ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2021/HC-A/179

ޕްލެޓިނަމް ކެޕިޓަލް ހޯލްޑިންގްސް ޕވޓ ލޓޑ ވ. މަޝޭ އިންވެސްޓްމެންޓް ލިމިޓެޑް

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ސުޕްރީމް ކޯޓަށް އިސްތިއުނާފުކޮށްފައި ނުވޭ · ރަޖިސްޓްރީ ބެލީ 15 އޮކްޓޫބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 31 އޮގަސްޓް 2021ދަށު ކޯޓު: ސިވިލް ކޯޓު 144-B5-CR2/CA/2021/945ބާވަތް: ކޯޓު އަމުރު

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސިވިލް ކޯޓު 144-B5-CR2/CA/2021/945
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
ތަންފީޛީ ޤަޟިއްޔާއެއްގެ ތެރެއިން، ޙުކުމުން ސާބިތުވި ދަރަނީގެ ޢަދަދު ދަރަނިވެރިޔާގެ ބޭންކް އެކައުންޓުން ކޯޓަށް ޖަމާކުރުމަށް ބޭންކަށް ސިވިލް ކޯޓުން ކުރި އަމުރަކީ، ހައިކޯޓުގެ 2014/HC-A/119 ގައި ކަނޑައެޅި އުޞޫލާ ޚިލާފަށް ނެރެފައިވާ އަމުރެއްތޯ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

އިސްތިއުނާފު ބާޠިލް، ސިވިލް ކޯޓުގެ އަމުރު ޤާއިމް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ޙުކުމް ތަންފީޛުކުރުމުގެ މައްސަލައެއްގެ ތެރެއިން، އަމުރު ނެރުމުގެ މަޤްޞަދު ގެއްލިނުދާނެ ގޮތަށް، އެކައުންޓު ނިސްބަތްވާ ފަރާތުގެ ބަހެއް ނުހޯދައި އެކައުންޓް ފްރީޒްކުރުން ފަދަ އަމުރުތައް ނެރުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ.

HN2 ޙުކުމުން ސާބިތުވި ދަރަނީގެ ޢަދަދު އެކައުންޓުގައިވާ ފައިސާއިން ކޯޓަށް ޖަމާކުރުމަށް ބޭންކަށް އަންގާ އަމުރަކީ އެކައުންޓް ފްރީޒްކުރުމުގެ އަމުރެއް ނޫނެވެ.

HN3 ތަންފީޛީ އަމުރެއްގައި އަމުރު ނެރެންޖެހުނު ސަބަބު ތަފްޞީލުކޮށް ބަޔާންކޮށްފައި ނެތަސް، އެ އަމުރު ނެރެފައިވަނީ ޙުކުމާ އެއްގޮތަށް ނުދައްކާ ހުރި ސާބިތު ދަރަނި ކޯޓަށް ޖަމާކުރުމަށްކަން އެނގެން އޮވެ، ޖަމާކުރަން އެންގި ޢަދަދަކީ ދަރަނީގެ ޢަދަދު ކަމަށްވެ، ފައިސާ ޖަމާކުރުމަށްފަހު އެކައުންޓުތައް ދޫކޮށްލާފައިވާނަމަ، ދެފަރާތުގެ ޙައްޤުތަކަށް ފަނޑިޔާރު ބަލާފައިވާ ކަމަށް ބެލެވެއެވެ.

HN4 ތަންފީޛީ އަމުރެއް ނެރުމުގައި ދަރަނިވެރިޔާގެ ޙައްޤުތަކަށް ބެލުމަކީ، ދަރަނިވެރިޔާ ދަރަނި އަދާނުކޮށް އަމިއްލަ މަޞްލަޙަތު ނުވަތަ ވިޔަފާރީގެ މަޞްލަޙަތު ކުރިއެރުވުމަށް މަސައްކަތްކުރުމުގެ ފުރުޞަތު ދިނުމެއް ނޫނެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ހާތިފް ޙިލްމީ، ޙުސައިން މަޒީދު، ފާޠިމަތު ފަރްހީޒް
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
ހާތިފް ޙިލްމީ · ތާއީދުކުރެއްވީ: ޙުސައިން މަޒީދު، ފާޠިމަތު ފަރްހީޒް
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ތަޢާރުފު

1މި މައްސަލައަކީ، ސިވިލް ކޯޓުގ ނަންބަރ: 144-B5-CR2/CA/2021/945 ކޯޓަ އަމުރާމެދު ހިތްހަމ ނުޖެހިގެން، ޕްލެޓިނަމް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތެ ނ އެއަމުރު ދިވެހިރާއްޖޭގ ހައިކޯޓުގައ އިސްތިއުނާފި ކުރުމުން، މަޝޭ އިންވެސްޓްމަންޓް ލިމިޓެޑގ މައްޗަށް ރައްދުވާގޮތަށް ބަލާފައިވާ މައްސަލައެކެވެ.

ކަންހިނގާފައިވާ ގޮތް

2ބްރިޓިޝް ވާރޖަން އައިލަންޑްސްގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެއް ކަމުގައިވާ މަޝޭ އިންވެސްޓްމަންޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ޕްލެޓިނަމް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓ ލިމިޓެޑގް މައްޗަށ 24 އެޕްރީލް 2016 ވަނަ ދުވަހު ސިވޭ ލ ކޯޓުގައި ދަޢުވާކޮށްފައިވެއެވެ. އެއް މަޝޭ އިންވެސްޓްމަންޓް ލިމިޓެޑްއާއި ޕްލެޓިނަމް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ޙިއްޞާ އެކުލެވޭގޮތަށ ޕްލެޓިނަމް ހޮޓެލްސް އެންޑް ރިޒޯޓްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް )PHRM( ގެ ނަމުގައި ކުންފުންޏެއް ރަޖިސް ޓްރީކުރުމަށ ދެފަރާތުން އެއްބަސްވެ، މަޝޭ އިންވެސްޓްމަންޓް ލިމިޓެޑްގެ ފަރާތުނ 1,000,000.00 USD )އެއް މިލިއަން އެމެރިކާ ޑޮލަރު( އެކަމަށް އިންވެސްޓްކޮށްފައިވާއިރު، ޕްލެޓިނަމް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްއިން ހޯދައިދޭނެކަމަށ ބުން ރަށް ދަޢުވާ ހުށަހެޅި ތާރީޚާއި ހަމައަށްވެސް ހޯދައިދެވިފައި ނުވާތީ، ޓޫރިސްޓް ރިޒޯޓެއް ތަރައްޤީކުރުމަށްޓަކައި މަޝޭ އިންވެސްޓްމަންޓް ލިމިޓެޑްގެ ފަރާތުނ ހޭދަކޮށްފައިވާ 1,000,000.00 USD )އެއް މިލިއަން އެމެރިކާ ޑޮލަރު( އެކީ އެއްފަހަރާ މަޝޭ އިންވެސްޓްމަންޓް ލިމިޓެޑްއަށް ދެއެ ކމަށ ޕްލެޓިނަމް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށ އަމުރުކޮށްދިނުމަށާއި، ޕްލެޓިނަމް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްއިން އެއްބަސްވިގޮތާއި ޚިލާފުވުމުގެ ސަބަބުނު މަޝޭ އިންވެސްޓްމަންޓް ލިމިޓެޑްއަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށާފަހުން ދަޢުވާކުރުމުގެ ޙައްޤު މަޝޭ އިންވެސްޓްމަންޓް ލިމިޓެޑްއަށް ލިބިގެންވާކަމަށް ކަނޑައަޅައިދިނުމަށް އެދި ސިވިލް ކޯޓުގައި ކޮށްފައިވާ ދަޢުވާއެވެ. ސިވިލް ކޯޓުގެ ނަންބަރު: 808/Cv-C/2016 ޤަޟިއްޔާއިން ބެލި އެ މައްސަލަ އެ ކޯޓުން 14 މާރިޗު 2017 ގައި ނިންމާފައިފއިވަނީ، " ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާ ތަކަށާއި ހުށަހެޅިފައިވާ ބަޔާންތަކާއި ލިޔުންތަކުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު މިދަޢުވާގައި މަޝޭ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑގު ފަރާތުނ ހޯދުމަށް ދަޢުވާކުރާ ފައިސާއަކީ މަޝޭ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑއާ ޕްލެޓް ނަމަ ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާއި ދެކުންފުނި ޙިއްޞާވެގެނ ޓޫރިސްޓް ރިޒޯޓެއް ހިންގުމަށްޓަކައި ރަށެއް ހޯދައި ދިނުމަށާއި، އެރަށް ތަރައްޤީކޮށް ހިންގުމަށް ދަޢުވާކުރާ ފަރާތާއި ދަޢުވާލިބޭ ފަރާތުގިޙިއްޞާ އެކުލެވޭގޮތަށ ޕްލެޓިނަމް ހޮޓެލްސް އެންޑް ރިޒޯޓްސް މޯލްޑިވސ ޕްރައިވެޓް ލިމިޓެޑް )PHRM ( ގެ ނަމުގައި ކުންފުންޏެއް ރަޖިސްޓްރީ ކުރުމަށް އެއްބަސްވެގެން ދީފައިވާ ފައިސާއެއްކަން ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮތުމާއިއެކިބަޔާންވެދިޔަ ޓޫރިސްޓް ރިސޯޓު ތަރައްޤީ ކުރުމަށްޓަކައި ހޯދައިދިނުމަށް އެއްބަސްވިރަށްކަމުގައިވާ ގއ. ދިގުރަށް ދަޢުވާލިބޭ ޕްލެޓިނަމް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހޯދާފައި ނުވާއިރު މިދެފަރާތުގެ ދެމެދު ހިންގަން އެއްބަސްވި ބަޔާންވެދިޔަ ޕްރޮޖެކްޓާއ ގުޅިގެނި ޕްލެޓިނަމް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްއަށް މަޝޭ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުން ދީފައިވާ 1,000,000.00 USD އެއް) މިލިއަނާ އެމެރިކާ ޑޮލަރު ( އެޕްރޮޖެކްޓަށ އިންވެސްޓް ކޮށްފައިވާކަން ޝަރީޢަތަށް ސާބިތް ނުވާތީ، މަޝޭ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޕްލެޓިނަމް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށް ދީފައިވާ 1,000,000.00 USD ) އެއްމިލިއަނ އެމެރިކާ ޑޮލަރް( އަކް ޕްލެޓިނަމް ކެޕިޓަލްހޯލްޑިންގްސ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުނ މަޝޭ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑަށް އަނބުރާ ރައްދުކުރަންޖެހޭ ފައިސާއެއްކަން މަދަނީ މިންގަޑުން ޝަރީޢަތަށް ސާބިތުވެއްޖެކަމަށް ކަނޑައަޅައި މިފައިސާ މަޝޭ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑަށް ލިބިދިނުމުގެ ގޮތުނ 14 މާރިޗް 2017 މިދުވަހުންފެށިގެން މަދުވެގެން އެމަހަކަށް ޖެހޭވަރު އެމަހަކު ސިވިލްކޯޓަށް ފައިސ ދައްކަމުންގޮސް މީލާދީ 03 )ތިނެއް( މަސްދުވަހުގެ ތެރޭގައި މިފައިސާ ދައްކާ ޚަލާޞް ކުރުމަށް ދަޢުވާލިބޭ ޕްލެޓިނަމް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށް އެންގި ޙުކުމާ ކޮށްފީމެވ". މިފަދައިންނެވެ.

3ޕްލެޓިނަމް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު: 808/Cv-C/2016 ޤަޟިއްޔާދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކށްފައިވެއެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު: 2017/HC-A/274 ޤަޟިއްޔާއިން ބެލުން އެ މައްސަލައިގައި، ސިވިލް ކޯޓުން ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ޤާނޫނީ ނުވަތަ ޝަރުޢީ ހަމައެއް ނެތްކަމަށް 22 އެޕްރީލް 2019 ގައި، އޤަޟިއްޔެ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގް ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށފައިވެއެވެ.

4ސިވިލް ކޯޓުގެ ނަންބަރު: 808/Cv-C/2016 ޤަޟިއްޔާއިން ސާބިތުވެގެން ޕްލެޓިނަމް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މަޝޭ އިންވެސްޓްމަންޓް ލިމިޓެޑްއަށް ދައްކަންޖެހޭ ފައިސާ ޙުކުމާ އެއްގޮތަށް ދައްކާފައިނުވާތީ، އެ ޤަޟިއްޔާގެ ޙުކުމް ތންފީޛުކުރުމުގ ގޮތުނެ ސިވިލް ކޯޓުގް ނަންބަރު: 3552/Cv-C/2019 ޤަޟިއްޔާ އެ ކޯޓުގައި ބެލެވުނެވެ. ސިވިލް ކޯޓުގެ ތަންފީޛީ ޤަޟިއްޔާ އެ ކޯޓުގައި ހިނގަމުންދަނިކޮށް، ސިވިލް ކޯޓުގެ ނަންބަރު: 808/Cv-C/2016 ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބެލނ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު: 2017/HC-A/274 ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: 197-BAI/144/2019/109 )14 ނޮވެންބަރު 2019( ސިޓީއިން އެނގެން އޮންނާތީ، ސވިލ ކޯޓުގް ނަންބަރު: 3552/Cv-C/2019 ތަންފީޛީ ޤަޟިއްޔާ އެ ކޯޓުގައި އެހިނދުގައި ކުރިއަށް ގެންދާނެތަނެއ ނެތްކަމަށް ކަނޑައަޅައް ޙުކުމްކޮށާއްޤަޟިއްޔ ސިވިލް ކޯޓުނ 18 ނޮވެންބަރު 2019 ވަނަ ދުވަހު ނިންމާފައިވެއެވެ.

5ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު: 2017/HC-A/274 ޤަޟިއްޔާ ނިންމާފައިވާ ގޮތާމެދު ހިތްހަމަ ނުޖެހިގެނާޕްލެޓިނަމ ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެ ޤަޟިއްޔާ ދިވެހިރާއްޖޭގ ސުޕްރީމް ކޯޓުގައި އިސްތިއުނފުކުރުމުގެ ހުއްދައަށް އެދިފައިވެއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: -L/1332019/SC މައްސަލަ ބަލައިގަތުމާމެދު ނިންމި ގޮތުގެ ރިޕޯޓަށް ބަލާއިރުގައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު: 2017/HC-A/274 ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުގެ ހުއްދަ ދެވެން ނެތްކަމަށް އެ މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން 14 ސެޕްޓެންބަރު 2020 ވަނަ ދުވަހު ނިންމާފައިވެއެވެ.

6ސިވިލް ކޯޓުގެ ނަންބަރު: 808/Cv-C/2016 ޤަޟިއްޔާއިން ސާބިތުވެގެން ޕްލެޓިނަމް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މަޝޭ އިންވެސްޓްމަންޓް ލިމިޓެޑްއަށް ދައްކަންޖެހޭ ފައިސާ ޙުކުމާ އެއްގޮތަށް ދައްކާފައިނުވާތީ، ދެވަނަ ފަހަރަށް އެ ޤަޟިއްޔާގެ ޙުކުމް ތަންފީޛުކުރުމުގެ ގޮތުން ސިވިލް ކޯޓުގ ނަންބަރު: 10/Cv-C/2021 ޤަޟިއްޔާ އެ ކޯޓުގައި ބަލަން ފަށާފައިވެއެވެ. ސިވިލް ކޯޓުގެ ނަންބަރު: 10/Cv-C/2021 ޤަޟިއްޔާގެ ތެރެއިން ދިވެހިރާއްޖޭގްއި ރަޖިސްޓްރީ ކޮށްފައިވަބޭންކުތަކުގައި ޕްލެޓިނަމް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި އެއްވެސް އެކައުންޓެއް ހުޅުވާފައިވާނަމަ އެ އެކައުންޓަކާއ ބެހި މަޢުލޫމާތު ސިވިލް ކޯޓަށް އެންގުމަށާއި، އެ ފަރާތުގެ ނަމުގައި ހުޅުވާފައިވާ އެއްވެސް އެކައުންޓެއްގައި 1,000,000.00 USD )އެއް މިލިއަން އެމެރިކާ ޑޮލަރު( ނުވަތަ އެ މިންވަރަށް އެހެން ޤައުމެއްގެ ފައިސާ ހުރިނަމަ 1,000,000.00 USD )އެއް މިލިއަން އެމެރިކާ ޑޮލަރު( އާ އެއްވަރުގެ ޢަދަދަކަށް ފައިސާ ހިފެހެއްޓުމަށާއި، އެ ފަރާތުގެ ނަމުގައި އެއްވެސް އެކައުންޓެއްގައި 1,000,000.00 USD )އެއް މިލިއަން އެމެރިކާ ޑޮލަރު( އަށްވުރެ މަދު ޢަދަދަކަށް ފައިސާ ހުރިނަމަ އެފައިސާއެއް އެކުގައި ހ ފެހެއްޓުމަށްފަހު ސިވިލ ކޯޓަށް އެންގުމަށް ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ބޭންކުތަކުގެ މައްޗަށް އަމުރުކޮށް 17 މާރިޗު 2021 ވަނަ ދުވަހު ސިވިލް ކޯޓުންކޯޓު އަމުރެ ތަކެއް ނެރެފައިވެއެވް . އަދި އެ ކޯޓު އަމުރުތަކުގެ ދަށުން ޕްލެޓިނަމް ކެޕިޓަލް ހޯލްޑިންގްސް ޕެރައިވެޓް ލިމިޓެޑގް ބޭންކް އެކައުންޓްތައް ފްރީޒްކުރިކުރުނ ދޫކޮށްލުމަށް 11 އަދި 12 މޭ 2021 ވަނަ ދުވަހު ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ބޭންކުތަކުގެ މައްޗަށް އަމުރުކޮށް ސިވިލް ކޯޓުން ކޯޓު އަމުރު ނެރެފައިވެއެވެ .

7އިސްތިއުނާފުކުރެވިފައިވާސިވިލ ކޯޓުގް ނަންބަރ: 144-B5-CR2/CA/2021/945 ކޯޓު އަމުރަށް ބަލާއިރުގައި އ އަމުރްކީ، އިސްތިއުނާފުކުރާ ފަރާތް ކަމުގައިވާ ޕްލެޓިނަމް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓ ލިމިޓެޑްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސ ޕަބްލިކް ލިމިޓެޑި ގައި ހުޅުވާފައިވާ އެކައުންޓްތކުގައ US$1,000,000 )އެއްމިލިއަން އެމެރިކާ ޑޮލަރު( ނުވަތަ އެ މިންވަރަށް އެހެން ޤައުމެއްގެ ފައިސާ ހުރިނަމަ ސިވިލް ކޯޓަށް ފޮނުވުމަށާއ، އެމިންވަރަށްނެތްނަމާ ހުރާ އެންމެހާ ފައިސ 25 އޭޕްރީލް 2021 ވަނަ ދުވަހުގެ 12:00ގްކުރިންސިވިލ ކޯޓަށް ޖަމާކުރުމަށް، ބޭންކްއޮފް މޯލްޑިވްސްޕަބްލިކް ލިމިޓެޑިއަށ އަންގައި ސިވިލް ކޯޓުގެ ނަންބަރު: 590-R2/CA/2021/583C-B5-144 ކޯޓު އަމުރުތައް ސިވިލް ކޯޓުގެ ނަންބަރު: 1121-R2/CA/2021/1114C-B5-144 ކޯޓު އަމުރުތައް އަމުރުކޮށް އެ ކޯޓުނ 19 އެޕްރީލް 2021 ވަނަ ދުވަހު، ސިވިލް ކޯޓުގެ ނަންބަރު: 10/Cv-C/2021 ތަންފީޛީ ޤަޟިއްޔާގެ ތެރެއިން، ނެރެފައިވާ ކޯޓު އަމުރެކެވެ. ސިވިލް ކޯޓުގެ ކޯޓު އަމުރު:

8ސިވިލް ކޯޓުގެ ނަންބަރ: 144-B5-CR2/CA/2021/945 ކޯޓު އަމުރުގައި ވަނީ، "ފަހެ، )ރަޖިސްޓްރީ ނަންބަރު C-702/2005 ( ޕްލެޓިނަމް ކެޕިޓަލް ހޯލްޑި ންގްސި ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ތިޔަ ބޭންކްގައި ހުޅުވާފައިވާ އެކައުންޓްތަކުގައ US$1,000,000 )އެއްމިލިއަން އެމެރިކާ ޑޮލަރު( ނުވަތަ އެމިންވަރަށް އެހެން ގައުމެއްގެ ފައިސާ ހުރިނަމަ ފޮނުވުމަށާއި، އެމިންވަރަށް ނެތްނަމަ ހުރި އެންމެހާ ފައިސ 25 އޭޕްރީލް 2021 ވަނަ ދުވަހުގެ 12:00ގެ ކުރިން މި ކޯޓަށް ޖަމާކުރުމަށް، ބޭންކް އޮފް މޯލްޑިވްސ ޕލކ އަށް އަންގައި އަމުރުކޮށްފީމެވެ." މިފަދައިންނެވެ. ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ ނުކތު އާއި، އެ ނުކުތއަށާ ދީފައިވާ ރައްދު:

9ސިވިލް ކޯޓުގެ ނަންބަރ: 144-B5-CR2/CA/2021/945 ކޯޓު އަމުރު އިސްތިއުނާފުކުރަމުންޕްލެޓިނަމ ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓެލިމިޓެޑް ގ ފަރާތުނ 01 )އެކެއް( އިސްތިއުނާފެ ނުކުތާ ހުށަހަޅާފައިވެއެވ. މި ގޮތުންޕްލެޓިނަމ ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާގީފަރާތުން ހުށަހަޅާފައިވީއިސްތިއުނާފ ނުކުތާއަކީ، )ހ( ސިވިލ ކޯޓުގް ނަންބަރ: 144-B5-CR2/CA/2021/945 ކޯޓް އަމުރުގެ ދަށުން ބޭންކް އޮފް މޯލްޑިވްސާޕަބްލިކ ލިމިޓެޑް ގައި ހުޅުވާފައިވާ އެކައުންޓްތަކުނ ފައިސް ކޯޓަށް ފޮނުވުމަށް އަންގާފައިވަނީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު: 2014/HC-A/119 ޤަޟިއްޔާގައ ކަނޑައަޅާފައިވި އުޞޫލާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނކުތާއެވެ. މި ނުކުތާގެ ރައްދުގައި މަޝޭ އިންވެސްޓްމަންޓް ލިމިޓެޑްގެ ފަރާތުނ ބުނެފައިވަނީ،އިސްތިއުނާފުކުރާ ފަރާތުން ޙަވާލާދީފައިވާ ޤަޟިއްޔާގައި އިސްތިއުނާފު ކުރެވުނު އަމުރާއި، އިސްތިއުނާފުކުރެވިފައިވާ އަމުރާއި މައުޟޫޢީ ގޮތުން ތަފާތު ކަމަށެވެ. އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފު ފޯމުގައި ވަގުތީ އަމުރެއް ނެރެދިނުމަށް އެދިފައިވުން

10ސިވިލް ކޯޓުގެ ނަންބަރ: 144-B5-CR2/CA/2021/945 ކޯޓް އަމުރު ދިވެހިރާއްޖޭގު ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ޕްލެޓިނަމް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓޑުނެ ހުށަ ހެޅި އިސްތިއުނާފު ފޯމުގެ 10 ވަނަ ނަންބަރުގައި، ވަގުތީ އަމުރަކަށް އެދިފައިވާއަސް، ވަގުތު އަމުރަށް އެދި ހުށަހަޅެފޯމ ހުށަހަޅާފައިނުވެއެވ. މގޮތުނި 08 ޖުލައި 2021 ވަނަ ދުވަހު ދިވެހިރާއްޖޭގ ހައިކޯޓުގައި ބޭއްވުނު މ މައްސަލައިގެ އަޑުއެހުމުގައި އެކަމާއިބެހޭ ގޮތުން ސުވާލުކުރުމުން މައުޟޫޢީ މައްސަލައާމެދު ފައިޞާލާކޮށްދިނުމަށ ޕްލެޓިނަމް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑނު އެދިފައިވެއެވެ.

އިސްތިއުނާފުކޮށްފައިވާ މައްސަލަ

11HN1ޕްލެޓިނަމް ކެޕިޓަލްހިލްޑިންގްސ ޕްރައިވެޓް ލިމިޓެޑުނާމި މައްސަލައިގައެޙަވާލާދީފައިވ ދިވެހިރާއްޖޭގު ހައިކޯޓުގެ ނަންބަރ: 2014/HC-A/119 ޤަޟިއްޔާއަކީ ސިވިލް ކޯޓުގެ ނަންބަރު: 518/Cv-C/2014 ޤަޟިއްޔާގެ ޙުކުމް ތަންފީޛުކުރުމަށްޓަކައ ބެލި އެ ކޯޓުގ ނަންބަރު: 534/Cv-C/2014 ޤަޟިއްޔާގެ ތެރެއިން ނެރެފައިވުއެކައުންޓް ފްރި ޒްކުރުމުގ އަމުރެ ދިވެހިރާއްޖޭގެ ހައިކޯޓުގައާއިސްތިއުނާފުކުރުމުނެބަލާފައިވ ޤަޟިއްޔާއެކެވެ. އެ ޤަޟިއްޔާގެ ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާގެ 4 ވަނަ ނަންބަރުގެ )ހ( އަށް ބލައިރުގައި، ކޯޓުން ބަލަމުންދާ ޙުކުމް ތަނފީޛުކުރުމުގ މައްސަލައެއްގެ ތެރެއިން، އެކައުންޓް ފްރީޒްކުރުން ފަދަ އަމުރުތައް، އެ އަމުރުތައް ންރެ މުގެ މަޤްޞަދު ގެއްލިގެނާ ނުދާގޮތަށް،ފްރީޒްކުރުމަށް އަމުރުކުރިއެކައުންޓް ނިސްބަތްވާ ފަރާތުގު ބަހެއް ނެތައ އަމުރެ ނެރުމުގެ ބާރު ކޯޓަށް ލިބިގެންވާކމަށާފާހަގަކޮށްފައިވެއެވެ. އަދި އެ ޤަޟިއްޔާއާ ޙަވާލާދީ، މި މައްސަލައިގައާ ޕްލެޓިނަމް ކެޕިޓަލް ހ ލްޑިންގްސ ޕްރައިވެޓް ލިމިޓެޑުން ޙަވާލާދީފައިވާ އިސްތިއުނާފީ ނުކުތާ ބިނާކޮށްފައިވާ އެ ޤަޟިއްޔާގެ ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާގެ 4 ވަނަ ނަންބަރުގެ )ރ( އަށް ބަލާއިރުގައި، އެ އަކުރް ގައި، ޙުކުމް ތަންފީޛުކުރުމަށު ޓަކައި ކޯޓުން އަމުރަކުރާއިރުގައި،މައްސަލަ ހުށަހެޅި ފަރާތުގެ ޙައްޤު ރައްކާތެރިކުރުމުގެ މައްޗަށް ބަލަންޖެހޭއިރު، އެ ފިޔަވަޅުގެ ސަބަބުނަމައްސަލ ރައްދުވަ ފަރާތަ ނުވަތް ރައްދުވަ ކުންފުނި ނުވަތަ މުއައްސަސާގެ މުވައްޒަފުންނަށާއި، އެތަނުން ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ލިބިދާނެ ގެއްލުންތަކުގެ މައްޗަށް ބ ލަންވާނެކަމަށާއި އެ އަމުރުގައި އެ އަމުރު ނެރެންޖެހުނ ސަބަބު ބަޔާންކޮށްފައި އޮންނަންވާނެކަމިށާއް އަދޭއ ޤަޟިއްޔާގެ ތެރެއިނާ ލިބެންޖެހްފައިސްކޯޓަށް ޖަމާކުރުމުނ ފްރީޒްކޮށްފައިވާ އެކައުންޓް ދޫކޮށްލަންޖެހޭނެކަމަށ ބަޔާންކޮށްފައިވެއެވެ.

12HN2މ މައްސަލައިގައި ޕްލެޓިނަމް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން އިސްތިއުނާފުކޮށްފައިވާ ސިވިލ ކޯޓުގު ނަންބަރ: 144-B5-CR2/CA/2021/945 ކޯޓު އަމުރަކާ އެކައުންޓް ފްރީޒްކުރުމަށް ނެރެފައިވ އަމުރެއް ނޫނެވެ. އެ އަމުރަކީ އެކައުންޓުގައި ހުރި ފައިސާގެ ތެރެއިން ސާބިތު ދަރަނީގެ ގޮތުގައި ސާބިތުވެފައިވާ US$1,000,000 )އެއްމިލިއަން އެމެރިކާ ޑޮލަރު( ކޯޓަށް ޖަމާކުރުމަށް ބޭންކް އޮފް މޯލްޑިވްސް ޕަބްލިކް ލިމިޓެޑަށާއަންގައި، ކޮށްފައިވާ އަމުރެކެވެ.އ އަމުރުގެ ދަށުން ގެނެވެނ ހުރް ފައިސި ކޯޓަށް ގެނެސްފައިވެއެވެ. އަދި އެ އެކައުނުޓަކެފްރީޒްކުރުމަށްފަހްމިހާރު ދޫކޮށްލާފައިވާ އެކައުންޓްއްކަނަޕްލެޓިނަމ ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވެއެވެ . 08 ޖުލައި 2021 ގައި ދިވެހިރާއްޖޭގެ ހައިކޯޓުގައި ބޭއްވުނު އަޑުއެހުން.

13HN3HN4ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު: 2014/HC-A/119 ޤަޟިއްޔާގެ ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާގެ 4 ވަނަ ނަންބަރުގެ )ހ( އަށް ބ ލ އިރުގައި، ޕްލެޓިނަމް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުގެ ބަހެއް ނެތެ މިފަދަ އަމުރެއް ނެރުމުގެ ބާރު އެ މައްސަލަ ބަލާ ފަނޑިޔާރަށް ލިބިގެންވުއެވެ.އަދ އަމުރުގައި އެއަމުރ ނެރެންޖެހުނ ސަބަބު ތަފްޞީލުކޮށް ބަޔާންކޮށްފައި ނެތަސް، އެ އަމުރު ނެރެފައިވަނީ ސިވިލް ކޯޓުގެ ނަންބަރ: 808/Cv-C/2016 ޤަޟިއްޔާއިން ސާބިތުވެގެން ޕްލެޓިނަމް ކްޕިޓަލެ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން މަޝޭ އިންވެސްޓްމަންޓް ލިމިޓެޑްއަށް ދައްކަންޖެހޭ ފައިސާ ޙުކުމާ އެއްގޮތަށް ދައްކާފައިނުވާތީ،އެ ފައިސ ކޯޓަށެ ޖަމާކުރުމަށްކަނ އެނގެއެވެ . މި މައްސަލައިގައި ކޯޓުން ޖަމާކުރުމަށް އަމުރުކޮށްފައިވާފައިސާގެޢަދަދަށ ބަލާއިރުގައި، އ ޢަދަދަކި ޕްލެޓިނަމް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން މަޝޭ އިންވެސްޓްމަންޓް ލިމިޓެޑްއަށް ދައްކަންޖެހޭ ފައިސާގެ ޢަދަދެވެ. އަދ އެކައުންޓުގައިވާ ފައިސާ ކޯޓަށްޖަމާކުރުމަށްފަހު ޕްލެޓިނަމް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލ މިޓެޑުގެ އެކައުންޓް ތައާކޯޓުނި ދޫކޮށްލާފައިވާތީ، އެ މައްސަލަ ބެލި ފަނޑިޔާރު،މައްސަލަ ހުށަހްޅި ފަރާތާއި، މައްސަލަ ރައްދުވެފަރާތުގެ ޙައްޤުތަކަށިބަލާފައިވައެވެ. އަދާމައްސަލ ރައްދުވް ފަރާތުގު ޙައްޤުތަކަށް ފަނޑިޔާރާ ބެލުމަކީ، ދަރަނިވެރިޔާ، ދަރަނި އަދާނުކޮށް އަމިއްލަ މަޞްލަޙަތު ނުވަތެ ވިޔަފާރީގެ މަޞްލަޙަތު ކުރިއެރުވުމަށ މަސައްކަތްކުރުމުގ ފުރުޞަތު ދިނުމެއް ނޫނެވެ.ވީމާ، އިސްވެ ބަޔާނވެދިޔް ކަންކަނަ އެގޮތުގައި ހުރުމުން، ސިވިލް ކޯޓުގ ނަންބަރ: 144-B5-CR2/CA/2021/945 ކޯޓް އަމުރު ބާޠިލުކުރަންޖެހޭ ސަބަބެއެ އޮތްކަމަށް އަހުރެން ނުދެކެމެވެ. ސިވިލް ކޯޓުގެ ނަންބަރު: K(T)/2020/2347 ކޯޓުން އިސްވެ ތަންފީޛަށް ފަށާ ފޯމާއި ކޯޓު އަމުރު އެކުގައި ބަލާލުމުން.

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ހައިކޯޓުގެ ނަންބަރު 2014/HC-A/119 ޤަޟިއްޔާ

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ