ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2021/HC-A/147

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިބްރާހީމް ސިޔާނު

ދަޢުވާ ފޯމު ބާޠިލު · ދަށު ކޯޓުގެ ނިންމުމަށް ބަދަލެއް ނާދޭ
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ހައިކޯޓު · 25 ޖޫން 2024ދަށު ކޯޓު: ކްރިމިނަލް ކޯޓު 396/Cr-C/2018ބާވަތް: ޖިނާއީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ކްރިމިނަލް ކޯޓު 396/Cr-C/2018
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ކްރިމިނަލް ކޯޓުގެ 396/Cr-C/2018 ޤަޟިއްޔާގައި އިބްރާހީމް ސިޔާނުގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކުރި ޖިނާއީ ދަޢުވާއެއް ބެލި. އެ ޤަޟިއްޔާގެ ނިންމުމާއި ދަޢުވާކުރި ކުށުގެ ތަފްޞީލެއް ރިޕޯޓުގައި ބަޔާންކޮށްފައެއް ނުވޭ.
ވާޤިޢާ
ކްރިމިނަލް ކޯޓުގެ 396/Cr-C/2018 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން، އިބްރާހީމް ސިޔާނުގެ މައްޗަށް ރައްދުވާ ގޮތަށް ހުށަހެޅި މައްސަލަ 05 މޭ 2021 ގައި ހައިކޯޓުގައި ރަޖިސްޓްރީކުރެވުނު.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ކްރިމިނަލް ކޯޓުގެ 396/Cr-C/2018 ޤަޟިއްޔާ އިސްތިއުނާފުކުރި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން، މައްސަލަ ކުރިއަށް ގެންދިއުމުގެ މަޞްލަޙަތެއް ނުފެންނާތީ ދަޢުވާ ފޯމު ބާޠިލުކޮށްދިނުމަށް އެދުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާޢިދުގެ 35 ވަނަ މާއްދާގެ (ށ) ގެ ދަށުން ދަޢުވާ ފޯމު ބާޠިލުކުރަންވީތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
މައްސަލަ މުރާޖަޢާކޮށް ބެލިއިރު، ދަޢުވާލިބޭ ފަރާތުގެ ކުށުގެ ރެކޯޑާއި ދަށު ކޯޓުގައި ލިބިފައިވާ ހެކި ޤަރީނާއާއި ކުށް ސާބިތުވެއްޖެނަމަ އަންނާނެ އަދަބަށް ރިޢާޔަތްކޮށް، މައްސަލަ ކުރިއަށް ގެންދިއުމުގެ މަޞްލަޙަތެއް ނުފެންނާތީ ދަޢުވާ ފޯމު ބާޠިލުކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން 23 ޖޫން 2024 ގައި ސިޓީ ފޮނުވި.
ކޯޓުގެ ސަބަބުތައް
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އެދުމުން، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު (ޤާނޫނު ނަންބަރު 22/2010) ގެ 75 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާޢިދުގެ 35 ވަނަ މާއްދާގެ (ށ) ގެ ދަށުން، ޤަޟިއްޔާ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން 25 ޖޫން 2024 ގައި ދަޢުވާ ފޯމު ބާޠިލުކުރި.

ނިންމުން

ދަޢުވާ ފޯމު ބާޠިލު · ދަށު ކޯޓުގެ ނިންމުމަށް ބަދަލެއް ނާދޭ

ކްރިމިނަލް ކޯޓުގެ 396/Cr-C/2018 ޤަޟިއްޔާއާމެދު ގޮތެއް ނުނިންމައި، އިސްތިއުނާފުކުރި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އެދުމުން ދަޢުވާ ފޯމު ބާޠިލުކުރި (ފަނޑިޔާރުންގެ އިއްތިފާޤުން)

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ފަނޑިޔާރު މުޙައްމަދު ފައިޞަލް، ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ (ރިޔާސަތު)، ފަނޑިޔާރު ޙުޒާއިފާ މުޙައްމަދު
ރިޔާސަތު
ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ
ރައުޔު ލިޔުނު ފަނޑިޔާރު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ދިވެހިރާއްޖޭގެ ހައިކޯޓު

ދިވެހިރާއްޖެ

ދަޢުވާ ފޯމް ބާޠިލުކުރި ރިޕޯޓު

1ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާ ނަންބަރު: 2021/HC-A/147

2މައްސަލަ ހުށަހެޅި ފޯމުގެ ބާވަތް: އިސްތިއުނާފް ކުރުމަށް އެދި ހުށަހަޅާ ފޯމު

3މައްސަލަ ރަޖިސްޓްރީކުރެވުނު ތާރީޚް: 05 މޭ 2021

* ބާޠިލްކުރި ތާރީޚް: 25 ޖޫން 2024

4އިސްތިއުނާފު ކުރި ފަރާތް:

ފުރިހަމަ ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

* ދާއިމީ އެޑްރެސް: ހ. ވެލާނާގެ / މާލެ

5އިސްތިއުނާފު ރައްދުވާ ފަރާތް:

ފުރިހަމަ ނަން: އިބްރާހީމް ސިޔާނު

* ދާއިމީ އެޑްރެސް: މ. ރަތްލިލީގެ / މާލެ

އައިޑީކާޑު ނަންބަރު: A100876

6ހުށަހެޅިފައިވާ މައްސަލަ:

ކްރިމިނަލް ކޯޓުގެ ނަންބަރު 396/Cr-C/2018 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން މ. ރަތްލިލީގެ / މާލެ، އިބްރާހީމް ސިޔާނުގެ މައްޗަށް ރައްދުވާ ގޮތަށް ހުށަހަޅާފައިވާ މައްސަލަ.

7ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމި ގޮތް:

ކްރިމިނަލް ކޯޓުގެ ނަންބަރު 396/Cr-C/2018 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން މ. ރަތްލިލީގެ / މާލެ، އިބްރާހީމް ސިޔާނުގެ މައްޗަށް ރައްދުވާ ގޮތަށް ހުށަހަޅާފައިވާ މައްސަލަ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މުރާޖަޢާކޮށް ބެލިއިރު، މި މައްސަލައިގައި ދަޢުވާލިބޭ ފަރާތުގެ ކުށުގެ ރެކޯޑަށާއި، ދަށު ކޯޓަށް ހުށަހެޅި މައްސަލާގައި ލިބިފައިވާ ހެކި ޤަރީނާއަށާއި، ދަޢުވާކޮށްފައިވާ ކުށް ސާބިތުވާ ޙާލަތުގައި އަންނާނެ އަދަބަށް ރިޢާޔަތްކޮށް، މި މައްސަލަ އިތުރަށް ކުރިޔަށްގެންދިއުމުގެ މަޞްލަޙަތެއް އޮކަމަށް ނުފެންނާތީކަމަށްބުނެ ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ފަރާތުން މައްސަލައިގެ ދަޢުވާ ފޯމު ބާތިލްކޮށްދެއްވުމަށް 2024 ޖޫން 23 ގައި ފޮނުވާފައިވާ ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ނަންބަރު 196-A/95/2024/242 ސިޓީގައި އެދިލައްވާފައިވާތީ، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 75 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް، ހައިކޯޓުގެ ޤަވާޢިދުގެ 35 ވަނަ މާއްދާގެ (ށ) ގެ ދަށުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/147 ޤަޟިއްޔާގެ ދަޢުވާ ފޯމް، މި ޤަޟިއްޔާ ބެލި ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ބާޠިލްކޮށްފީމެވެ.

8މައްސަލަ ނިންމި ފަނޑިޔާރުން:

ފަނޑިޔާރު މުޙައްމަދު ފައިޞަލް

ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ (ރިޔާސަތު)

ފަނޑިޔާރު ޙުޒާއިފާ މުޙައްމަދު

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު (ޤާނޫނު ނަންބަރު 22/2010) ގެ 75 ވަނަ މާއްދާގެ (ހ)
  • ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާޢިދުގެ 35 ވަނަ މާއްދާގެ (ށ)

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ