ޒަރީނާ މުޙައްމަދު ވ. މުޙައްމަދު މަނިކު
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ސިވިލް ކޯޓުގެ ނަންބަރު 144-B5-CR2/CA/2021/789 "ކޯޓު އަމުރު" އިސްތިއުނާފުކުރުމަށް ޒަރީނާ މުޙައްމަދު A038023 ހުށަހެޅުމުން މި ކޯޓުގައި ކުރިއަށް ގެންދިޔަ ނަންބަރު 2021/HC-A/249 އިސްތިއުނާފީ މައްސަލަ.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ސިވިލް ކޯޓު 144-B5-CR2/CA/2021/789
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ނިންމުން
ދަޢުވާ ފޯމު ބާޠިލު · ދަށު ކޯޓުގެ ނިންމުމަށް ބަދަލެއް ނާދޭދަޢުވާ ފޯމް ބާޠިލު (ޚަޞްމު ނިޔާވުމުން)
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ހައިކޯޓުގެ ޤަވާޢިދުގެ 52 ވަނަ މާއްދާގެ (ބ)
ފަނޑިޔާރުން
- ބެންޗު
- ޙުޒައިފާ މުޙައްމަދު، ޢަބްދުއްރައޫފު އިބްރާހީމް (ރިޔާސަތު)، ޢަބްދުﷲ ޖަމީލް މޫސާ
- ރިޔާސަތު
- ޢަބްދުއްރައޫފު އިބްރާހީމް
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ދަޢުވާ ފޯމް ބާޠިލުކުރި ރިޕޯޓު
1. ހައިކޯޓުގެ ޤަޟިއްޔާ ނަންބަރު: 2021/HC-A/249
2. މައްސަލަ ހުށަހެޅި ފޯމުގެ ބާވަތް: އިސްތިއުނާފު ކުރުމަށް އެދި ހުށަހަޅާ ފޯމު
3. މައްސަލަ ރަޖިސްޓްރީ ކުރެވުނު ތާރީޚް: 16 އޮގަސްޓް 2021 – ބާޠިލުކުރި ތާރީޚް: 01 އޮކްޓޫބަރު 2025
4. އިސްތިއުނާފު ކުރި ފަރާތް:
ފުރިހަމަ ނަން: ޒަރީނާ މުޙައްމަދު
5. އިސްތިއުނާފު ރައްދުވި ފަރާތް:
ފުރިހަމަ ނަން: މުޙައްމަދު މަނިކު
6. ތަދައްޚުލްވި ފަރާތްތައް:
ފުރިހަމަ ނަން: އަލީ ވަހީދު
ފުރިހަމަ ނަން: އަބްދުﷲ ވަހީދު
ފުރިހަމަ ނަން: އިބްރާހީމް ވަހީދު
ފުރިހަމަ ނަން: ޝާއިރާ ސަލީމް
7. ހުށަހެޅިފައިވާ މައްސަލަ:
ސިވިލް ކޯޓުގެ ނަންބަރު 144-B5-CR2/CA/2021/789 "ކޯޓު އަމުރު" އިސްތިއުނާފުކުރުމަށް ޒަރީނާ މުޙައްމަދު ހުށަހެޅުމުން މި ކޯޓުގައި ކުރިއަށް ގެންދިޔަ ނަންބަރު 2021/HC-A/249 އިސްތިއުނާފީ މައްސަލަ.
8. ހައިކޯޓުން ނިންމި ގޮތް:
މި ގަޒިއްޔާގައި އިސްތިއުނާފު ރައްދުވި މުޙައްމަދު މަނިކު ނިޔާވެފައިވާކަމަށް ބަޔާންކޮށް މުޙައްމަދު މަނިކު ތަމްސީލުކުރި ވަކީލު ފަތުޙުﷲ އިސްމާޢީލް މި ކޯޓަށް 30 ސެޕްޓެމްބަރ 2025 ގައި ސިޓީ ފޮނުވިއެވެ.
މި ސިޓީއާއެކު ފޮނުވާފައިވާ "މަރު ސާބިތުކުރި ލިޔުން" އަށް ބަލާއިރު 24 މޭ 2023 ވަނަ ދުވަހު މުޙައްމަދު މަނިކު ނިޔާވެފައިވާކަން އެނގެއެވެ.
ގާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ގާނޫނު)ގެ 3 ވަނަ މާއްދާގެ (ހ) އަށް ބަލާއިރު، އެ ގާނޫނު ހިނގާނީ، އެ ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު ކޯޓަށް ހުށަހެޅޭ މަދަނީ މައްސަލަތަކުގެ މައްޗަށް ކަމަށްވާއިރު، އެ ގާނޫނަށް އަމަލުކުރަން ފެށީ 16 ޖޫން 2022 ގައި ކަމަށް ވެފައި، މި އިސްތިއުނާފު މި ކޯޓުގައި ރަޖިސްޓަރީކޮށްފައި ވަނީ 16 އޮގަސްޓް 2021 ގައި ކަމަށް ވާތީ، މި މައްސަލައާމެދު ގޮތް ނިންމުމުގައި ރިއާޔަތްކުރަން ޖެހޭނީ ހައިކޯޓުގެ ގަވާއިދުގައި މި ހާލަތުގައި އަމަލުކުރަންވީ ގޮތް ކަމަށް ކަނޑައަޅާފައިވާ ގޮތް މަތިންކަމުގައި ފާހަގަވެއެވެ.
ހައިކޯޓުގެ ގަވާއިދުގެ 52 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައި ވަނީ، "ހައިކޯޓުން ބަލަމުންދާ މައްސަލައެއް ނުނިމެނީސް، މައްސަލަ ރައްދުވާ ހަމައެކަނި ފަރާތް ނުވަތަ މައްސަލަ ރައްދުވާ ފަރާތްތައް މަރުވެއްޖެނަމަ، އެދަޢުވާއެއް ބާޠިލުކުރެވޭނެއެވެ.
މިގޮތަށް ބާޠިލުކުރެވޭ މައްސަލައެއްގެ ދަޢުވާއަކީ މައުޟޫޢީގޮތުން ވާރިސުންނާ ދެކޮޅަށް ހުށަހެޅިދާނެ މައްސަލައެއްނަމަ އަލުން ހުށަހެޅުމުން އެމައްސަލައެއް ބަލައިގަތުމުގެ އިޚްތިޔާރު ހައިކޯޓަށް ލިބިގެންވެއެވެ." މި ފަދައިންނެވެ.
މިހެންވެ، އިސްތިއުނާފު ރައްދުވި މުޙައްމަދު މަނިކު ނިޔާވެފައި ވާތީ، ހައިކޯޓުގެ ގަވާއިދުގެ 52 ވަނަ މާއްދާގެ (ބ) ގައިވާ ގޮތުގެ މަތިން، މި ކޯޓުގެ ނަންބަރު 2021/HC-A/249 ގަޒިއްޔާގައި އިސްތިއުނާފު ހުށަހެޅި ފޯމު، މި ގަޒިއްޔާ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާގުން ބާތިލުކޮށްފީމެވެ.
9. މައްސަލަ ނިންމި ފަނޑިޔާރުން:
ފަނޑިޔާރު ޙުޒައިފާ މުޙައްމަދު
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް (ރިޔާސަތު)
ފަނޑިޔާރު ޢަބްދުﷲ ޖަމީލް މޫސާ
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.