ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2019/HC-A/660

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ފާޠިޙު

ދަޢުވާ ފޯމު ބާޠިލު · ދަށު ކޯޓުގެ ނިންމުމަށް ބަދަލެއް ނާދޭ
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ހައިކޯޓު · 10 މާރިޗު 2024ދަށު ކޯޓު: ކްރިމިނަލް ކޯޓު 687/Cr-C/2017ބާވަތް: ޖިނާއީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ކްރިމިނަލް ކޯޓު 687/Cr-C/2017
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ކްރިމިނަލް ކޯޓުން 687/Cr-C/2017 ޤަޟިއްޔާގައި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މުޙައްމަދު ފާތިޙުގެ މައްޗަށް އުފުލި ކެނެބިސް ޓްރެފިކްކުރުމުގެ ދަޢުވާ ސާބިތުނުވާކަމަށް ނިންމި.
ވާޤިޢާ
ކްރިމިނަލް ކޯޓުގެ ނިންމުން އިސްތިއުނާފުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހުށަހެޅި މައްސަލަ 26 ޑިސެމްބަރު 2019 ގައި ހައިކޯޓުގައި ރަޖިސްޓްރީކުރެވުނު. ފަހުން އިސްތިއުނާފު ރައްދުވާ ފަރާތުން އިސްތިއުނާފު އަނބުރާ ގެނެސްދިނުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް އެދުނު.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ކްރިމިނަލް ކޯޓުގެ 687/Cr-C/2017 ޤަޟިއްޔާގެ ނިންމުން އިސްތިއުނާފުކުރި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން، މައްސަލަ ހައިކޯޓުގައި އިތުރަށް ކުރިއަށް ނުގެންދިއުމަށް ނިންމައި އިސްތިއުނާފީ ފޯމު ބާޠިލުކޮށްދިނުމަށް ސިޓީން އެދުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާއިދު 2011 ގެ 35 ވަނަ މާއްދާގެ (ށ) ގެ ދަށުން ދަޢުވާ ފޯމު ބާޠިލުކުރަންވީތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
ހައިކޯޓުން ނިންމެވެން އޮތް ގޮތަކީ ތަޙްވީލުކުރުންކަމަށާއި، ޖަވާބު ނުލިބޭ ޤާނޫނީ ސުވާލެއް ނެތްކަމަށާއި، އިތުރު ކުށުގެ ރިކޯޑެއް ނެތްކަމަށާއި، ރައްދުވާ ފަރާތުގެ މަންމަގެ ބަލި ޙާލަތު ކަށަވަރުވާތީ، މައްސަލަ ކުރިއަށް ނުގެންދިއުމަށް ނިންމައި ފޯމު ބާޠިލުކޮށްދިނުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން 04 މާރިޗް 2024 ގެ ސިޓީން އެދުނު.
ކޯޓުގެ ސަބަބުތައް
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ފޯމު ބާޠިލުކޮށްދިނުމަށް އެދުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާއިދު 2011 ގެ 35 ވަނަ މާއްދާގެ (ށ) ގެ ދަށުން، ޤަޟިއްޔާ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން 10 މާރިޗު 2024 ގައި ދަޢުވާ ފޯމު ބާޠިލުކުރި.

ނިންމުން

ދަޢުވާ ފޯމު ބާޠިލު · ދަށު ކޯޓުގެ ނިންމުމަށް ބަދަލެއް ނާދޭ

ކްރިމިނަލް ކޯޓުގެ 687/Cr-C/2017 ޤަޟިއްޔާގެ ނިންމުމާމެދު ގޮތެއް ނުނިންމައި، އިސްތިއުނާފުކުރި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އެދުމުން ދަޢުވާ ފޯމު ބާޠިލުކުރި (ފަނޑިޔާރުންގެ އިއްތިފާޤުން)

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
އިސްފަނޑިޔާރު ޙުސައިން ޝަހީދު، ފަނޑިޔާރު ފާޠިމަތު ފަރްހީޒާ (ރިޔާސަތު)، ފަނޑިޔާރު މުޙައްމަދު ފައިޞަލް
ރިޔާސަތު
ފަނޑިޔާރު ފާޠިމަތު ފަރްހީޒާ
ރައުޔު ލިޔުނު ފަނޑިޔާރު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ދިވެހިރާއްޖޭގެ ހައިކޯޓު

ދިވެހިރާއްޖެ

ދަޢުވާ ފޯމް ބާޠިލުކުރި ރިޕޯޓު

1ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާ ނަންބަރު: 2019/HC-A/660

2މައްސަލަ ހުށަހެޅި ފޯމުގެ ބާވަތް: އިސްތިއުނާފު ކުރުމަށް އެދި ހުށަހަޅާ ފޯމު

3މައްސަލަ ރަޖިސްޓްރީކުރެވުނު ތާރީޚް: 26 ޑިސެމްބަރު 2019

* ބާޠިލުކުރި ތާރީޚް: 10 މާރިޗު 2024

4އިސްތިއުނާފު ކުރި ފަރާތް:

ފުރިހަމަ ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

* ދާއިމީ އެޑްރެސް: ހ.ވެލާނާގެ / މާލެ

ރަޖިސްޓްރީ ނަންބަރު: -

5އިސްތިއުނާފު ރައްދުވާ ފަރާތް:

ފުރިހަމަ ނަން: މުޙައްމަދު ފާތިޙު

* ދާއިމީ އެޑްރެސް: މ.އަސަރީހިޔާ/ ކ.މާލެ

އައިޑީކާޑު ނަންބަރު: A344493

6ހުށަހެޅިފައިވާ މައްސަލަ:

ކްރިމިނަލް ކޯޓުގެ ނަންބަރު 687/Cr-C/2017 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން މ.އަސަރީހިޔާ/ ކ.މާލެ މުޙައްމަދު ފާތިޙުގެ މައްޗަށް ރައްދުވާ ގޮތަށް ހުށަހަޅާފައިވާ މައްސަލަ.

7ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމި ގޮތް:

ކްރިމިނަލް ކޯޓުގެ ނަންބަރު 687/Cr-C/2017 ޤަޟިއްޔާގައި، މ.އަސަރީހިޔާ/ ކ.މާލެ މުޙައްމަދު ފާތިޙުގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އުފުލާފައިވާ ކެނެބިސް ޓްރެފިކްކުރުމުގެ ދަޢުވާ ސާބިތުނުވާކަމަށް އެކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން މިކޯޓުން ބަލަމުންދަނީ، ނަންބަރު 2019/HC-A/660 ޤަޟިއްޔާއިންނެވެ.

މިމައްސަލައިގައި އިސްތިއުނާފު ރައްދުވާ މުޙައްމަދު ފާތިޙުގެ ފަރާތުން އިސްތިއުނާފު އަނބުރާ ގެނެސްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް އެދި ހުށަހެޅި ހުށަހެޅުން އެއޮފީހުން ދިރާސާކޮށް ބެލި ބެލުމުން، ދިވެހިރާއްޖޭގެ ހައިކޯޓުން މި ޤަޟިއްޔާގައި ނިންމެވެން އޮތް ގޮތަކީ ދަށު ކޯޓަށް ތަޙްވީލްކުރުންކަން ފާހަގަކުރެވުނު ކަމަށާއި، ސަބަބަކީ، މިމައްސަލައަކީ ހެކި ވަޒަންކުރުމެއްނެތި، ހެކި ހޯދި އިޖުރާއަތު ޤާނޫނާ ޚިލާފުކަމަށް ނިންމާފައިވާތީކަމަށާއި، މިމައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިފަހުން މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކުގެ އަލީގައި މިމައްސަލައިގައި މިހާރު ޖަވާބު ނުލިބޭ ޤާނޫނީ ސުވާލެއްވެސް ނެތަތީއާއި، މުޙައްމަދު ފާތިޙުގެ އިތުރު ކުށުގެ ރިކޯޑެއް ނެތަތީއާއި، މުޙައްމަދު ފާތިޙުގެ މަންމަގެ ބަލި ޙާލަތާ ގުޅިގެން އޭނާގެ ފަރާތުން ފާހަގަކޮށްފައިވާ ކަންކަން ހުށަހެޅުނު ލިޔުންތަކުން ކަށަވަރު ކުރެވޭތީ، މިމައްސަލަ އިތުރަށް ހައިކޯޓުގައި ކުރިއަށް ނުގެންދިއުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމާފައިވާކަމަށް ބުނެ، މި މައްސަލައިގެ އިސްތިއުނާފީ ފޯމް ބާޠިލްކޮށްދެއްވުން އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ނަންބަރު 196-A/95/2024/104 (04 މާރިޗް 2024) ސިޓީން މި ކޯޓަށް އަންގާފައިވެއެވެ.

އެހެންކަމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާއިދު 2011 ގެ 35 ވަނަ މާއްދާގެ (ށ) ގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހަޅާފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/660 ޤަޟިއްޔާގެ ދަޢުވާ ފޯމް، މި ޤަޟިއްޔާ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ބާޠިލްކޮށްފީމެވެ.

8މައްސަލަ ނިންމި ފަނޑިޔާރުން:

އިސްފަނޑިޔާރު ޙުސައިން ޝަހީދު

ފަނޑިޔާރު ފާޠިމަތު ފަރްހީޒާ (ރިޔާސަތު)

ފަނޑިޔާރު މުޙައްމަދު ފައިޞަލް

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާއިދު 2011 ގެ 35 ވަނަ މާއްދާގެ (ށ)

ޝަރީޢަތުގެ ވީޑިއޯ

ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ