ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2020/HC-A/17

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ލިޔުޝާދު

ދަށުކޯޓުގެ ނިންމުން ބާޠިލު
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ހައިކޯޓު · 28 އޮކްޓޫބަރު 2024ދަށު ކޯޓު: ކްރިމިނަލް ކޯޓު 502/Cr-C/2018ބާވަތް: ޖިނާއީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ކްރިމިނަލް ކޯޓު 502/Cr-C/2018
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ކްރިމިނަލް ކޯޓުން 502/Cr-C/2018 ޤަޟިއްޔާގައި ނިންމުމެއް ނިންމި. އެ ނިންމުމުގެ ތަފްޞީލެއް ރިޕޯޓުގައި ބަޔާންކޮށްފައެއް ނުވޭ.
ވާޤިޢާ
ކްރިމިނަލް ކޯޓުގެ 502/Cr-C/2018 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން، މ. ގެލެކްސީ، މާލެ މުޙައްމަދު ލިއުޝާދުގެ މައްޗަށް ރައްދުވާ ގޮތަށް ހުށަހެޅި މައްސަލަ 28 ޖަނަވަރީ 2020 ގައި ހައިކޯޓުގައި ރަޖިސްޓްރީކުރެވުނު.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ކްރިމިނަލް ކޯޓުގެ 502/Cr-C/2018 ޤަޟިއްޔާ އިސްތިއުނާފުކުރި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން، މައްސަލަ އިތުރަށް ކުރިއަށް ގެންދިޔުމުގެ މަޞްލަޙަތެއް ނުފެންނާތީ އިސްތިއުނާފު ފޯމު އަނބުރާ ފޮނުވައިދިނުމަށް އެދުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާއިދު 2011 ގެ 35 ވަނަ މާއްދާގެ ދަށުން އިސްތިއުނާފުގެ މައްސަލަ ބާޠިލުކުރަންވީތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
ހާދިސާ ހިނގިފަހުން ގިނަ ދުވަސް ވޭތުވެފައިވާތީއާއި، ރައްދުވާ ފަރާތުގެ އިތުރު ކުށުގެ ރެކޯޑެއް ނެތުމާއި، ޤާނޫނީ ޙައްލެއް ބޭނުންވާ އުޞޫލީ ނުކުތާއެއް ނެތުމުން، މައްސަލަ ކުރިއަށް ގެންދިޔުމުގެ މަޞްލަޙަތެއް ނުފެންނާތީ، އިސްތިއުނާފު ފޯމު އަނބުރާ ފޮނުވައިދިނުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން 16 އޮކްޓޯބަރ 2024 ގެ 196-A/95/2024/450 ސިޓީއިން އެދުނު.
ކޯޓުގެ ސަބަބުތައް
އިސްތިއުނާފުކުރި ފަރާތުން އެދުނު ގޮތަށް ރިޢާޔަތްކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާއިދު 2011 ގެ 35 ވަނަ މާއްދާގެ ދަށުން، މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން 28 އޮކްޓޯބަރ 2024 ގައި އިސްތިއުނާފުގެ މައްސަލަ ބާޠިލުކުރި.

ނިންމުން

ދަށުކޯޓުގެ ނިންމުން ބާޠިލު

ކްރިމިނަލް ކޯޓުގެ 502/Cr-C/2018 ޤަޟިއްޔާއާމެދު ގޮތެއް ނުނިންމައި، އިސްތިއުނާފުކުރި ފަރާތުން އެދުމުން އިސްތިއުނާފުގެ މައްސަލަ (ދަޢުވާ ފޯމު) ބާޠިލުކުރި (ފަނޑިޔާރުންގެ އިއްތިފާޤުން)

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
އިސްފަނޑިޔާރު ޙުސައިން ޝަހީދު، ފަނޑިޔާރު ދީބާނާޒް ފަހުމީ (ރިޔާސަތު)، ފަނޑިޔާރު ޙުޒައިފާ މުޙައްމަދު
ރިޔާސަތު
ފަނޑިޔާރު ދީބާނާޒް ފަހުމީ
ރައުޔު ލިޔުނު ފަނޑިޔާރު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ދިވެހިރާއްޖޭގެ ހައިކޯޓު

ދިވެހިރާއްޖެ

ދަޢުވާ ފޯމް ބާޠިލުކުރި ރިޕޯޓު

1ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާ ނަންބަރު: 2020/HC-A/17

2މައްސަލަ ހުށަހެޅި ފޯމުގެ ބާވަތް: އިސްތިއުނާފު ކުރުމަށްއެދި ހުށަހަޅާ ފޯމު

3މައްސަލަ ރަޖިސްޓްރީކުރެވުނު ތާރީޚް: 28 ޖަނަވަރީ 2020

* ބާޠިލްކުރި ތާރީޚް: 28 އޮކްޓޯބަރ 2024

4އިސްތިއުނާފު ކުރި ފަރާތް:

* ފުރިހަމަ ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

* ޢާއްމު ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

* ރަޖިސްޓްރީ ނަންބަރު: -

* ދާއިމީ އެޑްރެސް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

* މިހާރުގެ އެޑްރެސް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

5އިސްތިއުނާފު ރައްދުވާ ފަރާތް:

* ފުރިހަމަ ނަން: މުޙައްމަދު ލިއުޝާދު

* ދާއިމީ އެޑްރެސް: މ. ގެލެކްސީ، މާލެ

* ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު: A026789

* މިހާރުގެ އެޑްރެސް: މ. ގެލެކްސީ، މާލެ

6ހުށަހެޅިފައިވާ މައްސަލަ:

ކްރިމިނަލް ކޯޓުގެ ނަންބަރު 502/Cr-C/2018 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްއެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަ.

7ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމިގޮތް:

ކްރިމިނަލް ކޯޓުގެ ނަންބަރު 502/Cr-C/2018 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްއެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހެޅި މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/17 ޤަޟިއްޔާއިން ބަލަމުންދާ މައްސަލައެކެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/17 ޤަޟިއްޔާއިން ބެލުމަށް ހަމަޖެހިފައިވާ މައްސަލަ، އިސްތިއުނާފުކުރުމަށް ހުށަހެޅިފަހުން، މައްސަލައިގެ ހާދިސާ ހިނގިފަހުން ގިނަދުވަސްތަކެއް ވޭތުވެފައިވާތީއާއި، އިސްތިއުނާފު ރައްދުވާފަރާތުގެ އިތުރު ކުށުގެރެކޯޑެއް ނެތުމުންނާއި، އިސްތިއުނާފު މައްސަލައިގައި ޤާނޫނީގޮތުން ކޮންމެހެން ޙައްލެއް ބޭނުންވާނެފަދަ އުޞޫލީ ނުކުތާއެއް އިސްތިއުނާފު ކޮށްފައިނުވާތީ، އެ މައްސަލަ މިހާރު އިތުރަށް ކުރިއަށް ގެންދިޔުމުގެ މަޞްލަޙަތެއް އޮތްކަމަށް ނުފެންނާތީ، މި މައްސަލައިގެ އިސްތިއުނާފު އިތުރަށް ކުރިއަށް ނުގެންދިޔުމަށް ނިންމައި، އިސްތިއުނާފު ފޯމު އަނބުރާ ފޮނުވައިދިނުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ނަންބަރު 196-A/95/2024/450 (16 އޮކްޓޯބަރ 2024) ސިޓީއިން އެދިފައިވެއެވެ.

މި މައްސަލަ އިސްތިއުނާފުކުރާ ފަރާތުން އެދިފައިވާގޮތަށް ރިޢާޔަތްކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/17 ޤަޟިއްޔާއިން ބަލަމުން ގެންދިޔަ އިސްތިއުނާފުގެ މައްސަލަ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދުގެ 35 ވަނަ މާއްދާގެދަށުން، ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާގުން ބާޠިލުކޮށްފީމެވެ.

8މައްސަލަ ނިންމި ފަނޑިޔާރުން:

އިސްފަނޑިޔާރު ޙުސައިން ޝަހީދު

ފަނޑިޔާރު ދީބާނާޒް ފަހުމީ (ރިޔާސަތު)

ފަނޑިޔާރު ޙުޒައިފާ މުޙައްމަދު

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާއިދު 2011 ގެ 35 ވަނަ މާއްދާ

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ