ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2020/HC-A/293

ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް ވ. ޕަރކަވަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް

ދަޢުވާ ފޯމު ބާޠިލު · ދަށު ކޯޓުގެ ނިންމުމަށް ބަދަލެއް ނާދޭޚިލާފު ރައުޔެއް
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ހައިކޯޓު · 13 ޖޫން 2023ދަށު ކޯޓު: ސިވިލް ކޯޓު 4412/Cv-C/2019ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސިވިލް ކޯޓު 4412/Cv-C/2019
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
އަޑުއެހުންތައް ނިމި ޙުކުމްކުރުމުގެ މަރުޙަލާގައި ހުއްޓައި، ދެފަރާތުގެ މެދުގައި ސުލްޙަވެރި ޙައްލެއް ގެނެވިފައިވާތީ އިސްތިއުނާފުކުރި ފަރާތުން އެދުމުން އިސްތިއުނާފުގެ ދަޢުވާ ފޯމް ބާޠިލުކުރެވޭތޯ.

ނިންމުން

ދަޢުވާ ފޯމު ބާޠިލު · ދަށު ކޯޓުގެ ނިންމުމަށް ބަދަލެއް ނާދޭ

ދަޢުވާ ފޯމް ބާޠިލު (އަޣްލަބިއްޔަތުން)

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޙުސައިން މަޒީދު، ޙަސަން ޝަފީޢު، މުޙައްމަދު ސަލީމް
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
ޙުސައިން މަޒީދު
ޚިލާފު ރައުޔު
މުޙައްމަދު ސަލީމް
މި ކޯޓުގައި
ރަޖިސްޓްރީކުރީ 15 ޑިސެމްބަރު 2020 · ނިމުނީ 13 ޖޫން 2023 (29.9 މަސް)

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

1ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާ ނަންބަރު: 2020/HC-A/293

2މައްސަލަ ހުށަހެޅި ފޯމުގެ ބާވަތް: އިސްތިއުނާފު ކުރުމަށް އެދި ހުށަހަޅާ ފޯމު

3މައްސަލަ ރަޖިސްޓްރީ ކުރެވުނު ތާރީޚް: 15 ޑިސެންބަރު 2020 * ބާޠިލްކުރި ތާރީޚް: 13 ޖޫން 2023

4އިސްތިއުނާފު ކުރި ފަރާތް: ފުރިހަމަ ނަން: ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް * ދާއިމީ އެޑްރެސް: […]

5އިސްތިއުނާފު ރައްދުވާ ފަރާތް: ފުރިހަމަ ނަން: ޕަރކަވަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް * ދާއިމީ އެޑްރެސް: […]

6ހުށަހެޅިފައިވާ މައްސަލަ: ލިމިޓެޑގް ފަރާތުނ ޕަރކަވަން އިންވެސްޓްމަންޓް ޕްރައިވެޓްލިމިޓެޑް ގ މައްޗަށް ރައްދުވާ ގޮތަށް ހުށަހަޅާފައިވާ މައްސަލަ.

7ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔު؛ ލިމިޓެޑްގެ ފަރާތުނަހުށަހަޅާފައިވާ މައްސިލައިގައި ދެފަރާތުގެ މެދުގައި ވާހަކަދެކެވި ސުލްޙަވެރި ޙައްލެއް ގެނެވިފައިވާތީ މައްސަލައިގެ ދަޢުވާފޯމު ބާޠިލްކޮށްދިނުން އެދޭ ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯންލިމިޓެޑްގ ފަރާތުން 7 ޖޫން 2023 ދުވަހު ދިވެހިރާއްޖޭގެ ހައިކޯޓަށް ސިޓީ ފޮނުވާފައިވެއެވެ. ނަމަވެސް އަންނަނިވި ސަބަބުތަކަށްޓަކައިއްފަރާތުން އެދިފައިވެ ފަދައިނުދިވެހިރާއްޖޭގ ހައިކޯޓުގެ ނަންބަރ 2020/HC-A/293 ޤަޟިއްޔާގެ ދަޢުވާ ފޯމު ބާޠިލްކުރެވިދާނެކަމަކަށ އަހުރެން ނުދެކެމެވެ. މި މައްސަލައަކީ 2020 ވަނަ އަހަރުގެ މައްސަލައެކެވެ. މި މައްސަލަ ހިންގުމަށް ތަކުރާރުކޮށް މަސައްކަތް ކުރެވި، އެކިފަހަރުމަތިންއެކި ސަބަބުތަކާހެދި އަޑުއެހުން ކެންސަލްކުރަންޖެހުނެވެ. އަދ މައްސަލައިގެ އަޑުއެހުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ކުރިއަށ ގެންދިއުމަށް ޝެޑިއުލްކުރެވެނ ތާރީޚުތަކުގ ތެރެއިން 26 އޮކްޓޫބަރު 2022 ތާރީޚުގެ އަޑުއެހުން ކެންސަލްކޮށްފައިވަނީ 2 ދަޢުވާ ފޯމު ބާޠިލުކުރި ރިޕޯޓު 2020/HC-A/293 ދެފަރާތުގެ މެދުގައި މައްސަލަ ޙައްލުކުރުމަށް މަޝްވަރާ ކުރަމުން ދާކަމަށ ބަޔާންކޮށް އަޑުއެހުން ފަސްކޮށްދިނުން އެދި އިސްތިއުނާފުކުރާ ފަރާތުން ފޮނުވި ސިޓީއާ ގުޅިގެންނެވެ.މިފަދައިން ބަޔާންކޮށަ 24 ނޮވެންބަރު 2022 އަށް ޝެޑިއުލްކުރެވުނު އަޑުއެހުން ކެންސަލް ކޮށްދިނުމަށްވެސް އިސްތިއުނާފުކުރާ ފަރާތުން އެދިފައިވެއެވެ. އަދި ހަމަ އެ ސަބަބު ބަޔާންކުރުމާއެކު 30 ނޮވެންބަރު 2022 ތާރީޚުގެ އަޑުއެހުންވެސ ފަސްކޮށްދިނުމަށް އިސްތިއުނާފުކުރާ ފަރާތުން އެދިފައިވެއެވެ. މިއިން އެއްވެސް ފަހަރަކު ދެފަރާތުގެ މެދުގައި އޮތް މައްސަލަ ޙައްލުވެއްޖެކަމަށ ބަޔާންކޮށް މިކޯޓަށް ދެފަރާތުން އަންގާފައިނުވެއެވެ. އެހެންކަމުން މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ގެންދެވި ޖުމްލަ 3 )ތިނެއް( އަޑުއެހުން ބޭއްވި، މައްސަލައީ ގެ އަޑުއެހުންތައް ނިންމާލެވިފައިވެއެވެ. މިހާރު މިމައްސަލައަކ ދިރާސާކޮށް ޑްރާފްޓްކުރެވި، ޙުކުމް ކުރުމަށްޓަކައި މަސައްކަތްކުރެވެމުންދާ މައްސަލައެކެވެ. އެހެންކަމުން ކޯޓުގެ ވަގުތުތަކެއް ނަގާ، މައްސަލައިގެ ގިނަ އަޑުއެހުންތަކެއް ކެންސަލްކުރެވި، ގިނަ އަޑުއެހުންތަކެއް ހިންގުމަށްފަހު އަޑުއެހުން ނިމި، މައްސަލަ ދިރާސާކޮށް ޙުކުމްކުރުމުގެ މަރުޙަލާގައިވަނިކޮށް، ދިވެހި ރައްޔިތުންގެ ފައިސާއާ ގުޅުންހުރި މިފަދަ މައްސަލައެއް ކޯޓުން ޙުކުމްކުރުމަކާ ނުލައިއިސްތިއުނާފ ފޯމު ބާޠިލްކުރަންޖެހޭ ކަމކަށ މައްސަލައިގެ ވަށައިގެންވާ ކަންކަމަށާއި ޙާލަތަށް ރިޢާޔަތްކޮށް، އަހުރެން ނުދެކެމެވެ. އަދި އެފަދައިންއިސްތިއުނާފ ފޯމު ބާޠިލްކުރުމަށް އިސްތިއުނާފުކުރ ފަރާތުނ އެދުނު ނަމަވެސް މައްސަލަ ބާޠިލްކުރަންޖެހޭ ހަރުދަނާ ޤާނޫނީ ސަބަބެއް އަހުރެންނަކަށް ނުފެނެއެވެ. މިފަދަ ޙާލަތެއްގައި އޮތް މައްސަލައެއް ބާޠިލްކުރަން އެދުމުން މައްސަލައިގެ ދަޢުވާ ފޯމު ބާޠިލްކުރުން ވެގެންދާނީ ޝަރީޢަތުގެ ނިޒާމް ނަހަމަގޮތުގައި ބޭނުންކުރުމަށް ދެވޭ ފުރުޞަތަކަށް ކަމުގައި އަހުރެން ދެކެމެވެ.ދައުލަތުގެ އިދާރާތަކުން ނުވަތަ ދައުލަތުގެ ކުންފުނިތަކުނ ހުށަހަޅް މިފަދަ މައްސަލަތަކުގައި ޙުކުމާ ހަމައަށް ވާސިލުވެފައިވަނިކޮށް މަޤުބޫލްސަބަބެއ ބަޔާންކުރުމެއް ނެތް އިސްތިއުނާފުކުރި ސްޓޭންޑް ބަދަލުކޮށް ދެފަރާތުން ކޯޓުން ބޭރުގައި ސެޓްލްމަންޓް ހެދުމަށުނުވަތަ ސުލްހަވެރި ހައްލެއް ލިބިފައިވާކަމަށްބުނާ ބުންމަކށ ދައުވާ އަނބުރާ ގެންދިއުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ފުރުސަތުދިނުމަކީ ރަނގަޅުގޮތެއްކަމުގައި ނުދެކެމެވެ.

8ފަނޑިޔާރު ޙަސަން ޝަފީޢު އަދި ފަނޑިޔާރު މުޙައްމަދު ސަލީމްގެ ރައުޔު؛ ލިމިޓެޑްގެ ފަރާތުނަހުށަހަޅާފައިވާ މައްސިލައިގައި ދެފަރާތުގެ މެދުގައި ވާހަކަދެކެވި ސުލްޙަވެރި ޙައްލެއް ގެނެވިފައިވާތީ މައްސަލައިގެ ދަޢުވާފޯމު ބާޠިލްކޮށްދިނުން އެދޭ ގްރޭޓަރ މާލެއިންޑަސްޓްރިއަލ ޒޯން ލިމިޓެޑްގްފރާތުނ 7 ޖޫން 2023 ދުވަހު ދިވެހިރާއްޖޭގެ ހައިކޯޓަށް ސިޓީ ފޮނުވާފައިވާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާޢިދުގެ 35 ވަނަ މާއްދާގެ )ށ( އާ ޙަވާލާދީ، އެ މާއްދާގެ )ނ( ގެ ދަށުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/293 ޤަޟިއްޔާގެ ދަޢުވާ ފޯމު، ބާޠިލްކުރަން ފެނެއެވެ.

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާޢިދުގެ 35 ވަނަ މާއްދާގެ (ށ) އަދި (ނ)

ޝަރީޢަތުގެ ވީޑިއޯ

ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ