހ) އިން ފެށިގެން (ދ) އަށް ބަޔާންވެގެންވަނީ ހައްޔަރުގައި ބަހައްޓައިގެން މީހަކާ ސުވާލުކުރުމުގައި ޢަމަލުކުރަންޖެހޭ އިޖުރާއަތު ތަކުގެ ވާހަކައެވެ. އެހެންކަމުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 46 ވަނަ މާއްދާ އަކީ މި މައްސަލައިގެ ބޭނުމަށް ބަލާއިރު، މައްސަލައަށް ތަޠުބީޤުކުރެވޭނެ މާއްދާއެއް ނޫނެވެ. އެހެންކަމުން ދަށު ކޯޓުން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 46 ވަނަ މާއްދާގެ (ފ) ތަޠުބީޤުކޮށްފައިވަނީ ރަނގަޅަށް ނޫންކަން އެނގެއެވެ.
9.4. މައްސަލައާ ގުޅިގެން ދެފަހަރެއްގެ މަތިން ޢަލީ ޒައިންއާ ސުވާލުކުރެވިފައިވާއިރު އޭގެ ތެރެއިން 14 އޮގަސްޓް 2017 ދުވަހު ޤާނޫނީ އިންޒާރުދީ، ޢަލީ ޒައިންއާ ސުވާލުކުރެވުނުއިރު އޯޑިއޯ ވީޑިއޯ ރެކޯޑް ކޮށްފައިނުވާކަމަށް ދައުލަތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ބުނެފައިވެއެވެ. އަދި އެތާރީޚުގެ (14 އޮގަސްޓް 2017) ޤާނޫނީ އިންޒާރު މައްސަލައިގެ ލިޔުންތަކުގައިހިމެނިފައިވެއެވެ. ނަމަވެސް 14 އޮގަސްޓް 2017 ދުވަހު ޢަލީ ޒައިންއާ ކުރެވުނު ސުވާލުތަކުގެ މައްޗަށް ބިނާކޮށް އެއްވެސް ހެއްކެއް ހޯދާފައިނުވާނެކަމަށް ދައުލަތުން ބުނެފައިވެއެވެ. އަދި މައްސަލައާ ގުޅިގެން ޢަލީ ޒައިންއާ ފުލުހުން ސުވާލުކުރި ދެވަނަ ދުވަސް ކަމަށްވާ 13 ޑިސެންބަރު 2017 ދުވަހު ޤާނޫނީ އިންޒާރުދީ، އޯޑިއޯ ވީޑިއޯ ރިކޯޑިންގއާ އެކު ޢަލީ ޒއިނައާ ސުވާލުކޮށްފައިވާކަމަށް ދައުލަތުން ބުނެފައިވެއެވެ. މިކަމަށް ޢަލީ ޒައިންގެ ފަރާތުން ދަށުކޯޓުގައި އިންކާރުކޮށްފައިވާކަން އެނގެން ނެތެވެ. އަދި 13 ޑިސެންބަރު 2017 މި ތާރީޚުގެ ޤާނޫނީ އިންޒާރު ދަށު ކޯޓުގެ ލިޔުންތަކުގައި ހިމެނިފައިވެއެވެ.
9.5. އެހެންކަމުން ޢަލީ ޒައިންގެ މައްޗަށް ކްރިމިނަލް ކޯޓުގެ ނަންބަރު 379/Cr-C/2018 ޤަޟިއްޔާގައި ކޮށްފައިވާ ދަޢުވާތައް ބިނާކޮށްފައިވާ މައިގަނޑު އަސާސަކާ 13 ޑިސެންބަރު 2017 މި ތާރީޚުގައި ޢަލީ ޒައިން އަށް ދެވުނު ޤާނޫނީ އިންޒާރާއި އެ ތާރީޚުގައި ޢަލީ ޒައިންއާ ތަޙްޤީޤުގައި ސުވާލުކުރު ކުރުންކަން އެނގެއެވެ.
9.6. ދަށު ކޯޓުގެ ނިންމުމަށް ބެލިއިރު، މައްސަލަ ބާޠިލްކުރިކުރުމުގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 120 ވަނަ މާއްދާގެ (ނ) އާ ޙަވާލާދީފައިވެއެވެ. އެ މާއްދާގައި އޮތީ އަންނަނިވި ފަދައިންނެވެ.
120(ނ) "ދަޢުވާކުރުމަށް ހުރަހަކަށް ވެދާނެ ދިފާޢެއް ކަމަށް ޤާނޫނެއްގައި ބަޔާންވެގެންވާ ދިފާޢެއް އޮވެގެން، މި މާއްދާގެ ދަށުން ދަޢުވާލިބޭ ފަރާތުން އެ ދިފާޢު ހުށަހަޅައި މަދަނީ މިންގަނޑުން އެ ދިފާޢު ސާބިތުކޮށްދީފިނަމަ، އެ ދަޢުވާ ބެލޭނެ ތަނެއް ނެތްކަމަށް އެ ހިސާބުން ކޯޓުން ކަނޑައަޅައި، މައްސަލަ ނިންމަންވާނެއެވެ." އިސްވެ ބަޔާންކުރެވުނު ފަދައިން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 46 ވަނަ މާއްދާގެ (ފ) އަކީ މި މައްސަލައަށް ތަޠުބީޤުކުރެވިދާނެ މާއްދާއެއް ނޫނެވެ. ވުމާއެކު 14 އޮގަސްޓް 2017 ދުވަހު ޢަލީ ޒައިންއާ ފުލުހުން ސުވާލުކުރިއިރު އޯޑިއޯ ވީޑިއޯ ރިކޯޑިންގ ނެތްކަމަށް ފާހަގަކުރުމަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 120 ވަނަ މާއްދާގެ (ނ) ގައި ބުނާފަދަ ދިފާޢެއް ކަމަށް ބެލެވިދާނެ ހަމައެއް ނެތެވެ. އެހެންކަމުން ދަށު ކޯޓުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 120 ވަނަ މާއްދާގެ
(ނ) މާނަކޮށް ތަޠުބީޤުކޮށްފައިވަނީ ރަނގަޅަށް ކަމުގައި ނުދެކެމެވެ.
10އިސްވެ ބަޔާންކުރެވުނު ކަންކަން އެހެން ހުރުމުން، ކްރިމިނަލް ކޯޓުގެ ނަންބަރު 379/Cr-C/2018 ޤަޟި އްޔާގައި ޢަލީ ޒައިންގެ މައްޗަށް ދައުލަތު ން ކޮށްފައިވާ ޝަޚްޞު އޮޅުވާލުމުގެ ކުށުގެ ދަޢުވާއާއި، އެނގިހުރެ ޞައްޙަނޫން ގޮތުގައި ލިޔުމެއް އުފެއްދުމުގެ ކުށުގެ ދަޢުވާއާ ގުޅިގެން ކްރިމިނަލް ކޯޓގައު ޝަރީޢަތް ކުރިއަށް ގެންދަންޖެހޭކަމަށް އަހުރެންނަށް ބުރަވެވެއެވެ.
ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާގެ ރައުޔު؛
11ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމްގެ ރައުޔު؛
12ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ. ޙުކުމް: ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމުން، ކްރިމިނަލް ކޯޓުގެ ނަންބަރ 379/Cr-C/2018 ޤަޟިއްޔާ ގެ ޙުކުމް ބާޠިލްކޮށް، އެ ޤަޟިއްޔާގައި ހުށަހެޅުނު ދަޢުވތައާ އަލުން ބެލުމަށް ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ . މި ދަޢުވާ ކޮށްފައިވަނީ ޤާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 312 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ (iii) އާއި، އެމާއްދާގެ (2) ގެ (i) އާ ޙަވާލާދީ، އެމާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގެ ދަށުންނެވެ. . މި ދަޢުވާ ކޮށްފައިވަނީ ޤާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 310 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރާ ޙަވާލާދީ، އެމާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގެ ދަށުން ނެވެ.
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 46 ވަނަ މާއްދާ، (ހ) އަދި (ފ)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 50 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 120 ވަނަ މާއްދާގެ (ނ)
- ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 312 ވަނަ މާއްދާ (ޝަޚްޞު އޮޅުވާލުމުގެ ދަޢުވާ)
- ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 310 ވަނަ މާއްދާ (ޞައްޙަނޫން ލިޔުމެއް އުފެއްދުމުގެ ދަޢުވާ)
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) (އަލުން ބެލުމަށް ފޮނުވުން؛ މާއްދާ ނަންބަރު ފައިލުގައި ނެތް)
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.