އަޙްމަދު ފަޠީން ވ. އެލް އެފް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ސިވިލް ކޯޓު 97-Cv-C/HD/2020
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ސިވިލް ކޯޓުގެ 97/Cv-C-HD/2020 ޤަޟިއްޔާގައި ނިންމި ނިންމުން އިސްތިއުނާފުކުރެވުނު. އެ ނިންމުމުގެ ތަފްޞީލެއް ރިޕޯޓުގައި ބަޔާންކޮށްފައެއް ނުވޭ.
- ވާޤިޢާ
- ކޮމަންޑޫގެ / ށ. ފޯކައިދޫ، އަޙްމަދު ފަތީން، އެލް.އެފް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ރައްދުވާ ގޮތަށް ހުށަހެޅި އިސްތިއުނާފު 22 ޖޫން 2021 ގައި ރަޖިސްޓްރީކުރެވުނު. ޝަރީޢަތަށް ޙާޟިރުވުމުގެ އަމުރާ އިސްތިއުނާފުކުރި ފަރާތާއި ވަކީލް ޙަވާލުވި.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ސިވިލް ކޯޓުގެ 97/Cv-C-HD/2020 ޤަޟިއްޔާ އިސްތިއުނާފުކުރި ފަރާތުގެ ވަކީލް ޝަރީޢަތް އޮތް ދުވަހު ހެނދުނު ތަނާޒުލްވިކަމުގެ ފޯމު ފޮނުވައި އަޑުއެހުން ކެންސަލްކޮށްދިނުމަށް އެދުނަސް، އަޑުއެހުން އޮންނާނެކަން އަންގާފައިވާއިރު ޙާޟިރުނުވެ މަޤްބޫލު ސަބަބެއްވެސް ނުއަންގާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާއިދުގެ 48 ވަނަ މާއްދާގެ (ހ) ގެ ދަށުން ދަޢުވާ ފޯމު ބާޠިލުކުރަންވީތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- ޝަރީޢަތް އޮތް ދުވަހުގެ ހެނދުނު (29 ޖަނަވަރީ 2024) އިސްތިއުނާފުކުރި ފަރާތުގެ ވަކީލް، މައްސަލައިގައި ތަނާޒުލްވިކަމަށް ބުނެ ތަނާޒުލްވިކަމުގެ ފޯމު ފޮނުވައި، އަޑުއެހުން ކެންސަލްކޮށްދިނުމަށް މެއިލުން އެދުނު.
- ކޯޓުގެ ސަބަބުތައް
- އަޑުއެހުން ކެންސަލް ނުކުރެވޭނެކަމާއި އަޑުއެހުން އޮންނާނެކަން މެއިލާއި ފޯނުން އިސްތިއުނާފުކުރި ފަރާތަށް އަންގާފައިވީނަމަވެސް، އަމުރުގައިވާ ތާރީޚާއި ގަޑިއަށް ޙާޟިރުނުވެ މަޤްބޫލު ސަބަބެއްވެސް ނުއަންގާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާއިދުގެ 48 ވަނަ މާއްދާގެ (ހ) ގެ ދަށުން، ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން 29 ޖަނަވަރީ 2024 ގައި ދަޢުވާ ފޯމު ބާޠިލުކުރި.
ނިންމުން
ދަޢުވާ ފޯމު ބާޠިލު · ދަށު ކޯޓުގެ ނިންމުމަށް ބަދަލެއް ނާދޭސިވިލް ކޯޓުގެ 97/Cv-C-HD/2020 ޤަޟިއްޔާއާމެދު ގޮތެއް ނުނިންމައި، އިސްތިއުނާފުކުރި ފަރާތް ޝަރީޢަތަށް ޙާޟިރުނުވުމުން ދަޢުވާ ފޯމު ބާޠިލުކުރި (ފަނޑިޔާރުންގެ އިއްތިފާޤުން)
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ވަކީލުންނާއި ފަނޑިޔާރުން
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- ޢަބްދުﷲ ޢަލީ
- ބެންޗު
- ފަނޑިޔާރު މުޙައްމަދު ނިޔާޒް، ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ (ރިޔާސަތު)، ފަނޑިޔާރު ޙުޒައިފާ މުޙައްމަދު
- ރިޔާސަތު
- ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ
- ރައުޔު ލިޔުނު ފަނޑިޔާރު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ދަޢުވާ ފޯމް ބާޠިލުކުރި ރިޕޯޓު
1ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާ ނަންބަރު: 2021/HC-A/191
2މައްސަލަ ހުށަހެޅި ފޯމުގެ ބާވަތް: އިސްތިއުނާފު ކުރުމަށް އެދި ހުށަހަޅާ ފޯމު
3މައްސަލަ ރަޖިސްޓްރީކުރެވުނު ތާރީޚް: 22 ޖޫން 2021
* ބާޠިލުކުރި ތާރީޚް: 29 ޖަނަވަރީ 2024
4އިސްތިއުނާފު ކުރި ފަރާތް:
ފުރިހަމަ ނަން: އަޙްމަދު ފަތީން
* ދާއިމީ އެޑްރެސް: ކޮމަންޑޫގެ / ށ. ފޯކައިދޫ
އައި.ޑީ.ކާޑު ނަންބަރު: A113856
5އިސްތިއުނާފު ރައްދުވާ ފަރާތް:
ފުރިހަމަ ނަން: އެލް.އެފް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް
* ދާއިމީ އެޑްރެސް: މ. ނައިންހައުސް / މާލެ
ރަޖިސްޓްރީ ނަންބަރު: -
6ހުށަހެޅިފައިވާ މައްސަލަ:
ސިވިލް ކޯޓުގެ ނަންބަރު 97/Cv-C-HD/2020 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި ކޮމަންޑޫގެ / ށ. ފޯކައިދޫ، އަޙްމަދު ފަތީންގެ ފަރާތުން އެލް.އެފް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ރައްދުވާ ގޮތަށް ހުށަހަޅާފައިވާ މައްސަލަ.
7ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމި ގޮތް:
ސިވިލް ކޯޓުގެ ނަންބަރު 97/Cv-C-HD/2020 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި ކޮމަންޑޫގެ / ށ. ފޯކައިދޫ، އަޙްމަދު ފަތީންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން، ބެލުމަށް ހަމަޖެހިފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/191 ޤަޟިއްޔާގެ ޝަރީޢަތް 2023 ޖަނަވަރީ 29 ވަނަ ދުވަހުގެ 11:00 ގައި ބޭއްވުމަށްޓަކައި ފޮނުވުނު، ނަންބަރު 95-B1/CHT/2023/5999 އަދި 95-B1/CHT/2023/6000 "ކޯޓަށް ހާޒިރުވުމުގެ އަމުރު" އާ ކޮމަންޑޫގެ/ ށ. ފޯކައިދޫ، އަޙްމަދު ފަތީން އަދި އަޙްމަދު ފަތީންގެ ވަކީލް އަލްއުސްތާޛް ޢަބްދުﷲ ޢަލީގެ ފަރާތުން ޙަވާލުވެ، އޭގެ ފަހުން، ޝަރީޢަތް އޮތް ދުވަހުގެ ހެނދުނު (29 ޖަނަވަރީ 2024) އަޙްމަދު ފަތީންގެ ވަކީލް މައްސަލައިގައި ތަނާޒުލްވެފައިވާކަމަށްބުނެ ތަނާޒުލްވިކަމުގެ ފޯމް ފޮނުވައި، މިދުވަހުގެ އަޑުއެހުން ކެންސަލް ކޮށްދިނުމަށް މެއިލް އިން އެދިފައިވީނަމަވެސް، މައްސަލަ ކެންސަލް ކުރެވެން ނެތްކަމާއި، މައްސަލަ އޮންނާނެކަމަށް މެއިލްގެ ޒަރިއްޔާއިން އަދި ފޯނުން ގުޅައި އަޙްމަދު ފަތީންއަށް އަންގާފައިވީނަމަވެސް، އެ އަމުރުގައިވާ ތާރީޚާއި ގަޑިއަށް ކޯޓަށް ޙާޟިރުވެފައިނުވާތީއާއި، ގަޑިއަށް ޙާޟިރުވެވެން ނެތްކަން ބަޔާންކޮށް މަޤްބޫލް ސަބަބެއްވެސް ކޯޓަށް އަންގާފައިނުވާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދުގެ 48 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ކޮމަންޑޫގެ / ށ. ފޯކައިދޫ، އަޙްމަދު ފަތީންގެ ފަރާތުން އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/191 ޤަޟިއްޔާގެ ދަޢުވާ ފޯމު، ހައިކޯޓުގައި މިޤަޟިއްޔާ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ބާޠިލުކޮށްފީމެވެ.
8މައްސަލަ ނިންމި ފަނޑިޔާރުން:
ފަނޑިޔާރު މުޙައްމަދު ނިޔާޒް
ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ (ރިޔާސަތު)
ފަނޑިޔާރު ޙުޒައިފާ މުޙައްމަދު
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާއިދު 2011 ގެ 48 ވަނަ މާއްދާގެ (ހ)
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.