ލިބާރޓީ ހުފާނޯ ރަމިރޭސް ވ. އެސްޕީއެޗް ޕްރައިވެޓް ލިމިޓެޑް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ނަންބަރު 31/VTR/2020 މައްސަލަ އިސްތިއުނާފުކުރުމަށް ލިބާރޓީ ހުފާނޯ ރަމިރޭޒް P3243050B ހުށަހެޅުމުން މި ކޯޓުގައި ކުރިއަށް ގެންދިޔަ ނަންބަރު 2021/HC-A/145 އިސްތިއުނާފީ މައްސަލަ
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ވަޒީފާއާބެހޭ ޓްރައިބިއުނަލް 31/VTR/2020
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ނިންމުން
ދަޢުވާ ފޯމު ބާޠިލު · ދަށު ކޯޓުގެ ނިންމުމަށް ބަދަލެއް ނާދޭދަޢުވާ ފޯމް ބާޠިލު (އިސްތިއުނާފު ރައްދުވާ ކުންފުނި އުވާލާފައިވުމުން)
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- ޙަސަން ޝަފީޢު، ޢަބްދުއްރައޫފު އިބްރާހީމް (ރިޔާސަތު)، ދީބާނާޒް ފަހުމީ
- ރިޔާސަތު
- ޢަބްދުއްރައޫފު އިބްރާހީމް
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ދަޢުވާ ފޯމް ބާޠިލުކުރި ރިޕޯޓު
1. ހައިކޯޓުގެ ޤަޟިއްޔާ ނަންބަރު: 2021/HC-A/145
2. މައްސަލަ ހުށަހެޅި ފޯމުގެ ބާވަތް: އިސްތިއުނާފު ކުރުމަށް އެދި ހުށަހަޅާ ފޯމު
3. މައްސަލަ ރަޖިސްޓްރީ ކުރެވުނު ތާރީޚް: 04 މޭ 2021 – ބާޠިލުކުރި ތާރީޚް: 28 ޑިސެންބަރު 2025
4. އިސްތިއުނާފު ކުރި ފަރާތް:
ފުރިހަމަ ނަން: ލިބާރޓީ ހުފާނޯ ރަމިރޭސް
5. އިސްތިއުނާފު ރައްދުވި ފަރާތް:
ފުރިހަމަ ނަން: އެސްޕީއެޗް ޕްރައިވެޓް ލިމިޓެޑް
6. ހުށަހެޅިފައިވާ މައްސަލަ:
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ނަންބަރު 31/VTR/2020 މައްސަލަ އިސްތިއުނާފުކުރުމަށް ލިބާރޓީ ހުފާނޯ ރަމިރޭޒް B ހުށަހެޅުމުން މި ކޯޓުގައި ކުރިއަށް ގެންދިޔަ ނަންބަރު 2021/HC-A/145 އިސްތިއުނާފީ މައްސަލަ
7. ހައިކޯޓުން ނިންމި ގޮތް:
މި ގަޒިއްޔާ ހިންގުމަށްޓަކައި އިސްތިއުނާފު ރައްދުވާ އެސްޕީއެޗް ޕްރައިވެޓް ލިމިޓެޑަށް ކޯޓަށް ހާޒިރުވުމުގެ އަމުރު ރައްދުކުރަން ކުރެވުނު މަސައްކަތުގެ ތެރެއިން މި ކުންފުނީގެ މައުލޫމާތު ސާފުކުރުމަށް އިގުތިސޯދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވުޒާރާއަށް މި ކޯޓުން ފޮނުވި ސިޓީއަކާ ގުޅިގެން އެ ވުޒާރާގެ ނަންބަރު 101-BR/95/2025/4 ސިޓީން މި ކޯޓަށް އަންގާފައި ވަނީ، އިސްތިއުނާފު ރައްދުވާ އެސްޕީއެޗް ޕްރައިވެޓް ލިމިޓެޑްގެ ނަން 23 މާރިޗު 2022 ގައި "އަވަނޮކްސް ޕްރައިވެޓް ލިމިޓެޑް"އަށް ބަދަލުކޮށްފައިވާ ކަމަށާއި، އޭގެ ފަހުން، ކުރީގެ ކުންފުންޏާ ބެހޭ ގާނޫނު (ގާނޫނު ނަންބަރު 10/96) ގެ 75 ވަނަ މާއްދާގެ (ހ) ގެ (1) ގެ ދަށުން 07 ޖުލައި 2022 ގައި މި ކުންފުނި އުވާލެވިފައިވާ ކަމަށެވެ.
މި ކުންފުނި އުވާލުމުގެ ކަންތައް ހިނގާފައިވާ ގޮތް އިތުރަށް ސާފުކުރުމަށް މި ކޯޓުން ފޮނުވި ސިޓީއާ ގުޅިގެން އިގުތިސޯދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ނަންބަރު 101-BR/95/2025/6 ސިޓީން ލިބުނު ޖަވާބަކީ، މި ކުންފުނި އުވާލާފައި ވަނީ، ކުންފުނި އުވާލަން ނިންމައި މިނިސްޓްރީއަށް ހުށަހަޅަން ޖެހޭ ލިޔެކިއުންތައް ހުށަހަޅައި ކުންފުނި އުވާލުމުގެ އިޖުރާއަތު ފުރިހަމަކޮށްފައި ވާތީ ކަމަށެވެ.
މިކަމާ ގުޅިގެން 26 ނޮވެމްބަރ 2025 ވަނަ ދުވަހު އަޑުއެހުމެއް ބާއްވައި މި މައުލޫމާތު ހިއްސާކޮށް މި އިސްތިއުނާފު ކުރިއަށް ގެންދެވިދާނެ ގޮތަކާމެދު ފެންނަ ގޮތެއް 15 ޑިސެމްބަރ 2025 ވަނަ ދުވަހުގެ ކުރިން ކޯޓަށް ހުށަހެޅުމަށް އިސްތިއުނާފު ކުރާ ފަރާތަށް އެންގުނެވެ.
ނަމަވެސް މިއަދާ ހަމައަށް އެއްވެސް ހުށަހެޅުމެއް ލިބިފައި ނުވެއެވެ.
ފެންނަން އޮތް ހަގީގަތަކީ، މި އިސްތިއުނާފު ރައްދުވާ އެސްޕީއެޗް ޕްރައިވެޓް ލިމިޓެޑަކީ މިހާރު އުވާލާފައިވާ ކުންފުންޏެއްކަމެވެ.
އިސްތިއުނާފު ރައްދުވާ ފަރާތަކީ މިހާރު ވުޖޫދުގައިވާ ފަރާތެއް ނޫން ކަމެވެ.
މި ހާލަތުގައި މި އިސްތިއުނާފު ކުރިއަށް ގެންދިއުމަކީ ގާނޫނީ ހަމަތައް ނިޔާކުރާ ގޮތުން ކުރެވޭނެ ކަމެއް ނޫނެވެ.
މި އިސްތިއުނާފާ ގުޅިގެން މި ހިނދަށް މި ކޯޓަށް އަމަލުކުރެވެން އޮތް މަގަކީ، އިސްތިއުނާފު ރައްދުވާ ކުންފުނި އުވާލާފައި ވަނީ ގޯހުންކަމުގައި ކަނޑައެޅިގެން ކުންފުނި އަލުން އިއާދަވެއްޖެ ހިނދެއްގައި އަލުން މި އިސްތިއުނާފު ހުށަހެޅުމަށް ފުރުސަތު އޮންނާނޭ ގޮތަށް މި ހިނދަށް މި އިސްތިއުނާފު ބާތިލުކުރުމެވެ.
ވީމާ، މި މައްސަލާގައި ކަންހިނގާފައިވާ ގޮތުގެ މި ހާއްސަ ހާލަތަށް ރިއާޔަތްކޮށް، މި ކޯޓުގެ ނަންބަރު 2021/HC-A/145 ގަޒިއްޔާއިން ބަލަމުންދާ އިސްތިއުނާފަކީ މި ހިނދަށް ކުރިއަށް ގެންދެވޭނެ އިސްތިއުނާފެއްކަމަށް ނުވާތީ، އިސްތިއުނާފު ރައްދުވާ ކުންފުނި އަލުން އިއާދަވެއްޖެ ހިނދެއްގައި އަލުން މި އިސްތިއުނާފު ހުށަހެޅުމަށް ފުރުސަތު އޮންނާނޭ ކަމަށް ކަނޑައަޅައި، އިސްތިއުނާފު ހުށަހެޅި ފޯމު، މި ގަޒިއްޔާ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާގުން ބާތިލުކޮށްފީމެވެ.
8. މައްސަލަ ނިންމި ފަނޑިޔާރުން:
ފަނޑިޔާރު ޙަސަން ޝަފީޢު
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް (ރިޔާސަތު)
ފަނޑިޔާރު ދީބާނާޒް ފަހުމީ
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.