ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2021/HC-A/247

ޓީ.ޖީ.އައި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. މާޔަފުށި ރިސޯޓް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑް

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ސުޕްރީމް ކޯޓަށް އިސްތިއުނާފުކޮށްފައި ނުވޭ · ރަޖިސްޓްރީ ބެލީ 15 އޮކްޓޫބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 29 އޭޕްރީލް 2025ދަށު ކޯޓު: ސިވިލް ކޯޓު 1593/Cv-C/2020ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސިވިލް ކޯޓު 1593/Cv-C/2020
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
ދަޢުވާއަށް ދަޢުވާލިބުނު ފަރާތުގެ އިންކާރު އޮތްކަމަށް ދަށުކޯޓުން ނިންމީ (އީމެއިލްތަކަށް ބުރަވެ) ހެއްކާބެހޭ ޤާނޫނުގެ 6 ވަނަ މާއްދާގެ މިންގަނޑާ ޚިލާފަށްތޯ؛ އަދި ޑައިވް ސެންޓަރަށް ގެނައި ތަކެތީގެ އަގު ނަގައިނުދެވޭނެކަމަށް ނިންމީ ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ހ) އާ ޚިލާފަށްތޯ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ދަޢުވާލިބޭ ފަރާތުގެ ޣައިރު ޙާޟިރުގައި ޙުކުމްކުރެވޭއިރު އެ ފަރާތުން ދަޢުވާއަށް އިންކާރުކުރާކަމަށް ބަލައިގެން ދަޢުވާ ކުރިއަށް ގެންދެވޭ ޙާލަތެއްގައި، އިންކާރެއް ނެތްކަމަށް ބަލަންޖެހޭ ޤާނޫނީ ހަމައެއް ދައްކައިދިނުމަކީ އިސްތިއުނާފުކުރާ ފަރާތުގެ ޒިންމާއެކެވެ.

HN2 އީމެއިލް މުރާސަލާތަކަކީ ދަޢުވާގައި ހޯދަން އެދޭ ފައިސާއަށް ނުވަތަ ތަކެއްޗާއި އޭގެ އަގަށް އިޢުތިރާފުވުމެއްކަމަށް ބެލެވޭނީ، އެ އީމެއިލްގެ ލަފްޒަކުން، ޢިބާރާތަކުން ނުވަތަ ދޭހައަކުން އިންކާރެއް ނެތްކަން އެނގެން އޮތްނަމައެވެ؛ އެފަދަ ހަމައެއް ނެތްނަމަ އިންކާރު އޮތްކަމަށް ނިންމުމަކީ ހެއްކާބެހޭ ޤާނޫނުގެ 6 ވަނަ މާއްދާއާ ޚިލާފު ނިންމުމެއް ނޫނެވެ.

HN3 ދަށުކޯޓުން ކޮންޓްރެކްޓް މާނަކުރި ގޮތް ނުރަނގަޅުކަމަށް އިސްތިއުނާފުގައި ބަޙުޘެއް ނުކޮށް، އަލުން މާނަކޮށްދިނުމަށް އެދިފައިނުވާނަމަ، ކޮންޓްރެކްޓެއްގެ އާދައިގެ ޚިލާފެއް ދުސްތޫރީ ޙައްޤެއްގެ ނުކުތާއަކަށް ބަދަލުކޮށް ހުށަހެޅުމުން ދަށުކޯޓުގެ މާނަކުރުމަށް ބަދަލެއް ނާދެއެވެ.

HN4 ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ހ) ގައިވާ މުދާ ހޯދުމާއި މިލްކުކުރުމާއި މުދަލުން މުޢާމަލާތުކުރުމުގެ ޙައްޤަކީ، އަމިއްލަ އިޚްތިޔާރުގައި ވެވޭ ކޮންޓްރެކްޓެއްގެ ދަށުން ކަނޑައެޅޭ އިލްތިޒާމްތައް އެ އެއްބަސްވުމުގެ އިންތަކާ މިންތަކަށްވުރެ ފުޅާކޮށް އައު އިލްތިޒާމްތަކެއް ކަނޑައެޅުމަށް ތަންދޭ މާއްދާއެއް ނޫނެވެ.

HN5 ޞައްޙަކަމާ މެދު ސުވާލު ނުއުފެދޭ އެއްބަސްވުމެއްގައި ދެފަރާތުގެ ޙައްޤުތަކާއި އިލްތިޒާމްތައް ބަޔާންކޮށްފައިވާނަމަ، ދެފަރާތުގެ މެދުގައި ޙަކަމަކަށްވާނީ އެ އެއްބަސްވުމެވެ؛ އެއްބަސްވުމުގައި ތަޢާޤުދީ އިލްތިޒާމެއް ނެތްކަމަށް ބަލައި ދަޢުވާ ރައްދުކުރުމަކީ ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ހ) އާ ޚިލާފު ނިންމުމެއް ނޫނެވެ.

ވަކީލުންނާއި ފަނޑިޔާރުން

އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
ނަދީމް އިބްރާހީމް
ޖަވާބުދާރީވި ފަރާތުގެ ވަކީލުން
މުޙައްމަދު ޝަފާޒް ވަޖީޙް، އާމިނަތު ޖިނާޙާ ޢަލީ ރަޝީދު، ޕްރެކްސިސް ލޯ ފަރމް އެލް.އެލް.ޕީ
ބެންޗު
ޙަސަން ޝަފީޢު، ދީބާނާޒް ފަހުމީ، ޢަބްދުލްމާނިޢު ޙުސައިން
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
ޙަސަން ޝަފީޢު · ތާއީދުކުރެއްވީ: ދީބާނާޒް ފަހުމީ، ޢަބްދުލްމާނިޢު ޙުސައިން
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔު

ތަޢާރަފު

1މިއީ، ސިވިލް ކޯޓްގެ ނަންބަރު 1593/Cv-C/2020 ޤަޟިއްޔާ އިސްތިއުނާފު ކރުމަށު އެދި ޓީ.ޖީ.އައި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ (މީގެ ފަހުން "ޓީ.ޖީ.އައި މޯލްޑިވްސ" ނުވަތް "އިސްތިއުނާފުކުރާ ފަރާތް" ކަމަށް ބަޔާންކޮށްފައިވާ) ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބލަ ފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފރައްދުވާ ފަރާތަކީ، މާޔަފުށި ރިޒޯޓު މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑްއެވެ.

ކަންހިނގާފައިވާގޮތް

2މާޔަފުށި ރިޒޯޓް މެނޭޖްމަންޓުން ހިންގަމުންދާ އއ.އަތޮޅު މާޔަފުށި ރިޒޯޓްގެ ޑައިވް ސެންޓަރު ހިންގުމަށްޓަކައި ޓީ.ޖީ.އައި މޯލްޑިވްސް އާއި މާޔަފުށި ރިޒޯޓް މެނޭޖްމަންޓް އާ ދެމެދު 16 އެޕްރީލް 2016 ގައި "މާޔަފުށި ޑައިވިންގ ބޭސް އޮޕަރޭޝަން އެގްރީމެންޓް"ގެ ނަމުގައި އެގްރީމެންޓއެ ކުރެވުނެވެ.

3މި ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ 14 ވަނަ މާއްދާގެ (f) ގެ ދަށުން ޑައިވް ސެންޓަރު ހިންގުމަށް ބޭނުންވާ ތަކެތި ހޯދުމަކީ ޓީ.ޖީ.އައި މޯލްޑިވްސްގެ ޒިންމާއެއްކަމަށާއި، އެގޮތުން، ތަކެތި ހޯދާފައިވާނެކަމަށް ޓީ.ޖީ.އައި މޯލްޑިވްސްގެ ފަރާތުން ބުނެއެވެ.

4ޓީ.ޖީ.އ އ މޯލްޑިވްސްގެ ފަރާތުން ޑައިވް ސެންޓަރ ހިންގުމަށް ހޯދައިގެން ގެނެސް، އެ ސެންޓަރުގައި ބަހައްޓާފައިވާ ތަކެތި، އެއްބަސްވުން ނިމުމަކަށް އައުމުންވެސް، އަނބުރާ މާޔަފުށި ރިޒޯޓް މެނޭޖްމަންޓުން އެ ފަރާތާ ޙަވާލުކޮށްފައި ނުވާކަމަށްބުނެ، އެ ތަކެތީގެ އަގގު ގޮތުގައި 25,209 USD (ފަންސަވީސް ހާސް ރަޖިސްޓްރީ ނަންބަރު 587/2009-C ރަޖިސްޓްރީ ނަންބަރު 0132/2011-C. މީގެ ފަހުން "މާޔަފުށި ރިޒޯޓް މެނޭޖްމަންޓް" ނުވަތަ "އިސްތިއުނާފުރައްދުވާ ފަރާތް" ކަމަށް ބަޔާންކޮށްފައި އެ ވަނީ މި ފަރާތަށް ނިސްބަތްކޮށެވެ. ދުއިސައްތަ ނުވަ އެމެރިކާ ޑޮލަރު) ހޯދުމަށް އެދި ސިވިލް ކޯޓަށް ޓީ.ޖީ.އައި މޯލްޑިވްސްގެ ފަރާތުން ދަޢުވއެއާ ހުށަހެޅިއެވެ.

5ސިވިލް ކޯޓުން އެ މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 1593/Cv-C/2020 ޤަޟިއްޔާއިންނެވެ. މިއީ އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލާފައިވާ ޤަޟިއްޔާއެވެ.

ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާ

6ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާއަކީ، މާޔަފުށި ޓޫރިސްޓް ރިޒޯޓްގެ ޑައިވް ސެންޓަރު ހިންގުމަށްޓަކައި ޓީ.ޖީ.އައި މޯލްޑިވްސް އާއި މާޔަފުށި ރިޒޯޓް މެނޭޖްމަންޓްއާ ދެމެދު 16 އެޕްރީލް 2016 ގައި ކޮށްފައިވާ މާޔަފުށި ޑައިވިންގ ބޭސް އޮޕަރޭޝަން އެގްރީމެންޓްގެ ދަށުން ޓީ.ޖީ.އައި މޯލްޑިވްސނު މާޔަފުށި ރިޒޯޓްގައި ހިނގަމުންދިޔަ ޑައިވް ސެންޓަރގައ ހުރި ޓީ.ޖީ.އައި މޯލްޑިވްސްގެ ތަކެތި ހަވާލުކޮށްފައިނުވާތީ، އެ ތަކެތީގެ އަގަށްވާ USD 25,209 (ފަންސަވީސްހާސް ދުއިސައްތަ ނުވަ އެމެރިކާ ޑޮލަރު) އަކީ، މާޔަފުށި ރިޒޯޓް މެނޭޖްމަންޓްގެ ފަރާތުން ޓީ.ޖީ.އައި މޯލްޑިވްސްއަށް ދައްކަންޖެހި ނުދައްކާވާ ފައިސާކަމަށް ކަނޑައަޅައިދީ، އެ ފައިސާ އެއްފަހަރާ ދެއްކުމަށް މާޔަފުށި ރިޒޯޓް މެނޭޖްމަންޓްގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި، ޓީ.ޖީ.އައި މޯލްޑިވްސްގެ ފަރާތުން ހުށަހެޅި ދަޢުވާއެކެވެ.

ސިވިލް ކޯޓުގެ ޙުކުމް

7ޓީ.ޖީ.އައި މޯލްޑިވްސްގެ ފަރާތު ން މާޔަފުށި ރިޒޯޓް މެނޭޖްމަންޓްގެ ކިބައިން ޝަރީޢަތް މެދުވެރިކޮށް ހޯދުމަށް އެދުނު ފައިސާ އ ފަރާތުގެ ކިބައިން ނަގައިދެވެން ނެތްކަމަށް ކަނޑައަޅައި، މާޔަފުށި ރިޒޯޓް މެނޭޖްމަންޓްގެ ޣައިރު ޙާޟިރުގައި ސިވިލް ކޯޓުން ޙުކުމް ކޮށްފައިވެއެވެ.

އިސްތިއުނާފަށް ހުށަހެޅުނު ނުކުތާތައް

8އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަކީ:

1.8 ދެފަރާތުގެ ދެމެދުގައި ބަދަލުކޮށްފައިވާ އީމެއިލްތަކުން، ޑައިވް ސެންޓަރު ހިންގުމަށްޓަކައި ޓީ.ޖީ.އައި މޯލްޑިވްސުން ގަނެފައިވާ ތަކެއްޗަކީ އެ ފަރާތުގެ ތަކެތިކަމަށް މާޔަފުށި ރިޒޯޓް މެނޭޖްމަންޓުން ބުނެފައިވަނިކޮށް، ޓީ.ޖީ.އައި މޯލްޑިވްސނު ގަނެފައިވާ ތަކެތި އަނބުރާ ރައްދުކުރަން ނުވަތަ އޭގެ އަގު އަދާކުރުމަށް މާޔަފުށި ރިޒޯޓް މެނޭޖްމަންޓްގެ އިންކާރު އޮތްކަމަށް ބަލަންޖެހޭ ކަމަށް ކަނޑައަޅާފައިވަނީ، ހެކިވަޒަންކުރުމުގައި ހެއްކާބެހޭ ޤާނޫނުގެ 6 ވަނަ މާއްދާގައި ކަނޑައަޅާފައިވާ މިންގަނޑާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާ؛ އާއި

2.8 އެއްބަސްވުމުގެ މުއްދަތު ތެރޭގައި ތަން ހިންގުމަށު ނުވަތް ހޯދާ ތަކެއްޗަށް މާޔަފުށި ރިޒޯޓް މެނޭޖްމެނޓުން ޒިންމާވެ، އެ ތަކެތި ރައްދުކުރަން ނުވަތަ އޭގެ އަގު އަދާކުރަން މާޔަފުށި ރިޒޯޓް މެނޭޖްމަންޓްއަށް ލާޒިމުކުރާނެ ތަނެއް ނެތްކަމަށް ކަނޑައަޅާފައިވަނީ، ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ހ) ގައި ކަނޑައަޅާފައިވާ މުދާ ހޯދުމާއި، މިލްކުކުރުމާއި، ވާރުތަކުރުމާއި، ދިނުމާއި، މުދަލުން މުޢާމަލާތްކުރުމުގެ ހައްޤު ޚިލާފަށާ ކަމަށް ބުން ހުށަހެޅި ނުކުތާއެވެ. އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރި ކަންކަމުގެ ޚުލާސާ ފުރަތަމަ ނުކުތާއާ ގުޅޭ

9ޓީ.ޖީ.އައި މޯލްޑިވްސްގެ ފަރާތުން މާޔަފުށި ރިޒޯޓް މެނޭޖްމަންޓްގެ މައްޗަށް ދަށކޯޓުގައު ކުރިދަޢުވާގައި ހޯދުމަށް އެދުނު ފައިސާ ނަގާދެވެނ ނެތްކަމަށް ދަށުކޯޓުން ކަނޑައަޅާފައި ވާކަން އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރެއެވެ. އެގޮތަށް، އެ ނިންމުން ނިންމާފައިވާ އެއް އަސާސަކީ، ޓީ.ޖީ.އައި މޯލްޑިވްސްގެ ފަރާތުން ގަނެފައިވާ ތަކެތި ރައްދުކުރަން ނުވަތަ އޭގެ އަގުއަދާކުރުމަށް މާޔަފުށި ރިޒޯޓް މެނޭޖްމަންޓްގެ އިންކާރު އޮތްކަމަށް ކަނޑައަޅައިގެންކަމަށް އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރެއެވެ.

10ދަށުކޯޓުގެ ޑޮކިއުމަންޓް 4 ގެ ގޮތުގައި ހުށަހަޅާފައިވާ އީމެއިލްގައި ބަޔާންކޮށްފައިވަނީ، “…TGI must return the Diving equipment in the conditions in which it was in 2015 and only with the material and equipemt present in the inventory. Everything else that TGI bought from 2015 to 2019 is entitle to take away…” މިފަދައިންކަމަށާއި، މި އީމެއިލުން ޓީ.ޖީ.އައި މޯލްޑިވްސުން ގަނެފައިވާ ތަކެއްޗަކީ އެ ފަރާތުގެ ތަކެތިކަމާއި އެ ތަކެތި ގެންދިއުމުގެ ޙައްޤު އޮތްކަމަށް މާޔަފުށި ރިޒޯޓް މެނޭޖްމަންޓނު އެއްބަސްވެފައިވާކަމަށް އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވެއެވެ.

11ދަށުކޯޓުގެ ރިޕޯޓުގެ 08 ވަނަ ނަންބަރުގައި ފަނޑިޔާރު ފާހަގަކޮށްފައިވަނީ، އީމެއިލް ތުރެޑްގައިވާ އީމެއިލްތަކުގެ ތެރެއިން ފުރަތަމަ އީމެއިލްކަމަށާއި، ނަމަވެސް، އެ ތުރެޑްގައިވާ މެއިލްތަކަށ ބެލުމުން ފަހުން ފޮނުވި އީމެއިލްގައި ބަޔާންކޮށްފައިވަނީ، އިސްވެ ބަޔާންކުރިގޮތަށް، ޓީ.ޖީ.އައި މޯލްޑިވްސނު ގަނެފައިވާ ތަކެއްޗަކީ އެ ފަރާތުގެ ތަކެތިކަމާއި އެ ތަކެތި ގެންދިއުމުގެ ޙައްޤު އޮތްކަމަށް މާޔަފުށި ރިޒޯޓުން ބުނެފައިވާއިރު، އެ ފަރާތުގެ އިންކާރު ނެތްކަން އެނގޭކަމަށް އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރެއެވެ.

12އިސްވެ ބުނެވުނު އީމެއިލް ހުށަހަޅާފައިވަނިކޮށް، މާޔަފުށި ރިޒޯޓް މެނޭޖްމަންޓްގެ އިންކާރު އޮތްކަމަށް ދަށުކޯޓުގެ ނިންމުމުގެ ފާހަގަކުރެވޭ ނުކުތާގެ 08 ވަނަ ނަންބަރުގައި ކަނޑައަޅާފައިވަނީ، ހެކިވަޒަންކުރުމުގައި ހެއްކާބެހޭ ޤާނޫނުގެ 6 ވަނަ މާއްދާގައި ކަނޑައަޅާފައިވާ މިންގަނޑާ ޚިލާފަށްކަމަށް އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައވި އެވެ.

ދެވަނަ ނުކުތާއާ ގުޅޭ

13ދަށުކޯޓުން ނިންމާފައިވަނީ، އެއްބަސްވުމުގެ މުއްދަތުގެ ތެރޭގައި ތަން ހިންގުމަށް ނުވަތަ ހޯދާ ތަކެއްޗަށް މާޔަފުށި ރިޒޯޓް މެނޭޖްމަންޓނު ޒިންމާވެ، އެ ތަކެތި ނުވަތަ އެ އޭގެ އަގު އަދާކުރަން އެ ފަރާތަށް ލާޒިމްކުރާނެ މާއްދާއެއް އެއްބަސްވުމުގައި ނެތުމުން، އެ ފަރާތުގެ އަތުން އެ ފައިސާ ނަގާދެވޭނެ ތަނެއް ނެތްކަމަށް ކަނޑައަޅައިކަމުގައ އިސްތިއުނާފުކުރި ފަރާތުން ފާހަގަކުރެއެވެ.

14ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމަކީ، ޑައިވް ސެންޓަރެއް ހިންގުމަށްޓަކައި ވެވުނު އެއްބަސްވުމެއްކަމަށާއި، ޓީ.ޖީ.އައި މޯލްޑިވްސުން ތަން ހިންގުމަށްޓަކައި ތަކެތި ގެނެސް ބޭނުން ކުރެވިދާނެކަމަށް ކަނޑައަޅާފައިވާކަމާއި، އެއްބަސްވުން ނިމުމަކަށް އައުމުން، ޓީ.ޖީ.އައި މޯލްޑިވްސުން ތަނަށް ހޯދާފައިވާ ތަކެތި އަނބުރާ އެ ފަރާތާއި ހަވާލުކޮށްފައިނުވާތީ، އެ ތަކެތި ލިސްޓެއް ހަދައި މާޔަފުށި ރިޒޯޓް މެނޭޖްމަންޓްއަށ ފޮނުވާފައިވާކަމަށް ދަށުކޯޓުގެ ނިންމުމުގެ 08 ވަނަ ނަންބަރުގައި ކަނޑައަޅާފައިވާކަމަށް އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވެއެވެ.

15އެހެންކަމުން، ހޯދުމަށް އެދުނު ފައިސާއަކީ، ޑައިވް ސެންޓަރު ހިންގުމަށް ހޯދާފައިވާ ތަކެތީގެ އަގަށްވާ ފައިސާކަމާމެދު ޝަރީޢަތަށް ސުވާލު އުފެދިފައިނުވާކަމަށާއި، މިކަން ލިޔުންތަކުން ވެސް ސާފުކޮށް އެނގެން އޮތްކަމަށާއި، އެ ތަކެއްޗަކީ އަނބުރާ ގެންދެވޭނެ ތަކެތި ނޫންކަމަށް އެއްބަސްވުމުގައި ކަނޑައަޅާފައިނުވާ ހާލަތެއްގައި އެ ތަކެއްޗަކީ ޓީ.ޖީ.އައިގެ މިލްކެއްކަމަށާއި، އެއްބަސްވުމުގައި އެ ތަކެއްޗަށް ދަޢުވާލިބޭފަރާތުން ޒިންމާވާންޖެހޭކަމަށް ނުވަތަ އޭގެ އަގުދޭނ ނުޖެހޭކަމަށް ލާޒިމްކޮށްފައިވާ މާއްދާއެއް ދެފަރާތުގެ ދެމެދު ކޮށްފައިވާ އެއްބަސްވުމުގައި ނެތްކަމަށްޓަކައި، އެ ތަކެއްޗަކީ ޓީ.ޖީ.އައި މޯލްޑިވްސްއަށް ލިބެންޖެހޭނެ ތަކެތި ކަމަށާއި، އެ ތަކެތި ލިބިފައިނުވާ ހާލަތެއްގައި އެ ތަކެތީގެ އަގަށްވާ ފައިސާއަކީ އިސްތިއުނާފުކުރާ ފަރާތަށް ލިބެންޖެހޭނެ ފައިސާކަމަށް އެ ފަރާތުން ފާހަގަކުރެއެވެ.

އިސްތިއުނާފުކުރާ ފަރާތުން އެދޭގޮތް

16އިސްތިއުނާފުކުރާފަރާތުން އެދިފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 1593/Cv-C/2020 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކައި ޚިލާފަށްކަމަށް ކަނޑައަޅައި، ސިވިލް ކޯޓުގެ ނަންބަރު 1593/Cv-C/2020 ޤަޟިއްޔާގެ ޙުކުމް ބާޠިލްކޮށް، ދަށުކޯޓުގެ ދަޢުވާގައި އެދިފައިވާ ފައިސގާ މިންވަރު މާޔަފުށި ރިޒޯޓް މެނޭޖްމަންޓނު ޓީ.ޖީ.އައި މޯލްޑިވްސަށް އެކީ އެއްފަހަރާ ދައްކަންޖެހޭ ކަމަށް ކަނޑައަޅައިދިނުމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކުރި ކަންކަން އިސްތިއުނާފީ ފުރަތަމަ ނުކުތާއާ ގުޅޭ

17އިސްތިއުނާފުކުރާ ފަރާތުން ދަށު ކޯޓަށް ހުށަހެޅި އީމެއިލްތަކަކީ، މާޔަފުށީގައ ހިންގި ޑައިވް ސެންޓަރަކާ ގުޅޭ އީމެއިލްތަކެއްކަން ކަށަވަރުނުވާކަމަށާއި، ބަހުސްގެ ބޭނުމަށް، އެއީ އެ ޑައިވް ސެންޓަރ ގުޅުންހުރި އީމެއިލްތަކެއްކަމަށް ބެލި ނަމަވެސް، ޓީ.ޖީ.އައި މޯލްޑިވްސުން ހޯދަންއެދޭ މުދަލާ އެ މުދަލުގެ އަގަށާއި އަދި އެ ތަކެއްޗަކީ ޓީ.ޖީ.އައި މޯލްޑިވްސްގެ ތަކެތި ކަމުގެ މައްޗަށް އެއްބަސްވުމަކަށް އާދެވިފައި ނުވާކަން އީމެއިލްތަކުގައި ދައްކާފައިވާ ވާހަކަތަކުން ހާމަވާކަމަށާއި، މާޔަފުށި ރިޒޯޓް މެނޭޖްމަންޓްގެ ފަރާތުން ފޮނުވާފައިވާ އީމެއިލްތަކުގައި މަޝްވަރާކޮށް ހައްލު ހޯދުމަށް އެދޭކަމަށް ބަޔާންކޮށްފައިވާކަމަށް އެ ކުންފުނީގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.

18ބަހުސްގެ ބޭނުމަށް، ޓީ.ޖީ.އައި މޯލްޑިވްސނު ހުށަހަޅާފައިވް އިންވެންޓްރީއަކީ ދެފަރާތް އެއަށް އެއްބަސްވެފައިވާ އިންވެންޓްރީއެއްކަމަށް ބެލިނަމަވެސް، އެ އިންވެންޓްރީގައި "Quote. Naka" މި ނަމުގައި އަގު ކޯޓުކޮށްފައިވާ ފަރާތުން މާޔަފުށި ރިޒޯޓް މެނޭޖްމަންޓް ކަމުގައި ބެލި ނަމަވެސް، އަގު ދޭންޖެހޭ ކަމަށް އެއްބަސްވާ ތަކެއްޗާއި އޭގެ އަގު އެ އިންވެންޓްރީގައި ”Quote. Naka" ލިޔެފައިވާއިރު އެ ކޮލަމްގެ ޖުމްލައަކަށް ލިޔެފައިވަނީ "6717" ކަމަށްވާތީ، 25,209 އެއީ އަގުކަމުގެ މައްޗަށް އެއްބަސްވުމަކަށް އާދެވިފައިނުވާކަމަށް މާޔަފުށި ރިޒޯޓް މެނޭޖްމަންޓުން ފާހަގަކޮށްފައިވެއެވެ.

19އިސްތިއުނާފުރައްދުވާ ފަރާތުން ފާހަގަކޮށްފައިވަނީ، އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފު ފޯމުގައި ހިމަނާފައިވާ އީމެއިލްއަށް ނަޒަރުކުރާއިރުވެސް، އެ އީމެއިލްގައިވަނީ އެއްބައި ނުބައިކޮށް ހިމަނާފައިކަމަށާއި، އެއީ އީމެއިލްގައިވަނީ، “In conclusion, according to the provision of the contract ,TGI must return the Diving in the conditions in which it was 2015 and only with the materials and equipment present in the inventory. Everything else that TGI bought from 2015 to 2019 is entitled to take away.” މިފަދައިން ކަމަށެވެ.

20ހަވާލާދީފައިވާ އީމެއިލްގައި ފާހަގަކޮށްފައިވަނީ، އެއްބަސްވުމާ އެއްގޮތްވާ ގޮތުގެ މަތިން ތަކެތި ގެންދެވިދާނެ ކަމަށާއި، އެއްވެސް ހާލެއްގައި މުތުލަގުކޮށް ތަކެތި ގެންދިއުމަށް ބަޔާންކޮށްފައިނުވާކަމާއި، އަދި އެ އީމެއިލް ތްރެޑްގައި 11 ޖުލައި 2019 ގއ އެއްވެސް އެއްޗެއް ގެންދެވިދާނެކަމަށް އިސްތިއުނާފުރައްދުވާ ފަރާތުން ނުދެކޭކަމަށް ބަޔާންކޮށްފައި އޮތުމުން، ޑޮކިއުމަންޓް 4 ގެ ގޮތުގައި ހުށަހެޅި އީމެއިލްތަކުން ތަކެތި ގެންދިއުމަށް އިސްތިއުނާފުރައްދުވާ ފަރާތުން އެއްބަސްވެފައިނުވާކަން ސާފުވާކަމަށްވެސް ފާހަގަކޮށްފައިވެއެވެ. އަދި ސިވިލް ކޯޓުގެ ނިންމުމުގައި، ޑައިވް ސެންޓަރުގެ އެއްވެސް އެއްޗެއް ރައްދުކުރަން އިސްތިއުނާފުރައްދުވާ ފަރާތުގެ އިންކާރު އޮތްކަމަށް ކަނޑައަޅާފައިވަނީ، އީމެއިލް ތްރެޑްގައި އެފަދައިން ބަޔާންކޮށްފައިވާތީކަމަށް މާޔަފުށި ރިޒޯޓް މެނޭޖްމަންޓުން ފާހަގަކޮށްފައިވެއެވެ.

21ސިވިލ ކޯޓުގް ރިޕޯޓުގެ 09 ވަނަ ނުކުތާ ގައި ދެފަރާތުގެ މެދުގައިވާ އެއްބަސްވުމުގެ 14 ވަނަ މާއްދާގެ (f( ,)g)، (i( ,)k) އަށް ބަލާއިރު ޑައިވް ސެންޓަރުގައި ހުރި ތަކެތި އިތުރަށް ތަރައްޤީކޮށް އިތުރު ތަކެތި ހޯދުމަކީ އިސްތިއުނާފުކުރާ ފަރާތުގެ ޒިންމާއެއްކަމަށާއި، އެއްބަސްވުމުގެ މުއްދަތު ހަމަވެގެން ތަން ދޫކުރާއިރު ކުރިން ހުރި ފެންވަރުގެ ތަކެތި ހުރުން ލާޒިމްކޮށްފައިވާކަމާއި، އެއްބަސްވުމުގެ މުއްދަތު ހަމަވެގެން ތަން ދޫކުރާއިރު ކުރިން ހުރި ފެންވަރުގެ ތަކެތި ހުރުން ލާޒިމްކޮށްފައިވާކަމާއި، ޑައިވް ސެންޓަރު އޮޕަރޭޓްކުރާ މުއްދަތުގައި ތަން މެއިންޓެނެންސްކޮށް ބެލެހެއްޓުމާއި، ތަނަށް ހޯދަންޖެހޭ ތަކެތި ހޯދުމަކީ އިސްތިއުނާފުކުރާ ފަރާތުގެ ޒިންމާއެއްކަމަށްވާއިރ އިސްތިއުނާފުކުރު ފަރާތުން ހޯދާ ތަކެއްޗަށް ކުރާ ޚަރަދަށް އިސްތިއުނާފުރައްދުވާ ފަރާތުން ބަދަލު ދޭން ނުޖެހޭކަމަށް ބަޔާންކޮށްފައިވާތީ އިސްތިއުނާފުކުރާ ފަރާތުން ހޯދާފައިވާތަކެއްޗަށް އިސްތިއުނާފުރައްދުވާ ފަރާތުން ޒިންމާވެ އަގު އަދާކުރަން އެއްބަސްވުމުން އިސްތިއުނާފުރައްދުވާ ފަރާތަށް ލާޒިމްކޮށްފައިނުވާކަނ ފާހަގަކުރެވޭކަމަށް މާޔަފުށި ރިޒޯޓް މެނޭޖްމަންޓުން ފާހަގަކުރެއެވެ.

22އެހެންކަމުން، އީމެއިލްތަކުން ތަކެތި ރައްދުކުރުމަށް އެއްބަސްވެފައިވަނިކޮށް، އެ ފަރާތުގެ އިންކާރުއޮތް ކަމަށް ނިންމާފައިވަނީ ހެކި ވަޒަންކުރުމުގެ މިންގަނޑާ ޚިލާފަށްކަމަށް ޓީ.ޖީ.އައި މޯލްޑިވްސނު ބަޔާންކުރިނަމަވެސް، އެ ފަރާތުން އެއްބަސްވުމުގެ މާއްދާތަކާއި އެއްގޮތަށް ތަކެތި ގެންދެވިދާނެކަމަށް ބަޔާންކޮށްފައިވަނިކޮށް، ހަމަ އެ އީމެއިލް ތްރެޑްގައި ތަކެތި ރައްދުކުރަން ޖެހޭކަމަށް ނުދެކޭކަމަށް ބަޔާންކޮށްފައިވާތީ، ސިވިލް ކޯޓުން ޤާނޫނީ ގޮތުން ގޯހެއް ހަދާފައިވާކަމަށް ނުދެކޭކަމަށް މާޔަފުށި ރިޒޯޓް މެނޭޖްމަންޓުން ދެކޭކަމަށް ފާހަގަކޮށްފައިވެއެވެ.

އިސްތިއުނާފީ ދެވަނަ ނުކުތާއާގުޅޭ

23އިސްތިއުނާފީ ފުރަތަމަ ނުކުތާގެ ޖަވާބުގައިވެސް، ފާހަގަކޮށްފައިވާގޮތަށް، ތަކެތި ރައްދުކުރަން ނުވަތަ ގެންދެވިދާނެކަމަށް މާޔަފުށި ރިޒޯޓް މެނޭޖްމަންޓނު އިންކާރުކޮށްފައިވާކަން ސާބިތުވާއިރު، އެ ފަރާތުން އެއްބަސްވެފައިވާކަމުގެ މައްޗަށް ބިނާކޮށް ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ ނުކުތާއެއް ހުށަހެޅިދާނެކަމަށް ނުދެކޭކަމަށް މާޔަފުށި ރިޒޯޓް މެނޭޖްމަންޓުން ފާހަގަކޮށްފައިވެއެވެ.

24އެއްބަސްވުމުގެ 14 ވަނަ މާއްދާގެ (f) (g) އަށް ބަލާއިރު ޑައިވް ސެންޓަރުގައި ހުރި ތަކެތީގެ އިތުރުން، އިތުރު ތަކެތި ހޯދުމަކީ އިސްތިއުނާފުކުރާ ފަރާތުގެ ޒިންމާއެއްކަމަށާއި، އެއްބަސްވުމުގެ މުއްދަތު ހަމަވެގެން ތަން ދޫކުރާއިރު އެ ހުރިހާ އެއްޗއެ ހަވާލުކުރަންވާނެކަމަށ ބަޔާންކޮށްފައިވާކަމަށް މާޔަފުށި ރިޒޯޓް މެނޭޖްމެންޓުން ފާހަގަކޮށްފައިވެއެވެ. އަދި ދަށުކޯޓުގެ ނިންމުމުގެ 09 ވަނަ ނުކުތާގައިވެސް އެގޮތަށް ބަޔާންކޮށްފައިވާކަން އިސްތިއުނާފުރައްދުވާ ފަރާތުން ފާހަގަކުރެއެވެ.

25އެހެންކަމުން، ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ހ) ގެ ދަށުން މުދަލުގެ މިލްކުވެރިކަމާއި އެއަށް ޒިންމާވާނެ ގޮތުގެ މައްޗަށް ސިވިލް ކޯޓު ނ ގޮތެއް ކަނޑައަޅާފައިވަނީ ދެފަރާތުން އެއްބަސްވި އެއްބަސްވުމާ އެއްގޮތަށް ކަމުގައިވުމުން، އެ ނިންމުމަކީ ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ހ) އާ ޚިލާފު ނިންމުމެއްކަމުގައި ބަލަންޖެހޭ އަސާސެއް ނެތްކަމަށް މާޔަފުށި ރިޒޯޓް މެނޭޖްމަންޓުން ފާހަގަކޮށްފައިވެއެވެ.

އިސްތިއުނާފު ރައްދުވާ ފަރާތުން އެދޭގޮތް

26ސިވިލް ކޯޓުގެ ނަންބަރު 1593/Cv-C/2020 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށް ކަނޑައަޅައިދިނުމަށް މާޔަފުށި ރިޒޯޓް މެނޭޖްމަންޓނު އެދިފައިވެއެވެ.

އިސްތިއުނާފާ ގުޅިގެން ފާހަގަކުރެވޭ ކަންތައްތައް

27މ އިސްތިއުނާފި ގުޅިގެނާ ގޮތް ކަނޑައަޅަންޖެހެނީ ދެކަމެއްގެ މައްޗަށްކަން އަހުރެންނަށް ފާހަގަކުރެވެއެވެ. އެގޮތުން، ގޮތް ކަނޑައަޅަންޖެހޭ ފުރަތަމަ ކަމަކީ، ދަޢުވާއަށް މާޔަފުށި ރިޒޯޓް މެނޭޖްމަންޓްގެ އިންކާރު އޮތްކަމަށް ދަށުކޯޓުން ނިންމި ނިންމުން ހެއްކާބެހޭ ޤާނޫނު ގެ 6 ވަނަ މާއްދާއާ ޚިލާފުތޯއެވެ. އަދި ދެވަނަ ޤާނޫނު ނަންބަރު 76/24 މީގެ ފަހުން ހެއްކާބެހޭ ޤާނޫނު ކަމަށް ލިޔެފައި އެވަނީ މި ޤާނޫނަށް ނިސްބަތްކޮށެވެ. ކަމަކީ، ދަޢުވާގައި ހިމެނޭ ފައިސާ ނަގައިދެވެން ނެތްކަމަށް ދަށުކޯޓުން ނިންމި ނިންމުން ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ހ) އާ ޚިލާފުތޯއެވެ. ދަޢުވާއަށް މާޔަފުށި ރިޒޯޓް މެނޭޖްމަންޓްގެ އިންކާރު އޮތްކަމަށް ދަށުކޯޓުން ނިންމި ނިންމުން ހެއްކާބެހޭ ޤާނޫނުގެ 6 ވަނަ މާއްދާއާ ޚިލާފުތޯ

28ހެއް ކާބެހޭ ޤާނޫނުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ: "ހަގީގަތެއ ސާބިތް ވެއްޖެކަމަށ ޝަރީޢަތުން ބެލޭނީ އެކަން ސާބިތު ކުރުމަށް ކަނޑައެޅިފައިވާ ހަމަތަކުގެމަތިން އެކަމެއް ހިނގާކަމަށް ނުވަތަ ހިނގާފައިވާކަމަށް ޝަރީޢަތުގެ މަޖިލީހަށް ގަބޫލު ކުރެވިއްޖެ ހިނދެއްގައެވެ. އަދި ބުއްދި ސަލާމަތުން ހުރި މީހަކު އެކަމެއް ހިނގާފައިވާކަމަށް ބަލައި، އެމައްޗަށް ޢަމަލު ކުރަންޖެހޭ ފަދަ މިންވަރަކަށް އެކަމެއް ހިނގާފައިވާކަމަށް ޝަރީޢަތުގެ މަޖިލީހަށް ބުރަވެވިއްޖެނަމަ، އެފަދަ ޙާއްޞަ ޙާލަތަށް ކަނޑައެޅިފައިވާ އުސޫލެއްގެމަތިން އެކަމެއްގެ ހަގީގަތް ސާބިތު ވެއްޖެކަމަށް ޝަރީޢަތުގެ މަޖިލީހުން ނިންމިދާނެއެވެ." މިފަދައިންނެވެ.

29މި ނުކުތާގައި ޓީ.ޖީ.އައި މޯލްޑިވްސްގެ ފަރާތުން ފާހަގަކުރަނީ، އެ ފަރާތުން ދަށުކޯޓަށް ހުށަހެޅި އީމެއިލް ތުރެޑްގައިވާ އީމެއިލްތަކަށް ބަލާއިރު، ދަށުކޯޓުގެ ޑޮކިއުމަންޓް 4 ގެ ގޮތުގައި ހުށަހަޅާފައިވާ އީމެއިލްތަކުގެ ތެރެއިން އީމެއިލެއގައި ބަޔާންކޮށްފައިވަނީ، “…TGI must return the Diving equipment in the conditions in which it was in 2015 and only with the material and equipment present in the inventory. Everything else that TGI bought from 2015 to 2019 is entitle to take away…” މިފަދައިންކަމަށާއި، މި އީމެއިލުން ޓީ.ޖީ.އައި މޯލްޑިވްސުން ގަނެފައިވާ ތަކެއްޗަކީ އެ ފަރާތުގެ ތަކެތިކަމާއި އެ ތަކެތި ގެންދިއުމުގެ ޙައްޤު އޮތްކަމަށް މާޔަފުށި ރިޒޯޓް މެނޭޖްމަންޓނު އެއްބަސްވެފައިވާކަމަށް ބުން އެކަމެވެ.

30HN1މ މައްސަލައިގައި ކަނި ހިނގާފައިވާ ގޮތަށް ބަލާއިރު، ދަށު ކޯޓުގައި މި މައްސަލަ ހިންގައި ޙުކުމްކޮށްފައިވަނީ، ދަޢުވާލިބުނު މާޔަފުށި ރިޒޯޓް މެނޭޖްމަންޓްގެ ޣައިރު ޙާޟިރުގައިކަން އެނގެއެވެ. އަދި އޭރު ޢަމަލުކުރެވެމުން ދިޔަ ގޮތަކީ، ދަޢުވާލިބޭ ފަރާތުގެ ޣައިރު ޙާޟިރުގައި ޙުކުމްކުރެވޭއިރު، އެ ފަރާތުން ދަޢުވާއަށް އިންކާރުކުރާކަމަށް ބަލައިގެން ދަޢުވާކުރިއަށް ގެންދިއުންކަން އެނގެއެވެ. މި ޙާލަތުގައި، ޓީ.ޖީ.އައި މޯލްޑިވްސްގެ ފަރާތުން ބުނާފަދައިން އެ އީމެއިލަށް ބުރަދަންދީގެން ބެލިނަމަވެސް، ޓީ.ޖީއައި މޯލްޑިވްސްގެ ފަރާތުން ދަޢުވާގައި ބަޔާންކުރާ ތަކެއްޗާއި ބަޔާންކޮށްފައިވާ އަގަށް މާޔަފުށި ރިޒޯޓް މެނޭޖްމަންޓގް އިންކާރެއް ނެތްކަމުގައި ބަލަންޖެހޭ އެއްވެސް ޤާނޫނީ ހަމައެއް އިސްތިއުނާފުކުރާ ފަރާތަށް ދެއްކިފައިވާކަން އަހުރެންނަކަށް ފާހަގައެއްނުކުރެވެއެވެ.

31HN2ޓީ.ޖީއައި މޯލްޑިވްސްގެ ފަރާތުން ބުނާފަދައިން ދަޢުވާގައި ހޯދުމަށް އެދުނު ފައިސާއާމެދު މާޔަފުށި ރިޒޯޓް މެނޭޖްމަންޓްގެ އިންކާރެއް ނެތްކަން، އެ އީމެއިލްގައިވާ އެއްވެސް ލަފްޒަކުނ އެނގެން އޮތްކަން އަހުރެންނަކަށް ފާހަގައެއްނުކުރެވެއެވެ. ޓީ.ޖީއައި މޯލްޑިވްސްގެ ފަރާތުން ބުނާފަދައިން ދަޢުވާގައި ހޯދުމަށް އެދުނު ފައިސާއާމެދު މާޔަފުށި ރިޒޯޓް މެނޭޖްމަންޓްގެ އިންކާރެއް ނެތްކަން، އެ އީމެއިލްގައިވާ އެއްވެސް އިބާރާތަކުން އެނގެން އޮތްކަން އަހުރެންނަކަށް ފާހަގައެއްނުކުރެވެއެވެ. ޓީ.ޖީއައި މޯލްޑިވްސްގެ ފަރާތުން ބުނާފަދައިން ދަޢު ވާގައި ހޯދުމަށް އެދުނު ފައިސާއާމެދު މާޔަފުށި ރިޒޯޓް މެނޭޖްމަންޓްގެ އިންކާރެއް ނެތްކަން، އެ އީމެއިލްގެ ދޭހައަކުންވެސ އެނގެން އޮތްކަން އަހުރެންނަކަށް ފާހަގައެއްނުކުރެވެއެވެ. އަދި ދަޢުވާގައި ބަޔާންކުރާ ތަކެއްޗާމެދު ނުވަތަ އެ ތަކެތީގެ އަގާމެދު އެ އީމެއިލްގައި އެއްވެސްކަމެއް މާޔަފުށި ރިޒޯޓް މެނޭޖްމަންޓނު ބަޔާންކޮށްފައި އޮތްކަން އަހުރެންނަކަށް ފާހަގައެއް ނުކުރެވެއެވެ.

32އެހެންކަމުން، އީމެއިލް ކޮމިއުނިކޭޝަންތަކަށް ބުރަވެ، ދަޢުވާއަށް މާޔަފުށި ރިޒޯޓް މެނޭޖްމަންޓްގެ އިންކާރު އޮތްކަމަށް ދަށުކޯޓުން ނިންމި ނިންމުން ހެއްކާބެހޭ ޤާނޫނުގެ 6 ވަނަ މާއްދާއާ ޚިލާފުކަމަކަށް އަހުރެންނަކަށް ފާހަގައެއްނުކުރެވެއެވެ. ދަޢުވާގައި ހިމެނޭ ފައިސާ ނަގައިދެވެން ނެތްކަމަށް ދަށުކޯޓުން ނިންމި ނިންމުން ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ހ) އާ ޚިލާފުތޯ

33HN3މ އިސްތިއުނާފި ނުކުތާއާ ގުޅިގެން ޓީ.ޖީއައި މޯލްޑިވްސްގެ ފަރާތުން ފާހަގަކުރާ ކަންކަމަށް ބަލާއިރު، ދަށުކޯޓުން ކޮންޓްރެކްޓް މާނަކުރިކުރުނ ގޯސްކަމަށް ބުނެ، އެކަން މި އިސްތިއުނާފުގައި އެ ފަރާތުން ފާހަގަކޮށްފައެއްނުވެއެވެ. އަދި މި ކޯޓުން އަލުން ކޮންޓްރެކްޓް މާނަކޮށްދިނުމަކަށްވެސް އެދިފައެއްނުވެއެވެ. އެހެނަސް، ޓީ.ޖީއައި މޯލްޑިވްސްގެ ފަރާތުން މި ކޯޓުގައި އެދިފައިވަނީ، ދަށުކޯޓުގެ ނިންމުން ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ހ) އާ ޚިލާފުކަމަށް ކަނޑައަޅައިދިނުމަށްކަން އެނގެއެވެ. ކުރިންވެސް، ފާހަގަކުރިފަދައިން މި އިސްތިއުނާފުގައި ދަށުކޯޓުގެ ފަނޑިޔާރު ނުރަނގަޅުކޮށ ކޮންޓްރެކްޓް މާނަކުރިކަމަށް ބުނެ އެ މޭރުމުން ޓީ.ޖީއައި މޯލްޑިވްސްގެ ފަރާތުން ބަހުސެއް ހުށަހަޅައިފައި ނެތްކަން ފާހަގަކުރެވެއެވެ. އޭގެ ބަދަލުގައި، ޓީ.ޖީއައި މޯލްޑިވްސްގެ ފަރާތުން ފާހަގަކޮށްފައި އޮތީ ކޮންޓްރެކްޓްގެ އާދައިގެ މައްސަލައަކާމެދު ދަށުކޯޓުން ނިންމި ނިންމުން ދުސްތޫރީ ޙައްޤަކާ ޚިލާފަށް ނިންމާފައި އޮތް ކަމަށްބުނެ އެ ނުކުތާކަން އެނގެއެވެ.

34HN4ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ހ) އަށް ބަލާއިރު، އެ މާއްދާގައި ބަޔާންކޮށްފައި އޮތީ، މުދާ ހޯދުމާއި، މިލްކުކުރުމާއި، ވާރުތަކުރުމާއި، ދިނުމާއި، މުދަލުން މުޢާމަލާތުކުރުމުގެ ޙައްޤު ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާކަމަށެވެ. އެ މާއްދާއަކީ، އަމިއްލަ އިޚްތިޔާރުގައިވާ ކޮންޓްރެކްޓެއްގެ ދަށުން ކަނޑައެޅޭ އިލްތިޒާމްތައް، އެ އެއްބަސްވުމެއްގައި ބަޔާންކުރާ އިންތަކާ މިންތަކަށްވުރެ އިތުރަށް ފުޅާކޮށް، އައު އިލްތިޒާމްތަކެއް ކަނޑައެޅުމަށް ތަންދޭ ދުސްތޫރީ މާއްދާއެއްކަމަކަށް އަހުރެންނަކަށް ފާހަގައެއްނުވެއެވެ. އަދި ދަށުކޯޓުގެ ނިންމުމަށް ބަލާއިރު، އެ މާއްދާގައި ބަޔާންކުރާ ޙައްޤު ޓީ.ޖީއައި މޯލްޑިވްސށަ ލިބިގެންނުވާކަމަށް ބަޔާންކޮށްފައިވާތީއެއްވެސް ނުފެނެއެވެ.

35HN5މި މައްސަލއަށަ ބަލާއިރު، މި ދެފަރާތުގެ ދެމެދު އެއްބަސްވުމެއވެފައް އޮތްކަން އެނގެއެވެ. އެ އެއްބަސްވުމުގެ ޞައްޙަކަމާމެދު ސުވާލު އުފެދިފައިނުވާކަން އެނގެއެވެ. އެ އެއްބަސްވުމުގައި ދެފަރާތުގެ ޙައްޤުތަކާއި އިލްތިޒާމްތައް ބަޔާންކޮށްފައިވާކަން އެނގެއެވެ. ވުމާއެކު، މި ދެފަރާތުގެ ދެމެދު ޙަކަމަކަށްވާނީ ދެފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުންކަން އެނގެއެވެ. އެގޮތުން، މި ދެފަރާތުގެ ދެމެދު އޮތް ޚުޞޫމާތަށް ޙައްލެއް ހޯދުމަށް ދަށުކޯޓުގެ ފަނޑިޔާރު ރިޢާޔަތްކުރީ މި ދެފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުމަށކަން އެނގެއެވެ. އަދި އެ އެއްބަސްވުމަށް ރިޢާޔަތްކޮށް ބެލިބެލުމުން، ޓީ.ޖީ.އައި މޯލްޑިވްސުން ގެނެސްފައިވާ ތަކެތި އަނބުރާ މާޔަފުށި ރިޒޯޓް މެނޭޖްމަންޓުން ޓީ.ޖީ.އައި މޯލްޑިވްސ ހަވާލުކުރަން ނުވަތަ އެ ތަކެތީގެ އަގު އަދާކުރަންޖެހޭނެކަމަށ ބަޔާންކޮށް މާޔަފުށި ރިޒޯޓް މެނޭޖމަންޓުގް މައްޗަށް އެއްބަސްވުމުގެ ދަށުން އިލްތިޒާމެއް މަތިކޮށްފައިވާ އެއްވެސް މާއްދާއެއް ނެތްކަމަށް ދަށުކޯޓުން ނިންމާފައިވާކަން އެނގެއެވެ. މި ތަރުޖަމާ ނުވަތަ މި މާނަކުރުމާމެދު ޓީ.ޖީ.އައި މޯލްޑިވްސްގެ ފަރާތުން މި އިސްތިއުނާފުގައި ބަހުސެއް ހުށަހަޅާފައި ނެތްކަން އެނގެއެވެ.

36ޓީ.ޖީ.އައި މޯލްޑިވް ސްގެ ފަރާތުން ގެނައިކަމަށް ދަޢުވާގައި ބުނާ މުދާ ނުވަތަ އޭގެ އަގު މާޔަފުށި ރިޒޯޓް މެނޭޖްމަންޓުން އަނބުރާ ދޭންޖެހޭނެކަމަށް ކަނޑައަޅާނެ ތަނެއް ނެތްކަމށަ ދަށުކޯޓުން ނިންމް އެފަދަ ތަޢާޤުދަ އިލްތިޒާމެއް ނެތް ކަމަށް ބަލައިގެންކަމަށްވީހިނދު، އެ ނިންމުމަކީ، ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ

(ހ) އާ ޚިލާފު ނިންމުމެއްކަމުގައި ބެލިދާނެ ޤާނޫނީ އެއްވެސް ހަމައެއް ޓީ.ޖީ.އައި މޯލްޑިވްސށަ މި އިސްތިއުނާފުގައި ބުނެދެވިފައިވާކަނ އަހުރެންނަކަށް ފާހަގައެއްނުކުރެވެއެވެ.

ނިންމަން ފެންނަގޮތް

37އިސްތި އުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކުގެ މައްޗަށް ބިނާކޮށް ދަށުކޯޓުގެ ނިންމުމަށް ބަދަލެއް ގެންނަންޖެހޭނެތަނެއ ނެތްކަމަށް ކަނޑައަޅައް މި މައްސަލި ނިންމަން އަހުރެންނަށް ފެނެއެވެ.

ފަނޑިޔާރު ދީބާނާޒް ފަހްމީގެ ރައުޔު

38އަހުރެނ ފަނޑިޔާރް ޙަސަނު ޝަފީޢުގެ ރައުޔަށް ތާޢީދުކުރަމެވެ.

ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިންގެ ރައުޔު

39އަހުރެނ ފަނޑިޔާރް ޙަސަނު ޝަފީޢުގެ ރައުޔަށް ތާޢީދުކުރަމެވެ.

އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން

40މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މި މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން، އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މި ޤަޟިއްޔާ ނިންމާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހެވެ. އަދި އެ މުއްދަތުގެ ތެރޭގައި ރިޕޯޓު ޚަޞްމުންނަށް ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ އެ ރިޕޯޓު ޚަޞްމުންނާ ޙަވާލުކުރާ ތާރީޚެވެ. އެހެންނަމަވެސް ޚުލާޞާ ރިޕޯޓަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ) ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ށ) ޤާނޫނު ނަންބަރު 2021/32 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ނ)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ހ)
  • ޤާނޫނު ނަންބަރު 76/24 (ހެއްކާބެހޭ ޤާނޫނު) ގެ 6 ވަނަ މާއްދާ

ޝަރީޢަތުގެ ވީޑިއޯ

ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ