ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޙުސައިން މޫސާ
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- މާލެއަތޮޅު ކާށިދޫ މެޖިސްޓްރޭޓް ކޯޓްގެ ނަންބަރު 115/H1C/2016 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްއެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަ.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ކ. ކާށިދޫ މެޖިސްޓްރޭޓް ކޯޓު 115/H1C/2016
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ނިންމުން
ދަޢުވާ ފޯމު ބާޠިލު · ދަށު ކޯޓުގެ ނިންމުމަށް ބަދަލެއް ނާދޭދަޢުވާ ފޯމް ބާޠިލު (އިސްތިއުނާފުކުރި ފަރާތުން އަނބުރާ ގެންދިއުމަށް އެދުމުން)
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ހައިކޯޓުގެ ޤަވާޢިދުގެ 35 ވަނަ މާއްދާގެ (ނ)
ފަނޑިޔާރުން
- ބެންޗު
- ފާޠިމަތު ފަރްހީޒާ، ދީބާނާޒް ފަހުމީ (ރިޔާސަތު)، ޢަބްދުﷲ ޖަމީލް މޫސާ
- ރިޔާސަތު
- ދީބާނާޒް ފަހުމީ
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ދަޢުވާ ފޯމް ބާޠިލުކުރި ރިޕޯޓު
1. ހައިކޯޓުގެ ޤަޟިއްޔާ ނަންބަރު: 2020/HC-A/196
2. މައްސަލަ ހުށަހެޅި ފޯމުގެ ބާވަތް: އިސްތިއުނާފު ކުރުމަށް އެދި ހުށަހަޅާ ފޯމު
3. މައްސަލަ ރަޖިސްޓްރީ ކުރެވުނު ތާރީޚް: 07 އޮކްޓޯބަރ 2020 – ބާޠިލުކުރި ތާރީޚް: 20 ނޮވެމްބަރ 2025
4. އިސްތިއުނާފު ކުރި ފަރާތް:
ފުރިހަމަ ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
5. އިސްތިއުނާފު ރައްދުވި ފަރާތް:
ފުރިހަމަ ނަން: ޙުސައިން މޫސާ
6. ހުށަހެޅިފައިވާ މައްސަލަ:
މާލެއަތޮޅު ކާށިދޫ މެޖިސްޓްރޭޓް ކޯޓްގެ ނަންބަރު 115/H1C/2016 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްއެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަ.
7. ހައިކޯޓުން ނިންމި ގޮތް:
މާލެއަތޮޅު ކާށިދޫ މެޖިސްޓްރޭޓް ކޯޓްގެ ނަންބަރު 115/H1C/2016 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްއެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހެޅި މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/196 ޤަޟިއްޔާއިން ބަލަމުންދާ މައްސަލައެކެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/196 ޤަޟިއްޔާއިން ބަލަމުންދާ މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅިފަހުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން، މާލެއަތޮޅު ކާށިދޫ މެޖިސްޓްރޭޓް ކޯޓްގެ ނަންބަރު 115/H1C/2016 ޤަޟިއްޔާ މުރާޖަޢާކުރިއިރު، މި މައްސަލައިގެ ހާދިސާ ހިނގިފަހުން 15 (ފަނަރަ) އަހަރު ފާއިތުވެފައިވާތީއާއި، މި މައްސަލައިގައި ދައުލަތަށް މާލީގެއްލުމެއް ލިބިފައިނުވާތީއާއި، އިސްތިއުނާފު ރައްދުވާ ފަރާތުގެ އިތުރު ކުށުގެ ރިކޯޑެއްނެތަތީއާއި، އިސްތިއުނާފު ރައްދުވާ ފަރާތަކީ މިހާރު ޢުމުރުން 80 (އަށްޑިހަ) އަހަރު ވެފައިވާ މީހަކަށްވާތީއާއި، މި މައްސަލަ އިތުރަށް ކުރިއަށް ނުގެންދިޔުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމާފައިވާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދުގެ 35 ވަނަ މާއްދާގެ (ނ) ގެ ދަށުން މި މައްސަލަ ބާޠިލު ކޮށްދިނުމަށް، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ނަންބަރު 196-A/95/2025/264 (25 އޮގަސްޓު 2025) ސިޓީއިން އެދިފައިވެއެވެ.
މި މައްސަލައިގައި ދައުލަތުން އެދިފައިވާގޮތަށް ރިޢާޔަތްކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/196 ޤަޟިއްޔާއިން ބަލަމުން ގެންދިޔަ އިސްތިއުނާފުގެ މައްސަލަ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދުގެ 35 ވަނަ މާއްދާގެދަށުން، ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ބާޠިލުކޮށްފީމެވެ.
8. މައްސަލަ ނިންމި ފަނޑިޔާރުން:
ފަނޑިޔާރު ފާޠިމަތު ފަރްހީޒާ
ފަނޑިޔާރު ދީބާނާޒް ފަހުމީ (ރިޔާސަތު)
ފަނޑިޔާރު ޢަބްދުﷲ ޖަމީލް މޫސާ
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.